ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/75
(ނަން ސިއްރުކުރެވިފައި) ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2020/HC-A/75
(Name withheld) v. Prosecutor General 2020/HC-A/75 (2020/HC-A/75, High Court of the Maldives, 17 November 2021)
(ނަން ސިއްރުކުރެވިފައި) ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ޝަރީޢަތުގައި ވި އިޢުތިރާފުގެ މައްޗަށް ޖުވެނައިލް ކޯޓުން ކުށް ސާބިތުކޮށް، ވާރިޘުންގެ ތެރޭގައި ބާލިޣުނުވާ ކުއްޖަކު ހުރުމުން އެ ކުއްޖާ ބާލިޣުވެ ގޮތެއް ކަނޑައަޅަންދެން ތަޢުޒީރީ ގޮތުން ޖަލަށްލުމަށް ޙުކުމްކުރިއެވެ. ޤަޞްދު މަރުގެ ކުށުގެ ދަޢުވާ ކުރެވުނު ބޮޑު މީހާއަށް ދަޢުވާ ސާބިތުނުވިއެވެ.
2012 ޖަނަވަރީގައި ދ. ކުޑަހުވަދޫގައި މީހަކު ވަޅިން ޙަމަލާދީ މަރާލިއެވެ. އޭރު ކުޑަކުއްޖަކު ކަމަށްވާ އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް، ވަޅި ތޫނުކޮށް ހަށިގަނޑު ފެނުނު ތަނަށް ގެންގޮސްދީ، ފާރަލައި، ހެކި ނައްތާލުމުގައި ބައިވެރިވުމުގެ ސަބަބުން ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާ ކުރެވުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ އިޢުތިރާފަކީ ބިރުދެއްކުމުން ވަކީލަކާ ނުލައި ވި އިޢުތިރާފެއް ކަމަށާއި، އެއިން ރުޖޫޢަވެފައިވާތީ ބާރުދޭ ހެކި ނެތި ބަލައިނުގަނެވޭނެކަމަށެވެ (2016/HC-A/127). ދައުލަތުންވެސް އެދުނީ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައެޅުމަށެވެ.
މައިގަނޑު ސުވާލު
ޤާނޫނީ ވަކީލަކާ ނުލައި ކުޑަކުއްޖަކު ޝަރީޢަތުގެ މަޖިލީހުގައި ވި އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްތޯ، އެ އިޢުތިރާފުން ރުޖޫޢަވުމަށް އެކަށީގެންވާ ސަބަބެއް ސާބިތުވޭތޯ، އަދި އަސާސީ ކުށް (ޤަޞްދު މަރު) އެއްވެސް މީހެއްގެ މައްޗަށް ސާބިތުނުވާ ޙާލަތުގައި ބައިވެރިވި މީހެއްގެ އިޢުތިރާފުގެ މައްޗަށް ތަމާލުޢުގެ އުޞޫލުން ޤަޞްދު މަރުގެ އަދަބު ކަނޑައެޅިދާނެތޯ.
ނިންމި ގޮތް
ކުށް ސާބިތުވާކަމަށް ދަށުކޯޓުން ކުރި ނިންމުން ޤާއިމް؛ ޤަޞްދު މަރުގެ އަދަބު ކަނޑައެޅޭނެ ޝަރުޢީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާގެ އުޞޫލުތަކަށް ރިޢާޔަތްކޮށް އަދަބު ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް އެންގި
ބައްޕަގެ ޙާޟިރުގައި، ވަކީލުގެ ޙައްޤު ބުނެދީ ދޫކޮށްލުމަށްފަހު ވި ޤަޟާއީ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއް ކަމަށާއި، ޤިޞާޞްގެ މައްސަލަތަކުގައި އިޢުތިރާފުން ރުޖޫޢަނުވެވޭ ކަމަށާއި، ބިރުދެއްކިކަމުގެ ސަބަބު ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ. ނަމަވެސް އަސާސީ ކުށް ސާބިތުކުރާނެ ހެކި ދައުލަތުން ހުށަނާޅާތީ ތަމާލުޢުގެ އުޞޫލުން ޤަޞްދު މަރުގެ އަދަބު ނުކަނޑައެޅޭނެ ކަމަށާއި، ބައިވެރިވި މިންވަރަށް އަދަބު ކަނޑައަޅަންވާނެ ކަމަށް ކޯޓުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރަކު ރިޢާޔަތްކޮށްފައިވަނީ އިސްތިއުނާފުގެ މަޢުޟޫޢަށް އަސަރުނުކުރާ ކަމެއް (މިސާލަކަށް ލަސްވި ސަބަބު މަޤްބޫލު ޢުޛުރެއްތޯ) ކަމުގައިވާނަމަ، އެ ފަނޑިޔާރު މަޢުޟޫޢީ މައްސަލަ ބެލުމުގައި ބައިވެރިވުމަށް ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ހެއްކެއްގެ ގޮތުގައި ބެލެވޭނީ ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު (ޤަޟާއީ އިޢުތިރާފު) އެވެ. ޤަޟާއީ އިޢުތިރާފަކީ ޖިނާއީ މައްސަލައެއް ސާބިތުކުރުމަށް އެންމެ ވަރުގަދަ ހެއްކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- ހަމައެކަނި މާތްﷲގެ ޙައްޤު އެކުލެވޭ ޙައްދުގެ ކުށްތަކުގައި ވާ އިޢުތިރާފުން ރުޖޫޢަވުމަށް ބުރަދަން ދެވިދާނެ ނަމަވެސް، ޤިޞާޞްފަދަ އާދަމުގެ ދަރިއެއްގެ ޙައްޤު އެކުލެވޭ މައްސަލަތަކުގައި ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފުން ރުޖޫޢަނުވެވޭނެއެވެ. އެހެން މީހެއްގެ ޙައްޤު އެކުލެވޭ ޞައްޙަ އިޤްރާރެއްގެ މައްޗަށް ޙުކުމްކުރުން ފަނޑިޔާރަށް ލާޒިމުވާއިރު، އިޤްރާރާ ޚިލާފަށް ބުނާނަމަ އެކަން ސާބިތުކުރުމުގެ ޒިންމާ އޮންނަނީ އިޤްރާރުވި މީހާގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 30)
- މަޙްޟަރުގައި އިޢުތިރާފު ލިޔެވިފައިވާ ބަސްތަކުގައި ދަޢުވާގެ ނަން ހިމެނުނަސް، ޝަރީޢަތުން ތަފްޞީލުކޮށް ސުވާލުކޮށް ކުރެވުނު ދަޢުވާއާއި އިޢުތިރާފުގެ މޭރުމު ސާފުކޮށްދީފައިވާނަމަ، އެއީ ޝަރީޢަތުން ކަށަވަރުނުކުރާ އިޢުތިރާފެއް ކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28-29)
- ބިރުދެއްކުމުގެ ސަބަބުން އިޢުތިރާފުވީކަމަށް ބުނާނަމަ، ބުނި ޢިބާރާތްތަކާއި ނުރައްކަލުގެ ބާވަތް އެނގި، މީހަކު ނުކުރާ ކުށަކަށް އިޢުތިރާފުވާން މަޖުބޫރުވާވަރުގެ ބިރެއް ކަމުގައި ވާންޖެހެއެވެ. ބިރުދެއްކިކަމަށް ބުނާ މީހާވެސް ކުށްވެރިވާ ގޮތަށް ދޮގު ބަޔާނެއް ދިނުމަކީ ބުއްދީގެ ހަމަތަކުން ހަމަޖެހޭ ވާހަކައެއް ނޫނެވެ. ފުށުއަރާ ބަޔާންތަކުގެ މައްޗަށް ރުޖޫޢަވުމަށް އެކަށީގެންވާ ސަބަބެއް ސާބިތުނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31-33، 42-44)
- ވަކީލެއްގެ ޙައްޤާއި ދައުލަތުގެ ވަކީލުގެ ފުރުޞަތު ޝަރީޢަތުން އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓް މެދުވެރިކޮށް ބުނެދީ، ކުއްޖާއާއި ބެލެނިވެރިޔާ އެ ޙައްޤު ދޫކޮށްލާފައިވާނަމަ، ހަމައެކަނި ވަކީލަކު ނެތި ވި އިޢުތިރާފެއްކަމުގެ ސަބަބުން އެއަށް ބުރަދަން ނުދިނުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. ޖިނާއީ ޤާނޫނުތައް ފަހަތަށް ނުހިނގުމުގެ މަބްދައުގެ ދަށުން، ޤާނޫނު ނަންބަރު 18/2019 ގެ 65 ވަނަ މާއްދާއިން ވަކީލަކާ ނުލައި ކުޑަކުދިންގެ ޝަރީޢަތް ހިންގުން ހުއްޓުވުމަކީ އެ ޤާނޫނުގެ ކުރިން ނިމިފައިވާ ޝަރީޢަތްތައް ބާޠިލުކުރަންޖެހޭ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39-41)
- ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) ގެ ދަށުން އެއްފަދަ މައްސަލަތަކުގައި އެ ކޯޓާއި މަތީ ކޯޓުތަކުގެ ކުރީގެ ޙުކުމްތަކަށް ރިޢާޔަތްކުރަންވާނެ ކަމަށާއި، އެއް މަރުޙަލާގެ ނިންމުންތަކުގައިވެސް އެއްގޮތް މައްސަލަތަކުގައި އެއް އުޞޫލު ދަމަހައްޓަންވާނެއެވެ. ނަމަވެސް ވަޤާއިޢު އަދި ޙާލަތު ތަފާތުނަމަ ކުރީގެ ނިންމުމެއް ތަފާތުކުރެވިދާނެއެވެ. އިޢުތިރާފުން ބައިވެރިވި ގޮތާއި ނިޔަތު ސާފުކޮށް އެނގޭ މި މައްސަލައަކީ ބާރުދޭ ހެކި ނެތި ރުޖޫޢަވި ކުޑަކުއްޖެއްގެ އިޢުތިރާފު ބަލައިނުގަތް 2016/HC-A/127 އާ ތަފާތު މައްސަލައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37-38، 45-46)
- ކުށެއްގައި ބައިވެރިވުމުގެ ކުށަކީ އަސާސީ ކުށާ ވަކި ތަފާތު ކުށެކެވެ. އަސާސީ ކުށްކުރި ފަރާތާ ދެކޮޅަށް ކުށް ސާބިތުނުކުރެވޭ ޙާލަތުގައި ބައިވެރިއެއްގެ މައްޗަށް ކުށް ސާބިތުކުރުމުގައި ބަލަންޖެހެނީ އޭނާގެ ނިޔަތާއި ބައިވެރިވުމުގައި އޭނާގެ ޢަމަލު ހުރި ގޮތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 53)
- ކުރިން ރާވައި ޖަމާޢަތެއްގެ ގޮތުގައި މީހަކު މަރާލުމުގައި ބައިވެރިވާ ކޮންމެ މީހެއްގެ ކިބައިންވެސް ތަމާލުޢުގެ އުޞޫލުން ޤިޞާޞް ހިފޭނެ ނަމަވެސް (2005/HC-A/56، 2013/HC-A/11)، ޤަޞްދު މަރުގެ ތިން ރުކުން ފުރިހަމަވެ އަސާސީ ކުށް ސާބިތުވާންޖެހެއެވެ. ޙައްދުގެ މައްސަލަތަކުގައި ޝައްކާއި ވަހުމުން ދުރުވާންޖެހޭތީ، އަސާސީ ކުށް ސާބިތުކުރާނެ އެއްވެސް ހެއްކެއް ހުށަނާޅާ، މެރީ ކާކުކަން ނޭނގޭ ޙާލަތުގައި، ހަމައެކަނި ބައިވެރިއެއްގެ އިޢުތިރާފުގެ މައްޗަށް ތަމާލުޢުގެ އުޞޫލުން ޤަޞްދު މަރުގެ އަދަބު ނުކަނޑައެޅޭނެއެވެ. އޭނާއަށް އަދަބު ކަނޑައަޅަންވާނީ ބައިވެރިވި މިންވަރުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49-52، 55-63)
- ހެކިބަހަކީ ޝަރީޢަތުގައި ސުވާލުކުރެވި ސާފުކުރެވޭ ގޮތަށް ޝަރީޢަތުގައި ދެވޭ ހެކިބަހަކަށް ވާންޖެހޭތީ (2008/HC-A/295)، ޝަރީޢަތަށް ހުށަނާޅާ ހެކިން ތަޙްޤީޤަށް ދިން ބަޔާންތަކުގެ މައްޗަށް ބިނާކޮށް ޤަޞްދު މަރުގެ އަދަބު ނުކަނޑައެޅޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 59، 62)
- އިސްތިއުނާފީ މައްސަލަތަކުގައި ހައިކޯޓުން ބަލަނީ ފުރަތަމަ މަރުޙަލާގެ ކޯޓުގެ ނިންމުމާ ގުޅޭ ޤާނޫނީ ނުކުތާތަކެވެ. ޙުކުމްކުރުމަށް ފަހު ޢަމަލުކުރަން ފެށުނު ގަވާއިދުތަކުގައިވާ ޝަކުލީ ކަންކަން (ވާރިޘުންގެ ބަޔާން ނެގުމުގެ އިޖުރާއަތު ފަދަ) ފުރިހަމަނުކުރުމަކީ ޙުކުމަށް އަސަރުކުރާ ކަމެއް ނޫނެވެ. އަދި ދަށު ކޯޓުން އަދަބު ކަނޑައަޅާފައިނުވާ ޙާލަތުގައި ޤާނޫނަށް އައި ބަދަލުތަކަށް ރިޢާޔަތްކޮށް އަދަބު ކަނޑައެޅުމަކީ ދަށު ކޯޓުން ބަލަންވާނެ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 65-68)
1މިއީ ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފްކުރުމަށް އެދި (އިސްތިއުނާފުކުރާ ފަރާތުގެ ނަމާއި އެޑްރެސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
3ދ. ކުޑަހުވަދޫ ސަމަންދަރު ޢަލީ ޙަސަން އަކީ، ދ.ކުޑަހުވަދޫ/ ފަނަސް ފައިޒާން މުޙައްމަދގު މަންމައަށް ސިހުރު ހަދައި އޭނާ މަރާލާފައިވާ މީހެއްކަމަށް ބުނެ، ބަދަލު ހިފުމުގެ ގޮތުން ޢަލީ ޙަސަން މަރާލުމަށް ފައުޒާން މުޙައްމަދު ބޭނުންވެގެން، އެކަން ތުހުމަތުކުރެވުނު ފަރާތްތަކުގެ މެދުގައި ރާވައި މަޝްވަރާކުރެވުނެވެ.
4މިގޮތުން، ދ. ކުޑަހުވަދޫ، ޑެއިލީ ލޮޖް ފިހާރަ (ބަކާސްޓޯރ) ކުރިމަތީ އޮންނަ ހުސްބިމުގައި ތުހުމަތުކުރެވުނު ފަރާތްތަކުން ކުރި މަޝްވަރާގައި، "އައްޔުބެ (ޢަލީ ޙަސަން) އަށް ކޯޓަށް ޙުކުމްނުކުރީމަ ދެން ޙުކުމްކުރާނީ އަހަރުމެންނޭ" ބުނެ ޢަލީ ޙަސަން އެދުވަހު މަޣްރިބް ނަމާދަށްފަހު ގެއަށްދާ މަގުމަތިން ޙަމަލާދިނުމަށް ނިންމައި ޢަލީ ޙަސަންއަށް ފާރަލާ ފަހަތުން ގޮސްފައިވެއެވެ. އެހެންނަމަވެސް، ޢަލީ ޙަސަން އެހެން ގޯޅިއަކުން އެޅުމުން އެދުވަހު ހަމަލައެއް ނުދެނެވެ.
507 ޖަނަވަރީ 2012 ގައި، ދ. ކޑަހުވަދު މެލި ގެ އިން ވައްކަންކޮށް، ބޮޑު ވަޅިއެއް މީގެތެރެއިން ބައަކު ވަގަށް ނެގިއެވެ. އަދި، ބަކާސްޓޯރު ހުންނަ މަގު ހުޅަނގުކޮޅުގައި ހުރި ޖޯލިފަތީގައި ތިބެ، ވަޅި ތޫނުކުރަމުން، "މިފަހަރު ހިނަވާ މީހާ ވެސް ބިރުގަންނަވަރު އައްޔުބެއަށް ކޮށްލާނެ" ކަމަށް މީގެތެރެއިން އެކަކު ބުންޏެވެ. ބުނެވި ދިޔަ ވަޅި ތޫނުކޮށްފައިވަނީ، (އިސްތިއުނާފުކުރާ ފަރާތް) އޭނާގެ ގެއިން ގެނައި ހިލަކޮޅަކުން ނެވެ. “ވަސީމާ ތުނޑި" ގައި ތިބެ ވެސް މިމީހުން ވަޅި ތޫނުކޮށް ފައިވެއެވެ . ވަޅި ތޫނުކޮށް ނިމުމުން (އިސްތިއުނާފުކުރާ ފަރާތް)އާ އެހެން މީހަކު ވެގެން ޢަލީ ޙަސަންގެ ހަށިގަނޑު ފެނުނު ގެއަށް ވަޅި ގެންގޮސްފައިވެއެވެ. އަދި 08 ޖަނަވަރީ 2012 ވަނަ ދުވަހު، މަޣްރިބު ނަމާދުގެ ފަހުން، މިސްކިތްކައިރިން، އެޕޯލޯ ސްޓޯރކައިރިން، ޕްރީ ސްކޫލް ކައިރިން ޢަލީ ޙަސަންއަށް ތުހުމަތުކުރެވުނު ފަރާތްތަކުން ފާރަލައިފައިވެއެވެ. (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1) ތަޙްޤީޤަށް ދީފައިވާ ބަޔާން، 24 ޖެނުއަރީ 2012 (އިސްތިއުނާފުކުރާ ފަރާތް)، ތަޙްޤީޤަށް ދީފައިވާ ބަޔާން، 18 ޖެނުއަރީ 2012 (އިސްތިއުނާފުކުރާ ފަރާތް)، ތަޙްޤީޤަށް ދީފައިވާ ބަޔާން، 18 ޖެނުއަރީ 2012، (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް1 ) ގެ ތަޙްޤީޤުބަޔާން، 24 ޖަނަވަރީ 2012 (އިސްތިއުނާފުކުރާ ފަރާތް)،އިބްރާހީމް ވަސީމް ތަޙްޤީޤަށް ދީފައިވާ ބަޔާން، 18 ޖެނުއަރީ 2012 (އިސްތިއުނާފުކުރާ ފަރާތް)، ތަޙްޤީޤަށް ދީފައިވާ ބަޔާން، 18 ޖެނުއަރީ 2012
6ޢަލީ ޙަސަން މަރާލި ތަނަށް (އިސްތިއުނާފުކުރާ ފަރާތް) ގޮސްފައިނުވެއެވެ. ޢަލީ ޙަސަންގެ ހަށިގަނޑު ފެނުނު ގެއަށް ވަޅި ގެންދިއުމަށް ފަހު ކަންވީގޮތް ސާފުކޮށް އެނގެންނެތެވެ. އޭގެފަހުން، ވީ ގޮތްކަމަށް އެނގެން އޮންނަނީ، ވަސީމާ ތުނޑި ކައިރިން މިމީހުން އެއްވެ، މމީހުންގެ ތެރެއިނި ބަޔަކު އަރުވައިގެން ތިބި އަންގި، މާސްކް، ޓީޝަރޓް އަލިފާންގަނޑެއް ތެރެއަށް އެއްލާލާއި، 3 ވަޅިއެއް މޫދަށް އެއްލާލައި، ދިގު ވަޅިއެއްބިމަށް ޖަހާ އަދި 1 ވަޅި ރާޅު ނުޖަހާ ހިސާބުގައި ވަޅުލާފައިވުމވެ. އަދި، 13 ޖަނަވަރީ 2013 ގައި ވަޅުލި އަދި ރޯކުރި ތަކެތި ތުހުމަތުކުރެވޭ މީހުން ފުލުހުންނަށް ދެއްކި ދެއްކުމެވެ.
7ތަޙްޤީޤުގައި (އިސްތިއުނާފުކުރާ ފަރާތް) ދިން ބަޔާނުގެ މައްޗަށް ބިނާކޮށް، (އިސްތިއުނާފކުރު ފަރާތް)ގެ މައްޗަށް ޖުވެނައިލް ކޯޓުގައި ދަޢުވާ އުފުލުނެވެ. އެއީ އިސްތިއުނާފުކުރެވިފައިވާ ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާއެވެ.
8ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާގައި، (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް އުފުލިފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 12 އަދި 13 ވަނަ މާއްދާއާ ޙަވާލާދީ، އެޤާނޫނުގެ 88 ވަނަ މާއްދާގެ
(ރ)ގެ ދަށުން ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
9މިދަޢުވާ އުފުލި ސަބަބއެ ކަމަށް ދައުލަތުން އެކޯޓުގައި ބުނެފައިވަނީ (އިސްތިއުނާފުކުރި ފަރާތުގެ ނަމާއި އެޑްރެސް) އިތުރު ބަޔަކާ ބައިވެރިވެގެން ދ.ކުޑަހުވަދޫ / ސަމަންދަރު، ޢަލީ ހަސަން މަރާލަން ރާވާ، 08 ގާނޫނުލްއުގޫބާތު (ޗެޕްޓަރ 1) (ގާނޫނު ނަންބަރު 1/1981) ޖަނަވަރީ 2012 ދުވަހު 19:00 ވަގުތެއްގައި އޭނައަށް ފާރަލާފައިވާތީއާއި އޭނާ މަރާލުމަށް ބޭނުންކުރި ޢާލަތްތކުގަ ތެރެއިން ބައެއް ވަޅިތައް މޫދަށް އުކައި، އިތުރު ވަޅިއެއް ވަޅުލައި، އަދި މަރާލިއިރު ބޭނުންކުރި އަންގިއާއި މާސްކއާ އަންނައުނު އަލިފާންގަނޑެއް ރޯކޮށް އަންދާލުމުގައި ބައިވެރިވެފައިވާތީ ކަމަށެވެ.
10ޖުވެނައިލް ކޯޓުން މިމައްސަލާގައި ނިންމާފައިވަނީ (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވެފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ނިޔާވި ޢަލީ ޙަސަންގެ ވާރިޘުންގެ ތެރެއިން 01 ވާރިޘަކީ ތަސައްރު ފ ނުފުދޭ ކުޑަ ކުއްޖެއްކަމުގައިވާތީ އޭނާ ބާލިޣްވެ ބޮޑުވަންދެން އެކުއްޖާގެ ޙައްޤާއި މެދު ގޮތެއް ކަނޑަނާޅާ މަޑުކުރަންޖެހޭ ކަމަށާއި، އެގޮތުން ގޮތެއް ކަނޑައެޅެންދެން (އިސްތިއުނާފުކުރާ ފަރާތް) ޖަލަށްލުމަށް ޙުކުމްކޮށް، މަރްހޫމުގެ ވާރިޘުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާ (11 އަހަރު) ތަސައްރުފުފުދި ބޮޑުވެ ބާލިޣްވުމުން ވާރިޘެއްގެ ޙައިސިއްޔަތުން އޭނާގެ ފަރުދީ ޙައްޤާމެދު ގޮތެއް ކަނޑައެޅުމަށް ޝަރީޢަތަށް ހުށަހަޅަން ޖެހޭނެކަމަށް ކަނޑައަޅައި ޙުކުމް ކުރާކަމަށެވެ. ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާ ނިންމުމުގައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ދ.ކުޑަހުވަދޫ/ ނަސީމީގެ ޢަލީ މާހިރު ފާރޫޤުއާއި (އިސްތިއުނާފުކުރާ ފަރާތުގެ ނަމާއި އެޑްރެސް)އާއި (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1) އިތުރުބަޔަކާއެކު، ދ.ކުޑަހުވަދޫ/ ސަމަންދަރު ޢަލީ ޙަސަން މަރާލަން ރާވާ، 8 ޖެނުއަރީ 2012 ދުވަހު 19:00 އެހައިކަންހާއިރު، ޢަލީ ޙަސަން ދ.ކުޑަހުވަދޫ ޕްރީސްކޫލާއި އިންވެގެން ހުޅަނގަށް އޮންނަ ތުނޑި މިސްކިތްމަގުން ހިނގާފައިދަނިކޮށް (އިސްތިއުނާފުކުރާ ފަރާތް)އާއި (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1)އިތުރު ބަޔަކާއެކު ޢަލީ ޙަސަންއަށް ފާރަލާފައިވާތީއާއި، އަލީ މާހިރު ފާރޫޤުއާއި އިތުރުބަޔަކު އެމަގަށްގޮސް ޢަލީ ޙަސަންއަށް ވަޅިން ޙަމަލާދީ އެމަގުގައި ހުންނަ ހުދުއަލި ކިޔާ ފަޅުގޯއްޗަކަށް ވައްދާ ޢަލީ ޙަސަންގެ ގައިގެ އެކިތަންތަނަށް ވަޅިން ޙަމަލާދީ ބޮޑެތި ދައުލަތުން 29 މާރިޗް 2012 ގައި ޝަރީޢަތަށް ދީފައިވާ ބަޔާން ޒަ ޚަމްތަކެއްކޮށް ޢަލީ ޙަސަން މަރާލާފައިވާތީއާއި، ޢަލީ ޙަސަން މަރާލުމަށްފަހު ޢަލީ ޙަސަން މަރާލުމަށް ބޭނުންކުރި އާލާތްތައް ޢަލީ މާހިރު ފާރޫޤުއާއި އިތުރުބަޔަކު ގެންގޮސް (އިސްތިއުނާފުކުރާ ފަރާތް)އާއި (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1)އާއި އިތުރުކުދިންތަކަކާ ޙަވާލުކުރުމުން (އިސްތިއުނާފުކުރާ ފަރާތް)އާއި (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1)އިތުރުކުދިންތަކަކާއެކު އެވަޅިތަކުގެ ތެރެއިން ބައެއްވަޅި މޫދަށް އުކާލާ، އިތުރު ވަޅިއެއް "ވަސީމާ ތުނޑީ" ގައި ވަޅުލާ، ޢަލީ ޙަސަން މަރާލިއިރު ބޭނުންކުރި އަންގިތަކާއި މާސްކުތަކާއި އެމީހުން ލައިގެން ތިބި އަންނައުނު "ވަސީމާ ތުނޑީ" ގައި އަލިފާންގަނޑެއް ރޯކޮށް އަންދާލާ ޢަލީ ޙަސަން މަރާލުމުގައި ބައިވެރިވެފައިވާތީ، ޤާނޫނުލްއުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ޢަލީ މާހިރު ފާރޫޤުގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނުލްއުޤޫބާތުގެ 12 އަދި 13 ވަނަ މާއްދާއާ ޙަވާލާދީ އެޤާނޫނުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން (އިސްތިއުނާފުކުރާ ފަރާތް)އާއި (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1)ގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވާކަމާއި، ދަޢުވާލިބުނު ޢަލީ މާހިރު ފާރޫޤު ޝަރީޢަތުގެ މަޖިލީހުގައި މިދަޢުވާއަށް އިންކާރުކޮށް ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވެފައި ނުވާނެކަމަށް ބުނެފައިވާކަމާއި، ދަޢުވާލިބުނު (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް
1) އާއި، (އިސްތިއުނާފުކުރާ ފަރާތް) ޝަރީޢަތުގެ މަޖިލީހުގައި މިދަޢުވާއަށް އިޢުތިރާފްވެ، ދ.ކުޑަހުވަދޫ/ ސަމަންދަރު ޢަލީ ޙަސަން މަރާލުމުގައި ބައިވެރިވެފައިވާނެ ކަމަށްބުނެފައިވާކަމަށާއި، މިގޮތުން (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1)، ޢަލީ ޙަސަން މަރާލުމަށް ބޭނުންކުރި ވަޅި ތޫނުކުރުމުގައި އެހީތެރިވިކަމަށާއި، އަދި ހާދިސާ ހިންގަން ކަނޑައަޅާފައިވާތަނަށް ވަޅި ގެންގޮސް ދިނުމުގައި އެހީތެރިވެފައިވާނެކަމަށާއި، މިކަންތައްތައްކުރީ ޢަލީ ޙަސަން މަރާލަން ރާވައިގެންކަމަށް ބުނެފައިވާކަމާއި، ދައުވާލިބުނު (އިސްތިއުނާފުކުރާ ފަރާތް)ޝަރީޢަތުގެ މަޖިލީހުގައި، ޢަލީ ޙަސަން މަރާލުމުގެ ހާދިސާގައި ބައިވެރިވިކަމަށް ބުނެފައިވާކަމާއި، މިގޮތުން ޢަލީ ޙަސަން މަރާލުމަށް ރަވައިއޭނާ މަރައިލުމަށް ތައްޔާރުކުރި ވަޅި ގެންގޮސް ދިނުމުގައި އެހީތެރިވެދީފައިވާނެކަމަށް ބުނެފައިވާކަމާއި، ދަޢުވާއަށް ޢަލީ މާހިރު ފާރޫޤް އިންކާރުކޮށްފައިވާތީ ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުޞަތު ދިނުމުން މިމައްސަލައާއި ގުޅިގެން ޢަލީ މާހިރު ފާރޫޤުގެ މައްޗަށް ދައުލަތުން ހުށަހަޅާނެ އެއްވެސް ހެއްކެއް ލިބިފައިނުވާކަމާ އ، އެހެންނަމަވެސް (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1) އާއި (އިސްތިއުނާފުކުރާ ފަރާތް)، ޢަލީ ޙަސަން މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް ޝަރީޢަތުގައި އިޢުތިރާފްވެފައިވާތީ، އެއީ ޞައްޙަ އިޢުތިރާފެއްކަމުގައި ބަލައި (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1) އާއި (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް އިސްލާމްދީނުގައިވާ ކަނޑައަޅާފައިވާ އަދަބު ކަނޑައަޅައިދިނުމަށް އެދިފައިވާކަމާއި، ޢަލީ ޙަސަން ނިޔައުވިއިރު ވާރިސުންގެ ގޮތުގައި ތިބީ ޢަލީ ޙަސަންގެ ނިޔައުވިއިރު ކައިވެނި ކޮށްގެންހުރި އަނބި ދ.ކުޑަހުވަދޫ/ ސަމަންދަރު ޢާއިޝަތު އިސްމާޢީލް އާއި ފިރިހެން ދަރިންކުރެ ދ.ކުޑަހުވަދޫ/ ސަމަންދަރު މުޙައްމަދު ޢަލީ އާއި (ކުޑަކުއްޖެއްކަމަށްވާތީ ނަމާއި އެޑްރެސް އުނިކުރެވިފައި) އާއި އަންހެން ދަރިންކުރެ ދ.ކުޑަހުވަދޫ/ ނާޒް ފަރީދާ ޢަލީ އާއި ދ.ކުޑަހުވަދޫ/ އެރޯމާ އަސްމާ ޢަލީ އާއިދ.ކުޑަހުވަދޫ/ ސަމަންދަރު ޔުމްނާ ޢަލީ އާއި، ދ.ކުޑަހުވަދޫ/ ސަމަންދަރު ބަދޫރާ ޢަލީ އާއި ދ.ކުޑަހުވަދޫ/ ސަންފްލަވަރ ޝަޛިއްޔާ ޢަލީ އާއި، ދ.ކުޑަހުވަދޫ/ ސަމަންދަރު ވާފިރާ ޢަލީ އާއި ދ.ކުޑަހުވަދޫ/ ސަމަންދަރު އަޠާޔާ ޢަލީކަން ޙާޟިރުކުރެވުނު ދެހެކިން ކަމުގައިވާ ދަފްތަރު ނަންބަރު ރސ 7660 މޫސާ އިސްމާޢީލް އާއި ދަފްތަރު ނަންބަރު ރސ. 7659 ޢަބްދު ﷲ އިސްމާޢީލް އާއި ޢަލީ ޙަސަންގެ ވާރިޘުންގެ ގޮތުގައި ޙާޟިރުކުރެވުނު ފަރާތްތަކުގެ ބަހުން އެނގޭކަމާއި، ޢަލީ ޙަސަންގެ ވާރިސުންކުރެ (ކުޑަކުއްޖެއްކަމަށްވާތީ ނަމާއި އެޑްރެސް އުނިކުރެވިފައި) (11 އަހަރު) ފިޔަވައި ދެންތިބި ހުރިހާ ވާރިސުން ބޭނުންވަނީ ޢަލީ ޙަސަންގެ ޤާތިލުންގެ ކިބައިން މަރަށްމަރު ހިފުންކަމަށާއި، އެހެންނަމަވެސް (ކުޑަކުއްޖެއްކަމަށްވާތީ ނަންއުނިކުރެވިފައި) އަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ބޮޑުވެ ތަޞައްރަފްފުދި ބުއްދި ފުރިހަމަވެ އަމިއްލަ ޙައްޤުގައި އެއްޗެއް ބުނުމުގެ އަޙުލިއްޔަތު ލިބިފައިނުވާ ކުއްޖެއްކަމުން އެވާރިސުންގެ ޙައްޤާއިމެދު މިޤަޟިއްޔާގައި ގޮތެއް ނިންމާފައިނުވާކަމާއި، ދަޢުވާލިބޭ ޢަލީ މާހިރު ފާރޫޤު ޤަޞްދުގައި މީހަކު މަރާލާފައި ނުވާނެކަމަށްބުނެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާއަށް އިންކާރުކުރުމުން އޭނާގެ މައްޗަށް ހުށަހަޅާނެ އިތުރު ހެއްކެއް ނެތްކަމަށް ދައުލަތުން ބުނެފައިވާތީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ރިޢާޔަތްކޮށް، ދައުލަތުން، ދ.ކުޑަހު ވަދޫ/ ނަސީމީގޭ ޢަލީ މާހިރު ފާރޫޤްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުވެފައި ނުވާކަމަށް ކަނޑައަޅައި؛ މިޙާދިސާ ހިނގާފައިވާ ގޮތަށް ބެލުމުން މިޙަމަލާ ދިނުމަށް ރާވާ ހިންގާ ޙަމަލާދީފައިވަނީ ރުޅިވެރިކަމެއް އޮވެގެން، ޙަމަލާދިނުމުގެ ޤަޞްދު އޮތުމާއި އެކުގައިކަން މިޢަމަލު ހިންގާފައިވާ ގޮތަށާއި ހުށަހެޅިފައިވާ އެންމެހައި ބަޔާންތަކަށާއި، ލިޔެކިޔުންތަކަށް ބަލާއިރު ސާބިތުވާތީ، މިޢަމަލަށް ސިފަދެވެނީ " ޤަތުލު ޢަމްދު" ގެ ގޮތުގައިކަމުން، ޢަލީ ޙަސަން މަރާލުމުގައި ބައިވެރިވިކަމަށް ބަލައި، ދައުލަތުން ޤާނޫނުލްޢުޤޫބާތުގެ 12 އަދި 13 ވަނަ މާއްދާއާ ޙަވާލާދީ އެޤާނޫނުގެ 88 ވަނަ މާއްދާގެ (ރ) ގެދަށުން، (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1) އާއި (އިސްތިއުނާފުކުރާ ފަރާތުގެ ނަމާއި އެޑްރެސް)ގެ މައްޗަށް ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ މިދަޢުވާއަށް (އިސްތިއުނާފުކުރާ ފަރާތުގެ ނަމާއި އެޑްރެސް)އާއި، (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1) ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފްވެފައިވާތީ، "އަލްއިޢުތިރާފް ސައްޔިދުއްއަދިއްލާ" ގެ މަބްދައުގެ މައްޗަށް ބަލައި، (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1)އާއި (އިސްތިއުނާފުކުރާ ފަރާތުގެ ނަމާއި އެޑްރެސް) ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވެފައިވާކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1)އާއި (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަން ސާބިތުވީނަމަވެސް، އަދި މިކުށަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބަކީ މަރުގެ އަދަބު ކަމަށްވިއަސް، (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1)އާއި (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ސާބިތުވި ކުށަކީ އިސްލާމްދީނުގައި މަރުވިމީހާގެ (މުވައްރިޘްގެ) ވާރިޘުންގެ މައްޗަށްވާ ޙައްޤުތަކެއް ހިމެނޭކަމަށްވާތީ، ވާރިޘުންކުރެ 01 ވާރިޘަކީ ތަސައްރަފްފުދި އަދި ރުޝްދު ލިބިފައިނުވާ، އޭނާގެ ޙައްޤުގއަ އެއްޗެއް ބުނުމުގެ އަހްލިޔަތު ލިބިފައިވާ ޢުމުރުގެ ކުއްޖަކަށްނުވާތީ، އޭނާ ތަޞައްރަފްފުދި ބާލިޣުވެ ބޮޑުވަންދެން މީނާގެ ޙައްޤާއިމެދު ގޮތެއް ނުނިންމައި މަޑުކުރަންޖެހޭކަމާއި، އެހެންކަމުން، ދ.ކުޑަހުވަދޫ/ ސަމަންދަރު ޢަލީ ޙަސަން މަރާލުމުގައި ބައިވެރިވިކަމަށް ސާބިތުވާ (އިސްތިއުނާފުކުރާ ފަރާތުގެ ނަމާއި އެޑްރެސް)އާއި، (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1)އާއި، މިޤާތިލުންގެ ކިބައިން މަރަށްމަރު ނުވަތަ ޤިޞާޞްހިފަން އަދި ކަނޑައަޅާނެ ތަނެއް ނެތްކަން ކަނޑައަޅައި، މިޙާލަތުގައި ފިޤުޙު އިލްމުވެރިންގެ ރައުޔަށް ބަލާއިރު، "މަޞްލަޙާ މުރުސަލާ" ގެ އުޞޫލުން، ނިޘާމް ޢާންމާއި މަޞްލަޙާ ޢާންމާގެ އުޞޫލަށްބަލައި، ތަޢުޒީރީ އަދަބު ދެވިދާނެކަންއެނގޭތީއާއި، އަދި ޖިނާއީ ކޯޓުގެ ނަންބަރު: JC/2001 /1157 ޤަޟިއްޔާއާއި، ކްރިމިނަލް ކޯޓުގެ ނަންބަރު: 1258/Cr-C/2010 1306)(JC/2010/ ޤަޟިއްޔާއާއި ޖުވެނައިލް ކޯޓުގެ ނަންބަރު: C/2010-Jv/7 ޤަޟިއްޔާގައި ޤާއިމްކޮށްފައިވާ "ޖަޖް މޭކްސް ލޯ" މިޕްރެސީޑެންޓް ގެ ދަށުން، މަރަށްމަރު ނުވަތަ ޤިޞާޞް ނުހިފާ ޙާލަތުގައި ޢުމުރަށް ޖަލަށްލުމަށް އަދަބު ކަނޑައެޅުމުގެ އުޞޫލަށް ރިޢާޔަތްކޮށް، މަރްޙޫމް ޢަލީ ޙަސަންގެ ވާރިޘުންކުރެ (ކުޑަކުއްޖެއްކަމަށްވާތީ ނަމާއި އެޑްރެސް އުނިކުރެވިފައި) ތަޞައްރަފްފުދި ބޮޑުވެ ބާލިޣްވުމުން ވާރިޘެއްގެ ޙައިޞިއްޔަތުން އޭނާގެ ފަރުދީ ޙައްޤާއިމެދު ގޮތެއް ކަނޑައެޅެންދެން، (އިސްތިއުނާފުކުރާ ފަރާތުގެ ނަމާއި އެޑްރެ ސ) އާއި (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1) ޖަލަށްލުމަށް ޙުކުމްކޮށް، މަރްޙޫމް ޢަލީ ޙަސަންގެ ވާރިޘުންކުރެ (ކުޑަކުއްޖެއްކަމަށްވާތީ ނަމާއި އެޑްރެސް އުނިކުރެވިފައި) ތަޞައްރަފްފުދި ބޮޑުވެ ބާލިޣުވުމުން ވާރިޘެއްގެ ޙައިސިއްޔަތުން އޭނާގެ ފަރުދީޙައްޤާއިމެދު ގޮތެއް ކަނޑައެޅުމަށްޓަކައި އަލުން މިދަޢުވާ ޝަރީޢަތަށް ހުށަހަޅަންޖެހޭނެކަމަށް ކަނޑައަޅައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ."
11ޖުވެނައިލް ކޯޓުގެ ނިންމުން ބިނާކޮށްފައިވާ އަސާސީ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
1.11 ތަޙްޤީޤު މަރޙު ލާގައާއި އަދި ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައަ (އިސްތިއުނާފުކުރާ ފަރާތް) ކުށަށް އިޢުތިރާފްވެފައިވުން؛
2.11 (އިސްތިއުނާފުކުރާ ފަރާތް) ޝަރީއަތުގެ މަޖިލީހުގައި އިޤުރާރުވެފައިވާ ތަޙްޤީޤު ބަޔާނުގައި ހުރި ވާހަކަތަކުގެ މައްޗަށާއި، ހާދިސާ ހިނގާގޮސްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މިޢަމަލުގައިވާ ކުށުގެ މާއްދީ ރުކުނާއި، ޢަމަލާއިދިމާވާތީއާއި އަދި ކުރިޔާލާއި ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތަކުގެ ތެރެއިން ކުށުގެ ފިޢުލުގައި ނުވަތަ ސީދާ ޢަމަލުގައި ޢަމަލީގޮތުން ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާގެ ޙުކުމް ކަންކުރެވޭ ވަގުތު ބައިވެރިވެ ޖުރުމް ހިންގާ ތަނުގައި ނެތް ނަމަވެސް، ވަކި ނިޔަތެއް ނުވަތަ ޤަސްދެއް އޮވެގެން ކަމެއް ރާވައި ފުރިހަމަކުރުމުގައި މަރުހަލާތަކަކަށް ބަހާލައިގެން ނުވަތަ އެކިމީހުން އެކި ދައުރު އަދާކުރުމަށް ފުރުސަތު ލިބިގެންވާގޮތަށް އޮވެގެން އެޢަމަލު ނުވަތަ ޖަރީމާ ފުރިހަމަވެފައިވާކަމަށް ސާބިތުވާ މިންވަރަށް ކާފީ ހެއްކާއި ޤަރީނާ ހުރިނަމަ، އެޢަމަލު ސިފަކުރެވޭނީ ޙަލީފާ ޢުމަރުގެފާނުގެ ޒަމާނުގައި ހިނގާގޮސްފައިވާ "ޤަޠުލު ބިއްތަމލާޢ"ގ ހާދިސާއާއި އެއްގޮތްކަމަށް
3.11 ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަން ސާބިތުވީނަމަވެސް، އަދި މިކުށަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބަކީ މަރުގެ އަދަބު ކަމަށްވިއަސް މިކުށަކީ އިސްލާމްދީނުގައި ވާރިޘުންގެ މައްޗަށްވާ ޙައްޤުތަކެއް ހިމެނޭކަމަކަށްވާތީއާއި ވާރިޘުންގެ ތެރޭގައި ތަސައްރުފުނުފުދޭ ކުޑަކުއްޖެއް ހުރުމުން އެކުއްޖާ ޙައްޤާމެދު ގޮތެއް ކަނޑައެޅެންދެން ތަޢުޒީރު އަދަބެއްގެ ގޮތުގައި ޖަލަށްލުމަ ކ "ޖަޖް މޭކްސް ލޯ" ޕްރެސިޑެންޓްގެ ދަށުން ހުއްދަކަމެއް ކަމުގައިވުން. އިސްތިއުނާފު ކުރާ ފަރާތުން އިޖުރާއީ ގޮތުން ފާހަގަކުރި ނުކުތާ
12މިމައްސަލައަކީ ޖުވެނައިލް ކޯޓުނު 13 ޑިސެންބަރު 2012 ނިންމަވާފައިވާ މައްސަލައެކެވެ. މިމައްސަލަ މިކޯޓަށް އިސްތިއުނާފުކުރުމގެ ހުއްދައަށު އެދިފައިވަނީ 14 އޮކްޓޫބަރު 2019 ގައެވެ. އިސްތިއުނާފުކުރުމުގެ ހުއްދަ އެދި ހުށަހެޅުމުން، ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފުކުރެވި ނުވާ ސަބަބަކީ މަޤްބޫލު ސަބަބެއް ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔގާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 20 ވަނަ ނަންބަރު ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޙުކުމް. ކަމުގައިވާތީ އާއި މައްސަލައިގެ ބާވަތަށް ބަލައި އިސްތިއުނާފުކުރުމުގެ ހުއްދަ މިކޯޓުން ދެވިފައިވެއެވެ. މިގޮތުން ހުއްދަ ދެވިފައިވަނީ ހުއްދަ ދިނުމާ މެދު ގޮތެއް ނިންމި މަޖިލީހުގެ އަޣްބަލިއްޔަތުންނެވެ.
13އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާ މެދު ގޮތެއް ނިންމުމުގައި މިމައްސަލަ ބަލަމުންދާ މި ފަނޑިޔާރުންގެ މޖިލީހުގަ އ ހިމެނޭ ފަނޑިޔާރަކު ބައިވެރިވެފއަވއެވެ. އަދި، މިމައްސަލަ ބަލައިގަތުމަށެ ނުފެންނަކަމަށް ބަޔާންކޮށް އެފަނޑިޔާރު ފާހަގަކޮށްފައިވަނީ "ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާއަކީ "ޤަސްދުގައި މީހަކު މަރާލުމާއި، ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ" މައްސަލައަކަށްވެފައި، މިބާވަތުގެ މައްސަލަތަކުގައި ގަވާއިދު ނަންބަރު 78-R/2017 "ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއްނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާއިބެހޭ ޤަވާއިދު" ގެ ދަށުން ވަކީލުންގެ އެހީތެރިކަން ދައުލަތުން ފޯރުކޮށްދޭކަން އެނގެން އޮންނާތީ، ހުއްދަ ދިނުމަށް ނުފެންނަކަނ". މިފަދައިންނެވެ.
14މިމައްސަލަ ބަލަމުންދާ ފަނޑިޔާރުންގެ މަޖިލީހުގައި އފަނޑިޔެ ރ ހިމެނޭތީ، (އ ސްތިއުނާފުކރާ ފަރާތް) ގެ ފަރާތުން އެކަން ފާހަގަކުރަމުން ބަޔާންކޮށްފައިވަނީ، އެފަނޑިޔާރު ބެންޗުގައި ހިމެނުމާމެ ދ އިޢުތިރާޟްކުރަނީ ނޫންކަމަށާއި، އެހެންނަމަވެސް، ޢާންމު އުސޫލުން އިސްތިއުނާފުކުރުމުގެ ހުއްދައިގެ މައްސަލަތަކުގއަ ބައިވެރިވާ ފަނޑިޔާރު، މއ ޟޫޢު ގޮތުން މައްސަލަ ބެލުމުގައި ބައިވެރިނުވާތީ އެކަން ޝަރީޢަތުގެ ސަމާލުކަމަށް ގެންނަކަމަށެވެ.
15ޕްރިސިޑެންސް 1އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމާ މެދު ގޮތެއް ނިންމުމުގައި ފަނޑިޔާރުން ރިޢާޔަތްކޮށްފައިވާކަމަކީ އިސްތުނާފުގެ މަޢުޟޫއަށް އަސަރުނުކުރާ ކަމެއް ކަމުގައި ވާނަމަ، ހުއްދައާ މެދު ގޮތެއް ނިންމި މަޖިލީހުގައި ހިމެނޭ ފަނޑިޔާރުންނަށްވެސް މަޢުޟޫޢީ މައްސަލަ ބެލުމަށް ޢާންމު އުސޫލުން މިކޯޓުން މައްސަލަ މިކޯޓުގެ ނަންބަރު 04/IH/2020-HC "އިސްތިއުނާފްކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" މިކޯޓުގެ ނަންބަރު 04/IH/2020-HC "އިސްތިއުނާފްކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލަ އާމެދު ނިންމިގޮތް" މިކޯޓުގެ ނަންބަރު 04/IH/2020-HC "އިސްތިއުނާފްކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" ޙަވާލުކުރެވެއެވެ. އެގޮތުން، މިމައްސަލައިގައި، ހުއްދަ ދިނުމުގައި ފަނޑިޔާރު ރިޢާޔަތްކޮށްފައިވަނީ (އިސްތިއުނާފުކުރާ ފަރާތް) އަށް ޤާނޫނީ ވަކީލަކު ނުލިބިގެން އިސްތިއުނާފު މުއްދަތު ހަމަވެފައިވާ ސަބަބަކީ އިސްތިއުނާފު ހުއްދަދިނުމަށް މަޤްބޫލުއުޛުރެއްތޯ ބެލުމުގެ މައްޗަށެވެ. މައްސަލައިގެ މަޢުޟޫއުގައި އަދި އިސްތިއުނާފީ ނުކުތާތަކާ މެދު ފަނޑިޔާރު އެއްވެސް ރައުޔެއް ދެއްވާފައިނުވުމުން، ޢާއްމުކޮށް ޢަމަލުކުރެވޭ އުސޫލުން، މިމައްސަލަ ބެލުމުގައި އެފަނޑިޔާރު ބައިވެރިވުމުގައި ހުރަހެއް އޮތް ކަމުގައި ނުދެކެމެވެ.
16އިސްތިއުނާފީ ނުކުތާތަކުގައއާ ރައްދުގައި ދައުލަތުން ދީފައިވާ ޖަވާބުގައި މައިގަނޑުގޮތގައު ފާހަގަކޮށްފައިވަނީ އަންނަނިވި ކަންތައްތަކެވެ.
1.16 ޢަލީ ޙަސަން މަރާލުމަށް (އިސްތިއުނާފުކުރާ ފަރާތް) ރޭވިކަމަށް ޝަރީޢަތުން ބަލާފައިވަނީ ހަޤީޤަތާއި ޚިލާފަށްކަމަށް ފާހަގަކުރަމުން ތަފްސީލުގައި (އިސްތިއުނާފުކުރާ ފަރާތް) ބުނެފައިވަނީ، ތަޙްޤީޤު ބަޔާނުގައި އަދި ޝަރީޢަތުގެ މަޖިލީހުގައިވެސް ޢަލީ ޙަސަން މަރާލުމަށް ރޭވި ކަމަށް (އިސްތިއުނާފުކުރާ ފަރާތް) އިޢުތިރާފުވެފައިނުވާނެކަމަށެވެ. އަދި އެފަރާތުން ތަޙްޤީޤަށާއި ޝަރީޢަތަށް ދިން ބަޔާނަކީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ހުރެ ދީފައިވާ ބަޔާނެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެބަޔާންތައް ދީފައިވަނީ މައްސަލައިގައި ތުހުމަތުކުރެވުނު އެހެންފަރާތެއްކަމުގައިވާ އިބްރާހީމް ވަސީމް (އިސްތިއުނާފުކުރާ ފަރާތް)އަށް ބިރު ދެއްކުމުން ކަމަ ށ ބުނެފައިވެއެވެ. އަދި ކްރިމިނަލް ކޯޓުގެ ނަންބަރު މިގޮތަށް ޢަމަލުކުރެވެމުން ދަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/01 ޢާއްމު ސިޓީ ގެ މައްޗަށް ބިނާކޮށް C/2013-Cr/357 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހެއްގައި އިބްރާހިމް ވަސީމް ވެސް ވަނީ (އިސްތިއުނާފުކުރާ ފަރާތް)އަށް ބިރު ދެއްކިކަމަށް އެއްބަސްވެފައިކަމަށް ފާހަގަކޮށްފައިވެއެވެ.
1.1.16 ޖަވާބުގައި ދައުލަތުން، މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، މިމައްސަލައިގައި (އިސްތިއުނާފުކުރާ ފަރާތް) ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފުން ރުޖޫޢަވެފައިވުމުންނާއި ދައުލަތުން އިތުރު ހެކި ހުށަހަޅާފައިނުވުމުން ޖުވެނައިލް ކޯޓުގެ ނިންމުން ބާޠިލްކުރަންޖެހޭ ކަމަށް ދެކޭކަމަށެވެ.
2.16 (އިސްތިއުނާފުކުރާ ފަރާތް)އަށް ދަށުކޯޓުން ޙުކުމްކުރި އިރު، މަރްހޫމް އަލީ ޙަސަންގެ ވާރިޘުންގެ ތެރޭގައި ބާލިޣު ނުވާ ކުޑަކުއްޖެއް ހުރުމުން އެކުއްޖާގެ ޙައްޤާއިމެދު ގޮތެއް ނުނިންމާ މަޑުކުރަންޖެހޭނެކަމަށް ކަނޑައަޅައި ތައުޒީރީ އަދަބެއްގެ ގޮތުން މުއްދަތެއް ނެތް ގޮތަށް ޖަލަށްލުމަށް ޙުކުމްކުރީ ޤާނޫނާ ޚިލާފަށްކަމަށޫ (އިސްތިއުނާފުކުރާ ފަރާތް) ފާހަގަކޮށްފައިވެއެވެ.
1.2.16މިގޮތުން ފާހަގަކޮށްފައިވަނީ، (އިސްތިއުނާފުކުރާ ފަރާތް) ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ އަދަބެއް ދިނުމުގެ ގޮތުންކަން ފާހަގަކުރެވޭކަމަށާއި، އެގޮތުން ޖަލު އަދަބު ކަނޑައެޅުމަށްފަހު، ފަހުން މަރުގެ އަދަބު ކަނޑައެޅުމާމެދު ގޮތެއް ނިންމުމަށް ހުށހެޅުމަށަ ފުރުސަތު ދިނުމީ އެއްކުށަކަށް ދެއަދަބު ކަނޑައެޅުންކަމަށް ދެކޭކަމަށެވެ. އަދި، އެފަދައިން އަދަބު ކަނޑައެޅުމަށް ފަނޑިޔާރަށް ބާރުލިބިދޭ ޤާނޫނީ ނައްސެއް ނެތް ކަމަށާއި އެހެންކަމުން މިއީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމުގައި ދެކޭކަމަށެވެ.
2.2.16 ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، (އިސްތިއުނާފުކުރާ ފަރާތް) ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ، ވާރޘި ންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖަކު ތަސައްރަފު ފުދި ބޮޑުވމުނު ވާރިޘެއްގެ ހައިސިއްޔަތުން އޭނާގެ ފަރުދީ ހައްޤާމެދު ގޮތެއް ކަނޑައަޅަންދެންކަމށެވެ. ޝަރުޢީ އުޒުރެއް ދިމާވެގެން އަދަބު ކަނޑައެޅުން ވަކި މުއްދަތަށް ލަސްކުރުމަށްފަހު ތައުޒީރީ އަދަބެއްގެ ގޮތުން، އެމުއްދަތު ޖެހުމާއި ހަމައަށް (އިސްތިއުނާފުކުރާ ފަރާތް) ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ މުޅި މުޖްތަމައުގެ މަސްލަހަތަށް ރިޢާޔަތްކޮށްކަމަށާއި އެއީ އެއްކުށަކަށް ދެ އަދަބެއް ދިނުން ކަމަށް ބެލެވޭނެ ޙާލަތެއް ނޫންކަމަށް ދައުލަތުން
3.16 މަރްހޫމް އަލީ ޙަސަންގެ ވާރޘި ންގ ތެރޭގައި ހިމެނޭ ބާލިޣުނުވާ ކުޑަކުއްޖާ މިހާރު ނިޔާވެފައިވނަމަވީސް (އިސްތިއުނާފުކުރާ ފަރާތް)ގެ އަދަބާ މެދު ގޮތެއް ކަނޑައެޅިފއިނުވަ މަކ (އިސްތިއުނާފުކުރާ ފަރާތް)ގެ އަސާސީ ޙައްޤުތަކަށް އުނިކަން ލިބޭ ކަމަކަށްވާތީ މިކަމުގައި ޝަރީއަތުން އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށް (އިސްތިއުނާފުކުރާ ފަރާތް)ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
1.3.16ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، 29 މާރިޗު 2018 ގައި އކުޑެ ކުއްޖަ ނިޔާވެފައިވާކަން ދައުލަތަށް ނޭނގޭކަމަށާއި، އަދި އެތާރީހުގައި ކޯޓަށް ހުށަހެޅިފައިނުވިނަމަވެސް މިމައްސަލައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި 18 ފެބުރުވަރީ 2020 ދުވަހު ދައުލަތުން ޖުވެނައިލް ކޯޓުގައި އެދިފައިވާނެކަމަށެވެ.
4.16 ޤަޠުލު ޢަމްދު ސާބިތުކުރުމަށް އިސްލާމީ ޝަރީޢަތުގައި ފުރިހަމަކުރުމަށް ކަނޑައަޅުއްވާފައިވާކަންކަން، ފުރިހަމަ ނުކޮށް ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ސާބިތުކޮށްފައިވަނީ އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ ޚިލާފަށް ކަމަށް (އިސްތިއުނާފުކުރާ ފަރާތް) ފާހަގަކޮށްފައިވެއެވެ. މިނުކުތާގެ ތަފްސީލްގައި (އިސްތިއުނާފުކުރާ ފަރާތް) ބުނެފައިވަނީ، ޤަޠުލް ޢަމްދުގެ ރުކުންތަކުގެ ތެރޭގައި ތުހުމަތުގައިވާ މީހާގެ ޢަމަލުގެ ނަތީޖާއަކުން ޤަޠުލުވުން އޮންނަކަމާއި މައްސަލައިގައި ހުށަހެޅުނު އެއްވެސް ހެކި ޤަރީނާއަކުން (އިސްތިއުނާފުކުރާ ފަރާތް)ގެ ޢަމަލެއް ފެންނަން ނެތްކަމަށެވެ. އަދި، މިހާދި ޘާގައި ތުހުމަތުކުރެވުނު އެހެން އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށެވެ.
5.16 ޤާނޫނީ ވަކީލެއްގެ އެހީތެރިކަމެއްނެތި ދީފައިވާ ބަޔާނެއް ޞައްހަ އިއުތިރާފެއް ގޮތުގަ ބަލައިގަނެފައިވނީ ޤާނޫނާ ޚިލާފަށް ކަމަށަ (އިސްތިއުނާފުކުރާ ފަރާތް) އިސްތިއުނާފީ ނުކުތާއެއް ގޮތުގައި
1.5.16މިނުކުތާގެ ތަފްސީލްގައި (އިސްތިއުނާފުކުރާ ފަރާތް)ގެ ފަރާތުން ބުނެފައިވަނީ، މިހާދަ ޘިގައި ތުހުމަތުކުރެވުނު އެއްފަރާތެއް ކަމުގައިވާ (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1)ގެ ފަރާތުން އިސްތިއުނާފުކުރުމުނ މިކޯޓުން ބެލުނު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ނ) ގައި ކުޑަކުއްޖަކު ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ނެތި، މަރުގެ ޙުކުމް އަތުވެދާނެ ފަދަ މައްސަލައެއްގައި، މުއްތަހަމްވެފައިވާ އިޢުތިރާފަކަށް ބާރު ލިއްބައިދޭ އިތުރު އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި އެއިޢުތިރާފަކީ އެއްވެސް ޝައްކެއް ނެތް ޞައްޙަ އިޢުތިރާފެއްކަމުގައި ބެލެވެން ނެތް ކަމަށް ކަނޑައަޅާފައިވާކަމަށެވެ. (އިސްތިއުނާފުކުރާ ފަރާތް) ޝަރީޢަތުގެ މަޖިލީހުގައި ބަޔާންދިންއިރު އޭނާއަކީ ކުޑަކުއްޖެއްކަމަށާއި، ބަޔާންދީފައިވަނީ ޤާނޫނީ ވަކީލެއްގެ ޙާޟިރުގައި ނޫން ކަމަށާއި އިޢުތިރާފަކީ ސައްޙަ އިޢުތިރާފެއްކަން ޝަރީޢަތުން ކަށަވަރުކޮށްފައިނުވާއިރު ފަހުން ވަކީލެއް ޢައްޔަނުކޮށް އިޢުތިރާފުން ރުޖޫޢަވެފައިވާކމަށާއި އެހެންނަމަވެސަ (އިސްތިއުނާފުކުރާ ފަރާތް)ގެ ބަޔާނަށް ބާރު ލިބިދޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާކަމާއި، މިދެޤަޟިއްޔާގެ (ނަންއުނިކުރެވިފައި) ވ ޕްރޮސިކިއުޓަރ ޖެނެރަލް، A/127-HC/2016 ޤަޟިއްޔާ ވަޤާއިޢުތައް ތަފާތެއް ނެތި އެއްގޮތްވުމުން އެއުސޫލު މިމައްސަލައަށް ތަޠްބީޤުކުރެވެންވާނެކަމަށެވެ.
2.5.16 ދައުލަތުގެ ޖަވާބުގައި، މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްފައިވަނީ، ހައިކޯޓުގެ ޙަވާލާދެވުނު ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުސޫލު މިމައްސަލައަށް ތަޠްބީޤުކޮށް ޖުވެނައިލް ކޯޓުގެ ޙުކުމް ބާޠިލްކުރަންޖެހޭ ކަމަށް ދެކޭކަމަށެވެ.
6.16 (އިސްތިއުނާފުކުރާ ފަރާތް)ގެ އިޢުތިރާފް ބަޔާނުގައި އޭނަގެ މައްޗަށް އުފުލާފައިވާނުވާ ދައުވއަކަށާ އިޢުތިރާފުވެފައިވާއިރު، އެކަމުގެ އެއްވެސް ތަފްސީލެއް ޝަރީޢަތުން ހޯދާފައިނުވާތީ، އެބަޔާނުގައިވާކަނކަން ޝަރީޢަތުން އެކަށީގެންވާގޮތެއްގައި ވަޒަންކުރައްވާފައިކަމަށް ބެލެވެން ނެތްކމަށާއަ އަދި މިއީ މަތީ މަރުޙަލާ ކޯޓުތަކުގެ ނިންމުންތަކާއި ޚިލާފުކަމެއި ކަމަށް ބުނެ (އިސްތިއުނާފުކުރާ ފަރާތް) އިސްތިއުނާފީ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
1.6.16 މިނުކުތާގެ ތަފްސީލުގައި (އިސްތިއުނާފުކުރާ ފަރާތް) ފާހަގަކޮށްފައިވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަކީ "ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުން" ކަމަށާއި އެހެންނަމަވެސް 29 މާރިޗް 2012 ގައި ދީފައިވާ އިޢުތިރާފު ބަޔާނުގައި ވަނީ " އަޅުގަނޑުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ގަސްދުގައި މީހަކު މަރާލުމާއި ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުން ކުށުގެ ދަޢުވާ އަޅުގަނޑަށް ސާފުވެއްޖެއެވެ. އަޅުގަނޑު މިދަޢުވާއަށް އިޢުތިރާފުވަމެވެ." މިފަދައިން ކަމާއި އުފުލިފައިނުވާ ދަޢުވާއަކަށް އިޢުތިރާފުވުމުން އެކަމާ ޝަރީއަތުން އިތުރު ސުވާލެއް ކޮށްފައިނުވުމުން އެކަށީގެންވާ ގޮތަށް މައްސަލައިގައި ހިމެނޭ ބަޔާން ޝަރީޢަތުން ވަޒަންކޮށްފައިނުވާކަމށަ ދެކޭކަމަށް (އިސްތިއުނާފުކުރާ ފަރާތް) ފާހަގަކޮށްފައިވެއެވެ.
2.6.16 ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، 09 އެޕްރީލް 2012 ދުވަހު ބޭއްވުނު އަޑުއެހުމުގައި (އިސްތިއުނާފުކުރާ ފަރާތް) ބައިވެރިވެފައިވާކަން އިޢުތިރާފުވެފައިވާކަމާއި، އަދި އޭނަގެ މައްޗަށް ކޮށްފައިވަނީވެސް ބައިވެރިވުމުގެ ކުށުގެ ދައުވާކަމަށެވެ.
7.16 (އިސްތިއުނާފުކުރާ ފަރާތް) މައްޗަށް ކުށް ސާބިތުކުރުމުގައި (އިސްތިއުނާފުކުރާ ފަރާތް) މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނަށް ޝަރީޢަތުން ބޮޑު ބުރަދަނެއް ދީފައިވާއިރު، އެބަޔާނުގައި ހުރީ ކަންކަން ކަށަވަރުކުރުމަށް ޝަރީޢަތުން އެއްވެސް ސުވާލެއް ކުރުމެއް ނެތި ބަޔާނަށް ބުރަދަންދީފައިވަނީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ (އިސްތިއުނާފުކުރާ ފަރާތް) އިސްތިއުނާފީ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
8.16 ވާރިޘުންގެ ބަޔާން ނގެ މުގައ އަމަލުކޮށްފައިވާގޮތުން (އިސްތިއުނާފުކުރާ ފަރާތް)ގެ ޙައްޤުތަކަށް އުނިކަން އައިސްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
1.8.16 މިނުކުތާގެ ތަފްސީލުގައި ފާހަގަކޮށްފައިވަނީ، މިބާވަތުގެ މައްސަލަތަކުގައި ޝަރީޢަތްކުރިއަށް ގެންދެވޭނޭގޮތާއި ޙައްޤުތައް ބުނެދޭން ޖެހޭއިރު ޝަރީޢަތުގެ ފަރާތުން މިކަންކަން މިގޮތަށް ކޮށްފައިނުވާކަމަށެވެ. އަދި މިއީ މިހާރު ޤާނޫނުން ލާޒިމް ކޮށްފައިވާ އިޖުރާއާތެއް ކމަށަ ފާހަގަކުރވޭކަމަށެވެ.
2.8.16 ވާރިޘުންނާއި ސުވާލުކުރުމުގެ ކުރިއަށް ދައުވާއާއި ގުޅޭގޮތުން ލިބިފައިވާ ހެކި ޤަރީނާ އެނގޭގޮތަށް އަދި ވާރިޘުންގެ ޙައްޤުތަކާއި ބާރާއި އިޚްތިޔާރު ޝަރީޢަތުން ސާފުކޮށްދީފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ.
9.16 މިބާވަތުގެ އެހެނިހެން މައްސަލަ ތަކުގައި ޝަރީޢަތް ހިނގާ ގޮތާ ޚިލާފަށް އަވަސް އަރުވާލައިގެން މައްސަލަ ނިންމާފައވަނި (އިސްތިއުނާފުކުރާ ފަރާތް)އަށް ލިބިގެންވާ ޙައްޤުތައް ކަށަވަރުކުރުމެއް ނެތި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
1.9.16 މިނުކުތާގެ ތަފްސީލުގައި "ކުޑަކުދިން ކުރާ ކުށުގެ މައްސަލަ ބަލާ ތަޙްޤީޤުކޮށް އިންސާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގައި ވަކީލު ފުރުސަތު ފަހިކޮށްދޭންވީ ގޮތް ބަޔާންކޮށްފައިވާކަމަށާއި، އިޢުތިރާފްގެ ބަޔާނުގެ ޞައްޙކަނަ ކަށަވަރުކުރަންޖެހޭކމާއަ، އެހެންނަމަވެސް، ޝަރީޢަތުން މިއުސޫލާ އެއްގޮތަށް ޢަމަލުކޮށްފައިނުވާކަމަށެވެ.
2.9.16ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ޙަވާލާދޭ ގަވާއިދކަ ޙުކުމް ކުރެވުނު ފަހުން ޢަމަލުކުރަން ފެށުނު ގަވާއިދެއްކަމުގައިވާތީ، މި ގަވާއިދުގައި ބުނާ ކަންތައްތައް މިމައްސަލައަށް ތަޠްބީޤކުރެވިދާނެކަމަށް ނުދެކޭ ކަމަށެވެ.
10.16 އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާންޖެހޭއިރު މިމައްސަލައާ ގުޅިގެން ޝަރީޢަތް ހިންގިއިރު ބޮޑެތި ފުށުއެރުންތައް ހުރިކަމަށްވާއިރު މައްސަލަ ސާބިތުކޮށްފައިވަނީ ޤާނޫނުއަސާސީގެ 51
(އ) ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
11.16 މަރްހޫމް ޢަލީ ހަސަންގެ ވާރޘި ނުގެ ބަޔާން ނަގާފައިވަނީ ކަނޑައެޅިފައިވާ އިޖުރާއަތާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މިގޮތުން ވާރިޘުންގެ ޢަދަދު ދިމާނުވުމު އާ، ތުހުމަތުކުރެވޭ ކުށް ސާފުނުވުމާއި 2014-33R ޤަސްދުގައި މީހަކު މެރުމުގެ ކުށް ތަޙްޤީޤުކުރުމުގައާއި އެކުށުގެ ތަންފީޛުކުރުމުގައި ޢަމަލުކުރަންވީގޮތުގެ ގަވާއިދުގައި ވާރޘި ންނަށް އަންގަންޖެހޭ މަޢުލޫމާތު ހިމެނިފައިވާއިރު އެގޮތަށް ސާފުކޮށްދެވިފައިނުވުމުން (އިސްތިއުނާފުކުރާ ފަރާތް)ގެ ޙައްޤަށް އުނިކަމަށް އައިސްފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
12.16 ވާރި ޘންގު ތެރެއިން މަރަށްމަރު ހިފަން ބޭނުންވާކަމަށް ދަށުކޯޓުގައި ބުނެފައިވާ ފަރާތަކީ މިހާރު މަރަށް މަރު ހިފުމަށް ބޭނުންނުވާ ފަރާތެއް ކަމަށް (އިސްތިއުނާފުކުރާ ފަރާތް)އަށް އަންގާފައިވާއިރު، މިކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅަން ޖެހޭނެކަމަށް.
1.12.16 ދައުލަތުގެ ފަރާތުން އެވިދާޅުވާ (ކުޑަކުއްޖެއްކަމަށްވާތީ ނަންއުނިކުރެވިފައި)އަކީ އޭރު 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަމުން، އޭނަގެ ޙައްޤާ މެދު ބަހެއް ހޯދުމަށް އޭނާ ބާލިޣުވުމުން ކޯޓަށް ހުށަހަޅައި ގޮތެއް ނިންމާނެކަމާއި، ނަމަވެސް މިހާރު އޭނާ ނިޔާވެފައިވެއެވެ. އަދި ވާރޘި ންގެ ތެރެއިން މަރަށް މަރު ހިފަން ބޭނުންނުވާކަމަށް މުޙައްމަދު އަލީ ސިޓއަކުނީ (އިސްތިއުނާފުކުރާ ފަރާތް)އަށް އަންގާފައިވާކަމަށް އެފަރާތުން ފާހަގަކޮށްފައިވާތީ، މިމައްސަލައިގެ ގޮތެއް ނިންމުމުގެ ކުރީން އޭނަގެ ބަޔާން ނެގުން ދައުލަތުގެ ފަރާތުން އެދިފައިވެއެވެ.
13.16 ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާއި ސުޕްރީމް ކޯޓުގެ ނަންބަރު A/23-A/54,2011/SC-SC/2018 ޤާނޫނުއަސާސީގެ 143 (ރ) އަށް ރިޢާޔަތްކޮށް މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަމުން އަންނަ ޤާނޫނީ އުސޫލުތަކާއި، އައިސްފައިވާ ބަދަލުތަކަށް ހައިކޯޓުން ރިޢާޔަތްކޮށްދެއްވުމަށް އެދިފައިވެއެވެ.
1.13.16 ދައުލަތުގެ ފަރާތުން ދެކެނީ މިމައްސަލައިގެ ގޮތެއް ކަނޑައެޅުމުގެ ކރީނު މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަމުން އައި ޤާނޫނުތަކަށް އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކުރުމށެވެ.
14.16 ވާރި ޘން ސާބިތުކޮށްފައިވަނު އިޚްތިސާސް ނެތް ކޯޓަކުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
15.16 ޢަލީ ޙަސަން މަރުވި ސަބަބު ދެނެގަތުމުގައި ޝަރުޢީ އުޞޫލުތަކާއި އެއްގޮތަށް ޖުވެނައިލް ކޯޓުން ޢަމަލުކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. 17 މިމައްސަލައިގައި (އިސްތިއުނާފުކުރާ ފަރާތް)ގެ ފަރާތުން އެދިފައިވަނީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުނުވާތީ ޖުވެނައިލް ކޯޓުގެ ނިންމުން ބާޠިލްކަމަށް ކަނޑައެޅުމަށާއް ފުރިހަމަ ނުވާ ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ ފުރިހަމަ ނޫން ދަޢުވާއެއް ކަމުގައިވާތީ ކުށް ސާބިތުކޮށްފައިވަނީ ޞައްޙަ ނޫން ދަޢުވާއެއްގެ މައްޗަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. 18 ދައުލަތުގެ ފަރާތުން ވެސް އެދި ފައިވަނީ މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅައިދިނުމަށެވެ. 19 މިމައްސަލައިގައި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބަލާއިރު މިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަންތައްތަކަކީ މިމައްސަލައިގައިވެވިފައިވާ ޤަޟާޢީ އިޢުތިރާފު ގެ ސައްހަކަން ކަށަވަރުކުރުމާއި ކުރީގެ ޢަމަލުކުރަމުން ދިޔަ ޤާނޫނީ އުސޫލުތަކުގެ ދަށުން މިމައްސަލައިގައި ހިމެނޭ ޤާނޫނީގޮތުން ކުޑަކުއޖް ޤާނޫނީ ވަކީލަކާ ނުލައި ވާ ޤަޟާޢީ އިޢުތިރާފަށް ބުރަދަން ދެވިދާނެތޯއާއި އިޢުތިރާފުން ރުޖޫޢުވުމުގައި އެކަށީގެންވާ ސަބަބެއް އޮތްތޯއެވެ. މީގެ އިތުރުން އިސްތިއުނާފު ކުރާ ފަރާތުން ވެފައިވާ އިޢުތިރާފުގެ މައްޗަށް ބިނާކޮށް ތަމާލޢުގު އުސޫލުން މިމައްސަލައިގައި ޤަސްދު މަރުގެ އަދަބު ކަނޑައެޅިދާނެތޯއެވެ. ޤަޟާޢީ އިޢުތިރާފް، އިޢުތިރާފު ކަށަވަރުކުރުން، އަދި އިޢުތިރާފުން ރުޖޫޢަވުން 20 ޤާނޫނުއަސާސގީ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. 52ވަނަ މާއްދާ – އިއުތިރާފާއި، ޤާނޫނާ ހިލާފަށް ހޯދާ ހެކި ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ހިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަންކަމެއްނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ގަބޫލުކޮށްގެނެއްނުވާނެއެވެ. 21 ޖިނާއީ ޤާނޫނުގެ އިޞްތިޙާލުގައި އިޢުތިރާފްއަކީ މުއްތަހަމު އޭނާއަށް ތުހުމަތުކުރެވިފައިވާ ކުށުގައި ޝާމިލުވާ ޢަމަލެއް ކުރިކަމަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށްވާ އިޤުރާރެކެވެ. ޖިނާއީ މައްސަލަތަކުގައި އިޢުތިރާފު ދެބަޔަކަށް ބެހިގެންވެއެވެ. މީގެ ތެރެއިން ފުރަތަމަ ބަޔަކީ ޝަރީޢަތުގެ މަޖިލީހުގައިވާ ޤަޟާއީ އިޢުތިރާފެވެ. ދެވަނަ ގޮތަކީ ޝަރީޢަތުގެ މަޖިލީހުން ބޭރުގައިވާ ޤަޟާއީ ނޫން އިޢުތިރާފެވެ. ޤަޟާއީ އިޢުތިރާފަކީ މުއްތަހަމް ޝަރީޢަތުގެ މަޖިލީހުގެ ކުރިމަތީގައިވާ އިޢުތިރާފެވެ. މިގޮތުން ޤަޟާއީ އިޢުތިރާފަކީ ޖިނާއީ މައްސަލައެއް ސާބިތުކުރުމަށް އެންމެ ވަރުގަދަ ހެއްކެވެ. ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފަކީ ހެއްކެއް ކަމުގައި ބެލެވޭނެ ކނަ ސާފުކޮށް އެނގެއެވެ. 22 ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފަކީ ޝަރީޢަތުން އެއަށް ޢަމަލު ކުރަންޖެހޭ ޞައްޙަ އިޢުތިރާފެކެވެ. ޝަރީޢަތުގެ މަޖިލީހުގައި ޤާޟީގެ ކުރިމަތީގައި މީހަކުވާ އިޢުތިރާފުން ރުޖޫޢުވުމާ ގުޅޭގޮތުން އިސްލާމީ ފިޤުހުގައި ބަޔާންކުރެވިފައިވާ ކަންކަމަށް ބަލާއިރު އެފަދަ އިޢުތިރާފު ޤަބޫލުކުރުމާއި ނުކުރުމުގައި ދެ ޙާލަތެއްވއެވެ. މިގޮތުން ފުރަތަމަ ޙާލަތަކީ ހަމައެކަނި މާތުهللا ގެ ޙައްޤު އެކުލެވޭ ކަމެއްގައިވެވޭ އިޢުތިރާފު ކަމާއި، މީގެ މިސާލަކީ އިސްލާމީ 24 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/23-SC/2011 ވަނަ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 5 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/42-SC/2020 ވަނަ ޤަޟިއްޔާގެ 22 ވަނަ ޕެރެގްރާފް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/23-SC/2011 ވަނަ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 5 އބމ 23 ވަނަ ޕެރެގްރާފް ސުޕްރީމް ކޯޓުގެ ނަންބަރު JC/06-Sc/2016 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ ހަތަރުވަނަ ކަމަކީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ޒިނޭފަދަ ކުށްތަކާ ގުޅިގެންވާ އިޢުތިރާފެވެ. ދެވަނަ ޙާލަތަކީ އާދަމުގެ ދަރިއެއްގެ ޙައްޤެއް އެކުލެވޭ ކަމެއްގައި ވެވޭ އިޢުތިރާފއެވެ. މީގެތެރެއިން ފުރަތަމަ ބަޔާންކުރެވުނު ޙާލަތުގައި ވެވޭ އިޢުތިރާފުން ރުޖޫޢުވެއްޖެނަމަ އެކަމުގެ މައްޗަށް ބުރަދަނެއް ދެވިދާނެކަމަށް އިސްލާމީ ފިޤުހު ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންނަމަވެސް ޤިޞާޞްގެ މައްސަލަތައް ފަދަ އާދަމުގެ ދަރިއާގެ ޙައްޤު އެކުލެވިގެންވާ ކަމެއްގައި މީހަކުވާ އިޢުތިރާފުން ރުޖޫޢަނުވެވޭނެކަން އިސްލާމީ ޝަރީޢަތުގެ ފިޤުހު ޢިލްމުވެރިން ލިޔުއްވާފައިވާ އިސްލާމީ ފިޤްހު ފޮތްތަކުން އޮޅުމެއްނެތު ސާފުކޮށް އެނގެން އޮތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސައިން ހުމާމް އަޙްމަދު ވ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ކަނޑައަޅާފައިވެއެވެ. މިމައްސަލައިގައި ވެވުނު އިޢުތިރާފު 23 ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާގައި (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް އުފުލުނު ދަޢުވާގައި އިޢުތިރާފްވެފައިވާ ގޮތަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
1.23 29 މާރިޗް 2012 ގައި ބޭއްވުނު އަޑުއެހުމުގައި، (އިސްތިއުނާފުކުރާ ފަރާތް) އޭނަގެ ބައްޕަގެ ޙާޟިރުގައި ބުނެފައިވަނީ ދަޢުވާ ސާފުވެއްޖެކަމަށާއި ކުށަށް އިޢުތިރާފުވާކަމަށެވެ.
2.23 29 އޭޕްރީލް 2012 ގައި ބޭއްވުނު މަޖިލީހުގައި ކުށުގައި ބައިވެރިވެފައިވާ ގޮތް ސާފުކޮށްދިނުމަށް ޝަރީޢަތުން އެދުމުން ބައިވެރިވެފައިވާ ގޮތް ސާފުކޮށްދެމުން ވަޅި ތޫނުކޮށްދިންކަމަށާއި، ހަށިގަނޑު ފެނުނުތަނަށް ވަޅި ގެންގޮސްދިންކަމަށާއި އަދި އެގޮތަށް ވަޅގެންދިޔައި އޭނާ މަރާލާނެކަން އެނގިހުރެކަމަށް ބުނެފައިވެއެވެ. އަދި އޭގެ އިތުރަށް ޢަލީ ހަސަން އަށް ފާރަލައި، ހެކި ނައްތާލާ ހެކި ފޮރުވުމުގައި ބައިވެރިވިކަމަށް ވެސް އިޢުތރާފުވެފައިވެއެވި ސުޕްރީމް ކޯޓުގެ ނަންބަރު JC/06-Sc/2016 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ ހަތަރުވަނަ ކަމަކީ ޖުވެނައިލް ކޯޓުގެ މަޙްޟަރު ބަޔާންތައް އަދި އޯޑިއޯ ރެކޯޑިންގް ޖުވެނައިލް ކޯޓުގެ މަޙްޟަރު ބަޔާންތައް އަދި އޯޑިއޯ ރެކޯޑިންގް ޖުވެނައިލް ކޯޓުގެ އޯޑިއޯ ރެކޯޑިންގް 24 25 ޖުލައި 2012 ގައި (އިސްތިއުނާފުކުރާ ފަރާތް) ޝަރީޢަތަށް ދިން ބަޔާނުގައި ބުނެފައިވަނީ އަންނަނިވި ފަދައިންނެވެ. މިބަޔާންދީފައިވަނީ (އިސްތިއުނާފުކުރާ ފަރާތް)ގެ ވަކީލް އަދި ބައްޕަގެ ޙާޟިރުގައެވެ. "މައްސަލައާ ގުޅިގެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިމައްސަލާގައި ޝަރީޢަތަށް ދީފައިވާ ބަޔާނަކީ އަޅުގަނޑަށް ބިރުދައްކައިގެން ދީފައިވާ ބަޔާނެއްކަމުގައެވެ. އަދި އަޅުގަނޑު ބޭނުންވަނީ މިމައްސަލަ އަވަސްކޮށްދެއްވައި އަޅުގަނޑު ގޭ ބަންދަށް ބަދަލުކޮށްދިނުމަށެވ" 25 އެދުވަހުގެ މަޖިލީހުގައި (އިސްތިއުނާފުކުރާ ފަރާތް)ގެ ވަކީލް ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ޝަރީޢަތުގައި އިޢުތިރާފްވެފައިވާ ދެކުދިން އެންމެ ފުރަތަމަ ބައިތިއްބާފައިތިބީ ވިލިގިލި ގޮޅީގައިމިމައްސަލައަށް އިޢުތިރާފްވެފައިވާ މިމައްސަލާގައި ހިމެނޭ 18 އަހަރުން މަތީމީހާ މިދެކުދިންނަށް އެއްބަސްވނާ އަމުރުކޮށް އަނިޔާކޮށް އަދި ބިރުދައްކާނެކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން މިމައްސަލައަކީ މީހެއްގެ މަރާ ގުޅިފައިވާ ކަމެއްކަމުގައިވާތީ އަދި މިދެކުދިން ޝަރީޢަތުގައި އިޢުތިރާފުވެފައިވީނަމަވެސް މިދެކުދިންނަކީ ކުޑަކުދިންނަށްވާތީ ވަރަށް ބޮޑެތި މަޖުބޫރުތަކެއްމީގައިވާކަން ފާހަގަކޮށްލަމެވެ. އަދި މިހާދިސާ ހިންގިކަމުގެ ތުހުމަތުގައި ނެގި ބަޔާންތަކަށް މިހުރިހާ ފަރާތްތަކުންވެސް ދަނީ މިކަމަށް އިންކާރުކުރަމުންނެވެ. އެހެންކަމުން، އަޅުގަނޑު އެދެނީ މިކުދިންގެ ބަޔާންތައް އަލުން ނަންގަވާދެއްވުމަށެވެ. މިކުދިން މިވާހަކަ ފުލުހުންނަށް އަންގާފައިވީނަމަވެސް އެބޭފުޅުން މިކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވާ ނުވާކަން ވެސް ފާހަގަކުރަމެވެ. 26 13 ޑިސެންބަރު 2012 ގައި ޝަރީޢަތުގެ މަޖިލީހުގައި (އިސްތިއުނާފުކުރާ ފަރާތް) ބަޔާންކޮށްފައިވަނީ އޭނަ ތަޙްޤީޤަށް ބަޔާނެއް ދީފައިވާނެކަމަށެވެ. 25 ޖުލައި 2012، ޝަރީޢަތުގެ މަޙްޟަރު ބަޔާން 25 ޖުލައި 2012 ގައި (އިސްތިއުނާފުކުރާ ފަރާތް) ގެ ވަކީލްގެ މަޙްޟަރު ބަޔާން 13 ޑިސެންބަރު 2012 އިގެ މަޙްޟަރު ބަޔާން - ބައްޕަގެ ޙާޟިރުގައި އިޢުތިރާފު ކަށަވަރުކުރުން 27 (އިސްތިއުނާފުކުރާ ފަރާތް)ވެފައިވާ އިޢުތިރާފަ ޖުވެނައިލް ކޯޓުގެ ޝަރީޢަތުން ކަށަވަރުކޮށްފައިނުވާކަމަށް ބުނެ އެފަރާތުން ފާހަގަކޮށްފައިވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަކީ "ޤަސްދުގައި މީހކަ މަރާލުމުގައި ބައިވެރިވުން" ކަމަށާއި، އެހެންނަމަވެސް 29 މާރިޗް 2012 ގައި ދީފައިވާ އިޢުތިރާފު ބަޔާނުގއަ ވަނީ "އަޅުގަނޑުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ގަސްދުގައި މީހަކު މަރާލުމާއި ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުން ކުށުގެ ދަޢުވާ އަޅުގަނޑަށް ސާފުވެއްޖެއެވެ. އަޅުގަނޑު މިދަޢުވާއަށް އިޢުތިރފުވަމެވެ." މިގޮތަށކަމަށާއި އެހެންކަމުން ޝަރީޢަތުގެ ފަރާތުން ހާދޘި ހިނގާފައިވާ ގޮތް ސފުކޮށްފައިނާ ވާކަން އެނގޭ ކަމަށު އެފަރާތުން ބުނެއެވެ. 28 ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީސް ކުރިއަށް ގެންގޮސްފައިވަނީ މިހާރު ޢަމަލުކުރެވެމުންދާ ޖިނއާ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަންފެށުމުގެ ކުރިން 2012 ވަނަ އަހަރު ގައެވެ. އޭރު ޢަމަލުކުރެވެމުން ދިޔަ އުސޫލުތަކަށް ބަލާއިރު، ޝަރީޢަތުގެ މަޖިލީހުގައި ދެކެވޭ ވާހަކަތައް އަކުރުން އަކުރަށް މަޙްޟަރުނުކުރެވެއެވެ. އެހެންނަމަވެސް، ޖިނއާ ބޮޑެތި މައްސަލަތަކުގައި އަޑުއެހުންތަކުގެ އޯޑިއޯ ރެކޯޑުކުރެވޭތީ، މައްސަލައިގެ ބާވަތަށއާ އިސްތިއުނާފުކުރެވިފައިވާ މިނުކުތާއަށް ބަލައި މިކޯޓުން އެއޯޑިއޯ ރެކޯޑިން ހޯދިފައިވާނެއެވެ. 29 މިގޮތުން، ޝަރީއަތުގެ ރެކޯޑިންގައި، (އިސްތިއުނާފުކުރާ ފަރާތް) ކުށުގައި ބައިވެރިވެފައިވާ ގޮތް ސާފުކުރުމުގެ ގޮތުން ޝަރީއަތުން ތަފްސީލްކޮށް ސުވާލުކޮށްފައިވެއެވެ. އަދި، ބަޔާނުގައި "ގަސްދުގައި މީހަކު މަރާލުމާއި ޤަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުން ކުށުގެ ދަޢުވާ" އަށް އިއުތިރާފުވާކަމަށް އޮތްއޮތުމާމެދު ތުހުމަތުކުރެވުނު ފަރާތްތަކުން ސުވާލުކުރުމުން އެގޮތަށް ލިޔެވިފައިވަނީ ދައުލަތުން ހުށަހެޅި ދަޢުވާގެ ނަމުގެ މައްޗަށް ބަލައިކަމާއި (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ކުރެވެނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ގާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) މިކޯޓުގެ ނަންބަރު B9/147/2021/2-95 ސީޓީގެ ޖަވާބުގައި ޖުވެނައިލް ކޯޓުން ދީފައިވާ ނަންބަރު D/95/2021/7-147 ސ ޓީ. ކުށްކަމާއި ސީޣާގައި ހިމެނިފައިވާ މާއްދާތަކަށް ޙަވާލާދީ ޝަރީޢަތުން ސާފުކޮށްދީފައިވެއެވެ. އަދި، (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ކުރެވުނީ ބައިވެރިވުމުގެ ކުށުގެ ދަޢުވާކަމުން އިޢުތިރާފް ވެސް އޮތީ އެމޭރުމުން ކަން ޝަރީޢަތުން ސާފުކޮށްދީފައިވެއެވެ. އެހެންކަމުން، މަޙްޟަރު ބަޔާނުގައި އެހެން ލިޔެވުނު ގޮތް ސާފުވެފައިއޮތުމުން، އެކަމުގެ މައްޗަށް ބަލައި (އިސްތިއުނާފުކުރާ ފަރާތް) ވެފައިވާ އިޢުތިރާފަކީ ޝަރީޢަތުން ކަށަވަރުނުކުރާ އިޢުތިރާފެއް ކަމުގައި ބެލެވިދާނެކަމުގައި ނުދެކެމެވެ. އިޢުތިރާފު ރުޖޫޢަވި ސަބަބު ސާބިތުކުރުން 30 އިޤްރާރު ޞައްޙަވުމުގެ ޝަރުޠު ފުރިހަމަވާ ގޮތަށް މީހަކު ވާ އިޤްރާރުގައި އެހެންމީހެއްގެ ޙައްޤެއް އެކުލެވޭނަމަ އެއިޤްރާރާއި އެއްގޮތަށް ޙުކުމްކުރުމަކީ ފަނޑިޔާރަށް ލާޒިމްކަމެއްކަމަށާއި، އެމީހަކުވީ އިޤްރާރާއި ޚިލާފަށް އެމީހަކު ބުނާނަމަ އެކަން ސާބިތުކޮށްދިނުމަކީ އެއިޤްރާރު ވީމީހާގެ ޒިންމާއެއްކަމަށް މިކޯޓުގެ އަޙްމަދު މުއރަތް ވ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ޤަޟިއްޔއާއާ ފާޠިމަތު ހަނާ ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ ގައި ޤާއިމުކުރެވިފައިވެއެވެ. މިމައްސަލައަކީ ޤަސްދު މަރެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލިފައިވާ މައްސަލައެއްކަމުން ބުނެވިދިޔަ ޤާނޫނީ އުސޫލުތަކަށް ރިޢާޔަތްކުރާއިރު މިބާވަތުގެ މައްސަލައެއްގައި ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފަކުން ރުޖޫޢަނުވެވޭނެއެވެ. 31 ފުރަތަމަ މަރޙު ލާގައަ (އިސްތިއުނާފުކުރާ ފަރާތް)ގެ ފަރާތުން ބުނެފައިވަނީ މިމައްސަލައިގައި ތުހުމތުކުރެވުނަ އިބްރާހިމް ވަސީމްއާ އެއްގޮޅިއެއްގައި އޮތް އިރު އޭނާއަށް ބިރު ދައްކާފައިވާތީ، "ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ހުރެ" އިޢުތިރާފްވީކަމަށެވެ. ބިރު ދެއްކުމުގެ ގޮތުން ބުނި ޢިބާރާތްތަކެއް ނުވަތަ އޮތް ނުރައްކަލަކީ ކޮބައިކަން އެނގެން ނެތްއިރު އެހާލަތަކީ އެއީ މިފަދަ ޖިނާއީ ކުށަކަށް އިޢުތިރާފްވުމަށް އެކަށީގެންވާ ފަދަ އޯޑިއޯ ރެކޯޑިންގް ހައިކޯޓުގެ ނަންބަރު 2013/HC-A/84 ހައިކޯޓުގެ ނަންބަރު A/11-HC/2013 ސ 16 ނުރައްކަލެއް އޮތް ބިރުދެއްކުމެއް އޮތް ހާލަތެއްކަމެއްކަން އެނގެން ނެތެވެ. އަދި އެފަދަ ބިރުވެރިކަމެއް އުފެ ދދާނި ޢިބާރާތެއް ބުނެފައިވާ ނުވަތަ ޢަމަލެއް ހިނގާފައިވކަނާ ވެސް އެނގެން ނެތެވެ. 32 މިމައްސަލައިގައި (އިސްތިއުނާފުކުރާ ފަރާތް)ގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ދިން ބަޔާނުގައި، ޢަލީ ޙަސަން މަރާލުމަށް ވަޅިއެއް ވަކިތަނަކަށް ގެންގޮސްދީފައިވާކަމަށާއި، ޢަލީ ޙަސަންއަށް ފާރަލިކަމަށާއި އަދި ފަހުން ހެކި ނައްތާލާފައިވާނެކަމަށް ބުނެފައިވާއިރު، މިފަދައިން އިޤުރާރުވެފައިވަނީ، އޭނާއާ އެކު އެއް ގޮޅިއެއްގައި އޮތް ބޮޑު މީހަކު އޭނާއަށް އަނިޔާ ކުރާނެކަމަށް ބުނާތީކަމަށް (އިސްތިއުނާފުކުރާ ފަރާތް)ވަނީ ފާހަގަކުރިއެވެ. (އިސްތިއުނާފުކުރާ ފަރާތް)ގެ ބަޔާނުގައި އޭނާ އިޢުތިރާފުވަނީ ވަޅިތޫނުކުރުމުގައިއާއި ގެންދިއުމުގައި އެހީތެރިވެދިނުންފަދަ މައްސަލައިގެ ނިސްބަތުން ކުދިކުދި ކަންތައްތަކަށެވެ. މެރުމުގެ ހާދި ޘާގައި ބައިވެރިވުންފަދަ މައްސަލައެއް އެންމެ މުހިއްމު ވާޤިޢަތްތަކާއި މެދު އިޢުތިރާފުނުވެއެވެ. އަދި ތަޙްޤީޤަށް ބަޔާން ދިން އިރު، އިޢުތިރާފުވެފައިވަނީ ބިރުދެއްކިކަމަށް ބުނާ އިބްރާހިމް ވަސީމްއާ ދެމީހުން ޢަލީ ޙަސަން އަށް ފާރަލި ވާހަކާއާއި ވަޅި ގެންގޮސްދިނުން ފަދަ ދެމީހުން ވެސް ކުށްވެރިވާ ފަދަ ކަންތައްތަކަށް ކަމުގައިވާއިރު މީހަކު ބިރު ދައްކައިގެން އިޢުތިރާފުވާން ޖެހޭ ފަދަ މަޖްބޫރީ ހާލަތަކާ ހުރެ ކުށަކަށް އިޢުތިރާފުވާ ހާލަތުގައި ބިރުދައްކާކަމަށް ބުނާ މީހާވެސް ކުށްވެރިވާގޮތަށް ދޮގު ބަޔާނެއް ދިނުމީ ބުއްދީގެ ހަމަތަކުން ބަލާއިރު ހަމަޖެހޭ ވާހަކައެއް ނނ ކަން ފާހަގަކުރެވެއެވެ. އަދި ބިރުދެއްކުމުގެ ގޮތުން އަނިޔާކުރާނެކަމަށް ބުނިކަމަށް ބުނެފައިވާއިރު މިއީ (އިސްތިއުނާފުކުރާ ފަރާތް) ނުކުރާކަމެއް ކުރިކަމަށް ބުނެ ކުށެއްކުރިކަމުގެ މައްޗަށް އިޢުތިރާފުވުމަށް އޮތް މަޖުބޫރީ ޙާލަތެއް ކަމުގައި ބެލެވެންނެތެވެ. 33 ބަޔާންވެދިޔަ އެންމެހައި ކަންތައްތަކަށް ބަލާއިރު، 29 ވަނަ ޕެރެގްރާފްގައި ބަޔާންކުރެވުނު ޤާނޫނީ އުސޫލުތަކަށް ރިޢާޔަތްކޮށް، ޖުވައިނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޤާޟީގެ ކުރިމަތީގައި ޢަލީ ޙަސަން މަރާލުމުގެ ކުށުގައި ބައިވެރިވެފައިވާކަމަށް (އިސްތިއުނާފުކުރާ ފަރާތް) އަމިއްލަ ރުހުމާއި އިޚްތިޔާރުގައި އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި އޭނަގެ ބައްޕަގެ ޙާޟިރުގައި ވެފައިވާ އިޢުތިރާފަކީ ޞައޙް އިޢުތިރާފެއް ކަމުގައި ބަލަންޖެހޭކަމުގައި ދެކެމެވެ. (ނަންއުނިކުރެވިފައި) ވ ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާ އާއި މިމައްސަލަ 34 މިހާދޘި ގައި ތުހުމަތުކުރެވުނު އެއްފަރާތެއް ކަމުގައިވާ (ދަށުކޯޓުގައި ދައުވލިބާ ފަރާތް 1) ގެ ފަރާތުން އޭނާގެ މައްޗަށް ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާއިން ކުރެވުނު ޙުކުމް އިސްތިއުނާފުކުރުމުން މިކޯޓުން ބެލުނު (ނަންއުނިކުރެވިފައި) ވ ޕްރަސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ނ) ގައި ކުޑަކުއްޖަކު ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ނެތި، މަރުގެ ޙުކުމް އަތުވެދާނެ ފަދަ މައްސަލައެއްގައި ވެފައިވާ އިޢުތިރާފަކަށް ބާރު ލިއްބައިދޭ އިތުރު އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި އެއިޢުތިރާފަކީ އެއްވެސް ޝައްކެއް ނެތް ޞައްޙަ އިޢުތިރާފެއްކަމުގައި ބެލެވެން ނެތް ކަމށަ ކަނޑައަޅުއްވާފައިވާކަމަށް (އިސްތިއުނާފުކުރާ ފަރާތް)ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. 35 އަދި މިމައްސަލައިގައި އިޢުތިރާފް ބަޔާންދިންއިރު، (އިސްތިއުނާފުކުރާ ފަރާތް) އަކީ ޤާނޫނީގޮތުން ކުޑަކުއްޖެއްކަމަށާއި، ބަޔާންދީފައިވަނީ ޤާނޫނީ ވަކީލެއްގެ ޙާޟިރުގައި ނޫން ކަމާއި ފަހުން ވަކީލެއް ޢައްޔަނުކޮށް އިޢުތިރާފުން ރުޖޫޢަވެފައިވާކަމަށާއި (އިސްތިއުނާފުކުރާ ފަރާތް)ގެ ބަޔާނަށް ބާރު ލިބިދޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާކމަށާއަ މިދެޤަޟިއްޔާގެ ވަޤާއިޢުތައް ތަފާތެއް ނެތި އެއްގޮތްވުމުން އެއުސޫލު މިމައްސަލައަށް ތަޠްބީޤުކުރެވެންވާނެކަމަށް (އިސްތިއުނާފުކުރާ ފަރާތް) ފާހަގަކުރެއެވެ.
36 . އަދި ދައުލަތުން ވެސް ފާހަގަކޮށްފައިވަނީ، ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުން ރުޖޫޢަވުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކަށް ވުރެ ބޮޑަށް މިމައްސަލައަށް ތަޠްބީޤުކުރެވޭނީ ހަމަ މިހާދޘި ގ މައްޗަށް ބިނާކޮށް ކަނޑައެޅިފައިވާ އުސޫލުކަމާއި އެހެންކަމުން، އެކަމަށް ރިޢާޔަތްކޮށް މިމައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. 37 ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ށ) ގައި، މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރު މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. މަތީ މަރޙު ލާގެ ނިންމުންތަކަކީ އެމައްޗަށް ޢަމަލުކުރުން ލާޒިމް ނިންމުންތަކެއް ކަމުގައިވާއިރު، އެއް މަރުޙަލާގެ ނިންމުންތަކުގައިވެސް އެއްގޮތް މައްސަލަތަކުގައި އެއްއުސޫލުތައް ދަމަހައްޓަންވާނެކަމުގައި ދެކެމެވެ. އެހެންނަމަވެސް، ވަޤާއިޢު އަދި ހާލަތު ތަފާތުނަމަ މަތީ މަރޙު ލާގަ ނިންމުމެއްވެސް ތަފާތުކުރެވިދާނެކަންސުޕްރީމް ކޯޓު ގެ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ވ މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިން އެނގެއެވެ. 38 ހައިކޯޓުގެ (ނަންއުނިކުރެވިފައި) ވ ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާ ގައި ކަނޑައެޅިފައިވާ އެއް އުސޫލަކީ މަރުގެ އަދަބު އަންނަ ބޮޑެތި ކުށްތައް ކުޑަކުދިންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ ބާރުދޭ ހެކި ހުށަހެޅުމެއް ނެތި އއިޢުތިރާފެ ބަލައނުގަތުމެވެ. 39 ވަކީލަކާ ނުލައި ކުޑަކުދިންވާ އިޢުތިރާފްގެ އުސޫލަށް ބަލާއިރު، މިމައްސަލައިގައި ޖުވެނައިލް ކޯޓުގެ ރެކޯޑިންގ ތައް އަޑުއެހުމުން، ދިފާއީ ވަކީލެއްގެ ޙައްޤު ލިބިގެންވާކަމާއި ވަކީލު ފުރުސަތެއް އޮތް ކ މާއި، މާލީ ފުދުންތެރިކަން ނެތް ނަމަ ދައުލަތުގެ ވަކީލްގެ ފުރުސަތުއޮތް ކަން އަންގާ އެކަމަށް ވަރަށް ބޮޑަށް ޝަރީޢަތުން ބާރު އަޅާފައިވެއެވެ. ވަކީލެއްގެ އެހީތެރިކަން ކުއްޖާ ބޭނުންނުވާކަމަށް ބުނުމުން ބެލެނި ވެރިޔާގެ ފަރާތުންވެސް އެކަން ސާފުކޮށްފައިވެއެވެ. އަދި އެމަޖިލީހުގައި އިއުތިރާފުވުމުން، ޖެހިގެން އައި އަޑުއެހުމުގައި އިޢުތިރާފު ގާނޫނު ނަންބަރު 13/2010 ] 2021} SC 60 ކަށަވަރުކުރުމުގެ ކުރިން ޖުވެނައިލް ޖަސްޓިސް ޔުނިޓު މެދުވެރިކޮށްވެސް މިޙައްޤު އޮތް ކަން ބުނެދީ ބެލެނިވެރިން ބޭނުންނުވިނަމަވެސް ކުއްޖާ އެޙައްޤު ބޭނުންވާނަމަ އެފުރުސަތު އޮތް ކަން ޔަޤީންކޮށްފައިވެއެވެ. 40 އެހެންކަމުން، ވަކީލު ޙައްޤު ހޯދައިދިނުމަށް އެތަކެއް މަސައްކަތެއް ޝަރީއަތުން ކޮށްފައިވާކަން އެނގެން އޮވެފައޮ އެޙައްޤު ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ ދޫކޮށްލީކަން އެނގެނެ އޮތް މިހާލަތުގައި ވަކީލަކު ނެތި ވީ އިޢުތިރާފަށް ކަމުގައިވާތީ ހަމައެކަނި އެސަބަބަށްޓަކައި އެއިޢުތިރާފަށް ބުރަދަނެއް ދެވެން ނެތް ކަމަށް ބެލުމީ އިންސާފުވެރިގޮތެއް ކަމުގައި ނުދެކެމެވެ. 41 އަލަށް ޢަމަލުކުރެވެން ފެށުނު ކުޑަކުދިންގެ އަދުލުގެ ގާނޫނު ގެ ދަށުން ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ދައުވާގެ ޝަރީއަތް ހިންގަންވާނީ، އެކުއްޖާގެ ދިފާއުގައި ވަކާލާތުކުރާނެ ގާނޫނީ ވަކީލެއްގެ އެހީ ލިބިދިނުމާއެކުގައެވެ. އެޤާނޫނުގައި ބަޔާންކުރަނީ ކުޑަކުއްޖަކަށް ގާނޫނީ ވަކީލަކާ ނުލައި އެއްވެސް ޝަރީއަތެއް ބޭއްވިއްޖެނަމަ، ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ކުށުންބަރީއަވާން މަސައްކަތްކުރުމަށް ގާނޫނުއަސާސީގެ ދަށުން އެކުއްޖާއަށް ލިބިދޭ ހައްގު ހިފެހެއްޓުނީ ކަމުގައި ބަލަންވާނކަމަށެވެ ސުވާލަކީ ދިފާޢީ ވަކީލަކާ ނުލައި މިޤާނޫނުގެ ކުރިން ހިނގާފައިވް މައްސަލަތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވިއްޖެ ހާލަތެއްގައި މިމާއްދާއަށް ރިޢާޔަތްކޮށް އެނިންމުމަށް ބަދަލުކުރަންޖެހޭނެތޯއެވެ.ޖިނާއީ ޤާނޫނުތައް "ރަޖްޢީ"ކޮށް މާޟީގައި ހިނގާފައިވާ ވާޤިޢާތަކެއްގެ މައްޗަށް ތަޠްބީޤުނުކުރުމުގެ މަބްދަޢު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ ޙަސަން ޢަބްދުﷲ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. ބުނެވިދިޔަ ޤަޟިއްޔާގައި، ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވަނީ، އަލަށް ޢަމަލުކުރަންފެށޭ ޖިނާއީ ޤާނޫނެއް، އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވާޤިޢާއެއްގެ ޤާނޫނު ނަންބަރު 18/2019 ޤާނޫނު ނަންބަރު 18/2019 ގެ 65 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 18/2019 65 ވަނަ މާއްދާގެ (ށ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/23-SC/2011 ވަނަ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 7 ގެ (ށ) މައްޗަށް ތަޠްބީޤުނުކރެވޭނެކަމަށެވެ. އަދި، މިއުޞޫލަށް ޢަމަލުކުރުމުގައި ރިޢާޔަތްކުރުން ލާޒިމްވެގެންވާ އަސާސީ ޝަރުޠަކީ، އަލަށް ޢަމަލުކުރަން ފެށޭ ޖިނާއީ ޤާނޫނުން މުއްތަހަމުގެ މަޞްލަހަތަށް އަސަރުކުރާގޮތް ބެލުން ކަން އެޤަޟިއްޔާއަށް ބެލުމުން އެނގެއެވެ. ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ކުށުން ބަރީއަވާން މަސައްކަތްކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. އެހެންނަމަވެސް، މިއަސާސީ ޙައްޤު ބޭނުންކުރުމަކީ، އޭރު ޢަމަލުކުރެވުމުން ދިޔަ އިޖުރާއަތަށް ބަލާއިރު، ކުށުގެ ދަޢުވާ އުފުލިފައިވާ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ އިޚްތިޔާރަށް ދޫކުރެވިފައިވާ ޙައްޤެކެވެ. އެހެންކަމުން، ކުޑަކުއްޖަކު އެއިޚްތިޔާރު ދޫކޮށް ހިންގިފައިވާ ޝަރީޢަތްތަށް އަލަށް ތަޢާރުފުކުރެވުނު ޤާނޫނުގެ ދަށުން ބާޠިލްކުރަންޖެހޭނެކަމުގައި ނުދެކެމެވެ. 42 ދެން ބަލާލަން ޖެހެނީ، ވަކީލާއެކު ޙާޟިރުވެ ހުރެ އިޢުތިރާފުން ރުޖޫޢަވި އިރު، ހަރުދަނާ އެކަށޭނެ ޤާނޫނީ ސަބަބެއް ވަކީލުގެ އެހީގައި ކުއްޖާއަށް ދެއްކިފައިވޭތޯއެވެ. މިރަޢުޔުގެ 32-30 ވަނަ ޕެރެގްރާފްގައި ހުރި ކަންތައްތަކަށް ބަލާއިރު އެފަދަ އެކަށީގެންވާ ޤާނޫނީ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ. 43 މިމައްސަލައިގައި އިޢުތިރާފުވާން ޖެހޭފަދަ ބިރުވެރިކަމެއް އޮތް ކަން ސާބިތުކޮށްދިނުމުގެ ގޮތުން، (އިސްތިއުނާފުކުރާ ފަރާތް) ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު C/2013-Cr/357 ޤަޟިއްޔާގައި (އިސްތިއުނާފުކުރާ ފަރާތް) ހެއްކެއްގެ ގޮތުގައި ހާޟިރުކުރެވުނު އިރު އެމައްސަލައިގައި ތުހުމަތުކުރެވުނު އިބްރާހީމް ވަސީމް އެކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނެވެ. މިއީ ޖްވެނައިލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ލިބިފައިވާ ހެއްކެއް ނޫނެވެ. 44 ކްރިމިނަލް ކޯޓުގެ ނަންބަރު C/2013-Cr/357 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އިބްރާހިމް ވަސީމް ބުނެފައިވަނީ "މައްސަލަ ތަޙްޤީޤުކުރަން އުޅުނު ޓީމުން އަޅުގަނޑު ކާރީބުނިގޮތަށް އަޅުގަނޑު ކަންތައް ކުރިން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/23-SC/2011 ވަނަ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 7 ގެ (ނ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/23-SC/2011 ވަނަ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 7 ގެ (ށ) އަޅުގަނޑު މީނާ ކައިރީގައި އެއްބަސްވާށޭ، އެއްބަސްވެއްޖިއްޔާ ތިން މީހުންވެސް ދޫކޮށްލާނަޔޭ. މައްސަލަ ތަޙްޤީޤު ޓީމުން އެބަބުނެއޭ މިހެން އެއްބަސްވެއްޖިއްޔާ އަދި ތިމަންނަމެންދޭ ބަޔާނުގައި ސޮއިކޮށްފިއްޔާ ތިން މީހުންވެސް ދޫކޮށލާނެކަމަށް. އަދި ސޮއިނުކޮށްފިއްޔާ ތިން މީހުންނަށްވެސް އަނިޔާކްރާނެކަމަށް. އެހެންވެ އަޅުގަނޑު އެގޮތަށް ބުނިން. ސަބަބަކީ މިދެމީހުންނަކީ ވެސް އަޅުގަނޑުގެ ކޮއްކޮ ކަހަލަ ދެމީހުން" މިފަދައިންނެވެ. (އިސްތިއުނާފުކުރާ ފަރާތް) ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ދޭހަވަނީ އިބްރާހީމް ވަސީމް (އިސްތިއުނާފުކުރާ ފަރާތް) އަނިޔާކުރާނެކަމުގެ ބިރުވެރިކަމެއް އޮތް ވާހަކަކަމުގައިވާއިރު، އިބްރާހީމް ވަސީމްގެ ކްރިމިނަލް ކޯޓުގައި ބުނެފައިވާ ބަހުން ދޭހަވަނީ ތަޙްޤީޤު ޓީމުން އަނިޔާކުރާނެ ވާހަކަ ބުނި ކަމަށެވެ. އެހެންކަމުން، މިބަޔާނަށް ބުރަދަނެއް ދޭން ބަލާއިރު، މިދެބުނުމުގައި ބޮޑެތި ފުށުއެރުންތައް ހުރިކަން އެނގޭކަމާއި، އަދި އިބްރާހީމް ވަސީމް ކްރިމިނަލް ކޯޓުގައި ބުނިބުނުމަކީ ތެދުކަމުގައި ބެލިނަމަވެސް ވެސް، އެއީ މީހަކު ނުކުރާކަމަކަށް އެއްބަސްވާންޖެހޭ ވަރުގެ ބިރެއް ކަމުގައި ޤަބޫލެއް ނުކުރެވެއެވެ. 45 މީގެ އިތުރުން (ނަން އުނިކުރެވިފައި) ވ ޕްރޮސިކިއުޓަރ ޖެނެރަލް މިމައްސަލައިގެ އިޢުތިރާފު ބަޔާނާއި (އިސްތިއުނާފުކުރާ ފަރާތް)ގެ ބަޔާނުގައި ތަފާތުތަކެއް ހުރިކަން ފާހަގަވެސް ކުރެވެއެވެ. ހައިކޯޓުގެ އެޤަޟިއްޔާގައި ބޮޑަށް ބާރު އެޅިފައިވަނީ (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1)ގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮތީ ޢަލީ ޙަސަން މަރާލަންޖެހޭކަމަށް ބުނެ ބަޔަކު ވާހަކަ ދެއްކިކަން އަދި ޢަލީ ޙަސަން މަރާލުމަށްޓަކައި ބޭނުންކުރި ވަޅިތޫނުކުރުމާއި އެވަޅި ބަޔަކު ފޮރުވި އިރު އެކަން (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1) އެނގިފައިވާކަމަށް ބުނެފައިވާ ބުނުންކަން އެނގެން އޮތުމުން (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް 1)ގެ މައްޗަށް ދައުލަތުގެ ފަރާތުން ހުށަހެޅި ދަޢުވާގައި ބުނާ ޤަސްދުގައި މީހަކު މަރާލުމުގައި (ދަށުކޯޓުގައި ދައުވާލިބޭ ފަރާތް
1) ބައިވެރިވެފައިވާކަމުގެ މައްޗަށް އެ ބަޔާނުން އިޢުތިރާފު ލިބިފައިނެތުމުގެ މައްޗަށެވެ. އެހެންނަމަވެސް، އިބްރާހީމްގެ ވަސީމް 02 މާރިޗު 2016 ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާން. (އިސްތިއުނާފުކުރާ ފަރާތް) ޝަރީޢަތުގައި ވީ އިޢުތިރާފއާ ތަޙްޤީޤު ބަޔާނުގައިވާ ވާހަކަތަކަށް ބަލާއިރު ޢަލީ ޙަސަން މަރާލުމަށް ބަޔަކު ވާހަކަ ދެއްކިތަނުގައި ހުރެ އެކަން އަޑުއިވުމުގެ އިތުރަށް އޭނާގެ ގެއިން ހިލަކޮޅެއް ގެނެސް ވަޅި ތޫނުކޮށްދިންކަމަށް ބުނެފައިވާއިރު އެވަޅި މަރާލި ކަމަށް ބެލެވޭ ތަނަށް ގެންގޮސްދިންކަމަށް އިޢުތިރާފުވާކަން ސާފުކޮށް އެނގެއެވެ. އަދި އެވަޅި އެތަނަށް އެގެންދަނީ ޢަލީ ޙަސަން މަރާލުމަށް ކަން އޭނާއަށް އެނގޭކަމަށް ޝަރީޢަތުގެ މަޖިލީހުގައި ސާފުކޮށް ބުނެއެވެ. އެހެންކަމުން، (އިސްތިއުނާފުކުރާ ފަރާތް)ގެ ފަރާތުންވީ އިޢުތިރާފުން އޭނާގެ ބައިވެރިވުން މިމައްސަލައިގައި އޮތް ގޮތް ސާފުވެފައި ޢަލީ ޙަސަން މަރާލުމުގެ ނިޔަތް އޮތް ކަން އެނގިހުރެ ކުށް ކުރުމަށް ބޭނުންކޮށްފާނެ އާލާތެއް ގެންދިއުމުގައި ބައިވެރިވެފައިވާކަން އެނގެން އޮތުމުނެ މިދެމައްސަލައިގެ ހާލަތު ތަފާތު ކަމުގައި ދެކެމެވެ. 46 ބުނެވިދިޔަ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރާއިރު (ނަން އުނިކުރެވިފައި) ވ ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުސޫލު މިމައްސަލައަށް އެގޮތުގައި ތަޠްބީޤުކުރުމީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކެމެވެ. ގިނަބަޔަކުއެތައް އަމަލުތަކަކުން ކުރާކުށް 47 ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާގައި (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ދަޢުވާ އުފުލިފައިވަނީ ޤނޫނުލްއާޤބާތޫ (ޗެޕްޓަރ 1) ގެ ދަށުންނެވެ. އެޤާނޫނުގައި ގިނަބަޔަކު އެތައް ޢަމަލުތަކަކުން ކުރާކުށް ތަޖްރީމް ކުރެވި ތަފްސީލް ގެނެވިފައިވަނީ އަންނަނިވި މާއްދާތަކުގައެވެ. 11 ވަނަ މާއްދާ – ގިނަބަޔަކުއެތައް އަމަލުތަކަކުން ކުރާކުށް A/127-HC/2016 ޤަޟިއްޔާ (ގާނޫނު ނަންބަރު 1/1981) އެތައް އަމަލުތަކަކުން، ކުށެއްކުރާއިރު، އޭގެތެރެއިން އަމަލެއް ނުވަތަ އަމަލެއްގެ ބައެއް ގސްދުގައިކުރާ މީހަކީ، ނުވަތަ ބަޔަކީ، އެކުށްކުރި މީހުންނެވެ. ނަމަވެސް އެތައްބަޔަކު، ބެހިފައިވާނަމަ، ކުށަށް ކަނޑައަޅާފައިވާ އަދަބުގެ ތެރެއިނަ އެކިމީހުން ބެހުނު މިންވަރުން އަދަބު ދިނުން ތަފާތުކުރުމުގެ އިހްތިޔާރު ގާޒީއަކަށް ލިބިގެންވެއެވެ. 12ވަނަ މާއްދާ – "ކުށެއްގެ އ ބައިވެރިވުނަ " ކުށެއްގައި "ބައިވެރިވުން" އެއް- : […] މާނައެއްގައި ކުށެއްކުރުމަށް ނަސޭހަތްތެރިވުން، ފާޑު ކިޔައިދިނުން ނުވަތަ މިއިން ކަމަކަށް ސީދާ ނުވަތަ ނުސީދާ ގޮތަކަށް އިޝާރާތް ކުރުމާއި، ށ. އެކުށަކާމެދު، މީހަކާ ސައްލާކޮށް ކުށެއްގައި ބައިވެރި ވުމަށްޓަކައި އެއްވެސް އަމަލެއް ކުރުމާއި، ނ. އެކުށެއް ކުރުމަށްޓަކައި، އެއްވެސް މާނައެއްގައި އެހީވެ ދިނުމެވެ. 13 ވަނަ މާއްދާ - "ކުށެއްކުރަން އެހީވުނ" ކުށެއްކުރުމާއި "އެހީވެގެން" މީހަކު ކުށްވެރިވާނީ، އެކުށެއް ރޭވުމުގައި ބައިވެރިވުމުން، ނުވަތަ ރޭވުމުގަ މަޢުލޫމާތު ލިބިހުރެ އެކުށް ކުޅައުމަށް ފަސޭހަވާފަދަ އެއްވެސް އަމަލެއް ކުރުމުން ނުވަތަ ކޮށްދިނުމުންނވެ. 48 މިމައްސަލައިގައި (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް އަދަބު ކަނޑައެޅުމުގައި ޖުވެނައިލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ އިސްލާމީ ފިޤުހުގައި ބަޔާންކޮށްފއިވަ "ތަމާލޢު" ގެ އުޞޫލެވެ. އިސްލާމީ ޝަރީޢަތުގައި ތަމާލުޢުގެ އުސޫލަށް ދަލީލު ލިބިދެނީ، އެންމެ މީހަކު މަރާލުމުގެ ކުށުގައި އަޙުލުއްސަންޢާ ގެ 07 މީހަކު މެރުމަށް އިސްލާމީ ޚިލާފަތުގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު، އަމުރުކުރެއްވި ކުރުމުގެ މައްޗަށެވެ. 49 ތަމާލޢު ގ އުޞޫލުގެ ތަޢުރީފާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުއުފެދިފައިވެއެވެ. އެހެންނަމަވެސް، ކުރިން ވަކި މީހަކު މަރާލުމަށް ރާވާ އެއްބަސްވުމަށްފަހު އެކަމުގައި ބައިވެރިވާ ކޮންމެ މީހަކުމެ އެކަން ކުރުމުގެ ޤަޞްދު އޮވެގެން އެމީހަކު ކުރާ ވަކިވަކި ކަންކަމަކީ ޤަތުލުވެގެންދާނެ ކަމަކަށް ނުވިނަމަވެސް، އެއެންމެން ޤަޞްދުގައި މީހަކު މަރާލިކަމަށް ބެލެވޭނެކަމަށް ޖުމުހޫރުން އިއްތިފާޤުވެއެވެ. It is narrated in Al-Musannaf Abi Shaibah, Vol. IX, page 347 that— "The husband of a woman of the city San'a disappeared by leaving her step-son in the house. In his absence, the woman had illicit relations with a person and said to her friend that this child will nickname them by disclosing their relation and asked him to kill the child. When he refused to do so she discontinued her illicit relation with him. Ultimately, the woman, her friend, her servant and another person jointly agreed to kill the child. After killing, they cut his body into pieces and then threw it into a well. When the incident came to the knowledge of the people the Governor of Yemen arrested the persons concerned. He and other culprits make confession before him. The Governor of Yemen brought the matter into the notice of Hazrat Umar. In reply, Hazrat Umar ordered him to kill all of them and said "By God, if all the inhabitants of San'a participated in committing this crime, I would have killed all of them." , Hazrat Umar was not sure about the correctness of his decision until he asked Hazrat Ali that 'if you apprehended several persons in committing a crime of theft, would you order amputation of their hands?' Hazrat Ali said, yes! 'The same principle would be applied here.'Then, Hazrat Umar ordered to kill all of them." (Al-Mufiqat fi Asul al-Shari'ah, Labi Ishaque Al-Shatibi, Vol. Ill, page 11 Dar al-Ma'rafat, Beirut, Lebanon). There is another incident that Hazrat Ali had also ordered the execution of three persons in retaliation of killing a single person. It is thus so stated in as under:— Likewise, Hazrat Ali also executed, many persons in retaliation of one person (This precedent is followed by the majority of Jurists and Companions of the Holy Prophet). . In Fiqh terminology, two words Tawafuq and Tamalu' are very common to denote such a situation. There is, however, a big difference between the Hanafis and the rest of the Jurists in determining the meaning of Tamalu'. According to Jumhoor Tamalu' is like Tawafuq to commit a crime jointly without having prior agreement or conspiracy, that is to say they just agree on the spot to commit a crime jointly without prior planning and agreement. While according to Malikis Jurists, Tamalu' meant to commit a crime jointly by several persons in furtherance of common intention and prior agreement. According to Maliki each member of the group shall be liable to punishment specified for the commission of the crime regardless of their direct participation in the crime. Each of them would be considered as it was done individually. 14. In other words, according to Malikis, mere presence at the spot of occurrence of crime with an intention of such commission is sufficient to make a person liable to punishment for such crime irrespective of the nature of his participation and assistance. According to Hanafis, however, all participants shall be punished with a punishment of Qisas in the case of murder and the person, who after agreement, merely assists at the place of occurrence he will, however, be awarded Ta'zir punishment which may go to the extent of death punishment but only as Ta'zir, not as Qisas.
15. According to Shafi'is and Hambalis, all will be liable to the same punishment provided they all intended to commit the said crime and participate in the commission of the crime, even if other person or persons engage themselves in some minor act like beating with a stick, etc. However, the preferred opinion of the Jumhoor of the Fuqaha (multitude majority overwhelming of the Jurists) is that if several persons participated in killing a single person, all of them shall be liable to death punishment. This is so stated in Abu Zahra's book, page 402 (ibid). 17. However, the jurists are of the opinion that if the concept of joint liability is ignored, then "Mischief in the land" will spread on earth. 50 އިސްލާމީ ޝަރީޢަތުގެ ބުނެވިދިޔަ އުސޫލުތަކަކީ، އިސްލާމީ ޤައުމުތަކުގެ ޝަރުޢީ ކޯޓުތަކުން ބަލައިގަނެފައިވާ އުސޫލުތަކެކެވެ. ތަމާލޢުއާ ގުޅޭ ބުނެވެދިޔަ އުސޫލުތައް ޕާކިސްތާނުގެ ފެޑެރަލް ޝަރީޢާކޯޓުގެ ސުޙައިލް ހަމީދު ވ ފެޑެރޭޝަން އޮފް ޕާކިސްތާން ޤަޟިއްޔާގައި ތަފްސީލުކޮށްފައިވެއެވެ. 51 އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ ފާޠިމަތު ހނަ މައްސަލައިގައި ޖަމާޢަތް ހަދައިގެން މީހުން މަރާލުމުގެ މައްސަލަތަކުގައި ޢާއްމުކޮށް އެކަން ކުރެވެނީ ކުރިން ރާވާ ރޭވުމެއްގެ މައްޗަށް ކަމުގައިވާއިރު، މީހަކު މަރާލުމަށް ކުރިން ރާވާ އެކަން ހިންގުމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކަށް މަރުގެ އަދަބު ނުދެވެނީނަމަ، އެކަމަކީ އިސްލާމީ ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ޤިޞާޞް ހިފުމުގެ ސަބަބުން ލިބެން އޮތް އަމާންކަން ނާޖާއިޒު ގޮތުގައި ބޭނުންކޮށްފާނެ ސަބަބެއްކަމުގައި ވެދާނެކަމާއި، މިގޮތުން މަރުގެ އަދަބުން ސަލާމަތްވުމަށްޓަކައި، މިފަދަ މީހުން އެކަން ކުރާނީ ޖަމާޢަތް ހަދައިގެން ކޮންމެ މީހަކު ވަކި ޢަމަލެއް ކުރާ ގޮތަށްވުމަކީ ނުވެ ނުދާނެކަމެއްކަމާއި، އަދި މިއީވެސް މިފަދަ މައްސަލަތަކުގައި ކުރިން ރާވައިގެން މަރާލުމުގައި ބައިވެރިވާ ފަރާތްތަކަށް ޤަސްދުގައި މީހަކު މަރާލުމުގެ އަދަބު ދޭންޖެހޭ ސަބަބެއް ކަމަށް ޢިލްމުވެރިން ވިދާޅުވާކަމށަ ކަނޑައަޅާފައިވެއެވެ. 52 ޖަމާޢަތެއްގެ ބަޔަކު މީހަކު މެރުމަށް އެބައި މީހުންގެ ޤަސްދުއޮތްކަން ޝަރުޢީ މިންގަނޑުތަކުން ސާބިތުވާ ހިނދު، އޭނާ މެރުމުގައި، އޭގެ ތެރެއިން ކޮންމެ މީހެއްގެ ޢަމަލު އެއީ އޭގެ ޒާތުގައި، އެމީހެއްގެ ފުރާނަ ހިގާދަނިވި ޢަމަލެއްކަމުގައި ނުވިނަމަވެސް، އެޖަމާޢަތުގެ މީހަކު އެޢަމަލު ހިންގުމުގައި ބައިވެރިވެފައިވާކަން ސާބިތުވާނަމަ އެއެންމެންނަކީވެސް އެމީހަކު މަރާލުމުގައި ބައިވެރިވެފައިވާ ފަރާތްތަކެއް ކަމުގައި ބަލައި އެއެންމެންގެ ކިބައިންވެސް Daniel P .Strouthes LAW AND POLITICS A CROSS- CULTURAL ENCYCLOPEDIA Oxford, England ހައިކޯޓުގެ ނަންބަރު A/11-HC/2013 ޤަޟިއްޔާ ހައިކޯޓުގެ ނަންބަރު A/11-HC/2013 ޤަޟިއްޔާ ޤިޞާޞް ހިފޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު ނިޔާޒް ވ އެޓާރނީ ޖެނެރަލް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. 53 ކުށްކުށަށް އެހީވުމާއި، ބައިވެރިވުމާއި ހިތްވަރުދިނުން ޖިނާއީ ޢަދުލުގެ ނިޒާމުގައި ތަޖުރީމުކުރެވެނީ ކުށަށް ތައްޔާރުވުމުގެ މަރުޚަލާއިން އެޢަމަލުތައް މަނާކުރެވޭނަމަ އަސްލު ކުށްކުރުން ހުއްޓުވޭނެތީއެވެ. ކުށެއް ކުރުމުގައި ބައިވެރިވުމުގެ ކުށު ކ އަސާސީ ކުށއާ (principal offence) ވަކިވެފައިވާ ތަފާތު ކުށެކެވެ. އަސާސީކުށްކުރި ފަރާތާ ދެކޮޅަށް ކުށް ސާބިތުނުކުރެވޭ ހާލަތުގައި، ކުށުގެ ބައިވެރިންގެ މައްޗަށް ކުށް ސާބިތުކުރުމުގައި ބަލަންޖެހެނީ ކުށުގެ ބައިވެރިޔާގެ ނިޔަތާއި ބައިވެރިވުމުގައި އޭނަގެ ޢަމަލުހުރިގޮތަށެވެ. 54 ތަމާލޢު ގެ ބުނެވިދިޔަ އުސޫލުން އަދަބު ކަނޑައެޅުމުގައި، ޢިލްމުވެރިންގެ މެދުގައި ޚިލފުއުފެދިފައިވާއިރު، (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ދަޢުވާ ކުރެވުނު އިރު ޢަމަލުކުރެވެމުން ދިޔަ ޤާނޫނުލްޢުޤޫބާތުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "އެތައް އަމަލުތަކަކުން، ކުށެއްކުރާއިރު، އޭގެތެރެއިން އަމަލެއް ނުވަތަ އަމަލެއްގެ ބައެއް ގަސްދުގައިކުރާ މީހަކީ، ނުވަތަ ބަޔަކީ، އެކުށްކުރި މީހުންނެވެ. ނަމަވެސް އެތައްބަޔަކު، ބެހިފައިވާނަމަ، ކުށަށް ކަނޑައަޅާފައިވާ އަދަބުގެ ތެރެއިން އެކިމީހުން ބެހުނު މިންވަރުން އަދަބު ދިނުން ތަފާތުކުރުމުގެ އިހްތިޔާރު ގާޒީއަކަށް ލިބިގެންވާކަމަށެވެ. 2005/HC-A/56 The more these preparatory acts are distinguished, for the purpose of prohibiting them, the greater the chance of preventing the execution of the principal offence itself. If the criminal be not stopped at the first stop of his career, he may at the second or the third. It is thus that a prudent legislator, like a skillful general, reconnoitres all the external posts of the enemy, with the intention of stopping his enterprises. He places, in all the defiles, in all the windings of his route, a chain of works diversified according to the circumstances but connected among themselves, in such a manner that the enemy finds in each, new dangers and new obstacles. See Jeremy Bentham’s works Vol I, Part III, Ch XV p 560 th , also Halbury’s law of England ( 4 edn paras 44-55; 55 މިމައްސަލައިގެ ހިމެނޭ ހާދިސާއަށް މިހާތަނަށް 9 އަހަރުވެފައިވާއިރު، ޤަސްދު މަރުގެ އަސާސީ ކުށް ތުހުމަތުކުރެވުނު އެއްވެސް ފަރާތެއްގެ މައްޗަށް ސާބިތުވެފައެއް ނ ވެއެވެ. ކުށް ސާބިތުކޮށދެވޭން ހެކި ޤަރީނާނެތުމުން އެންމެންވަނީ ދޫކުރެވިފައިކަން ދެފަރާތުގެ ބަހުން އެނގެއެވެ. 56 މިމައްސަލައިގައި އަސާސީ ކުށް ސާބިތުކުރުމުގައި ދައުލަތުން ޢަމަލުކޮށްފައިވާ ގޮތުގައި ސވާލުއެފެދު ކަންތައްތަކެއް ހުރި ކަން ފާހަގަކުރެވެއެވެ. 57 ޤަސްދު މަރު ފަދަ ޚައްސާސީ މިމައްސަލަ ސާބިތުކުރުމަށް ދައުލަތުން ޝަރީޢަތަށް ހާމަކޮށްފައިވަނީ މައްސަލައާ ގުޅިގެން ތަހްޤީޤު މަރުހަލާގައި ނެގިފައިވާ ބަޔާންތަކެވެ. އިތުރަށް ހުށަހަޅާފައިވަނީ ޢަލީ ޙަސަންގެ މަރު ސާބިތުލިޔުމާއި މެޑިކޯ ލީގަލް ރިޕޯޓެވެ. 58 މައްސަލައިގައި ތަޙްޤީޤަށް ނެގިފައިވާ ބަޔާންތަކުން ތުހުމަތުކުރެވުނު ފަރާތްތަކުން ތަޙްޤީޤުގައި ކިޔައިދިން ދިނުމުގެ މައްޗަށް ބިނާކޮށް މައްސަލައާ ގުޅޭ މާއްދީ ހެކި ތަޙްޤީޤަށް ހެކި ހޯދިފައިވާކަން އެނގެއެވެ. ތުހުމަތުކުރެވުނު ފަރާތްތަކުން ބުނިފަދައިން ދ. ކުޑަހުވަދޫ މެލިގެއިން ވަގަށް ނެގި ވަޅިއާ ވަރަށް ވައްތަރު ވަޅިއެއް ކުށުގެ މާހައުލުން ފެނުނުކަން އެގޭގެ ވެރި ފަރާތް ތަޙްޤީޤަށް ދީފައިވާ ބަޔާނުން އެނގެއެވެ. ތުހުމަތުކުރެވުނު ފަރާތްތަކުން ކިޔައިދިން ދިނުމުގެ މައްޗަށް އެފަރާތުން ދެއްކި ތަނުން ވަޅުލެވިފައިވާ ވަޅި ފެނިފައިވެއެވެ. ތުހުމަތުކުރެވުނު ފަރާތްތަކުން ބުނި ފަދައިން ވަސީމާ ތުނޑީގައި އަލިފާން ރޯކޮށްފައިހުރިތަން ތަހްޤީޤަށް ބަޔާންދިން ފަރާތަކަށް ފެނިފައިވެއެވެ. ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔގާ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގައި ދައުލަތުގެ ފޯލިއޯ ނަންބަރު 45 ކަމުގައި ބެލެވޭ ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔގާ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގައި ދައުލަތުގެ ފޯލިއޯ ނަންބަރު 47 ކަމުގައި ބެލެވޭ (އިސްތިއުނާފުކުރާ ފަރާތް )، އިބްރާހީމް ވަސީމް ތަޙްޤީޤަށް ދީފައިވާ ބަޔާން، 18 ޖެނުއަރީ 2012 ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔގާ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގައި ދައުލަތުގެ ފޯލިއޯ ނަންބަރު 68 ކަމުގައި ބެލެވޭ ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔގާ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގައި ދައުލަތުގެ ފޯލިއޯ ނަންބަރު 62 ކަމުގައި ބެލެވޭ ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔގާ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގައި ދައުލަތުގެ ފޯލިއޯ ނަންބަރު 64 65 އަދި 66 ކަމުގައި ބެލެވޭ 59 އެހެންނަމަވެސް ބުނެވިދިޔަ އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިނުވެއެވެ. ޢަލީ ހަސަން މަރުވެފައިވަނީ ތޫނު އެއްޗަކުން ދިން ޙަމަލާއަކާ ގުޅިގެން މެޑިކަލް ރިޕޯޓުން އެނގެން އޮތް އިރު ރިޕޯޓު ތައްޔާރު ކުރި ފަރާތެއް ހެކީގެ ގޮތުގައި ހުށަހަޅާފައިނުވެއެވެ. ތަޙްޤީޤު ފުރިހަމަ ނުވަނީސް ދައުލަތުން ކޯޓަށް މައްސަލަ ހުށަހެޅީއެވެ . އަދި، ތުހުމަތުކުރެވުނު ފަރާތްތަކުގެ ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފްގެ މައްޗަށް ދައުލަތަށް ހެކި ޤަރީނާ ލިބިފައިވާއިރު މިކަންކަން ސާބިތުކުރުމަށް އެދި ހެކިން ޝަރީޢަތަށް ހުށަހަޅާފައިނުވެއެވެ. އެކި ފަރާތްތަކުން ތަޙްޤީޤަށް ދިން ބަޔާންތަކުން މިމައްސަލައާ ގުޅޭ އިތުރު ހެކި ތަޙްޤީޤަށް ހޯދިފައިވާކަން އެނގެއެވެ. އަދި އެކަމަށް ދައުލަތުން އެއްބަސްވެފައިވެއެވެ. އެހެންނަމަވެސް، އެ ހެކި ޝަރީޢަތަށް ހުށަހެޅުން އޭރު ޝަރީޢަތަށް ޙާޟިރުވި ދައުލަތުގެ ވަކީލުންނަށް މުހިއްމެއް ނުވިއެވެ. 60 ޤަސްދު މަރު ސާބިތުކުރުމުގައި 03 ރުކުނެއް ފުރިހަމަވުން އިސްލާމް ޝަރީޢަތް ލާޒިމްކުރެއެވެ. އެގޮތުން (މ ރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ (ލޭ ހުއްދަކުރެވިފއިވާ ނުވާ) މީހެއްކަމުގައަ ވުމުގެ އިތުރުނު އެމީހާ މަރުވީ ޤާތިލް ކުރި ޢަމަލުގެ ނަތީޖާއެއްގެ ގޮތުނކަމާއް ޤާތިލް ކުޅަ ޢަމަލަކީ އެމީހާ މަރާލުމުގެ ނިޔަތގައު ކުޅކަމެއަ ކަން އެނގޭނެ އޮންނަން ޖެހެއެވެ. މިމައްސަލައިގައި (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ އޭނާ ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފުން ކަމުގައިވާއިރު، މިއިޢުތިރާފުގައި އޭނާ ބުނެފައިވަނީ ޢަލީ ޙަސަން މަރާލުމަށް ރޭވުނު ތަންތަނުގައި ހުރި ކަމަށާއި ވަޅި ތޫނުކޮށް ހަށިގަނޑު ފެނިފައިވާ ފަޅު ގޯއްޗށަ ވަޅި ގެންގޮސްދެވިފައިވާނެކަމަށެވެ. އަދި އޭނާ މިކަން ކުރިއިރު، ވަޅި ގެންދެވެނީ ޢަލީ ޙަސަން މަރަން ކަން އޭނާއަށް އެނގޭކަމަށެވެ. މިކަން ޝަރީޢަތުގެ މަޖިލިހުގައިވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ . 25 ޖުލައި 2012 ގައި ދައުލަތުން ހުށަހެޅި ބަޔާ ން 61 އިސްލާމީ ޝަރީޢަތުގައި އޮންނާނީ ހައްދު މައްސަލަތަކުގައި ޝައްކާއި ވަހުމުން ދުރުވުމަށެވެ. މިމައްސަލައިގައި އަސާސީ ކުށް ސާބިތުކުރުމަށް ދައުލަތުން އެއްވެސް ހެކި ޤަރީނާއެއް ހުށަހެޅިފައިނުވެއެވެ. ހުށަހެޅިފައިވާ ދަޢުވާގައި ބަޔާން ކުރާ ޙަޤީޤަތްތަކަށް ބަލާއިރު، ޢަލީ ޙަސަން މަރުވެފައިވާކަން އެނގެން އޮތް ނަމަވެސް، އެކަންކުރީ، ކާކުކަން އެނގޭނެ ފެންނާން އޮތް އެއްވެސް ހެކި ޤަރީނާއެއް ނެތެވެ. (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ކުށް ސާބިތުވަނީ އޭނާގެ އިޢުތިރާފުން ކަމުގައިވާއިރު، ތަޙްޤީޤު މަރޙު ލާގައިވެސަ އަދި ޝަރީޢަތުގެ މަރުޙަލާގައި މަރުގެ ޢަމަލު ހިންގުމުގައި އޭނާ ބައިވެރިނުވާކަމަށް އޭނާ ބުނެފައިވެއެވެ. ދައުލަތުގެ ބަހަށް ބަލާއިރު ފޮރެންސިކް އެއްވެސް ހެއްކެއް ވެސް (އިސްތިއުނާފުކުރާ ފަރާތް)އާ ގުޅުވައި ނުލެވެއެވެ. މަރާލިކަމަށް ތުހުމަތުކުރެވޭ މީހުން ހަނުތިބިއިރު، އެމީހުންނާ ދެކޮޅަށް (އިސްތިއުނާފުކުރާ ފަރާތް)ގެ ބަސް ހެކިބަހުގެ ގޮތުގައި ހުށަހަޅައި ދަޢުވާއެއް ސާބިތުވެފައެއް ނުވެއެވެ. 62 ޝަރީޢަތަށް ކަމަށް ސާބިތުކޮށްދިނުމަށް އެކަމެއް ކުރަނިކޮށް ދުށް ގޮތަށް އެކަމަކާއި އެކަން ކުރި ބައެއް ސިފަކޮށްދޭންޖެހޭ ކަމަށާއި ޤާނޫނުއަސާސީގެ 51 (ކ) ގެ މަޤްސަދު ޙާސިލުވާގޮތަށް ދެވޭ ހެކިބަހަކީ އެއާމެދު ޝަރީޢަތުގައި ސުވާލުކުރެވި ސާފުކޮށް ޝަރީޢަތަށް ކަންވެފައިވާ ގޮތް ހާމަކުރެވެންޖެހޭ ޝަރީޢަތުގައި ދެވޭ ހެކިބަހަކަށްވުން ޝަރުޢީގޮތުން ލާޒިމުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު ޤާޞިމް ވ ދިވެހި ދައުލަތް (ޕީޖީ) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، މިމައްސަލައިގައި ޝަރީޢަތުގެ މަޖިލީހަށް ހުށަނޭޅޭ ހެކިން ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުގައި ހުރި ކަންތައްތަކުގެ މައްޗަށް ބިނާކޮށް އިސްލާމީ ޝަރިޢަތުގައި އެއްވެސް ޝުބުހައެއް ނެތި ސާބިތުކުރަންޖެހޭ ޤަސްދު މަރުގެ އަދަބު ކަނޑައެޅިދާނެކަމުގައިނުދެކެމެވެ. ހައިކޯޓުގެ A/295-HC/2008 ފާހަގަކުރެވުނު ނުކުތާ (ޅ) 63 އެހެންކަމުން، މިހާލަތުގައި ތަމާލޢު ގ އުސޫލުގެ ދަށުން ޤަސްދު މަރުގެ އަދަބު (އިސްތިއުނާފުކުރާ ފަރާތް)ގެ އިޢުތިރާފްގެ މައްޗަށް ބިނާކޮށް ކަނޑައެޅިދާނެކަމުގައި ނުދެކެމެވެ. އެހެންނަމަވެސް، އޭނާ ޝަރީޢަތުގެ މަޖިލީހުގައިވީ އިޢުތިރާފުން ގަސްދު މަރުގެ ކުށުގެ ބައިވެރިވާކަން ސާފުކަން އެނގެން އޮތުމުން އެބައިވެރިވި މިންވަރުގެ މައްޗަށް ބިނާކޮށް އޭނާއަށް އަދަބު ކަނޑައޅެންވާނެކަމުގައި ދެކެމެވެ. އިސްތިއުނާފީ ނުކުތާގުޅިގެން ފާހަގަކުރެވޭ އެހެނިހެން ކަންކަން 64 މިމައްސަލައިގެ އިސްތިއުނާފީ ނުކުތާތަކުގައި (އިސްތިއުނާފުކުރާ ފަރާތް)ގެ ފަރާތުން ފާހަގަކުރާ ކަންތައްތަކުގައި ތެރޭގައި، ޢަލީ ޙަސަންގެ ވާރިސުންގެ ތެރޭގައި ބާލިޢުނުވާ ކުޑަކުއްޖެއް ހުރުމުން އެކުއްޖާ ތަޞައްރުފު ފުރެންދެން (އިސްތިއުނާފުކުރާ ފަރާތް) ޖަލުގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ކުރުން ތައުނުކޮށްފައިވެއެވެ. މިމައްސަލައިގައި ކަންތައްވެފައިވާ ގޮތުގެ މައްޗަށް ބަލައި ތަމާލޢު ގެ އުސޫލުގެ ދަށުނު ޤަސްދު މަރުގެ އަދަބު (އިސްތިއުނާފުކުރާ ފަރާތް)ގެ އިޢުތިރާފްގެ މައްޗަށް ބިނާކޮށް ކަނޑައެޅިދާނެކަމުގައި ނުފެންނާތީ މިނުކުތާއާ ގުޅިގެން ނިމޭ ގޮތަކުން މައްސަލައިގެ ޙުކުމަށް އަސަރެއް ނުކުރާނެއެވެ. އެހެންނަމަވެސް، މަރުގެ މައްސަލަތަކުގައި ވާރިޘުންގެ ޙައްޤު ހިމެނޭތީ ވާރިޘުންގެ ތެރޭގައި ކުޑަކުދިން ހިމެނޭނަމަ އެކުދިންގެ ބަސް ހޯދާނެ ގޮތަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އޮތް ކަމާއި މިފަދަ މައްސަލަތަކުގައި ޢަމަލުކރެވު އުސޫލު ސުޕްރީމް ކޯޓުގެ ނަންބަރު JC/06-SC/2016 ޤަޟިއްޔާގެ ޞަފްޙާ 19 އަދި 20 – "އަނިޔާވެރި ގޮތުގައި ޤަޞްދުގައި މީހަކު މަރާލި ޤާޠިލްގެ ކިބައިން ޤިޞާޞްހިފުމާއި ނުވަތަ ޤާޠިލްގެ ކިބައިން ދިޔަ އަތުލުމަށްފަހު ޞުލްޙަވެރިވުމާއި، ނުވަތަ ޤާޠިލަށް ޢަފޫކުރުމުގެ ބާރު، މަރާލެވުނު މީހާގެ ވަލީވެރިޔާއަށް ލިބިދީފައިވާކަން ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުން (އަލް އިސްރާ ސޫރަތުގެ 33 ވަނަ އާޔަތުން) ދަލީލު ލިބެން އޮންނައިރު، މި މައްސަލައިގެ ޝަރީޢަތުގައި ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުން އޭނާ، މަރާލި ޤާޠިލުންނާމެދު ޢަމަލުކުރަން ބޭނުންވާ ގޮތް ސާފުކުރުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު 1158-Cr/ C/2012ޤަޟިއްޔާގައި ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުންނަކީ ކޮބައިތޯ ބަލައި އެ މީހުންގެ ބަސް ހޯދާފައިވާ ކަމާއި، މިގޮތުން ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރެއިން ބާލިޣުވެ، ބުއްދި ސަލާމަތުން ހުރި އެންމެހައި ވާރިޘުން ބޭނުންވަނީ ޑރ. އަފްރާޝީމް ޢަލީ މަރާލި މީހެއްގެ ނުވަތަ ބައެއްގެ ކިބައިން ޤިޞާޞްކަން އެނގެން އޮންނައިރު ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރޭގައި ހިމެނޭ ބާލިޣުނުވާ ކުޑަކުދިން ތިބިކަމުގައި ވީނަމަވެސް އެ ކުދިންގެ ޙައްޤުގައި ޤިޞާޞްއާމެދު ގޮތެއް ކަނޑައެޅުމަކީ ޑރ. އަފްރާޝީމް ޢަލީގެ ވާރިޘުންގެ ތެރެއިން ބާލިޣުވެ ބުއްދި ސަލާމަތުންހުރި މީހުންނަށް ކުރެވިދާނެ ކަމެއްތޯ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ވ ޙުސައިން ޙުމާމި މައްސަލައިގައި ކަނޑައަޅާފައިވާ ކަން ފާހަގަކުރަމެވެ. 65 ވާރިޘުންގެ ތެރޭގައި ހިމެނޭ ކުޑަ ކުއްޖާ ނިޔާވެފައިވީނަމަވެސް، އަދަބާ މެދު ގޮތެއް ކަނޑައެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަސައްކަތެއް ކޮށްފައިނުވާތީ (އިސްތިއުނާފުކުރާ ފަރާތް)ގެ ޙައްޤުތައް ގެއްލިގެންދާކަމަށް ބުނެ ފާހަގަކުރި ނުކުތާއާ ގުޅިގެން ދައުލަތުން ބަޔާންކޮށްފައިވަނީ ކުޑަކުއްޖާ ނިޔާވިކަން ދައުލަތަށް އެނގިފައިނުވާކަމަށާއި އެނގުނު ހިސާބުން މައްސަލަ ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާނެކަމަށެވެ. އިސްތިއުނާފ މައްސަލަތަކުގައި މިކޯޓުން ބެލޭނީ ފުރަތަމަ މަރުޙަލާގެ ކޯޓަކުން ނިންމި ނިންމުކާ ގުޅޭ ޤާނޫނީ ނުކުތާތައް ކަމުގައިވާއިރު، އިސްތިއުނާފީ ނަޒަރަކުން މިކޯޓުން މިނުކުތާއާ މެދު ގޮތެއް ކަނޑައެޅިދާނެކަމުގައި ނުދެކެމެވެ. އެހެންނަމަވެސް، ޢަލީ ޙަސަންގެ ވާރިސުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާ ނިޔާވިކަން ދައުލަތަށް އެނގުނު ހިސާބުން ޖވެނައިލު ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާ ގައި ކަނޑައަޅުއްވާފައިވާ ފަދައިން އަދަބާ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި އިސްލާމީ ޝަރީޢަތްކަމަށް އެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް މިކަމުގައި އަހްލުއް ސުންނަތި ވަލްޖަމާޢަތުގެ އިސްލާމީ ފިޤުހުގެ ހަތަރު މަޛުހަބު ކަމުގައިވާ ޙަނަފީ މަޛުހަބާއި، މާލިކީ މަޛުހަބާއި، ޝާފިޢީ މަޛުހަބާއި، ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިން ބުރަވާގޮތުގެ މައްޗަށް ބަލާއިރު، މީގެ ތެރެއިން ޝާފިޢީ މަޛުހަބާއި ޙަންބަލީ މަޛުހަބު ބުރަވެފައިވަނީ، މަރާލެވުނު މީހާގެ ވާރިޘުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރިނަމަ، އެ ކުއްޖާ ބާލިޣުވެ ތަޞައްރުފު ފުދެންދެން، ޤާޠިލުގެ ކިބައިން ޤިޞާޞްހިފުން ފަސްކުރުމަށް ކަމުގައިވިޔަސް، މަރާލެވުނު މީހާގެ ވާރިޘުންގެ ތެރޭގައި ބާލިޣުނުވާ ކުއްޖަކު ހުރިނަމަވެސް އެ މީހުންގެ ތެރޭގައި ތިބި ބާލިޣުވެ ތަޞައްރުފު ފުދިފައިވާ މީހުން ޤިޞާޞްހިފުމަށް އެދޭ އެދުމާ ގުޅިގެން ޤިޞާޞްހިފުމަށް ޤާޟީ ޙުކުމް ކޮށްފިނަމަ އެ ސަބަބަށްޓަކައި އެ ޙުކުމް ބާޠިލެއް ނުކުރެވޭނެކަމަށް ޝާފިޢީ މަޛުހަބާއި ޙަންބަލީ މަޛުހަބުގެ ފިޤުހުވެރިން ބުރަވެފައިވާކަމާއި، އަދި އަލްއިމާމު އަބޫ ޙަނީފާއާއި، އަލްއިމާމު މާލިކުގެ ރައުޔަކީ، ޤިޞާޞްއަކީ، އަނިޔާވެރި ގޮތުގައި ޤަޞްދުގައި މަރާލެވުނު މީހާގެ ވާރިޘުންގެ ތެރެއިން ކޮންމެ ވާރިޘަކަށްމެ، މުސްތަޤިއްލު ގޮތުގައި ލިބިގެންވާ ޙައްޤެއްކަމަށް ވުމާއި، މަރާލެވުނު މީހާގެ ވާރިޘުންގެ ތެރޭގައި ހިމެނޭ ބާލިޣުވެފައިވާ މީހުން، ޤާޠިލުގެ ކިބައިން ޤިޞާޞްހިފަން ބޭނުންނަމަ، އެ މީހުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރިކަމުގައި ވިއަސް އޭނާ ބާލިޣުވެ ތަޞައްރަފު ފުދެންދެން ޤާޠިލްގެ ކިބައިން ޤިޞާޞްހިފުން ފަސްކުރަން ނުޖެހުން ކަމަށްވީހިނދު، މިގޮތުގެމަތިން ޙަނަފީ މަޛުހަބާއި މާލީކީ މަޛުހަބުގެ ފިޤުހުގައި އިސްތިޤުރާރުވެފައިވާ މި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުން، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާކަން އެނގެއެވެ " އިސް ވެ ބުނެވުނު ޙަވާލާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި އެކޯޓަށް މައްސަލައެއް ހުށަހެޅި އެކޯޓުގައި ހިނގަމުންދާކަމަށް ދައުލަތުން 66 މަރްހޫމްގެ ޢަލީ ހަސަންގެ ވާރި ޘނު ގެ ބަޔާން ނަގާފައިވަނީ ކަނޑައެޅިފައިވާ އިޖުރާއަތާ ޚިލާފަށް ކަމަށް (އިސްތިއުނާފުކުރާ ފަރާތް) ފާހަގަ ކޮށްފައިވެއެވެ. މިގޮތުން ވާރިސުން ސާބިތުކުރަންޖެހެނީ އެކަމުގެ އިޙްތިސާސް ލިބިގެންވާ ކޯޓަކުންކަމަށް ބުނެ ފާހަގަކުރާ ނުކުތާއަށް ބަލާއިރު، މިމައްސަލަ ދަށު ކޯޓުން ބަލަމުން ދިޔައިރު، ޖިނާއީ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގައި ވާރިޘުންގެ ބަސް ހޯދުމުގައި ޢަމަލުކުރާނެ ވަކި ޚާއްޞަ އިޖުރާއަތެއް އޮތް ކަން އެނގެން ނެތެވެ. ކޯޓުތަކުން، އެކި ފަހަރު އެކި ގޮތްގޮތަށް މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަމުން ގޮސްފައިވެއެވެ. ބައެއް ފަހަރު، ވާރިޘުން ސާބިތުކުރުމުގެ ޚާއްސަ އިޚްތިސާސް ލިބިގެންވާ ކޯޓު (މިހާރުނަމަ ފެމިލީ ކޯޓާއި މެޖިސްޓްރޭޓް ކޯޓުތައް) މެދުވެރިކޮށް ވާރިޘުން ސާބިތުކުރެވޭއިރު ގިނަ ފަހަރަށް މަރުގެ މައްސަލަ ބަލަމުންދާ ފަނޑިޔާރު ހެކިން ޙާޟިރުކޮށް ވާރިޘުން ސާބިތުކޮށް އެފަރާތްތަކުގެ ބަސް ހޯދަމުން ގޮސްފައިވެއެވެ. އަދި މިހާރު ސުޕްރީމް ކޯޓުން ޝާއިޢުކޮށްފައިވާ ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު ގެ 42 ވަނަ މާއްދާގައި މަރުގެ މައްސަލަތަކުގައި ޤިސާސް ހިފުމާއި ނުހިފުމާ މެދު ގޮތެއް ނިންމުމުގެ ޙައްޤު، މަރުވި މީހާގެ ވާރިޘުންނަށް ލިބިގެންވާކަމަށާއި ވާރިޘުންގެ ބަސް ނެގުމުގެ ކުރިން ވާރިޘުންނަކީ ކޮބައިކަން މައްސަލަ ބަލާ ކޯޓަ ން ސާބިތުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. 67 ވާރިޘުންގެ ބަޔާން ނެގުމުގައި ވާރިޘުންގެ ޙައްޤުތައް ބުނެދޭންކަމާއި މިއިޖުރާއާތު މިމައްސަލައިގައި ފުރިހަމަނުވާކަމަށް"ޤަސްދުގައި މީހަކު މެރުމުގެ ކުށް ތަޙްޤީޤުކުރުމުގައާއި އަދަބު ތަންފީޒުކުރުމުގައި ދައުލަތުގެ ފަރާތުން މިކޯޓަށް ހުށަހެޅި އިސްތިއުނާ ފީ ދައުވާގެ ޖަވާބު ހުށަހަޅާ ފޯމު ން. 01 ޖުލައި 2021 ގައި ޝާއިޢުކުރެވިފައި - އެއުސޫލުގެ 51 ވަނަ މާއްދާގެ ދަށުން އުސޫލަށް ޢަމަލުކުރަންފަށާނީ އުސޫލު ޢާންމުކުރާ ތާރިޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ތާރީޚުން ފެށިގެން ނަންބަރު 02/2021 ޢަމަލުކުރަންވީގޮތުގެ ގަވާއިދަށް ޙަވާލާދީ (އިސްތިއުނާފުކުރާ ފަރާތް)ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ޙަވާލާދެވުނު ގަވާއިދަކީ ޖުވެނައިލް ކޯޓުން މިމައްސަލައިގެ ޙުކުމްކުރުމުގެ 04 (ހަތަރެއް) އަހަރު ފަހުން ޢަމަލުކުރަން ފެށުނު ގަވާއިދެއް ކަމާއި (އިސްތިއުނާފުކުރާ ފަރާތް)ގެ ފަރާތުން ކޮށްފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ޝަކުލީ ގޮތުން ފުރިހަމަ ކުރަން އެގަވާއިދުން ލާޒިމްކުރާ ކަންތައްތަކުގައި ކަމުގައި ވީހިނދު، އެ އުސޫލުތަކަކުން މިމައްސަލައިގެ ޙުކުމަށް އަސަރުކުރާނެކަމުގައި ނުދެކެމެވެ. 68 ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާއި ސުޕްރީމް ކޯޓުގެ ނަންބަރު A/23-A/54,2011/SC-SC/2018 ޤާނޫނުއަސާސީގެ 143 (ރ) އަށް ރިޢާޔަތްކޮށް މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަމުން އަންނަ ޤާނޫނީ އުސޫލުތަކާއި، އައިސްފައިވާ ބަދަލުތަކަށް ހައިކޯޓުން ރިޢާޔަތްކޮށްދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވެއެވެ. ދައުލަތުގެ ފަރާތުން ވެސް ދެކެނީ މިމައްސަލައިގެ ގޮތެއް ކަނޑައެޅުމުގެ ކުރީން މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަމުން އައި ޤާނޫނުތަކަށް އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކުރުމށެވެ. މިމައްސަލައަކީ ދަށު ކޯޓު މަރހު ލާގައި އަދަބު ކަނޑައެޅިފައިވާ މައްސަލައެއް ނޫން ކަމުން މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ސާބިތުވާ ޤަސްދު މަރުގައި ބައިވެރިވުމުގެ ކުށުގެ އަދަބު ކަނޑައެޅުމުގައި ޤާނޫނަށް އައި ބަދަލަށް ރިޢާޔަތްކޮށް ވާހަކަދެއްކުމުގެ ފުރުސަތު ދެފަރާތަށް ލިބި ގޮތް ކަނޑައެޅުމީ ދަށު ކޯޓު މަރުހަލާގައި ބެލެންވާނެ ކަމެއް ކަމުގައި ދެކެމެވެ. 69 އިސްވެ ބުނެވުނު އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާގައި (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް R33-2014 ސާބިތުވާކަމަށް ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ދެކެމެވެ. އެހެންނަމަވެސް، ބުނެވިދިޔަ އެންމެހައި އުސޫލުތަކަށް ބަލާއިރު މިމައްސަލައިގައި (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ޤަސްދު މަރުގެ އަދަބު ކަނޑައެޅޭނެ ޝަރުޢީ ހަމައެއް އޮތް ކަމަށް ނުފެނެއެވެ. ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާގައި އަދަބާ މެދު ގޮތެއް ކަނޑައެޅުމަށް އަލުން މައްސަލަ ހުށަހެޅުމަށް ޙުކުމް ކުރެވިފައިވުމުން އެގޮތުގެ މަތިން ޖުވެނައިލް ކޯޓަށް މައްސަލައެއް ހުށަހެޅި ހިނގަމުންދާކަމަށް ދައުލަތުން ބަޔާންކޮށްފައިވާތީ، (އިސްތިއުނާފުކުރާ ފަރާތް)ގެ މައްޗަށް ސާބިތުވާ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ އަދަބު ކަނޑައެޅުމަށް ބެލެމުންދާ އެއެމައްސަލަ ބެލުމުގައި މިޤަޟިއްޔާގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް އަދަބާމެދު ގޮތެއް ކަނޑައެޅުމަށް އެންގުމަށް ފެނެއެވެ. ޙުކުމް: ދެންފަހެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއިއެކު، ދައުލަތުން (އިސްތިއުނާފުކުރާ ފަރާތުގެ ނަމާއި އެޑްރެސް)ގެ މައްޗަށްކޮށްފައިވާ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށް ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާގައި ކަނޑައަޅައިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، ޖުވެނައިލް ކޯޓުގެ ނަންބަރު C/2012-Jv/07 ޤަޟިއްޔާގެ ޙުކުމުގައިވާ ގޮތުގެ މަތިން އަދާބާމެދު ގޮތެއް ކަނޑައެޅުމުގެ މައްސަލައެއް އެކޯޓުގައި ހިނގަމުންދާތަ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51، 52، 59 (ހ)، 142، 143 (ރ) އަދި 274 (ހ) ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 11، 12، 13 ވަނަ މާއްދާ އަދި 88 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)
- ގަވާއިދު ނަންބަރު 2014/R-33 (ޤަސްދުގައި މީހަކު މެރުމުގެ ކުށް ތަޙްޤީޤުކުރުމުގައާއި އަދަބު ތަންފީޛުކުރުމުގައި ޢަމަލުކުރަންވީގޮތުގެ ގަވާއިދު)
- ގަވާއިދު ނަންބަރު 2017/R-78 (ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދައުލަތުން ފޯރުކޮށްދިނުމާބެހޭ ޤަވާއިދު)
- ސުޕްރީމް ކޯޓުގެ ނަންބަރު 02/2021 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 42 ވަނަ މާއްދާ
- 2016/SC-JC/06 (ޙުސައިން ހުމާމް އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- 2011/SC-A/23 (ދައުލަތް ވ. ޙަސަން ޢަބްދުﷲ)
- 2020/SC-A/42
- 2018/SC-A/54
- [2021] SC 60 (މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް)
- 2016/HC-A/127
- 2013/HC-A/84 (އަޙްމަދު މުރާދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- 2013/HC-A/11 (ފާޠިމަތު ހަނާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- 2005/HC-A/56 (އަޙްމަދު ނިޔާޒް ވ. އެޓަރނީ ޖެނެރަލް)
- 2008/HC-A/295 (މުޙައްމަދު ޤާސިމް ވ. ދިވެހި ދައުލަތް)
- IH/2020/04-HC (އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ނިންމި ގޮތް)
- ސުޙައިލް ހަމީދު ވ. ފެޑެރޭޝަން އޮފް ޕާކިސްތާން (ފެޑެރަލް ޝަރީޢަތު ކޯޓު)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް