ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/224
ތްރީ އެރޯ ޕާޓްނާސް ވ. ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑް، 2018/HC-A/224
Three Eroa Paatnaas v. Green Boks Private Limited 2018/HC-A/224 (2018/HC-A/224, High Court of the Maldives, 26 October 2021)
ތްރީ އެރޯ ޕާޓްނާސް ވ. ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ތެޔޮ ސަޕްލައިކުރުމުގެ އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދިން ތެލުގެ އަގު ދައްކަން ޖެހޭކަން ޑެލިވަރީ ނޯޓު، ޕާރޗޭސް އޯޑަރު، އިންވޮއިސް އަދި ޗެކުތަކުން ސާބިތުވޭތޯއާއި، މުދާ ޙަވާލުކުރި ފަރާތް ޝަރީޢަތަށް ޙާޟިރުނުކޮށް މައްސަލަ ނިންމުމަކީ ހެއްކާބެހޭ ޤާނޫނާއި ފަނޑިޔާރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނާ ޚިލާފު ކަމެއްތޯއާއި، އެއްބަސްވުމުގެ ދަށުން ލޭޓް ޕޭމަންޓް ފީ (ޖޫރިމަނާ) ގެ ގޮތުގައި ހޯދަން އެދޭ ފައިސާ ސާބިތުވޭތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ތެލުގެ އަގު 698,250ރ. ޤާއިމް، ލޭޓް ޕޭމަންޓް ފީ 712,950ރ. ގެ ބައި ބާޠިލު)
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާގެ އަސްލަށް ދަޢުވާލިބޭ ފަރާތުން އިންކާރުކޮށްފިނަމަ، ހޯދަން އެދޭ ފައިސާގެ މިންވަރަކީ ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ މިންވަރުކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުންނެވެ. ޖޫރިމަނާގެ ގޮތުގައި ހޯދަން އެދޭ ފައިސާވެސް ނަގައިދެވޭނީ އެ މިންވަރު ދައްކަންޖެހޭކަން ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދީގެން ކަމުގައި އަޣްލަބިއްޔަތު ނިންމިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ސުޕްރީމް ކޯޓުން ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ([2021] SC 50) ގައި ޖޫރިމަނާގެ ފައިސާ ނެގުމުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް، އެއްބަސްވުމުގެ ޖަޒާއީ ޝަރުޠުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ހޯދަން އެދޭ ފައިސާ ދައްކަންޖެހޭކަން ހުށަހެޅި ލިޔުންތަކުން ސާބިތުނުވާނަމަ، އެ ފައިސާ ދައްކަން ޙުކުމްކުރުމަކީ ބާޠިލުކުރަންޖެހޭ ނިންމުމެކެވެ (އަޣްލަބިއްޔަތު). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-30)
- ޕާރޗޭސް އޯޑަރު، ޑެލިވަރީ ނޯޓު، އިންވޮއިސް އަދި ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ދޫކުރި ޗެކުތަކުން، ދަޢުވާގައި ހިމެނޭ މުދަލުގެ އަގު ދައްކަންޖެހޭކަން ސާބިތުވާނަމަ، ޑެލިވަރީ ނޯޓުގައި ދަޢުވާލިބޭ ފަރާތުން ސޮއިކޮށްފައި ނުވުމަކީ އެ ދަރަނި ސާބިތުވުމަށް ހުރަހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9.2، 21، 27)
- އެއްބަސްވުމުގެ ދަށުން އިންވޮއިސްގައި މައްސަލައެއް ވާނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކަން އަންގަން ޖެހޭއިރު، އިންވޮއިސްއަށް ނުވަތަ މުދާ ނުލިބުމަށް އެއްވެސް ޝަކުވާއެއް ނުކޮށް ހުރެ، ފަހުން މުދާ ނުލިބޭކަމަށް ބުނުމަކީ ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- އެއްވެސް ފަރާތަކުން ޙާޟިރުކުރުމަށް އެދިފައިނުވާ ހެއްކެއް ޝަރީޢަތުގެ އިސްނެގުމަށް ޙާޟިރުނުކޮށް މައްސަލަ ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 1 އާއި، ކޯޓުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާއާ ޚިލާފު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10.1، 14، 16)
- ހައިކޯޓުގެ ފަނޑިޔާރަކު ފާހަގަކުރެއްވީ، އިސްތިއުނާފީ ނުކުތާގައި ޙަވާލާދޭ ޤާނޫނީ މާއްދާއާއި މައްސަލައިގެ ވަޤާއިޢުތަކާ ހުރި ގުޅުމާއި ޤާނޫނީ ބަޙުޘު ސާފުކޮށް ބަޔާންކޮށްފައި ނުވާނަމަ، އެ ނުކުތާއިން ދަށުކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަން ދެއްކިފައި ނުވާނެ ކަމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8.1، 10.1، 12)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/87 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށި އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑެވެ.
2ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑާއި ތްރީ އެރޯ ޕާޓނާސް އާދެމެދު ތެޔޮ ވިއްކުމުގެ އެއްބަސްވުމެއްގައި 01 އޮކްޓޯބަރު 2016 ގައި ސޮއިކުރެވިފައިވެއެވެ.
3ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޯރުކޮށްދީފައިވާ ތެލުގެ އަގަށްވާ 698,250.00ރ. (ހަ ލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ފަންސާސް ރުފިޔާ) ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން ހޯދުމަށާއި އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ފާއިތވިއިރުވެސު ފައިސާ ދައްކާފައިނުވާތީ، ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 712,950.00ރ. (ހަތލް އްކަ ބާރަހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) އާއި އެއްބަސްވުމުގެ ދަށުން ތެލުގެ އަގަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރާ ދުވަހާ ހަމައަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސެ ތްރީ އެރޯ ޕާޓްނާސ ފަރާތުން ހޯދުމަށް އެދް ގްރީން ބޮކްސް ގްރީ ނ ބޮކްސް ޕްރައިވެޓް ލިމިޓެޑާއި ތްރީ އެރޯ ޕާޓްނާސް ދެމެދު ތެޔޮ ސަޕްލައި ކޮށްދިނުމުގެ އެއްބަސްވުން. ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެއީ އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/87 ޤަޟިއްޔާއެވެ. ސިވިލް ކޯޓުގެ ނިންމުން:
4ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/87 ޤަޟިއްޔާ ނިންމަވާފައިވަނީ އަނން ނިވި ފަދައިންނެވެ. " ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑް އާއި ތްރީ އެރޯ ޕާރޓްނަރސް (ރަޖިސްޓްރީ ނަންބަރު 0080/2015-P) އިބްރާހީމް ޝާހިން (އައިޑީކާޑު ނަންބަރު […]) އާއި ދެމެދު 01 އޮކްޓބަރޯ 2016 ގައި ފިއުލް ސަޕްލައި އެގްރީމެންޓެއްގައި ސޮއިކުރެވިފައިވާ ކަމާއި، ބަޔާންވެދިޔަ ފިއުލް ސަޕްލައި އެގްރީމެންޓުގެ ދަށުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ތްރީއެރޯ ޕާރޓްނާރސްއަށް ދޫކޮށްފައިވާ ތެލުގެ ބާވަތްތަކާއ ގުޅިގެނި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތްރީ އެރޯ ޕާރޓްނަރސް ފޮނުވާފައިވާ އިންވޮއިސްތަކަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައި ބަޔާންވެގންވެ ގޮތުގެ މަތީން ދައްކާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތުމާއިއެކު މިދަޢުވާގައި ދައުވާކުރާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ އިންވޮއިސްތަކުގައި ހިމެނޭ ތެލުގެ ބާވަތްތަކުގެ ޖުމްލަ އަގަށް ދައްކަންޖެހޭ 698,250.00ރ. (ހަލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އާއި ބަޔާންވެދިޔަ އިންވޮއިސްތަކުގައި ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގައި ޤަވާއިދުން ފައިސާ ދައްކާފައިނުވާތީ އެގްރީމެންޓުގެ 08 ވަނަ މާއްދާގެ (އެޗް) ގެ ދަށުން ލޓޭޕޭމަންޓް ފީގެ ގޮތުގައި 14 ޑިސެމްބަރު 2016 ވަނަ ދުވަހުގެ ނިޔަލަށް އަރާފައިވާ 950.00،712 (ހަތްލައްކަ ބާރަހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) އާއި، އެކުޖުމްލަ 1,411,200.00 (އެއްމިލިޔަން ހަތަރުލައްކަ އެގާރަހާސް ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/87 ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގައި ދަޢުވާ ޚު ލާސާގ ގޮތުގައެ ބަޔާންކުރެވިފައި ދުއިސައްތަ ރުފިޔާ) އަކީ ދައުވާލިބޭތްރީ އެރޯ ޕާރޓްނާރސްގެ ފަރާތުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި މިފައިސާ ދައުވާކުރާ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 31 އޮކްޓބަރޯ 2017 މިދުވަހުނ ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް މީލާދީ 06 މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކާ ދަރަނި ޚަލާޞް ކުރުމަށާއި، އަދި 51 ޑިސެމްބަރު 2016 ވަނަ ދުވަހުން ފެށިގެން މިޤަޟިއްޔާގައި ޙުކުމް ކުރެވޭ ދުވަސްކަމުގައިވާ 31 އޮކްޓޯބަރު 2017 ދުވަހުގެ ނިޔަލަށް ހިނގާފައިވާ ދުވަސްތަކަށް އެގްރީމެންޓުގެ 08 ވަނަ މާއްދާގެ (އެޗް) ގައި ބަޔާންވެގެންވާ ގޮތުގެ މަތީން އަރާފައިވާ ލޭޓްޕޭމަންޓްގެ ފައިސާއަކީވެސް ދައުވާލިބޭ ތްރީ އެރޯ ޕާރޓްނާރސްގެ ފަރާތުން ދައުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާއެއްކަން ދައުވާލިބޭ ތްރީ އެރޯ ޕާރޓްނާރސްގެ 03 ޙިއްސާދާރުން ކަމުގައިވާ ބ. ކަމަދޫ/ ޑޭލައިޓް، އިބްރާހީމް ޝާހީން (އައި.ޑީ. އާއި ބ.ކަމަދޫ / ތޯތާގެ، އުބައދިﷲ މުޙައްމަދު (އައި.ޑީ. އާއި ގދ.ފަރެސްމާތޮޑާ / މާތޮޑާއަވަށް، ގެސްޓްހޯމް އަމީޤ މުޙައްމަދު (އައި.ޑީ. އަށް އަންގައި ޙުކުމްކޮށްފީމެވެ.
5ސިވިލްކޯޓުގެ މިނިންމުން ބިނާކޮށްފައިވަނީ އަންނަނިވި އަސާސްތަކުގެ މައްޗަށް ކަމަށް ބެލެވެއެވެ.
1.5. ދެފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް ވެވިފައިވާކަން؛
2.5. ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތްރީ އެރޯ ޕާޓްނާސްއަށް ތެޔޮ ސަޕްލައި ކޮށްދީފައިވާކަން، އަދ ސަޕްލައި ކޮށްދީފައިވާ ތެލުގެ އަގުދެއްކުމަށް އަންގައި އިންވޮއިސް ފޮނުވާފައިވާކަން؛
3.5. އިންވޮއިސްތަކުގައި ހިމެނޭ ތެލުގެ ބާވަތްތަކުގެ ޖުމްލަ އަގަށް ދައްކަންޖެހޭ 698,250.00ރ. (ހަލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އާއި ބަޔާންވެދިޔަ އިންވޮއިސްތަކުގައި ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގައި ޤަވާއިދުން ފައިސާ ދައްކާފައިނުވާތީ އެގްރީމެންޓުގެ 08 ވަނަ މާއްދާގެ (އެޗް) ގެ ދަށުން ލޭޓްޕޭމަންޓް ފީގެ ގޮތުގައި 14 ޑިސެމބަރް 2016 ވަނަ އަހަރުގެ ނިޔަލަށް އަރާފައިވާނީ 712,950.00ރ. (ހަތްލައްކަ ބާރަހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) އާއި އެކު ޖުމްލަ 1,411,200.00ރ (އެއްމިލިޔަން ހަތަރުލައްކަ އެގާރަހާސް ދުއިސައްތަ ރުފިޔާ) ކަން.
6ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/87 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ތްރީ އެރޯ ޕާޓްނާސގް ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ ؛
1.6. ހެއްކާބެހޭ ޤާނޫނު ގެ 3 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2.6. ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ނުކުތާ ތަކުގެ ތަފްސީލްގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި މައިގަނޑު ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް މިސުރުހީގެ ދަށުން ތަފްސީލްކުރެވިފައި
3.6. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާއާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4.6. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަ ގެ 3 ވަނަ މާއްދާއާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
7އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އިސްތިއުނާފ ރައްދުވް ފަރާތުން މައިގަނޑުގޮތެއްގއި ބުނެފައިވަނީ، މައްސަލާގައި ދަށުކޯޓުގައި ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރުގައި މުޢާމަލާތާ އުފަންވެފައިވަނީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން ފޮނުވާފައި ހުރި ޕާރޗޭސް އޯޑަރުތަކަށް ކަމަށާއި، މި މުޢާމަލާތަކީ އެފަރާތުގެ އެދުމަށް އެފަރާތަށް ސަޕްލައި ކޮށްދީ ފައި މިހުރިހާ ލިޔެކިޔުންތައް ފުރިހަމައަށް، ޑެލިވަރީ ނޯޓުތަކާއ އަދި އިންވޮއިސް އާއި އަދި އެފަރާތުން ފައިސާ ދެއްކުމަށް ޓަކައި ޗެކުތަކާ އެއްޗެހި ދެއްވާފައި ހުރި މުޢާމަލާތަކަށްވާތީ ދަށުކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
8ޕްރިސިޑެންސް 6ހެއްކާބެހޭ ޤާނޫނު ގެ 3 ވަނަ މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ. އެއްވެސް ޤަޟިއްޔާއެއް ނުވަތަ މައްސަލައެއްގައި ހެކިދެވޭނީ ނުވަތަ ދެއްކޭނީ އެކަމަކާ ގުޅުމެއްހުރި ހަގީގަތްތަކާ ބެހޭގޮތުންނެވެ. އެހަގީގަތްތަކަކީ އަސްލުގައި ބަލަމުންދާ ކަންތައްތަކެއް ނޫންނަމަވެސް، އެކަންތައްތައް ބަލަމުންދާ ކަމަކާ ގުޅިފައިވާލެއ ބޮޑުކަމުން އެއް އެ މުއާމަލާތުގެ ތެރެއިންވާ ބައެއް ކަމުގައި ބެލޭފަދަ ކަންތައްތަކަށް ވާނަމަ އެއީވެސް މައްސަލައާ ގުޅުމެއްހުރި ކަންތައްތަކެކެވެ. ބަލަމުންދާ މައްސަލައިގެ ނުވަތަ އެއާ ގުޅުމެއްހުރި ކަމެއްގެ ސަބަބުން ކަމުގައިވާ ނުވަތަ ނަތީޖާ ކަމުގައިވާ ކޮންމެ ހަގީގަތަކީވެސް އަސްލު މައްސަލައާ ގުޅުމެއްހުރި ކަމެއް ކަމުގައި ބެލޭނެއެވެ.
1.8. ތްރީ އެރޯ ޕާޓްނާސް އިން މިމާއްދާއާ ޙަވާލާދީ ފާހަގަކޮށްފައިވަނީ ތްރީ އެރޯ ޕާޓްނާސއް ތެޔޮ ޙަވާލުކުރިކަން ސާބިތުކޮށްނުދެވޭ އިރު، ޑެލިވަރީ ނޯޓުގައި ސޮއިކޮށްފައިވާ ލަކީ ސްޓާރ ވެރިފަރާތުގެ ހއ ސ އްޔަތުނި އަލީ ރިޔާޒް ސޮއިކޮށް ބަލައިގަނެފައިވާ ތެލެއް ކަމުގައިވާއިރު ސިވިލް ކޯޓުން މިއީ ތްރަ އެރޯ ޕާޓްނސާ އިން ދައްކަންޖެހޭ ދަރަންޏއެ ކަމަށް ކަނޑައަޅާފައިވަނީ މިމާއްދާ އާ ޚިލާފަށް ކަމަށެވެ. އިސްތިއުނާފު ކުރެ ފަރާތުގެ އިސްތިއުނާފީ މިނުކުތާގައި ހިމެނޭ ޤާނޫނީ ބަހުޘު އެހައި ސާފުކޮށް އެނގެން ނެތް އިރު، 21-19 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ފަދައިން މިމައްސަލައިގައި ދަށު ކޯޓުގެ ޙުކުމް ބިނާވެފައިވަނީ ޑެލިވަރީ ނޯޓުގެ މައްޗަށް އެކަނި ބުރަވުމުގެ ބަދަލުގައި ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިއާޔަތްކޮށްކަމުގައިވުމުނ ސިވިލް ކޯޓުގް އެނިންމުން މިމާއްދާއާ ޚިލާފުވާކަމުގައި ނުދެކެމެވެ.
9ޕްރިސިޑެންސް 3ހެއްކާބެހޭ ޤާނޫނު ގެ 5 ވަނަ މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ. ޝަރީއަތުން ނުވަތަ ގާނޫނުނ ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ. ނަމަވެސް އެ ލިޔުމެއް ނެތުނީ ގަބޫލުކުރެވޭ ފަދަ އުޒުރަކުންކަން ޝަރީއަތުގެ މަޖިލީހަށް ސާބިތު ވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ގަބޫލު ކުރެވޭނެއެވެ.
1.9. އިސްތިއުނާފު ކުރާ ފަރާތުން މިމާއްދާއާ ޙަވާލާދީ ފާހަގަކޮށްފައިވަނީ ގްރީން ބޮކްސް ޕްރައިވެޓް ލމިޓެޑުގި ފަރާތުން ތްރީ އެރޯ ޕާޓްނާސްއާ ތެޔޮ ޙަވާލުކޮށްފައިވާ ކަމުގެ މައްޗަށް ތްރީ އެރޯ ޕާޓްނާސްގެ ސޮއެއް، ލިޔުމެއް ފަދަ އެއްވެސް އެއްޗެއް ދެއްކިފައިނުވާއިރު، އެހެ ން ފަރާތަކާއި ތެޔޮ ޙަވާލުކޮށްފައިވާ ކަމުގެ މައްޗަށް ދައްކާފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް ސާބިތުކުރުމަކީ މިމާއްދާއާ ޚިލާފުކަމެއް ކަމަށެވެ.
2.9. އިސްތިއުނާފު ކުރާ ފަރާތުން ޙަވާލާދީފައިވާ މިމާއްދާގެ ދަށުން މިމައްސަލައިގައި ޝަރީޢަތުން ރިޢާޔަތަ ކުރަންޖެހޭ ޝަރީއަތުން އަދި ޤާނޫނުން ލާޒިމްކުރާ ލިޔުމަކީ ކޮބައިކަން ސާފުކޮށް އެނގެން ނެތެވެ. މިމައްސަލައިގައި ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރާއިރު، 20 ވަނަ ޕރެގްރާފްގައެ ފާހަގަކޮށްފައިވާނެ ފަދައިން ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ ދަށުން ޑެލިވަރީ ނޯޓުގައި ސޮއިކުރަންޖެހެނީ ދޯނި/ ބޯޓުގެ ކެޕްޓަންކަން އެނގޭއިރު، އަދި މިމައްސަލަގައި ހިމެނޭ ޑލިވަރެ ނޯޓުގެ އިތުރުން ޕާރޗޭސް އޯޑަރުން ތްރީ އރެ ޕާ ޓްނާސްގެ ފަރާތުން ތެޔޮ ގަތުމަށް އޯޑަރުކޮށްފއިވާކަނަ އެނގޭކަމާއި އަދި ޕާރޗޭސް އޯޑަރަށް ޙަވާލާދީ އިންވޮއިސް ފޮނުވިފައިވުމުން މިމައްސަލަ ދަށު ކޯޓުނަ ސާބިތުކުރުމުގައި މިމާއްދާއާ ޚިލާފުވެފައިވާ ކަމުގައި ބެލެވެން ނެތެވެ.
10ޕްރިސިޑެންސް 5ހެއްކާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ. ހަގީގަތެއް ސާބިތު ވެއްޖެކަމަށް ޝަރީއަތުން ބެލޭނަ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީއަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް އަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީއަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޙާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެމަތން އެކަމެއްގެ ހަގީގަތ ސާބިތު ވެއްޖެކަމަށް ޝަރީއަތުގެ މަޖިލީހުން ނިންމިދާނެއެވެ.
1.10. އިސްތިއުނާފު ކުރާ ފަރާތުން މިމާއްދާއާ ޙަވާލާދީ ފާހަގަކޮށްފައިވަނީ، މުދާ ލިބިފައިވާ ޢަލީ ރިޔާޒަކީ މިތަކެތި މާރކެޓަށް ނެރެ ވިއްކުމުގެ ފުރުޞަތު އޮތް މީހަކަށްވާއިރު، ޢަލީ ރިޔާޒްގެ އެއްވެސް ބަހެއް ނުހޯދައި މިމުދަލުގ ޒިންމާވެ ފަރާތަކީ، ތްރީ އެރޯ ޕާޓްނާސްކަމަށް ޙުކުމްކޮށްފައިވާކަމަށެވެ. މިނުކުތާގައި ޤާނޫނީ ބަޙުޘެއް އަދި ޙަވާލާދޭ ޤާނޫނީ މަސްދަރާއި މައްސަލައިގެ ވަޤާއިޢުތަކާ ހުރި ގުޅުން ގެންނަވާފައިވާގޮ ތ ސާފެއް ނޫނެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން ޢަލީ ރިޔާޒް ކިޔާ މީހަކު މިމައްސަލައިގައި ހެއްކެއްގެ ގޮތުގައި ޙާޟިރުކުރުމަށް އެއްވެސް ފަރާތަކުން އެދިފައިވާކަން އެނގެން ނެތެވެ. އެހެންކަމުން، މިމައްސަލައިގައި ޝަރީޢަތުގެ އިސްނެގުމަށް ޢަލީ ރިޔާޒް މިމައްސަލައިގައި ކޯޓަށް ޙާޟިރުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ. އަދި އެގޮތަށް ޢަލީ ރިޔާޒް ޙާޟިރުކުރުމެއ ނެތް މައްސަލި ނިންމުމަކީ ހެއްކާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމުގައި ނުދެކެމެވެ.
11އިސްތިއުނާފީ ދެވަނަ ނުކުތާގައި ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން ފުރިހަމަކޮށް ފޮނުވަންޖެހޭ ޑެލިވަރީނޯޓް އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެ މަތީން ފުރިހަމަ ނުކޮށް ތްރީ އެރޯ ޕާޓްނާސގް ސޮއި ނުހޯދައި، އަދި އެފަރާތަށް ތެޔޮ ދޫކޮށްފައިވާ ކަމަށް ބުނެފައިވަނީ ޙަޤީޤަތާއި ޚިލާފަށް ކަމުގައިވާއިރު، ތްރީ އެރޯ ޕާޓްނާސ އަށް ލިބިފައިނުވާ މުދަލެއްގެ އަގު އަދާކުރުމުގައި ތްރީ އެރޯ ޕާޓްނާސް ޒިންމާއެއްވާކަމަށް ބަލާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ކަމަށެވެ.
12މިނުކުތާއާ ގުޅިގެންވެސް އުފެދޭ ޤާނޫނީ ސުވާލު ނުވަތަ ބަޙުޘު ސާފެއް ނޫނެވެ. އެހެނީ، ޙަވާލާދީފައިވާ މާއްދާއަކީ ކޮންޓްރެކްޓުގެ ބައިވެރިން އެއްފަރާތުން އަނެއް ފަރާތަށް ލުއި ދިނުމާ ގުޅޭ މާއްދާއެއް ކަމުގައިވާއިރު، މިމައްސަލައިގެ ސުވާލު އުފެދިފައިވާ ހުސޫމާތު މިފަދައިން ލުއިދިނުމާ ގުޅެނީ ކިހިނެތްކަން ސާފުކޮށް އެނގެން ނެތެވެ. މިނުކުތާގައި ސުވާލު އުފައްދާފައިވަނީ ޑެލިވަރީ ނޯޓުގައި ތްރީ އެރޯ ޕާޓްނާސް އިން ސޮއިނުކޮށް އތޮ އޮތުމުގެ މައްޗަށް ކަމަށްވާއިރު، ދަށު ކޯޓު މަރުޙަލާގައި ތްރީ އެރޯ ޕާޓްނާސް ޒިންމާ ކުރުވުމުގައި ބޮޑަށް ބުރަވެފައިވަނީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމަށާއި ކުރެވިފައިވާ މުޢާމަލާތުގެ މައްޗަށެވެ.
13ތްރީ އެރޯ ޕާޓްނާސް އިން މައިގަނޑު ގޮތެއްގައި މިނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ، ކޮށްފައިވާ މުޢާމަލާތުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ އެއްވެސް ފަރާތެއް މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ހާޟިރުނުކޮށް ކަމާބެހޭގޮތުނ އެއްވެސް ހެއްކެއްގެ މަޢުލޫމާތެއް ނުހޯދައި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތެޔޮ ދޫކޮށްފައިވަނީ ތްރީ އެރޯ ޕާޓްނާސްއަށ ކަމަށް ބަލައި ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ހ) އާއި މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ޚިލާފަށް ކަމަށެވެ. ބުނެވިދިޔަ މާއްދާތަކުގައި ވަނީ އަންނަނިވި ފަދައިންނެވެ.
(ހ)ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން އަމަލުކުރާނ ގާނޫނުއަސާސީއާއި ގާނޫނަށެވެ . ގާނޫނުއަސާސީއާއި ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝރީއަތުގައަ އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިއާޔަތްކުރަންވާނެއެވެ .
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުނަ ރިއާޔަތްކުރަންވާނެއެވެ.
14މިމައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން ކޮށްފައިވާ މުޢާމަލާތުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ އެއްވެސް ފަރާތެއް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށްދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާކަން ދަށުކޯޓުގެ މައްސަލައިގެ ރިޕޯޓުން އެނގެން ނެތެވެ. އެހެންކަމުން، މިމުޢާމަލާތުގައި ޢަމަލީގޮތުން ބައިވެރިވާ ފަރާތް ޝަރީޢަތުގެ އިސްނެގުމަށް ޙާޟިރުނުކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ހ) އާއި (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފުކަމެއް ނޫނެވެ.
15އިސްތިއުނާފީ ހަތަރު ވަނަ ނުކުތާގެ ތަފްސީލުގައި ބަޔާންކޮށްފައިވަނީ، ކޯޓުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި " ކޯޓުތަކުން ބަލާ ހުރިހާ މައްސަލަތަކެއް ނިންމަންވާނީ، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން އިސްލާމީ ޝަރީޢަތާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް" ބަޔާންކޮށްފައިވާއިރު މިމައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނާއި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. މިގޮތުން، ޑެލިވަރީ ނޯޓަށ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރު ކުރުމާއި ގުޅިގެން އެ ޑެލިވަރީ ނޯޓުގައި ސޮއިކޮށްފައިވާ ފަރާތްތައް ޝަރީޢަތަށް ޙާޟިރުނުކޮށް އެފަރާތުގެ ބަހެއް ނުހޯދައި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތެޔޮދޫކޮށްފައިވަނީ، ތްރީ އެރޯ ޕާޓްނާސ ކަމަށް ބަލައި ޙުކުމް ކޮށްފައިވާތީ، އަދި މިމައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ބަލާފައިވާ މައްސަލައަކަށްވާއިރު، މައްސަލައިގެ ލިޔުންތައް ހޯދުމަށް ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން އެދިފައިވާއިރު، މިކަންކަމަށް ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަމަށެވެ.
16ކުރިންވެސް ފާހަގަކޮށްފައިވާނެ ފަދައިން، މިމައްސަލައިގައި ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިނުވެއެވެ. ދަށު ކޯޓަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ބަޔާނެކެވެ. އެބަޔާނުގައި ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދިފައިނުވެއެވެ. އަދި އިތުރު ބޔާނަ ހުށަހަޅަން ބޭނުން ނުވާކަމަށަ ބުނެފައިވެއެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން ޙާޟިރުކުރުމަށް އެދިފައިނުވާ ހެއްކެއް ޙާޟިރުނުކޮށް މައްސަލަ ނިންމާފައިވުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ ބުނެވިދިޔަ މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ.
17މިމައްސަލައިގައި 4 އިސްތިއުނާފީ ނުކުތާއެއް ހިމަނާފައިވާއިރު މިއެންމެހައި އިސްތިއުނާފީ ނުކުތާތައް ބިނާވެގެންވާ އަސާސްކަމުގައި ފާހަގަކުރެވެނީ މިއެއްބަސްވުމުގެ ދަށުން ފޯރުކޮށްދެވުނު ތެލަކީ އިސްތިއުނާފު ކުރާ ފަރާތަށް ރައްދުވެފައިވާ މުދަލެއް ނޫންކަމަށް ބުނެ ތައުނުކުރި ކުރުން ދަށު ކޯޓުން ވަޒަންކޮށްފައިވަނު ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނާ ބުނުމުގެ މައްޗަށެވެ.
18ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ ދަށުން ތެޔޮ ފޯރުކޮށްދިނުމުގައި ޢަމަލު ކުރަންވީ ގޮތް އެއްބަސްވުމުގެ 20 19 18 5 ވަނަ މާއްދާ، 6 ވަނަ މާއްދާ އަދި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. 20 ޖުލައި 2017 ގައި ދަށުކޯޓަށް ދީފައިވާ ބަޔާން.
5. Order procedure (a) Each Order for fuel issued by Customer to Supplier under this agreement shall identify that it is an order and shall further set forth the description and quantity of Fuel which is to be delivered and the location to which the Fuel should be supplied. (The Purchase Order) (b) Purchase Order may be sent by facsmile signed by the Customer or if sent by email confirmation of receipt should suffice as delivery .6 DELIVERY AND TITLE TO GOODS (a) The supplier shall issue a Delivery note upon delivery of fuel to the Customer. In the case of fuel supplied to boats, .the boat the Delivery Note shall be acknowledge by the captain of (b) The delivery Note shall indicate the following information and the Delivery Note Shall be acknowledge by signature .by an authorized personnel of the customer INVOICE ,PAYMENT AND CREDIT TERMS (a) The supplier Shall issue an invoice to the Customer for the sale of fuel within 24 hours of supply of fuel.
19މި މާއްދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުން މިމައްސަލައިގައި ޢަމަލުކުރެވިފައިވޭތޯ ބަލާއިރު،
1.19. 10 މާރިޗް 2016 ގެ ތާރީޚުގައި ތްރީ އެރޯ ޕާޓްނާސްގެ ނަންބަރު PO236-TAP ޕާރޗޭސް އޯޑަރުން 50000 ލީޓަރު 367,500 (ތިންލައްކަ ފަސްދޮޅަސް ހަތްހާސް ފައްސަތޭކަ) ރުފިޔާގެ ތެޔޮ ގަތުމަށް އޯޑަރެއް ދީފައިވާކަން އެނގެއެވެ. މިއީ ތްރީ އެރޯ ޕާޓްނާސް ކުންފުނީގެ ލެޓަރހެޑްގައި އެކުންފުނީގެ ތައްގަނޑާއެކ ކޮށްފައިވު އޯޑަރެކެވެ. ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 0099 ޑެލިވރަ ނޯޓުން ހަމަ އެ ތާރީޚގައު ލަކީ ސްޓާރ/ ތްރީ އެރޯ ޕާޓްނާސް (އުޅަނދަށް) ތޔެ ފޯރުކޮށްދީފައިވާކަން އެނގެއެވެ. އަދި 10 މާރިޗް 2016 ވަނަ ދުވަހު ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު TF9/2016/086 ޓެކްސް އިންވޮއިސް ފޮނުވިފައިވެއެވެ.
2.19. 10 މެއި 2016 ގެ ތާރީޚްގައި ތްރީ އެރޯ ޕާޓްނާސްގެ ނަންބަރު 723/PO-TAP ޕާރޗޭސް އޯޑަރުން 000،45 ލީޓަރު،330,750.00 (ތިންލައްކަ ތިރީސް ހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާގެ ތެޔޮ ގަތުމަށް އޯޑަރެއް ދީފައިވާކަން އެނގެއެވެ. ގ ރީނ ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 0105 ޑެލިވަރީ ނޯޓުން ހަމަ އެ ތާރީޚުގައި ލަކީ ސްޓާރ/ ތްރީ އެރޯ ޕާޓްނާސް އަށް ތެޔޮ ފޯރުކޮށްދީފައިވކަނާ އެނގެއެވެ.
20މިމައްސަލައިގައި ހިމެނޭ ތެލަކީ ލިބިފައިނުވާ ތެލެއ ކަމަށް ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން ބުނެ މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވނަ ޑެލިވަރީ ނޯޓުގައި ސޮއިކޮށްފައިވަނީ ތްރީ އެރޯ ޕާޓްނާސް އިން ކަމުގައި ތްރީ އެރޯ ޕާރޓްނަރސްގެ ނަންބަރު 236PO/-TAP ތްރީ އެރޯ ޕާރޓްނަރސްގެ ނަންބަރު 237PO/-TAP ނުވާތީއެވެ. ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ޑެލިވަރީ ނޯޓުގައި ސޮއިކުރާނީ ތެޔޮ އަޅާ ބޯޓުގެ ކެޕްޓަން ކަމަށް ބަޔާންކޮށްފައިވެއެވެ. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު ޕާޗޭސް އޯޑަރތަކަށް މުދާ ދޫކުރުމުގައި އަމަލުކޮށްފައިވަނީ ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން އެންގުމުން އެވަގުތަކު ބަނދަރުގައި ތެޔޮލޯޑްކުރާ ތެޔޮގުރާބަކަށ ނުވަތް ތެޔޮއުފުލާ ބޯޓަކަށް ތެޔޮ އަޅާދޭ އުޞޫލުންނެވެ. އަދި ތެޔޮ އަޅައި ނިމުމުން ޑެލިވަރީ ނޯޓާއި ޙަވާލުވެ ސޮއިކުރަނީ އެތެލާއ ޙަވާލުވި އުޅަނދެއްގެ ކެޕްޓަނެކެވެ. މިމައްސަލައިގައި ހިމެނޭ ޑެލިވަރީ ނޯޓުތަކުގައި ތެޔޮ ޙަވާލުވާ ފަރާތުގެ ނަމާއި އަދި ތާރީޚް އަދި ފައިސާގެ އަދަދު ލިޔެވިފައިވެއެވެ.
21ޕްރިސިޑެންސް 4ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ފޮނުވިފައިވާ ޕާރޗޭސް އޯޑަރަކަށް އެއޯޑަރުގައިވާ އަދަދަށް ތެޔޮ ފޯރުކޮށްދީފައިވާކަމަށް މި ޑެލިވަރީ ނޯޓުން އެނގޭއިރު، ބުނެވުނު ޕާރޗޭސް އޯޑަރާއި ޙަވާލާދީ މި ޑެލިވަރީ ނޯޓު އިންވޮއިސްއާ އެކު ތްރީ އެރޯ ޕާޓްނާސްއަށް ފޮނުވިފައިވެ އެވެ. ދެފަރާތގު ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ ދަށުން ތެޔޮ ސަޕްލައި ކޮށްދެވޭތާ 24 ގަޑިއިރު ތެރޭ އިންވޮއިސް ފޮނުވަންޖެހެއެވެ. އަދި އިންވޮއިސްގައި މައްސަލައެއް އުޅޭނަމަ، އިންވޮއިސް ލިބޭތާ 48 ގަޑިއިރު ތެރޭގައި އެކަން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް އަންގަން ޖެހެއެވެ. ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު TF9/2016/092 އާއި 9/2016/086 TF އިންވޮއިސްއަކީ ތްރީ އެރޯ ޕާޓްނާސްގެ PO236-TAP އާއި PO/237-TAP ޕީއޯއ ގުޅިގެނާ ފޮނުވާފައިވާ ލިޔުމެއްކަން އެ ޕީ.އޯގެ ތާރީޚުތަކަށް (a) The supplier shall issue a Delivery note upon delivery of fuel to the Customer. In the case of fuel supplied to boats, the Delivery Note shall be acknowledge by the captain of the boat. the boat އެއްބަސްވުމުގެ 8 ވަނަ މާއްދާގެ ( ޑީ) އަދި ފައިސާގެ އަދަދަށް ބެލުމުން އެނގެއެވެ. މިއިންވޮއިސްގައ މައްސަލި ހުރެގެން ނުވަތަ މުދާ ލިބިފައިނުވާކަމަށް ބުނެ ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން އެއްވެސް މައްސަލައެއް ޖައްސާފައިނުވާއިރު، މިމުދާ ޑެލިވަރީ ނުވާކަމަށް ތްރީ އެރޯ ޕާޓްނާސ އިން ބުން އަންގާފައިވަނީ މިމުޢާމަލާތަށ ފައިސް ދެއްކުމަށް ދޫކުރެ ތްރީ އެރޯ ޕާޓްނާސްގެ ޗެކްތަކެއް ބައުންސްވެ އެޗެކު ބައުންސްގެ ޖިނާއީ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅުމުންކަމަށް ފާހަގަކުރެވެއެވެ. އެހެންކަމުން ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް ތެޔޮ ސަޕްލައި ކުރެވިފައިވާކަމަށް ދަށު ކޯޓުން ނިންމި ނިންމުމށަ ބަދަލެއް ގެންނަންޖެހޭކަމުގައި ނުދެކެމެވެ.
22ބުނެވިދިޔަ ކަންތައްތައް އެހެންހުރުމުން، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/87 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ރިޢާޔަތްކޮށް، އެނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ. ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔު: މި ރައުޔަށް ފަނޑިޔާރު ޙުސައިން ޝަހީދު ތާއިދުކުރެއެވެ.
23ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތްރީ އެރޯ ޕާޓްނާސް ގެ މައްޗަށް ރައްދުވާގޮތަށް ސިވިލް ކޯޓުގައި އުފުލާފައިވާ ދަޢުވާއަކީ، މި ދެފަރާތުގެ ދެމެދުގައި 01 އޮކްޓބަރޯ 2016 ދުވަހު ވެފައިވާ ތެޔޮ ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ތްރީ އެރޯ ޕާޓްނާސ އަށް ފޯރުކޮށްދީފައިވާ ތެލުގެ އަގަށްވާ 698,250.00ރ. (ހަލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ފަންސާސް ރުފިޔާ) ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން ހޯދުމަށާއި، އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ފާއިތުވިއިރުވެސް ފައިސާ ދައްކާފައިނުވާތީ، ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ އާއި އެއްބަސްވުމުގެ ދަށުން ތެލުގެ އަގަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރ ދުވަހާ ހަމައަށް ޖޫރިމަނާގެ ގޮތުގައި ފައިސާ ތްރީ އެރޯ ޕާޓްނާސ ފަރާތުން ހޯދުމަށް އެދި ހުށަހެޅި ދަޢުވާއެއްކަން އެނގެއެވެ.
24ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ މި ދަޢުވާގެ އަސްލަށް އިންކާރު ކުރާކަމަށާއި، ދަޢުވާގައި ހިމެނޭ ފައިސާއަކީ، ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއް ނޫންކަމަށާއި، ފައިސާ ދޭންޖެހޭ އެއްވެސް ސަބަބެއް ދެއްކިފައި ނުވާކަމަށް މި ދަޢުވާއަށް ޖަވާބުދާރީވަމުން ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވެއެވެ.
25ޕްރިސިޑެންސް 1ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދަޢުވާގެ އަސްލަށް ތްރީ އެރޯ ޕާޓްނާސްގެ ފރާތުނަ އިންކާރުކޮށްފައިވުމުން، މި ދަޢުވާގައި ހޯދުމަށް އެދޭ ފައިސާގެ މިންވަރަކީ ތްރީ އެރޯ ޕާޓް ނާސްގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ މިންވަރުކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މި ގޮތުން ތެލުގެ އަގަށްވާ ފައިސާގެ އިތުރުން ޖޫރިމަނާގެ ގޮތުގައި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދޭ ފައިސާގެ މިންވަރަކީވެސް ތްރީ އެރޯ ޕާޓްނާސްއިން ދައްކަންޖެހޭ ފައިސާގެ މިންވަރުކަނަ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ސާބިތުކޮށްދީގެން މެނުވީ ޖޫރިމަނާގެ އެ ފައިސާއަކީ ނަގައިދެވެން އޮންނާނެ ފައިސާއެއްނޫނެވެ. 20 ޖުލައި 2017 މި ތާރީޚުގައި ތްރީ އެރޯ ޕާޓްނާސ އިން ސިވިލް ކޯޓަށް ދީފައިވާ ބަޔާން.
26ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/87 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އެ ފަރާތުގެ އިސްތިއުނާފީ ނުކުތާތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ، ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ދަޢުވާ ސާބތުކުރުމަށި އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލާއިރު ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ހެކިތަކުން އެ ކުންފުންޏަށް ދަޢުވާ ސާބިތުކޮށްދެވިފައި ނެތްކަމަށް ބުނާ ބުނުންކަން އެނގެއެވެ.
27ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ކުންފުނީގެ ދަޢުވާ ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި ލިޔުންތަކުގެ ގޮތުގައި ފެންނަން ހުރި ޕާޗޭސް އޯޑަރާއި، ޑެލިވަރީ ނޯޓާއި، އިންވޮއިސް އާއި، ތްރީ އެރޯ ޕާޓްނާސް އިން ދޫކޮށްފައިވާ ޗެކުތަކަށް ބެލުމުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން މި މައްސަލައިގައި ޙަވާލާދޭ އިންވޮއިސްތަކުގައި ހިމެނޭ ތެލުގެ ބާވަތްތަކުގެ ޖުމްލަ އަގަށް ދައްކަންޖެހޭކަމަށް އެ ކުންފުނިން ބުނާ 698,250.00ރ. (ހަލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އަކީ ތްރީ އެރޯ ޕާޓްނާސް އިން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުކޮށްދެވެއެވެ. އެހެންކަމުން ތެލުގެ އަގުގެ ގޮތުގައި ދައްކަންޖެހޭކަމަށް ސާބިތުވެފައިވާ ފައިސާގެ ޖުމްލަ ޢަދަދު ކަމުގައިވާ 698,250.00ރ. (ހަލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އަކީ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ތްރީ އެރޯ ޕާޓްނާސްގެ ފަރާތުން ދައްކަންޖެހޭ ފައިސާކަން ސާބިތުވާކަމަށް ސިވިލް ކޯޓުން ނިންމާފައި އޮތް އޮތުމުގެ އެ މިންވަރަށް އަހުރެންނަށްވެސް ތާއީދު ކުރެވެއެވެ.
28ކުރިންވެސް ފާހަގަ ކުރިގޮތަށް، ތްރީ އެރޯ ޕާޓްނާސް ގެ އިސްތިއުނާފީ ނުކުތާތަކުގެ މައިގަނޑަކީ، މި ދަޢުވާއަށް ތްރީ އެރޯ ޕާޓްނާސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި އިންކާރު ކޮށްފައިވާއިރު، ސިވިލް ކޯޓަށް ހުށަހެޅުނު ހެކިތަކުން ދަޢުވާގައި ހިމެނޭ ފައިސާއަކީ ދައްކަންޖެހޭ ފައިސާކަން ސާބިތުވާން ނެތުންކަމަށްވާތީ، ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި މައްސަލައިގައި ހޯދުމަށްއެދޭ ޖޫރިމަނާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާ މިންވަރުގެ ހެކި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ސިވިލް ކޯޓަށް ހުށަހެޅިފައިވާކަން ނުވަތަ ނޫންކަން، ސިވިލް ކޯޓުން ކުރައް ވާފައިވާ ޙުކުމަށް ތާއީދުކޮށް މި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ބަލަންޖެހޭނެކަމަށް އަހުރެން ދެކެމެވެ.
29ޕްރިސިޑެންސް 2އެ ގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙުމަދު ޖަނާޙް SC 50 ]2021[ މައްސަލައިގައި ޖޫރިމަނގާ ފައިސާ ނެގުމުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ މައްޗަށާއި ދަޢުވާ ސާބިތުކުރުމަށް ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބެލުމުން ޖޫރިމަނާގެ ފައިސާގެ ގޮތުގައި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ 712,950.00ރ. (ހަތްލައްކަ ބާރަހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) އަކީ، ތްރީ އެރޯ ޕާޓްނާސް އިން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާކަށް ނެތެވެ.
30މިހެންކަމުން މި މައްސަލަ ނިންމަން އަހުރެންނަށް ފެނުނު ގޮތަކީ، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/87 ޤަޟިއްޔާގެ ޙުކުމުގައި ހިމެނޭ، ތެލުގެ ބާވަތްތަކުގެ ޖުމްލަ އަގަށް ތްރީ އެރޯ ޕާޓްނާސ އިން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް 698,250.00ރ. (ހަލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ފަންސާސް ރުފިޔާ) ދައްކަންޖެހޭކަމަށް ސާބިތުވެފައި އޮތް އޮތުމުގެ އެބަޔަށް ތާއީދުކޮށް، ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގައި ޤަވާއިދުން ފައިސާ ދައްކާފައިނުވާކަމަށް ބުނެ ލޭޓް ޕޭމަންޓް ފީގެ ގޮތުގައި 14 ޑިސެމްބަރު 2016 ވަނަ އަހަރުގެ ނިޔަލަށް އަރާފައިވާ 712,950.00ރ. (ހަތްލައްކަ ބާރަހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ) އަކީ، ސުޕްރީމް ކޯޓުގެ ނަންބަރު A/28-SC/2020 ޤަޟިއްޔާ ތްރީ އެރޯ ޕާޓްނާސ އިން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަމަށް ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލު ކުރަންޖެހޭކަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/87 މިޤަޟިއްޔާގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމުގައި ހިމެނޭ ބައިތަކުގެ ތެރެއިން ތެލުގެ އަގު ދެއްކުމަށް ދީފައިވާ މުއްދަތުގައި ޤަވާޢިދުން ފައިސާ ދައްކާފައިނުވާކަމަށް ބުނެ ލޭޓް ޕޭމަންޓް ފީގެ ގޮތުގައި 41 ޑިސެމްބަރު 2016 ވަނަ އަހަރުގެ ނިޔަލަށް އަރާފައިވާ 712,950.00ރ. (ހަތްލައްކަ ބާރަހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ ) އަކީ، ތްރީ އެރޯ ޕާޓްނާސް އިން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަމަށް ކޮށްފައިވާ ޙުކުމުގެ އެބައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ބާޠިލުކޮށް، އެ ޤަޟިއްޔާގެ ޙުކުމުގައި ހިމެނޭ، ތެލުގެ ބާވަތްތަކުގެ ޖުމްލަ އަގަށް ތްރީ އެރޯ ޕާޓްނާސް އިން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް 698,250.00ރ( .ހަލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ފަންސާސް ރުފިޔާ) ދައްކަންޖެހޭކަމަށް ސާބިތުވެފައި އޮތް އޮތުމުގެ އެބަޔަށް ތާއީދުކުރެވޭކަމަށް މިމައްސަލަ ބެލި ފަނޑި ޔާރުންގ މަޖިލީހުގެ އިއްތިފާޤު ވެވިފައިވާތީ އެ ފައިސާ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން މިއަދުން 26 އޮކްޓޯބަރު 2021 އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި 698,250.00ރ( .ހަލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ފަންސާސް ރުފިޔާ ) ސިވިލް ކޯޓަށް ދައްކާ ޚަލާސް ކުރުމަށް ތްރީ އެރޯ ޕާރޓްނާރސްގެ 03 ޙިއްސާދާރުން ކަމުގައިވާ ބ. ކަމަދޫ / ޑޭލައިޓް، އިބްރާހީމް ޝާހީން (އައި. ޑީ. އާއި ބ.ކަމަދޫ / ތޯތާގެ، އުބައިދﷲ މުޙައްމަދު (އައި. ޑީ. އާއި ގދ.ފަރެސްމާތޮޑާ / މާތޮޑާއަވަށް، ގެސްޓްހޯމް އަމީޤު މުޙައްމަދު
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 3، 5 އަދި 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ 1
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ (ހ)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ 2020/SC-A/28 (ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޢަލީ ސަމީރު، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ފާޠިމަތު ފަރްހީޒާ