ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/622
ޢަބްދުﷲ ޢަރީފް ވ. ޢަބްދުއްރަޙްމާން ޙަސަން، 2019/HC-A/622
Abdhuﷲ Areef v. Abdul Rahman Hassan 2019/HC-A/622 (2019/HC-A/622, High Court of the Maldives, 15 September 2022)
ޢަބްދުﷲ ޢަރީފް ވ. ޢަބްދުއްރަޙްމާން ޙަސަން
މައިގަނޑު ސުވާލު
ލިޔުމެއް ނެތް އަނގަބަހުން ވެވުނު ކަމަށް ބުނާ ވިޔަފާރީގެ އެއްބަސްވުމެއް ދަޢުވާކުރާ ފަރާތުން ސާބިތުކޮށްފައިވޭތޯ، އަދި ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން މައްސަލަ ނިންމުމާއި ހެކި ވަޒަންކުރުމާ ގުޅޭ އިސްތިއުނާފީ ނުކުތާތަކުގެ ޞައްޙަކަން.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނަކުން ވަކި ގޮތެއް ލާޒިމް ނުކުރާނަމަ ކޮންޓްރެކްޓެއް ވަކި ގޮތަކަށް އޮތުން ލާޒިމް ނޫންކަމާއި، ހުށަހެޅުމެއް ޤަބޫލުކުރުމުން ވުޖޫދަށް އަންނަ ރިޟާއީ ކޮންޓްރެކްޓަކީ ކިތާބީ ކޮންޓްރެކްޓަކަށް ވާން ނުޖެހޭކަމާއި، ލިޔެވިފައި ނެތުމުން ކޮންޓްރެކްޓުގެ ވުޖޫދު ނަފީ ނުވާކަމާއި، އޭގެ ވުޖޫދު ތަފާތު ވަސީލަތްތަކުން ސާބިތު ކުރެވިދާނެކަން (2009/SC-A/30). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ކޮންޓްރެކްޓެއް ޞައްޙަވުން ބިނާވެފައިވަނީ ބައިވެރިންގެ މަޖުބޫރުކުރުމެއް ނެތް ފުރިހަމަ ރުހުމާއި، އެ ރުހުން ޝަރީޢަތާއި ޤާނޫނު ޤަބޫލުކުރާ ކަމެއްގެ މައްޗަށް އޮތުމުގެ ދެ އަސާސްކަމާއި، ހުށަހެޅުމާއި ޤަބޫލުކުރުމާއި، މުޤާބިލާއި، ޤާނޫނީ ގުޅުމެއް އުފެއްދުމުގެ ނިޔަތާއި، ޤާބިލިއްޔަތާއި ރުހުން ފުރިހަމަނުވެ ޞައްޙަ ކޮންޓްރެކްޓެއް އޮތްކަމަކަށް ނުބެލެވޭނެކަން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ކޮންޓްރެކްޓެއް އޮތްކަން ސާބިތުކުރުމުގެ ބުރަ އޮތީ އެ ދަފްޢު ކުރިމަތިކުރާ ފަރާތުގެ މައްޗަށް ކަމާއި، މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ އުޞޫލެއްގެ ގޮތުން ދަޢުވާކުރާ ފަރާތަށް ކަމާއި، 'ދަފްޢެއް' ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އެ ދަފްޢު ކުރާ ފަރާތް ކަމާއި، އެ ބުރައަކީ ހެކި ހުށަހެޅުމުގެ ބުރައާއި (burden of production) ޤަބޫލުކުރުވުމުގެ ބުރަ (burden of persuasion) ކަން (2017/SC-A/01). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- މަދަނީ މައްސަލަތަކުގައި ހާދިސާ ސާބިތުކުރުމަށް ބަލާ މިންގަނޑަކީ 'ބޮޑަށް ބުރަވެވޭ ގޮތް' (balance of probabilities) ކަމާއި، ހާދިސާ ހިނގިކަމަށް ކަނޑައަޅަނީ ގުޅުންހުރި ހެކި އަދި ޤަރީނާއަށް ރިޢާޔަތްކޮށް، ނުހިނގާ ކަމަކަށްވުރެ ހިނގިކަމަށް ފަނޑިޔާރަށް ބޮޑަށް ބުރަވެވުމުން ކަން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ހާދިސާ ސާބިތުކޮށްނުދޭ ހެއްކަކުން މައްސަލަ ސާބިތު ނުވާނެކަމާއި، ހާދިސާ ސާބިތުނުވާ ޙާލަތުގައި ހުށަހަޅާ އެއްޗެއް އޮތުމަކުން އޭގެ އަޞްލުން މަދަނީ ޙައްޤެއް ނުއުފެދޭކަން (2013/SC-A/28)؛ ލިޔުމެއް ނެތި، ހެކިންގެ ބަސްތަކުންވެސް ދެފަރާތުގެ ހުށަހެޅުމާއި ޤަބޫލުކުރުމާއި ގުޅުމެއް އުފެއްދުމުގެ ނިޔަތް ސާފުނުވާއިރު، އެއްބަސްވުމެއް އޮތްކަން މަދަނީ މިންގަނޑުން ސާބިތު ނުވާނެކަން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16، 24)
- ފަނޑިޔާރުން ހެއްކާއި ޤަރީނާއަށް ރިޢާޔަތްނުކުރި ކަމަށް ބުނާ ފަރާތުން، ރިޢާޔަތްނުކުރި ކޮން ޤާނޫނީ ނުކުތާއަކާ ގުޅޭ ކޮން ހެއްކެއްކަމާއި، ހެކި ވަޒަންކުރި ގޮތް ޚިލާފުވީ ކޮން އުޞޫލަކާ ނުވަތަ މާއްދާއަކާ ކޮން ގޮތަކުންކަން ބަޔާންކޮށްދޭން ވާނެކަން (AG v Ismail Abdulhameed [2021] SC 43 ޕެރ. 19)؛ އެކަން ބަޔާންނުކުރެވޭނަމަ ޤާނޫނުއަސާސީގެ 20 އަދި 142 ވަނަ މާއްދާއާ ޚިލާފުވިކަމަށް ބުނާ ނުކުތާ ޤަބޫލު ނުކުރެވޭނެކަން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18–19)
- ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމުން، ދަށުކޯޓުގައި ފާހަގަކުރުމުގެ ފުރުޞަތު ލިބި ނަގާފައި ނުވާ ނުކުތާތައް (މިސާލަކަށް ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ނުކުތާ) އިސްތިއުނާފީ މަރުޙަލާގައި ރިޢާޔަތްކުރަން ނުޖެހޭނެކަން (ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާ؛ 2014/HC-A/83؛ 2017/SC-A/41)؛ ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި ޤަބޫލުކުރެވޭ ޢުޛުރެއް ނެތި ޙާޟިރުނުވާނަމަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21–23)
1ރ.އުނގޫފާރު، […] ޢަބްދްﷲ ޢަރީފް، ދިވެހި ރައްޔިތެއްކަން އަންގައިދޭމީގެ ފަހުން "ޢަބްދު ﷲ ޢަރީފް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް"(ގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށް މާލެ ދެކުނީ ހާބަރުގައި ހިންގަމުން ގެންދިޔަ "ބަހާރު މާ މާޓް" ނަމަކަށް ކިޔާ ފިހާރައާއި ޢަބްދް ﷲ ޢަރީފް ހިންގާ ގޮތަށް ތ.ވިލިފުށި ޒުހުރީ ކިޔާ މީހެއްގެ އަތުން ވާހަކަ ދެއްކުމަށްފަހު ނަގައިގެން ހިންގަމުން ގެންދިޔަ މާލެ ދެކުނު ހާބަރ 42 ނަންބަރު ކެފޭ މާލެ، ދަފްތަރު ނަންބަރ 10118 ޢްބްދުއްރަޙްމން ޙަސަނާ، ދިވެހި ރައްޔިތެއްކަން އަންގައިދޭމީގެ ފަހުން "ޢަބެ ދުއްރަޙްމާން ޙަސަން" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( އާ ޙަވާލުކޮށް ކެފޭއާއި ފިހާރަ ހިންގައިގެން ލިބޭ ފައިދާ ދ މީހުންނަށް ހަމަހަމަވާގޮތަށ ވާހަކަދައްކައިގެން ހިންގައި، ވިޔަފާރިކުރިއަށް ގެންދިއުމަށް ނިންމައި އެގޮތަށް އެއްބަސްވެގެން،ޢަބްދުއްރަހްމާނ ޙަސަން ޙަވާލުވިއިރު ކެފޭ އާއި ފިހާރއިގައި ޖުމްލަ 745,000/-ރ. )ހަތްލައްކަ ސާޅީސް ފަސްހާސް ރުފިޔާ( ގެ މުދަލާއި ތަކެތި ހުރިއިރު އެއިން އެއްވެސް ތަނަކުން ފައިދާނުވ ކަމަށް ބުނެ ކެފޭގައ ހުރި މުދަލާއި ތަކެއްޗަށްވާ ޖުމްލަ 345,000/- ރ. )ތިންލައްކަ ސާޅީސްފަސްހާސް ރުފިޔާ( އާއި "ބަހާރު މާ މާޓް" ފިހާރާގައި ހުރި މުދަލާއި ތަކެއްޗަށް އަރާ ޖުމްލަ 400,000/- ރ. )ހަތަރުލައްކަ ރުފިޔާ( ވީ ގޮތެއް ނޭނގި ޢަބްދުއްރަޙްމާން ހަސަން އިހުމާލުވެ ބޭނުންކޮށްފައިވާތ 745,000/- ރ. )ހަތްލައްކަ ސާޅީސް ފަސްހާސް ރުފިޔާ( ޢަބްދުއްރަޙްމާން ޙަސަންގެ އަތުން އެއްފަހަރާ ހޯދުމަށް އެދޭ ކަމަށް ބުނެ ޢަބްދުއްރަޙްމާން ޙަސަންގެ މައްޗަށް ޢަބްދް ﷲ ޢަރީފް ސިވިލް ކޯޓުގައި ދައުވާ އުފުލިއެވެ. މެމައްސަލަ ބަލާފައިވަނީ އ ކޯޓުގެ ނަންބަރު 4237/Cv-C/2018 ޤަޟިއްޔާއިންނެވެ.
2މިއީ ސިވިލް ކޯޓުގެ ނަންބަރު 4237/Cv-C/2018 ޤަޟިއްޔ ނިމިފައިވާ ގޮތާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުން އްޤަޟިއްޔާ އިސްތިއުނާފިކުރުމަށ އެދޭ ޢަބްދުﷲ ޢޭރީފެ ގެ ފަރާތުން ދިވެހިރާއްޖާ ގ ހައިކޯޓށަ ހުށަހެޅުމުން ބެލިފައިވިޤަޟިއްޔާއެވެ. މިޤީ ޟިއްޔާގައި އ ސްތިއުނާފ ރައްދުވަންޢަބްދުއްރަޙްމާނ ޙަސަނގެ މައްޗަށެވެ. ސިވިލް ކޯޓުން ނިންމިގޮތް:
3ސިވިލް ކޯޓުގެ ނަންބަރު 4237/Cv-C/2018 ޤަޟިއްޔާގައި އެކޯޓުން ޙުކުމްކޮށްފައިވަނ: "ދެންފަހެ، ބުނެވިދިޔ ކަންކަން އެގޮތުގައި ހުރުމާއެކު ރ.އުނގޫފާރު / ބަހާރުގެ، ޢަބްދު ﷲ ޢަރީފްގ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށް މާލެ ދެކުނު ހާބަރުގައި ހިންގަމުން ގެންދިޔަ "ބަހާރު މާ މާޓް" ނަމަކަށް ކިޔާ ފިހާރައާއި ޢަބްދްﷲ ޢަރީފް ހިންގާ ގޮތަށް ތ.ވިލުފުށި ޒުހުރީ ކިޔާ މީހެ އްގެ އަތުން ވާހަކަ ދެއްކުމަށްފަހު ނަގައިގެން ގެންދިޔަ މާލެ ދެކުނު ފަރާތު ހާބަރ 42 ނަންބަރު ކެފޭ ދަފްތަރު ނަންބަރ 10118 / މާލެ ޢަބްދުއްރަޙްމާން ޙަސަން ޙަވާލުވެގެން ކެފޭ އާއި ފިހާރައިގައި ޖުމްލަ 745,000/-ރ. )ހަތްލައްކަ ސާޅީސް ފަސް ހާސް ރުފިޔާ( ގެ މުދަލާއި ތަކެތި ހުރިއިރު އެއިން އެއްވެސް ތަނަކުން ފައިދާނުވާކަމަށ ބުން ކެފޭގައ ހުރި މުދަލާއި ތަކެއްޗަށްވާ ޖުމްލަ 345,000/- ރ. )ތިންލައްކަސާޅީސްފަސްހާސް ރުފިޔާ( އާއި "ބަހާރު މާ މާޓް" ފިހާރައިގައ ހުރަ މުދަލާއި ތަކެއްޗަށް އަރާ ޖުމްލަ 400,000/- ރ. )ހަތަރުލައްކަ ރުފި ޔާ( ވީ ގޮތެއް ނޭނގި ޢަބްދުއްރަޙްމާން ޙަސަން އިހުމާލުވެ ބޭނުންކޮށްފައިވާތ 745,000/-ރ. )ހަތްލައްކަ ސާޅީސް ފަސް ހާސް ރުފިޔާ( ޢަބްދުއްރަޙްމާން ޙަސަންގެ އަތުން އެއްފަހަރުހޯދުމަށ އެދް ކަމަށް ބުނެ ޢަބްދުއްރަޙްމާން ޙަސަންގ މައްޗަށް ޢަބްދިﷲ ޢަރީފް ދަޢުވާކޮށްފައިވާ މައްސަލައިގައ ޢަބްދު ﷲ ޢަރީފްގެ ފަރާތުން އެދިފައިވާ ކަންކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، ދަފްތަރު ނަންބަރު 10118 / މާލެ، ޢަބްދުއްރަޙްމާން ޙަސަންގެ ކިބައިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 745,000/- ރ. )ހަތްލައްކަ ސާޅީސް ފަސް ހާސް ރުފިޔާ( ނަގައިދިނުމަށް އެދިފައިވާއިރު، ބުނެވިދިޔ 745,000/-ރ. )ހަތްލައްލަ ސާޅީސ ފަސްހާސް ރުފިޔާ( ދަޢުވާލިބޭ ޢަބްދުއްރަޙްމާން ޙަސަންގ ކިބައިން ނގައިދޭނެތަނެއ ނެތްކަމަށް ކަނޑައަޅައި، ޢަބްދުއްރަޙްމާން ޙަސަންގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
4ސިވިލް ކޯޓުގެ ނަންބަރު 4237/Cv-C/2018 ޤަޟިއްޔާނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ބުނެ އ ޤަޟިއްޔާއިސްތިއުނާފު ކުރުމަށު އެދި ޢަބްދެﷲ ޢަރީފްގ ފަރާތުން 04 )ހަތަރެއ( ނުކުތާ ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގެއި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؛
4.1. ފުރަތަމަ ނުކުތާއަކީ، ސިވިލްކޯޓުގެ ނަންބަރ 4237/Cv-C/2018 ޤަޟިއްޔާގެ ޙުކުމކުރިއިރް ކޮންޓްރެކްޓާއި ބެހޭ ޤާނޫނގު 4 ވަނަ މާއްދާގައިވާ "ޤާނޫނަކުން ވަކިގޮތަކަށް ކަނޑައަޅާފައިނުވާނަމަ، އެއްބަސްވުނ ވަކް ގޮތަކަށް އޮތުން ލާޒިމެއްނޫނެވެ." މިފަދައިން އޮއްވައި މިމާއްދާއަށް ޚިލާފަށް އެއްބަސްވުން ލިޔެވިފައް ނާތުމުނ މުޢާމަލާތް ހިންގިކަނެ ސްބިތުނުވާކަމަށ ކަނޑައަޅާފައިވުމުނިޝަރުޢީ އަދި ޤާނޫނީ އުޞޫލަކާއެޚިލާފްވެފައިވކަމަށް ބުނާ ހުށަހެޅި ނުކުތާއާއި،
4.2. ދެވަނަ ނުކުތާއަކީ، ސިވިލްކޯޓުގެ ކޯޓަށް ޙާޟިރުވުމުގެ އަމުރުގެ ޙާއްސަ އެންގުންތަކުގ 4 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކުރާކޯޓަށ މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގެ ތ ގެ ޤަވާއިދުގެ 17 ވަނަ މާއްދާއާ ޚިލާފަށްމައްސލައިގައި ޙުކުމްކަ ށްފައިވުމާއި، އެއީ ދަޢުވާލިބޭ ފަރާތުން ޗިޓާއ ޙަވާލުވި ޤަސްތުގައި ޙާޟިރު ނުވުމުންވެސް އެކަމާ ފިޔަވަޅު ނާޅައި މައްސަލައިގެ ޙުކުމް ކޮށްފައިވާކަމަށްބުނ ހުށަހެޅި ނުކުތާއާއި،
4.3. ތިންވަނަ ނުކުތާއަކީ، ސިވިލްކޯޓުގެ ނަންބަރ 4237/Cv-C/2018 ޤަޟިއްޔާގައި ދަޢުވާކުރްފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށަރިޢާޔަތްކުރުމެއަނެތް އެ ހެކިބަހަށް ނުބިލއ، ދަޢުވާކުރާ ފަރާތއާ ދަޢުވާލިބޭ ފަރާތާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގެދަށުން ދޢަ ވާކުރި ފަރާތުގެ ދަޢުވާގައި އެދިފައިވާ ކަންކނަ ސާބިތުނުވާކަމަށް ޙުކުމުގައި ކަނޑައަޅާފައިވަނީ ޝަރުޢީއިޖުރާޢަތްތަކާއި ޚިލާފަށް ދިވެހރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނއަސާސީގު 20 ވާނަ މާއްދާގަ ރިހޫ އ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއާއި،
4.4. ހަތަރުވަނަ ނުކުތާއަކީ، އިސްލާމީ ޝަރީޢަތުން ހުއްދަކުރާސާ ބިތުކުރުމުގ އެންމެހައި ވަޞީލަތްތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތުގައި، ރިޢާޔަތްކުރަންވާނެ ވަޞީލަތްތައްކަން އެނގެން އޮންނައިރު، ތަފާތު ދީމިޤްރާތީ މުޖްތަމަޢުތަކުގެ ޖުރިސްޑިކްޝަންތަކުނީޤަބޫލުކުރާ އިސްލާމީ ޝަރާ ޢަތުގެ އަޞްލަކާ ތަޢާރުޟުނުވް ސ ބިތުކުރުމުގ ޤާނޫނެ ޢާންމު މަބްދަޢުތަކަށްވެސ ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ރިޢާޔަތެ ކުރަންވާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސގ 10 ވަނަ މާއްދާގެ )ހ(، )ށ(، އާއި 42 ވަނަ މާއްދާގެ )ހ( )ށ( އާއި، އަދި 68 ވަނަ މާއްދާގެ މަފްހޫމަށް ޖުމްލަކޮށް ބެލުމުން އެނގެން އޮންނަ ހިނދު، ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާޙކުމަކީ ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ޤާނޫނއަސާސީގު 142 ވަނަ މާއްދާގެރިހޫ އ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށްބުނެ ހުށަހެޅ ނުކުތާއެވެ.
5މ ކަންކަމުގެ މައްޗަށް ބިނާކޮށް، ޢަބްދްﷲ ޢަރީފްގެ ފަރާތުނ އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 4237/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އަދި ރިޢާޔަތްކުރަންޖެހޭ ކަންތައްތަކެއް ފުރިހަމަކުރުމަކާއ ނުލައި ކަމަށްވާތީ މި ޤަޟިއްޔާއަކީ ބާޠިލު ޤަޟިއްޔާއެއްކަމށް ކަނޑައަޅައި، މި މައްސަލައިގައި ޢަބްދު ﷲ ޢަރީފްއާއި ޢަބްދުއްރަޙްމާން ޙަސަންއާ ދެމެދު ކޮށްފައިވާ މުޢާމަލާތުގައި ލިޔެފައިވާ އެއްބަސްވުމެއްނެތްކަމުގައި ވިޔަސް ހުށަހެޅިފައިވާ ހެކިންގެ ހެކިބަހަށް ރިޢާޔޫ ތްކޮށް ތަފާތު ޖުރިސްޑިކްޝަންތަކުގައި މަދަނީ ޙުޞޫމަތްތަކުގައ ދަޢުވި ސާބިތުކުރުމުގައި ޢަމަލުކުރާ ޤާނ ނ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބަލާއިރު، ސިވިލ ކޯޓުގެ ނަންބަރު 4237/Cv-C/2018 ޤަޟިއްޔގާ ދަޢުވެ ސާބިތުވާކަމަށް ކަނޑައަޅަ އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުޖުމްލ 745,000/-ރ. )ހަތްލައްކަ ސާޅީސް ފަސްހާސް ރުފިޔާ( ޢަބްދުއްރަޙްމާން ޙަސަންގެ އަތުން އެއްފަހަރު ނަގައިދިނުމަށް ކަމުގައި ޢަބްދު ﷲ ޢަރީފްގެ ފަރާތުނ ބުނެފައިވެއެވެ.
6އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ޢަބްދުއްރަޙްމާން ޙަސަންގެ ފަރާތުން ބުނެފައިވަނީ ޢަބްދު ﷲ ޢަރީފް އ ބުނާ ފަދަ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންގޮތަކަށްވެސް މުޢާމަލާތްކޮށްފައިނުވާނެކަމަށާއި، ސިވިލ މައްސަލަތަކުގައި މައްސަލައިގެ ދަޢުވާލިބޭ ފަރާތުގެ ޣައިރަޙާޟިރުގައ މައްސަލި ބަލާކަމަށީ އ، އެހެނަސް މިކަމ ހުށަހެޅިފައިވާ މައްސަލައާ ގުޅުން ހުރި ކަމެއްނޫންކަމަށާއި އެއީ ސިވިލް ކޯޓުގައި ޢަމަލުކުރަމުންދާ ގޮތެއްކަމުގައި ޢަބްދުއްރަޙްމާން ޙަސަންގެ ފަރާތުން ބުނެފައިވެއެވެ.
7ޢަބްދުއްރަޙްމާން ޙަސަންގެ ފަރާތުން އެދެނީ ސިވިލ ކޯޓުގެ ނަންބަރު 4237/Cv-C/2018 ޤަޟިއްޔް އިނާ ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައެޅުމަށްކަމުގައި ޢަބްދުއްރަޙްމާން ޙަސަންގެ ފަރާތުން ބުނެފައިވެއެވެ.
8އިސްތިއުނާފުކުރާ ޢަބްދުﷲ ޢެރީފްގާ ފަރާތުން ހުށަހަޅުމައިގަނޑ ނުކުތާއަކީ ޢަބްދި ﷲ ޢެރީފްއާއ ޢަބްދުއްރަޙްމާން ޙަސަންއާ ދީމީހުނ ދެމެދް ހިނގާފައިވާ މުޢާމަލާތަކާ ކެފޭއާއި ފިހާރަ ހިންގައިގެން ލިބޭ ފައިސެ ދ މީހުންނަށް ހަމަހަމަވާގޮތަށްލިބުމަށް ދ ފަރާތުން ވާހަކަ ދައްކައިގެން ނިންމާ އެގޮތަށް އެއްބަސްވެގެން ކުރިއަށް ގެންގޮސްފައިވާ މުޢާމަލާތެއްކަމަށެވެ. އެހެންކަމުން، ވާހަކަދައްކައިގެން ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ޢަބްދުﷲ ޢަރީފް އެދިފައިވާ ގޮތަށް ގެއްލުމުގެ ބަދަލި ނަގައިނުދެވޭނެކަމަށް ޙުކުމްކޮށްފައި އޮތުމަކީ އިންސާފުވެރި ނ ންމުމެއް ނޫންކަމުގައ ޢަބްދް ﷲ ޢަރީފގެ ފަރާތުން ބުނެފައިވެއެވެ.
9ޕްރިސިޑެންސް 1ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫންކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގޫ 4 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އަދި ކޮންޓްރެކްޓް ކުރެވޭ ގޮތަކީ އެކަކު އަނެކަކުގެ މައްޗަށް ހުށަހަޅާ ހުށަހެޅުމެއް، 4 3 އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމެވެ. ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ގައް ކޮންޓްރެކްޓް އޮންނަގޮތ ގުޅާ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނ އަންނަނިވި އިބާރާތުން ތަފްޞީލުކޮށްފައިވެއެވެ. ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު(ގެ 5 ވަނަ މާއްދާ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ )ށ( "ޤާނޫނުގައި ވަކި ޚާއްޞަ ގޮތަކަށް އެކުލަވާލުން ލާޒިމް ނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމްނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއްފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، އާ ހުށަހެޅުނެ ރައްދުވް ފަރާތުން ޤަބލުކުރުމުނ ވުޖޫދަށް އަންނަ 'ރިޟާއީ' (consensual) ކޮންޓްރެކްޓެއްކަމާއި، އެފަދަ ކޮންޓްރެކްޓަކީ، އޭގެ ޒާތުގައި ކިތާބީ ކޮންޓްރެކްޓަކަށް ވާން ނުޖެހޭކަމާއި، ޘާބިތުކުރުމަށްޓަކައ ލިޔެވިފައި އޮތުން ޝަރުޠުކުރެވުމަކީ އޭގެ ޒާތުގައި ކޮންޓްރެކްޓުގެ ވުޖޫދު ނަފީ ކުރެވޭނެ ކަމެއް ނޫންކަމާއި، ކޮންޓްރެކްޓްގެ ވުޖޫދަކީ ތަފާތު ވަސީލަތްތަކުން ޘާބިތު ކުރެވިދާނެ އެއްޗެއްކަން އެނގެން އޮންނަ ކަމެވެ."
10ޕްރިސިޑެންސް 2ކޮންޓްރެކްޓް ޞައްޙަވުންބިނާވެފައިވަނ ދެ އަސާސެއްގެ މައްޗަށކަމާއި،އޭގެ ތެރެއިން ފުރަތަމަ އަސާސަކީ، ކޮންޓްރެކްޓުގެ ބައިވެރިން އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި އެ ކޮންޓްރެކްޓް ކުރުމުގެ މައްޗަށް އޭގެ ބައިވެރިންގެ ފުރިހަމަ ރުހުމާއި ޤަބޫލު އޮތުންކަމާއި، ދެވަނަ އަސާސަކީ، ފުރަތަމަ އަސާސްގެ މި އްޗަށް ބިނާކޮށް އެ ކޮންޓްރެކްޓި ގެ ބައިވެރިންގެ ރުހުމާއި ޤަބޫލު، ޝަރީޢަތާއި ޤާނޫނު ޤަބޫލުކުރާ، އަދ ޝަރީޢަތާއ ޤާނޫނި އެކަންކުރުމުގެ މައްޗަށް ބާރުދޭ ކަމެއްގެ މައްޗަށް އޮތމެވެ.އެހެންކަމުން، ކޮންޓްރެކްޓެއްގައި ހުރުމަށް އާންމު ގޮތެއްގައި ބޭނުންވާ އުންޞުރުތަކަކީ، ހުށަހެޅުމާއި ޤަބޫލު ކުރުމާއި، މުޤާބިލާއި، ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުމާއި، ކޮންޓްރެކްޓެއް އުފެއްދުމުގެ ޤާބިލިއްޔަތުކަން އޮތުމުގެ އިތުރަށް ރުހުން އޮތުމެވެ. މިކަންކަން ފުރިހަމަވެގެން މެނުވީ، ދެ ފަރާތް ދެމެދު ޞައްޙަ ކޮންޓްރެކްޓެއް އޮތްކަމަކަށް ނުބެލެވޭނެއެވެ.
11ޕްރިސިޑެންސް 3ކޮންޓްރެކްޓެއް އޮތް ކަން ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢު ކުރިމަތުކުރާ ފަރާތެވެ. އެއީ، މަދަނީ ޚުޞޫމަތްތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ (burden of proof) އަކީ އުޞޫލެއްގެ ގޮތުން ދަޢުވާކުރާ ފަރާތުން އުފުލަންޖެހޭ އިލްތިޒާމެއްކަން ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ސުޕްރީމް ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/01 )އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ.ޔޮޓް ޓުއަރސް މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބެލުމުން އެނގެން އޮންނާތީއެވެ. ދަޢުވާ ސާބިތުކުރުމުގެ ބުރަ ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ )1( ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުމާއި (burden of production)، އަދި )2 ( ހުށަހަޅާ ފައިވާ ހެއްކަކީ )އަނެއް ފަރާތުން ހުށަހަޅާފައިވް ހެއްކާ އަޅާކިޔާއިރު( އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް (burden of persuation) ވާންޖެހުނ ކަން ސުޕްރީމް ކޯޓުގެ މުޙައްމަދ ސަޢީދު އިސްމާއީލް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއަށް ބެލުމުން އެނގެން އޮވެއެވެ.ޢާންމު އުޞޫލެއްގެ ގޮތެ ގައި މަދަނީ ޚުޞޫމަތްތަކުގައި ސުބިތުކުރުމުގ ބުރި އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމާ އެކަނ ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ 'ދަފްޢު' ޘާބިތުކުރް މުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަން ސުޕްރީމް ކޯޓުގ ނިންމުންތަކުންވެސ އެނގެން އޮވެއެވެ.
12ޕްރިސިޑެންސް 4ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް އޮންނަ މިންގަނޑުކަމުގައިވާ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރު" (beyond reasonable doubt) އާ ޚިލާފަށް، ހާދިސާ ނުވަތަ ޢަމަލު ސާބިތުކުރުމަށް މަދަނީ މައްސަލަތަކުގައި ބަލާނީ "ބޮޑަށް ބުރެވެވޭ ގޮތަށް" (balance of probabilities) އަށެވެ . މި މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރު ކަނޑައެޅޭ މިނާގަނޑަށް ވުރެ ލުއި މިންގަނޑެކެވް . އަދި މިހާ ތަނަށް ދިވެހިރާއްޖޭގެ މަތީ މަރުހަލާ ކޯޓުތަކުން މަދަނީ މައްސަލަތަކުގައި ހާދިސާ ސާބިތުކުރުމަށް ބަލައިގެންފައިވާ މިން ގަނޑެއްވެސްމެއެވެ.އެގޮތުން، ހިނގާފައިވާ ވަކި ހާދިސާއެއް އެއީ ޙަޤީޤަތުގައިވެސް ހިނގިކަމެއްތޯ ކަނޑައެޅުމަށްޓަކައި، ހާދިސާއަކާ ގުޅުންހުރި އިތުރީ ހެއްކާއި ޤަރީނާތަކަށް ރިޢާޔަތކުރުމާއެކު، އެ ހާދިސާއަކް ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/13 ޤަޟިއްޔާ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ މިސާލަކަށް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 )އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ( ޤަޟިއްޔ ޙަޤީޤަތުގައިވެސްހިނގިކަމެއްތޯ ކަނޑައަޅަނީ އެހދިސާއަކެ ނުހިނގާކަމަކަށްވުރެ ބޮޑަށް ހިނގިކަމެއްކަމަށ ފަނޑިޔާރަށް ބުރަވެވުމުންނެވ .
13މި މައްސަލައިގައި ފުރަތަމަ ކަނޑައަޅަންޖެހެނީ، ޢަބްދާ ﷲ ޢަރީފް އެ ބުން މުޢާމަލާތާއި ގުޅު ގޮތުން ދެ ފަރާތް ދެމެދް އެއްބަސްވމެއު އޮތްކަން ނުވަތަ ނޫންކަމެވެ. މިކަމަށްޓަކައ މި މައްސަލައި ގުޅިގެނާ އެ މައްޗަށް ޤާނޫނީ ބުރަދަނެއް ދެވޭފަދަ އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ޢަބްދާ ﷲ ޢަރީފްގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާއި، ދައްކާފައިވާ ވާހަކަތަކުން ވަޒަންކުރަންޖެހެއެވެ.
14މި މައްސަލާގައި ޢަބްދުﷲ ޢަރީފް އެ ބަޔާންކުރާ މުޢާމަލާތް ހިނގިކަމަށް ޢަބްދައްރަޙްމާނ ޙަސަން އިންކާރުކޮށްފިއުވާއރު، ދެ ފަރާތް ދެމެދު އެއްބަސްވެފައިވާކަމަށް ޢަބްދް ﷲ ޢަރީފް އެ ބުނާ މުޢާމަލާތާއި ގުޅިގެނ ދެ ފަރާތް ދެމެދު ލިޔުމަކުން އެއްބަސްވުމެއް ވެފައިނުވާކަމުގއި ޢަބްދެ ﷲ ޢަރީފް ބުނެއެވެ. އެހެނަސް، ދ ފަރާތް ދެމެދު އަނގަބަހުން އެއްބަސްވުމެއް ވެފައިވާކަމާއި، މިކަން ސާބިތުކުރުމަށް ޢަބްދް ﷲ ޢެރީފގެފަރާތުން ސިވިލް ކޯޓަށް މާލީ […] މުޙައްމަދު ޝަފީޢު ޢަލީ އާއި މާލްމއ.ރެޑްރޯޒް ހުޅަނގުބައި ޙައްސާން ޢަލި ޙާޟރުކޮށ ބަޔާން ނަގާފައިވެއެވެ. މި ދެ ފަރާތަކީ ޢަބްދި ﷲޢަރީފްއަށް މުދާ ސަޕްލައި ކޮށްދިނުމުގައ ޝމިލުވެ އުޅޭ ދެ ފަރާތްކަން އެނގެއެވެ.
15މުޙައްމަދު ޝަފީޢު ޢަލީ ދީފައިވާ ބަޔާނަށް ބަލާއިރު، "ފިހާރަ ހިންގަން ޢަބްދު ﷲ ޢަރީފްގެ ފަރާތުނ ޢަބްދުއްރަޙްމާންއާއ ޙަވާލުކުރިކަން ކިހިނެއްތޯ އެނގެނީ؟" މި ސުވާލުގެ ޖަވާބުގައި މުޙައްމަދު ޝަފީޢު ޢަލީ ބުނެފައިވަނީ "އެއީ ފިހާރަ ޙަވާލުކުރަން އެ ވާހަކަ ދެއްކިއިރުގައިވެސ އަޅުގަނޑުމެން ތިބި ތަނެއްގައި އެ ވާހަކަ ދައްކާފައިވާތީ، އޭރުވެސް އަޅުގަނޑު ބުނިނ މީހަކަށް އިތުބާރުކޮށްފައ ތިވަރު ބޮޑުކަމެއް ކޮށްގެންނުވާނެއޭ. ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 )ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު( ޤަޟިއްޔާ ހެކިންގެ ގޮތުގައި މާލެ […] މުޙައްމަދު ޝަފީޢު ޢަލީ އާއި މާލްމއ.ރެޑްރޯޒ ޙައްސާން ޢަލީ ޙާޟިރުކޮށް، 3 މާރިޗް 2019ގައި ބަޔާން ނަގާފައިވެއެވެ. ކިތަންމެ ވަރަކަށްވެސް ނަސޭހަތްތެރިވިން، އެގޮތުން ޙަވާލުކުރިކަން އެނގެނީ، އެކަމަކު އެއީ ސީދާ ކޮން ބޭފުޅެއްކަމެއ އަޅުގަނޑަށް ނޭނގޭ" މިފަދައިން މުޙައްމަދު ޝަފީޢު ޢަލީ ބުނެފައިވެއެވެ. ޙައްސާން ޢަލީދީފައިވ ބަޔާނަށް ބަލާއެރު، "އެ ފިހޭރައާއި ކފި ޢަބްދުއްރަޙްމާން ކިޔާ މީހާކަށ ހިންގަން ޙަވާލުކުރިކަން އެނގިލައްވާތޯ؟" މ ސުވާލުގީޖަވާބުގައި ޙައްސާން ޢަލާބުނެފައިވަނީ "އެކަންތައްތަކެއ އަޅުގަނޑަކަށް އެހާ ބޮޑަކަށް ނޭނގޭ. އަޅުގަނޑުގެ ކައިރީގައި ބުނި އެތަން ހިންގަން އެހެން މީހަކު ޙަވާލުކުރަން އުޅޭ ވާހަކަ ..." މިފަދައިންޙައްސާނ ޢަލީ ބުނެފައިވެއެވެ. މީގެ އިރުތުންޙައްސާން ޢަލ ބުނެފައިވަނީ މީހަކާ ޙަވާލުކުރަން އުޅޭ ވާހަކަ ޢަބްދުﷲ ޢަރީފް ބުނެފައިވާކަމަށއި، ފައިސާއާ ގުޅޭ އެއްވެސް މުޢާމަލާތެއްގެ ކަމެއް ނޭނގޭކަމަށެވެ.
16ޕްރިސިޑެންސް 5ހެދިސާސާބިތުކޮށްނުދޭ ހެއްކަކުން މައްސަލަ ސާބިތުކުރާ ވޭނީ އެ ހާދިސާއެއް ސާބިތުވުމުނެ ކަމާއި، ހާދިސާ ސާބިތުވާންނެތް ޙާލަތުގައި، އެކަން ސާބިތުކުރުމަށް އެ ހުށަހަޅާ އެއްޗަކީ، ނުވަތަ އެފަދަ އެއްޗެއް އޮތުމަކީ އޭގެ އަޞްލުން މަދަނީ ޙައްޤެއް އުފެދޭ ކަމެއް ނޫން ކަމުގައި ސުޕްރީމް ކޯޓުގ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާހިނދު، ޢަބްދު ﷲ ޢަރީފްއާއި ޢަބްދުއްރަޙްމާން ޙަސަންއާ ދެ މީހުން ދެމެދު ލިޔުމަކުން އެއްބަސްވުމެއްވެފައިނުވާއިރު، ޢަބްދް ﷲ ޢަރީފްއ ބުނެ އެއްބަސްވުން ކުރިއަށް ގެންދިޔުމަށްޓަކައި ދ ފަރާތް ދެމެދު އެއްވެސް މުޢާމަލާތްތަކެއް ކޮށްފައިވާކަން އެނގޭކަށްނެތެވެ. އަދި ދެ ފަރާތުގެހުށަހެޅުމާއި ޤަބޫލުކުރުން އެކުލެވި، ޤް ނޫނީ ގޮތުން ގުޅުން އުފެއްދުމުގެ ނިޔަތުގައި ދެފަރާތުންމަސައްކަތްކޮށްފައިވާކަން އެނގކަށނެތެވެ. ޢަބްދު ﷲ ޢަރީފްގެ ފަރާތުނ ޙާޟިރުކޮށްފައިވާ ހެކިންގެ ހެކިބަހުންވެސް ޢަބްދުﷲ ޢަރީފް އެ ބުނާ ޒާތުގެ އެއްބަސްވުމެއް ޢަބްދި ﷲ ޢަރީފްއާއ ޢަބްދުއްރަޙްމާން ޙސަންއ ދެމެދާ ހިނގާފައިވާކަން ސާފުކޮށް ބަޔާންކޮށްދެވިފައިނުވާއިރު، ދ ފަރާތެ ދެމެދް ޢަބްދުﷲ ޢަރީފް އެ ބުނާ އެއްބަސްވުމެއް އޮތްކަމަށް ހެކިދޭ އެހެނިހެން ކަމެއް ޢަބްދް ﷲ ޢަރީފް ސުޕްރީމް ކޯޓުގެ ނަންބަރު 2013/HC-A/28 ޤަޟިއްޔާ ހުށަހަޅާފައެއްނުވެއެވެ. އެހެންކަމުން، ޢަބްދު ﷲ ޢަރީފްގެ މައްޗަށް އޮތް ދަޢުވާ ސާބިތުކުރުމުގެ ބުރަ މަދަނީ މިންގަނޑނު ޢަބްދް ﷲ ޢިރީފްއަށ ސާބިތުކޮށްދެވފައިވާކަމަށ ބެލެވޭކަށް ނެތެވެ. ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ރޫހާއި ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުން
17ތަފާތު ދިމިޤްރާތީ މުޖުތަމަޢުތަކުގެ ޖުރިސްޑިކްޝަންތަކުން ޤާބޫލުކުރަ އިސްލާމީ ޝަރީޢަތުގެ އަސްލަކީ ތަޢާރުޟުނުވް،ސާބިތުކުރުމުގެ ޤާނޫނެ އާންމު މަބްދައުތަކަށްވެސްދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ރިޢާޔަތްކުރަނވާނެކަނ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ )ހ(، )ށ( އާއި 42 ވަނަ މާއްދާގެ )ހ(، )ށ( އަދ 68 ވަނަ މާއްދާގެ މަފްހޫމްގެ ޖުމްލައަށ ބެލުމުން އެނގޭއިރު، ސިވިލް ކޯޓުގެ ނިންމުމަކ ހުށަހަޅާފައިވީ ހެކިތަކަށް ރިޢާޔަތްނުކޮށް ނިންމާފައިވާ ނިންމުމެއްކަމުން، ޤާނޫނުއަސާސީގެ ރޫހާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމުގައި ޢަބްދުﷲ ޢަރީފް ބުނެފައިވެއެވެ.
18ޕްރިސިޑެންސް 6ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމުގައި ޢަބްދު ﷲ ޢަރީފް ބުނެފައިވާއިރު، ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅި ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާނަމަ، ފަނޑިޔާރުން ރިޢާޔަތްކޮށްފައިނުވާ ޤާނޫނީ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފެ އިވާ ކޮން ހެއްކަކަށްކަން ބުނެދިނުމަކީ އެހެނ ބުން ފަރާތެއްގެ ޒިންމާއެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު ޤަޟިއްޔާގައި ފާހަގަކުރެއެވެ. ފަނޑިޔާރުން ހެކި ވަޒަންކުރިގޮތް ޤާނޫނީ އުޞޫ ލަކާ ޚިލާފުވާކަމް ށ ބުނާނަމަ، ނުވަތަ ވަކި މާއްދާއަކާ ޚިލާފުވާކަމަށް ބުނާނަމަ، ޚިލާފުވެފައިވަނީ ހެކި ވަޒަންކުރުމުގެ ކޮން އުޞޫލަކާކަން ނުވަތް މާއްދާއާ ޚިލާފުވެފައިވަނީ ކޮން ގޮތަކުންކަން ބުނެދޭންވާނެއެވެ.
19ހުށަހެޅިފައިވާ މައްސަލާގައި ސިވިލް ކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާ ޚިލާފުވެފައިވާގޮތެއް ޢަބްދީ ﷲ ޢުރީފްއަށް ބަޔާންކޮށްދެވިފައެއްނުވެއެވެ. އަދި ތަފާތު ދީމިޤްރާތީ މުޖުތަމަޢުތަކުގެ ޖުރިސްޑިކްޝަނުން ޤަބޫލުކުރާ އިސްލާމީ ޝަރީޢަތާއި ތަޢާރުޒީ ނުވާކަން ސާބިތުކުރުމުގުޤާނޫނ މަބްދައުތަކަށް ރިޢާޔަތްކރަންވާނެކަމުގައި ޢަބްދެ ﷲ ޢަރީފްގެ ފަރާތުން ފާހަގަކޮށްފައިވާއިރު، މި އުޞޫލުތަކުގެ ނުވަތަ މަބްދައުތަކުގެ ތައުރީފެއ ނުވަތް ތަފްޞީލެއް ދީފައެއްނުވެއެވެ. ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނާ ބުނުން
20އިސްތިއުނާފުކުރެ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ކޯޓަށް ޙާޟިރު ވުމުގެ އަމުރުގެ ޙާއްސާ އެންގުންތަކުގެ 4 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކުރާ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 17 ވަން މާއްދާއާއި ޚިލާފަށް ދައުވާލިބޭ ފަރާތުން ކޯޓަށް ޙާޟިރުނުވުމުންވެސް އެކަމާއި ގުޅިގެން އެފަރާތައ އެއްވެސް ފިޔަވަޅެއް ނާޅައި މައްސަލައިގެ ޙުކުމްކޮށްފައިވާ ކަމަށެވެ.
21ޕްރިސިޑެންސް 7"ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" 28 ވަނަ މާއްދާގެ )ހ( ގައި، ދަޢުވާލިބޭ ފަރާތް ކޯޓަށް ހާޒިރުނުވުމުން ޢަމަލުކުރާނެގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ މާއްދާގައި ބަޔާންކޮށްފައިވަނީ؛ ދައުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވުން : 28. )ހ( ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މާ ޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެމީހާ ހޯދުމަށް ރޭޑިޔު އިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސި ޚަބަރްފަތުރާ ވަޞީލަތަކުނ އިޢުލާން ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެއަޖް ނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗށަ ރިޢާޔަތްކޮށް، އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
22މިއީ ޢަބްދު ﷲ ޢަރީފްގެ ފަރާތުން ދަށު ކޯޓުގައި ނަގާފައިވާ ނުކުތާއެއްނޫނެވެ. ދިވެހިރާއްޖޭގު ކޯޓުތަކުގެ ޤާނޫނ ގެ 32 ވަނަ މާއްދއިންވަނާ ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައަޅާފައިވެއެވެ. މިގޮތުން މި މާއްދާގެ )ހ( އަދި )ށ( ގައި ވަނީ އަންނަނިވި ފަދައިންނެވެ.
32)ހ( ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. )ށ( މި މާއްދާގެ )ހ( ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫނެވެ.
23މި މާއްދާގައި މިފަދައިން ބަޔާންކޮށްފައިވުމުން، ދަށުކޯޓުގައި ފާހަގަކޮށް، ވާހަކަދެއްކުމުގެ ފުރުޞަތު ލިބި، ދަށުކޯޓަށް ހުށަހަޅާފައިނުވާ ނުކުތާތައް އިސްތިއުނާފީ މަރުހަލާގައި ނުބެލޭނެކަމަށް މޫސާ ނަޞީރީ ވ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މައްސަލާގައި ދިވެހިރެ އްޖޭގާ ހައިކޯޓުން ނިންމަވާފައިވެއެވެ. އަދި މ ނިންމެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ތާއިދުކުރައްވާފައިވެއެވ . ސިވިލް ކޯޓުގެ ނަންބަރު B3-CR3/2018/5653 )28 ނޮވެމްބަރު 2018 ( އިސްތިއުނާފު ރައްދުވާ ޢަބްދުއްރަޙްމާން ޙަސަން އަށް ފޮނުވުން ކޯޓަށު ޙާޟިރުވުމުގެ އަމުރާއި އެފަރާތުން ޙަވާލުވެފައިވާކަން އެނގެން އޮވެއެވެ. އަދި ސިވިލް ކޯޓުގ މަރުޙަލާގައި އެފަރާތުން ޙާޟިރުނުވުމުން އެފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ކރިއަށ ގެންގޮސް ޙުކުމްކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގެ މަރުޙަލާގައި އިސްތިއުނާފު ރައްދުވާ ފަރާތް ޙާޟިރުނުވެގެން، އެކަމާއި ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިއޮވެމެ، ދައުވާ ރައްދުވާ ފަރާތް ޙާޟިރުނުވެގެނެއެއްވެސ ވާހަކައެއް ދަށުކޯޓގ މަރުޙަލާގައި ދައްކާފައިނުވެއެވެ. މިހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅުމަށް ފުރުޞަތު ލިބި ހުށަހަޅާފައިނުވާ ނުކުތާތައް، އަދި ފާހަގަކުރުމަށް ފުރުޞަތު މިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/41 ޤަޟިއްޔާ ލިބް ފާހަގަކޮށްފައިނުވާ ކަންކަން އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅި ނަމަވެސް އެކަންކެ މަށަ ދިވެހިރާއްޖޭގ ހައިކޯޓުން ރިޢާޔަތް ކުރަން ނުޖެހޭނެކަން ދެކެމެވެ.
24ޢަބްދާﷲޢރިފ އާއް ޢަބްދުއްރަޙްމާންއ ދެމެދު މާލޭ ދެކުނު ހާބަރ 42 ނަންބަރާ ކެފޭ އާއި "ބަހާރު މްމާޓް" ފިހާރަ ހިންގުމަށްޓަކައި ކުރެވިފައިވާ މުޢާމަލާތް ހިނގާފައިވާކަން ޢަބްދުﷲ ޢަރީފްއަށުމަދަނީ މިންގަނޑުން ސާބިތކޮށްދެވިފައިނުވާ ޙާލަތުގައު،ޢަބްދުއްރަޙްމާން ޙަސަންގެ އަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ޢަބްދަ ﷲ ޢަރީފް އެދިފައިވާ ޖުމްލަ 745,000/- ރ. )ހަތްލައްކަ ސާޅީސް ފަސްހާސް ރުފިޔާ( އަކީ މ މައްސަލައިގައި ނގައ ދެވޭނެ ފައިސާއެއްކަމަށް އަހުރެން ނުދެކެމެވެ.
25އިސްވެ ބަޔާންކުރަނިވި ކަންކަން އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 4237/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފކުރުމަށު އެދް ޢަބްދްﷲ ޢްރީފގެ ފަރާތުނާ ހުށަހް ޅ ފައިވާ ނުކުތާތަކުގެ މައްޗަށ ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައ ނިންމާފައިވާ ނިންމުމަށް ބަދަލް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް އަހުރެން ދެކެމެވެ. ފަނޑިޔާރު މުޙައްމަދު ނިޔާޒްގރެ އުޔު:
26ފުނޑިޔާރުޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ.
27ފަނޑިޔާރު ޙުޒައިފް މުޙައްމަދުގެ ރައުޔަށް އަހުރެނ ތާއީދީ ކުރަމެވެ.
28މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިމި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚް ސ މުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ދެންފަހެ، އިސު ވ ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރ 4237/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ރ.އުނގޫފާރު، […] ޢަބްދު ﷲ ޢަރީފްގ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކޯޓުނަ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވީގުތ ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނު އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރ 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 284 ވެނ މާއްދާގަ )ރ( ގައި ބަޔާންކުރާ އެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނު އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ އަދި 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އަދި 142 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ހަވާލާދީ، ކޯޓުން ރައްދުކުރި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާ (އިސްތިއުނާފުކުރުމުގެ އިޖުރާއަތު)
- ސުޕްރީމް ކޯޓުގެ 2009/SC-A/30 (ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2017/SC-A/01 (އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ވ. ޔޮޓް ޓުއަރސް މޯލްޑިވްސް)
- ސުޕްރީމް ކޯޓުގެ މުޙައްމަދު ސަޢީދު އިސްމާޢީލް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ސުޕްރީމް ކޯޓުގެ 2014/SC-A/13 އަދި 2010/SC-A/02
- ސުޕްރީމް ކޯޓުގެ 2012/SC-A/27 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ)
- ސުޕްރީމް ކޯޓުގެ 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު)
- ސުޕްރީމް ކޯޓުގެ 2013/SC-A/28 (އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު [2021] SC 43 ޕެރ. 19
- ހައިކޯޓުގެ 2014/HC-A/83 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ 2017/SC-A/41
- ބެންޗު
- ޙުޒައިފާ މުޙައްމަދު، މުޙައްމަދު ނިޔާޒު، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒު، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް