ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/27
ޕްރޮސިކިއުޓަރ ޖެނެރަލް ވ. -، 2024/HC-B12/27
Prosecutor General v. - 2024/HC-B12/27 (2024/HC-B12/27, High Court of the Maldives, 18 July 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. -
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ވެރިފަރާތުގެ މަޢުލޫމާތާއި IMEI/ICCID ހޯދުމަށް އަމުރު ނެރެ، 2022/HC-B12/9 ގެ 20-22 ވަނަ ޕެރެގްރާފުތަކަށް ބިނާކޮށް ރުހުން އޮތްތޯ ބަލާފައި ނުވާތީއާއި ހުށަހެޅުން މާ ފުޅާތީ ކޯލް ތަފްޞީލާއި ރެކޯޑިންގ ފަދަ ބައި ހޯދުމަށް އަމުރެއް ނުނެރުނެވެ.
ކުށެއް ހިނގާފައިވާކަމަށް ބުރަވެވޭތީ ތަޙްޤީޤަށްޓަކައި، ދެ ފޯނު ނަންބަރެއްގެ ވެރިފަރާތުގެ މަޢުލޫމާތާއި، ކޯލް/ރެކޯޑިންގ/ޓެކްސްޓް މެސެޖް/ސެލްޓަވަރު ތަފްޞީލާއި IMEI/ICCID ނަންބަރުތައް ކޮމިއުނިކޭޝަން އޮތޯރިޓީން ހޯދުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ކޯޓު އަމުރަކަށް އެދުނެވެ.
ދައުލަތުން ބުނީ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ 50(ހ)(6) ގެ ދަށުން ރުހުން ހޯދަން ނުޖެހޭކަމަށް 2022/SC-A/24 ގައި ކަނޑައަޅާފައިވާތީ ނިންމުމަކީ ޤާނޫނުއަސާސީގެ 143(ރ) އާ ޚިލާފު ނިންމުމެއްކަމަށާއި، ފުލުހުންގެ ބާރު ހަނިވާގޮތަށް ޤާނޫނު މާނަކުރެވިފައިވާކަމަށެވެ. (ex parte މައްސަލައެއް)
މައިގަނޑު ސުވާލު
ޖިނާއީ ތަޙްޤީޤަކަށް ކޮމިއުނިކޭޝަން އޮތޯރިޓީން ފޯނު ނަންބަރުތަކުގެ ކޯލް، ރެކޯޑިންގ، ޓެކްސްޓް މެސެޖް އަދި ސެލްޓަވަރުގެ ތަފްޞީލު ހޯދުމަށް ފުލުހުން އެދުނު ކޯޓު އަމުރު، މަޢުލޫމާތުގެ ވެރިފަރާތުގެ ރުހުން ނުހޯދުމާއި ހުށަހެޅުން މާ ފުޅާކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫނުކުރުމަކީ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ 50(ހ)(6) އާއި ސުޕްރީމް ކޯޓުގެ 2022/SC-A/24 އާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލު؛ 48 ގަޑިއިރުތެރޭ ފުލުހުން އަލުން ހުށަހަޅައިފިނަމަ މި ޤަޟިއްޔާގެ އުޞޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުން ގޮތެއް ނިންމުމަށް
ކްރިމިނަލް ކޯޓުން ބިނާކުރި 2022/HC-B12/9 ގެ 20، 21، 22 ވަނަ ޕެރެގްރާފުގެ އުޞޫލުތައް ސުޕްރީމް ކޯޓުގެ 2022/SC-A/24 އިން ބާޠިލުކޮށްފައިވާތީ، އެ ޕެރެގްރާފުތައް ތަޠުބީޤުކޮށް ނިންމި ނިންމުން ޤާނޫނުއަސާސީގެ 143(ރ) ގެ އަލީގައި ބާޠިލުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮމިއުނިކޭޝަން އޮތޯރިޓީގައި ރައްކާކުރެވިފައިވާ ނުވަތަ އެ އިދާރާގެ ބެލުމުގެ ނުވަތަ ކޮންޓްރޯލްގެ ދަށުގައިވާ ޒާތީ މުއާޞަލާތާ ގުޅޭ މަޢުލޫމާތު ޖިނާއީ ތަޙްޤީޤަކަށް ހޯދެވޭނީ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގެ 6 ގެ ދަށުން ކޯޓު އަމުރެއް މެދުވެރިކޮށެވެ؛ އެއީ މަޢުލޫމާތު ހާމަނުކުރުމުގެ އާންމު އުޞޫލަށް ދެވިފައިވާ އިސްތިސްނާއެކެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-25).
- ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ 50(ހ)(6) ގެ ދަށުން ޤާނޫނު ތަންފީޛުކުރާ އިދާރާއަކަށް މަޢުލޫމާތު ދިނުމުގެ ކުރިން މަޢުލޫމާތުގެ ވެރިފަރާތުގެ ރުހުން ހޯދުން ލާޒިމެއް ނޫނެވެ؛ ރުހުން އޮތްތޯ ބަލަންޖެހޭކަމަށް 2022/HC-B12/9 ގެ 20 ވަނަ ޕެރެގްރާފުގައި ކަނޑައެޅި އުޞޫލު ސުޕްރީމް ކޯޓުގެ 2022/SC-A/24 އިން ބާޠިލުކޮށްފައިވާތީ، އެ އުޞޫލަށް ބިނާކޮށް އަމުރު ދޫނުކުރުން ޞައްޙަ ނޫނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 29.1، 35).
- ކޯޓު އަމުރަށް އެދޭއިރު 2022/HC-B12/9 ގެ 21 އަދި 22 ވަނަ ޕެރެގްރާފުގައިވާ މިންވަރަށް ތަފްޞީލު ހުށަހެޅުމާއި 'proportionality test' އިން ވަޒަންކުރުމަކީ ޤާނޫނު ލާޒިމުކުރާ ކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ، އެ ޕެރެގްރާފުތަކަށް ބިނާކޮށް ހުށަހެޅުން 'މާ ފުޅާ' ކަމަށް ބުނެ ރައްދުކުރުމަކީ ބާޠިލު ނިންމުމެކެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29.2، 35).
- ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައިވާ ޒާތީ މުއާޞަލާތުގެ ޙުރުމަތަކީ މުޠުލަޤު ޙައްޤެއް ނޫން ކަމަށާއި، އެ ޙައްޤު ހަނިކުރެވޭނީ 16 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، މިނިވަން ދިމިޤްރާޠީ މުޖުތަމަޢެއްގައި ޤަބޫލުކުރެވޭ މިންވަރަށް، ޒަރޫރަތާއި ނިސްބަތަށް (as prescribed by law, necessary, proportionate) ބަލައިގެންނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-20، 30).
- ޒާތީ މުޢާމަލާތް އަޑުއެހުމާއި ބެލުމަށް ނުވަތަ ސަރވެއިލަންސަށް ކޯޓު އަމުރަކަށް އެދޭނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 74 ވަނަ މާއްދާގެ އިޖުރާއަތާ އެއްގޮތަށް ކުރަންވާނެ ކަމަށާއި، ތަޙްޤީޤުކުރުމުގެ ބާރު، ކުށުގެ ބާވަތް، އެކަށީގެންވާ ހެކި، ސަރވެއިލަންސް ނުކޮށް ހެކި ނުލިބޭނެ ސަބަބު، އިދާރާގެ އިސްވެރިޔާގެ ހުއްދަ، މުއްދަތު އެކަށީގެންވުން ފަދަ ކަންކަން ފަނޑިޔާރު ކަށަވަރުކުރަންޖެހޭނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26).
- މިފަދަ އަމުރުތަކުގައި ކޯޓުން، ފުލުހުން ބުނާ ފަދަ ޝައްކެއް ޙަޤީޤަތުގައި އޮތްތޯ، އެ ޝައްކުގެ މައްޗަށް ތަޙްޤީޤެއް ހިންގަންޖެހޭތޯ، އަދި އަމުރު ނެރެންޖެހޭ ޕްރޮބަބަލް ކޯޒް އޮތްތޯ އެންމެ ކުޑަމިނުން ބަލަންވާނެއެވެ؛ ހަމައެކަނި ހީއެއްގެ މައްޗަށް ހެކި ހޯދުމުގެ 'ފިޝިންގ އެކްސްޕެޑިޝަނެއް' ހުޅުވާލެވޭނެ ފުރުޞަތެއް ނެތެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32).
1މިއީ،ކްރިމިނަލު ކޯޓުގެ ނަންބަރ 145-J/AN/2024/09 )14 ޖޫން 2024( "ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" އަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލތަކާއު ޚިލާފު ނިންމުމެއްކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުނ )މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް"( ހުށަހެޅުމުން ބެލެވޭ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާ ހިންގާފައިވަނީ އިސްތިއުނާފު ރައްދުވާފަރާތެއް ނެތް، އެކްސްޕޓޭ ) ex parte( މައްސަލައެއްގެ ގޮތުގައިއެވ. މައްސަލައިގައި ކަންހިގާފައިވާގޮތް ××××××××××××××××××××××××××××××××××××××××××××××××××××××××× .3 ××××××××××××××××× ކުށެއް ހިނގާފައިވާކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބުރަވެވޭތީ މިކަން އިތުރަށް ބަލައި ތަޙްޤީޤުކޮށް، ޙަޤީޤަތަށް ވާޞިލުވެ، ތުހުމަތުކުރެވޭ މީހުންނަކީ ކޮބައިކަން ދެނެގަތުމަށްޓަކައި، ×××××××× ގުޅުންހުރި މީހުންނާއި، މުޢާމަލާތްތަކުގެ ތަފްޞީލުތައް ހޯދުމުގެ ގޮތުން ކްރިމިނަލް ކޯޓަށު 12 ޖޫން 2024 ގައި ފުލުހުންގެ ފަރާތުން އެހެނިހެން ކޯޓު އަމުރަށްއެދި ފަނޑިޔާރަށް ހުށަހަޅާ ފޯމް ހުށަހަޅާފައިވެއެވެ. މި ފޯމގު އ އަންނަނިވި މޢަ ލޫމާތުތައް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސ )މީގެ ފަހުން "ކޮމިއުނިކޭޝަން އޮތޯރިޓީ"( އިން ހޯދާ ހެކި ޤަރީނާގެ ގޮތުގައި ބޭނުންކުރުމަށް އެދި ހުށަހަޅާފައިވެއެވެ.
01. ××××××× އަދި ××××××× ނަންބަރުތަކުގެ ވެރިފަރާތުގެ މ ޢަ ލޫމާތު
02. ××××××× އަދި ××××××× ނުންބަރުތަކުން ކޮށްފައިވާ އަދި ރިސީވްވެފައިވާ އެންމެހާ ފޯނު ކޯލްތަކުގެ ތަފްސީލް ތަކާއި، އެންމެހާ ކޯލްތަކުގެ ރިކޯޑިން ތަކާއި، އެންމެހާ ޓެކްސްޓުމެސެޖްގެ ތަފް ސީލްތަކާއި، ސެލްޓަވަރުތަކުގެ ތަފސީލްތައ
3××××××× އަދި ××××××× ނަންބަރުތަކުގެ ސިމްކާރޑް ބޭނުންކޮށްފައިވާ މޯބައިލް ފޯންތަކުގެ އައި.އެމް.އީ.އައި ނަންބަރުތަކާއި، އެ ސިމްކާރޑުތަކުގެ އައި.ސީ.ސީ.އައި.ޑީ ނަންބަރުތައް
4މި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު J/ECA/2024/307-145 ކޯޓު އަމުރނު ××××××× އަދި ××××××× ނަންބަރުތަކުގެ ވެރިފަރާތުގެ މ ޢަ ލޫމާތާއި އެ ސިމް ކާރޑް ބޭނުންކޮށްފައިވާ މޯބައިލް ފޯނުތަކުގެ އައި.އެމް.އީ.އައި ނަންބަރުތަކާއި، އެ ސިމްކާޑުތަކުގެ އައި.ސީ.ސީ.އައި.ޑީ ނަންބަރުތައް ކޮމިއުނިކޭޝަން އޮތޯރިޓއިނ ހޯދުމަށް އަމުރުކޮށްފައިވެއެވެ.
5އެ އަމުރަށް އެދި ހުށަހެޅު ފަރާތުން އިތުރަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/AN/2024/09 )14 ޖޫން 2024( ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތުގައިއެވެ.
6ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/AN/2024/09 )14 ޖޫން 2024 ( ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތުގައި ނިންމާފައިވަނީ ފުލުހުންގެ ފަރާތުން ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރުތަކުން ކޮށްފައިވާ އަދި ރިސީވްވެފައިވާ އެންމެހާ ފޯނު ކޯލްތަކުގެ ތަފްސީލެ ތަކާއި، އެންމެހާ ކޯލްތކުގ ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު 171/ECF/2024/808 އެހެނިހެން ކޯޓު އަމުރަށް އެދި ފަނާ ޑިޔާރަށ ހުށަހަޅާ ފޯމު )12 ޖޫން 2024( ރިކޯޑިންގތަކާއި، އެންމެހާ ޓެކްސްޓް މެސެޖްގެ ތަފްސީލު ތަކާއި، ސެލްޓަވަރުތަކުގެ ތަފްސީލތައ ކޮމިއުނިކޭޝަން އޮތޯރިޓީން ހޯދުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން އެދިފައިވާ ގޮތަށް އަމުރެއް ނެރެދެވެން ނެތްކަމަށެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 24/09J/AN/20-145 )14 ޖޫން 2024( ނިންމުން
7ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/AN/2024/09 )14 ޖޫން 2024 ( ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތުގައިފުލުހުންގެ ފަރާތުން ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރުތަކުނ ކޮށްފައިވާ އަދ ރިސީވްވެފައިވާއެންމެހާ ފޯނު ކޯލްތަކުގެ ތަފްސީލްތަކާއި، އެންމެހާ ކޯލްތަކުގ ރިކޯޑިންގތަކާއ، އެންމެހާ ޓެކްސްޓް މެސެޖްގެ ތަފްސީލު ތަކާއި، ސެލްޓަވަރުތަކުގެ ތަފްސީލތައ ކޮމިއުނިކޭޝަން އޮތޯރިޓީނެ ހޯދުމަށްޓަކައި ދ ވެހި ފުލުހުންގެ ޚިދުމަތުން އެދިފައިވާ ގޮތަށް އަމުރެއް ނެރެދެވިނ ނެތްކަމަށް ނިންމުމަށިވާޞިލު ވ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
7.1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/9 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނގުޤާނޫނުގެ ދަށުން އެދިފައިވާފަދަ މާ ޢަލޫމާތު ދޫކުރުމުގެ އިސްތިސްނާ ޙލަތްތަކެއްވާކަން އަދި އެފަދަ އަމުރަކަށް ފުލުހުންނަށް އެދެވިދާނެކަން އެނގެން އޮންނަކަމަށާއި،
7.2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/9 ޤަޟިއްޔާގެ ވާގިއާތަކާ ޚިލާފަށް ××××××××××××××××××××××××××××××××××××××××××××××××××××××،×××××××××××××××××××××××××××××××××××××××××××××××××××××× އެހެންނަމަވެސް، ޤާނޫނު ނަންބަރ 2015/43 )ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނގް ޤާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނގެ ޤާނޫނު"( ގ 50 ވަނަ މާއްދާއަށް ބެލުމުން ތަޙެ ޤީޤްގ ބޭނުމަށް މޢަ ލޫމާތު ހޯދިދާނެކަން އެނގެން އޮންނަކަމަށާއި،
7.3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/9 ޤަޟިއްޔާގައި ޒާތީ މުއާޞަލާތީ މ ޢަލޫމާތ ހޯދުމުގެ ކުރިން އެ މްޢ ލޫމާތު ނިސްބަތްވާ ފަރާތެއްގެ ރުހުން އޮތްތޯ ނެތްތޯ ބަލަންޖެހޭކަން އެނގެންއޮންނަކަމަށާއި،
7.4. މި މައްސަލައިގައި އ××××××××××××××××××××××××××××××××××××××××× ×××××××××××××××××××××××××××××××××××××××××××××××××××××× އެކަން ސާފުކޮށްފައިނުވާކަމަށާއި،
7.5. މި މައްސަލައިގައި ކޯޓު އަމުރަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރުތަކުން ކޮށްފައިވާ އަދި ރިސީވްވެފައިވާ އެންމެހާ ފޯނު ކޯލްތަކުގެ ތަފްސީލާތަކާއި، އެންމެހާ ކޯލްތަކުގެ ރިކޯޑިންގތަކާއި، އެންމެހެ ޓު ކްސްޓެ މެސެޖްގު ތަފްސީލެ ތަކާއި، ސެލްޓަވަރުތަކުގެ ތަފްސީލަތަކަށް އެދިފައިވާއިރު، އ މ ޢ ލޫމާތުތަކަކީ ޒާތީ މުއާޞަލާތްތައް ރައްކާތެރި ކުރުމަށް އޮތް ޙައްޤާއި އަޅާ ބަލާއިރު މާފުޅާ ހުށަހެޅުމެއް ކަމަށެވެ.
8ކްރިމިނަލް ކޯޓު ގ ނަންބަރ 145-J/AN/2024/09 )14 ޖޫން 2024 ( ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތްނިންމާފައިވަނ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެނިންމުނ އިސްތިއުނާފު ކުރުމަށް 02 )ދާ އޭ( ނުކުތާ ހުށަހަޅައިއެނުކުތު ތަކާއ މެދު ދިވެހިރާއްޖޭގެހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އގޮތުން ހުށަހެޅި ނުކުތާތަކަކީ؛
8.1. އިސްތިއުނާފުކުރާ ނިންމުމުގައި، ފުލުހުން ހިންގާ ތަޙަޤީޤަކާއި ގުޅިގެން، މީހެއްގެ ޒާތީ މުއާޞަލާތާއް ގުޅުންހުރި މަޢުލޫމާތު ހޯދުމުގެ ކުރިން، އެ މ ޢ ލޫމާތު ނިސްބަތްވާ ފަރާތެއްގެ ރުހުން އޮތްތޯ ބަލަންޖެހޭގޮތަށް ނިންމާފައިވާ ނިންމުމަކީ،ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނގ ޤާނޫނުގެ 50 ވަނަ މާއްދާގެ )ހ( ގ 6 ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
8.2. އިސްތިއުނާފުކުރާ ނިންމުމުގައި، ފުލުހުން ކޯޓު އަމުރަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރުތަކުން ކޮށްފައިވާ އަދި އެ ނަންބަރުތަކަށް ލިބިފައިވާ އެންމެހައި ފޯނު ކޯލްތަކުގެ ތަފްސީލާއި، އެންމެހައި ކޯލްތަކުގެ ރިކޯޑިންގތަކާއި، އެންމެހައި ޓެކްސްޓް މެސެޖްތަކުގެ ތަފްސީލް ތަކާއި، ސެލްޓަވަރުތަކުގެ ތަފްސީލްތަކަށް ފުލުހުން އެދިފައިވާ އެދުމަކީ، ޒާތީ މުއާޞަލާތްތައް ރައްކާތެރިކުރުމަށ އޮތް ޙައްޤާ އަޅާ ބަލާއިރު، މާ ފުޅާ ހުށަހެޅުމެއްކަމަށް ނިންމާފައިވާ ނިންމުމަކީ، ޤާނޫނުއަސާސީގެ 244 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 34/2020 )ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު( )މީގެ ފަހުން "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު"( ގެ 22 ވަނަ މާއްދާގެ )ނ(، )ޅ(، )މ(، ) ފ ( އާއި، ޤާނޫނ ނަންބަރ 4/2011 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު( )މީގެ ފަހުން "މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނ"( ގެ 17 ވަނަ މާއްދާއާއި، 25 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/AN/2024/09 )14 ޖޫން 2024( ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތުގައި، ފުލުހުން ހިންގާ ތަޙްޤީޤަކާއި ގުޅިގެން، ޒާތީ މުއާޞަލާތުތަކާއި ގުޅޭ މްޢެލޫމާތު ކޯޓު އަމުރެއގަ ދަށުން ހޯދުމަށް ފުލުހުން މަސައްކަތްކުރުމުގައި، މީހެއްގެ ޒާތީ މުއާޞަލާތާއި ގުޅުންހުރި މަޢުލޫމާތު ހޯދުމުގެ ކުރިން އެ މ ޢ ލޫމާތު ނިސްބަތްވާ ފަރާތް ނުވަތަ އެ ފަރާތުގެ މ ޞަ ލަޙަތު ޙިމާޔަތްކޮށްދޭ މީހެއްގެ ރުހުން އޮތްތޯ ބަލަންޖެހޭގޮތަށ ނިންމާފައިވާ ނިންމުމާއި،
10ފުލުހުން މި މައްސަލައިގައި ކޯޓު އަމުރަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ފޯނު ނަންބެ ރުތަކުނަ ކޮށްފައިވާ އަދި އެ ނަންބަރުތަކަށް ލިބިފައިވާ އެންމެހައި ފޯނު ކޯލްތަކުގެ ތަފްސީލާއި، އެންމެހައި ކޯލްތަކުގ ރިކޯޑިންގތަކާއި، އެންމެހައި ޓެކްސްޓް މެސެޖްތަކުގެ ތަފްސީލްތަކާއި، ސެލްޓަވަރުތަކުގެ ތަފްސީލްތަކަށ އެދިފައިވާ އެދުމަކީ، ޒާތީ މުއާޞަލާތްތައް ރުއްކާތެރިކުރުމަށް އޮތް ޙައްޤާ އަޅާ ބަލާއިރު، މާ ފުޅާ ހުށަހެޅުމެއްކަމަށް ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުންތަކެއް ކަމަށް ކަނޑައަޅައި،
11މި މައްސަލައިގައި އަލުން ފުލުހުންގެ ފަރާތުން ކޯޓު އަމުރަކަށް އެދި ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައި ހައިކޯޓުނ ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އެ ހުށަހެޅުމާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންޖެހޭކަމަށް ކަނޑައަޅައިދިނުމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުނ ދެއްކި ވާހަކައިގެ ޚުލާސާ
12އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑުގޮތެއްގައ ބުނެފައިވަނީ،ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނގް ޤާނޫނުގެ 50 ވަނަ މާއްދާގެ )ހ( ގެ 6 ވަނަ ނަންބަރަށް ބަލާއިރު ޖިނާއީ ތަޙްޤީޤެއްގެ ބޭނުމަށް ޒާތީ މ އުޞަލާތީ މޭ ޢް ލޫމާތު ހޯދުމަށް އެދަ ނަމަ، ކޯޓު އަމުރެއްގެ ދަށުނ ހޯދިދާނެކަން އެނގޭކަމަށާއި، އެ މާއްދާގެ ދަށުން މޭ ޢލޫމާތު ނިސްބަތްވާ ފަރާތުގެ ރުހުން ހޯދަން ނުޖެހޭ ކަމަށެވެ. އަދި، އެ މާއްދާގެ 2 ވަނަ ނަންބަރުގެ ދަށުން މ ޢަ ލޫމާތުގެ ވެރިފަރާތުގެ ހުއްދަ ލިބިގެން މ ޢީ ލޫމާތު ހޯދުމަކ މަޢުލޫމާތިހޯ ދެ ދާނެ ތަފާތު ދެގޮތެއްކަމަށެވެ. ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/24 ޤިޟިއްޔާގައިދެވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނގ ޤާނޫނުގެ 50 ވަނަ މާއްދާގެ )ހ( ގ 6 ވަނަ ނަންބަރުގެ ދަށުން މޢަ ލޫމާތު ހޯދުމަށް މެޢް ލޫމާތުގެ ވެރިފަރާތުގެ ރުހުން ހޯދަން ނުޖހޭނެކަމަށ ނިންމާފައިވާއިރު މި މައްސަލައިގައި ××××××××××××××××××× ރުހުން ހޯދާފައިނުވާތީ އެކަމަށް ރިޢާޔަތްކޮށްފައިވުމުން އިސްތިއުނާފުކުރެވޭ ނިންމުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފުކަމަށެވެ.
13އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލުގައ ދައުލަތުން ފާހަގަކޮށްފައިވަނީ ޤާނޫނުއަސާސީގެ 244 ވަނަ މާއްދާއާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ޖިނާއީ ތަޙްޤީޤެއްކޮށް ހެކި ހޯދުމަކީ ފުލުހުންނަށް ލިބިފައިވާ ބާރެއް ކަމަށް ވީހިނދު، އިސްތިއުނާފުކުރެވެ ނިންމުމުން ފުލުހުންނަށް ލިބިދީފައިވާ ބާރު ގެއްލިގެންދާގޮތަށް މާނަކޮށްފައިވާކަމަށެވެ. އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއާ 25 ވަނަ މާއްދާއާ ޚިލާފަށް އިސްތިއުނާފުކުރެވޭ ނިންމުމުގެ ސަބަބުން ފުލުހުންނަށް ޤާނޫނުން މަތިކޮށްފައިވާ ބާރުތައް ހަނިވެގެންދާކަމަށެވެ.
14މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭނީ، ކްރިމިނަލް ކޯޓުގެ 14 ޖޫން 2024 ގެ ނަންބަރ J/AN/2024/09-145 "ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" ގައި ×××××××× އދ ××××××× ނުންބަރުތަކުން ކޮށްފައިވާ އަދި ރިސީވްވެފައިވާ އެންމެހާ ފޯން ކޯލްތަކުގެ ތަފްސީލުތަކާއި، އެންމެހާ ކޯލް ރިކޯޑިންގތަކާއި، އެންމެހާ ޓެކްސްޓް މެސެޖްގެ ތަފްސީލުތަކާއި، ސެލްޓަވަރުތަކުގެ ތަފްސީލުތައް ކޮމިއުނިކޭޝަން އޮތޯރިޓީއިން ހޯދުމަށްޓަކައި ދިވެހި ފުލިހުންގެ ޚިދުމަތުން އެދިފައިވާ ގޮތަށް އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައެޅުމުގައި؛
14.1 ފުލުހުން ހިންގާ ތަޙްޤީޤަކާއި ގުޅިގެން، މީހެއްގެ ޒާތީ މުއާޞަލާތާއި ގުޅުންހުރި މަޢުލޫމާތު ހޯދުމުގެ ކުރިން، އެ މަޢުލޫމާތު ނިސްބަތްވާ ފަރާތެއްގެ ރުހުން އޮތްތޯ ބަލަންޖެހޭގޮތަށް ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ 50 ވަނަ މާއްދާ ގެ )ހ( ގ 6 ވަނަ ނަންބަރާއި އަދި މިކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/24 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ހަމައާ ޚިލާފު ނިންމުމެއްތޯއާއި،
14.2 ފުލުހުން އެދިފައިވާ އެދުމަކީ، ޒާތީ މުއާޞަލާތްތައް ރައްކާތެރިކުރުމަށް އޮތް ޙައްޤާ އަޅާ ބަލާއިރު، މ ފުޅާ ހުށަހެޅުމެއްކަމަށް ނިންމާފައިވާ ނިންމުމަކީ، ޤާނޫނުއަސާސީގެ 244 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރ 2020/24 )ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު( ގެ 22 ވަނަ މާއްދާގެ )ނ(، )ޅ(، )މ(، )ފ( އާއި، ޤާނޫނު ނަންބަރ 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު(ގ 17 ވަނަ މާއްދާއާއި 25 ވަނަ މާއްދާއާއި، އަދި މިކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/24 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމާއި ޚިލާފު ނިންމުމެއްތޯއެވެ.
15ފުލުހުން އެދިފައިވާ ފަދައިން އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކ ޓުނީ ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވަނެ ދިވެހިރާއްޖޭގ ހައިކޯޓުގ ނަންބަރު 2022/HC-B12/9 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އަންނަނިވި އުޞޫލަށެވެ.
15.1 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/9 ޤަޟިއްޔާގެ )20 ވަނަ ޕެރެގްރާފްގައި( ބަޔާންކޮށްފައިވާ ޒާތީ މުއާޞަލާތާއި ގުޅުން ހުރި މަޢުލޫމާތެއް ހޯދުމުގެ ކުރިން އެ މަޢުލޫމާތު ނިސްބަތްވާ ފަރާތެއްގެ ރުހުން އޮތްތޯ ނުވަތަ ނެތްތޯ ބެލުމަކީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގެ ބޭނުމެއްޓަކައި މުހިންމު ކަމެއްކަން
15.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/9 ޤަޟިއްޔާގެ )21 ވަނަ ޕެރެގްރާފްގައި( ބަޔާންކޮށްފައިވާ ފަދައިން މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވުމަށްފަހު، އެ މައްސަލައާއި ގުޅިގެނ އޭނާއަށް ނިސްބަތްކޮށްފައިވާ ނަންބަރުތަކުން ކޮށްފައިވާ އަދި ނަންބަރުތަކަށް ރިސީވްވެފައިވާ އެންމެހާ ކްރިމިނަލް ކޯޓުގެ ނަންބަރު J/AN/2024/09-145 )14 ޖޫން 2024( ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތުގެ 15 ވަނަ ނުކުތާ ފޯނު ކޯލްތަކާއި، އެންމެހާ ކޯލްތަކުގެ ރިކޯޑިންގތަކާއި، އެންމެހާ ޓެކްސްޓް މެސެޖްތަކުގެ ތަފްސީލްތަކަށް އެދުމުން، އެއީ ޒާތީ މުއާޞަލާތުތައް ރައްކާތެރިކުރުމަށް އޮތް ޙައްޤާއި އަޅާ ބަލާއިރު، މާފުޅާ ހުށަހެޅުމެއް ކަމުގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް
16ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/9 ޤަޟިއްޔާގައި ނިންމާފައިވާ ބައެއް ކަންކަން ޤާނޫނީ އުސޫލުތަކާއު ޚިލފާ ކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖ ނެރަލްގެ އޮފީހުން ހުށަހެޅި އިސްތިއުނާފ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 2022/SC-A/24 ޤަޟިއްޔާއިންނެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-B12/9 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގި 20 ވަނަ ޕެރެގްރާފާއި، 21 ވަނަ ޕެރެގްރާފާއި އަދ 22 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ކަންކަމަކީ ޤާނޫނީ ހަމަތަކާއި ޚިލާފު ނިންމުންތަކެއް ކަމުގައެވެ.
17ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/9 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރާފާއި، 21 ވަނަ ޕެރެގްރާފަކީ މިހާރު މި އިސްތިއުނާފުގައި ބަހުސްކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/AN/2024/09 ނިންމުމަށް ވާސިލުވުމުގައި ރިޢާޔަތްކޮށްފައިވާ ޕެރެގްރާފުތައް ކަމުގައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/9 ޤަޟިއްޔާގެ އިސްތިއުނާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އ ޞލު ދެނެގަތުން މުހިންމެވެ. އެއީ ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/AN/2024/09 ނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށް އެއްވެސް މިންވަރަކަށް ޙަވާލދީފައިނުވާތީއެވެ.
18ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/9 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 20 ވަނަ ޕެރެގްރާފާއި، 21 ވަނަ ޕެރެގްރަފާއި އަދި 22 ވަނަ ޕެރެގްރާފްގައި ކަނޑައަޅާފައިވާ އުޞޫލު ތައު ކްރިމިނަލް ކޯޓުގެ ނަންބަރު J/AN/2024/09-145 )14 ޖޫން 2024( ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތުގެ 19 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/24 ޤަޟިއްޔާއިން ބާޠިލުކޮށްފައިވެއެވެ. އަދި މިފަދައިން ބާޠިލުކުރުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.
18.1 ދިވެހިރއްޖޭގާ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ 50 ވަނަ މާއްދާގެ )ހ( ގެ 6 ވަނަ ނަންބަރު ގައި "ޖިނާއީ ކުށެއް ހުއްޓުވުމަށް ނުވަތަ އެފަދާ ކުށެއްގެ ތަޙްޤީޤަށް ބޭނުންވެގެން، ކޯޓު އަމުރެއްގެ ދަށުން، ނުވަތަ ޤާނޫނުގައި ކަނޑާއަޅާފައިވާ ގޮތުގެ މަތިން، ޖިނާއީ ތަޙްޤީޤު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް މަޢުލޫމާތު ހާމަކުރުން" މިހެން ބަޔާންކޮށްފައިވާއިރ،އެ މަޢުލޫމާތު ހާމަކުރުމުގެ ހުއްދަ އޭގެ ވިރިފަރާތުން ހޯދަން ޖެހޭކަމަށް މ އަކުރުގައި ބަޔާންކޮށްފައިނުވާކަމުގައެވެ. ފުލުހުން ހޯދުމަށް އެދިފައިވާ މަޢޫލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަށް ދިނުމުގެ ކުރިން އޭގެ ވެރިފަރާތްތަކުގެ ހުއްދަ ހޯދުން ލާޒްމ ކުރާނަމަ ތަޙެ ޤީޤަށް ވަރަށް ބޮޑެތި ދަތިތަކާއި ހުރަސްތަކެއް ކުރިމަތިވެ މުޖުތަމަޢުގެ ޙައްޤު ގެއްލުމުގެ ފުރުޞަތު އޮންނާނެކަމުގައެވެ. މިގޮތުން އަންނަނިވި ޙާލަތްތައް ފާހަގަކޮށްފައިވެއެވެ.
18.1.1 މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން އާންމު ގޮތެއްގައި ބޭނުންކުރާ ނަންބަރުގެ ވެރިފަރާތަކީ މަރުވެފައިވާ ފަރާތަކަށްވެސް ވެދާނެކަމާއި، ރާއްޖެ ދޫކޮށްފައިވާ ބިދޭސީއަކަށްވެސް ވެދާނެކަމާއި، މި ޙާލަތުގައި ވީ ރ ފަރާތުގެ ރުހުން ހޯދުން ލާޒިމްކުރުމަކ ހަމަޖެހޭ ކަމެއް ނޫންކަން
18.1.2 ތުހުމަތުކުރެވޭ މީހާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަނަބަރެއް ކަމުގައި ނުވިނު މަވީ ސ، އޭނާ އެ ނަންބަރު ބޭނުންކުރާކަމަށް އެއްބަސްވާ ޙާލަތުގައި ވެރިފަރާތަކީ އެހެން މީހެއް ކަމުގައިވާއިރު، ވެރިފަރާތުގެ ރުހުން ހޯދުން ލާޒިމުކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެކަން
18.1.3 މިފަދަ މަޢުލޫމާތު އާންމުކޮށް ހޯދަން ބޭނުންވަނީ ތޙަ ޤީޤުގ އެންމެކުރީ ކޮޅުކަމަށްވެފައި، ތުހުމަތުކުރެވްމީހާއަށް ތ ޙަ ޤީޤު ހިނގާކަން ރޭކާނުލާ އޮންނަ ޙާލަތުގައި، މިކަމުގައި ކޯޓު އަމުރެއް ހޯދައިގެން އެކަންކުރުމުގެ ކުރިން އޭނާގެ ރުހުން ހޯދަން އުޅެގެންފިނަމަ، އޭނާއާއި ގުޅިފައި ތްބި އެހެން ފަރާތްތަކަށް އެކަން އެނގި އެ މީހުންގެ ރޭވުންތައް ބަދަލުކޮށް ހެކި ނައްތާލަން ފުރުޞަތު ފަހިވެދާނެކަން
18.1.4 ތުހުމަތުކުރެވޭ މީހާގެ ރުހުން ހޯދަން އުޅެގެންފިނަމަ، އޭނާއާއި ގުޅިފައިވާ ފަރާތްތަކަށް ރޭވުންތައް ބަދަލުކުރުމާއި ކަންކަން އަވަސްކޮށް ފަސްކޮށް ހެދުމުގެ ފުރުޞަތު ލިބި، ތާޙް ޤީޤުގައި ކުރެވިފައިވާ ހުރިހާ މަސައްކަތެއް ބޭކާރުވެދާނެތީ މި ޙް ލަތުގައިވެސ ވެރިފަރާތުގެ ރުހުން ހޯދަން ލާޒިމުކުރުމަކީ ހަމަޖެހޭ ކަމަކަށްނުވާނެކަނ
18.2 ޤާނޫނުއަސާސީގެ 244 ވަނަ މާއްދާއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ )ޅ( ގެ ބޭނުމަކީ ކުށް ހުއްޓުވުމާއި، ކުށުގައި ޝާމިލުވާ އެންމެންގެ ތަޙްޤީޤު އެކަށީގެނެ ވާ ގޮތެއްގައި ކުރިއަށްގެންދިޔުން ކަމަށްވެފައި، ކޯޓު އަމުރަކަށް އެދޭއިރު، ހައިކޯޓުން ބަޔާންކޮށްފައިވާ މިންވަރުގެ ތަފްޞީލު ހުށަހަޅައިގެން އެ ހުދޫދުގެ ތެރޭގައެތަޙްޤީޤު ކުރަންވެއްޖެނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެޤާނޫނުގޫ މަޤްޞި ދ ގެއްލިގެންދާނެކަމުގައެވެ. އަދި އެ ޤާނޫނުނަ ފުލުހުންނަށް ކޯލް ރެކޯޑު ޑީޓެއިލްސް ހޯދައިގެން ތަޙްޤީޤުކުރުމަށް ދީފައިވާ ބާރު އެކަށީގެންވާ ގޮތުގައި ބޭނުންކުރުމަށް ހުރަސް އެޅިގެންދާނެކަމުގައެވެ. 19 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ކޮންމެ މީހަކު އަނެކުންނާ ކުރާ ޒާތީ މުއާޞަލާތުތަކަކީ ހުރުމަތްތެރިވެގެނވ ކަމެއް ކަމުގައި ބަޔާންކުރެއެވެ. މި މާއްދާއަކީ އަސާސީ ޙައްޤުގެ ބާބުގައި ޝާމިލުވާ މާއްދާއެކެވެ. މިއީ މުތުލަޤު ޙައްޤެއްގެ ގޮތުގައި އޮތް މާއްދާއެއްތޯ ބަލާއިރު، އެކަން ވަޒަންކުރަނޖެހޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ ތަރަހައިގެ ތެރެއިންނެވެ. ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވަނީ އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ގުޅޭ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާނޭ ގޮތުގެ މަތަ ން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީ ކަށަވަރުކޮށްދޭކަމުގައެވެ. އަދި ހަމައެއާއެކު، މިއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަ ނޫނަކުންކަމުގައި ބަޔާންކުރެއެވެ. އަދި މިފަދައިން ހިފެހެއްޓޭނީ މިނިވަން ދިމިޤްރާތީ މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވޭ ނކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ. 20 މި ޙައްޤު ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި އެއްވެސް މިންވަރަކަށް ގައިދުކް ރެވިފައިވޭތު ބަލާއިރު، މ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޙަވާލާދޭ ޤާނޫނުތަކުގެ މާއްދާތަކަށް ބެލުން މުހިންމެވެ. އެއީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުވެފައިވާ ޙައްޤު ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީހުގެ ފަރާތުން ޙަވާލާދޭ ޤާނޫނުތަކުގެ ނައްސުން ގައިދުކޮށްފައިވޭތޯ ބެލުމަށެވެ. 21 ސިފި އަންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކެއް ދިވެހިރާއްޖޭގައި ޤާއިމުވެފައި އޮންނަނީ ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ޞުލްޙަވެރިކަމަ އ އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނެ މަގުތައް ތަނަވަސްކޮށްދިނުމށެވެ. މުޖުތަމަޢުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ދިވެހިރާއްޖޭގައި އުޅޭ އެންމެހައު މީހުނަޙިމާޔަތް ކޮށްދީ އެބައިމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމާއި، ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމާއި، ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ޤާނޫނުއަސާސީގެ 236 ވަނަ މާއްދާ މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންވާނ ތައްޔާރީތައް ކުރުމާއި، އަދި ޤާނޫނު ނެގެހެއްޓުމަކީ ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަޤްޞަދވި.މިއީ ޤާނޫނުއަސާސީގައި ސަލާމަތީ ޚިދުމަތް ޤާއިމްކުރުމުގެ ބޭނުމާއި، ފުލުހުންގެ ޚިދުމަތުގެ މަޤްޞަދު ބަޔާންކުރާ ގޮތެވެ. 22 މިކަން އިތުރަށް ތަފްޞީލުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނ ގައެވެ. މިގޮތުން، މި ޤާނޫނުގު މަޤްޞަދުގެ ތެރޭގައި ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި، ޖިނާއުކުށްކުރުން ހުއްޓުވައި، ތަޙްޤީޤުކޮށް، ޤާނޫނު ތަންފު ޒީކޮށް ޤާނޫނ ނެގެހެއްޓުމަށް ބޭނުންވާ ޤާނޫނީ ބާރާއި އިޚްތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭ މުއައްސަސާއެއް ޤާއިމުކުރުން ހިމެނެއެވެ. 23 ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ތަޙްޤީޤަކާއިގުޅިގެން، ޒާތީ މުޢާމަލާތެއް އަޑުއެހުމާއި ބެލުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅިދާނެއެވެ. މިގޮތުން ކުށެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭނަމަ، ނުވަތަ ކުށެއް ކުރަންމުންދާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތުކުރެވި އެކަމުގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ، ން ވީތަ އެ މުޢާމަލާތެއް ސަރވެއިލްކޮށްގެން މެނުވީ، ކުށެއް ކުރިކަމުގެ ހެކި ލިބެންނެތްކަމަށ ޤަބޫލުކުރެވޭނަމަ، ސިޓީއާއި އާމެއިލް މެދުވެރިކޮށް ހިންގާ ޒާތީ މުޢާމަލާތުތަކާއި، މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް ހިންގާ ޒާތީ މުޢާމަލާތުތައް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ. 24 އިސްވެ ބަޔާންކުރަނިވި ތަރަހައިގެ ތެރެއިން އަނެކުންނާ ކުރާޒާތީ މުއާޞަލާތތައް ރައްކާތެރިކުރުމުގ ޙައްޤު ހަނިކުރުމުގެ އިތުރުން، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ ދަށުންވެސް މި ޙައްޤު ގ އިދުކުރެއެވެ. މި ޤާނޫނުގެ އާންމު އުޞޫލަކީ މީހެއްގެ ޒާތީ މަޢުލޫމާތު ނުވަތަ މުއާޞަލާތާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނުވަތަ ލިޔުމެއް ހާމަނުކުރުމެވެ. އެހެނަސް، މި އާންމު އުޞޫލުގެ އިސްތިސްނާތައް ބަޔާންކުރަނީ މި ޤާނޫނުއަސާސީގެ 244 ވަނަ މާއްދާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 74 ވަނަ މާއްދާގެ )ށ( އަދި )ނ( ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ 49 ވަނަ މާއްދާ ޤާނޫނުގެ 50 ވަނަ މާއްދާގައެވެ. މި މައްސަލައިގެ ބޭނީމަށު މުހިންމުވަނ މި މާއްދާގެ )ހ( ގެ 6 ވަނަ ނަންބަރެވެ. އެ ނަންބަރުގައިވަނީ ޖިނާއީ ކުށެއް ހުއްޓުވުމަށް ނުވަތަ އެފަދަ ކުށެއްގެ ތަޙްޤީޤަށް ބޭނުންވެގެން، ކޯޓު އަމުރެއްގެ ދަށުން، ނުވަތަ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، ޖިނާއީ ތަޙްޤީޤު ހިންގުމުގެ ބާރީލިބިފައިވާ އިދާރާއަކަށް މަޢުލޫމާތު ހާމަކުރުމަކީ އާންމު އުޞޫލަށް ދެވިފައިވާ އިސްތިސްނާއެއް ކަމުގައެވެ. އަދި އެ މޭރުމުން މަޢުލޫމާތު ހާމަކުރުމަށް ޤާނޫނު ހުރަސްނާޅާކަމުގައެވެ. 25 އެހެންކަމުން، މި މާއްދެ ގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީގައި ރައްކާކުރެވިފައިވާ ނުވް ތ އެ އިދާރާގެ ބެލުމުގެ ދަށުގައި ނުވަތަ ކޮންޓްރޯލްގެ ދަށުގައި ހުރި މަޢުލޫމާތު ހޯދުމަށް އެދެވޭނެ ގޮތަކީ ކޯޓު އަމުރެއް މެދުވެރިކޮށްކަމާމެދު އެއްވެސް ބަހުސެއްނެތެވެ. 26 މިސާލަކަށް ޒާތީ މުޢާމަލާތް އަޑުއެހުމާއި ބެލުމުގައި ކޯޓު އަމުރަކަށް އެދޭނަމަ، އެކަން ކުރަންވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާއި އެއްގޮތަށެވެ. އަދި ޒާތީ މުޢާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް ކޯޓަށް އެދުމި އ، އެކަމުގައި އަމުރަކަށް އެދުމުން، ކޯޓު އަމުރު ނެރުމުގައި ފަނޑިޔާރު ކަށަވަރުކުރަންޖެހޭ ކަންކަން މ މާއްދާގެ )ޅ( ގައި ބަޔާންކުރެއެވެ. މިގޮތުން،ތުޙުމަތުކުރެވޭ ކުށަކީ ކޯޓު އަމުރަކަށް އެދޭ އިދާރާއަށް ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ ކުށެއްތޯ، އެއީ ޤާނޫނުގައި ބަޔާންކުރާ ބާވަތުގެ ކުށެއްތޯ، ތުހުމަތުކުރެވޭ ކުށާއި ގުޅޭ ގޮތުން އެކަށީގެންވާ ހެކި ލިބިފައިވޭތޯ، ސަރް ވެއިލަންސ ކޮށްގެނ މެނުވީ ހެކި ލިބެންނެތް ކަމަށް ޤަބޫލުކުރެވޭ ސަބަބުތައްވޭތޯ، ސަރވެއިލަންސްކުރުމުގެ ހުއްދައަށް އެދުމަށް އިދާރާގެ އިސްވެރިޔާ ހުއްދަ ދީފައިވޭތޯ، ސަރވެއިލަންސް ހިންގުމަށް އެދޭ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްތޯ، އަދި އަމުރު ނެރުމަށް ބޭނުންވާ އެހެނިހެން މަޢުލޫމާތު ލިބިފައިވޭތޯ، މިކަންކަމަކީ ފަނޑިޔާރު ކަށަވަރުކުރަންޖެހޭ ކަންކަމެވެ. 27 މި މައްސަލައިގެ ޙަޤީޤަތްތަކަށް ބަލާއިރު، ފުލުހުންގެ ފަރާތުން ހޯދުމަށް އެދިފައިވާ މަޢުލޫމާތުތަކަކީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ބެލުމުގެ ދަށުގައި ނުވަތަ ކޮންޓްރޯލްގެ ދ ށުގައި ހުރި މަޢުލޫމާތުތައްކަނ ސާފެވެ. މިކަން ކްރިމިނަލް ކޯޓުގެ ނަންބަރު J/AN/2024/09-145 ނިންމުމުގައިވެސް ފާހަގަކޮށްފައިވެއެވެ.އަދި ހަމައެއާއެކު، ފޯމާއެކު ހުށަހަޅފައިވ ××××××××××××××××××××× ބަލާއިރު، ކުށެއް ހިނގާފައިވާކަމަށި ބެލުމުގެ އިޙްތިމާލު އޮތްކަމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތަށް މި ހާދިސާގައި ××××××××××××××××××××××××××××××××× ކުށެއް ހިނގާފައިވާކަމަށް އެކަށީގެންވާ ސަބަބުތަކެއް ހުރި ކަމުގައި ދެކޭ ކަމުގައިވެސް ކްރިމިނަލް ކޯޓުގެ ނަންބަރ J/AN/2024/09-145 ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. 28 އެހެނަސް، މިކަންކަން ފާހަގަކުރުމާއިއެކުވެސް، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/AN/2024/09 ނިންމުމުން ނިންމާފައިވަނީ ××××××× އަދި ××××××× ފޯނު ނަންބަރުތަކުން ކޮށްފައިވާ އަދި ރިސީވްވެފައިވާ އެންމހެފޯން ކޯލްތަކުގެ ތަފްޞީލުތަކާއި، އެންމެހާ ކޯލްތަކުގެ ރިކޯޑިންގތަކާއި، އެންމެހާ ޓެކްސްޓް މެސެޖްގެ ތަފްޞީލުތަކާއި، ސެލްޓަވީރް ތަކުގެ ތަފްޞީލުތައް ކޮމިއުނިކޭޝަން އޮތޯރިޓއިނ ހޯދުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން އެދިފައިވާ ގޮތަށް އަމުރެއް ނެރެދެވެން ނެތްކަމުގައެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-B12/9 ޤަޟިއްޔާގައި ޒާތީ މުއާޞަލާތާއި ގުޅުންހުރި މަޢުލޫމާތެއް ހޯދުމުގެ ކުރިން އީ މަޢުލޫމާތެއްނިސްބަތްވާ ފަރާތެއްގެ ރުހުން އޮތްތޯ ނުވަތަ ނެތްތޯ ބެލުމަކީ މުހިންމުކަމެއ ކަމުގައި ބަޔާންކުރާތީ، ހޯދުމަށް އެދޭ މަޢުލޫމާތުތައް ނިސްބަތްވަނީ ×××××× ×××××××××، އެ ފަރާތްތަކުގެ ބަހެއް ހޯދައި އެ ފަރާތްތަކުގެ ރުހުން އޮތްތޯ ނެތްތޯ ނުބަލާންވީ ސަބަބެއް ނެތްކަމުގައި ކްރިމިނަލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށެވެ. އަދި ހަމައެއާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ކްރިމިނަލް ކޯޓުގެ ނަންބަރު J/AN/2024/09-145 )14 ޖޫން 2024( ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތުގެ 15 ވަނަ ޕެރެގްރާފް ކްރިމިނަލް ކޯޓުގެ ނަންބަރު J/AN/2024/09-145 )14 ޖޫން 2024( ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތުގެ ނިންމުމުގެ 17 ވަނަ ޕެރެގްރާފް ނަންބަރު 2022/HC-B12/9 ޤަޟިއްޔާގައި އަމުރު ދޫކުރުމުގައި، ހުށަހެޅިފައިވާ މައްސަލައާއި ޒާތީ މުއާޞަލާތްތައް ރައްކާތެރި ކ ރުމަށް އޮތް ޙައްޤާ އަޅާ ބަލަންޖެހޭނެ ކަމުގައި ބަޔާންކުރާއިރު، މ މައްސަލައިގައި ހޯދުމަށް އެދިފައިވާ ބައެއް މަޢުލޫމާތުތަކަކ ޒާތީ މުއާޞަލާތުތައް ރައްކާތެރުކުރުމަށް އޮތް ޙައްޤާއި އަޅާ ބަލާއިރު، މާފުޅ ހުށަހެޅުމެއްކަމުގައި ކްރިމިނަލް ކޯޓުގެ ނިންމުމުގައި ފާހަގކޮށެވެ. 29 މިކަންކަމުގެ އަލީގައި މި މައްސަލައިގެ ޙަޤީޤަތްތަކަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/AN/2024/09 ނިންމުން ނިންމުމުގައި ރިޢާޔަތްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/9 ޤަޟިއްޔާއިން ކަނޑައަޅާފައިވެއުޞޫލުތައް ވަނެދިވހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/24 ޤަޟިއްޔާއިން ބާޠިލުކޮށްފައެވެ. އެއީ:
29.1 ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގ ޤާނޫނުގެ 50 ވަނަ މާއްދާގެ )ހ( ގެ 6 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ހާމް ކުރުމަށް އެދޭ މަޢުލޫމާތު ހާމަކުރުމުގެ ހުއްދަ އޭގެ ވެރިފަރާތުނަހޯދަން ޖެހޭކަމަށް މި އާ ކ ރުގައި ބަޔާންކޮށްފައިނުވާކަމަށާއި، ހޯދުމަށް އެދިފައިވާ މަޢުލޫމާތް ޤާނޫނު ތަންފީޒުކުރާ އިދާރާއަށް ދިނުމުގެ ކުރިން އޭގެ ވެރި ފަރާތްތަކުގެ ހުއްދަ ހޯދުން ލާޒިމްނުވާނެކަމާއި، މިކަމުގެ މައްޗަށ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-B12/9 ޤަޟިއްޔާގެ 20 ވަނަ ޕެރެގްރް ފުގައާ ކަނޑައަޅަފައިވާ އުޞޫލު ބާޠިލުކަނ
29.2 ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރާ ޖިނާއީ މައްސަލަތަކުގެ ތަޙްޤީޤުތަކުގައިއެ ތަޙްޤީޤާއި ގުޅުހުންހުރި ފަރާތްތަކުގެ މޯބައިލް ނަންބަރުތަކާއި އެހެނިހެންތަފްސީލުތައް ކޮމިއުނިކޭޝަން އ ތޯރިޓުއިނަހޯދުމަށް ކޯޓު އަމުރަށް އެދޭއިރު، ހައިކޯޓުގެ ނަންބަރ 2022/HC-B12/9 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 21 ވަނަ ޕެރެގްރާފާއި 22 ވަނަ ޕެރެގްރާފުގައިވާ މިންވަރަށް ކްރިމިނަލް ކޯޓުގެ ނަންބަރު J/AN/2024/09-145 )14 ޖޫން 2024( ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތުގެ ނިންމުމުގެ 19 ވަނަ ޕެރެގްރާފް ތަފްޞީލު ހުށަހެޅުމަކީ )“proportionality test” އިން އެކަން ވަޒަންކުރުމަކީ( ޤާނޫނު ލާ ޒިމުކުރ ކަމެއް ކަމުގައިނުވާތީ، ބަޔާންކުރަނިވި ޕެރެގްރާފްތަކުގައ ކަނޑައަޅާފައިވާ އުޞޫލުތައް ބާޠިލުކަން 30 “Right to privacy” އަކީ އަސާސީ ޙައްޤެއްގެ ގޮތުގައި އިންސާނީ ޙައްޤުތަކާއި ބީ ހ ބައިނަލްއަޤްވެ މ 16 15 14 މުއާހަދާ، އަދި މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގައި ބަޔާންކުރެއެވެ. މި ޙައްޤު ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ އިންސާނީ ޙައްޤުތަކުގެ އަސާސްއއާތައާރުޒުނުވާގޮތެއްގެ މަތިންނެވެ. އަދި މި ޙައްޤު ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ ޤާނޫނީ އނިގަނޑެއްގެ ތެރެއިން (as prescribed by law) އެކަމުގެ ޒަރރަތްތެރިކަނޫ އޮތް މިންވަރަށް ބަލައި (as necessary)، އަދި ޙައްޤު ހަނިކުރެވޭބޭނު ން ހާސިލުވާ މިންވަރަށް ނުވަތަ ނިސް ބތުނ (principle of proportionality) އެވެ. Article 12 of Universal Declaration of Human Rights Article 17 of International Covenant on Civil and Political Rights މީގެ އިތުރުންވެސް، މިކަން ބަޔާންކުރާ އިތުރު ބައިނަލްއަޤްވާމީ މުއާހަދާތަކުގެތެރޭގައި؛ American Covenant on Human Rights (Pact of San Jose), Article 11 Council of Europe Convention for the Protection of Individuals with regard to Automatic Processing of Personal Data, Article 1 Convention on the Rights of the Child, Article 16 International Convention on the Protection of the Rights of All Migrant Workers and Members of Their Families, Article 14 The Arab Charter on Human Rights, Article 16 and Article 21 ފަދަ މުއާހަދާތައް ހިމެނެއެވެ. UN General Assembly Resolution on Right to Privacy in the Digital Age, UN Doc A/RES/75/176 (16 December 2020) UN Human Rights Council Resolution on the Right to Privacy in the Digital Age, UN Doc A/HRC/48/4 (7 October 2021) 31 ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރިއަށްގެންދާ ތަޙޫ ޤީޤުތަކާއި ގުޅިގެން، ދައުލަތުގެ އިދާރާތަކުގައި ރައްކާކުރެވިފައިވާ މަޢުލޭ މ ތަކީ ޚާއްޞަ އިސްތިސްނާ ޙާލަތްތަކުގައި ކޯޓު އަމުރެއްގެ ދަށުން ދޫކުރެވޭ މަޢުލޫމާތުތައް ކަމުގައި އެހެނިހެން ޤައުމުތަކުގެ ޤާނޫނުތަކުގައިވެސ ބަޔާންކުރެއެވެ. 32 މި ބާވަތުގެ މައްސަލަތަކުގައި ކޯޓުން ގޮތެއް ކަނޑައަޅާއިރު، ހަމަ ޙަޤީޤަތުގައިވެސް ފުލުހުންގެ ފަރާތުން ބުނާ ފަދަ ޝައްކެއް އޮތްތޯ އަދި އެ ޝައްކުގެ މައްޗަށް ތަޙޭ ޤީޤެއް ހިންގަންޖެހޭތޯއާއި އަދި އަމުރެއް ނެރެންޖެހޭފަދް ޕްރޮބަބަލް ކޯސްއެއް އޮތްތޯ އެންމެ ކުޑަމިނުން ބަލަންވާނެއެވެ. ހަމައެކަނި ކުރެވި ހއެއް ގެ މައްޗަށް ހެކި ހޯދުމުގެ ގޮތުނ ފިޝިންގ އެކްސްޕެޑިޝަންއަކަށަމިފަދަ ފުރޞު ތ ހުޅުވާލީ ވ ދާނެކަމަށް ނުދެކެމެވެ. އެހެނެ، މިއީ އަސާސީ ޙައްޤެއް ޝާމިލުވާކަމއްކަމުގައިވާތީއެވެ. 33 އިސްވެ ބަޔާންކުރަނިވި ޤާނޫނުގެ ނައްސުތައް ބަޔާންކޮށްފައިއެވަނީ އަލުން ފުލުހުންގެ ފަރާތުން ކޯޓު އަމުރަކަށް އެދި ހުށަހަޅައިފިނަމަ، މި މައްސަލައިގައި މި ކޯޓުން ކަނޑައަޅާ އްޞލުތަކާ އެއްގޮތްވާގޮތުގެ މަތިންއެ ހުށަހެޅުމަކާ މެދު ކްރިމިނަލަ ކޯޓުން ގޮތްއް ނިންމަންޖެހޭކެ މަށް ކަނޑައަޅައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އެދިފައިވާތީ، މި ބާވަތުގެ އަމުރުތައް ނެރުމުގައި ކޯޓުތަކުން ބައެއް އަސާސީ ކަންކަމަށް ރިޢާޔަތްކުރަންޖެހޭތީއެވެ. 34 ފުލުހުންގެފަރާތުން ހުށަހެޅި ބައެއް ހުށަހެޅުންތަކުގެ މައްޗަށް ބަލައި ކްރިމިނަލް ކޯޓނ އަމުރެއް ދީފައިވާއިރު،އެ އަމުރާއި ގުޅިގެން ފުލުހުންގެ ފަރާތުން އަދާއި ހަމައަށް ހޯދާފައިވާ މަޢުލޫމާތާއި ގުޅޭ ގޮތުން ޝަރީޢަތުން ސުވާލުކުރުމުން، އެ އަމުރާއި ގުޅިގެން މަޢުލޫމާތު ހޯދުމަށް އެދިފައިނުވާކަމަށ Electronic Communications Privacy Act of 1986 of USA, 18 U.S.C, Chapter 121 Regulation of Investigatory Powers Act 2000 of United Kingdom Telecommunications (Interception and Access) Act 1979 of Australia, Section 116 Act 593, Criminal Procedure Code of Malaysia (revised 1999), Section 116 ކްރިމިނަލް ކޯޓުގެ ނަންބަރު J/ECA/2024/307-145 ކޯޓު އަމުރުން ×××××××× އަދި ××××××× ނަންބަރުތަކުގެ ވެރިފަރާތުގެ މައުލޫމާތާއ އެ ސިމް ކާރޑް ބޭނުންކޮށްފައިވާ މޯބައިލް ފޯނުތަކުގެ އައި.އެމް.އީ.އައި ނަންބަރުތަކާއި، އެ ސިމްކާޑުތަކުގެ އައި.ސީ.ސީ.އައި.ޑީ ނަނބަރުތައ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ހޯދުމަށް އަމުރުކޮށްފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީހުގެ ފަރާތުން ބުނެފައިވެއެވެ. އަދި އެ އަމުރާއި އެއްގޮތަށް މަޢުލޫމާތު ހޯދުމަށް ހުށަހަޅާފައިނުވާ ޖާއިޒު ސަބަބެއްވެސް ޝަރީޢަތަށް ސާފުކޮށްދީފައެއްނުވެއެވެ. މިކަމުނވެސަ އެނގިގެންދާ ޙަޤީޤަތަކީ ފުލުހުން ބުނާ ފްދަ ތ ޙ ޤީޤެއް ކުރުމަށް އަދި އެކަމާ ގުޅިގެން ހޯދުމުގެ ފުރުޞަތު އޮތް މަޢުލޫމާތު ހޯދުމުގެ ޝައުގުނެތްކަމެވެ. މި މައްސަލައިގައި ހިމެނެ އަނިޔާ ލިބުނުފަރާތގެ ޙައްޤުގައި މަޢުލޫމާތު ހޯދުމުގެ މުހިންމުކަމުގެ ވާހަކަ ޝަރީޢަތުގެ މަޖިލީހުގައި ތަކުރާރުކޮށް ޕްރޮސިކިއުޓަރެޖެނެރަލް ގ އޮފީހުގެ ފަރާތުން ދައްކާފައިވާއިރު، ކްރިމިނަލް ކޯޓުން އަމުރެއް ނެރެދީފައިވާ ކަންކަމުގެ މައްޗަށް މަޢުލޫމާތު ހޯދުމަށް ފަރުވާލެއްނެތުމުން، މިހާރު މި މަޢުލޫމާތު ހޯދުމުގެ ޒަރޫރަތެއް ނުވަތަ އެކަމުގެ ޚައްޞާޞްކަމެއް އޮތްކަމާމެދު ސުވާލުއުފެދެއެވެ. މި ކްންބޮޑުވުން އހުރެނީ ފާޅުކުރިނަމަވެސް، މިއީ މިވަގުތު ޝަރީޢަތުގެ ކުރިމް ތ ގައި އޮތ ސުވާލުނޫންކަމުން، މިކަމުގެ މައްޗަށް ގޮތެއް ނިންމާކަށްނެތީމެވެ. 35 އެހެންކަމުން، އިސްވެ ބަޔާންކުރަނިވި ކަންކަމަށާއި، އަދި ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/24 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( ގެ އަލީގައި މިކަމުން ނިކުންނަ ނަތީޖާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/AN/2024/09 "ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-B12/9 ޤަޟިއްޔާގެ 20، 21 އަދި 22 ވަނަ ޕެރެގްރާފްތައް ތަޠުބީޤުކޮށް ××××××× އަދި ××××××× ފޯނު ނަންބަރުތަކުން ކޮށްފައިވާ އަދި ރިސީވްވެފއިވާ އެންމެހެ ފޯން ކޯލްތަކުގެ ތަފްޞިލުތަކާއި، އެންމެހާ ކޯލްތަކުގީ ރިކޯޑިންގތަކާއަ،އެންމެހާ ޓެކްސްޓް މެސެޖްގެ ތަފްޞީލުތަކާއި، ސެލްޓަވަރު ތީކުގެ ތަފްޞީލުތައް ކޮމިއުނިކޭޝަން އޮތޯރިޓއިނި ހޯދުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން އެދިފައިވާ ގޮތަށް އަމުރެއް ނެރެދެވެން ނެތްކަމުގައި ނިންމި ނިންމުން ބާޠިލުވުމެވެ.
36 ކްރިމިނަލް ކޯޓުގެ ނަންބަރު J/AN/2024/09-145 )14 ޖޫން 2024( ނިންމުމުގައި ××××××× އަދި ××××××× ފޯނު ނަންބަރުތަކުން ކޮށްފައިވާ އަދި ރިސީވްވެފައިވާ އެންމެހާ ފޯން ކޯލްތަކުގ ތަފްޞީލުތަކާއި،އެންމެހާ ކޯލްތަކުގެ ރިކޯޑިންގތަކާއި، އެންމެހާ ޓެކްސްޓް މެސެޖްގެ ތަފްޞީލުތަކާއި، ސެލްޓަވަރުތަކުގެ ތަފްޞީލުތައް ކޮމިއުނިކޭޝަން އޮތޯރިޓީއިން ހޯދުމަށްޓަކައި ދިވެހި ފުލުހުންގްޚިދުމަތުން އެދިފައިވާ ގޮތަށް އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމި ނިންމުން ބާޠިލުކޮށް،ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުނ މިއަދުން ފެށިގެން 48 )ސާޅީސް އަށެއް( ގަޑއިރުތެރޭގައި އެ ހުށަހެޅުން އަލުން ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައި ކަނޑައެޅިފައިވާ އޞު ލުތަކަށް ރިޢް ޔަތްކޮށް އެ ކަމާމެދް ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށ އަންގައި މައްސަލަ ނިންމަން ފެނެއެވެ. ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔް 37 މި މައްސަލައިގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއިދުކުރަމެވެ.
38 މި މައްސަލައިގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއިދުކުރަމެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 236 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 244 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނު) ގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ނ)، (ޅ)، (މ)، (ފ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 17 އަދި 25 ވަނަ މާއްދާ
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 74 ވަނަ މާއްދާ، (ށ)، (ނ)، (ޅ)
- Universal Declaration of Human Rights, Article 12
- International Covenant on Civil and Political Rights, Article 17
- American Convention on Human Rights (Pact of San José), Article 11; Council of Europe Convention for the Protection of Individuals with regard to Automatic Processing of Personal Data, Article 1; Convention on the Rights of the Child, Article 16; International Convention on the Protection of the Rights of All Migrant Workers and Members of Their Families, Article 14; Arab Charter on Human Rights, Articles 16 and 21
- UN General Assembly Resolution A/RES/75/176 (2020); UN Human Rights Council Resolution A/HRC/48/4 (2021)
- Electronic Communications Privacy Act of 1986 (USA), 18 U.S.C. Chapter 121; Regulation of Investigatory Powers Act 2000 (UK); Telecommunications (Interception and Access) Act 1979 (Australia), Section 116; Criminal Procedure Code (Malaysia, Act 593), Section 116
- 2022/SC-A/24
- 2022/HC-B12/9
- ބެންޗު
- ޙުޒައިފާ މުޙައްމަދު، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް