ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/34
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އާދަމް ޝަރޫފް، 2025/HC-B12/34
Prosecutor General v. Adam Sharoof 2025/HC-B12/34 (2025/HC-B12/34, High Court of the Maldives, 12 October 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އާދަމް ޝަރޫފް
މައިގަނޑު ސުވާލު
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާގައި ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހެއްގެ ބަންދު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން މުރާޖަޢާކޮށް ބަންދުން ދޫކޮށްލީ ބަންދުކުރި ޙާލަތު ބަދަލުވެގެންތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ 7 ދުވަހުގެ ތެރޭގައި ދައުލަތުން ހުށަހަޅައިފިނަމަ 5 މަސައްކަތު ދުވަހުގެ ތެރޭގައި ބަންދާމެދު ގޮތެއް ކަނޑައަޅަން އެންގި
ކަނޑައެޅުނު އުޞޫލުތައް
- ބަންދު މުރާޖަޢާކުރަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި ޝަހީބް އިބްރާހީމް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރޭގައެވެ؛ ފަނޑިޔާރު ބަލަންވާނީ 49 ވަނަ މާއްދާގައިވާ ޙާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯ، ފުރަތަމަ ބަންދާމެދު ނިންމުމުގައި ބޭނުންކުރި ވަސީލަތްތަކުގެ ބޭނުންކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ބަންދު މުރާޖަޢާކުރުމުގައި އަޞްލު މައްސަލައިގެ ޝަރީޢަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާ ކަންކަމަށް ނުވަތަ ޝަރީޢަތުގައި ހިނގާ ކަމަކަށް ރިޢާޔަތްކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 20)
- ފުރަތަމަ ބަންދުކުރި އިރުވެސް އޮތް ޙާލަތުތައް (މިސާލަކަށް ކުރިން ދަޢުވާއެއް ނުވަތަ ހައްޔަރެއް ނެތުން) ބަންދު މުރާޖަޢާގައި ބަންދުން ދޫކޮށްލުމުގެ ސަބަބަކަށް ދެއްކުމަކީ ތަބުރީރެއް ނެތް ޙުއްޖަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ބަންދުން ދޫކޮށްލާ އަމުރުގައި، ފުރަތަމަ ބަންދުކުރި އަމުރުގައި ރިޢާޔަތްކުރި ޙާލަތު ބަދަލުވީ ގޮތާއި، ޙާލަތު ބަދަލުވެފައިވާކަމަށް ޤާނޫނީގޮތުން ބެލެވޭނެ ޖާއިޒު ސަބަބު ބަޔާންކޮށްފައި ނުވާނަމަ، އެ އަމުރަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނެރުނު އަމުރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 23)
- ޝަރީޢަތް ދިގުލައިގެން ގޮސް މީހަކު ދިގު މުއްދަތަކަށް ބަންދުގައި ހޭދަވިޔަސް، މުޖުތަމަޢަށް ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
1މިއީ، އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓު )މީގެފަހުން "އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓު" ނުވަތަ "ދަށު ކޯޓު"ގ( ނަންބަރ S5C-CA/24/2025) 10 ސެޕްޓެންބަރު 2025( " ކޯޓު އަމުރު" އަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު އަމުރެއްކަމަށް ބުނެ،އެ އަމުރިއިސްތިއުނާފުކުރުމަށް އެދޭ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފސ )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް"( ގެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށޭ ހުށަހެޅުމުން ބެލެވޭ ޤަޟިއްޔާއެކެވެ.މާޤަޟިއްޔާގައ އިސްތިއުނާފި ރައްދުވު ފަރާތަކާ ހއ. ކެލާ، ވައިޓްސިގްނަލް،އާދަމް ޝަރޫފ )މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އާދަމް ޝަރޫފް"( އެވެ.
2ދައުލަތުން، ޤާނޫނު ނަންބަރ 17/2011 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގެ 108 ވަނަ މާއްދާގެ )ހ( އާއި، 138 ވަނަ މާއްދާގަ )ބ( އާ ޙަވާލާދީ، 108 ވާނަ މާއްދާގަ )ނ( ގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވއާއ، އަދި އެ ޤާނޫނުގެ 115 ވަނަ މާއްދާގެ )ހ( އާއި، 148 ވަނަ މާއްދާއޙާ ވާލާދީ، 115 ވަނަ މާއްދާގެ )ށ( ގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ، 29 ޑިސެންބަރު 2024 ދުވަހު އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި އާދަމް ޝަރޫފްގެ މައްޗަށް އުފުލާފައިވެއެވެ. ދރކ ނަންބަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރިފަރެންސް ނަންބަރު 1579/2024/S5C/10 ދަޢުވާ ހުށަހަޅާ ފޯމު )29 ޑިސެންބަރު 2024(
3އާދަމް ޝަރޫފްގެ މައްޗަށް ދައުލަތުން ދަޢުވާކުރާ މަސްތުވާތަކެތީގެ މައްސަލައިގެ ޝަރީޢަތް ނިމެންދެން އާދަމް ޝަރޫފ ބަންދުކުރުމަށް އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S5C-CA/1/2025 )07 ޖަނަވަރީ 2025( ކޯޓު އަމުރުން އަމުރުކޮށްފައިވެއެވެ. މި އަމުރުގައި އާދަމް ޝަރޫފް ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވަނީ: "ހއ.ކެލާ / ވައިޓްސިގްނަލް، އާދަމް ޝަރޫފް 07 ނޮވެންބަރު 2024 ދުވަހާ ސ. މަރަދޫފޭދޫ ގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، އާދަމް ޝަރޫފް ކުއްޔަށްހިފާފައިވ ސ.މަރަދޫފޭދޫ / ވައިޓްވިއު ނަމަކަށްކިޔާ ގެ ދިވެހި ފުލުހުންގެ ޚިދުމަތުނިބަލައިފާސްކުރިއިރު އެގެއިން ބަރުދަނުގައ 206.0489 ގްރާމް މަސްތުވާތަކެތި ފެނިފައިވާތީ އާއި، އެތަނުން މަސްތުވާތަކެތީގެ ބަރުދަން ބަލަންގެންގުޅޭ ކައްޓާއަކާއި، މަސްތުވާތަކެތި ބަންދުކުރުމަށް ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްގެ ސެލޯފިންކޮޅުތައް ފެނިފައިވާތި މީން މިކުށްކުރ ކަމަށި ތުހުމަތުކުރެވޭ މިންވަރަށް ހެކި މ މައްސަލާގައި ލިބިފައިވުމުންނާއި، މީގެ އިތުރުން މީނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކަމަށްވެފައި، ދެންނެވުނު ގެއިން މަސްތުވާތަކެތީގެ ބަރުދަން ބަލަންގެންގުޅޭ ކައްޓާއަކާއި، މަސްތުވާތަކެތި ބަންދުކުރުމަށް ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްގެ ސެލޯފިންކޮޅުތައް ފެނިފައިވާތީ މީނާގެ މައްޗަށް ތުހުމަތުކުރެވޭ މިކުށް މީނާ ކުރަމުން ގެންދަނީ ފުޅާ ދެއިރާއެއްގައ ކަމަށި ބެލެވެން އޮންނާތީ، ޝަރީޢަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގެ )3( އަދި )4 ( ވަނަ ނަންބަރުގެ ދަށުން މީނާ ބަންދުންދޫކޮށްލައިފިނަމަ މީނާގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ." )ދަށުރޮނގު އިތުރުކުރެވިފައި( މި ފަދައިންނެވެ.
4ޤާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 60 ވަނަ މާއްދާގަ )ވ( ގެ ދަށުންބުނެވިދިޔ އަމުރް މުރާޖަޢާކޮށި،އެ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި 4 )ހަތަރެއް( ފަހަރެއްގެމަތިނ ނިންމާފައިވެއެވެ.
5އެއަށްފަހު، 10 ސެޕްޓެންބަރު 2025 ގައި އާދަމް ޝަރޫފްގެ ބަންދު މުރާޖަޢާކޮށް،އާދަމް ޝަރޫފް ބަންދުން ދޫކޮށްލުމަށ އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ S5C-CA/24/2025 ކޯޓު އަމުރުން ނިންމިފައިވެއެވެ. އެ އަމުރުގައި ބަންދުން ދޫކޮށްލުމަށް ނިންމި ސަބަބުކަމަށް ބަޔާންކޮށްފައިވަނީ: "މ މައްސަލާގައި ދަޢުވި ލިބާ ފަރާތުގެ މައްޗަށް މީގެ ކުރިން އެހެން މައްސަލައެއްގައި ޖިނއާ ދަޢުވއެއާ ކޮށްފައް ނުވާތީ އާއި، މީނާއަކީ މީގެ ކުރިން ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތަކަށް ނުވާތީ އާއި، އެފަދަ ކުށެއްގެ ތުހުމަތުގައް ބަންދުވެސްކޮށްފައިވާ ފަރާތަކަށް ނުވާތީ، މިހާތަނަށް ދަޢުލަތުން އަދި ދިފާޢުން ހުށަހެޅި ހެކިތަކަށާއި، މައްސަލައިގެ އެންމެހާ ލިޔުންތަކަށް ބަލާއިރު، ދަޢުވާލިބޭ ފަރާތް ބަންދުން ދޫކުރިނަމަވެސް އޭނާގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުފެންނާތީ." މިފަދައިންނެވެ.
6ދައުލަތުން އިސްތިއުނާފުކޮށްފައިވަނީ އާދަމް ޝަރޫފ ބަންދުން ދޫކުރުމަށް ނެރެފައިވާ ބުނެވިދިޔަ އަމުރެވެ. މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބުނެފައި. އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S5C/2025/01 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" )23 ފެބުރުވަރީ 2025 (އާއި، އެ ކޯޓުގެ ނަންބަރ S5C/2025/02 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" )20 އެޕްރީލް 2025(އާއި، އެ ކޯޓުގެ ނަންބަރު S5C/2025/04 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" )01 ޖުލައި 2025(އާއި، އެ ކޯޓުގެ ނަންބަރު S5C/2025/05 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" )06 އޮގަސްޓު 2025( އިސްތިއުނާފީ ނުކުތާ
7ދައުލަތުން، އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓްކޯޓުގެ ނަންބަރ ނަންބަރ S5C-CA/24/2025 )10 ސެޕްޓެންބަރު 2025( "ކޯޓު އަމުރު" ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށބުނެ އެ އަމުރު އިސްތިއުނާފުކުރުމަށް 1 )އެކެއް( ނުކުތާ ހުށަހަޅައި، އެ ނުކުތާ ތަފްޞީލުކޮށްފައިވެއެވެ.
8ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބަޔާންކުރަނީ،އިސްތިއުނާފުކޮށްފައިވާއަމުރަކީ ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރ 2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު(ގެ 13 ވެނ މާއްދާގަ )ނ( އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވާނަ މާއްދާގަ )ރ( ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލެ ޚިލާފަށް ނެރެފައިފާ އަމުރެއްކަމަށެވެ.
9މި އިސްތިއުނާފީ ނުކުތާގައި ދައުލަތުގެ މައިގަނޑު ޝަކުވާއަކީ ޝަރީޢަތް ނިމެންދެންއާދަމް ޝަރޫފް ބަންދުކުރުމަށްފަހ، އިސްތިއުނާފުކޮށްފައިވާ އަމުރުން އާދަމް ޝަރޫފ ބަންދުން ދޫކުރުމަށް ނިންމާފައިވަނީ އޭނާ ބަންދުކުރި ޙާލަތު ބަދަލުނުވަނީސް ކަމަށެވެ.
10މި ނުކުތާގެ ތަފްޞީލުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
10.1. ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމްމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީގެފަހުން "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ކަމަށް ބުނެފައި. ކަމަށާއި، އަދި ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި އެކަންކަން ޝަރަހަކޮށްދީފައިވާ ކަމަށެވެ.
10.2. ބަންދު އަމުރު މުރާޖަޢާކުރުމުގައި ރިޢާޔަތްކުރަންޖެހޭނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށްކަމަށާއި، ނަމަވެސް މި މައްސަލައިގައި ކޯޓި އަމުރު މުރާޖަޢކޮށްފައިވަނީ ބުނެވިދިޔަ ޤަޟިއްޔާގައ ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށެވެ.
10.3. މި މައްސަލައިގައި އާދަމް ޝަރޫފ ބަންދުކުރުމަށް ނެރުން އަމުރުގައި ފުރިހަމަވާ ކަންކަން ފިލައިދިޔަ ގޮތެއް ބަންދުން ދޫކުރި އަމުރުގައި ބަޔާންކޮށްފައިނުވާކަމަށާއި، އެހެންކަމުންއެ އަމުރު ނެރެފައިވަނީ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވާ ޤާނޫނީ ނައާޞ ތަކ ޚިލާފަށްކަމަށެވެ.
11މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ:-
11.1. އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S5C-CA/24/2025 )10 ސެޕްޓެންބަރު 2025( ކޯޓު އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނެރެފައިވ އަމުރެއްކަމށް ކަނޑައަޅައދިނުމާށާއި،
11.2. އާދަމް ޝަރޫފްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޕްރޮސިކިއުޝަނުން 7 )ހަތެއް( ދުވަހުގެ ތެރޭގައި ހުށަހެޅުމުން، ވީ އެންމެ އަވަސް މުއްދަތެއްގައި ގޮތެއް ކަނޑައެޅުމަށް އަމުރުކޮށް، އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ކަނޑައަޅަންދެން އާދަމް ޝަރޫފް ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.
12އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އާދަމް ޝަރޫފްގެ ފަރާތުން ބުނެފައިވަނީ ދައުލަތުގެ ފަރާތުން ކޮންމެ މަހަކު އާދަމް ޝަރޫފްގެ ބަންދު މުރާޖަޢާކުރުމަށް ހުށަހަޅާފައިނުވާކަމަށއ، ދައުލަތުން ހުށަހަޅަންޖެހޭ ލިޔެކީއުނތައް ހުށަހަޅާފައިނުވާތްމައްސަލައިގެ ޝަރީޢަތް ދިގުލައިގެން ގޮސްފައިވާކަމަށެވެ.އެހެންކަމުނ މައްސަލައިގެ ލިޔްކިއުނތަކެއް ނުލިބި، ޝަރީޢަތް ދިގުލައިގެން ގޮސްފައިވާތީ، ބަންދުން ދޫކޮށްލަންޖެހޭ ކަމަށ ދެކޭކަމަށެވެ.
13އާދަމް ޝަރޫފްގ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ނިންމުން ދަމަހައްޓައިދިނުމަށެވެ.
14މ މައްސަލައިގައި ޖަވާބު ދޭންޖެހޭ ސުވާލަކީ، އާދަމް ޝަރޫފ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށ، ބަންދު އަމުރު މުރާޖަޢާކޮށް ބަންދުން ދޫކޮށްލުމަށް ކަނޑައަޅާފައިވަނީ، ކުރިން ބަންދުކުރޙ ލަތު ބަދަލުވެގެންތޯއެވެ.
15ޝަރީޢަތް ނިމެންދެން އާދަމް ޝަރޫފ ބަންދުކުރުމަށް އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S5C-CA/1/2025 ) 07 ޖަނަވަރީ 2025 ( ކޯޓު އަމުރުން އަމުރުކޮށްފައިވަނީ، އާދަމް ޝަރޫފ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާތީއާއި، އަދި އާދަމް ޝަރޫފުބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީއެވެ. އެގޮތުން، އެ އަމާ ރ ނެރެފައިވަނީ ޝަރީޢަތްކުރުމބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރަށް ރިޢާޔަތްކޮށެވެ.
16އާދަމް ޝަރޫފްގެ ބަންދު މުރާޖަޢާކޮށް، ބަންދުން ދޫކޮށްލުމަށް ނެރެފައިވާ އަމުރުގެ ކުރިން، 4 )ހަތަރެއް( ފަހަރެއްގެ މަތިނެއާދަމް ޝަރޫފްގްބަންދު މުރާޖަޢާކޮށްފައިވެއެވެ. އެއިން ކޮންމެ ފަހަރަކުވެސ ނިންމާފައިވަނީ،ޝަރީޢަތް ނިމެންދެންއާދަމް ޝަރޫފ ބަންދުކުރުމަށް ނެރެފައިވްއަމުރަށޭބަދަލްގެންނަންޖެހު ސަބަބެއް ނެތްކަމަށެވެ.
17ފަސްވަނަ ފަހަރަށް އާދަމް ޝަރޫފްގެ ބަންދު މުރާޖަޢާކުރުމަށްފަހު، އާދަމް ޝަރޫފ ބަންދުން ދޫކޮށްލުމަށް ނެރެފައިވާ އަމުރުގައި، އޭނާ ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ މައިގަނޑު 3 )ތިނެއް( ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ:
17.1. އާދަމް ޝަރޫފްގެ މައްޗަށް މީގެކުރިން އެހެން މައްސަލައެއްގައި ޖިނާއު ދަޢުވާއެއް ކޮށްފައިނުވން.
17.2. ކުށެއްގެ ތުހުމަތުގައި މީގެކުރިން އާދަމް ޝަރޫފް ހައްޔަރުކޮށްފައި އަދި ބަންދުކޮށްފައނުވި ން.
17.3. މައްސަލައާ ގުޅިގެން އެހާތަނަށްދައުލަތުންނާއި ދިފާޢުން ހުށަހެޅި ހެކިތަކަށާއި، މައްސަލައިގެ އެންމެހާ ލިޔުންތަކަށް ބަލާއިރު އާދަމް ޝަރޫފ ބަންދުން ދޫކުރިނަމަވެސ އޭނާގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ނުފެނުން.
18ޕްރިސިޑެންސް 1ޕްރިސިޑެންސް 2ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާގައިސުޕްރީމ ކޯޓުން ކަނޑައަޅާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދު މުރާޖަޢާކުރަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއއާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި، ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވެ ތަރަހައިގެ ތެރޭގައކަމަށެވެ. އެ ތަރަހައިގެ ބޭރުން، އަޞްލު މައްސަލައިގެޝަރީޢަތެގައު ހުށަހެޅި ހެކިތަކުން ހާމަވާ ކަންކަމަށް ރިޢާޔަތްކޮށްގެން ނުވާނކަމަށެވެ.އަދި ބަންދީ މުރާޖަޢާކުރާ ފަނޑިޔާރު ބަލަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯކމށާއި، އެކަން ކުރާނީއެންމެ ފުރަތަމައިނުންވެސް ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު އެހީ ހޯދި ވަސީލަތްތަކުގެ ބޭނުންކޮށްގެންކަމަށެވެ.ބަންދު މުރާޖަޢާކުރުމުގައި އަޞްލު މައްސަލައިގެ ޝަރީޢަތުގައި ހިނގާ އެއްވެސް ކަމަކަށް ފަނޑިޔާރު ރިޢާޔަތްކޮށްގެން ނުވާނކ މަށެވެ.
19ޕްރިސިޑެންސް 3އާދަމް ޝަރޫފ ބަންދުން ދޫކޮށްލުމަށް ނެރެފައިވާ އަމުރުގައި،) 1( އާދާމް ޝަރޫފްގެ މައްޗަށް މީގެކުރިން އެހެން މައްސަލައެއްގައި ޖިނާއީ ދަޢުވާއެއްކޮށްފައިނުވުމާއި، )2( ކުށެއްގެ ތުހުމުގައި މީގެކުރިން އާދަމް ޝަރޫފ ހައްޔަރުކޮށް ނުވަތަ ބަންދުކޮށްފައިންވުމުގެ މައްޗަށް ބަރޯސާވެފައިވާއިރު، އެ ދެ ޙާލަތަކީ އާދަމް ޝަރޫފ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރަނެރުނު އރުގައިވެސް އޮންނާނެ ދެ ޙާލި ތެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓގު 28 ވަނަ ޕެރެގްރާފް އބމ ގެ 29 ވަނަ ޕެރެގްރާފް އާދަމް ޝަރޫފްގެ ބަންދު މުރާޖަޢާކޮށް، އާދަމް ޝަރޫފ ބަންދުން ދޫކޮށްލެވެނ ނެތްކަމަށް 4 )ހަތަރެއް( ފަހަރެއްގެ މަތިން ނިންމި އިރުގައިވެސް އޮންނާނެ ދެ ޙާލަތެވެ. އެހެންކަމުނުއޭގެފަހުނުކުރެވުނާބަންދ މުރާޖަޢއެއްގައ، އެ ދެ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް، އެއީ އާދަމް ޝަރޫފް ބަންދުން ދޫކޮށްލަންޖެހޭ ސަބަބުތަކެއްކަމުގައިދައްކފައިވ ޙުއްޖަތަކީ އެއްވެސް ތަބުރީރެއ ނެތް ޙުއްޖަތެކެވެ.
20އާދަމް ޝަރޫފ ބަންދުން ދޫކޮށްލުމަށް ނެރެފައިވާ އަމުރުގައި، އާދަމް ޝަރޫފ ބަންދުން ދޫކޮށްލަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތިންވަނަ ސަބަބަކީ، މައްސަލައާ ގުޅިގެނ އެހާތަނަށް ދައުލަތުންނާއި ދިފާޢުން ހުށަހެޅި ހެކިތަކަށާއި، މައްސަލައިގެ އެންމެހާ ލިޔުންތަކަށް ބަލާއިރު އާދަމް ޝަރޫފ ބަންދުން ދޫކުރިނަމަވެސް އޭނާގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ނުފެނުމެވެ. ބަންދު މުރާޖަޢާކުރުމުގައި އަޞްލު މައްސަލައިގެ ޝަރީޢަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާ ކަންކަމަށް، އާ ޝަރީޢަތުގައި ހިނގާ އެއްވެސ ކަމަކަށް ރިޢާޔަތްކުރުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔުޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚލާފުކަމެކެވެ.
21ޕްރިސިޑެންސް 4އަދި އާދަމް ޝަރޫފ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށްފުރަތަމަ ނެރުނު އަމުރުގައި، އާދަމް ޝަރޫފް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށ ނިންމާފައިވަނީ، ޝަރީޢަތްކުރެމުބހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރަށް ރިޢާޔަތްކޮށވެ.އެހެންނަމަވެސް، އާދަމް ޝަރޫފްބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށ ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފުރަތަމަ ނެރުނު އަމުރުގައާފަނޑިޔާރު ރިޢާޔަތްކޮށްފައިވްޙާލަތު ބަދަލުވި ގޮތެއް،ބަންދުން ދޫކޮށްލަން ނެރުން އަމުރްނު ސާފެއްނުވެއެވެ.އަދްއާދަމް ޝަރޫފ ޝަރީޢަތް ނިމެންދެންބަންދުކުރުމަށ ނިންމްޙާލަތު ބަދަލުވެފައިވާކަމަށްޤާނޫނީގޮތުން ބެލެވޭނެ ޖާއިޒްއެއްވެސ ސަބަބެއި ބަންދުން ދޫކޮށްލަން ނެރުނު އަމުރެގައް ބަޔާންކޮށްފައއްވެސ ނުވެއެވެ.
22ޕްރިސިޑެންސް 5ދައުލަތުން ހުށަހަޅަންޖެހޭ ލިޔުންތަކެއްހުށާ ހަ ޅްފައިނުވުމުގެ ސބަބުނުޝަރީޢަތް ދިގުލައިގެން ގޮސްފައިވްމަކީ، އާދަމް ޝަރޫފ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއްކަމުގައި އޭނާ ދެކެއެވެ. އެހެންނަމަވެސް، ޝަރީޢަތެއް ދިގުލައިގެނގޮސް، އެމީހަކު ބަންދުގައި ދިގު މުއްދަތެއް ހޭދަވނަމަވެސް،މުޖުތަމަޢަށް އެމީހެއްގެ ފުށުނަނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރެކީމ ޤާނޫނުއަސާސީގެ 49 ވަން މާއްދާ ދައްކާ މަގެއް ނޫންކމަށަ ޢިރުފާނު ތަޤިއްޔު މައްސަލައިގައި ބަޔާ ންކށްފައިވެއެވެ.
23އްހެންކަމުން،އާދަމް ޝަރޫފގެ ބަންދު މުރާޖަޢާކޮށް، އޭނޫބަންދުން ދޫކުރުމަށްއައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓނ އަމުރުކޮށްފައިވަނ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމުގައި ބެލެވޭކަށް ނެތެވެ.
24އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S5C-CA/24/2025 )10 ސެޕްޓެންބަރު 2025( ކޯޓު އަމުރު ބާޠިލކުރަންޖެހޭކަމަށް ދެކެމެވެ.
25މްއަދުން ފެށިގެނި 7 )ހަތެއް( ދުވަހުގެ ތެރޭގައި އާދަމް ޝަރޫފްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އެދި ދައުލަތުން އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ގިނަވެގެން މަސައްކަތް 5 )ފަހެއް( ދުވަހުގެ ތެރޭގައިއޭނާގެ ބަންދާމެދުގޮތެއ ކނޑައެޅުމަށ އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް އަންގަން ފެނެއެވެ. އބމ ގެ 27 ވަނަ ޕެރެގްރާފް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ، 60 ވަނަ މާއްދާގެ (ށ) އަދި (ވ)
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ) ގެ 3 އަދި 4 ވަނަ ނަންބަރު
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު) ގެ 27، 28، 29 ވަނަ ޕެރެގްރާފް
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އިބްރާހީމް ނާޞިޙް، އަޒްހާ މުޙައްމަދު ނާޞިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ޢަބްދުﷲ ޖަމީލް މޫސާ، ދީބާނާޒް ފަހުމީ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް