ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-B12/3
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ރަޝީދު، 2022/HC-B12/3
Prosecutor General v. Ahmed Rasheed 2022/HC-B12/3 (2022/HC-B12/3, High Court of the Maldives, 19 January 2022)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ރަޝީދު
މައްސަލައިގެ ޚުލާޞާ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމީ ބަންދު މަޖިލީހުގައި ދިން ބަޔާނާއި ތަޙްޤީޤު ޤާނޫނުއަސާސީގެ 46 އާއި 52 ވަނަ މާއްދާއާ ޚިލާފަށް ހޯދާފައިވާތީ މި ތަޙްޤީޤުގެ މައްޗަށް ދަޢުވާ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުތަކުން ހައްޔަރުކޮށް ބަންދުކުރި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ އުފުލިއެވެ. އެ އަމުރުތައް އިޚްތިޞާޞް ނެތި ނެރުނު އަމުރުތައް ކަމަށް ހައިކޯޓުން ބާޠިލުކުރި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވެއެވެ.
ޕީ.ޖީ. ބުނީ އިޖުރާއީ ގޯސް ރަނގަޅުކުރެވޭނެ ކަމަށާއި، ފުލުހުން ކޯޓު އަމުރުތައް ތަންފީޛުކުރީ ބާޠިލު ނުކުރާ ދުވަހު ހެޔޮ ނިޔަތުގައި ކަމަށްވާތީ 2014/SC-A/18 ގެ ގުޑް ފެއިތް އިސްތިސްނާ ތަޠްބީޤުވާނެ ކަމަށެވެ.
މައިގަނޑު ސުވާލު
އިޚްތިޞާޞް ނެތް ކޯޓަކުން ނެރުނު (ފަހުން ބާޠިލުކުރި) ހައްޔަރާއި ބަންދުގެ އަމުރުތަކުގެ ދަށުން ބަންދުގައި ހުއްޓާ ބަންދު މަޖިލީހުގައި ދިން ބަޔާނާއި، އެ ބަންދުގައި ހުއްޓާ ކުރި ތަޙްޤީޤުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ކުރިއަށް ގެންދެވޭނެތޯއާއި، ފުލުހުން ހެޔޮ ނިޔަތުގައި (ގުޑް ފެއިތް) ޢަމަލުކުރުމުގެ އިސްތިސްނާ މިހާލަތަށް ތަޠްބީޤުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް (އަޣުލަބިއްޔަތުން)، މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ޤާއިމް
އަޣުލަބިއްޔަތުގެ ރައުޔަކީ ހައްޔަރާއި ބަންދު ޣައިރު ޤާނޫނީ ކަމަށްވާތީ އޭގެ ތެރެއިން ނެގި ބަޔާނާއި ތަޙްޤީޤު ބާޠިލް ކަމަށާއި، އަސާސީ ޙައްޤުތައް ގެއްލިފައިވާތީ ރަނގަޅުކުރެވޭނެ ގޯހެއް ނޫން ކަމަށާއި، ޤާނޫނީ އިމުން ބޭރުގައި ކުރާ ޢަމަލަކަށް ހެޔޮ ނިޔަތުގެ އިސްތިސްނާ ނުލިބޭނެ ކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން މަޖުބޫރުކޮށްގެން ހޯދާ ބަޔާނާއި ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ޣައިރު ދުސްތޫރީ ޢަމަލުތަކަކުން ހޯދާ ހެއްކަކީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެއްކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- އިޚްތިޞާޞް ނެތް ކޯޓަކުން ނެރުނު އަމުރުތަކުގެ ދަށުން ހައްޔަރުކޮށް ބަންދުކުރުމަކީ ޤާނޫނީ ހަމަތަކުގެ ބޭރުން ކުރެވޭ ހައްޔަރެއް ކަމަށްވާތީ، އެ ހައްޔަރުގައި ބަހައްޓައިގެން ނަގާ ބަޔާނަކީ ބާޠިލް ކަމެއްގެ މައްޗަށް ތަރުތީބުވެގެން އައި ބާޠިލް ބަޔާނެކެވެ. އަދި އެ ބަންދުގައި ބަހައްޓައިގެން ކުރެވޭ ތަޙްޤީޤާއި ނަގާ ބަޔާންތަކުގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ބާޠިލް އިޖުރާއަތެއްގެ މައްޗަށް ތަރުތީބުވެގެން އައި ބާޠިލް ދަޢުވާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13، 15)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދަޢުވާއެއްގައި ކުށުގެ މައްސަލަ އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤުކުރެވިފައި އޮންނަންޖެހޭއިރު، އެ ތަޙްޤީޤު ވާންޖެހޭނީ ޤާނޫނީ އިމުގެ ތެރޭގައި ކުރެވިފައިވާ ސާފުތާހިރު ތަޙްޤީޤަކަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- އިޖުރާއަތު ތަންފީޛުކުރާ ފަރާތްތަކުން ހަދާ ގޯހެއްގެ ސަބަބުން ޤާނޫނުއަސާސީގެ ދަށުން ލިބެންޖެހޭ އަސާސީ ޙައްޤެއް ގެއްލިގެން ނުދާނަމަ، އަދި ޚިލާފުވި އިޖުރާއަތަކީ ރަނގަޅުކުރެވުމުގެ ފުރުޞަތު އޮތް އިދާރީ އިންތިޒާމެއްނަމަ، އެކަން ރަނގަޅުކުރުމާއެކު މައްސަލަ ކުރިއަށް ގެންދެވިދާނެއެވެ. ނަމަވެސް ޤާނޫނާ ޚިލާފަށް ހައްޔަރުކޮށް ބަންދުކޮށްގެން އަސާސީ ޙައްޤުތައް ގެއްލިގެން ގޮސްފައިވާ ޙާލަތަކީ ރަނގަޅުކުރެވޭނެ އިޖުރާއަތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ހެޔޮ ނިޔަތާއެކުވެސް ކަމެއް ކުރުމުގެ ޤާނޫނީ ބާރު އޮންނާނީ ޤާނޫނީ ތަރަހައިގެ ތެރެއިންނެވެ. ޤާނޫނީ ތަރަހައިގެ ބޭރުން ޣައިރު ޤާނޫނީ ބަންދެއްގައި ބަހައްޓައިގެން ތަޙްޤީޤުކުރުމަށްފަހު އެކަން ކުރީ ހެޔޮ ނިޔަތުގައި (ގުޑް ފެއިތް) ކަމަށް ބުނުމަކީ ޙައްޤު ނިގުޅިގެން ދިއުމަށް އޮތް އިސްތިސްނާއެއް ނޫނެވެ. ހެޔޮ ނިޔަތުގައިވެސް އަސާސީ ޙައްޤުތަކުން މީހުން މަޙްރޫމް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18)
- އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޝަރީޢަތްކުރެވޭނީ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އިޖުރާއަތުތަކާ އެއްގޮތަށް ތަޙްޤީޤުކުރެވި، ޝަރީޢަތްކުރުމުގެ އިޖުރާއަތުތަކާ އެއްގޮތަށް ޝަރީޢަތް ކުރެވިފައިވުމުންނެވެ. ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގެ ދަށުން ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-20)
މައްސަލައިގެ ތަޢާރުފު:
1މިއީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1/HMC/2022 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އެ ކޯޓުން ނިންމެ ފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އ ނިންމުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނު ރަލްގެ އޮފީހުގެ ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފ ރައްދުވާ ފަރާތަކު ހުޅުމާލެ ގޯތި ނަންބަރ 10361 / އަޙްމަދު ރަޝީދު )އައިޑީކާޑު ނަންބަރ ( އެވެ.
22019 ޖޫން 04 ވަނަ ދުވަހުގެ 03:10 ހާއިރު ހުޅުމާލެ، ގޯތި ނަންބަރު 10361 )ޕިންކްޕާރލް(، އަޙްމަދު ރަޝީދާއި އިތުރު ބަޔަކާ ގުޅިގެން އޭނާ ދިރިއުޅޭ ގެ ކަމަށްވާ ހުޅުމާލެ، ގޯތި ނަންބަރ 10361 )ޕިންކްޕާރލް( ގޭގެ ގްރައުންޑް ފްލި ރުގައި މަސްތުވާތަކެތި ރައްކާކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މައްސަލާގައި، މީނާގެ މައްޗަށް ޤާނޫނު ނަންބަރ 2011/17 )މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު( ގ 105 ވަނަ މާއްދާގެ )ހ( އެއާ 137 ވަނަ މާއްދާގެ )ބ( އާ ޙަވާލާދީ އެ ޤާނޫނުގެ 105 ވަނަ މާއްދާގެ )ނ( ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވެއެވެ.
3މިދެންނެވި ދަޢުވާ އަޙްމަދު ރަޝީދުގެ މައްޗަށް އުފުލާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ބުނެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި 3 )ތިނެއް( ހުށަހެޅުމެއް އަޙްމަދު ރަޝީދުގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1/HMC/2022 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން
3.1 ފުރަތަމަ ހުށަހެޅުމަކީ،މުޅި މައްސަލަ އެމައްޗަށް ބިނާކުރާ ހ ކިތައެ ފުލުހުން ހޯދާފައިވަނީ، ޤނޫނ އަސާސީގެ 47 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގ 30 ވަނަ މާއްދާއާއި ޤާ ނޫނު ނަންބަރ 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު( ގެ 149 ވަނަ މާއްދާއާ ޚިލާފަށްކަމަށްވާތީ، އެހެކިތަކުގެ މައްޗަށްމި ދަޢުވާ ކުރިއަށް ގެންދިއުން ޤނޫނުއަސާސީގ 52 ވަނަ މާއްދާއިން ހާއްދަ ނުކުރާހިނދު، އެހެކިތައް ޝަރީޢަތަށް ބަލައިނުގަތުމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުނު މިދަޢުވާ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުން އެދިގެން ޖިނާއީ އިޖުރާއަތުގެ ޤނޫނުގ 119 ވަނަ މާއްދާގެ )ހ( އާއި 117 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުން.
3.2 ދެވަނަ ހުށަހެޅުމަކީ، ދައުވާ ފޯމްގެ ޖަދުވަލު 2 ގެ 11 ވަނަ ނަމްބަރުގައި ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އަޙްމަދު ރަޝީދު 06 ޖޫން 2019 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުނު ބަންދު މަޖިލީހުގައި ދީފައިވަ މަހުޟަރު ބަޔާން ހެއްކެއްގެ ގޮތުގައު ބަލައިނުގަތުމަށް އެދި ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 119 ވަނަ މާއްދާގެ )ހ( ގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުން
3.3 ތިންވަނަ ހުށަހެޅުމަކީ، އަޙްމަދު ރަޝީދުގެ މައްޗަށް މައްސަލަ ހިންގާފައިވަނީ ޤާނޫނު އަސާސީގެ 46 ވަނަ މާއްދާއާއި 52 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާތީ،މިތަޙުޤީޤުގެ މައްޗަށް މިދަޢުވކުރިއަށު ގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުން އެދި، ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގ 117 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުން
4އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި އިސްވެ ދެންނެވި ހުށަހެޅުންތަކުގެ ތެރެއިނީދެވަނަ ހުށަހެޅުމާއި ތިންވަނަ ހުށަހެޅުން ޝަރީޢަތަށް ސާބިތުކޮށްދެވިފައިވާތ، އޭނާގެ މައްޗަށް ޕްރޮސިކިއުޓްރަ ޖެނެރަލްގެ ފަރާތުނ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާ އުފުލި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ތަހުޤީޤަ ގ މައްޗަށް ބިނާކޮށް އެމައްސަލޭހު ޅުމާލެމެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ގެންދެވެން ނެތްކަމަށް އ ކޯޓުން ނިންމިއެވެ.
5އެ ނިންމުމުގައިވަނީ: " ވީމާ މަތީގައި ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތެ ން ހުރުމުން، ދަޢުވި ލިބޭ ހުޅުމާލެ ލޮޓް ނަންބަރު 10361 އަޙްމަދު ރަޝީދު )ދރކ ނަންބަރު ( ގެ މައްޗަށް ކުރެވުނު މަސްތުވާތަކެތި ޓްރެފިކް ކުރުމުގު ކުށުގާ ތުޙުމަތާއި ގުޅިގެން ފީ ލުހުން މިމައްސަލާގައި ހެކި ހޯދެ ފައިވަނ ޤާނޫނު އަސާސީގެ 46ވ ނ މާއްދާއާއި، 52 ވަނަ މާއްދާއު އާ ޚިލާފަށް ކަމަށް ފެންނާތީ މިތަޙްޤީޤަގ މައްޗަށް މި ދަޢުވާ ކުރިޔަށް ގެންދެވެން ނެތްކަމަށް ނިންމައިފީމެވެ."
6ބުނެވިދިޔަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1/HMC/2022 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގެ 2 ވަނަ ނުކުތާއާއި 3 ވަނަ ނުކުތާޕްރޮސިކިއުޓަރ ޖެނެރަލްގި އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން މ ޤަޟިއްޔާގައި ބަލާފައިވަނީ އ މައްސަލައެވެ. އިސްތިއުނާފީ ނުކުތާތައް:
7ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1/HMC/2022 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމް ނިންމުން އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނެ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އ ނިންމުނެ އިސްތިއުނާފުކި ރުމަށު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާފައި ވެއެވެ.
7.1. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1/HMC/2022 )02 ޖަނަވަރީ 2022 ( ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމެވި ނިންމެވުމުގެ 2 ވަނަ ނުކުތާއާއި 3 ވަނަ ނުކުތާގައި ނިންމަވާފައިވާ ނިންމެވުމަކ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤނޫނުއަސާސީގ 46 ވަނަ މާއްދާއާއި، 52 ވަނަ މާއްދާއަށް ފުރިހަމައަށް ރިޢެ ޔަތް ނުކުރައްވައި އަދި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ ) ރ( އާ ޚިލާފަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108,109,110 )ޢަލީ ޒުބައިރު، ޙުސައިން ޒަހީން، އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އާޞްލާ ޚިލިފަށް ނިނެ މަވާފައިވާ ނިންމެވުމެއްކަމުގައވާކަމަށް ބުނީ ހުށަހެޅި ނުކުތާއެވެ. ޝަރީޢަތަށް ފާހަގަ ކުރެވުނު ކަންތައްތައް:
8ހ ޅުމާލ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1/HMC/2022 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގި އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަމުން އެ ނިންމުމުގެ 2 ވަނަ ނުކުތާއާއި 3 ވަނަ ނުކުތާގައި ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 56 ވަނަ މާއްދާއާއި، އަދި 143 ވަނަ މާއްދާގެ )ރ(އާއި، ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގެ ނަންބަރ 2020/SC-A/108,109,110 )ޢަލީ ޒުބައިރު، ޙުސައިން ޒަހީން، އަރުޝަދު ޚާލދި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގާއޮފީސް( ޤަޟިއްޔާގައި ކަނޑައަޅާފައިވި އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެފައިވާކަމާއި، އަދ އެގޮތަށް ދެކޭ ސަބަބަކީ، އިޖުރާއަތު ތަންފީޛުކުރާ ފަރާތްތަކުން ހަދާ ގޯހެއްގެ ސަބަބުން ޤާނޫނު އަސާސީގެ ދަށުން ލިބެންޖެހޭ އަސާސީ ޙައްޤެއް ގެންލިގެން ނުދާނަމަ، އަދި ޚިލާފުވި އިޖުރާއަތަކީ ރަނގަޅު ކުރެވުމުގެ ފުރުޞަތު އޮތް އިޖުރާއަތެއްނަމަ އެކަމެއް ރަނގަޅު ކުރުމާއެކު އ މައްސަލައެއް ކުރިއަށް ގެންދެވިދާނެ ކަމަށް ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގެ ނަންބަރ 2020/SC-A/108,109,110 )ޢަލީ ޒުބައިރު، ޙުސައިން ޒަހީން، އަރުޝަދު ޚާލެ ދ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގައ ބަޔާންކޮށްފައިވާތީއާއި، އެ ޤަޟިއްޔާގެ 30 ވަނަ ނުކުތާގއަ ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އަޙުމަދު ރަޝީދު ބަންދުކުރި އިޖުރާއަތާއި ޙުލު ތާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/74 އާއި 2020/SC-A/75 ޤަޟިއްޔާއިން އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާތީ ކަމަށް ދެކޭތީއާއި، މީގެ އިތުރުން މ މައްސަލާގައި ފުލުހީން ކޯޓު އަމުރުތައް ތަންފީޛުކުރި އިރު، އ އަމުރުތަކަކީ ބާޠިލް އަމުރުތަކެއްކަމަށް ކަނޑައަޅާފައި ނުވާތީ، ފުލުހުން އެ އަމުރުތައް ތަންފީޛުކުރެޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަކޮށްގެން ކަމަށްދެކޭތ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2014/SC-A/18 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް( ގައި ބަޔާންކޮށްފައިވާ "އިން ގުޑް ފެއިތް" އިސްތިސްނާ މިމައްސަލައަށް ތަޠުބީޤު ކުރެވޭނެކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.
9ހުޅުމާލެ، ގޯތި ނަންބަރު 10361 )ޕިންކްޕާރލް(، އަޙްމަދު ރަޝީދާއި އިތުރު ބަޔަކާ ގުޅިގެން އޭނާ ދިރިއުޅޭ ގެ ކަމަށްވާ ހުޅުމާލެ، ގޯތި ނަންބަރ 10361 )ޕިންކްޕާރލް( ގޭގެ ގްރައުންޑް ފްލި ރ ގައި މަސްތުވާތަކެތި ރައްކާކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މައްސަލާގައި، ހުޅުމާލޭ މެޖިސްޓްރޭޓް ކ ޓޯ ގެ އަމުރަކުން އަޙްމަދު ރަޝީދު ހައްޔަރު ކުރެވި އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓގ އަމުރަކުން އަޙްމަދު ރަޝީދު ބަންދުކުރެވިފައިވެއެވެ.ހ ޅމާލޭ މެޖިސްޓްރޭޓް ކޯޓުނ 06 ޖޫން 2019 ގައި ނެރެފައިވާ ދެ ކޯޓު އަމުރު އަޙްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައު ކޯޓުގައި އިސްތިއުނާފި ކުރުމުން ހައިކޯޓުގެ ނަންބަރ 2019/HC-A/311 އަދި ނަންބަރު 2019/HC-A/312 ޤަޟިއްޔާއިން މި ދެ މައްސަލާގައި ނިންމާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ދެ އަމުރަކީ އެފަދަ އަމުރުތައް ނެރުމުގެ އިޙާ ތިޞާޞް އެ ކޯޓަށް ލިބިފައިނެތްނެރެފައިވ ދެ ކޯޓު އަމުރުކަނ އެނގެން އޮންނާތީ އެ ދެ އަމުރަކީ ބާޠިލް އަމުރުތަކެއް ކަމުގައި ކަނޑައަޅައިކަން އެނގެން އޮވެއެވެ.
10އިސްވެ ބުނެވުނު ހައިކޯޓުގެ ދެ ޤަޟިއްޔާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖުގޭ ސްޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން އެ ކޯޓުގެ ނަންބަރު 2020/SC-A/74 އާއި 2020/SC-A/75 ޤަޟިއްޔާއިން ބަލާފައިވެއެވެ.މި މައްސަލާގައި އަޙްމަދ ރަޝީދު ހައްޔަރުއަދި ބަންދކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރުތްކަކަ އެ އަމުރުތައް ނެރުމުގެ އިޚްތިޞާޞް ނެތް ދުވަސްވަރެއްގައި ންރެފައިވާ އަމުރުތަކެއް ކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ދެ ޤަޟިޢްޔާއަށ ސުޕްރީމް ކޯޓުގެ ނިންމުމުގައި ތާއީދުކޮށްފައިވެއެވެ.
11އަޙްމަދު ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލާ ގައި ޕްރޮސިކިއުޓަރ ޖެނެރަލްގޭއޮފީހުގ ފަރާތުން ހުޅުމާލް މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާކުރެވުނެވެ. މި ދަޢުވާއާ ގުޅިގެނެ މުޅި މައްސަލަ އެމައްޗަށް ބިނާކުރާ ހެކިތައް ފުލުހުން ހޯދާފައިވާނީ ޤާނޫނާ ޚިލާފަށްކަމަށްބުނ 3 )ތިނެއް( ހުށަހެޅުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކްގެ ގޮތުގައި އަޙްމަދު ރަޝީދުގެ ފަރާތުނަހުޅުމާލޭ މެޖިސްޓްރޭޓް ކޯޓި ށ ހުށަހަޅާފައިވެ ކަމާއި، އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅ އިސްވެ ދެންނެވި ހުށަހެޅުންތަކުގެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/385/2019-HMC އަދި CA/383/2019-HMC "ކޯޓު އަމުރު" )6 ޖޫން 2019( ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/385/2019-HMC އަދި CA/383/2019-HMC "ކޯޓު އަމުރު" )6 ޖޫން 2019( ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 11A/3-2019/HC އަދި 2019/HC-A/312 ޤަޟިއްޔާ ތެރެއިންދެވަނަ ހުށަހެޅުމާއި ތިންވަނަ ހުށަހެޅުނީޝަރީޢަތަށް ސާބިތުކޮށްދެވިފައިވާތ، އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގައޮފީހުގަ ފ ރާތުން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދިއުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވކަން އެނގެން އޮވެއެވެ.
12ޕްރިސިޑެންސް 1ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ތުހުމަތުކުރެވޭ މީހާ ބުއްދި ސަލަމާތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވުއިޢުތިރާފް ފިޔަވައި، އެހެން އިޢޭ ތިރާފުތަކަކީ ހެއްކެއް ކަމުގައި ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވްނެކަމަށ ބަޔާނކޮށްފައިވާއިރ، ޣައިރު ދުސްތޫރީ ޢަމަލުތަކަކުން ހޯދާ ހެއްކަކީ ޝަރީޢަތަށް ބަލް އިގަނެވޭނެ ހެއްކެތަ ނޫންކަމަށު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2014/SC-A/18 ޤަޟި އްޔި ގައި ބަޔާންކޮށްފައިވެއެވެ.
13ޕްރިސިޑެންސް 2އަޙްމަދު ރަޝީދު 06 ޖޫން 2019 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރި ޓޭ ކޯޓުގައި ބޭއްވުނު ބަންދު މަޖިލީހުގއަ ދީފައިވި މަޙުޟަރު ބަޔާން ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހަޅާފައިވާ ހުށަހެޅުމާއި އަޙްމަދު ރަޝީދުގެ މައްޗަށް މައްސަލަ ހިންގާފައިވަނީ ޤާނޫނު އަސާސީގެ 46 ވަނަ މާއްދާއާއި 52 ވަނަ މާއްދާއާ ޚިލާފަށްކަމަށްވާތީ، މިތަޙުޤީޤުގެ މައްޗަށް މިދަޢުވާކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައ ދެއްވުމަށް ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، 06 ޖޫން 2019 ގައި އަޙްމަދ ރަޝީދު ހުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރުތަކެއްގެ ދަށުންހައްޔަރު ކުރެވޭ ބންދުގައިކަން އެނގެން އޮންނައިރު، އެ އަމުރުތަކޭ އެފަދަ އަމުރު ނެރުމުގެ އިޚްތިޞާޞް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވަނީސް އެކޯޓުން ނެރެފައިވާ އަމުރުތަކަކަށވާތީ، ދިވެހިރާއްޖޭގެ ހައިކޯޓާއް ސްޕްރީމް ކޯޓުނި އެ އަމުރުތައބާޠް ލްކޮށްފައިވެއެވެ.އެހެންކަމުން ޤާނޫނީ ހަމަތަކުގެ މަތިން ބަލއިރު، އަޙްމަދު ރަޝީދު ހައްޔަރުކުރެވި ބަންދު ކުރެވިފައިވަން ޤާނޫނީ ހަމަތަކުގެ ބޭރުންކަނ އެނގެއެވެ.ވުމާއެކު އެފަދަ ހައްޔަރެއްގައ އަޙްމަދު ރަޝީދު ބަހައްޓައިގެން 06 ޖޫން 2019 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގުއި ބޭއްވުނު ބަންދު މަޖިލީހުގައަ އަޙާމަދު ރަޝީދު ދީފައިވު މަޙީޟަރު ބަޔާނަކު ޝަރީޢަތަށް ބަލައިގަނެވޭނެ ހެއްކެއްކަމަށް ދައުލް ތަގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުނ ބުނިނަމަވެސް، އެބަޔާނަށް ޤާނޫނީ ބުރަދަނެއް ލިބިގެންދަނީ ކޮންގޮތަކަށް ކިހިނެއްކަމެއް، އިސްތިއުނާފީ ޝަރީޢަތުގައި ދައުލަތަށް ބަޔާންކޮށްދެވިފައި ނުވެއެވެ. ބާޠިލް ކަމެއްގެ މައްޗަށް ތަރުތީބުވެގެން އައި ޢަމަލެއްގެ ތެރެއިން ނަގާފައިވާ މިބަޔާނގެ ނަތީޖާއަކީވެސް ބާޠިލް ބަޔާނަކަށް އެބަޔާން ވެގެން ދިއުމެވެ.
14ޕްރިސިޑެންސް 3ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވި،އެކުށގު ތުހުމަތުގައި ހައްޔަރުކުރެވް ބަންދުކުރެވޭ މީހާއަށެވެސް ޤާނޫނުއަސާސީން ޙައްޤުތަކެއް ކަށަވަރުކޮށްދީފައި ވެއެވެ. އަދި ހަމަ އެހެންމެ ކުށެއްކޮށްފިކަމަށް ތުހުމަތުކޮށް ތަޙްޤީޤުކުރާ ފަރާތަކަށް މައްސަލައެއް ހުށަހެޅުމުން ލަސްނުކޮށް އެ މައްސަލައެއް ތަޙު ޤީޤްކޮށ ނިންމަންވާއިރ ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( 5 ވަނަ މާއްދާގެ )ހ(ގ ދަށުން ދައުލަތުން ކުރަ ކޮންމެ ޖިނާއީ ދަޢުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤުކުރެވިފައި އޮންނންޖެހެއެވެ.އަދި އެ ތަޙި ޤީޤު ވާންޖެހޭނީ ޤާނޫނީ އ މުގެ ތެރޭގައި ކުރެވިފައިވާ ސާފުތާހިރު ތަޙޤީޤަކަށެވެ.
15އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާ ގައި ކަންހިނގާ ގޮސްފައިވާ ގޮތަށް ބަލާއިރު، އަޙްމަދު ރަޝީދުގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެނ އަޙްމަދު ރަޝީދު އާ ސުވާލުކުރެވި ތަޙްޤީޤުކުރެވިފައިވަނ 15 ޖޫން 2019 ގައި ކަމަށްވާއިރު، އެ މުއްދަތަކެއަޙްމަދު ރަޝީދު ޣައިރު ޤާނޫނީ ބަންދް އްގައި ހުރި މުއްދަތެއުކަން އެނގެން އޮންނާތީ، އެ މުއްދަތުގައި ކުރެވުނީ ތަޙްޤީޤަކީ ޤާނޫނ ގޮތުން ޞައްޙަ ތަޙްޤީޤެއް ކަމަށ ބަލާނެ ޤާނޫނީ ހަމައެއް ދައްކަންވާނެއެވެ.އަޙްމަދު ރަޝީދގު މައްޗަށް ތުހުމަތު ކުރި ޖިނާއީ ކުށުގެ ތުހުމަތުގެ މައްޗަށް ނުސާފުކީ މުން ސަލާމަތްވެގެންވް ޤާނޫނިތަޙްޤީޤެއ ހިންގިފައ އޮތްކަމަކަށް ނުފެނެއެވެ. އަޙްމަދު ރަޝީދުހައްޔަރުކޮށް ބަންދު ކުރުމަށް ހުޅުމާލް މެޖިސްޓްރޭޓް ކޯޓުނ ނެރެފައިވާ އަމުރުތަކަކީ އްކޯޓުގެއިޚތިޞާޞް ނެތި ނެރެފައިވ ކޯޓު އަމުރުތަކެއްކަމަށް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާ އާއި 49 ވަނަ މާއްދާ ޤާނޫނުއަސާސީގެ 50 ވަނަ މާއްދާ ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސުޕްރީމު ކޯޓުން ނިންމާފައިވާ ޙާލަތުގައި، ކުށުގެ ތުޙުމަތުގައި އަޙެމަދ ރަޝީދަށް ދީފައިވާ ޤާނޫނީ އިންޒާރާއި، އ ޤާނޫނީ އިންޒާރުގެ ދަށުން ކުރެވޭ ތަޙުޤީޤާއި، ތަޙުޤީޤުގައި އަޙްމަދު ރަޝީދުއާއި ސުވާލުކުރެވި ނެގިފައިވާ ބަޔާންތަކުގެ މައްޗަށ ބިނާކޮށް، ކުރެވޭ ދަޢުވާ އަކީ ބާޠިލް އިޖުރާއަތެއްގެ މައްޗަށް ތަރުތީބު ވެގެންއައި، ބާޠިލް ދަޢުވާއެކެވެ.
16ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގެ ޤަޟިއްޔާގައ އިޖުރާއަތެއް ގޯސްވުމުގެ ނަތީޖާ ވަރަށް ތަފްޞީލާ ކޮށު ބަޔާންކުރައްވާފައިވެއެވެ. އެގޮތުން އިޖުރާއަތު ތަންފީޛުކުރާފަރާތްތަކުން ހަދާ ގޯހެއްގެ ސަބަބުން، ޤާނޫނުއަސި ސީގެ ދަށުން ލިބެންޖެހޭ އަސާސީ ޙް އްޤެއް ގެއްލިގެން ނުދާނަމަ، އަދި އެ ޚިލާފުވާ އިޖުރާއަތަކީ ރަނގަޅުކުރެވުމުގެ ފުރުސަތު އޮތެ އިދާރީ އިންތިޒާމުގެ ތެރޭގައި ހިމެނައިޖުރާއަތެއްނަމަ، އ ކަމެއް ރަނގަޅު ކުރުމާއެކު އެ މައްސަލައެއް ކުރިއަށް ގެންދެވިދާނެކަމަށް ބަޔާންކުރައްވާފައިވެއެވެ. މިމައްސަލާގައި އިޖުރާއަތު ތަންފީޛުކުރާ ފަރާތުނ ހެދި ގޯހަކީ އިޚްތިޞާޞް ލިބިގެންނުވާ ކޯޓަކުން އަޙުމަދު ރަޝީދު ހައްޔަރުކޮށް ބަންދުކުރުމަށް ކޯޓު އަމުރު ހޯދައި، ޤާނޫނާއި ޚިލާފަށް އަޙު މަދުރަޝީދ ހައްޔަރުކޮށް ބަންދުކުރުމެވެ. އަދި އެހައްޔަރާއުބަންދުގައި ބަހައްޓައިގެން އަޙެމަދު ރަޝީދގު މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ ތަޙުޤީޤު ކޮށް، އެ ތަޙުޤީޤުގެ މައްޗަށް ދޢަ ވާ ކުރުމެވެ. މިތަނުގައި އިޖުރާއަތު ތަންފީޛުކުރާ ފަރާތްތަކުން ހެދި ގޯހުގެ ސަބަބުން،ޤާނޫނުއަސާސީގެ ދަށުން އަޙޭ މަދު ރަޝީދަށް ލިބެންޖެހޭ އެތަކެއް އަސާސީ ޙއްޤެއ ގެއްލިގެންގޮސްފައިވާ ކަމާމެދު ބަހުސެއް އޮތްކަމަކަށް ނުދެކެމެވެ.އެހެންކަމުން ޤާނޫނ ތަންފީޛުކުރާ އިދާރާއިން ޚިލާފުވެފައިވާ މި އިޖުރާއަތަކީ ރަނގަޅު ކުރެވުމުގެ ފުރުޞަތު އޮތަ އިޖުރާއި ތެއް ކަމުގައި ނުދެކެމެވެ. އަދ ބަހުސްގެ ބޭނުމަށު އިޖުރާއީ ގޮތުން ހެދިފައި މިވ ގޯހަކީ ރަނގަޅު ކުރެވުމުގެ ފުރުސަތު އޮތް އިދާރީ އިންތިޒާމުގެ ތެރޭގައި ހިމެނޭ އިޖުރާއަތެއް ކަމަށް ބެލިނަމަވެސް، މ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/108,109,110 ޤަޟިއްޔާ◌ ޤާނޫނއަސާސީގ 42 ވަނަ މާއްދާ ގެ )ހ( އަދި )ށ(، ޤާނޫނުއަސާސީގެ 45 ވަނަ މާއްދާ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި ބުނާ ފަދަ ޙައްޤުތައް. އިޖުރާއަތު ރަނާ ގުޅުކޮށް ޤަނޫނީ އިމުގެ ތެރެއިން އަޙޮމަދު ރަޝީދު ހ އްޔަރުކުށް، ޤާނޫނީ އިމުގެ ތެރެއަށް ތަޙްޤީޤު ފެއްޓމަށް ދައުލަތުން މަސައްކަތް ކުރައްވާފައވާކަން ފެންނާކަށި ނެތެވެ.
17ޕްރިސިޑެންސް 5މި މައްސަލާގައިކުރެވުނު ތަޙޤީޤުގް މައްޗަށް ބިނާކޮށް އަޙާ މަދު ރަޝީދުގެ މައުޗަށް ދަޢުވާ ކުރެވޭނެކަމާއި، އަޙްމަދު ރަޝީދުގެ ފަރާތުން ނެގިފައިވާ ބަޔާންތައް ހެކީގެ ގޮތުގައި ޝަރީޢަތަށް ބަލައިގަނެވޭނެކަމަށް ދައުލަތުގެ ފަރާތުން ދެކެނީ،ފުލުހުން ޢަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ނުވަތަ "އިން ގުޑް ފެއިތް" ގައި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤަބޫލު ކުރެވޭ ޤަބޫލު ކުރުމުގެ މައްޗަށ ބިނާކޮށެވެ. "ގުޑް ފެއިތް" ގައި ތަޙުޤީޤާ އިދާރާތައް ޢަމަލު ކުރާނަމަ، ތަޙެ ޤީޤީ އިދާރާގެ ހުރިހާ އިދާރާއެއްގެ ޢަމަލުތަކެއް ހުންނަންވާނީ ޤާނޫނާ އެއްގޮތަށް، ޤާނޫނީ އިމުގެ ތެރޭގައެވެ. މި މައްސަލާގައި ފުލުހުން އަޙްމަދު ރަޝީދް ހައްޔަރު ކުރުމަށާއި ބަންދުގައި ބެހެއްޓުމަށީ އަމުރެއް ހޯދައި، ހެކި ހޯދާފައިވަނީ ހެޔޮ ނިޔަތުގައި، އެ އަމުރުގެ މައްޗަށް ބަރޯސާވެ ހުރެ ކަމަށް ބުނާ ބުނުމަށް ބަލާއިރު، ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގެ ދަށުން ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމަކާދައުލަތުގެ ވާޖިބެއްކަން އެ މާއްދާގެ ޞަރީޙަ ނައްޞުން އެނގެއެވެ. ވީއިރު، ދައުލަތުގެ އިދާރާއަކުން ޤާނޫނުގައި ބަޔާންކުރާ އަސާސީ ޙައްޤުތަކާ ފުށުއަރާގޮތަށް މީހަކްޣައިރު ޤާނޫނީ ބަންދެއްގައި ބަހައްޓައިގެން ޤާނޫނީ އިމުގެ ބޭރުން ތަހްޤީޤުކޮށް އެކަން ކޮށްފައިވަނީ އިޖުރާއަތުގެ ތެރެއިން "ގުޑް ފެއިތް" ގައި ކަމަށް ބުނުމަކީ، އޭގެ ނަތީޖާއެއްގެ ގޮތުން ޙައްޤެއް ނިގުޅިގެން ދިއުމަށް އޮތް އިސްތިސްނާ ޙާލަތެއް ނޫނެވެ. ހެޔޮ ނިޔަތާއެކުވެސް ކަމެއް ކުރުމުގެ ޤާނޫނީ ބާރު އޮންނާން ޤާނޫނ ތަރަހައިގެ ތެރެއިންނެވެ. ޤާނޫނީ ތަރަހައިގެ ބޭރުނެކަންކަން ކުރުމަށްފަހު އެކަންކުރީ ހެޔޮނިޔަތުގައި ކަމަށްބުނާ ބުނުމަކީ އެކަން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ދެވޭ ލައިސަންސަކަށް ވެގެން ނުވާނުއެވެ. ޤާނޫނަހަދާ ފަރާތްތަކުން، ޤާނޫނުގައި ލިޔެ ކަށަވަރުކޮށް ނަގަހައްޓާފައިވާ ޙައްޤުތައް ޤާނޫނ ތަންފީޛުކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2014/SC-A/18 ޤަޟިއްޔާ ފަރާތްތަކުގެ ޢަމަލުތަކުންވެސް ކަށަވަރުވާންޖެހޭނެއވެ. އަދި އެކަން އިޙްސާސްވުމާއެކު ފެންނަންވެސ ވާނެއެވެ.
18ހެޔޮ ނިޔަތުގައިވެސް އަސާސީ ޙައްޤުތަކުން މީހުން މަޙުރޫމް ނުކުރެވޭނެއެވެ. ކުށްކުރުމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި، ހެޔޮ ނިޔަތުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްފަރާތްކުރުމުގެ ފުރުޞަތު ދެވިއްޖެނަމަ، ދައުލަތުގެ އިދާރާތަކުން އެކަމުގެ ނަޖާއިޒު ފައިދާ ނެގުމުގުފުރުޞަތު ބޮޑުވާނެއެވެ. އަދ ތަޙޤީޤީ އިދާރާތަކުން އަދާކުރަންޖެހު މަސްއޫލިއްޔަތު ޤާނޫނީ އިމުގެ ތެރެއިން އެކަން ނުކޮށް، ޤާނޫނާ ޚިލާފުބް ޠިލް އިޖުރާއަތުގެ މައްޗަށް ތަޙްޤީޤުކޮށް ދަޢުވާ ކުރުމުން އޭގެ ނަތީޖާއަކަށްވާނީ އެފަދަ ފަރާތްތައް މިނިވަން ވެގެން ދިޔުމެވެ.މި މައްސަލާގައވެސިދައުލަތުގެ ފަރާތުން ޢަމަލުކޮށްފައިވަނީ ބުނެވިދިޔ ގޮތަށެވެ. މި މައްސަލައިނު ލިބިގަންނަންޖެހޭ ޢިބުރަތަކް ބޮޑެތި ކުށްތަކުގައި ތުޙެ މަތުކުރެވޭ މީހުންނަށް ލިބާ ންޖެހޭ ޙައްޤު އަދަބު ނުދެވި ދިއަމެއް ނޫނެވެ. ނަމަވެސް، ޤާނޫނާ ޤްވާއިދުގައި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެއު ގޮތަށް އަމުރުވެރި ފަރާތުން ތަޙާ ޤީޤްނުކުރެވުމުގެ ސަބަބުން، ޤާނޫނާ ޤަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރިނަމަ، އަދަބު ލިބުން އެކަށީގެންވާ މީހަކަށޫއަދަބު ނިދެވި ދ ވެގެންދް ޔުމެވެ. މީގެ ނަތީޖާއަކީ މިފަދަދަ ކުށްތަކުނީ މުޖުތަމަޢު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތް ބޭކާރުވެގެންދިއުމެވެ. ތަހުޤީޤްއިދާރާތަކަކ ކުށްތަކުން މުޖުތަމަޢު ސަލާމަތްކުރުމަށާއި، އަދި އަސާސީޙައްޤުތައް ފަރުދުންނަށ ކަށަވަރުކޮށްދިނުމުގުޒިންމާ އޮތް ފަރާތްކަމަށް ވާއިރު،ކުށެއްގެ ތުހުމަތާ މީހެއްގެ މައްޗަށް ކުރެވި،ހިންގާ ތަޙްޤީޤަކީ ކުންޏެއް މިލައެއްނެތް ތަހުޤީޤެއްކަނޭ ތަހުޤީޤީ އިދާރާތަކުންކަށަވަރު ކުރަންޖެހނވެ.
19ޕްރިސިޑެންސް 6ޤާނޫނު އަސާސީއާއި އެއްގޮތަށް ޢަމަލުކުރުމާއި، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ޤާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭފަދަ ޢަމަލެއް ކުރުމުގެ ންވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށ ނުވަތަ ދައުލަތަށް ލިބޭނފަދަ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ބަޔާންވި ގެންވެއެވެ. ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރެވިފައިވ އަސާސީ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފުދިފައިވާ ހުޅުވިގެންވާ ދީމިޤްރާތީ މ ޖްތަމައީ ތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެކަމަށާއި، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢެ ހަދާތަކަށް ރިޢާޔަތްކުރަންވާނެކމަށް ޤާނޫނު އަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދުލުވެރިކަމއި އިންސާފުވެރިކަމާއެކު ޝަރީޢަތްކުރެވޭނީ ޤާނޫނުތަކާއި ޤަވާޢިދު ތަކާއުއިޖުރާއަތުތަކާ އެއްގޮތަށް ތަޙްޤީޤު ކުރެވި، ޝަރީޢަތަށް މައްސަލަ ހުށަހެޅި، ޝަރީޢަތް ކުރުމުގެ އިޖްރާޢަތުތަކާ އެއްގޮތަށް އެޝަރީޢަތެއް ކުރެވިފައިވުމުންކަމަށް ޤަބޫލުކުރެވެއެވެ.
20ބަޔާންވެދިޔަ ސްބަބުތައް އެހެންހުރަ މުން، އަޙްމަދު ރަޝީދު ޣައިރު ޤާނޫނީ ހައްޔަރެއްގެ ތެރެއިން، ޣައިރު ޤާނޫނެ ބަންދެއްގައި ބަހައްޓައިގެން އ ހައްޔަރާއި ބަންދުގައިއަޙްމަދު ރަޝީދާއި ސުވާލުކުރެވި ތަޙީ ޤީޤުކޮށް ނގެ ފައިވާ ބަޔާންތަކަކީ ޤާނޫނުއަސާސީގެ 46ވަނަ މާއްދާއާއި، 52 ވަނަ މާއްދާއާޚިލާފަށ ހޯދާފައިވާ ހެކިތަކެއެ ކަމަށް ވާތީއާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 268 ވަނަ މާއްދާގައި "ޤާނޫނު އަސާސާ އާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކީމެއް" ކަމުގައި ބަޔާންކޮށްފައިވތުއަޙްމަދު ރަޝީދުގެ މައްޗަށް ތުޙޯމަތުކުރެވިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ތަހުޤީޤު އަޙްމަދު ރަޝީދުގެ މައްޗަށް ހިންގާފައިވަވަނީ ޣައިރު ޤާނޫނީ ހައްޔަރެއްގެ ތެރެއިން، ޣައިރު ޤާނޫނީ ބަންދެއްގައި ބަހައްޓައިގެން ކަމަށްވާތީ، ބާޠިލް ކަމެއްގް މައްޗަށް ތަރުތީބުވެގެން އަންނަ ނަތީޖް އަކީވެސާ ބާޠިލު ނަތީޖާއެއްކަން އެނގެން އޮތުމުން، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1/HMC/2022 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން"އެ ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 56 ވަނަ މާއްދާއާއި، އަދ 143 ވަނަ މާއްދާގެ )ރ( އާއި އަދި ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގެ ނަންބަރ 2020/SC-A/108,109,110 )ޢަލީ ޒުބައިރު، ޙުސައިން ޒަހީން،އަރުޝަދު ޚާލި ދ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގައ ކަނޑައަޅާފައިވާފައިވާ އުޞް ލާ ޚިލާފަށީކަމަށ ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނެސަބަބެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. އިސްފަނޑިޔާރު ހާތިފް ޙިލްމީގެ ރައުޔު:
21މި މައްސަލައިގައި އަހުރެންގެ ރައުޔު ތަފާތުވެފައިވަނީ،ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގ ނަންބަރު: 363/HMC/2019 ޤަޟިއްޔާގައި އަޙްމަދު ރަޝީދު ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ 2 ވަނަ ހުށަހެޅުމާއި 3 ވަނަ ހުށަހެޅުމުގެ ގޮތުގައި ހުށަހަޅާފައިވާ އިޢްތިރާޟް އެ މައްސަލަ ބެލި ފަނޑިޔާރު ނިންމާފައިވާ ގޮތާމެދުއެވެ. މި ގޮތުން މި ދެ ހުށަހެޅުމަށް ބަލައިލާނަމެވެ. 2 ވަނަ ހުށަހެޅުން: 06 ޖޫން 2019 ވަނަ ދުވަހު މުއްދަތު މަޖިލީހުގައި ދީފައިވާ ބަޔާން
22އަޙްމަދު ރަޝީދު 06 ޖޫން 2019 ވަނަ ދުވަހު ކޯޓުގައި ބަޔާން ދީފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަޙްމަދު ރަޝީދު ހައްޔަރުކޮށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓަށް ޙާޟިރުކުރުމުންނެވެ. އަޙްމަދު ރަޝީދު ކޯޓަށް އެދުވަހު ޙާޟެ ރުނުކުރިނަމަ އެ ބަޔާން އޭނާ އެ ދުވަހު ނުދިނީހެވެ. އެހެންކަމުނ އެ ބަޔާނާ ގުޅިގެން އުފެދިގެންދާ ސުވާލަކީ އޭނާ ހައްޔަރުކުރުމަށާއި ބަންދުގައި ބެހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުތައް ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކުރުމުން، އޭނާ ފ ނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުވެ ދިން ބަޔާން ޝަރީޢަތަށް ބަލައިގަނެވިދާނެތޯއެވެ. މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް [2020] އެވެކިޔުނު ޤަޟިއްޔާއަށް ބަލާލަން ޖެހެއެވެ. އެ ޤެ ޟިއްޔާގ ޙުކުމް ބިނާކުރި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގެ 85 ވަނަ ނަންބަރުގައި މިފަދަ 2014/SC-A/18 މައްސަލަތަކުގައި ބައެއް ޤައުމުތަކުން ފުލުހުންގެ ހެޔޮ ނިޔަތަށް ބަލާކަން އެނގެއެވެ. އަދި އެ ނަންބަރުގެ ފަހު ފޮޅުވަތްތަކުގައި މިސާލެއްގ ގޮތުން ފާހަގަކޮށްފައިވަނީ، "އެމެރިކާގައި ތަނެއް ބަލައިފާސްކުރަން ބޭނުން ކުރި ކޯޓު އަމުރަކީ ކޮންމެވެސް ސަބަބަކާ ހުރެ ޞައްޙަ ނޫން އަމުރެއްކަމަކަށް ފަހުން ކަނޑައަޅައިފިނަމަ، އެ އަމުރުގެ މައްޗަށ ފުލުހުން ބަރޯސާވެ ތިބެ ހޯދާ ހެއްކަކީ އޭގެ ޒާތުގައި ކޯޓުތަކަށް ބަލައިނުގަނެވޭ ހެކިކަމަށް ކޮންމެހެންވާން ނުޖެހޭކަމަށް ކަނޑައަޅާފައި އެބަހުއްޓެވެ." މިފަދައިންނެވެ. އަދި އެ ރައުޔުގެ 88 ވަނަ ނަންބަރުގައި އެ މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައިތޯ ބަލާފައިވެއެވެ. މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސ ރވިސް އިން އަޙްމަދ ރަޝީދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ އަމުރު ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކޮށްފައިވަން އެ އަމުރު ނެރުނު ކޯޓުކަމުގައިވާ ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް އެ އަމުރު ނެރުމުގެ އިޚްތިޞާޞް އެ ދުވަސްވަރު ލިބިފައި ނެތުމުންނެވެ. އަޙްމަދު ރަޝީދު ހައްޔަރުކުރުމަށްފަހު މުއްދަތު މަޖިލީހަށް އަޙްމަދު ރަޝީދު ޙާޟިރުކޮށްފައިވަނީ އަޙްމަދު ރަޝީދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށެވެ. އަޙްމަދު ރަޝީދު އެ މަޖިލީހުގައި ދީފައިވާ ބަޔާނަކީ އެ މައްސަލަ ބެލި ފަނޑިޔާރުގެ ކުރިމަތީގައި އަޙްމަދ ރަޝީދުގެ އަމިއްލަ އިޚްތިޔާރުގައި ދީފައިވާ ބަޔާނެކެވެ. މި ބަޔާނުގައިވާ ވާހަކަތަކަކީ އަޙްމަދު ރަޝީދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރުގެ ސަބަބުން އަޙްމަދު ރަޝީދު ދައްކަން މަޖުބޫރުވި ވާހަކަތަކެއް ނޫނެވެ. އެހެންކަމުން މ ބަޔާނަކީ ކޯޓަށް ބަލައިގަނެވޭނެ ބަޔާނެއްކަމަށް އަހުރެން ދެކެމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ: 2019/HC-A/311 ޤަޟިއްޔއާއާ ނަންބަރ: 2019/HC-A/312 ޤަޟިއްޔާ 3 ވަނަ ހުށަހެޅުމުގެ ގޮތުގައި ހުށަހަޅާފައިވާ އިޢްތިރާޟް: ބަންދުގައި ބަހައްޓައިގެން ތަޙްޤީޤު ހިންގާފައިވުން
23ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: HMC-CA/383/2019 )06 ޖޫން 2019( ކޯޓު އަމުރާއި ނަންބަރު: HMC-CA/385/2019 )06 ޖޫން 2019 ( ކޯޓު އަމުރުގެ ދަށުން އަޙްމަދު ރަޝީދު ބަންދުކޮށްފައިވަނީ އަޙްމަދު ރަޝީދުގެ މައްޗަށް ކުރެވުނު ކުށުގެ ތުހުމަތު ތަޙްޤީޤުކުރުމުގެ ބޭނުމުގައެއ ނޫނެވެ. ތަޙްޤީޤުގެ ބޭނުމަށްޓަކައި މީހުން ބަންދުގައި ބެހެއްޓުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ހުއްދަކެ ރ ކަމެއް ނޫނެވެ. އަޙްމަދު ރަޝީދު ހައްޔަރުކޮށްފައިވަނީ އަޙްމަދު ރަޝީދު ފިލައިފާނެތީއާއ އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ. އަދި އަޙްމަދު ރަޝީދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތް ރިކަމަށެވެ. އެހެންކަމުން އެ ދ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކުރުމުގެ ސަބަބުން، އެ ދެ އަމުރުގެ މަޤްޞަދާއި ނަތީޖާއާ ވަކިން އަޙްމަދު ރަޝީދުގެ މައްޗަށް ހިންގާފައިވާ ޖިނާއީ ތަޙްޤީޤުގެ ނަތީޖާ ބާޠިލުވާނެކަމަކަށް އަހުރެނ ނުދެކެމެވެ. ވީމާ، ހުޅުމާލެ މެޖިސެޓްރޭޓ ކޯޓުގ ނަންބަރު : 363/HMC/2019 ޤަޟިއްޔާގައި އަޙްމަދު ރަޝީދު ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ 2 ވަނަ ހުށަހެޅުމާއި 3 ވަނަ ހުށަހެޅުމުގެ ގޮތުގައި ހުށަހަޅާފައިވާ އިޢްތިރާޟް އާމެދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 1/HMC/2022 )02 ޖަނަވަރީ 2022( ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމިނިންމުމުގައިވާ ނިންމުންތަކާއި، ނިންމުން ބާޠިލުކޮށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގ ނަންބަރު : 363/HMC/2019 ޤަޟިއްޔާ ބެލުމަށްޓަކައި އެ މައްސަލަ، ޤާނޫނު ނަންބަރު: 2010/22 )ދިވެހިރާއްޖޭގެކޯޓުތކުގަ ޤާނޫނު ( ގެ 46 ވަނަ މާއްދާގެ )ށ( ގެ ދަށުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ތަޙްވީލުކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ. 2022iHC-Ba2t3 17 i jy.t 22t' (J-2r./ 2 3rP t-' .r.tp--.r ,z t-'e, o ,.t ,', 'Jt ?z ./' t2J e r' 2 2r., 5 C.2'r"ra HMCt2022t1 ev el e,-e tevr/ 3 err/./tJ 2- 2'Jr 2 2 't 2J 2't' 2 t -. JJ.J' .rt/t 2rv or, .. ao 2Y,a .tr- raP il2 ,i., rJ 22r/.2 /, L2.J --,2 .r, 2z) )-?.. ,r t-t P., \?,-r.r I
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 48، 49 އަދި 50 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)، 45 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 68 އަދި 69 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 268 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާ އަދި 119 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އަދި (ނ)، 137 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) (އިޚްތިލާފީ ރައުޔުގައި)
- 2020/SC-A/108,109,110 (ޢަލީ ޒުބައިރު، ޙުސައިން ޒަހީން، އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2014/SC-A/18 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙު)
- 2020/SC-A/74
- 2020/SC-A/75
- 2019/HC-A/311
- 2019/HC-A/312
- ބެންޗު
- ޙުސައިން ޝަހީދު، ހާތިފް ޙިލްމީ، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ހާތިފް ޙިލްމީ