ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/348
ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ސަލީމް، 2023/HC-A/348
Naasaa Link Private Limited v. Ibrahim Saleem 2023/HC-A/348 (2023/HC-A/348, High Court of the Maldives, 28 January 2026)
ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ސަލީމް
މައިގަނޑު ސުވާލު
ދިފާޢުގައި ހުށަހެޅި އެއްބަސްވުމެއްގައި ސޮއިކުރިކަމަށް އަނެއް ފަރާތުން އިންކާރުކުރުމުން، އެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫންކަމަށް ދަށުކޯޓުން ކަނޑައެޅީ (authenticity އާ legal validity އާ ތަފާތުކޮށް) ޤާނޫނާއި ސުޕްރީމް ކޯޓުގެ އުޞޫލުތަކާ އެއްގޮތަށްތޯ؛ އެއްބަސްވުމުގެ ހެކިންގެ ހެކިބަހަށް ރިޢާޔަތް ނުކުރުމުގެ ނަތީޖާ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި
ކަނޑައެޅުނު އުޞޫލުތައް
- އެއްބަސްވުމުގެ އަޞްލަށް (authenticity) އިންކާރުކުރުމާއި، ވުޖޫދުގައި އޮތް އެއްބަސްވުމެއްގެ ޤާނޫނީ ޞައްޙަކަމާ (legal validity) މެދު ސުވާލު އުފެއްދުމަކީ ތަފާތު ދެ މަފްހޫމެކެވެ؛ ފުރަތަމަ އެއް ބުނަނީ އެއީ ސޮއިނުކުރި، ވުޖޫދުގައި ނެތް އެއްބަސްވުމެއް ކަމަށް ކަމަށާއި، ދެވަނަ އެއް ބުނަނީ ވުޖޫދުވި އެއްބަސްވުމެއް ނަމަވެސް މެދުވެރިވި ޙާލަތަކުން ބާޠިލު ކަމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41)
- އެއްބަސްވުމުގެ އަޞްލަށް އިންކާރުކުރާ ޙާލަތުގައި، އެއްބަސްވުން ވުޖޫދުވެފައިވާކަން (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައިވާ ހުށަހެޅުމާއި ޤަބޫލުކުރުން) ވާޤިޢާތަކުން ސާބިތުކޮށްދޭންޖެހޭނީ އެ އެއްބަސްވުމަށް ބަރޯސާވާ ފަރާތުންނެވެ (fact based)؛ ސާބިތު ނުވެއްޖެނަމަ އެއީ އުފެދުނުއިރުވެސް ބާޠިލު (void ab initio) އެއްޗެއް ކަމުގައި ބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42، 62)
- އެއްބަސްވުމުގެ legal validity އާ މެދު ސުވާލު އުފައްދައި (ޙައިޘިއްޔަތު ނެތުން، ބިރުދެއްކުން، ޙަޤީޤަތް އޮޅުވާލުން، ނުރަނގަޅު ނުފޫޒު، ޣައިރު ޤާނޫނީކަން) އެއީ ބާޠިލު އެއްބަސްވުމެއް ކަމަށް ބުނާނަމަ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 3، 12–17 ވަނަ މާއްދާތަކުގެ މިންގަނޑުގެ ތެރެއިން އެކަން ސާބިތުކުރަންޖެހެނީ އެހެން ބުނާ ފަރާތުންނެވެ (law based)؛ އޭގެ ކުރިން އެއްބަސްވުން ވުޖޫދުގައި އޮތްކަން ޤާއިމުވާންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43، 47)
- ދަށުކޯޓުގެ ނިންމުން ބިނާވެފައިވަނީ އެއްބަސްވުމުގެ authenticity ގެ މައްޗަށް ކަމަށްވާނަމަ، އެ ނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 އަދި 17 ވަނަ މާއްދާގެ ނަޒަރުން (ބާޠިލު ކޮންޓްރެކްޓެއްގެ ގޮތުން) ވަޒަންކުރަންޖެހޭ ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 54، 55)
- ޑޮކިއުމަންޓެއްގައި ސޮއިކުރިކަމަށް އިންކާރުކޮށްފިނަމަ، ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޤަޟިއްޔާގެ އުޞޫލުގެ މަތިން، ޞައްޙަކަން ސާބިތުކުރުމުގެ ބުރަ އޮންނަނީ ހުށަހެޅި ފަރާތުގެ މައްޗަށް ކަމަށާއި، ކޯޓުން އެ ފަރާތަށް އަސްލު (އަސާސީ ހެކި)، ސޮއިކުރި ފަރާތް، ލިޔުން ތައްޔާރުކުރި މީހުން، ހެކިން އަދި ސާނަވީ ހެކި ހުށަހެޅުމަށް އަންގަންވާނެއެވެ؛ އެ އުޞޫލުގެ އަލީގައި އެއްބަސްވުން ވުޖޫދުގައިވޭތޯ ނުބަލައި، އިތުރު ވާޤިޢާތަކުގެ މައްޗަށް ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުމަކީ އެ ޤަޟިއްޔާއިން ދައްކައިދޭ މަގު ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 58، 59، 64، 65)
- އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކުރުމަށް އެއްބަސްވުމުގެ ހެކިން ހުށަހަޅައި ހެކިބަސް ނެގިނަމަވެސް، އެ ހެކިބަހަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމުމަކީ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޤަޟިއްޔާގެ މިންގަނޑާ ޚިލާފު ނިންމުމެކެވެ؛ ހެކިބަސް ވަޒަންކޮށްގެން މެނުވީ ޞައްޙަކަމާމެދު ގޮތެއް ނުކަނޑައެޅޭނަމަ މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރުމުގައި މަޞްލަޙަތު ބޮޑުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 66، 67)
- މައިގަނޑު ވާޤިޢާއަށް ތާއީދުކުރާ ނުވަތަ ނަފީކުރާ ކޮންމެ ވާޤިޢާއަކީ ގުޅުންހުރި ވާޤިޢާއެކެވެ؛ އެ ވާޤިޢާތަކުން އެހީ ހޯދުމުގައި ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 63، 64)
1މިއީ،ސިވިލ ކޯޓް ހުޅުމާލެ ޑިވިޜަންގެ ނަންބަރ 221/Cv-C-HD/2021 ޤަޟިއްޔާ އާ ކޯޓުން ނިންމފައިވަނާ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔ އިސްތިއުނާފުކުރުމަށް އެދް ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް )ކުންފުނީގެ ރަޖިސްޓަރީ ނަންބަރު C-0339/2005( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ"ނާސާ ލިންކް"( ދިވެހިރާއްޖޭގ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީ މާލެ […] އިބްރާހީމް ސަލީމު)ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އިބްރާހީމް ސަލީމް"ގެ( މައްޗަށެވެ.
3ހުޅުމާލެ ލޮޓް ނަންބަރު 11282 ގޯތީގެ ވެރިފަރާތަކީ އިބްރާހީމް ސަލީމްއެވެ.
4އިބްރާހީމް ސަލީމްއާއި ނާސާ ލިންކްއާ ދެމެދު 06 ނޮވެންބަރު 2017 ގައި، ނަންބަރު 11282/NASA/2017/01 "ހުޅުމާލެ ލޮޓް 11282 ޢިމާރާތް ކުރުމާއިބެހޭ އެއްބަސްވުން" )މީގެ ފހުނ "06 ނޮވުނެ ބަރް 2017 ގެ އެއްބަސްވުން" ނުވަތަ "ނަންބަރު 11282/NASA/2017/01 އެއްބަސްވުން"( ވެފައިވެއެވެ.
506 ނޮވުނެ ބަރް 2017 ގުއެއްބަސްވުމަކީ، ހުޅުމާލެ ލޮޓް ނަންބަރ 11282 ޢިމާރާތުގެ 03 )ތިނެއް( ވަނަ ޝީޓުން ފެށިގެން މައްޗަށް، 04 )ހަތަރެއް( ޝީޓް އާއި ޓެރަސްފްލޯރގެ އެޕާޓްމަންޓްގެ ރޫފ ޝީޓް އެޅުމާއު،ގްރައްނޑް ފްލޯރގެ ސިމެންތި މަސައްކަތް ފިޔަވް،ގްރައުންޑް ފްލޯރ އިން ފެށިގެން މައްޗަށް 06 )ހައެއް( ފްލޯރ އާއިއެކު ޓެރަސްފްލޯރ އެޕާޓްމަންޓްގެ ފިނިޝިންގގެ އެންމެހާ މަސައްކަތްތައާ،ބޭންކ ލޯން ފައިނޭންސްއާއެކުމި އެއްބަސްވުމުގައިވ ކުރެހުމާއި، ބީ.އޯ.ކިއުއާއި ވާރކް ޝެޑިއުލްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިނ ޢިމާރާތްކުރުމަށް ދޫކޮށްފައިވާ ހުއްދައާއި އެއްގޮތަށް ނާސާ ލިންކް އިން މަސައްކަތްކުރުމަށް އިބްރާހީމް ސަލީމްއާއި ނާސާ ލިންކްއ ދެމެދާ ވެފައިވާ އެއްބަސްވުމެކެވެ.
6އިބްރާހީމް ސަލީމްއާއި ނާސާ ލިންކްއާ ދެމެދު 14 ފެބަރުވރ 2019 ގައި ނަންބަރު 11282/NASA/2019/03 "ހުޅުމާލެ ލޮޓް 11282 ޢިމާރާތް ކުރުމައިބެހޭ އެއްބަސްވުމާއިގުޅޭ" )މީގެ ފަހުން "14 ފެބަރުވރ 2019 ގެ އެއްބަސްވުން" ނުވަތަ "ނަންބަރު 11282/NASA/2019/03 އެއްބަސްވުން"( އެއްބަސްވުމެއް ވެފައިވެއެވެ.މި އެއްބަސްވުމަކީ، ހުޅުމާލެ ލޮޓް 11282 ޢިމާރާތްކުރުމަށް 02 ޖުލައި 2017 ގައި ވެފައިވާ އެއްބަސްވުމުގ 32 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 19 ވަނަ މާއްދާ ބަދަލުކުރުމަށް ވެވޭ އެއްބަސްވުމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
706 ނޮވުނެ ބަރް 2017 ގެ އެއްބަސްވުމުގެ 19 ވަނަ މާއްދާގައިވަނީ "މަސައްކަތުގެ މުއްދަތަކީ 12 ނޮވުނެ ބަރް 2017 ވަނަ ދުވަހުން ފެށިގެން 30 ނޮވުނެ ބަރް 2018 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި މަސައްކަތް ނިންމާ ސައިޓް ގޭގެވެރިފަރާތާއި ޙަވާލުކުރަންވާނެއެވެ." މިފަދައިންނެވެ. އަދ 14 ފުބަރުވރ 2019 ގ އެއްބަސްވުމުގައި ޙަވާލާދީފައިވާ 02 ޖުލައި 2017 ގެ އެއްބަސްވުމުގ 19 ވަނަމާއްދާއަށް ގެނެވުނު ބަދަލީ ކަމު ގައި ބަޔާންކޮށްފައިވަނީ"މަސައްކަތުގެ މުއްދަތަކީ، ބޭންކް ލޯން ފައިނޭންސް ހަމަޖެހޭ ދުވަހުން ފެށިގެން ޖުމްލަ މީދާލ 10 )ދިހައެއް( 14 ފުބަ ރުވރ 2019 ގެ އެއްބަސްވުމުގައި، މި އެއްބަސްވުމަކީ 02 ޖުލައި 2017 ގައި ވެފައިވާ އެއްބަސްވުމަށް އިޞްލާޙެއް ގެނައުމުގެ ގޮތުން ވެވޭ އެއްބަސްވުމެއް ކަމުގައި ބަޔާންކުރިނަމަވެސް، ދެ ފަރާތް ދެމެދު 02 ޖުލައި 2017 ގައި އެއްބަސްވުމެއް ވެފައިވާކަން ލިޔެކިޔުންތަކުން ފެންނާކަށްނެތެވެ. މަސްދުވަހެވެ. މި މުއްދަތުގައި މަސައްކަތް ނިންމާ ސައިޓް ގޭގެވެރިފަރާތާއި ޙަވާލުކުރަންވާނެއެވެ." މ ފަދައިންނެވެ.
8މި ބަދަލު ގެންނަންޖެހުނު ސަބަބު ގެ ގޮތުގައި 14 ފެބަރުވރ 2019 ގެ އެއްބަސްވުމުގައި ބަޔާންކްށްފައިވަނީ "ބޭންކ ލޯން ފައިނޭންސް ހަމަނުޖެހި ލަސްވެދިޔުމާއި ގުޅިގެނެޢްމާރާތުގ މަސައްކަތް ކުރިޔަށް ނުގެންދެވި މަސައްކަތް ހުއްޓިފައި އޮތުމާއި ގުޅިގެން މަސައްކަތުގެ މުއްދަތަށް ގެނުވުނު ބަދަލާއި ގުޅިގެނ" މި ފަދައިންނެވެ.
9އިބްރާހީމަ ސަލީމް ތަމްސީލުކުރުމަށް އެ ފަރާތުންޢިއްޔަންކޮށްފައިވާ ކްރިސްޓަލް ޗެމްބަރސ އެލްއެލްޕީގެ ފަރާތުން އަލްފާޟިލް ޢަބްދުﷲ ރަޝީދު، 30 މާރިޗް 2021 ގައި ނާސާ ލިންކްއަށް ސިޓުއެއް ފޮނުވާފައިވެއެވެ. މި ސިޓީގައިވަނީ، ހުޅުމާލެ ލޮޓް ނަންބަރ 11282ޢި މާރާތުގ 03 )ތިނެއް( ވަނަ ޝީޓުން ފެށިގެން މައްޗަށް 04 )ހަތަރެއް( ޝީޓް އާއި ޓެރަސްފްލޯރގެ އެޕާޓްމަންޓްގެ ރޫފ ޝީޓް އެޅުމާއި ގްރައުންޑް ފްލޯރގެ ސިމެންތި މަސައްކަތް ފިޔަވާ ގްރައުންޑް ފްލޯރ އިން ފެށިގެން މައްޗަށ 06 )ހައެއް( ފްލޯރ އާއިއެކު ޓެރަސްފްލޯރ އެޕާޓްމަންޓްގެ ފިނިޝިންގގެ އެންމެހާ މަސައްކަތްތައް ކުރުމަށް ނާސާ ލިންކްއިން އެއްބަސްވުމަށްފަހު، އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައްނުވާކަމަށާއި، މިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރެވުނު ނަމަވެސް، މިކަމަށް ނާސާ ލިންކްގެ ފަރާތުން އެއްބާރުލުން ދީފައިނުވާކަމަށާއި، އެހެންކަމުނ އެއްބަސްވުމުގ 3.1 ވަނަ މާއްދާގެ ދަށުން ދެ ފަރާތުން ވާހަކަދައްކައިގެނ ޙައްލެއް ހޯދުމަށްޓަކައި، މަޝްވަރާއަށް ދައުވަތިއަރުވާކަމަށާއި، މިފަދައިން ވާހަކަދައްކްއަގެނ މައްސަލް ޙައްލުކުރުމަށް ތައްޔާރަށްނެތްނަމަ، މި މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން އިންސާފު ހޯދުމަށް މަސައްކަތްކުރާނ ކަމުގައެވެ. ކްރިސްޓަލް ޗެމްބާރސް އެލްއެލްޕީގެ ނަންބަރު CCLLP/043/2021 ސިޓީ
10އެއަށްފަހު، އިބްރާހީމް ސަލީމްގެ ފަރާތުން "އެއްބަސްވުން ބާޠިލުކުރުމުގެ ނޯޓިސް" 25 އެޕްރީލް 2021 ގައި ނާސާ ލިންކްއަށް ފޮނުވާފައިވެއެވެ. މި ނޯޓިސްގައިވަނީ، 06 ނޮވުނެ ބަރް 2017 ގެ އެއްބަސްވުމާ ޚިލާފަށް މަސައްކަތް ނުނިންމާ، މަސައްކަތް ހުއްޓާލާފައިވާތީ، ދެ ފަރާތް ދެމެދު ޞުލްޙަވެރިކަމާއެކު މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވި، ނާސާ ލިންކްގެ ބޯޑާއި މަޝްވަރާކުރުމަށްފަހު ހުށަހެޅުމެއް ހުށަހަޅާނެކަމުގައި އެ ބައްދަލުވުމުގައި ނާސާ ލިންކީގެ މެނޭޖިންގ ޑިރެކްޓަރ އެއްބަސްވިނަމަވަސް، މައްސަލަ ޞުލްޙަވެރިކަމާއެކ ޙައްލުކުރުމަށ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާކަމުގައެވެ. އަދި ބައްދަލުވުމަށްފަހު، ޤާނޫނ ވަކީލުގެ ފޯނަށް ޖަވާބުދީފައިނުވާކަމުގައެވެ. ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރުމަށް ނާސާ ލިންކްގެ ފަރާތުން އެއްބާރުލުން ދީފައިނުވާތީ، އެއްބަސްވުމާއި ޚިލްފ ވެ، ޝެޑިއުލްއާ އެއްގޮތަށް މަސައްކަތ ކުރިއަށް ނުގެންދާތީ، އެއްބަސްވުމުގ 21 ވަނަ މާއްދާގަ ދަށުން ނާސާ ލިންކްގެ ކިބައިން މަސައްކަތް ވަކިކޮށްފައިވާކްމަށއި، އަދި ހުޅުމާލެ ލޮޓް 11282 ގިއްޗާއިޢްމާރާތުން ނާސާ ލިންކްއިނ ބޭނުން ކުރަމުންދާ ތަންތަން ހުސްކޮށް 30 އެޕްރީލް 2021 ގެ ނިޔަލަށް،އެ ތަންތަން ޙވާލުކޮށްދިނުމަށެވެ.
11ދެ ފަރާތްގ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކުރެވިފައިވާތީ، ނާސާ ލިންކްގެ ތަކެއްޗާއި މީހުން ހުޅުމާލެ ލޮޓް ނަންބަރ 11282 އިން ނެރެ ހުސްކޮށް 30 އެޕްރިލް 2021 ގެ ނިޔަލަށް ތަން ޙަވާލުކޮށްދިނުމަށް ނާސާ ލިންކްއަށް އެންގުމުން، އިބްރާހީމް ސަލީމްއ ތަނާ ޙަވާލުކޮށްފައިނުވާތް، ޝަރީޢަތް މެދުވެރިކޮށް ވެރިފަރާތަށް ތަން ޙަވާލުކުރުމަށް އެންގުމަށާއި، ނާސާ ލިންކްއިނ އެއްބަސްވުމް ޚިލާފުވުމުގެ ސަބަބުން ލިބުނު އަދި ލިބެމުންދާ ގެއްލުމުގެ ބަދަލު ޝަރީޢަތް މެދުވެރިކޮށް އެކީ އެއްފަހަރާ ހޯދުމަށް އެދި ނާސާ ލިންކްގެ މައްޗަށް އިބްރާހީމް ސަލީމް ދަޢުވާކުރިއެވެ. ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-221/Cv ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ "ދަޢުވާގެ ޚުލާޞާ" އަދި ފާހަގަކުރެވުނު ނުކުތާތަކުގެ 1 ވަނަ ނުކުތާ
12މި ދަޢުވާ ބަލާފައިވަނީ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 221/Cv-C-HD/2021 ޤަޟިއްޔާއިންނެވެ. މިއީ މިކޯޓުގައ އިސްތިއުނާފި ކުރެވފައިވި ޤަޟިއްޔާއެވެ.
13މ ދަޢުވާއަށް އިންކާރުކޮށް، ނާސާ ލިންކްގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކުރަމުން ގެންދިޔަ ނަމަވެސް، އެ މަސައްކަތްތަކަށް އިބްރާހީމް ސަލީމްގެ ފަރާތުން ފައިސާ ދައްކަމުންނުދާކަމަށާއި،މަސައްކަތުގެ ބޮޑު ބައެއް ނިމުނުއިރުވެސ އިބްރާހީމް ސަލީމްގެ ފަރާތުންމަސައްކަތުގެ އަގު ދީފައިނުވާކަމަށާއި، އެހެންކަމުން ޢިމާރާތްކުރުމަށްޓަކައި ނާސާ ލިންކްގެ ފަރާތުން ކުރި މަސައްކަތުގެ އަގު ލިބިދިނުމުގެ ގޮތުން އެހެނ މަގެއް ޚިޔާރުކުރަންޖެހުނުކަމަށާއި، އެގޮތުން، ހުޅުމާލެ ލޮޓް 11282 ގޯތީގައި ނާސާ ލިންކްގެ ފަރާތުން ކުރަމުންދިޔްޢ މާރާތުގެ ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، ސެކަންޑް ފްލޯރ އަދި ތާރޑް ފްލޯރ އިތުރު ކުއްޔެއް ނެގުމަކާ ނުލައި ނާސާ ލިންކްއާ ޙަވާލުކުރުމަށް އެއްބަސްވެ، 01 ޖަނަވަރީ 2019 ގައި ދެ ފަރާތުން ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ވެފައިވާކަމަށީއި، މާ އެއްބަސްވުމުގެ ދަށުން ކުއްޔަށްދިނުމުގެ މުއްދަތަކީ 25 )ފަންސަވީސް( އަހަރުކަމަށާއި، މި މުއްދަތުގައި ކުއްޔަށްދެވުނު ތަން އަތުލުމުގެ ބާރު އިބްރާހީމް ސަލީމްއަށް ލިބިދީފައިނުވާކަމަށާއި، ދ ފަރާތގ ދެމެދު 06 ނޮވުނެ ބަރް 2017 ނ ފެށިގެން އޮތް ތްއާގަ ދީ ގުޅުމުގެ ޒާތާއި ބާވަތް، 01 ޖަނަވަރީ 2019 ގައި ވެވުނުކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ޒަރިއްޔާއިން ބަދަލުވެފައިވާކަމަށާއި، މި ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ދަށުން، ނާސާ ލިންކްއަށެޢުމާރާތުގ ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، ސެކަންޑް ފްލޯރ އަދި ތާރޑް ފްލޯރގައި ތިބުމުގެ ޙައްޤު ލިބިގެންވާކަމަށާއި، "ގޯތިގެދޮރުން މްހންނާއި މުދާ ނެރުމުގެ މައްސަލަ"ކަމަށ ބުން އިބްރާހީމެ ސަލީމްގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި ނާސާ ލިންކްގެ ފަރާތުން ސާބިތުކޮށްދޭންޖެހޭނީ މި މިންވަރަށްކަމުގައި ނާސާ ލިންކްގެ ފަރާތުން ބުނެފައިވެއެވެ.
14ނާސާ ލިންކްގެ ފަރާތުން އެދިފައިވަނީ، 06 ނޮވުނެ ބަރް 2017 ގ އެއްބަސްވުމާއި ނާސާ ލިންކްގެ ފަރާތުނު ޚިލާފުވެފައިނުވާކަމަށް ކަނޑައަޅައި، އިބްރާހީމް ސަލީމްގެ ފަރާތުން އެދޭ ބަދަލު އެ ފަރާތަށް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ހުޅުމާލެ ލޮޓް ނަންބަރ 11282 ގައި ކޮށްފައިވާ ޢުމާރާތުގައި ނާސާ ލިންކް ބްނންކުރާ ފްލޯރތައް ހުސްކޮށް އިބްރާހީމް ސަލީމްއ ތަނާ ޙަވާލުކުރުމަށް އަންގާނެތަނެއް ނެތްކަމަށް ކަނޑައަޅައި، 01 ޖަނަވަރީ 2019 ގައި ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުން، 06 ނޮވުނެ ބަރް 2017ގެޢިމާރާތީކުރުމުގ އެއްބަސްވުމުގެ މައްޗަށ އިސްކުރެވޭނ 01 ޖަނަވަރީ 2019 ގައި ސޮއިކުރި ކުއްޔަށްދިނުމުގެ އެއްބަސްވުންކަމަށް ކަނޑައަޅައި، 01 ޖަނަވަރީ 2019 ގައި ސޮއިކުރި ކުއްޔަށްދިނުމުގެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އިބްރާހީމް ސަލީމްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
15މ މައްސަލައިގައިސިވިލ ކޯޓް ހުޅުމާލެ ޑިވިޜަނުން ޙުކުމްކޮށްފައިވަނީ، ހުޅުމާލެ ލޮޓް 11282 ނަންބަރު ގޯތީގެ މަސައްކަތްކުރުމަށް ނާސާ ލިންކްގެ ފަރާތުން ޚަރަދުކޮށްފައިވާ 6,724,125/76ރ. )ހަމިލިއަން ހަތްލައްކަ ސައުވީސްހާސް އެއްސަތޭކަ ފަންސަވީސް ރުފިޔާހަތްދިހަ ހަލާރީ( ދްއްކ އަގުއަދާކުރުމުގ ގޮތުނެ ހުޅުމާލެ ލޮޓް 11282 ނަންބަރު ގޯތީގެ ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، ސެކަންޑް ފްލޯރ، އަދި ތާރޑް ފްލޯރ ނާސާ ލިންކްއަށ ޙަވާލުކުރުމަށް ނާސާ ލިންކްއާއި އިބްރާހީމް ސަލީމްއ ދެމެދުވާ އެއްބަސްވުންކަމަށ ބުން ހުށަހެޅި އެއްބަސްވުމަކީ އެއަށް ޢަމަލުކުރެވޭނެ ޞައްޙަ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-221/Cv ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނުކުތާ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-221/Cv ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނުކުތާ އެއްބަސްވުމަކަށްނުވާތީ، ހުޅުމާލެ ލޮޓް ނަންބަރު 11282، ކިޔާ ގޯތީގައި ނާސާ ލިންކްގެ ހުރިނަމަ ހުރި ތަކެއްޗާއި މީހުން ނެރެ ތަން ހުސްކޮށް 10 އޮގަސްޓް 2023 ވަނަ ދުވަހުގެ ކުރިން އިބްރާހީމް ސަލީމްއާއި ޙަވާލުކުރުމަށް ނާސާ ލިންކްއަށް އަންގައި، ދަޢުވާގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު މިހިނދު ނަގައިދެވޭނެތަނެއ ނެތްކަމަށް ކަނޑައަޅައެވެ.
16މި ޙުކުމަށް ވާސިލުވުމުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
16.1. ހުޅުމާލެ ލޮޓް ނަންބަރު 11282 ޢިމާރާތުގެ 03 )ތިނެއް( ވަނަ ޝީޓުން ފެށިގެން މައްޗަށް
04 )ހަތަރެއް( ޝީޓް އާއި ޓެރަސްފްލޯރގ އެޕާޓްމަންޓްގެ ރޫފ ޝީޓް އެޅުމާއި ގުރައުންޑް ފްލޯރގެ ސިމެންތި މަސައްކަތް ފިޔަވާ ގްރައުންޑް ފްލޯރ އިން ފެށިގެން މައްޗަށ 06 )ހައެއް( ފްލޯރ އާއިއެކު ޓެރަސް ފްލޯރ އެޕާޓްމަންޓްގެ ފިނިޝިންގގެ އެންމެހާ މަސައްކަތްތައް،ބޭންކް ލޯނު ފައިނޭންސްއާއެކު މި އެއްބަސްވުމުގައިވާ ކުރެހުމާއި، ބީ.އޯ.ކިއުއާއ، ވާރކް ޝެޑިއުލްއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިންޢިމާރާތުކުރުމަށް ދޫކޮށްފައިވާ ހުއްދައާއި އެއްގޮތަށް ނާސާ ލިންކްއިނ މަސައްކަތްކުރުމަށް އިބްރާހީމް ސަލީމްއާއި ނާސާ ލިންކްއ ދެމެދާ 06 ނޮވުނެ ބަރް 2017 ގައި ނަންބަރު 11282/NASA/2017/01 އެއްބަސްވުން ވެފައިވާކަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި، ދެ ފަރާތުގެ ބަހުން އެނގޭކަމަށާއި، މި އެއްބަސްވުން ވެފައިވާކަމާމެދު ދެ ފަރާތުގެ ދެމެދުގައި ޚިލާފެއްނެތްކަން.
16.2. 14 ފެބަރުވރ 2019 ގެ ނަންބަރު 11282/NASA/2019/03 އާމެންޑްމަންޓް އެއްބަސްވުމުގައި ސޮއިނުކުރާކަމަށއި، އެއީއެފަރާތ ގުޅުމެއްނުވާ އެއްޗެއްކަމަށް ނާސާ ލިންކްގެ ފަރާތުން ބުނެފައާނުވާކަމށއި،ނާސާ ލިންކްގެ ފަރާތުން އިންކާރުކުރަނ 02 ޖުލައި 2017 ކަމަށް އެ އެއްބަސްވުމުގައި ޖެހިފައިވާތީ، އެއީޢިމާރާތުކުރުމާބެހޭ ގޮތުން ޤާއިމުކޮށްފައިވާ ނަންބަރ 11282/NASA/2017/01 އެއްބަސްވުމަށް ގެނެވުނު އިޞްލާޙެއްކަމާމެދު ކަމަށްއި، ޑޮކިއުމަންޓަ ގައި ސޮއިކުރި ފަރާތުން އިންކާރުނުކުރާހާ ހިނދަކު އެ ޑޮކިއުމަނީޓަ ކ ޞައްޙަ ޑޮކިއުމަންޓެއްކަމުގައި ބެލެވޭނެކަމުށާއި، އަދި އެ ޑޮކިއުމަންޓާގައި ހިމެނިފައިވާ ބަޔާންތަކާއި ވާ ޤިއިތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށްނުދޭހާ ހިނދަކު ޞައްޙަ ބަޔާންތަކާއި ވާޤުއތަކެއްކަމުގައި ބެލެވޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ )މީގެ ފަހުން "ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ"( ޤަޟިއްޔާއިން އެނގޭކަމް ށއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/02 އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާޤަޟިއްޔާގައި ދަޢުވާއެއްގައ އެއި ޚަޞްމު އަނެއް ޚަޞްމަށް ކުރިމަތިކުރުވާ ދަފްޢު ސާބިތުކުރުމުގެ މަސުއާލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢު އުފުލުފަރާތކަން އެނގެން އޮންނައިރު، އެމެންޑްމަންޓުގެ ސުރުޙީ އިންވެސް އަދ 19 ވަނަމާއްދާއިޞްލާޙުކުރެވޭބޭނުމަށް ބަލާއިރުވެސް، މިއީ ހުޅުމާލެ ލޮޓް ނަންބަރު 11282 ޢިމާރާތެކުރުމާއިބެހް އެއްބަސްވުމްގ ދަށުނު ބޭންކް ލޯން ފައިސް ހަމަނުޖެހި ލަސްވެދިޔމުގެ ސަބަބުންޢިމާރާތުގެ މަސައްކަތް ކުރިއަށްނުގެންދެވި މަސައްކަތް ހުއްޓިފައި އޮތުމާއި ގުޅިގެން މަސައްކަތުގެ މުއްދަތަށް ގެނެވުނު ބަދަލެއްކަން އެނގޭކަމިށއ، މި ޙާލަތުގައި މި އެމެންޑްމަންޓަކީ ހުޅުމާލެ ލޮޓް 11282 ޢިމާރާތކުރުމާބެހް އެއްބަސްވުމާ ގުޅުމެއްނެތަ،އެހެން މުޢާމަލާތަކާއި ގުޅުން ހުރި މުޢާމަލާތެއްކަމަށް ބުނާނަމަ، އެކަން ސާބިތުކުރުމުގެ ބުރަ އޮތީ ނާސާ ލިންކްގެ ކިބައިގައިކަން.
16.3. ނާސާ ލިންކްގެ ފަރާތުން މި އެމެންޑްމަންޓްގެ އަޞްލަށް އިންކާރުކުރުމެއްނެތި ހަމައެކަނި ތާރީޚެއް ދިމާނުވާކަމަށް ބުން އެ އެމެންޑްމަންޓަކ ޢިމާރާތުކުރުމާބެހޭގޮތުން ޤާއިމުކޮށްފައިވާ ނަންބަރ 11282/NASA/2017/01 އެއްބަސްވުމަށް ގެނެވުނު އިޞްލާޙެއްކަމާމެދު ސުވާލު އުފައްދާ ޙާލަތުގައި ނާސާ ލިންކްގެ ފަރާތުނ، ނަންބަރު 11282/NASA/2019/03 އެމެންޑްމަންޓަކީ ކޮން އެއްބަސްވުމަކަށް ގެނެވުނު އިޞްލާޙެއްކަން ސާބިތުކޮށްދޭންޖެހޭނެކަމްށަ އ، ނަމަވެސް ނާސާ ލިންކްގެ ފަރާތުން އެކަން ސާބިތުކުރުމަށް އެއްވެސ އެއްޗެއް ހުށަހަޅާފައިނުވާކާ މިށ އ، އެހެންކަމުން ނަންބަރު 11282/NASA/2019/03 އާމެންޑްމަންޓްގެ ބަޔާންތަކާއި ވި ޤުއިޢީތަކަށް ބަލާއިރު، މ އެމެންޑްމަންޓަކުޢިމާރާތކުރުމާބެހޭ ގޮތުން ޤާއިމުކޮށްފައިވާ ނަންބަރ 11282/NASA/2017/01 އެއްބަސްވުމަށް 14 ފެބަރުވރ 2019 ގައި ގެނެވުނު އިޞްހާލެއްކަމަށް ބުރަވެވޭކަނ.
16.4. ނަންބަރު 11282/NASA/2019/03 އެމެންޑްމަންޓަކީޢިމާރާތކުރުމުގެ އެއްބަސްވުމުގް 19 ވަނަ މައްދާ ކުރިން އޮތް ގޮތަށް ތަންފީޒުކުރެވެނ ނެތިގެން އެ މާއްދާ ދެ ފަރާތުން ފަހުން އެއްބަސްވީ ގޮތަށި މަސައްކަތުގެ މުއްދަތަކީ ލޯނުގެ ފައިސާ ހަމަޖެހޭ ދުވަހުން ފެށިގެން ޖުމްލަ މީލާދީ 10 )ދިހައެއް( މަސް ދުވަސްކަމަށް އިޞްލާޙުކުރުނާކަމްއި،ށްމި އެމެންޑްމަންޓުން ނާސާ ލިންކއަށާއެހިނދަށ ކޮށްފައިވް މަސައްކަތްތަކަށް ފައިސާ ނުދީވާކަނ އެނގެން ނެތްކަމށައި، މި އެމެންޑްމަންޓުން އެނގިގެންދަންޢިމާރާތކުރުނާއިތުރަށް ކުރިއަށްގެންދަ ނ ލޯނު ފައިސާ ހަމަޖެހެމުންކަމުށުއި، އެހެންކަމުން ފައިސާ ދެއްކުމާއި ގުޅޭ ގޮތުން ހުރި މާއްދާތަކަކީ ޤާނޫނ ނަންބަރ 2017/4 )ޢިމާރާތްކުރުމުގެ ޤާނޫނު( )މީގެ ފަހުން "ޢިމާރާތްކުރުމުގެ ޤާނޫނު"( ގ 75 ވަނަ މާއްދާއާއި ޚިލާފަށް އޮތް މާއްދާއެއްކަމަށް ނުދެކޭކަން.
16.5. ހުޅުމާލެ ލޮޓް 11282 ނަންބަރުގޯތީގެ މަސައްކަތްކުރުމަށް ނާސާ ލިންކްގެ ފަރާތުން ޚަރަދުކޮށްފައިވާ 6,724,125/76ރ. ) ހަމިލިއަން ހަތްލައްކަ ސައވީސްހާސިއެއްސަތޭކަ ފަންސަވީސް ރުފިޔް ހަތްދިހަ ހަލާރި( ދައްކާ އަދާކުރުމުގެ ގޮތުން ހުޅުމާލެ ލޮޓް 11282 ނަންބަރު ގޯތީގެ ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، ސެކަންޑް ފްލޯރ، އަދި ތާރޑް ފްލޯރ ނާސާ ލިންކްއަށ ޙަވާލުކުރުމަށް ނާސާ ލިންކްއާއި އިބްރާހީމް ސަލީމްއ ދެމެދާ ވެފައިވާ އެއްބަސްވުމެއްކަމަށ ބުން ނާސާ ލިންކްގެ ފަރާތުން ހުށަހަޅާފައިވާ އެއްބަސްވުމުގެ އަޞްލަށް އިބްރާހީމް ސަލީމްގެ ފަރާތުން އިންކާރުކުރާކަމަށއި، މަސައްކަތުގެ އުޖޫރަ ދިނުމުގެ ތާރީޚެއް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާނަމަ، އުޖޫރަދިނުމުގެ މުއްދަތު ހަމަވާ ތާރީޚުކަމުގައި ބަލާނީ، މަސައްކަތް ނިމުމަށްފަހު ޞައްޙަ އިންވޮއިސް ހުށަހަޅާތާ 30 )ތިރީސް( ދުވަސްކަން ޢެމާރާތްކުރުމުގެ ޤާނޫނގ 74 ވަނަ މާއްދާގެ )ހ( އަދި )ށ( އިން އެނގޭކަމަށާއި، ނާސާ ލިންކްގެ ފަރާތުނަޢަމާރާތްކުރަމުންދާ ނިސްބަތުން ފައިސާ ދައްކަންޖެހޭކަމަށް ޤަބޫލުކުރާނަމަ ފައިސާ ހޯދަން އިންވޮއިސް އިބްރާހީމް ސަލީމްއަށް ފޮނުވަންވާނެކަމެށްއި، ނާސާ ލިންކްގ ފަރާތުން މިފަދަ އިންވޮއިސްއެއް ފޮނުވާ ފައިސާ ނުލިބިގެން އެއްވެސް ޝަކުވާއެއް ކޮށްފައިވާކަން އެނގެންނެތްކާމެށީއި، އެއްބަސްވުމުގައިވާ ގޮތުން ނާސާ ލިންކްއަށ އިބްރާހީމް ސަލީމގް ފަރާތުން ފައިސް ދައްކާފައިނުވާނަމަ، ނޫނީ އިތުރަށް މަސައްކަތް ކުރިއަށް ގެންދެވެން އޮތ ލޯނު ހަމަޖެހިގެންކަމަށ ބުން ޙާލަތުގައި، ނާސާ ލިންކްގެ އަމިއްލަ ފައިސާގައި އެކަމެއް ކޮށްދޭނެ ހުރެމެ، ދ ފަރާތުން އެކަމަށް ރުހޭނަމަ، އެއްބަސްވުމުގ 31 ވަނަ މާއްދާ ގައިވާގޮތަށް ޢަމަލުކުރުން ލާޒިމުކުރާކަމިށިއި، މި ޙާލަތުގައި ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގައި ޢމާރާތްކުރުމާގުޅޭ ގޮތުން ނަންބަރ 11282/NASA/2017/01 އެއްބަސްވުމަށް އެމެންޑްމަންޓެއް ގެންނަންޖެހޭކަމެ ށއި، ނަމަވެސް އެފަދަ އެމެންޑްމަންޓެއް ގެނެވުނުކަމެއް ދ ފަރާތުގެ ބަހުންވެސް އެނގެން ނެތްކަން. ދެ ފަރާތް ދެމެދު ވެފައިވާ ނަންބަރު 11282/NASA/2017/01 އެއްބަސްވުމުގެ 31 ވަނަ މާއްދާގައި ބަޔާންކުރަނީ އެއްބަސްވުމުގާ މާއްދާއަކާ ޚިލާފުވެއްޖެނަމ ނުވަތަ އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަން ދެ ފަރާތުން ވާހަކަދައްކައިގެން ހައްލުކުރަންވާނެކަމު އ، އަދި މިފަދަ ކަމެއް ޙައްލުކޮށް އެއްބަސްވުމަކަށް އާދެވިއްޖެނަމަ އެ އެއްބަސްވިގޮތެއް ލިޔެ މި އެއްބަސްވމުގ ބައެއްގެ ގޮތުގައެ ހިމަނަންވާނެކަމުގައެވެ.
16.6. ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުން ފިނިޝިންގ ނިންމާ ލިސްޓު ބެހެއްޓުމަށް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެވުނު ޖުމްލަ އަގަކީ ޖީއެސްޓީއާއެކ 6,724,125/76ރ. )ހަ މިލިއަން ހަތްލައްކަ ސައިވީސަހާސް އެއްސަތޭކަ ފަންސަވީސް ރުފިޔާ ހަތްދިހަ ހަލާރާ( ކަމާށްއި، ނާސާ ލިންކްގެ ފަރާތުން ހަދާފައިވާ ކުލީގެ އެއްބަސްވުމުގައި ހުޅުމާލެ ލޮޓް 11282 ނަންބަރު ގޯތީގެ މަސައްކަތްކުރުމަށް ނާސާ ލިންކްގެ ފަރާތުނ 6,724,125/76ރ. )ހަ މިލިއަން ހަތްލައްކަ ސައިވީސްހާސް އެއްސަތޭކަ ފަންސަވީސް ރުފިޔާ ހަތްދިހަ ހަލާރު( ޚަރަދުކޮށްފައިވާކަމަށ ބުނާއިރު، މި ދަޢުވާއަކީޢި މާރާތުގެ މަސައްކަތް ނުނިންމާ މަސައްކަތްނުކުރާތީ ކަމަށް ބުނީ ހުށަހެޅި ދަޢުވާއެއްކަމުށއި، އަދި ދެ ފަރާތުގެ ދެމެދު ވެވުނު ނަންބަރ 11282/NASA/2017/01 އެއްބަސްވުމަށް 14 ފު ބަރީވރ 2019 ގައި ގެނެވުނު އިޞްލާޙުގައިވެސްޢަމާރާތުގެ މަސައްކަތް ކުރިއަށް ނުގެންދެވި މަސައްކަތް ހުއްޓިފައި އޮތްކަމަށް ދެ ފަރާތުންވެސް އެއްބަސްވެފައިވަކަމާށެއި، އަދި ނާސާ ލިންކްގެ ފަރާތުން ހުށަހެޅި ޚުލާޞާ ބަޔާނުގައިވެސް "ވެރިފަރާތުން އެއްވެސް ފައިސާއެއް ދައްކާފައިނުވާއިރުވެސް އެޢެމާރާތް އ މިންވަރަށް އެވަނީ ނިންމާފައެވެ" މި ނުކުތާގައި "އީޢިމާރާތް އެ މިންވަރަށް އެވަނ ނިންމާފައެވެ" ބުނެފައިވުމުން މުޅްޢަމާރާތް އެއްބަސްވުމުގައި ބުނެފައިވާ ފަދައިން ކޮމްޕްލީޓްކޮށ ނިންމާފައިވާކަމާމެދު ސުވާލުއުފެދޭކަމާށއި، ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވ އަދަދުތަކަކީ ނިމިފައިނުވާ މަސައްކަތެއްގެ މައްޗަށް ޖަހާފައިވާ އަސާސެއްނެތް ޢަދަދުތަކަކަށްވާތީ، އެއްބަސްވުން އެމައްޗަށް އެކުލަވާލާވީނު އަސާސަކީ ވުޖޫދުގައިވާ އެއްޗަކަށްނުވާތީ، ނާސާ ލިންކްގެ ފަރާތުން ހުށަހެޅި ކުލީގެ އެއްބަސްވުމަކަޞައްޙަ އެއްބަސްވުމެއްކަމަށް ބެލެވެން ނެތްކަމޮށްއި، އެހެންކަމުން ހުޅުމާލެ ލޓ 11282 ގިތިގައް ނާސާ ލިންކްގެ ފަރާތުން ބޭނުންކުރުމުގެ ޙައްޤެއް ލިބިގެންނުވާކަނ
16.7. ނާސާ ލިންކްގެ ފަރާތުން ޝަފަހީ ހެކިން ހުށަހަޅާފައިވަނީ ނާސާ ލިންކްގެ ފަރާތުން ހުށަހެޅި ބަޔާންވެދިޔަ ނުކުތާގައި ބުނާ ކުލީގެ އެއްބަސްވުމުގެ ޞައްޙަކިމް އ، ކުލީގެ އެއްބަސްވުމުގައ އިބްރާހީމް ސަލީމްގެ ފަރާތުން ސޮއިކުރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުނާކަމްށެއި، ނަމަވެސް ބަޔާންވެދިޔަ ނުކުތާގައި ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން ނާސާ ލިންކްގ ފަރާތުން ހުށަހެޅް ކުލީގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ބެލެވެންނެތަތީ، މ ޙާލަތުގައި ހެއްކަށް ރިޢާޔަތްކުރަންޖެހޭނެކަމަށް ނުދެކޭކަނ.
16.8. ދެ ފަރާތް ދެމެދު ޤާއިމުކޮށްފައިވާ ނަންބަރު 11282/NASA/2017/01 އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށ އިބްރާހީމް ސަލީމްގެ ފަރާތުން ބުނިނަމަވެސް، އެނުކުތާއަށް ޝަރީޢަތުން ގޮތއެ ކަނޑައަޅައިދިނުމަށް ދަޢުވާގައި އެދިފައިނުވާކަމާށިއި، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ޝަރީޢަތުން ގެއްލުމުގެ ބަދަލު ނަގައިދޭނީ އެއްބަސްވުމާއި ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅިގެންކަމށިއި،ޢްމާރާތްކުރުމުގެ އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު މިހިނދުގައި ނަގައިދެވިދާނެކަމަށ ނުދެކޭކަމެށިއި، އެހެނަސް، ނާސާ ލިންކްގެ ފަރާތުން އިބްރާހީމް ސަލީމްގްޢާމާރާތެއ ކުއްޔަކާނުލައި ބޭނުންކުރަމުންދާތީ، އެކަމުގެ ބަދަލު ހޯދަން ދަޢުވްކުރުމުގެ ޙައްޤު އިބްރާހީމް ސަލީމްއަށް ލިބިގެންވާކަން.
17ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 221/Cv-C-HD/2021 ޤަޟިއްޔާއެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެނިންމުނ އިސްތިއުނާފުކުރުމަށް އެދިއިސްތިއުނާފުކުރ ނާސާ ލިންކްގެ ފަރާތުނ ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ. އެއީ،
17.1. ދެ ފަރާތުގެ ދެމެދުގައި 01 ޖަނަވަރީ 2019 ގައީ ސޮއިކުރި ކުއްޔަށް ދިނުމުގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނޫންކަމަށ ދަށް ކޯޓުގު ޤަޟިއްޔާއިން ކަނޑައަޅާފައިވަނުޤާނޫނ ނަންބަރ 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( )މީގެ ފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"( ގެ 13 ވަނަ މާއްދާއާއި، 17 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
18މ ނުކުތި ތަފްޞީލުކުރަމުން ނާސާ ލިންކްގެ ފަރާތުން ބުނެފައިވަނީދަށ ކޯޓުގު ނިންމުމުގައި، ނުކުތާތަކުގެ ތެރެއިން )ކ( ގައި "...ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަދުތަކަކ ނިމިފައިނުވާ މަސައްކަތެއްގެ މައްޗަށް ޖަހާފައިވާ އަސާސެއްނެތް އަދަދުތަކަކަށްވުތީ، އެއްބަސްވުނ އެ މައްޗަށް އެކުލަވާލެވުނު އަސާސަކީ ވުޖޫދުވެފައިވާ އެއްޗަކަށް ނުވާތީއާއި، އިސްވެ ދެންނެވުނ ކަންކަން އެގޮތުގައި ހުރުމުން ]އިސްތިއުނާފުކުރާ ފަރާތުނ[ހުށަހެޅި ކުލީގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށ ބެލެވެން ނެތްކަމާއި ..." މިފަދައިން ބަޔާންކުރުމަށް ފަހު، ދަށު ކީޓުން އެވަނ ކުއްޔަށްދިނުމުގެ އެއްބަސްވުމަކީ ޞައްޙަނޫން އެއްބަސްވުމެއްކަމަށް ނުވަތަ ބާޠިލު ކޮންޓްރެކްޓެއްކަމުގައި ކަނޑައަޅާފައިކަމުގައެވެ. މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދައާއި 17 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމުގައެވެ.
19ބާޠިލު ކޮންޓްރެކްޓް ނުވަތަ ބާޠިލުކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކޮންޓްރެކްޓްތަކަކީ،ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ވަކި މަފްހޫމްތަކެއް ކަމުގައިވާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް މީހަކު ނުވަތަ ބަޔަކު ކޮންޓްރެކްޓްގައި ބައިވެރިވެފައިވާނަމަ، އެއީ ބާޠިލު ކޮންޓްރެކްޓެއްކަމުގައި ބަޔާންކުރާއިރު، އަދި މި ޤާނޫނުގެ 17 ވަނަ މާއްދާގެ )ހ(ގައި ޣައިރު ޤާނޫނީ ކޮންޓްރެކްޓަކީ ބާޠިލު އެއްޗެއްކަމުގައި ބަޔާންކުރާކަމުގައެވެ.
20ދށަ ކޯޓުނު ކުއްޔަށް ދިނުމުގެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅާފައިވަނީ ބާޠިލު ކޮންޓްރެކްޓްގެ މަފްހޫމާއި ޚިލާފަށްކަމުގައެވެ. އެއީ ބާޠިލު އެއްބަސްވުމެއްކަމަށް ދަށު ކޯޓުން ޤަބޫލުކުރާ ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މަސައްކަތުގެ އަގުކަމަށް ޖަހާފައިވާ އަގާއި، ކުލީގެ އެއްބަސްވުމުގައި ނާސާ ލިންކްގެ ފަރާތުނ ޢިމާރާތަ ނިންމުމަށް ޚަރަދުކުރި އަދަދުކަމަށް ޖަހާފައިވާ އަދަދު އެއްގޮތްވުމުންކަމުގައިވީނަމަވެސް، ކޮންޓްރެކްޓްކުރުމުގައި ބައިވެރިންނށްއޮންނަ އިޚްތިޔާރު ބޭނުން ހިފައިގެން،ވާ އެއްބަސްވުންތަކުގެ އާންމު މާއްދާތަކާއި ޝަރުޠުތައް ވަޒަންކުރުމަކީ ކޯޓުން ކުރާނެކަމެއާނޫންކަމަށާއި، މުޤުބލެފުދޭތޯ ނުވަތަ ނޫންތޯ ނިންމާނީ އެއްބަސްވުމުގެ ބައިވެރިންކަމުގައެވެ. މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2020/SC-A/113 ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމުގައެވެ.
21އެހެންކަމުން، ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުޤުބިލާމެދ ކޯޓުނު ސުވާލު ނުއުފެއްދޭނެކަމަށާއި، އަގު ކިތަންމެ ބޮޑު ނަމަވެސް އަދި ހެޔޮވިޔަސް، އެކަމީ ކޮންޓްރެކްޓްގެ ބައިވެރިންގެ އިޚްތިޔާރުގައި އޮތް ކަމެއްކަމަށާއި، އެ އަދަދުގެ ބޮޑުކުޑަ މިނަށް ބަލައި، މުޅި އެއްބަސްވުން ބާޠިލުކަމަށް ކަނޑައެޅުމަކީ ކޯޓުގެ ދައުރެއނޫންކަމުގައެވެ.
22އާ މުޤެބިލުގެ މައްޗަށް ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާޠިލުކަމަށް ކަނޑައެޅުމަކީވެސ ގޯހެއްކަމަށާއި، ސަބަބަކީ ކުއްޔަށް ދިނުމުގެ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާއި، 17 ވަނި މާއްދާގައި ބުނާފަދަ ބާޠިލު އެއްބަސްވުމަކަށް ނުވާތީކަމުގައެވެ. މި މުއްދާތަކުގައާ ބަޔާންކުރެ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި އެއްބަސްވުމަކީ އޭގެ ޒާތުގައި ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައެޅޭނެ ހަމައެއްނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ 2021/SC-A/19 ޢަބްދުއްލަޠީފް ޢަބްދު ﷲ ވ. ދަ މޮރިޝަސް ކޮމާޝަލް ބޭންކް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމުގައެވެ.
23ކޮންޓްރެކްޓްގައިވާ މެޤުބިލަކާމެދ ސުވާލު އުފެއްދުމަށްފަހު، ކޮންޓްރެކްޓް ބާޠިލުކަމަށް ކަނޑައެޅޭނެ ޤާނޫން ހަމައެއްނތ ކަމުގައެވެ.
24ދަށް ކޯޓަށު ހުށަހެޅް ދަޢުވާގެ ތެރެއިން، އިބްރާހީމް ސަލީމްގެ ފަރާތުން ސާބިތުކާށޮދޭންޖެހޭނީ ނާސާ ލިންކްގެ ފަރާތުން އ ޢިމާރާތިބޭނުންކުރުމުގެ އެއްވެސްޙައިޘެއްޔަތެއްނެތްކަމާއި، މިކަމުގެ ރައްދުގައި ނާސާ ލިންކްގެ ފަރާތުން ހުށަހެޅި ދިފާއަކީ، ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ދަށުން، އެޢުމާރާތުގ ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، ސެކަންޑް ފްލޯރ، އަދި ތާރޑް ފްލޯރ ބޭނުންކުރުމުގެ ޙައްޤު ނާސާ ލިންކްއަށް ލިބިގެންވާކަމުގައެވެ. އެ އެއްބަސްވުމަކީ މުޅިން ބާޠިލު އެއްބަސްވުމެއްކަމަށ ކަނޑައެޅުމާއެކު އެ ފަރާތުގެ ދިފޢާމުޅިން ރޫޅުނީކަމުގައެވެ. ދަށު ކޯޓުން އެފަދައިން ނިންމާފައިވަނީ ރަނގަޅު އަސާސެއްގެ މައްޗަށް ކަމުގައިނުވުއިރު، ކުއްޔަށް ދިނުމުގެ އެއްބަސްވުމާމެދު ޤާނޫނީ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ފައިސަލާކޮށްގެން މެނުވީ، މި މައްސަލައިގައި އިންސާފޭޤްއިމުކުރެވކަމަށ ނުވާނެކަމުގައެވެ.
25އިސްތިއުނާފުކުރާ، ނާސާ ލިންކްގެ ފަރާތުންއެދިފައިވަނީ އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެހުޅުމާލެ ޑިވިޜަނގް ނަންބަރު 221/Cv-C-HD/2021 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު"(ގ 46 ވަނަ މާއްދާގެ )ށ( ގ ދަށުން މި މައްސަލަ ސިވިލް ކޯޓަށް ތޙަ ވީލުކުރުމަށެވެ.
26އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިބްރާހީމް ސަލީމްގެ ފަރާތުން ބުނެފައިވަނީ އެ ފަރާތުން ދަށު ކޯޓަށު ހުށަހެޅް މައްސަލައިގައި، ނާސާ ލިންކްގެ ފަރާތުން ނެގި ދިފޢ ގައި، ހުޅުމާލެ ލޮޓް 11282 ނަންބަރާ ގޯތީގެ މަސައްކަތް ކުރުމަށް ނާސާ ލިންކްގެ ފަރާތުން ޚަރަދުކޮށްފައިވާ ފައިސާ އަދާކުރުމަށް އެ ގޯތީގެ ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، ސެކަންޑް ފްލޯރ އަދި ތާރޑް ފްލޯރ، 01 ޖަނަވަރީ 2019 އިން ފެށިގެން 25 )ފަންސަވިސް( އަހަރަށް ނާސާ ލިންކްއަށް ކުއްޔަށް ދިނުމަށް އެއްބަސްވުމެއް ވެފައިވް ކަމަށާ ބުން ނާސާ ލިންކްގެ ފަރާތުން އެއްބަސްވުމެއް ހުށަހެޅިނަމަވެސް، އިބްރާހީމް ސަލީމްގެ ފަރާތުނ، އެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނޫންކަމަށ ބުން އެ އެއްބަސްވުމުގެ އަޞްލަށް އިންކާރުކޮށްފައިވާކަމުގައެވެ.
27ސިވިލް ކޯޓުން މިކަމުގައި ނިންމި ނިންމުމަކީ 01 ޖަނަވަރީ 2019 ގާއިޤް އިމުކޮށްފައިވާކަމަށ ބުން ނާސާ ލިންކްގެ ފަރާތުން ހުށަހެޅި އެއްބަސްވުމަކީ އެއަށް ޢަމަލުކުރެވޭނެ ޞައްޙަ އެއްބަސްވުމެއް ނޫންކަމުގައެވެ. އެ އެއްބަސްވުމުގެ މިޤްބިލާއ ގުޅި ގޮތުން ދަށު ކޯޓުން ސުވާލު އުފައްދާފައިވާކަމުގައ ނާސާ ލިންކްގެ ފަރާތުންބ ނިނަމަވެސް، އެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއުނޫންކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ އެއްބަސްވުމުގެ މ ޤަ ބިލަކީ އެކަށިގެންވާ އެއްޗެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފެއްދުމަށްފަހު ނޫންކަމުގައެވެ.
28މި އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނޫންކަމަށް ކަނޑައަޅާފައިވަނީ، އެއްބަސްވުމުގެ ޞައްޙަކަމާމެދ ސުވާލު އުފެދޭ ކަންކަން ހުރުމުންކަމަށާއި، އެގޮތުން މި އެއްބަސްވުމުގައ ބަޔާންކޮށްފައިވާ އަދަދުތަކަކީ ނިމިފައިނުވާ މަސައްކަތެއްގެ މައްޗަށް ޖަހާފައިވާ އަސާސެއްނެތި އަދަދުތަކެއްކަމަށްވާތީއާއި، މި މަސާ އްކަތ ފުރިހަމަނުކުރާކަމަށް ނާސާ ލިންކްގެ ފަރާތުން އަމިއްލައަށް ކޯޓުގައިވީ އިޢުތިރާފަށް ބިނެ ކޮށް، ނާސާ ލިންކްގެ ފަރާތުން ހުށަހެޅި އެއްބަސްވުން ބިނާވާ އަސާސީ ވުޖޫދުވެފައިނުވާތީ، އެއީ ޞައްޙަ އެއްބަސްވުމެއްކަމަށް ބެލެވުން ނެތްކަމުގައިވާތީއެވެ.
29ނާސާ ލިންކްގެ ފަރާތުން ހުށަހަޅާފައިވާ 01 ޖަނަވަރީ 2019 ގެ އެއްބަސްވުމާ ގުޅޭ ގޮތުން،ސިވިލް ކޯޓުގައިވެސް އިބްރާހީމް ސަލީމްގެ ފަރާތުން އެ އެއްބަސްވުމުގެ އަޞްލަށް އިންކާރުކޮށް، އިންކާރުކުރާ ސަބަބުތައް ހެކިތަކާއެކު ހުށަހަޅާފައިވާކަމާއި، އަދި މި އެއްބަސްވުމާއި ގުޅޭ ގޮތުން ނާސާ ލިންކްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިބަހުގައި ފުށުއެރުންތައް ހުރުމުން، އެއީ ޞައްޙަ އެއްބަސްވުމެއް ނޫންކަން އެނގޭކަމުގައެވެ.
30މި އިސްތިއުނާފު ބިނާކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާއި 17 ވަނަ މާއްދާއަށް ކަމަށްވާއިރު، ސިވިލް ކޯޓުން ނާސާ ލިންކް އީޢމާރާތުގައި ތިބުމުގެ ޤާނޫނިޙައުޘިއްޔަތ ލިބިގެންނުވާކަމަށް ކަނޑައަޅާފައިވަނީ، އެ ކުލީގެ އެއްބަސްވުމަށް އިބްރާހީމް ސަލީމްގެ ފަރާތުނ އިންކާރުކޮށްފައިވާތީއާއި، އެއީ ޞައްޙަނޫން އެއްބަސްވުމަކަށްވމުނެކަމަށްވާއިރު، މި މައްސަލައަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާއި 17 ވަނަ މާއްދާ ސިވިލް ކޯޓުން ތަޠުބީޤުކޮށްފައިނުވާކަމުގައެވެ.
31ހައިކޯޓުނ މައްސަލް ބެލުމުގައި ބަރޯސާވާންޖެހޭނީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކުގެ މައްޗަށްކަމަށްވާއިރު، އެއްބަސްވުމަށް ވަދެފައިވަނީ ދެ ފަރާތުގެ އަމިއްލަ އިޚްތިޔާރުގައިތޯ ނުވަތަ ނޫންތޯއާއި، އެ އެއްބަސްވުމަކީ ޣައިރު ޤާނޫނީ އެއްބަސްވުމެއްތޯ ނުވަތަ ނޫންތޯ، މި މައުޟްޢޫށަ ބަހުސްކުރެވި، އެ މާއްދާތައް ތަޠުބީޤުކޮށްފައ ނުވާކަމުގައެވެ.
32ސިވިލ ކޯޓުން އެ އެއްބަސްވުމުގެ ވާ ޤިއިސާބިތުކުރުމުގައ ކަނޑައެޅި ކަންކަން ނާސާ ލިންކްގެ ފަރާތުން ހައިކޯޓުގައި ތައުނުކޮށްފައ ނުވާކަމުގައެވެ. އެހެންކަމުން، 01 ޖަނަވަރީ 2019 ގެ އެއްބަސްވުމަކީ އެއަށް ޢަމަލުނުކުރެވޭނެ އަދި ޞައްޙަ އެއްބަސްވުމެއްނޫންކަމަށާއި، އަދި އ މައްސަލައިގެ ވާޤީއެތަކުނ ފެންނަން ހުރް ކަންކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށްވާތީ، އެ ކުލީގެ އެއްބަސްވުމަކީ އެއަށް ޢަމަލުކުރެވޭނީ ޞައްޙަ އެއްބަސްވުމެއްނޫންކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ ޤާނޫނާ ހަމަތަކާއި ޚިލާފަށްކަމަށް ބަލަންޖެހޭ ސަބަބެއް ނާސާ ލިންކްގެ ފަރާތުން ހުށަހަޅާފައިނުވާކަމުގައެވެ.
33އިސްތިއުނާފެ ރައްދުވު ފަރާތުން އެދިފައިވަނީސިވިލް ކޯޓުގުހުޅުމާލ ޑިވިޜަންގެ ނަންބަރ 221/Cv-C-HD/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
34މި މައްސަލައިގައި ނާސާ ލިންކްގެ ފަރާތުން ކުޅަ އިސްތިއުނާފުގެ އަލީގައި، މި ޝަރީޢަތުން ޖަވާބުދޭންޖެހޭ ސުވާލަކީ، ހުޅުމާލެ ލޮޓް 11282 ނަންބަރު ގޯތީގެ ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، ސެކަންޑް ފްލޯރ އަދި ތާރޑް ފްލޯރ ނާސާ ލިންކްއާ ޙަވާލުކުރުމަށް 01 ޖަނަވަރީ 2019 ގައި ނާސާލިންކްއާއި އިބްރާހީމް ސަލީމްއ ދެމެދާ ވެފައިވާކަމަށް ނާސާ ލިންކްގެ ފަރާތުން ބުނީ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫންކަމަށް ސިވިލް ކޯޓުން ކަނޑައެޅި ކަނޑައެޅުމުގެ މައްޗަށެވެ.
35މިގޮތުން، ސިވިލް ކޯޓުން 01 ޖަނަވަރީ 2019 ގ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނޫންކަމިށަ ބަޔާންކުރކުރުން މާނަކުރުމުގައި އޮޅުމެއް އަރާފައިވާކަން ފާހަގަވެއެވެ. މި މައްސަލައިގައި ފެންނަ ޙަޤީޤަތްތަކްން، ސިވިލް ކޯޓުނ 01 ޖަނަވަރީ 2019 ގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނޫންކަމަށ ނިންމް ނިންމުމަކީ، އެ އެއްބަސްވުމަކީ ވުޖޫދުގައިނެތ އެއްބަސްވުމެއް ކަމުގެ މައްޗަށް އެއްބަސްވުމުގ authenticity އ ގުޅުވައިގެން ނިންމި ނިންމުމެއްތޯ، ނުވަތަ އެ އެއްބަސްވުމަކީ ވުޖޫދުގައި އޮތްނަމަވެސް މެދުވެރވ ޙާލަތެއްގެ ސަބަބުން ބާޠިލު ނުވަތަ void ވެފައިވާކަމާ ގުޅުވައިގެން ނިންމި ނިންމުމެއް ކަމާ މެދު ސުވާލު އުފެދެއެވެ.
3601 ޖަނަވަރީ 2019 ގިއެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނޫންކަމަށ ސިވިލް ކޯޓުން ނިންމް ނިންމުން ބިނާވަނީ، އެ އެއްބަސްވުމަކީ ވުޖޫދުގައި އޮތް، އެހެނަސް ބާޠިލު އެއްބަސްވުމެއްގެ މައްޗަށ ކަމުގައިވާނަމަ، އެ ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާއި، 17 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯ މި އިސްތިއުނާފުގައި ބަލައި ވަޒަންކުރަންޖެހެއެވެ.
37އެއާ ޚިލާފަށް 01 ޖަނަވަރީ 2019 ގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނޫންކަމަށް ސިވިލް ކޯޓުނ ނިންމް ނިންމުނި ބިނާވނ އެއްބަސްވުމުގެ authenticity ގ މައްޗަށް ކަމުގައިވާނަމަ، އެކަން ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ޤާއިމުކުރެވިފައިވާ އުޞޫލުތަކާއި އެއްގޮތަށްތޯ، މ އިސްތިއުނާފުގައި ބަލައި ވަޒަންކުރަންޖެހެއެވެ.އެހެނީ، މި ކޯޓުން ބެލި މި އިސްތިއުނާފުގެ ތެރެއިން، މ މޭރުމުން ޚަޞްމުންނާއި ސުވާލުކުރެވިފައިވާތީއެވެ.
38ސިވިލް ކޯޓުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެ ކޯޓަށް ހުށަހެޅުނު ދަޢުވާއަކީނާސާ ލިންކްގ ތަކއްޗާއި މީހުން ހުޅުމާލެ ލޮޓް 11282 އިނާ ނެރެ އެ ތަން ހުސްކުރަން އެންގުމުން، ތަން ހުސްކޮށް ޙަވާލުކޮށްފައިނުވާތީ، ޝަރީޢަތް މެދުވެރިކޮށް ވެރިފަރާތިތަނ ޙަވާލުކުރުމަށް އެންގުމަށް އިބްރާހީމް ސަލީމްގެ ފަރާތުން ހުށަހެޅ ދަޢުވާއެކެވެ. ދަޢުވާގެ ބާވަތް ޚުލާޞާކުރާނަމަ، މިއީ ގޯތި ގެދޮރުން މީހުންނާއި، މުދާ ނެރުމުގެ މައްސަލައެކެވެ.
39މި ދަޢުވާ ބިނާވަނީ، 06 ނޮވުނެ ބަރް 2017 ގައި ހުޅުމާލެ ލޮޓް 11282 ޢިމާރާތްކުރުމާ ބެހޭގޮތުން އިބްރާހީމް ސަލީމްއާއި ނާސާ ލިންކްއ ދެމެދާ ވެފައިވްއެއްބަސްވުމާއި ނާސާ ލިންކްގެ ފަރާތުން ޚިލާފުވުމުން އެ އެއްބަސްވުން ބާޠިލުކޮށް، އެ ތަން ހުސްކުރުމަށް ނާސާ ލިންކްއަށ އެންގި އެންގުމުގެ މައްޗަށެވެ. މި ދަޢުވާގެ ދިފާޢުގައި ނާސާ ލިންކްގެ ފަރާތުން ހުށަހެޅ ހުޅުމާލެ ލޮޓް 11282 ނަންބަރު ގޯތީގެ ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، ސެކަންޑް ފްލޯރ އަދި ތާރޑް ފްލޯރ ނާސާ ލިންކްއާ ޙަވާލުކުރުމަށް 01 ޖަނަވަރީ 2019 ގައި ނާސާ ލިންކްއާއި އިބްރާހީމް ސަލީމްއާ ދެމެދާ ވެފައިވްއެއްބަސްވުމެވެ. އެއީ އެ އެއްބަސްވުމުގެ ދަށުން ހުޅުމާލެ ލޮޓް 11282 ގޯތީގެ ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، ސ ކަންޑް ފްލޯރ އަދި ތާރޑް ފްލޯރ އިތުރު ކުއްޔެއް ނެގުމަކާ ނުލައި ނާސާ ލިންކްއާ ޙަވާލުކުރުމަށް އިބްރާހީމް ސަލީމް އެއްބަސްވެފައިވާތީ، އެތަނުގައި ހުރުމުގެ ޙައްޤު ނާސާ ލިންކްއަށ ލިބޭކަމަށް ބުނެއެވެ.
40ނާސާ ލިންކްގެ ފަރާތުން 01 ޖަނަވަރީ 2019 ގައި ދެ ފަރާތް ދެމެދު ވެފައިވާކަމަށް ބުނެ ހުށަހެޅި އެއްބަސްވުމުގި ސޮޔާއި އިނގިލީގެ ނިޝާނާމެދ އިބްރާހީމު ސަލީމްގެ ފަރާތުނ ދަށުކޯޓުގައި އިންކާރުކުރިއެވެ. އަދި މި މައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުންތަކާއި، 01 ޖަނަވަރީ 2019 ގެ އެއްބަސްވުންކަމަށ ބުން ނާސާ ލިންކްގެ ފަރާތުން ހ ށހެޅި "ފޭކް" އެއްބަސްވުމުގައިވާ ސޮއި ދިމާނުވާކަމުގައި އިބްރާހީމް ސަލީމްގެ ފަރާތުން ބުނެފައިވެއެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ 01 ޖަނަވަރީ 2019 ގެ އެއްބަސްވުމުގެ އަޞްލަށް އިބްރާހީމް ސަލީމް އިންކާރުކުރުމެވެ.
41ޕްރިސިޑެންސް 1އެއްބަސްވުމުގެ އްޞަ ލަށް authenticity އިންކާރުކުރުމާއި، އެއްބަސްވުމަކްވުޖޫދުގައި އޮތްނަމަވެސ އެއްބަސްވުމުގ legal validity އާ މެދު ސުވާލުއުފައްދައި، އެ އެއްބަސްވުމަކީ ބާޠިލު އެއްބަސވުމެއ ކަމަށްބުނާ ބުނުމަކީ، ތަފާތު ދެ މަފްހޫމެވެ. އަދި އޭގެ ނަތީޖާވެސް ތަފާތުވާނެއެވެ. އެއްބަސްވުމުގެ އަޞްލަށް އިންކާރުކުރާކުރުމަކީ، އެ އެއްބަސްވުމަކީ،އެ އެއްބަސްވުމަށް އިންކާރުކުރާ ފަރާތުން ސޮއިކުރި އެއްބަސްވުމެއްނޫންކަމަށ ބުން ބުނުމާއި، އެއް ވުޖޫދުގައިނެތ އެއްބަސްވުމެއްކަމަށް ބުން ބުނުމެވެ. މިއާ ޚިލާފަށް އެއްބަސްވމުގ legal validity އ މެދާ ސުވާލު އުފެއްދުމަކީ، އެ އެއްބަސްވުމަކީ ދެ ފަރާތުން ސޮއިކޮށް ވުޖޫދުވި އެއްބަސްވުމެއް ކަމުގައިވީނަމަވެސް، އެ އެއްބަސްވުމަކީ މެދުވެރިވި ޙާލަތަކުން ބާޠިލު އެއްބަސްވުމެއކަމަށް ބުނުމެވެ.
42ޕްރިސިޑެންސް 2އެއްބަސްވުމުގެ އަޞްލަށް އިންކާރުކޮށް އޭގެ ޞައްޙަކަމާމެދު ނުވަތަ އޭގެ authenticity އެ މެދު ސުވާލު އުފައްދާ ޙާލަތުގައި، އެ ސުވާލު އުފައްދަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަން މައްދާގައިވާ ހުށަހެޅުމެއް، އަދި ޤަބޫލުކުރުމެއްނެތް ކަމުގެ މައްޗަށެވެ. މި ޙާލަތުގައި، އެއްބަސްވުމެއް މިފަދައިން އިބްރާހީމް ސަލީމްގެ ފަރާތުން 15 ޑިސެންބަރު 2021 ގައި ހުށަހެޅި "ދަޢުވާކުރާ ފަރާތުގާ ފުރަތަމަ ބަޔާން" އަދި އެ ފަރާތުން 25 އެޕްރީ ލ 2023 ގައި ހުށަހެޅި"ދަޢުވާކުރާ ފަރާތުގާ ޚުލާޞާ ބަޔާން"ގައިވެސް ފާހަގަކޮށްފައިވެއެވެ. ވުޖޫދުވެފައިވާކަން ސާބިތުކޮށްދޭންޖެހޭނީ، އެ އެއްބަސްވުމަށް ބަރޯސާވާ ފަރާތުންނެވެ. މިކަން ޤާއިމުކޮށްދޭންޖެހޭނީ ވާޤިއާތަކުންނެވެ. މއ based fact ވަޒަންކުރުމެކެވެ. އެއްބަސްވުމަކީ ވުޖޫދުގައި އޮތް އެއްބަސްވުމެއްކަން ސާބިތުނުވާ ޙާލަތުގައި، އެކަމުގެ ނަތީޖާއަކީ އެ އެއްޗަކީ އުފެދުނުއިރުގައިވެސ ޤާނޫނީގޮތުން ދިރުމެއ ނެތް "މަރުވެފައިވާ" (born dead) އެއްޗެއްކަމުގައި ބެލުމެވެ. އަދިއެފަދަ އެއްޗަކީ، އުފެދުމުގައިވެސް ބާޠިލު، ޙުއްޖިއްޔަތެއް ނެތް void ab initio އެއްޗެއް ކަމުގައިވުމެވެ.
43ޕްރިސިޑެންސް 3މިއާ ޚިލާފަށް، އެއްބަސްވުމުގެ legal validity އާ މެދު ސުވާލު އުފައްދާ، އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށ ބުން ބުނުން ސާބިތުކޮށްދޭންޖެހނިއެފަދައިނ ބުން ފަރާތަކުންނެވެ. މިފަދައިން ބުނާ ބުނުމުގެ ކުރއަށ، އެ އެއްބަސްވުމަކީ ވުޖޫދުގައި އޮތް އެއްބަސްވުމެއްކަން ޤއިމުވެފައިވާންވާނެއެވެ. އެއްބަސްވުމުގާ legal validity އ ގުޅުވައިގެން ނަގާ ދިފާޢު ގުޅެނީ، އެ އެއްބަސްވުން ވެފައިވަނީ ޤާނޫނު ޤަބޫލަނަކުރާ ފަދަނުވަތިޙިއާޘައްޔަތު ލިބިފައިނުވާ ފަރާތުކުނީކަމަށް، ނުވަތަ ބިރުދައްކައިގެން، ނުވަތަ ޙަޤީޤަތް އޮޅުވާލައިގެން ނުވަތަ ނުރަނގަޅު ނުފޫޒު ބޭނުންކޮށްގެން އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ އެއްބަސްވުމެއްނޫންކަމަށް، ނުވަތަ ޣައިރުޤާނޫނީ އެއްބަސްވުމެއް ވެފައިވާކަމުގެ މައްޗަށެވެ. މިއީ ކޮންޓްރެކްޓާބެހޭ ޤާނނުގ 3 ވަނަ މާއްދާ، 12 ވަނަ މާއްދާ، 13 ވަނަ މާއްދާ، 14 ވަނަ މާއްދާ، 15 ވަނަ މާއްދާ، 16 ވަނަ މާއްދާ އަދި 17 ވަނަ މާއްދާއާ ގުޅުވައިގެން ނަގާ ދިފާޢެއްކަމުގައިވާތީ، މިކަން ސާބިތުކޮށްދޭންޖެހޭނީ އެފަދައިން ބުނާ ފަރާތަކުން، ޤާނޫނުގައި ބަޔާންކުރާ މިންގަނޑުގެ ތެރެއިންނެވެ. މއ law based ވަޒަންކުރުމެކެވެ. މިކަން ސާބިތުވާ ޙާލަތު ގައި، އޭގެ ނަތީޖާއަކީ، އެއްބަސްވުން ބާޠިލު (void) ކަމުގައި ބެލުމެވެ. ނުވަތަ ބާޠިލުކުރެވިދާނެ (voidable) އެއްބަސްވުމެއް ކަމުގައި ބެލުމެވެ.
44މި މައްސަލައިގައި ސިވިލް ކޯޓުން 01 ޖަނަވަރީ 2019 ގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނޫންކަމަށް ކަނޑައަޅާފައިވަނީ އެ އެއްބަސްވުމުގ authenticity އެ ގުޅުވައިގެންތޯ، ނުވަތަ އެއްބަސްވުމުގ validity legal އޭ ގުޅުވައިގެންތޯ، މިއީ މި މައްސަލައިގައި ފުރަތަމަ ދެނެގަންޖެހކަމެވެ.
45ސިވިލް ކޯޓުގެ ނިންމުމަށް ބަލާއިރު، ސިވިލް ކޯޓުގެ ނިންމުމުގައި 01 ޖަނަވަރީ 2019 ގެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއްކަމަށް ކަނޑައަޅާފައިވާ ތަނެއް ފެންނާކަށް ނެތެވެ. ކޯޓުނ ބޭނުންކޮށްފައިވާ އިބާރަތަކީ، 01 ޖަނަވަރީ 2019 ގ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ބެލެވެން ނެތްކަމުގައެވެ. ނާސާ ލިންކްގެ ފަރާތުން މި އިސްތިއުނާފުގައި ބުނެފައިވަނީ ސިވިލް ކޯޓުނ މިފަދައިން ބަޔާންކުރަނީ، އެ އެއްބަސްވުމަކީ ޢަމަލުކުރެވެން ނެތް ޞައްޙަނޫން ބާޠިލު އެއްބަސްވުމެއްކަމަށް ދަލާލާތުކޮށްދނުމަށް ކަމުގައެވެ. މިފަދައިން ދެކެނީ، އެ ނިންމުމުގައި 01 ޖަނަވަރީ 2019 ގެ އެއްބަސްވުމުގެ މ ޤު ބިލާއިމެދ ސުވާލު އފައްދާފައިވާތީ ކަމުގައެވެ.
4601 ޖަނަވަރީ 2019 ގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނޫންކަމަށ ސިވިލް ކޯޓުން ނިންމުމުގައި ރިޢާޔަތްކޮށްފައިވާ ކަންކަމަށް ބެލުން މުހިންމެވެ. އެހެނީ، 01 ޖަނަވަރީ 2019 ގެ އެއްބަސްވުމުގެ މްޤި ބިލާއި ގުޅުވައިގެން ނާސާ ލިންކްގެ ފަރާތުން އުފައްދާ ބަހުސް، އެގޮތުގެމަތިނ އޮތަތީއެވެ. އަދި މި ބަހުސްގެ އަލީގައި، ސިވިލް ކޯޓުން ނިންމުމަށް ވާސިލުވުމުގައި ހަމައެކަނި ރިޢާޔަތްކޮށްފައިވަނީ އެއްބަސްވުމުގެ މުޤާބިލުގެ މައްޗަށްތޯ ނުވަތަ ނޫންތޯ، ދެނެގަންނަންޖެހޭތއެވެ.
47އެއްބަސްވުމުގެ validity legal އ މެދާ ގޮތެއު ކަނޑައެޅުމުގެ ކުރިއަށް، އެ އެއްބަސްވުމަކީ ވުޖޫދުގައި އޮތް އަގުދެއުކަން ސާބިތުވާންވާނެއެވެ. ސިވިލް ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި، އ ކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ވަކިވަކިން ނަޒަރުކުރާއިރެ، އެއްބަސްވުމުގ legal validity އާ ގުޅުވައިގެން ސިވިލް ކޯޓުން ވާ ޤިއެ އެއް ފާހަގަކޮށްފައިވާކަމުގައި ނުދެކެމެވެ.އ ނިންމުމުގައި ޙަވާލާދީފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން، އެއްބަސްވުމުގެ ޖައުހަރީ ސީޣާއެއް ހާމަކޮށްފައިނުވާކަމަށް، ނުވަތަ ނުބައި މަޢުލީމާތެއް ފޯރުކޮށްދީފައިވާކަމަށް، ނުވަތަ ކުށެއް ހެދިފައިވާކަމަށް، ނުވަތަ ޤާނޫނިޙިއު ޘއްޔަތަނެތ ފަރާތެއް އެއްބަސްވުމުގެ ބައިވެރިއަކަށްވެފައިވާކަމަށް، ނުވަތަ ބިރުދައްކައިގެން ނުވަތަ ޙަޤީޤަތް އޮޅުވާލައިގެން ނުވަތަ ނުރަނގަޅު ނުފޫޒެއް ބޭނުންކޮށްގެން ކަމުގެ މައްޗަކަށްނޫނެވެ. މިއީ އެއްބަސްވުމުގ legal validity އ މެދާ ސުވާލު އުފްއްދުމުގެ ބޭނުމުގައި ދިފާޢުގައި ނަގާ މަފްހޫމްތެކެއްކަމުގައިވާއިރު، މިއިން ކަމަކަށް ސިވިލ ކޯޓުގް ނިންމުމުގައި ޙަވާލާދީ، ޖަދަލެއް އުފައްދާފައިވާކަން ފާހަގައެއްނުވެއެވެ. އެކަން އިތުރަށް ކަށަވަރުވަނީ، މިއީ ސިވިލް ކޯޓުގައި ޖަދަލުކުރި މަފްހޫމްތކކަށްނުވާތީވެސް މެއެވެ.
48ސިވިލް ކޯޓުގެދަޢުވާ ރައްދުވާ ނާސާ ލިންކްގެ ފަރާތުން ނެގި ދިފާޢުއަށް ބަލައި ސިވިލް ކޯޓުގެ ނިންމުން ފުންކޮށް ވަޒަންކުރާއިރު، އެ ނިންމުމުން ފެންނަންއޮތީ، 01 ޖަނަވަރީ 2019 ގައި ނާސާ ލިންކްއާއި އިބްރާހީމް ސަލީމްއ ދެމެދާ ވެފައިވާކަމަށް ބުނެ ނާސާ ލިންކްގެ ފަރާތުން ހުށަހެޅ އެއްބަސްވުމަކީ އިބްރާހީމް ސަލީމް ސޮއިކުރި އެއްބަސްވުމެއްނޫންކަމަށ ބުން އެ އެއްބަސްވުމުގެ އަޞްލަށް އިބްރާހީމް ސަލީމް ކުރި އިންކާރުގެ މައްޗަށް ނިންމާފައިވާ ނންމުމެއްކަމެވެ.
49އެއީ، 01 ޖަނަވަރީ 2019 ގެ އެއްބަސްވުން ޝަރީޢަތަށް ތަޢާރަފުކުރުމުން، އިބްރާހީމް ސަލީމް އޭގެ އަޞްލަށް އިންކާރުކޮށްފައިވާތީ، މި ޙާލަތަކީ އެއްބަސްވުމުގ legal validity އާ މެދު ގޮތެއް ނިންމަންޖެހޭ ޙާލަތަކަށްނުވާތީއެވެ.
50އިބްރާހީމް ސަލީމްގެ ފަރާތުން އެއްބަސްވުމުގެ އަޞްލަށް، އެހެނީ authenticity އަށް ކުރި އިންކާރާއި ގުޅިގެން، ސިވިލް ކޯޓުން ނިންމި ނިންމުމުގައި ފެންނަން އޮތީ، އެ އެއްބަސްވުމުގ މާއްދާތަކުގައ ހިމެނި ކަންކަމަށް ބަލައި، އެ މާއްދާތަކަކީ ދެ ފަރާތް ދެމެދު ކަން ވެފައިވާ ގޮތިކަމަށ ހާމަކޮށްފައިވާ ގޮތާއި މުޅިން ފުށުއަރާފަދަ ގޮތަކަށް އެކުލަވާލާފައިވާ މާއްދާތަކެއް ކަމުގައި ދެކި، އެ ޙލަތުގައާ އެއި އަޞްލެއްނޫންކަމަށް ބަލައި ނިންމުން ނިންމާފައިވާކަމެވެ. އޭގެ މައިގަނޑަކަށްވީ، ހުޅުމާލެ ލޮޓް 11282 ޢިމާރާތްކޮށް ނުނިމެނީސް، އ ޢީމާރާތުގެ ފިނިޝިންގއަށްވ އަގާ ޖަހައި، އޭގެ ބަދަލަކީ ހުޅުމާލެ ލޮޓް 11282 ނަންބަރު ގޯތީގެ ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، ސެކަންޑް ފްލޯރ އަދި ތާރޑް ފްލޯރ ނާސާ ލިންކްއ ޙަވާލުކުރުންކަމަށް ބަޔާންކުރާކުރުމެވެ. މއ 01 ޖަނަވަރީ 2019 ގެ އެއްބަސްވުމުގެ މޤުބިލާއި ގުޅުވައިގެން ބަޔާންކުރިކުރުމެއްނޫނެވެ. އަހާރެންނަށް ބުރަވެވެނީ، މިއީ ދެ ފަރާތުން ހުށަހެޅި ވެޤިއތަކުގެ މައްޗަށް އެއީ ކަން ވުމަށް ވުރެ ނުވުން ގާތްކަމަށް ބަލައި، ނިންމި ނިންމުމެއް ކަމުގައެވެ.
5101 ޖަނަވަރީ 2019 ގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނޫންކަމަށްސިވިލް ކޯޓުން ނިންމުމުގައި އިތުރު ކަމަކަށް ޙަވާލދުފައިވެއެވެ. އެއީ ދެ ފަރާތް ދެމެދު 06 ނޮވުނެ ބަރް 2017 ގައި ޤާއިމުކޮށްފައިވާ އެއްބަސްވުމުގައި ދެ ފަރާތްގުދެމެދު މި އެއްބަސްވުމުގައި ނެތްކަމެއް މެދުވެރިވެއްޖެނަމަ، އެކަން ޙައްލުކޮށް، އެއްބަސްވުމަކަށް އާދެވިއްޖެނަމަ އެއްބަސްވިގޮތެއް ލިޔެ މ އެއްބަސްވުމުގާ ބައެއްގެ ގޮތުގައެ ހިމަނަންވާނެކަމަށް ބަޔާންކުރާއިރު، މަސައްކަތުގެ އަގު އިބްރާހީމް ސަލީމްގެ ފަރާތުން ނުދައްކިނަމަ، އެ މަސައްކަތް ނާސާ ލިންކްގެ އަމިއްލަ ފައިސާގައި ކޮށްދޭނެ ހުރެމ ދެ ފަރާތުން އެކަމަށް ރުހޭނަމަ، މި ޙާލަތުގައި ނާސާ ލިންކްގެ އަމިއްލަ ޚަރަދުގައި ޢްމރާތްކުރުމާގުޅޭ ގޮތުނ 06 ނޮވެންބަރު 2017 ގ އެއްބަސްވުމަށް އެމެންޑްމަންޓެއް ގެންނަންޖެހޭއިރު، އެފަދަ އެމެންޑްމަންޓެއް ގެނެސްފައިނުވާތީ، މިކަމަށް ނަޒަރުކޮށްފައިވެއެވެ. އަދ ނާސާ ލިންކްގެ ފަރާތުން މަސައްކަތްކޮށް، އިބްރާހީމް ސަލީމްއަށ އިންވޮއިސް ފޮނުވްންޖެހޭއިރު، އެފަދަ އިންވޮއިސްއެއް ފޮނުވާ ފައިސާ ނުލިބިގެން އެއްވެސް ޝަކުވާއެއް ނާސާ ލިންކްގެ ފަރާތުނ ކޮށްފައިނެތްކަމުގެ މައްޗަށްވެސް ނަޒަރުކޮށްފައިވެއެވެ.
52މީގެ އިތުރުން، ދެ ފަރާތު ގިދެމެދު ވި އެއްބަސްވުމުގައިވާ ފަދައިން ޢިމާރާތް އެއްކޮށް ނިންމާފައިނުވާކަން ޚުދު ނާސާ ލިންކްގެ ބަހުން އެނގޭއިރު، މުޅާޢަމާރާތް އެއްބަސްވުމުގައިވ ފަދައިން ނިންމާފައިވާކަމާމެދ ސުވާލު އުފެދޭކަމި ށއި، މި ސަބަބަށްޓަކައި 01 ޖަނަވަރީ 2019 ގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަދުތަކަކީ، ނިމިފައިނުވާ މަސައްކަތެއްގެ މައްޗަށް ޖަހާފައިވާ އަދަދުތަކްކަށްވާތީ، އެއްބަސްވުން އެ މައްޗަށް އެކުލަވާލެވުނު އަސާސަކީ ވުޖޫދުވެފައިވާ އެއޗަކަށްނުވާތީ، 01 ޖަނަވަރީ 2019 ގ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ބެލެވެންނެތްކމަށ ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
53މިކަންކަމީ، 01 ޖަނަވަރީ 2019 ގެ އެއްބަސްވުމުގެ މުޤާބިލާއި ގުޅުވައިގެން ފާހަގަކުރި ކަންކަމެއްނޫނވެ. މިއީ އެއްބަސްވުމުގައި އިބްރާހީމް ސަލީމް ސޮއިކުރިކަމަށް އިންކާރުކުރުމުން، މ މައްސަލައިގައި ދެ ފަރާތުން ހުށަހެޅި ޙަޤީޤަތްތަކުގެ އަލީގައި، 01 ޖަނަވަރީ 2019 ގެ އެއްބަސްވުމުގަ މާއްދާތަކުގެ ދޭހަ ނުވަތްއޭގެ ކޮންޓަންޓްވްޒަނކޮށް، ދެ ފަރާތުގެ ޙަޤީޤަތްތައް އެގޮތުގެ މަތިން ހުރުމުން، 01 ޖަނަވަރީ 2019ގެއެއްބަސްވުމުގެ މާއްދާގައި ބަޔާންކުރާ ކަންކަމީ އެ ޙަޤީޤަތްތަކަށް ބާރުދޭ ކަނިކަނކަމުގައި ސިވިލް ކޯޓުން ނުދެކޭތީ، އެކަމުގެ މައްޗަށް ނިންމި ނިންމުމެކެވެ.
54ޕްރިސިޑެންސް 4ސިވިލް ކޯޓުން ނިންމި ނިންމުން ބިނާވަނީ، 01 ޖަނަވަރީ 2019 ގެ އެއްބަސްވުމގު legal validity އަށް ކަމުގައިނުވާތީ، މިކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ނަޒަރުން ވަޒަންކުރަންޖެހޭކަމުގައި ނުދެކެމެވެ.
55އެއާ ޚިލާފަށް، 01 ޖަނަވަރީ 2019 ގ އެއްބަސްވުމަކީ ޞައްޙްއެއްބަސްވުމެއްނޫންކަމަށް ސިވިލް ކޯޓުނ ނިންމި ނިންމުމަކީ 01 ޖަނަވަރީ 2019 ގެ އެއްބަސްވުމުގެ އަޞްލަށް އިބްރާހީމް ސަލީމް އިންކާރުކުރުމުން، އެ އެއްބަސްވުމުގ authenticity އާ ގުޅުވައިގެން ނިންމި ނިންމުމެއްކަމުގައި ދެކެމެވެ. މިފަދައިން ޤާއިމުކުރުމާއި ގުޅިގެން،ދެން އުފެދޭ ސުވާލަކީ އެއްބަސްވުމުގ authenticity ސިވިލ ކޯޓުން ވަޒަންކޮށްފައިވަނީ މިކަމުގައި މަތީ މަރުޙަލާގެ ކޯޓުން ޤާއިމުކޮށްފައިވާ އުޞޫލާއި އެއްގޮތަށްތޯ ނުވަތަ ނޫންތޯއެވެ.
56ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއާއި، އޭގެ ޖަވާބުގައި 01 ޖަނަވަރީ 2019 ގެ އެއްބަސްވުން ނާސާ ލިންކް ތަޢާރަފުކުރި ކުރުމާއި ގުޅިގެން، އެ އެއްބަސްވުމަކީ އިބްރާހީމް ސަލީމް ސޮއިކުރި އެއްބަސްވުމެއްނޫންކަމަށް ބުނެ، އެއްބަސްވުމުގެ އަޞްލަށް އިންކާރުކުރުމުގެ މައްޗަށް، 01 ޖަނަވަރީ 2019 ގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނޫންކަމަށ ސިވިލް ކޯޓުން ނިންމި ނިންމުމަކީ، އެއްބަސްވުމުގ authenticity އ ގުޅުވައިގެން ނިންމި ނިންމުމެއްކަމިގައި އިބްރާހީމު ސަލީމްގެ ފަރާތުން ބުނެފައިވެއެވެ. އަދ އެއްބަސްވުމުގ authenticity އ ގުޅުވައިގެން ކޯޓުން ގޮތެއް ކަނޑައަޅާއިރު، ކޯޓުނަރުޖީޢެވާންޖެހޭނ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ޢަބްދްﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑްޤަޟިއްޔާއަށް ކަމށަ ވެސް އިބްރާހީމް ސަލީމްގެ ފަރާތުންމި ޝަރީޢަތުގައި ބުނެފައިވެއެވެ.
57ބަޔާ ންވެދިޔިޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލަކީ، އެއްބަސްވުމުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުން، އެ އެއްބަސްވުމުގެ އަޞްލު ގެނެވިދާނެކަމާއި، އަދި އެއްބަސްވުމުގައި ހެކީގެ ގޮތުގައި ސޮއިކުރި ފަރާތްތައް ގެނެވިދާނެކަމިއި ކމުގައަ ވާއިރު، ނާސާ ލިންކްގެ ފަރާތުން ހެކީގެ ގޮތުގައި އެއްބަސްވުމުގައ ސޮއިކުރި ފަރާތްތައް ހުށަހެޅިކަމަށާއި، މި ފަރާތްތައް ހެކިބަސް ދީފައިވާކމަށއި، މިކަން މި މަގުން ހިނގާފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސޕް ވެޓ ލޓޑ ޤަޟިއްޔާއާ އެއްގޮތަށް އެއްބަސްވުމުގެ authenticity ކިށަވަރުކޮށްދޭން މަސައްކަތްކުރކަމަށާއި، އެ ހެކި ބަހުން އެކަން ސާބިތުވާންވެސް އޮތްކަމުގައެވެ. އެހެނަސް، ސިވިލ 07 ޖަނަވަރީ 2026 ގެ އަޑުއެހުމުގައި މިފަދައިން އިބްރާހީމް ސަލީމްގެ ފަރާތުން ބުނެފައިވެއެވެ. ކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ އެއްބަސްވުމުގެ މުޤާބިލުގެ މައްޗަށް ކަމުގައިވާއިރު، އެއީ އެ އެއްބަސްވުނ void ކަމުގެ މައްޗަށް ނިންމި ނިންމުމެއްކަމުގައި ނާސާ ލިންކްގެ ފަރާތުނ ބުނެފައިވެއެވެ.
58ޕްރިސިޑެންސް 5މި މައްސަލައިގައިވެސް އުފެދިފައިވާ މި ޖަދަލަކީ އެއްބަސްވުމުގެ އަޞްލާއިމެދު އުފެދިފައިވާ ޖަދަލެއްކަމުގައިވާއިރު، މިނުކުތާގައ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ޢަބްދޯﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސޕ ވެޓ ލޓޑ ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލު ލިޔުމަށް ތިރިކުރީމެވެ.
58.1. ޑޮކިއުމަންޓުގައ ސޮއިކުރި ފަރާތުން އިންކާރު ނުކުރާހައި ހިނދަކު އެ ޑޮކިއުމަންޓަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ސޮއިކޮށްފައިވާ ޞައްޙެޑޮކިއުމަންޓެއކަމަށް ބެލެވޭން ކަމާއި،އަދި އ ޑޮކިއުމަންޓުގައި ހިމެނިފައިވާ ބަޔާންތަކާއިވާޤިއތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައ ހިނދަކު، ޞައްޙާބަޔާންތަކާއިވާޤިއް ތަކެއް ކަމުގައި ބެލެވޭނކަނ
58.2. އަމިއްލަ ޑޮކިއުމަންޓެއްގެ ސޮޔާމެދު ނުވަތަ އެ ޑޮކިއުމަންޓުގެޞެއްޙްކަމާމެދު މައްސަލައިގެ އަނެއް ޚަސްމު އިންކާރުކޮށްފިނަމަ، އެ ކަންކަން ދެން ސާބިތުކުރެވޭނީ އެ ކަންކަން ސާބިތުކުރުމަށް އުނޫ މ އްޞ ލުން ހެކް ހުށަހަޅައިގެނކަނ
58.3. ޑަކިއުމަންޓެއްގެޞައްޙެކަމާމެދ ޑޮކިއުމަންޓު ހުށަހެޅު ފަރާތި ނޫން އަނެއް ފަރާތުން އިންކާރުކޮށްފިނަމަ އެ ޑޮކިއުމަންޓުގި ޞައްޙެކަނ ސާބިތުކޮށް ދިނުމަކީ އެ ޑޮކިއުމަންޓު ހުށަހެޅ ފަރާތުގެ ޒިންމާއއްކަނ
58.4. ޑޮކިއުމަންޓަކާމެދު ޚަސްމުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ، އެ ޑޮކިއުމަންޓު ހެކީގެ ގޮތުގައި ހުށަހެޅި ޚަސްމަށް ކޯޓުން އަންގަންވާނީ އެ ޑޮކިއުމަންޓުގެ އަސްލު )އަސާސީ ހެކި( 07 ޖަނަވަރީ 2026 ގެ އަޑުއެހުމުގައި މިފަދައިން ނާސާ ލިންކްގެ ފަރާތުން ބުނެފައިވެއެވެ. ޢަބްދު ﷲ އާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ ޤަޟިއްޔާގެ 20 ވަނަ ނުކުތާއިން ފެށިގެން 24 ވަނި ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމާއި، އަދ 28 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަން . ހުށަހެޅުމަށާއި އެ ލިޔުމުގައި ސޮއިކުރި ފަރާތް ދުނިޔޭގައި ހުރިނަމަ އެ ފަރާތާއި، އެ ލިޔުން ތައްޔާރުކުރި މީހުންނާއި، އެ ލިޔުމުގައި ސޮއިކުރިއިރު ބަޔަކު ހެކިންގެ ގޮތުގައި ތިބިނަމަ އ ބަޔަކާއި، އަދި އެނޫންވެސް އެހެން ސާނަވީ ހެކި ހުރިނަމަ އެ ހެއްކެއް ހުށަހެޅުމށްކަނ
58.5. ޑަކިއުމަންޓަކ މީހަކީ އުފައްދާފައިވާ އެއްވެސް ހަޤީޤުތެއ ނެތް ޑޮކިއުމަންޓެއާކަމަށް ޚަސްމަކު ބުނީޙަލަތުގައި، އެ ޑޮކިއުމަންޓަކީ ޞައްޙީ ޑޮކިއުމަންޓެއަކަމަށް ޝަރްޢިތަށ ސާބިތުވެއްޖެނަމަ، އެ ޑޮކިއުމަންޓުގައި ހިމެނިފައިވާ ބަޔާންތަކާއު ވާޤިއތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު، ޞައްޙާބަޔާންތަކާއި ވާޤިއް ތަކެއް ކަމުގައި ބެލެވޭނކަނ
58.6. ޑޮކިއުމަންޓުގައި ކޮށްފައިވާ ސޮޔަކީ އެ މީހާގެ ސޮއި ނޫންކަމަށް މީހަކު ބުނާޙީ ލަތުގައި، އެ ސޮޔަކީ އެ މީހާގެ ސޮއިކަމަށް ޝަރި ޢިތަށް ސާބިތުވެއްޖެނަމަ، އެ ޑޮކިއުމަންޓުގައ ހިމެނިފައިވާ ބަޔާންތަކާއި ވާޤިއަތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު، ޞައްޙަ ބަޔާންތަކާއިވާޤިއް ތަކެއް ކަމުގައި ބެލެވޭނކަނ
58.7. ދަ ޢަވާކުރާ ފަރާތުން ދެޢަވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމަންޓެއްގުޞައްޙަކަމާމެދ ދާޢެވަލިބޭ ފަރާތުން އިންކާރުކުރާނަމަ އަދި އެ ޑޮކިއުމަންޓުގަޞައްޙު ކަން ދްޢްވާކުރާ ފަރާތަށް ސާބިތުކޮށްދެވެނ ނެތެޙު ލަތެއްގައި، އާޑޮކިއުމަންޓުގައ ބަޔާންކުރި މްޢާމަލާތާއި އެހެނިހެން ވާޤިއަތައް ހެކީންގެ ހެކިބަހުން ނުވަތަ އެނޫންވެސެޤުރީނާތަކުނ ސާބިތުކޮށް ދިނުމުގަފުރުޞތ ދ ޢަ ވާކުރާ ފަރާތަށް އޮންނާނެކަން
59ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ޢަބްދްﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސޕ ވެޓ ލޓޑިޤަޟިއްޔާއަކީ ޑޮކިއުމެންޓެއްގައ ސޮއިކުރިކަމަށް އިންކާރުކުރާ ޙާލަތުގައި، ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގައި ބަލަންޖެހޭ މިންގަނޑުތައް ބަޔާންކުރާ ޤަޟިއްޔާކަމަށްވާއިރު، އެފަދަ ޖަދަލެއްގައި، އްޤަޟިއްޔާގައ ކަނޑައަޅާފައިވާ ކަންކަމަށް ނަޒަރުކުރަންޖެހޭނެކަމަށް އަހުރެން ދެކެމެވެ.
60މި މައްސަލައިގެ ޙަޤީޤަތްތަކަށް ބަލާއިރު، ހުޅުމާލެ ލޮޓް 11282 ޢިމާރާތުން ނާސާ ލިންކްގ ތަކެއްޗާއި މީހުން ނެރެ އެ ތަން އިބްރާހީމް ސަލީމްއާ ޙަވާލުކުރުމަށް އެދި އިބްރާހީމް ސަލީމގް ފަރާތުން ކުޅަ ދަޢުވާއާ ގުޅިގެން، އްޢާމާރާތުގެ ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، ސެކަންޑް ފްލޯރ އަދި ތުރޑް ފްލޯރ ނާސާ ލިންކްގެ ފަރާތުން ބޭނުންކުރަމުންދަނީ އިބްރާހީމް ސަލީމްއާއ ނާސާ ލިންކްއ ދެމެދާ 01 ޖަނަވަރީ 2019 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުންކަމަށް ނާސާ ލިންކއިނ ބުނެ، މި އެއްބަސްވުން އެ ފަރާތުގެ ޖަވާބާއިއެކު ހުށަހެޅިއެވެ. 01 ޖަނަވަރި 2019 ގެއެއްބަސްވުމަކީ އިބްރާހީމް ސަލީމް ސޮއިކުރި އެއްބަސްވުމެއްނޫންކަމަށ އިބްރާހީމް ސަލީމްގެ ފަރާތުނިތަކުރާރުކޮށ ބުނެފައިވެއެވެ. އަދ މި އިސްތިއުނާފުގައިވެސް މި ސުވާލު އެފަރާތ ކުރިމަތިކުރެވުނު ހިނދު، އިބްރާހީމް ސަލީމްގެ ފަރާތުން ދީފައިވަނީ މި ޖަވާބެވެ.
61މ މައްސަލައިގެމިއ ގުޅާ އިތުރްޙަޤީޤަތްތަކށ ބަލާއިރު، 01 ޖަނަވަރީ 2019 ގެ އެއްބަސްވުމުގެ އަޞްލަށ އިބްރާހީމް ސަލީމް އިންކާރުކުރުމުން، ނާސާ ލިންކްގެ ފަރާތުން އެ ފަރާތުގެ ޖަވާބާއިއެކ ހުށަހެޅި މި އެއްބަސްވުމަށް ޙަވާލާދިބުނެފައިވަނީ، އެ ފަރާތުން ހުށަހެޅ 01 ޖަނަވަރީ 2019 ގެ އެއްބަސްވުމުން، ދެ ފަރާތގު ދެމެދި ވެފައިވާޢްމާރާތްކުރުމުގ އެއްބަސްވުމުގެ ދަށުން އިބްރާހީމް ސަލީމް ދޭންޖެހޭ އުޖޫރަ ދީފައިނުވުމުގެ ސަބަބުން އެ ފައިސާ ދެވޭނެ އެހެން އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ދެ ފަރާތުގެ މެދުގައި އޮތް ތައާގުދީ ގުޅުމުގެ ޒާތާއި ބާވަތް ބަދަލުކޮށް، ޢޭމާރާތްކުރުމުގެ އެއްބަސްވުމުގެ މައްޗަށް އިސްކުރެވ 01 ޖަނަވަރީ 2019 ގެ އެއްބަސްވުމެއްވެފައިވާކަނ ސާބިތުވާނެކަމުގައެވެ. މީގެ އިތުރުން، 01 ޖަނަވަރީ 2019 ގެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަން ސާބިތުކުރުމަށާއި، އެ އެއްބަސްވުމުގައި އެ ފަރާތުނ ސޮއިކޮށްފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައިކަން ސާބިތުކުރުމަށް، އ 07 ޑިސެމްބަރު 2021 ގައި ނާސާ ލިންކްގެ ފަރާތުން ހުށަހަޅާފައިވާ "ދަޢުވާ ނުވަތާ މައްސަލައިގަ ޖަވާބު ހުށަހަޅާ ފޯމު" އެއްބަސްވުން ހެކިކުރި ދެ ފަރާތް ކަމުގައިވާ، ހދ. ނޭކުރެންދޫ، […] ޢަލީ ޝަރީފްއާއި، މާލީ، […] 2 02-11، އަޙްމަދު ޢަބްދުލްޢަޒީޒް ހެކިންގެ ގޮތުގައި ހުށަހަޅައި، މި ހެކިންގެ ހެކިބަސް ނަގާފައިވެއެވެ.
62އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތަކުން އެ އެއްބަސްވުމުގައި ސޮއިކުރިކަމަށް އިންކާރުކުރުމުން، އެ އެއްބަސްވުމަކީ ޞައްޙަ މަގުން ވެފައިވާ އެއްބަސްވުމެއްކަން ސާބިތުކުރުމުގެ ބުރަ އޮންނާނީ، އ އެއްބަސްވުމަށް ބަރޯސާވާ ފަރާތުގެ މައްޗަށް ކަމުގައިވާއިރު، މި މައްސިލައިގައި އެ ބުރަ އޮތީ ނާސާ ލިންކްގެ މައްޗަށްކަން ސާފެވެ. އަދި އެކަން ސާބިތުކުރުމުގެ ބޭނުމުގައެދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ޢަބްދްﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސޕ ވެޓ ލޓޑ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން އެ އެއްބަސްވުމުގައި ހެކިންގެ ގޮތުގައި ސޮއިކުރޯފަރާތްތައް ހެކިންގެ ގޮތުގައި ހުށަހަޅައި، އ ފަރާތްތަކުގެ ހެކިބަސް ނަގާފައިވެއެވެ. އެހެނަސް، މި އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްތޯ ނުވަތަ ނޫންތޯ ދެނެގަތުމުގައި، މި ހެކިބަހަށް ސިވިލް ކޯޓުން ބަރޯސާވެފައެއްނުވެއެވެ. ސިވިލް ކޯޓުނ މިކަމުގައި ފާހަގަކޮށްފައާ ވަނީ،ނާސާ ލިންކްގެ ފަރާތުން ޝަފަހީ ހެކިން ހުށަހަޅާފައިވަނީ އެ ފަރތުނ ހުށަހެޅ 01 ޖަނަވަރީ 2019 ގ އެއްބަސްވުމުގެ ޞައްޙަކަމާއި، މި އެއްބަސްވުމުގައި އިބްރާހީމް ސަލީމް ސޮއިކުރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުނ ކަމުގައިވީނަމަވެސް، އެ މައްސަލައިގައި ފާހަގަކުރި ކަންކަން އެގޮތުގެ މަތިން ހުރުމުން،ނާސާ ލިންކްގެ ފަރާތުން ހުށަހެޅި އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަން ބެލެވެން ނެތަތީ، މި ޙާލަތުގައި ހެއްކަށް ރިޢާޔަތްކުރަންޖެހޭނެކަމަށް ނުދެކޭކަމުގައެވެ. 25 ޖަނަވަރީ 2022 ގައި ނާސާ ލިންކްގެ ފަރާތުން ހުށަހެޅި ހެކި ލިސްޓު ޙަވާލާދީފައިވަނީ މި ނިންމުމުގެ 17.1 އިން ފެށިގެން 17.5 ވަން ނުކުތާގެ ނިޔަލަށް ސިވިލް ކޯޓުން ނިންމުމަށް ވާސިލުވުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް
63ޕްރިސިޑެންސް 7މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑުވާޤިއާއަށް ތާއީދުލިބޭ ނުވަތަ ނަފީކުރާ ކޮންމެ ވާޤިއާއަކީ ވެސް ގުޅުންހުރިވާޤިއާއެކެވެ. ދެވާޤިއާ އެއް ގުޅުން ހުރިކަމަށް ބެލެވޭނީ، ދަވާޤިއ އެކުގައ ނުވަތި ވަކިވަކީން ތ ޠުބ ޤާކުރުމުން އެ ދެވާޤިއ، އެއް ވާޤިއާ އަނެއްވާޤިއުއާ ގުޅިފައ ހުރިވަރު ބޮޑުކަމުން އާންމުކޮށް ކަންކަން ހިނގާ އްޞާލުނ ބަލާއިރް އެއަވާޤިއައިން މާޒީގައި ނުވަތަ ހާލުގައި ނުވަތާމުސްތަގުބަލުގައި އަނެއް ވާޤިއެވުޖޫދުވިކަނ ނުވަތް ނޫންކަން ސާބިތުވުން ނުވަތަ ވަރަށް ބޮޑަށް އެކަން ވުޖޫދުވިކަން ނުވަތް ވުޖޫދުވެފައިވާކަން ނުވަތަ ވުޖޫދުވާންކަމަށ އެކަށީގެނވުމެވެ.
64މާސާލަކަށ އެއްބަސްވުމެއް ވެފައިވާކަމަށ ބުން ވްޤާއާ ވުޖޫދިވިކަނ ނުވަތް ނޫންކަން ސާބިތުކުރުމަށްޓަކައި، އެ އެއްބަސްވުމުގެ ބައިވެރިންގެ ގުޅުން އަންގައިދޭ ވްޤާއާތަކަކީވެސ މައްސަލައާ ގުޅުން ހުރި ވޤާއާއެކެވެ.މީގެ އިތުރުން ކޯޓުން ނިންމަންޖެހޭ މައިގަނޑު ވާޤަ އ ވުޖޫދުގައިވުމާ ތުޢު ރާޟ ވި،ކޮންމެ ވާޤިއާއެއ އެއީވެސް ގުޅުންހުރި ވިޤާއާއެކެވެ. މި ބޭނުމަށްޓަކައި ކޯޓުނ ގޮތެއް ނިންމަންޖެހޭ މައިގަނޑު ވާޤިއާ ސާބިތުކުރުމަށް ގުޅުން ހުރި އެހެން ވީޤ އާތަކުން އެހީ ހޯދުމުގައި ހުރަހެއްނެތެވެ. އެހެނަސް،އެއްބަސްވުމުގެ އަޞްލާއި މެދު އިންކާރުކުރާ ޙާލަތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑެޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގައަލީގައި އެއްބަސްވުމެއް ވުޖޫދުގައިވޭތޯ ނުވަތަ ނޫންތޯ ބެލުމެއްނެތި، އިތުރު ޙަޤީޤަތްތެކުގެ މައްޗަށް އެ އެއްބަސްވުމުގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުމަކީ، ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ޢަބްދްﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ ޤަޟިއްޔާއިން ދައްކާދީފައިވާ މަގު ކަމުގައި ނުދެކެމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/47 )މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް( ޤަޟިއްޔާ
65އެއްބަސްވުމުގެ އަޞްލަށް އިންކާރުކުރުމުން، އެކަމުގެ މައްޗަށް ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނެ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ޢަބްދްﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށެވެ. އެއީ، އެ އެއްބަސްވުން ހުށަހެޅި ފަރާތުން އާ އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކޮށްދިނުމަށްޓަކައި، އުނޫމު އިޞލުން ހެކެހުށަހެޅުމެވެ. މިގޮތުން، އެއްބަސްވުމުގ އަސްލު )އަސާސީ ހެކި( ހުށަހެޅުމަށާއި އެ ލިޔުމުގައި ސޮއިކުރި ފަރާތް ދުނިޔޭގައި ހުރިނަމަ އެ ފަރާތާއި، އެ ލިޔުން ތައްޔާރުކުރި މީހުންނާއި، އެ ލިޔުމުގައި ސޮއިކުރިއިރު ބަޔަކު ހެކިންގެ ގޮތުގައި ތިބިނަމަ އެ ބަޔަކާއި، އަދި އެނޫންވެސް އެހެން ސާނަވީ ހެކި ހުރިނަމަ އ ހެއްކެއް ހުށަހެޅުމަށިއެއްބަސްވުން ހަށަހެޅް ފަރާތށަ އެންގުމެވެ.
66ޕްރިސިޑެންސް 6މި މައްސަލައިގައިއެއްބަސްވުމުގެ ޞައްޙަކަންސާބިތުކުރުމަށްޓަކައި ނާސާ ލިންކްގެ ފަރާތުނ އެއްބަސްވުމުގައި ހެކިންގެ ގޮތުގައި ސޮއިކުރި ފަރާތްތއްހެކިންގ ގޮތުގައެ ހުށަހަޅައި، އެ ފަރާތްތަކުގެ ހެކިބަސް ނެގިނަމަވެސް، އެ ހެކިބަހަށް މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާކަނ ސިވިލް ކޯޓުގެ ނިންމުމުގއެބަޔާންކޮށްފައިވެއެވެ. މިއީ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ޢަބްދްﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސޕ ވެޓ ލޓޑ ޤަޟިއްޔާގައި ކަނޑައަޅާފައިވާ މިންގަނޑާއި ޚިލާފަށް ނިންމި ނިންމުމެއްކަމުގައި ދެކެމެވެ.
67މ މައްސަލައިގައި ދަޢުވާގެ މޫއަޟެއު އ ހުށަހެޅި ދިފާޢުގެ އަލީގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑިޤަޟިއްޔާގައިވ އުޞޫލާ ތަޠުބީޤުކުރުމުގައ މި މައްސަލައިގައި ސިވިލް ކޯޓަށް ލިބިފައިވާ ހެކިންގެ ހެކިބަސް ވަޒަންކޮށްގެން މެނުވީ، މ މައްސަލއިގަ އެއްބަސްވުމުގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅެން ނެތަތީ، މި ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، މި މައްސަލައިގައަމަޞްލަޙަތ ބޮޑު މި މައްސަލަ ސިވިލ ކޯޓަށް ތޙވީލުކުރުނ ކަމުގައް ދެކެމެވެ.
68އެހެންކަމުން، 01 ޖަނަވަރީ 2019 ގެ އެއްބަސްވުމުގެ އަޞްލާއި މެދު ގޮތެއް ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ޢަބްދްﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސޕ ވެޓ ލޓޑ ޤަޟިއްޔާގައި ކަނޑައަޅާފައިވި އުޞޫލާ ތަޠުބީޤުކޮށް، އެ މައްސަލައިގައި އަސާސީ ހެއްކެއް ހުށަހަޅަންޖެހޭނަމަ، އ ފުރުޞަތު ދީ، ދެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ވަޒަންކޮށް، އަދްދ ފަރާތުގެ ހުށަހެޅުމުގެ މައްޗަށްމައްސަލައިގައި ގުޅުން ހުރާއެހެނިހެނިވާޤްއިތައާވަޒަންކޮށް، މިކަމުގައި ގޮތެއް ކަނޑައަޅައި، މި މައްސަލައިގައި ސިވިލް ކޯޓަށް އިބްރާހީމް ސަލީމް ހުށަހަޅާފައިވާ ދަޢުވާ ފައިސަލާކުރަންޖެހޭ ކަމުގައި ދެކެމެވެ.
69އިސްވެ ބަޔާންވެދިޔަ ކަންކަމުގެ އަލީގައި،ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 221/Cv-C-HD/2021 ޤަޟިއްޔާގެ ނިންމުން ބާޠިލުކޮށް،މ ޤަޟިއްޔާގައި ބަޔާންކުރާ ކަންކަމުގެ ތަރަހައިގެ ތެރެއިނެސިވިލ ކޯޓުގް ހުޅުމާލެ ޑިވިޜަންގެ ނަންބަރު 221/Cv-C-HD/2021 ޤަޟިއްޔާ،އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ފެނެއެވެ.
70ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
71ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
72މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނަ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފްއ އޮނނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 3، 12، 13، 14، 15، 16، 17 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ (ނުކުތާ 20–24، 28)
- ސުޕްރީމް ކޯޓުގެ 2022/SC-A/47 (މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް)
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން މަޒީދު، ޢަބްދުﷲ ޖަމީލް މޫސާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް