ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/156
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިމްރާން ވަޖުދީ، 2018/HC-A/156
Prosecutor General v. Imraan Vajudhee 2018/HC-A/156 (2018/HC-A/156, High Court of the Maldives, 13 August 2018)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިމްރާން ވަޖުދީ
މައްސަލައިގެ ޚުލާޞާ
ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދުމުން، "އިތުރަށް ބަންދުކުރަންޖެހޭ ސަބަބެއް ނެތުމުން" ކަމަށް ބަޔާންކޮށް، ކްރިމިނަލް ކޯޓުން ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
ޕޯސްޓް މެދުވެރިކޮށް ގެނައި ޕާރުސަލެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ފާހަގަކުރެވި، ކަސްޓަމްސްގެ ވަގުތީ ޓެސްޓް ކިޓުން އެން.ޕީ.އެސް އަށް ޕޮޒިޓިވްވުމުން، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ޕާރުސަލް ނެގި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކުރެވި ބަންދުގައި ބެހެއްޓި މައްސަލައެކެވެ.
ދައުލަތުން ބުނީ ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށާއި ކުށަކީ މުޖުތަމަޢަށް ނުރައްކާތެރި ކުށަކަށްވާތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ (1) އާއި (4) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ކަމަށާއި، ޤާނޫނުއަސާސީގެ 143(ރ) އަށް ރިޢާޔަތް ނުކުރާ ކަމަށެވެ.
މައިގަނޑު ސުވާލު
ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ބަންދުގައި ހުރި މީހަކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
ޕާރުސަލްގައި ހުރި މާއްދާއަކީ ކޮބާކަން ފުލުހުންނަށް އަދިވެސް ހޯދިފައި ނެތުމުން، ތުހުމަތުކުރެވޭ ފަރާތާ ކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް ނުލިބޭތީ، ދޫކޮށްލުމުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނުފެނުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތުހުމަތުކުރެވޭ ފަރާތާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެއްޗަކީ ނުވަތަ އެތަކެތީގައިވާ މާއްދާއަކީ ކޮބާކަން އަދިވެސް ފުލުހުންނަށް ހޯދިފައި ނެތްނަމަ، "ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި" ހުރިނަމަވެސް، ތުހުމަތުކުރެވޭ ފަރާތާ އެކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް ލިބިފައި ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ތުހުމަތާ ގުޅިފައިވާ ތަކެއްޗަކީ ނުވަތަ އޭގައި ހުރި މާއްދާއަކީ ކޮންއެއްޗެއްކަން އަދި ދެނެގަނެވިފައި ނުވާނަމަ، ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަށް ހައިކޯޓުން ބަދަލެއް ގެންނަން ޖެހޭ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ބ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ، (ށ) ގެ (1) އާއި (4)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި ނުކުތާގައި)
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް