ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-B12/70,71
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު އާސިފް، 2020/HC-B12/70,71
Prosecutor General v. Ahmed Aasif 2020/HC-B12/70,71 (2020/HC-B12/70,71, High Court of the Maldives, 8 November 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު އާސިފް
މައްސަލައިގެ ޚުލާޞާ
ހެކި ފުލުހުން ނަގައި ގެންގުޅެފައިވަނީ ގަވާއިދުތަކުގެ އިޖުރާއަތާ ޚިލާފަށް ކަމަށާއި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު ބުރަދަންނުދެވޭނެ ކަމަށް ބުނެ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 އަދި 120 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 119 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދަޢުވާތައް މައުޟޫޢީގޮތުން ބެލޭނެ ދަޢުވާތަކެއް ނޫންކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ.
ދެ މީހެއްގެ މައްޗަށް މަޤުބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި ކުރެވުނެވެ. ދަޢުވާލިބޭ ފަރާތްތަކުން ޝަރީޢަތުގެ ކުރިން ހުށަހެޅީ ހެކި ސީލްކުރުމާއި ޗެއިން އޮފް ކަސްޓަޑީ ފަދަ އިޖުރާއަތުތައް ފުރިހަމަނުވާތީ ހެކި ބަލައިނުގަތުމަށެވެ.
ދައުލަތުން ބުނީ ކުށުގެ ޢުންޞުރުތަކާއި ހެކިތަކަށް ރިޢާޔަތްނުކޮށް، ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް، އަދި ޤާނޫނުއަސާސީގެ 143(ރ) އާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. ދަޢުވާލިބޭ ފަރާތްތަކުން ބުނީ ޤާނޫނާ ޚިލާފަށް ހޯދާ ހެއްކެއްގެ މައްޗަށް ތަރައްތުބުވާ ކަންކަން ބާޠިލު ކަމަށާއި ހެކި ސީލްކޮށް ގެންގުޅުމުގެ އިޖުރާއަތު ފުރިހަމަނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ހެކި ހޯދާ ގެންގުޅެފައިވަނީ ފުލުހުންގެ އަދި ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތާ ޚިލާފަށް ކަމަށްބުނެ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ ދަށުން ދަޢުވާތައް މައުޟޫޢީގޮތުން ބެލޭނެ ދަޢުވާތަކެއް ނޫންކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަކީ ޤާނޫނާ އެއްގޮތަށް ކުރި ނިންމުމެއްތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ ނިންމުންތައް ބާޠިލު
ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާގައިވާ ދިފާޢުތަކަކީ ޤާނޫނުލްޢުޤޫބާތުގެ 60 ވަނަ ބާބުގައިވާ ދިފާޢުތަކެވެ؛ ހެއްކެއް ބަލައިނުގަތުމަށް ކުރާ ހުށަހެޅުމަކީ އެފަދަ ދިފާޢެއް ނޫނެވެ. އެފަދަ ދިފާޢެއް ހުށަހަޅާފައި ނުވާތީ ދަޢުވާތައް ބެލޭނެ ދަޢުވާތަކެއް ނޫންކަމަށް ކަނޑައެޅުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 2) ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް (2020) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކޮށް، އެއް ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާވާ އިސްތިއުނާފުތައް ފަނޑިޔާރުންގެ އެއް ބެންޗަކުން ބަލައި ނިންމިދާނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢަކީ ޤާނޫނެއްގައި އެގޮތަށް ބަޔާންވެގެންވާ ދިފާޢެކެވެ؛ އެއީ ދަޢުވާއަށް މައުޟޫޢީގޮތުން ބެލުމަކާނުލައި ގޮތެއް ނިންމޭނެ ދިފާޢަކަށް ވާންވާނެއެވެ؛ މަދަނީ މިންގަނޑުން އެ ދިފާޢު ސާބިތުކޮށްފިނަމަ، ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަންވާނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15) ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢުތަކަކީ ޤާނޫނުލްޢުޤޫބާތުގެ 60 ވަނަ ބާބުގައިވާ ދިފާޢުތަކެވެ (ދަޢުވާ އުފުލުމުގެ މުއްދަތު ހަމަވުން، ޙުކުމް ބަލައިގަތުމަށް ނުކުޅެދުން، ޑިޕްލޮމެޓިކް އިމްތިޔާޒު، ކުރިން ކުރެވިފައިވާ ދަޢުވާ ފަހުން ކުރާ ދަޢުވާގެ ހުރަހަކަށްވުން ފަދަ). ވަކި ހެއްކެއް ޝަރީޢަތުން ބަލައިނުގަނެވޭނެކަމަށް ބުނެ ހުށަހަޅާ ހުށަހެޅުމަކީ 120 ވަނަ މާއްދާގައިވާ ދިފާޢެއް ނޫނެވެ (ހައިކޯޓުގެ 2021/HC-B12/40 އަށް ތަބާވެ).
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16) ޤާނޫނެއްގައި ބަޔާންކޮށްފައިވާ ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢެއް ހުށަހަޅާފައި ނުވާ ޙާލަތެއްގައި، 120 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދަޢުވާ މައުޟޫޢީގޮތުން ބެލޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައެޅުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16) އިސްތިއުނާފީ ނުކުތާތައް ބިނާކޮށްފައިވާ ތަކެތި ދައުލަތުން ޝަރީޢަތަށް ހުށަހަޅާފައިވާ މާއްދީ ހެކި ނޫންކަމަށް ދައުލަތުން ބުނާހިނދު، އެ ހެކިތަކާ ގުޅޭ ނުކުތާތަކާމެދު އިސްތިއުނާފީ މި މަރުޙަލާގައި ރައުޔެއް ފާޅުކުރަންޖެހޭ ކަމަކަށް ނުދެކެއެވެ.
1މީއި ކްރިމިނަލް ކޯޓުގެ ނަންބަރު : 145-B10/SHN/(962-2019)/2021/12 ނިންމުމާއި ނަންބަރު: 145-B10/SHN/(962-2019)/2021/13 ނިންމުންނިންމާފައިވާ ގތޮ މެދު ހިތްހަމަ ނުޖެހިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އްނިންމުނތައ ދިވެހިރާއްޖޭގެ ހައިކޯޓުގައިއިސްތިއުނާފު ކުރުމުން، އަޙްމަދު އާޞިފް އާއި ހައްމާމު ރަޝާދގު މައްޗަށް ރައްދުވާގޮތަށް ބަލާފައިވާ މައްސަލައެކެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B10/SHN/(962-2019)/2021/12 ނިންމުން އިސްތިއުނާފުކުރުމަށް އެދެ ދައުލަތް ގ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލައަށް ދީފައިވާ ޤަޟިއްޔާ ނަންބަރަކީ: 2021/HC-B12/70 އެވެ. އަދި ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B10/SHN/(962-2019)/2021/13 ނިންމުން އިސްތިއުނާފުކުރުމަށް އެދި ދައުލަތް ގެ ފަރާތނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލައަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރަކީ: 2021/HC-B12/71 އެވެ.
2ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2021/HC-B12/70 ޤަޟިއްޔާއާއި ނަންބަރު: 2021/HC-B12/71 ޤަޟިއްޔާގައި އިސްތިއުނާފުކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 962/Cr-C/2019 ޤަޟިއްޔާގައި އަޙްމަދު އާޞިފް އާއި ހައްމާމު ރަޝާދުގެ މައްޗަށ ކޮށްފައިވާ ދަޢުވާތަކާ ގުޅިގެން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށެހު ޅުމާމެދު ނިންމި ނިންމުންތަކެވު . އަދި އެ ދެ ނިންމީ މާއި އެ ނިންމުންތަކުގެ އިސްތިއުނާފ ބިނާކޮށްފައިވަނީ އެއް ޤާނޫނީ އަސސްތަކެއްގާ މައްޗަށް ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް )2020( ޤަޟިއްޔާ ގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުންނެވެ. އަދި ދެ ޤަޟިއްޔާގެ އަޑުއެހުން އެކުއެކީގައި ބޭއްވުމަށް ތާވަލުކުރެވުނު ކަމުގައިވިޔަސް، މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ހައްމާމު ރަޝާދު ޙާޟިރުވެފައިނުވާތީ، ދ ޤަޟިއްޔާގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ވަކިވަކިންނެވެ.
3ކްރިމިނަލް ކޯޓުގެ ނަންބަރު: 962/Cr-C/2019 ޤަޟިއްޔާގައި އަޙްމަދު އާޞިފެ އާއި ހައްމާމު ރަޝާދޫ ގ މައްޗަށް، ޤާނުނު ނަންބަރ: 2010/17 )ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު( ގ 3 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެ މާއްދާގެ )ނ( ގެ ދަށުން މަޤުބޫލު ސަބަބެއްނެތި ޢެނ މ ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގު ކުށުގެ ދާ ޢަ ވ ކޮށްފައިވެއެވެ. މިމައްސަލައިގެ ޝަރީޢަތް ފެށުމުގެ ކުރިން އަޙްމަދު އާޞިފް އާއި ހައްމާމު ރަޝާދުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހެޅުންތަކެއް ހުށަހަޅާފައިވެއެވެ.
4އެ ގޮތުން އަޙްމަދު އާޞިފްގެ ފަރާތުން، މި މައްސަލައިގައި އަޙްމަދު އާޞިފްގެ އަތުން ފެނިފައިވާ ކިމަށް ބުނަ ކޯރާޑް އަކީ އަޙްމަދު އާޞިފް މަޤުބޫލު ސަބަބެއް އޮވެގެން ގެންގުޅެފައިވާ އެއްޗެއް ކަމަށް އަޙްމަދު އާޞިފ ބުނާއިރު އެއީ ކުށަށް އިޢުތިރާފުވުން ނުވަތަ ދަޢުވާއަށެ އިޢުތިރާފުވުން ކަމުގައި ނުބެލެވޭނމަށާއި، އަދި އ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި ކޯރާޑިއަކީ ސީނުން ފެނުނު ކަމަށްބުނާ ކޯރާޑިކަން އެނގޭނެ ގޮތެއް ނެތް ކަމަށާއި، ޗެއިން އޮފް ކަސްޓަޑީ ކަމަށް އޮތް ލިޔުމުގައި އިނީޝަލް ނަންބަރެއް ނުވަތަ އެވިޑެންސް ނަންބަރެއް ނުވަތަ ސަބްމިޝަން ނަންބަރެއްވެސ ނެތް ކަމަށާއި، ފޮޓޯއަށް ބެލުމުން އެއީ ޕްލާސްޓިކް ކޯރާޑިއެއް ނޫނީ ކަމެއްވެސް ނޭނގޭ ކަމަށާއި، ހުށަހަޅާފައިވާ ފޮޓޯގަނޑަކީ ކޯރާޑިއެއް ނޫން ކަމަށާއި، ފޮޓޯގަނޑަކީ ތޫނު ހަތިޔާރެއްވެސް ނޫން ކަމަށާއި، އެހެންކަމުން އެއް މާއްދީ ހެއްކެއް ކަމަށް ނުބެލުމަށާއި، އަދި ޤަވާޢިދު ނަންބަރ: 2019/R-1052 ޖިނާއީ މައްސަލަތަކުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާޢީދުގ 140 ވަނަ މާއްދާގެ )ހ( އާއި ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ޤަވާޢިދުގެ 10 އަދި 11 ވަނަ މާއްދާގައިވާ ކަންކަން މި މައްސަލައިގައި ފުރިހަމަ ނުވާކަމަށް ބުނެ ޝަރީޢަތުގެ ކުރިން ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.
5އަދި ހައްމާމު ރ ޝާދުގަ ފަރާތުން، މި މައްސަލައިގައި ހައްމާމު ރަޝާދު ހައްޔަރުކޮށްފައިވަނީ ކުށުގެ ތުހުމަތުކުރެވިގެންކަން އެނގެންނެތް ކަމަށާއި، ހައްޔަރުކުރުމުގައި ޤާނޫނީ އިންޒާރުދީފައިވާކަން އެނގެން ނެތް ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ )ށ( އެއާ ޖިނާއީ މައްސަލަތަކުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާޢީދުގ 34 ވަނަ މާއްދާގެ )ށ( އާ ޚިލާފަށް ފުލުހުން ޢަމަލުކޮށްފައިވާ ކަމަށާއި، ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާގެ )ހ( އަދި )ށ( އަދި 11 ވަނަ މާއްދާގެ )ހ( އަދި )ށ( އަށް ރިޢާޔަތްކޮށް ޗެއިން އޮފް ކަސްޓަޑީ ފޯމު ބަލައިނުގަތުމަށް އެދި ޝަރީޢަތުގެ ކުރިން ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.
6އެ ޙްމަދު އާޞިފް އާއި ހައްމާމު ރަޝާދުގެ ފަރާތުން ހުށަހަޅާފައިވާ މި ހުށަހެޅުންތަކަށް ބެލުމަށްފަހު،ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B10/SHN/(962-2019)/2021/12 އަދި ނަންބަރު: 145-B10/SHN/(962-2019)/2021/12 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމާފައިވަނީ، މި ދަޢުވަތަކާ ކ މައުޟޫޢީ ގޮތުން ކުރިއެށް ގެންދެވޭނެ ދަޢުވްތަކއ ނޫން ކަމަށެވެ.މިއީ ޕްރޮ ސިކިއުޓރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ނިންމުން ތައު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި އިސްތިއުނާފީ މައްސަލައެވެ. ކްރިމިނަލް ކޯޓުގެ ނިންމުން:
7ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B10/SHN/(962-2019)/2021/12 ނިންމުން ނިންމާފައިވަނީ، "ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަނު އެގޮތުގައި ހުރުމުން، މިމައްސަލާގައި ދަޢުވާ އޭގެ މައްޗަށް ބިނާވެފައިވާ ހެކި ފުލުހުން ނަގައި ގެންގުޅެފައިވަނީ، ގަވާއިދު ނަންބަރ 2019/R-1052 )ޖިނާއީ މައްސަލަތުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާޢިދ( ގެ 140 ވަނަ މާއްދާގެ )ށ( އާއި ގަވާއިދު ނަންބަރު 2017/R-76 )ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދު( ގ 10 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރާ އިޖުރާއަތާއި ޚިލާފަށްކަން، މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުން ސާފުކޮށް އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ އަށް ރިޢާޔަތްކުރާއިރު، އެ ހެއްކަކީ ޝަރީޢަތުން ބުރަދަންދެވޭނެ ހެއްކެއްކަމުގައި ނުވާތީ، ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤަނޫނު( ގެ 117 ވަނަ މާއްދާ އާއި 120 ވަނަ މާއްދާ އާއި، ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 119 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް، މި ކޯޓުގެ ނަންބަރު 962/Cr-C/2019 ޤަޟިއްޔާގައި ކ.މާލެ، […] އަޙްމަދު އާޞިފްގެ މައްޗަށް ހުށަހަޅާފައިވާ، މަޤުބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އަކީ، މައުޟޫޢީގޮތުން ބެލޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި، މި ޤަޟިއްޔާ ނިންމީމެވެ ".
8ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B10/SHN/(962-2019)/2021/13 ނިންމުން ނިންމާފައިވަނީ، "ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަނު އެގޮތުގައި ހުރުމުން، މިމައްސަލާގައި ދަޢުވާ އޭގެ މައްޗަށް ބިނާވެފައިވާ ހެކި ފުލުހުން ނަގައި ގެންގުޅެފައިވަނީ، ގަވާއިދު ނަންބަރ 2019/R-1052 )ޖިނާއީ މައްސަލަތުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާޢިދު( ގ 140 ވަނަ މާއްދާގެ )ށ( އާއި ގަވާއިދު ނަންބަރު 2017/R-76 )ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދު( ގ 10 ވަނަ މާއްދާގެ )ށ( ގައި ބަޔާން ކުރާ އިޖުރާއަތާއި ޚިލާފަށްކަން، މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުން ސާފުކޮށް އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤނޫނުއަސާސީގ 52 ވަނަ މާއްދާ އަށް ރިޢާޔަތްކުރާއިރު، އެ ހެއްކަކީ ޝަރީޢަތުން ބުރަދަންދެވޭނެ ހެއްކެއްކަމުގައި ނުވާތީ، ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤަނޫނު( ގެ 117 ވަނަ މާއްދާ އާއި 120 ވަނަ މާއްދާ އާއި، ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގ ވާއިދުގ 119 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް، މި ކޯޓުގެ ނަންބަރު 962/Cr-C/2019 ޤަޟިއްޔާގައި ދަ. މީދޫ / ފެހިވިލާ، ހައްމާމު ރަޝާދުގެ މައްޗަށް ހުށަހަޅާފައިވާ، މަޤުބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދެ ޢަވާ އަކީ، މައުޟޫޢީގޮތުން ބެލޭނެ ދޢުވާއެއް ނޫންކަމަށް ކަނޑައަޅައި، މި ޤަޟިއްޔާ ނިންމީމެވެ". ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތާތު ކާއި، އެ ނުކުތާތަކަށް ދީފައިވާ ރައްދު:
9ކްރިމިނަލް ކޯޓުގެ ނަންބަރު : 145-B10/SHN/(962-2019)/2021/12 ނިންމުމާއި ނަންބަރު: 145-B10/SHN/(962-2019)/2021/13 ނިންމުން އިސްތިއުނާފުކުރަމުނެޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 03 )ތިނެއް( އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވެ. މި ގޮތުންޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ، )ހ( ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނިންމުމަކީ، ޤާނޫނު ނަންބަރު: 2010/17 )ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު( ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ޢުންޞުރުތަކާއި އެކަންސބިތުކުރުމަށ ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކުރުމެއްނެތި ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. )ށ( ދެވަނަ އިސްތިއުނާފީ ނުކުތާއަކީ، ޤާނޫނު ނަންބަރު: 76/24 )ހެއްކާބެހޭ ޤާނޫނު( ގެ 6 ވަނަ މާއްދާއަށް ފުރިހަމައަށް ރިޢާޔަތްނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. )ނ( ތިންވަނަ އިސްތިއުނާފީ ނުކުތާއަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށ ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10އަޙްމަދު އާޞިފްގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދާރީވަމުން ޝަރީޢަތުގެ މަޖިލީހުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ތަފްޞީލީ ގޮތެއްގައި ދަށުކޯޓުގެ ޤާޟީ ޖަވް ބުދީފައިވާކަން ފާހަގަކުރާ ކަމަށާއި،އަދި މިމައްސަލައަކީ މައުޟޫޢީގޮތުން ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ބަލާއިރު، ދައުލަތުން ހެކި ޤަރީނާ ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް ހުށަހަޅާފައިވާ ހެކި ޤަރީނާގެ ތެރެއިން ޤާނޫނާއި އުޞޫލުތަކާ ޚިލާފަށަ ހޯދާފައިވާ ހެކި ޤަރީނާ އެބަހުރިތޯ ބަލާއިރު، އެފަދަ ހެކި ޤަރީނާ ހުރެއްޖެނަމަ، އެފަދަ ހެކި ޤަރީނާ އާއެކު މައްސަލައެއް ނިންމިދާނެތޯ ނުވަތަ ނޫންތޯ ބެލުމަކީ އެއީ މި މައްސަލައިގައި އުފެދިގެން އުޅޭ ސުވާލު ކަމަށެވެ. އަދި މުޅި މައްސަލަ ބިނާވަނީ ކޯރާޑިއެއްގެ މައްޗް ށ ކަމުގައިވާއިރު، އެއީ އަޞްލު ކޯރާޑިއެއް ކަން ނުވަތަ އެ ކޯރާޑީގެ ކަންތައްތައް ވެގެން ދިޔައީ ކިހިނެތް ކަން ދައުލަތުން ބުނެދޭންޖެހޭ ކަމަށާއި، ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާއާއި ޖިނާއީ މައްސަލަތުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާޢެދި ގ 140 ވަނަ މާއްދާގެ )ހ( ގައިވާ ގޮތަށް އެ ކޯރާޑި ސީލްކޮށްފައިވާކަން އެނގެން ނެތް ކަމަށާއި، އެ އިޖުރާއަތަކީ ފަހުން ރަނގަޅުކުރެވޭނެ އިޖުރާއަތެއް ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2013/HC-A/211 ޤަޟިއްޔާއާއި ނަންބަރު: 2013/HC-A/202 ޤަޟިއްޔާގައި ބާޠިލެއްގެ މައްޗަށް ތަރައްތުބުވެގެން އަންނާނީ ބާޠިލެއް ކަމުގައި ފާހަގަކޮށްފައިވާ ކަމަށާއި، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބުނާގޮތަށް އިޖުރާއަތުތަކާއި ޤަވާޢިދުތަކާ ޚިލާފަށް ހެކި ހޯދައިފިނަމަ އޭގެ ތެރެއަށް ބާޠިލުކަމެއް އައީ ކަމަށއާ،ދެން އޭގެ ފަހުން އަންނަ ކަންކަން ވެސް ބާޠިލުވާނެ ކަމަށާއި، މި މައްސަލައިގައި އެއީ ފުލުހުންގެ ހެކިބަސް ކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2016/SC-A/23 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގި 73 ވަނަ ނުކުތާއާއި 75 ވަނަ ނުކުތާތަކުގައިވެސް ޤާނޫނުތަކާ ޤަވާޢިދުތަކަށްޤާނޫނީ އިމުގެ ތެރެއިން ޢަމަލުކުރުމުގެ މުހިއްމުކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ދަށުކޯޓުގައި ކުރިއަށް ގެންދިޔަކަމުގައިވިޔަސް ސާބިތުވެގެ ންދާނ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފުވެފައިވާކަން ކަމަށެވެ. އަދި ދަށުކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ އެއްވެސް ކަމެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އަޙްމަދު އާޞިފްގެ ފަރާތުނ އެދިފައިވެއެވެ.
11ހައްމާމު ރަޝާދުގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދާރީވަމުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި އެންމެ ބޮޑު އެއް ހެއްކަކީ ސީނުން ފުލުހުން ގެންދިޔަކަމުގައި ބުނާ ކަތިވަޅި ކަމުގައިވާއިރު، އެ ހެކި ނަގައި ފުލުހުން ސ ލުކޮށް ގެންގުޅެންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 140 ވަނަ މާއްދާގެ )ހ( އަދި ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުން ކަމަށްވާއިރު، މިއީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ހޯދިފައިވާ ހެކީގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއް ކަމަށާއި، އެ ކަތިވަޅިއއާ ދަޢުވާލިބޭ މީހާ އާއޮތް ގުޅުމެއް ދައުލަތުން ސ ބިތުކޮށްދޭންޖެހޭ ކަމަށާއި ހަމައެކަނި ފެނުނު ކަމަށް ބުނެ ފުލުހުން ހެކިބަސް ދިނުމަކުން، ހަމައެކަނި އެކަމުގެ މައްޗަށް ކުށަ ސ ބިތުވާކަމުގައި ކަނޑައަޅައި އަދަބު ކަނޑައެޅިދާނެ ކަމުގައި ބެލުމަކީ ޝަރުޢީ ޤާނޫނީ ހަމައެއް ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމުމަށް ހައްމާމު ރަޝާދުގެ ފަރާތުން އެދިފައިވެއެވެ. ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢުއެއް އޮތްތޯ ބެލުން
12ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B10/SHN/(962-2019)/2021/12 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމާއި ނަންބަރު: 145-B10/SHN/(962-2019)/2021/13 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމަށް ބަލާއިރުގައި، މި ދެ ނިންމުމަކީ ޤާނޫނު ނަންބަރު: 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 117 ވަނަ މާއްދާއަށއާ 120 ވަނަ މާއްދާއަށާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 119 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުންތަކެކެވެ.
13ކްރިމިނަލް ކޯޓުގެ ނަންބަރު: 962/Cr-C/2019 ޤަޟިއްޔާއިން އަޙްމަދު އާޞިފް އާއި ހައްމާމު ރަޝދުގާ މައްޗަށް ކޮށްފައިވާދަޢުވތަކަކާމައުޟޫޢްގޮތުން ބެލޭނެ ދަޢުވީ ތަކެއު ނޫންކަމަށްމައްސަލަ ބެލި ފަނޑިޔާރު ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު: 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގ 120 ވަނަ މާއްދގައާ ބަޔާންކޮށްފައިވާ ފަދަ، ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢް އެއު އޮތްކަމަށް ބަލައިގނެވެ.
14ޕްރިސިޑެންސް 2ޤާނޫނު ނަންބަރު: 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 120 ވަނަ މާއްދާގައި ލިޔެފައިވަނީ، ")ހ( ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢެއް ކަމަށް ޤާނޫނެއްގައި ބަޔާންވެގެންވާ ދިފް ޢީއ އޮވެގެން، ދަޢުވާ ލިބޭ ފަރާތުން އެ ދިފާޢު ހުށަހަޅަން ބޭނުންވާނަމަ، ޝަރުޢތުގެ ކުރިން އެ ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ފަނޑިޔާރު ދޭންވާނެއެވެ. )ށ( މި މާއްދާގެ )ހ( ގެ ދަށުން ހުށަހެޅޭ ދިފާޢެއް ވާންވާނަ،ދަޢުވާ ލިބޭ ފަރާތާ ދެކޮޅަށް ހުށިހެޅާފައވުދަޢުވާ މ އޞޫޢީގޮތުން ބެލުމަކާ ނުލައި، އެ ދިފާޢާމެދު ގޮތެއް ނިންމޭނެ ދިފާޢަކަށެވެ. )ނ( ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢެއް ކަމަށް ޤާނޫނެއްގައި ބަޔާންވެގެންވާ ދިފާޢެއް އޮވެގެން، މި މާއްދާގެ ދަށުން ދަޢުވާ ލ ބޭ ފަރާތުން އެ ދިފާޢު ހުށަހަޅައި މަދަނީ މިންގަނޑުން އ ދިފާޢު ސާބިތުކޮށްދީފިނަމަ، އެ ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް އެ ހިސާބުން ކޯޓުން ކަނޑައަޅައި، މައްސަލަ ނިންމަންވާނެއެވެ." މިފަދައިންނެވެ. މިހެންކަމުންދޢުވާކުރުމަށަ ހުރަހަކަށް ވެދާނެ ދިފާޢާ ތަކަކުޤާނޫނެއްގައި ބަޔާންކޮށްފައިވ ދިފާޢތަކެކެވެ.
15ޕްރިސިޑެންސް 3ޤާނޫނު ނަންބަރު: 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 120 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދޢުވާކުރުމަށ ހުރަހަކަށް ވެދާނެ ދިފާޢުތައް މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ތަފްޞީލުކޮށްދީފައިވެއެވެ. މގޮތުނި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާ ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދު ﷲ ރަޝީދު [2021] އެވެކިޔުނު ޤަޟިއްޔާގެ ޙުކުމް ބިނާކުރި ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔުގެ 10 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވަނީ، "ދަޢުވާ ކުރުމަށް ހުރަހަކަށްވެދާނެ ދިފާޢުތަކަކީ ކޮބައިކަން ބަޔާންކޮށްދީފައިވަނީ، ޤާނޫނު ނަންބަރު: 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ 60 ވަނަ ބާބުގައެވެ. އެ ބާބުގައި ބަޔާންކޮށްފައިވާ ދިފާޢުތަކަކީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާ ނުއުފުލައޭ ފިނަމަ ފަހުން ދަޢުވާ ނުކުރެވުމާއި، ކުށްވެރިވާކަން ނުވަތަ ކުށްވެރިނުވާކަން ބަޔާންކުރުމަށާއި ދަޢުވާ ބަލައިގަތުމަށާއި ކުރެވޭ 2021/HC-B12/40 ޙުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުމާއި، ޑިޕްލޮމެޓިކް އިމްތިޔާޒާއި، ކުރިން ކޮށްފައިވާ ދަޢުވާ އެ ކުށަށް ފަހުން ކުރާ ދަޢުވާގެ ހުރަހަކށްވުމާއި، ކުރިން އެހެން ކުށަކަށްކޮށްފައިވާ ދަޢުވާ އެ ކުށަށް ފަހުން ކުރާ ދަޢުވާގެ ހުރަހަކަށްވުމާއި، ކުރިން އެހެން ކުށަކަށްކޮށްފައިވާ ދަޢުވާ އަލުން ކުރާ ދަޢުވާގެ ހުރަހަކަށް ވުން މިއެވެ. ވަކި ހެއްކެއް ޝަރީޢަތުން ބަލައާ ނުގަނަވޭނެކަމަށް ބުނެ ހުށަހަޅާ ހުށަހެޅުމަކީ، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 120 ވަނަ މާއްދާގައި ބުނާފަދަ ދަޢުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަން ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 120 ވަނަ މާއްދާއަށް ބެލުމުންނާއި، ދަޢުވާ ކުރުމަށް ހުރަހަކަށްވެދާނެ ދިފާޢުތައް ބަޔޮނާ ކ ށްދީފައިވ ޤާނޫނުލްޢުޤޫބާތުގ 60 ވަނަ ބާބަށް ބެލުމުން އެނގެން އޮވެއެވެ."
16ޕްރިސިޑެންސް 4ޕްރިސިޑެންސް 5ކްރިމިނަލް ކޯޓުގެ ނަންބަރު: 962/Cr-C/2019 ޤަޟިއްޔާގެ ތެރެއިން އަޙްމަދު އާޞިފް އާއި ހައްމާމު ރަޝާދު ހުށަހަޅާފައިވާ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައި ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢެއް ކަމަށް ޤާނޫނެއްގައި ބަޔާންކޮށްފައިވާ ދިފާޢެއް ހުށަހަޅާފައި ނުވެއެވެ. އެފަދަ ދިފާޢެއް ނެތް ޙާލަތުގައި، އެ މާއްދާއަށް ރިޢާޔަތްކޮށް އެ މައްސަލަ ބެލި ފަނޑިޔާރު ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ނުދެކެމެވެ. އަދި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ހެއްކާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ނުކުތާތަކި ށ ބަލާއިރުގައި، އެ ނުކުތާތައް ބިނާކޮށްފައާވިކޯރާޑި އއ ކަތިވަޅިއަކީ ދައުލަތުން އެ މައްސަލައިގެޝަރީޢަތަށް ހުށަހަޅާފައިވާ މާއްދީހެއްކެއް ނޫންކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައިވާތީ،އ ހެއްކާ ގުޅޭގޮތުން ފާހަގަކޮށްފައިވި ނުކުތާތަކަކީ އިސްތިއުނާފީ މ މަރުޙަލާގައޭ މިވަގުތ ރައުޔެއް ފާޅުކުރަންޖެހ ނުކުތާތަކެއްކަމަށް ނުދެކެމެވެ. ވީމާ، ކްރިމިނަލް ކޯޓުން ނިންމާފައިވާ ނަންބަރ:
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 60 ވަނަ ބާބު
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 119 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ގަވާއިދު ނަންބަރު 2019/R-1052 (ޖިނާއީ މައްސަލަތަކުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު) ގެ 140 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2017/R-76 (ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދު) ގެ 10 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
- 2021/HC-B12/40 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ރަޝީދު [2021])
- އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (2020) (ސުޕްރީމް ކޯޓު)
- 2018/SC-A/31
- 2013/HC-A/211
- 2013/HC-A/202
- 2016/SC-A/23
- ބެންޗު
- ހާތިފް ޙިލްމީ، ޢަބްދުﷲ ޙަމީދު، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ހާތިފް ޙިލްމީ · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް