ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/29
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުހައްމަދު ސާޖިދު އަޙްމަދު، 2025/HC-B12/29
Prosecutor General v. Mohamed Saajidhu Ahmed 2025/HC-B12/29 (2025/HC-B12/29, High Court of the Maldives, 13 August 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުހައްމަދު ސާޖިދު އަޙްމަދު
މައިގަނޑު ސުވާލު
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގައި ބަޔާންކުރާ ތަކެތި ހޯދުމަށް ނެރުނު ބަލައިފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ތެރެއިން، އެ އަމުރުގައި ނުހިމެނޭ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިގެން ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކުރުމަކީ ޤާނޫނާ ޚިލާފު ހައްޔަރުކުރުމެއްތޯ؛ އަދި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު މަދަނީ ޤާނޫނަކަށްވުމުން އެ ޤާނޫނުގެ ތަކެތި ހެކީގެ ގޮތުގައި ހޯދުމަށް ބަލައިފާސްކުރުމުގެ އަމުރު ނެރެވޭތޯ.
ނިންމި ގޮތް
ހައްޔަރު ޤާނޫނާ ޚިލާފުކަމަށް ދަށުކޯޓުން ކަނޑައެޅުން ރަނގަޅުނޫން (ދަށުކޯޓުގެ އަމުރު ޞައްޙަ ނޫން)
ކަނޑައެޅުނު އުޞޫލުތައް
- ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަކީ މަދަނީ (އިދާރީ) ކުށްތަކެއް އުފައްދާ މަދަނީ ޠަބީޢަތުގެ ޤާނޫނެއް ނަމަވެސް، އެ ޤާނޫނުގެ ދަށުން މަނާކުރާ ކަމެއް އެހެން ޤާނޫނެއްގެ ދަށުން ޖިނާއީ ކުށަކަށް ވެގެންދާ ޙާލަތުގައި، އެ ޤާނޫނުގައި ބަޔާންކުރާ ތަކެތި ހެކީގެ ގޮތުގައި ހޯދުމަށް ބަލައިފާސްކުރުމުގެ އަމުރަކަށް އެދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ދައުލަތުގެ ކަމާބެހޭ ފަރާތުގެ ހުއްދައަކާ ނުލައި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމަކީ ޤާނޫނުލްޢުޤޫބާތުގެ 613 ވަނަ މާއްދާއިން ތަޖުރީމުކުރާ ޢަމަލަކަށް ވާތީ، އެފަދަ ތުހުމަތެއްގައި ތަންތަނާއި ތަކެތި އަދި މީހުން ބަލައިފާސްކުރުމަށް ނެރޭ އަމުރަކީ ޖިނާއީ ކުށެއްގެ ހެކި ހޯދުމަށް ނެރޭ އަމުރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ޤާނޫނަކުން މަނާކުރާ ކޮންމެ ކަމަކީ ޖިނާއީ ކުށެއް ނޫނެވެ؛ ނަމަވެސް އިދާރީ ގޮތުން މަނާކުރާ ޢަމަލެއް އެހެން ޤާނޫނަކުން ކުށެއްގެ ގޮތުގައި ބަޔާންކުރާނަމަ، އިދާރީ ފިޔަވަޅުގެ އިތުރުން ޖިނާއީ ފިޔަވަޅު އެޅިދާނެއެވެ؛ މިއީ ޤާނޫނުއަސާސީ ބަޔާންކުރާ އެއް ކުށަކަށް ދެފަހަރު އަދަބު ނުދިނުމުގެ އުޞޫލުގެ ތެރެއަށް ވަންނަ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ކޯޓު އަމުރެއްގެ ދަށުން ތަނެއް ނުވަތަ މީހަކު ބަލައިފާސްކުރުމުގެ ތެރެއިން، އަމުރުގައި ބަޔާން ނުކުރިނަމަވެސް ކުށަކާ ގުޅޭ އެހެން ތަކެތި ފެނިއްޖެނަމަ އެތަކެތި ހިފެހެއްޓުމާއި، އެ ތަކެއްޗާ ގުޅުން އޮތްކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަކީ ޤާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ހުއްދަކުރާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ބަލައިފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި އަމުރުގައި ނެތް ތަކެތި ހޯދުމަށް މަސައްކަތްކުރުން ހުއްދަނޫނެވެ؛ އަމުރުގައި ނުހިމެނޭ ތަކެތީގެ ތެރެއިން ހިފެހެއްޓޭނީ ލޮލަށް ފާޅުކޮށް ފެންނަން ހުންނަ ތަކެއްޗާއި، އަމުރުގައިވާ ތަކެތި ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ފެންނަ އެހެން ކުށަކާ ގުޅޭ ތަކެއްޗެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- އެހެންކަމުން، ބަލައިފާސްކުރުމުގެ އަމުރު ތަންފީޒުކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާ ގުޅުވައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކުރުން ރަނގަޅުކަމަށާއި، ބަލައިފާސްކުރުން ހުއްދަނޫން ކަމަށް ބުރަވެ ހައްޔަރު ޤާނޫނާ ޚިލާފުކަމަށް ދަށުކޯޓުން ކަނޑައެޅުމަކީ ޤާނޫނީ ގޮތުން ޞައްޙަ ނިންމުމެއް ނޫންކަމަށް ކަނޑައެޅިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 21)
- ހުވައެއް ކުރަންޖެހޭ ޤާނޫނު ތަންފީޒުކުރާ މަޤާމެއްގެ ހުވާ ކިޔުމަކާ ނުލައި އެ ހުވާގެ އިޤުރާރުގައި ސޮއިކޮށް ވަޒީފާ އަދާކޮށް މުސާރަ ހޯދުމަކީ ޢަދުލުއިންޞާފުގެ ތަޞައްވުރަށް ފަރުވާކުޑަކުރުމެއްކަމަށާއި، އެފަދަ ޙާލަތުގައި ޤާނޫނުލްޢުޤޫބާތުގެ 512 އާއި 533 ވަނަ މާއްދާގެ ތުހުމަތުތަކަށް ބުރަދަން ލިބޭކަމަށް ފަނޑިޔާރު ދީބާނާޒް ފަހުމީ ފާހަގަކުރެއްވިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-28)
1މިއީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: Q10C/MA/2025/7 (11 ޖުލައި 2025) އަކީ ޝަރުޢީ އަދި ޤާނޫނީ އުޞ ލުތަކާ ޚިލާފަށް ނިންމާފައިވާ އަމުރެއްކަމަށްބުނެ، އެއަމުރ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެފަހުން "ޕްރޮސިކިއުޝަން" ނުވަތަ "ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގދ.ތިނަދޫ، ދަފްތަރު ނަންބަރު 47 / މުޙައްމަދު ސާޖިދު އަޙްމަދު (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "މުޙައްމަދު ސާޖިދު")އެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
2މުޙައްމަދު ސާޖިދގު މައްޗަށް ތުހުމަތު ކުރެވުނީ ހުއްދަނޫން ވިޔަފާރިކުރުމާއި އެތަކެތި ގެންގުޅުން އަދި ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ ތުހުމަތެވެ. މިކުށާއ ގުޅިގެނި ބަލާފާސްކޮށް ހޯދނަ ފުލުހުންގެ ފަރާތުން އެދިފައިވަނީ އިލެކްޓްރޯނިކް ސިނގިރޭޓް (ވޭޕް/ނެނޯ ސްޓިކް) އާއި އެތަކެއްޗަށް ބޭނުންވާ ކާޓްރިޖް ފްލޭވަރ އާއި ދުންފަތް އުފެއްދުމަށް ބޭނުންކުރާ އާލަތްތަކާއ މައްސަލައާއި ގުޅުންހުރި އެންމެހައި ތަކެއްޗެކެވެ.
3މުޙައްމަދު ސާޖިދު ދިރިއުޅޭ ތަން ބަލާފާސްކުރުމަށް ބޭނުންވާ ސަބަބުގެ ގޮތުގައިވެސް ބަޔާންކޮށްފައިވަނީ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިލެކްޓްރޯނިކް ސިނގިރޭޓް (ވޭޕް/ނެނޯ ސްޓިކް) އަދި އެ ތަކެއްޗަށް ބޭނުންވާ ކާޓްރިޖާއި ފްލޭވަރ މުޙައްމަދު ސާޖިދު ދިރިއުޅެމުންދާ ގދ.ތިނަދޫ، ފިފްޓީދެކުނު އެވެ ކިޔާ ގޭގައާއި މުޙައްމަދު ދރކ ނަންބަރު ނަންބަރު:QWC/BFF/2025/9 (10/7/2025) (ތަންތަނާއި ތަކެތި ބަލާފާސްކުރުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމް) ސާޖިދު ދުއްވާ ރަޖިސްޓްރީ ނަންބަރު 6220 ޕީ އެމް 0 އޭއޭ ސައިކަލުގެ މަޑިދަށުގައި ބަހައްޓައިގެން އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުޙު މަތު ކުރެވޭ މައްސަލައިގެ ހެކި ޤަރީނާ ހޯދުމެވެ.
4ފުލުހުންގެ ފަރާތުން މިހުށަހެޅ ހުށަހެޅުމާއި ގުޅިގެން، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:Q10C/BFA/2025/7 (10 ޖުލައި 2025) ގެ 21:15 ގައި ތަންތަނާއި ތަކެތި ބަލާފާސްކުރުމުގެ އަމުރެއް ނެރެފައިވެއެވެ.
5ބަލާފާސްކުރުމުގެ މިއަމުރު ތަންފީޒު ކުރުމުގެ ގޮތުން، ބަޔާންކުރެވުނު ގޭގައި މުޙައްމަދު ސާޖިދު ދިރިއުޅެމުންދިޔަ ބައި ބަލާފާސްކުރުމުގެ ތެރެއިން، އެއަމުރުގައި ބަޔާންކުރާ ތަކެތީގެ އިތުރުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. އެހެންވެ، ފުލުހުން މުޙައްމަދު ސާޖިދު ހައްޔަރު ކުރިއެވެ. މުޙައްމަދު ސާޖިދު ހައްޔަރު ކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، މުޙައްމަދު ސާޖިދު ހައްޔަރުކުރި ކުރުމަކީ ޤާނޫނާ ޚިލާފު ހައްޔަރު ކުރުމެއްކަމަށް ކަނޑައަޅައި އޭނާ ދޫކޮށްލިއެވެ.
6މުޙައްމަދު ސާޖިދު ހައްޔަރުކުރި ކުރުން ޤާނޫނާއި ޚިލާފު ކަމަށް ދަށު ކޯޓުން ކަނޑައެޅި މައިގަނޑު އަސާސަކީ އެކޯޓުން ކުރިން ދޫކުރި ބަލާފާސްކުރުމުގެ އަމުރު ފުލުހުން ހޯދާފައިވަނީ ޤާނޫނު ނަންބަރު:2010/15 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު)ގެ ދަށުން ކަމަށްވެފައި، އެޤާނނަކީ އޭގެ ތަބީޢަތުގައި މަދަނީ ކުށްތަކެއް އުފައްދާ މަދަނީ ޤާނޫނެއް ކަމަށްވާ ތ، ފުލުހުންގެ އަމިއްލަ އިސްނެގުމަށް ނުވަތަ މީހެއްގެ ފަރާތުން ހުށަހަޅާ ޝަކުވާއަކާއި ގުޅިގެންވިޔަސް، އަމިއްލަތަނެއް ބަލައި ފާސްކޮށްގެން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގެ ދަށުން ބަޔާންކުރާ ތަކެތި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިފައިނުވާކަމަށް ބަޔާންކޮށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު: ހައްޔަރުކުރެވޭ މީހާގެ މަޢުލ މާތު ފޯމް ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމް ނަންބަރު:MF/211216
7އެހެންވެ، މުޙައްމަދު ސާޖިދު ބަންދުން ދ ކޮށްލުމަށް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އިސްތިއުނާފ ނުކުތާ:
8ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:Q10C/MA/2025/7 (11 ޖުލައި 2025) ކޯޓު އަމަރު ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، މއަމުރި އިސްތިއުނާފު ކުރުމަށް ޕްރޮސިކުޝަނުން ހުށަހެޅީ އަންނަނިވި ނުކުތާއެވެ.
1.8. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:Q10C/MA/2025/7 އަމުރުން މުހައްމަދު ސާޖިދުގެ ހައްޔަރު ގޯސްކަމަށް ކަނޑައަޅައި މުހައްމަދު ސާޖިދު ބަންދުން ދ ކޮށްލުމަށް ނިންމާފައިވާ ނިންމުމަކީ، ޤާނޫނު ނަންބަރު:2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ބ) އާއި، އެ ޤާނޫނުގެ 40 ވަނަ މާއް ދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ ޚިލާފު ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ދެފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާޞާ:
9އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ މުހައްމަދު ސާޖިދުގެ ހައްޔަރު ގޯސްކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ ބަލައިފާސްކުރުމުގެ އަމުރުގެ ދާއިރާއަކީ މަދަނީ ކުށްތަކެއް ކަމަށް ބަޔާންކޮށްކަމަށެވެ. އެހެންނަމަވެސް، މުހައްމަދު ސާޖިދު ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންކަމަށާއި، ފެނުނު މަސްތުވާތަކެއްޗަކީ ބަލައިފާސްކުރުމުގެ ދާއިރާއިން ބޭރު ތަކެއްޗަށް ވީނަމަވެސް، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ބ) ގެ ދަށުން މި ތަކެއްޗަކީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށާ ގުޅުންހުރި ހެކިތަކެއްކަމަށްވާތީ، މުޙައްމަދު ސާޖިދު ހައްޔަރު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައެޅިދާނެކަމަށް ނުބެލެވޭކަމަށެވެ. ބުނެވުނު މާއްދާގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެހެން ޖިނާއީ ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް ފެނިއްޖެކަމުގައިވާނަމަ އެ ބަލައިފާސްކުރުމުގެ އަމުރުގައި ބަޔާން ނުކުރިކަމުގައިވީނަމަވެސް، އެ އެއްޗެއް ނެގުމުގެ ބާރު ފުލުހުންނަށް ލިބިދެވޭކަމަށް ބަޔާންކޮށްފައިވާކަމަށާއި، މައްސަލައިގައި ހިމެނޭ ބަލާފާސްކުރުމުގެ އަމުރަކީ މަދަނީ ކުށަކާ ގުޅިގެން ނެރެފައިވާ އަމުރެއް ނޫންކަމަށާއި، އެ އަމުރު ނެރުމަށް އެދި ހުށަހެޅި ފޯމަށާއި އެ ކޯޓު އަމުރަށް ބަލާއިރު އެ އަމުރަކީ ޖިނާއީ ކުށުގެ ތުހުމަތުގައި ނެރެފައިވާ ކޯޓު އަމުރެއްކަން އެނގޭ ކަމަށެވެ. މުޙައްމަދު ސާޖިދު ހައްޔަރު ގޯސްކަމަށް ނިންމާފައިވާއިރު، ހައްޔަރުކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއީ އެއްވެސް ކަމެއް ފުރިހަމަ ކުރުމުގައި ޤާނޫނާ ޚިލާފުކަމެއް ހިނގާފައިވާކަމުގެ އެއްވެސް ޚުޞޫމަތެއް މިމައްސަލައިގައި ނެތްކަމަށާއި، އެފަދަ ކަމެއް މިމައްސަލަ ނިންމެވުމުގައިވެސް ފާހަގަކޮށްފައިނުވާކަމަށ ޕްރޮސިކިއުޝަނުން އިތުރަށް ފާހަގަކޮށްފައިވެއެވެ.
10މީގެ އިތުރުން، ޕްރޮސިކިއުޝަނުން ބުނެފައިވަނީ މުޙައްމަދު ސާޖިދު ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތީގެ ހިޔާޒަތު މުޙައްމަދު ސާޖިދުގެ މައްޗަށް މި މަރުހަލާގެ ބޭނުމަށް "ޕްރޮބަބުލް ކޯސް" ގެ މިންގަނޑުން ސާބިތުވާކަމަށާއި، މިތަކެތި ފެނުނުއިރު، ޤާނޫނާ ޚިލާފު އެއްޗެހިތަކެއް (ގިނަ އަދަދެއްގެ ދުންފަތާއި، ވޭޕް) މުޙައްމަދު ސާޖިދުގެ ހިޔާޒަތުން ފެނިފައިވާކަމަށާއި، ޤާނޫނުން މަނާކުރާ ވިޔަފާރިއެއް ކުރާކަމުގެ ވާޤިޢާތައް ފުލުހުން ތަހައްމަލުކޮށްފައިވާކަމަށެވެ. އަދި އެކަމާ ގުޅޭ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވާކަމަށާއި، މި ވާޤިޢާތައް އެއްކޮށްލުމުން، މަސްތުވާތަކެތި ޓްރެފިކް ކުރާކަމުގެ ތުހުމަތު މާ ފުރިހަމައަށްވެސް "ޕްރޮބަބުލް ކޯސް" ގެ މިންގަނޑުން ސާބިތުކޮށްދެވޭކަމަށެވެ. އެހެންކަމުން، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި، ހައްޔަރުކުރުމުގެ އިޖުރާއަތާ ޚިލާފުކަމެއް ހިނގާފައިނުވާތީ، ކޯޓު އަމުރެއް ނެތު ކުށުގެ ވެށިން މުޙައްމަދު ސާޖިދު ހައްޔަރުކުރުމުގެ ބާރު ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުން ލިބިދީފައިވާތީ، މުޙައްމަދު ސާޖިދު ހައްޔަރުކުރި ކުރުން ޤާނޫނާ ޚިލާފުކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް އޮތްކަމަށް ދައުލަތުން ނުދެކޭކަމަށެވެ.
11އިސްތިއުނާފ ރައްދުވު ފަރާތުން އިސްތިއުނާފީ ނުކުތާގެ ރައްދުގައި ބުނެފައިވަނީ ދައުލަތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދަ ޙާލަތެއް އޮތްކަމަށް ބުނެފައިވީނަމަވެސް، އެމާއްދާގައި ބުނާ ޤާނޫނާ ޚިލާފު އެއްޗެއް ފެނިފައިނުވާކަމަށެވެ. ޖިނާއީ އިޖުރާއަތުގެ 32 ވަނަ މާއްދާގެ (ބ) އެޕްލައި ކުރުމަށް ޤާނޫނާ ޚިލާފު އެއްޗެއް ފެންނަން ޖެހޭކަމަށާއި، އެގޮތުން މި ހާލަތުގައި އެއީ ޝައްކުކުރެވޭ ޤާނޫނާ ޚިލާފު އެއްޗެއްކަމަށް ބުނު މުން އެމާއްދާއިން އެމިންވަރަށް ކޯޓަށް ސެޓިސްފައިނުކޮށްދެވޭކަމަށާއި، ސަބަބަކީ އެ ފެނުނު އެއްޗާއި ގުޅިގެން ދެން ނެރެން ބޭނުންވާ ނަތީޖާއަކީ މީހެއްގެ އަސާސީ ޙައްޤެއް ހިފެހެއްޓުމަށް އެދޭ އެދުމަށްކަމަށްވާތީކަމަށެވެ. މިހާލަތުގައި ޤާނޫނާއި ޚިލާފު އެއްޗެއްކަން ކަށަވަރުނުވާއިރު އަދި އެފެނުނު ގޮތާއި ފެނުނުތަނާއި އެނންވެސ އެއް ގުޅާ އެއްވެސް އިންޓެލިޖެންސް މަޢުލމާތެއްވެސް ނެތްއިރު ފުލުހުންނަށް ޝައްކު ކުރެވުނު ތަކެތި ޓެސްޓުނުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތަކީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއްކަމަށް ބަލައި އެމިންވަރަށް ދަށު ކޯޓަށް ހުށަހެޅުމުން ނުފެދޭކމަށެވެ.
12ދައުލަތުން ވޭޕްގެންގުޅޭ ކަމުގެ ޝަކުވާ އާ ގުޅިގެން ނެރެފައިވާ ކޯޓު އަމުރުގެ އިމުގެ ބޭރުން ފެނުނު ޤާނޫނާ ޚިލާފު އެއްޗެއްގެ މައްޗަށް ޕްރޮބަބުލ ކޯޒް އެއް އުފަންވާކަމަށް ބުނެފައިވީނަމަވެސް، ދަށު ކޯޓުން ހެދީ ކޮންގޯހެއްކަމެއް ސާފުކޮށް ދައުލަތަށް ބަޔާންނުކޮށް ދެވޭކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އަމިއްލަ ތަންތަނަށް ވަންނަ ނަމަ ވަންނަންޖެހޭނ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ކޯޓު އަމުރެއް އޮވެގެންކަމަށާއި، ކޯޓު އަމުރު ހޯދާފއިވަނަ އެހާލަތަށް ނޫންކަމަށްވާތީ އެގޮތަށް ކުރި ބަލާފާސްކުރުމެއްގައި ނެގުނު ތަކެތިކަމަށް ކަނޑައަޅައި ބަންދު ނުކުރެވޭނެކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
13ޕްރޮސިކިއުޝަނުން މިކޯޓުގައި އެދިފައިވަނީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:Q10C/MA/2025/7 އަމުރަކީ ބާޠިލް އަމުރެއްކަމަށް ކަނޑައަޅާދެއްވައި، މުޙައްމަދު ސާޖިދުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހަޅައިފިނަމަ، އެކަށީގެންވާ އަވަސް މުއްދަތެއްގައި ބަންދާމެދު ގޮތެއް ނިންމުމަށް އަމުރކޮށްދެއުވުމށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:
14އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:Q10C/MA/2025/7 އަމުރު ބާޠިލްކުރަންޖެހޭ ތަނއެ ނެތްކަމަށް ކަނޑައަޅުއްވައިދ މައްސަލީ ނިންމަވައިދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް: ފާހަގަކުރެވުނު ނުކުތާތައް:
15މުޙައްމަދު ސާޖިދު ދ ކޮށްލި ދ ކޮށްލުނ އިސްތިއުނާފުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ނުކުތާގައި ބަޔާންކުރަނީ، އެނިންމުމަކީ ޤާނޫނު ނަންބަރު:2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ބ) އާއި، އެ ޤާނޫނުގެ 40 ވަނަ މާޢްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ ޚިލާފު ނިންމެވުމެއް ކަމަށެވެ.
16ޕްރިސިޑެންސް 1މި މައްސަލައާއެކު ހުށަހެޅި ލިޔުންތަކަށް ބަލާއިރު، މުޙައްމަދު ސާޖިދުގެ ބަންދާމެދު ގޮތެއް ނިންމި ނިންމުމުގައި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ބަލާފާސްކުރުމުގެ އަމުރާ މެދު ޤާނޫނީ އޮޅުންތަކެއް އަރާފައި އޮތްކަމަށް ފާހަގަވެއެވެ. އެހެނީ، މުޙައްމަދު ސާޖިދު ބަންދުން ދ ކޮށްލުން ބިނާވެގެން ގޮސްފައިވަނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކުރި ބަލާފާސްކުރުމުގެ އަމުރަކީ ޤާނޫނު ނަންބަރު:2010/15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު)ގެ ދަށުން ދ ކުރެވޭނެ އަމުރެއް ނޫންކަމަށް ބެލެވގެންނެވި. ސަބަބައްކަމަށް ބަޔާންކުރަނީ އެއީ މަދަނީ ކުށްތަކެއް އުފައްދާ މަދަނީ ތަބީޢަތުގެ ޤާނޫނެއް ކަމަށްވާތީއެވެ. ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނނަކ މަދަނީ ކުށްތަކެއް އުފައްދާ މަދަނީ ޠަބީޢަތުގެ ޤާނޫނެއް ކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކުރި ކުރުމާމެދު އަހުރެންވެސް އެއްބަހެވެ. ނަމަވެސް އެޤާނޫނުގެ ދަށުން މަނާކޮށްފައިވާ ކަންކަން އެހެން ޤާނޫނެއްގެ ދަށުން ޖިނާއީ ކުށަކަށްވެގެންދާ ޙާލަތުގައި ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނުގައި ބަޔާންކުރާތަކެތި ހެކީގެ ގޮތުގައި ހޯދުމަށް ބަލާފާސް ކުރުމުގެ އަމުރއެ ހޯދުމަށް އެދެވޭނެއެވެ. އެހެން ޤާނޫނަކުން ކުށަކަށްވެގެންދާ ކަންކަމުގައި ހެކި ހޯދުމަށް އެ ޤާނޫނު ބޭނުން ނުކުރެވޭނެ ސަބަބެއް ނޫނެވެ. ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނނަކ މަދަނީ ޠަބީޢަތުގެ ޤާނނަކަށްވުން މާނަ ކރިގޮތ އޮޅިގެން ގޮސްފައިވެއެވެ.
17ޕްރިސިޑެންސް 2މިސާލަކަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނނުނ ކަނޑައަޅް އެއްކަމަކީ ދުންފަތުގެ ބާވަތްތައް ވިޔަފާރީގެ ގޮތުގައި މުޢާމަލާތު ކުރުމަށްޓަކައި ޚާއްޞަ ހުއްދަތަކެއ ހޯދަން ޖެހުމެވެ. އެހުއްދަ ނުހޯދައި ދުންފަތުގެ ބާވަތްތަކުގެ ވިޔާ ފާރި ކުރުމަކީ އެޤާނޫނުގެ ދަށުން ޖ ރިމަނާ ކުރެވޭނެ އިދާރީ ޠަބީޢަތުގެ ކުށެކެވެ. ހަމައެއާއެކު ޤާނޫނު ނަންބަރު؛ 2014/09 (ދިވެހިރާއްޖޭގެ ޤާނނުލްޢުޤބާތު) ގެ 613 ވަނަ މާއްދާއިން ތަޖުރީމުކުރާ އެއްޢަމަލަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހޯދަންޖެހޭ ހުއްދައެއް ހޯދައިގެން މެނުވީ ކުރުން ހުއްދަނޫން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:Q10C/BFA/2025/7 ކޯޓު އަމުރު (ބަލައިފާސްކުރުމުގެ އަމުރު) ކަމެއް އެފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި ކުރުމެވެ. ވީމާ، ދައުލަތުގެ ކަމާބެހޭ ފަރާތުގެ ހުއްދަ ހޯދުމަކާއިނުލައި ދުންފަތުގ ބާވަތްތަކުގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ ޙާލަތުގައި، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނނުގައ ބަޔާންކުރި ތަކެތި ހެކީގެ ގޮތުގައި ހޯދަންޖެހޭނެއެވެ. އެޙާލަތުގައި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގެ ދަށުން ބަޔާންކުރާ ތަކެތި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން ތަންތަނާއި ތަކެތި އަދި މީހުންވެސް ބަލާފާސްކުރުމަށް ކޯޓު އަމުރު ހޯދޭނެއެވެ. އެފަދަ އަމުރަކީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ބަލާފާސްކުރަން ހޯދާ އަމުރެއް ނޫނެވެ. ނަމަވެސް އެއީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުން މަނާކުރާ އަދި އެހެން ޤާނޫނެއްގެ ދަށުން ތަޖުރީމުކުރާ ކުށުގެ ޢަމަލާއި ގުޅޭ ހެކި ހޯދުމަށްޓަކައި ހޯދާ ބަލާފާސްކުރާ އަމުރެކެވެ.
18ޕްރިސިޑެންސް 3ޤާނޫނަކުން މަނާކުރާ ކޮންމެ ކަމަކީ ޖިނާއީ ކުށަށް ނުވެދާނެއެވެ. ބައެއް ޤާނޫނުތަކުގައި މަނާކަމަށް ބަޔާންކުރާ ޢަމަލުތަކަކީ އިދާރީ ހިންގުމުގެ ދާއިރާއިން ކަންކަން ތަންޒީމ ކުރުމުގު ގޮތުނެ އެކަށައަޅާ މަނާ ކަންކަމެވެ. ނަމަވެސް މިފަދައިން މަނާކޮށްފައިވާ ކަމެއް، އެހެން ޤާނޫނަކުން ކުށުގެ ޢަމަލެއްގެ ގޮތުގައި ބަޔާންކުރާނަމަ، އެ އިދާރީ އިންތިޒާމުގެ އިތުރުން ޖިނާއީ ކުށެއްގެ ގޮތުގައިވެސް އެބާވަތުގެ ޢަމަލުތަކާއި ގުޅިގެން ފިޔަވަޅު އެޅުމަކީ ކުރެވޭނެކަމކެ ވެ. އަދި ޤާނނުއަސާސ ބަޔާންކުރީ އެއްކުށަކަށް ދެފަހަރަށް އަދަބު ނުދިނުމުގެ މަފްހމުގު ތެރެއަށް ވާންނާނެ ކަންކަމެއްވެސް ނޫނެވެ.
19ޕްރިސިޑެންސް 6އެހެންކަމުން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ބަލާފާސްކުރުމަށް ނެރުނު އަމުރާއި ގުޅުވައި، އެ'..އަމުރު ތަންފީޒުކޮށްގެނ ފެނުން ޤާނޫނާ ޚިލާފު ތަކެތީގެ މައްޗަށް ޤާނނ ތަންފީޛު ކރުމަކު ކުރެވިދާނެ ކަމެއް ނޫންކަމާއި، އެބަލައި ފާސްކުރުމަކީ ހުއްދަކުރެވޭނެ ބަލައި ފާސްކުރުމެއްނން ކަމަށް ބުރަވެވޭތީ ބޭރުފުށުން ހުއްދަކަމަށް ފެނުނުނަމަވެސް އުސލީގޮތުން ހުއްދަނޫން ބަލައި ފާސްކުރުމަކުން ހޯދާފައިވާ ތަކެތި ކަމަށް ކަނޑައަޅައި، ހައްޔަރު ޤާނޫނާ ޚިލާފުކަމަށް ކަނޑައެޅި.." ކަނޑައެޅުމަކީ ޤާނޫނީ ގޮތުން ޞައްޙަ ނިންމުމެއް ނޫނެވެ.
20ޕްރިސިޑެންސް 4ޕްރިސިޑެންސް 5ކޯޓު އަމުރެއްގެ ދަށުން ތަނެއް ނުވަތަ މީހަކު ބަލައި ފާސްކުރުމުގެ ތެރެއިން އެއަމުރުގައި ބަޔާން ނުކުރިނަމަވެސް ކުށަކާއި ގުޅޭ އެހެން ތަކެތި ފެނިއްޖެނަމަ، އެތަކެތި ހިފެހެއްޓުމާއި ކުށާއި ގުޅޭ އެތަކެއްޗާއި ގުޅުން އޮތްކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރު ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ހުއްދަކުރާ ކަންކަމެވެ. ބަލާފާސްކުރުމަށް ނެރޭ އަމުރެއް ތަންފީޒު ކުރުމުގައި އެއަމުރުގައި ބަޔާންކޮށްފައި ނެތްތަކެތި ހޯދުމަށް މަސައްކަތްކުރުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. އެ ބަލާފާސްކުރުމުގެ އަމުރުގައި ބަޔާންނުކުރާ ނަމަވެސް ކުށަކާއި ގުޅޭ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭނީ ލޯމަށްޗަށ ދިމާލަށް ފެންނނަ ހުންނަ ތަކެއްޗާއި އެ ބަލާފާސްކުރުމުގެ އަމުރުގައި ބަޔާންކުރާ ތަކެތި ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ފެންނަ އެހެން ކުށަކާއި ގުޅޭ ތަކެއްޗެވެ.
21ވީމާ، މުޙައްމަދު ސާޖިދުގެ މައްޗަށް ތުހުމަތު ކުރެވުނު ހުއްދަނޫން ވިޔަފާރިކުރުމާއި އެތަކެތި ގެންގުޅެ އަދި ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކށާއު ގުޅިގެން، ދުންފަތް ކޮންޓްރޯލްކުރާބެހޭ ޤާނޫނުގެ ދަށުން ބަޔާންކުރާ ތަކެތި ހެކީގެ ގޮތުގައި ހޯދުމަށް އޭނާ ދިރިއުޅޭ ގެ ބަލާފާސްކުރި ކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި ގުޅުން އޮތް ފަރާތަކީ މުޙައްމަދު ސާޖިދކަމަށު ފުލުހުންނަށް ތުހުމަތު ކުރެވިގެން އޭނާ ހައްޔަރު ކުރި ކުރުން ރަނގަޅެވެ.
22މިމައްސަލައިގައި، ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރަޢުޔު އަހުރެން ކިޔައިފީމެވެ. އެރައުޔަށް އަހުރެންވެސް ތާއީދު ކުރަމެވެ.
23މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދުކުރުމާއެކ ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔުގައި ފާހަގަކުރައްވާފައިވާ ކަންކަމަށްވެސް އަހުރެން ތާޢީދު ކުރަމެވެ.
24މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް ތާއީދުކުރުމާއެކު ތިރީގައިވާ ކަންކަން ފާހަގަކުރަމެވެ.
25މި މައްސަލައިގެ ލިޔުންތަކުގެ ތެރެއިން، މުޙައްމަދު ސާޖިދު އަޙްމަދު ދިރިއުޅު ގެ ބަލައިފާސް ކުރުމަށްއެދި ހުށަހެޅި، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 9/Q10C/BFF/2025 "ތަންތަނާއި ތަކެތި ބަލާފާސްކުރުމުގެ އަމުރަށް އެދި ފަނޑިޔރާށ ހުށަހަޅް ފޯމް" (10 ޖުލައި 2025) ގައި، މުޙައްމަދު ސާޖިދު އަޙްމަދު ގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކުގެ ތެރޭގައި، މަތީގައި ބަޔާންކޮށްފައިވާ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނނުލްޢުޤބތު) ގެ 613 ވަނަ މާއްދާގައިވާ ކުށުގެ އިތުރުން، އެ ޤާނޫނުގެ 512 ވަނަ މާއްދާގައިވާ ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ ޢަމަލުގެ ކުށާއި، އެ ޤާނޫނުގެ 533 ވަނަ މާއްދާގައިވާ ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށާއި، އެ ޤާނޫނުގު 80 ވަނަ މާއްދާގެ ދަށުން، ބުނެވިދިޔަ ކޮށު ތައް ކުރަންއުޅުމުގެ ކުށުގެ ތުހުމަތު މީނާގެ މައްޗަށް ކޮށްފައިވެއެވެ. މުޙައްމަދު ސާޖިދު އަޙްމަދުގެ މައްޗަށް ޤާނނުލްޢުޤބާތުގެ 512 ވަނަ މާއްދާއާއި އެ ޤާނޫނުގެ 533 ވަނަ މާއްދާގައިވާ ކުށުގެ ތުހުމަތު މީގެފަހުން "ޤާނ ނުލްޢުޤބާތު"ކަމަށް ބުނެފައިވާ. އުފުލާފައިވަނީ، މީނާއަކީ ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނނ)ގެ 10 ވަނަ މާއްދާގެ (ނ) އާއި 67 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ސްޕެޝަލް ކޮންސްޓަބިއުލަރީގެ ވާޖިބުތައް އަދާކުރަމުންދާ މީހަކަށްވާތީކަމަށް، މި މައްސަލައާ ގުޅިގެން 07 އޮގަސްޓު 2025 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވެއެވެ.
26ބުނެވިދިޔަ ޝަރީޢަތުގެ މަޖިލީހުގައި، މުޙައްމަދު ސާޖިދު އަޙްމަދަކީ ސްޕެޝަލް ކޮންސްޓަބިއުލަރީގައި ވަޒީފާއަދާކުރާ މީހެއްކަމަށް ދައުލަތުން ހުށަހެޅުމާ ގުޅިގެން، މީނާއަކީ 07 މެއި 2025 ދުވަހުން ފެށިގެން ސްޕެޝަލް ކޮންސްޓަބިއުލަރީގައ ވަޒީފާއަދާކުރި މީހެއްކަމަށް ވީނަމަވެސް، ދައުލަތުން ހުށަހަޅާފައިވާގޮތާ ޚިލާފަށް، ހުވައެއްކޮށްގެންހުރި ފުލުހެއް ނޫންކަމަށް، މީނާގެ ފަރާތުން ބުނެފައިވެއެވެ. އަދި މުޙައްމަދު ސާޖިދު އަޙްމަދަކީ ފުލުހުންގެ ޤާނޫނުގު 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަނުވާ މީހެއްކަމަށް ބެލެވޭގޮތަށް، މީނާގެ ހުށަހެޅުންތައް ބައްޓަންކުރުމާ ގުޅިގެން، ސްޕެޝަލް ކޮންސްޓަބިއުލަރީގެ ހުވާކޮށްފައިވޭތޯ އިތުރަށް ސުވާލުކުރުމުން، ސްޕެޝަލް ކޮންސްޓަބިއުލަރީގެ ހުވާގެ ރަސްމިއްޔާތު އޮތްކަމަށާއި، ހުވގާ ރަސްމިއްޔާތަށް މީނާ ޙާޟި ރުވިނަމަވެސް، ހުވނުކުރާކަމާ ށާއި، ހުވކުރުމުގާ ރަސްމިއްޔާތުގައި އެންމެން ހުވކުރިއިރާ މުޙައްމަދު ސާޖިދު އަޙްމަދު އެތަނުގައި "ހަމަހުރީ" ކަމަށާއި، މާތުﷲ ގަންދީ ކުރަންޖެހޭ ހުވޔަކަ ށްވާތީ އެކަމާ ބިރުގަތަ ކަމަށް ބުނެފައިވެއެވެ. އަދި ޝަރީޢަތުން އިތުރަށީ ސާފުކުރުމުން، މަޤާމުގެ ހުވާނުކޮށް، 1 (އެކެއް) މަހާއި ދުވަސްކޮޅަކު ވަޒީފާއަދާކޮށް މުސާރަ ލިބިފައިވާކަމަށް މީނާ ބުނެފައިވެއެވެ.
27ޕްރިސިޑެންސް 7ބުނެވިދިޔަ ކަންކަމާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހެޅި "ފުލުހުންގެ ހުވާ" ސުރުޚީގެ ދަށުގައި، ފުލުހުންގެ ޤާނޫނުގެ ޖަދުވަލު 1 ގައިވާ ހުވާ ނަކަލުކޮށްފައިވާ ލިޔުމަށް ބަލާއިރު، 24 ޖޫން 2025 މީގެފަހުން "ފުލުހުންގެ ޤާނ ނ"ކަމަށް ބުނެފައިވާ. ދުވަހު، އެ ހުވާގެ އިޤުރާރާ ގައި މުޙައްމަދު ސާޖިދު އަޙްމަދު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އެހެންކަމުން، ޤާނނުލްޢުޤބާތުގެ 512 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 533 ވަނަ މާއްދާއާ ގުޅޭގޮތުން ދައުލަތުން ހުށަހަޅާފައިވާ ތުހުމަތުތަކަށްވެސް މިޙާލަތުގައި ބުރަދަން ލިބިފައިވާކަމަށް ދެކެމެވެ.
28ހުވައެއްކޮށްގެން ޤާނޫނު ތަންފީޒު ކުރުމުގެ ވަޒީފާއެއް އަދާކުރުމުގެ މަޤާމަކަށް ކުރިމަތިލައި، އެފަދަ ޒިއްމާދާރު ދައުލަތުގެ ވަޒީފއެއާ ލިބުމަށްފަހު، ވަޒީފާ އަދާކުރުމަށް ކުރަންޖެހޭ ހުވާގެ ރަސްމިއްޔާތުގައާ މުޙައްމަދު ސާޖިދު އަޙްމަދގު ދުލުން ހުވާނުކިޔައި ހުރިކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުމުގައި ބުނެފައިވަނީ، ޢަދުލްއިންޞާފުގެ ތަޞައްވުރަށް އެއްވެސް ޖެހިލުމެއ، ފަރުވާލެއް، ނެތިއެވެ. އަދި ޝަރީޢަތުގެ އަޑުއެހުމުގައި، ހުވާ ނުކޮށް މުސާރަލިބުމުގައި ގޯހެއް އޮތްކަމަށް މީނާނުދެކޭކަމަށް ބެލެވޭބީދައިނ މީން ވާހަކަދައްކާފައިވެއެވެ. މިއީ، މާތުﷲ ގަންދީ ހުވާކުރުމާގުޅޭގޮތުން ކަންވެގެންވާނެގޮތް ނުވަތަ ޝަރީޢަތުގައި އެފަދަ ހުވަޔަކާމެދު އެއްވެސް މީހެއްގެބަސްމަގު ހުންނަންވާނެ ގޮތްކަމަށް ނުދެކެމެވެ.
29މި މައްސަލައާ ގުޅިގެން 07 އޮގަސްޓު 2025 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތގު މަޖިލީހުގައި، ހުވާކުރުމާ ގުޅޭގޮތުން ފައުޅުވިކަންކަމުގެ އަލީގައި، ހުވައެއްކުރަންޖެހޭ ދައުލަތުގެ ވަޒީފާއާއި މަޤާމުތަކަށް ކުރިމަތިލއަ، އެފަދަ މަޤާމުތަކަށް ހޮވޭ އަދި /ނުވަތަ ޢައްޔަނުކުރެވޭ މީހުންގެ ފަރާތުން، ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ ހުވަޔާއި، ހުވގާ އިޤުރާރުގައި ސޮއިކުރުމުގެ ޤާނޫނީ ނަތީޖާ ސާފުވާ ގޮތުގެމަތިން، މަޤާމުގެ މަސްއ ލިއްޔަތއާ ޒިއްމާތއަ އަދާކުރަންޖެހޭގޮ ތާއި، ޤާނޫނީ ނިޒާމާއި ދައުލަތުގެ މައްޗަށްއޮންނަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމާ ގުޅުންހުރި ދައުލަތުގެ ސިޔާސަތުތކާއަ، އުޞ ލުތައް އިތުރަށް ހަރުދަނާކުރުމުގެ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށް ދެކެމެވެ.
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ނ) ގެ (1) އަދި (2)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 80، 512، 533، 613 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ނ)، 67 ވަނަ މާއްދާ އަދި ޖަދުވަލު 1
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ (އެއް ކުށަކަށް ދެފަހަރު އަދަބު ނުދިނުމުގެ އުޞޫލު)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް