ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/383
ޕްރޮސެކިއުޓަރ ޖެނެރަލް ވ. ޢަލީ އަފުނާނު، 2022/HC-A/383
Prosecutor General v. Ali Afunaanu 2022/HC-A/383 (2022/HC-A/383, High Court of the Maldives, 27 January 2026)
ޕްރޮސެކިއުޓަރ ޖެނެރަލް ވ. ޢަލީ އަފުނާނު
މައިގަނޑު ސުވާލު
ވައްކަމާއި މަކަރާއި ހީލަތުގެ ކުށުގައި ދައުލަތާއެކު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުން ބަލައިގަތުމަށްފަހު، އެއްބަސްވުމުގައިވާ ޖަލު އަދަބު ޤާނޫނުލްޢުޤޫބާތުގެ 1004 އަދި 1005 ވަނަ މާއްދާގެ ދަށުން ޖޫރިމަނާއަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ދަށުކޯޓުގެ ފަނޑިޔާރަށް ލިބޭތޯ، އަދި ޖިނާޔަތުގެ ކުށެއްގައި ހަމައެކަނި ޖޫރިމަނާގެ އަދަބު ކަނޑައެޅުމަކީ އަދަބު ކަނޑައެޅުމުގެ އުޞޫލާ ޚިލާފުތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި: ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރި ބައި ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- [އަޣްލަބިއްޔަތުގެ ރައުޔު - ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ] އިޢުތިރާފުގެ އެއްބަސްވުމެއް ބަލައިގަތުމަށް ފަނޑިޔާރު ނިންމުމުން އެއީ ދެފަރާތް ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެކެވެ؛ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އާއި (ކުރީގެ) 162 ވަނަ މާއްދާގެ (ރ) ގެ ސާފު ޢިބާރާތުން، އަދަބު ކަނޑައަޅަންވާނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކަމުން، އެ އެއްބަސްވުމުގައިވާ އަދަބަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ފަނޑިޔާރަށް ނުލިބެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 58-63)
- [އަޣްލަބިއްޔަތުގެ ރައުޔު] އިޢުތިރާފުގެ އެއްބަސްވުމެއްގެ މަޤްސަދަކީ ދަޢުވާލިބޭ ފަރާތަށް ޤާނޫނު ހުއްދަކުރާ މިންގަނޑަކުން ލުއި އަދަބެއް ލިބުން ކަމުން، އެއްބަސްވުމުގައިވާ އަދަބު ކަނޑައަޅަން ޖެހޭއިރު، ދަޢުވާލިބޭ ފަރާތުން ދައްކާފައިވާ ޖޫރިމަނާ އަނބުރާ ދޭންޖެހޭނެއެވެ؛ އެ ފައިސާ އަނބުރާ ދެވޭތީ އެއްބަސްވުމުގައިވާ ޖަލު އަދަބު ކަނޑައެޅުމަށް ޤާނޫނީ ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 59-60, 65)
- [ރިޔާސަތު ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު - ސަބަބަށް އަޣްލަބިއްޔަތު އެއްބަސްނުވި] އަދަބު އެއްހަމަކުރުމަކީ (conversion of sentence) އަދަބުގެ ދަރަޖަ ބަދަލުކުރުމާ ތަފާތު، ޤާނޫނުލްޢުޤޫބާތުގެ 1004 އަދި 1005 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބިދޭ ތަޤްދީރީ ބާރެކެވެ؛ 4 ވަނަ އިޞްލާޙުގެ ކުރިން ޕްރޮސިކިއުޝަނަށް އޮތީ އެންމެ ކުޑަ އަދަބަށްވުރެ ދަށްނުވާ އަދަބަކަށް އެއްބަސްވުމުގެ ބާރު ކަމުން، 108(ރ) އާއި 162(ރ) ން އެ އިޚްތިޔާރު ހަނިވެގެން ނުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-31, 41, 47-51)
- [ރިޔާސަތު ފަނޑިޔާރުގެ ރައުޔު] ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 24 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން ހަމައެކަނި ޖޫރިމަނާގެ އަދަބު ކަނޑައެޅޭނީ ޖުނަޙްގެ ކުށްތަކުގައި އެކަންޏެވެ؛ ކުށުގެ ދަރަޖައަކީ ކުށުގެ އަސާސީ ސިފަ ކަމުން، ޖިނާޔަތުގެ ކުށެއްގައި ހަމައެކަނި ޖޫރިމަނާ ކަނޑައެޅުމަކީ އެ އުޞޫލާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 52-53)
- [ރިޔާސަތު ފަނޑިޔާރުގެ ރައުޔު] ދައުލަތާއެކު އެއްބަސްވުމެއް ނެތި ޝަރީޢަތުގައި އިޢުތިރާފުވާ މީހާއަށްވުރެ ތަޙުޤީޤަށް އެއްބާރުލުންދީ އިޢުތިރާފުގެ އެއްބަސްވުމެއް ހަދާ މީހާއަށް ހަރުކަށި އަދަބެއް ލިބޭ ގޮތަށް ޤާނޫނު މާނަކުރުމަކީ ޤާނޫނުގެ މަޤްސަދު ގެއްލޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49)
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 306/Cr-C/2022 ޤަޟިއްޔާ އާއި، ނަންބަރު 146/Cr-C/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ 2 (ދޭއް) ޤަޟިއްޔާއެވެ. އެގޮތުން؛
1.1. ކްރިމިނަލް ކޯޓުގެ ނަންބަރު 306/Cr-C/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން މިކޯޓުން ބެލެވޭ ޤަޟިއްޔާއަކީ، 2022/HC-A/369 އެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާ ތްތަކކީ، މުޙައްމަދު ނައުފަލ އިބްރާހީމް ޒާހިރު […] ކ.މާލެ (މީގެ ފަހުން "މުޙައްމަދު ނައުފަލް ") އަދި އަޙްމަދު ނައުފަލް […] ންބިޔުޓީ، ކ.މާލެ ( މީގެ ފަހުން "އަޙްމަދު ނައުފލް" ) އެވެ.
2.1. ކްރިމިނަލް ކޯޓުގެ ނަންބަރު 146/Cr-C/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން މިކޯޓުން ބެލެވޭ ޤަޟިއްޔާއަކީ، 2022/HC-A/383 އެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ކ.ދިއްފުށި، […] ޢަލީ އަފުނާނު އެވެ.
2އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާތަކަކީ، އެއް މައުޟޫޢެއް އަދި އެއްކަމެއްގެ މައްޗަށް ހުށަހެޅިފައިވާ 2 (ދޭއް) ގަޟިއްޔއެއާ ކަމުގައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށއާ ދިވެހިރާއްޖޭގެ ހައިކޯޓުގެ "މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި އެއްގޮތްކުރުމާބެހޭ އުޞޫލު" އަށް ޙަވާލާދީ މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ، ފަނޑިޔާރުންގެ އެއް ބެންޗަކުން 20 (ދއް) ޤަޟިއްޔާ އެކުއެކީގައެވެ.
3މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 306/Cr-C/2022 ޤަޟިއްޔާގެ އިސްތިއުނާފެވެ. ކްރިމިނަލް ކޯޓުގެ ޤަޟިއްޔާއަކީ، މުޙައްމަދު ނައުފަލް އަދި އަޙްމަދު ނައުފަލްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލައި ހުށަހަޅާފައިވާ މައްސަލައެކެވެ.
4މައްސަލަ ބިނާކޮށްފައިވަނީ އަންނަނިވި ވާޤިއާތަކުގެ މައްޗަށެވެ.
1.4. 31 މާރިޗު 2022 ދުވަހުގެ 20:00 ހައިއިރު، ވައިބަރ ކޮމިއުނިޓީ ގްރޫޕެއްކަމުގައިވާ Currency Exchange ގްރޫޕްގައި 900 (ނުވަސަތޭކަ ޔޫ.އެސް ޑޮލަރު) 16.50ރ. (ސޯޅަ ރުފިޔާ ފަންސާސްލާރި) ގެ ރޭޓުން ވިއްކާކަމަށް އަޙްމަދު ނައުފަލް ޕޯސްޓެއްކުރިކަން؛
2.4. މިޕޯސްޓް ކުރުމާއެކު، ޕާކިސްތާނުގެ ރައްޔިތެއްކަމުގައިވާ މިރުޒާ އަޙްމަދު މާޒް އެ ޑޮލަރު ގަތުމަށްޓަކައި އަޙްމަދު ނައުފަލްއާ މުޢާމަލާތްކޮށް، އެރޭ 20:50 އެހައިކަންހާއިރު، މުޙައްމަދު ނައުފަލ އާއް އަޙްމަދު ނައުފަލް އެއަރބްލޭޑް ސައިކަލެއްގައި ކ.މާލެ، އެސްޖޭ އެލްމެނިއަމ ކައިރިއަށް ދިޔަކަން؛
3.4. އަދި، އެތަނުގައި މިރުޒާ އަޙްމަދު މާޒް ހުއްޓައި، 900 (ނުވަސަތޭކަ ޔޫ.އެސް ޑޮލަރު) ގެ ތެރެއިން 800 (އަށްސަތޭކަ ޔޫ.އެސް ޑޮލަރު) އަކީ ޞައްޚަ ޑޮލަރު ނޫންކަން އަޙްމަދު ނައުފަލް އަށް އެނގިހުރެމެ، މިރުޒާ އަޙްމަދު މާޒ އަށް މި 900 (ނުވަސަތޭކަ ޔޫ.އެސް ޑޮލަރު) ޙަވާލުކުރިކަމަށާއި، އ ދިއެޑޮލަރަށްވާ 13200ރ. (ތޭރަހާސް ދުއިސައްތަ ރުފިޔާ) މަކަރާއި ހީލަތުން މިރުޒާ އަޙްމަދު މާޒްގެ އަތުން މި ދެމީހުން ނެގި ކަން؛ އަޙްމަދު ނައުފަލް އަދި މުޙައްމަދު ނައުފަލް
5މިދެފަރާތުގެ މައްޗަށް ދައުވާ އުފުލިފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ (ii) އާއި، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާއި، ޙަވާލާދީއެވެ. މިއީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަސާސީ އަދަބަކީ 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ ޖަލު އަދަބެވެ.
6މިދައުވާ ހުށަހެޅުމުގެ ކުރިން، ދައުލަތާއި ދައުވާ ލިބޭ ފަރާތްތަކާ ދެމެދު އިޢުތިރާފްގެ އެއްބަސްވުމެއް، 18 މެއި 2022 ގައި ސޮއިކުރެވިފައިވެއެވެ. މިކުށުގެ އަސާސީ އަދަބަކީ 09 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ ޖަލު އަދަބުކަމަށާއި، އިޢުތިރާފުވުމުގެ ސަބަބުން ކަނޑައެޅޭނެ އަދަބަކީ 04 (ހަތަރު) މަހާއި 24 (ސައުވީސް) ދުވަހުގެ ޖަލު އަދަބެއް ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
7އަޙްމަދު ނައުފަލްއާއި މުޙައްމަދު ނައުފަލްގެ މައްޗަށް އުފުލުނު ދައުވާއަށް މިދެމީހުންވެސް އިޢުތިރާފްވެފައިވެއެވެ. މިޤަޟިއްޔާގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ، (1) މަކަރާ ހީލަތް ހެދުމުގެ ކުށުން، މުޙައްމަދު ނައުފަލ އިބްރާހީމް ޒާހިރު އަދި އަޙްމަދު ނައުފަލް، ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި؛ (2) މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި އެމާއްދާގެ (2) ވަނަ ނަންބަރާއި، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ (ii) އާއި، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ ދަށުން، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޙައްމަދު ނައުފަލ އިބްރާހީމް ޒާހިރު އަދި އަޙްމަދު ނައުފަލް 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށް؛ (3) މުޙައްމަދު ނައުފަލ އިބްރާހީމް ޒާހިރު އަދި އަޙްމަދު ނައުފަލްގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބު، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1005 ވަނަ މާއްދާގެ (ހ) އާއި، އިޢުތިރާފް އެއްބަސްވުމުގެ 4 ވަނަ މާއްދް އެޤާނޫނުގެ 1202 ވަނަ މާއްދާގެ ދަށުން، 28800ރ (އަށާވީސްހާސް އަށްސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް؛ މިފައިސާ މިއަދުން (21 ޖޫން 2022) ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިތީއަށ ދެއްކުމަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް، މި ޤަޟިއްޔާ ނިންމީއެވެ." ހައިކޯޓުގެ ނަންބަރު 2022/HC-A/383
8މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 146/Cr-C/2022 ޤަޟިއްޔާގެ އިސްތިއުނާފެވެ. ކްރިމިނަލް ކޯޓުގެ މިޤަޟިއްޔާއަކީ ޢަލީ އަފުނާނުގެ މައްޗަށް ވައްކަމުގެ ކުށުގެ ދައުވާ އުފުލައި ދައުލަތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
9މިދައުވާ ބިނާކޮށްފައިވަނީ، 31 ޖަނަވަރީ 2022 ވަނަ ދުވަހުގެ 09:05 އާއި 09:45 އާ ދެމެދުގެ ވަގުތެއްގއަ ކ.މާލެ ބުރުޒުމަގާއި، ކަށިމާ ހިނގުން ގުޅުނު ކަންމަތީގައި ކ.މާލެ، […] ޢަބްދުއްސައްތާރު ޔޫސުފް ޕާކުކޮށްފައިހުރި ރަޖިސްޓްރީ ނަންބަރު AA0M P5262 ސައިކަލުގެ މަޑިދަށުގައި ޢަބްދުއްސައްތާރު ޔޫސުފް ބަހައްޓާފައި ހުރި-129,000/ރ. (އެއްލައްކަ ނަވާވީސްހާސް) ރުފިޔާ ޢަލީ އަފުނާނަ ވަގަށް ނެގިކަމަށް ތުހުމަތުކޮށެވެ.
10ދައުވާ އުފުލިފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ
(ހ) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުންނެވެ. މިއީ، ޖިނާޔަތު 4 ވަނަ ދަރަޖައިގެ ކުށެކެވެ. ކަނޑައެޅޭ އަސާސީ އަދަބަކީ، 01 (އެކެއް) އަހަރާއި 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ ޖަލު އަދަބެވެ.
11މިދައުވާ ހުށަހެޅުމުގެ ކުރިން، ދައުލަތާއި ދައުވާ ލިބޭ ފަރާތާ ދެމެދު އިޢުތިރާފްގެ އެއްބަސްވުމެއްގައި، 24 ފެބްރުއަރީ 2022 ގައި ސޮއިކުރެވިފައިވެއެވެ. މިކުށުގެ އަސާސީ އަދަބަކީ 01 (އެކެއް) އަހަރާއި 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ ޖަލު އަދަބުކަމަށާއި ޤާނޫނުލްއުޤޫބާތުގެ 1002 ވަނަ މާއްދާގެ ދަށުން 2 ދަރަޖަ ދަށްކޮށް، ކަނޑައެޅޭނެ އަދަބަކީ 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ މުއްދަތަށް ޖަލަށް ލުން ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
12ޢަލީ އަފުނާނުގެ މައްޗަށް އުފުލުނު ދއަ ވާއަށް ޢަލީ އަފުނާނު އިޢުތިރާފްވެފައިވެއެވެ. ޢަލީ އަފުނާނު އާއި ދައުލަތުގެ ފަރާތުން އެދިފައިވަނީ، މިދެ ފަރާތުގެ ދެމެދުގައި ވެވިފައިވާ "އިޢތިރާފްގެ އެއްބަސްވުން" ބަލައު ގަތުމަށެވެ.
13އެހެންކަމުން، މިޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. P5262 AA0M ސައިކަލުގެ މަޑިދަށުގައި ޢަބްދުއްސައްތާރު ޔޫސުފް ބަހައްޓާފައިހުރި -129,000/ރ. (އެއްލައްކަ ނަވާވީސްހާސް) ރުފިޔާ މީނާ ވަގަށްނަގާފައިވާތީކަމަށް، މިދަޢުވާގެ އިބްތިދާއީ މަރުޙަލާގައާއި، އަވަސްނިޔާގެ ޝަރީޢަތުގެ މަރުޙަލާގައި ޢަލީ އަފުނާނު އިޢުތިރާފްވެފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މިދަޢުވާ ޝަރީޢަތަށް ސާބިތުވެފައިވާތީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ވައްކަންކުރުމުގެ ކުށުން ޢަލީ އަފުނާނު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިމައްސަލައިގައި ޢަލީ އަފުނާނ އާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހަދާފައިވާ، "އިޢުތިރާފުގެ އެއްބަސްވުން" ޝަރީއަތަށް ބަލައިގަތުމަށް ނިންމާފައިވާހިނދު، އެ އެއްބަސްވުމާ އެއްގޮތަށް، މި ކުށުގެ ޢުޤޫބާތުގެ ގޮތުން، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ޢަލީ އަފުނާނު 09 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ) ގެ 1202 ވަނަ މާއްދާއާއި 1005 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޢަލީ އަފުނާނުގެ މައްޗަށް ކަނޑައެޅޭ 09 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ މުއްދަތަށް ޖަލަށްލުމުގެ އަދަބު -57,600/ރ. (ފަންސާސ ހަތްހާސް ހަސަތޭކަ) ރުފިޔާއިން ޖޫރިމަނާ އިޢުތިރާފް އެއްބަސްވުން - ޢަލީ އަފުނާނު – 3 ވަނަ މާއްދާ ކުރުމުގެ އަދަބަކަށް ބަދަލުކޮށް، މިފައިސާ މިއަދުން (07 އޮގަސްޓް 2022) ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފީ ނުކުތާތަކާއި އޭގެ ތަފްސީލް
14ކްރިމިނަލް ކޯޓުގެ ނަންބަރު 306/Cr-C/2022 ޤަޟިއްޔާއާއި، 146/Cr-C/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި؛
1.14. ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ އިސްތިއުނާފު ކުރެވިފައިވާ 2 ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވި ފަރާތްތަކުގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ރ) އާއި އެޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.1.14. މިނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ
(ނ) ގައި، އިޢުތިރާފްގެ އެއްބަސްވުމާމެދު އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ގޮތެއް ނިންމަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، އިޢުތިރާފްގެ އެއްބަސްވުން ބަލައިގަތުމަށް ކޯޓުން ނިންމާނަމަ، ދަޢުވާލިބޭ މީހާގެ މައްޗަށް ޙުކުމްކޮށް، އަދަބު ކަނޑައެޅުމުގަ އެއެއްބަސްވުމާ އެއްގޮތަށް ފަނޑިޔާރު ޙުކުމްކޮށް އަދަބު ކަނޑައަޅަންވާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި އަވަސްނިޔާއިން މައްސަލައެއް ނިންމާއިރު، ދަޢުވާލިބޭ މީހަކާއެކު ދައުލަތުން ވެފައިވާ އިޢުތިރާފްގެ އެއްބަސްވުން ބަލައިގަތުމަށް ފަނޑިޔާރު ނިންމާފައިވާނަމަ، އެމީހެއްގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެ މަތިންކަމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާކަމަށެވެ. އިސްތިއުނާފު ކުރެވިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 306/Cr-C/2022 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ 2 މީހުންނާއެކު ވެފައިވާ އޢި ތިރާފްގު އެއްބަސްވުމުގައި ކަނޑައެޅޭނެ އަދަބެއްކަމަށް އެއްބަސްވެފައިވަނީ، 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހަށް އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 146/Cr-C/2022 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތް 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހަށް ޖަލަށްލުމަށްކަމަށާއި، ނަމަވެސް ދަށުކޯޓުން އަދަބު ކަނޑައެޅުމުގައި އެއްބަސްވުމާއި ޚިލާފަށް ޖޫރިމަނާގެ އަދަބަށް ބަދަލުކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އާއި، 162 ވަނަ މާއްދާގެ (ރ) އާ ޚިލާފުކަމެއްކަމަށެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1005 ވަނަ މާއްދާގެ
(ހ) ގައި، އަދަބު ކަނޑައެޅުމަށް ޢާންމު ޙާލަތްތަކުގައި ފަނޑިޔާރަށް އިޚްތިޔާރު ލިބިދީފައިވާކަމަށާއި، އަދަބު ކަނޑައަޅަންވާނީ އެއްބަސްވެފައިވާ ގޮތުގެ މަތިންކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) ގައި ޞަރީޙަކޮށް ބަޔާންކޮށްފައިވުމުން، ޤާނނުލްއުޤޫބާތުގޫ 1005 ވަނަ މާއްދާގެ ދަށުން، އެއްބަސްވުމުގައި ބަޔާންކުރާ އަދަބު ނޫން އެހެން އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މައްސަލަ ބަލާ ފަނޑިޔާރަށް ލިބިނުދޭކަން ސާފުކަމަށެވެ.
2.14. ދެވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 306/Cr-C/2022 ޤަޟިއްޔާއާއި، 146/Cr-C/2022 ޤަޟިއްޔާއިން އިސްތިއުނާފު ރައްދުވި ފަރާތްތަކުގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުޞޫލު ނަންބަރު: 02/0212 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 24 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.2.14. މިނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ، ޝަރީއަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 24 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި، ހަމައެކަނި ޖޫރިމަނާގެ އަދަބު ކަނޑައެޅޭނީ ޖުނަޙްގެ ކުށްތަކުގައި އެކަނިކަމަށް ކަނޑައަޅާފައިވާކަމަށެވެ. އިސްތިއުނާފު ރައްދުވާ އަޙްމަދު ނައުފަލ އާއް މުޙައްމަދު ނައުފަލްގެ މައްޗަށް ދަޢުވާ އުފުލުނު ކުށަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެއްކަމާއި، އަލީ އަފުނާނުގެ މައްޗަށް އުފުލުނު ކުށަކީ ޤާނޫނުލްޢުޤޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްކަމާއި، މި 3 ފަރާތްތަކުގެ މައްޗަށްވެސް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީވެސް މިމާއްދާގެ ދަށުން ކުށް ދަރަޖަކުރެވިގެންކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކަނޑައެޅޭ އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކުރެވިދާނެކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ، މިފަރާތްތަކުގެ މައްޗަށް ކަނޑައެޅޭ އަދަބެއްކަމަށް އެއްބަސްވެފައިވަނީ، ޖުނަޙްގެ ދަރަޖައިގެ ކުށަށް ކަނޑައެޅޭ އަދަބަށް ވުމުންކަމަށާއި، ކަނޑައެޅޭ އަދަބު ޤާނޫނުލްޢުޤޫބާތުގ 1005 ވަނަ މާއްދާގެ ދަށުން ބަދަލުކުރުމުގައި ބަލަނީ ކަނޑައެޅޭ އަދަބުގެ މިންވަރަށް ބަލައިގެން ނޫންކަމާއި، ކުށުގެ ދަރަޖައަށް ބަލައިގެންކަން ޤާނޫނުލްޢުޤޫބާތުގެ 1200 ވަނަ ބާބާއި، ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގަ އުޞޫލަށް ބެލުމުން އެނގެން އެނގެން އޮންނަކަމަށާއި، ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ ކުށުގެ ދަރަޖައަކީ އެ ކުށެއްގެ އަސާސީ ސިފަކަމަށާއި، ވަކި މީހެއްގެ ޙާލަތަށް ބަލައި އަދަބުގެ ދަރަޖަ މަތިވުމާއި ދަށްވުމަކީ ކުށުގެ ދަރަޖައަށް ބަދަލު އަންނަ ކަމެއް ނޫންކަމަށާއި، އެހެންކަމުން، ކުށެއްގެ ޢުޤޫބާތުގެ ގޮތުގައި ކަނޑައެޅޭ ޖަލު އަދަބަށް ބަލައި، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ޖިނާޔަތުގެ ކުށެއް، ޖުނަޙްގެ ދަރަޖައިގެ ކުށަކަށް ބަދަލުވެގެން ނުދާނެކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:
15ހައިކޯޓުގެ ނަންބަރު 2022/HC-A/369 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު ނައުފަލް އަދި އަޙްމަދު ނައުފަލްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މިމައްސަލައިގެ ބަހުސަކީ ޖަލު ޙުކުމް ޖޫރިމަނާއަށް ބަދަލު ކުރި ކުރުން ޤާނޫނާ ޚިލާފުވުންކަމަށެވެ. އެގޮތުން 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހަށް ކުރި ޖަލު ޙުކުމް އޭގެ ލުއި އަދަބެއްގެ ގޮތުގައި ޖޫރިމަނާއަށް ބަދަލުކޮށްފައިވަނީ، ޤާނޫނުގެ ދަށުން ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުންކަމަށާއި، އެޖޫރިމަނ ފައިސާ ދައުލަތަށް ދައްކާ ނިންމިފައިވާކަމަށެވެ. އަދި ޖޫރިމަނާ ކުރުމަކީވެސް ހަމަ އަދަބެއް ކަމަށް ދެކޭކަމަށެވެ.
16ހައިކޯޓުގެ ނަންބަރު 2022/HC-A/383 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ޢަލީ އަފުނާނުގެ ފަރާތުން ބުނެފައިވަނީ، ޖަލު ޙުކުމް ޖޫރިމަނާއަށް ބަދަލުކޮށްފައިވަނީ، ލުއި އަދަބެއް ދިނުމުގެ ގޮތުން ކަމަށާއި، އެއީ ފަނޑިޔާރަށް ޤާނޫނީ ގޮތުން ލިބިފައިވާ ބާރެއް ކަމަށްވާތީ، ދަށު ކޯޓުގެ ޙުކުމަކީ ރަނގަޅު ޙުކުމެއްކަމަށް ޤަބޫލުކުރާކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުން އެދޭ ގޮތް:
17މި ކޯޓުގެ ނަންބަރު 2022/HC-A/369 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ދައުލަތުގެ ފަރާތުން އެދޭގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ މުޙައްމަދު ނައުފަލް އަދި އަޙްމަދު ނައުފަލްގެ މައްޗަށް ދަށު ކޯޓުން އަދަބު ކަނޑައަޅާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، މި ދެމީހުންނާއެކު ޕްރޮސިކިއުޝަނުން ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް، މި ދެ މީހުން 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހަށް ޖަލަށްލުމަށް އަދަބު ކަނޑައަޅައިދިނުމަށެވެ.
18މ ކޯޓުގި ނަންބަރު 2022/HC-A/383 ޤަޟިއްޔާގައި އިސްތިއުނާފު ކުރާ ދައުލަތުގެ ފަރާތުން އެދޭގޮތް ކަމަށް ބުނެ ފާހަގަކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 146/Cr-C/2022 ޤަޟިއްޔާއިން ޢަލީ އަފުނާނުގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އާއި އެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) އާއި، ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، ޢަލީ އަފުނާނު އާއެކު ޕްރޮސިކިއުޝަނުން ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް، މީނާގެ މައްޗަށް 09 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހަށް ޖަލަށްލުމަށް އަދަބު ކަނޑައަޅައިދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭ ގޮތް:
19އިސްތިއުނާފުން ބެލެވެމުން މިދާ މިކޯޓުގެ ނަންބަރު 2022/HC-A/369 ޤަޟިއްޔާއާއި، ނަންބަރު 2022/HC-A/383 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ތިން ފަރާތުންވެސް އެދިފައިވަނީ، ދަށު ކޯޓުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމުން، އެނިންމުން ބަދަލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
20ހުށަހެޅިފައިވާ އިސްތިއުނާފއާ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ސުވާލުތަކަށެވެ.
1.20. އިޢުތިރާފުގެ އެއްބަސްވުމުގައިވާ އަދަބުގެ ބާވަތަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭތޯ؟
2.20. އަދަބުގެ ބާވަތް ބަދަލުކޮށްފައިވަނީ ޖަލު އަދަބު ޖޫރިމަނާ އަށް ބަދަލުކުރުމުގެ އުޞޫލާ ޚިލާފަށްތޯ؟ އިޢުތިރާފު އެއްބަސްވުމުގައިވާ އަދަބުގެ ބާވަތް ބަދަލުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭތޯ؟
21އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) އާއި އެޤާނޫނުގެ 162 ވަނަ މާއްދާ ގައި، އިޢުތިރާފްގެ އެއްބަސްވުމަކީ ޝަރީޢަތަށް ބަލައިގަނެފައިވާ އެއްބަސްވުމެއް ނަމަ އަދަބު ކަނޑައަޅަންވާނީ، އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަޔާކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އެއްބަސްވުން ބަލައިގަތުމަށް ފަހު، ދެފަރާތުން އެއްބަސްވެފައިވާ އަދަބަށް އެއްވެސް ބަދަލެއް ގެނައުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންނުވާ ކަމަށެވެ.
22ދަށު ކޯޓު ރިޕޯޓަށް ބެލުމުން، ދައުވއާއާ ގުޅިގެނި އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާތީ، މައްސަލައިގައި ކަނޑައެޅޭނެ އަދަބަކީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގައިވާ އަދަބު ކަމަށް ފަނޑިޔާރު އިޢުތިރާފް އެއްބަސްވުން ހެދުނު ފަހުން ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އިން 108 ވަނަ މާއްދާ އިޞްލާޙް ކުރެވިފައިވޭ (އިޞްލާޙް ގެނެވިފައިވަނީ 24 ނޮވެމްބަރު 2022 ގައި) ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ޤާނޫނުލްޢުޤޫބާތުގެ 1004 ވަނަ މާއްދާއާއި 1202 ވަނަ މާއްދާގެ ދަށުން ކުށްވެރިޔާގެ މައްޗަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެމިންވަރުގ އެހެނެ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދީފައިވާތީ، އެއްބަސްވުމުގައި ބަޔާންކުރާ އަދަބު (އަސްލީ އަދަބު) ގެ ގޮތުގައި ކަނޑައެޅުމަށްފަހު އެއާ އެއް ހަމަ އެހެން އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
23ސުވާލަކީ، ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 162 ވަނަ މާއްދާގެ ސަބަބުން ޤާނޫނުލްޢުޤޫބާތުގެ 1004 ވަނަ މާއްދާއާއި 1202 ވަނަ މާއްދާގެ ދަށުން އަދަބު އެއް ހަމަކުރުމަށް ފަނޑިޔާރަށް ލިބޭ ބާރު ހަނިވެގެންދޭތޯއެވެ. މިފަރަޤު ދަނެގަތުމަށްޓަކައި އަދަބު އެއްހަމަކުރުމަކީ ކޮބައިކަމާއި، އިޢުތިރާފުގެ އެއްބަސްވުމަކީ ކޮބައިތޯއާއި މިދެމަފްހޫމްގެ މަޤްސަދާއި ޤާނޫނު ފަރުމ ކުރެވިފައިވާ ގޮތުނާ މިދެމަރޙު ލާގައި ކޯޓަށާއި ޕްރޮސިކިއުޝަނަށަ ލިބިދީފައިވާ އަދި ހަނިކުރެވިފައިވާ ބާރުތަކަކީ ކޮބައިކަން ދަނެގަންނަން ޖެހެއެވެ.
24މިމައްސަލަތައް ނިންމުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންކުރާ އަދަބު ކަނޑައެޅުމަށްފަހު ވެސް ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބުގެ ބާވަތް ބަދަލުކުރުމަކީ، ލިބިފައިވާ އިޚްތިޔާރއެ ކަމަށެވެ. ޤާނޫނީ އަސާސެއްގެ ގޮތުގައި ފަނޑިޔާރު ފާހަގަކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 1004 ވަނަ މާއްދާއާއި 1005 ވަނަ މާއްދާއެވެ.
25ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން އަދަބު ކަނޑައަޅާނަމަ، އަދަބު ކަނޑައަޅަންވާނީ، އެ ޤާނޫނުގެ ތިންވަނަ ބައިގައި ބަޔާންވެގެންވާ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާއި، އަދަބު ކަނޑައެޅުމުގެ އޞުލ އެއްގޮތްވާ ގޮތުގެމަތިންކަމަށް ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 159 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
26ޤާނޫނުލްޢުޤޫބާތު ގެ 3 ވަނަ ބަޔަކީ، "ކަނޑައެޅޭނެ އަދަބު މިންވަރު" މިސުރުޚީގެ ދަށުން އަދަބާއި ގުޅީ އުޞޫލުތައް ބަޔާންކުރާ ބއެވަ . އެގޮތުނެ ޤާނޫނުލްޢުޤޫބާތު 1002 ވަނަ މާއްދާގައި "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކުރާ ތާވަލެއް" ހިމެނިފައިވާއިރު، 1001 ވަނަ މާއްދާގެ (ނ) ގައި "މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށުގެ ދަރަޖަ ބަޔާންކުރާ ކޮލަމްގެ ގޮޅިއާގުޅޭ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުށުގެ އަދަބުގެ މިންވަރަށް ގެންނަންޖެހޭ އުނި އިތުރު ގެނައުމަށްފަހު ކަނޑައަޅާ ގޮޅީގައި ބަޔާންކުރާ އަދަބަކީ އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު" ކަމަށް ބަޔާންކޮށްފައިވެއެވެ.
27މިމައްސަލަތައް ނިންމުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންކުރާ އަދަބު ކަނޑައެޅުމަށް ފަހު، ޤާނޫނުލްޢުޤޫބާތު ގެ ދަށުން އަދަބުގެ ބާވަތް ބަދަލުކުރުމަކަށ ހުރަހެއް ނެތް ކަމަށެވެ. ޤާނޫނީ އަސާސެއްގެ ގޮތުގައި ފަނޑިޔާރު ފާހަގަކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތު 1004 ވަނަ މާއްދާއާއި 1005 ވަނަ މާއްދާއެވެ.
28ޤާނޫނުލްޢުޤޫބާތުގެ 1004 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "މި ޤާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ގައި ކުށެއްގެ އަދަބުގައި ކުށްވެރިއަކު ޖަލަށްލެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަ ޅފައިވާނާއެވެ. އެހެންނަމަވެސް، އެގޮތުން ކަނޑައެޅޭނެ ޖަލުގެ މުއްދަތާ އެއް މިންވަރެއްގެ އެހެން އަދަބެއް ނުވަތަ ތަފާތު އެކިއެކި ބާވަތުގެ އަދަބުތައް އެއްކުރުމަށްފަހު ކުށްވެރިއަކު ޖަލަށްލެވޭނ އެންމެ ދިގު މުއްދަތާ އެއްހަމަ އަދަބު އެކުށްވެރިއެއްގެ މައްޗަށް ކަނޑައެޅިދާނެއެވެ. މިގޮތުން ކަނޑައެޅޭ އަދަބުގެ މުއްދަތާއި ބާވަތް ވާންވާނީ މި ޤާނޫނުގެ 1005 ވަނަ މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެމަތިންނެވެ."
29ޕްރިސިޑެންސް 3ބުނެވުނު މާއްދާގެ ދަށުން ޤާނޫނުން ބަލައިގަނެފައިވާ މިއުޞޫލަކީ، އަދަބު އެއް ހަމަކުރުމަކީ (conversion of sentence( ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ބާވަތް ބަދަލުކުރުމުގެ މަފްހޫމެވެ. ކުށަށް ކަނޑައެޅޭ އަދަބު އެއާ އެއްމިންވަރެއްގ އެހެނެ ބާވަތެއްގެ އަދަބަކަށް ބަދަލުކުރުމެވެ. މިއީ ޤާނޫނުލްޢުޤޫބާތު ގައި ކަނޑައެޅިފައިވާ އަދަބުގެ ދަރަޖަ ބަދަލު ކުރުމާ (aggrevate & mitigate) ތަފާތު މަފްހޫމެކެވެ.
30އަދަބު ގެ ދަރަޖަ ބަދަލުކުރާއިރު، އަދަބުގެ މިންވަރަށް ބަދަލެއް އާދެއެވެ. މިސާލަކަށް ޖިނާޔަތު 1 ދަރަޖައިގެ ކުށުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ 10 (ދިހައެއް) އަހަރެވެ. ޤާނޫނުގައި ކަނޑައެޅިފައިވާ އަސާސެއްގެ (ކުށަށް އޢި ތިރާފުވުމުނު 1 ދަރަޖަ ލުއިވުން) މައްޗަށް ބިނާކޮށް 1 ދަރަޖަ ލުއި ވެއްޖެނަމަ، ކަނޑައެޅޭ އަދަބު 7 (ހަތެއް) އަހަރާއި 6 (ހައެއް) މަހަށް ލުއިވެގެން ދެއެވެ. އެހެންނަމަވެސް، އެއްހަމަ ކުރާއިރު، އަދަބާ އެއްމިންވަރެއްގެ އަދަބެއް އެހެން ބާވަތަކުން ކަނޑައެޅު މުގެ އިޚްތިޔާރު ޤާނޫނުން ކޯޓަށް ލިބިދެއެވެ. މިސާލަކަށް، 1 އަހަރުގެ ޖަލު ބަންދަކީ -72,000/ރ. (ހަތްދިހަ ދެހާސް) ނުވަތަ އެއްއަހަރުގެ އާމްދަނީ (ދެޢަދަދުނ ބޮޑް ޢަދަދެއް) އެއްހަމަ އަދަބެއް ކަމަށް ޤާނޫނު ގައި ކަނޑައެޅިފައިވާތީ، އެއްއަހަރުގެ ޖަލު ބަންދު، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތިން، ބުނެވުނު ޢަދަދުގެ ޖޫރިމަނާއަކަށް ބަދަލުކޮށް ޙުކުމްކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބެއެވެ.
31އަދަބު އެއު ހަމަކުރުމުން، އަދަބު ތަންފީޛުކުރުމުގައި މީހާއަށް ލުއިތަކެއް ލިބިގެންދާކަމީ ޝައްކެއް އޮތް ކަމެއް ވެސް ނޫނެވެ. އަދަބު އެއް ހަމަކުރުމުގެ މަފްހޫމް ޤާނޫނުން ބަލައިގަތުމުގެ މައިގަނޑު މަޤްސަދަކީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެންނަންޖެހޭ ބަދަލުތައް - ޤާނޫނުލްޢުޤޫބާތުގެ 1100 ވަނަ މާއްދް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާ ވެސް، މައްސަލައިގެ ޙާލަތަށް ބަލައި ކުށްވެރިޔާ އަނބުރާ މުޖުތަމައުއަށ ގެނައުމަށް އެންމެ ބޮޑަށް ބާރު އަޅާ އަދަބުގެ ބާވަތް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބިދިނުމެވެ.
32ޖިނާއީ ކުށުގެ ތަޙްޤީޤުތައް ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށާއި، އެފަދަ ތަޙްޤީޤުތަކާއި ޝަރީޢަތްތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމުގެ މަޤްސަދު ހާސިލުކުރުމުގެ ބޭނުމުގައި ދުނިޔޭގެ ގިނަ ޖިނާއީ ޢަދުލުގެ ނިޒާމުތައް ދަނެގެނެފައިވ ޤާނޫނާ އެއް އިޖުރާއަތަކީ "ޕްލީ ބާގެއިނިންގް"ގެ އޞު ލުތަކާއި ހަމަތަކެވެ.
33ޕްލީ ބާގއެނިންގ އަކީ، މުއްތަހަމާއި ދައުލަތާއި ދެމެދު ކުރެވޭ މަޝްވަރާގެ މައްޗަށް ބިނާކޮށް، ލުއި އަދަބެއް ނުވަތަ އެހެނިހެން އިނާޔަތްތަކެއް ލިބުމުގެ މުޤާބިލުގައި ތުހުމަތަށް ނުވަތަ ދައުވާއަށް އިޢުތިރާފުވުމަށް އެއްބަސްވާ ޤާނޫނީ އިޖުރާއަތެކެވެ. މިގޮތުން، ބޮޑު ކުށަކަށް ތުހުމަތުކުރެވޭ ޙލަތުގައާ އެދައުވާ ކުރުމުގެ ބަދަލުގައި އެއަށްވުރެ ކުޑަ ކުށަކަށް ދައުވާކުރެވި އެކުށަށް އިޢުތިރާފުވުމަށް އެއްބަސްވުން، ގިނަ ދައުވާތައް ކުރެވެން އޮތް ޙާލތެއްގައ އެއި ދައުވާއެއް ކުރަ މަށާއު އެދައުވާއަށް އިޢުތިރާފުވުމަށް އެއްބަސްވުނ ހިމެނެއެވެ.
34ޕްލީ ބާގެއިނިންގެ މިއިންތިޒާމް ޖިނާއީ ޢަދުލުގެ ނިޒާމުތަކުން ބަލައިގަންނަނީ، މިއިންތިޒާމްގެ ސަބަބުން ދައުލަތަށާއި ޝަރުޢީ ކޯޓުތަކަށާއި އަދި ތުހުމަތުކުރެވޭ ފަރާތްތަކަށާއި މުޖުތަމއަށް ޖުމުލަ ގޮތެއްގައި ފަސޭހަ ލުއިތަކެއް ލިބޭތީއެވެ. ދައުވާ ލިބޭ ފަރާތުގެ މައްޗަށު ވަކް ކުށެއް ސާބިތުވާ ނ ކަމުގެ ޔަޤީންކަން ދައުލަތަށް ލިބޭއިރު، ދައުވާ ލިބޭ ފަރާތަށް ޝަރީއަތުގައި ކުރިމަތިވެދާނެ ބޮޑު އަދަބަށް ވުރެ ކުޑަ އަދަބެއް ކަނޑައެޅެއެވެ. ޝަރީއަތ ދިގު މަރުހަލާތައް ފުރިހަމަކުރަންޖެހޭ މައްސަލަތައް މަދުވެ އިންސާފުގެ ރާސްތާ ކުރުވެގެންދެއެވެ.
35ޖިނާއީ އިޖުރާއަތުގެ ޤާނޫނު ން ޕްލީ ބާގެއިނިންގެ މިއުޞޫލު ބަލައިގަނެފައިވަނީ، އެޤާނޫނުގެ 98 ވަނަ މާއްދާއާއި، 104 ވަނަ މާއްދާއާއި، 162 ވަނަ މާއްދާއިންނެވެ. ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ޤާނޫނު ނަންބަރު 12/2016 "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ގެ 2 ވަނަ މާއްދާގެ (ހ)- މަޤްސދަ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުޞަތު ދީ، މުޖުތަމަޢަށް ރުޖޫޢަވެ، މުޖުތަމަޢުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއ އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މހުންގީ މައްޗަށް ކުށުގެ ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވެއެވެ. މިގޮތުން،1 (އެކެއް) އަހަރު ދުވަހަށް ވުރެ ދިގު ނޫން ޖަލުގެ އަދަބު ކަނޑައެޅޭ މައްސަލަތަކުގައި ދައުވާ ކުރުމުގެ ބަދަލުގައި ނަސޭޙަތްދ މައްސަލީ ނިންމުމުގެ ފުރުސަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 98 ވަނަ މާއްދާގެ
(ނ) އިން ލިބެއެވެ.
36ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާއިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުށަހެޅުމަށް ނުވަތަ މުއްތަހަމުގެ ހުށަހެޅުމަށް، ދެފަރާތުގެ ދެމެދުގައި އިޢުތިރާފުގެ އެއްބަސްވުމެއް ވެވިދާނެ ކަން އެނގެއެވެ. މި ގޮތުން މިމާއްދާގައިވާ ޝަރުޠުތަކަށް ބަލާއިރު، މިބާވަތުގެ އެއްބަސްވުމަކަށް ވަނުމުގައި މީހާ ކުށަށް އިޢުތިރާފުވަނީ ކުށުގެ ރުކުންތަކާއި އުންސުރުތށަ ތަފްސީލުކޮށް ކަށަވަރުކޮށްކަމާއި، ތަޙްޤީޤަށް ހޯދިފައިވާ ހޯދުންތަކުން އިޢުތިރާފަށް ވާގިވެރިވުމގެ އިތުރުން އިޢުތިރާފުވާ ކަންތައްތަކާއި، ތަޙްޤީޤުގައި ހޯދުންތަކާއި އެކަށީގެންވާ ނިސްބަތަށް ދިމާވާން ޖެހޭއިރު، ދައުލަތުން ހުށަހަޅާ ލުއިތަކާއި މުއްތަހަމު ފޯރުކޮށްދޭ މަޢުލޫމާތުން އުފައްދާ ނަތީޖާ ވަޒަން ހަމަވާންޖެހޭ ކަން އެނގެއެވެ. މިޝަރުޠުތަކުން މިބާވަތުގެ އެއްބަސްވުމށަ ދެފަރާތުންވެސް ވަންނަނީ އެއްބަސްވުމުގެ ސަބަބުން ދެފަރާތުން ވެސް ހާސިލުކުރަން ބޭނުންވާ ވަރަށް ޚާއްސަ ވަކި މަޤްސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ދެފަރާތުގެ މައްޗަށް ޙަކަމެއްގ ގޮތުގައެ ބޭނުންކުރމަށްކަނު ސާފެވެ.
37މިމައްސަލަތަކުގައ ހިމެނި އެއްބަސްވުންތަކަށް ވަން އިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މިމާއްދާ މަތީގައި ބުނެވުނު މިންވަރަށް ތަފްސީލެއް ނޫނެވެ. އެހެންނަމަވެސް، އޭރުވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގެ (ހ) ގައި، ތުހުމަތުކުރެވޭ މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފްވެއްޖެނަމަ ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުމެއް ވެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފުވޭތޯ ބެލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެ ކަންތައްތަކުގެ ތެރޭގައި އޭނާގެ މައްޗަށް އިތުރު ދަޢުވާއެއް ނުކުރާނެކަމަށް ހުށަޅުމާއި އޭނާގެ މައްޗަށް ކޮށްފައިވާ ބައެއް ދަޢުވާ އަނބުރާ ގެންދެވިދާނެކަމަށް ހުށަހެޅުމާއި އަދިކުށުގެ އަދަބު ލުއިކޮށްދޭން އެދޭނަމަ، އަދަބު ލުއިކޮށްދެވިދާނެ ގޮތްތަކެއް ހުށަހެޅިދާނެ ކަމަށް ޤާނޫނުގެ 96 ވަނަ މާއްދާގައި އޭރު ބަޔާންކޮށްފައިވެއެވެ. އަދަބު ލުއިކުރުމަށް ހުށަހެޅުމަށް ޕްރޮސިކިއުޝަނަށް އޮތް ބާރު
38މިމައްސަލަ ހިނގަމުން ދިޔައިރު ޢަމަލުކުރެވެމުން ދިޔަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. ("ށ) މިމާއްދާގެ ދަށުން ވެވޭ އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށް ވުރެ ދަށް ނުވާނެ އަދަބެކެވެ. ނުވަތަ، ޤާނޫނުގައި އެކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅައެއްބަޔަށް ވުރެ ކުޑަ ނުވާނެ އަދަބެކެވެ". ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގެ ކުރިން (އިޞްލާޙް ގެނެވިފައިވަނީ 24 ނޮވެމްބަރު 2022 ގައި) ޖިނާއީ އިޖުރާއަތުގެ ޤާނޫނު ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގެ ދަށުން މިމާއްދާ ވަނީ އުވާލާފއަ ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގެ ކުރިން (އިޞްލާޙް ގެނެވިފައިވަނީ 24 ނޮވެމްބަރު 2022 ގައި )
39މިމައްސަލަތަކުގައ ހިމެނި ދައުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ ގެ ދަށުން އުފުލިފައިވާ ދައުވާތަކެކެވެ. ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ ކޮންމެ ކުށަކީ ދަރަޖަކުރެވިގެންވާ ކުށެކެވެ. އެޤާނޫނުގެ ދަށުން ކަނޑައެޅޭނެ އަދަބު 1001 ވަނަ މާއްދާގައި ބަޔާންކުރަމުން، ޤާނޫނުގެ 1 ވަނަ ބަޔާއި 2 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، 1002 ވަނަ މާއްދާގެ އަލީގައި "އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ކަނޑައަޅަންވާނެކަމަށާއި، 1002 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންތައްތަކުގެ އަލީގައި އަދަބުގެ މިންވަރު މައްޗަށް ޖައްސަންޖެހޭ ޙާލަތްތައް އެއްކޮށް، އެއިން އަދަބުގެ މިންވަރުން ދަށަށް ޖައްސަންޖެހޭ ކަންކަން ކެނޑުމުން، އަންނަ އަދަބުގެ މިންވަރަކީ އެކުށަކާއި ގުޅިގެން ދެވޭނެ އަދަބު ކަނޑައަޅާ ގޮޅިކަމަށް ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކަނޑައެޅޭ އަޞްލީ އަދަބަކީ ޖަލު ބަންދުކަމަށް ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ގައި ބަޔާންކުރެއެވެ.
40މީގެ އިތުރުން، ޤާނޫނުލްޢުޤޫބާތުގެ 1001 ވަނަ މާއްދާގެ (ނ) ގައި، "....ކުށުގެ އަދަބުގެ މިންވަރަށް ގެންނަންޖެހޭ އުނި އިތުރު ގެނައުމަށްފަހު ކަނޑައަޅާ ގޮޅީގައި ބަޔާންކުރާ އަދަބަކީ އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އަދަބު ލުއިކުރުމަށް ޕްރޮސިކިއުޝަނަށް އޮތް ބާރަކީ، މިމިންވަރަށް ވުރެ ދަށް ނުވާނެ އަދަބަކަށް އެއްބަސްވުން ކަން އެނގެއެވެ.
41ކުރިން ވެސް ފާހަގަކުރެވުނު ފަދައިން، މިމައްސަލަ ތަކުގައި ހިމެނޭ އެއްބަސްވުން ތައް ހެދުމުގައި އަދަބު ލުއި ކުރުމުގައި ދައުލަތަށް ހުށަހެޅޭ ކަންތައްތައް ޤާނޫނުގައި މަހުދޫދު ކުރެވިފައިވަނީ ކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށް ވުރެ ލުއި ވާނެ މިންވަރަކަށް އަދަބު ކަނޑައެޅުމަށެވެ. އަދަބު އެއް ހަމަކުރުމަކީ، އަދަބު 9/2014 ޤާނޫނުލްޢުޤޫބާތުގެ 90 ވަނަ މާއްދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1001 (ހ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫ ލ" ބުނެވުނު އުޞޫލުގެ 4 ވަނަ މާއްދާގެ (ހ) ލުއިކުރުން ކަމަށް ޤާނޫނު ބަލައިނުގަންނައިރު، އެއްބަސްވުން ވެވުނުއިރު، އަދަބު އެއް ހަމަކޮށް ހުށަހެޅުމުގެ އިޚްތިޔާރެއް ދައުލަތަށް ނެތެވެ.
42އިސްތިއުނާފުން ބެލެވެމުން މިދާ މައްސަލަތަކުގެ ތެރެއިން އަޙްމަދު ނައުފަލް އަދި މުޙައްމަދު ނައުފަލްއާ ދެމެދު ދައުލަތުން ވެފައިވާ އިޢުތިރާފުގެ އެއްބަސްވުން ވެފައިވަނީ 18 މެއި 2022 ގައެވެ. އަދި ޢަލީ އަފުނާނު އާ ދައުލަތާ ދެމެދު އިޢުތިރާފުގެ އެއްބަސްވުން ވެފައިވަނީ 24 ފެބްރުއަރީ 2022 ގައެވެ. އޭރު ޢަމަލުކުރެވެމުންދިޔަ އުޞޫލުތަކަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށް ނުވާނެ އަދަބެކެވެ. އެހެންކަމުން، މިމައްސަލައިގައި އިސްވެ ބަޔާންކޮށްފައވި ފަދައިން، އަސާސީ އަދަބެއްގެ ގޮތުގައި ޖަލު އަދަބު ކަނޑައެޅިފައިވާ މައްސަލައެއްގައި އެއަށް ވުރެ "ލުއި" ވާގޮތަކަށ އެއްބަސްވުމަކަށް އައުމަށް ޤާނޫން ތަންދޭ ކަމުގައި ނުބެލެވެއެވެ.
43މިމާނަ ކުރުމަށް ބުރަދަން ލިބިދޭ އެއްކަމަކީ، ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދައުލަތުން ލިބިދިނުމަށް އެދެނީ "ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށް ވުރެ ދަށް ނުވާނެ އަދަބު" ކަމަށް ދައުލަތުން އެއްބަސްވެފައިވުމެވެ. އެގޮތުން، މިސާލަކަށް ޢަލީ އަފުނާނުގެ އިޢުތިރާފް އެއްބަސްވުމަށް ބަލާއިރު، އެއެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ދައުވާ ކުރެވޭ ޤާނޫނުގައި މިކުށަށް ކަނޑައެޅިފައިވާ އަދަބުގެ އަސާސީ މިންގަނޑަކީ 01 (އެކެއް) އަހަރާއި 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުން ކަމުގައިވީނަމަވެސް މިއެއްބަސްވުމުގ ދަށުން، ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށް ވުރެ ދަށްނުވާނ އަދަބުގެ ދަރަޖައަށް ދަށްކުރުމުން 9 (ނުވަ) މަހާއި 18 (އަށާރަ) ދުވަހަށް ޖަލުގައި ބަންދުކުރުމުގެ އަދަބަށް އަދަބު ކުޑަ ވެގެންދާނެއެވެ." މިފަދައިންނެވެ. އެހެންކަމުން، އެއްބަސްވުމުގައި ދައުލަތުން އިސްތިއުނާފު ރައްދުވާ އިޢުތިރާފު އެއްބަސްވުމުގެ "ޚާއްޞަ މާއްދާތައް" މި ސުރުޚީގެ ދަށުން އަންނަ 3 ވަނަ ނަންބަރު ފަރާތްތަކަށް ދިން ޔަޤީންކަމަކީ އެފަރާތުން މިއެއްބަސްވުމުގެ ސަބަބުން ޤާނޫނުގައި އޮތް އެންމެ ކުޑަ އަދަބު އެފަރާތަށް ލިބިފައިވާކަމވެ. އޭރު، ޢަމަލުކުރަމުން ދިޔަ އެ ޞުލަށް ބަލާއިރު، އަދަބު އެއް ހަމަކޮށް އަދަބުގެ ބާވަތް ބަދަލުކުރުމަކީ "ލުއި" އަދަބެއް ދިނުން ކަމަށް ދައުލަތަށް މާނަކުރެވޭނަމަ، އަދި އެގޮތަށް އެއްބަސްވުމުގެ ފުރުސަތު ދައުލަތަށް އޮތްކަމަށް ދެކިގެންކަމަށްވާނަމަ، އެފަރާތާއެކު އެއްބަސްމިވެވެނީ ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށް ވުރެ ދަށްނުވާނެ އަދަބު ލިބިދެވޭނެ އެއްބަސްވމަކަށު ކަމއެ ދައުލަތުން އެއްބަސްވުމުގައި ބަޔާންނުކުރހީވެ. އެއްބަސްވުމާ އެއްގޮތަށް ޙުކުމްކުރުމަށް ޝަރީޢަތަށް ލާޒިމުވުން
44ޖިނާއީ އިޖުރާއަތު ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، "ދަޢުވާ ލިބާ ފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމާމެދު އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ގޮތެއް ނިންމަންވާނެ" ކަމަށެވެ. އަދި، އެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، މި މާއްދާގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަތުން ކަމަށްވާނަމަ، އޭނާގެ މައްޗަށް ޙުކުމްކޮށް، އަދަބު ކަނޑައެޅުމުގައި އެ އެއްބަސްވުމާ އެއްގޮތަށް ފަނޑިޔާރު ޙުކުމްކޮށް އަދަބު ކަނޑައަޅަންވާނެ ކަމަށެވެ.
45މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) ގައިވެސް ދަޢުވާ ލިބޭ ފަރާތަކީ، މި ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ، އަދި އެ އެއްބަސްވުމަކީ އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ބަލައިގެންފައިވާ ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގެ ކުރިން (އިޞްލާޙް ގެނެވިފައިވަނީ 24 ނޮވެމްބަރު 2022 ގައި ) އެއްބަސްވުމެއްނަމަ، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ، އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިންކަމަށް ބަޔާންކޮށްފައިވެއެވެ.
46މިދެމާއްދާ އެކުއެކީގައި ކިޔައި ލަފްޒީ މާނަކުރުމަކަށް ގޮސްފިނަމަ، ދައުލަތުން ހުށަހަޅާފައިވާ ފަދައިން، އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް ޙުކުމް ކުރުން ފިޔަވައި އިތުރު އިޚްތިޔާރެއް ފަނޑިޔާރަށް ލިބިގެންނުވެއެވެ. ނަމަވެސް، އިސްވެ ބަޔާންކުރެވުނު، ޕްލީ ބާގެއިނިންގގެ އުޞޫލާއި އަދަބު އެއްހަމަކުރުމުގެ މަޤްސަދށަ ބަލާއިރު، ޕްރޮސިކިއުޝަނާއި ދައުވާ ލިބޭ ފަރާތުން ވެފައިވާ އެއްބަސްވުމގައިވު އަދަބު ކަނޑައެޅުމަށް ފަހު، އެއަދަބުގެ ބާވަތް ބަދަލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން، ބިނާވެގެންދާނީ ޕްރޮސިކިއުޝަނުން އެއްބަސްވުން ހެދުމުގައި އަދަބު އެއް ހަމަކުރުމަށް ފަނޑިޔާރަށް ލިބޭ ބާރށަ ރިޢާޔަތްކުރުމުގެ ފުރުސަތު އޮތުމުގެ މައްޗަށެވެ.
47މަތީގައި ބަޔާންކުރެވުނު ފަދައިން، ޤާނޫނުލް ޢުޤޫބާތުގެ ދަށުން، އަދަބު އެއްހަމަކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ޕްރޮސިކިއުޝަނަށް، އޭރު ޢަމަލުކުރަމުން ދިޔަ އޞު ލަށް ބަލާއިރު، ބާރު ލިބިގެންވަނީ، ކަނޑައެޅޭނެ އަދަބުގެ އެންމެ ލުއި މިންވަރަށޫ ވުރެ ދަށް ނުވާނެ އަދަބަކަށް އެއްބަސްވުމެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އޭރު އޮތް ގޮތުން، އަދަބު އެއްހަމަކުރުމ ގުޅާ އޞު ލުތަކަށް ރ ޢިޔަތްކޮށ އެއް ހަމަ އަދަބެއް ހުށަހެޅުމުގެ ބާރެއް ޕްރޮސިކިއުޝަނަށް ލިބިގެނެއް ނުވެއެވެ.
48އެހެންކަމުން، މަޤްސަދަށް އިސްކަންދިނުމުގެ އުޞޫލަށް ރިޢާޔަތްކޮށް، އޭރު ޢަމަލުކުރެވެމުންދިޔަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އާއި 162 ވަނަ މާއްދާއިން ފަނޑިޔާރަށް ލާޒިމްވަނީ ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އިން 162 ވަނަ މާއްދާގެ (ރ) އުވާލާފައިވޭ ކަނޑައެޅޭނެ އަދަބުގެ ގޮތުގައި އެއްބަސްވެފައިވާ މިންވަރަށް އެއްބަސްވުމާ އެއްގޮތަށް އަދަބު ކަނޑައެޅުމަށެވެ. ޤާނޫނުލްޢުޤޫބާތުން ލިބިދޭ އަދަބު އެއް ހަމަކުރުމުގެ އިޚްތިޔާރު ހަނިވެގެން ނުދެއެވެ.
49ޕްރިސިޑެންސް 5މިމައްސަލައިގައި މުޙައްމަދު ނައުފަލް އަދި އަޙްމަދު ނައުފަލްގެ މައްޗަށް އުފުލި ދައުވާގައި އަދަބު ބިނާކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުންނެވެ. މިއީ ޖިނާއަތު 5 ވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަސާސީ އަދަބަކީ 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހގު ޖަލު އަދަބެވެ. ޢަލީ އަފުނާނުގެ މައްޗަށް އުފުލި ދައުވާގެ އަދަބު ބިނާކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުންނެވެ. މިއީ، ޖިނާޔަތު 4 ވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަސާސީ އަދަބަކީ، 01 (އެކެއް) އަހަރާއި 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ ޖަލު އަދަބެވެ. ޢާންމު އުޞޫލުން ބަލާއިރު، މައްސަލައިގެ ތަޙްޤީޤަށް އެއްބާރުލުންދީފިނަމަ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ އަދަބު ލުއިވެގެންދާއިރު، ޝަރީޢަތް ނުފެށެނީސް މުއްތަހަމަކު ކުށަށް އިޢުތިރާފްވެއްޖެނަމަ، އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ އަދަބު ލުއިވެގެންދެއެވެ. މާނައަކީ، މުޙައްމަދު ނައުފަލް އަދި އަޙްމަދު ނައުފަލް މައްސަލައިގައި އަދަބގު މިންވަރު 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހަށް ބަދަލުވެގެންދެއެވެ. އަދި ޢަލީ އަފުނާނުގެ މައްސަލައިގައި އަދަބުގެ މިންވަރު 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ ޖަލު އަދަބަށް ބަދަލުވެގެންދެއެވެ. ދައުލަތާއި އެކު އެއްބަސްވުމެއް ނެތި ޝަރީޢަތުގައި އިޢުތިރާފުވާ މީހާއަށް ހަމަ މިއަދަބުގެ ބާވަތް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގ 1004 ވަނަ މާއްދާއާއި 1005 ވަނަ މާއްދާގެ ދަށުން އެހެން ބާވަތަކަށް ބަދަލުކުރުމަށް ފުރުސަތު ލިބެއެވެ. އިޢުތިރާފް އެއްބަސްވުމުގެ ދަށުން ތަޙްޤީޤު މަރުހަލާއިން ފެށިގެން ތަޙްޤީޤަށް އެއްބާރުލުންދީ، ކުށުގެ އިތުރު ބައިވެރިން ހޯދުމުގައި އެހީތެރެވެދޭ މީހަކަށް، ޝަރީޢަތަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާ އައިސް އިޢުތިރާފުވާ މީހާއަށް ވުރެ ހަރުކަށި އަދަބެއް ލިބޭ ގޮތަށް ޤާނޫނު މާނަކުރުމީ މުޅި ޤާނޫނުގެ މަޤްސަދު ގެއްލޭ ކަމެއް ކަމުގައި ދެކެމެވެ.
50އަދި، ޤާނޫނު ތަރުތީބުކުރެވިފައިވާ ގޮތުން ނިކުންނަ ދެކޮޅުނުޖެހޭ މިނަތީޖާ އޮތްކަން ރައްޔިތުންގެ މަޖިލީހުނަ ބަލައިގަނފައިވާކަނެ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނަ 04 ވަނަ އޞްލާޙުނި އެނގެއެވެ. އެގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގެ (ކ) ގައި އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކުރެވޭނޭ ގޮތް ބަޔާންކުރަމުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގައި ބަޔާންކުރާ ކުށަކާ ގުޅިގެންނަމަ، އެ ކުށަށް އެއްބަސްވެވޭ އަދަބު، ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގައި ހިމެނޭ، އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލުގައި ބަޔާންކުރާ ގޮތަށް ބަދަލުކޮށް، އެގޮތުގެމަތިން އެއްބަސްވުމުގައި ހިމެނިދާނެކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މިމާއްދާ މިހާރު އޮތްގޮތަށް ރިޢާޔަތްކޮށް ހެދޭ އެއްބަސްވުމެއްގައި ދައުލަތުން ރިޢާޔަތްކުރާނެ އެއްކަމަކީ އެއްހަމަކުރުމުގެ މިއޞުލުކަމުގައިވުމުން، އަދަބު ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގ 1004 ވަނަ މާއްދާއާއި 1005 ވަނަ މާއްދާއިން ލިބޭ އިޚްތިޔާރު ހަނިވާކަން ސާފެވެ.
51ބުނެވުނު އެންމެހައި ކަންތައްތަކަށް ރ ޢި ޔަތްކޮށާ މިމައްސަލަގައި ހިމެނޭ އެއްބަސްވުންތައް ވެވުނުއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނު އޮތްގޮތަށް ރިޢާޔަތްކުރާއިރު، ދަށު ކޯޓުން މިފަދަ އިޚްތިޔާރެއް އޮތް ކަމަށް މާނަކުރި ކުރުމަށް ބަދަލެއް ގެންނަންޖެހޭ ކަމުގައި ނުދެކެމެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 އަދި 162 ވަނަ މާއްދާ ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު - އިޞްލާޙް ގެނެވިފައިވަނީ 24 ނޮވެމްބަރު 2022 ގައި) ޖަލު އަދަބު ޖޫރިމަނާ އަށް ބަދަލުކުރުމުގެ އޞު ލާ ޚިލާފުވެފައިވޭތޯ؟
52ޕްރިސިޑެންސް 4އިސްތިއުނާފީ ދެވަނަ ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ދަށު ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގެ ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ގެ 24 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރާއި ޚިލާފުކަމަށެވެ. އެގޮތުން، ހަމައެކަނި ޖޫރިމަނާގެ އަދަބު ކަނޑައަޅަނީ ޖުނަޙްގެ ކުށްތަކުގައި އެކަނި ކަމށަ އެއޞުލުގައި ކަނޑައެޅިފައިވާކަމަށާއި، މިމައްސަލަތަކުގައި ޖިނާޔަތުގެ ކުށެއްގައި ޖޫރިމަނާއަށް އަދަބު ކަނޑައަޅާފައިވާ ކަމަށެވެ.
53ބުނެވުނު އުޞޫލު ގެ 24 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރގައު "ހަމައެކަނި ޖޫރިމަނާގެ އަދަބު ކަނޑައެޅޭނީ ޖުނަޙްގެ ކުށްތަކުގައި އެކަނިކަން" މިގޮތަށް ބަޔާންކޮށްފައިވް އެވެ. މިމައްސަލަތަކުގައި އިސްތިއުނާފު ރައްދުވާ 3 (ތިނެއް) ފަރާތުގެ މައްޗަށް ވެސް ދައުވާ އުފުލިފައިވަނީ ޖިނާޔަތުގެ ދަރަޖައިގެ ކުށްތަކަށެވެ. އަދި، އަދަބު އެއްހަމަ ކުރުމުގައި، ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވަނީ ޖޫރިމަނާގެ އަދަބު އެކަންޏެވެ. އެހެންކަމުން، ޖިނާޔަތުގެ ކުށް ސާބިތުވި މައްސަލަތަކެއްގައި ޖުރިމަނާގެ އަދަބު ކަނޑައެޅިފައިވަނީ ބުނެވުނު އުޞޫލާ ޚިލާފަށެވެ.
54ކްރިމިނަލް ކޯޓުގެ ނަންބަރު 306/Cr-C/2022 ޤަޟިއްޔާގެ ޙުކުމްގެ ނަންބަރު (3) ގައި މުޙައްމަދު ނައުފަލ އިބްރާހީމް ޒާހިރު އަދި އަޙްމަދު ނައުފަލުގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރި ބައި ބާޠިލުކަމަށް ކަނޑައަޅައި އަދި،
55ކްރިމިނަލް ކޯޓުގެ ނަންބަރު 146/Cr-C/2022 ޤަޟިއްޔާގެ ޙުކުމުގެ (4) ވަނަ ޕެރެގްރާފްގައި ޢަލީ އަފުނާނުގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރި ބައި ބާޠިލުކަމަށް ކަނޑައަޅައި ނިންމަން ފެނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫ ލ" އބޙ
56މި މައްސަލައިގައި ރިޔާސަތު ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔުގައި މައްސަލަ ނިންމަން ފެންނަގޮތްކަމަށ ބަޔާންކޮށްފައިވް ބަޔަށް ތާއީދުކުރުމާއެކު، އެ ނިންމުމަށް ވާސިލުވި ސަބަބަށް އެއްބަސްނުވެވޭތީ އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
57މ މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާ އަކީ، އިސްތިއުނާފުކުރެވިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 306/Cr-C/2022 ޤަޟިއްޔާ އާއި ކްރިމިނަލް ކޯޓުގެ 146/Cr-C/2022 ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވި ފަރާތްތަކުގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ރ) އާއި އެޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިއުތިރާފުގެ އެއްބަސްވުން ޝަރީޢަތުން ބަލައިގަތުމަށް ނިންމުމަށްފަހު، އެ އެއްބަސްވުމުގައިވާ އަދަބަށް އުނިއިތުރު ގެނެސް އަދަބު ކަނޑައެޅުމުގެ އާންމުއުސޫލު ތަޠުބީޤުކުރެވިދާނެތޯ؟
58ޕްރިސިޑެންސް 1ފުރަތަމަ ކަމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއާއި ކުށުގެ ތުހުމަތުގައިވާ ނުވަތަ ދައުވާލިބޭ މީހާއާ ދެމެދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާގޮތުގެ މަތިން އިއުތިރާފުގެ އެއްބަސްވުމެއްވެ، އެ އެއްބަސްވުން ބަލައިގަތުމަށް މައްސަލަ ބަލާ ފަނޑިޔާރު ނިންމާ ހިސާބުން، އެ އޮތީ ދެފަރާތުގެ މެދުގައި ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވެވިފައެވެ. މިފަދައިން އަހުރެން މި ފާހަގަކުރަނީ ކުށުގެ ތުހުމަތުގއިވ މީހާ އާއަ ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން ވެވިދާނެކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ހަމަ އެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) ގައި އެ އެއްބަސްވުން ބަލައިގަތުމުގެ ނުވަތަ ބަލައިނުގަތުމުގެ ނުވަތަ ބަދަލު ކުރުމަށް އެންގުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީއެވެ. އެގޮތުން އެ މާއްދާގެ (ރ) ގައި އޮތީ އަންނަނިވި ފަދައިންނެވެ. 108 (ރ) މި މާއްދާގެ ދަށުން ހުށަހަޅާ އެއްބަސްވުމަކީ، އެހާތަނަށް މައްސަލައިގައި ލިބިފައިވާ ހެއްކަށް ބަލާއިރު، ނުވަތަ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގައި ހިމެނޭ މުހިންމު ކަންކަމަށް އެކަށީގެންވާ މިންވަރަކަށް ރިޢާޔަތްކުރުމެއްނެތި ހުށަހަޅާފައިވާ އެއްބަސްވުމެއްނަމަ، އެ އެއްބަސްވުމާމެދު އަލުން ވިސްނުމަށް އެންގުމުގެ ބާރު، ނުވަތަ އެއްބަސްވުން ބަލައިނުގަތުމަށް ނިންމުމުގެ ބާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިޢުތިރާފުގެ އެއްބަސްވނު ކޯޓަށް ބަލައިގަތުންނަމަ، އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި، އެ ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ފަނޑިޔާރު އަދަބު ކަނޑައަޅައި، ޙުކުމްކުރަންވާނެއެވެ.
59ޕްރިސިޑެންސް 2އިސްވެ ފާހަގަކުރެވުނު ފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އާއި ދައުވާލިބޭ މީހާއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވުން ޤާނޫނުގައި ހުއްދަ ކޮށްފައިވާއިރު، އެ އެއްބަސްވުން ހެދުމުގެ އެންމެ އަސާސީ އެއް ބޭނުމަކީ އޭނާގެ އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުމަށްޓަކައި ކަމާއި ލުއި އަދަބަކަށް އެއްބަސްވުމަށް ނުވަތަ ދައުވާލިބޭ ފަރާތަށް ލުއި ލިބޭގޮތަށް އެއްބަސްވުމެއް ވުންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 103 ވަނަ މާއްދާ އާއި 104 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ 4 ވަނަ ނަންބަރު އަދި (ކ) އެއް ރޮއްޖަކުން ކިއުމުން ސާފުކޮށް ދޭހަވެއެވެ. އެގޮތުން އެ މާއްދާތަކުގައި އޮތީ އަންނަނިވި ފަދައިންނެވެ.
103ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހަކީ، މި ޤާނޫނުގެ 97 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ނަސޭހަތް ދިނުމަށްފަހު ދަޢުވާ ނުކޮށް ދޫކޮށްލުމަށް ޝަރުޠު ހަމަވާ މީހެއް ކަމުގައިނުވާނަމަ، ނުވަތަ އޭނާގެ މައްޗަށް އޭނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާގެ އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުމަށްޓަކައި މި ޤާނޫނުގެ 104 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިޢުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ވެވިދާނެއެވެ. 104 (ހ) ކުށުގެ ތުހުމަތުގައިވާ މީހަކު، ތަޙްޤީޤު މަރުޙަލާގައި، ނުވަތަ އޭނާގެ މައްޗަށް ދަޢުވާ އުފުލޭ ޙާލަތުގައި އިބްތިދާއީ އަޑުއެހުން ނިމުމުގެ ކުރިން ކުށަށް އިޢުތިރާފުވެއްޖެނަމަ، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އޭނާއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. 104 (ނ) މި މާއްދާގެ (ހ) ގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހަކު ކުށަށް އިޢުތިރާފުވާ ޙާލަތުގައި، އޭނާއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވާންވާނީ، އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ. ...އަދި (4) އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން ދައުލަތުން ދިނުމަށް ހުށަހަޅާ ލުއިތަކަކީ، ދަޢުވާ ލިބޭ ފަރާތުން ފޯރުކޮށްދޭ މަޢުލޫމާތުން އުފައްދައިދޭ ނަތީޖާއާ ވަޒަންހަމަވާ ލުއިތަކަކަށްވުން. 104 (ކ) މި މާއްދާގެ ދަށުން ވެވޭ އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކުރެވޭނީ އަންނަނިވި ގޮތުގެމަތިންނެވެ..."
60ހަމައެހެންމެ މިފަދައިން މިކަން ކަނޑައެޅިފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް އާއި ދައުވާލިބޭ މީހާއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރަނީ، ޤާނޫނުގައި ހުއްދަކުރާ މިންގަނޑަކުން ލުއި އަދަބެއް ލިބިގެންދާ ގޮތަށެވެ. މި މައްސަލައިގައި ހިމެނޭ އިއުތިރާފުގެ އެއްބަސްވުންތައް ހެދިފައިވަނީވެސް އެފަދައިން ކުށުގެ އަސާސީ އަދަބަށްވުރެ ލުއި އަދަބެއް ކަނޑައެޅޭނެ ގޮތުގެ މަތިން އެއްބަސްވެގެންނެވެ.
61މީގެ އިތުރުން، މި އިއުތިރާފު އެއްބަސްވުންތައް ދަށު ކޯޓުން ވަނީ ބަލައިގަނެފައެވެ. ދެން އުފެދޭ ސުވާލަކީ ޕްރޮސިއުޓަރ ޖެނެރަލްއާއި ދައުވާލިބޭފަރާތ ދެމެދާ ލުއި އަދަބަކަށް އެއްބަސްވެ، އިއުތިރާފުގެ އެއްބަސްވުމެއް ވެފައި ވަނިކޮށް، އެ އަދަބަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބޭތޯއެވެ. . ޕްރޮސިކިއުޓަރ ޖެނެރަލް އާއި ޢަލީ އަފުނާނުއާ ދެމެދު ވެފައިވާ އިއުތިރާފު އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ އިއުތިރާފުވުމުގެ ސަބަބުން ކަނޑައެޅޭނެ އަދަބަކީ 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ ޖަލު އަދަބު ކަމަށެވެ. އަޙްމަދު ނައުފަލްގެ އިއުތިރާފު އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ އިއުތިރާފުވުމުގެ ސަބަބުން ކަނޑައެޅޭނެ އަދަބަކީ 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހުގެ ދުވަހުގެ ޖަލު އަދަބު ކަމަށެވެ. އަދި މުޙައްމަދު ނައުފަލް އިބްރާހީމް ޒާހިރުގެ އިއުތިރާފު އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ އިއުތިރާފުވުމުގެ ސަބަބުން ކަނޑައެޅޭނެ އަދަބަކީ 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހުގެ ދުވަހުގެ ޖަލު އަދަބު ކަމަށެވެ . މި އަދަބުތަކަކީ ކުށް ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އަސާސީ އަދަބަށްވުރެ ލުއި އަދަބުތަކެކެވެ . މިސުވާލާމެދު ރިޢާޔަތްކުރުމުގައި އިޢުތިރާފު އެއްބަސްވުން ބަލައިގަންނަ ހާލަތުގައި ޤާނޫނު ބުނަނީ ކީކޭތޯ ބަލާލާނަމެވެ. އެގޮތުން ކުރިންވެސް ފާހަގަކުރެވުނު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) ގައި ސާފުކޮށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. 108 (ރ) "... މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަތުންނަމަ، އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި، އެ ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ފަނޑިޔާރު އަދަބު ކަނޑައަޅައި، ޙުކުމްކުރަންވާނެއެވެ."
62މީގެ އިތުރުން މި މައްސަލަ ދަށު ކޯޓުން ނިންމިއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު އައިސްފައިނުވާތީ، އެއިރު އެ ޤާނޫނުގެ 162 ވަނަ މާއްދާގެ (ރ) ގައި އޮތީ އަންނަނިވި ފަދައިންނެވެ. 162 (ރ) ދަޢުވާ ލިބޭ ފަރާތަކީ، މި ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ، އަދި އެ އެއްބަސްވުމަކީ އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ބަލައިގެންފައިވާ އެއްބަސްވުމެއްނަމަ، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ، އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިންނެވެ.
63އެހެންކަމުން މި މާއްދާތަކަށް އެކުގައި ބެލުމުން މި މާއްދާތަކުގެ ސާފު އިބާރާތުން އެނގެން އޮތް ކަމަކީ އިއުތިރާފުގެ އެއްބަސްވުމެއް ބަލައިގަތުމަށް މައްސަލަ ބަލާ ފަނޑިޔާރު ނިންމައިފިނަމަ، އެ އެއްބަސްވުމަކީ ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ކަމާއި، ކުށަށް އަދަބު ކަނޑައަޅަންވާނީ އެ އެއްބަސްވުމުގައިވާގޮތުގެ މަތިން ކަމެވެ. އަދި އެ އެއްބަސްވުމަކީ ކޯޓަށް ހުށަހެޅޭއިރުވެސް، ޕްރޮސިކިއުޓަރ ޖެނެރަލް އާއި ދައުވާލިބޭ ފަރާތާ ދެމެދު ލުއި އަދަބަކަށް އެއްބަސްވެ، އެގޮތުގެ މަތިން އެކުލަވާލާފައިވާ އެއްބަސްވުމަކަށްވާއިރު، އަދި އެ އެއްބަސްވުން ބަލައިގަތުމަށް ނިންމުމަށްފަހު އެ އެއްބަސްވުމުގައިވާ އަދަބަށް އުނިއިތުރު ގެނައުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް އޮތް އިޚްތިޔާރެއް ނޫންކަމެވެ. އަދި އަމުދުން ދައުވާލިބޭ ފަރާތަށް އާޚިރުގައި ޕްރޮސިކިއުޓަރ . އެ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާހުގެ ދަށުން 162 ވަނަ މާއްދާގެ (ރ) ވަނީ އުނިކުރެވިފައެވެ . ޖެނެރަލްގެ ފަރާތުން އެއްބަސްވި ލުޔަށްވުރެ، ބުރަ ބޮޑުވާގޮތަށް އަދަބު ބަދަލުކޮށްގެން ނުވާނެއެވެ. އެހެނީ އިއުތިރާފުގެ އެއްބަސްވުން ބަލައިގަންނަ ހާލަތުގައި، އެ އެއްބަސްވުމަށް ޢަމަލުކުރުމާމެދ ކަންކަނު ބަޔާންކޮށްފައިވާ އިސްވެ ފާހަގަކުރެވުނު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އެއްވެސް މާއްދާއެއްގައި މައްސަލަ ބަލާ ފަނޑިޔާރަށް އެ އެއްބަސްވުމުގައިވާ ކަމަކަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ލިބިދީފައިނެތެވެ. އަދި އެއީ ދައުވާލިބޭ ފަރާތަށް ލުއިލިބޭގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެކުލަވާލާ އިއުތިރާފުގ އެއްބަސްވުމުގެ މަޤްސަދާވެސް ޚިލާފުކަމެއް ކަމުގައި ދެކެމެވެ. މި ޤާނޫނީ ހަމަތައް މިމޭރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/62 އާއި 2023/HC-A/66 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ނަޒީދު) ޤަޟިއްޔާގައިވެސް އަހުރެން ފާހަގަކޮށްފައިވާނެއެވެ.
64މި މައްސަލައަށް ބަލާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް އާއި ޢަލީ އަފުނާނުއ ދެމެދާ ވެފައިވާ އިއުތިރާފު އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ އިއުތިރާފުވުމުގެ ސަބަބުން ކަނޑައެޅޭނެ އަދަބަކީ 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ ޖަލު އަދަބު ކަމަށެވެ. އަޙްމަދު ނައުފަލްގެ އިއުތިރާފު އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ އިއުތިރާފުވުމުގެ ސަބަބުން ކަނޑައެޅޭނެ އަދަބަކީ 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހުގެ ޖަލު އަދަބު ކަމަށެވެ. އަދި މުޙައްމަދު ނައުފަލ އިބްރާހީމް ޒާހިރުގެ އިއުތިރާފު އެއްބަސްވުމުގައި ބަޔާންކޮށްފައިވަނ އިއުތިރާފުވުމުގެ ސަބަބުން ކަނޑައެޅޭނެ އަދަބަކީ 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހުގެ ޖަލު އަދަބު ކަމަށެވެ. އެހެންކަމުން ދަށު ކޯޓުން ހަޤީޤަތުގައި ކަނޑައަޅަންޖެހޭނީ އިއުތިރާފުގެ އެއްބަސްވުމުގައިވާ މި އަދަބުތަކެވެ.
65މި މައްސަލައިގައި ހިމެނޭ 2022/HC-A/369 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ އަޙްމަދު ނައުފަލް އާއި މުޙައްމަދު ނައުފަލ އިބްރާހީމް ޒާހިރުގެ މައްޗަށް ކަނޑައެޅުނު ޖުރުމނާގަ ފައިސާ ދައްކާފައިވާކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ. އެފަދައިން އެފައިސާ ދައްކާފައިވާނަމަ، އެފައިސާ އަކީ އަޙްމަދު ނައުފަލ އާއް މުޙައްމަދު ނައުފަލ އިބްރާހީމް ޒާހިރު އަށް އަނބުރާ ލިބިދެންޖެހޭ ފައިސާއެވެ. އެފައިސާ އަނބުރާ ލިބިދެވޭނެތީ، އިއުތިރާފުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 4 (ހަތަރެއް) މަހާއި 24 (ސައުވީސް) ދުވަހުގެ ޖަލު އަދަބު މިހިނދުގައި ކަނޑައެޅުމުގެ ޤާނޫނީ ހުރަހެއް އޮތް ކަމުގައި ނުދެކެމެވެ.
66އިސްތިއުނާފީ ފުރަތަމަ ނުކުތާގައި މިފަދައިން ކަނޑައެޅިގެން ދިއުމުން އިސްތިއުނާފީ ދެވަނަ ނުކުތާއަށް މިހިނދުގައި ރިޢާޔަތްކުރުމުގެ ބޭނުމެއް އޮތްކަމުގައި ނުދެކެމެވެ.
67ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2 (ހ)، 96، 97، 98 (ނ)، 103، 104 (ހ)(ށ)(ނ)(ކ)، 108 (ނ)(ރ)، 159، 162 (ރ) ވަނަ މާއްދާ
- ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 210 (ށ)(2)(3)، 211 (ހ)، 212 (ހ)(1) (ށ)(2)(ii)، 1001، 1002، 1004، 1005 (ހ)، 1100، 1106، 1202 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ އުޞޫލު ނަންބަރު 2021/02 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 4 (ހ) އަދި 24 ވަނަ މާއްދާގެ (ނ)(2)
- ސުޕްރީމް ކޯޓުގެ 2018/SC-A/31 (އަޙްމަދު ޝިޔާޛު އަދި އިތުރު ފަރާތްތައް ވ. ފުރަނަ ހޯލްޑިންގްސް) - މައްސަލަތައް ގުޅުވުމާ ބެހޭ
- ހައިކޯޓުގެ 'މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު'
- ހައިކޯޓުގެ 2023/HC-A/62 އަދި 2023/HC-A/66 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ނަޒީދު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޞަފާ އިބްރާހީމް، މަރްޔަމް ޝަހުމާ، އަޙްމަދު ނައުފަލް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ލީގަލްކެއަރ އެލް.އެލް.ޕީ
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް