ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-B12/28,29,30,31,32
ޕްރޮސިކިއުޓަރ ޖެނެރަލް ވ. -، 2022/HC-B12/28,29,30,31,32
Prosecutor General v. - 2022/HC-B12/28,29,30,31,32 (2022/HC-B12/28,29,30,31,32, High Court of the Maldives, 5 April 2022)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. -
މައްސަލައިގެ ޚުލާޞާ
އެ ބާވަތުގެ އަމުރު ނެރެވޭނެ ހަމަތައް 145-J(AN)2021/048 އަދި 049 ގައި ކަނޑައަޅާފައިވާއިރު، ހުށަހެޅި ފޯމުތައް އެއާ އެއްގޮތް ނުވާތީ އަމުރު ނުނެރެން ކްރިމިނަލް ކޯޓުން ނިންމިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގެ ތަޙްޤީޤުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ފޯނުތަކުން މަޢުލޫމާތު އެކްސްޓްރެކްޓްކުރުމާއި ޕިން ނަންބަރު، ލޮކް ކޯޑު، ޕެޓަރން އަދި ފޭޝަލް ރެކޮގްނިޝަން ދިނުމަށް އަންގާ އަމުރަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނެވެ. މައްސަލަތައް ބެލީ ރައްދުވާ ފަރާތެއް ނެތި (ex parte) އެއް ބެންޗަކުންނެވެ.
ދައުލަތުން ބުނީ އެ ދެ ނިންމުމާ ގުޅިގެން 2022/HC-B12/12,13,15 ގައި ހައިކޯޓުން ގޮތް ކަނޑައަޅާފައިވާތީ ދަށުކޯޓުގެ ނިންމުން ޤާނޫނުއަސާސީއާ ޚިލާފުކަމަށާއި، ތުހުމަތާ ގުޅުވާލެވޭ އެކަށީގެންވާ މިންވަރުގެ ހެކި ހުރިކަމަށް ކަނޑައަޅައި ނިންމުން ބާޠިލުކޮށް އަމުރު ނެރެދިނުމަށެވެ.
މައިގަނޑު ސުވާލު
ތުހުމަތުކުރެވޭ ފަރާތްތަކުގެ ފޯނުތަކުން މަޢުލޫމާތު އެކްސްޓްރެކްޓްކުރުމާއި ލޮކް ކޯޑު ފަދަ ތަކެތި ދިނުމަށް އަންގާ އަމުރަށް ފުލުހުން އެދުމުން، ހައިކޯޓުން ކުރިން ރަނގަޅު ނޫންކަމަށް ކަނޑައެޅި ކްރިމިނަލް ކޯޓުގެ ނިންމުންތަކަށް ޙަވާލާދީ އަމުރު ނުނެރެން ނިންމުމަކީ ޞައްޙަ ނިންމުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުންތައް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ފާހަގަކޮށް، އިތުރަށް ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ނިންމި
ހައިކޯޓުން ރަނގަޅު ނޫންކަމަށް ކަނޑައެޅި ނިންމުންތަކަށް ޙަވާލާދީ ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ނަމަވެސް، ފުލުހުން ހައިކޯޓުގެ އުޞޫލު ދަށުކޯޓުގައި ބަޔާންނުކުރާތީއާއި އެ ނުކުތާގައި ހައިކޯޓުން ކުރިން ގޮތް ކަނޑައަޅާފައިވާތީ ތަކުރާރުކޮށް ގޮތެއް ކަނޑައަޅަން ނުޖެހެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ހައިކޯޓުން ޤަޟިއްޔާއެއްގައި ޤާނޫނީ ހަމައަކުން ރަނގަޅު އުޞޫލެއް ނޫންކަމަށް ކަނޑައަޅައި ބާޠިލުކޮށްފައިވާ ނިންމުންތަކަށް އަނެއްކާވެސް ޙަވާލާދީ ދަށުކޯޓުން ނިންމާ ނިންމުމަކީ ޤާނޫނުއަސާސީގެ (ލިޔުމުގައި '312 ވަނަ') މާއްދާގެ (ރ) ގައި ބަޔާންކުރާ އުޞޫލީ ހަމައާ ޚިލާފު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10، 11)
- ފުލުހުން ދަށުކޯޓަށް ހުށަހަޅާ ހުށަހެޅުންތަކުގައި ޤާނޫނީ ހުއްޖަތްތަކާއި ހައިކޯޓުން ކަނޑައެޅި ގުޅޭ އުޞޫލު ބަޔާންކޮށްދިނުމަކީ އެފަރާތުން ކުރަންޖެހޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ހައިކޯޓުން ކުރިން ގޮތެއް ކަނޑައަޅައި އުޞޫލެއް ބަޔާންކޮށްފައިވާ ނުކުތާއެއްގައި ހައިކޯޓުން ތަކުރާރުކޮށް ގޮތެއް ކަނޑައަޅަން ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ދަށުކޯޓުގައި ހައިކޯޓުގެ ނިންމުމެއް އޮތްކަން ބަޔާންނުކޮށް، ދަށުކޯޓުގައި ފާހަގަނުކުރާ ކަންކަން އިސްތިއުނާފީ މަރުޙަލާގައި ފާހަގަކޮށް، އެއް ކަމެއްގައި ތަކުރާރުކޮށް އިސްތިއުނާފީ އުޞޫލުން ހައިކޯޓަށް މައްސަލަތައް ހުށަހެޅުމަކީ ޢަމަލުކުރެވިދާނެ ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މާއްދާގެ (ރ) (ލިޔުމުގައި '312 ވަނަ މާއްދާ')
- ހައިކޯޓުގެ ނަންބަރު 2022/HC-B12/12,13,15 (ޕްރޮސިކިއުޓަރ ޖެނެރަލް ވ ޢަލީ ޒުބައިރު އަދި އިތުރު 3 މީހުން)
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J(AN)2021/048
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J(AN)2021/049
- ބެންޗު
- މުޙައްމަދު ނިޔާޒް، ޢަބްދުﷲ ޙަމީދު، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް