ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/146
އަޙްމަދު ޢަރީޝް ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2023/HC-A/146
Ahmed Areesh v. Prosecutor General 2023/HC-A/146 (2023/HC-A/146, High Court of the Maldives, 20 August 2026)
އަޙްމަދު ޢަރީޝް ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައިގަނޑު ސުވާލު
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައި ދައުލަތުގެ ހެކިބަހުގައި ބުއްދިއަށް ޤަބޫލުނުކުރެވޭ ވާހަކަ ނުވަތަ ޖައުހަރީ ފުށުއެރުން ހުރިތޯއާއި، ދިފާޢީ ހެކިންގެ 'ނުދެކެމޭ' ބުނާ ހެކިބަސް ވަޒަންކުރި ގޮތް ރަނގަޅުތޯއާއި، ކުށުގެ އުންސުރުތައް (އަތުގައި ހުރުން، އެނގުން، ދެވިހިފާފައިނުވުން) ސާބިތުވޭތޯއާއި، ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް ހޯދި ހެކި ޤަބޫލުކުރެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނާ 'ބުއްދި ސަލާމަތުން ހުރި މީހަކު' ބަލައިގަންނަ މިންވަރަކީ ޖިނާއީ މައްސަލަތަކުގައި އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވުމުގެ މިންގަނޑެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15-16)
- އާންމު ގޮތެއްގައި އެންމެ މީހެއްގެ މުސްތަޤިއްލު ހެކިބަސްވެސް ކުށް ސާބިތުކުރުމަށް ފުދިދާނެއެވެ؛ ނަމަވެސް ޒާތުގައި ޤަބޫލުކުރަން ދަތި (inherently incredible) ހެކިބަހެއް ފަނޑިޔާރަށް އެއްކައިރިކުރެވޭނެއެވެ. ހެކިބަހެއް އެގޮތަށް ނިންމޭނީ އޭގައި ބުނާ ވާހަކައަކީ ޤުދުރަތީ ނުވަތަ މާއްދީ އުޞޫލުތަކުން ކަނޑައެޅިގެން ވުން މުސްތަޙީލު ކަމެއް ނަމައެވެ؛ އެކަން ސާބިތުކޮށްދިނުމުގެ އިބްތިދާއީ ބުރަ (evidentiary burden) އޮތީ ދިފާޢުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-26)
- ކުށް ސާބިތުކުރުމުގެ ޤާނޫނީ ބުރަ އަބަދުވެސް އޮންނަނީ ދައުލަތުގެ މައްޗަށް ކަމަށާއި އެ ބުރަ ދިފާޢަށް ބަދަލެއް ނުވާނެ ނަމަވެސް ހެކި ހުށަހެޅުމުގެ ބުރަ ދެފަރާތުގެ މެދުގައި ބަދަލުވާނެއެވެ؛ ޙަޤީޤީ ހެއްކެއް ނެތި ހީތަކެއްގެ މައްޗަށް ބިނާވާ ދިފާޢަކީ ދައުލަތުގެ ދަޢުވާ ބާޠިލުކުރަން ފުދޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-23)
- ކުށުގެ މާއްދީ ޙަޤީޤަތްތައް ސާބިތުކުރުމަށް އެންމެ ހެކިވެރިއެއްގެ ބަހުން ހުރިހާ ތަފުޞީލެއް އެނގުން ލާޒިމެއް ނޫނެވެ؛ ހެކިވެރިން އެކަކު އަނެކަކަށް ބާރުދޭ ގުޅުންހުރި ހެކީގެ އެކުވުމެއް އޮތުމުން އެކަން ފުރިހަމަވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-30)
- ހެކިބަހުގައި ހުންނަ ކުދިކުދި ފުށުއެރުންތަކަކީ ހެކިބަހުގެ ޖައުހަރީ އަސާސަށް ނުވަތަ ކުށުގެ އުންސުރުތައް ސާބިތުކުރުމަށް އަސަރުކުރާ ޖައުހަރީ ފުށުއެރުން ނޫންނަމަ ހެކިބަސް ބާޠިލުކުރާނެ ސަބަބެއް ނޫނެވެ؛ ފަނޑިޔާރު ބަލަންޖެހޭނީ ހެކީގެ ޖުމްލަ ނަތީޖާއަށެވެ. ތަޙުޤީޤުގައި ނަގާ ބަޔާންތަކަކީ ޚުލާޞާ ބަޔާންތަކަކަށް ވާތީ ހުރިހާ ތަފުޞީލެއް ނުހިމެނުމަކީ ޝަރީޢަތުގައި ދިން ހެކިބަހާ ޖައުހަރީ ގޮތުން ފުށުއަރާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32-40)
- ސާބިތުކުރާ ހެކިބަހާއި ('ފެނުނު') ނަފީކުރާ ހެކިބަސް ('ނުދެކެމޭ') ތަޢާރުޟުވާ ޙާލަތުގައި އިސްކަންދެވޭނީ ސާބިތުކުރާ ހެކިބަހަށެވެ؛ ހެކި ވަޒަންކުރަނީ ޢަދަދަށް ނޫން ފެންވަރަށް ބަލައިގެންނެވެ (weighed, not counted). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42-46)
- މީހަކު ހެކިވެރިންގެ ކުރިމަތީގައި އެއްޗެއް އެއްލާލުމަކީ އެ ތަކެތި އޭނާގެ ޙަޤީޤީ ހިޔާޒަތުގައި ހުރިކަން ސާބިތުކޮށްދޭ ހެއްކެވެ؛ ފުލުހުން ފެނުމާއެކު ތަކެތި ފޮރުވަން ނުވަތަ ނައްތާލަން އެއްލާލުމަކީ އެއީ މަނާ އެއްޗެއްކަން އޭނާއަށް އެނގޭކަން ދަލާލަތުކުރާ ކަމެއް ކަމަށް ވާތީ ކުށުގެ މައުނަވީ ރުކުން ސާބިތުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49-51)
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 136 އާއި 137 ވަނަ މާއްދާގެ ދަށުން ކުށްވެރިޔާއަކީ ދެވިހިފާފައިވާ މީހެއް ކަމުގައި ވިޔަސް ނުވާ މީހެއް ކަމުގައި ވިޔަސް، އަތުން ފެނުނު ތަކެތީގެ ބަރުދަން ޤާނޫނީ މިންގަނޑަށް ފެތޭނަމަ ޓްރެފިކްކުރުމުގެ ޤާނޫނީ އިފްތިރާޟް ހަމަހަމައަށް ނެރެވޭތީ، ޑްރަގް ޑިޕެންޑެންސް އެސެސްމެންޓް ނުހެދުމުން ކުށުގެ އުންސުރު ނާޤިޞްވެގެން ނުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 52-55)
- ފުލުހުންނަށް ފެންނަ ހިސާބުން ތުހުމަތުކުރެވޭ އެއްޗެއް އެއްލާލުމަކީ ކުށެއް ހިނގަމުންދާ ނުވަތަ ހިނގާފައިވާކަމަށް ބެލެވޭ އެކަށީގެންވާ ސަބަބު އޮތް ޙާލަތަކަށް ވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރެވޭ ޙާލަތެވެ؛ އެ ހައްޔަރު ޞައްޙަ ކަމަށް ވާތީ އޭގެ ތެރެއިން ހޯދި ހެކި ޤަބޫލުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 57)
1މިއީ، ކްރިމިނަލް ކޯޓުގެ 58/Cr-C/2020 ޤަޟިއްޔާއިސްތިއުން ފ ކުރުމަށަގުލެ […]، ކ.މާލީ އަޙްމަދު އަރީޝްގް )މީގެ ފަހުން "އަޙްމަދު އަރީޝް " ނުވަތަ "އިސްތިއުނާފ ކުރާ ފަރާތް"( އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބާ ލ ފައިވ ހައިކޯޓުގެ ނަންބަރު 2023/HC-A/146 ޤަޟިއްޔާއެވެ.
2މާ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވްފަރާތަކީ،ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފސ އެވެ.)މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( އެވެ. ދައުވާ އާއި ކަންވެފައިވާގތް:
3އިސްތިއުނާފު ކުރެވިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 58/Cr-C/2020 ޤަޟިއްޔާއިން އަޙްމަދު އަރީޝްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއެވެ.
4ދައުވާ އުފުލާފައިވަނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ )ހ( އާއި 137 ވަނަ މާއްދާގެ )ބ( އާ ޙަވާލާދީ، 105 ވަނަ މާއްދާގެ )ނ( ގެ ދަށުންނެވެ.
5ދައުވާ ބިނާކޮށްފައިވާ މައިގަނޑު ވާޤިއާއަކީ؛
5.1.އަޙްމަދު އަރީޝް، 25 ޑިސެމްބަރު 2019 ދުވަހު 13:45 އެހައިކަންހައިއިރު، މަސްތުވާތަކެތި ހިފައިގެން ކ.މާލެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓެކައިރިއަށް ދާކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރިސްގ ޑްރަގް އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން، މަޢުލޫމާތު ލިބުނު ސަރަޙައްދަށް ފުލުހުން ދިޔައިރު، މީގެ ފަހުން "އެމް.އެމް.އޭ" ގޮތުގައި މުޚާތަބް ކުރެވޭ
5.2.މީނާ ކ.މާލެ، އެމް.އެމް.އޭކުރިމަތާޕޭވްމަންޓް މަތީގައި ހުއްޓައި، ފުލުހުން މީންއާ ދިމލަށ ދާން ފެށުމުން، މީނާ ޕޭމަންޓް މަތިން ފައިބާ ހިނގައިގަތުމުން،ފުލުހުނު މީނާ ހުއްޓުވަން އުޅުނު ވަގތ ؛
5.3.މީނާ ލައިގެން ހުރި ޖިންސްގެ ވާތްފަރާތު ފަހަތު ޖީބުން ނަގައި އެމް.އެމް.އޭކުރިމަތިނ މޫދަށް އެއްލާލި ބޭރުން ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައ އޮތި 06 ބުލެޓްގައި، 59.5687 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދެއްކުން؛ މިއެވެ.
6މިދައުވާއަށ އަޙްމަދް އަރީޝް އިންކާރުކޮށްފައިވެއެވެ. އެގޮތުން އަޙްމަދު އަރީޝް ބުނެފައިވަނީ،ދައުލަތުން ބުނާ ފަދަ ކުށުގެ ޢަމަލެއް ހިންގާފައި ނުވކަމަށާއި،މައްސަލް އިގައަ ބަޔާންކުރި އެއްވެސް އެއްޗެއް އެއްލާލާފައ ނުވާނެ ކަމަށާއި،މައްސަލއަގައ ބަޔާންކުރި އެއްޗެހި ފެނިފައިވަންފުލުހުން އެތައާތަނެއ ބަލިފާސްކުރުމަށް ފަހު އެންމެފަހުން ފާސްކުރި ތަނުން ކަމަށާއް،އަޙްމަދު އަރީޝް އެއްލާލި އެއްޗިއ ތޮށ މަތީގައިޖެހްބަނދަރުމަތް ތޮށީގައިޖެހޭ އެއްޗެއް ނުފެންނާނެކަމަށާއ މައްސަލައިގައި ކަނި ހިނގައިދިޔަ ގޮތް އަޙްމަދު އަރީޝގެ ބަޔާނުގައި ވަރަށް ސާފުކޮށް އޮންނާނެ ކަމަށެވެ. ދަށު ކޯޓުން ނިންމިގޮތް:
7ކްރިމިނަލް ކޯޓުގެ ނަންބަރު 58/Cr-C/2020 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނ، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން، އަޙްމަދު އަރީޝް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އަޙްމަދު އަރީޝް އުމުރަށް ޖަލަށްލުމާއެކު، 100,000/-ރ. )އެއްލައްކަ ރުފިޔާ( އިން ޖޫރިމަނާ ކޮށެވެ.
8ކްރިމިނަލް ކޯޓުގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ. މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަން ނުވަތަ ނޫންކަން
8.1. ދައުވާއަށް އަޙްމަދު އަރީޝް އިންކާރުކުރި ނަމަވެސް، އެމް.އެމް.އޭކުރިމަތިން ފަޅުތެރެއިން ކަޅުކުލައިގ އިންސިއުލޭޝަން ޓޭޕް އޮޅާފައި އެކަތިގަނޑަކަށ އޮތް އެއްޗެއް ދައުވާކުރާ ތާރީޚުގައި އަދުއަޙްމަދު އަރީޝް ހުއްޓުވުނު ސީންގައި ފެނުނުކަމާމެދ އަޙްމަދު އަރީޝްގެ ފަރާތުން ތައުން ކޮށްފައިނުވާކނ ؛
8.2. ސަނ އޮފް ކްރައިމް އޮފިސަރސް ރިޕޯޓުގައިހިމަނާފައިވާ ތަފްޞީލްތަކާއި ފޮޓޯތަކުން، ސީނަށް ދިޔަ ފުލުހުންގެ ހެކިބަހުގައި މަސްތުވާތަކެތިކަމަށް ޝައްކުރެކުވޭ ތަކެތި ހުރިގޮތް ކަމަށް ސިފަކުރ އެތަކެތި ގެންދެވުނުތަން ދިމާވާކަމާއި، މިތަކެތްމަސްތުވާތަކެތިކަމަށް ޝައްކުކުރެވޭކަން، ރިޕޯޓުގައި ހިމެނޭ ފޮޓޯތަކުން ހަރުދަނާ ޤަރީނާ ލިބޭކަން؛
8.3. އެހެންކަމުން،ކ.މާލެ، އެމް.އެމް.އޭ ކުރިމަތިން ފަޅުތެރިއިނ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް؛ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތީގެ ހިޔާޒަތު
8.4. ދާއުލަތުނ ހުށަހެޅް ހެކީގެ ހެކިބަހުން ދައުވާގައި ބަޔާންކުރާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި، އަޙްމަދު އަރީޝްގ ޖިންސުގެ ފަހަތު ޖީބުން ނަގައި އެއްލާލިކަމަށް ކާފީ ހެކި ލިބޭކަމަށް؛ މަސްތުވާތަކެތިކަމަށް ޝައްކު ކުރެވުނު ތަކެއްޗަކީ ޑައިމޯފިން ކަން އަދ 4 ގްރާމް ހުރިކަން
8.5. ހެކިބަސް އަދާކުރި ފުލުހުންގެ ހެކިބަހުން އަދި ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް އާއި އެރިޕޯޓުގއ ހިމަނާފައިވާ ފޮޓޯތަކުގއިމަސްތުވާތަކެތ ކަމަށި ޝައްކުކުރެވުނު ތަކެތި ސިފަކޮށްފައިވާ ގޮތާ، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި ޗެއިން އޮފް ކަސްޓަޑީގެ ލިޔުންތަކާއި ކުށުގެ ވެށިން ގެނެވޭ މީހުންނާ ތަކެތީގެ މައުލޫމާތު ފޯމު ސެޓުގައި،ތަހުލީލުކުރެވުނު އެވިޑެންސް ސިފަކޮށްފް އްވ ގޮތާ އެއްގޮތްކަން ފާހަގަކުރެވޭކަމަށި؛އެހެންކަމުން، އަޙްމަދު އަރީޝްގެ ޙަޤީޤީ ހިޔާޒަތުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވުނު ތަކެތީގައި 4 ގްރާމަށްވުރެ އިތުރަށް ޑައިމޯފިން ހުރިކަން އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަން؛ ކުށުގެ މައުނަވީ ރުކުން
8.6. މަސްތުވާތަކެތި ފެނިފައިވަނީ އަޙްމަދު އަރީޝްގެ ޙަޤީޤީ ހިޔާޒަތުގެ ދަށުންކަން ސާބިތުވާކަމަށާއި، އެއްލާލި މަސްތުވާތަކެތި އަޅާފައި ހުރި 6 ބުލެޓު ބަންދުކޮށްފައި ހުރި އެތަކެތީގެ ބޭރުން ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައިކަންވެސ ޝަރީޢަތަށް ސާބިތުވާކަމަށާއި، ފުލުހުން އަޙްމަދް އަރީޝްއާ ދިމާލަށް ދާން އުޅުމުން އެވިޑެންސް އެއްލާލައ ހެކި ނައްތާލަންއުޅުނުކަނ ވާޤިއާތަކުން ސާބިތުވާކަން؛ މިއެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކާއި ތަފްސީލް:
9ކްރިމިނަލް ކޯޓުގެ ނަންބަރު 58/Cr-C/2020 އިސްތިއުނާފު ކުރުމަށް އަޙްމަދު އަރީޝްގިފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 5 )ފަހެއް( ނުކުތާއެވެ. އެއީ؛
9.1. ފުރަތަމަ ނުކުތާއަކީ،އިސްތިއުނާފ ކުރު ފަރާތާ ސީނުން ފެނުނު ކަމަށް ބުނާ މަސްތުވާތަކެއްޗާއި ގުޅުވައި ދީފައިވަނީ ހަމައެކަނި 3 ހެކި ބުނާ ވާހަކަތަކެއްގެ މައްޗަށް ކަމަށްވާއިރު، މި ތިން ހެކިން ފުލުހުންނަށް ދީފައިވާ ބަޔާނާއި ޝަރީޢަތަށް ދީފައިވާ ބަޔާނުގައި ފާޅުކަން ބޮޑު ޖައުހަރީ ފުށު އެރުންތަކެއް ހުރިކަމާއި އަދި އެ ހެކިވެރިނަދައްކާފައިވާ ވާހަކަތަކަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު، މުސްތި ހީލު ވާހަކަތަކެއާނަމަވެސ އެއް ޙަޤީޤަތްކަމަށ ޝަރީޢަތުން ބައްލަވައި މޫދުނ ފެނުން ތަކެއްޗާއި އިސްތިއުނާފުކުރާ ފަރެތ ގުޅުވާލާ އެއާ އިސްތިއުނާފުކުރާ ފަރާތުގެ ހިޔާޒަތުން ފެނުނު އެއްޗެއްކަމަށް ކަނޑައަޅާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނ ހުށަހެޅި ނުކުތާއެވެ.
9.1.1. މިނކުތާގު ތަފްސީލުގައިއަޙްމަދު އަރީޝް މައިގަނޑު ގޮތެއްގައި ބުނެފައިވަނީ،ހެކިވެރިން ތަޙުޤީޤުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ބަޔާނުގައި ފަރަޤު ހުރި ކަމަށެވެ. އެގޮތުން،އަޙްމަދު އަރީޝް އެއްލާލިކަމަށ ބުން މަސްތުވާތަކެތިއެއްލާލ ޑައިރެކްޝަނާއ އެތަކެތި ފުލުހުން ނެގި ތަނާ ބެހޭގޮތުން ހެކިވެރިން ތަޙުޤީޤުގައާއި ޝަރީޢަތުގެ މަޖިލީހުގައި ސިފަކޮށްދީފައިވ ގޮތުގައާ ފުށުއެރުން ހުރިކަމަށެވެ.
9.2. ދެވަނަ ނުކުތާއަކީ؛ އިސްތިއުނާފު ކުރާ ފަރާތް ހާދިސާ ހިނގި ސަރަހައްދަށް އައްނީ ސުރެނ ފުލުހުން ހައްޔަރުކުރުމާ ހަމައަށް އެތަނުގައި ހިނގީދިޔަ އެންމެހައި ކަންކަން ފެނުނު ދިފއްދެހެކިންގެ ހެކިބަހުން އިސްތިއުނާފުކުރާ ފަރާތް އެއްވެސް އެއްޗެއިއެއްލާނުލާކަމުގެ މައްޗަށް ހެކިބަސް ލިބުނު ނަމަވެސް، އަދި މޫދަށް އެއްވެސް އެއްޗެއް އެއްލާލްކަމަށް އިސްތިއުނާފުކުރާ ފަރާތުންވެސް އިންކާރު ކުރަމުން ދަނިކޮށް އެ ހެކިވެރިންގެ ހެކިބަސް ނުބައިކޮށް ތަރުޖަމާކޮށް، އެއްޗެއް އެއްލައި ނުލާކަމުގެ މައްޗަށ ހެކިބަސ ނުލިބޭކަމަށް ކަނޑައަޅައް ފުލުހުންގެ ހެކިބަހަށް އެކަނި ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9.2.1.މިނުކުތާގެ ތަފްސީލުގައިއަޙްމަދު އަރީޝްގެ ފަރާތުން ފާހަގަކޮށްފައިވަނީ،ދިފއްހެކިވެރިންނަކީ އަޙްމަދު އަރީޝް ފުލުހުންގެ ހައްޔަރާއި ހަމައަށް އަޙްމަދު އަރީޝްކައިރީގައ ތިބި މީހުން ކަމަށްވެފައި، އެމީހުންނަށުއަޙްމަދު އަރީޝް އެއްޗެއް އެއްލާލިތަން ނޭނގޭކަމަށް ބުނިމުނ އަޙްމަދް އަރީޝ އެއްޗެއް އެއްލާ ނުލާކަނ އިނގެން އޮތްނަމަވެސް، މްހެކިވެރިންގެ ބީސް ސާފުނޫންކަމަށ ކޯޓުން ކަނޑައަޅާފައިވަނާ، އަޙްމަދު އަރީޝް އެއްޗެއް އެއްލާ ނުލާކަމަށާމިފަދައިން ސީދާ ނުބުނާތީކަމަށްއި، ނަމަވެސް މިހެކިވެރިންގެ ހެކިބހުންއެ ނގިގެން ދަނީ އަޙްމަދު އަރީޝް އެއޗެއ އެއްލާނުލާކަމަށެވެ.
9.3. ތިންވަނަ ނުކުތާއަކީ، ދައުލަތުގެ ހެކިންގެ ހެކިބަހާއި ދިފއާހެކިންގެ ހެކިބަސް ފުށުއަރާއިރު، ދައުލަތުގާ ހެކިބަސ އިތުރަށް ކަށަވަރުކުރުމަށް ހެކިހުށަހަޅުފައިނެތީސް، ދައުލަތުގެ ހެކިބަހަށް ބުރަދަން ދީފައިވަނީ ޤާނޫނު ނަންބަރ 24/76 )ހެއްކާބެހޭ ޤާނޫނު( ގެ 6 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9.3.1. މިނުކުތާގެ ތަފްސީލުގައި އަޙްމަދު އަރީޝް ފާހަގަކޮށްފައިވަނީ،އަޙްމަދު އަރީޝް އެއްޗެއް އެއްލާލިކަމަށާއި، އަދި އެއްލާލި އެތި މޫދުގައި ޖެހުނުކަމަށް ދައުލަތުގެ ހެކިން ބުނިނަމަވެސް ދިފއ ހެކިންނަށް އެފަދް ކަމެއް ފެނިފައި ނުވާކަމަށް ބުނެ ހެކިބަސްދީފައިވުމުން، ދެފަރާތުގެ ހެކިބަސް ފުށުއަރާ ކަން އެނގޭކަމަށާއި، ނަމަވެސް ދައުލަތުން ހެކިބަހަށިބާރުދިނުމުގ ގޮތުނެ އިންޓެލިޖެންސް ރިޕޯޓާއި، ސީސީޓީވީ ފޫޓޭޖާއި ފިންގަރ ޕްރިންޓް އެނަލިސިސް ރިޕޯޓް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމަށެވެ. ހަމައެކަނި ފުލުހުންގެ ހެކިބަހަށް ބުރަދަން ދީފައިވުމަކީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށެވެ.
9.4. ހަތަރުވަނަ ނުކުތާއަކީ؛ދައުވާގައި ބުނެފައިވާ އަދި ކުށުގެ އުންސުރުފުރިހަމަވެފައިވ ކަނާ ޤާނޫން ހަމަތަކުގެ މަތިން ބެއްލެވުމެއްނެތި އަދި ކުށުގެ އުންސުރުތައް ފުރިހަމަވެފައިވާ ކަން ދައުލަތުން ސާބިތުކޮށް ނުދެވުނީސެކުށ ސާބިތުވާކަމަށް ކަނޑައަޅައިފައިވަނ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 137 ވަނަ މާއްދާގެ )ބ( އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9.4.1.މިނުކުތާގެ ތަފްސީލުގައި އަޙްމަދު އަރީޝް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ،ސުޕްރީމް ކޯޓުގެ ފަހުގެ ނިންމުންތަކުގައާމަސްތުވާތަކެތި މީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެނުމަކީ، މުތުލަޤ މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށް އޮތް ކުށެއް ނޫންކަމަށާއި، މަންކުރެވިފައިވ މަސްތުވާތަކެތި އަތުން ފެންނަ ޙާލަތުގައި ކުށުގެ މައުނަވީ އަދި މާއްދީ ރުކުން ފުރިހަމަވާކަން ދައުލަތުން ސާބިތުކޮށްދެންޖެހޭނެކަމަށް ކަނޑައަޅާފައިވާކަމަށެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ )ހ( އާއި، 137 ވަނަ މާއްދާގެ )ބ( އާ ޙަވާލާދީ، 105 ވެނ މާއްދާގަ )ނ( ގ ދަށުން ކުރެވޭ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއެއްގައި ކުށުގެ މާއްދީ ރުކުން ސާބިތުކުރުމުގައި އަޙްމަދު އަރީޝްއަކީ ދެވިހިފައިފިއ ނުވާ މީހެއްކަމާއި އޭނާގެ ހިޔާޒަތުގައި 4 ގްރާމަށްވުރެ ގިނަ ޢަދަދަކަށް ޑައިމޯފިން ހުރިކަމުގެ ވާޤިއާ ދައުލަތުން ސާބިތުކޮށްދޭންޖެހޭނެކަމަށެވެ. ނަމަވެސް މިމައްސަލާގައި ދައުލަތުން ފާހަގަކުރާ އެއްޗެއްއަޙްމަދު އަރީޝް އަތުގައި އޮތްކަމާމެދުވެސް ސުވާލު އުފެދޭއިރު ފުލުހުން މޫދުނ ނެގިކަމަށް ބުން އެތީގައ މަސްތުވާތަކެތި ހުރިކަން އަޙްމަދު އަރީޝްއަށ އެނގޭކަން ދަލާލަތުކުރާ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތްކަމަށެވެ. އަދިއަޙްމަދު އަރީޝްއަކީމަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަން ނުވަތަ ނޫންކަން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން)ޑްރަގް ޑިޕެންޑެންސް އެސެސްމެންޓް ހަދައި( ކަށަވަރު ކޮށްފައިނުވުމުގެ ސަބަބުން ކުށުގެއުންސުރު ފުރިހަމަ ނުވާކަމަށްއާ އެހެންކަމުނ ޑައިމޯފިން ޓްރެފިކް ކުރާމީހެއްކަމަށް ކަނޑައެޅޭނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
9.5. ފަސްވަނަ ނުކުތާއަކީ؛ ފުލުހުން އިސްތިއުނާފު ކުރާ ފަރާތް ހުއްޓުވައި ބަލާފާސްކޮށް، ހެކި ހޯދާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާއި ކަނޑައެޅިގެން ޚިލާފަށކަނ ފުލުހުންގެ ހެކިބަހުންނާއި ކަންހިނގާދިޔަގޮތ ކިޔައިދިން ދިފއާ ހެކިންގެ ހެކިބަހުންސާފުވާއިރު، ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމަށްފަހު ހޯދާފައިވާ ހެކިތަކަކީ ބާޠިލު ހެކިތަކެއްކަމަށްވާއިރު އެ ހެކިތަކަށް ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9.5.1.މިނުކުތާގެ ތަފްސީލުގައި އަޙްމަދު އަރީޝްގެ ފަރާތުން ފާހަގަކޮށްފައިވަނީ،ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންހުއްޓުވައި ބަލާފާސްކުރުމަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމެއް ނެތް ކުރެވޭކަމެއްކަމަށާއި،ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަނީ ނުވަތަ ހައްޔަރުކުރަނީ އޭނާ ކުށެއް ކުރިކަމުގެ އެކަށީގެންވާ ހެކި ލިބިގެންކަމަށާއި، ނަމަވެސް މިމައާ ސަލައިގައި އެންމެ ފުރަތަމަ ކުރިކަމަކީ އަޙްމަދު އަރީޝް ހައްޔަރުކުރުންކަމަށާއި، ބަލެފާސްކުރީ އެއަށްފަހުކަމަށާއި،ހެކި ލިބުމުގެ ކުރިން އަޙްމަދު އަރީޝް ހައްޔަރުކުރުމަށްފަހު ހައްޔަރުގައި ބަހައްޓައިގެން ބަލެފާސްކޮށް ހެކި ހޯދުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާ އަދި 40 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށެވެ. އިސްތިއުނާފެ ރައްދުވު ފަރާތގު ވާހަކަ:
10ދައުލަތުގެ ހެކިވެރިން ތަޙުޤީޤުގައި ދީފައިވާ ހެކިބަހާއި ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި ފުށުއެރުން ހުރިކަމަށް ބުނެ އަޙްމަދު އަރީޝްގެ ފަރާތުން ފާހަގަކޮށްފައިވް އިރު، އަޙްމަދް އަރީޝަ އެއްޗެއް އެއްލާލިކަމާއި، އެއެއްޗެއް ތޮށިމަތީގައ ޖެހި މޫދަށް ވެއްޓުނުކަމިށާއި އޭތި މޫދުން ނެގުމަށްފަހު ޝަހީދު ޙުސައިން އާދަމް ބިލްޑިންގްގައި އަޙްމަދު އަރީޝްގެ ޙާޟިރުގައި ކެނޑިކަމަށާއި، އޭގައި 6 ބިލެޓް އޮތްކަން ދައުލަތުން ހުށަހެޅ 3 ހެކިން ބުނެފައިވާކަމަށެވެ.ޝަރީޢަތުގައި ދިން ހެކިބަހާއި ތަހުޤީޤު ބަޔާނާ ފުށު އެރުމެއް ނެތްކަމަށާއި،މިހެކިވެރިން ތަޙުޤީޤުގައްދިނ ބަޔާނުގައި ހުރި ކަންތައްތައް ޝަރީޢަތުގައި ހެކިބަސް ދިންއިރު ތަފްސީލުކޮށްފައިވާކަމަށެވެ.އަޙްމަދު އަރީޝް އެއްޗެއް މޫދަށް އެއްލްލި ވާޤިއމެދ އޮތު ފުށުއެރުންތަކަކީ ދަށުކޯޓުގައިވެސް ދިފާޢުން ފާހަގަކޮށްފައިވާ އަދި އެކަމާމެދު ދަށުކޯޓުން ގޮތް ކަނޑައަޅާފައިވާ ކަންކަންކަމަށެވެ.ދިފއާހެކިންގެ ހެކިބަހުގައި އަޙްމަދު އަރީޝް އެއްޗެއް އެއްލާނުލާކަމަށ ބުނެފައިނުވާތީ، މިހެކިބަހުނ އަޙްމަދް އަރީޝް އެއްޗެއް އެއްލާނުލާކަން ސާބިތުވެފައިނުވާކަމަށެވެ.އަޙްމަދު އަރީޝް މަސްތުވާތަކެތި ނަގައި އެއްލާލާހެކި ނައްތާލަންއުޅުނުކަން ވާޤިއާތަކުން ސާފުވާތީ، މީނާގެ އަތުގައ މަސްތުވާތަކެތި ހުރި އޭނާގެ އެނގުމާއެކު ކަމަށް ބަލަންޖެހޭކަމަށާއި،އެހެންކަމުން ކުށުގެ މައުނަވީ ރުކުން ސާބިތުވެފައިވޭތޯ ޝަރީޢަތުން ބަލާފައިވކަމިށެވެ.އަޙްމަދު އަރީޝްގެ މައްޗަށް ދައުވާކުރެވުނީ ދެވޭ ހިފައިފ ހުރާ މީހެއް ނޫންކަމަށް ބަލައިގެންކަމަށާއި، ސަބަބަކީ އޭނާއަކީ މަސްތުވާތަކެތި ބޭނުންނުކުރާ މީހެއް ނޫންކަމަށް ބުނެފައިވުމާއި، ކުޑަކަމުދާ ތަކެތި ނެގެޓިވް ވުމުންކަމަށާއި،އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާކުރާ ޙާލަތުގައި، އަޙްމަދު އަރީޝްއަކީ ދެއްވެއްތޯ ނުވަތަ ނޫންތޯ ބެލިކަމުގައި ވިޔަސް ޤާނޫނުގައި އަދަބު ކަނޑައަޅާފައިވާ ގޮތުން އެއްވެސް ބަދަލެއް ނާންނަކަމަށެވެ. އެދޭ ގޮތް:
11އިސްތިއުނާފ ކުރު ފަރާތުން އެދޭ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ،ދަށުކޯޓުގެ ޙުކުމަށްބަދަލ ގެންނަންޖެހޭ ކަމުގައި ކަނޑައަޅައި، އެޙުކުމް ބާޠިލްކޮށްދިނުމާއެކު އިސްތިއުނާފު ކުރާ ފަރާތް މިނިވަންކޮށްދެއްވުމަށ އަމުރުކޮށް ދީ މައްސަލަ ނިންމައިދިނުމަށެވެ.
12އިސްތިއުނާފު ރައްދުވު ފަރާތުން އެދޭ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރ 58/Cr-C/2020 ޤަޟިއްޔާއިންއިސްތިއުނާފ ކުރު ފަރާތުގެ މައްޗަށް ކުށް ޘާބިތުވާކަމަށް ކަނޑައަޅާ އަޙްމަދު އަރީޝްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "އިސްތިއުނާފު ފޯމުގެ ނަންބަރ 10- "އެދޭ ގޮތް" ނިންމާފައިވާޙުކުމަށ ބަދަލް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ގޮތް ކަނޑައަޅަންޖެހޭ ކަންތައްތައް:
13ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، މިކޯޓުން ގޮތް ކަނޑައަޅަންޖެހެނީ އަންނަނިވި ކަންތައްތަކަށް ކަމަށް ފާހަގަކުރެވެއެވެ.
13.1. ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ބުއްދިއަށް ޤަބޫލުނުކުރެވޭ ވާހަކައާއި،ވުމުގެ ފުރުސަތު ނެތްކަނާކަމާއި ޖައުހަރީ ފުށުއެރުންތައް ހުރިކަމަށިފާހަގަކުރިކުރުމއިމެދު ދަށުކޯޓުން ގޮތެއް ނިންމާފައިވަނީ ހެކި ވަޒަންކުރުމުގެ އޞު ލުތަކާއި ޚިލާފަށްތޯ؟
13.2. ދިފާއީ ހެކިންގެބީހާއިމެދިދަށުކޯޓުނ ގޮތެއް ނިންމާފައިވަން ހެކޫވަޒަންކުރުމުގެ އ ޞުލުތަކާއ ޚިލާފަށްތޯ؟
13.3. ކުށުގެ އުންސުރުތައް ފުރިހަމވޭތަ ؟
13.4. ހުއްޓުވައި ބަލާ ފާސްކޮށްފައިވާގޮތާއިމެދ ދަށު ކޯޓުން ގޮތެއް ނިންމާފައިވަނޯ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށްތޯ؟ ހެކި ވަޒަންކުރުން
14އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، އިސްތިއުނާފު ކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ތައުނުކުރަނ، މިމައްސަލައިގައިކްރިމިނަލ ކޯޓުން ހެކް ވަޒަންކޮށްފައިވާ ގޮތުގެ މައްޗަށެވެ. އެގޮތުން،ދައުލަތުން ހުށަހެޅް ހެކިންގަހެކް ބަހުގައި ބުއްދިއަށް ޤަބޫލުނުކުރެވޭ ވާހަކައާއި އެކަންކަން އެގޮތަށްވުމުގެ ފުރުސަތު ނެތް ކަންކަމުގެ ވާހަކިހުރކަމަށާއި، ހެކިވެރިން ތާޙަޤީޤުގައީއަޝަރީޢތުގައި ދިން ބަޔާނުގައި ޖައުހަރީ ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމް" ގެ ނަންބަރު 5- "އެދޭ ގޮތް" ފުށުއެރުންތައް ހުރު އިރު، ހެކި ވަޒަންކުރުމުގައިއެކަންކަމަށް ރ ޢޔަތު ނުކުރުމަކީ ހެއްކާބެހޭ ޤާނޫނުގެ 6 ވަން މާއްދާއާޚިލާފުކަމެއ ކަމަށް އަޙްމަދު އަރީޝްގެ ފަރާތުނ ފާހަގަކުރެއެވެ. ބުއްދިއަށް ޤަބޫލުނުކުރެވޭ / ވުމުގެ ފުރުސަތު ނެތް ކަންކަން
15ޕްރިސިޑެންސް 1ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރަނީ،ޙަޤީޤްތަ ތަކެއްސާބިތު ވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށަޤަ ބޫލު ކުރެވިއްޖެ ހިނދެއްގައި ކަމަށެވެ.އަދ ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށަބަލް އެ، އެމައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމާ، އެފަދަ ޙާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ އެޞލެއްގ މަތިން އެކަމެއްގެޙަޤީޤަ ތ ސާބިތް ވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެކަމަށވ.
16މިއީޝަރީޢަތަށ ކަމެއް ސާބިތުވުމުގެ އަސާސީ މިންގަނޑުތަކާއި، ފަނޑިޔާރުން ހެކި ވަޒަންކުރުމުގައި ގެންގުޅެންޖެހޭ ހަމަތައް ބަޔާންކުރިމާއްދާއެކެވެ. މި މާއްދާގައީ "ބުއްދި ސަލާމަތުން ހުރި މީހަކު" މިލަފުޒު ބޭނުންކޮށްފައިވަނީ، ބައިނަލްއަޤުވާމީ ޤާނޫނީ ނިޒާމުތަކުގައިވެސް ބޭނުންކުރާ، "ރްޒަނަބަލް ޕަރސަނ ސްޓޭންޑަރޑް" ބަޔާންކުރުމުގެ ގޮތުންނެވެ. މި މާއްދާގައި "ބުއްދި ސަލާމަތުން ހުރި މީހަކު" ބަލައިގަންނަ މިންވަރަށް ބުރަވާންޖެހޭނީ ކަމަށެ ބުން ބުނުމަކީ، ޖިނާއީ މައްސަލަތަކުގައި އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވުމުގެ މިންގަނޑެވެ.
17ޕްރިސިޑެންސް 2ޖިނާއީ ޝަރީ ޢާ ތެއްގައި، ކުށް ސާބިތުކުރުމުގެ އަސާސަކީ ހެކިތަކެވެ.ޢަންމު ގޮތެއްގައި، ކުށް ސާބިތުކުރުމަށްޓަކައި އެންމި މީހެއްގެ މުސްތްޤާ އްލު ހެކިބަސްވެސްޤ ނޫނީގޮތުނ ފުދިދާނެއެވެ. ނަމަވެސް، ހެކިބަހަކީ އޭގެ ޒާތުގައިޤަ ބޫލުކުރަން ދަތި ހެކިބަހެއް )Inherently incredible( ކަމަށް ވާނަމަ މި އޞލު ބަދަލުވެގެންދެއެވެ.
18ކުށެއް ހިނގި ވަގުތު، ނުވަތަ ކުށް ކުރި ވަގުތު އަމިއްލަ ލޮލުން ފެނުނު ކަންތައްތަކާއި އިވުނު އަޑުތަކާ ބެހޭގޮތުން މަންޒަރު ދުށް ހެކިވެރިޔަކު ހެކިބަސްދޭއިރު، އޭނާ އެ ބަޔާންކުރަނީ 'ހަޤީޤަތެއް' )fact( އޮތް ކަމަށެވެ.ހެކިވެރިއަކު ޤާއިމުކުރާ ވާޤިއާއކީ،އޭގެ ޒާތުގައި ހުރި އުނިކަމެއްގެ ބޮޑުކަމުން، ނުވަތަ ގުދުރަތީ އީޞަލުތަކާ ޚިލާފުވުމުގެ ސަބަބުން، ނުވަތަ ދެބަސްވެވެން ނެތް މާއްދުޙަޤީޤތްތަކާއި އިންސާނީ އާންމު ތަޖުރިބާތަކާ މުޅިން ތަޢާރުޟުވާތީ،ސަބަބުވެރްމީހއަށ އެއަ ތެދެއްކަމަށްޤްބޫލުކުރަނ އެއްވެސް ގޮތަކުން އެކަށީގެންނުވަވާޤއާއެއ ނުވަތް ހެކިބަހެއްނަމި، އެފަދަ ހެކިބަހެއްއެއްކައިރި ކުރުމުގެ އިޚްތޔާރި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަށް ލިބިގެންވެއެވެ.
19ޒާތުގައި ޤަބޫލުކުރަން ދަތީހެކިބަހކަ، އޭގެ ޒާތުގައި ނުވަތަ ފެންނަ ފެނުމަށް ބަލާއިރު، ސަބބުވެރ މީހަކަށްބަލައިގަނެވޭނެ ފަދަ ޙަޤީޤަތެއް ނެތް، މުޠުލަޤަށް ޤަބޫލުކުރަން ދަތި ހެއްކެ ވި.ޙާދިސާއެއް ހިނގި ގޮތަ ދުށްކަމަށް ހެކިވެރިޔާ ބުނާ ބުނުން، ސައިންސް ނުވަތަ މާއްދަ ޙަޤީޤީތްތަކުނ އެއް ވުން މުސްތްލުޙ ކަމެއް ކަމަށިދައްކނަމަ، ކޯޓުން އެ ހެކިބަސް ގިންތ ކުރާނީ ޒާތުގައި ގަބޫލުކުރަން ދަތި ހެކީގެ ގޮތުގައެވެ.
20މިސާލަކަށު، ހެކިވެރިޔަކު ހެކިބަސް ދެމުން ބުނަނީ، ބޯ ޖަންގައްޔެއްގެ މަތިން ގަޑިއަކު 400 ކެލޯމީޓަރުގެ ބާރުމިނުގައ ދަތުރުކުރި ހެލިކޮޕްޓަރެއްގެ ތެރޭގައި އިންދައި، ބޮޑު ގަހެއްގ ދޮށުގައިނިދާފައި އޮތްމީހެއްގ ގަޔަށް 'މަރާލާނަމޭ' ކިޔައި ހަޅޭއްލަވަމުން ތުހުމަތުކުރެވޭ މީހާ ވަޅި ޖަހަނިކޮށ ދުށް ކަމަށެވެ. ކޯޓުނ ވިސްނާނީ މަންޒަރު ދުށް ހެކިވެރިޔާގެ ވާހަކެޤބޫލުކުރެވިދާނެތޯ އެވެ. މައްސަލައިގައި ހުރި އެހެނިހެން ހެކިތަކާއ ގުޅުންހުރި ޙާލަތްތަކަށް ރުޢޔަތްކުރުމަށްފަހް، މަންޒަރު ދުށް ހެކިވެރިޔާ އެ ބުނާ ފަދައިން ކުށް ކުރަ ގޮތުގެ 'ޙަޤީޤަތް' އެގޮތަށް ހިނގާފައިވާކަން ޤބޫލުކުރަންވީތޯ ނުވަތަ ނޫންތޯ އެވެ.
21ބުއްދީގެ ހަމަތަކުން ބަލާއިރު، ކޯޓުން ހެކިވެރިޔާގެ ހެކިބަސް ވަޒަންކުރާނީ، އެހެން ކަންކަމުގެ އިތުރުން، އެކަމެއް އެގޮތަށް ހިނގުމުގެ ފުރުސަތު އޮތް މިންވަރެއްގެ )probability( މައްޗަށާއި، އެކަން އެގޮތަށް ނުވުމުގެ ފުރުސަތު އޮތް މިންވަރެއްގެ )improbability( މައްޗަށެވެ. ބޯ ޖަންގައްޔެއްގެ ތެރޭގައި ހުރި ބޮޑު ގަހެއްގ ދޮށުގައ ނިދާފައި އޮތް މީހަކު، ނުވަތަ އޭނާގެ ގަޔަށް ވަޅިޖެހި މީހާ، އުޑުމަތިން 400 މީޓަރުގެ އުސްމިނުގައި ބާރަށް ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރެއްގެ ތެރޭގައި އިނދެގެން، ބޯ ގަސްތަކުގެ ފުރާޅެއް ފަދަ ނިވާގަނޑުގެ ތެރެއިން 'ފެނުމަކީ' ނުވަތަ 'ވަކިކުރަން އެނގުމަކީ' ހެކިވެރިޔާއަށް މުސްތަޙީލު ކަމެއް ކަމުގައް ކޯޓުން ނިންމާނެއެވެ. ކޯޓުން ދެކޭނީ އްބުނާ 'ޙަޤީޤަތަކީ' އެއްގޮތަކަށްވެސް ވެދާނެ ކަމެއް ނޫން ކަމަށާއި، އެއީ ޙަޤީޤަތާ މުޅިން ޚިލާފު ވާހަކައެއް ކަމަށެވެ. ހެކިވެރިޔާ އެ ބުނާ ވާޤިއާ ޤަބޫލުނުކުރުމަށް ކޯޓަށު މަޖުބޫރުވަނީ، އެކަން އެގޮތަށް ވުމުގެ އެއްވެސް ފުރުސަތެއް ނެތުމުން ނުވަތަ އެކަން އެގޮތަށް ނުވުމުގެ އިންތިހާ ދަރަޖައިގެ އެކަށީގެންވުން )improbability( އޮތުމުންނެވެ. މަންޠިޤީ ހަމަތަކުން ފުންކޮށް ވިސްނާލާއިރު، އެ ޙަޤީޤަތް ޤަބޫލުނުކުރުމަށް ކޯޓުން ބުރަވަނީ އެކަން އެގޮތަށް ވުމުގެ އެއްވެސ ފުރުސަތެއް ނެތުމުންކަން ސާފުވެއެވެ.
22ޕްރިސިޑެންސް 3ޖިނާއީ ޝަރެޢީ ތެއްގައި، ކުށް ސާބިތުކުރުމުގުޤަނޫނީ ބރ، އަބަދުވެސް އޮންނަނީ ދައުލަތީ ށެވެ.އެއީ އެކަށީގެންވި ޝައްކައްނެތ މިންވަރަށް ކުށް ސާބިތުކޮށްދިނުމެވެ. މ ބުރްދިފާއށ ބަދަލެއް ނުވާނެއެވެ. ނަމަވެސް، ހެކި ހުށަހެޅުމުގެ ބާރު )ކޯޓަށް ހެކް ހުށަހަޅައިގެން ކަމެއް ދެއްކުމުގެ ބާރު( ދެފަރާތުގެ މެދުގައި ބަދަލުވެއެވެ. )ސުޕްރީމް ކޯޓުގެ އަޙްމަދު ލަޠީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސެޤަޟިއްޔގާ އަލީގައި(
23ދީފާއުން ދައްކާ ޙަޤީޤީހެއްކެއް ނެތް، ނުވަތަ ކަމެއް ހިނގުން މުސްތެޙަލ ކަމަށު ބުން ހީތަކެއްގ މައްޗަށު ބިނާވެފައިވެދަފުޢައަކީ، ދައުލަތުގުދާ ވާއިސު ބާތަ ނުވްކާމަށ ޤާނޫނީގޮތުން ފުދޭ ކަމެއް ނޫނެވެ. Definition Of “Proved” In Section 3 Of Indian Evidence Act 1872 (For Short The Act) 2010 6 Mlj 68 2016/SC-A/21 ޕެރެގްރާފް 19 އިން ފެށިގެން ކުށް ސާބިތުކުރުމުގެ ޒިންމާ ދައުލަތުގެ ކިބައިން ބަދަލުވެގެން ނުދިޔަ ކަމުގައިވިޔަސް، ދިފއާ ނަޒަރިއްޔާތެއް، އެއްކޮށް ހުސްބަހުގެ މައްޗަށް އެކަނި ބިނާވެގެންނެއް ނުވެއެވެ.ޙަޤީޤިތްތަކުން އުފެދޭ އަގްލީ ޝައްކަކާއި، ހަމައެކަނި ވަހުމ ނުވަތް ހީތަކެއްގެ މެދުގައީޤނޫނަގޮތުން ސަރީޙަ ރޮނގަކުން ފާހަގަކުރެވިގެންވާ ބޮޑު ތަފާތެއްވެއެވެ.
24މިމައްސަލައިގައި،އިސްތިއުނާފ ކުރު ފަރާތުން ފާހަގަކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކބަހުގައި ބުއްދިއަށް ޤަބޫލުނުކުރެވޭ ވާހަކައާއި ވުމުގެ ފުރުސަތު ނެތްކަންކަމުގެ ވާހަކްހުރިކަމަށެވެ. މިގޮތުން، ހެކިވެރިޔާ އާދަމް ޝަރީފްގެ ބަހުގައި، މަސްތުވާތަކެތިހޫރާލިކަމަށ ބުން ވަގުތާ އިސްތިއުނާފު ކުރާ ފަރާތް 7 ފޫޓް ދުރުގައިމހެކިވެރިޔާ ހުރިކަމަށއި،މަތިން ހޫރާލ އެތި ދިޔަ ސްޕީޑްގައި ކާރު ބާރަ ބޮޑު މަގެއް ހުރަސްކޮށް، 2 ޕާކިންގ ޒޯން ތެރެއިނު ސައިކަލުގެ ތެރެއިން ލާފައި ބ ނަދަރުގެ ޕޭވްމަންޓގައ ޖެހުނު އެތި މޫދުގައި ޖެހުނުކަމަށް ބުނާ ވާހަކައަކީ ފުލޯކު ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ. ހެކިވެރިޔާ އަސްއަދު މުޙައްމަދުގެ ބަހުގައި އެއްލާލި އެތި ޖެހުނުތަނެއ މިހެކިވެރިޔާއަށ ނުފެންނަކަމަށް ބުނެފައިވާއިރު، ސަބަބުވެރި އިންސާނެއްގެ ވިސްނުމަކުން ވިސްނާއިރު، އެއްލާލި އެތި ޖެހުނު ތަނެއް ނޭނގޭ މީހަކަށް މޫދުން ނެގި އެއްޗަކީ އެއްލާލި އެތިކަމަށް ބުނެދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.
25ހެކިވެރިޔާ އާދަމް ޝަރީފީގް ހެކިބަހަކީ ބުއްދިއަށް ޤަބޫލުނުކުރެވޭ "ފުލޯކު" ވާހަކަތަކެއްގެ މައްޗަށ ބިނާވެފައިވާ ހެކިބަހެއް ކަމަށް ބުނެފައިވާ ބުނުމަށް ބަލާއިރު، ހާދިސާ ހިނގި ވަގުތު ހެކިވެރިޔާ ހުރި އިސްތިއުނާފުކުރާ ފަރާތް 7 ފޫޓު ދުރުގައި ކަމަށް ބަޔާންކޮށްފައިވުމުން، އޭނާއަކީ އެ ޢަމަލު ހިންގި މަންޒަރު އެންމެ ގާތުން ފެނުމުގެ ފުރުސަތު ލިބިފައިވާ ހެކިވެރިއެކެވެ. މާލޭގެ މަގުތަކާއި ޕާކިންގ ޒޯންތައް އެތުރިފައ ހުންނަ ޠަބީޢަތަށް ބަލާއިރު، އެއްޗެއް ހޫރާލުމުން އެ އެއްޗެއް ސައިކަލުތަކީގެ މަތިން ނުވަތަ ދޭތެރެއިން ގޮސް ބަނދަރު ޕޭވްމަންޓްގައ ޖެހި މޫދަށް ވެއްޓުމަކ މާއްދްޤާނޫނުތަކާ ޚިލާފު، ވުން މުޅިން މުސްތަޙީލު ކަމެއް ނޫނެވެ.
26ހެކިބަހޭކ އަގެ ޒާތަގައި ޤަބޫލުކުރެން ދަތި ހެކިބިހއްގެ ގޮތުގައީނިންމޭނީ، އެ ހެކިބަހުގައި ބުނާ ވާހަކައަކީ ޤުދުރަތީ ނުވަތަ މާއްދްއުޞޫލުތަކުނ ބަލާއިރިކަނޑައެޅިގެނ ވުން މުސްތަޙީލު ކަމެއް ކަމުގައިވާ ނަމައެވެ. ދުފއަހުށަހަޅާ ފަރާތެއްގެ ހައިޘިއްޔަތުން، ދައުލަތުގެ ހެކިވެރިޔާގެ ހެކިބަހަކީ ޙަޤީޤަތެއް ނޫންކަން ނުވަތަ އެއީ ވުމުން ދުރު ކަމެއްކަން ސާބިތުކޮށްދިނުމުގެ އިބްތިދާއީ ބުރަ )burden evidentiary( އޮތީ ދިފްއގެ މައްޗަށެވެ. އެފަދަ މާއްދީ ނުވަތަ ސައިންޓިފިކް ހެއްކެއް)އެކްސްޕާޓް ރިކޮންސްޓްރަކްޝަން ފަދަ( ދިފާއު ން ހުށަހަޅާފައިނުވޙިލަތެއްގައި،މިމައްސަލައިގައުހެކިވެރިޔ ހުރާ ކައިރިމިނަށް ބަލައި، އޭނާގެ ހެކިބަހަކީ އިތުބާރު ހުރި ހެކިބަހެއް ކަމގައެބެލެވނޭ އެވެ.
27ހެކިވެރިޔާ އަސްއަދު މުޙައްމަދުގެ ހެކިބަހާ ގުޅުވައި، އެއްލާލި އެތި ޖެހުނުތަން ނުފެންނަޙްލަތެއްގައި، މޫދުން ނެގި އެއްޗަކީ އެއީކަމަށް ބުނެދެވޭނެ ސަބަބުވެރި ހަމައެއް ނޯންނާނެ ކަމަށްއިސްތިއުނާފުކުރާ ފަރާތުނާބުނެ، އެ ހެކިބަހަކުއޭގެ ޒަތިގއިޤަބޫލުކުރަން ދަތްހެކިބަހެއް ކަމަށްއިސްތިއުނާފުކުރާ ފަރާތުނ ފާހަގަކުރިއެވެ.
28ހެކިވެރިޔާ އަސްއަދު މުޙައްމަދުގެ ހެކިބަހުގެ ބަޔާނަށް ބަލާއިރު، އެއްޗެއް މޫދަށް ވެއްޓުނު ސީދާ ޕޮއިންޓް އޭނާ ދުށްކަމަކަށް ހެކިބަހުގައި ބުނެފައެއް ނުވެއެވެ. ނަމަވެސް، އިސްތިއުނާފުކުރ ފަރާތުން އެއްޗެއް އެއްލާލިމަންޒަރުދުށްކަމާއި، އެ އެއްޗެއްގެ ކުލަ އޭނާއަށް ސާފުކޮށް ފެނުނުކަމަށް ބަޔާންކޮށްފައިވެއެވެ. އެ އެއްޗެއް ގޮސް ވެއްޓުނު ސީދާ ދިމާ ނުވަތަ ލޮކޭޝަން ދެނެގަނެވިފައިވަނީ ހެކިވެރިޔެ އާދަމް ޝަރީފގް ހެކިބަހުންނެވެ.
29ޕްރިސިޑެންސް 4ޖިނާއީ މައްސަލައެއްގައި ކުށުގެ މާއްދީ ޙަޤީޤަތްތައް ސާބިތުކުރުމަށް، ކޮންމެހެން އެންމެ ހެކިވެރިއެއްގެ ހެކިބަހުން ޙާދިސާ ހިނގި ތަރުތީބުގެ ހުރިހާ ތަފުޞީލެއް އެނގުން ލާޒިމެއް ނޫނެވެ. އެހެނެއްކަމަކު، އެކަކު އަނެކަކަށް ބާރުދޭ، ހެކީގެ ގުޅުންހުރި އެކުވުމެއް އޮތުމުން އެކަން ފުރިހަމަވެއެވެ. ހެކިވެރިންގެ ހެކިބަހުގައި ހުންނަ ބައިކުޅަބައި މަޢުލޫމާތުތައް، އެހެން ހެކިތަކާއި ޤަރީނާތަކުން ފުރިހަމަވެ، އެއް ހެކިވެރިއެއްގެ ބަހުން އަނެއް ހެކިވެރިއެއްގެ ބަހަށް ބާރުލިބޭނަމަ، އެވާޤިއާ ސާބިތުކުރެވުނީއެވެ. ހެކިވެރިޔާގެ ބަހުން ވާޤިއާއެއް އުނިވުމަކީ ނުވަތަ އެވާޤިއާއެއް އެހެކިވެރިޔާއަށް ނޭނގުމަކީ ހެކިބަހުގެ ސައްޙަކަމަށް އުނިކަމެއް އަންނާނެ ކަމެއްނޫނެވެ . )ސޕްރީމު ކޯޓުގް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ . އއމ ޤަޟިއްޔާ އާއި؛ މުޙައްމަދ ޝައިފަންވ . ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާއި ؛ ޢަބްދުﷲ ނަޡީފްވ . ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާއި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސވް . ޝަރުމީލާ ޝަރީފް ޤަޟިއްޔާގެ އަލީގައި (
30އެހެންކަމުން، މި ހާލަތަކީ ހެކިވެރިޔާގެ ހެކިބަސް ޛާތީގޮތުން ޤަބޫލުކުރަން ދަތި ހާލަތެއް ނޫނެވެ. ބަޔާންވެދިޔަ ހެކިވެރިޔާ އެއްޗެއް އެއްލާލި މަންޒަރާއި ކުލަ ސިފަކޮށްދިނުމާއި، ދެވަނަ ހެކިވެރިޔާ އެ ވެއްޓުނު ތަނާއި އެތަނުން ނެގި ގޮތް ކިޔައިދިނުމަކީ، އެއް ހެކިވެރިއަކު އަނެއް ހެކިވެރިއެއްގެ ބަހަށް ޤާނޫނީ ގޮތުން ފުރިހަމއަށަ ބާރުދޭ ކަމެކެވެ. ވުމާއެކު، އިސްތިއުނާފު ކުރާ ފަރާތުގެ މި ނުކުތާއަކީ ބުރަދަނެއް ނެތް ނުކުތާއެއް ކަމު ގައި ދެކެމެވެ.
31އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން އުފައްދާފައިވާ އަނެއް ބަހުޘަކީ، ދައުލަތުގެ ހެކި ތަކުގައި ޖައުހަރީ ފުށު އެރުންތައ ހުރް ކަމަށެވެ. މިގޮތުން،މޫދުގައި ޖެހުނުތަނާއ ތަކެތި ނެގި ތަން މެދު ފުށުއެރުންތައް ހުރިކަމަށް ބަޔާންކޮށްފައިވެއެވެ.
32ޕްރިސިޑެންސް 5ހެކި ވަޒަންކުރުމުގެ ޢާންމު އޞި ލަކީ، ހެކިބަހުގައިކުދިކުދިލާފުޚާހުރިނަމަވެސް އެ ޚިލާފުގެ މައްޗަށ ބުރަދަން ދޭންޖެހޭފަދަ ޚިލާފެއް ނެތްނަމަ، އެ ހެކިބަހާ ގުޅިފައިވާ އެހެން ހެއްކާއި ޤަރީނާއަށް ރްޢްޔަތްކޮށ އާދެވޭ ޖުމްލަ ނަތީޖާއަށް ބުރަވުމެވެ.ހެކިބަހާއި ގުޅިފައިވާ އެހެނ އެނޫންވެސް ހެއްކާއި ޤަރީނާގެ އަލީގައި 2014/SC-A/19 ކަންހިނގާފައިވާ ގޮތާއި ތަރުތީބާސާފުވަ، ހާދިސާ ހިނގައިދިޔަގޮތ ޝަރީޢަތަށް އެކަށީގެންވާ މިންވަރަށެ ޤަބޫލުކުރެވޭނަމަ، ކުށުގެ ޢަމަލު ހިނގާފައިވާގޮތް ޝަރީޢަތުން ކަނޑައެޅުމެވެ.
33ސުޕްރީމް ކޯޓެ ނުފާހަގަކޮށްފައިވަނީ ހެކިވެރިއެއްގެ ހެކިބަހުގައި ހުންނަ ކުދިކުދި ފުށުއެރުންތަކަކީ، އ ހެކިބަހެއްގެ ޖައުހަރީ އަސާސަށް އަސަރުކުރާ ފަދަ ނުވަތަ ކުށުގެ އުނޭސްރުތައ ސާބިތުކުރުމަށް ހުރަސްއެޅޭ ފަދަ ޖައުހަރީ ފުށުއެރުންތަކަކަށް ނުވާހާ ހިނދަކު، އެފަދަ ކުދިކުދި ޚިލާފުތަކުގެ ސަބަބުން މުޅި ހެކިބަސް އެއްކޮށް ބާޠިލުވެގެން ނުދާނެކަމަށެވެ.
34ހެކި ވަޒަންކުރުމުގައި ފަނޑިޔާރި ބަލަންޖެހޭނީ ހެކިބަހުގައި ހުރި ވަކިވަކި ފުށުއެރުންތަކަށް އެކަނި ރުޢީޔަތްކުރުމުގެ ބަދަލުގައި، އެ ހެކިބަހުން ލިބިދޭ މުޅި ތަފި ޞްލަށާއި، މައްސަލައިގައި ހުރި އެހެން ހެއްކާއި ޤަރީނާތަކ އާ ހެކިބަހާ ހުރި ގުޅުމުގެ މައްޗަށ ކަމަށާއާއަދި އެ ހެކިތަކުގެ ޖުމްލަ ނަތީޖާއިންޙްދިސ ހިނގައިދިޔ ގޮތަ ޝަރީޢަތަށް އެކަށީގެންވާ މިންވަރަކަށް ސާފުވާނަމަ، އެ ހެކިބަހަށް ޤާނޫނީ ބުރަދަން ދެވޭނެއެވެ.
35އެހެންކަމުން، ހެކިބަހުގައި ހުންނަ ކުދިކުދި ފުށުއެރުންތަކަކީ، ހެކިބަސް ބާޠިލުކުރާނެ ސަބަބެއް ނޫނެވެ. ނަމަވެސް އެކަމުގެ ސަބަބުން ހެކިބަހުގެ ބުރަދަނަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކޮށްފާނެއެވެ. ފަނޑިޔާރުން މިފަދާޙަލަތްތަކުގައި ޢަމަލުކުރަނީ ހެކިބަހުގެ މުޅި ތަފުސީލާއި، މައްސަލައިގެ އެހެން ހެކިތަކާ އަޅައި ބަލައި، ދއވާ ސާބިތުކުރުމަށް ބޭނުންވާ މިންގަނޑު ފުރިހަމަވޭތޯ ބެލުމަށްފަހުއެވެ.ޝައްކުގެ ފައިދާ ދާއވާލިބޭ ފަރާތަށް ދިނުމުގެ އުޞޫލަށްވެސް ރިޢާޔަތްކުރާނީ އެ ފުށުއެރުންތަކުގެ ސަބަބުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާނަމައެވެ.
36މިމައްސަލައިގައި ހެކިބަހުގައި ހުރި ފުށުއެރުން ކަމަށް ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުން އެއްލާލި ކަމަށް ބުނާ ތަކެތި ޖެހުނުތަނާއ ނެގި ތަނާއި މެދު އުފައްދާ ޝައްކެކެވެ. މިގޮތުން، އާދަމް [2024] SC 36 ޕްރެގްރާފް 32 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލު އަދި [2023] SC 24 [2022] SC 19 ޕްރެގްރާފް 37 އަދި 38 ޝަރީފުގެ ހެކިބަހުގައި، މޫދަށް ވެއްޓުނު ތަނަށް ގޮސް، ކަޅުކުލައިގެ އެތި އޮތް ތަނުގައި މަޑުކޮށްގެނ ހުރިކަމަށާއް،އެއެތ އޮތި ތަނުގައި އިތުރު އެއްވެސް އެއްޗެއް ނެތް ކަމަށް ބަޔާކޮށްފައިވީނަމަވެސް، ޝަރީޢަތުގައި، އަލަށް އުފައްދައިގެން ދެއްކި ވާހަކަތަކުގެ ތެރޭގައި މޫދުގައ އޮތި އެތި ހުޅަނގަށް ދިޔަކަން އެނގުނީ ކަމަށާއި ފެނުނުކަމަށް ނުބުނާކަމަށާއި މަސްމާރުކޭޓު ހުރަސް ތޮށ ކަނުނ ފެނުން އެތި ކާރީގައ ކުނި ހުރިކަމަށް ވެސް ބުނެފައިވާކަމަށެވެ.
37ނެގިތަނ މެދާ ސުވާލު އުފެދޭގޮތަށް ތަޙަޤީޤުއާއި ޝަރުޢެ ތުގައާއި ދެގޮތަކަށް ބަޔާންދީފައިވާކަމަށ އަޙްމަދް އަރީޝްގެ ފަރާތުން ފާހަގަކުރެއެވެ. އެގޮތުން ހެކިވެރިޔާ އަސްއަދު މުޙައްމަދުގީ ހެކަބަހުގައި ޝަރިތުގެޢ މަޖިލީހުގައްހެކިބަސް ދެމުނާއެއްލާލިއެތި ނަގާފައިވަނީ މަސްމާރުކޭޓު ކަނާވީ ދިމާލުން ހުރަސްތޮށި ކަނުނ ކަމަށެ ބުނިނަމަވެސް ތަޙްޤީޤް ބަޔާނުގައި ބުނެފައިވަނީ މޫދުގައި ޖެހުނު ތަނަށް ގޮސް އެވަގުތު އެބުނާ އެއްޗެއް ނެގިކަމަށްވެ. އެހެންކަމުން މިއަފުށުއެރުމެއް ކަމަށެވެ. އެތަކެތި ނެގި ފަރާތްކަމުގައިވާ އައިވަމ ހާޝިމްވެސް ތްޙ ޤީޤުގައ ބުނެފައިވަނި އެމް.އެމް. އޭ އާއި ދިމާލުން މޫދ ތެރެއިނު ވެއްޓުނު ތަނުން ނެގިކަމަށެވެ. ތަނުގައި ކުނި ހުރިކަމަށް ބުނެފައިނުވާއިރު ތަކެތި ނެގީ ޖެހުނު ސަރްޙަ އދ ނޫނު ތަނަކުން ނޫންކަމަށް ވެސް ނުބުނާކަމަށެވެ.
38އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ފުށުއެރުންތަކަށް ބަލާއިރު، ފުލުހުންގެ ތަޙުޤީޤު މަރުޙަލާގައި ހެކިންގެ ފަރާތުން ނަގާފައިވާ ބަޔާންތަކަކާ،ޙާދިސާގެ ޚުލާޞާ ބަޔާންތަކެއް ކަމުން، އޭގައި ހުރިހާ ތަފުސީލުތަކެއް ހިމެނިފައި ނެތުމަކީ އެއީ ޝަރީޢަތުގެ މަޖިލީހުގައި ދިން ހެކިބަހާ ޖައުހަރީ ގޮތުން ފުށުއަރާ ކަމެއް ނޫނެވެ. ޝަރީޢަތުގެ މަޖިލީހުގްމްޙިޟަރު ބަޔާނާތަކަށް ރިޢާ ޔަތްކުރާއިރު، މޫދުގައ އޮތި އެތި ހުޅަނގަށް ދިޔަކަމުގެ އިތުރު ތަފުސީލުތައް ހެކިވެރިޔާ ހާމަކޮށްފައިވަނީ ދައުލަތުގެ ފަރާތުންނާއި ދިފއ ވަކީލުންގެ ފަރާތުން ކުރިތަފުސީލީ ސުވާލުތަކުގެ ސަބަބުންނެވެ.
39ހެކިވެރިޔާ އާދަމް ޝަރީފު ފުލުހުންނަށް ދީފައިވާ ބަޔާނުގައި، މޫދަށް ވެއްޓުނު އެތި އޮތް ދިމާލަށް ގޮސް އެ އެއްޗަށް މެދުނުކެނޑި ބަލަހައްޓައިގެން އޭނާ ހުރިކަމަށް ސީދާ ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ބަޔާނުގައި އެއްޗެއް ދަތުރުކުރި މިޞްރާބުގެ ތަފުސީލު ސީދާ ލިޔެވިފައި ނެތް ނަމަވެސް، ހެކިވެރިޔާ އެ އެއްޗަށް މެދުނުކެނޑި ބަލަހައްޓައިގެނ ހުރިކަމަށް ބުނެފައިވުމުން، އޮއިވަރާއެކު އެ އެތި ހުޅަނގަށް ދިޔަކަން އޭނާއަށް ދެނެގަނެވުމަކްތަޙުޤީޤ ބަޔާނާ ޚިލާފުވުމެއް ނޫނެވެ. ވުމާއެކު، މޫދުގެ އޮއިވަރާއެކު އެއްޗެއްއޮތް ތަނަބަދަލުވުމާއި، އެ ސަރަޙާއްދުގައ ކުނި ހުރުމާ ގުޅޭގޮތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަކީ ޙދިސާގ މާއްދެ ޙަޤީޤަތް ބަދަލުކޮށްލާ ފަދަ ޖައުހަރީ ފުށުއެރުންތަކެއް ނޫނެވެ.
40ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ.އއމ ޤަޟިއްޔާއާއި، ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޚުޒައިމަތު ނަޢީމް މައްސަލައިގެއުޞޫލުތަކަށް ބަލާއިރު، ހެކިބަހުގައި ހުންނަ މިފަދަ ކުދިކުދި ތަފާތުތަކަށް ވަކިން ބަލައި ހެކިބަސް އެއްކޮށް ބާޠިލުކުރުމުގެ ބަދަލުގައި، ފަނޑިޔާރު ބަލަންޖެހޭނީ ހެކީގެ ޖުމްލަ ނަތީޖާއަށެވެ. މި މައްސަލައިގައި ތަކެތި އެއްލާލި ވަގުތުން ފެށިގެން އެ ތަކެތި މޫދުން ނެގުމާ ހަމައަށް ހެކިންގެ ފާރަވެރިކަން މެދުނުކެނޑި ހުރިކަމާއި، ހާދިސާ ހިނގި ތަރުތީބު އެކަށީގެންވާ މިންވަރަށް ސާފުވާތީ، ދިފއގެ ބަހުސަކީ ހެކިބަހުގެ ޤާނޫނީ ބުރަދަން ނަގާލެވޭނެ ބަހުސެއް ނޫނެވެ.
41އިސްތިއުނާފީދެވަނަ ނުކުތާގައިއަޙްމަދ އަރީޝްގެ ފަރާތުން އުފައްދާފައިވާ ބަހުޘަކީ،ދިފއާހުކިންނަށެ އަޙްމަދް އަރީޝް އެއްޗެއް އެއްލާލިތަން ފެނިފައި ނުވާކަމަށް ނުވަތަ އެނގިފައި ނުވާކަމަށް ބުނާ ހެކިބަސް ވަޒަންކުރުމުގައި، އެ ހެކިވެރިންނަކީ ހާދިސާ ހިނގި ވަގުތު އަޙްމަދު އަރީޝް ކައިރީގައި ތިބި މީހުން ކަމަށްވާތީ، އެ ބަހުން ނުކުންނަ ޤާނޫނީ ނަތީޖާއަށް ރ ޢޔަތްކުރުމެއް ނެތު، އެއީ 'ސީދާ ނަފީއެއް ނޫން' ކަމަށް ބަލައި އެ ހެކިބަސް އެއްފަރާތްކުރުނ އެއް ޤާނޫނީ ގޮތުން ހެކި ވަޒަންކުރުމުގެ މިންގަނޑުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ އުފައްދާ ބަހުޘެކެވެ.
42ޕްރިސިޑެންސް 6ހެކި ވަޒަންކުރުމުގެ ޤާނޫނީ މިންގަނޑުތަކަށް ބަލާއިރު، ދިފއާހެކިންގެ މި ބަހަކީ ކަމެއް ހިނގިތަން ނުދެކޭ ކަމަށް ނުވަތަ އެނގިފައި ނެތް ކަމަށް ބުނީ "ނަފީކުރާ ހެކިބަސް") Negative Evidence( އެވެ. މިއާ ޚިލާފަށް، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ސީދާ މަންޒަރުދުށް 3 ހެކިންގެ ހެކިބަހަކީ، އަޙްމަދު އަރީޝް އެއްޗެއް އެއްލާލި ޢަމަލު ސީދާ ހިނގިތަން ފެނުނު ކަމަށް ބުނާ "ސާބިތުވާ ހެކިބަސް" )Positive Evidence( އެވެ.
43ޤާނޫނީ އިލްމުގެ ހަމަތަކާއި އިސްލާމީ ފިޤުހުގެ އުޞޫލުތަކަށް ބަލާއިރު، ސާބިތުވާ ހެކިބަހާއި ނަފީކުރާ ހެކިބަސް ތަޢާރުޟުވާ )ފުށުއަރާ( ޙިލަތްތަކުގައާއިސްކަންދެވެނީ ސާބިތުކުރާ ހެއްކަށެވެ.މި ކަމުގެ ޝަރުޢީ އަދި ޤާނޫނީ ސަބަބަކީ،"އެކަން ނުދެކެމޭ" ބުނާ ދިފއ ހެކިން އެ ހެކިދެނީ ހަމައެކަނި އެ ވަގުތު އެމީހުންގެ ސަމާލުކަން އެ ކަމަށް ހުއްޓިފައި ނެތުމުން އެކަން އެނގިފައިނުވާ ކަމުގެ މައްޗަށެވެ. އެހެންކަމުން، އެފަދު ނަފީކުރުވަނިވްހެކިބަހަކެނ، ދައުލަތުގެ 3 ހެކިންފެނުނުކަމަށް ބްނުސާބިތުކޮށ އަދކުރ ހެކިބަހުގެ ޤާނޫނީ ބުރަދަން ނަފީކޮށްނުލެވެއެވެ.
44މީގެ އިތުރުން، ހެއްކާބެހޭ އުސޫލުތަކަށެބަލާއިރު،ހެކި ވަޒަންކުރުމުގެ މައިގަނޑު ހަމައަކީ ހެކީގެ ޢަދަދަށްވުރެ ހެކީގެ ފެންވަރަށް އިސްކަންދިނުމެވ.)evidence of Quantity over Quality.( ދިވެހިރާއްޖޭގެސޕްރީމ ކޯޓުގް އަޙްމަދު ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ މި އުޞޫލަށް ބަލާއިރު، ހެކި ވަޒަންކުރަންޖެހޭނީ މިނެކިރައިގެންނެވ. )weighed, not counted(. ކަމެއް ހިނގިތަން "ނުދެކެމޭ" ބުނާ ދެ މީހެއްގެ ހެކިބަހުން، އެކަމެއް ސީދާ ލޮލުންދުށް 3 ހެކިންގެ ސާބިތުވާ ހެކިބަސް ޤާނޫނީ ގޮތުން ބާޠިލެއް ނުކުރެވޭނެއެވެ.
45ޚާއްޞަކޮށް، އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓަށާހުށަހެޅި ނފީކުރަހެކިބަހުގެ އަސަރު މުޅިން ނަފީވެ، ދައުލަތުގެ ހެކިވެރީންގެ ހެކިބަހުންއިތުރަށް ކަށަވަރުވެގެންދަނީ، އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓަށް މަޖައްލަތުލް އަޙްކާމުލް ޢަދްލިއްޔާ ގެ މާއްދާ 1742- މިކަމުގެ ފިޤުހީ ޤާޢިދާއަކީ: "إِذَا ﺗَﻌَﺎرَﺿَت ْ اﻟْﺑَﯾِّﻧَﺔ ُ اﻟْﻣُﺛْﺑِﺗَﺔ ُ وَاﻟْﺑَﯾِّﻧَﺔ ُ اﻟﻧﱠﺎﻓِﯾَﺔُ، ﻓَﺎﻟْﺑَﻲނ ِّ ة ُ اﻟْﻣُﺛْﺑِﺗَﺔ ُ أَوْﻟَﻰ ﺑِﺎﻟْﻘَﺑُولِ"َ )މާނައީ: "ކަމެއް ސާބިތުކޮށްދޭ ހެއްކާއި، އެކަން ނަފީކުރާ ހެކި ތަޢާރުޟުވެއްޖެނަމަ، ޤަބޫލުކުރުމަށްޓަކައި އިސްކަންދެވޭނީ ކަމެއް ސާބިތުކޮށްދޭ ހެއްކށެވެ."( ހުށަހެޅިހެކިން ޝަރީޢަތުގައި ދީފައިވާ ބަޔާންތަކުގެ ސަބަބުންނެވެ. އެ ހެކިވެރިން ބަޔާންކޮށްފައިވަނީ، ހާދިސާ ހިނގި ވަގުތު ސީދާ ފުލުހުން އަޙްމަދު އަރީޝް އާ މުޚްތާ ބުކޮށ "ކޯއްޗެއްތޯ އެއްލާލީ" ބުނީ ސުވާލުކުރި އަޑު އިވުނު ކަމަށެވެ. މި ބުނުމަކީ ހާދިސާ ހިނގި ވަގުތާ ދާދި އެއްވަގުތެއްގައި ) res gestae( ހިނގާފައިވާ ކަމެއްކަން ދިފއާ ހެކިންގެ ބަހުން އެނގެން އޮތުމުން، އެ ވަގުތު އަޙްމަދު އަރީޝް އެއްޗެއް މޫދަށް އެއްލާލި ކަމުގެ ވާޤިއާއަށ މި ބަހުން ސީދާ ބާރުލިބެއެވެ.
46ވުމާއެކު، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އއމިޤަޟިއްޔާގއ ބަޔާންކުރާ ފަދައިން، ހުށަހެޅިފައިވ ހުރިހާ ހެއްކާއި ޤަރީނާގެ އަލީގައި ކަންހިނގާފައިވާ ގޮތުގެ ޖުމްލަ ނަތީޖާއަށް ބަލައި، މ މައްސަލައިގައި ދައުލަތުގެ 3 ހެކިންގެ ސީދާސާބިތުކުރުވަނވީބަހާއި ދިފއާހެކިންގެ އަމިއްލަ ބަހުން ފުލުހުނ ކުރް ސުވާލުގެ އަޑުއިވުނު ކަމަށް ބުނާ ބުނުމަށް އެކުއެކީގައި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ބަލާއިރު، ދިފާއިނ ހުށަހަޅާފައިވް ނަފީކުރުވަނިވި ހެކިބަހަކީ ޤާނޫނީ ބުރަދަނެއް ނުވަތަ މައްސަލައަށް ބަދަލް ގެނެވޭނެ ފަދަ ޤާނޫނީ އަސަރެއް ހުރި ބަހެއް ނޫނެވެ.
47އިސްތިއުނާފީ 4 ވަނަ ނުކުތާގައި އުފައްދާފައިވާ މައިގަނޑު ބަހުޘަކީ ކުށުގެ އުންސުރުތައް ފުރިހަމަވުމާ އަދީޤަނޫންއިފްރާޟްތއ ތަޠްބީޤުކުރުމާގުޅޭގޮތުން އުފައްދާ ބަހުޘެކެވެ. މިގޮތުން،ކުށުގެ ހުރިހާ އުންސުރުތަކެއ ދައުލަތުން ސބިތުކޮށްދޭންޖެހޭނ ކަމަށެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަޟިއްޔާތަކުނ ކަނޑައަޅާފައިވާއިރު މިމައްސަލައިގައި އެއުންސުރުތައް ސާބިތުކޮށްނުދެވޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
48މި ކުށް ސާބިތުކުރުމުގައިމަސްތުވާތަކެތ އަތުގައި ހުރިކަންސާބިތުކޮށްދނުމަކީ ކުށުގެ މާއްދީރުކުނ ސާބިތުކޮށްދިނުންކަމަށާއި، މި މައްސަލައިގެ ހާދިސާ ހިނގި ގޮތަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ އަތުގައ މަސްތުވާތަކެތި ހުރިކަމުގެ އަސާސީ އުންސުރު ޕްރޮސިކިއުޝަނަށް އެކަށީގެންވާ ހެއްކާއެކު ސާބިތުކޮށްދެވިފައި ނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ.
49ޕްރިސިޑެންސް 7އިސްވެ ފާހަގަކުރެވުނު ފަދައިން، އިސްތިއުނާފު ކުރާ ފަރާތުގެ އަތުން ތުހުމަތުކުރެވޭ ތަކެތި އެއްލާލި މަންޒަރުދުށް ހެކިންގެ ހެކިބަސް ޝަރީޢަތަށް ލިބިފައިވެއެވެ.މީހަކު އެއްޗެއް އެއްލާލާނީ އެ އެއްޗެއް އެ ވަގުތު އޭނާގެ ހަށިގަނޑާ ގުޅިފައ ނުވަތި އޭނާގެ ޙަޤީޤިހިފެހެއްޓުމުގެ ދަށުގައި ހުރެގެންނެވެ. އެހެންކަމުން، ހެކިވެރންގެކުރިމަތީގައި އެ އެއްޗެއް އެއްލާލި އެއްލުމަކީ، އެ ތަކެތި އޭނާގެ އަތުގައި ހުރިކަން ސާބިތުކޮށްދޭ ހެއްކކވެ.
50ވުމާއެކު، މަސްތުވާތަކެއްޗާބެހޭ ޤެ ނޫނުގ 105ވ ނ މާއްދާގަ ދަށުނ ޓްރެފިކްކުރުމުގެ ކުށުގެ ބޭނުމަށް "އަތުގައި ހުރުމުގެ" އަސާސީ އުންސުރު، ހެކިވެރންގީހެކިބަހުން ސާބިތުވާތީ، ދަށު ކޯޓުން އެހެކެ ގ މައްޗަށް ބުރަވު ޙީކުމްކޮށްފައިވަނީ ޝަރީޢާ އަދުޤިނޫނީ އޞލުތަކ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
51ކުށުގެ މައުނަވީ ރުކުން ކަމުގައިވާ "މަސްތުވާތަކެތިކަން އެނގިހުރެ" ކުރި ކަމެއްކަން ސާބިތީވުމު މެދާ ސުވާލުއުފައްދަމުން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރަނީ، އެއްލާލިތަކެއްޗަކީ މަސްތުވާތަކެތިކަން އިސްތިއުނާފުކުރާ ފަރާތަށް އެނގޭނެ އެއްވެސް ބުރަދަންހުރި ހެއްކެއް ދައެ ލަތަށ ހުށަހެޅިފައި ނުވާ ކަމަށެވެ. ދަށު ކޯޓުގު ޙުކުމުގައި ސާފުކޮށް ފާހަގަކޮށްފައިވްފަދައިން، މިކުށުގެ މައުނަވީ ރުކުން ފުރިހަމަވާކަން ދަލާލަތުކޮށްދެނ އިސްތިއުނާފީ ކުރު ފަރާތުގާ ޢަމަލުތަކުންނެވެ.މައްސަލައިގެ ހާދިސާ ހިނގި ވަގުތު، ފުލުހުން ފެނުމާއެކު އޭނާގެ ޙަޤީޤީ ހިޔާޒަތުގެދަށުގައ ހުރި ތަކެތި ފޮރުވުމަށް ނުވަތަ ނައްތާލުމަށް މަސައްކަތްކޮށް، އެ ތަކެތި އެއްލާލި އެއްލުމަކ އެއްލާލި އެއްޗަކީ ކޯއްޗެއްކަނ އެނގޭކަން ދަލާލަތުކޮށްދޭ ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 69 ގެ ޕްރެގްރާފް ކަމެކެވެ. ދަށް ކޯޓުނު ރަނގަޅަށް ފާހަގކޮށަފައިވާ ފަދައިން، ސަބަބުވެރްސިކުނޑިއަކުން ވިސްނާއިރުވެސް، އެހެންގޮތަކަށްސާބިތުނުވާހާހިނދީމީހަކު ފުލުހުން ފެންނަ ހިނދުން އޭނާގެ އަތުގައި ހުރި އެއްޗެއް އެއްލާލާނީ، އެ އެއްޗަކާޤި ނޫނޭ ޚްލާފު، އަތުގައި ބެހެއްޓުން މަނާ އެއްޗެއްކަން އޭނާއަށް އެނގތީކަނ ދޭހަވެއެވެ.
52ޕްރިސިޑެންސް 8ކުށުގެ އުންސުރުތަކާ ގުޅުވައި މިއިސްތިއުނާފުގައި އުފައްދާފައިވާ އެއް ބަހުޘަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދީއްވާ ސާބިތުކުރުމުގައި، ތުހުމަތުކުރެވޭ ފަރާތަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށްޓަކައި 'ޑްރަގް ޑިޕެންޑެންސ އެސެސްމެންޓް' ހެދުމަކީ ކުށުގެ މާއްދީ ނުވަތަ މައުނަވީ އުންޞުރު ފުރިހަމަވުމަށްޓަކައ ޤާނޫނި ލާޒިމުކުރާ، އަދި ދައުލަތުން ކޮންމެހެން ސާބިތުކޮށްދޭންޖެހޭ ރުކުނެއްކަމަށ ބުން އުފައްދާ ބަހުޘެކެވެ. މިބަހުޘާ ގުޅިގެން ދަށު ކޯޓުން ގޮތެއް ކަނޑައަޅާފައިވެއެވެ.
53އެގޮތުން، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދައުވާ އުފުލާފައިވަނީ، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 137 ވަނަ މާއްދާގަ )ބ( ގެ ދަށުން، އޭނާއަކީމާ ސްތުވާތަކެއްޗަށ ދެވިހިފާފައިނުވަ މީހެއް ގެ މައްޗަށް ތަޖުރީމުކުރެވޭ ކުށުށ ކަމުގައިވާއިރާ،އެޤނޫނުގ 136 ވަނަ މާއްދާގެ )ބާ ( ގެ ދަށުނ ދެވިހިފާފައިވް މީހެއްގެ މައްޗަށްވސެ ޓްރެފިކްކުރުމުގެޤްނޫނ އިފްތިރާޟުހަމަ އެގޮތަށް ތަޠްބީޤވާނެކަމަށް ބަޔާންކޮށްފައިވުމުން،ދެވިހިފާފައިވކަނާ ނުވަތަ ނޫންކަން ސާބިތުކޮށްދިނުމުން މި މައްސަލައިގައަޤާނޫނީ ނަތީޖާއަށް ބަދަލެއް ނާންނާނެކަމަށ ދަށުކޯޓުން ފހގަކޮށްފައިވެއެވެ.24 F ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޕެރެގްރާފް 71-73
54މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެF25 137 ވަނަ މާއްދާގެ ބ ) ( އަކީ ދެވިހިފާފައިނުވާ މީހަކުޑައިމޯފިން ޓްރެފިކްކުރމުގެ ކުށް ގުޅުންހުރީ މާއްދާއެވެ. އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދައުވާ އުފުލާފައިވަނެ، މި މާއްދާގެ ދަށުންނެވެ. އިސްތިއުނާފު ކުރާ ފަރާތުނ ބަހުސްކުރަނ އޭނާއަކީ ދެވިހިފާފައިވާ މީހެއްނޫން ކަނޭ ސ ބިތުކޮށްނުދނަމަ މިދައުވާގެ ބޭނުން ކެނޑޭނެކަމަށެވެ. އެޤާނޫނުގެ26F 136 ވަނަ މާއްދާގެ )ހ ( އަކީ ދެވިހިފާފައިވާ މީހަކުޑައިމޯފިންޓްރެފިކްކުރުމުގެ ކުށާ ގުޅުންހުރި މާއްދާއެވެ. މުދެމާއްދާގ ދަށުންވެސް، އަތުން ފެންނަ ތަކެތީގެ ބަރުދަނަށް ބަލައި ޓްރެފިކްކުރުމުގެ އިދިކޮޅީޤނޫނ އިފްތިރާޟް ހަމަ އެގޮތަށް ނެރެވެއެވެ.
55ދަށް ކޯޓުގު ނިންމެވުމުގައި ކަނޑައަޅުއްވާފައިވަނީ، މީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަން ނުވަތާ ނޫންކަން ސާބިތުކޮށްދިނުމަކީ މި މައްސަލައިގައި އެއްވެސް ޤް ނޫނީ ނަތީޖާއެއްނިކުންނާނެ ކަމެއް ނޫން ކަމަށެވެ.ޤާނޫނު އެކުލެވިގެންވާ ގޮތުން، ކުށްވެރިޔާއަކީ ދެވިހިފާފައިވާ މީހެއް ކަމުގައި ވިޔަސް، ނުވަތާ ދެވިހިފާފައިނުވާ މީހެއް ކަމުގައި ވިޔަސް، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނީޤެ ނޫން މިންގަނޑަށް ފެތޭ ނަމަ، ޓްރެފިކްކުރުމުގެ އިފްތިރާޟާދެ ޙލަތުގައިވެސ ހަމަހަމައަށް ނެރެވެއެވެ.
56އިސްތިއުނާފީ 5 ވަނަ ނުކުތާގައި އުފައްދާ މައިގަނޑު ބަހުޘަކީ، އިސްތިއުނާފު ކުރާ ފަރާތުން ހައްޔަރުކޮށްފައިވަނީ ކޯޓުން ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރެއް ނެތި ޖިނާއީ އިޖުރާއަތުގާޤެނޫންޚުލާފަށ ކަމަށްވާތީ، އެ ޣައިރު ޤެނޫނީ ހައްޔަރުގެ ތެރެއިން ހޯދާފައިވާ އެންމެހައި މާއްދީ ހެކިތަކާއި ހެކިބަސްތަކަކީ، ސުޕްރީމް ކޯޓުގ ޙަސަން ޢަލީ އަދި ޢަބްދުއްލަޠީފް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނު ޤާނޫނު ނަންބަރު 17/2011 2018/SC-A/03,04 ކަނޑައަޅާފައިވާ ޝަރު ޢޫއުޞަ ލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޝަރްޢަ ތަށޤ ބޫލުނުކުރެވޭނެ ހެކިތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އުފައްދާފައިވާ އިސްތިއުނާފީ ބަހުސެކެވެ.
57ޕްރިސިޑެންސް 9މ މައްސަލައިގައި ކޯޓި އަމުރެއް ނެތި ހައްޔަރުކޮށްފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ދަށު ކޯޓުން ނިންމާފައިވަނީ، ޖިނާއީ އިޖުރާއަތުގްޤާނޭނުގެ ދަށުން ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމަށް ފުލުހުންނަށް ލިބިދާޤާނާނީ އިސްތިސްނިޙާލަތްތައް މ ޙދިސާގައ ފުރިހަމަވި ކަމަށެވެ.ސަބަބަކީ ފުލުހުންނަށް ފެންނަ ހިސާބުން ތުހުމަތުކުރެވޭ އެއްޗެއް އެއްލާލުމަކީ ކުށުގެ ވެށިން ނުވަތަ ކުށެއް ހިނގަމުންދަނިކޮށް، ނުވަތަ ކުށެއް ކޮށްފިކަމަށް ބެލެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރަންޖެހޭ ކުށުގޙ ލަތެއ މެދުވެރިވުން ކަމަށްވާތީއެވެ. ވުމާއެކު، އެ ހައްޔަރަކީ ޤާނަނާ އެއްގޮތަށް ކޮށްފައިވާ ސައޙީހައްޔަރެއް ކަމަށްވާތީ، އޭގެ ތެރެއިން ހޯދާފައިވާ އެންމެހައި މާއްދީ ހެކިތަކާއި ހެކިބަސްތަކަކީ ޝަރްޢަތަށްޤަބޫލުކުރެވޭނެ ސައޙ ހެކިތަކެއް ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކުރަމެވެ.
58އިސްވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު 58/Cr-C/2020 ޤަޟިއްޔާގެ ނިންމުމަށް ބަދަލުގެންނަންޖެހު ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
59ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ.
60ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ. ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޕެރެގްރާފް 49 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ )ރ(
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އާއި (ނ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާގެ (ބ)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާ (ރ) (އަދި 40 ވަނަ މާއްދާ - އިސްތިއުނާފުކުރި ފަރާތުގެ ބަހުސް)
- މަޖައްލަތުލް އަޙްކާމުލް ޢަދްލިއްޔާގެ 1742 ވަނަ މާއްދާ
- Indian Evidence Act 1872, Section 3 (Definition of 'Proved'); 2010 6 MLJ 68
- ސުޕްރީމް ކޯޓު: އަޙްމަދު ލަޠީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލް (2016/SC-A/21، ޕެރ. 19 - ފުޓްނޯޓުގައި '2016/SC-A/21')
- ސުޕްރީމް ކޯޓު 2023/SC-A/04 [2024] SC 36 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އއމ)
- ސުޕްރީމް ކޯޓު 2016/SC-A/19 [2023] SC 59
- ސުޕްރީމް ކޯޓު 2020/SC-A/72 [2023] SC 24
- ސުޕްރީމް ކޯޓު 2014/SC-A/19
- ސުޕްރީމް ކޯޓު [2022] SC 19 (ޕެރ. 37-38)
- ސުޕްރީމް ކޯޓު [2022] SC 82 (އަޙްމަދު ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- ސުޕްރީމް ކޯޓު 2008/SC-A/08، 2010/SC-A/07، 2012/SC-A/23
- ސުޕްރީމް ކޯޓު 2018/SC-A/03,04 (ޙަސަން ޢަލީ އަދި ޢަބްދުއްލަޠީފް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- ސުޕްރީމް ކޯޓު: މުޙައްމަދު ޝައިފަން ވ. ޕްރޮސިކިއުޓަރ ޖެނެރަލް؛ ޢަބްދުﷲ ނަޡީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލް؛ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޝަރުމީލާ ޝަރީފް؛ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޚުޒައިމަތު ނަޢީމް
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް