ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/155
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ޖިބްރީލް، 2018/HC-A/155
Prosecutor General v. Ali Jibreel 2018/HC-A/155 (2018/HC-A/155, High Court of the Maldives, 31 October 2018)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ޖިބްރީލް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން 27 މާރޗް 2018 ގައި ތުހުމަތުކުރެވޭ ފަރާތް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތާއި އިތުރު މީހަކު ބައިވެރިވެގެން ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނެވެ. ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުން އެދުމުން، އިތުރަށް ބަންދުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެ ކްރިމިނަލް ކޯޓުން ޝަރުޠުކޮށް ދޫކޮށްލިއެވެ.
އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 22 (ޅ)، 59 އަދި 60 ވަނަ މާއްދާއާ ޚިލާފު އަމުރެއްކަމަށާއި، ކުށަކީ މުޖުތަމަޢަށް ނުރައްކާތެރި ކުށެއްކަމުން 60 (ށ) (1) އާއި (4) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭނެކަމަށާއި، މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާނުވާކަމަށް ދައުލަތުން ބުންޏެވެ.
މައިގަނޑު ސުވާލު
ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ފަރާތެއް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖްރާއަތުގެ ޤާނޫނާ ޚިލާފު އަމުރެއްތޯ؛ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ ބަންދުން ދޫކޮށްލި އަމުރު ޤާއިމް، އިސްތިއުނާފު ބަލައިނުގަނެވި
ތަޙްޤީޤު ނިމި މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވީނަމަވެސް، ޕާރުސަލްގައި ހުރި މާއްދާއަކީ ކޮންއެއްޗެއްކަން އަދި ދެނެގަނެވިފައިނުވާކަމަށް ފުލުހުން ބުނެފައިވާތީ، ދޫކޮށްލި އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނުފެނުނެވެ.
ކަނޑައެޅުނު އުޞޫލު
- ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ދައުލަތުން އެދޭއިރު، ތަޙްޤީޤު ނިމި މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވިޔަސް، ތުހުމަތާ ގުޅޭ ގޮތުން ހިފެހެއްޓި ޕާރުސަލްގައި ހުރި މާއްދާއަކީ ކޮންއެއްޗެއްކަން އަދި ދެނެގަނެވިފައިނުވާނަމަ، ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތެވެ. (ނުކުތާ 3 (ށ))
- ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ، (ށ) ގެ (1) އާއި (4)
- ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (ލިޔުމުގައި '314' ކަމަށް)
- ބެންޗު
- ޝުޖާޢު ޢުޘްމާން، ޢަބްދުއްރަޢޫފު އިބްރާހީމް، ޙަސަން ޢަލީ
- ޚިލާފު ރައުޔު
- ނެތް