ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/18
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙުސައިން ޒައިދާން ޢަލީ، 2025/HC-B12/18
Prosecutor General v. Hussain Zaidhaan Ali 2025/HC-B12/18 (2025/HC-B12/18, High Court of the Maldives, 16 June 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙުސައިން ޒައިދާން ޢަލީ
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފު ފިޔަވައި އިތުރު ހެއްކެއް ނެތުމުން މަދަނީ މިންގަނޑުން ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ބާޠިލުކުރިއެވެ.
ސައްޙަނޫން ޑޮލަރުތަކެއް ދީގެން މުދަލެއް ހޯދައި، އެ މުދާ ވިއްކައިގެން ފައިސާ ބޭނުންކުރިކަމަށް ބުނެ، ދައުލަތުން ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް މަކަރާއި ޙީލަތާއި މަނީ ލޯންޑްރިންގގެ ދަޢުވާ ކްރިމިނަލް ކޯޓުގައި ވަކިވަކިން ހުށަހެޅިއެވެ. ދަޢުވާލިބޭ ފަރާތް ދަޢުވާއަށް އިންކާރުކުރިއެވެ.
ދައުލަތުން ބުނީ 3 ޝަފަހީ ހެކިންނާއި 6 ކިތާބީ ހެކި ހުށަހަޅާފައިވާއިރު ހެކިތަކަށް ރިޢާޔަތްނުކޮށް ނިންމިކަމަށާއި، ފަހުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުމަށް ފުރުޞަތު ނުދީ ނިންމިކަމަށް އެއްބަސްވެ އެދޭގޮތް ބަދަލުކުރިއެވެ. ދަޢުވާލިބޭ ފަރާތުން ބުނީ އިޢުތިރާފަކީ ސައްޙަ އިޢުތިރާފެއް ނޫންކަމަށެވެ.
މައިގަނޑު ސުވާލު
މަނީ ލޯންޑްރިންގގެ ދަޢުވާއެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ބާޠިލުކުރުމުގެ ކުރިން، 117 އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުޞަތު ދިނުން ލާޒިމުތޯ، އަދި ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ތަރުތީބު ފުރިހަމަނުކޮށް ނިންމި ނިންމުން ޞައްޙަތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު؛ 7 ދުވަހުގެ ތެރޭގައި ދަޢުވާ އަލުން ހުށަހަޅައިފިނަމަ، ދަޢުވާ ސާފުވެ އިންކާރުކުރި ހިސާބުން ފެށިގެން ތަރުތީބާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެންގި
ޚަޞްމުންގެ ހުށަހެޅުމެއް ނެތި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117 އާއި 119 ވަނަ މާއްދާގެ އިޖުރާއަތަށް ފުރުޞަތު ނުދީ 115 (ހ) ގެ ދަށުން ނިންމުމަކީ ފުއާދު މައްސަލައާއި ޔޫސުފް ރިޟާ މައްސަލައިގައި ކަނޑައެޅި އުޞޫލުތަކާ ޚިލާފު ނިންމުމެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ މައްސަލައެއްގެ އިބްތިދާއީ (ޝަރީޢަތުގެ ކުރީގެ) މަރުޙަލާގެ ތަރުތީބަކީ: (1) ދަޢުވާ ސާފުވުމުން 107 ވަނަ މާއްދާގެ ދަށުން ދަޢުވާއަށް ޖަވާބު ދިނުމަށް އެންގުން؛ (2) އިންކާރުކުރާނަމަ ދައުލަތުން ހެކި ހާމަކުރުމަށްފަހު ދަޢުވާލިބޭ ފަރާތަށް ހެކި ހުށަހެޅުމުގެ ފުރުޞަތު ދިނުން؛ (3) 119 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުމަށް ފުރުޞަތު ދީ، ހުށަހެޅުމެއް އޮތްނަމަ 117 އަދި/ނުވަތަ 120 ވަނަ މާއްދާގެ އަލީގައި ގޮތެއް ނިންމުން؛ (4) އެއަށްފަހު 115 ވަނަ މާއްދާގެ (ހ) ނުވަތަ (ބ) ގެ ދަށުން ގޮތެއް ނިންމުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-23)
- ހައިކޯޓުގެ 2020/HC-A/183 (ފުއާދު މައްސަލަ) ގައި ކަނޑައެޅި އިބްތިދާއީ މަރުޙަލާގެ ތަރުތީބަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާން ޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ރާއްޖޭގެ ޝަރީޢަތުގެ ނިޒާމަކީ އެޑްވަސޭރިއަލް ނިޒާމުގެ ސިފަތަކަށް ބަރޯސާވާ ނިޒާމެއްކަމުން، ފަނޑިޔާރުން މައްސަލަ ބަލަނީ ކުރިމައްޗަށް ހުށަހަޅާ ހުށަހެޅުންތަކަށް ބަލައިގެންނެވެ. ފަރާތްތަކުން ފާހަގަނުކުރާ ޤާނޫނީ ކަމެއްގެ މައްޗަށް ގޮތް ނިންމުމުގެ ކުރިން ފަރާތްތަކަށް ބަސްބުނުމާއި ޖަދަލުކުރުމުގެ ފުރުޞަތު ދޭންވާނެއެވެ. އަދި ފަނޑިޔާރުގެ އިސްނެގުމަށް އައު ހުށަހެޅުމެއް ހުށަނާޅާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-25)
- ޚަޞްމުން ހެކިތަކާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާފައި ނުވާއިރު، 117 އާއި 119 ވަނަ މާއްދާގެ އިޖުރާއަތު ފުރިހަމަނުކޮށް ހެކިތަކުގެ ބުރަދަން ވަޒަންކޮށް (ތަޙުޤީޤުގެ އިޢުތިރާފު ފިޔަވައި ހެއްކެއް ނެތްކަމަށް ކަނޑައަޅައި) 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ބާޠިލުކުރުމަކީ ނުރަނގަޅު ޤާނޫނީ ބިނާއެއްގެ މައްޗަށް ނިންމި، ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ތަރުތީބާ ޚިލާފު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-28)
- އިސްތިއުނާފުގެ އަޑުއެހުމުގައި ދައުލަތުން އިޖުރާއަތު ފުރިހަމަނުވާކަމަށް އެއްބަސްވެ އެދޭގޮތް ބަދަލުކުރުމުން، ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ޤާނޫނީ ސުވާލަށް ބަދަލު އައިސްފައިވާކަމަށް ބަލައި، އިޖުރާއީ ތަރުތީބު ފުރިހަމަކޮށްފައިވޭތޯ ބެލިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-20)
ޢަބްދުލްމާނިޢު ޙުސައިންތާއީދަކުރެއްވަ އެވެ.
1މި މައްސަލައަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B2(736-2024)2025/01 "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން" )11 މިއެ 2025( އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ )މީގެފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށްބުނެފައިވާ(ގެ ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފ ރައްދުވާ ފަރާތަކީ ސ. ހުޅުދޫ، […] ޙުސައިން ޒައިދާން ޢަލ )މީގެފަހުން "ޙުސައިން ޒައިދާން ޢަލ" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށްބުނެފައިވާ( އެވެ.
2ދައުލަތުން، ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ 212 ވަނަ މާއްދާގެ )ހ( ގ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި، އެ މާއްދާގެ )ށ( ގެ 2 ވަނަ ނަންބަރުގެ )i( އާއި )ii( އާ ޙަވާލާދީ، 210 ވަނަ މާއްދާގެ )ށ( ގެ 3 ވަނަ ނަންބަރުގެ ދަށުން މަކަރާއިޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރ 10/2014 )މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު( ގ 53 ވަނަ މާއްދާގެ )ހ( އާއި، 5 ވަނަ މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ )ށ( ގެ ދަށުންނާއި، 62 ވަނަ މާއްދާގެ )ހ( ގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ. )3( ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ 12 ނޮވެންބަރު 2024 ގައި ކްރިމިނަލް ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ހުށަހަޅާފައިވެއެވެ.
3އެގޮތުން، މަކާރާއި ޙީލަތުގެ ދަޢުވާ ބަލަމުންދިޔައީ ކްރިމިނަލް ކޯޓުގެ ނަންބަރު 735/Cr-C/2024 ޤަޟިއްޔާއިންނެވެ. އަދި، މަނީ ލޯންޑްރިންގގެ ދަޢުވާ ބަލަމުންދިޔައީ އެ ކޯޓުގެ ނަންބަރު 736/Cr-C/2024 ޤަޟިއްޔާއިންނެވެ.
4އެ ޤަޟިއްޔާތަކުގެ އިބްތިދާއީ މަރުޙަލާގައި،މަނީ ލޯންޑްރިންގގެ ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރ 736/Cr-C/2024 ޤަޟިއްޔާ، 11 މިއެ 2025 ދުވަހު މަދަނު މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅއްވެފައިވެއެވެ. އ ނިންމުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެމަތިން ހުރުމުން،
1. ސ. ހުޅުދޫ / އިރަމާގެ ޙުސައިން ޒައިދާން ޢަލީގެ މައްޗަށް ދައުލަތުން ކުޅަ، މަނީ ލޯންޑްރިންގ ކުށުގެ މި ދަޢުވާއަށް ޙުސައިން ޒައިދާން ޢަލީ އިންކާރުކޮށްފައިވާތީ، މި ދަޢުވާ ސާބިތުކުރުމަށް ތަހުގީގުގައި ވެފައިވާ އިއުތިރާފު ފިޔަވައި އިތުރު ހެއްކެއް ނެތުމުން، މަދަނީ މިންގަނޑުނުހެކ ވަޒަން ކުރިއިރު، މި ދައުވާ ކުރިއަށް ގެންދެވޭނެ ތަނެއް އޮތްކަމަށް ނުފެންނާތީ، ޤާނޫނ ނަންބަރ 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 115 ވަނި މާއްދާގަ )ހ( ގެ ދަށުން މި ދަޢުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި؛
2. މި ކޯޓުގެ ނަންބަރު 145/DF/2024/345 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރެފަރެންސް ނަންބަރ 636/2023-2024/CRC/342( ދަޢުވާ ހުށަހަޅާ ފޯމުން ޙުސައިން ޒައިދާން ޢަލީގެ މައްޗަށް ހުށަހަޅާފައިވާ މަނީ ލޯންޑްރިންގ ގެ ކުށުގެ ދަޢުވާ، ޤާނޫނު ނަންބަރ 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 115 ވަނަ މާއްދާގެ )ހ( ގެ ދަށުން ބާތިލުކަމަށް ކަނޑައަޅައިފީމެވެ." ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރެފަރެންސް ނަންބަރ 2024/CRC/342-636/2023 ދަޢުވާ ހުށަހަޅާ ފޯމު )12 ނޮވެންބަރު 2024.( އިސްތިއުނާފީ ނުކުތާތަކާއި ދެކެވުނު ވާހަކަތައް
5ކްރިމިނަލް ކޯޓުގެ ނަންބަރު 145-B2(736-2024)2025/01 " މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން) "11 މއ 2025( އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ 1 )އެކެއް( އިސްތިއުނާފީ ނުކުތާއެވެ. އެ ގޮތުނު،އެ ނިންމުމަކީ ޤާނޫނު ނަންބަރ 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 115 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވުނ މާއްދާގަ )ރ( އާއި ޤާނޫނު ނަންބަރ 13/2010 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ )ށ( އާޚިލާފު ނިންމުމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާގެ ފަރާތުން ބުނެފައިވެއެވެ. މި އިސްތިއުނާފު ނުކުތާއާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
6ކްރިމިނަލް ކޯޓުގެ ނިންމުން ބިނާވަނީ 2 އަސާސެއްގެ މައްޗަށް ކަމަށެވެ.އެއީ، ދަޢުވާލިބޭ ފަރާތުގެ ބަޔާނު އެއްފަރާތްކުރާ ޙާލަތުގައި، މަނީ ލޯންޑްރިންގގެ ކުށުގެ އުންސުރުތައް ސާބިތުކުރެވޭނެ އެއްވެސ ހެއްކެއް ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައި ނެތުމާއި، މި މައްސަލައިގައި ތަޙުޤީޤުގައި ދަޢުވާލިބޭ މީހާ ވެފައިވާ އިޢުތިރާފަށް ބާރުލިބިދޭ އިތުރު އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތްކަމުގެ މައްޗަށްކަމަށެވެ.
7މަދަނީ މިންގަނޑުން މައްސަލަ ބަލައިގަތުމާމެދު ގޮތެއްނިންމުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ )ބ( ގައި، ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާލިބޭ ފަރާތަށްދެވޭފުރޞަތުގައިދަޢުވާއަށް އިންކާރު ކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކުރާއިރު، ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެތަނެއ އޮތްކަމަށް މަދަން މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބުނެފައި. މިންގަނޑނު ބަލާއިރް ފަނޑިޔާރަށްގްބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދަޢުވާއާއިގެން ކުރިއަށްދެވޭނެކަމަށ ބަޔާން ކޮށްފައިވާކަމަށެވެ.
8މަދަނީ މިންގަނޑުން މައްސަލައެއް ކުރިއަށް ގެންދަން ނިންމާއިރު، މައްސަލައިގައި އެކަށީގެންވާ މިންވަރަކަށް ހެކިހުރިތޯ ނުވަތަ ނޫންތޯ ބަލާނެ މިންގަނޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކޫރު )2021/SC-A/42,43( )މީގެފަހުން "ޢާޒިމާ މައްސަލަ"ކަމަށް ބުނެފައިވާ(ޤަޟިއްޔާގެ 28 ވަނަ ނުކުތާގައި ބަޔާން ކޮށްފައިވާކަމަށެވެ. އެގޮތުން، މައްސަލައިގެ އެކޮޅު މިކޮޅުބަލައި، ހުށަހެޅިފައިހުރި އެންމެހއަހެކި ތަކުގ ޖުމްލަ ނަތީޖާއަށް ރިޢާޔަތްކުރުމަކީ ފަނޑިޔާރުގެ ޒިއްމއެއްކަމަށެވެ.
9މި މައްސަލައިގެތަޙުޤީޤުގައި ދަޢުވާލިބޭ ފަރާތުން ވެފައިވާއިޢް ތިރާފުގ އިތުރުނު،ހެއްކެއް ހ ށަހަޅާފައ ނުވާކަމަށީއެ ނިންމުމުގައި ބަޔާންކޮށްފައިވީނަމަވެސް، އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކަށް ރިޢާޔަތް ކުރަންވާނެކަމަށް އޮންނައޮތުމާ ޚިލާފު ނިންމުމެއް ކަމަށެވެ. މި މައްސަލައިގެ ދަޢުވާއާއެކު ދައުލަތުގެ ފަރާތުން 3 )ތިނެއް( ޝަފަހީ ހެކިންނާއި،
6 )ހައެއް( ކިތާބީ ހެކި ހުށަހަޅާފައި ވާނެކަމަށެވެ.
10މި މައްސަލައިގައި މަނީ ލޯންޑްރިންގގެ ދަޢުވާ ކޮށްފައިވަނީ، ދެ ޢަމަލެއްގެ މައްޗަށް ބިނާކޮށް ކަމަށްވެ. އެގޮތުނިފުރަތަމަ ޢަމަލަކީ ސައްޙަނޫން ޑޮލަރުތަކެއް މީހަކަށް ދިނުމަށްފަހު މުދަލެއް ހޯދުމުގައިވާ މަކަރާއި ޙީލަތްހެދުންކަމަށެވެ. ދެވަނަ ޢަމަލަކީ، މަކަރާއި ޙީލަތުގެ ޢަމަލުން ލިބުނު މުދައު ވިއްކައިގެން ފައިސ ހޯދައި ބޭނުން ކޮށްފައިވުންކަމަށެވެ.
11މ މައްސަލައިގައި ހުށަހެޅި ހެކިތަކުން، ދައުލަތުން ކޮށްފައިވާ ދަޢުވާގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާގޮތް ޝަރީޢަތުގައި ސާފުކޮށްދީފައި ވާނެކަމަށެވެ. މި މައްސަލައަކީ ހަމައެކަނި އިޢުތިރާފުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމަށެވެ.
12މި މައްސަލައިގެ އަޑުއެހުމުގައި ޝަރީޢަތުން ކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި ދައުލަތު ގެ ފަރާތުނ ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
12.1. ދައުލަތުން ދެކޭގޮތުގައި މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށްފަހު،ދަޢުވާ ކުރިއަށް ދާއިރު ޢިއެމުގޮތެއްގައ ކުރިއަށްދާނެ ތަރުތީބަކީ ކޮބައިތޯ ސުވާލުކުރުމުން، ލިޔުންތައް ދޫކުރުމަށްފަހު އިބްތިދާއީ މަރުޙަލާ ކުރިއަށް ދާކަމށާއ، އެ މަރުޙްލާގައި ދައުލަތުން ދަޢުވަ ސާފުކޮށްދިނުމުނ، ދަޢުވާލިބޭ މީހާ ދަޢުވާއަށް އިންކާރްކު ރުމުނީ،މިހާރު ޤާނޫނު ނިޒާމުގައި ބަލައިގަނެފައިވާ އުޞޫލަކަ،ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރޞުތު ދިނުމަށްފަހު، އެ ހުށަހެޅުންތަކާމެދު ގޮތެއްނިންމާއިރު އެ މައްސަލައަކީ މަދަނީ މިންގަނޑުން ކްރިއަށ ގެންދެވޭނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުނކަމަށް ބުނެފައިވެއެވެ.
12.2. ދަޢުވާ ހުށަހެޅުމަށްފަހު ދަޢުވާ ސާފުވެއްޖެކަމަށް ބުނުމަށްފަހު ދެންވާނީ ކިހިނެއްތޯ ސުވާލުކުރުމުން، ދަޢުވާ ސާފުވެއްޖެކަމަށް ކަނޑައެޅުމުން،ދައުލަތުން ހުށަހަޅް ހެކިތައް ހާމަކުރާކަމަށާއި، އެއަށްފަހު ދަޢުވާލިބޭ މީހާ ހެކި ހުށަހަޅާނަމަ ހެކެހާމަކުރާކަމަށެވެ. އަދި އެއަށްފަހު ޝަރީއަތުގެ ކުރީގެ ހުށަހެޅުމަށަފުރެ ޞު ތ ދވެކަމަށާއި، އުހުށަހެޅުމާމެދު ގޮތެއް ނިންމާއިރު،މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދޔުމާމެދިގޮތެއްނިންމާކަމަށެވެ. މިއީ ދައުލަތުނުގބޫލުކުރާ އިޖުރާއަތކަމަށް ބުނެފައިވެއެވެ.
12.3. މި މައްސަލައިގައި ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހަޅާފައިވޭތޯ ސުވާލުކުރުމުނެމް، މައްސަލައިގައި ޝަރީޢަތުގެ ކުރީގެ ހުށަހެޅުމަށް ފުރުޞަތު ދީފައިނުވާ ކަމަށެވެ. މި މައްސަލައިގައި މަދަނީ މިންގަނޑުން ގޮތެއް ކަނޑައަޅާފައިވަނީ ހެކިތައް ހާމަކުރުމަށް ފަހުގައކަމަށ ދައުލަތުން ބުނެފައިވެއެވެ.
12.4. މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ދަށުކޯޓުން ނިންމާފައިވާ މައިގަނޑު ސަބަބަކީ ކޮބައިތޯ ސުވާލުކުރުމުން، އެފަދައިން ނިންމާފައިވަނީ ދެ ސަބަބަށްޓަކައެކަމަށި ބުނެފައިވެއެވެ.އެގޮތުން މަން ލޯންޑްރިންގގެ ކުށުގް ޢުންޞިރުތައ ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައަ ނުވާކަމަށް ފަނޑިޔާރަށްގ ބޫލުކުރެވުމުނ ކަމަށެވެ.
12.5. ދަށުކޯޓުން އެއްވެސް ހެއްކަކާ ދޭތެރޭގައި ގޮތެއް ކަނޑައަޅާފައިވޭތޯ ސުވާލުކުރުމުން،އެއްވެސް ހެއްކަކާބެހޭ ގޮތުން ގޮތެއްކަނޑައަޅާފައ ނުވާކަމަށްދައުލަތުން ޖަވާބު ދީފައިވެއެވެ.ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަން މާއްދާގަ ދަށުން ހެކިބަލައިގަތުމާ ގުޅޭގޮތުން ގޮތެއް ކަނޑައަޅާފައިވޭތޯ ސުވާލުކުރުމުން، ބުނެފައިވަނީ އެފަދަ ނިންމުމެއް ނިންމާފައިނުވާކަމަށެވެ. ސީދާ ސާފުކޮށް ނިންމުމުގައި ހެކި ބަލައިނުގަންނަކަމަށް ނިންމާފައްނުވާކަމަށާއި، އެހެންނަމަވެސް ފަނޑިޔާރަށަގީ ބޫލުކުރެވުނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތކަކިމަނީ ލޯންޑްރްންގގެ ކުށށ ރެލަވަންޓްހެކި ނޫންކަމަށކަމަށް ދައުލަތަށގް ބޫލުކުރެވޭކަމަށެވެ.
12.6. އިސްތިއުނާފުކުރެވޭ ނިންމުމުގައި، މިމައްސަލައިގައި ހުށަހަޅާފައިވަނީ ހަމައެކނ އެންމެ ހެއްކެކޭ ބަޔާންކޮށްފައި އޮތުމުގެ މާނައަކީ ދައުލަތުން ދެކޭގޮތުގައި ކޮބައިތޯ ސުވާލުކުރުމުން، ދައުލަތުނަ ބުނެފައިވަން އެޙލަތުގައި އެހެންހެކިތައ އެއްފަރާތް ކުރީކަމަށް ބެލެވިދާނެކަމަށް ދައުލަތުން ބުނެފައިވެއެވެ.
12.7. މ މައްސަލައިގައި އިބްތިދާއީ މަރުޙލާގެ އިޖުރާއަތުތައް ކުރިއަށް ގެންގޮސްފައިވޭތ ސުވާލުކުރުމުން،އ އިޖުރާއަތު ކުރިއަށް ގެންގޮސްފައިވާކަމަށް ނުދެކޭކަމަށއި،ފނޑިޔާރަ ށ އެގޮތަށް ކަނޑައެޅޭނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަން މާއްދާގަ ހުށަހެޅުމެއް ހުށަހަޅައިގެނކަމަށް ޖަވާބު ދީފައިވެއެވެ.
12.8. ދައުލަތުން އިސްތިއުނާފު ފޯމުގައި އެދޭގޮތްކަމަށް ބަޔާންކޮށްފައިވާ ގޮތަށްބަލާއިރު،ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ނުވަތަ 117 ވަނަ މާއްދާގެ ދަށުން އެއްވެސް ނިންމމަކ ނުލައި، މި ކޯޓުން 115 ވަނީ މާއްދާގަ ދަށުން މިމައްސަލައަކ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅަން ވީތޯއާއި، އިސްތިއުނާފު ރައްދުވާ ފަރާތށު ޝަރީޢަތުގެ ކުރީގެހުށަހެޅުމެއް ހުށަހެޅުމުގެ ފުރަޞިތު ދިނުމަކާނުލއް،މި މައްސަލަ ކުރިއަށް ގެންދަންޖެހޭނެކަމަށ ދެކެނީތޯ ޝަރީޢަތުން ސުވާލުކުރުމުން، އެ ފުރުސަތު އިސްތިއުނާފ ރައްދުވު ފަރާތަށް ލިބެންޖެހޭނެ ކަމަށް ދެކޭކަމްށާއި، ދައުލަތުން އެދޭގޮތު ބަދަލުކުރުމުގެ ފުރުޞަތަކަށް އެދިފައިވެއެވެ. އެ ފުރުޞަތު ޝަރީޢަތުން ދީފައިވެއެވެ.
12.9. ޝަރީޢތުގަ ކުރީގެ ހުށަހެޅުމެއްނެތި މަދަނީ މިންގަނޑުންގޮތ ނިންމިކަން އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިނުވާއިރު، ދައުލަތުން ފާހަގަކުރި ތަރުތީބަކީވެސ އިސްތިއުނާފުގައި ފާހަގަ ކޮށްފައިވާކަމެއްނޫންކަމަށްވާއިރު، ދައުލަތުން މި އިޖުރާއަތު ގީބޫލުކުރާކަމަށް ވިދާޅުވާއިރު، އެއާޚިލާފަށް ގޮތްނިންމާފައިވާ މައްސަލަތަކުގައި އިސްތިއުނާފ ނުކުތާއެއްގެ ގޮތުގައި އެކަން ހުށަހަޅާފައިނުވަނީ ކްއ ވެތޯ ސުވާލުކުރުމުނު،މި މައްސަލަ އިސްތިއުނާފުކުރިއް ރ މައިގަނޑު ގޮތެއްގައި ބަލާފައިވަނީ މަދަނީ މިންގަނޑުން ކުރިއަށް ނުގެ ންދެވޭނ މައްސަލައެއްކަމަށް ކަނޑައަޅާފައި އޮތުމުން، އެކަމަށް ރިޢާޔަތްކޮށްގެންކަމަށް ދައުލަތުން ބުނެފައިވެއެވެ.
12.10. ޝަރީޢތުގަ ކުރީގެ ހުށަހެޅުމަށްފަހު މަދަނީ މިންގަނޑުން ގޮތެއްނިންމުމަށް އޮންނަ އިޖުރާއަތާ ގުޅިގެން ދައުލަތުނުގ ބޫލުކުރ އިޖުރާއަތަކާ އެއީކަމަށް ދެކޭއިރ، އެ ސްޓޭންޑް ދެމެހެއްޓިފައި ނުވަނީ ކީއްވެތޯ ސުވާލުކުރުމުން، ޤާނޫނުގައި ދެގޮތަކަށް އެ މަރުޙަލާ ކުރިއަށް ގެންދަންޖެހޭގޮތް އޮންނާތީ ފަނޑިޔާރުންގެ އިޚްތިޔާރެއްގެ ގޮތުގައި ޝަރީޢަތުގެ ކުރީގެ ހުށަހެޅުނު ހުށަހެޅުމަށްފަހ މަދަނު މިންގަނޑުން ގޮތްނިންމާ ކަމަށާއި، ނުވަތަ މަދަނީ މިންގަނޑުން ގޮތްނިންމާފައ، ޝަރީޢަތުގެ ކުރީގެ ހުށަހެޅުމަށް ފުރުޞަތު ދކަމަށް ބުނެފައިވެއެވެ. މި ދެ ގޮތުންކުރެގޮތެއް އިޚްތިޔާރުކުރިޔަސ ދައުލަތަށް އެންމެ ރަނގަޅުތުޝަރީޢަތުނ އިތުރަށް ސުވާލުކުރުމުން، މަދަނީ މިންގަނޑުންގޮތެއް ނިންމުމަށްފަހު، ޝަރީޢަތުގެ ކުރީގެ ހުށަހެޅުމާމެދު ގޮތެއްނިންމާފައި،އަލުން މަދަން މިންގަނޑުން ގޮތެއްކަނޑައަޅާފައިވާ ކަމަށާއި، ދަޢުވާލިބޭ މީހާގެ ހައްޤު އެކަށީގެންވާ ގޮތެއްގައި ރައްކާކުރެވނަމ ދައުލަތަށް ފުދޭކަމަށް
12.11. ޝަރީޢތުގަ ކުރީގެ މަރުހާލާގެ އިޖުރާއަތު އަދިވެސް ބަހުސެއް އޮތުމަކީ ޤާނޫނުގެ އުނިކަމެއްތޯއި،އ މިއީ ދައުލަތުން ސީރިއަސް ކަމެއްގެ ގޮތުގައި ދެކޭކަމެއްތ ސުވާލުކުރުމުން، މިކަހަ ލ މައްސަލަތައް ދިމާވަނީޤާނޫނުގައި ދެގޮތަކަށް ލިޔެފައިވާތީކަމށ ދައުލަތުން ދެކޭކަމަށަ
12.12. މ މައްސަލައިގައި ކުށުގެޢުންޞްރުތަކާ ގުޅޭގޮތުން ދަށު ކޯޓުގައި ވާހަކަ ދެކެވުނުތ ސުވާލުކުރުމުން، އެކަންކަން ސާފު ކޮށްދީފައިވާނެކަމަށ ދައުލަތުން ބުނެފައިވެއެވެ. ދަށުކޯޓުގައި މި މައްސަލައާ ގުޅިގެން ކުށުގެޢާންޞުރާތަކާ ގުޅޭގޮތުން ތަފްޞީލުކޮށްފައިވ މިންވަރަށް މި މަރުޙަލާގައި ކުރަންޖެހޭނެކަމަށް ދެކޭތޯ ޝަރީޢަތުން ސުވާލުކުރުމުން، ޢުއެމ އުޞޫލުން އިބްތިދާއީ މަރުޙަލާގައި ކުށުގޭޢުންޞޮ ރުތައް އެ މިންވަރަށް ސާފުކޮށްދޭން އެދޭ ޙާލަތުގައި ސާފު ކްށާ ދޭކަމަށާއި، އެހެންނަމަވެސް ދަޢުވާ ސާފުވެއްޖެކަމަށި ޖަވާބުދޭ ޙުލަތުގައ އިތުރަށް ތަފްޞީލު ނުކުރާކަމަށް ދައުލަތުން ބުނެފައިވެއެވެ.
12.13. ޕްރައިމާ ފޝޭމިންގަނޑުން ކިޔައިދޭންޖެހޭނީ ކިހައިމިންވަރަކަށްތޯ ސުވާލުކުރުމުން ބުނެފައިވަނީ، ޕްރައިމާ ފޭޝާމިންގަނޑުން ދައުލަތުގެ ފަރާތުން ބަޔާންކޮށްދޭން ޖެހެނީ ދައުލަތުގެ ފަރާތުން ކޮށްފައިވާ ދަޢުވާ، balance of probabilities ގ މިންގަނޑުން ކަމަށާއި، އެހެންކަމުން ހެކިތަކުން ފ އްޅުވ ހުރިހާ ޙަޤީޤަތްތަކާ ގުޅިގެނާ އެންމފުނަށ ދާންނުޖެހޭނެކަމަށ ދައުލަތުން ބުނެފައިވެއެވެ.އެމިންގަނޑު ދިވެހިރާއްޖޭގު ހައިކޯޓުގެ ނަންބަރ 2022/HC-B12/22 ޤަޟިއްޔާގައި ކަނޑައަޅާފައި ވާކަމަށެވެ. އަދި ޢާޒިމާ މައްސަލައިގައި، އެ މިންގަނޑައަކީ ޝަރީޢަތް ކުރިއަށް ގެންދާނެތަނެއ އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ފުދޭމިންވަރުގެ ހެކިހުރިތޯ ބެލުންކަމަށް ކަނޑައަޅާފައި ވާކަމަށ ދައުލަތުން ބުނެފައިވެއެވި.އަދިޢާޒިމާ މައްސަލއަގައ، ކަނޑައަޅާފައިވަނީ balance of probabilities މިންގަނޑަށްވުރެ ދަށް މިންގަނޑެއްކަމަށް ދެކޭކަމަށާއި، އެއީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ނުވަތަ ނޫންތޯ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
13އިސްތިއުނާފު ފޯމުގައި ދައުލަތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-B2(736-2024)2025/01 "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން" ބާޠިލްކޮށް، މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅައި، މީމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ތާރީޚުން ފެށިގެން ރަސްމީ 7 )ހަތެއް( ދުވަހުގެ ތެރޭގައި އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، މައްސަލަ އޮތްހިސާބުނ ފެށިގެން ކުރިއަށް ގެންދަންޖެހޭނެކަމަށ ކަނޑައަޅައް ދިނުމަށް އެދޭކަމަށެވެ.
14އެހެންނަމަވެސް، މި މައްސަލައިގައަޑުއެހުމުގައި ޝަރީޢަތުން ކޮށްފައިވާ ސުވާލުތަކާ ގުޅިގެން ދައުލަތުން އެދޭގޮތް ބަދަލުކުރުމުގެ އިޒުނައަކަށ އެދުމުން އެފަދައިން ހުއްދްދީފައިވެއެވެ. އެގޮތުނީ،ދައުލަތުން ފަހުން އެދިފައިވަނީ މި މައްސަލައިގައި އިސްތިއުނާފީކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މި މައްސަލަ ހައިކޯޓުން ނިންމާ ތާރީޚުން ފެށިގެން ރަސްމީ 7 )ހަތެއް( ދުވަހުގެ ތެރޭގައި އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މައްސަލައިގައި ދަޢުވާ ސާފުވިކަމަށ ކަނޑައަޅައް ދަޢުވާއަށް ޖަވާބުދާރީވި ހިސާބުން ފެށިގެން އެ ކޯޓުގައި ކުރިއަށްގެންދަން ޖެހޭނެކަމަށް ކަނޑައަޅައި ދިނުމަށެވެ.
15އިސްތިއުނާފުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީމަނީ ލޯންޑްރިންގގެ ދަޢުވާއެއް ކުރާނަމޭ ބުނެފައި ވުމުންނާއިފުދޭވަރަކަށ މައްސަލަތަކެއް ހުރީމަ، މީނާއާއެނަޒީހުއާ ދެމީހުން ކަސްޓޯޑިއަލް ބަންދުގައި ހުރެގެން ދެމީހުން ދެއްކި ވާހަކައއްކަމަށާއި،އެގޮތަށް ދެމީހުން ދީފައިވާ ބަޔާނެއްކަމަށެވެ. އިސްތިއުނާފުގެ ނުކުތަތަކ ގުޅިގެނާ ދެއްވަންއޮތީ ކޮންޖަވާބެއްތޯ ޝަރީޢަތުން ސުވާލުކުރުމުން ބުނެފައިވަނީ އިތުރުކަމެއް ފާހަގަކުރަން ނެތްކަމަށެވެ.
16ކްރިމިނަލް ކޯޓުންކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައެޅި ދަޢުވޯ،ކުރިއަށް ނުގެންދެވޭނެކަމަށް ދެކޭ އެއްވެސްކަމެއް ފާހަގަކުރަން އޮތްތްޝަރީޢަތުނ ސުވާލުކުރުމުން، މިއީ އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވާކަމެއް ނޫންކަމަށާއި، ތުހުމަތެއްގައި ހައްޔަރުކޮށްފައި، މަނީ ލޯންޑްރިންގގެ ދަޢުވާ ކޮށްފަވާތީ، އެގަޑީގައި އިޢުތިރާފުވެފައިވަނީ އެއް ބޮޑުމައްސަލައެއް ކަމަށްވާތީ، އެ މައްސަލަ ކަނޑައިދޭނެކަމަށް ބުނުމުންކަމަށ ޖަވާބު ދީފައިވެއެވެ.
17މިމައްސަލައިގެ އަޑުއެހުމުގައި ޝަރީޢަތުންކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައްއިސްތިއުނާފ ރައްދުވު ފަރާތުނ ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
17.1. އިސްތިއުނާފ ރައްދުވު ފަރާތުން ދަށުކޯޓުގައި ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއެހުށަހަޅާފައިވޭތ ނުވަތަ މައްސަލަ ކުރިއަށް ނުގެންދެވޭންކަމަށްބުނެ ހުށަހެޅުމެއް ހުށަހަޅާފައިވޭތޯ ސުވާލުކުރުމުން، އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެކަމަށް ބުނެފައިވެއެވެ.
17.2. ދަށުކޯޓުގައި މަނީ ލޯންޑްރިންގގެ ދަޢުވާއަށް އިންކާރު ކޮށްފައިވޭތޯއާއި،އެ ދަޢުވާ އިއްވައިދިނީމ ދަޢުވަ ސާފު ވެއްޖެކަމަށް ބުނެފައިވޭތޯ ސުވާލުކުރުމުނު،ދަޢުވާ ސާފުވެފައިވާކަމަށް ބުނެފައިވާނެ ކަމަށާއި، ދަޢުވާއަށް އިންކާރު ކޮށްފައިވާކަމަށް
17.3. ދަށުކޯޓުގައި ހިނގަމުންދިޔަ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ހުށަހެޅިންތޯ ސުވާލުކުރުމުން، އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެކަމަށް ބުނެފައިވެއެވެ. އެއްވެސް އިތުރުކަމެއް ހުށަހެޅިންތޯ ސާފުކުރުމުން، އެކަހަލަ އެއްވެސް ކަމެއް ހުށަހަޅަފައި ނުވާނެކަމަށް ބުނެފައިވެއެވެ.
18އިސްތިއުނާފު ރައްދުވާ ފަރާތުން ވަކި ގޮތަކަށް މައްސަލައިގައި އެދިފައިނުވިނަމަވެސް، މައްސަލައިގައި ހުށަހަޅާފައިވާ އިޢުތިރާފަކީ ސައްޙަ އިޢުތިރާފެއް ނޫންކަމަށްބުނެ ވާހަކަ ދައްކާފައިވެއެވެ.
19ޕްރިސިޑެންސް 5މި މައްސަލައިގައިދައުލަތުގ އިސްތިއުނާފެ ނުކުތާ ބިނާކޮށްފައިވަނީ، ކްރިމިނަލް ކޯޓުން މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމެވިނިންމެވުނ ވަޒަން ކޮށްފައިވާގޮތުގ ނުރަނގަޅުކަމުގެ މައްޗަށެވެ. އެހެންނަމަވެސް، މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތާކުރެވުނު ސުވާލުތް ކުން، މަދަނީ މިންގަނޑުން ގޮތެއޭނިންމުމުގެ މަރުޙަލާއަށް ވާސިލުވެވ މިންވަރަށް މި މައްސަލައިގެ އިބްތިދާއީ މަރުޙަލާގެ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާކަމަށް ދައުލަތުން އެއްބަސްވެ، ޝަރީޢަތުގެ ކިބައިންއެދޭގޮތަށް ބަދަލުގެނެސްފައިވާ ގޮތުގެމައްޗަށް ބިނާކޮށް، ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ސުވާލަށް ބަދަލު އައިސްފައިވާކަމަށް ދެކެމެވެ.
20ބުނެވިދިޔަ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، މި މައްސަލައިގައި މިހާރު ޝަރީޢަތުންޖަވާބު ދޭންޖެހޭ ސުވާލަ ކ، މި މައްސަލައަކެޖިނާއީ މައްސަލތަކުގ ޝަރީޢަތުގެ ކުރީގެމަރުޙަލުގ އިޖުރާއީ ތަރުތީބު ފުރިހަމަ ކުރުމަށްފަހު، ދައުލަތުން ހުށަހެޅި ޖިނާއީ ކުށުގެ ދަޢުވާ ކުރިއަށް ގެންދިޔުމާމެދ ގޮތެއު ނިންމާފައިވާ މައްސަލައެއްތޯ ނުވަތަ ނޫންތޯއެވެ.
21ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި، އެ ޤާނޫނުގެ މައިގަނޑު މަޤުޞަދުތަކުގެތެރޭގައި، ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނަގޮތެއްގެމަތިން ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ބާރުއެޅުމާއި، އެފަދަ ދަޢުވާތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށާއި، ޝަރީޢަތްތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިޔުމުގެ އުޞޫލުތައް ކަނޑައެޅުން ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ.
22ޕްރިސިޑެންސް 1ޕްރިސިޑެންސް 2ދެވެހިރާއްޖގޭހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފުއާދު )2020/HC-A/183( )މީގެފަހުން "ފުއާދު މައްސަލަ"ކަމަށް ބުނެފައިވާ( ޤަޟިއްޔާ އަކީ، އިބްތިދއ މަރުޙަލާގެ ތެރެއިން މައްސަލައިގެ ދަޢުވާ ބާޠިލުކޮށް މައްސަލައިގައި ގޮތެއްނިންމެވި މައްސަލައެއްގެ އިސްތިއުނާފީ ޤަޟިއްޔާއެކެވެ. އެ މައްސަލައިގައި، ދައުލަތުގެ ފަރާތުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތް ކުރުމަކާނުލްއި، ދައުލަތުގެ ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ނެތްކަމަށް ބައްލަވައި، ދަޢުވާލިބޭ ފަރާތުން ހުށަހެޅުމަކާނުލައި ދަޢުވާގެ ޢުންޞުރުތައް ފުރިހަމަވެފައިވާ މިންވަރާމެދު ގޮތްނިންމަވާފއިވަނީ ނުރަނގަޅު ބިނާއެއްގެ މައްޗަށްކަމަށް ކަނޑައަޅާފައިވެއެވެ. އެ މައްސަލައިގެ ޙުކުމުގައި، 14 ޖުލައި 2024 ދުވަހުކަނޑައަޅާފައިވާޖިނާއ އިޖުރާއަތުގެ ޤާނޫނުގެ އިބްތިދާއީ މަރުޙަލާގެ ތަރުތީބަކީ،ދައުލަތުން އެ ނިންމުމަށް ޙަވާލާދީފައި ނުވިނަމަވެސް، މި ނިންމުމުގެ ނުކުތާ 12.1 ގައި ބަޔާންކޮށްފައިވާ ފަދައިން، ދައުލަތުންވެސް ގަބޫލުކުރަ ތަރުތީބެވެ. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ(ގައި،މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމި ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުންތަބާވާންވާނެކަމަށް ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނ ފުއާދު މައްސަލައިގެ ނިންމުން މިހައިތަނަށް ބަދަލުކޮށްފައި ނުވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/183 ޤަޟިއްޔާގެ ނުކުތާ 36.
23ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފުއާދު )2020/HC-A/183( ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ތަރުތީބު ތިރީގައި ބަޔާން ކޮށްފައިއެވަނީއެވެ.
23.1. ދައުލަތުން ދަޢުވާ ހުށަހަޅައި، މުއްތަހަމަށް ދަޢުވާ ސާފުވުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަން މާއްދާގަ ދަށުން، ދަޢުވާލިބޭ މީހާގެ ފަރާތުން ދަޢުވާއަށް އިޢުތިރާފުވާކަނ ނުވަތަ އިންކާރުކުރާކަން ހާމަކޮށް، ދަޢުވާއަށް ޖަވާބު ދިނުމަށް ފަނޑިޔާރު އެންގުން.
23.2. ދަ ޢުވާއަށ މުއްތަހަމު އިންކާރުކުރާ ޙާލަތުގައި ދައުލަތުންހެކހާމަކުރުމަށި ފަނޑިޔާރު އަނގަވައި، ދައުލަތުން ހެކި ހާމަކުރުމުން، ދަޢުވާލިބޭ މީހާގެ ފަރާތުން ހެކި ހުށަހެޅުމަށް ފުރުޞަތު ދިނުން.
23.3. ދައުލަތާއި ދަޢުވާލިބޭ ފަރާތުން ހެކި ހާމަކުރުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ކުރީގެހުށަހެޅމަށެފުރުޞަތު ދިނުމާއި، ހުށަހެޅުމެއް އޮތްނަމަ އެ ޤނޫނުގ 117 ވަނަ މާއްދާ އަދި/ނުވަތަ 120 ވަނަ މާއްދާގެ އަލީގައި، އެ ހުށަހެޅުންތަކާމެދު ގޮތެއްނިންމުން.
23.4. ޝަރީޢަތުގެ ކުރީގެ ހުށަހެޅުމާމެދު ގޮތްނިންމުމަށްފަހު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ )ހ( ނުވަތަ )ބ(ގެ ދަށުން ފަނޑިޔާރް ގޮތެއްނިނމެވުމެވެ.
24ޕްރިސިޑެންސް 3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެއިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ )2020/SC-A/44( )މީގެފަހުން "ޔޫސުފް ރިޟާ މައްސަލަ" ކަމަށް ބުނެފައިވާ( ޤަޟިއްޔގާ 63 ވެނ ނުކުތާއަ ޙަވާލާދީ އެ ނިންމުމުގެ 65 ވަނަނުކުތާގައި،ސުޕްރީމް ކޯޓުގް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް )2017/SC-A/23( ޤަޟިއްޔާ ގައި ފާހަގަކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގައި ޝަރީޢަތް ކުރުމަށް ހަމަޖެހިފައިއޮތް ޢާއްމު ނޒާމަކި އެޑްވަސޭރިއަލް ނިޒާމެއްގެ ސިފަތަކަށް ބޮޑަށް ބަރޯސާވާ ނިޒާމެއްކަމުގައިވާއިރު، މައްސަލައެއްގައި ސުވާލުކޮށް މަޢުލޫމާތު އޮޅުން ފިލުވުމަށް ފަނޑިޔާރުންނަށް ލިބިދީފައިވާ ބާރުތަކަކީ، އެޑްވަސޭރިއަލ ނިޒާމުން މުޅިން އެއްކިބާވެހުރ ބޭނުންކުރެވޭނެ ބާރުތަކެއް ނިންކަމަށާއި، މައްސަލަބަލާ ފަނޑިޔާރުންނަށ ކަންކަން ފާހަގަކުރެވިގެން ހޯދާ ލިޔުންތައް އެ މައްސަލައެއްގައި ހިމެނޭ އެންމެހައި ފަރާތަކާ ޙިއްޞާކޮށް، ބަސްބުނުމުގެ ފުރުޞަތު ދޭންވާނެކަމަށާއި، މައްސަލައިގައި ސުވުލުކުރަންވާނ ޚަޞްމުންގެ ޙާޟިރުގައި ކަމަށާއި، ޝަރީޢަތްނ މައްސަލް ބެލުމުގެ ޢާއްމު އުޞޫލަކީ ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހަޅާ ހުށަހެޅުންތަކަށް ބެލުން ކަމަށްވާއިރު، މައްސަލައިގެ މަޞްލަޙަތުއޮތ ފަރާތްތަކަށް ނޭނގި، އައުހުށަހެޅުމެއް ފަނޑިޔާރުންގެ އިސްނެގުމަށް ހުށަނޭޅޭނެކަމަށް ބުނެފައިވެއެވެ.
25މީގެއިތަރުން،ބުނެވިދިޔެޔޫސުފް ރިޟާ މައްސަލއިގަ 69 ވަނަ ނުކުތާގައި، މައްސަލައިގެ ޚަޞްމުން ފާހަގަނުކުރާ، އެހެންނަމަވެސް ފާޅުކަން ބޮޑުގޮތެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަމެއްއޮތްނަމަ، އެކަމާމެދު ގޮތްކަނޑައެޅުމުގެ ކުރިން ޚަޞްމުން ދެކޭގޮތެއް ހޯދައި، އެއްފަރާތުން އަނެއްފަރާތ ވާހަކަދައްކައި ޖަދަލުކޮށް، ތައުނު ކުރުމުގެ ފުރުޞަތު ދޭންވާނެކަމަށް ބުނެފައިވެއެވެ.އަދިދިވެހިރާއްޖޭގ ޝަރުޢީ ނިޒާމުގައި މައްސަލަބެލުމަށް ހަމަޖެހިފައިވާ ގިނަ އުޞޫލުތަކަކީ އެޑްވަރސޭރިއަލް ނިޒާމެއްގެ ސިފަޖެހިފާ އުޞެލ ތަކެއްކަމަށާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަމާއްދާގައި، ފަނޑިޔާރުން ރިޢާޔަތި ކުރަންޖެހެނީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެއްކާއި ޤަރީނާއަށްކަމަށް ބުނެފައިވެއެވެ.
26ޕްރިސިޑެންސް 4މ މައްސަލައިގެ ކްރިމިނަލް ކޯޓުގެ ނިންމުމާއި، މަޙުޟަރު ބަޔާންތަކާއި، އިސްތިއުނަފީ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި ދެ ފަރާތުނެދައްކާފައިވާ ވާހަކަތަކުން، ދައުލަތުގެ ދަޢުވާ ފޯމުގައި ދަޢުވާ ސާބިތުކުރުމަށ ހުށަހަޅް ހެކީގެ ތަފުޞީލުތައް ބަޔާންކުރުމުގެ އިތުރުން، އެ ހެކިތައް ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ހާމަކޮށްފައިވެކން އނގެއެވެ.އަދ މި ނިންމުމުގެ ނުކތު 12 އާއި 17 އަށް މި މައްސަލައިގެ ދައުލަތުގެ ނަންބަރު 2024/CRC/342-636/2023 ދަޢުވާ ފޯމާއި، 1 ޑިސެމްބަރ 2024 ދުވަހާއި 11 މެއި 2025 ދުވަހުގެ މަޙުޟަރު ބަޔާން. ބެލުމުން، މި މައްސަލައިގެ އެއްވެސް ޚަޞްމަކު، ދައުލަތުން ހުށަހެޅި ހެކިތަކާމެދު ވަކިގޮތެއް ނިންމުމަށްއެދ ހުށަހަޅާފައި ނުވާކަން ސާފުވެފައިވެއެވެ. މި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާއި 119 ވަނަ މާއްދާގައިވާ އިޖުރާއަތު ފުރިހަމަ ކުރުމަކާނުލައި، އެ ޤާނޫނުގެ 115 ވަނަ މާއްދާގެ )ހ(ގެ ދަށުން ޝަރީއަތުން ގޮތެއްނިންމަވާފައިވާ މައްސަލައެއްކަން އެނގެއެވެ.
27މާ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުލަތުންކުޅަ ދަޢުވެސާބިތުކުރުމަށް، ދަޢުވާލިބޭ ފަރާތް ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފު ފިޔަވައި އެއްވެސް ހެއްކެއް ނެތްކަމަށް ކަނޑައަޅުއްވައި، ދަޢުވާގެ ޢުންޞުރުތަކާމެދު ގޮތްނިންމަވާފައިވަނީ،ޚަޞްމުންގެ ފަރާތުން ހެއްކާމެދު ގޮތެއްކަނޑައެޅުމަށްއެދި ހުށަހެޅުމަކާނުލައެވެ. އަދި ކްރިމިނަލް ކޯޓުން މި މައްސަލައިގައ 115 ވެނ މާއްދާގަ )ހ(ގެ ދަށުން ގޮތެއްނިންމަވައި، ދަޢުވާ ބާޠިލު ކުރައްވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާއި 119 ވަނަ މާއްދާގެ ދަށުން، ޚަޞްމުންގެ ފަރާތުން ހުށަހަޅަންއެދޭ ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުޞަތު ދިނުމަކާނުލައެވެ.
28އެހެންކަމުން، މި މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ "މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން"އަކީ،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޔޫސުފް ރިޟާ މައްސަލެއާއި،ދިވެހިރާއްޖޭގ ހައިކޯޓުގެ ފުއާދު މައްސަލައާ ގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލތަކ ޚލާފަށި، ނާރަނގަޅ ޤާނޫނު ބިނާއެއްގެ މައްޗަށ، އަދި ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ތަރުތީބާ ޚިލާފު ނިންމެވުމެކެވެ.
29ކްރިމިނަލް ކޯޓުގެ "މަދަނީ މިންގަނޑުން ބަލާއިރު މައްސަލް ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން" ބާޠިލުކޮށް، މި މައްސަލަ ނިންމާ ތާރީޚުން ފެށިގެން މަސައްކަތު 7 )ހަތެއް( ދުވަސްތެރޭގައި، ޙުސައިން ޒައިދާން ޢަލީގެ މައްޗަށ މި ދަޢުވާ އަލުން ހުށަހަޅައިފިނަމަ، މި މައްސަލަ ކޯޓުން ބަލައިގަނެ، ޙުސައިން ޒައިދާން ޢަލީގެ މައްޗަށް ކޮށްފައިވާ ދަޢުވާ މީނާއަށް ސާފުވްފައި ވާކަމަށާއި،އެ ދަޢުވާއަށް މީނ އިންކާރު ކޮށްފިއިވާކަމަށަ ކަނޑައެޅުމަށްފަހު، އެ ހިސާބުން ފެށިގެން،މ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ތަރުތީބާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންދިޔުމަށް އަންގަން ފެނެއެވެ.
30މި މައްސަލައިގައި ފަނޑިޔާރުދީބާނާޒް ފަހުމގ ރައުޔަށް ތާއީދުކުރަމެވެ.
31މި މައްސަލައިގައިފަނޑިޔާރ ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ، 107 ވަނަ މާއްދާ، 115 ވަނަ މާއްދާގެ (ހ) އަދި (ބ)، 117 ވަނަ މާއްދާ، 119 ވަނަ މާއްދާ، 120 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (3)، 53 ވަނަ މާއްދާގެ (ހ) އަދި (ށ)، 62 ވަނަ މާއްދާގެ (ހ) ގެ (3) (ދަޢުވާގެ މާއްދާތައް)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 210 ވަނަ މާއްދާގެ (ށ) ގެ (3) އަދި 212 ވަނަ މާއްދާ (ގުޅުންހުރި މަކަރާއި ޙީލަތުގެ ދަޢުވާ)
- ހައިކޯޓުގެ 2020/HC-A/183 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އިބްރާހީމް ފުއާދު)
- ސުޕްރީމް ކޯޓުގެ 2020/SC-A/44 (އިސްމާޢީލް ޝުޖާޢު ވ ޔޫސުފް ރިޟާ)
- ސުޕްރީމް ކޯޓުގެ 2017/SC-A/23 (އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ)
- ސުޕްރީމް ކޯޓުގެ 2021/SC-A/42,43 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޢާއިޝަތު ޢާޒިމާ ޝަކޫރު)
- ހައިކޯޓުގެ 2022/HC-B12/22
- ބެންޗު
- ދީބާނާޒް ފަހުމީ، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް