ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/35
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ފިރުޝާން، 2025/HC-B12/35
Prosecutor General v. Abdhuﷲ Firushaan 2025/HC-B12/35 (2025/HC-B12/35, High Court of the Maldives, 30 October 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުﷲ ފިރުޝާން
މައިގަނޑު ސުވާލު
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހަކު ޝަރުޠުތަކާއެކު ދޫކުރުމުގެ އިޚްތިޔާރު ދަށު ކޯޓަށް ނެތްކަމަށް ދައުލަތުން އިސްތިއުނާފުގައި އެންމެ ފުރަތަމަ ހުށަހަޅާ ބަހުސް ހައިކޯޓުން ބަލައިގަނެވޭތޯ، އަދި ބަދަލުވި ޙާލަތު ދަށު ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ކުރިއަށް ނުގެންދެވޭ؛ ދަށު ކޯޓުގެ އަމުރު ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެން ކަމަށާއި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅިދާނީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ނުލިބޭ ހެކި ކަމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ދަށު މަރުޙަލާގައި އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއްގެ ސިފައިގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަކީ ކޯޓުތަކުގެ ޤާނޫނު ތަޞައްވުރުކުރާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ބަންދު މުރާޖަޢާކުރުމުގެ ފޯމު ލިބި، ޖަވާބުދިނުމާއި އަޑުއެހުމުގައި ފާހަގަކުރުމުގެ ފުރުޞަތު ލިބުނު ނަމަވެސް ދަށު ކޯޓުގައި ނުފާހަގަކުރާ ނުކުތާއެއް (ދަށު ކޯޓަށް އެ އިޚްތިޔާރު ނެތްކަމުގެ ބަހުސް ހިމެނޭ ގޮތުން) އިސްތިއުނާފުގައި އެންމެ ފުރަތަމަ ހުށަހަޅައިގެން ހައިކޯޓުން ގޮތެއް ނިންމިދާނެ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19، 23)
- ދަށު މަރުޙަލާގައި ހުށަނޭޅޭ ކަމަކާމެދު އިސްތިއުނާފީ މަރުޙަލާގައި އެންމެ ފުރަތަމަ ގޮތެއް ނިންމުމަކީ، ދަށު ކޯޓުގައި ބަހުސްކުރުމުގެ ފުރުޞަތު ނުލިބުމުގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފީ މަރުޙަލާއަކުން މަޙްރޫމުވާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ދަށު ކޯޓުގެ އަމުރުގައި ބަންދުކުރިއިރުގެ ތުހުމަތާއި ދަޢުވާކުރިއިރުގެ ތުހުމަތުގެ ތަފާތު ފަދަ ބަދަލުވި ޙާލަތުތައް ސަބަބުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު، އެ ސަބަބުތަކަށް ވާޞިލުވި ގޮތުގައި ގޯހެއް އުޅޭކަން ދައުލަތުން ނުދައްކާނަމަ، ބަދަލުވި ޙާލަތު އަމުރުގައި ބަޔާންނުކުރާ ކަމަށް ބުނާ ބަހުސް ބަލައެއް ނުގަނެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
1މިއީ، ކްރިމިނަލެކޯޓުގ ނަންބަރު 145-B4/(296-2025)/2025/04 )02 އޮކްޓޫބަރު 2025( "ކޯޓު އަމުރ" އަކާޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު އަމުރެއްކަމަށް ބުނު އެ، އަމުރެ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފހުގ )މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް"( ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުނު ބެލނ ޤަޟިއްޔާއެކެވެ.މެޤަޟިއްޔާގައ އިސްތިއުނާފި ރައްދުވު ފަރާތަކާ […] މާލު،ޢަބދް ﷲ ފިރުޝާން )މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ޢަބްދްﷲ ފިރުޝާން("އެ ވެ.
22025 ޖަނަވަރީ 15 ދުވަހުގެ 08:17 ހާއިރު ރަތްވިލާ ހިނގުމުން ސައިކަލުގައި ދުއްވާފައި ދިޔަ އދ.މަހިބަދޫ/ބަހާރުގެ،ޢަލާޖީލާންއަށް ގްރޫޕެއްގެ ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ޒަހަމްކޮށްފައިވ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 25 މާރިޗު 2025 ދުވަހު ޢަބްދުﷲ ފިރުޝާން ހައްޔަރުކޮށްފައިވެއެވެ. އެއަށްފަހު، އެދުވަހު ޤާނޫނު ނަންބަރ 17/2010 )ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު(ގެ 16 ވަނަ މާއްދާގެ )ށ(ގ 2 ވަނަ ނަންބަރާއި އެ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް، އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ(ގެ )1)،( 3)،( 4( އަދި )6( ގައިވާ ކަންކަން ފުރިހަމަވާކަމަށް ފެންނާތީ، މައްސަލައިގެ ތޙުޤީޤ ނިމެންދެން ޢަބްދުﷲ ފިރުޝާންގެ ބަންދު ދެމެހެއްޓުމަށް އަމުރުކޮށްފައިވެއެވެ. ދރކ ނަންބަރު . ކްރިމިނަލް ކޯޓުގެ ނަންބަރު J/HA/2025/149-145 )23 މާރިޗު 2025( ކޯޓު އަމުރު. މީގެފަހުން "ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު" ކަމަށް ބުނެފައި.
3އެއަށްފަހު، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޢަބްދްﷲ ފުރުޝާންގެ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެދި ދައުލަތުން ހުށަހެޅުމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/MA/2025/901 )06މޭ 2025( ކޯޓު އަމުރުން، ޢަބްދިﷲ ފިރުޝާން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އެ އަމުރުގައުވެސް ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު އޮތް ކަމަށް ދެކޭ ކަމަށް ބަޔާންކޮށްފައިވަނީ ތޙަ ޤީޤު މަރްޙާލާއަށ ބަންދުކުރުމަށް ބަޔާންކޮށްފައިވާ ޤާނޫނީ ނައްސުތަކިއި ސަބަބުތަކެވެ.އަދި އެ އަމުރުގެ އިތުރު ބަޔާނުގައުސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓުތަކާއި ސީން ފޮޓޯތަކާއި، މަންޒަރު ފެނުނު ހެކިންގެ ބަޔާންތަކާއި، އަނިޔާ ލިބުނު ފަރާތުގެ ބަޔާންތަކާއި، އަނިޔާ ލިބުނު ފަރާތުގެ މެޑިކޯ ލީގަލް ރިޕޯޓާއި، ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓަށެ ރިޢާޔަތްކުރާއިރު، ތުހުމަތުކުރެވޭ މިންވަރުގެ އެކަށީގެންވާ ހެކި ހުރިކަމަށް ބެލވޭކެމަށާއި،މީން އަކާ މިބާވަތުގެ ކުރީގްރެކޯޑްވެސ އޮތް ފަރާތެއިކަމަށް އައިއޯ ފާހަގަކުރާކަމަށް ބަޔާންކޮށްފައވެއެވެ.
4ދައުލަތުން، ޤާނޫނު ނަންބަރު 17/2010 )ބިރުދެއްކުމާއ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު(ގ 9 ވުނ މާއްދާގަ )ހ( އާއި )ނ( އާ ޙަވާލާދީ، އެ މާއްދާގެ )ރ( ގެ ދަށުން، ޢަބްދު ﷲ ފެރުޝާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށާ ގ ދަޢުވާ 08 މޭ 2025ގައި ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ.
5މި މައްސަލައިގއަ ޢަބްދުﷲ ފިރުޝާނ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވް އަމުރާ މުރާޖަޢާކުރުމަށ އެދް އޭނާގެ ފަރާތުން ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، މައްސަލައިގެ ދަޢުވާ އުފުލުމަށްފަހު، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރިފަރެންސް ނަންބަރު 537/2025/CRC/144 ދަޢުވާ ހުށަހަޅާ ފޯމު. ހިއްކާއެޤަރީނާތައް ހާމަވުމުން، ތުހުމަތުކުރެވުނު ކަންތައްތަކާއި، މައްސަލައިގެ ޙަޤީޤީ މަންޒަރުނ ފެން ހާމަވާނ ހުރް ކަންތައްތަކަށް ބަލާއިރު ހާލަތު ބަދަލުވެފައިވާކަން އެނގެން އޮތްކަމަށެވެ. އަދުމި މައްސަލައިގާ ޢަބްދެﷲ ފިރުޝާންގެ ބައިވެރިވުން ނެތްކަމަށް ދެކޭކަމަށެވެ. އ ހުށަހެޅުމުގައި އެދިފައިވަނީ، ޢަބްދާ ﷲ ފިރުޝާންގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއަކީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގ ދަޢުވެ ކަމަށްވެފައި، ބަންދުގައި ހޭދަކޮށްފައިވާ މުއްދަތަށް ރިޢާޔަތްކޮށް ޝަރީޢަތުން ކަނޑައަޅާ ހރުކަށި ޝަރުޠުތަކާ އެކު ނަމަވެސް ބަންދަށް ލުޔެއް ދިނުމަށެވެ.
6މ ހުށަހެޅުމާގުޅިގެން، ކްރިމިނަލް ކޯޓު ގެ ނަންބަރ 145-B4/(296-2025)/2025/04 )02 އޮކްޓޫބަރު 2025( ކޯޓު އަމުރުން ޢަބްދަﷲ ފިރުޝާނށ ޝަރުޠުކޮށް ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވެއެވެ.
7ދައުލަތުން އިސްތިއުނާފުކޮށްފައިވަނީ ޢަބްދްﷲ ފިރުޝާން ބަންދުން ދޫކުރުމަށް ނެރެފައިވާ ބުނެވިދިޔަ އަމުރެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 2025)/2025/04-B4/(296-145 ކޯޓު އަމުރު
8ކްރިމިނަލް ކޯޓުގެ ނަންބަރު 145-B4/(296-2025)/2025/04 )02 އޮކްޓޫބަރު 2025( ކޯޓު އަމުރުން ޢަބްދްﷲ ފުރުޝާނަށ ޝަރުޠުކޮށް ބަންދުން ދޫކުރުމަށްއަމުރުކުރި ސަބަބތައ ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވ ކަންކަމެވެ.
8.1.މީނާއަކީ މި މައްސަލައިގެ ތަޙުޤީޤު މުއްދަތުގެ ތެރޭގައި ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ގެނެވުނު ފުރަތަމަ އަޑުއެހުމުގައި ތަޙުޤީޤު މަރޙްލާ ނިމެންދެން ބަންދުކޮށްފައިވާ ފަރާތެއްކަމާއި،މައްސަލަ ކޯޓަށް ހުށަހެޅުމުން، ދައުލަތުން ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހުށަހެޅުމުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތެއްކަމާއި، މި ދެފަހަރުވެސް ބަންދުކޮށްފައިވަނީ ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކޮށްކަން.
8.2.މީނާގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަކީ މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދަޢުވާކަން.
8.3.މައްސަލައިގެ ހާދިސާގައި މީނާގެ ބައިވެރިވުން އޮތް ގޮތުގެ މައްޗަށް ބަލާއިރު، މީނާގެ މައްޗަށް ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މީހަކަށް އަނިޔާއެއް ދިންކަމަށް ތުހުމަތު ނުކުރެވާކަމާއި، ނަމަވެސް މާރާމާރީ ހިންގިކަމަށް ބުނީ ތަނުގައި ހުރެ އަނިޔާވިފަރާތުގެ ގައިގައި ޖެހިކަމަށް ދަޢުވާގެ ސީޣާގައި ވާކަން.
8.4.މ މައްސަލައިގައި މީނާގެ މައްޗަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ތުހުމަތުކުރަނީ، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުކަމާއި، މ ތުހުމަތާއ ގުޅިގެނި ތުހުމަތުކުރެވޭ ފަރާތުން ގިނަ ދުވަސްތަކެއް ބަންދުގައި ހޭދަކޮށްފައިވާކަމާއި، ދަޢުވާކުރިއިރު ކޮށްފައިވާ ދަޢުވާއަކީ ބައިވެރިވުމުގެ ދަޢުވާކަން.
8.5.މި މައްސަލައިގެ އަނިޔާވްފަރާތުގެ ބަޔާނުގައި އަދި ހާދިސާ ހިނގިތަން ފެނުނުކަމަށް ބުނާ ފަރާތްތަކުގި ބަޔާނުގައި މީނާ ސީންގައި ހުރިކަމަށް ބަޔާންކޮށްފައިނުވާކަން. އެއެ ހެކިވެރިޔަކު ބަޔާނުގައި ސާފު އިބާރާތުނ މީން ބައިވެރިވިކަން ނޭނގޭކަމަށް ބަޔާންކޮށްފައިވާކަމާއި، ދަޢުވާ ކޮށްފައިވާ އިތުރު މީހެއްގެ ބަޔާނުގައި މީނާ ބައިވެރިނުވާކަމަށް ބަޔާންކޮށްފައިވާކަން. މިއީ، އެކަމެއްގެ މައްޗަށް ތަހުޤީޤު ބަންދުކުރެވުނު ހެކިތަކާ މުޅިން އިދކޮޅުކަން.
8.6.މި މައްސަލައިގާ ހިމެނޭ އެހެންމީހުންގެ ހައްޔަރު/ބަންދު ގިނަވެފައި، މީނާގެ ހިމެނެނީ 3 ހައްޔަރު 1 ބަންދު ކަން.
8.7.މީނާ ބަންދުން ދޫކޮށްލިއިރު ކުރާ ޝަރުޠުތަކުގެ ތެރޭގައި ހެކިންނަން ނުފޫޒު ނުފޯރުވުން، މިގޮތުން ވަކި ހެއްކަކާ ބައްދަލުކުރުމަށް މަސައްކަތްކުރުމާއި، ފޯނުން ގުޅައިގެން ނުވަތަ އެނޫންވެސް ސޯޝަލް މީޑިއާ އެޕްލިކޭޝަނެއ ބޭނުންކޮށްގެން ވާހަކަދައްކަން ނުވަތް ބައްދަލުކުރަން މަސައްކަތްނުކުރުން ހިމެނޭކަމާއި، އެހެންކަމުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހތިމާލ ވަނީ ހުއްޓުވި އަދި/ނުވަތަ ވަރަށް ބޮޑަށް ގައިދުކުރެވިފައިކަން.
8.8.ޖިނާއީ މައްސަލައެއްގެ ދައުވާލިބޭ މީހާ، ޝަރުޠުކޮށްފައި ބަންދުން ދޫކުރާއިރު، ކުރެވޭ ޝަރުޠުތަކުގެ ޒާތާއި ބާވަތުން، އެމީހެއ ބަންދުން ދޫކޮށްފައި ހުންނައިރު، އެ މީހެއްގެ އަޚްލްޤެއި ސުލޫކު ވަކި ގޮތަކަށް ބައްޓަންކުރަން ލާޒިމްކުރެވި، މުޖުތަމައުގެ ސަލާމަތަށް އެމީހެއްގެ ސަބަބުން އޮންނާނޭކަމަށް ބެލެވޭ ނުވަތަ ލަފާކުރެވޭ ނުރައްކާ ކުޑަކުރެވޭކަމަށާއި، ނުވަތަ ނެތިދާކަމަށާއި، މި މައްސަލައިގާ މިފަދައިން ގިނަ ޝަރުޠުތަކެއް ކޮށްފައިވާކަން.
8.9.މީނ އަށާ ކުރެވުން ޝަރުޠުތަކުގެ ތެރޭގައި، "ބަންދުން ދޫކޮށްލާފައި ހުންނައިރު އިތުރު ކުށެއް ނުކުރުމަށް، މިގޮތުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވިއްޖެނަމަ، މި މައްސަލައިގައި އަލުން ބަންދު ކުރެވޭނެކަން" މިފަދައިން ޝަރުޠުކޮށްފައިވާކަން. އެހެންކަމުން ޖަލު ބ ންދެއްގައި ނޯވެ މުޖުތަމައުގައ މިނިވަންކަމާއެކު ހުރުމަށްޓަކައި، ކުށްކުރުމުގެ މާހައުލާ ދުރުވެ ހުންނަން މީނާއަށް ބާރުއެޅި ލާޒިމުވާކަން. މިކަންކަމުގެ ސަބަބުން ހާސިލަ ވެގެންދާ ނަތީޖާއަކީ މީނާގެ މަސްލަހަތާއި މުޖުތަމައުގުމަސްލުހަތ ބެލެންސް ކުރެވި، ރަނގަޅު އަޚލާޤެއްގައި އުޅެން މީނާއަށް މީނާގެ އަމިއްލަ ނަފްސަށް ލާޒިމްކުރެވުންކަން.
9ދައުލަތުން، ކްރިމިނަލް ކޯޓުގެ ނަންބަރ 145-B4/(296-2025)/2025/04 )02 އޮކްޓޫބަރު 2025( ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި 01 )އެކެއް( ނުކުތާ ހުށަހަޅާ އ ނުކުތާ ތަފްޞީލުކޮށްފައިވެއެވެ.
10ދައުލަތުން ހުށަހެޅް އިސްތިއުނާފީ ނުކުތާގައި ބަޔާންކުރަނީ،އިސްތިއުނާފުކޮށްފައިވ ކޯޓާ އަމުރަކީ ބިރުދެއްކުމާއ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކރުމުގ ޤާނޫނުގެ 16 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވެނ މާއްދާގަ )ރ( ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވަރ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް އޮންނަ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.
11މި ނުކުތާގެ ތަފްޞީލުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
11.1. މި މައްސަލައަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މައްސަލައެއްތޯ ބަލާއިރު، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އޚމ ޤަޟިއްޔާގައި ދަށު ކޯޓުގެ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ނިންމާ ނިންމުންތަކަށް އިސްތިއުނާފީ ކޯޓުން ވަދެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގާ ދަށު ކޯޓުން ނިންމާފައި ނިންމުމަކީ ދަށުކޯޓުގެ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭރުނިނިންމާފައިވާ ނިންމުމެއްކަމަށެވެ. އެގޮތުން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެޤާނޫނގެ ދަށުން ބަންދުކޮށްފައިވާ މީހެއް ޝަރީޢަތް ނިމުމުގެ ކުރިން ބަންދުން ދޫކުރުމަކީ އެ ޤާނޫނުން ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރެއް ނޫން ކަމަށެވެ.
11.2. މި މައްސަލގައާތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ބަލާއިރު، މީގެކުރިން ތޙަ ޤީޤު މުއްދަތަށް ބަންދުކުރ އަމުރުގައި އަދި ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރުގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ބަޔާންކޮށްފައިވާއިރު، ބަންދުން ދޫކޮށްލުމަށް ކުރި އަމުރުގައި އެ ހާލަތު ބަދަލުވި ގޮތެއް ބަޔާންކޮށްފައިނުވާކަމަށެވެ.
11.3. މި މައްސަލައިގައި ޢަބްދު ﷲ ފުރުޝާނ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ހައިކޯޓުގ ނަންބަރ 2023/HC-B12/48,49,50 ޤަޟިއްޔާގެ 44 ވަނަ ނުކުތާ އަދި އެ ޤަޟިއްޔާގެ 65 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ.
12މ މައްސަލާގައި ޢަބްދުﷲ ފުރުޝާނ ކުށް ކުރިކަމަށް ބެލެވޭ އެކަށީގެންވާ ހެކި ނެތްކަމަށް ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ނަންބަރ 145-B4/(296-2025)/2025/04 ކޯޓު ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ. އަމުރުން ޢަބްދު ﷲ ފިރުޝާން ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުން ބާޠިލުކޮށް، ޢަބްދި ﷲ ފިރުޝާންއަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ހުންނަންޖެހޭ މީހެއްކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ.
13އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ޢަބްދުﷲ ފިރުޝާންގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
13.1. ދައުލަތުން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ބަންދުން ދޫކުރުމުގެ އިޚްތިޔާރު ދަށު ކޯޓުގެ ފަނޑިޔާރަށް ލިބިދީފައިނުވާކަމަށް އިސްތިއުނާފީ މަރޙު ލާގައި ވަކާލާތު ކުރި ނަމަވެސް، ދައުލަތުން ދަށުކޯޓުގައިއެކަމާ ބަހުސްކޮށް ވަކާލާތުކޮށްފައި ނުވާކަމަށެވެ. ވީމާ، މިއީ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށްވާތީ، މިއީ މި މަރެޙ ލާގައި އެކަމާމެދު ބަހުސްކޮށް ގޮތެއް ނިންމިދާނެ ފަދަ ނުކުތާއެއް ނޫންކަމަށެވެ.
13.2. ބަހުސްގެ ބޭނުމަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގައި ބަންދު މުރާޖަޢާކުރުމުގެ އިޖުރާއަތެއް ނެތް ނަމަވެސް، މިހާރު އެ ޤާނޫނަކީ ޤާނޫނު ނަންބަރު 7/2025 )ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެޤާނޫނެ(ގ ދަށުން އުވާލާފައިވާ ޤާނޫނެއްކަމަށާއި، އެހެންކަމުން ދެން ޢަމަލުކުރަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށްކަމަށެވެ.
13.3. މި މައްސަލައިގާ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އޚމ ޤަޟިއްޔާގެ 15 ވަނަ ނުކުތާގައި ބަޔާންކުރާފަދަ ދަށުކޯޓުގ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަންޖެހިފަދަ ޙާލަތެއް ދައުލަތުން ބަޔާންކޮށްފައި ނުވާކަމަށެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ.
13.4. ނިއުޅިގެންދާ ހަޤީޤަތްތަކަށް ބަލައި، ބަންދަށް ލުޔެއް ދެވިދާނެކަން ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހުނޭސާ އާދަމް ނަސީރު ޤަޟިއްޔާއިން އެނގޭކަމަށާއި، މި މައްސަލައިގާ ތަޙްޤީޤަށް ބަންދުކުރި އިރު އަދި ޝަރީޢަތް ނިމެންދެން ބަންދުކުރިއިރު ތުހުމަތު އޮތު ގޮތަށާއި، ދަޢުވާ އުފުލުން އިރު ޙާލަތު އޮތް ގޮތުގެ މައްޗަށް ބިނާކޮށް ހާލަތު ބަދަލުވެފައިވާކަން އިސްތިއުނާފު ކޮށްފައިވާ އަމުރުން އެނގެން އޮންނަކަމަށެވެ.
14ކްރިމިނަލް ކޯޓުގެ ނަންބަރު 145-B4/(296-2025)/2025/04 )2 އޮކްޓޫބަރު 2025( ކޯޓު އަމުރަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފަށް ނެރެފައިވާ އަމުރަކަށް ނުވާތީ، އެ އަމުރު ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.
15މި މައްސަލައިގެ މައުޟޫޢުގައި ގޮތެއު ކަނޑައެޅުމުގެ ކުރިން،ދައުލަތނ ހުށަހަޅާފައިވް މައިގަނޑު ނުކުތާއާ ގުޅޭގޮތުން، އިސްތިއުނާފު ރައްދުވުފަރާތުން އިޖުރާއީ ގޮތުން ފާހަގަކޮށްފައިވާ ނުކުތާއާމެދު ގޮތެއް ނިންމަންޖެހޭ ކަމގައ ދެކެމެވެ.
16ދައުލަތުން މި މައްސަލައިގާ އުފައްދާފައިވާ މައިގަނޑު ބަހުސަކީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއތޫނި އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވުނ މާއްދާގަ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތެއް ޝަރީޢަތް ނިމުމުގެ ކުރިން ބަންދުން ދޫކޮށްލުމަކީ ދަށުކޯޓުގެ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރެއްކަމަށް ނުވާތީ، ޤާނޫނުން ލިބިފައިނުވާ އިޚްތިޔާރެއް ދަށު ކޯޓުގެ ފަނޑިޔާރު ބޭނުންކޮށް، ޤާނޫނާ ހައިކޯޓުގެ ނަންބަރު 2022/HC-B12/75 ޤަޟިއްޔާ. ޚިލާފަށް އަމުރު ނެރެފައިވާކަމަށް ބުނެ ހުށަހެޅި ބަހުސެވެ. މިގޮތުން،އިސްތިއުނާފު ފޯމުގެ 2.2.1 ގައި އ މާއްދާގެ ދަށުން ބަންދުކުރާ މީހަކު ޝަރީޢަތް ނިމުމުގެ ކުރިން ބަންދުން ދޫކޮށްލުމަކީ ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރެއް ކަމަށް ނުވާތީ، ޤާނޫނުން ލިބިފައިނުވާ އިޚް ތިޔާރެއ ފަނޑިޔާރް ބޭނުންކށ، ޤާނޫނާ ޚިލާފަށަ އަމުރް ނެރާ ފއިވްކަމަށް ބަޔާންކުރުމުގެ އިތުރުން، ހައިކޯޓުގެ ނަންބަރު 2023/HC-B12/48,49,50 ޤަޟިއްޔާގެ 44 ވަނަ ނުކުތަ އަދާ އެ ޤަޟިއްޔާއަށް ޙަވާލާދީ ވެސް ދައުލަތުން ފާހަގަކޮށްފައިވަނީ މިބާވަތުގެ މައްސަލައެއްގައި ބަންދުން ދޫކުރުމަކީ ފަނޑިޔާރށ އޮތް އިޚްތިޔާރެއް ނޫން ކަމަށެވެ.
17ރައްދުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރަނީ، މި ނުކުތާއަކީ ދަށުކޯޓަށް ހުށަހެޅި ބަހުސްކޮށްފައިވާ ނުކުތާއަކަށްނުވާތީ، މިއީ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގަ ދަށުން މި މަރޙު ލާގައ ހައިކޯޓުން ގޮތެއް ނިންމިދާނެފަދަ ނުކުތާއެއް ނޫން ކަމަށެވެ.ކޯޓު އަމުރު މުރާޖަޢާކުރުމަށް އެދި ހުށަހަޅާ ފޯމު ދ އުލަތަށް ލިބި، އެއަށް ޖަދަލުކޮށް ރައްދު ޖަވާބު ހުށަހެޅުމުގެ ފުރުޞަތު ލިބި، ލިޔުމުން ޖަވާބު ހުށަނާޅއ، އަދިބަންދު އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުމުގައަވެސް އެ ނުކުތާ ފާހަގަކުރުމުގެ ފުރުސަތު ލިބި، އެކަމާ ބަހުސްނުކޮށް، މި މަރެޙލާގައ އިސްތިއުނާފި ނުކުތާއެއްގެ ގޮތުގައި، އެ ނުކުތާ ބަލައިގަނެވޭނެ ކަމަށް ނުދެކޭކަމަށެވެ.މި ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، ބަންދު މުރާޖަޢާކުރުމަށް ހުށަހަޅާފައިވާ ފޯމު ދައުލަތަށް ލިބިފައިވަނީ މުރާޖަޢާކުރުމުގެ އަޑުއެހުން އޮތް ދުވަހު ކަމަށާއި، އެ ފޯމާގުޅިގެނ ދައުލަތުން ވަގުތުން ވާހަކަ ދައްކާފައިވާކަމަށް އެދުވަހު ހާޒިރުވި ވަކީލު މައުލޫމާތު ދީފައިވާކަމަށެވެ.
18ޕްރިސިޑެންސް 3ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެޤާނޫނު ގ ދަށުނ ބަންދުކޮށްފައިވާ ފަރާތެއްގެ ބަންދު މުރާޖަޢާ ނުކުރެވޭނެކަމަށް ބުނެ ދައުލަތުން ވަކާލާތުކޮށްފައިވާކަނ ދަށް 23 އޮކްޓޫބަރު 2025 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު މި މައްސަލައިގަ ޝަރީޢަތުގެ މަޖިލީހުގައި. ކޯޓުގެ އަމުރުން އެނގިކަށޭނެތެވެ. އަދައިސްތިއުނާފު މަރިލާގެޙ ޝަރީޢަތުގެ އަޑުއެހުމުގައު ވެސް ދަށު ކޯޓުގައިއެފަދައިނ ބަހުސް ކުރިކަމަށް ދައުލަތުން ބުނެފައއ ނުވެއެވެ.ދައުލަތުގެ ފަރާތުން ދަށުމަރްލާގެޙު ކޯޓުގައި އެނުކުތާ ފާހަގަކޮށެ ވަކާލާތުކުރުމަށް ފުރުސަތު ނުލިބޭކަމަށބުނީ،ނުވަތަ ޝަރީޢަތުގެމަޖުލުހުގައ އެވާހަކަ ދެއްކުމުގެ ފުރުސަތު ނުލިބޭކަމަށްބުނެ،މި އިސްތިއުނާފުގެ އަޑުއެހުމުގައި އެއްވެސް ސިފައެއްގައި އެކަން ފާހަގަކޮށްފައެއް ނުވެއެވެ.
19ޕްރިސިޑެންސް 1ޕްރިސިޑެންސް 2ވީމާ،ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނގ 16 ވަނަ މާއްދާގެ ދަށުން ބަންދުކޮށްފައިވާ ފަރާތެއްގެ ބަންދު މުރާޖަޢާކުރުމުގެ އިޚްތިޔާރު ދަށުކޯޓުގެ ފަނޑިޔާރަށް ލިބިފައިނުވާކަމަށ ބުނެ ދައުލަތުން ހުށަހަޅާ ބަހުސަކީ، ދަށުކޯޓުގައި އެއްވެސް މިންވަރަކަށް ހުށަހަޅާފައިވާ ބަހުސެއް ނޫންކްމަށް ބުރަވު އެވެ. އެފަދަ ބަހުސަކާ ގުޅިގެނައެންމެ ފުރަތަމަ ވެސް އިސްތިއުނާފު މަރި ޙލާގައި ގޮތެއް ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއްތޯ ބަލާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައިހުށަހެޅިދާނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މަތީ މަރަޙް ލާގެ ގިނަ ނިންމުންތަކަށުހަވާލާދީ، ދަށަމަރިޙު ލާގައ އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއްގެ ސިފައިގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަށް ފުރުޞަތު ދިނުމަކީ ޤާނޫނު ނަންބަރު 22/2010 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު(، މީގެފަހުން "ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު" ކަމަށް ބުނެފައި. އެގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރު 2014/SC-A/19 )ޝަރުމީލ ޝަރީފާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއާއި، އެ ކޯޓގ ނަންބަރު 2020/SC-A/93 )ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2016/SC-A/18 )މޯލްޑިވްސ އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2021/SC-A/50 )މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2020/SC-A/44 )އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2022/SC-A/29 )އެމް.އެޗް.އާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް )ދައުލަތް(( ޤަޟިއްޔާއާ ހަވާލާދީފައިވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ތަސައްވުރުކުރާކަމެއްނޫންކަމަށް މި ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ހޫދު މުޙައްމަދު ޒާހިރު ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
20ޕްރިސިޑެންސް 4މ މައްސަލި އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ބަހުސާއި، އިސްތިއުނާފު ރައްދުވާފަރާތުން ދީފައިވުރައްދުށް ބަލާއިރު، ދށަ މަރްޙުލާގައ ހުށަހަޅާފައި ނުވި ކަމަކާމެދު އެންމެ ފުރަތަމަ ވެސުމ މަރްޙީލާގައި ގޮތެއް ނިންމުމަކީ، ދަށުކޯޓުގައި އެކަމާމެދު ބަހުސްކޮށް ގޮތް ކަނޑައެޅުމުގެ ފުރުސަތު ނުލިބުމުގެ އިތުރުނަ،އިސްތިއުނާފީ މަރޙު ލާއކުނާއިސް ތިއުނާފ ރައްދުވު ފަރާތް މަހްރޫމު ވެގެންދާނެ ކަމެކެވެ.
21ޕްރިސިޑެންސް 5އިސްތިއުނާފ ރައްދުވު ފަރާތްމ މާރާމާރީގައި ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ކްރިމިނިލ ކޯޓުން ކުރިން ނެރންއަމުރުތަކުގައި، ނިންމުފައާ ވަނިކޮށް، ތުހުމަތު ނެތިގެން ދިޔަކަމަށް ބަޔާންކޮށް އޭނާ ޝަރްޠުތަކ އެކާ ބަންދުން ދޫކޮށްލަން ފަނޑިޔާރު ނިންމޮއިރު، ބަދަލުވި ޙާލަތެއް ކްރިމިނަލް ކޯޓުގް އަމުރުގައި ބަޔާންކްށ ފައް ނެތްކަމަށް ދައުލަތުނުފާހަގަކޮށްފައިވެއެވެ.ދައުލަތުގެ އުނުކުތާއަށާއި، އިސްތިއުނާފކޮށްފައިވ ކްރިމިނަލް ކޯޓުގެ ނަންބަރު 145-B4/(296-2025)/2025/04 )02 އޮކްޓޫބަރު 2025( "ކޯޓު އަމުރު" އަށް ބަލާއިރު، އެއަމުރުގައި ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބުތަކުގެ ގޮތުގައި މައިގަނޑު 9 )ނުވައެއް(ކަމެއް ފާހަގަކޮށްފައި ވެއެވެ. އެކަންކަމުގެ ތެރޭގައި އެންމެ ފުރަތަމަ ކުރެވުނު ތުހުމަތާއި ތަޙުޤީޤު މަރޙު ލާގައި ބަންދުކުރެވުނު އިރު އޮތް ހާލަތާއި، ތަހުޤީޤު ނިމި ދަޢުވާކުރެވުނު އިރު، ކުރެވޭ ތުހުމަތުގައި ތަފާތުހުރުނ ފަދަ ކަންކަން ފާހަގަކޮށްފައި ވެއެވެ.ބަންދު އަމުރު މުރާޖަޢާކުރުމަށް ފަހު، އިސްތިއުނާފ ރައްދުވު ފަރާތާ ބަންދުން ދޫކޮށްލުމަށް ކޮށްފައިވް ޝަރުޠުތަކާއި، އެގޮތަށް ނިންމާފައިވާ ސަބަބުތަކަށް ވާސިލުވި ގޮތުގައި ގޯހެއް އުޅޭކަމަށބުނެ ދައުލަތުން ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2024/HC-B12/59 ޤަޟިއްޔގާ 46 ވަނަ ނުކުތާ. ހާލަތު ބަދަލުވި ސަބަބު ދަށު ކޯޓުގެ އަމުރުގައިބަޔާންނުކުރ ކަމަށާ ދައުލަތުންބުނާބުނުމުގައެބަހްސއ އޮތް ކަމުގައި ނުފެނެއެވެ.
22މ ގެއިތުރުނ،މިމައްސަލައިގ ޝަރީޢަތުގެ އަޑުއެހުމުގައި،ބަންދު އަމުރު މުރާޖަޢާކުރުމުގައި، ނިއުޅެމުންދ ހެކިތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމާކޯޓުން ނިންމު ފައިވާނިންމްންތަކާ ގުޅޭގޮތުންވާހަކަދެއްކުމަށ ޝަރީޢަތުން ދިނޭފުރުސަތުގައި، ޢާއްމު އުސޫލެއްގެ ގޮތުން ބަންދު އަމުރު މުރާޖަޢާކޮށް، ތުހުމަތުކުރެވޭ ފަރާތަށް ލުއިދިނުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް އަބަދުވެސް ލިބިދީފައި އޮންނަންވާނެ އިޚްތިޔާރެއްކަމަށ އިސްތިއުނާފުރައްދުވ ފަރާތުން ޤަބޫލުކުރާ ކަމަށް އެފަރާތުން ބުނެފައިވާއިރު، ދައުލަތަނު އެނުކުތާގައ ފާހަގަކުރަން ބޭނުންވާކަމެއް ނެތްކަމށުބުނެފައިވެއެވެ.ބަދަލި ވަމުންދާ ހާލަތާ ގުޅިގެން ބަންދަށް ލުއި ދިނުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުގެ އަލީގައި ޝަރީޢަތުން ކުރި ސުވާލުތަކާ ގުޅިގެން، ފާހަގަކުރާނެ އިތުރު ކަމެއްނެތކަމަށްދައުލަތުން ބިޔާންކޮށަފައިވާއިރު، މޤާނޫންބަހސު ދައުލަތުގެ ފަރާތުން އުފައްދާފައިނުވާކަން ފާހަގަކުރެވެއެވެ.
23ވީމާ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާއި، ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި އިސްތިއުނާފު ކުރިއަށް ގެންދާނެތަނެއ ނެތްކަމަށް އަހުރެން ދެކެމެވެ.
24ބުނެވިދިޔ ކަންކަނަ އެފަދައިން ހުރުމުން، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި އުފައްދާފައިވާ ބަހުސްގެ މައްޗަށް ބިނާކޮށް މި އިސްތިއުނާފުކުރިއަށ ގެންދާން ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާޢިދުގެ 44 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2014/SC-A/19 (ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް)
- ސުޕްރީމް ކޯޓުގެ 2021/SC-A/50 (މަފްތޫޙު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- ސުޕްރީމް ކޯޓުގެ 2020/SC-A/44 (އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ)
- ސުޕްރީމް ކޯޓުގެ 2022/SC-A/29 (އެމް.އެޗް.އާރު ޓްރޭޑިންގ ވ. މިނިސްޓްރީ އޮފް ޓޫރިޒަމް)
- ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ހޫދު މުޙައްމަދު ޒާހިރު ޤަޟިއްޔާ
- ހައިކޯޓުގެ 2024/HC-B12/59 ޤަޟިއްޔާގެ 46 ވަނަ ނުކުތާ
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢާއިޝަތު ރީޝާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޠާހާ މުޙައްމަދު
- ބެންޗު
- ފަނޑިޔާރު އިބްރާހީމް މާހިރު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު އިބްރާހީމް މާހިރު
- ޚިލާފު ރައުޔު
- ނެތް