ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/70
ނަން ސިއްރުކޮށްފައި ވ. ނަން ސިއްރުކޮށްފައި، 2025/HC-A/70
Name withheld v. Name withheld 2025/HC-A/70 (2025/HC-A/70, High Court of the Maldives, 8 December 2025)
ނަން ސިއްރުކޮށްފައި ވ. ނަން ސިއްރުކޮށްފައި
މައިގަނޑު ސުވާލު
ފިރިމީހާ ނިޔާވުމަށްފަހު، އޭނާގެ ދަރިއަކު (ތިންވަނަ ފަރާތަކުން) ނިޔާވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ވަރިކުރިކަން ސާބިތުކޮށްދިނުމަށް ހުށަހެޅި މައްސަލަ، މައުޟޫޢީ ގޮތުން ނުބަލައި ދަޢުވާ ފޯމު ބާޠިލުކުރުމަށް ފެމިލީ ކޯޓުން ނިންމުން ޞައްޙަތޯ؛ ވަރީގެ މައްސަލަ ހުށަހެޅުމުގެ ޙައިޘިއްޔަތު ލިބެނީ ކާވެނީގެ ބައިވެރިންނަށްތޯ އަދި ވާރިޘަކަށް އެކަށީގެންވާ މަޞްލަޙަތެއް ޤާއިމުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން (ދަޢުވާ ފޯމު ބާޠިލުކުރުން) ޤާއިމް (އަޣުލަބިއްޔަތުން)
ކަނޑައެޅުނު އުޞޫލުތައް
- ފެމިލީ ކޯޓަށް ވަކި ޤަޟިއްޔާއެއްގެ ގޮތުގައި ހުށަހެޅި މަރު ސާބިތުކުރުމުގެ މައްސަލައަކީ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 3 ގެ ދަށުން އެ ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައިވާ މައްސަލައެކެވެ؛ އެ ޤަޟިއްޔާއާމެދު ތަޢުނުކުރާނަމަ އިސްތިއުނާފުކުރަންވާނީ އެ ޤަޟިއްޔާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26–27)
- ޝަރީޢަތުން މީހަކަށް ގެއްލުންވާގޮތަށް ކަމެއް ސާބިތުކުރުމަށް ލިޔުމަކަށް ބުރަވާނަމަ، އެ ލިޔުމާމެދު ބަސްބުނުމުގެ ފުރުޞަތު ދިނުމަކީ ޚަޞްމުންގެ ޙައްޤެކެވެ؛ ނަމަވެސް ދެފަރާތުން ބަހުސެއްނެތް ވާޤިޢާއަކަށް (މަރުވި ތާރީޚު) ނުވަތަ ޚަޞްމު އަމިއްލައަށް ހުށަހެޅި ލިޔުމަކަށް (ކާވެނީގެ ސެޓްފިކެޓް) ޙަވާލާދިނުމަކީ ބަސްބުނުމުގެ ފުރުޞަތު ނުދީ ކަމެއް ކަނޑައެޅުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29–35)
- ކޯޓެއްގެ އިޚްތިޞާޞްގެ ތެރޭގައިވާ ކޮންމެ މައްސަލައެއް މައުޟޫޢީ ގޮތުން ބަލައި ގޮތް ކަނޑައެޅުން ލާޒިމުކުރާ ޤާނޫނީ މަޞްދަރެއް ނެތެވެ؛ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 20 ވަނަ މާއްދާއާއި ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން، އިޚްތިޞާޞް ނެތް ނުވަތަ މައްސަލައިގެ ޙާލަތުގެ ސަބަބުން ކުރިއަށް ގެންދިއުމުގެ އިޚްތިޞާޞް ނެތް މައްސަލަތައް ގޮތެއް ނުކަނޑައަޅައި ނިންމިދާނެއެވެ. އާއިލީ މައްސަލައެއް ހުށަހެޅޭނީ އެ މައްސަލައެއްގައި އެކަށީގެންވާ މަޞްލަޙަތެއް އޮތް ފަރާތަކަށެވެ (ގަވާއިދުގެ 8 އާއި 9 ވަނަ މާއްދާ). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37–40)
- ވަރިކުރުމާއި ވަރިވުމާއި ވަރި ސާބިތުކުރުމާއި ވަރިއާމެދު ޝައްކުވުމުގެ މައްސަލަތައް ހުށަހެޅުމުގެ ޤާނޫނީ ޙައިޘިއްޔަތު ލިބިގެންވަނީ، ޤާނޫނާއި ގަވާއިދުން އިސްތިސްނާކޮށްފައިވާ ޙާލަތުގައި މެނުވީ (މިސާލު: ތަޞައްރުފު ނުފުދޭ ބައިވެރިއެއްގެ ބަދަލުގައި ބެލެނިވެރިޔާ ނުވަތަ ދައުލަތް)، ކާވެނީގެ ބައިވެރިންނަށެވެ. މީހެއްގެ ޒާތާ ގުޅިފައިވާ ޝަޚްޞީ ޙައްޤުތަކާއި ވާޖިބުތައް ވާރުތަ ނުވާތީ، ވަރީގެ ދަޢުވާގެ ސަބަބުގައި ވާރިޘުންނަށް ސީދާ ނިސްބަތްވާ މަޞްލަޙަތެއް ނެތުމުން، ވާރިޘުންނަށް ދަޢުވާކުރުމުގެ ސިފަތު (locus standi) ނުލިބެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41–51، 74)
- މަޞްލަޙަތު އޮވެގެން ދަޢުވާކުރުމުގެ ސިފަތު ލިބޭކަމަށް ބުނާ ފަރާތުން އެ މަޞްލަޙަތު އުފަންވާ ގޮތް ބުނެދޭންޖެހޭނެއެވެ؛ ދެކޮޅު ފަރާތުން ދަލީލާއެކު އެ މަޞްލަޙަތު ނަފީވާކަން ދައްކައިފިނަމަ، އެ މަޞްލަޙަތު ދެމިހުރިކަން ބަޔާންކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެވެ. ރަޖުޢީ ވަރިއަކުން ވަރިކުރެވުނު އަންހެނަކު އިއްދައިގެ މުއްދަތުގައި ހުއްޓާ ފިރިމީހާ މަރުވެއްޖެނަމަ އޭނާއަށް ތަރިކައިން ލިބޭނެކަމަށް ޢިލްމުވެރިން އިއްތިފާޤުވާތީ، ފުރަތަމަ ކާވެންޏެއްގައި ވަރިކުރިކަމަށް ބުނާ ތާރީޚުގެ 7 ދުވަސް ފަހުން ފިރިމީހާ ނިޔާވެ، ބާއިން ވަރިއެއް ނުވަތަ އިއްދަ ހަމަވި ސަބަބެއް ހުށަނާޅާ ޙާލަތުގައި ވަރި ސާބިތުކުރުމުގެ prima facie މަޞްލަޙަތެއްވެސް ޤާއިމެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 53–58)
- މައްސަލައެއްގައި ހެއްކެއް ޙާޟިރުނުކުރަން ނިންމުމުން ޚަޞްމެއްގެ ޙައްޤު ގެއްލުނީކަމަށް ނުބެލެވޭނެއެވެ؛ ސުވާލަކީ އެ ނިންމުން ބިނާވީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްތޯއެވެ. މައްސަލަ މައުޟޫޢީ ގޮތުން ބެލުމުގެ މަޞްލަޙަތެއް ނެތުމުން ހެކިން ޙާޟިރުނުކުރުމަކީ އެކަށީގެންވާ ސަބަބެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 63–65)
- ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ ބާރު (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާ) އާއި 'درء المفاسد مقدم على جلب المصالح' ގެ ޤާއިދާއާއި މަޞްލަޙަތުލް މުރުސަލާގެ ދަށުން، ކާވެނީގެ ބައިވެރިއަކު ނިޔާވުމަށްފަހު އޭނާގެ ވަރިއާ ގުޅޭ ގޮތުން ތިންވަނަ ފަރާތަކަށް މައްސަލަ ހުށަހެޅުމުގެ ދޮރު ހުޅުވުމަކީ ފަސާދައަށް މަގުފަހިވާ ކަމަކަށް ވާތީ، އެފަދަ މައްސަލައެއް ކުރިއަށް ނުގެންދަން ނިންމުން ހުއްދައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 67–74)
- ނިންމުމަށް ވާޞިލުވި ސަބަބު ތަފްޞީލުކޮށް ބަޔާންކުރުމަކީ އެންމެ ފުރިހަމަ ގޮތް ނަމަވެސް، ސަބަބު އިޖްމާލީ ގޮތެއްގައި ބުނެދެވިފައިވާނަމަ އެއީ ނިންމުން ބާޠިލުކުރާ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 76–78)
1މއ ފެމިލީ ކޯޓުގެ ނަންބަރު 2024C/-Fm/00 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މާލެ (ނަމާއި އެޑްރެސް ސިއްރުކުރެވިފައި) (މީގެ ފަހުން "××××" ނުވަތަ "އިސްތިއުނާފ ކުރު ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، (ނަމާއި އެޑްރެސް ސިއްރުކުރެވިފައި)، (މީގެ ފަހުން "××××" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ.
2ފެމިލީ ކޯޓުގެ ނަންބަރު 2024C/-Fm/00 ޤަޟިއްޔާއަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ރައްދުވާ ގޮތަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ. 'އާއިލީ އެހެނިހެން މައްސަލަ ހުށަހަޅާ ފޯމު' މެދުވެރިކޮށް ހުށަހަޅާފައިވާ ދއަ ވާގައު އިސްތިއުނާފި ކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބަޔާން ކޮށްފައިވަނީ، އެފަރާތުގެ ބައްޕަ (އަލްމަރްޙޫމް (ނަން ސިއްރުކުރެވިފައި)، މީގެ ފަހުން "މަރްޙޫމް" ގެ ގޮތުގައި މުޚާތަބް ކުރެވޭ) 17 މެއި 2021 ގައި ނިޔައުވިއިރު، 10 މެއި 2021 ގެ ހެނދުނު 11:00 ގައި 02 (ދެއް) ފިރިހެނުން ހެކިކޮށް އެ މަރްޙޫމްގެ އެއިރުގެ އަނބި، އިސްތިއުނާފު ރައްދުވާ ފަރާތް ވަރިކޮށްފައިވާކަން އެ މަރްޙޫމް ސޮއި ކޮށް ފައިވާ ލިޔުމުންނާއި ހެކިންގެ ހެކިބަހުން އެނގޭތީ، އެ މަރްޙޫމް ނިޔާވިއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ވަރިކޮށްފައިވާކަނ ނުވަތް ނޫންކަން ކަނޑއަޅައިދިނުމަށަ އެދޭ ކަމަށެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […] ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […] 11 ޖަނަވަރީ 2024 ގައި އިސްތިއުނާފު ކުރާ ފަރާތުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ފޯމުގެ ނަންބަރު 4
3މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަޔާންކުރަމުން، މަރް ޙޫމގް ތަރިކައިގެ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދާކަމަށާއި، އެމަރްޙމޫ ނިޔައުވިއިރު އަންބެއ ހުރިކަން ނުވަތް ނެތްކަން މުހިއްމު ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޢާންމު އުޞޫލުން ވަރި ކައިވެނީގެ މައްސަލަތަކަކީ، އަނބި/ފިރިން ހުށަހަޅާ މައްސަލައއެ ކަމަށްވީނަމަވެސް މިމައްސަލައިގައި ހިމެނޭ މަރްޙޫމްގެ އަނބި އިސްތިއުނާފު ރައްދުވާ ފަރާތް ވަރިކުރިކަމާމެދު އިންކާރުކުރާތީ، އިސްތިއުނާފު ކުރާ ފަރާތުން މައްސަލަ ހުށަހަޅަނީ މަރްޙޫމގ ދަރިއެއްގެ ހައިޘިއްޔަތުންކްމަށް ބަޔާންކޮށްފައިވެއެ ވެ.
4ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރތުނާ ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުން ފެމިލީ ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ، މަރްޙޫމްގެ ތަރިކައިން އެފަރާތް މަރްޙޫމް ކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ވަރި ސާބިތުކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމުގެ ސައްޙަކަމާއިމެދު އެފަރާތުން ސުވާލު އުފައްދާފައިވެއެވެ. 10 މެއި 2021 ގައި މަރްޙޫމް މަރުބަލީގައި އެނދުމަތި ކުރެވިފައި ކަމުގައި ބެލެވޭކަމަށާއި، ލިޔުމެއްގައި ސޮއި ކުރެވޭފަދަ ސިއޙް ޙާލެއްގައި މަރްޙޫމް ނެތްކަމަށް ފާހަގަކޮށްފައިވެއެވެ. އދުވަސްވަރެ ކޮވިޑްގެ ބަލިމަޑުކަމާއ ގުޅިގެނި ރާއްޖޭގައި ޢަމަލު ކުރެވެމުން ދިޔަ އުޞޫލުތަކުގެ ދަށުން ދެ ހެކިވެރިން އެއްތަންކޮށް ދެންނެވުނު އިޤުރާރުގައި ހޮސްޕިޓަލުގައި ސޮއި ކުރުމީވުމަށް ވުރެ ނުވުން ގާތްކަމެއ ކަމުގައް އެފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި އެދިފައިވާ ފަދައިން ވަރި ސާބިތުވެއްޖެ ޙާލަތުގައިވެސް ރަޖުޢާ ވަރިއަކުން ވަރިކުރެވިފައިވާ އަންހެނާއަށް ފިރިމީހާ ނިޔާވެއްޖެ ޙލަތުގައާ އިއްދައިގެ މުއްދަތުގައި މުޠުލަޤުކޮށް މަރްޙޫމްގެ ތަރިކައިން ވާރުތަކުރާނޭކަން އެފަރާތުން ފާހަގަކުރެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2022C/-Cv/000 ވަނަ ޤަޟިއްޔާއިން އިސްތިއުނާފު ކުރާ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި ދައުވާ ފޯމުގެ ނަންބަރު 5.5
5އިސްތިއުނާފު ކުރެވޭ ޤަޟިއްޔާ ފެމިލީ ކޯޓުން ނިންމާފައިވަނީ، ހުށަހަޅާފައިވާ އެ ޤަޟިއްޔާއިން ނިޔާއެއް ކަނޑައަޅަންޖެހޭ ސަބަބެއްނެތަތީ އެ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށވެ. ފެމިލީ ކޯޓު ގެ މި ނިންމުން ބިނާކުރި މައިގަނޑު އަސާސތަކަކް، އަންނަނިވި ކަންތައްތައް ކަމުގައި ބެލެވެއެވެ.
1.5. މި މައްސަލައިގައި ވަރިކޮށްފައިވާ ގޮތާއި، ވަގުތަށާއި ޙާލަތަށް ބަލާއިރު، ކައިވެނީގެ ގުޅުނީ ނިމުމަކަށް އަންނަ ސަބަބުތަކެއް (ވަރިކުރުނ ނުވަތް މަރުވުން) މެދުވެރިވެފައިވާކަން މައްސަލައާ އެކު ހުށަހެޅި ލިޔެކިޔުންތަކުން އެނގޭކަން؛
2.5. މި މައްސަލައިގެ ވަރި ސާބިތު ވުމާއި ނުވުމުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނަކަން؛
3.5. ކައިވެނވި ދެމީހުންކުރެ މީހަކު ނިޔާވުމަށްފަހު، އެ ފަދަ ދެމަފިރިއެއްގެ ވަރި ސާބިތުކުރުމަށް ކޯޓުގައި ދއަ ވާ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ފަސާދައަކަށް މަގު ފަހިވެދާނެކަމެއް ކަމެއްކަމަށް؛
4.5. ހަމަ އެހެންމެ ދައުވާ ކުރާ އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ވަރީގެ އިޤްރާރުގައިވާ ތާރީޚުގެ ހަފްތާއެއްހާ ދުވަސްފަހުން މަރްޙޫމް ނިޔާވެފައިވާކަން ސާބިތުކަމާއެކު އެނގެން އޮންނާތީ އެދުވަހުނ ފެށިގެން ކައިވެނި ނިމުމަކަށް އަންނާނެކަން؛
5.5. ޝަރީ ޢތުން މި ވަރި ސާބިތުނުކުރަމުނ އެއްވެސް ފަރާތެއްގެ ޙައްޤަކަށް އަންނާނެ އުނިކަމެއް ނެތްކަން؛
6.5. އެހެންކަމުން ހިމާޔަތްކުރެވޭ މަސްލަޙަތުތަކަށް ރިޢާޔަތްކޮށް ވަރިސާބިތުކުރުމުގެ މި މައްސަލަ ކުރިއަށް ގެންދަންޖެހޭ ޝަރޢު ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަން؛ މިއެވެ. 2024C/-Fm/00 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 4 ވަނަ ނުކުތާ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ ތައް:
6ފެމިލީ ކޯޓު ގެ ނަންބަރު 2024C/-Fm/00 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ އަންނަނިވި ދެނުކުތާއެވެ.
1.6. ފުރަތަމަ ނުކުތާއަކީ؛ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު01/2022-SCPD ޕްރެކްޓިސް ޑައިރެކްޝަންއާއި ޚިލާފަށް ޢަމަލުކޮށްފައިވާކަން ދޭހަވާފަދަ މޭރުމަކުން، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/05 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު) ޤަޟއްޔި ފަދަ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ ފަދައިން ޚަސްމުން ހުށަހަޅާފައިނުވާ އަދި ބަހުޘު ކުރެވިފައް ނުވާ ވާޤއާތަކެއި ބަޔާންކުރައްވާ ފެމިލީ ކޯޓުން ޙުކުމްކުރައްވާފައިވުނކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
2.6. ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 57 ވަނަ މާއްދާގެ (ހ) އަދި ޖަދުވަލު 3 ގައި ކަނޑައަޅާފައިވާ ފެމިލީ ކޯޓުގެ އިޚްތިޞާޞް، އަދި ޤާނޫނު ނަންބަރު 2010/13 (ދިވެހިރައްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ)، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް ފެމިލީ ކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ. އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދެފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ
7އިސްތިއުނާފީ ފޯމގައު ތަފްސީލު ކޮށް ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށް ރޢި ޔަތްކޮށް އެނުކުތާތަކުނާ މައިގަނޑު ގޮތެއްގައި ފާހަގަކުރާ އަންނަނިވި ކަންކަން ޚލާސާކުރަމެވެ.
1.7. އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މަރު ސާބިތުވިކަމުގެ ލިޔުން ފެމިލީ ކޯޓުގެ ނަންބަރު 2022C/-Fm/000 ގޟަ އްޔި އަކާ މިމައްސަލައިގައި ހިމެނޭ އެއްވެސް ޚަސްމަކު ފެމިލީ ކޯޓުގެ ނަންބަރު 2020/0000 ސެޓްފކެޓި ހުށަހަޅާފައިވާ ވާޤިއާއެއް ނޫން ކަމަށާއި، އިސްތިއުނާފު ކުރާ ފަރާތަށް އެނގި ހާމަވެފައިވާ ޤަޟިއްޔާއެއް ނުވަތަ ވޤިއާއެއާ ނޫންކަމަށާއި، މިލިޔެކިޔުންތަކާއ ގުޅިގެނި ބަސްބުނުމުގެ ފުރުސަތު ލިބިފައިނުވާކަން؛
2.7. މަރްޙޫމގް ތަރިކައިގެ މައްސަލަ ފެމިލީ ކޯޓުގެ ނަންބަރު 1C/202-Fm/0000 ޤަޟިއްޔއިނާ ބަލަމުންދަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/2022-SCPD ޕްރެކްޓިސް ޑައިރެކްޝަންގެ ދަށުން މައްސަލަ ސިވިލް ކޯޓަށް ތަޙުވީލު ކުރެވިގެން ދިޔައިރު، އެޤަޟިއްޔާގެ އެއްބައި (މަރު ސާބިތުކުރުމުގެ ބައި) ފެމިލީ ކޯޓުގައި ހިފެހެއްޓިފައި އޮތުމަކީ އެޕްރެކްޓިސް ޑައިރެކްޝަނާއި ޚިލާފު ކަމެއް ކަމަށާއި، އަދި އިސްތިއުނާފު ކުރާފަރާތ ނުހިމެނޭގޮތަށް އެ މައްސަލަ ކުރިއަށް ގެންގޮސްފައިވާ ސަބަބަކާއިމެދު ސުވާލު އުފައްދާ، ފެމިލީ ކޯޓުގެ ނަންބަރު 1C/202-Fm/0000 ގައި ހިމެނޭ ޚަސްމުން ހިމެނޭ ފަދައިން މި މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިޔުމަކީ ޢަދުލުވެރި ޝަރީޢަތެއް ކުރެވިފައިވާކަން ކަށަވަރުކުރުމަށް ވުޖޫދުވެފައިވާ އެންމެ އެދެވޭ މަގކަމަށު ދެކޭކަމަށް؛
3.7. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 57 ވަނަ މާއްދާގެ (ހ) އަދި ޖަދުވަލު 3 ގައި ކަނޑައަޅާފައިވާ ފެމިލީ ކޯޓުގެ އިޚްތިޞާޞް ގެ ތެރޭގައި ހިމެނޭ މައްސަލައެއް، އެ ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާ މއ ޟޫއާއިމެދ ގޮތެއު ކަނޑައެޅުމެއްނެތި، ބަހަނާތަކެއް ދެއްކުމަށްފަހު، މައްސަލަ ބެލުމުން ނުވަތަ ޙުކުމް ކުރުމުން އަންނާނޭ ކަމަށް ޝަރީޢަތަށް އަންދާޒާކުރެވޭ ނަތީޖާއެއް ބަޔާންކުރުމަށްފަހު މައްސަލަ ބެލުމަށް އިއުތިރާޒުކުރުމ ޤާނޫނީ ނިޒާމުގައި އިސްތިގުރާރުވެފައިވާ އުޞޫލެއް ނޫންކަމަށް؛
4.7. އާއިލާއާބެހޭ ޤާނޫނާ ގަވާއިދުގައި ކޯޓުގެ އިޚްތިޞާޞް ކަނޑައެޅިފައިވާއރު، ވަރި ސާބިތުކުރުމުގި މައްސަލައާއި ވަރިއާމެދ ސުވާލު އުފެއްދުން ހިމެނޭކަމަށާއި، މިބާވަތުގެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އެހެން ކޯޓަކަށް ލިބިގެން ނުވާކަމަށާއި، ކާވެނީގެ ބައިވެރިއަކު ނިޔާވުމުން ތިންވަނަ ފަރާތަކުން ހުށަހެޅުން މަނާކުރާ ޤާނޫނީ މަސްދަރެއް ނެތްކަން؛
5.7. ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔާގައ " ކާވެނި ވި ދެމީހުންކުރެ މީހަކު ނިޔާވާފަހުން، އެ މީހުންތިބީ ވަރިވެފަ ކަމަށްބުނެ، އެ ފަދަ ވަރިތައް ކޯޓުތަކުގައި ސާބިތުކުރުމަށް ހުށަހަޅާ އެކަމާމެދު ގޮތް ނިންމުމަށް ފުރުސަތު ހުޅުވިފައި އޮތުމަކީ ފަސާދައަކަށް މަގުފަހިވެދާނެކަމެއ ކަމަށް ވާތީއާއި" މި ފަދައިން ބަޔާންކޮށްފައިވީ ނަމަވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ވަރި ސާބިތުކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތެއް ކަނޑައަޅާފައިނުވާކަމަށާއި، މި ފަދަ މައްސަލައެއް ހުށަހެޅޭނީ "ކވެނާ މަތީގައި ތިބިކަމަށް" ބުނެވޭ މީހުން ދުނިޔޭގައި ތިބި ޙާލަތުގައި އެކަނިކަމަށް ބަޔާންކޮށް ޤއިދަ ކުރުމެއް އއިލާއާބެހާ ޤާނޫނުގައިވެސް އަދި ޤަވާއިދުގައިވެސް ނެތްކަމަށާއި، ހަމަ އެހެންމެ ތިންވަނަ ފަރާތަކަށް އެ ފަދަ މައްސަލައެއް ހުށަނޭޅޭނޭކަމަށ ބުން ޤައިދުކުރުމެއް ނެތްކަމަށާއި، އަދި އެ ފަދަ ޤައިދުކުރުމެއް އޮންނަ ޙާލަތުގައިވެސް ވަރިއާއިމެދު ޝައްކުވެއްޖެ ޙާލަތެއްގައި، އެ މައްސަލަ ކޯޓަށް ހުށަހަޅަން ވާނޭ ކަމުގައި އާއިލާއާއިބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާކަމަށާއި، އެހެންކަމުން އިސްވެ ދެންނެވުނު ފަދައިން ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔާގައި ބަޔާންކޮށްފައިވުމީ ހަމަޖެހޭ ކަމެއް ނޫންކަމަށް؛
6.7. މި ޙާލަތުގައި ޝަރީޢަތުން ޤާނޫނީ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ބެލެވޭނީ ޝަރީޢަތުގެ ނިންމުން ބިނާކޮށްފައިވާ އަސާސްތައް، އަދި 'ފަސާދަ' އަށް މަގުފަހިވަނީ ކޮން ސަބަބެއް މެދުވެރިވުމުންކަން، އަދި ޝަރީޢަތުން މައްސަލައިގެ މައުޟއޫ ގޮތެއް ކަނޑައެޅުން މަނާވެގެންވާ ސަބަބު ޤާނޫނީ ނައްސުތަކަށް ނުވަތަ ޝަރުޢީ ކޯޓުތަކުގެ ނިންމުންތަކަށް ޝަރުޢީ އުޞޫލުތަކާއި ޤާއިދާތަކުގެ އަލީގައި ސާފު އިބާރާތުން ބަޔާންކޮށްފައިވާނަމައީ ކަމުގައި ކަމަށާއި، މި ޤަޟިއްޔާގައި ފެމިލީ ކޯޓުން ވަރި ޝަރީޢަތުން ސާބިތު ނުކުރުމުން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ނާންނަކަމަށް ފާހަގަ ކޮށްފައިވާ ކުރުމަކީ، އެކަށީގެންވާ މިންވަރަށް މައްސަލަ ދިރާސާކުރުމަށްފަހު ފާހަގަކުރައްވާފައިވާ ކަމެއް ކަމަށާއި، މި ވަރި ސާބިތުކުރުމަށާއި ކަން ހިނގާފައިވާގޮތް ސާބިތުކުރުމަށް އެފަރާތުން ހުށަހަޅާފައިވާ 04 ޝަފަހީ ހެކިންގެ ހެކިބަސް، ތަކުރާރުކޮށް އިސްތިއުނާފު ކުރާ ފަރާތުން އެދުމުގެ މަތިންވެސް ޝަރީޢަތުން ނަގާފައި ނުވާކަމަށާއި، އެ ހެކި ބަލައިގަތުމެއ ނެތް ޝަރީޢަތުން 'ފަސާދަ' އަށް މަގު ފަހިވާކަމަށް ބަޔާންކުރައްވާ ޤާނޫނުގައި ބަޔާން ނުކުރާ ޙުއްޖަތްތަކެއް ދެއްކުމާއިއެކު މައުޟއޫ ގޮތުން މައްސަލަތައް ބެލުން މަނާކުރުން ހުއްދަކުރާ ޤާނޫނީ އަސާސެއް ނެތް ކަމާއި އެއީ ޤާނޫނީ ގޮތުން ލިބިފައިވާ އިޚްތިޞާޞް ނަފީ ކުރުމަށް އޮތް ޙުއްޖަތެއް ނޫން ކަމަށް؛ މިއެވެ.
8އިސްތިއުނާފު ގެ ޖަވާބުގައި ވަރަށް ތަފްސީލު ކޮށް ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށް ރޢި ޔަތްކޮށާ އެނުކުތާތަކުން މައިގަނޑު ގޮތެއްގައި ފާހަގަކުރާ އަންނަނިވި ކަންކަން ޚުލާސާކުރަމެވެ.
1.8. ކާވެނީގެ ސެޓްފިކެޓަކީ ދެފަރާތެއްގެ މެދުގައި ކާވެނީގެ އަޤުދެއް ވެވިފައިވާކަން ސާބިތުކޮށްދޭ ލިޔުމެއްކަމަށާއި، މި ގުޅުން ނިމުމަކަށް އައިސްފައިވާކަން ސާބިތުވާ އެހެން ވާޤއި އެއާ އުފަންވެގެން ނާންނަހާ ހިނދަކު ކާވެނީގެ ސެޓްފިކެޓަށ ރިޢާޔަތްކޮށް ބަލަންޖެހޭނީ އެ ދެމަފިރިން ތިބީ ކާވެނީގެ މަތީގައި ކަމަށާއި، ދެމަފިރިން ވަރިވެފައިވާ ކަމީ ވަރީގެ ސެޓްފިކެޓެއް ނުވަތަ އެ ދެފަރާތުގެ ބަހެއް ނެތި ތިންވަނަ ފަރާތަކަށް ސާބިތުކޮށްދެވޭނެ ކަމެއް ނޫން ކަމަށާއި، ފިރިމީހާ މަރުވުމުގެ ކުޑަދުވަސްކޮޅެއ ކުރިން ސޮއިކޮށްފައިވާ ކަމަށްބުނާ، އެ ލިޔުމެއްގެ ސައްޙަކަމާއިމެދު އަނބިމީހާ ތަކުރާރުކޮށް ސުވާލު އުފައްދާފައިވާ 'ވަރީގެ އިޤުރާރު' އެއް މެދުވެރިކޮށް ދެމަފިރިއަކު ވަރިވެފައިވާކަން ތިންވަނަ ފަރާތަކަށް ސާބިތުކޮށް ދެވޭނެކަން އެނގޭ އެއްވެސް ޝަރުޢީ ހަމައެއް ނުވަތަ ޤާނޫނީ ނައްސެއް އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައިނުވާކަން؛
2.8. ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔާ އެކޯޓުން ބާޠިލުކޮށްފައިވަނީ ހަމަ އެ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔއިނާ މަރްޙޫމްގެ މަރް ސާބިތުކޮށްފައިވާ ކަމުގެ މައްޗަށް ބަރޯސާވެ ނޫންކަމަށާއި، ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔާގެ ތެރެއިން މަރްޙޫމް ނިޔާވެފައިވާކަމަށ ދެފަރާތުންވެސް ހުށަހަޅާފައިވާކަމަށާއި، އަދި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގެ ނަންބަރު 0000000E މަރު ސާބިތުކުރި ކަމުގެ ލިޔުމެއް އިސްތިއުނާފު ކުރާ ފަރާތުން އެ މައްސަލައިގެ ތެރެއިން ހުށަހަޅާފައިވާކަމަށާއި، އެހެންކަމުން ކާވެނި ނިމުމުގެ ސަބަބުތައްކަމުގައި ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔާގއަ ބަޔާންކުރާ 'މަރުވުން' މި ޙާލަތުގައި މެދުވެރިވެފައިވާކަން ދެފަރާތުންވެސް ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔާގައި ފާހަގަ ކުރި ކަންތައްތަކުން އެނގެން އޮތުމުން، މި ޙާލަތުގައި ކާވެނި ނިމުމަކަށް އައިސްފައިވާތީ ވަރި ސާބިތުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ނިންމާ ފެމިލީ ކޯޓުން އެ މައްސަލައިގެ ދއަވ ފޯމާ ބާޠިލު ކުރީކަމަށާއި، އިސްތިއުނާފު ކުރެވިފައިވާ ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔާ ގައި އެކޯޓުން ދިވެހިރާއްޖޭގަ ސުޕްރީމް ކޯޓުގެ ނަންބަރު 01/2022-SCPD ޕްރެކްޓިސް ޑައިރެކްޝަންއާއި ޚލާފުވެފައިވާކަނި އިސްތިއުނާފު ކުރާ ފަރާތަށް އިސްތިއުނާފު ފޯމުގައި ބުނެދެވިފައި ނުވާކަމަށާއި، އިސްތިއުނާފު ފޯމުގެ 7 ވަނަ ޞަފުހާގެ ނުކުތާ 6،7،8 ކަށް ބެލުމުން އިސްތިއުނާފު ކުރާ ފަރާތުން ފެމިލީ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔގާ ނިންމުމާއިމެދު ހިތްހަމަ ނުޖެހޭފަދަ މޭރުމަކުން ބައެއް ކަންކަން ފާހަގަ ކޮށްފައިވާތީ އިސްތިއުނާފު ރައްދުވާ ފަރާތުން އެކަމާއިމެދު ސުވާލު އުފައްދާފައވި ކަމަށާއި، އެ ޤަޟިއްޔާއަކާ މަރްޙޫމ ނިޔާވެފައިވާތީ އެކަމުގެ ޝަރުޢީ ލިޔުމެއް ލިބިގަތުމުގެ ބޭނުމުގައި އެފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާކަމަށާއި، އަދި މަރު ސާބިތުވެފައިވާކަމުގެ ޝަރުޢީ ލިޔުން ދޫކުރުމަކީ ފެމިލީ ކޯޓުގެ އިޚތިޞް ޞާން ބޭރުގައިވާ ކަމެއް ނޫން ކަމާއި، މިޤަޟިއްޔާގެ ނިންމުމާއިމެދު އިސްތިއުނާފު ކުރާ ފަރާތުން ހިތްހަމަނުޖެހޭ ނަމައީ އިސްތިއުނާފަށް ހުށަހަޅަން ޖެހޭނީ ފެމިލީ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔާކަމަށް؛
3.8. މަރްޙޫމް ނިޔާވެފައިވާކަމީ ދެފަރާތުގެ މެދުގައި ބަހުޘއެ އޮތްކަމެއް ނޫންކަމަށާއި، ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔާގައި އެ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔއިނާ މަރްޙޫމް ނިޔާވެ ފައިވާ ކަމަށް ކަނޑައަޅާފައިވާކަމަށް ބުނުމަކީ ދެފަރާތުން ހުށަހަޅާފައިނުވާ ވޤިއާތަކެއްގާ މައްޗަށް ބިނާކޮށް ޙުކުމް ކުރުން ނޫންކަމަށް؛
4.8. އސިތއުނި ފުކުރާ ފަރާތަށް އިސްތިއުނާފު ފޯމުގައި، 00/Fm-C/2024 މި ޤަޟިއްޔާގެ ޙުކުމު ފެމިލީ ކޯޓުގެ އިޚްތިޞާޞާއި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފުވަނީ ކޮންގޮތަކުން ކަން ބުނެދެވިފައި ނުވާކަމަށާއި، ފެމިލީ ކޯޓަށް ވަރި ސާބިތުކުރުމުގެ އިޚްތިޞާޞް ލިބިފައިވުމުގެ މާނައަކީ ވަރި ސާބިތުކުރުމަށް ހުށަހަޅާ ކޮންމެ މައްސަލައެއްގައި، ވަށައިގެންވާ ޙަޤީގަތްތަކަށ ބެލުމެއް ނެތް ފެމިލީ ކޯޓުން އެ މއ ޟޫއަށް ގޮތެއު ކަނޑައަޅަންޖެހޭ ސަބަބެއް ނޫންކަމަށާއި، ދެންނެވުނު ޤަޟިއްޔާގައި ވަރިއާއިމެދު ގޮތެއް ކަނޑައަޅާފައިނުވުމަކީ އެއްވެސް ޤާނޫނަކުން ކަނޑައަޅާފައިވާ އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް އަންނަ ކަމެއް ނޫންކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅަން ބޭނުންވި އެންމެހާ ހެކިތައް ހުށަހަޅާ އެއާއިމެދު ބަހުޘް ކުރުމުގެ ފުރުސަތު ފެމިލީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެވުނުކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާކަމަށާއި، އެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ހެއްކަކީ ވަގު ލިޔުމެއްކަމަށް ބެލެވޭ 'ވަރީގެ އިޤުރާރު' ކަމަށް ބުނާ ލިޔުމެއް ކަމަށް؛
5.8. މި މައްސަލައިގެ ތެރެއިން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަސް ނެގިފައިނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާއިރު، އެ ހެކިން ޙާޟިރުކުރުމުގެ ބޭނުމަކީ ވަރި ސާބިތުކށޮދިނުންކަން ދައުވާ ފޯމުގެ 8 ވަނަ ނުކުތާއަށް ބަލާލުމުން އެނގެން އޮންނަކަމަށާއި، ވަރިއަކީ ވަރިކުރިކަމަށ ބުން މީހާގެ ޣައިރު ޙާޟިރުގައި ހެކި ވެރިއެއްގެ ހެކިބަހުން ސާބިތުކުރެވިދާނެ ކަމެއްކަން އެނގޭ އެއްވެސް ޝަރުޢީ އޞުލެއ ނުވަތް ޤަވާއިދެއްވެސް ނެތްކަމަ ށާއި، އަދި އެފަދަ ވަރިތައ ސާބިތުކުރުމަށް ކޯޓުތަކުގައި ފުރުސަތު ހުޅުވާލެވިފައި އޮތުމަކީ ފަސާދައަކަށް މަގުފަހި ވެދާނެކަމެއ ކަމަށް ވާތީ، މި މައްސަލައިގެ ތެރެއިން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމާފައިވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭގޮތުގައި މި މައްސަލައިގައި ޝަރީޢަތުގެ ނިންމުން ބިނާވެފައިވާ އަސާސްތައް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިނުވާކަމަށް ބުނާނެ ޖާގައެއް ނެތްކަމަށް؛
6.8. ކާވެނި ފަދަ އިސްލާމްދީނުގައި މަތިވެރި މަޤާމެއް ދެވިފައިވާ އަޤދެއްގައި، ކާވެނި ވެފައިވާ ދެފަރާތުންކުރެ އެއްފަރާތެއް ނިޔާވުމާއި ގުޅިގެން ކވެނީގާ އަޤުދު ނިމުމަކަށް އަންނަ ފަހުން، އޭނާ ނިޔާވިއިރުވެސް ވަރީގެ ސަބަބުން އެ ކާވެނި ނިމުމަކަށް އައިސްފައިވާކަމަށް ބުނުމުގެ ފުރުސަތު 3 ވަނަ ފަރާތަކަށް ދެވިއްޖެ ނަމައީ މީގެ ސަބަބުން ޝަރުޢީ އަދި އިޖުތިމާޢީ އެތަކެއް މައްސަލަތަކެއް މިކަމުން ފެންމަތި ވެދާނކެ ނ ވިސްނާލުމުން އެނގިގެން ދާނެ ކަމަށާއި، އެހެންކަމުން މަރްޙޫމ ނިޔާވުމަށްފަހު މި މއ ޟޫއަށ ގޮތް ކަނޑައަޅަންޖެހޭ ސަބަބެއް ނެތްކަމުގައި ދެކޭކަމަށް؛ މިއެވެ. އެދޭ ގޮތް:
9އިސްތިއުނާފުކުރާ ފަރާތުން އެދެނީ ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ގޟަ އްޔާގެ ޙުކުމް ބާޠލި ކުރުމާއިއެކު، ހުށަހެޅިފައިވާ ހެކީގެ އަލީގައި މައްސަލައިގައި މއ ޟު އ ގޮތުން ގޮތއެ ކަނޑައެޅުމަށް މ ޤަޟިއްޔާ ފެމިލީ ކޯޓަށް ތ ޙވީލު ކޮށްދިނުމަށެވެ.
10އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ، ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔގާ ޙުކުމް ހައިކޯޓުން ދަމަހައިޓައިދިނުމށެވެ. އައު ލޔެކ ޔުން ހުށަހެޅުން:
11މިމައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު މައްސަލައިގެ ޙުކުމް ކުރުމުގެ މަރުޙަލާގައިވަނިކޮށް، އިސްތިއުނާފު ކުރާ ފަރާތުން އައު ލިޔުންތަކެއް ހުށަހަޅާ އެލިޔުންތަކާއ ގުޅިގެނި ވާހަކް ދެއްކުމަށްޓަކައި ޝަރީޢަތުގެ މަޖިލީހެއް ބާއްވައި ދިނުން އެދި އިސްތިއުނާފު ކުރާ ފަރާތުން މިކޯޓަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެސިޓީއާއި ލިޔެކިޔުންތައް އިސްތިއުނާފު ރައްދުވާ ފަރާތަށް ރައްދުކޮށް، މައްސަލައިގެ ޚަސްމުންނަށް ބަސްބުނުމުގެ ފުރުސަތުދީ އަޑުއެހުމެއް ބޭއްވިފައިވާނެއެވެ.
12މިއަޑުއެހުމުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، މަރްޙޫމްގެ ވާރިޘުން ސާބިތުކުރުމާ ގުޅޭގޮތުން ސިވިލް ކޯޓުގައި ހިނގަމުންދާ އެކޯޓުގެ ނަންބަރު 2024-CVC-0000 ޤަޟިއްޔާގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި 2 (ދޭއް) ޝަފަހީ ހެކި ކަމަށްވާ (ހެކި 1 ގެ ނަމާއި އެޑްރެސް ސިއްރު ކުރެވިފައި) އަދި (ހެކި 2 ގެ ނަމާއި އެޑްރެސް ސިއްރު ކުރެވިފައި) ގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަކީ، އިސްތިއުނާފުން ބެލެވެމުން މިދާ މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ލިޔެކިޔުންތަކާއި، ޝަރީޢަތުގެ މަޖިލީސްތައް ތާވަލްކުރެވި ކުރިއަށް ގެންދެވުނު ތާރީޚުތަކުގައި ހާމަވެ ފާޅުވެފައިވާ މަޢުލޫމާތުތަކެއް ނޫންކަމަށާއި، މިގޮތުން އަންނަނިވި ކަންކަން ހެކިވެރިން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހާމަކޮށްފައިވާކަމަށެވެ.
1.12. ހެކި ވެރިޔާ 1 (ނަން ސިއްރު ކުރެވފައ ) ގެ ބަޔާނުގައި، މަރްޙޫމް ނޔާވެފައވަނީ، 17 މއ 2021 ގައި ކަމަށާއި، ނޔައުވއރު އަންބަކު ހުރި ކަން ނުވަތަ ނެތްކަންވެސް ނޭންގޭކަމަށާއ، ހެކި ވެރިޔާއަކީ މަރްޙޫމްގެ ޚދުމަތުގައ އެންމެ ގާތުން މަސައްކަތްކޮށްފައވާ ފަރާތކަމަށާއް، 2021 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ބޭއްވުނު ބައްދަލުވުމެއްގައ އ ސްތިއުނާފު ރައްދުވާ ފަރާތުން ވަރކުރުމަށ މަރްޙޫމް އެދޭކަމަށް މުޢާމަލާތް ކޮށްފައި ވާކަމަށާއި، މަރްޙޫމްއާއ 26 ނޮވެމްބަރު 2025 ވަނަ ދުވަހު މިކޯޓުގައި ބޭއްވުނު އަޑުއެހުން އ ސްތިއުނާފ ރައްދުވު ފަރާތުން ދ މާވުމެއްނެތ މަސްތަކެއް ވެފައި ވާކަމަށް ހެކި ވެރިޔާ (މަރްޙޫމްގެ ފޮރ ހެން ދަރިފުޅުގެ ނަން) ގާތު ބުނެފައި ވާކަމަށާއި، ކައވެނ ކޮށްގެން އުޅެން ބޭނުން ނުވާކަމަށްވެސް ބުނެ މަރްޙޫމްގެ ފަރާތުން މުޢާމަލާތްކޮށްފައވާކަމަށާއ، މަރްޙޫމްގެ ފައ ބުރަ ކުރުމުގެ އޮޕަރޭޝަންއަށްފަހު، ހެކވެރޔާ ނެތް އެއްވެސް ތަނަކަށް ދަތުރުކޮށްފައ ނުވާނެކަމަށާއި، މަރްޙޫމް ހެލފެލވެ އުޅުމާއި ގައން ތާހރުވުމުގެ އެންމެހައި ކަންކަން ކުރުމުގައި ޝާމް ލްވެ އުޅެފައވަނީ ހެކވެރޔާ ކަމަށާއި، ހެކި ވެރިޔާ ނެތް މަރްޙމްއަށ އެފަދް އެއްވެސް ކަމެއޫ ނުކުރެވޭނެކަމަށާއ، ހުރިހާ ވަގުތެއްގައިވެސް މަރްޙޫމގް ޙާޟރުގައ ހެކި ވެރިޔާ ހުންނަކަމަށާއ، މަރްޙޫމް އަދ އ ސްތިއުނާފ ރައްދުވު ފަރާތުން އެކަހެރި ބައްދަލުވުމެއް ހނގާފައވާކަން އެނގފައ އަދ ފެނފައވެސ ނުވާކަމަށް ހެކް ވެރިޔާ ބުނެފައވާކަމަށެވެ.
2.12. ހެކި ވެރިޔާ 2 (ނަން ސިއްރު ކުރެވފައ )ގެ ބަޔާނުގައި، މަރްޙޫމް ނޔާވއރު އަންބެއް ނެތްކަމަށާއ، އެންމެ ފަހުން ބައްދަލުވެފައވަނީ، 10 މއ 2021 ގައކަމާއ، ބައްދަލުވއ ރ މަރްޙޫމް ފެނފައ ވަނީ، ޢާންމުކޮށްވެސް ފެންނަ ހނތުންވުމާއ، ތަނަވަސްކަމާއި އެކީގައި ކަމާއި، އެއްވެސް ނުފޫޒެއް މަޖުބޫރުކަމެއް ނެތްކަމަށާއި، ވަރީގެ އ ޤުރާރު ބާރަށް ވ ދާޅުވ ކަމަށާއި، ސޮއި ކޮށް އ ންގ ލީގެ ނ ޝާން ޖެހުމަށްފަހު އ ސްތިއުނާފ ރައްދުވު ފަރާތަށް ފޯނުން ގުޅާ ވަރކުރ މުޢާމަލާތް ކުރި ކަމަށާއި، މަރްޙޫމްގެ ފޯނުގައި ހުރި މެސެޖުތައްވެސ ހެކް ވެރިޔާއަށް ދެއްކި ކަމަށާއި، އެގޮތުން އ ސްތިއުނާފ ރައްދުވު ފަރާތުން މަރްޙޫމއަށް ރައްދުކޮށްފައވާ މެސެޖުތަކުގައ ދެމީހުންނަށް އެކުގައި ނޫޅެވޭނަމަ އެއީ މަރްޙޫމްގެ ފަރާތުން އ ސްތިއުނާފ ރައްދުވު ފަރާތަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި، އެއަނޔާއ ން މންޖުކޮށްދނުމުގެ ބޭނުމަށް ވަރކޮށްދ ނުމަށް މަރްޙޫމްގެ ކބައން އ ސްތިއުނާފ ރައްދުވު ފަރާތާ އެދފައވާކަމަށާއ، އ ސްތިއުނާފު ރައްދުވާ ފަރާތުން ވަރިކުރުމުގެ ބޭނުމަށް ލ ޔުމުން ތައްޔާރުކޮށްފައވާ ވަރީގެ އ ޤުރާރެއްގައ މަރްޙޫމް ސޮއކުރއ ރ، ހެކި ވެރއެއްގ ގޮތުގައެ ސޮއކުރކަމަށާއ، މއ ޤުރާރުގައ ސޮއކޮށްފައވަނީ، ހެކި ވެރިޔާގެ ޙާޟ ރުގައި ކަމަށާއި، މަރްޙޫމްއަށް އަމަ އްލަފުޅަށް އެނދުންވެސް ތެދުނުވެވޭކަމަށާއ، ދުވަހަކުވެސް އ ސްތިއުނާފ ރައްދުވު ފަރާތަކާ މަރްޙޫމްއާއެކު ދ ރއުޅެފައވާ ފަރާތެއް ނޫންކަމަށާއި، ރޭކުރުމުގެ ކުޅަދާނަކަމާމެދ ސުވާލު އުފެދޭކަމަށާއި، ދެމީހުން ރޭކޮށްފައނުވާނެކަމަށ ހެކް ވެރިޔާ ގާތު މަރްޙޫމް ބުނެފައިވާ ކަމަށެވެ.
13އ ސްތިއުނާފ ކުރު ފަރާތުގާ މ ހުށަހެޅުމުގެ ރައްދުގައި އސްތއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައވަނީ، އ ސްތިއުނާފ ކުރު ފަރާތުން ހުށަހަޅާފައވަނ އައީ ހެކި ނޫންކަމަށާއި، އެއީ ހިއަރސޭ ހެކި ކަމަށާއި، ރޭކުރުމާ ގުޅޭގޮތުން ދަރިއަކަށް އެފަދަ ވާހަކައެއް ނުދެއްކޭނެކަމަށާއ، މިއީ ޤަބޫލު ކުރެވޭނެ ހެއްކެއް ނޫންކަމަށެވެ. ގޮތް ކަނޑައަޅަންޖެހޭ ކަންތައްތައް:
14އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މިކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ކަންތައްތަކަށް ކަމުގައި ދެކެމެވެ.
1.14. މައްސަލަ ނިންމުމުގައި ރޢިޔަތްކޮށްފައިވ މަރާ ސާބިތު މައްސަލައަކީ ސުޕްރީމް ކޯޓުގެ 01/2022-SCPD ޕްރެކްޓިސް ޑައިރެކްޝަނާއި ޚިލާފަށް ނިންމާފައިވާ މައްސަލައެއްތޯ؟
2.14. ކޯޓުން ކުރިން ނިންމާފައިވާ މައްސަލައަކަށއާ ކވެނީގާ ސެޓްފިކެޓަށް ރިޢޔަތްކާ ށ ބަސްބުނުމުގެ ފުރުސަތު ނުދީ އިސްތިއުނާފު ކުރެވޭ މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްތޯ؟
3.14. އިޚްތިޞާޞާ ލިބޭ މައްސަލައެއް މައުޟއޫ ގޮތުން ނުބަލަން ނިންމިދާނެތޯ؟
4.14. ވަރީގެ މައްސަލައެއް ހުށަހެޅުމުގެ ޙއިސިއްޔަތަ ލިބެނީ ކއިވެނީގަ ބައިވެރިންނަށްތޯ؟
5.14. މި މައްސަލަ މައުޟއޫ ގޮތުން ބެލުމުގައި އެކަށީގެންވާ މަސްލަޙތަ އެ އޮތްކަން ޤާއިމުވޭތޯ؟
6.14. މައްސަލަ ނިންމުމުގައި ހުށަހެޅުނު ހެކި ން ޙާޟިރުނުކޮށް މައްސަލަ ނިންމުން ގޯސްތޯ؟
7.14. ފަސާދައަކަށް މަގުފަހިވުމާއި މަސްލޙަ ތަށ އިސްކަން ދިނުމަކީ މައްސަލަ މައުޟއޫ ގޮތުން ނުބެލުމަށް ޙއްޖިޔަތެއްތު؟
8.14. މައްސަލަ ނިންމުމުގައި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާންކުރެވިފައިވޭތޯ؟ މިއެވެ.
15އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، އުފައްދާ ބަހުޘް ބިނާކޮށްފައިވަނީ، އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފެމިލީ ކޯޓުގެ ނަންބަރު 2020/0000 ކައިވެނީގެ ސެޓްފިކެޓަށާއި އެ ޤަޟިއްޔާގެ 3 ވަނަ ނުކުތާގައި ޙވާލަ ދީފައިވާ ފެމިލަ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔާއަށް އެކޯޓުން ޙަވާލާދިން ދިނުމުގެ މައްޗަށެވެ.
16އެގޮތުން، އިސްތިއުނާފު ކުރެވޭ މައްސަލަ ފެމިލީ ކޯޓަށް ހުށަހެޅުމުގެ ކުރިން، މަރްޙޫމގް ތަރިކައިގެ މައްސަލަ ފުރަތަމަ ހުށަހެޅިފައިވަނީ، ފެމިލީ ކޯޓުގެ ނަންބަރު 0000/Fm-C/2021 ޤަޟިއްޔާއިން ކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/2022-SCPD ޕްރެކްޓިސް ޑައިރެކްޝަންގެ ދަށުން، ތަރިކަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ބަދަލުވެގެން ދިޔުމާއެކު އެމައްސަލަ އެކޯޓަށް ތަޙް ވީލުކުރެވިފައިވާ ކަމަށާއި އެހެންކަމުން، މަރްޙޫމްގެ މަރް ސާބިތު ކުރުމުގެ ބައެއް ފެމިލީ ކޯޓުގައި ހިފެހެއްޓިފައި އޮންނަންޖެހޭ ސަބަބެއް ނެތް ކަމަށާއި، އެބާވަތުގެ މައްސަލައެއް ފެމިލީ ކޯޓުގައި ބެލުމުގެ އިޚްތޞާޞި އޮތް ކަމާމެދު އިސްތިއުނާފު ކުރާ ފަރާތުން ސުވާލު އުފައްދާފައިވެއެވެ.
17މިނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، ފެމިލީ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔާއަކާ މަރްޙޫމް ނިޔާވެފައިވާތީ، އެކަމުގެ ޝަރުޢީ ލިޔުމެއް ލިބިގަތުމުގެ ބޭނުމުގައި އެފަރާތުން ހުށަހަޅަފައިވާ މައްސަލައެއް ކަމުގައެވެ. މަރު ސާބިތުވެފައި ވާކަމުގެ ޝަރުޢީ ލިޔުން ދޫކުރުމަކީ ފެމިލީ ކޯޓުގެ އިޚްތިޞާޞުން ބޭރުގައިވާ ކަމެއް ނޫން ކަމަށެވެ.
18ދެފަރާތުގެ މި ހުށަހެޅުންތަކުގައި އުފައްދާ ބަހުޘާއި މެދު ގޮތެއް ނިންމުމުގައި މަރްޙޫމގް ތަރިކައއާ ވަރީގެ މައްސަލަ ހުށަހެޅިފައިވާ ތަރުތީބއާ އެދެމެދުގައި ކޯޓުތަކުގެ އިޚްތިޞާޞް އަށް އައި ބަދަލުތަކަށް ބަލައިލުން މުހިންމެވެ.
19އިސްތިއުނާފު ކުރާ ފަރާތުން ޙަވާލާދޭ ސުޕްރީމް ކޯޓުގެ "ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ އިޚްތިޞާޞްއާ ގުޅޭ " ޕްރެކްޓިސް ޑައިރެކްޝަންގައި ކޯޓުތަކުގެ އިޚްތިޞާޞއަށް އައި ބަދަލު ބަޔާންކޮށްފައިވެއެވެ. އެގޮތުން، ކޯޓުތަކުގެ ޤާނޫނު ގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާއިމުކުރެވުނު ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އިޚްތިޞާޞް ޖަދުވަލް 1 އަދި 3 ގައި ބަޔާންކުރެވިފައިވާކަމަށާއި، ސުޕްރީމް ކޯޓުގެ 2015/02/SC (8 ޖަނަވަރީ 2015) ނަންބަރު ސަރކިއުލަރ އިން އިޚްތޞާޞްއަށި ބަދަލުގެނެވުނު ކަން ފާހަގަކޮށްފައިވެއެވެ. މިބަދަލުގެ ތެރޭގައި ތަރިކައިގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ފެމިލީ ކޯޓަށް ބަދަލުކުރުން ހިމެނޭ ކަން އެނގެއެވެ. އަދި، އެއާއެކު، މިބަދަލު ގެނެވުނު 2015/02/SC (8 ޖަނަވަރީ 2015) ސަރކިއުލަރ ބާޠިލުކޮށް، މިބާޠިލުވުމ ގުޅިގެނާ ކޯޓުތަކުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖައްސައި 01 ފެބްރުއަރީ 2022 އިން ފެށިގެން ޢަމަލުކުރަން ފެށުމަށް އަންގާފައިވެއެވެ.
20މިއިސްތިއުނާފ ގުޅިގެނާ ހުށަހެޅް ލިޔެކިޔުންތަކުން މަރްޙޫމް ނިޔާވެފައިވަނީ، 17 މެއި 2021 ގައކަނި އެނގެން އޮވެއެވެ. މަރްޙޫމްގެ ތަރިކައިގެ މައްސަލަ ފުރަތަމަ ހުށަހެޅީ 31 އޮގަސްޓް 2021 ގައެވެ. އެއިރު، ތަރިކަ މައްސަލަ ބަލަމުން ދިޔައީ ފެމިލީ ކޯޓުން ކަމަށްވާތީ، އެމައްސަލަ ހުށަހެޅި ބެލެމުން ދިޔައީ ފެމިލީ ކޯޓުގެ ނަންބަރު 0000/Fm-C/2021 ޤަޟިއްޔާއިންނެވެ. މައްސަލަ ހުށަހަޅާފައިވަނީ، މަރްޙޫމްގެ ފިރިހެން ދަރް 0000000އެވެ. ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގެ ދަށުން މި SCPD-01/2022 މައްސަލަ 01 ފެބްރުއަރީ 2022 ގައި ސިވިލް ކޯޓަށް ތޙަވީލުކުރެވި ބަލަމުން ދިޔައީ އެކޯޓުގެ ނަންބަރު 000/Cv-C/2022 ޤަޟިއްޔާއިންނެވެ.
21މިދެމެދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މަރްޙޫމްގެ މަރު ސާބިތުކޮށް އެކަމުގެ ޝަރުޢީ ލިޔުމެއް ހޯދުމަށް އެދި 18 ޖަނަވަރީ 2022 ގައި ފެމިލީ ކޯޓަށް ހުށަހަޅާފައިވެއެވެ. އެއީ އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާ ފެމިލީ ކޯޓުގެ 000/Fm-C/2022 ޤަޟިއްޔާއެވެ.
22ސިވިލް ކޯޓުގެ ނަންބަރު 000/Cv-C/2022 ޤަޟިއްޔާއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ތަދައްޚުލްވެފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން މިމައްސަލައަށް ތަދައްޚުލު ވުމުގް މަސްލަޙަތެއް އޮތްކަމ މެދާ ސުވާލު އުފައްދާ އެމައްސަލައިގައި )މަރްޙޫމްގެ ފިރިހެން ދަރީގެ ނަން) ގެ ފަރާތުން ކޯޓު އަމުރަކަށް އެދުނެވެ. މިހުށަހެޅުމުގެ ޖަވާބުގައި ކވެނީ ސ ޓެފިކަޓަށް ރިޢޔަތްކޮށާ އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްލަޙަތު އޮތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ. 21 ޖަނަވަރީ 2024 ގައި 000/Cv-C/2022 ޤަޟިއްޔާ އަނބުރާ ގެންގޮސްފައިވެއެވެ.
23އިސްތިއުނާފު ކުރެވޭ 00/Fm-C/2024 ޤަޟިއްޔާ އިސްތިއުނާފު ކުރާ ފަރާތުން ފަރާތުން ފެމިލީ ކޯޓަށް ހުށަހަޅާފައިވަނީ، 17 ޖަނަވަރީ 2024 ގައެވެ. މައްސަލަ ނިމިފައިވަނީ 15 ޑިސެންބަރު 2024 ގައެވެ.
24އަދި މިހާރު މަރްޙޫމްގެ ތަރިކައިގެ މައްސަލަ އިސްތިއުނާފު ރައްދުވާ ފަރާތުން 20 މެއި 2024 ގއ ސިވިލް ކޯޓަށް ހުށަހެޅި އެކޯޓުގައި ހިނގަމުން ދެއެވެ.
25ބުނެވުނު ޤަޟިއްޔާތައް ހިނގާފައިވާގޮތް ޚލު ޞާކުރުމުގ ގޮތުނެ އަންނަނިވި ތާވަލުގައި ހިމެނިފައިވާނެއެވެ. ޤަޟިއްޔާ ނަންބަރު ބާވަތް ހުށަހެޅި ފަރާތް ހުށަހެޅި ތާރިޚް ނިމުނު ތާރީޚް 1C/202-/Fm0000 ތަރިކަ މަރްޙމުގޫ ދޮށީ ފިރިހެން ދަރި 31 އޯގަސްޓް 2021 ސިވިލް ކޯޓަށް ތަހުވީލު 01 ފެބްރުއަރީ 2022 C/2022-/Fm000 މަރު ސާބިތު އިސްތިއުނާފު ރައްދުވާ ފަރާތް 18 ޖަނަވަރީ 2022 24 ފެބްރުވަރީ 2022 2022C/-/Cv000 (ތަރިކަ) މަރްޙމުގޫ ދޮށީ ފިރިހެން ދަރި ތަހުވީލު ކުރެވުނީ 21 ޖަނަވަރީ 2024 0000/Fm-C/2021 01 ފެބްރުވަރީ 2022 ޤަޟިއްޔާ ގެ ތަޙްވީލު - ވަގުތީ އަމުރު މަރްޙޫމ ގެ އަންހެން ދަރި 20 ޑިސމެ ބަރް 2023 ނެރެދީފައިނުވޭ 00/Fm-C/2024 ވަރި ސާބިތު މަރްޙޫމ ގެ އަންހެން ދަރި 17 ޖަނަވަރީ 2024 15 ޑިސެންބަރު 2024 (އިސްތިއުނާފުކުރެވޭ މައްސަލަ) 2024-CVC-0000 ތަރިކަ އިސްތިއުނާފު ރައްދުވާ 20 މެއި 2024 ހިނގަމުން ދަނީ 0/IN/2024/00-144 އިޖުރާއީ އިއުތިރާޒް މަރްޙޫމްގެ އަންހެން ދަރި - 25 ޑިސެމްބަރު 2024
26ޕްރިސިޑެންސް 1މައްސަލައިގައި ބުނެވެނު ވާޤިއާތަކަށް ރިޢާޔަތްކުރުމުން، ފެމިލީ ކޯޓުން ބެލިދާނެކަމަށް އިސްތިއުނާފު ކުރާ ފަރާތުން ސުވާލު އުފައްދާ، އެކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔާއަކީ، މި މައްސަލައިގެ ޚަސްމެއްގެ ގޮތުގައި ހިމެނޭ އިސްތިއުނާފު ރައްދުވާ ފަރާތުގެ ފިރި ނިޔާވެފައިވާތީ، އެމަރްޙޫމްގެ މަރު ސާބިތުކޮށް އެކަމުގެ ޝަރުޢީ ލިޔުމެއް ހޯދުމަށް އެދި ފެމިލީ ކޯޓަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާއަކީ، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކުރާ ފަދައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/2022-SCPD ޕްރެކްޓިސް ޑައިރެކްޝަންގެ ދަށުން ފެމިލީ ކޯޓުގެ ނަންބަރު 1C/202-Fm/0000 ޤަޟިއްޔާ ސިވިލް ކޯޓަށް ތ ޙވީލ ކުރެވުނު އިރުގައު މަރު ސާބިތުކުރުމުގެ ބައި ފެމިލީ ކޯޓުގައި ހިފެހެއްޓި ބެލިފައިވާ ޤަޟިއްޔާއެއް ނޫނެވެ. ނަމަވެސް މުސްތަޤިއްލު އެހެން ޤަޟިއްޔާއެއްގެ ދަށުން 18 ޖަނަވަރީ 2022 ގައި ފެމިލީ ކޯޓުގައި ރަޖިސްޓްރީ ކުރެވި ބެލިގެން ދިޔަ މައްސަލައެކެވެ. ސިވިލް ކޯޓުގެ އެންޓްރީ ނަންބަރު 0000 ތަރިކަ ބެހުމާއި ވާރިޘުން ސާބިތު ކުރުމުގެ ފޯމު، ސިވިލް ކޯޓަށް ބަލައިގަތް ކަމުގެ ސްޓޭމްޕްގައިވާ ތާރީޚް ފެމިލީ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔާ، ދަޢުވާގެ ޚުލާސާ.
27ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ ޖަދުވަލު 3 ގެ 'ފެމިލީ ކޯޓުގެ އިޚްތިޞާޞް' ގެ ސުރުޚީގެ ދަށުން ފެމިލީ ކޯޓުން ބަލާ ބާވަތުގެ މައްސަލތަކުގ ލިސްޓުގެ ފުރަތަމަ ނަންބަރުގައަ ބަޔާނި ކޮށްފައިވަނީ، މަރު ސާބިތުކުރުމުގެ މައްސަލައެވެ. އެހެންކަމުން ފެމިލީ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔާއަކީ، އެކޯޓަށް ލިބިގެންވާ އިޚްތިޞާޞުން ބޭރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/2022-SCPD ޕްރެކްޓިސް ޑައިރެކްޝަނާ ޚިލާފަށް ބަލާފައިވާ މައްސަލައެއް ކަމުގައި ބެލުމުގެ ޖާގައެއް ނެތެވެ. އަދި، އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާ ފަދައިން، އެޤަޟިއްޔާ ހިންގާފައިވާގޮތާއ އެޤަޟިއްޔާގައި ކަނޑައެޅިފައިވާ އޞުލަކ މެދާ ތައުނުކުރާނަމަ އިސްތިއުނާފު ކުރަންވާނީ އެޤަޟިއްޔާއެވެ. ބަސްބުނުމުގެ ފުރުސަތު ނުލިބި ލިޔެކިޔުންތަކަށް ރިޢާޔަތްކޮށްފައިވުން
28އިސްތިއުނާފ ކުރު ފަރާތގު ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ފާހަގަކުރާ އިތުރު އެއް ކަމަކީ، ފެމިލީ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔާއަކީ، މައްސަލައިގައި ހިމެނޭ އެއްވެސް ޚަސްމަކު ހުށަހަޅާފައިވާ ވާޤއިއެއ ނޫން ކަމަށާއި، އަދި އިސްތިއުނާފު ކުރާ ފަރާތަށް އެނގި ހާމަވެފައިވާ ޤަޟިއްޔާއެއް ނުވަތަ ވޤާ އ އެއާ ނޫންކަމަށެވެ. ފެމިލީ ކޯޓުން އެމައްސަލައަށް ރިޢޔަތްކޮށާ މައްސަލަ ނިންމާނަމަ، މިވާޤިއާމެދު ބަސް ބުނުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ.
29ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް ޤަޟިއްޔާގައ ސުޕްރީމް ކޯޓުން ފާހަގަކޮށްފައވަނީ އަންނަނިވ ފަދައިންނެވެ. " މަދަނީ ޠަބީޢަތުގެ މައްސަލަތަކުގައި ޝަރީޢަތަށް ހުށަހެޅ ފައިވާ މައްސަލައެއްގެ ޙުކުމަށް ވާސލުވުމަށްޓަކައ ހޯދަންޖެހޭކަމަށް އެމައްސަލަ ބަލާ ފަނޑިޔާރަށް ފެންނަ ކޮންމެ ލ ޔުމެއް އަދ މަޢުލޫމާތެއް ހޯދުމަކީ އެފަނޑ ޔާރަކަށް ލ ބގެންވާ ބރެއްކަމާއާ، މިގޮތުން ހޯދާ ލ ޔުމެއް އަދ މަޢުލޫމާތެއް މީހަކަށް ގެއްލުން ލ ބޭގޮތަށް މާނަކުރެވޭ ޙާލަތުގައި ނުވަތަ ޝަރީޢަތުން މީހެއްގެ މައްޗަށް ކަމެއް ސާބ ތުކުރުމުގައ އެފަދަ ލ ޔުމެއްގެ މައްޗަށް ނަންބަރު 2012/SC-A/05 ބުރަވާ ޙާލަތުގައި އެލް ޔުމަކ މެދާ ނުވަތު އެމަޢުލޫމާތަކާމެދު އެފަރާތެއް ދެކޭ ގޮތް ބަޔާންކުރުމުގެ ފުރުސަތުދ ނުމަކީ އެމައްސަލައެއްގައ ހިމެނޭ ކޮންމެ މީހަކަށް ލ ބގެންވާ ޙައްޤެކެވެ. "
30އިސްތިއުނާފ ކުރެވު ނިންމުމުގެ ފާހަގަކުރެވުނު ނުކުތގާ 2 ވަނަ ނަންބަރަށް ބެލުމުން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ފަދައިން ފެމިލީ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔއަށާ ރިޢާޔަތްކޮށްފައިވެއެވެ. އެނުކުތާގައިވަނީ އަންނަނިވި ފަދައިންނެވެ. ފެމިލީ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔާ ނމުނުގޮތަށް ބަލާއ ރ، 00 ރަޖަބު 1433ހ( .00 ފެބްރުއަރީ 2022) ވަނަ ދުވަހު މަރްޙޫމް ގެ މަރު ސާބ ތުކޮށްފައވާކަނ އެނގެން އޮންނަކަން"
31ފެމިލީ ކޯޓުގެ މިފާހަގަކުރުމަށް ބެލުމުން، އެކޯޓުން ބަލާ ނިމިފައިވާ ޤަޟިއްޔާއެއްގައި މަރްޙޫމްގެ މަރު ސާބިތުކުރެވިފައިވާތީ އެކަމަށް ރިޢާޔަތްކޮށްފައިވަނީ ކަން އެނގެއެވެ. މަރްޙޫމ ނިޔައުވެފައިވާކަމާއި، ނިޔައުވި ތާރީޚަކީ ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔާގެ ތެރެއިން ދެފަރާތުން ވެސް ހުށަހަޅާ، އެކަމާމެދު މިހިނދުގައިވެސް ބަހުޘެއް އޮތް ވާޤިއާއެއް ނޫނެވެ. އެހެންކަމުން، އިސްތިއުނާފު ކުރެވޭ ނިންމުމުގައި ފެމިލީ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔާއަށް ޙަވާލާދީފައިވަނީ، ވަކި ކަމެއް ސާބިތުކޮށް މީހަކަށް ގެއްލުމެއް ލިބޭ ގޮތަކަށް ކަމުގައި ނުބެލެވެއެވެ.
32އިސްތިއުނާފު ކުރާ ފަރާތުގެ އެއް ބަހުޘަކީ، މިޤަޟިއްޔާއަށް ޙަވާލާދނުމުގައި، އެޤަޟިއްޔާއާމެދު ބަސްބުނުމުގެ ފުރުސަތު ލިބުނުނަމަ، ފެމިލީ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔާ ހުށަހެޅުމުގެ ޙައިޘިއްޔަތެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ނެތް ކަމަށް ފާހަގަކުރުމުގެ ފުރުސަތު ލިބޭނެކަމަށާއި، އެފުރުސަތު ލިބިފައިނުވާތީ، އެކަން ފާހަގކުރުމަށަ މޙަރޫމުވެފައިވާކަމަށެވެ. އެފަރާތުގެ މިބުނުމަށް ބުރަދަންދޭން ބަލާއިރު، ފެމިލީ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔާ ހުށަހެޅުމުގެ ޙައިޘިއްޔަތާމެދު ބަސްބުނެ އެކޯޓުގައި ތައުނު ކުރިނަމަވެސް އެޤަޟިއްޔާއަށް ބަދަލެއް ގެނައުމަކީ، އިސްތިއުނާފީ އުޞޫލުގެ ތެރެއިން ކުރެވޭނެކަމެއްކަން ފާހަގަކުރެވެއެވެ. ފެމިލީ ކޯޓުގެ ނަންބަރު 000/Fm-C/2022 ޤަޟިއްޔާ އެކޯޓުގައި ހިންގިއިރު، އިސްތިއުނާފު ކުރާ ފަރާތުގެ ބަހެއް ހޯދަންޖެހޭ އ.ބ.ހ ގެ ޕެރެގްރާފް 20.1 ކަމަށް އެފަރާތުން ބަޔާންކުރާއިރު، އެޤަޟިއްޔާއަކީ މިކޯޓުގައި އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާއެއް ނޫނެވެ.
33ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔާގައި އެކޯޓުގެ ނަންބަރު 2020/0000 "ކވެނީގާ ސެޓްފިކެޓް" އަށް ޙަވާލާދިން ނަމަވެސް އެލިޔުމ ގުޅިގެނާ ވާހަކް ދެއްކުމަށް އިސްތިއުނާފު ކުރާ ފަރާތަށް ފުރުސަތު ލިބިފައިނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާއިރު، މިސެޓްފިކޓަކެ ޚުދު އިސްތިއުނާފު ކުރާ ފަރާތުން ފެމިލީ ކޯޓަށް ހުށަހޅެ ލިޔުމެއް ކަން ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅި ފޯމުގެ 37. ވަނަ ނަންބަރަށް ބެލުމުން އެނގެއެވެ.
34އިސްތިއުނާފު ކުރެވޭ ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "މަރްޙޫމް އާއި އ ސްތިއުނާފު ރައްދުވާ ދެމީހުން 00 ޛުލްޙިއްޖާ 1441 ހ (00 އޯގަސްޓް 2020މ)ގައި ކާވެނކޮށްފައވާކަމާއ މކާވެ ންޏަކީ މިދެމީހުންގެ ފުރަތަމަ ކާވެނކަން ފެމިލީ ކޯޓުގެ 20200000/ ކާވެނީގެ ސެޓްފކެޓަށް ބެލުމުން އެނގޭކަން ".
35ފެމިލީ ކޯޓުގެ މިފާހަގަކުރުމަކީ، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ލިޔުމެއްގައިވާ ވާޤިއާއެކެވެ. އަދި އެދެފަރާތް ކާވެނިކުރިކަމީވެސް އެކަމާމެދު ބަހުޘެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން، މިވާޤިއާ މިގޮތުގައި ބަޔާންކުރުމަކީ ޚަސްމުން ހުށަނާޅާ ކަމެއްގައި ބަސްބުނުމުގެ ފުރުސަތު ނުދީ ފާހަގަކޮށްފައިވާ ކަމެއް ނޫނެވެ. އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް މައުޟޫއީ ގޮތުން ނުބެލުން
36އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން އުފައްދާފައިވާ އެއް ބަހުޘަކީ، ފެމިލީ ކޯޓުގެ އިޚްތިޞާޞގް ތެރޭގައި ހިމެނޭ މައްސަލައެއްގައި، ހުށަހަޅާފައިވާ މއ ޟޫއާއިމެދު ގޮތެއު ކަނޑައެޅުމެއްނެތި، މައްސަލައިގެ ފޯމު ބާޠިލުކުރެވިދާނެތޯ ބުނެ އުފައްދާ ބަހުޘެވެ.
37ޕްރިސިޑެންސް 3ކޯޓެއްގެ އިޚްތިޞާޞް ހިނގާ ކޮންމެ މައްސަލއަ އެ މައުޟޫއީގޮތުން ބަލައި ގޮތް ކަނޑައެޅުން ލާޒިމުވާ ޤާނޫނީ މަސްދަރެއް އިސްތިއުނާފު ކުރާ ފަރާތުން މިމައްސަލައިގައި ހުށަހަޅާފައިނުވެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، އެޤާނޫނުގެ 20 ވަނަ މާއްދާގެ ދަށުން އެކޯޓުން އިޚްތިޞާޞް ނެތް މައްސަލަތކާއަ ޢާންމު އޞުލުނ ކޯޓުގް އިޚްތިޞާޞް އޮތް ނަމަވެސް މައްސަލައިގއަ ހިމެނި ޙާލަތުގެ ސަބަބުން އިޚްތިޞާޞް ލިބިފައިނުވާ މައްސަލަތަކުގައި ކޯޓުން ގޮތެއް ކަނޑަނާޅައި ނިންމިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
38މިމައްސަލައަކ ފެމިލީ ކޯޓަށް ހުށަހެޅުނު ޢާއިލީ މައްސަލައެއްގެ އިސްތިއުނާފެކެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، އާއިލާއާބެހޭ ޤާނޫނުގެ ދަށުން ނުވަތަ އެނޫންވެސް މަދަނީ އިޖުރާއަތާބެހޭ ޚާއްޞަ ޤާނޫނެއްގެ ދަށުން އާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަތައް ބެލުމުގައި، އެ ކޯޓަކުން ޢަމަލުކުރާނީ، އެ ޤާނޫނެއްގައި ބަޔާންކުރާ ޚާއްޞަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
39ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދު ގެ 8 ވަނަ މާއްދާގައި ޤާނޫނީ ޙައިސއްޔަތި ލިބިގެންވާ ކޮންމެ ފަރާތަކީ، އާއިލާ މައްސަލައެއްގައި ޚަސްމަކަށް ވެވިދާނެ ފަރާތެއްކަމަށް ބަޔާންކުރެއެވެ. އެހެންނަމަވެސް، އެއްވެސް ފަރާތަކަށް އާއިލީ މައްސަލައެއް ހުށަހެޅޭނީ އެމައްސަލައެއްގައި އެފަރާތުގެ އެކަށީގެންވާ މަސްލަޙަތެއް އޮވެގެންކަމަށް އެގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
40އެޤަވާއިދުގެ 43 ވަނަ މާއްދާއަށް ބެލުމުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ ޙލަތާއާ އަދި މައްސަލައިގެ ހިމެނޭ ޙާލަތުގެ ސަބަބުނ ކުރިއަށް ގެންދިއުމުގެ އިޚްތިޞާޞް ނުލިބުން ބަލައިގަނެފައިވާކަން އެނގެއެވެ. އބޙ 2022/R-102
41ޕްރިސިޑެންސް 4ސުވާލު އުފެދިގެން މިއުޅޭ މައްސަލައަކީ ވަރި ސާބިތުކުރުމަށް ހުށަހެޅި މައްސަލައެކެވެ. ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލް 3 ގައި ފެމިލީ ކޯޓުގެ އިޚްތިޞާޞް ބަޔާންކުރެވިފައިވާއިރު، ވަރި ރަޖިސްޓަރީކުރުމާ ވަރިއާ ބެހޭ ގޮތުން މައްސަލަ ޖެހިގެން ހުށަހަޅާ މައްސަލަތައް ބަޔާންކޮށްފައިވެއެވެ. ސުވާލަކީ ވަރގީ މައްސަލައެއްގައި ޤާނޫނީ ޙައިސިއްޔަތު ލިބިގެންވަ ފަރާތަކާ ކޮބައިތޯއެވެ.
42އާއިލާއާބެހޭ ގަވާއިދާ ގެ އަށްވަނަ ބާބު ވަރިއަށް ޚާއްސަކުރެވިފައިވާއިރު، މިގަވާއިދުގެ 36 ވަނަ މާއްދާ ޚާއްސަކޮށްފައިވަނީ، ވަރިކުރުމަށ ނުވަތް ވަރިވުމަށ އެދް ހުށަހަޅި ހުށަހެޅުމަށެވެ. މާނައަކީ، މިއީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް މައްސަލަ ހުށަހެޅުމުގެ ސިފަތު ލިބިދީފައިވާ ހުށަހެޅުމެކެވެ. ޚުލްޢު ވަރިވުމަށް ކވެނާ ފަސްޚކުރުމަށު އެދް ހުށަހެޅެނީ ކާވެނީގެ ބައިވެރިންނށަ ކަން އެޤަވާއިދުގެ މާއްދާތަކުގައި ސާފުކޮށްބަޔާން ކުރެއެވެ.
43އިސްތިއުނާފ ކުރު ފަރާތުގާ ބަހުޘަކީ، ވަރިއާމެދ އޮޅުނު އެރުން ނުވަތަ ވަރިޔާމެދު ޝައްކުވެއްޖެނަމަ، މައްސަލަ ހުށަހެޅުމަށް އާއިލާއާބެހޭ ގަވާއިދުގެ 38 ވަނަ މާއްދާއިން ލާޒިމުކޮށްފައިވާއިރު، މިބާވަތުގެ މައްސަލައެއް ހުށަހެޅުމުގެ ޤާނޫނީ ޙައިސިއްޔަތު ލިބަ ފަރާތެއް ޤާނޫނުގައި ކަނޑައެޅިފައިނުވާކަމަށާއި، އެހެންކަމުން އެއްވެސް ފަރާތަކުން މިބާވަތުގެ މައްސަލައެއް ހުށަހަޅައިފިނަމަ އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ.
44އާ އިލާއާބެހޭ ގަވާއިދުގެ 38 ވަނަ މާއްދާގައި އަންހެނަކު "ވަރިކޮށްފިނަމަ" އެކަން އަންހެންމީހާއަށް އެނގޭ ހިސާބުން ކޯޓަށް އެނގުން ލާޒިމުކޮށްފައިވެއެވެ. އަދި މިމާއްދާގެ (ށ) ގައި ވަރިކުރިކަނ ކޯޓަށް ނޭނގުމުގެ ޖޫރިމަނާއެއް ކަނޑައެޅިފައިވާއިރު، މިއީ ވަރިކުރި ފަރާތަށް ސިފަތު ލިބިފައިވާ ހުށަހެޅުމއްކަން ދޭހަވެއެވެ. ޖަދުވަލް 3 ގެ 14 އަދި 15 ވަނަ ނަންބަރު އބޙ ގެ 46 ވަނަ މާއްދާ އބޙ ޤަވާއިދުގެ 47،48 49 މާއްދާ
45"ވަރިއ މެދާ އޮޅުނު އެރުން ނުވަތް ޝައްކުވުމަކ" ކޮބައިކަން ޤާނޫނއާ ޤަވާއިދުގައި މާނަކުރެވިފައިނުވެއެވެ. ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ފަނޑިޔާރުން މައްސަލަ ބެލުމުގައި ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމާއި، ޤާނޫނުގައި ވަކިގޮތެއް ކަނޑައެޅިފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތަށް ރޢި ޔަތްކުރަންވާނެކަމަށާ ބަޔާންކޮށްފައިވެއެވެ.
46އިސްލާމީ ޝަރީޢަތުގައި ވަރީގެ ބާވަތްތައް ބަހާލެވިފައިވާ ގިންތިތަކުގެ ތެރޭގައި ވަރީގެ ޙުކުމުގެ މައްޗަށް ބިނާކޮށް ކުރެވޭ ގިންތިއާއި، ވަރީގެ ލަފުޒުގެ މައްޗަށް ބިނާކުރެވޭ ގިންތިއާ، އަނބިމީހާގެ ޙާލަތގު ގޮތުން، ރުޖޫޢަކުރުމާ ނުކުރެވުމުގެ ގޮތުން ކުރެވޭގިންތި ހިމެނެއެވެ. މިއިން ކޮންމެ ބާވަތެއްގެ ވަރިއަކާމެދު ގޮތް ކަނޑައެޅުމުގައި މައްސަލައިގައި ވަށައިގެންވާ އެންމެހައި ކަންކަން ޝަރުޢީ ޤާނޫނީ މިންގަނޑުން ވަޒަންކުރަންޖެހެއެވެ. މިސާލަކަށް، ތަޢުލީޤު ވަރިއެއްގައި ކުރެވުނު ޝަރުޠާއި، ނިޔަތާއި، އިބރާތަށާ ބަލަންޖެހެއެވެ. ޝަރުޠތައު ފުރިހަމަ ކުރެވެނުތޯ ބަލަންޖެހެއެވެ. އަދި، އެހިސާބުން ވަރީގެ ނަތީޖާވެސް ކަށަވަރެއް ނުކުރެވެއެވެ. މިވަރ މިއި ރަޖުޢީ ވަރިއެއްތޯ/ ބާޢިން ވަރިއެއްތޯވެސް ކަށަވަރުކުރަންޖެހެއެވެ.
47މިބާވަތުގެ މައްސަލަތަކުގައި ފެމިލީ ކޯޓުން ޒަމާންތަކެއް ވަންދެން ޢަމަލުކުރަމުން ގޮސްފައިވާ ގޮތށަ ބަލާއިރު، ވަރި ސާބިތުކުރުމަށް ހުށަހެޅޭ މައްސަލަތަކަށާއި ވަރިއާމެދު ޝައްކުވެގެނ ހުށަހަޅް ފޯމުތަކުގައި ހިމަނަންޖެހޭ މަޢުލޫމާތާއި ޖިމާޢުކުރެވިފައިވޭތޯ އާއި ހަށިހުސްކޮށްތޯއާއި، ކާވެނި ރުޖޫޢަކުރަން ބޭނުންތޯއާއި، ދެމަފިރިންގެ ކާވެނީގެ ޚާއްސަ މަޢުލޫމާތާއި، ދަރިންގެ މަޢުލޫމާތާއި، އިއްދައިގެ ޚަރަދާއި ދަރިންގެ ޚަރަދު ބޭނުންވުންފަދަ ޒަވާޖީ ޙަޔާތަށް ޚާއްސަ ޒާތީ މަޢުލޫމާތު ހިމަނަށް ޖެހޭ ކަން އެނގެއެވެ. ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންގެ އަލްއަޙްވާލުއް ޝަޚްޞިއްޔާ - ވަރި 2016 ޞަފްޙާ 56 Aisny bte Mohd Daris v Haji Fahro Rozi bin Mohdi [1990] 2 MLJ xxvi; [1990] 7 JH 216 Kitab Al-Sharkawi to the effect: ‘Whoever pronounces a ta'liq for divorce on a condition and the condition takes place, a divorce will be effected in accordance with the pronouncement.' SYARIAH COURT REPORT [1993] 1 MLJ lxxvii
48ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިކަ މޯލްޑިވްސް ޕވޓ ލޓޑ ވ. އަބްދުﷲ ރަޝީދު ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، މުދަލުގެ މައްޗަށް އުފެދޭ ޙައްޤުތަކާއި ވާޖިބުތަކަކީ ބާވެ އުވިގެންދާނެ ޙައްޤުތަކެއް ނުވަތަ ވާޖިބުތަކެއް ނޫންކަމަށާއި، މުދަލުގެ މައްޗަށް އުފެދޭ ކޮންމެ ޙައްޤަކީ ނުވަތަ ވާޖިބަކީ ވާރިޘުންނަށް ވާރުތަވާނޭ އެއްޗެއް ކަމަށެވެ. އެއާ ޚިލާފަށް، މީހެއްގެ ޒާތާ ގުޅިފައިވާ ޝަހުސި ޙައްޤތަކާއު ވާޖިބުތަކަކީ ވާރުތަވެރިންނަށް ވާރުތަވާނޭ އެއްޗެއް ނޫން ކަމަށެވެ.
49ވަރީގެ މައްސަލައެއްގެ ދައުވާކުރާ ސަބަބު (cause of action) އަށް ބަލާއިރު، ޢާންމު އޞު ލުނ ބަލާނެ އުންސުރުތަކަކީ ވަރިއެއްގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަވޭތޯ ބެލުމާއި، އއްދައާއި ދަރިންގެ ޚަރަދާއި ރަނާއި ކވެނާ މަތީގއަ ހާސިލުކުރި މުދަލާއި ދެމަފިރިންގެ ދެމެދު އޮތް ޝަހުސީ ގުޅުމާ ހުރި ޙައްޤުތަކާއި ވާޖިބުތަކަށެވެ. މިފަދަ މައްސަލައަކުން ކަނޑައެޅޭ ނިޔާގައި ވާރިޘުންނަށް ސީދާގޮތެއްގައި ނިސްބަތްކުރެވޭ މަސްލޙަތެއ ނެތުމުން މިބާވަތުގެ މައްސަލަ ހުށަހެޅުމުގެ ސިފަތު (ލޯކަސް ސްޓޭންޑައި) ވާރިޘުންނަށް ލިބިގެންނުވެއެވެ.
50ބުނެވުނު އެންމެހައި ކަންތައްތަކަށް ރ ޢޔަތްކުރުމުން، ވަރިކުރުމާއި ވަރިވުމާއި ވަރިއާމެދ އޮޅުނު އަރާ މައްސަލަތަކުގައި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވަނީ ކާވެނީގެ ބައިވެރިންނަށެވެ. ވަރިއާ ގުޅިގެން އެހެން ފަރާތަކަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު ދީފައި އޮތް މާއްދާއަކަށް އާއިލާއާބެހޭ ޤަވާއިދުނާ ފެންނަން އޮތީ އެގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) އެވެ. އެއީ، ދެމަފިރިން ކުރެ އެކަކުގެ ބުއްދއަށި އުނިކަން އައުމުގެ ސަބަބުން ތަޞައްރުފު ނުފުދޭ ޙާލަތެއްގައިވެ ބުއްދި ސަލާމަތުން ހުރި މީހާ ޤސްދުގައަ ބުއްދި ހަމަނުވާ މީހާއަށް ސިއްޙީގޮތުނ ނުވަތް މުދަލުގެ ގޮތުން ގެއލުންދޭކަމަށް ބެލެވޭ ޙާލަތުގައެވެ. މިޙާލަތުގައި އެޙައްޤު ތަސައްރުފު ނުފުދޭ ޙާލެއްގައިވާ ފަރާތެއްގެ ބަލަދު/ ބެލެނިވެރިޔާ ނުވަތަ ދައުލަތަށް ލިބިދީފައިވެއެވެ. އާއިލާއާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާ 32 31 30
51އާއިލާއާބެހޭ ޤާނޫނއާ ޤަވާއިދާ އަދި ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދު އެކުލަވާލެވިފައިވާ ބުނެވުނު އެންމެހައި ކަންތައްތަކަށް ރިޢާޔަތްކޮށް ޤާނޫނު އެއްރޮއްޖަކުން ކިޔާލުމުން އާދެވޭ ޤާނޫނީ މާނަކުރުމަކީ ވަރިވުން/ވަރިކުރުން/ވަރި ސާބިތުކުރުން އަދި ވަރިއ މެދާ ސުވާލު އުފެއްދުމަކީ، ޤާނޫނާއި ގަވާއިދުން އިސްތިސން ކޮށްފައިވާ ޙާލަތެއްގައި މެނުވީ، ކާވެނީގެ ބައިވެރިންނަށް އެމައްސަލަ ހުށަހެޅުމުގެ ޤާނޫނީ ހައިޘިއްޔަތު ލިބިދީފައިވާ ބާވަތުގެ މައްސަލަތަކެއް ކަމެވެ.
52އިސްތިއުނާފުން ބެލެމުންމިދ މައްސަލާ ފެމިލީ ކޯޓަށް ހުށަހަޅަމުން މަރްޙޫމގ ތަރިކައިގެ މައްސަލައެއް ސވ ލ ކޯޓުގައި ހ ނގަމުންދާކަމަށާއ، އެ މަރްޙޫމް ނޔވއ ރ އަންބެއ ހުރް ކަން ނުވަތަ ނެތްކަން ބެލުން މުހ އްމ ކަމަށު ފާހަގަކޮށްފައވެއެވެ. އަދ ޢާންމު އުޞޫލުން ވަރޫ ކާވެނީގެ މައްސަލަތަކަކީ އަނބި/ފ ރަން ހުށަހަޅާ މައްސަލތަކަ އެ ކަމަށްވީނަމަވެސް މމައްސަލައގައ ހ މެނޭ އ ސްތިއުނާފ ރައްދުވު ފަރާތް ވަރި ކުރި ކަމާމެދު އިންކާރުކުރާތީ، އ ސްތިއުނާފ ކުރު ފަރާތުން މައްސަލަ ހުށަހަޅަނީ މަރްޙޫމްގެ ދަރއެއްގް ހއ ޘއްޔަތުންކަމަށް ފާހަގަކޮށްފައވެއެވެ. އެހެންކަމުން، މވަރ ސާބތުކުރުމުގ މައްސަލެ ހުށަހެޅުމުގައި އ ސްތިއުނާފު ކުރާ ފަރާތުން ހ މާޔަތްކުރަން އެދު މަސްލޙަ ތަކަ، ކާވެނީގެ ގުޅުމުގެ ސަބަބުން އެމަރޙުމގް ވާރި ސުން ކަށަވަރުކުރުމުގެ މަސްލޙަތެވެ.
53ޕްރިސިޑެންސް 5މމަސލަޙް ތ އޮތް ކަމާމެދު އސްތއުނާފ ރައްދުވު ފަރާތުން ދަށު ކޯޓުގައި ތައުނުކޮށްފައވެއެވެ. އެގޮތުން، ޝަރުޢީ ދަލީލުތަކާއެކު އެފަރާތުން ފާހަގަކޮށްފައވަނީ، ރަޖުޢީ ވަރިއަކުން ވަރިކުރެވިފައިވާ އަންހެނާއަށް ފިރިމީހާ ނިޔާވެއްޖެ ޙާލަތުގައި އިއްދައިގެ މުއްދަތުގައި މުޠުލަޤުކޮށް މަރްޙޫމްގެ ތަރިކައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ސިވިލް ކޯޓުގެ ނަންބަރު 2022C/-Cv/000 ވަނަ ޤަޟިއްޔާއިން ވާރުތަކުރާނޭކަމަށް ޢިލްމުވެރިން އިއްތިފާޤުވާކަމަށެވެ. މމައްސަލައގެ ވާޤިއާތަކަށް ބަލާއިރު، ވަރީގެ އިޤްރާރުކަމަށ ބުން ހުށަހަޅާފައިވާ ލިޔުމުގައި ވަރިކުރިކަމަށ ބުން ތާރީޚުގެ 7 ދުވަސްފަހުން މަރްޙޫމް ނިޔާވެފައިވާކަމަށާއި، އެހެންކަމުން މިވަރި ސާބިތުކުރުމަކުނ ނަތީޖާއަކަށް ބަދަލެއް ނާންނަކަމަށެވެ.
54ފިރިމީހާއާއި އަނބިމީހާއ ދެމެދާ ވާރުތަވުން ވަނީ އެ ދެމީހުންގެ ގުޅުން ވަރިވުމނު ނުވަތަ ކާވެނި ނިމުމަކަށް އަންނަންދެނެވެ. ނަމަވެސް ރަޖުޢީ ވަރީގެ ތެރޭގައާއި އއިދއިގަ މުއްދަތުގެ ތެރޭގައި ވާރުތަވުން ދެމިއޮވެއވެ. މީހަކު އޭނާގެ އަނބިމީހާއާ ރަޖުޢީ ވަރިއަކުން ވަރިކޮށް އަދި އެ އަންހެނާގެ އއްދައިގި މުއްދަތު ހަމަނުވަނީސް އެމީހާ (ކުރީގެ ފިރިމީހާ) މަރުވެއްޖެނަމަ، އެ އަންހެނާއަށް އެ މީހާގެ (ކުރީގެ ފިރިމީހާގެ) ތަރިކައިން ލިބޭނެކަމަށް މުސްލިމް ޢިލްމުވެރިން އިއްތިފާޤުވެފައިވެއެވެ. ނަމަވެސް އވަރިއަކެ ބާއިން ވަރިއެއްނަމަ، އެ އަންހެނާގެ އއްދި ހަމަވެފައިވިޔަސ ނުވަތް ނުވިޔަސް، އެ އަންހެނާއަކަށް އެ މީހާގެ ތަރިކައިން އެއްވެސް މިންވަރެއް ނުލިބޭނެއެވެ .
55އިސްތިއުނާފު ރައްދުވާ ފަރާތުގެ މިބަހުޘަށ ވަކް ޚާއްސަ ރައްދެއް އިސްތިއުނާފު ކުރާ ފަރާތުން ދީފައި ނުވެއެވެ. އެފަރާތުން ފާހަގަކޮށްފައިވަނީ މިއީ ތަރިކައާ ގުޅޭ މައްސަލައެއް ނޫންކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޝަރުޢީ ދަލީލުތަކަށް ތައުނު ކޮށްފައިނުވެއެވެ. ވަރީގެ އިޤުރާރުގައިވާ
29.08.2024 ގެ ތާރީޚްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ބަޔާނުގެ 3 ވަނަ ޕެރެގްރާފް ޑރ. ވަހްބަތުއް ޒުހައިލީގެ ސަހީހު ފިޤުހުއްސުންނަތު ވ އަދިއްލަތުހު ގައި ފާހަގަކޮށްފައިވާ اتفق الفقهاء على أن الرجل المريض إذا طلق امرأته، فطالقه نافذ كالصحيح، فإن الصحة حال في طالقها في فيها ترثه كما،رجعي طالق من العدة في دامت ما المطلقة ورثته المرض ذلك من مات އަދި ސަހީހު ފިޤުހުއްސުއްނަތު ވ އަދި އްލަތުހު ވ ތައުޞީހު މަޒާހިބް އަލްއައިންމަ ފޮތުގައި ބަޔާންކޮށްފައިވާ إذا طلقها طالقا رجعيًا فمات في باالتفاق يتوارثان فإنهما،هي ماتت أو،فيه يمت لم أو مرضه އަށް ޙަވާލާދީފައިވެއެވެ. ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންގެ އަލްއަޙްވާލުއް ޝަޚްޞިއްޔާ - ވަރި 2016 ޞަފްޙާ 69-71 ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންގެ އަލްއަޙްވާލުއް ޝަޚްޞިއްޔާ - ވަރި 2016 ޞަފްޙާ 94 Divorce and Islamic Law of Inheritance: A Comparative Analysis of the Position of Divorcee Dr. Muntaka Yahaya Aminu - International Journal Inter-inheritance between -of Research and Innovation in Social Science (IJRISS) |Volume II, Issue XI, November 2018|ISSN 2454-6186 husband and wife is possible until their relationship ceases either by divorce or the annulment of marriage. But inter-inheritance is possible during revocable divorce and within the limits of the “Iddah”. On the other hand, marriage annulment and definite divorce stops inheritance between husband and wife as soon as they depart, unless the husband is accused of divorcing his wife in order to deprive her from If a man divorced his wife revocably (TalaqRaji’i) and inheritance especially during the last illness in which death occurs (maradulmaut). died, it has been unanimously agreed by Muslim Jurists that she will inherit him (the ex-husband), if her Iddah (waiting period) did not expire at the time of his death. But if the divorce was irrevocable (TalaqBa’in), then she cannot inherit him at all, whether her Iddah did expire or not 22 އޮކްޓޯބަރު 2024 ގައި ހުށަހަޅާފައިވާ ދައުވާ ކުރާ ފަރާތުގެ ބަޔާން 1 މަރްޙޫމްގެ ސޮއިކަމާމެދ އިސްތިއުނާފު ރައްދުވު ފަރާތުން އުފެއްދި ބަހުޘުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތް، މަރްޙޫމް ކައިރީގައި ދިރިނޫޅވާހަކައާއި، އެއީ އެއްވެސް ކަމެއް ކޮށްދިން ފަރާތެއް ނޫންކަމަށާއި، ހާލު ބަލައިލަން ނުދާ ވާހަކައާއި، ދަރިއަކާ ދިމާނުވާ ވާހަކަ ބަޔާންކުރިނަމަވެސް، ބުނެވުނު ޝަރުޢީ އޞު ލ ނަފީކޮށް ބަހުޘެއް އުފަންކުރުމުގެ ނަޘަރުނ ކަމެއް ފާހަގަކޮށްފައިވާ ކަމުގައި ނުދެކެމެވެ.
56މައްސަލައަކީ ގުޅިގެނާ މަސްލަ ތޙަ އޮވެގެން ދައުވާކުރުމުގެ ސިފަތު އަދި ހައިޘިއްޔަތު ލިބިގެންވާކަމަށް ބުނާނަމަ، އެމަސްލޙަތު އުފަންވާ ގޮތް ބުނެދޭންޖެހެއެވެ. ނިޔާވި ފަރާތަކީ، މައްސަލަ ހުށަހަޅާ ފަރާތުގެ ބައްޕަކަމުގައި ވުމުން، ބައްޕަ ނިޔވިއިރާ ހުރު ކަމަށި ބެލެވޭ އަނބިމީހާ ވަނީ އެއިރު ވަރިކޮށްފައިކަމަށް ޤަބޫލުކުރެވިގެން އުފަންވާ މިމަސްލަޙތަ ނަފީވެފައިވާ ކަމަށް، ދަލީލާއެކު ބަޔާންކުރުމުން، މިދަލީލުން އެމަސްލޙަ ތުން ނަފީވެގެންނުދަ ކަމާއި އެމަސްލޙަތު ދެމިގެންވާގޮތް ބަޔާންކޮށްދިނުމަކީ، ދަފުޢު އުފައްދާ ފަރާތުން އުފުލަންޖެހޭ ޒިންމާއެކެވެ.
57ދަށު ކޯޓުގެ ލޔެކޔުންތަކަށް ބަލާއ ރ، މައްސަލައާއެކު ހިމެނޭ ކާވެނީގެ ސެޓްފ ކެޓުނާ އ ސްތިއުނާފު ރައްދުވާ ފަރާތާއި މަރްޙޫމްއ ދެމެދާ ކުރެވފައވަނީ ފުރަތަމަ ކާވެނި ކަން އެނގެއެވެ. އ ސްތިއުނާފު ކުރާ 42 41 ފަރާތުން ހުށަހަޅާފައިވާ ވަރީގެ އ ޤްރާރާއ ޑެތު ސެޓްފކެޓް އިން، ނޔވުމާއާ ވަރވުމާ ދެމެދު ވެފައި ވަނީ 7 ދުވަހުގެ މުއްދަތެއްކަން އެނގެއެވެ. މިއީ ބާއން ވަރއެއ ކަމަށް ބެލެވޭ ދާނެ ނުވަތަ އއްދައގެ މުއްދަތުހަމަވެދާނެކަމަށް ބެލެވިދާނެ ސަބަބެއް /ވާޤއ އާ ސްތިއުނާފ ކުރު ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައި ނުވެއެވެ.
58އެހެންކަމުން، ދަށު ކޯޓަށް ހުށަހެޅުނު ދަފޢުތަކާ ލޔެކޔުންތަކަށާއ، ކވެނީގާ ސަބަބުން ވާރުތަވުމާ ގުޅޭ ބުނެވުނު ޝަރުޢީ އުޞޫލަށް ބަލާއ ރ، ވަރި ސާބ ތުކުރުމުގެ މ މައްސަލަ ހިންގުމަށް އ ސްތިއުނާފު ކުރާ 10 މެއި 2021 ވަނަ ދުވަހުގެ 11:00 ގައި މަރްޙޫމް ވެފައިވާ ވަރީގެ އިޤުރާރު ޑިޕާރޓްމަންޓ އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ނަންބަރު 0000000E ފަރާތަށް އޮތް އެކަށީގެންވާ މަސްލަ ޙތެއަ ޕރައ މ ފސާ facie) (prima މިންގަނޑުންވެސް އ ސްތިއުނާފ ކުރު ފަރާތަށް އެކޯޓުގައި ބަޔާންކޮށްދެވފައވާ ކަމުގައި ނުދެކެމެވެ.
59މިމައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު މައްސަލައިގެ ޙުކުމް ކުރުމުގެ މަރުޙަލާގައިވަނިކޮށް، އިސްތިއުނާފު ކުރާ ފަރާތުން އައު ލިޔުންތަކެއް ހުށަހަޅާއަޑުއެހުމަކަށ އެދުމުން ބޭއްވުން އަޑުއެހުމުގައި އިސްތިއުނާފު ކުރާ ފަރާތުންފާހަގަކޮށްފައިވަނީ، މަރްޙޫމް ގެ ވާރިޘުން ސާބިތުކުރުމާ ގުޅޭގޮތުން ސިވިލް ކޯޓުގައި ހިނގަމުންދާ އެކޯޓުގެ ނަންބަރު 2024-CVC-0000 ޤަޟިއްޔާގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި 2 (ދޭއް) ޝަފަހީ ހެކި ކަމަށްވާ (ހެކި 1 ގެ ނަމާއި އެޑްރެސް ސިއްރު ކުރެވިފައި) އަދި (ހެކި 2 ގެ ނަމާއި އެޑްރެސް ސިއްރު ކުރެވިފައި)ގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން މިއިސްތިއުނާފ ގުޅުން ހުރި އައު ކަންތައްތައް ހާމަވެފައިވާ ކަމަށެވެ. އެގޮތުން، ސިވިލް ކޯޓުގައި ހެކިވެރިން އަދާކޮށްފައިވާ ބަހާއި ގުޅުވައި ފާހަގަކޮށްފައިވާ ކަންތައްތައް މިރިޕޯޓުގެ 11 އަދި 12 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައި އެވަނީއެވެ. މިހާރު ބެލެވެމުންދާ ޚުސޫމާތުތަކުގެ ތެރެއިން، ވރަ ސާބ ތުކުރުމުގެ މައްސަލަ ބެލުމުގެ އެކަށީގެންވާ މަސްލަޙަތެއް އޮތްތޯ ބެލުމުގެ ނަޒަރުން، މހެކބަހާއ ގުޅޭ ގެން އ ސްތިއުނާފ ކުރު ފަރާތުން ބަޔާން ކުރި އަންނަނީ ވ ކަންތައްތައް ފާހަގަކުރެވެއެވެ.
1.59. ހެކި ވެރިޔާ 1 (ނަން ސިއްރު ކުރެވފައ )ގެ ބަޔާނުގައި، ނޔައުވއރު އަންބަކ ހުރު ކަން ނުވަތަ ނެތްކަންވެސް ނޭންގޭކަމަށާއ، ހެކި ވެރިޔާއަކީ މަރްޙޫމްގެ ޚ ދުމަތުގައ އެންމެ ގާތުން މަސައްކަތްކޮށްފައވާ ފަރާތްކަމަށާއި، 2021 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި މަރްޙޫމްގެ ދަރއެއްކަމުގައ (މަރްޙޫމްގެ ފޮރ ހެން ދަރިފުޅުގެ ނަން)އާ އެކު ބޭއްވުނު ބައްދަލުވުމެއްގައ އ ސްތިއުނާފ ރައްދުވު ފަރާތް ވަރކުރުމަށް މަރްޙޫމ އެދޭކަމަށް މުޢާމަލާތު ކޮށްފައި ވާކަމަށާއި، މަރްޙޫމްއާއ އ ސްތިއުނާފ ރައްދުވު ފަރާތުން ދމާވުމެއްނެތ މަސްތަކެއް ވެފައވާކަމަށ ހެކް ވެރިޔާ (މަރްޙޫމްގެ ފ ރހެން ދަރިފުޅުގެ ނަން) ގާތު ބުނެފައވާކަމަށާއ، އ ސްތިއުނާފ ރައްދުވު ފަރާތާ ކާވެނި ކޮށްގެން އުޅެން މަރްޙޫމް ބޭނުން ނުވާކަމަށްވެސް ބުނެފައވާކަމަށާއ، މަރްޙޫމްގެ ފައ ބުރަ ކުރުމުގެ އޮޕަރޭޝަންއަށްފަހު، ހެކވެރޔާ ނެތް އެއްވެސް ތަނަކަށް ދަތުރުކޮށްފައ ނުވާނެކަމަށާއި، މަރްޙޫމް ހެލފެލވެ އުޅުމާއި ގައން ތާހރުވުމުގެ އެންމެހައި ކަންކަން ކުރުމުގައި ޝާމް ލްވެ އުޅެފައވަނީ ހެކވެރޔާ ކަމަށާއި، ހެކި ވެރިޔާ ނެތް މަރްޙޫމްއަށް އެފަދަ އެއްވެސް ކަމެއް ނުކުރެވޭނެކަމަށާއ، ހުރިހާ ވަގުތެއްގައިވެސް މަރްޙޫމްގެ ޙާޟ ރުގައި ހެކި ވެރިޔާ ހުންނަކަމަށާއ، މަރްޙޫމް އަދ އ ސްތިއުނާފ ރައްދުވު ފަރާތުން އެކަހެރި ބައްދަލުވުމެއް ހނގާފައވާކަން އެނގފައ އަދ ފެނފައވެސ ނުވާކަމަށް ހެކް ވެރިޔާ ބުނެފައވާކަމަށެވެ.
2.59. ހެކި ވެރިޔާ 2 (ނަން ސިއްރު ކުރެވފައ )ގެ ބަޔާނުގައި، މަރްޙޫމް ނޔާވއރު އަންބެއް ނެތްކަމަށާއ، ހެކި ވެރޔާއާއ މަރްޙޫމް އާ އެންމެ ފަހުން ބައްދަލުވެފައވަނީ، 10 މއ 2021 ގައި ކަމާއި، މަރްޙޫމްއަށް އަމަ އްލއަށަ އެނދުންވެސް ތެދުނުވެވޭކަމަށާއ، އ ސްތިއުނާފު ރައްދުވާ ފަރާތަކީ މަރްޙޫމްއާއެކު ދުވަހަކުވެސް ދ ރއުޅެފައވާ ފަރާތެއް ނޫންކަމަށާއި، ރޭކުރުމުގެ ކުޅަދާނަކަމާމެދ ސުވާލު އުފެދޭކަމަށާއި، ދެމީހުން ރޭކޮށްފައނުވާނެކަމަށ ހެކް ވެރިޔާ ގާތު މަރްޙޫމް ބުނެފައވާކަމަށެވެ.
60ވަރި ސާބ ތުކުރުމުގެ އެކަށީގެންވާ މަސްލަހަތެއް ބުނެދީފައވޭތޯ ބެލުމަށް، ފުރަތަމަ ނަޒަރުން މ ހެކި ތަކަށ ބަލާއ ރ، އ ސްތިއުނާފ ރައްދުވު ފަރާތާއި މަރްޙޫމ ދެމެދާ ދެމަފ ރ ކަމުގެ ގުޅުން ނެތް ކަމަށް އެންމެ ހެކި ވެރިއަކު އިވުނުކަމަށް ބުނެ ބުނާ މބުނުމުން އެފަދަ މަސްލަޙަތެއް ޤާއ މުކުރެވޭ ކަމުގައި ނުދެކެމެވެ.
61މީގެ އެ ތުރުން، އަލަށް ހުށަހެޅުނު މބަޔާންތަކުގައ ހުރި ވާހަކަތަކުގެ ތެރެއ ން އަންހެންމީހާ އެދިގެން ޚުލްޢ ވަރު އަކުން ވަރކުރުމާއ، ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ނޫޅުމުން ވަރވުމަށް އެދެވޭ ޙާލަތެއް އޮތް ކަމަށް ދޭހަވާ ފަދަ ވާހަކަތަކަކީ، ވަރި ވުމަށް އެދޭ ހުށަހަޅާ މައްސަލަތަކުގައި ބަލާ ކަންތައްތައްކަމުގައވެފައ މިއީ ވަރި ސާބތުކުރުމަށ އެދް ހުށަހެޅ މ މައްސަލގައ ތަރަހައިގެ ތެރޭގައި ރޢާޔަތްކުރަންޖެހޭ ވާހަކަތަކެއް ނޫންކަމާއި މމައްސަލައގައ ހ މެނޭ އ ޤްރާރުގެ ސައްޚކަނަ ދަލާލަތުކޮށްދނުމުގ ގޮތުނެ ދައްކާފައިވާ ވާހަކަތަކަކީ ހުށަހެޅފައވ އާ ސްތއުނާފުގެ ތަރަހައިގެ ތެރޭގައި ހ މެނޭކަމެއ ނޫންކަމަށް ދެކެމެވެ.
62ފެމިލީ ކޯޓުން މައްސަލަ ނިންމުމުގައި ޝަރީޢަތުން ވަރި ސާބިތު ނުކުރުމުން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ނާންނަކަމަށް ފާހަގަކޮށްފައިވަނީ، އެކަށީގެންވާ މިންވަރަށް މައްސަލަ ދިރާސާކުރުމެއް ނެތި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ހެކި ޙާޟިރުކުރުމެއ ނެތް ކަމަށި ބުން އިސްތިއުނާފެ ދެވަނަ ނުކުތުގާއ އިސްތިއުނާފި ކުރު ފަރާތުން ބަހުޘް އުފައްދާފައިވެއެވެ.
63ޕްރިސިޑެންސް 6ސުޕްރީމް ކޯޓުގެ މެރީޑިއަމ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާގައި ކޯޓުތަކުގެ ކޭސް މެނޭޖްމަންޓުގެ ތެރޭގައި ހެއްކަށް ރިޢާޔަތް ނުކުރަން ނުވަތަ ހެކިން ޙާޟރުނުކުރަނި ނިންމާ ނިންމުންތަކުގެ ނަތީޖާއަކީ، ހެކި ޙާޟރުކުރުމަށި އެދޭ ޚަސމެއްގް ޙައްޤު ގެއްލުނީ ކަމުގައި ބަލަންޖެހޭ ސަބަބެއް ނޫންކަންވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ޢަމަލުކުރަމުން އަންނަ ގޮތަށް ބެލުމުން އެނގޭކަމަށާއި، ސުވާލަކީ މައްސަލައެއްގައި ހެއްކަކު ޙާޟރުނުކުރަނި ނިންނި ނިންމުން ބިނާވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްތޯ ނުވަތަ ނޫންތޯ ކަމަށް ފާހަގަކޮށްފައިވެއެވެ.
64މ މައްސަލައިގެ ލޔެކޔުންތަކަށް ބަލާއ ރ، މައްސަލަ ހުށަހަޅާ ފޯމާއި، ޖަވާބާއި ގުޅޭ ގެން ހުށަހެޅ ބަޔާންތަކުންވެސް ހެކި ހުށަހަޅާ ބޭނުމެއްގ ގޮތުގައެ ފާހަގަކޮށްފައވަނީ، އ ސްތިއުނާފ ރައްދުވު ފަރާތް ވަރި ކޮށްފައިވާކަން ސާބ ތުކޮށްދނުމަށެވެ. މިގޮތުން ވަރީގެ އ ޤްރާރުގައ ސޮއި ކޮށްފައިވާ ފަރާތްތަކާއި، ވަރި ކުރި ކަން އެނގޭނެ އެހެން ފަރާތްތަކާއި ކާވެނީގެ ސެޓްފ ކެޓް އ ސްތިއުނާފ ރައްދުވު ފަރާތުގާ އަތުން ނަގައގެންދ ޔަކަން ސާބ ތުކުރުމަށާއ، ވަރީގެ މުޢާމަލާތް ހނގ ގޮތް ސާބިތުކޮށް ދ ނުމަށް ހުށަހަޅާފައވެއެވެ. ފެމިލީ ކޯޓަށް އިސްތިއުނާފު ކުރާ ފަރާތުން ދިން ބަޔާން1 - 22 އޮކްޓޫބަރު 2024
65ފެމިލީ ކޯޓުން މިމައްސަލަ ނންމުމުގައ ރ ޢާޔަތްކޮށްފައވާ ކަމަކީ، މމޭރުމުނ ހެކް ހުށަހަޅައިގެން ވަރި ސާބ ތުވުމާއ އަދ ފ ރ މީހާ ނިޔާވުމުގެ ސަބަބުން ކވެނ ނ މުނުކަމަށް ވޔަސާ، ވަކި އ ތުރު މަސްލަޙަތެއް ހމާޔަތްނުކުރެވޭތީ، މައްސަލަ މައުޟޫއީގޮތުން ބަލައި ނ ންމުމުގެ މަސްލަޙަތެއް ނެތް ކަމުގެ މައްޗަށެވެ. އެހެންކަމުން، އެކޯޓުން ދައުވާ ކުރި އަށް ނުގެންދަން ނންމ ސަބަބަށް ބަލާއ ރ، ހެކި ޙާޟިރު ނކުރަނު ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. ފަސާދައަކަށް މަގުފަހިވމު އާ މަސްލަ ޙތަށަ އިސްކަންދނުމަކި މައްސަލީ މައުޟޫއީގޮތުން ނުބެލުމަށް ހުއްޖިޔަތއެ ތޯ؟
66އިސްތިއުނާފީ ދެވަނަ ނުކުތާގައި އުފައްދާފައިވާ އިތުރު ބަހުޘަކީ، ފެމިލީ ކޯޓުގެ ނަންބަރު 00/Fm-C/2024 ޤަޟިއްޔާގައި "ކ ވެނިވި ދެމީހުންކުރެ މީހަކު ނިޔާވާފަހުން، އެ މީހުންތިބީ ވަރިވެފަ ކަމަށްބުނެ، އެ ފަދަ ވަރިތައް ކޯޓުތަކުގައި ސާބިތުކުރުމަށް ހުށަހަޅާ އެކަމާމެދު ގޮތް ނިންމުމަށް ފުރުސަތު ހުޅުވިފައި އޮތުމަކީ ފަސާދައަކަށް މަގުފަހިވެދާނެކަމެއް ކަމަށް" ބަޔާންކޮށްފައިވީނަމަވެސް، ތިންވަނަ ފަރާތަކުން ވަރި ސާބިތު މައްސަލައެއް ހުށަހަޅައި ކުރިއަށް ގެންދިއުމުން ފަސާދައަކަށް މަގުފަހިވާ ސަބަބު މިނިންމުމުން ސާފުނުވާކަމަށެވެ.
67ޕްރިސިޑެންސް 7މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގައި ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރާ ޙާލަތްތަކުގައި ފިޔަވަޅު އެޅުމުގެ ބާރު ކޯޓުތަކަށް ލިބިދެއެވެ. އެގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ށ) ގައި ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލުގެ ތެރޭގައި ސަބަބެއް ނުވަތަ ބޭނުމެއް ނެތި ކުރާ ޢަމަލުތައް ހިމެނެއެވެ.
68ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އަމީން ވ. ދައުލަތް ޤަޟިއްޔާގައި ބުނެވިދިޔަ ކަންތައްތައް ފާހަގަކުރުމަށް ފަހު، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިންވެސް ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ބައެއް މައްސަލަ ނިންމާފައވި ކަމަށް ފާހަގަކޮށްފައިވެއެވެ.
69ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަކީ، ޚަސްމަކު ކުރާ ކަމެއް އެއީ ކޯޓުގެ އިޖުރާއަތާގުޅޭ އުޞޫލުތައް ލުޣަވީ ގޮތުން މާނަކުރާއިރު ފުށުއެރުމެއް ނެތްކަމެއް ކަމުގައިވީ ނަމަވެސް، އެ އުޞޫލުތައް ތަތުބީޤުކުރުމުގައި މައްސަލައިގެ ޚަސްމަކަށް ކަނޑައެޅިގެން ނާއިންސާފުވުން ފަދަ ކަންކަންހިމެނޭ ކަމަށް ފާހަގަކޮށްފައިވެއެވެ. ބުނެވިދިޔަ ކަންކަން ކަނޑައެޅުމަށްޓަކައި ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރަންޖެހޭނެ ކަމަށް އިސްވެ ބަޔާންކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ.
70މިކޯޓުގެ އިސްމާޢީލް އާތިފް ވ. އާމިނަތު ފާއިޒާ ޤަޟިއްޔާގައި އިސްލާމީ ފިޤްޙުގެ ޤާއިދާތަކުގެ ތެރޭގައި ހިމެނޭ درء المفاسد مقدم على جلب المصالح "ދަރްއުލް މަފާސިދު މުޤައްދަމުން ޢަލ ޖަބްލުލް މަޞާލިޙް" މި ޤާއިދާއަށ ރިޢާޔަތްކޮށް މަންފާހުރި ކަމެއް ގެނެސްގަތުމުގަޔާއި، ގެއްލުންދެނިވި ކަމެއް ހުއްޓުވުމުގެ ގޮތުން ނުވަތަ އެފަދަ ކަމެއް ނައްތާލުމުގެ ގޮތުން ކުރެވޭ އެންމެހައި ކަންކަމަކީ، އިސްލާމްދީން ހުއްދަކުރައްވާފައިވ އަދާ އެކަންކަމުގެ މައްޗަށް ބާރު އަޅުއްވާފައިވާ ކަންތައްތަކެއްކަން ފާހަގަކޮށްފައިވެއެވެ.
71އެކަކު އަނެކަކަށްވާ ފޭރާމެއްގެ ނަމޫނއިނާ ފިރިމީހާއާއި އަނބިމީހާގެ މެދުގައި އޮންނަ ގުޅުން ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައިވއިރު، މިމިސާލުންވެސް ކާވެންޏެއްގައި ދެމަފިރިން އެކަކު އަނެކަކުގެ 2014/HC-A/57 ސޫރަތުލް ބަޤަރާގެ އާޔަތް ނަންބަރު 187 ކަރާމާތް ހިމާޔަތްކޮށް، އެކަކު އަނެކަކުގެ އުނި އއަބުތައް އެހެން މީހުންނަށް ހާމަނުކުރން ބާރު އަޅާކަނަ އެނގެއެވެ. އިސްލާމްދީނުގައި ވަނީ ދެމަފިރިންގެ ދެމެދުގެ ގުޅުމުގެ ވާހަކަ ދިރިތިބޭ ޙލުވެސް ދެއްކާ މުނު ދުރުހެލިވުމަށް ބާރުއަޅާފައެވެ. ވަރިކުރެވޭ އިރު ޖިމާއުވެފައިވާ ތުހުރެއްތޯ ބެލުމާއި ހަށިހުސްތޯ ބެލުން ފަދަ ކާވެނީގެ ބައިވެރިއެއްގެ ހައިޘިއްޔަތުން އެދެމަފިރިންނަށ ފަރުދީގޮތުން އެނގޭނެ ޒަވާޖީ ހަޔާތާ ގުޅުންހުރި، ވަރީގެ ނަތީޖާއަށް އަސަރުކުރުވަނިވި މަޢުލޫމާތަކީ ތިންވަނަ ފަރާތަކަށް ޢާންމު އ ޞު ލުނ ފޯރުކޮށްދެވޭނެ މަޢުލޫމާތުތަކެއް ނޫނެވެ. ކވެނީގާ އަޤުދުގައ ހިމެނި އެއްފަރާތް ނިޔާވުމަށްފަހު ތިންވަނަ ފަރާތަކަށް މި މައުޟޫގައި ބަސްބުނުމުގެ ފުރުސަތު ޝަރީޢަތެއްގައި ހުޅުވާލެވޭ މި މއ ޟު އ މަޝްވަރާކުރެވިގެން ދިޔުމަކީ ފަސާދައަށް މަގުފަހިވެގެންދިޔުނ ކަމުގައް ސުވާލު އުފައްދާނެ ޖާގައެއްނެތެވެ.
72ކ ވެންޏާއި ވަރީގެ ގުޅުމަކީ އެ އަޤުދުގައ ހިމެނި ދެފަރާތުގެ ޝަޚުސުގެ މައްޗަށް އުފެދޭ ޙައްޤުތަކާއި ވާޖިބުތަކާއި އުފަންކުރުވާ ގުޅުމެކެވެ. ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ކުރެވޭ ވަރީގެ ބާވަތުން ވަރީގެ އިޤްރާރާއި ނިޔަތް އޮންނަންޖެހެއެވެ. ތިންވަނަ ފަރާތަކަށް، އެނިޔަތަކީ ކޮބައިކަމާމެދު ބަސްބުނުމުގެ ފުރުސަތު ހަނިކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. ލިޔުމުން ވެފައި އޮންނަ އިޤްރާރެއްގައި ނިޔަތާއި މެދު ސުވާލު އުފައްދައި ނުވަތަ އިޤްރާރުވާން ދިމާވި ޙާލަތާއި މެދު ބަސްބުނެ ހުވާ ކުރުމުގެ ފުރުސަތު ވެސް އިސްލާމީ ޝަރީޢަތުން ހުޅުވިގެންދާއިރު، މީހަކު ނިޔާވާ ފަހުން، ވަކިން ޚާއްސަކޮށް ފިރިމީހާ ނިޔާވުމުން، އެމީހާގެ ވަރިއާ ގުޅޭގޮތުން ތިންވަނަ ފަރާތަކަށް މައްސަލަ ހުށަހެޅުމުގެ ދޮރު ހުޅުވެގެން ދިޔުމަކީ، ފަސާދައަށް ހުޅުވޭ މަގެއް ކަމުގައި ނޫނީ ނުވާނެއެވެ.
73އިސްވެ ފާހަގަކުރެވުނު ފަދައިން ދިވެހިރާއްޖޭގެ އާއިލާއާބެހޭ ޤާނޫނުގައި ވަރިކުރުމާއި ވަރިވުމާއި، އަދި ޝައްކު ވަރިއ މެދާ ގޮތެއު ކަނޑައެޅުމާ ވަރި ސާބިތުކުރުމުގެ މައްސަލަ ހުށަހެޅުމުގެ ޤާނޫނީ ޙައޘއްޔަތު އިބްރާހީމް ރަޝީދު މޫސާގެ ޢާއިލާއާބެހޭ ފިޤުހު - 2020 ޞ396 Hanafiah v Rokiah (1970) 2 JH 103, cited in Ahmed Ibrahim (1997) Family Law in Malaysia, Malayan Law Journal Sdn Bhd ޢާންމު އޞު ލުން ކ ވެނީގެ ބައިވެރިންނަށް ލިބިދީފައިވަނީ، ތިންވަނަ ފަރާތަކުން މިބާވަތުގެ މައްސަލަ ހުށަހަޅައި ހިންގުމުން ލިބިދެވޭ ފަސާދައަކުން ދުރުކުރުމަށްޓަކައ އަދި އެކަމުގައި މަސްލަޙަތެއް ގެނެސްދިނުމަށްޓަކައ ކަނި އެނގެއެވެ.
74އެހެންކަމުން، ވރަ ގ މައްސަލަތަކަކީ ކާވެނީގެ ބައިވެރިންނަށް ދައުވާކުރުމުގެ ޤާނޫނީ ޙއަ ޘއްޔަތު އޮންނަ މައްސަލައެއް ކަން އެނގޭއިރު، ވާރިޘެއްގެ ހައިޘިއްޔަތުން އުފަންވާ ނުސީދާ މަސްލޙަތެއްގެ ހިމާޔަތުގައި ހުށަހެޅުނު، މިމައްސަލައި ގެ ވާޤިއާތަކުން ސުވާލު އުފެދޭ ވަރީގެ އިޤްރާރުގައިވާ ތާރީޚްގެ 7 ދުވަހުގެ ތެރޭގައި، ފިރިމީހާ ނިޔާވެފައިވާކަމާއިމެދު ބަހުޘެއް ނެތުމާއި، ދެފަރާތް ވަރިވެއްޖެކަމަށް ކަނޑައެޅިއްޖެ ޙާލަތުގައި މިއީ މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ފުރަތަމަ ވަރިކަމާއި، ބާއިން ވަރިއަކަށް މިވަރި ވެދާނެ ޙަޤީޤީ ސަބަބެއް ހުށަހެޅިފައިނުވާއިރު، ފެންނަނހުރް ހިމާޔަތްކުރެވޭ މަސްލަޙަތަށް ރިޢާޔަތްކޮށް މައްސަލަ ކުރިއަށް ނުގެންދަން ޝަރީޢަތުން ނިންމާފައިވާ ނިންމުން ބުނެވުނު ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމާއި މަސްލަޙަތުލް މުރުސަލާގެ ޤާއިދާގެ ދަށުން ހުއްދަކުރާކަން އެނގެއެވެ.
75އިސްތިއުނާފީ ދެވަނަ ނުކުތާގައި ޝަރީޢަތުގެ ނިންމުން ބިނާކޮށްފައިވާ އަސާސްތައް، އަދި 'ފަސާދަ' އަށް މަގުފަހިވަނީ ކޮން ސަބަބެއް މެދުވެރިވުމުންކަން، އަދި ޝަރީޢަތުން މައްސަލައިގެ މއުޟޫއަށަ ގޮތެއް ކަނޑައެޅުން މަނާވެގެންވާ ސަބަބު، ޤާނޫނީ ނައްސުތަކަށ ނުވަތް ޝަރުޢީ ކޯޓުތަކުގެ ނިންމުންތަކަށް ޝަރުޢީ އުޞޫލުތަކާއި ޤާއިދާތަކުގެ އަލީގައި ސާފު އިބާރާތުން ބަޔާންކރަންވާނުކަމާއި، އެސަބަބު މިމައްސަލައިގެ ނިންމުމުން ސާފުނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ.
76ޕްރިސިޑެންސް 8ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ ނަތީޖާއަށް ވާސިލުވި ގޮތް، ނުވަތަ ސަބަބުތައް ޖުމްލަ ގޮތެއްގައި ނަމަވެސް ބަޔާންކުރުމުގެ މުހިއްމުކަން މަތީ މަރުޙަލާގެ ގިނަ ނިންމުންތަކުގއަ ބަޔާންކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 އިސްތިއުނާފ ކުރު ފަރާތުން ފާހަގަ ކުރާ ފަދައިން މިމައްސަލަ ނިންމުމުގައި ކާވެނީގެ ބައިވެރިން ނިޔާވުމަށްފަހު ތިންވަނަ ފަރާތަކުން ވަރި ސާބިތުކުރުމުގެ މައްސަލައެއް ހުށަހަޅައި ކުރިއަށް ގެންގޮސްފިނަމަ ފަސާދައަށް މަގު ފަހިވާ ގޮތް އިތުރު ތަފްސީލާއެކު ދަށު ކޯޓުން ބަޔާން ކުރުމީ އެންމެ ފުރިހަމަ ގޮތް ކަމުގައި ދެކެމެވެ. އަދި މައްސަލައިގެ ވާޤިއާތަކަށް ބަލާއިރު، މައްސަލަ ބަލައި ހިންގުމުން އެއްވެސް ފަރާތެއްގެ މަސްލޙަތަށ އުނިކަން ނުލިބޭ ކަމަށް ފެންނަ ސަބަބު މިހާރަށް ވުރެ ތަފްސީލުކޮށް ދަށުކޯޓުން ބުނެދެވިފައި އޮތުމަކީ އެންމެ ރަނގަޅު ގތޮ ކަމުގައް އެއްބަހެވެ.
77އެހެންނަމަވެސް، މރިޕޯޓުގި 5 ވަނަ ނުކުތާގައި މިނިންމުން ދަށު ކޯޓުން ބިނާކުރި ސަބަބުތައް ކަމަށް ބެލެވޭ ކަންތައްތަކުގައި ފާހަގަކޮށްފައިވާނެ ފަދައިން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ވަރީގެ އިޤްރާރުގައިވާ ތާރީޚުގެ ހަފްތާއެއްހާ ދުވަސްފަހުން މަރްޙޫމް ނިޔާވެފައިވާކަން ސާބިތުކަމާއެކު އެނގެން އޮންނާތީ، އެދުވަހުން ފެށިގެން ކާވެނި ނިމުމަކަށް އަންނާނެތީ، ޝަރީޢތުނަ މި ވަރި ސާބިތުނުކުރުމުން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އަންނާނެ އުނިކަމެއް ނެތްކަމަށް ޝަރީޢަތަށް ބެލވުމާއެ ކާވެނިވީ ދެމީހުންކުރެ މީހަކު ނިޔާވުމަށްފަހު، އެ ފަދަ ދެމަފިރިއެއްގެ ވަރި ސާބިތުކުރުމަށް ކޯޓުގައި ދއަ ވާ ކުރުމުގު ފުރުސަތު ހުޅުވިފައި އޮތުމަކީ ފަސާދައަކަށް މަގުފަހިވެދާނެކަމެއްކަމަށް ޝަރީޢަތައް ފެނުމަކީ މިމައްސަލަ މައުޟޫއީގޮތުން ނުބެލުމުގެ އަސާސްކަން އެނގެއެވެ.
78ދަށު މަރުޙލާގަ ރިޕޯޓުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މިއިސްތިއުނާފު ބިނާކޮށްފައިވާ ބުނެވުނު ސަބަބުތަކަށް ބަލާއިރު، ދަށު ކޯޓުން މައްސަލަ ނިންމި ސަބަބު އިޖުމާލީ ގޮތެއްގައި ބުނެދެވިފައިވާ ކަމަށް ބުރަވެވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅުން
79އިސްތިއުނާފުން ބެލެވެމުން މިދާ މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅައިފައިވެއެވެ. މިއަމުރަށް އެދި ހުށަހަޅާފައިވަނީ، ހައިކޯޓުން ބެލެވެމުން މިދާ ޤަޟިއްޔާގައި މިކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ އެހެން ގޮތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުމުގެ ނިޔަލަށް، މަރްޙޫމްގެ ވާރިޘުން ސާބިތުކޮށް ކަނޑައެޅުމާއި، ތަރިކަ މުދާ ބަހައިދިނުން އެދި އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެކޯޓުން ބަލަމުންދާ ނަންބަރު 2024-CVC-0000 ޤަޟިއްޔާ ހިންގުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައުޟޫއާ ގުޅޭގޮތުން އެއްވެސް ޙުކުމެއް ނުވަތަ ނިންމުމެއް ނުނިންމުމަށް ސިވިލް ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިއެވެ.
80އިސްތިއުނާފ ކުރު ފަރާތުން ހުށަހެޅި މިހުށަހެޅުމާމެދ ގޮތެއު ނިންމުމުގެ ބަދަލުގައި، ހުށަހެޅިފައިވާ އިސްތިއުނާފީ ދއަ ވާއަށް އަވަސްގޮތެއްގައި ގޮތެއް ކަނޑައެޅުމީ އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްލަޙަތުގައި އެންމެ ރަނގަޅުގޮތް ކަމަށް ފެންނާތީ، މައްސަލަ އަވަހަށް ނިންމުމަށް އިސްކަން ދިނުމުގެ ގޮތުން އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅިފައިނުވާނެއެވެ.
81ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ހައިކޯޓަށް ހުށަހެޅީ 19 ޖޫން 2025 ގައި އިސްތިއުނާފު ކުރާ ފަރާތުން ހައިކޯޓަށް ހުށަހެޅި "ވަގުތީ އަމުރު" ފޯމުގެ ނަންބަރު 7- ނެރެދިނުމަށް އެދޭ ވަގުތީ އަމުރު ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/79
82ވަރި ކައިވެނީގެ ކަންކަމަކީ، ދިވެހިރާއްޖޭގައި ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ކުރުމަށް އިންތިޒާމްކޮށްފައިއޮންނަ ކަމެކެވެ. އެހެންކަމުން، ކައިވެންޏެއް ކުރަން ޖެހިއްޖެނަމަ، ވަރިކުރަން ޖެހިއްޖެނަމަ، ނުވަތަ ވަރިއާމެދ ޝައްކު ވެއްޖެނަމަ އަދި އެނޫންވެސް ހާލަތެއް މިއިން ކަމަކާގުޅިގެން އުފެދިއްޖެނަމަ، އެކަމެއްގައި ހައްލު ހޯދުމަށް ދާން އޮތްތަނަކީ ދިވެހިރާއްޖޭގައިނަމަ، ވަރިކައިވެނީގެ ކަންކަން ކުރުމާއި، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިސާސް ލިބިގެންވާ ކޯޓުތަކެވެ. މާލޭގައިނަމަ އެއީ ފެމިލީ ކޯޓެވެ. އެނޫން އެހެން ތަނެއް ނެތެވެ.
83ކޯޓުތަކުގެ އިޚްތިސާސަކީ، ޤާނޫނުން ކަނޑައަޅާ އެއްޗެކެވެ. އަދި އެކަމަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ އެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން، އުއްތަމަފަނޑިޔާރުގެ ޤަރާރަކުންނެވެ. އެގޮތުން، މި މައްސަލާގައި ހިމެނެނީ ފެމިލީ ކޯޓު ކަމުގައިވާއިރު، ފެމިލީ ކޯޓގު އިޚްތިސާސް ކަނޑައަޅާފައިވަނީ، ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 3 ގައެވެ.
84ފެމިލީ ކޯޓުގެ އިޚްތިސާސަށް ބަލާއިރު، ކައިވެނި ފަސްޙުކުރުމާއި، ތަފްރީޤުކުރުމާއި، އެ ކަންކަމާބެހޭ މައްސަލަތަކާއި، ވަރިއާބެހޭގޮތުނ މައްސަލް ޖެހިގެން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިހްތިސާސް ފެމިލީ ކޯޓަށް ޤާނޫނުން ދީފައިވެއެވެ. މިއީ ޤަވާއިދަކުން ހަނިކުރެވޭގތަށް ކަނޑައެޅިފައިވާ އިހްތިސާސެއް ނޫނެވެ.
85އެހެންނަމަވެސް، ވަރިއާއި ކައިވެނީގެ ތަބީޢަތަކީ، ޒާތީ ދިރިއުޅުމާ ގުޅުން އޮންނަ ކަމެއްކަމުން، އެކަމުގައި އާންމު އުސޫލަކުން އުޅޭނެކަމަށ ނުވަތް އެފަދަ މައްސަލަތައް ހުށަހަޅާނެކަމަށް ޤަބޫލުކުރެވިފައި އޮންނަނީ އެ ގުޅުމެއްގައި އުޅޭ ދެފަރާތުންކުރެ ފަރާތްތަކުންނެވެ. ނުވަތަ ދެމަފިރިންކުރެ މީހެކެވެ. ހަމައެހެންމެ، އެފަދަ ކަމަކާމެދު މައްސަލަޖެހިގެން ހުށަހަޅަންޖެހިއްޖެނަމަ، އެކަމެއް ހުށަހަޅަން ލާޒިމުވާ އަދި އެފަދަ ކަންކަން ހުށަހެޅުމަށް މުއްދަތު ކަނޑައަޅާފައިވަނީވެސް ދެމަފިރިންގެ މައްޗަށެވެ.
86އެހެންނަމަވެސް، ޒަމާނާއި، ތަނާއި ވަގުތާ ހާލަތަށް ރިޢާޔަތްކޮށް މިކަންކަމަކީ ބަދަލުވެ، ބަދަލުވަމުންދާ ހާލަތުގެ މައްޗަށް އެކިއެކި އިސްތިސްނާތަކާއި ހައްލުތައް ގެނެސްދީފައި ހުންނަ ކަންކަމެވެ.
87އެގޮތުން، ދިވެހިރާއްޖޭގައިވެސް، މި ކަމަކީ، ދެމަފިރިންނަށް ޚާއްސަ ކުރެވިފައިވާ ކަމެއްކަމުގައި ވީނަމަވެސް، ދެމަފިރިންކުރެ މީހަކު އެކަމަށް ނުކުޅެދިއްޖެނަމަ، އެކަމަށް އެދި އެހެން ފަރާތަކުން ހުށަހެޅުމުގެ ހައްޤު އާއިލާއާބެހޭ ޤަވާއިދުގެ 43 ވަނަ މާއްދާގެ (ށ) އިންވެސް ދީފައިވެއެވެ.
88ހަމައެހެންމެ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ހާލަތްތަކަށް ރިޢާޔަތްކޮށްވެސް، ތިންވަނަ ފަރާތަކަށް ކޯޓަށް އާދެވެއެވެ.
89ކޮންމެއަކަސް، މި މައްސަލާގައި ދިމާވެފައިވާ ހާލަތަކީ، ވަރީގެ މައްސަލައެއް ހުށަހަޅަންޖެހޭފަދަ ހާލަތެއް ދިމާވެފައިވާކަމަށް ބެލެވޭ ހާލަތެއްގައި، ފިރިހެން މީހާ ދުނިޔޭގައި ނެތް ހާލަތެއް މެދުވެރިވެފައިވުމެވެ.
90މިކަމުގައި، އެންމެ ފަސޭހަ ގޮތެއްކަމަށް ފެންނާން އޮތީ، ދެމަފިރިންގެ ތެރެއިން ދުނިޔޭގައި ހުރި ފަރާތަށް އެނގޭ ކަމެއްކަމަށްވާނަމަ އެ ފަރާތުން އެފަދަ މައްސަލައެއް ހުށަހެޅުމެވެ.
91އެހެންނަމަވެސް، ބަޔާންވެދިޔަ ގޮތަށް، ދުނިޔޭގައި ހުރި ފަރާތަށް އެފަދަ ކަމެއް ނޭނގޭ ހާލަތެއްގައި ނުވަތަ އެއްވެސް ސަބަބަކާހުރެ އެފަދަ މައްސަލައެއް އެންގުމުންވެސް ހުށަނާޅާ ހާލަތުގައި، ނިޔާވި ފަރާތުގެ ވާރިޘުންގެ މެދުގައި، އެފަދަ ޝަރުއީ ކަމެއްގައި ޝައްކެއް އުފެދޭފަދަ ކަމެއް އޮތްނަމަ، އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅައި، އެކަމުގެ ހައްލު ކޯޓު މެދުވެރިކޮށް ލިބިގަތުމަކީ، އެފަރާތްތަކުގެ މަސްލަޙަތުގައި މުހިންމު ކަމެއްކަމުގައި ވެދާނެއެވެ.
92ނަމަވެސް މިފަދައިން މައްސަލް ހުށަހެޅަ ކޮންމެ ފަހަރަކީ ނިޔާވި މީހާ ދޫކޮށްފައިދާ ތަރިކައިން، ދެމަފިރިންގެ ތެރެއިން ދުނިޔޭގައި ހުރި ފަރާތް މަހުރޫމުކުރެވޭ ހާލަތަކަށް ނުވެދާނެއެވެ. ސަބަބަކީ، މި މައްސަލާގައިވާ ހާލަތްތަކުގައި ކުރެވޭ ނުވަތަ ސާބިތުކުރެވޭ ވަރީގެ ނަތޖާއާމެދި ދީނީ ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް އެބަހުއްޓެވެ. . އާއިލާއާބެހޭ ޤަވާއިދުގެ 43 ގެ (ށ). "ތަސައްރަފު ނުފުދޭ އަންހެންމީހާ ނުވަތަ ފިރިހެންމީހާ ތަފްރީޤުކުރުމުގ މައްސަލެ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އޭނާގެ ބަދަލުވެރިޔާއަށާއި، ބެލެނެވެރިޔާއަށާއި ދައުލަތަށް ލިބިގެންވެއެވެ."
93އެގޮތުން ބަލާއިރު، ފެމިލީ ކޯޓުން މައްސަލަ ނިންމުމުގައި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 4 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު،
1.93. ކައިވެނީގެ ގުޅުން ނިމުމުކަށް އަންނަ ސަބަބުތަކެއް (ވަރިކުރުނ ނުވަތް މަރުވުން) މެދުވެރިވެފައިވާތީ، ވަރިސާބިތުވުމާއި ނުވުމުގެ ނަތީޖާއާށ އެއްވެސް ބަދަލެއް ނާންނަކަމަށއި،
2.93. ހަމައެހެންމެ، ވަރި ސާބިތު ނުކުރުމުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް ނުލިބޭނެކަމަށް ބަޔާންކޮށްފައިވާއިރު،
94މިއީ، ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ހާލތްތަކަށަ ބަލައި، މައުޟޫއީގޮތުން ބެލިގެން ގޮތް ކަނޑައަޅަންޖެހޭ ކަންތައްތަކެކެވެ. އެހެނީ ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ހުންނަ މިފަދަ މައްސަލަތަކުގައި، މައުޟޫއީގޮތުން އެކަންކަން ނިއުޅައި، ނިކުންނަ ނަތީޖާއަކީ ކޮބައިކަން ބަޔާންކުރުމެއް ނެތި، އެކަން ނުބެލުން އައުލާކަނ ބޮޑުކަމަށް ކަނޑައަޅާނަމަ، އެކަމުގެ ސަބަބުން ހައްގެއް ގެއްލިގެން ދިއުމަކީވެސް ވެދާނެކަމެވެ.
95ކޮންމެއަކަސް، މި މައްސަލާގައި އުފެދިފައިވާ ސުވާލަކީ ތަރިކަ މުދަލުން ލިބޭނެތޯ ނުވަތަ ނުލިބޭނެތޯއެއް ނޫނެވެ. ސުވާލަކީ މިއީ ޝަރީޢަތުން މައުޟއޫ ގޮތުން ބެލިދާނެ ނުވަތަ ބަލައި ގޮތް ކަނޑައަޅަންޖެހޭ މައްސަލައެއް ތޯއެވެ.
96އަހުރެންގެ ނަޒަރުގައި ވަރިއާމެދު ޝައްކުވެއްޖެނަމަ، ދެމަފިރިންގެ ދުނިޔޭގައި އެ ދެމަފިރިންގެ ތެރެއިން މީހަކު އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި އެކަމުގައި ޝަރުއީ އުސޫލުތަކުގެ މައްޗަށް ކޯޓުން ޖަވާބެއް ދޭންޖެހޭ ފަދައިން، ދެމަފިރިންގެ ތެރެއިން އެކަކު ނިޔާވާ ހާލަތުގައި، ނިޔާވާ މީހާގެ ފަރާތުން އެކަށީގެންވާ މަސްލަހަތެއް އޮވެދާނެކަމަށް ބެލެވޭ ފަރާތަކުން، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް އެފަދަ ޝައްކެއް އޮތްކަން އެނގޭފަދަ މައްސަލައެއް ހުށަހަޅައިފިނަމަވެސް، ވަރިއާމެދ އޮތު ސުވާލަށް ކޯޓުން ޖަވާބެއް ދޭންޖެހެއެވެ. * ޕެރެގްރާފު 93.1 ގައި ލިޔުމުގައިވާ ކުށް "ކުޅުން"، "ގުޅުން" އަށް 10 ޑިސެމްބަރު 2025 ގައި އިސްލާޙް ކުރެވިފައިވެއެވެ.
97އެފަދަ ޝަރުއީ އުސޫލުން ޖަބާވު ލިބެންޖެހޭ ކަމެއްގައި ޖަވާބު ނުލިބުމަކީ، އާއިލާއެއްގެ ތެރޭގައި އެކަމުގެ ސަބަބުން ދާއީމީގޮތެއްގައި ފަސާދަ އުފެދި ނުރުހުންތެރިކަން ބޮޑުވެދާނެ ކަމެކެވެ.
98އެގޮތުން، ދުނިޔޭގެ އެހެން ބައެއް މުސްލިމް ގައުމުތަކަށް ބަލާއިރުވެސް، މިފަދަ މައްސަލަތައް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއެވެ. އަދި މައްސަލަ ނިންމާހިނދު، ކޯޓުތަކުން ޝަރުއީ އުސޫލުތަކުގެ މައްޗަށް އެވަރިއާމެދ ގޮތެއު ކަނޑައަޅައެވެ. އަދި ވަރީގެ ބާވަތްވެސް ކަނޑައަޅައެވެ. ހަމައެހެންމެ، ވަރީގެ ސަބަބުން ތަރިކަ މުދަލުން ލިބޭކަން ނުވަތަ ނުލިބޭކަންވެސް ކަނޑައަޅައެވެ.
99އެގޮތުން، ސައުދީ އަރަބިއާ، މެލޭޝިއ އަދާ ޕާކިސްތާންފަދަ ގައުމުތަކުން އަމަލުކުރާ ގޮތަށް ބަލާއިރު، މިފަދަ މައްސަލަތައް ކޯޓަށް ހުށަހެޅި، އެ މައްސަލަތައް ނިންމުމުގައި ބައެއް ފަހަރު ވަރި ސާބިތުވާކަމަށް އަދި ބައެއް ފަހަރު ވަރި ސާބިތނު ވާކަމަށް ކަނޑައަޅާފައިވެއެވެ. ހަމައެހެންމެ ވަރި ސާބިތުވާކަމަށް ކަނޑައަޅާ ހާލަތްތަކުގައި ވަރީގެ ބާވަތް ކަނޑައަޅައި، އެކަމުގެ ސަބަބުން ތަރިކަ މުދަލުން ލިބުމުގައި ނިކުންނަ ނަތީޖާވެސް ބަޔާންކޮށްފައި ހުރެއެވެ.
100ހަމައެހެންމެ، މި މައްސަލައަކީ، އާއީލީ އިޖުރާއަތަށް ޢަމަލުކުރަން ފެށި ފަހުން، 17 ޖަނަވަރީ 2024 ހުށަހުޅުނު މައްސަލައެއް ކަމުގައިވާއިރު، މައުލޫއީގޮތުނ މައްސަލް ބެލުމުގައި ގާނޫނީ ހުރަހެއް އޮތްނަމަ، އެފަދަ ކަމެއް ހުށަހެޅުމަކީ އާންމު އުސޫލަކުން ބަލާއިރު މައްސަލަ ރައްދުވާ ފަރާތަށް އޮތް ކަމެކެވެ. އެހެންނަމަވެސް، ފާޅުކަން ބޮޑުގޮތެއްގައި، އިހްތިސާސް ނުލިބޭކަން އެނގޭނެފަދަ ހާލަތެއް އޮތްކަން މައްސަލަ ބަލާ ފަނޑިޔާރަށް ދެނެގަނެވިއްޖެނަމަ، އެކަމާމެދު ހަސްމުން ދެކޭގޮތެއް ބަލައި، އެފަދަ ހާލަތަކާ ގުޅިގެންވެސް މައްސަލަ ނިމިގެން ގޮސްދާނެއެވެ. * ޕެރެގްރާފު 99 ގައި ލިޔުމުގައިވާ ކުށް "ސާބިތުވާކަމަށް"،"ސާބިތުނުވާކަމަށް " އަށް 10 ޑިސެމްބަރު 2025 ގައި އިސްލާޙް ކުރެވިފައިވެއެވެ. ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތް ގެ ފުރަތަމަ ސަފްޙާ ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދުގެ 43 ވަނަ މާއްދާ
101އެހެންނަމަވެސް މި މައްސަލައަށް ބަލާއިރު، ދަށު ކޯޓުން މައްސަލަ ކުރިއަށް ގެންދަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅާފައިވަނީ، ހަސްމުންގެ ފަރާތުން ހުށަހެޅުނު އެފަދަ ކަމަކަށް ހަވާލާދީ ރިއާޔަތްކޮށގެން ނޫންކަން މައްސަލައިގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
102ހަމައެހެންމެ، ރިޔާސަތު ފަނޑިޔާރުގެ ރައުޔުގެ "އައު ލިޔެކިޔުން ހުށަހެޅުން" މި މައުޟޫގެ ދަށުން ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެ މަތިން ހުރިކަމަށް އަހުރެންނަށްވެސް ބުރަވެވޭހިނދު، ބަޔާންކުރެވުނު އައު ލިޔެކިޔުންތަކަށް ބަލާއިރު، މައްސަލަ މައުޟޫއީ ގޮތުން މައްސަލަ ކުރިއަށް ގެންގޮސް، ވަރިއާމެދު އުފެދިފައިވާ ސުވާލަށް ކޯޓުން ޖަވާބެއް ހޯދުމުގެ މަސްލަހަތު އިތުރަށް ބޮޑުވާ ކަމުގައި އަހުރެން ދެކެމެވެ. އަދި އެސުވާލަށ ޖަވާބެއް ނުލިބުމަކީ، މި މައްސަލާގައި ހިމެނޭ ވާރިސުންގެ މެދުގައި ފަސާދައެއް އުފެދިދާނެ ކަމެއްކަމުގައި ބުރަވެވޭހިނދު، ވަރިއާމެދު އުފެދިފައިވާ ސުވާލަކީ ހަގީގީ ސުވާލެއްކަމާއި، އެކަމަށް ޝަރުއީ ދަލީލުތަކާއި، ޝަރުއީ އިލްމުވެރިންގެ ރައުޔުތަކުގެ އަލީގައި ޖަވާބެއް ލިބުމަކީ، މަރުހޫމްގ ވާރިސުންގެ ހައްގުގައި މުހިންމު ކަމެއްކަމުގައި އަހުރެންނަށް ބުރަވެވެއެވެ.
103އެހެންކަމުން، މި މައްސަލައަކީ މައުޟޫއީގޮތުން ބަލައި، ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމުން، އަލުން ބެލުމަށްޓަކައި، ފެމިލީ ކޯޓަށް މި މައްސަލަ ތަހުވީލުކުރަންޖެހޭކަމަށ ކަނޑައަޅައް އެގޮތުގެ މަތީން މައްސަލަ ނިންމަން ފެނެއެވެ.
- ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ށ)، 57 ވަނަ މާއްދާގެ (ހ)، ޖަދުވަލު 1 އަދި 3
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ)، 20 ވަނަ މާއްދާ، 421 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2022/R-99 (އާއިލާއާބެހޭ ގަވާއިދު) ގެ 36، 38، 43، 46–49 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2022/R-102 (ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދު) ގެ 8، 9، 43 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން SCPD-01/2022 (ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އިޚްތިޞާޞް)؛ ސުޕްރީމް ކޯޓުގެ ސަރކިއުލަރ 2015/02/SC
- ސުޕްރީމް ކޯޓު: ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް
- ސުޕްރީމް ކޯޓު 2011/SC-A/02 (ނިކަ މޯލްޑިވްސް ޕވޓ ލޓޑ ވ. ޢަބްދުﷲ ރަޝީދު)
- ސުޕްރީމް ކޯޓު 2017/SC-A/26 (މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ)
- ސުޕްރީމް ކޯޓު 2022/SC-A/46 (އަޙްމަދު އަމީން ވ. ދައުލަތް)
- ސުޕްރީމް ކޯޓު 2020/SC-A/100؛ 2020/SC-A/46؛ 2022/SC-A/79؛ 2010/SC-A/02 (ފޫޓްނޯޓުތަކުގައި)
- ހައިކޯޓު 2014/HC-A/57 (އިސްމާޢީލް އާތިފް ވ. އާމިނަތު ފާއިޒާ)
- ސޫރަތުލް ބަޤަރާ، އާޔަތް 187
- Hanafiah v Rokiah (1970) 2 JH 103؛ Aisny bte Mohd Daris v Haji Fahro Rozi [1990] 2 MLJ xxvi
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ