ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/307
އަޙްމަދު ޒަކީ ވ. -، 2020/HC-A/307
Ahmed Zakee v. - 2020/HC-A/307 (2020/HC-A/307, High Court of the Maldives, 2 March 2021)
އަޙްމަދު ޒަކީ ވ. -
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމީ 6 ވަނަ އިޞްލާޙާއެކު އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިފައިވާތީ ސިވިލް ކޯޓަށް ބެލެން ނެތްކަމަށެވެ. އެ ނިންމުން އަލުން ބެލުމުން އިސްޤާޟީ ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކުރިއެވެ.
އަމިއްލަ ކުންފުންޏެއްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުން 28 ޖަނަވަރީ 2020 ގައި ވަކިކުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ހިންގުމުގެ އިސްމަޤާމެއް ކަމަށްވާތީ ބެލެން ނެތްކަމަށް ޓްރައިބިއުނަލުން ނިންމިއެވެ. 22 ސެޕްޓެމްބަރު 2020 ގައި 6 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމަށްފަހު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ 6 ވަނަ އިޞްލާޙު ރަޖުޢީކޮށް ތަޠުބީޤުކުރުމަކީ 2014/SC-A/41 ގެ އުޞޫލާ ޚިލާފުކަމަށާއި، ވަޒީފާއިން ވަކިކުރިއިރު އިޚްތިޞާޞް އޮތީ ސިވިލް ކޯޓަށް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތެވެ.
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު (ޤާނޫނު ނަންބަރު 22/2020) ގެނައުމުގެ ކުރިން ހިންގުމުގެ އިސްމަޤާމެއްގައި ހުރި މީހަކު ވަޒީފާއިން ވަކިކުރި މައްސަލަ، އެ އިޞްލާޙަށް ޢަމަލުކުރަން ފެށުމަށްފަހު ސިވިލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސިވިލް ކޯޓަށްތޯ ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށްތޯ، އަދި އިޞްލާޙު ރަޖުޢީކޮށް ތަޠުބީޤުކުރެވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު؛ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަމަށް ކަނޑައެޅި (އަޣްލަބިއްޔަތުން)
އަޣްލަބިއްޔަތުގެ ރައުޔުގައި، އިޞްލާޙުގައި ރަޖުޢީކޮށް ހިނގާނެކަމަށް ބަޔާންކޮށްފައިނުވާތީ އަދި ޓްރައިބިއުނަލަށް ހުށަހަޅާ 3 މަސްދުވަހުގެ މުއްދަތު ހަމަވެފައިވާތީ، ސިވިލް ކޯޓަށް ބެލެން ނެތްކަމަށް ކަނޑައެޅުމަކީ އިންސާފު ހޯދުމުގެ ދޮރު ބަންދުކޮށް އިޞްލާޙު ރަޖުޢީކޮށް ތަޠުބީޤުކުރުމެއްކަމަށާއި، 2009/HC-A/203 އާއި 2014/SC-A/41 ގެ އުޞޫލުން މައްސަލަ ބަލަންޖެހޭނީ ސިވިލް ކޯޓުންކަމަށް ކަނޑައެޅިއެވެ. ޚިލާފު ރައުޔުގައި، އިޚްތިޞާޞުގެ ޤަވާޢިދަކީ އިޖުރާއީ ޤަވާޢިދަކަށްވާތީ ހުށަހެޅިއިރު އޮތް ޤާނޫނު ތަޠުބީޤުވާކަމަށް ދެކުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނެއް ހިނގަނީ ޤާނޫނަށް ޢަމަލުކުރަން ފެށި ދުވަހުން ފެށިގެން ކުރިއަށެވެ. ޤާނޫނުގައި ސަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ، ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ ބުރަ، އެ ޤާނޫނުގެ ކުރިން ހިނގާފައިވާ ޙާދިސާއެއްގެ މައްޗަށް ރަޖުޢީކޮށް ތަޠުބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-14، 16)
- ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއިން 4 ވަނަ ބާބުން އިސްތިސްނާކޮށްފައިވާ ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ މީހުން ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް، 6 ވަނަ އިޞްލާޙުގެ ކުރިން ބަލަމުން ދިޔައީ ސިވިލް ކޯޓުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8، 18)
- ޤާނޫނަށް ގެނެވޭ އިޞްލާޙެއް ރަޖުޢީކޮށް ތަޠުބީޤުކުރުމުގެ ސަބަބުން އިންސާފު ހޯދުމަށް ޝަކުވާ ހުށަހެޅުމަށް އޮތް ދޮރު ބަންދުވާ ޙާލަތުގައި، އިންސާފު ޤާއިމުކުރުމަށް ކޯޓުތަކުގެ ދޮރު ހުޅުވާލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15، 17)
- 6 ވަނަ އިޞްލާޙުގެ ކުރިން ވަޒީފާއިން ވަކިކުރި އިސްމަޤާމެއްގެ މީހަކަށް، 28 ވަނަ މާއްދާގައިވާ 3 މަސްދުވަހުގެ މުއްދަތު ހަމަވެފައިވާތީ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނެ ގޮތެއް ނެތްއިރު، ސިވިލް ކޯޓަށް ބެލެން ނެތްކަމަށް ކަނޑައެޅުމަކީ އިޞްލާޙު ރަޖުޢީކޮށް ތަޠުބީޤުކޮށް އޭނާއަށް ބުރައެއް އުފުލަންޖެހޭގޮތް ހެދުމެވެ. އެހެންކަމުން އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސިވިލް ކޯޓަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-22)
1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު C(A)/2020-09/Cv "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނ އެ ނިންމުން އިސްތިއުނާފަ ކުރުމަށު އެދި ށ.ފޯކައިދޫ/ ޝަރުމީލާމަންޒިލް، އަޙްމަދު ޒަކީގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައެކެވެ.
2ސޮލަރެލް އިންޝުއަ ރެންސ ޕްރައިވެޓް ލިމިޓެޑުގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުގައި ށ.ފޯކައިދޫ/ ޝަރުމީލމަންޒިލާ އަޙމަދް ޒަކީ ވަޒީފާ އަދާކުރަމުންދަނިކޮށް، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ އެ މައްސަލަ ބަލައިދިނުމަށް އަޙްމަދު ޒަކީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން އަޙްމަދު ޒަކީ ހުށަހެޅި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ބެލުމގު އިޚްތޞާޞި ލިބިގެންނުވާ މައްސަލައެއް ކަމަށް 30 އެޕްރީލް 2020 މި ތާރީޚުގައި ނިންމިއެވެ. އަޙް މަދު ޒަކީގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ނިންމާފައިވަނީ، ޤާނޫނު ނަންބަރު 2008/2 ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރަށް ޙަވާލާދެމުންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު L/INDIV/2020/162-200 "ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުން" ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 05 ގައި ބުނަނީ، ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ މީހުން ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވާނެކަމަށެވެ.
3އަޙް މަދު ޒަކީގެ ފަރާތުން ހުށަހެޅި މައްސަލައަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެންނެތް މައްސަލައެއްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުމުން އަޙްމަދު ޒަކީގެ ފަރާތުން ދެން މި މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. އަޙް މަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމަވާފައިވަނީ "މި މައްސަލައަކީ ސިވިލް ކޯޓުގައި ބެލުމުގެ އިޚްތޞާޞި ލިބިގެންވާ މައްސަލައެއްކަމުގައި ނުވާތީ ދަޢުވާ ފޯމް އަނބުރާ ރައްދުކުރީކަމަށެވެ."
4އަޙް މަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލއަކަ ސިވިލް ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމަށް ސިވިލް ކޯޓުގެ ރަޖިސްޓްރު ރ ނިންމާފއިވަ ނިންމުނާ ބިނާކުރި ސަބަބެއްގެ ގޮތުގައި ބަޔާންކުރަނީ "ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލަތައް ބެލުން ކުރިން އިސްތިސްނާ ކުރެވުނު ދާއިރާތަކާއި ފަރާތްތަކުގެ ވަޒީފާގެ މައްސަލަތައް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިހާރު ބެލުން އިސްތިސްނާ ކުރެވިގެން ނުވާކަން ވަޒީފާއާބެހޭ ޤާނޫނަށް 06 ވަނަ އިސްލާޙު ގެނެވުނު ނަންބަރު 22/2020 ޤާނނަށ ބެލުމުން އެނގެން އޮތުމުންނާއި، އެހެން ޤާނޫނަކުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާއާ ގުޅޭ އެންމެހައި ވަޒީފާގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިދެވެނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަން އެނގެން އޮންނައިރު، އޙަ މަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އެހެން ޤާނޫނަކުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލުން އިސްތިސްނާކޮށްފައިވާ ދާއިރާގެ ވަޒީފާގެ މައްސަލައަކަށް ނުވާތީ ކަމުގައި ބަޔާންކުރަމުންނެވެ. ސިވިލް ކޯޓުގެ ނަންބަރު D(RN)/2020/39-144 "ރަޖިސްޓްރާރގެ ނިންމުން"
5ބުނެވުނު ހަމަ އިގެ މައްޗަށް ރިޢާޔަތްކޮށް، އަޙްމަދު ޒަކީގެ ފަރާތުން ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓުން ބެލުމުގެ އިޚްތިޞާޞް ނެތް މައްސަލައެއްކަމުގައި އެ ކޯޓުގެ ރަޖިސްޓްރާރ ނިންމަވާފއިވާތީ، ސިވިލް ކޯޓުގަ ރަޖިސްޓްރާރ ގެ އެ ނިންމުން އަލުން ބަލައި ދިނުމަށް އެދި އަޙްމަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް" އަކީ، އަޙް މަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެކޯޓުގެ އެންޓްރީ ނަންބަރު 2020/2725 ގެ ފޯމް ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ރަނގަޅުނޫން ކަމަށްބުނެ ސިވިލް ކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުން އަލުން ބަލައި ދިނުމަށް އަޙްމަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުގެ އިސްޤާޟީ ނިންމަވާފައިވާ ނިންމުމެވެ.
6ސިވިލް ކޯޓުގެ އެންޓްރީ ނަންބަރު 2020/2725 ގެ ފޯމު ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމަވާފައިވާ ނިންމުން ރަނގަޅުނންކަމަށ ބުން ސިވިލް ކޯޓުގެ ނަންބަރު D(RN)2020/39-144 (08 އޮކްޓޫބަރު 2020) ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި އަޙމަދް ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުގެ އިސްޤޟާ ނިންމަވާފައިވަނީ "ދެންފަހެ، ބުނެވިދިޔަ ގޮތުގެ މައްޗަށް ށ.ފޯކައިދޫ ޝަރުމީލާމަންޒިލް އަޙްމަދު ޒަކީ ހުށަހަޅާފައިވާ ރަޖިސްޓްރާރގެ ނިންމުން އަލުން ބެލުމުގެ މިމައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު D(RN)2020/39-144 (08 އޮކްޓބަރޫ 2020) ރަޖިސްޓްރާރގެ ނިންމުން އެނޫން ގޮތަކަށް ބެލެވޭނެ ޝަރުޢީ އަދި ޤާނ ނ ހަމައެއް ނެތްކަމަށް ކަނޑައަޅައި ރަޖިސްޓްރާރގެ އެ ނިންމުމަށް ތާއީދުކޮށްފީމެވެ." މިފަދައިންނެވެ.
7ސިވިލް ކޯޓުގެ ނަންބަރު C(A)/2020-09/Cv "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް" އިސްތިއުނާފުކުރަމުން އަޙްމަދު ޒަކީ ގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފީ އެއް ނުކުތާއެވެ. އެ ނުކުތާއަކީ،
7.1 އަޙް މަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ، ޤާނޫނު ނަންބަރު 2020/22 (ޤާނޫނު ނަންބަރ 2008/2 ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ހާދިޘާއަކ ގުޅާ މައްސަލައަކަށްވާއިރު، ޤާނޫނު ނަންބަރު 2020/22 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ގެނެވުނު 6 ވަނަ އިޞްލާޙު) ގައި ބަޔާންކޮށްފައިވާ އުޞޫލުތައް އަޙްމަދު ޒަކީގް ފަރާތުން ހުށަހެޅި މައްސަލައަށް ރަޖުޢީކޮށް ޤާނޫނު ތަޠުބީޤު ކުރައްވާފައިވަނީ، ރަޖުޢީކޮށް ޤާނޫނު ތަޠުބީޤުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ 140.،240. އަދި 40.3 ވަނަ ނަންބަރުގައި ކަނޑައަޅުއްވާފައިވާ އުޞލުތަކ ޚިލާފަށާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާ ކުރިން އޮތްގޮތާއި އެ މާއްދާއަށް ފަހުން ގެނެވުނު އިސްލާޙު
8ޕްރިސިޑެންސް 2ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ ހަތަރވަނު ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކުން އިސްތިސްނާކުރެވިފައިވާ ފަރާތްތައް ބަޔާންކޮށްދޭ މާއްދާއެކެވެ. މި ގޮތުން އެ މާއްދާގައި ބުނާ ފަރާތްތައް، މިސާލަކަށް ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ މީހުންނާއި، ކަނޑުދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާ ބޯޓުގައި މަސައްކަތް ކުރާ މީހުންނަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 04 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކުން އިސްތިސްނާ ލިބިގެންވާ ފަރާތްތަކެއްކަން އެ މާއްދާ އޮތްގޮތަށް ބެލުމުން އެނގެއެވެ. އިސްތިސްނާ ލިބިގެންވާ ބުނެވުނު ފަރާތްތަކުގެ ތެރޭގައި ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުންވެސް ހިމެނެއެވެ. މި ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާ ކޮށްފާ އޮތް އޮތުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ މީހަކީ ވަޒީފާއިން ވަކިކޮށްގެން އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭގޮތެއް ނުވެއެވެ. އަދި މިފަދަ މީހަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅިކަމުގައިވިޔަސް އެފަދަ މައްސަލައެއް އެ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ނެތްކަމުގައި ކަނޑައަޅައެވެ. މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނަށް 06 ވަނަ އިސްލާޙު ގެނައުމުގެ ކުރިން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއިން އިސްތިސްނާކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް، ވަޒީފާއިން ވަކިކޮށްފިނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުން އެ މައްސަލަތައް ބަލަމުން ގެންދިއައީ ސިވިލް ކޯޓުންނެވެ.
9ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާ އޮތް ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެ މާއްދާއިން އިސްތިސްނާކުރެވިފައިވާ ފަރާތްތަކުގެ މައްސަލަތައް ސިވިލް ކޯޓުން ބަލައިގަނެ އެ ކޯޓުން ބަލާ މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ދަނިކޮށް، 22 ސެޕްޓެމްބަރ 2020 މި ތާރީޚުގައި ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އިސްލާޙަށް ޢަމަލުކުރަން ފެށުނެވެ. ޤާނޫނު ނަންބަރު 22/2020 ން ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ގެނެވުނު 06 ވަނަ އިސްލާޙގައ ބުނި ގޮތުން، އެ ޤާނޫނުގެ 4 ވަނަ ބާބުގެ ތެރޭގައި ހިމެނޭ މާއްދާތަކުން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ބުނާ ފަރާތްތަކަށް އިސްތިސްނާ ލިބިގެންވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި އަދި 38 ވަނަ މާއްދާއަށެވެ. މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނަށް ފަހުން ގެނެވުނު އިސްލާޙުގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ އިސްތިސްނާ ކުރެވިފައި ނެތުމުން، ވަޒީފާއިން ވަކިކުރުމުން އެ ކަމުގެ ޙައްލު ހޯދުމަށް ވަޒީފާއަކުން ވަކިކުރި ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ލިބޭކަމަށް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ ހިމެނެނީ ވަޒީފާއާބެހޭ ޤާނނުގައ ހިމެނި ބާބުތަކުގެ ތެރެއިން 04 ވަނަ ބާބު ގައެވެ. ޤާނ ނ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނ ނ) އަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 9 ވަނަ މާއްދާ. ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ބުނާ ފަރާތްތަކުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް، ފަހުން ގެނެވުނު އިސްލާޙުގެ ދަށުން ލިބިގެން ދިޔައެވެ. ޤނނު ނަންބަރާ 2008/2 (ވަޒީފާއާބެހޭ ޤާނނ) އަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނނށަ ފަހް ސިވިލް ކޯޓުން އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަންކުރަމުންދާގޮތް
10ޤާ ނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިސްލާޙަށް ޢަމަލުކުރަން ފެށުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ވަޒީފާއިން ވަކިކޮށްގެން ހުށަހަޅާ މައްސަލަތަކަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަންޖެހނޭ މައްސަލަތަކެއް ކަމަށާއި އެފަދަ މީހެއްގެ މައްސަލައެއް ބެލމުގު އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންނުވާނެކަ މަށް ސިވިލް ކޯޓުން މި ވަނީ ކަނޑައަޅާފައެވެ. މި ގޮތުން ކޯޓެއްގެ އިޚްތިޞާޞުން ބޭރުގައި އެއްވެސް މައްސަލައެއް ބަލާ ނިޔާ ކުރުމަކީ، ޤާނޫނާއި ޚިލާފުކަމަކަށް ވެގެންވާނެކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) އަށް ބެލުމުން އެނގޭކަމަށާއި، އެ ކޯޓެއްގެ އިޚްތިޞާޞް ގެއްލިއްޖެ ހިސާބުން އެ މައްސަލައެއް އެ ކޯޓުގައި ބެލުނު ނިމުމަކަށް އަންނާނެކަން ޤާނނުގ ހަމަތަކުގެ މަތިން އެނގެން އޮތް ކަމަށް މި ނިންމުމަށް ވާސިލުވި ސަބަބުތަކުގެ ގޮތުގައި ސިވިލް ކޯޓުން ފާހަގަކުރައްވައެވެ.
11އެހެންނަމަވެސް މފަދި މައްސަލަތައް ބެލުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދެކޭ ގޮތަކީ، ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރުމުގެ ކުރިން ޢަމަލު ކުރަމުންދިޔަ ގޮތަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތައް އެ ޤާނޫނުގެ 4 ވަނަ ބާބުގައިވާ މާއްދާތަކުން ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް ނަންބަރު C(A)/2020-09/Cv ގެ 2 ވަނަ ނަންބަރުގެ (ކ). އިސްތިސްނާ ވުނާ ކަމުގައިވާތީ، ވަޒީފުއާބެހ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާވާ ފަރާ ތެއްގެ ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލަށް ލިބގެނި ނުވނާ ކަމުގައެވެ.
12ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް އަޙް މަދު ޒަކީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި އޭނާގެ ފަރާތުން ބުނާ މައިގަނޑު ވާހަކައަކީ، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙު ރަޖުޢީކޮށް ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް ތަޠުބީޤު ކުރެވިގެން ނުވާނެކަމަށާއި، މިހެންކަމުން ސިވިލް ކޯޓުން ބަލަންޖެހޭނީ އަޙްމަދު ޒަކީ ވަޒީފާއިން ވަކިކުރިއިރު ޤާނނ އޮތު ގޮތެއްގެ މައްޗަށްކަމަށާއި، އަޙމަދް ޒަކީ ވަޒީފާއިން ވަކިކުރިއިރު މި މައްސަލަ އަކީ ސިވިލް ކޯޓުގެ އިޚްތިޞާޞް ލިބި އޮތް މައްސަލައަކަށްވާތީ މި މައްސަލަ އަކީ ސިވިލް ކޯޓުން ބެލެންޖެހޭނެ މައްސަލައެއްކަމަށެވެ.
13ޕްރިސިޑެންސް 1ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގައި، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އޞު ލުތައް، އެ ޤާނޫނު އައުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް ހިނގާނެކަމަށް ބަޔާން ކޮށްފައެއްނުވެއެވެ. ޤާނނުގައ ބުނި ގޮތުން، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އިސްލާޙަށް ޢަމަލު ކުރަން ފަށާނީ، އެ އިސްލާޙު ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/IJ/2021/9-200 "އިޖުރާއީގޮތުން ނިންމިގޮތް"
14ޤާނޫނަކީ، ޤާނޫނު އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ހިނގާ އެއްޗެކެވެ. ޤާނޫނުގައި، އެ ޤާނޫނަކީ ކުރިއަށް ހިނގާނެ އެއްޗެއްކަމަށް ބަޔާންކޮށްފައިނެތްނަމަ، ޤާނނުގ ތާރީޚުގެ ކުރިން ހިނގާފައިވާ ކަމަކަށް ހިނގާނެ އެއްޗަކަށް އެ ޤާނޫނު ނުވުމަކީ ޤާނޫނު މާނަކުރުމުގައި ޤަބޫލު ކުރެވެން އޮންނަ ހަމައެކެވެ. ހަމަ އެ ގޮތަށް ޤާނނެއ ހިންގަން ފަށާނީ ވަކި ދުވަހަކުން ކަމަށް ބަޔާން ކޮށްފައިވާނަމަ، އެ ޤާނނެއ ހިންގަން ފަށާނީ، އެދުވަހުގެ ކުރީދުވަސް ނިމޭ ހިސާބުންކަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ބެލުމުން އެނގެއެވެ. މީގެ އިތުރުން ޤާނޫނު ގައި ސަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އެއިގެ ބުރަ ދައުލަތަށް އަދި ފަރުދަކަށް ނުވަތަ އެހެން ފަރާތަކަށް ލިބިގެން ނުވާނެކަމަށާއި ނުވަތެ އުފުލަންނުޖެހޭކަމަށާއި، ވަކި ޙާލަތެއްގައި ޖިނާއީ އަދަބަކަށް ދެވޭ ލުއިގެ މަންފާ ފިޔަވައި، ފަހުން ހަދާ ޤާނޫނެއްގެ އަސަރު ނުވަތަ އެއިގެ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ޙާދިސާއެއްގެ މައްޗަށް ނހިނގުމަކު (retrospective application of law) ޢާއްމު އޞު ލެއްކަން ސާފުވާކަމަށާއި، އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤާނޫނީ ނިޒާމުތަކުގައިވެސް އިސްތިޤްރާރުވެފައިވާ އޞު ލެއްކަމަށާއ މި އޞު ލަށް ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގް 19 ވަނަ މާއްދާއިން އިތުރު ބާރުވެރިކަމެއް ދޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވެއެވެ. ޤާނ ނ ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނ ނ) ގެ 12 ވަނަ މާއްދާގެ (ބ). ބުނެވުނު ޤާނޫނުގެ 18 ވަނަ މާއްދާ.
2015/SC-A/08 ޤަޟިއްޔާގައިވެސް ފާހަގަ ކުރައްވާފައިވެއެވެ. ޤާނނަށ ނުވަތް ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވަޒީފާގެ މައްސަލައަކަށް ރަޖުޢީކޮށް ޤާނޫނު ތަޠުބީޤު ކުރުމުގައި މީގެ ކުރިން ދިވެހިރާއްޖޭގެ ހައކޯޓުނި ޢަމަލުކޮށްފައިވާ ގޮތް
15ޕްރިސިޑެންސް 3ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2009/HC-A/203 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށުނު ތާރީޚާއި އެ ޤާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އުފެދި އެ ޓްރައިބިއުނަލުން ޢަމަލީ ގޮތުން މަސައްކަތް ފެށުނު ތާރީޚާއި ދެމެދު އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތަކުގައި ޢަމަލު ކުރާނެ ގޮތެއް ކަނޑައެޅިގެން ދިޔަ ޤަޟިއްޔާއެކެވެ. ބުނެވުނު ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އެއް ގޮތަކީ، ވަޒީފާއާބެހޭ ޤާނނަށ ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާނެތީ އެ ތާރީޚުގެ ކުރިން އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންދަނީ ކަމާބެހޭ ކޯޓުތަކަށް ކަމަށެވެ. ބުނެވުނު ޤަޟިއްޔާގައި ކަނޑައެޅުނު ދެވަނަ ގޮތަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލެއް އުފެދި ޢަމަލީ ގޮތުން މަސައްކަތް ފެށުނުއިރު އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތަކުގެ ތެރެއިން 3 މަސް ދުވަސް ފާއިތުވެފައިވާ މައްސަލަތަކުގައި، އިންސާފު ޤާއިމުކުރުމުގެ އިޚްތިޞާޞް ޝަރުޢީ ކޯޓުތަކަށް ލިބި އޮންނާނެކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/203 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ހ) ބުނެވުނު ރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ށ) ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމުމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އޞު ލ މި މައްސަލައަށް ތަޠުބީޤކުރުނު
16ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި، ފަހުން ހަދާ ޤާނޫނެއްގެ އަސަރު ނުވަތަ އެއިގެ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ޙާދިސާއެއްގެ މައްޗަށް ނުހިނގުމަކީ )law of application retrospective) ޢާއްމު އޞު ލެއްކަނ ސާފުވާކަމަށް ބަޔާންކުރުމަށްފަހު، ޤާނޫނުގައި ސަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އެއިގެ ބުރަ ދައުލަތަށް އަދި ފަރުދަކަށް ނުވަތަ އެހެން ފަރާތަކަށް ލިބިގެން ނުވާނެކަމަށް ނުވަތަ އުފުލަން ނުޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.
17ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/203 ޤަޟިއްޔާ ނިންމެވުމުގައި ބިނާކޮށްފައިވާ މައިގަނޑު ހަމައަކީ، ޤާނޫނަށް ގެނެވޭ އިސްލާޙު ރަޖުޢީކޮށް ތަޠުބީޤު ކުރުމުގެ ސަބަބުން، އިންސާފު ހޯދުމަށްޓަކައި ޝަކުވާ ހުށަހެޅުމަށް އޮތް ދޮރު ބަންދުވާގޮތް މެދުވެރިވާ ޙާލަތުގައި، އިންސާފު ޤާއިމުކުރުމަށް ކޯޓު ތަކުގެ ދޮރު ހުޅުވާލަންޖެހޭކަން ބަޔާންކުރުމެވެ.
18ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙުގައި، އެ ޤާނނަށ ޢަމަލް ކުރަން ފެށުމުގެ ކުރިއަށް އުފެދިފައިވާ ވަޒީފާގެ މައްސަލަތަކަށް ފަހުން ގެނެވުނު އިސްލާޙު، ރަޖުޢީކޮށް ތަޠުބީޤު ކުރެވޭނެކަމަށް ބަޔާންކޮށްފައެއްނުވެއެވެ. އަޙްމަދު ޒަކީ އަދާކުރަމުން ދިޔަ ވަޒީފާގެ ބާވަތުން އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރި އިރު، އޭނާއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާ ކުރެވިފައިވާ ފަރާތެއްކަމުން އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އޭރު ލިބި އޮތީ ސިވިލް ކޯޓަށެވެ.
19ޕްރިސިޑެންސް 4ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާ ކުރެވިފައިވާ ފަރތްތަކުގާ ވަޒީފާއިން ވަކިކޮށްގެން ހުށަހެޅ މައްސަލަތަކަކީ، ކުރިން ޢަމަލު ކުރަމުންދިޔަ އޞު ލުތަކުގެ މައްޗަށް ބަލާއިރު، އެ މައްސަލައެއް ވަކި މުއްދަތެއްގެ ތެރޭގައި ކޯޓަށް ހުށަހެޅުން ޤާނޫނަކުން ލާޒިމް ކޮށްފައިވާ ބާވަތުގެ މައްސަލަތަކެއް ނޫނެވެ. އެއާއި ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅަންޖެހޭނަމ އެފަދަ މައްސަލައެއް ހުށަހަޅަން ވަޒީފާއާބެހޭ ޤާނނުނ ލާޒިމް ކުރް ވަކި މުއްދަތެއް އޮވެއެވެ. އެއީ ވަޒީފާއިން ވަކިކުރި ތާރީޚުން ފށިގެނެ 03 މަސް ދުވަހުގެ ތެރޭގައެވެ. އެ ނޫންގޮތަކަށް ހުށަހެޅޭ މައްސަލައެއް ބަލައިގަނެ މައްސަލަ ހިންގުމުގެ އިޚްތޞާޞި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާކަން ވަޒީފާއާބެހޭ ޤާނނަށ ބެލުމުން އެނގެއެވެ.
20ވަޒީފާއާބހެ ޤާނޫނަށް 6 ވަނަ އިސްލާޙު ގެނއުމުގަ ޤާނޫނު ފާސްވުމާއިއެކު، އެ ޤާނނަށ ޢަމަލް ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވަޒީފާގެ މައްސަލަތަކުގެ ގޮތުގައި ހިމެނޭ، ހިންގުމުގެ އިސްމަޤާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަ ކަކީވެސ ވަޒީފާއާބެހް ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނެ މައްސަލަތަކެއްކަމުގައި ބަލަންޖެހުމުގ އެއެ ނަތީޖާއަކަށްވާނީ، އެފަދަ ފަރާތެއް ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަވެސް، ވަޒީފާއިން ވަކިކުރިތާ ތިން މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ޖެހުމެވެ. އަދި އެކަމުގެ ދެވަނަ ނަތީޖާއަކަށްވާނީ ވަޒީފާއާބެހޭ ޤާނނުގައ ބުނި ތިން މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެފަދަ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު ތަނަވަސްވެފައި ނެތްފަރާތްތަކަށް އިންސާފު ހޯދުމަށް އޮތް ދޮރު ބަންދުވުމެވެ. އެފަދަކަމެއް މެދުވެރިވުމަކީ، ޤާނޫނަށް ގެނެވުނު އިސްލާޙެއް ރަޖުޢީކޮށް ތަޠުބީޤުކުރުމުގެ ސަބަބުން އެކަމުގެ ބުރަ އެކަން ރައްދުވާ ފަރާތަކުން އުފުލަންޖެހުމެވެ. ވަޒީފާއާބެހޭ ޤާނ ނަށް 06 ވަނަ އިސްލާޙު ގެނައުމުގެ ޤާނ ނަށް ޢަމަލުކުރަން ފެށުމުގެ ކުރި. ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައި ބުނަނީ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމަށެވެ.
21މި މައްސަލައިގައި ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު އަޙްމަދު ޒަކީއަށް މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ޤނނު ލާޒިމްކުރާ ތިން މަސްދުވަސް ދެން ލިބޭނެ ގޮތެއް ނެތެވެ. ވަޒީފާއާބެހޭ ޤާނޫނު ލާޒިމްކުރަނީ ވަޒީފާއިން ވަކިކުރިތާ 3 މަސްދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަން ކަމުގައިވާތީ އެފަދަ ފުރުސަތެއް އަޙްމަދު ޒަކީއަށް ލިބޭނެ ގޮތަކީ ކޮބައިކަން އެނގޭކަށްނެތެވެ. މިއީ އެކަމުގެ މައްޗަށް ވަޒީފާއާބެހޭ ޤާނޫނުން ފަރުވާދީފައި އޮތްކަމެއް ނޫނެވެ. މިހެންކަމުން އަޙްމަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓަށް ބެލެންނެތް މައްސަލައެއްކަމަށް ކަނޑައެޅުމުގެ ނަތީޖާއަކަށްވާނީ އިންސާފު ހޯދުމަށް އަޙްމަދު ޒަކީއަށް އޮތް ފުރުސަތު އެކުގައި ބަންދުވުމެވެ. އެފަދަކަމެއް މެދުވެރިވާ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙު ރަޖުޢީކޮށް ތަޠުބީޤު ކުރެވޭ ކުރުމަކީ އަޙްމަދު ޒަކީ އުފުލަންޖެހޭ ބުރައެކެވެ. އެފަދަ ބުރައެއް އުފުލަންޖެހޭ ގޮތަށް ވަޒީފާއާބެހޭ ޤާނނށަ ގެނެވުނު 06 ވަނަ އިސްލާޙު އަޙް މަދު ޒަކީގެ މައްޗަށް ތަޠުބީޤު ނުކުރެވުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި ރަޖުޢީކޮށް ޤާނޫނު ތަޠުބީޤު ކުރުމުގައި ކަނޑައަޅާފައިވާ މަފްހޫމެވެ.
22ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މި މައްސަލައިގައި އަހުރެންގެ ރައުޔަކީ، އަޙްމަދު ޒަކީގް ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، ސިވިލް ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމަށް އެކޯޓުން ނިންމަވާފައިވ ނިން މުމަށ ބަދަލް ގެންނަންޖެހޭކަމވެ. އަދި އެ މައްސަލައަކީ، ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައަޅަން ޖެހޭކަމެވެ.
23ސިވިލް ކޯޓުގެ ނަންބަރު C(A)/2020-09/Cv "ރަޖިސްޓް ރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް" އިސްތިއުނާފުކުރަމުން އަޙްމަދު ޒަކީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާއަކީ؛
23.1. ސިވިލް ކޯޓުގެ ނަންބަރު C(A)/2020-09/Cv ނިންމުމާގުޅޭ މައްސަލައަކީ، ޤާނޫނު ނަންބަރު 2020/22 ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ގެނެވުނު 6 ވަނަ އިޞްލާޙު) ގ ކުރިން ހިނގާފައިވާ ހާދިސއަކ ގުޅާ މައްސަލައަކަށްވާއިރު، ޤާނޫނު ނަންބަރާ 2020/22 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ގެނެވުނު 6 ވަނަ އިޞްލާޙު) ގައި ބަޔާންކޮށްފައިވާ އުޞޫލުތައް ސިވިލް ކޯޓުގެ ނަންބަރު C(A)/2020-09/Cv މައްސަލައަށް ރަޖުޢީކޮށް ޤާނނ ތަޠުބީޤު ކޮށްފައިވަނީ، ރަޖުޢީކޮށް ޤާނޫނު ތަޠުބީޤުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 40.1 40.2 , އަދި 40.3 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ އުޞލުތަކ ޚިލާފަށާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އޙި މަދު ޒަކީގެ ފްރާތުން ހައިކޯޓުގައި ފާހަގަކުރި ކަންކަން
24ސިވިލް ކޯޓުގެ ނިންމުން ރަނގަޅުނންކަން ބަޔާންކުރުމުގެ ގޮތުން، އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް އަޙްމަދު ޒަކީގެ ފަރާތުން ހައިކޯޓުގައި ފާހަގަކުރި މައިގަނޑު ކަންތައްތަކަކީ؛
24.1. ޤާނ ނ ނަންބަރު 2020/22 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 06 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ތަޞްދީޤުކޮށް އެ ޤާނޫނަށް ޢަމަލުކުރުމާ ހަމައަށް، ހިންގުމުގެ އިސް މަޤާމެއް އަދާކުރާ ފަރާތަކާމެދު ވަޒީފާދޭ ފަރާތުން އަޅާ ފިޔަވަޅުތަކާގުޅޭ، ވަޒީފާއާބެހޭ މައްސަލަތައް ބަލަމުންދިޔަ ކޯޓަކީ ސިވިލް ކޯޓުކަމަށެވެ.އެއީ، އެފަދަ މަޤާމުތަކުގައި ވަޒފ އަދާކުރާ ފަރާތްތައް، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވެގެންވކަމަށާ ވަޒީފާއާބެހް ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީކަމުގައެވެ.
24.2. އަޙްމަދު ޒަކީ ވަޒީފާއިން ވަކިކުރިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނަށް ބަލާއިރު، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާކަމަށާއި، އަދި އަޙްމަދު ޒަކީ ވަޒީފާއިން ވަކިކުރިއިރު އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައި އޮތީ ސިވިލް ކޯޓަށް ކަމުގައެވެ.
24.3. ޤާނޫނު ނަންބަރު 2020/22 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު ) އަށް 06 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގައި، އެޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތައް، އެ ޤާނޫނު އައުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް ހިނގާނެ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ.
24.4. ރަޖުޢީކޮށް ޤާނޫނު ތަޠުބީޤުކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ މައްޗަށް ބަލާއިރު، ވަކި ހާލަތެއްގައި އަދަބަކަށް ދެވޭ ލުއިގެ މަންފާ ފިޔަވައި، ފަހުން ހަދާ ޤާނޫނެއްގެ އަސަރު ނުވަތަ އެއިގެ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ޙާދިސާއެއްގެ މައްޗަށް ނުހިނގުމަކީ )retrospective application of law( އާންމު އުޞ ލެއްކަން ސާފުވާކަމަށާއި، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤާނޫނީ ނިޒާމުތަކުގައިވެސް އިސްތިޤްރާރުވެފައިވާ އުޞ ލެއްކަމަށާއި، އެ އުޞ ލަށް ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން އިތުރު ބާރުވެރިކަމެއް ދޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށެވެ.
24.5. ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު، މިމައްސަލަގައި ބަޔާންކޮށްފައިވާ އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަމަކަ ށ، އެ އިޞްލާޙުގައި ބަޔާންކޮށްފައިވާ އުޞޫލުތައް ހިނގާނެ ޙާލަތަކީ، ކުރިން ހިނގާފައިވާ ކަންކަމަށް ފަހުން މި ގެނެވުނު އިޞްލާޙުގައި ބަޔާންކޮށްފައިވާ އުޞޫލުތައް ހިނގާނެކަމަށް ޞަރީޙަކޮށް އެ ޤާނޫނުގައި ބަޔާންކށްފައިވޮ ޙާލަތުގައިކަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ބ) އާއި، އިސްވެ ބަޔާ ންކުރެވުނު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުން އެނގޭކަމުގައެވެ.
24.6. އިސްވެ ބުނެވިދިޔަ ކަންކަމަށް ބުރަވެ، އަޙމް ދ ޒަކީގެ ފަރާތުން ދެކެނީ، އ ޙަ މަދު ޒަކީ ވަޒް ފާއިނީ ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 2020/22 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު ) އަށް 06 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކަމުގައިވާތީ، އަޙްމަދު ޒަކް ވަޒީފާއިން ވަކިކުރިއިރު، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައި އޮތީ ސިވިލް ކޯޓަށް ކަމުގައިވާތީ، އަޙްމަދު ޒަކީ ވަޒީފާއިން ވަކިކުރި މައްސަލަ ބަލަންޖެހޭނީ ސިވިލް ކޯޓުން ކަމުގައެވެ.
25މި މައްސަލާގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ، އަޙް މަދު ޒަކީ ވަޒީފާއިން ވަކިކުރި މައްސަލަ ބަލަންޖެހޭނީ، އަޙް މަދު ޒަކީ ވަޒީފާއިން ވަކިކުރިއިރު އެފަދަ ވަޒީފާގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އތޮ ސިވިލް ކޯޓުން ތޯ؟ ނުވަތަ އަޙްމަދު ޒަކީގެ ވަޒީފާގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ ކުރިން، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް، ވަޒީފާއާބެހޭ ޤާނޫނަށް 22 ސެޕްޓެމްބަރު 2020 ތާރީޚުގައި ގެނެވުނު އިޞްލާޙުން ގެއްލި، ވަޒީފާގެ އެފަދަ މައްސަލަތައްވެސް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ ތާރީ ޚުނ ފެށިގެން ލީބިފައިވާތީ އޙަ މަދު ޒަކީގެ ވަޒޭ ފާގެ މި މައްސަލަ ބަލަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުންތޯ؟ މި ނުކުތާގެ މައްޗަށެވެ. ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ކުރިން ވަޒީފާގެ މިފަދަ މައްސަލަތަކުގައި ޢަމަލުކުރެވުނު ގޮތް
26ޤާނނ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ ހަތަރވަނު ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކުން އިސްތިސްނާކުރެވިފައިވާ ފަރާތްތައް ބަޔާންކޮށްފައިވާ މާއްދާއެކެވެ. އެ މާއްދާގައި ބުނާ، ވަޒީފާއާބެހޭ ޤާނޫނުގެ 04 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކުން އިސްތިސްނާ ލިބިގެންވާ ފަރާތްތަކުގެ ތެރޭގައި، ހިންގުމުގެ އިސް މަގާމުތަކުގައ ތިބި މީހުންވެސް ހިމެނެއެވެ. މި ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާކޮށްފައި ވުމުން، އެ މާއްދާއިން އިސްތިސްނާކޮށްފައިވާ ފަދަ މީހަކު ވަޒީފާއިން ވަކިކޮށްގެން ހުށަހަޅާ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލޭގޮތް ނުވެއެވެ. ވުމާއެކު، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއަށް 22 ސެޕްޓެމްބަރު 2020 ގައި އިސްލާޙު ގެނެވުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި އިސްތިސްނާކޮށްފައިވާ ފަރާތެއް ވަޒީފާއިން ވަކިކޮށްފިނަމަ އެފަދަ މައްސަލަތައް ބަލަމުން ގެންދިއައީ ސިވިލް ކޯޓުންނެވެ. އެއީ، އެފަދަ ފަރާތްތަކުގެ މައްސަލަތައް އޭރު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމުގެ އިޚްތިޞާޞް ނެތްއިރު، އެފަދަ މައްސަލަތަކުގައިވެސް އިންސާފު ޤާއިމުކުރވެންޖެހޭތީ، ސިވިލް ކޯޓަށް އެފަދަ މަދަނީ މައްސަލަތައް ބެލުމަށް ލިބިފައި އޮތް ޢާންމު އިޚްތިޞާޞުގެ މައްޗަށް ބިނާކޮށްގެންނެވެ. ވަޒީފާއާބެހޭ ޤާނޫނުގާ 34 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙު
27ޤާނޫނު ނަންބަރު 2020/22 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާހު ގެނައުމުގެ ޤާނނުނ ވަޒީފާއާބެހް ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއަށްވެސ އިޞްލާޙް ގެނެވި، މި އިޞްލާޙަށް 22 ސެޕްޓެމްބަރު 2020 އިން ފެށިގެން ޢަމަލުކުރަނެ ފަށާފައިވެއެވެ. ޤާނޫނަށް ގެނެވުނު މި އިޞްލާޙުގައި، އިސްތިސްނާވާ މުވައްޒަފުނގް ގޮތުގައި 34 ވަނަ މާއްދާގެ
(ހ) ގައި މިހާރު ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ؛ "ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް މި ޤާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިން އިސްތިސްނާވާނެއެވެ." މިފަދައިންނެވެ. ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު މި އިސްލާޙުގެ ދަށުން، 34 ވަނަ މާއްދާގެ (ހ) ގައި ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ އިސްތިސްނާ ކުރެވިފައި ނެތެވެ. ވުމާއެކު، ފަހުން ގެނެވުނު އިސްލާޙުގެ ދަށުން، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ހިމެނޭ ފަރާތްތަކުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ދެއެވެ. އަދި އެފަދަ ވަޒީފާގެ މައްސަލަތައް ސިވިލް ކޯޓުން ބަލަމުން އައި އައުން ނިމުމަކަށް އަންނާނެއެވެ.
28މި މަބުދައ އަކު ޒަމާންވީ ޤާނޫނީ ޢާންމު މަބްދައެކެވެ. މި މަބުދައުގެ މަފްހ މަކީ، ޤާނޫނު ތަޠްބީޤުކުރެވޭނީ ޤާނނަށ ޢަމަލުކުރަން ފެށިފަހުން ހިނގާ ހާދިސާ ނުވަތަ ކަމެއްގެ މައްޗަށް ކަމުގައިވުމެވެ. ޤާނނ ކަށް ޢަމަލުކުރުމަށް ފެށުމާއެކު، އެ ޤާނޫނުގައި ކަނޑައެޅިފައިވާ ކަންކަމުގެ މައްޗަށް އެޤާނނަށ ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން ޢަމަލުކުރެވުމެވެ. އަދި އެހިނދުން ފެށިގެން ކުރީގެ ޤާނނަށ ޢަމަލުކުރުން ހުއްޓާލެވުމެވެ.
29ވުމާއެކު ޝާރި ޢު ނުވަތަ ޤާނޫނު ހަދާ ފަރާތުން ޤާނނެއ ފާސްކޮށް އެޤާނނަށ ޢަމަލުކުރަން ފެށިއްޖެނަމަ، އެޤާނޫނު ފާސްވުމުގެ ކުރިން ހިނގާފައިވާ ޤާނޫނީ ޙާލަތް ތަކާއި އުފެދި ފައިވާ ޤާނޫނީ މަރުކަޒުތަކުގެ މައްޗަށް އާ ޤާނޫނު ނުހިނގާނެއެވެ. ނަމަވެސް އެޤާނޫނު ހިނގާނީ އެ ޤާނނަށ ޢަމަލުކުރަން ފެށިފަހުން ދިމާވާ ޙާލަތްތަކުގެ މައްޗަށެވެ.
30ދުސްތ ރީ އުޞޫލަކީ އަދި ކޯޓުތަކުން ޢަމަލުކުރާ ގޮތަކީ، ޤާނނަށ ޢަމަލުކުރަން ފެށުމަށްފަހު ހިނގާ ކަންކަމުގެ މައްޗަށް ނޫނީ ޤާނޫނު ނުހިންގުމެވެ. ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް އާ ޤާނޫނުގެ އަސަރު ނުކުރުމެވެ. މާނައަކީ، ޤާނނަށ ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަންކަމާއި އުފެދިފައިވާ ޤާނޫނީ މަރުކަޒު (الوضع القانوني (legal status ތަކުގެ މައްޗަށް އެ ޤާނޫނެއް ތަޠުބީޤު ނުކުރެވުމެވެ. އެފަދަ ކަންކަމާއި އެފަދަ ޤާނޫނީ މަރުކަޒުތަކުގެ މައްޗަށް ގޮތް ކަނޑައެޅޭނީ އެކަމެއް ހިނގިއިރު ޢަމަލުކުރެވެމުން ދިޔަ ޤާނޫނުގެ ދަށުންނެވެ. އެއީ "مبدأ عدم رجعية القوا نين" އަށް ޢަމަލުކުރުމުގެ ގޮތުންނެވެ.
31ޤާނޫނީ މި ޢާންމު މަބްދއަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2008/SC-C/02 (ސޯޝަލް ލިބަރަލް ޕާޓީ ވ. އިލެކްޝަންސް ކޮމިޝަން) ގައި، ކަނޑައެޅިފައިވެ އެވެ. އަދި މިޤަޟިއްޔާއަށް ޙަވާލާދީ، ދިވެހިރާއްޖޭގާ ހައިކޯޓުގެ ނަންބަރު 2011/HC-A/210 ޤަޟިއްޔާގައި ވެސް މި މަބްދައު ނުވަތަ މި އުޞޫލު ބަޔާންކޮށްފައިވެއެވެ. . ދިވެހިރާއްޖޭ ގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-C/02 ޤަޟިއްޔާ (ސ ޝަލް ލިބަރަލް ޕާޓީ ވ. އިލެކްޝަންސް ކޮމިޝަން) ގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 8 ވަނަ ނުކުތާ. . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/210 ޤަޟި އްޔާ ނިމުނުގޮތުގެ ޚުލާޞާގެ އަޣުލަބިއްޔަތު ރައުޔުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ރ).
32ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 (މ ސ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާގައިވެސް ބަޔާންކޮށްފައިވަނީ މި ޢާންމު އުޞޫލެވެ. ޖިނާއީ މައްސަލަތަކުގައި ރަޖުޢީކޮށް ޤާނޫނު ތަޠުބީޤުނުކުރުން
33ޖިނާއީ ކުށްތަކުގައިވެސް، ދުނިޔޭގެ ތަފާތު ޤާނޫނީ ނިޒާމުތަކުގައި ބަލައިގަނެފައިވާ "الجريمة إال بموجب القانون" މި މަބްދައު ގެ މައްޗަށް ބިނާކޮށް، ޤާނނަށ ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކުށުގެ ޢަމަލުތަކުގެ މައްޗަށް ޤާނނ ހިންގުނު އުޞ ލެއްގެ ގޮތުން ހުއްދަކުރެވިފައި ނުވެއެވެ. ނަމަވެސް، އަލަށް ވުޖދުވ ނުވަތި ޢަމަލުކުރަން ފެށުނު ޤާނޫނުގައި، އެ ކުށަށް ކަނޑައެޅިފައިވާ އަދަބު ލުއިނަމަ، މުއްތަހަމުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ފަހުން ހެދުނު ޤާނޫނުގައިވާ އެފަދަ ކުށަށް ދިނުމަށް ހަމަޖެހިފައިވާ އަދަބު ކަނޑައެޅެއެވެ.
34އަސްލަކީ ޤާނޫނުގެ ދަށުން ނުވަތަ ޤނނަށާ ޢަމަލުކުރެވެމުން ދިޔައިރު، ކުރި ކުށުގެ ޢަމަލުގެ މައްޗަށް ޤާނނ ހިންގުމެވެ. ނަމަވެސަ މުއްތަހަމަށް ލުއި ލިބޭ ހާލަތުގައި (القانون األصلح للمتهم)، މި އަސްލުން އިސްތިސްނާކުރެވި، ފަހުން ވުޖޫދުވެ، ޢަމަލުކުރަން ފެށުނު ޤާނޫނުގައި، އެކުށަށް ކަނޑައެޅިފައިވާ އަދަބު، ކުރީގެ ޤާނޫނުގައި (ނުވަތަ ކުށުގެ ހާދިޘާ ހިނގިއިރު ޢަމަލުކުރެވެމުންދިޔަ ޤާނޫނުގައި) ކަނޑައެޅިފައިވާ އަދަބށްވުރަ ލުއިކުރެވިފައިވާނަމަ، މުއްތހަމުގަ މައްޗަށް އަދަބު ކަނޑައެޅުމުގައި ތަޠުބީޤުކުރެވޭނީ ފަހުގެ ޤާނޫނެވެ. މި އުޞ ލ ދިވެހިރާއްޖޭގު ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވެއެވެ. އަދި ދިވެހިރާއްޖޭ ގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/23 ޤަޟިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 (މ ސ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު. (ނުކުތާ 40.) އޮފީސް ވ. ޙަސަން ޢަބްދަﷲ އަދި އެހެން މީހުން) ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 07 ގެ (ށ)، (ނ) އަދި
(ރ) ގައި ވެސް މިއުޞ ލ ބަޔާންކޮށްދީފައިވެއެވެ. މަދަނީ މައްސަލަތަކުގައި ރަޖުޢީކޮށް ޤާނޫނު ތަޠުބީޤުނުކުރުން
35މަދަނީ މައްސަލަ ތަކުގައި ވެސް އުޞ ލެއްގެ ގޮތުން ޢަމަލުކުރެވޭނީ ޤާނނއެގެ ދަށުން، އުފެދިފައިވާ ނުވަތަ ލިބިފައިވާ ޤާނޫނީ މަރުކަޒތައު (الوضع القانوني (legal status ނުވަތަ ޙައިސިއްޔަތުތއް، ފަހުން ޤާނޫނު ބަދަލުވި ނުވަތަ އިސްލާޙު ކުރެވުނު ކަމުގައި ވިޔަސް ކުރިން އޮތްގޮތަށް ދެމިއޮންނަ ގޮތަށެވެ. އެގޮތުން، މިސާލަކަށް، ޢިމާރާތެއް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރު ކަމަށް ޤާނޫނެއްގައި ބަޔާންކޮށްފައި ވަނިކޮށް، ދެފަރާތުގެ ދެމެދުގައި އުފެދޭ ކުއްޔަށް ދިނުމުގެ މުއާމަލާތެއްގައި 20 އަހަރަށް ތަނެއް ކުއްޔަށް ދިނުމަށް އެއްބަސްވެފައި އޮއްވައި، ފަހުން ޤާނޫނު ބަދަލުވެ ނުވަތަ އިސްލާޙުވެ އެފަދަ ތަންތަން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 08 އަހަރު ކަމަށް، ފަހުގެ ޤާނޫނުގަ އ ކަނޑައެޅިފައިވީނަމަވެސް އެމުޢާމަލާތް ކުރިއިރު އޮތް ޤާނޫނާ އެއްގޮތަށް، 20 އަހަރަ ށ އެތަން ކުއްޔަށް ދިނުމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ސައްޙަކަންމަތީ ދެމިއޮންނާނެއެވެ.
36ޤާނޫނުގައި އެހެންގޮތަކަށް ކަނޑައަޅައި ސާފުކޮށް ބަޔާންކޮށްފައިނުވާނަމަ، ޢަމަލުކުރެވޭނެ ގޮތަކީ މިއީއެވެ. އިސްތިސްނާ ޙާލަތްތަކުގައި، ފަހުން ހެދޭ ޤާނޫނެއްގައި، މަންފާއެއް ނުވަތަ ބުރައެއް ފަރުދަކަށް ނުވަތަ ދައުލަތަށް ނުވަތަ އެހެން ފަރާތަކަށްވިޔަސ ލިބިދިނުން ނުވަތް އުފުލަން ޖެހޭގޮތަށް ޤާނޫނު ހަދާ ފަރާތުން ކަނޑައެޅިދާނެއެވެ. މިފަދަ އިސްތިސްނާ ޙާލަތްތައް ކަނޑައެޅިދާނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ . ޤާނ ނ ނަންބަރު 2010/7 (ދިވެ ހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނ ނ) ގެ 145 ވަނަ މާއްދާގައި މިފަދަ އިސްތިސްނާއެއް ކަނޑައެޅިފައިވެއެވެ. އެ މާއްދާގައިވަނީ "07 އޮގަސްޓް 2008 ން ފެށިގެން، މި ޤާނޫނުގެ ދަށުން އުފައްދާ ކައުންސިލްތައް އުފެއްދުމ ދެމެދާ ހިނގާ މުއްދަތުގެ ނަންބަރު 2015/SC-A/08 ޤަޟިއްޔާ (ޢަބްދުލްމަޖީދު ވ. މާލޭ ސިޓީ ކައުންސިލް) ގެ 35 ވަނަ ނުކުތާގައިވެސް ފާހަގަކޮށްފައިވެއެވެ. އިޖުރާއީ ނުވަތަ ޝަކުލީ ޤާނޫނީ ޤަވާއިދު ތައު ތަޠުބީޤކުރުމުގައ " " އަށް ޢަމަލު ކުރެވޭ ގޮތް
37މިފަދަ ޤާނނތައު ކަމުގައް ބަލާނީ މައްސަލަތައް ބަލައި، ޝަރީޢަތްކުރުން ތަނޡްމް (تنظيم) ކުރުމާއި ގުޅޭ، ޝަކުލީ ޤަވާއިދުތައ ހިމެން ޤާނނުތަކަށެވެ. މިފަދަ ޤާނޫނު ތަކުގެ ތެރޭގައި ހިމެނެނީ ކޯޓުތައް އެކުލަވައިލުމާއި ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ އިޚތިޞާޞު ކަނޑައެޅުމާއި، ތަޙްޤީޤާއި ޝަރީޢަތު ކުރުމާއި ޙުކުމް އިއްވުމާއް ޙުކުމްތައް ތަންފީޒު ކުރެވޭ ގޮތްތަކާއި، އަދަބުތައް ތަންފީޒުކުރެވޭނެ ގޮތްތަކާއި މިކަންކަމުގެ އިޖުރާއާތުތައް ތަންޡީމު (تنظيم) ކުރާ ޤާނޫނުތަކެވެ.
38މިފަދަ ޤަވޢާ ދުތަކުގެ ޢާއްމު މަބުދި އަކީ، މިފަދަ ޤަވޢާ ދުތަކަށ ޢަމަލް ކުރެވޭނީ ކޮށް އަދިގައި ހިނގާފައިވާ ކަންކަމުގެ މައްޗަށްވެސް ހިނގި ގޮތަށްކަމަށެވެ. މިފަދަ ޤާނޫނަކަށް ޢަމަލުކުރަން ފެށުމާއެކު، އޭގެ ފަހުން އުފުލޭ ދައުވާތަކުގެ މައްޗަށާއި، ހިންގޭ ތަޙުޤީޤު ތަކުގެ މައްޗަށްވެސް ޢަމަލުކުރެވޭނީ އެ ޤާނޫނުގައި ކަނޑައެޅިފައިވާ ޤވާއިދުތަކާއި އ ޞު ލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވުމާއެކު، މިފަދަ إجرائي، شكلي قواعد ތަކަށް ޢަމަލުކުރުމުގައި، ތިމަންނާގެ މައްޗަށް ހިންގަން ޖެހޭނީ، މިސާލަކަށް، ކުށުގެ ޙާދިސާއެއްނަމަ، އެ ޙާދިސާ ހިނގިއިރު އެފަދަ މައްސަލަ ތަޙުޤީޤުކޮށް، ޝަރީޢަތް ހިންގުމަށް އޮތް އިޖުރާއީ ޤަވާޢިދުތައް ކަމަށާއި، އަދި ތިމަންނަގެ މައްސަލަ ބެލޭނީ ކުށުގެ ޙާދިސާ ހިނގިއިރު އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އޮތް ތެރޭގައި މިޤާނޫނުގެ ދަށުން ވަކި ކ އުންސިލެއްގ އިޚްތިޞާޞްގެ ތެރޭގައި ހިމަނާފައިވާ ދާއިރާއެއްގެ ތެރޭގައިވާ މުދަލެއް ނުވަތަ މާލިއްޔަތަކާގުޅޭގޮތުނ އެއްވެސް އެއްބަސްވުމެއް ކުރެވިފައިވާނަމަ، އެ އެއްބަސްވުމެއް ދެމި އޮންނާނީ މިޤާނޫނުގެ ދަށުން އެމުދަލެއް ނުވަތަ މާލިއްޔަތެއް ނިސްބަތްވަ ކައުންސިލަކަނ އެއް ޞައްޙަ އެއްބަސްވުމެއްކަމަށް ޤަބލުކުރާނަމައެވެ. އެފްދަ އެއްބަސްވުމެއް ބަލައިގަތުމަށް ކައުންސިލުން އެއްބަސްނުވާނަމަ އެ އެއްބަސްވުން އެދުވަހަކުނ ފެށިގެން ބާޠިލުވާނެއެވެ." ކޯޓަށްކަމަށާއި، ކުށުގެ ޙާދިސާ ހިނގި ފަހުން އިޚަތިޞާޞ އެހެން ކޯޓަކަށް ބަދަލުވެފައިވިޔަސް އެކޯޓުންއ މައްސަލެ ނުބެލޭނެކަމަށް ނުބުނެވޭނެއެވެ. އަދި އެފަދައިން ބުނާ ބުނުމަކީ ބަލައިގަނެ ޢަމަލު ކުރެވޭނެ ބުނުމެއްވެސް ނޫނެވެ.
39إجرائي، شكلي قواعد ތަކަށް ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން އަދި މައްސަލަތައް ބަލައި ތަޙުޤީޤުކުރާ ފަރާތްތަކުންވެސް ޢަމަލުކުރުމުގައި، ޖިނާއީ މައްސަލަތަކެކޭ އެއްފަދައިން މަދަނީ މައްސަލަތަކުގައިވެސް، އުޞ ލެއްގެ ގޮތުން ބަލަންޖެހޭނީ އެކުށުގެ ޙާދިސާ ހިނގިއިރު ނުވަތަ އެ މަދަނީ މުޢާމަލާތް ހިނގިއިރު، ނވަތު މަދަނީ މުޢާމަލާތާ ގުޅިގެން ދެފަރާތުގެ ދެމެދުގައާ ޚިލާފުއުފެދުނުއިރު، ނުވަތަ ވަޒީފާއާގުޅޭ މައްސަލައެއް ނަމަ ވަޒީފާއިން ވަކިކުރިއިރު އެފަދަ މައްސަލަތަކުގައި ކޯޓުން ނުވަތަ ޓްރައިބިއުނަލުން އަމަލުކުރުމަށް އޮތް އިޖުރާއީ، ޝަކުލީ ޤަވާޢިދުތަކަށް ޢަމަލުކުރުމަކަށްނނެވެ. ނަމަވެސް، އެ ކުށުގެ ޙާދިސާ ނުވަތަ މަދަނީ މުޢާމަލާތް ނުވަތަ ވަޒީފާގެ މައްސަލަ ދެޚަޞްމުންގެ މެދުގައި ދިމާވިއިރ އޮތު ޤާނޫނު އިޞްލާޙުވީ ނުވަތެ ބަދަލުވެ، ކޯޓުގެ ނުވަތު ޓްރައިބިއުނަލް ގެ އިޚްތިޞާޞް ބަދަލުވެފައިވާނަމަ، ނުވަތަ މައްސަލަ ބެލުމުގެ އިޖުރާއާތު ބަދަލުވެފައިވާނަމަ އެގޮތުގެ މަތިން އެމައްސަލައެއް ބެލުމަށެވެ.
40ކޯޓުތަކުގެ އިޚް ތިޞާޞ ގުޅާ މާއްދާތައް، މައްސަލައެއް ކޯޓަށް ހުށަހެޅޭ މަރުޙަލާގެ އިތުރުން، މައްސަލައެއް ކޯޓަށް ހުށަހެޅުމަށްފަހު ހިންގައި ނިންމުމުގެ މަރުޙަލާގައިވެސް ތަޠުބީޤުވާނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/210 ޤަޟިއްޔާ (އަންވަރު ޢަލީ ވ. ނެތް) ގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި ބަޔާންކޮށްފައިވެއެވެ. . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/210 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރައުޔުގެ (ށ)ގެ ދެވަނަ ޕެރެގްރާފް.
41މިފަދަ إجرائي، شكلي قواعد ތަކަށް ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ޢަމަލުކުރުމުގައި، ޙާދިސާ ހިނގިއިރު އޮތް އިޚްތިޞާޞުގެ ދަށުން މައްސަލަ ބެލޭނީ، ނުވަތަ ޙާދިސާ ހިނގިއިރު އޮތް އިޖުރާއާތަށް ކޯޓުން ނުވަތަ ޓްރައިބިއުނަލުން ޢަމަލުކުރެވޭނީ ޤާނނުގައ އެކަނި އެގޮތަށް ޞަރީޙަކޮށް ކަނޑައަޅއ ބަޔާންކޮށްފައި އޮންނަ ޙާލަތުގައެވެ. މިފަދަ އިސްތިސްނާ ޙާލަތްތައް ޤާނޫނު ހަދާއިރު، ނުވަތަ ޤާނޫނު އިޞްލާޙުކުރާއިރު ހިމެނުމުގެ ބާރު ޤާނޫނު ހަދާ ފަރާ ތަށް ލިބިފައިވާނެއެވެ. ޤާނޫނެއް ހަދާއިރު، ނުވަތަ ޤާނޫނެއް އިޞްލާޙުކުރާއިރު، މިފަދަ ޙާލަތްތައް ދަނެގަނެ، ޤާނޫނުގައި ހިމަނަންޖެހޭތޯއާއި ނުހިމެނިއްޖެ ނަމަ، އިންސާފު ފޯރުކޮށްދިނުމުގެ މަގަށް އެޅިދާނެ ހުރަސްތަކަށް ޙައްލު ލިބޭ ގޮތަށް ޤާނޫނު ހެދުމަކީ ނުވަތަ އިސްލާޙުކުރުމަކީ ޝާރިޢުގ ނުވަތެ ޤާނނ ހަދާ ފަރާތުން ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އޞު ލުތައް މިމައްސަލައަށް ތަޠުބީޤު ކުރުން:
42އަޙް މަދު ޒަކީ އަކީ ސޮލަރެލ އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑުގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު 02 ޖެނުއަރީ 2019 އިން ފެށިގެން އަދާކުރަމުންދިޔަ ހިންގުމުގެ އިސް މޤަ މެއްގައ ހުރި ފަރާތެކެވެ. އަޙްމަދު ޒަކީ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރާކަމުގެ ނޯޓިސް ދީފައިވަނީ 28 ޖެނުއަރީ 2020 ގައެވެ.
43އަޙް މަދު ޒަކީ ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދިން މައްސަލަ އަޙް މަދު ޒަކީ ފުރަތަމަ ހުށަހެޅީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. އެއީ 25 ފެބްރއަރު 2020 ގައެވެ. ނަމަވެސް، އަޙމަދް ޒަކީ އަކީ ހިންގުމުގެ އިސް މަޤާމއްގައ ހުރި ފަރާތެއްކަމުން، އަޙެ މަދް ޒަކީ ވަޒީފާއިން ވަކިކުރި މައްސަލަ ބެލުމުގެ އިޚްތިޞާޞް އޭރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބި ފައިނުވެއެވެ. އެހެންކަމުން، ހިންގުމުގެ އިސް މަޤާމުތަކުގައި ވަޒީފާއަދާ ކުރާ މީހުންނަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާ ގެ (ހ) ގެ 5 ވަނަ ނަންބަރުން އިސްތިސްނާކެރެވިފައިވާ ބަޔަކަށްވުމުން، އަޙީ މަދު ޒަކީ ހުށަހޭ ޅ އެ މައްސަލައަކީ ވަޒް ފާއާބެހ ޓްރައިބިއުނަލނު ބެލެންނެތް މައްސަލައެއްކަމުގައި އ ޓރައިބިއުނަލުނ 30 އޭޕްރީލް 2020 ގައި ނިންމިއެވެ.
44އަޙް މަދު ޒަކީގެ ފަރާތުން ދެން އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުނުއިރު ވަނީ، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާހަށް 22 ސެޕްޓެމްބަރު 2020 ގައި ޢަމަލުކުރަން ފެށުމުން، މިފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓަރައިބިއުނަލަށް ލިބި، އަދި އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ގެއްލިފައެވެ. އެހެންކަމުން، އަޙް މަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭގޮތުން ސިވިލް ކޯޓުގެ ނަންބަރު D(RN)2020/39-144 (08 އޮކްޓބރަ 2020) ރަޖިސްޓްރާރގެ ނިންމުން ނިންމާފައިވަނީ އެ މައްސަލައަކީ ސިވިލް ކޯޓުން ބެލުމުގެ އިޚްތިޞާޞް ނެތް މައްސަލައެއްކަމުގައެވެ. ސިވިލް ކޯޓުގެ ރަޖިސްޓްރާރ އެގޮތަށް ނިންމި ސަބަބަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލައެއް ބެލުން އިސްތިސްނާ ކުރެވުނު ދާއިރާތަކާއި ފަރާތްތަކުގެ ވަޒީފާގެ މައްސަލަތައް ބެލުން މިހާރު އިސްތިސްނާ ކުރެވިފައި ނުވާކަން ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އިސްލާޙުން އެނގެން އޮތުމުންނާއި، އެހެން ޤާނޫނަކުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ އެންމެހައި ވަޒީފާގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިދެވިފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މައްޗަށް ބަލާއިރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަން އެނގެން އޮތުމުން، އަޙް މަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އެހެން ޤާނޫނަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލުން އިސްތިސްނާކޮށްފައިވާ ދާއިރާގެ ވަޒީފާގެ މައްސަލައަކަށް ނުވާތީ ކަމަށެވެ. . ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 45/VTR/2020 މައްސަލަ.
45ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ އެ ނިންމުން ރަނގަޅުނޫންކަމަށް ބުނެ އެ ނިންމުން އަލުން ބަލައި ދިނުމަށް އެދި އަޙްމަދު ޒަކީގެ ފަރާތުން 19 އޮކްޓ ބަރު 2020 ގައި ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުގެ އިސްޤާޟީ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު D(RN)2020/39-144 (08 އޮކްޓބަރޫ 2020) ރަޖިސްޓްރާރގެ ނިންމުން އެނޫން ގޮތަކަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، ރަޖިސްޓްރާރގެ އެ ނިންމުމަށް ތާއީދުކޮށް އެގޮތުގެ މަތިންނެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި މިވަނީ ސިވިލް ކޯޓުގެ އިސްޤާޟީ 04 ނޮވމެ ބަރް 2020 ތާރީޚުގައި ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު C(A)/2020-09/Cv "ރަޖިސްޓް ރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް" އެވެ.
46އަޙް މަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ހިންގުމުގެ އިސް މަޤާ މެއގައް ހުރި ފަރާތެއް ވަޒީފާއިން ވަކިކުރުމާގުޅޭ މައްސަލައެކެވެ. އެ ފަދަ މައްސަލަތަކަކީ ވަޒީފާއާބެހޭ ޤާނޫނަށް 06 ވަނަ އިޞްލާޙު ގެނެވި، އެ އިޞްލާޙަށް 22 ސެޕްޓެމްބަރު 2020 ތާރީޚުގައި ޢަމަލުކުރަން ފެށުމުގެ ކުރިން ސިވިލް ކޯޓުން ބަލަމުންދިޔަ މައްސަލަތަކެއްކަމަށް ވީނަމަވެސް، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އިޞްލާޙަށް 22 ސެޕްޓެމްބަރު 2020 ގައި ޢަމަލުކުރަން ފެށުމާއެކު، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ވަނީ ގެއްލިފައެވެ. އަޙްމަދު ޒަކީގެ ފަރާތުން ހުށަހެޅި ވަޒީފާގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއިރު، އެފަދަ މައްސަލަތައް ބެލު މުގެ އިޚްތިޞާޞް ލިބިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.
47ވަޒީފާއާބެހޭ ޤާނޫނަށް 06 ވަނަ އިޞްލާހު ގެނެވި، އެ އިޞްލާޙަށް 22 ސެޕްޓެމްބަރު 2020 ގައި ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ މިފަދަ ވަޒީފާގެ މައްސަލަތައް ބަލާނީ ސިވިލް ކޯޓުން ކަމުގައި ޤާނޫނުގައި ކަނޑައަޅައި، އިސްތިސްނާކޮށްފައިވާ ޙާލަތުގައި މެނުވީ، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށި ތާރީޚުގެ ފަހުން ސިވިލް ކޯޓުން މިފަދަ ވަޒީފާގެ މައްސަލައެއް ބެލިދާނެކަމަކަށް ނުފެނެއެވެ. ޤާނޫނަށް ބަލާއިރު، މިފަދަ އިސްތިސްނާއެއް ޤާނޫނުގައި ބަޔާންކޮށްފައިނުވެއެވެ. އެހެންކަމުން،އިޚތިޞާޞ ގުޅާ ޤަވާޢިދުތައް ހިމެނޭގޮތުނި އިޖުރާއީ،ޝަކްލީ ޤަވާޢިދުތަކަށް ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ޢަމަލުކުރަންޖެހޭގޮތުގ މައްޗަށް ބަލާއިރު، އަޙް މަދު ޒަކީ ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދިން އިރު، އެފަދަ ވަޒީފާގެ މައްސަލަތައް ސިވިލް ކޯޓުން ބެލޭގޮތަށް އޮތު ކަމުގައިވިޔަސް، އެ މައްސަލަ އަޙުމަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުނުއިރު، ސިވިލް ކޯޓަށް ވަނީ އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ގެއްލިފައެވެ.
48އެހެ ންކަމުން، އަހުރެން ދެކެނީ، އަޙް މަދު ޒަކީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓުނަ ބެލުމުގެ އިޚްތިޞާޞް ނެތް މައްސަލައެއްކަމުގައި ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ރަނގަޅުނޫންކަމަށް ބުނެ، އެ ނިންމުން އަލުން ބަލައި ދިނުމަށް އެދި އަޙްމަދު ޒަކީގެ ފަރާތުން 91 އޮކްޓޫބަރު 2020 ގައި ސިވިލް ކޯޓަށް ހުށަހެޅުމުން، ރަޖިސްޓްރާރގެ ނިންމުން އެނޫން ގޮތަކަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، ރަޖިސްޓްރާރގެ އެ ނިންމުމަށް ތާއީދުކޮށް، ސިވިލް ކޯޓުގެ އިސްޤާޟީ ނިންމާފައިވާ ނިންމުން ރަނގަޅުނޫންކަމަށް ބަލާނެ ޝަރުޢީ އަދި ޤާނ ނ ހަމައެއް ނެތްކަމުގައެވެ.
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާ، 34 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރު، 4 ވަނަ ބާބު، 32، 37، 38 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2020 (ޤާނޫނު ނަންބަރު 2/2008 ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އާއި 18 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
- ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) (ޚިލާފު ރައުޔުގައި)
- ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 145 ވަނަ މާއްދާ (ޚިލާފު ރައުޔުގައި)
- 2014/SC-A/41 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
- 2015/SC-A/08 (ޢަބްދުލްމަޖީދު ވ. މާލޭ ސިޓީ ކައުންސިލް)
- 2009/HC-A/203
- 2008/SC-C/02 (ސޯޝަލް ލިބަރަލް ޕާޓީ ވ. އިލެކްޝަންސް ކޮމިޝަން)
- 2011/HC-A/210 (އަންވަރު ޢަލީ ވ. ނެތް)
- 2011/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން ޢަބްދުﷲ އަދި އެހެން މީހުން)
- ބެންޗު
- ޢަލީ ސަމީރު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ