ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/02
ނިޒާރު ޢަބްދުއްރަހްމާން ވ. ފާޠިމަތު އަބްދުއްރަހްމާން، 2021/HC-A/02
Nizar Abdul Rahman v. Fathimath Abdhurahmaan 2021/HC-A/02 (2021/HC-A/02, High Court of the Maldives, 23 August 2026)
ނިޒާރު ޢަބްދުއްރަހްމާން ވ. ފާޠިމަތު އަބްދުއްރަހްމާން
މައިގަނޑު ސުވާލު
ދަޢުވާކުރާ ފަރާތުގެ ބަހާއި އެންމެ ހެކިވެރިއެއްގެ ހެކިބަހަށް ބިނާކޮށް، ފައިސާ ޙަވާލުކުރިކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ދަށުކޯޓުން ނިންމުމަކީ ހެކި ސާބިތުކުރުމުގެ މިންގަނޑާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑަކީ "ބޮޑަށް ބުރަވެވޭ މިންގަނޑު" (Balance of Probabilities) އެވެ؛ އެ މިންގަނޑުން ހެކި ވަޒަންކުރަނީ ހެކީގެ ޢަދަދަށް ބަލައިގެން ނޫން، ހެކިބަހުގެ ފެންވަރާއި އިތުބާރާއި މައްސަލައިގެ ވަށައިގެންވާ ޙާލަތްތަކަށް ރިޢާޔަތްކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 25)
- "ހެކި ވަޒަންކުރަނީ، ގުނާކަށް ނޫނެވެ" (Evidence is weighed, not counted) ގެ އުޞޫލުގެ ދަށުން، އިތުބާރު ހުރި، ޙާލަތާ ގުޅޭ އެންމެ ހެކިވެރިއެއްގެ ހެކިބަހަށް ބިނާކޮށްވެސް، ދަޢުވާގައިވާ ކަންކަން ހިނގުމުގެ ފުރުޞަތު ބޮޑުކަމަށް (more probable than not) ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ (TUI v Griffiths [2023] UKSC 48). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-28)
- ހެކިވެރިއެއްގެ މިނިވަންކަމާއި ވަކި ފަރާތަކަށް ބުރަވުމާމެދު ސުވާލު އުފައްދާނަމަ، އެކަން ކުރަންވާނީ ހެކިބަސް ނަގާ (ކްރޮސް-އެގްޒަމިނޭޝަން) މަރުޙަލާގައެވެ؛ އެ މަރުޙަލާގައި ޗެލެންޖް ނުކޮށް ޚުލާޞާ ބަޔާނުގައި ހަމައެކަނި ފާހަގަކުރުމަކީ ހެކިބަސް ބަލައިނުގަތުމުގެ ސަބަބެއް ދެއްކުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23، 27)
- ޝަރުޢީ އުޞޫލުގެ ދަށުން އެއް ހެކިވެރިއަކު ހުންނަ ޙާލަތުގައި ދަޢުވާ ފުރިހަމައަށް ސާބިތުކުރުމަށް ދަޢުވާކުރާ ފަރާތުގެ ހުވާ ނަގަންޖެހެއެވެ؛ ނަމަވެސް މަދަނީ މިންގަނޑާއި ޝަރުޢީ އުޞޫލުތަކަކީ އެކުއެކީގައި ބޭނުންކުރެވޭ ވަސީލަތްތަކަށް ވާތީ، ވަކި ޝަރުޢީ އުޞޫލެއް ތަޠުބީޤުކުރުމަށް އެދޭނަމަ (ޚާއްޞަކޮށް ވަކީލުން ތަމްސީލުކުރާއިރު) އެކަން ދަށުކޯޓުގައި ރަނގަޅު މަޙައްލުގައި ފާހަގަކުރަންޖެހެއެވެ؛ އެކަން ނުކޮށް، އަދި އިސްތިއުނާފުގައި ޤާނޫނީ ބަހުސެއް ނުއުފައްދާނަމަ، އެ އުޞޫލު ތަޠުބީޤު ނުކުރުމަކީ ނިންމުން ބާޠިލުކުރާނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-31)
1ލ. މާމެންދޫ / އަލިގާ، ފާޠިމަތު ޢަބްދުއްރަޙްމާން ބަލިވެގެން އޭނާގެ ކޮއްކޮ، ލ. މާމެންދޫ/ ދިލްކަޝްގެ، ނިޒާރު ޢަބްދުއްރަޙްމާން ގެ ގާތުގައި ހުރިއިރު އަނބުރާ ދޭގޮތަށް ނިޒާރު ޢަބްދުއްރަޙްމާންއާ -/20,000ރ. (ވިހިހާސް) ރުފިޔާ އާއި U$1600.00 (އެއްހާސް ހަސަތޭކަ ( ޔޫއެސް ޑޮލަރު ޙަވާލުކޮށްފައިވާނެ ކަމަށާއި އެ ފައިސާ، އަނބުރާ ދީފައި ނުވާކަމަށް ބުނެ އ ފައިސާ ހޯދުމަށް އެދި ފާޠިމަތު ޢަބްދުއްރަޙްމާންގެ ފަރާތުން ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.
2އެ މައްސަލަ ބަލާފައިވަނީ ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 03/O10C/2020 ޤަޟިއްޔާއިން ނެވެ.
3މިއީ، ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 03/O10C/2020 ޤަޟިއްޔާ ގައި އެ ކޯޓުން ނިންމި ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ނިޒާރު ޢަބްދުއްރަޙްމާން (މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް" ނުވަތަ "ނިޒާރު ޢަ ބްދުއްރަޙްމާން)"ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
4މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ފާޠިމަތު ޢަބްދުއްރަޙްމާން (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ފާޠިމަތު ޢަބްދުއްރަޙްމާން")އެވެ.
5ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 03/O10C/2020 ޤަޟިއްޔާގައި ނިންމާފައިވަނީ، ދަޢުވާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހޯދުމަށް އެދިފައިވާ U$1600.00 (އެއްހާސް ހަސަތޭކ( ދ.ރއަދ.ރއަޔޫއެސް ޑޮލަރު އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތާ ޙަވާލުކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުންނާއި، މައްސަލައިގައި ހެކިބަސް ދީފައިވާ ލ. މާމެންދޫ/ އަޅިވިލާގެ، އާދަމް ނަސީމްގެ ހެކިބަހުން އެނގެން އޮންނާތީ، U$1600.00 (އެއްހާސް ހަސަތޭކަ( ޔޫއެސް ޑޮލަރކަ އިސްތިއުނާފީ ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް މަދަނީ މިންގަނޑުން ސާބިތުވާކަމުގައި ކަނޑައަޅައި، އެފައިސާ އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދިނުމަށްޓަކައި 18 ނޮވެންބަރު 2020 އިން ފެށިގެން 03 (ތިނެއް) މަސް ތެރޭގައި ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް އަންގައިއެވެ.
6އަދި ދަޢުވާގައި ހޯދުމަށް އެދިފައިވާ -/20,000ރ. (ވިހިހާސް) ރުފިޔާ ދީފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެ -/20,000ރ. (ވިހިހާސް) ރުފިޔާ އިސްތިއުނާފުކުރާ ފަރާތުގެ އަތުން ނަގައިދެވެން ނެތްކަމުގައި ވެސް އެ ޙުކުމުގައި ކަނޑައަޅާފައިވެއެވެ.
7ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 03/O10C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ނިޒާރު ޢަބްދުއްރަޙްމާން ގފަރާތުނެ ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ.
1.7 ދަޢުވާގައި ބަޔާންކުރާ U$1600.00 (އެއްހާސް ހަސަތޭކަ) ޔޫއެސް ޑޮލަރު ފާޠިމަތު ޢަބްދުއްރަޙްމާންގެ ފަރާތުން ނިޒާރު ޢަބްދުއްރަޙްމާނަށް ޙަވާލުކުރިކަމަށް ޝަރީޢަތަށް ސާބިތުވާ ކަމަށް ނިންމާފައިވަނީ އެކަށީގެންވާ ހެކި ނެތިކަމަށެވެ.
8ދަޢުވާގައި ބަޔާންކުރާ U$1600.00 (އެއްހާސް ހަސަތޭކަ) ޔޫއެސް ޑޮލަރު އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތަށް ޙަވާލުކުރިކނަ ސާބިތުވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުންނާއި ޝަރިޢަތަށް ހާޒިރުކުރެވުނު އެންމެ ހެއްކެއްގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
9އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަޢުވާކުރި ފަރާތާ ކަމުގައިވާއިރު، ދަޢުވާގައި އެފަރާތުގެ މަޞްލަޙަތުގައި ބުނާ ބުނުމަކީ ހެކީގެ ބުރަދަން ދެވޭނެ ބުނުމެއް ނޫންކަމަށާއި، ނަމަވެސް އެފަރާތުގެ ބުނުމުގެ މައްޗަށް ރިޢާޔަތްކޮށް، ދަޢުވާގައި ބުނާ ކަމަށް ބާރު ލިއްބައިދޭނ ކަމަށެ ބެލެވިދާނެ އެންމެ ހެއްކެއް ފިޔަވައި އިތުރު އެއްވެސް ހެއްކެއް ނެތީސް މައްސަލަ ސާބިތުވާކަމަށް ނިންމާފައިވަނީ މައްސަލަ ސާބިތުކުރެވޭ މިންގަނޑަށް ހެކި ނެތީސް ކަމަށެވެ.
10ދަޢުވާ ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި އާދަމް ނަސީމުގެ ހެކިބަހަށް ބަލާއިރު ދަޢުވާގައި ބަޔާންކުރާ ފައިސާ އިސްތިއުނާފުކުރާ ފަރާތާ ޙަވާލުކުރި ކަމަށް ބުނި ނަމަވެސް ޙަވާލުކުރި ކަމަށް ބުނާ ފައިސާ ޙަވާލުކުރީ ކޮންތާރީޚެއްގައ ކަމާއި އެފައިސާއަކީ ކޮންކަމަކަށް އަދި ކޮން ގޮތަކުން ދެވުނު ފައިސާ ކަމއެ ހެކް ބަސް ދެމުން ބުނެދެވިފައި ނުވާކަމަށެވެ. އަދި މި ހެކި ވެރިޔާއަކ އިސްތިއުނާފީ ރައްދުވު ފަރާތާ ދެމެދު ލޭގެ ގުޅުމެއް ނެތް ނަމަވެސް ދެފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން މިނިވަން ހެކި ބަހެއް ދެވޭ ފަދަ މަޤާމެއް ހުރި ފަރާތެއް ނޫންކަމަށެވެ.
11އެހެންކަމުން މި މައްސަލއަ ގައި ދަޢުވި ސާބިތުކުރެވޭނެ މިންވަރަށް ކާފީ ހެކި ހުށަހަޅާފައިނުވާތީ މި ދަޢުވާ ސާބިތުވާކަމަށް ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކޭކަމަށެވެ.
12އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ފާޠިމަތު ޢަބްދުއްރަޙްމާން ހުށަހެޅި ދަޢުވާގައި ދަޢުވާލިބޭ ނިޒާރު ޢަބްދުއްރަޙްމާނއް U$1600.00 (އެއްހާސް ހަސަތޭކަ) ޔޫއެސް ޑޮލަރު ޙަވާލުކުރިކަމަށް ބުނާ ބުނުމަށް ނިޒާރު ޢަބްދުއްރަޙްމާން އިންކާރުކޮށްފައިވާ ހިނދު ދަޢވާގައިވު ވދައިން އާ ފައިސާ ޙަވާލުކޮށްފައިވާކަން ސާބިތުކޮށްދިނުމަކީ ދަޢުވާކުރި ފާޠިމަތު ޢަބްދުއްރަޙްމާން އުފުލަންޖެހޭ ބުރައަކަށްވީ ހިނދު ފާޠިމަތު ޢަބްދުއްރަޙްމާންގެ ފަރާތުން ދަޢުވާގައި އެފައިސާ ޙަވާލުކުރިކަމަށް ބުނެފައިވާ ބުނުމަކީ އެބަސް ސާބިތުކުރުމަށް ޝަރީޢަތުން އެމައްޗަށް ބުރަވެވޭނެ ބުނުމެއނން ކަމަށއާ ދަޢުވާގައި ބުނާ U$1600.00 (އެއްހާސް ހަސަތޭކަ) ޔޫއެސް ޑޮލަރު ދަޢުވާ ލިބުނު ފަރާތާ ޙަވާލުކުރިކަން މަދަނީ މިންގނޑުނަ ސބިތުކޮށްދެވިފައާ ނުވާކަމަށާއި އެހެންކަމުން ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 03/O10C/2020 ޤަޟިއްޔާގައި ފާޠިމަތު ޢަބްދުއްރަޙްމާނުގެ ބަހަށް ރިޢާޔަތްކޮށް، ފާޠިމަތު ޢބްދުއްރަޙްމާނުގަ ފަރާތުން ނިޒާރު ޢަބްދުއްރަޙްމާނަށް U$1600.00 (އެއްހާސް ހަސަތޭކަ) ޔޫއެސް ޑޮލަރު ޙވާލުކޮށަ ފައިވާކަން ސބާ ތުވާކަމަށި ނިންމާފައިވަނީ ޝަރީޢަތްކުރުމުގެ އުޞޫލުތަކާ ޚިލާފަށްކަމުގައ ކަނޑައަޅައި ދިނުމާއެކު ދަޢުވާގައި ބަޔާންކުރި U$1600.00 (އެއްހާސް ހަސަތޭކަ) ޔޫއެސް ޑޮލަރު ޙަވާލު ކުރެވުނުކަން ޝަރީޢަތަށް ސާބިތުނުވާކަމުގައި ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށެވެ.
13އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުގައި ޖުމްލަކޮށް ބުނެފައިވަނީ، ދަށުކޯޓުން މައްސަލަ ނިންމުމުގައި ދަޢުވާގައި ބަޔާންކުރި U$1600.00 (އެއްހާސް ހަސަތޭކަ) ޔޫއެސް ޑޮލަރު އިސްތިއުނާފުކުރާ ފަރާތަށް ޙަވާލުކުރިކަން ޝަރީޢަތަށް ސާބިތުވާކަމށަ ކަނޑައެޅި ގޮތް ރަނގަޅުކަމަށް ދެކޭ ކަމަށާއި، މި މައްސަލައިގައި ކޮންމެ ގޮތަކަށް ނިންމި ނަމަވެސް މައްސަލަ ޖައްސާކަށް ބޭނުންނުވާ ކަމަށާއި މިމައްސަލައިގައި ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށެވެ.
14މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، ދަޢވާގައު ބަޔާންކުރާ U$1600.00 (އެއްހާސް ހަސަތޭކ) އެމެރިކާ ޑޮލަރު، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތަށް ޙަވާލުކުރިކަމަށް ޝަރީޢތަށަ ސާބިތުވާކަމަށް ނިންމާފައިވަނީ އެކަށީގެންވާ ހެކި ނެތިކަމުގައެވެ.
15އިސްތިއުނާފު ކުރާ ފަރާތުން މިފަދައިން ބަހުސްކޮށްފައިވީ ނަމަވެސް، މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށަހެޅުނު ލ. މާމެންދޫ / އަޅިވިލާގެ، އާދަމް ނަސީމް، ދަށު ކޯޓުގައި ދީފައިވާ ހެކިބަސް ނަގާފައިވާކަމާމެދު އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓުގައިވެސް އަދި މި ކޯޓުގައިވެސް ސުވާލު އުފައްދާފައެއް ނުވެއެވެ.
16އެހެންނަމަވެސް، އެ ހެކިވެރިޔާގެ ހެކިބަހަށް ބަލާއިރު، ފައިސާ ޙަވާލުކުރި ސީދާ ތާރީޚެއް ބަޔާންކޮށްދީފައި ނުވުމާއި، އެއީ ކޮން މުޢާމަލާތަކާ ގުޅިގެން އަދި ކޮން ގޮތަކުން ދެވުނު ފައިސާއެއްކަން ތަފުސީލުކޮށްދީފައި ނުވާކަން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ. އަދި އެ ހެކިވެރިޔާއަކީ އިސްތިއުނާފު ރައްދުވާ ފަރާތާ ގާތް ގުޅުމެއް އޮންނަ މީހަކަށްވާތީ، ވަކި ފަރާތަކަށް ބުރަނުވެ، މިނިވަންކަމާއެކު ހެކިބަސް ދެވޭފަދަ މަޤާމެއްގައި ހުރި މީހެއް ނ ންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
17މީގެ އިތުރުން، ދަޢވާއެއު ކުރާ ފަރާތުން ވަކި ކަމެއް ވަކިގޮތަކަށް ހިނގާފައިވާ ކަމަށާ ބުނާ ބުނުމަކީ ހެކީގެ ބުރަދަންދެވޭ ބުނުމެއްނންކަމުގައިވެސް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ.
18ވުމާއެކު، ދައުވާކުރާ ފަރާތުގެ އަމިއްލަ ބަޔާނަކީ އެ ބަޔާން ސާބިތުކުރަން އޮތް މިނިވަން ހެއްކެއް ކަމުގައި ނުބެލެވޭނެ ހިނދު، އެ ބުނުމުގެ މައްޗަށާއި، އިތުރު އެންމެ ހެކިވެރިއެއްގެ ހެކިބަހަށް އެކަނި ބިނާކޮށް ދަޢުވާ ސާބިތުވާކަމަށް ދަށު ކޯޓުން ކަނޑައެޅީ، މަދަނީ މައްސަލަތައް ސާބިތުކުރުމަށް ބޭނުންވާ ޤާނޫނީ މިންގަނޑަށް ހެކި ނެތިކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ. މަދަނީ މައްސަލައެއް ސާބިތުކުރުމުގައި ހެކީގެ މިންގަނޑު:
19ޕްރިސިޑެންސް 1މަދަނީ މައްސަލަތައް ސާބިތުކުރުމުގައި ޤާނޫނީގޮތުން ގެންގުޅޭ މިންގަނޑަކީ "ބޮޑަށް ބުރަވެވޭ މިންގަނޑު" (Balance of Probabilities)އެވެ. ބޮޑަށް ބުރަވެވޭ މިންގަނޑުން ހެކި ވަޒަންކުރުމަކީ، ހަމައެކަނި ހުށަހެޅިފައިވާ ހެކީގެ ޢަދަދަށް (Quantity) ބަލައިގެން ނިންމާ ނިންމުމެއް ނޫނެވެ. އެހެންނަމަވެސް، އެ ހެކިބަހެއްގެ ފެންވަރަށާއި، އިތުބާރަށާއި، އަދި މައްސަލައިގެ ވަށައިގެންވާ ހާލަތްތަކަށް (Quality and Context) ރިޢާޔަތްކުރަންޖެހޭ ކަމެކެވެ.
20މި މައްސަލއަ ގައި ދ ޢަވާކުރާ ފަރާތުން ދަޢުވާގެ އަސާސް ސާބިތުކުރުމަށް ދެ ހެކިވެރިއަކު ހުށަހެޅި ނަމަވެސް، ދަޢުވާއާ އެއްކޮޅަށް ހެކިބަސް ދީފައިވަނީ އެންމެ ހެކިވެރިއެކެވެ. އަނެއް ހެކިވެރިޔާގެ ހެކިބަހުން ދޢަ ވ ސާބިތުކުރުމަށް ބޭނުން ހިފޭނެ އެއްވެސް ބާރެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން، ދަށު ކޯޓުން ދޢަ ވ ސާބިތުވާކަމަށް ކަނޑައެޅުމުގައި ބުރަދަން ދީފައިވަނީ އެންމެ ހެކިވެރިއެއްގެ ހެކިބަހަށެވެ.
21ދަށު ކޯޓުގައި މައްސަލަ ހިނގިއިރު، ދަ ޢވާލިބޭ ފަރާތުން ޖަވާބުދާރީވެފައިވަނީ ދ ޢަ ވާކުރާ ފަރާތުގެ އަމިއްލު ބުނުން ފިޔަވައި އިތުރު ހެއްކެއް ނެތްކަމަށް ބަޔާންކޮށެވެ. މިކަން ދަށު ކޯޓުގެ ފަނޑިޔާރުވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ދޢަ ވާލިބު ފަރާތުން ދިފާޢު ބިނާކުރީ "އެއްވެސ ހެއްކެއް ނެތް" ހާލަތުގެ މައްޗަށެވެ. އެއް ހެކިވެރިއެއްގެ ހެކިބަސް އޮތްކަމަށް ބަލައި، އެ ހެކިބަސް ވަޒަންކުރުމުގައި ވަކި ޝަރުޢީ އުސލަކަށ ރިޢާޔަތްކުރުމަށް ދަޢު ވާލިބޭ ފަރާތުން ދަށު ކޯޓުގައި އެދިފައެއް ނުވެއެވެ. ދޢަ ވާލިބު ފަރާތުން ޝަރުޢީ އުސ ލކަ ށ ހަވާލާދީފައިވަނީ، ހެކި މުޠުލަޤަށް ނެތް ހާލަތުގައި ދައުވާލިބޭ ފަރާތުން ކުރަންޖެހޭ "އިންކާރުގެ ހުވާ" ކުރުމުގެ އުސލަށެވެ. މިކަން ދަށު ކޯޓަށް ހުށަހެޅި ޖަވާބުންނާއި (18 މޭ 2020)، ޚުލާޞާ ބަޔާނުންނާއި (14 ނޮވެމްބަރު 2020)، އަދި ޝަރީޢަތް ނިމުނު ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ ތަކުން ސާފުކޮށް އެނގެއެވެ.
22މައްސަލައިގެ ހަގީގަތަށް ބަލާއިރު، މިއީ އެއްވެސް ހެއްކެއް ނެތް މައްސަލައެއް ނޫނެވެ. ބަޔާންވެދިޔަ ފަދައިން އެއް ހެއްކެއްގެ ހެކިބަސް ފެންނަން އެބައޮތެވެ. އަދި ދަށު ކޯޓުގެ ފަނޑިޔާރު އެ ހެކިވެރިޔާގެ ބަހަށް ބުރަދަންދީފައިވާކަނ ޝަރީޢަތް ނިމުން ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުން އެނގެއެވެ.
23ޕްރިސިޑެންސް 3އެހެންނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުން، ހެކިބަސް ނެގުމުގެ މަރުހަލާގައި، އެ ހެކިވެރިޔާއާ ސުވާލުކޮށް (ކްރޮސް-އެގްޒަމައިންކޮށް) އެ ހެކިވެރިޔާގެ ނަޒާހަތްތެރިކަމާމެދ ނުވަތު މިނިވަންކަމާމެދު، ނުވަތަ ވަކި ފަރާތަކަށްބުރަވެ ހެކިބަސް ދިނުމާމެދު، ނުވަތަ ވަކި ފަރާތަކާ އޮންނަ ގާތް ނުވަތަ ޢާއިލާ ގުޅުމަކާމެދު ސުވާލުކޮ ށްފައިނުވެއެވެ. އިސްތިއުނާފު ކުރާ ފަރާތުން، ހެކިވެރިޔާއާ އިސްތިއުނާފު ރައްދުވާ ފަރާތަކީ ގާތް . ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ "ފާހަގަކުރުވެނު ނުކުތާތައް" ގެ 3 ވަނަ ނަންބަރުގެ (ނ). ގުޅުމެއް އޮންނަ ފަރާތެއްކަމަށާއި، ވަކި ފަރާތަކަށް ބުރަނުވެ މިނިވަންކަމާއެކު ހެކިބަސް އަދާކުރެވިދާނެ ފަރާތެއްކަމާމެދ ސުވާލު އުފައްދާފައިވަނީ ޚުލާސާ ބަޔާނުގައެވެ. އެހެންނަނަމަވެސް، އެކަންކަމާމެދު ސުވާލު އުފައްދާކަމަށ ބުން ބުނުމުގެ އިތުރަށް، އެ ބުނާ ބުނުމަށް ބާރުދޭ އެއްވެސް ކަމެއް ހުށަހަޅާފައިނުވެއެވެ. މި މައްސަލއަ ގައި ހެކި ވަޒަންކޮށްފައިވާ ގޮތް:
24ދަށު ކޯޓުން މި މައްސަލއަ ގައި ހެކިވަޒަންކުރުމުގައި ވަކި ޝަރުޢީ އުސ ލަކަށް ހަވާލާދީފައެއް ނުވެއެވެ. އަދި އެފަދަ އުސ ލަކުނ ހެކިބަސް ވަޒަންކޮށްދިނުމަށް ދަޢުވާލިބޭ ފަރާތުންވެސް އެދިފައެއް ނުވެއެވެ. ދަށު ކޯޓުގެ ފަނޑިޔާރު ހެކިވަޒަންކޮށް، ޝަރީޢަތް ނިމުނު ރިޕޯޓުގައި ކަނޑައަޅުއްވާފައިވަނީ، ދޢަ ވާގައު ބަޔާންކުރާ U$1600.00 (އެއްހާސް ހަސަތޭކ) އެމެރިކާ ޑޮލަރު، ދައުވާލިބޭ ނިޒާރު ޢަބްދުއްރަޙްމާނާ ޙަވާލުކޮށްފައިވާކަން ދައުވާކުރާ ފާޠިމަތު ޢަބްދުއްރަޙްމާނު ގެ ބަހުންނާއި ހެކިވެރިޔާ އާދަމް ނަސީމްގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ .
25މިއީ، މަދަނީ މައްސަލައެއްގައި ފަނޑިޔާރަށް "ބޮޑަށް ބުރަވެވުން ގޮތް" ނުވަތަ ހެކި ޤަރީނާއިން ނެރުނު ނަތީޖާއެވެ. ބޮޑަށް ބުރަވެވޭގޮތް ދެނެގަންނާނީ، މައްސަލައިގެ ހާލަތާއި، މުޢާމަލާތް ހިނގާފައިވާ ބީދައާއި، އަދި ޚުޞ މަތުގ ބައިވެރިންގެ މެދުގައި އޮތް ގުޅުންތަކަށް ޖުމްލަ ގޮތެއްގައި ނަޒަރު ހިންގުމަށްފަހުގައެވެ. ދަށު ކޯޓުގެ ފަނޑިޔާރު ވާޞިލުވި ނަތީޖާއަކީ، މި މައްސަލައިގެ ހާލަތަށް ބަލާއިރު އެންމެ ހެކިވެރިއެއްގެ ހެކިބަހަކީވެސް ދޢަ ވާގައު ބުނި ކަންކަނާ އެގޮތަށް ހިނގާފައިވާކަމަށް ބުރަވުމަށް ޤާނޫނީގޮތުން ފުދޭ ހެކިބަހެއް ކަމުގައެވެ.
26ޕްރިސިޑެންސް 2ކޮމަން ލޯ (Common Law) ގެ މަދަނީ އާންމު އުސޫލަކީ "Evidence is weighed, not counted" (ހެކި ކޯޓުން ވަޒަންކުރާނީ އޭގެ ބުރަދަނަށް ބަލއިގެނަ ވެ. ހަމައެކަނި ޢަދަދަކަށް ނޫނެވެ. ) މިއެވެ. ވުމާއެކު، އެއް ހެކިވެރިއެއްގެ ހެކިބަހުގެ މައްޗަށް އެކަނި ބިނާކޮށްވެސް، އެ ހެކިބަހަކީ އިތުބާރު ހުރި، މައްސަލައިގެ . ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ "ފާހަގަކުރުވެނު ނުކުތާތައް" ގެ 6 ވަނަ ނަންބަރު ހާލަތާ ގުޅޭ ހެކިބަހެއްނަމަ ކޯޓަށް ގޮތް ނިންމިދާނެއެވެ. މަދަނީ މައްސަލަތަކުގައި ހެކި ސާބިތުކުރުމުގެ މިންގަނޑަކީ Probabilities of Balance ނުވަތަ "more probable than not" ކަމަށްވާއިރު، ދަޢު ވާގައިވ ކަންކަނާ އެގޮތަށް ހިނގާފައިވުމުގެ ފުރުޞަތު (%50 އަށްވުރެ ބޮޑަށް ނުވަތަ ގާތްގަނޑަކަށް 51% އަށް) އިތުރުކަމަށ ފަނޑިޔާރަށް ޤަބ ލުކުރެވިއްޖެނަމަ، ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
27ހަމައެހެންމެ، ދަ ޢވާއެއ ސާބިތުކުރުމަށް ހުށަހެޅު ވަކި ހެއްކަކީ، މިނިވަންކަމާއެކު ހެކިބަސް އަދާކުރެވިދާނެ ފަރާތެއްކަމާމެދ ސުވާލު އުފައްދާނަމަ، ނުވަތަ އެއީ ވަކި ފަރާތަކަށް ބުރަވެހުރެ ހެކިބަސްދޭ ފަރާތެއްކަމުގައި ބުނާނަމަ، ކްރޮސް-އެގްޒަމައިންކުރާ މަރުހަލާގައި އެކަމަށް ޗެލެންޖްނުކޮށް، ދަޢުވާގެ ޚުލާޞާ ބަޔާނުގައި އެކަން ފާހަގަކޮށްލާ ކޮށްލުމަކީ، ހެކިވެރިޔަކު ބަލައިގަންނަންނުޖެހޭފަދަ ސަބަބެއް ދެއްކުނީކަމުގައި ނުވާއިރު، އެންމެ ހެއްކެއްގެ ހެކިބަހަށް ބަލާއިރު ހުށަހެޅިފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެ މަތީން ހިނގާފައިވާކަމަށް ފަނޑިޔާރަށް ބުރަވެވޭ މިންވަރަށް ވާސިލު ވެވިއްޖެނަމަ އެ ދޢަ ވާއެއް މަދަނީ މިންގަނޑނު ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ. މިގޮތުން ބަލާއިރު، UKSC 48 ]2023[ TUI v. Griffiths މައްސަލައަކީ، މަދަނީ މައްސަލަތަކުގައި ހަމައެކަނި އެއް ހެކިވެރިއެއްގެ ހެކިބަހަށް ބިނާކޮށް ދަޢުވާ ސާބިތުކުރެވިދާނެކަމ މެދާ އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެންމެ ފަހުގެ އެއް ނިންމުމެވެ.
28އެ މައްސަލައިގައި އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ، ޚުޞމަތުގ އެއެ ފަރާތުން ހުށަހަޅާ އެންމެ ހެކިވެރިޔެއްގެ ހެކިބަހަކީ، އިދިކޮޅު ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާޒުކޮށް examine)-(Cross ސުވާލު އުފައްދާފައިނުވާ (Unchallenged Evidence) ހެކިބަހެއްނަމަ، އަދި އެ ހެކިބަހަކީ ބުއްދިއަށް ޤަބޫލުނުކުރެވޭ ފަދަ (Manifestly Incredible) އެއްޗަކަށް ނުވާހާ ހިނދަކު، ކޯޓުން އާންމު އުސ ލެއްގެ ގޮތުން އެ ހެކިބަހަކީ ތެދު ހެކިބަހެއްގެ ގޮތުގައި ބަލައިގަންނަންވާނެކަމަށާއި، އަދި އެފަދަ ހެކިބަހެއްގެ ޤާނ ނ ބުރަދަނަށް އެކަނި ރިޢާޔަތްކޮށް، މައްސަލައިގެ ޚުޞޫމަތް ވަކިކޮޅަކަށް ނިންމުމަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ އިޚްތިޔާރެއް ކަމުގައެވެ.
29ޕްރިސިޑެންސް 4މީގެ ބަދަލުގައި، ޝަރުޢީ އޞު ލަށް ރިޢާޔަތްކުރާނަމަ، އިސްލާމީ ފިޤުހުގައި އެއް ހެކިވެރިއަކު ހުންނަ ހާލަތްތަކުގައި ބޭނުންކުރާ އޞު ލަށް ނަޒަރު ހިންގަންޖެހެއެވެ. މި އޞު ލުގެ ދަށުން، އެއް ހެކިވެރިޔެއްގެ ހެކިބަހަކީ ޢަދުލުވެރި، އިތުބާރުހުރި ހެކިބަހެއްކަމަށް ކޯޓަށް ފެނިއްޖެނަމަ، ދަޢވު ފުރިހަމައަށް ސާބިތުކުރުމަށްޓަކައި ދަޢު ވާކުރާ ފަރާތުގެ ހުވާ ނަގަންޖެހެއެވެ. ޝަރުޢީ މި އުސ ލ ތަޠބީޤުކުރާނަމަ، ހަމައެކަނި އެއް ހެކިވެރިއެއްގެ ހެކިބަހަކުން ދޢަ ވާ ސާބިތެއް ނުކުރެވޭނެއެވެ. އެ ހެކިބަހާއެކު ދަޢވާކުރު ފަރާތުގެ ހުވއަ ގުޅިގެނާ މެނުވީ އެ އޞު ލުގެ ޝަރުޠުތައް ފުރިހަމައެއް ނުވެއެވެ.
30އެހެންނަމަވެސް، މި މައްސަލައިގައި ބަޔާންވެދިޔަ ޝަރުޢީ އޞު ލ ތޠަބީޤުކޮށްފައެއް ނުވެއެވެ. އަދި އެ އޞު ލ ތަޠުބީޤުކޮށްދިނުމަށ އެދް ދަޢުވާލިބޭ ފަރާތުން ދަށު ކޯޓުގައި ވަކާލާތުކޮށްފައެއް ނުވެއެވެ. މީގެއިތުރުން، މި ހާލަތަކީ ޝަރުޢީ އޞު ލ ތަޠު ބީޤުނުކޮށް ދ ކޮށްނުލެވޭނެ ހާލަތެއްކަމަށް ބުނެ އިސްތިއުނާފު ކުރާ ފަރާތުން މި ކޯޓުގައިވެސް ޤާނޫނީ ބަހުސެއް އުފައްދާފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ހެކި ވަޒަންކުރުމުގެ އުސލުތަކާއި (މަދަނީ މިންގަނޑު) ޝަރުޢީ އުސ ލުތކަކީ އެކުއެކީގައި ބޭނުންކުރެވޭ ވަސީލައްތައް ކަމުގައިވާއިރު، ޚާއްސަކޮށް ޤާނޫނީ ވަކީލުން ޚަސްމުން ތަމްސީލުކުރާ ހާލަތެއްގައި، އެފަދަ ވަކި އުސ ލަކަށް ރިޢާޔަތްކުރުމަށް އެދޭނަމަ، އެކަން ކޯޓުގައި ރަނގަޅު މަހައްލުގައި ފާހަގަކުރުމަކީ މުހިންމުކަމެކެވެ.
31އެހެންކަމުން، އެންމެ ހެކިވެރިއެއްގެ ހެކިބަސް ލިބިފައިވަނިކޮށް، އެ ހެކިބަހުގެ ބުރަދަނަށް ރިޢާޔަތްކޮށް ދަޢުވާ ސާބިތުވާކަމަށް ދަށު ކޯޓުން ނިންމި ނިންމުމަކީ ޤާނޫނީ އޞު ލުތަކާ ޚިލާފު ނިންމުމެއްކަމަށް ކަނޑައެޅޭނެ ހަމައެއް، ނުވަތަ ދަށު ކޯޓުން ހެކި ވަޒަންކުރި ގޮތް ގޯސްކަމަށް ބަލައި، އެ ނިންމުން ބާޠިލުކުރަންޖެހޭ ފަދަ އިޖުރާއީ ނުވަތަ މައުޟ ޢީ ޤާނޫނީ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައެއް ނުވެއެވެ. އަދި ދަށު ކޯޓުން ޚިލާފުވެފައިވާ ޤާނޫނީ ނައްޞެއް ނުވަތަ އޞު ލެއްވެސް ފާހަގަކޮށްދެވިފައެއް ނުވެއެވެ. އެހެންކަމުން، https://www.bailii.org/uk/cases/UKSC/2023/48.html . މައްސަލަ ނިންމުމުގައި ފަނޑިޔާރަށް ލިބިގެންވާ އޚިތިޔާރުގ ދާއިރާގެ ތެރެއިން، މަދަނީ މިންގަނޑުގެ Principles) Law (Common އަސާސްތަކަށް ބިނާކޮށް މި މައްސަލަ ނިންމުމުގައި ދަށު ކޯޓުން ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް ބަލާނެ ތަނެއް ނެތެވެ.
32ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތީން ހުރުމުން، ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
33މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއިދުކުރަމެވެ.
34މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދު ﷲ ގެ ރައުޔަށް ތާއިދުކުރަމެވެ.
35ޙުކުމް ކުރެވޭ ތާރީ ޚން ފެށިގެނު 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ. . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ހ)
- TUI UK Ltd v Griffiths [2023] UKSC 48 (އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓު)
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، އިސްމާޢީލް ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: އިސްމާޢީލް ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް