ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/114
ނަން ސިއްރުކޮށްފައި ވ. ނަން ސިއްރުކުރެވިފައި، 2022/HC-A/114
Name withheld v. Name withheld 2022/HC-A/114 (2022/HC-A/114, High Court of the Maldives, 5 August 2026)
ނަން ސިއްރުކޮށްފައި ވ. ނަން ސިއްރުކުރެވިފައި
މައިގަނޑު ސުވާލު
މަރުޙޫމްގެ ދަރިއެއްކަމަށް ކުރިން ކޯޓު ޙުކުމަކުން ކަނޑައެޅިފައިވާ ފަރާތެއް ވާރިސުންގެ ތެރެއިން ދޫކޮށްލައި ފެމިލީ ކޯޓުން ތަރިކައިގެ ވާރިސުން ކަނޑައެޅުން ޞައްޙަތޯއާއި، ދެފަރާތުން އެދުނު ގޮތަށް މައްސަލަ ތަޙުވީލުކުރެވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- މަރުޙޫމްގެ ދަރިއެއްކަމަށް ކުރިން ކޯޓުގެ ޙުކުމަކުން (ދަރިލެއްވުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން) ކަނޑައެޅިފައިވާ ފަރާތެއް ވާރިސުންގެ ތެރޭގައި ނުހިމަނައި ވާރިސުން ކަނޑައެޅުމަކީ އެ ޙުކުމާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުން، އެ ނިންމުން ބާޠިލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27، 33.1)
- އިސްތިއުނާފުގެ ތެރެއިން ވާރިސުން ކަނޑައެޅުމަށް ކުރިން އެދިފައިވާ ގޮތަށް ޝަރީޢަތުގެ މަޖިލީހުގައި ބަދަލުގެނެސް، އިސްތިއުނާފުކުރާ ފަރާތާއި ރައްދުވާ ފަރާތް ދެފަރާތުންވެސް މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ތަޙުވީލުކުރުމަށް އެދޭނަމަ، ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް ދެފަރާތުން އެދިފައިވާ ގޮތަށް ޢަމަލުކުރުމަށް ޤާނޫނީ ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32)
- ތަރިކައިގެ މައްސަލަތަކުގައި ވާރިސުން ކަނޑައަޅަނީ ދަށުކޯޓުން ކަމުން، ވާރިސުން ކަނޑައަޅައި މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25، 32-33.2)
ޢަބްދުﷲ ތާއީދު ކުރައްވައެވެ).
1މި މައްސަލައަކީ، ފެމިލީ ކޯޓުގެ ނަންބަރު 1318/Fm-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި، (ނަމާއި އެޑްރެސް ސިއްރުކުރެވިފައި) (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "×××××× ×××××"ކަމަށް ބުނެފައިވާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟި އްޔާގައި އިސްތިއުނާފު ރައްދުވަނީ، (ނަމާއި އެޑްރެސް ސިއްރުކުރެވިފައި) އާއި، (ނަމާއި 4 3 އެޑްރެސް ސިއްރުކުރެވިފައި) އާއި، (ނަމާއި އެޑްރެސް ސިއްރުކުރެވިފައި) އާއި، (ނަމާއި އެޑްރެސް 6 5 ސިއްރުކުރެވިފައި) އާއި، (ނަމާއި އެޑްރެސް ސިއްރުކުރެވިފައި) އާއި، (ނަމާއި އެޑްރެސް ސިއްރުކުރެވިފައި) (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "××××××××××" ނުވަތަ "××××××××" ނުވަތަ "××××××××" ނުވަތަ "××××××××" އާއި "×××××××" އާއި "××××××××"ކަމަށް ބުނެފައިވާ)އެވެ.
3މި މައްސަލައާއެކު ލިބިފައިވާ ލިޔުންތަކަށް ބަލާއިރު، ފެމިލީ ކޯޓުގެ ނަންބަރު 1318/Fm-C/2016 ޤަޟިއްޔާ ހުށަހަޅާފައިވަނީ 17 ޖުލައި 2016 ދުވަހުކަމާއި، އަދި މައްސަލަ ނިންމަވާފައިވަނީ 13 ނޮވެމްބަރ 2016 ދުވަހުކަން އެނގެއެވެ.
4xxxx ކޯޓުގެ ނަންބަރު 79/xxxxxx2/ ޤަޟިއްޔާގެ ޙުކުމުގައިވާ ކަންކަމުގެ މައްޗަށްބިނާކޮށް، ފެމިލީ ކޯޓުގެ ނަންބަރު 1318/Fm-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށްއެދި، އިސްތިއުނާފުކުރާ ފަރާތުން މައްސަލަ ހުށަހެޅުމުން، އިސްތިއުނާފުކުރުމުގެ ހުއްދަދޭންޖެހޭ މަގުބޫލު ސަބަބެއް އޮތްކަމަށް ފެންނާތީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދީފައިވެއެވެ.
5މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓަރީ ކ ށްފައިވަނިކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ތެރެއިން xxxxxxxxxx، 15 ފެބްރުއަރީ 2023 ދުވަހު ނިޔައުވެފައިވެ އެވެ.
6އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ފެމިލީ ކޯޓުން ނިންމާފައިވާގޮތް ތިރީގައ އެވަނީއެވެ. "ދެންފަހެ، އިސްވެ ދިޔަ ބަޔާންތަކަށާއި، ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރުމުން، xxxxxxx xxxxxxxxxxxxxxxx (އައިޑީކާޑު ނަންބަރު: xxxxxxx) 05 ޑިސެމްބަރު 2012ގައި ނިޔވެފައިވާކަމާއި، އަލްމަރްޙޫމް xxxxxxx ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ އެމަރްޙޫމްގެ އަނބި xxxxxxxxxxxxxx xxxxxxxxxxxxxxxxއާއި، އެމަރްޙޫމްގެ 03(ތިނެއް) ފިރިހެންދަރިން xxxxxxxxxxxxxxxxއާއި xxxx ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 4/2022IH/-HC "އިސްތިއުނާފ ކުރުމުގު ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" (01 މާރޗް .)2022 ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ނަންބަރު AS/133/2026/2-133 (17 މެއި 2026) ސިޓީ . xxxxއާއި، xxxxxxxxxxxxxxxxxxxxxxއާއި، އެމަރްޙޫމްގެ 02(ދޭއް) އަންހެންދަރިން ކަމުގައިވާ xxxx xxxxxxxxxxxxxxxxxxxxxxxxxxxxxxއާއެކު ޖުމްލަ 06(ހައެއް) ވާރިޘުންކަމާއި، މިނޫން އިތުރު ވާރިޘަކު ނެތްކަން ވާރިޘުންގެ ބަހުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮތުމާއި، އަލްމަރްޙޫމް xxxxxxގެ ތަރިކައިގައި ހިމެނިގެންވަނީ އެމަރްޙޫމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ×××× xxxxxxxxx އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލާއި، xxxxxxx އެވެކިޔާ އަމިއްލަ ބަންޑާރަ ގޯތީގައިވާ އަމިއްލަ ބިމާއި އެގޯތީގައިވާ އިމާރާތްތަކާއި ނުއުފުލޭމުދާކަމާއި، މިތަރިކައިން ވާރިޘުންކުރެ މަރުޙޫމްގެ އަނބި xxxxxxxxxxxއަށް ލިބޭ ބައި ދެންތިބި 05 (ފަހެއް) ވާރީޘުންނަށ ހަމަހަމައަށް ދީ ހަދިޔާކޮށްފައިވުމާއި، މި 05(ފަހެއް) ވާރީޘުންގެ ފަރާތުން މި ހަދިޔާ ޤަބޫލުކޮށްފައިވާތީ، އަލްމަރޙް މ xxxxxxxxxxxxގ ތަރިކައިގެ ގޮތުގައެ ދޫކުޅަ އެމަރްޙޫމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ xxxxxx xxxxxxxxxx އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލާއި xxxxxxx އެވެކިޔާ އަމިއްލަ ބަންޑާރަ ގޯތީގައިވާ އަމިއްލަ ބިމާއި، އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭމުދާ ވާރިޘުންގެ މެދުގައި ހަމަހަމަ އުޞޫލުން ބެހުމުން އެމަރޙޫމްގް 03(ތިނެއް) ފިރިހެން xxxxxxxxxxxxxއާއި xxxxxxxxއާއި xxxxxxxxxއާއި، އެމަރޙް މްގޫ 02(ދޭއް) އަންހެންދަރިން xxxxxxxއާއި xxxxxxxxxx އާއި މ5 މީހުންނަށް xxxxxxxxxx އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލާއި xxxxxxxx އެވެކިޔާ އަމިއްލަ ބަންޑާރަ ގޯތީގައިވާ އަމިއްލަ ބިމާއި، އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭމުދާ އޭގެޒާތުން ހަމަހަމައަށް ލިބި މިލްކުވެއްޖެކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ
7ފެމެލީ ކޯޓުގެ ނަންބަރު 1318/Fm-C/2016 ޤަޟިއްޔގާ ނިންމނު ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާއި، އިސްތިއުނާފު ފޯމާއި ޝަރީޢަތުގެ މަޖިލީހުގައި ހުށަހަޅާފައިވާ ތަފުސީލުތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.
8މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތނު ހުށަހަޅާފައިވް ނުކުތާއަކީ، xxxxxxxxxxxxxxxx xxxxxxxxx ނިޔައުވިއިރު، އެ މަރުޙޫމްގެ ވާރިސުންގެ ގޮތުގައިތިބީ، 3 (ތިނެއް) ފިރިހެން ދަރިންނާއި، 2 (ދޭއް) އަންހެންދަރިންނާއި ނިޔައުވިއިރުއިނ ހުވަފަތް އަނބިމީހާ އެކަނިކަމާއި، އިތުރު ފަރާތެއް ވާރސިންގ ގޮތުގައެ ހިމެނިފައިނުވާކަމަށް ފެމިލީ ކޯޓުން ކަނޑައަޅުއްވާފައިވަނީ، xxxxxxx ކޯޓުގެ ނަންބަރު 79/xxxxxx2/ ޤަޟިއްޔާގެ ޙުކުމުގައި، xxxxxxxxxxxxxxxxxxxxxxxއާއި xxx xxxxxxxxxxxxxxxxxxxxxxxxxxއާ ދެމީހުން ކޮށްފައިވާ ކވެނީގައ ވިހެއި ދަރިފުޅު، xxxxxx xxxxxxއަކީ، ދިވެހިރާއްޖޭގެ ދަރިލެއްވުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން xxxxxxxxxގެ ދަރިއެއްކަމަށް ކަނޑައަޅުއްވާފައިވަނިކޮށް އެ ޤަޟިއްޔާގެ ޙުކުމާ ޚިލާފަށްކަމަށެވެ.
9xxxxx ކޯޓުގެ ނަންބަރު 79/xxxxxxx2/ ޤަޟިއްޔާގެ ޙުކުމުގައި، "ޝަރޢަތަށީ ސާބިތުވި ނުކުތާތަކަށް ރިޢާޔަތްކުރުމުން އެނގެނީ، xxxxxxxxxxx ވިހޭދަރިފުޅު، xxxxxx ވިހެއީ، xxxxxxxxxxxxxއާ އިންތާ 4 (ހަތަރެއް) މަހާއި 27 (ހަތާވީސް) ދުވަހުންކަމާއި، xxxxxxxxxx އެންމެފަހުން ވަރިކުރިތާ މީލާދީ 9 (ނުވައެއް) މަހާއި 10 (ދިހައެއް) ދުވަސް، ހިޖުރީ 9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުން ކަމަށެވެ. ވީމާ، އެންމެ ފަހުން xxxxxxxxxއާއި xxxxxxxxxxއާ ދެމީހުން ކޮށްފައިވާ ކާވެނީގައި، ދެމީހުން ޖިމޢާ ވެފައިވާކަން xxxxxxxxxގެ އިޢތިރާފުންނާއު xxxxxxxxxxxxxގެ އިޢތިރާފުނު ސާބިތުވެފައިވާތީއާއި، ދަރިފުޅު ވިހެއީ xxxxxxxxxxxxxxxއަށް ދަރިލެއްވުމުގެ މުއްދަތުގެކުރިން ކަމަށްވާތީއާއި، xxxxxxxxxx ވަރިކުރިފަހުން 1 (އެކެއް) އަހަރު ނުވާތީ، ދިވެހިރާއްޖޭގެ ދަރިލެއްވުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން ދަރިޔަކީ xxxxxxxxxxxxގެ ދަރިއެއްކަމަށް ކަޑައަޅަން ޖެހޭކަމަށެވެ. އަދި ކާވެނީގައި xxxxxxxxxxxxx ޖިމޢާ ވީކަމަށް އ ޢި ތިރާފު ވާކަމަށްޓަކައިއާއި، އެކަނބުލޭގ އެހެނެ މީހަކާ ޒިނޭކޮށްފައިވާކަމަށް xxxxxxxx ބުނެފައި ނުވާތީ xxxxxxxxxއަށް ލިޢާނަ ދެވޭކަށްނެތެވެ." މިފަދައިން ބަޔާންކޮށްފައިވާކަމަށެވެ.
10އިސްތިއުނާފުކުރާ ފަރާތަށް xxxxxxxxxxxxxxxxxxxxx ކައުންސިލގް އިދާރާއިން ދޫކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓު ހަލާކުވުމާ ގުޅިގެން، އަލުން އެ ސެޓުފިކެޓު އައުކޮށް، ކައުންސިލުން ދޫކޮށްފައިވާ ނަންބަރު CERT/2019/188/xxxxxx "އުފަންދުވަހުގެ ސެޓްފިކެޓް" (30 މެއި 2019) ގައި، އިސްތިއުނާފުކުރާ ފަރާތުގެ ބައްޕައަކީ xxxxxxxxxxxx، xxxxxxxxxxxxxކަން ސާފުކޮށް އެނގޭކަމަށެވެ.
11ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާގެ، ފާހަގަކުރެވުނު ނުކުތާތަކުގެ 1 ވަނަ ނަންބަރުގައި، xxxxxxxxx 05 ޑިސެމްބަރު 2012 ދުވަހު ނިޔައވެފައިވާތީ، އެ މަރުޙޫމްގެ ނަމުގައު ރަޖިސްޓަރީކޮށްފައިވާ xxxxxxxxxxxxxxx އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލާއި، xxxxxxxxxxx އެވެކިޔާ އަމިއްލަ ބަންޑާރަ ގޯތީގައިވާ އަމިއްލަބިމާއި، އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލމުދައު، ވާރިސުންގެ މެދުގައި ހަމަހަމައުޞޫލުން ހަމަޖައްސައި ދިނުމަށްއެދި، ވާރސިންކުރެ އެ މަރުޙޫމްގެ ފިރިހެންދަރި xxxxxxxxxxxxxxxxxxxx މައްސަލަ ހުށަހެޅުއްވކަމަށި ބުނެފައިވާކަމަށެވެ.
12ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާގައި، xxxxxxxxx ނިޔައުވިއިރު ތިބީ 6 (ހައެއް) ވާރިސުންކަމަށްބުނެ ހެކިބަސްދީފައި ވާކަމަށެވެ. އެހެންނަމަވެސް، އެ ހެކިންގެ ޢުމުރަށް ބަލާއިރު، xxxx ކޯޓުގެ ނަންބަރު 79/xxxxx2/ ޤަޟިއްޔާއިން xxxxxxxxxxގެ ވާރިސަކު ކަނޑައެޅިފައިވާކަން ހެކިވެރިޔާއަށް އެނގިފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ. މީގެއިތުރުން، xxxxx ކޯޓުގެ ނަންބަރު 79/xxxxxx2/ ޤަޟިއްޔާއަކީ، xxxxxxxxxxxxxxގެ ޣައިރު ޙާޟިރުގައި ބަލައި، ނިޔާކަނޑައަޅާ ފައިވާ މައްސަލައެއް ނޫންކަމަށެވެ. އަދި އެ މައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ xxxxx xxxގެ ބަސްވެސ ޝަރްޢީ ތުން ނެންގެވުމަށްފަހު ކަމަށެވެ. އިސްތިއުނާފު ފޯމުގައި "xxxxxxxxx"ކަމަށް ލިޔެފައިވަނީ އޮޅުމަކުންކަމަށް ބެލެވެއެވެ. ޙަވާލާދީފައިވާ އުފަންދުވަހުގެ ސެޓްފިކެޓުގައިއޮތީ "xx xxxxxxxxxx"އެވެ.
13އެ ހެންކަމުން، ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާ ނިންމަވާފައިވަނީ xxxx ކޯޓުގެ ނަންބަރު 79/xxxxx2/ ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ކަމަކަށް، ސީދާއަސަރު ފޯރާގޮތަށް، އަދި ކަނޑައެޅިފައިވާ ކަނޑައެޅުމާ ޚިލާފަށް ކަމަށްވާތީ، ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާ ބާޠިލު ކުރަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަ މަށެވެ.
14މި މައްސަލައިގައި 09 ޖޫން 2026 ދުވަހު ބޭއްވުނު އަޑުއެހުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތއާ ޝަރީޢަތުންކުރި ސުވާލާގުޅިގެން ދީފައިވާ ޖަވާބާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ރައްދުދިނުމަށް އެރުވުނު ފުރުޞަތުގައި، އިސްތިއުނާފީ މައްސަލައިގެ ތެރެއިން މައްސަލައިގެ މައުޟޫޢުއަށް ގޮތްކަނޑައެޅިއްޖެނަމަ ކޮމްޕްލިކޭޝަންސް އަންނާނެކަމަށާއި، އިސްތިއުނާފު ހުށަހަޅާ ފޯމުގައި އެދިފައިވާގޮތް އިޞްލާޙުކުރުމަށް އެދޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
15އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް ބަދަލުކުރުމަށް ފުރުޞަތު އަރުވާފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން އިތުރުކަމެއް ފާހަގަކުރަން ނެތްކަމަށް ވިދާޅުވެފައިވެއެވެ.
16އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފޯމުގައި އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "މ މައްސަލައިގައި އިސްތިއުނާފުކުރި ފަރާތުން އެދެނީ، ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާގެ ޙުކުމު ބާޠިލުކޮށް xxxxxxxxxxxxxxxxxxxxxxކ، xxxxxxxxxxxxxxxxxxxxxxxxxxxxxxxxގެ ވަރީޘެއްކަމަށް ކަނޑައަޅުއްވައިދެއްވުން. ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާ ބާޠިލުކޮށް އެޤަޟިއްޔާއިންބަލައި ނިންމައިވާ މައްސަލަ އަލުންބެލުމަށް އަމުރުކޮށްދެއްވުން."
17މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، xxxxxxxxxxxxxއަކީ xxxxxxxxxxގެ ވާރިސެއްކަމަށް ކަނޑައަޅައިދިނުމާ އެކުއެކީގައި، ފެމިލީ ކޯޓުގެ ނަންބަރު 16C/20-m1318/F ޤަޟިއްޔާ ބާޠިލުކޮށް، މި މައްސަލަ އަލުންބެލުމަށ ދަށުކޯޓަށް ތަޙުވީލު ކުރުމަށކަމަށްވެފައި، އެކަމާގުޅޭގޮތުން ޝަރީޢަތުން އިތުރަށް ސުވާލުކޮށްފައިވެއެވެ. އަދި އެކަންކަމާ ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް އިޞްލާޙު ކޮށްފައިވަނީ ތިރީގައި ބަޔާންކޮށްފައިވާގޮތަށެވެ. "މ މައްސަލައިގައި އިސްތިއުނާފުކުރި ފަރާތުން އެދެނީ، ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާގެ ޙުކުމު ބާޠިލުކޮށް، xxxxxxxxxxxxxxxxxxxxxxxxxގެ ވާރިސުން ކަނޑައެޅުމަށާއި، ތަރިކައިގެ މައްސަލަ އަލުން ބެލުމަށް، މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލު ކޮށްދެއްވުން ." އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ
18މި މައްސަލައާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ލިޔުމުން ޖަވާބު ފޯމެއް ހުށަހަޅާފައިނުވެއެވެ. އަދި މި އިސްތިއުނާފީ މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
19މި މައްސަލައިގައި، 10 މެއި 2026 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ، މި މައްސަލަ ތަޙުވީލު ކޮށްދިނުމަށްކަމަށް ބުނެފައިވެއެވެ.
20މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
21xxxxxxxxxxxx ނިޔައުވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެކަމުގެ ތަފުޞީލު ޝަރީޢަތާ ޙިއްޞާ ކޮށްދިނުމަށް އެދުމުން، xxxxxxxxxxx ނިޔައުވެފައިވާކަމާއި ތާރީޚެއް، އަދި އަހަރެއްވެސް ހަނދުމަފުޅު ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ވިދާޅުވެފައިވެއެވެ. އެހެންކަމުން އެ މަޢުލޫމާތު ޝަރީޢަތުން ސާފުކުރާނެކަން، 10 މެއި 2026 ދުވަހު ބޭއްވުނު އަޑުއެހުމުގައި އިޢުލާނުކޮށްފައިވެއެވެ.
22އެއަށްފަހު، 09 ޖޫން 2026 ދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި، މި މައްސަލައަކީ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ތަޞްދީޤުކުރުމަށްފަހު ރަޖިސްޓަރީ ކޮށްފައިވާ މައްސަލައަކަށްވާއިރު، 15 ފެބރުއަރް 2023 ދުވަހު xxxxxxxxxx އަވަހާރވެފައިވަ ކަން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން މަޢުލޫމާތު ދެއްވާފައވާކަމި އާ، xxxxxxxxxxxގެ ތަރިކައިގެ މައްސަލައެއް ދަށުކޯޓުގައި ކުރިއަށް ގޮސްފައިވާކަން އެނގެން ނެތްކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ އިތުރުން އެހެންބަޔަކު xxxxxxxxxxxގެ ވާރިސުންގެ ގޮތުގައި ހިމެނޭކަމުގެ މަޢުލޫމާތު ލިބިފައިވޭތޯއާއި، xxxxxxxxxގެ ވާރިސުން ކަނޑައެޅުމަކާ ނުލައި މި މައްސަލަ ތަޙުވީލުކުރުމާމެދު ދެކޭގޮތެއް ޝަރީޢަތުން ސާފުކޮށްފައިވެއެވެ. އަދި ސިވިލް ކޯޓުން މައްސަލަ ބެއްލެވުމުގައި އެކަންކަން ބައްލަވާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށާއި، އެގޮތުގެމަތިން މައްސަލަ ތަޙުވީލު ކުރުމަށް އިޢުތިރާޟެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.
23އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަރުވާއަކީ، އިސްތިއުނާފުކުރާ ފަރާތަކީ ވާރިސެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުމަށްފަހު މި މައްސަލަ ތަޙުވީލުކުރުން ކަމުގައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ލިޔުމުން ޖަވާބެއް ހުށަހަޅާފައިނުވާތީއާއި، މި މައްސަލައާ ގުޅިގެން 10 މެއި 2026 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައިވެސް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަރުވާއާ ގުޅޭގޮތުން ސާފުޖަވާބެއް ދެއްވާފައިނުވާތީ، އިސްތިއުނާފު ރައްދުވާ ފަރާތަށް، އެކަމާ ގުޅޭގޮތުން ޖަވާބު ދިނުމަށް ޝަރީޢަތުން ފުރުޞަތު އަރުވާފައިވެއެވެ. ތަރިކައިގެ މައްސަލަތަކުގައި ވާރިސުން ކަނޑައަޅަނީ ދަށުކޯޓުން ކަމަށްވެފައި، މި މައްސަލައިގައިވެސް ވާރިސުން ކަނޑައެޅުން ދަށުކޯޓަށް ދޫކޮށްލުމަށް އެދޭކަމަށާއި، މި މައްސަލައަކީ އަލުން ބަލަންޖެހޭ މައްސަލައެއް ކަމުގައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ އެގޮތުގެމަތިން ދަށުކޯޓަށް މި މައްސަލަ ތަޙުވީލު ކޮށްދިނުމަށްކަމަށް، އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.
24ބުނެވިދިޔަ ކަންކަމުގެ އިތުރުން، އެހެންކަމެއް ފާހަގަކުރައްވަން އިސްތިއުނާފު ރައްދުވާ ފަރާތުން ނެތްކަމަށް ބުނެފައިވެއެވެ.
25ޕްރިސިޑެންސް 3އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވަނީ، ތަރިކައިގެ މައްސަލަތަކުގައި ވާރިސުން ކަނޑައަޅަނީ ދަށުކޯޓުން ކަމަށްވާއިރު، މި މައްސަލައަކީ އަލުންބަލަންޖެހޭ މައްސަލައެއް ކަމުގައިވާތީ، މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލު ކޮށްދިނުމަށެވެ.
26މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ހުށަހަޅުމަކީ، ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާއިން ބެއްލެވި މައްސަލައިގައި، xxxxxxxxxxxxxxxxxxxxx xxx ނިޔައުވިއިރު، އެ މަރުޙޫމްގެ ވާރިސުންގެ ގޮތުގައިތިބީ، 3 (ތިނެއް) ފިރިހެން ދަރިންނާއި، 2 (ދޭއް) އަންހެންދަރިންނާއި ނިޔައުވިއިރުއިނ ހުވަފަތް އަނބިމީހާ އެކަނިކަމަށް ކަނޑައަޅުއްވާފައިވަނީ، xx ކޯޓުގެ ނަންބަރު 79/xxx2/ ޤަޟިއްޔާގެ ޙުކުމުގައި، xxxxxxxxxxxxxxxxxxxxxxxxxxxއާއި xxxxxxxxxxxxxxxxxxxxxxxxxxއާ ދެމީހުން ކޮށްފައިވާ ކާވެނީގައި ވިހެއިދަރިފުޅު، xxxxxxx xxxxxxxއަކީދިވެހިރާއްޖޭގ ދަރިލެއްވުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން އަލްމަރުޙޫމް xxxxxxxxxގެ ދަރިއެއްކަމަށް ކނަ ޑައަޅުއްވފައިވާ ނިންމެވުމާ ޚިލާފަށްކަމަށެވެ. އެހެންކަމުން، އިސްތިއުނާފު ކޮށްފައިވާ ނިންމުން ބާޠިލުކުރަން ޖެހޭކަމަށެވެ.
27ޕްރިސިޑެންސް 1ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާގެ ލިޔުންތަކަށް ރިޢާޔަތްކުރާއިރު، އެ މައްސަލައިގައި xxxxxxxxxxxxxxxxxގެ ވާރިސުން ކަނޑައެޅުއްވިއިރު، އެ މަރުޙޫމްގެ ވާރިސުންގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތް ހިމަނާފައިނުވެއެވެ. ކަންމިހެން އޮތްއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ފަދައިން، xxxxxx ކޯޓުގެ ނަންބަރު 79/xxxxx2/ ޤަޟިއްޔާގައި، އިސްތިއުނާފުކުރާ ފަރާތަކީ އަލްމަރުޙޫމް xxxxxxxxxxގެ ދަރިއެއްކަމަށް ކަނޑައަޅުއްވާފައިވެއެވެ.
28ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/114 ޤަޟިއްޔާ ރަޖިސްޓަރީ ކޮށްފައިވަނިކޮށް، xxxx ކޯޓުގެ ނަންބަރު 79/xxxxx2/ ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށްއެދި، xxxxxxxxxxxގެ ފަރާތުން 10 ނޮވެމްބަރ 2025 ދުވަހު މި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި، އިސްތިއުނާފު ކުރުމުގެ ހުއްދައަށްއެދި ހުށަހަޅާފައިވަނީ އިސްތިއުނާފު ކުރުމުގެ ޤާނޫނީ ހައިސިއްޔަތުއޮތް ފަރާތެއްކަން އެނގެންނެތަތީ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަދޭން ނުފެން ނަކަމަށް، ދިވެހިރާއްޖޭގެހައިކޯޓުގެ ނަންބަރު xxx/xxxx/IH-HC "އިސްތިއުނާފު ކުރުމުގެ ހުއްދައަށްއެދ ހުށަހެޅި މައްސަލައާމެދު ނިންމިގޮތް"ގައި ނިންމާފައިވެއެވެ.
29xxxxxxxxxގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު xxx/xxxxIH/-HC "އިސްތިއުނާފު ކުރުމުގެ ހުއްދައަށްއެދ ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" މުރާޖަޢާ ކޮށްދިނުމަށްއެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. xxxxxxxxxxގެ ހުށަހެޅުމާ ގުޅިގެން، xxxxx ކޯޓުގެ ނަންބަރު 79/xxxxx2/ ޤަޟިއްޔާއަކީ ދަރިލެއްވުމ ގުޅިގެނާ ހިންގާފައިވާ ޤަޟިއްޔާއަކަށްވެފައި، އެ މައްސަލައިގެ މައިގަނޑު އަސާސަކީ ކާވެނިކަމުގައިވާތީ، ކާވެނީގެގޮތުން ގުޅިފައިވާ ދެމީހުން ފިޔަވައި ތިންވަނަ ފަރާތަކަށް އެފަދަ ނިންމުމަކާމެދު ސުވާލުއުފައްދައި، ބަހުސްކުރުމުގެ ފުރުޞަތު ހުޅުވާލުމަކީ ނުރަނގަޅު ނަތީޖާތަކެއް ކުރިމަތިވެގެންދާނެ ކަމެއްކަމަށް ބަޔާންކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު xxHCL/-SC/xxxxx "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް
30ބުނެވިދިޔަ ގޮތުގެމަތިން ކަންހިނގުމަށްފަހު، މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ދިވެހިރާއްޖޭގ ހައިކޯޓުގައި ބާއްވާފައިވެއެވެ. އެގޮތުން ބޭއްވުނު އަޑުއެހުންތަކުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން މި މައްސަލައިގައި ޖަވާބު ދިނުމަށް އެރުވުނު ފުރުސަ ތާއި، އަދި ޝަރީޢަތުން އިތުރަށް ސާފުކޮށް ޖަވާބު ދިނުމަށް އެރުވުނު ފުރސު ތުގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދަޢުވާއަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރު ކޮށްފައިނުވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހަކީ، މި މައްސަލައިގައި ވާރިސުން ކަނޑައަޅައި، މައްސަލަ އަލުން ބެލުމަށްޓަކައި ދަށުކޯޓަށް ތަޙުވީލުކޮށްދިނުމވެ.
31މި ނިންމުމުގެ ނުކުތާ 7 އިން 25 އަށް ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ހުރިއިރު، އިސްތިއުނާފުކުރާ ފަރާތއާ އިސްތިއުނާފި ރައްދުވު ފަރާތުނާ އެދެނީ، މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލު ކޮށްދިނުމަށްކަމށާއި، xxxxxxxxxxގެ ވާރިސުން ކަނޑައެޅުމަކާނުލައި އެކަންކުރުމަށް އިޢުތިރާޟު ނުކުރާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ އަޑުއެހުމުގައި ބުނެފައިވެއެވެ.
32ޕްރިސިޑެންސް 2މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފު ފޯމުގައި، އިސްތިއުނާފުކުރާ ފަރާތަކީ ވާރިސެއްކަމަށް މި މައްސަލައިގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއްކަނޑައެޅުމަށް ކުރިން އެދިފައިވާގޮތަށ، ޝަރީޢަތުގް މަޖިލީހުގައި ބަދަލުގެނެސްފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުންވެސް މިހާރު އެދިފައިވަނީ، ސިވިލް ކޯޓުން މި މައްސަލަ އަލުން ބެލުމަށްޓަކައި ތަޙުވީލު ކޮށްދިނުމަށެވެ. އެހެންކަމުން، މި ޙާލަތުގައި ކަންހިނގާފައިވާގޮތަށް ރިޢާޔަތްކޮށް، ދެފަރާތުން އެދިފައިވާގޮތުގެމަތިން ޢަމަލުކުރުމަށް ޤާނޫނީގޮތުން ހުރަހެއް އޮތްކަމުގައި ނުދެކެމެވެ.
33ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން،
1.33. ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާއިން ބެއްލެވި މައްސަލައިގައި، xx xxxxxxxxxxxxxxxxxxxxxxxx ނިޔައުވިއިރު، އެ މަރުޙޫމްގެ ވާރިސުންގެ ގޮތުގައިތިބީ، 3 (ތިނެއް) ފިރިހެން ދަރިންނާއި، 2 (ދޭއް) އަންހެންދަރިންނާއި ނިޔައުވިއިރުއިން ހުވަފަތް އަނބިމީހާ އެކަނިކަމަށް ކަނޑައަޅުއްވާފައިވަނީ، xxxxxx ކޯޓުގެ ނަންބަރު 79/xxxxxx2/ ޤަޟިއްޔާގެ ޙުކުމުގައި، xxxxxxxxxxxxxxxxxxxxxxxxxxxއާއި xxxxxxxxx xxxxxxxxxxxxxxxxxxxއާ ދެމީހުން ކޮށްފައިވާ ކާވެނީގައި ވިހެއިދަރިފުޅު، xxxxxx xxxxxxއަކީ، ދިވެހިރާއްޖޭގެ ދަރިލެއްވުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން xxxxxxxxxxxގެ ދަރިއެއްކަމަށް ކަނޑައަޅުއްވާފައިވާ ނިންމެވުމާ ޚިލާފށްކަމަށަ ކަނޑައަޅައި، ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާ ގެ ނިންމުން ބާޠިލުކޮށް، އަދި
2.33. މި ނިންމުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމާއެކު، ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާއިން ބަލާފައިވާ މައްސަލަ އަލުންބައްލަވައި، ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ފެނެއެވެ.
34މި މައްސަލައި ގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
35މި މައްސަލއިގައަ ފަނޑިޔާރި ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
36ދެ ންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން،
1.36. ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާއިން ބެއްލެވި މައްސަލައިގައި، xx xxxxxxxxxxxxxxxxxxxxxxxx ނިޔައުވިއިރު، އެ މަރުޙޫމްގެ ވާރިސުންގެ ގޮތުގައިތިބީ، 3 (ތިނެއް) ފިރިހެން ދަރިންނާއި، 2 (ދޭއް) އަންހެންދަރިންނާއި ނިޔައުވިއިރުއިން ހުވަފަތް އަނބިމީހާ އެކަނިކަމަށް ކަނޑައަޅުއްވާފައިވަނީ، xxxxxx ކޯޓުގެ ނަންބަރު 79/xxxxxx2/ ޤަޟިއްޔާގެ ޙުކުމުގައި، xxxxxxxxxxxxxxxxxxxxxxxxxxxxxxއާއި xxxxxxxx xxxxxxxxxxxxxxxxxxއާ ދެމީހުން ކޮށްފައިވާ ކާވެނީގައި ވިހެއިދަރިފުޅު، xxxxxx xxxxxxxxއަކީ، ދިވެހިރާއްޖޭގެ ދަރިލެއްވުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން xxxxxxxxxxގެ ދަރިއެއްކަމަށް ކަނޑައަޅުއްވާފައިވާ ނިންމެވުމާ ޚިލާފަށްކަމަށް ކަނޑައަޅައި، ފެމިލީ ކޯޓުގެ ނަންބަރު C/2016-m1318/F ޤަޟިއްޔާ ގެ ނިންމުން ބާޠިލުކޮށް، އަދި
- ދިވެހިރާއްޖޭގެ ދަރިލެއްވުމުގެ ގަވާއިދު
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
- ހައިކޯޓުގެ ނަންބަރު 2022/HC-IH/4 (އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް، 01 މާރޗް 2022)
- ސުޕްރީމް ކޯޓުގެ (ނަންބަރު ސިއްރުކުރެވިފައިވާ) SC-HCL ނިންމުން: ކާވެނީގެ ގޮތުން ގުޅިފައިވާ ދެމީހުން ފިޔަވައި ތިންވަނަ ފަރާތަކަށް ދަރިލެއްވުމުގެ ނިންމުމާމެދު ސުވާލުއުފެއްދުމުގެ ފުރުޞަތު ނެތްކަމަށް
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ނައުޝާދު ޢަބްދުލްޢަޒީޒް، ނައުޝާދު އެންޑް އެސޯސިއޭޓްސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އަޙްމަދު ޢަބްދުﷲ ޢަފީފް
- ބެންޗު
- ދީބާނާޒް ފަހުމީ، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް