ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/018
ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލޓޑ ވ. އިބްރާހީމް ޢަބްދުއްލަޠީފު، 2019/HC-A/018
Pereleks Venchar Paartnars Eksvee Ltd v. Ibrahim Abdhulateefu 2019/HC-A/018 (2019/HC-A/018, High Court of the Maldives, 30 March 2021)
ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލޓޑ ވ. އިބްރާހީމް ޢަބްދުއްލަޠީފު
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކަނޑައެޅީ ކޯޓުތަކުގެ ޤާނޫނުގެ 61 (ށ) ގެ 7 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ހުށަހެޅި ކަމަށް ބުނެ ފޯމު ބާޠިލުކުރުމަށެވެ.
ސިވިލް ކޯޓުގެ C/2012-Cv/627 ޙުކުމް ތަންފީޛުކުރުމަށް އެދި ހުށަހެޅި ދަޢުވާ ފޯމު 14 ނޮވެންބަރު 2017 ގައި ރަޖިސްޓްރާރ ބަލައިނުގަތުމުން، އެ ނިންމުން އަލުން ބަލައިދިނުމަށް އެދި 27 ނޮވެންބަރު 2017 ގައި ހުށަހެޅިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ބަންދު ދުވަސްތަކާއި ނިންމި ދުވަސް ނުހިމަނައި ގުނާއިރު ހުށަހެޅީ މުއްދަތުގެ ތެރޭގައި ކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުން ބުނީ ކޯޓުތަކުން މުއްދަތު ގުނަނީ އެކި ގޮތަށް ކަމަށާއި، ތަންފީޛުގެ މައުޟޫޢާ ބެހޭ ގޮތަކަށް ހައިކޯޓުން އަމުރު ނުކުރަންވާނެ ކަމަށެވެ.
މައިގަނޑު ސުވާލު
ކޯޓުތަކުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައިވާ 7 ދުވަހުގެ މުއްދަތު ގުނާނީ ކިހިނެއްތޯއާއި، ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅީ މުއްދަތުގެ ތެރޭގައިތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެނެވުނު (ރަޖިސްޓްރާރގެ ނިންމުން އަލުން ބެލުމަށް އެދުނު ފޯމު ބާޠިލުކުރި ނިންމުން ޤާނޫނާ އެއްގޮތްނޫން)
ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން ނިންމި ދުވަސް (14 ނޮވެންބަރު) އާއި ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ގުނާއިރު، އެދުން ހުށަހެޅޭނެ އެންމެ ފަހު ދުވަހަކީ 27 ނޮވެންބަރު 2017 ކަމުން، ހުށަހެޅީ މުއްދަތުގެ ތެރޭގައެވެ. ތަންފީޛުގެ މައުޟޫޢާ ދަށުކޯޓުން ގޮތެއް ނުކަނޑައަޅާތީ ހައިކޯޓުން އެކަމާ ގޮތެއް ނުކަނޑައެޅުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ރަޖިސްޓްރާރ ކުރާ ކަމަކާ ނުވަތަ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އަލުން ބަލައިދިނުމަށް އެދި އެ ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ގުޅުންހުރި ކޮންމެ ފަރާތަކަށް ލިބިގެންވާ ކަމަށާއި، އެ އެދުން ހުށަހަޅަންވާނީ ނިންމުން ނިންމި ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ޤާނޫނެއްގެ ބޭނުމަށް މުއްދަތު ގުނަންވާނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާއާ އެއްގޮތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތެއް ގުނާއިރު އެ ދެކަމެއް ހިނގާ ދެ ދުވަސް ނުހިމެނޭނެ ކަމަށާއި، 7 ދުވަހަށްވުރެ ދިގުނޫން މުއްދަތެއް ގުނުމުގައި އޭގެ ތެރޭގައިވާ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭނެއެވެ؛ އެހެންކަމުން ކޯޓުތަކުގެ ޤާނޫނުގެ 61 (ށ) ގެ 7 ދުވަސް ގުނާނީ ނިންމުން ނިންމި ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19)
- ޤާނޫނީ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ އަލުން ބެލުމުގެ އެދުމެއް، މުއްދަތު ހަމަވުމަށްފަހު ހުށަހެޅިކަމަށް ބުނެ ބާޠިލުކުރުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-22)
- ދަށުކޯޓުން އެއްވެސް ގޮތެއް ކަނޑައަޅާފައި ނުވާ މައުޟޫޢީ ނުކުތާއަކާ (ޙުކުމް ތަންފީޛުކުރުމަށް އެދުނު މައްސަލަ ބަލައިގަތުމާ) ބެހޭގޮތުން އިސްތިއުނާފީ ކޯޓުން ގޮތެއް ކަނޑައަޅަން ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-24)
1މިއީ، ސިވިލް ކޯޓް ގެ ނަންބަރު C/DFJ/2018/04-Cv ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދު ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލިމިޓެޑގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، […] / އިބްރާހީމް ޢަބްދުއްލަޠީފްއެވެ.
2ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލިމިޓެޑްގެ ފަރާތުން […] އިބްރާހީމެ ޢަބދުއްލަޠީފްގް މައްޗަށް ދަޢުވާކޮށް ސިވިލް ކޯޓުގެ ނަންބަރު C/2012-Cv/627 ޤަޟިއްޔާގެ ޙުކުމް ތަންފީޛްކޮށްދެއްވުމަށް އެދި ސިވިލް ކޯޓުގެ ޙުކުމް ތަންފީޛުކުރުމާބެހޭ ޑިވިޜަނަށް ހުށަހެޅިއެވެ.
3ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލިމިޓެޑްގެ ފަރާތުން ތަންފީޛުކުރުމަށް އެދި ހުށަހަޅާފައިވާ ދަޢުވާފޯމް ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމާފައިވެއެވެ.
4ބުނެވިދިޔަ ނިންމުން ނިންމާފައިވަނީ 14 ނޮވެންބަރު 2017 ގައެވެ.
5ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލިމިޓެޑްގެ ފަރާތުން ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި 27 ނޮވެންބަރު 2017 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. ރަޖިސްޓްރީ ނަންބަރު CIP/101/2010/438-DEM އައިޑީ ކާޑު ނަންބަރު […] ސިވިލް ކޯޓުގެ ނަންބަރު 176/REG/2017-144 ރަޖިސްޓްރާގެ ނިންމުން (14 ނޮވެންބަރު 2017) ސިވިލް ކޯޓުގެ ނަންބަރު 176/REG/2017-144 ރަޖިސްޓްރާގެ ނިންމުން (14 ނޮވެންބަރު 0172)
6ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުން، އެކަން ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 61ވަނަ މާއްދާގަ (ށ) ގައި ބަޔާންކޮށްފައިވާ 7 (ހަތެއް) ދުވަހުގެ މުއްދަތު ހަމަވުމަށްފަހުގައި ކަމަށްވާތީ ސިވިލް ކޯޓުގެ ނަންބަރު 176/REG/2017-144 ރަޖިސްޓްރާގެ ނިންމުން އަލުންބަލައި ގޮތެއް ކަނޑައަޅާދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ރަޖިސްޓްރާރ ގެ ނިންމުން އަލުން ބަލައިދިނުމަށް އެ ދޭ ފޯމު ބާޠިލްކޮށްފައިވެއެވެ.
7އިސްތިއުނާފުކުރެވިފައި މިވަނީ ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތެވެ.
8އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2017/176REG/-144 ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ދިނުމަށް އެދި ހުށަހެޅިގޮތުގެ ޚުލާސާގައި ވަނީ: "މިއީ […] އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ކޯލް އޮފް އޮޕްޝަންގެ ބޭނުންކުރުމާއި ގުޅިގެން ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ ދަށުން އިބްރާހީމް ޢަބްދުއްލަޠީފަށް ލިބިދޭންޖެހޭ އެންމެހައި ޙައްޤުތަކާއި މަންފާތައް ލިއްބައިދީ، ޙިއްޞާ ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަކުރުމަށާއި އެއްބަސްވުމަށް އިޙްތިރާމް ކުރުމާއެކު އޭގައިވާ ފަދައިން ޢަމަލުކުރުމަށް ޕެރެލެކްސް ވެންޗަރ ޕާރޓްނާރސް އެކްސްވީ ލިމިޓެޑަށް އަންގައި ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު C/2012-Cv/627 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކޮށްދިނުމަށް އެދި ހުށހެޅަ ދަޢުވާފޯމަކީ، އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ތަންފީޛަށް ހުށަހަޅައިފިނަމަ ބަލަންޖެހޭގޮތަށް ފައިސަލާކޮށްފައިވާ މަތީ މަރުޙަލާގެ ކޯޓަކުން ބާޠިލްކޮށްފައިވާކަނ އެނގެން ނެތް ނިންމުމެއް ތަންފީޛުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ދަޢުވާފޯމެއް ކަމުގައިވާތީ، ޕެރެލެކްސް ވެންޗަރ ޕާރޓްނާރސް އެކެސްވީ ލިމިޓެޑްގެ ފަރާތުން ތަންފީޛުކުރުމަށް އެދި ހުށަހަޅާފައިވާ ދަޢުވާފޯމު ބަލައިނުގަތުމަށް ނިންމާފައިވާ މިކޯޓުގެ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު C/DFJ/2018/04-Cv ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް (15 ފެބްރުވަރީ 2018) ސިވިލް ކޯޓުގެ ނަންބަރު C/DFJ/2018/04-Cv ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް (15 ފެބްރުވަރީ 2018) 176/REG/2017-144 (14 ނޮވެންބަރު 2017) ރަޖިސްޓްރާރގެ ނިންމުމުގެ ނިންމަވާފައިވާ އެނިންމުން އަލުން ބަލައިދިނުމަށް އެދި ޕެރެލެކްސް ވެންޗަރ ޕާރޓްނާރސް އެކެސްވީ ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ." މި ފަދައިންކަނ އެނގެން އޮވެއެވެ.
9އަދި ރަޖިސްޓްރާރގެ ނިންމުން އަލުންބެ ލުމަށްފަހ ނިންމިގޮތު ކަމަށް ބަޔާންކޮށްފައިވަނީ: [ދެންފަހެ، ބުނެވެދިޔަ ގޮތުގެ މައްޗަށް ރަޖިސްޓްރާރގެ ނިންމުން އަލުން ބަލާދިނުމަށް ޕެރެލެކްސް ވެންޗަރ ޕާރޓްނާރސް އެކްސްވީ ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވަނީ ޤާނޫނާ ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 7 (ހަތެއް) ދުވަހުގެ މުއްދަތު ހަމަވުމަށްފަހުގައިކަމަށްވާތީ ސިވިލް ކޯޓުގެ ނަންބަރު 176/REG/2017-144 ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިގޮތެއް ކަނޑައަޅާދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޕެރެލެކްސް ވެންޗަރ ޕާރްޓްނާރސް އެކްސްވީ ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށްއެދޭ ފޯމު ބާޠިލްކޮށްފީމެވެ.] އިސްތިއުނާފަށް ހުށަހެޅުނު ނުކުތާ
10ސިވިލް ކޯޓުގް ނަންބަރު C/DFJ/2018/04-Cv ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް، ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ނިންމުން އިސްތިއުނާފު ކ ރުމަށް އެދު ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލިމިޓެޑގް ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެނުކުތާ އާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު C/DFJ/201/04-Cv ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިމުނުގޮތުގެ ރިޕޯޓް ޞަފްޙާ ނަންބަރު 1 ސިވިލް ކޯޓުގެ ނަންބަރު C/DFJ/201/04-Cv ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިމުނުގޮތުގެ ރިޕޯޓް ޞަފްޙާ ނަންބަރު 4
1.10 ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް ޕެރެލެކްސް ވެންޗަރ ޕާރޓްނާރސް އެކްސްވީ ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައި ވަނީ ޤާ ނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 61ވަނަ މާއްދާގަ (ށ) ގައި ބަޔާންކޮށްފައިވާ 7 (ހަތެއް) ދުވަހުގެ މުއްދަތު ހަ މަވުމަށްފަހުގައިކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ ނިންމުންތައް އިސްތިއުނާފުކުރުމަށް (ނުވަތަ އަލުން ބަލައިދިނުމަށް) ދީފައިވާ މުއްދަތު ގުނުމުގައި ޢަމަލުކުރާ އުޞޫލާ ޚިލާފަށްކަމުގައ ބުނި ހުށަހެޅި ނުކުތާއާއި؛
2.10 މި މައްސަލައަކީ، ރިސޯޓެއްގެ ޝެއާރސްތަކ ގުޅިފައިވާ މައްސަލައެއްކަމަށްވާއިރު، އަދި ދަށު ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޛުކޮށްދިނުނ އެދް ހުށަހަޅާފައިވާ މައްސަލައެއްކަމަށްވާއިރު، މި މައްސަލަ ސިވިލް ކޯޓުން ނުބެލޭނެކަމަށް މާނަކރެވޭފަދު ނިންމުންތަކެއް ނިންމަވާ ފައިވާއިރު، މިއީ، ޓޫރިޒަމާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި، ޢަމަލުކުރަން ޢަދުލުވެރި ގޮތަކަށް ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ: " ސިވިލް ކޯޓްގެ ނަންބަރު C/DFJ/2018/04-Cv "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށް ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ނަންބަރު C/2012-Cv/627 ޤަޟިއްޔާގެ މައްސަލަ ތަންފީޒުކުރުމަށް އަންގަވައި އަމުރުކޮށްދެއްވުން". މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފު ފޯމުގެ 10ވަނަ ނަންބަރު އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން
12އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. އެކަންކަމަކީ:
1.12 ސިވިލް ކޯޓުގެ ނަންބަރު 176/REG/2017-144 ރަޖިސްޓްރާރގެ ނިންމުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތަށް ޤަބޫލުކުރެވޭތީ، އެ ނިންމުން އަލުން ބަލައިދިނުމަށް އެދި 27 ނޮވެންބަރު 1702 ގައި އިސްތިއުނާފުކުރާ ފަރާތާ ނ ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން.
2.12 ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގ 61ވަނަ މާއްދާގެ
(ށ) ގައި ބަޔާންކޮށްފައިވާ 7 (ހަތެއް) ދުވަހުގެ މުއްދަތު ގުނާނެ ގޮތެއް އެ ޤާނޫނުގައި ބަޔާންކޮށްފައިނުވާތީ، މި މުއްދަތު ގުނަންޖެހޭނީ، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކު ރުމުގެ ޤާނޫނު) ގެ 35ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިންކަން.
3.12 ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35ވަނަ
(ނ) ގައި ބަޔާންކޮށްފައިވާ ގޮތުން ޤާނޫނެއްގައި ނުވަތަ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ، 7 (ހަތެއް) ދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަމެއް ކޮށްފިކަން ކަށަވަރުކުރުމުގައި ނުވަތަ އެމުއްދަތު ފަހަނައަޅައި ހިނގައްޖެކަން ކަށަވަރުކުރުމުގައި، އެ 7 (ހަތެއް) ދުވަހުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސް ނުހިމެނޭކަން.
4.12 ބުނެވެދިޔަ އުސޫލުގެ ދަށުން މުއްދަތު ގުނާކަމުގައި ވަނީނަމަ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅޭނެ މުއްދަތު ގުނާއިރު ރަސްމީ ބަންދު ދުވަސްތަކާއި އަދި ނިންމުން ނިންމި ދުވަހާއި، އަލުން ބަލައި ދިނުމަށް އެދި ފޯމު ހުށަހެޅި ތާރޚީ ކަމަށްވާ 27 ނޮވެންބަރު 1720 ނުހިމެނޭނެކަން އަދި 19 ނޮވެންބަރު 2017 އަކީ، ރަސްމީ ބަންދު ދުވަހެއްކަމަށްވުމުން، ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 27 ނޮވެންބަރު 2017 ކަން.
5.12 ޙުކުމް ތަންފީޛުކުރުމަށް އެދި ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2012-Cv/627 ޤަޟިއްޔާގައި ތަންފީޛުކުރުމަށް ކަނޑައަޅުއްވާފައިވާ ކަންތައްތައްކަމަށާއި، އެ ޙުކުމްގައި ކަނޑައަޅުއްވާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އިބްރާހީމް ޢަބްދުއްލަތީފަށް ލިބެންޖެހޭ އެންމެހައި ޙައްޤުތަކާއި މަންފާތައް ލިއްބައިދީ، ހިއްސާ ގަނެވިއްކުމުގެ މޢަ މަލާތް ފުރިހަމަ ކުރުމަށް ސިވިލް ކޯޓުން އިސްތިއުނާފުކުރާ ފަރާތަށް އަންގާފައިވާކަން.
6.12 ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 9ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިސްތިއުނާފުރައްދުވާ ފަރާތުން ވަނީ، އޮޕްޝަނ ޕީރިއަޑް ތެރޭގައި ކޯލް އޮފް އޮޕް ޝަން އިޚްތިޔާރުކޮށްފައި ކަމަށާއި، އަދި ލިބެންޖެހޭ އެންމެހައި މަންފާތައް ލިއްބައިދީ، ހިއްސާ ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަކުރުމަށާއި، އެއްބަސްވުމަށް އަޙްތިރާމުކުރުމާއެކު ޢަމަލުކުރުމަށް ދެފަރާތުގެ މައްޗަށް އަންގަވައި އަމުރުކުރައްވާފައިވާކަން ބުނެވެދިޔަ ޤަޟިއްޔާއިން އެނގޭކަމަށް ފާހަގަކުރާކަން.
7.12 ނަމަވެސް މިއަދާހަމައަށް އއައިރުވެސް، އޮޕްޝަން ޝެއަރސްތައް ލިބިގަތުމަށްޓަކައި، ޝެއަރ ހޯލްޑަރސް އެގްރިމެންޓްގައި ސޮއިކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް އިސްތިއުނާފުރައްދުވާ ފަރާތުން ކޮށްފައިނުވާކަމަށާއި އަދި އެކަން ކުރެވެން އަންނަނީވެސ ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގެ ތެރެއިން އޮޕްޝަން ޝެއަރސްގެ ގޮތުގައި ވަކި އަދަދެއް ކަނޑައެޅިގެންކން.
8.12 ސިވިލް ކޯޓުގެ ނަންބަރު C/2012-Cv/627 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޢަމަލުކުރެވޭނެ މަގު ތަނަވަސްކޮށްދެއްވައި، ޙުކުމް ތަންފީޛުކޮށްދެއްވަން ޖެހޭއިރު، ސިވިލް ކޯޓުން މި މައްސަލާ ގައި ޢަމަލުކޮށްފައިވާ ގޮތުން، މި މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމުގެ އުންމީދު ކުޑަވެފައިވކަނާ ފާހަގަކުރާކން.
9.12 ޝަރު ޢީ މައްސަލަތަކުގައި ކުރެވޭ ޙުކުމްތަކަކީ، އެ މައްސަލާ ގައި އެންމެހައި ހުސޫމާތްތަކަށް ޙައްލު ލިބޭ ފަދައަކުން ކުރެވޭ ޙުކުމްތަކަކަށް ވާންޖެހޭކަމަށާއި، ނަމަވެސް މި މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމެވި ނިންމެވުން މުރާޖަޢާކުރަން ހުށަހެޅުމުން އެއްވެސް ކަމެއް ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ފަހު ނިންމަވާފައިވާ ނިންމެވުމުގައި ކަނޑައަޅާފައި ނުވުމުން، މި މައްސަލަ އިސްތިއުނާފުކުރުމުގައިވެސ ދަތިތަކެއް ހުރިކަން ފާހަގަކުރާކަން.
10.12 ރިސޯޓުތަކުގެ ޝެއަރއާ ގުޅުން ހުންނަ މިފަދަ ބޮޑެތި މައްސަލަތަކަކީ، އެތަކެއް މިލިއަން ޑޮލަރުގެ އަގުހުރި މައްސަލަތަކަށްވުމުން، މިފަދަ މައްސަލަތައް ތަންފީޛުކުރެވޭނެ ގޮތެއް ނެތް ޙާލަތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން ނުހަނު ގެއްލުންވާނެތީ، މި މައްސަލާ ގައި ޙުކުމް ތަންފީޛުކުރުމަށް އެދި ހުށަހަޅާފައިވާ ގޮތަށް މައްސަލަ ބަލައިގަތުމަށް ސިވިލް ކޯޓަށް އަންގަވައި އަމުރުކޮށދެއްވުން އެދޭކަން.
13އިސްތިއުނާފުރައްދުވާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. އެކަންކަމަކީ:
1.13 މި މައްސަލައަކީ އިސްތިއުނާފުރައްދުވ ފަރާތުގާ ހުސޫމާތެއް ނެތް މައްސަލައަކަށްވާތީ، މި މައްސަލަ ކުރިއަށް ގެންދަންޖެހޭނީ exparte ކޮށް ކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ދެކޭކަން.
2.13 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/308-HC/2012 ޤަޟިއްޔާގެ މައްސަލައަކީ ނ. މާފަރު / އަލިވާގެ، އާމިނަތު ހުސައިންގެ ފަރާތާ ން ހުށަހެޅު މައްސަލި ބަލައިނުގަތުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވ މައްސަލައައެއްކަމާއި، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ exparte ކޮށކަން.
3.13 ޤާނޫނު ނަންބަރާ 2010/22 (ދ ވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 61ވަނަ މއްދާގާ
(ނ) ގައި ބަޔާންކުރާ ފަދަ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް މައްސަލަތަކާއި ޝަކުވާތައް ހުށަހެޅުމުގެ މުއްދަތުތައް މާނަކުރުމުގައި ދިވެހިރާއްޖޭގެ އެކި މަރުހަލާތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން އެކި ގޮތަށް އަމަލު ކުރމުނަ ގެންދާކަން ފާހަގަކުރކަމާއާ އެގޮތުން، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރާ މުއްދަތުތައް ގުނަންވާނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/236-HC/2013 ޤަޟިއްޔާގައި ކަނޑައަޅާ ފައިވާކަން.
4.13 މީގެއިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 48ވަނަ މާއްދާގަ (ނ) ގައި ބަޔާންކުރާފަދަ އިސްތިއުނާފުކުރާ ފަރާތް ޙާޟިރުނުވެގެން ބާޠިލް ކުރެވޭ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް އަލުން ހުށަހެޅުމަށް ދެވިފައިވާ 15 (ފަނަރަ) ދުވަހުގެ މުއްދަތު ގުނުމުގައި 15(ފަނަރަ) ދުވަހުގެ މުއްދަތު ފަށާ ދުވަހާއި ނިމޭ ދުވަސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރޭޝަނުން ހިމަނާކަން ފާހަގަކުރާކަން.
5.13 އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ނުކުތާގައި ޝަރުޢީ މަރުހަލާތަކުގައި މުއްދަތު ކަނޑައެޅިފައިވާ އިޖުރާޢަތުތަކުގެ މުއްދަތު ގުނުމުގައި ކޯޓުތަކާއި، ޓްރައިބިއުނަލްތަކުން އެކި ގޮތްގޮތަށް އަމަލު ކުރާތީ އާއި، މިއިން ބައެއް އުސޫލުތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދު ކށްފައޮ ވާފައިވާތީ، އިސްތިއުނާފީ މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޢަދުލުވެރި ނިންމުމެއް ނިންމއިދިނުމަށަ އިސްތިއުނާފުރައްދުވާ ފަރާތުންވެސް އެދޭކަން.
6.13 އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ދެވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލާގައި އެ ނުކުތާތަކުގެ މައްޗަށް ފައިސަލާ ކުރަންޖެހޭ ނުކުތާތަކެއްކަމަށް އިސްތިއުނާފުރައްދުވާ ފަރާތަށް ޤަބޫލުނުކުރެވޭކަން.
7.13 މި މައްސަލައިގެ މައުޟޫޢު ބިނާވަނީ ސިވިލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުން އަލުން ބަލައި ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެ ހުށަހެޅުން ރިޖެކްޓްކުރި އިޖުރއާ އުސޫލާއި ގުޅިގެން އުފައްދާ ޤާނޫނީ ސުވާލުތަކުގެ މައްޗަށް ކަމާއި، ރަޖިސްޓްރާގާ ނިންމުމުގައި ބަޔާންކުރާ މއުޟޫޢަ ސަބަބުތަކާއި ގުޅިގެން ސިވިލް ކޯޓުން އެއްވެސް މިންވަރަކަށް ބަލައި ގޮތެއް ކަނޑައޅާފައަ ނުވާކަން.
8.13 އެހެންކަމުން، މި މައްސަލަ އިސްތިއުނާފުކުރާ ފަރާތާއި އެއްކޮޅަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ހާލަތެއްގައިވެސް، ރެޖިސްޓްރާރގެ ނިންމުން ބިނާކުރާ މައޟޫޢުގައު ގޮތެއް ކަނޑައެޅުމަށް ސިވިލް ކޯޓަށް އެންގުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނުގެ 61ވަނަ މާއްދާގަ މަޤްސަދު ނެގެހެއްޓުމުގައި އަމަލުކުރަންޖެހޭ ޢަދުލވެރު ގޮތްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ދެކޭކަން.
9.13 ޤާނޫނެއްގައި ވކަ ޙާލަތްތަކާއި، ކަންކަމާއި ގ ޅިގެން އަމަލު ކުރުމަށް އިޖރާއު ތުތަކެއަ ކަނޑައެޅިފައިވާނަމަ، އެ އިޖުރާއަތުތައް އެކުއެކީ ފުރިހަމަނުކޮށް އެ އިޖުރާއަތުތައް ފުރިހަމަކޮށްގެން ބަލަންޖެހޭ މައުޟޫޢީ ކަމެއްގައި ޝަރުއީ ކޯޓުން އެ މއ ޟުޢަކަށް ފައިސަލާ ކުރުމަކީ އެ ޤާނޫނެއްގެ މަޤްސަދު ނަގާލުންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/260-HC/2013 ޤަޟިއްޔާގެ ޙުކުމަށާއި، އެ ޤަޟިއްޔާގައި ޝަރީޢަތަށް ފާހަގަކުރެވޭ ނުކުތާތަކުގައި ނަގަހައްޓާފައިވ ޤާނޫނާ އުސޫލުން އެނގެން އޮންނަކަން.
10.13 އިސްވެ ދެންނެވުނު ޤާނޫނީ އުސޫލު މި މައްސަލައަށް ތަތުބީޤު ކުރާއިރު، ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ބިނާކުރާ ޤާނޫނީ ސަބަބުތަކުގެ މައުޟޫޢުގައި، ސިވިލް ކޓުގޯ ރަޖިސްޓްރާރގެ ނިންމުން ޤާނޫނީ ގޮތުން ރަނގަޅުތޯ ނުވަތަ ނޫންތޯ، މި ނުކުތާގއަ ސިވިލް ކޯޓުން ގޮތެއް ކަނޑައެޅުމުގެ އިޖުރއާތ މިހިނދު ފުރިހަމަވެފައިނުވާތީ، އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތަށް، ސިވިލް ކޯޓުގެ ނަންބަރު C/2012-Cv/627 ޤަޟިއްޔާއާއި ގުޅިގެން ސިވިލް ކޯޓަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައި ވާ މައްސަލަ ކޯޓުގެ ތަންފީޛީ ޑިވިޜަނުން ކުރިއަށް ގެންދަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހއިކޯޓުނަ މިހިނދު އަމުރު ކުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ޤަނޫނުގެ 61ވަނަ މާއދާގް މަޤްޞަދު ގެއްލި ގެންދާނޭ ކަމެއްކަން ފާހަގަކުރާކަން.
14އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ: "އިސްތިއުނާފ ރައްދުވު ފަރާތުން އެދެނީ، ސިވިލް ކޯޓުގެ ނަންބަރު DFJ/2018/04/C-Cv "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމި ގޮތް" ކަމަށް ބަޔާންކޮށް ސިވިލް ކޯޓުން ނިންމަވާފައިވ ނިންމެވުމާއި ގުޅިގެން އަދުލުވެރި ޙުކުމެއްކޮށް ދެއްވުމަށެވެ. އަދި އިސްތިއުނާފީ ދަޢުވާގެ ޖަވާބުގެ 2 ވަނަ ނުކުތާގެ (ހ) އަދި (ށ) ގައި ފާހަގަކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބައްލަވައި، "ސިވިލ ކޯޓުގް ނަންބަރު C/2012-Cv/627 ޤަޟިއްޔާގެ މައްސަލަ ތންފީޒަ ކުރުމަށް އަންގަވައި އަމުރުކޮށް ދެއްވުމަށް" އެދޭ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ އެދުމުގެ މައްޗަށް މި ހިނދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމަންޖެހޭ ހާލަތެއްނެތްކަމަށް ކަނޑައަޅުއްވައި، މި މައްސަލަ ނިންމަވައި ދެއްވުމަށެވެ". މި ފަދައިންކަން އެނގެންއޮވެއެވެ. އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 5ވަނަ ނަންބަރު އިސްތިއުނާފީ ނުކުތާއާ މެދާ ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ގޮތް
15މި މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 176/REG/2017-144 ރަޖިސްޓްރާރ ގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައި ވަނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނ) ގ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 7 (ހަތެއް) ދުވަހުގެ މުއްދަތު ހަމަވުމަށްފަހުގައި ކަމަށްވާތީ ސިވިލް ކޯޓުގެ ނަންބަރު 176/REG/2017-144 (14 ނޮވެންބަރު 2017) ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ގޮތެއް ކަނޑައަޅައިދޭނެ ތަނެއް ނެތްކަމަށް ނިންމުމުން ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލިމިޓެޑުގެ ފަރާތުން އެ ނިންމުން އިސްތިއުނާފުކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ.
16މި މައްސަލަ އިސްތިއުނާފކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައްޔާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތގު މަޖިލީހުގައި ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލިމިޓެޑުން އެދޭގޮތް ކަމަށް ބުނެފައިވަނީ ސިވިލް ކޯޓްގެ ނަންބަރު C/DFJ/2018/04-Cv "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް" ޝަރުޢި އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށް ކަނޑައަ ޅައަ ސިވިލް ކޯޓުގެ ނަންބަރު C/2012-Cv/627 ޤަޟިއްޔާގެ މައްސަލަ ތަންފީޒުކުރުމަށް އަންގް އ އަމުރުކޮށް ދިނުމަށްކަން އެނގެންއޮވެއެވެ.
17ޕްރިސިޑެންސް 1ރަޖިސްޓްރާރ ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އަލުން އެ ނިންމުމެއް ބަލައިދިނުމަށް އދެވިދާނެކަމަށެ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއް ޖޭގެ ކޯޓުތަކާބެހޭ ޤާނޫނު)ގެ 61ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ބުނެވި ދިޔަ މާއްދާގައި ބަޔާންކޮށްފައިވަނީ: "(ހ) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ބާރުލިބިގެން ރަޖިސްޓްރާރ ކުރާ އެއްވެސް ކަމަކާމެދު، ނުވަތަ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އަލުން އެ ކަމެއް ނުވަތަ އެ ނިންމުމެއް ބަލައިދިނުމަށް އެދި އެ ކޯޓަކަށް ހުށަހެޅުމުގެ އިޚްތިޔާރު، އެ ކމަކ ނުވަތާ އެ ނިންމުމަކާ ގުޅުންހުރި ކޮންމަ ފަރާތަކަށްވެސް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކަމެއް ދެވަނަ ފަހަރަށް ބަލައިދިނުމަށް އެދޭ ނަމަ، އެ ނިންމުމެއް ނިންމި ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ ."
18ޕްރިސިޑެންސް 2ޕްރިސިޑެންސް 3މުއްދަތު ގުނުމުގައި ޢަމަލުކުރާނެ ގޮތް، ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ވަކި ޤާނޫނެއްގެ ބޭނުމަށްޓަކައި ވަގުތު ނުވަތަ މުއްދަތު ބަލަންޖެހިއްޖެނަމަ، ވަގުތު ނުވަތަ މުއްދަތު ބަލަންޖެހޭނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމގު ޤާނޫނު ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އެއްގޮތަށެވެ. މިގޮތުން، ބުނެވިދިޔަ ޤާނޫނުގައި މުއްދަތު ބަލާނެ ގޮތަކާމެދު އޮތް ގޮތުގެ މައްޗަށް ބަލާއިރު، އެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "(ހ) ވަގުތު ނުވަތަ މުއްދަތު ވަކި ޤާނޫނެއްގެ ބޭނުމަށްޓަކައި ބަލަންޖެހިއްޖެ ހިނދެއްގައި، އެ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތް ކޮށްފައިވާނަމަ، އެ މުއްދަތު ގުނަންވާނީ އެ ދެކަމެއް ހިނގާ ދެ ދުވަސް ނުހިމަނައެވެ .
(ށ) ވަކި ކަމެއް ކުރަން އޮތް ތާރީޚަކީ، ނުވަތަ ވަކިކަމެއް ކުރަން އޮތް އެންމެ ފަހު ތާރީޚަކީ ރަސްމީ ބަންދު ދުވަހަކަށްވާނަމަ، ދެން އެކަމެއް އެ ބަންދުދުވަހާ ވިދިގެން އަންނަ ރަސްމީ ބަންދޫނޫން ދުވަހު ކުރެވިދާނެއެވެ.
(ނ) ޤާނޫނެއްގައި ނުވަތަ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ، 70 (ހަތެއް) ދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަމެއް ކޮށްފިކަން ކަށަވަރުކުރުމުގައި ނުވަތަ އެ މުއްދަތު ފަހަނަޅައި ހިގައްޖެކަން ކަށަވަރުކުރުމުގައި، އެ 07 (ހަތެއް) ދުވަހުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭނެއެވެ.
(ރ) ވަކި ވަގުތެއްގައި ވަކިކަމެއް ރާއްޖޭގައި ކުރަންޖެހޭކަމަށް ބުނެފައިވާނަމަ، އެ ވަގުތު ބަލާނީ، ދިވެހިރާއްޖޭގަ ރަސްމީ ގަޑީގެ ވަގުތުގެ ގޮތުގައެވެ.
(ބ) ވަކި ކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއް ކުރަންވާނީ، އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތެއްގައެވެ." ޤާނޫނު ނަންބަރު 2011/4
19އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނގު ބުނެވިދިޔަ މާއްދާ ތަތުބީޤު ކުރާއިރު ސިވިލް ކޯޓުގެ ނަންބަރު 176/REG/2017-144 (ރަޖިސްޓްރާރގެ ނިންމުން) ނިންމާފައިވަނީ 14 ނޮވެންބަރު 2017 ކަމަށް ވާއިރު މި ތާރީޚުން ފެށިގނެ 7 (ހަތެއް) ދުވަސް ގުނާ ކަމުގައި ވާނަމަ ގުނަންޖެހޭނީ މި މުއްދަތުގެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. އަދި ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތަށް އިޝާރާތްކޮށްފައިވާނަމަ، އެ މުއްދަތު ގުނންވާނަ އެ ދެކަމެއް ހިނގާ ދެ ދުވަސް ނުހިމަނައި ކަމަށްވާތީ، އެ ނިންމުން ނިންމި ތާރީޚު (14 ނޮވެންބަރު 2017) އަދި 07ވަނަ ދުވަސް (26 ނޮވެންބަރު 2017) ވެސް ނުހިމނޭނެކަމުގައި ބަލަންޖެހެއެވެ. އެހެންކަމު ން، ސިވިލް ކޯޓުގެ ނަންބަރު 176/REG/2017-144 ރަޖިސްޓްރާރ ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އަލުން އެ ނިންމުން ބަލައިދިނުމަށް އެދި ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 27 ނޮވެންބަރު 2017 ކނަ އެނގެންއޮވެއެވެ.
20ޕްރިސިޑެންސް 4އިސްތިއުނާފު ކުރެވިފައިވާ މައްސަލާގައި ރަޖިސްޓްރާރ ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހިގެން އަލުން އެ ނިންމުން ބަލައިދިނުމަށް އެދި ޕެރެލެކްސް ވެންޗަރ ޕާރޓްނާރސް އެކްސްވީ ލިމިޓެޑްގެ ފަރާތުން 27 ނޮވެންބަރު 2017 ގައި ސިވިލް ކޯޓަށް ހުށަހެޅިކަން އެނގެންއޮވެއެވެ. އިސްވެ އިޝާރާތްކޮށްފައިވާ ފަދައިން މި މައްސަލަ ގައާ ރަޖިސްޓްރާރ ނިންމާ ނިންމުމާމެދު ހަނި ހަމަނުޖެހޭނަމަ އަލުން އެ ނިންމް ނ ބަލައިދިނުމަށް އެދި ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 27 ނޮވެންބަރު 2017 ކަން އެނގެން އ ތުމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 61 ވަނަ މާއްދާގެ (ށ) ގައި ބުނާ 07 (ހަތެއް) ދުވަހގު މުއްދަތުގެ ތެރޭގައި ޕެރެލެކްސް ވެންޗަރ ޕާރޓްނާރސް އެކްސްވީ ލިމިޓެޑުން ހުށަހަޅާފައިވާކަން މި މައްސަލައިގެ ވަޤާއިއުތަކުން އެނގެއެވެ.
212017 ނޮވެންބަރު މަހުގެ ކަލަންޑަރުގައި ވާފަދައިން އެ މަޢުލޫމާތު ހިމަނައި މައްސަލަ ދެނެގަނެ ފަސޭހައިން ފަހުމކުރުމަށްޓަކައި އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
22އެހެންކަމުން، ރަޖިސްޓްރާރގެ ނިންމުން އަލުން ބަލއަ ދިނުމަށި ޕެރެލެކްސް ވެންޗަރ ޕާރޓްނާރސް އެކްސްވީ ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 61ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 7 (ހަތެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ކަމަށްވުމުން، ސިވިލް ކޯޓުގެ ނަންބަރު C/DFJ/2018/04-Cv ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމި ނިންމުން ނިންމާފއިވަނަ ޤާނޫނާ އެއްގޮތަށް ނޫންކަން އެނގެންއޮވެއެވެ.
23ޕްރިސިޑެންސް 5އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދެވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާ ޔަތްކުރާއިރު، ސިވިލް ކޯޓުގެ "ރަޖިސްޓްރާރގެ ނިނމުނ އަލުން ބަލައި ނިންމިގޮތް" ނަންބަރު C/DFJ/2018/04-CV ނިންމުމުގެ ފާހަގަކުރެވުނު ނުކުތާގެ 3ވަނަ ނަންބަރުގެ (ރ) ގައި، ރަޖިސްޓްރާގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އަލުން އެނިންމުމެއް ބަލައިދިނުމަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯތުތަކުގެ ޤާނޫނު)ގ 61ވަނަ މާއްދާގަ (ށ) ގައި ބަޔާންކޮށްފައިވާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކަމަށްވެފައި ޕެރެލެކްސް ވެންޗަރ ޕާރޓްނާރސް އެކްސްވީ ލިމިޓެޑްގެ ފަރާތުން ޤާނޫނުގައި ބަޔާންވެގެންވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ކޯޓަށް ހުށަހަޅާފައިނުވާތީ ސިވިލް ކޯޓުގެ ނަންބަރު 176/REG/2017-144 ރަޖިސްޓްރާރގެ ނިންމުން އެމައްޗަށް ނިންމިގޮތް އިސްތިގުރާރުވުމުގ ޤާނޫނެ މުއްދަތު ހަމަވުމަށްފަހު އެނިންމުން ބަލައިދިނުމަށް ހުށަހަޅާ ހުށަހެޅުމުން ބަލައިގަތުމަކީ ޤާނޫނީ ގޮތުން ހުއްދަ ވެގެން ނުވާކަމެއްކަމަ ށއި އަދި އެކަމުގާ އިޙްތިޞާޞއަކް ސިވިލް ކޯޓަށް ލިބިގެން އޮތްކަމެއް ނޫންކަން ބަޔާންކޮށްފައި އޮންނަކަން އެނގެންއޮވެއެވެ.
24އެހެންކަމުން، ސިވިލް ކޯޓުގެ "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް" ނަންބަރު C/DFJ/2018/04-CV ނިންމުން އިސްތިއުނާފުކުރުމަށް ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާއާ ގުޅިގެން ސިވިލް ކޯޓުން ގޮތެއް ނިންމަވާފައިނުވާތީ، މި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަކަށް ޤަބޫލެއްނުކުރެވެއެވެ.
25ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން ޕެރެލެކްސް ވެންޗަރ ޕާރޓްނަރސް އެކްސްވީ ލިމިޓޑުނެ ސިވިލް ކޯޓުގެ ނަންބަރު C/DFJ/2018/04-CV "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް" އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ކަމަށް ޤަބޫލުކުރެވެއެވެ.
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 61 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 35 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ނ)
- 2012/HC-A/308
- 2013/HC-A/236
- 2013/HC-A/260
- ބެންޗު
- ޙަސަން ޝަފީޢު، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް