ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/247
މުޙައްމަދު ޝަހީދު ވ. މުޙައްމަދު ރަޝީދު، 2020/HC-A/247
Mohamed Shaheedhu v. Mohamed Rasheed 2020/HC-A/247 (2020/HC-A/247, High Court of the Maldives, 6 November 2022)
މުޙައްމަދު ޝަހީދު ވ. މުޙައްމަދު ރަޝީދު
މައިގަނޑު ސުވާލު
ޗެކުގެ އަސްލު އެ ޗެކު ދޫކުރި ފަރާތާ އަނބުރާ ޙަވާލުކުރުމަށްފަހު، މުޢާމަލާތް ސާބިތުނުކޮށް އެ ޗެކުގެ މައްޗަށް ފައިސާ ހޯދުމަށް ދަޢުވާކުރެވޭތޯ، އަދި ޗެކުގައިވާ ފައިސާ ދައްކަން ސިވިލް ކޯޓުން ކުރި ޙުކުމް ޤާނޫނާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- ޗެކަކީ ފައިސާގެ ގޮތުގައި ބޭނުންކުރެވޭ ރަސްމީ ލިޔުމެކެވެ. ޢާންމު އުޞޫލަކީ، ޝަކުލިއްޔާތު ފުރިހަމަކޮށް ޗެކެއް ދޫކުރުމުން އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭނަމަ، އިތުރު ވާގިޢާއެއް ސާބިތުކުރުމަކާނުލައި އަދި ޝަރުޠަކާނުލައި އެ ޗެކަށްވާ ފައިސާ ލިބެންޖެހުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ނަމަވެސް ޗެކެއް ދީފައިވާކަން ސާބިތުވާ ކޮންމެ ޙާލަތެއްގައި، އިތުރު ޤަރީނާއަކާނުލައި އެއީ ދަރަންޏެއްގެ ގޮތުގައި ދީފައިވާ ޗެކެއްކަމަށް ބަލައި ދަރަނި ސާބިތުވީކަމަށް ކަނޑައެޅެންޖެހޭ ޙާލަތެއް ނޫނެވެ؛ ޗެކަކީ އޭގެ ޒާތުގައި ހާދިސާ ސާބިތުކޮށްދޭ އެއްޗެއް ނޫން ނަމަވެސް ގުޅިފައިވާ ޤަރީނާއިން ހާދިސާ ސާބިތުވެދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ޗެކު ދޫކުރި ފަރާތުން، މުޢާމަލާތް ހިނގާފައިވަނީ ޗެކުގައިވާ ފައިސާ ލިބިދޭންނުޖެހޭ ގޮތަކަށްކަން ހެކި ޤަރީނާއިން ސާބިތުކޮށްފިނަމަ، ޢާންމު އުޞޫލާ ޚިލާފަށް އެ ފައިސާއަކީ ލިބެންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ބިލް އޮފް އެކްސްޗޭންޖާ ގުޅޭ މާއްދާތައް ޗެކަށްވެސް ހިނގާތީ، 15 ވަނަ މާއްދާގެ (ނ) އާއި 41 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޗެކުގެ އަތުގެ ވެރިޔާ ޗެކުގެ އަސްލު ދޫކުރި ފަރާތަށް އަނބުރާ ރައްދުކުރުމަކީ ދޫކުރި ފަރާތް ޒިންމާއިން ބަރީއަކުރިކަން ދޭހަވާ ޢަމަލެއް ކަމަށްވާތީ، އެއީ ޗެކުގެ މައްޗަށް އޮތް ޙައްޤު ދޫކޮށްލިކަމަށް ބެލެވޭނެ ޢަމަލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13، 25)
- ޗެކުގެ އަސްލު ދޫކުރި ފަރާތަށް ރައްދުކުރުމަށްފަހު، މުޢާމަލާތް ސާބިތުކުރުމަކާނުލައި އެ ޗެކުގެ މައްޗަށް ދަޢުވާކުރެވޭނެ ޤާނޫނީ ހަމައެއް ނެތެވެ؛ މަދަނީ މުޢާމަލާތެއްގެ ތެރެއިން ލިބެންޖެހޭ ފައިސާއެއް ހޯދުމަށް ހުށަހަޅާ ދަޢުވާއެއްގައި ސާބިތުކުރުމުގެ ހަމަތަކާ އެއްގޮތަށް އެ މުޢާމަލާތް ސާބިތުކޮށްދޭންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15)
- މަދަނީ ދަޢުވާ ސާބިތުކުރުމުގެ ބުރައަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެކެވެ؛ ތިންވަނަ ފަރާތަކުން ބުނި ބުނުމެއްގެ މައްޗަށް ދީފައިވާ، އަސްލު މުޢާމަލާތުގެ މަޢުލޫމާތު ނޭނގޭ ހެކިންގެ ބަސް މުޢާމަލާތް ސާބިތުކުރުމަށް ނުފުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16.9-16.11)
- (ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު) ޤާނޫނީ ފަރުވާއަކަށް އެދި ހުށަހަޅާ ކޮންމެ ދަޢުވާއެއްގައި ދަޢުވާކުރާ ސަބަބެއް އޮންނަން ޖެހޭނެއެވެ؛ ދަޢުވާކުރާ ފަރާތް ދައްކަންޖެހޭ އަސާސީ ކަމަކީ ދަޢުވާއަކީ އޭނާގެ ޙައްޤަކާ ގުޅުންހުރި ކަމެއްކަމެވެ. ޙައްޤު ނަފީވާގޮތަށް ޢަމަލުކުރުމަށްފަހު (ޗެކުގެ އަސްލު ރައްދުކުރުމަށްފަހު) ޗެކުގެ އަތުގެ ވެރިޔަކަށް ނުވާ މީހަކަށް އެ ޗެކުގެ މައްޗަށް ދަޢުވާއެއް އުފުލިދާނެކަމަށް ނުބެލެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-32)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1424/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށ ޏ. ފުވައްމުލައް، ދޫޑިގަން. ގޯލްޑަންގޭޓް، މުޙައްމަދު ޝަހީދު )ދރއ( ގ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުނީބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޅ. ނައިފަރު، […] މުޙައްމަދު ރަޝީދު ) ދރއ( އެވެ.
2ޅ. ނައިފަރު މަބުސްތާނުގެ، މުޙައްމަދު ރަޝީދު އަށް ޏ. ފުވައްމުލައް، ދޫޑިގަން. ގޯލްޑަންގޭޓް، މުޙައްމަދު ޝަހީދު އާއި، ޏ. ފުވައްމުލައް މާދަޑު. ކަސްތޫރިމާގެ، އާމިނަތު އަޙްމަދު )ދރއ( ޗެކުތަކެއް ދޫކޮށްފައިވާކަމަށާއި އެ ޗެކުތަކަށް ފައިސާ ނަގަން ދިއުމުން އެ ޗެކުތައް ރިޓާންވެފައިވާކަމަށްބުނެ ޗެކުން ލިބެންޖެހޭ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދި މުޙު އްމަދު ޝަހީދު އާއި އާމިނަތު އަޙްމަދުގެ މައްޗަށް މުޙައްމަދު ރަޝީދީ ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 1424/Cv-C/2019 ޤަޟިއްޔާގައެވެ.
3އ މައްސަލައިގައި މުޙައްމަދު ރަޝީދު އެދިފައިވަނީ މުޙައްމަދު ރަޝީދުއަށްމުޙައްމަދު ޝަހީދގު ނަމުގައ ބޭންކް އޮފް މޯލްޑިވްސް ޕލކގައި ހުޅުވާފައިވާ ނަންބަރ 7701130967101 އެކައުންޓުން ދޫކޮށްފައިވާ ނަންބަރ 0000066 ޗެކުގައިވާ $3,500 )ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު( އާއި، އާމިނަތު އަޙްމަދުގެ ނަމުގައު ބޭންކް އޮފް މޯލްޑިވްސް ޕލކގައި ހުޅުވާފައިވާ ނަންބަރ 7711433459101 އެކައުންޓުން ދޫކޮށްފައިވާ ނަންބަރު 0000058 ޗެކުގައިވާ -20,000/ރ. )ވިހިހާސް ރުފިޔާ( ގެ ތެރެއިން ނުލިބިވާ -5,000/ރ. )ފަސްހާސް ރުފިޔާ( އަދި ޝަރީޢަތަށް ވަކީލު ފީގެ ގޮތުގައި ޚަރަދުވެފައިވާ -20,000/ )ވިހިހާސް ރުފިޔާ( ޝަރީޢަތް މެދުވެރިކޮށް ހޯދުމަށެވެ.
4ސިވިލް ކޯޓުންމިމައްސަލު ނިންމާފައިވަނީ މުޙައްމަދު ރަޝީދު އަށް އާމިނަތު އަޙްމަދު ދޫކޮށްފައިވާ ޗެކަށ ފައިސް ލިބިފައިވާކަމަށް ހެކިތަކުން ސާބިތާވާކަމަށާއި ނަމަވެސް މުޙައްމަދު ރަޝީދު އަށް މުޙައްމަދ ޝަހީދު ދޫކޮށްފައިވާ ޗެކުގައިވާ ފައިސާ ލިބިދީފައިވާކަން ސާބިތުކޮށްދެވިފައިނުވާތީ، އެ ޗެކުގައިވާ $3,500 )ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު( އަކީމުޙައްމަދު ޝަހީދުގެ ފަރާތުން މުޙައްމަދު ރަޝީދުއަށ ދައްކަންޖެހޭ ފައިސާކަމަށެވެ. އެގޮތުން އެ މައްސަލައިގެ ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ. ސިވިލް ކޯޓުގެ ޙުކުމް "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، ޅ. ނައިފަރު، […] މުޙައްމަދު ރަޝީދު )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރ ( އަށް ޏ. ފުވައްމުލައް، ދޫޑިގަން. ގޯލްޑަންގޭޓު،މުޙައްމަދ ޝަހީދު )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރ 006450A( އާއި ޏ. ފުވައްމުލައް، މާދަޑު. ކަސްތޫރިމާގެ، އާމިނަތު އަޙްމަދު )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރ ( ދޫކޮށްފައިވާ 02 )ދޭއް( ޗެކުގެ ތެރެއިން، އާމިނަތު އަޙްމަދުގެ ނަމުގައި ދޫކޮށްފައިވާ ނަންބަރ 0000058 ޗެކުގައިވާ -20,000/ރ. )ވިހިހާސް ރުފިޔާ( މުޙައްމަދު ރަޝީދުއަށް ލިބިފައިވާކަމަށް ކަނޑައަޅައި، މުޙައްމަދު ޝަހީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކގައި ހުޅުވާފައިވާ އެކައުންޓުން ދޫކޮށްފައިވާ ނަންބަރ 0000066 ޗެކުގައިވާ 3,500 USD )ތިންހާސް ފައްސަތޭކަ އެމެރިކާ ޑޮލަރު( މުޙައްމަދު ރަޝީދުއިށ ދައްކާފައިވާކަން މުޙައްމަދް ޝަހީދުއަށް ސާބިތުކޮށްދެވިފައި ނުވާތީ އެ ފައިސާއަކީ މުޙައްމަދ ޝަހީދުގެ ފަރާތުން މުޙައްމަދު ރަޝީދުއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، ބުނެވިދިޔަ USD 3,500 )ތިންހާސް ފައްސަތޭކަ އެމެރިކާ ޑޮލަރު( މުޙައްމަދު ރަޝީދުއަށް ލިބިދިނުމުގެ ގޮތުނ 16 ސެޕްޓެމްބަރ 2020 މި ދުވަހުން ފެށިގެން މީލާދީ 02 )ދޭއް( މަސްދުވަހުގެ ތެރޭގައި އެމަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް މުޙައްމަދު ޝަހީދުއަށް އަންގައި ޙުކުމްކޮށްފީމެވ."
5ބުނެވުނު ޙުކުމާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ޝަހީދުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
6ސިވިލް ކޯޓުގެ ނަންބަރު 1424/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރަމުނެމުޙައްމަދު ޝަހީދް ގ ފަރާތުނ އަންނަނިވ 02 )ދއޭ ( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: ޗެކަކީ އޭގެ ޒާތުގައި މުޢާމަލާތެއްގައި އެއްފަރާތުން އަނެއްފަރާތަށް އަދާކުރުން "ލާޛިމް" ދަރަންޏެއް އޮތްކަން ސާބިތުކޮށްދޭ އެއްޗެއް ނޫންކަމަށްވާތީއާއި، ޗެކާއި އެކު އެހެނިހެން ޤަރީނާތައް ހުންނަ ޙާލަތުގައި ދެފަރާތުގެ ދެމެދުގައި މުޢާމަލާތެއް ހިނގިކަން ސާބިތުކުރެވިދާނެ ކަމަށ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 ޤާޟިއްޔާގައިކަނޑައަޅާފައިވ ކަނޑެއެޅުއްވުމަށ ރިޢާޔަތްކޮށް ޗެކާއި ޤަރީނާތަކުން މުޢާމަލާތެއް ހިނގާފައިވާކަމަށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާއި ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 ޤަޟިއްޔާގައިކަނޑައަޅުއްވާފައިވާ ހަމަތްކ ޚިލާފަށަ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ:މުޢާމަލާތުގެ ތެރޭގައި ގިންތިކުރ ހުރިހާ ބާވަތެއްގެ މުޢާމަލާތަކ މަދަނީ ދަރަންޏެއް އޭގެ ސަބަބުން އުފެދޭނެ މުޢާމަލާތްތަކެއް ނޫންކަމާއި، އެގޮތުން މަދަނީ ދަރަންޏެއް އުފެދޭ މުޢާމަލާތަކީ ދެފަރާތުން އަދާކުރަންޖެހޭ ޒިންމާތަކެއް ނުވަތަ މުޤާބިލު ތަކެއް ހިމެނޭ މުޢާމަލާތްތައް ކަމާއި، ދަޢުވާގައި ހިމެނިފައިވާ ޗެކަކީ އެމުޢާމަލާތުގެ ބަދަލުގައި ދަޢުވާލިބޭ މުޙައްމަދު ޝަހީދުއަށ މުޤާބިލެއް ލިބިފައިވާ ނުވަތަ ލިބޭގޮތަށް އޮތް އެއްޗަކަށް ނުވާތީ، ދްއުވާލިބ ފަރާތުން ދީފައިވާ ޗެކަށް ފައިސާ ނުލިބިގެން ހުށަހަޅާފައިވާ ދައުވާގައި، އެ ޗެކުގައިވާ ޢަދަދަށް ފައިސާ ދީފައި ނުވާތީ އެ ފައިސާ ދޭންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނ ދިވެހިރާއްޖޭގެ ސުޕްރީމުކޯޓުގެ ނަންބަރ 2013/SC-A/28 ޤުޟްއްޔާގައި އެކޯޓާ ނ ކަނޑައަޅުއްވާފައިވ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
7އިސްތިއުނާފީ ނުކުތާތަކާ ގުޅިގެންއިސްތިއުނާފުކުރާ ފަރާތުނ ބުނެފައިވަނީ އެފަރާތުނާ ހުށަހަޅާފައިވާ ޗެކަކީ އިސްތިއުންފ ރައްދުވު ފަރާތަނުއަދާކުރަންޖެހޭ ދަރަންޏަކާއި ނުވްތަ ދެފަރާތުގެ ދެމެދުގައި ވުޖޫދާވާގޮތަށ ދޫކޮށްފައިވާ ޗެކެއްކަން އިސްތިއުނާފު ރައްދުވު ފަރާތެނެ ސާބިތުކޮށްދީފައިނުވާކަމަށވ. އިސްތިއުނާފުކުރާ ފަރާތންޗެކެއް ދިކުރީ އޭގެ ސަބަބުން މަދަނީ ދަރަނޫޏެއް އެކަމުގެ މައްޗަށް އުފެދޭފަދަ ޙާލަތެއް ކުރިމަތި ކުރުމުގެ ނިޔަތް އޮވެގެން ނޫންކަމަށާއި، އެ ޗެކުގެ ސަބަބުން އިސްތާއުނާފުކުރާ ފަރާތަށް މަންފާއެއް ޙި ސިލުވެފައިނުވާއިރު، ޗާކުގެ ފައިސާ ނުލިބްގެން އިސްތިއުނާފު ރައްދުވާ ފަރާތަށް އިސތިއުނާފުކުރަފަރާތުން އްދނުކޮށ އޮތް ޒިންމާއެއްވެސް ނެތް ކަމަށާއި، މުޤާބިލުނުހިމެނޭ ގޮތަށް ބަދަލުކުރެވޭ ޗެކުފަދ ފައިސަ އަށް ބަދަލުކުރެވޭ ލިޔުމަކީ އޭގެ މައްޗަށް ދައުވާކޮށް ޗެކު ދޫކުރި ފަރާތނ ފައިސާ ދިނުމަށް ކޯޓުން ޙުކުމްކުރެވިދާނ މަދަނީ ދަރަނީގެ މުޢާމަލާތެއްނޫންކަމަށެވެ.އަދިޗާކަށ ފައިސް ނުލިބިގެން ކޯޓަށް ހުށަހޅިހާލަތުގައި އެ މުޢާމަލާތް ސާބިތު ކުރުމުގައި ބަލަންޖެހޭނީ ޗެކަށް ނޫންކަމަށާއްދެފަރާތުންއެއްބަސްވެ އަދާކުރުމަށް އެއްބަސްވެފައިވާ ޒިންމާ އެއް އޮތްތިކ މަށާއި، އެފަދަ ޒިންމާއެއްނެތި އަދްމުއާމަލާތ ސާބިތުކުރުމަށް ބޭނވާނު ހަރުދަނާ ހެއްކާއި ޤަރީނާ ލިބިފައި ނެތެ ސ އެއްބަސްވެފައިވާ ޒިންމއެއ ވުޖޫދުވާކަމަށް ނުނިންމޭނެކަމަށްވެ. އެހެންކަމުނުދިވެހިރާއްޖޭގެހައިކޯޓުގައި އެދޭގޮތަކީ ސިވިލް ކޯޓގ ޙުކުމް ބާޠިލުކޮށްދިނުމެވެ.
8އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި މުޙައްމަދު ރަޝީދުގަފަރާތުން ފހަގާ ކޮށްފައިވަނީ އިސްތިއުނާފުކުރ ފަރާތނު ޗެކެއް ދިން ކަމާމެދު އަދި އެ ޗެކުގައި ޤާ ނޫނީ ގޮތުން ފުރިހަމަވުން ލާޒިމު އެއްވެސް އުންސުރެއް ފުރިހަމަނުވ ކަމަށާ އިންކރުކާ ށްފައިނުވާ ކަމަށާއި، ޗެކަކީ ފައިސާ ދައްކަންޖެހޭ ކަމުގެ މައްޗަށް އޮތް ހަރުދަނާ ޤަރީނާއެއްކަމަށެވެ.އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކ ދަށު ކޯޓުން ކޮށްފައިވާ ޙުކުމް ދަމަހައްޓައިދިނުމެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
9މ މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ދެ ނުކުތާގައިވެސް އުފެދިފައިވާ މައިގަނޑު ބަހުސަކީ މުޙައްމަދ ރަޝީދު އަށު ސިވިލް ކޯޓުގައި ޗެކާ ގުޅޭ ދަރަނީގެ މުޢާމަލާތް ސާބިތުކޮށްދެވިފައިނުވުމުގެ މައްޗަށ އޮތް ބަހުސެވެ. އެގޮތުން އިސްތިއުނާފެފުރަތަމަ ނުކުތާއަކީޗެކަށްވ ފައިސާ ނަގައިދިނުމަށް ސިވިލް ކޯޓުނ ޙުކުމު ކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރެމައްސަލައިގައި ޗެކުން މުޢާމަލާތް ސާބިތުނުކުރެވޭނެކަމަށް ކަނޑައަޅާފައި އޮތް އޮތުމާ ޚިލާފަށް ކަމަށްބުނެ ހުށަހީޅިނުކުތާއެވެ. އަދ އިސްތިއުނާފީ ދެވަނަ ނުކުތާއަކީމުޢާމަލާތުގެ ތެރޭގައި ގިންތިކުރ ހުރިހާ ބާވަތެއްގެ މުޢޭމަލާތަކ މަދަނީ ދަރަންޏެއް އޭގެ ސަބަބުން އުފެދޭނެ މުޢާމަލާތްތަކެއް ނޫންކަމާއި، އެގޮތުން މަދަނީ ދަރަންޏެއް އުފެދޭ މުޢމަލާތަކީ ދެފަރާތުން އަދާކުރަންޖެހާޒިންމާތަކެއ ނުވަތް މުޤާބިލު ތަކެއް ހިމެނޭ މުޢާމަލާތްތައް ކަމާއި، ދަޢުވާގައި ހިމެނިފައިވާ ޗެކަކީ އެމުޢާމަލާތުގެ ބަދަލުގައި ދަޢުވާލިބޭ މުޙައްމަދު ޝަހީދުއަށ މުޤާބިލެއް ލިބިފައިވާ ނުވަތަ ލިބޭގޮތަށް އޮތް އެއްޗަކަށް ނުވާތީ، ދައުވާލިބޭ ފަރާތުން ދީފައިވާ ޗެކަށްފައިސާ ނުލިބިގެން ހުށަހަޅާފައިވް ދައުވާގައި، އެ ޗެކުގައިވާ ޢަދަދަށް ފައިސާ ދީފައި ނުވާތީ އެ ފައިސާ ދޭންޖެހޭކަމަށް ސިވިލ ކޯޓުން ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލްނެޑްސ ޕްރައިވެޓް ލމިޓެޑި )ނަންބަރު 2013/SC-A/28( ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅާ އްވފައިވ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މިނުކުތާތަކަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ. ޝަކުލިއްޔާތު ފުރިހަމަކޮށް ދޫކުރާ ޗެކަށް ފައިސާ ލިބެންޖެހުމުގެ އާންމު އުސޫލާއި، މި އުސޫލުގެ އިސްތިސްނާ
10ޕްރިސިޑެންސް 1ޗެކަކީ ފައިސާގެ ގޮތުގައި ބޭނުންކުރެވޭ ރަސްމީ ލިޔުމެއްކަމާއި، ޗެކަކީ އެ ދޫކުރާ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާންކުރެވިފައިވާ މީހަކަށް ނުވަތަ އޭނާގެ އްމުރަކަށް އެ ހިފައިގެންދާ މީހަކަށް، އެ ހިފައިގެން ދިއުމުން، ޝަރުތަކާނުލާ އޭގައި ކަނޑައެޅިގެންވާ ޢަދަދެއްގެ ފައިސާ ދިނުމަށް، ބޭންކް ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރެއްކަން ޤާނޫނު ނަންބަރ 16/95 )ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމެބެހޭ ޤާނޫނު( ގ 2 ވަނަ މާއްދާ އާއި 21 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. އެހެންކަމުން އަސްލަކީ، ޝަކުލިއްޔާތު ފުރިހަމަކޮށް ޗެކެއް ދޫކުރުމުން އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭނަމުއެ ޗެކަށްވާ ފައިސާ އިތުރު ވާގިއާއެއް ސާބިތުކޮށްދިނުމަކާނުލާ އަދި އެއްވެސް ޝަރތަކާނުލެ،ލިބެންޖެހުމެވެ. މިކަން މިގޮތުގައި އޮތްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލަ އަދި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޑިޔުކޭޓ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްމައްސަލައށަ ބެލުމުންވެސް އެނގެއެވެ. މިއީ އާންމު އުސޫލެވެ.
11ޕްރިސިޑެންސް 2ނަމަވެސ ޗެކެއް ދީފައިވާކަން ސާބިތުވާ ކޮންމެ ޙާލަތަކީ، އިތުރު ޤަރީނާއަކާނުލައި، އެ ޗެކަކީ ދަރަންޏެއްގެ ގޮތުގައެ ދީފައިވާ ޗެކެއްކަމަށްބަލައި އެ ޗެކުގައިވާ ޢަދަދަށް ދަރަނި ސާބިތުވެއްޖެކަމުގައި ކަނޑައެޅެންޖެހޭ ޙާލަތެއްނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ މުޙައްމަދުމަނިކު ވ. މުޙައްމަދު ޢަލީ ޖަނާހް މައްސަލައިގައި ކަނޑައަޅުއްވާފައިވެއެވެ. މި ހަމަ މިގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލްނެޑްސ ޕްރައިވެޓް ލިމިޓެޑެމައްސަލައިގައާއިދިވެހިރާއްޖޭގ ސުޕްރީމު ކޯޓުގް ޢަލީ މޫސާ ވ. އާސިޔަތު ނިޒާރާ މައްސަލައިގައިވެސް ޙަވާލާދެއްވފައިވެއެވެ. ހަމައެއާއެކު ޗެކަކީ އޭގެ ޒާތުގައި ހާދިސާ ސާބިތުކޮށްދޭ އެއްޗެއް ނޫންކަމާއި ނަމަވެސް ގުޅިފައިވާ ޤަރީނާއިން ހާދިސާ ސާބިތުވާނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު މައްސަލައިގައި ބަޔާންކުރައްވާފައިވެއެވެ.ނަމަވެސް އާންމު އުސޫލުން ޗެކަށް ފައިސާ ލިބިދިނުން ލާޒިމްވަނީ މުޢާމަލާތް ސާބިތުކޮށްގެންކަމަށް މި ޤަޟިއްޔާގައި ކަނޑައަޅުއްވާފައިނުވެއެވެ.
12ޕްރިސިޑެންސް 3ޗެކަކީ އޭގެ ޒާތުގައި އެއަށް ފައިސާލިބެންޖެހޭ ކާފީ ހުއްޖަތެއްކަމުގެ ޢާއްމު އުސޫލު އެހެން އޮތްނަމަވެސް، އެމުޢާމަލާތް ހިނގާފައިވަނީ ޗެކްގައިވާ ފައިސާ ލިބިދޭންނުޖެހޭ ފަދައަކުންކަމަށް ޗީކް ދޫކުރާ ފަރާތުން ބުނެ، ހެކި ޤަރީނާއިން އެކަން ސާބިތުކޮށްދެވިއްޖެނަމަ ބުނެވުނު އާންމު އުސޫލާ ޚިލާފަށް، އެ ޗެކުގައިވާ ފައިސާއަކީ ޗެކް ދޫކުރެވުނު ފަރާތަށް ލިބެންޖެހެ ފައިސާއެއްނޫންކަމަށް ކަނޑައެޅދާނއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/48 ޤަޟިއްޔާ، 3 ވަނަ ނަންބަރުގެ )ރ( ޗެކު ދޫކުރި ފަރާތަށް ޗެކްގެ އަސްލު އަނބުރާ ރައްދުކުރުމުން ޗެކުގެ މައްޗަށް އޮތް ޗެކު ދޫކުރެވުނު ފަރާތުގު ޙައްޤު ނަފީވުން
13ޕްރިސިޑެންސް 4ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި، އެ މާއްދާ ހިމެނޭ ޗެޕްޓަރުގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ،ބިލް އޮފް އެކްސްޗެންޖާ ގުޅޭގޮތުން ހުރި މާއްދާތައް ޗެކްގެ މައްޗަށްވެސް ހިނގާނެ ކަމަށ ބަޔާންވެގެންވެއެވެ. އެ ޤާނޫނުގެ ޗެޕްޓަރ 2- )ބިލް އޮފް އެކްސްޗޭންޖް ( ގައިވާ އެ ޤާނޫނުގެ 15 ވަނަ މާއްދާއަކީ ބިލްގެ ބައިވެރިއަކު ޒިންމާއިން ބަރީއަކުރުމާގުޅޭގޮތުން ކަންކަން ބަޔާންވެގެންވާ މާއްދާއެކެވެ. އެ މާއްދާގައިވަނީ އެ މާއްދާގެ އަކުރުތަކުގައި ބަޔާންވެގެންވާ ގޮތަކުންކުރެ ގޮތަކަށް ޢަމަލުކުރުމުން ބިލާމެދު ޒިންމާ އުފުލަންޖެހޭ ފަރާތް ޒިންމާއިން ބރީއަކުރެވިދާނެކަމަށެވެ. އެގޮތްތަކުގެ ތެރޭގައި 15 ވަން މާއްދާގަ )ނ( ގައި ވަނީ "ބިލްގައިވާ ކޮންޓްރެކްޓާގުޅޭ ގޮތުން ބިލްގެ ބައިވެރިޔަކު ޒިންމާއިން ބަރީއަކޮށްފިކަމަށ ދޭހަވާފަދަ ގޮތަކަށް ބިލްގ އަތުގެ ވެރިޔާ ޢަމަލުކުރުން" މިފަދައިންނެވެ. އަދި އެ ޤާނޫނުގެ 41 ވަނަ މާއްދަގެ )ހ( ގައި "އަތުގެ ވެރިޔާ" މާނކޮށްދީފައިވަނީ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމެއް އެ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ލިބިފައިވާ ފަރާތުގެ ގޮތުގައެވެ. މި އުސޫލުންބަލާއިރު،ޗެކް ދޫކުރި ފަރާތަށް ޗެކްގްއަސްލު އަނބުރާ ރައްދު ކުރުމަކީ، ޗެކް ދޫކުރި ފަރާތް އެފަރާތުގެ މައްޗަށް އޮތް ޒިންމާއިން ބަރީއަކުރިކަން ދޭހަވާފަދަ ޢަމަލެކެވެ. އެހެންކަމުން ޗެކް ދޫކުރި ފަރާތަށް ޗެކް އަނބުރާ ރައްދުކުރުމުންޗެކު ދޫކުރެވުނ ފަރާތަށު ޗެކުގެ މައްޗަށްއޮތް ޙައްޤު ދޫކޮށްލީ ކަމުގައި ބެލެވޭނެކަން ބުނެވުނު ޤާނޫނީ މާއްދަތަކަށ ބެލުމުން އެނގެއެވެ. . ޤާނޫނު ނަންބަރު 16/95 މި މައްސަލައިގައި ހިމެނޭ ޗެކަށް ފައިސާ ލިބިދޭންޖެހޭތޯ؟
14ޕްރިސިޑެންސް 5މި މައްސަލައަށްބަޔާންވެދިޔްއުސޫލުތައް ތަޠުބީޤުކުރާއިރު، މުޙައްމަދު ޝަހީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސ ޕލކގައި ހުޅުވާފައިވާ ނަންބަރ 7701130967101 އްކައުންޓުންމުޙައްމަދު ރަޝީދުއަށ ދޫކޮށްފައިވާ $3,500.00 )ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު( ހިމެނޭ ޗެކު )ނަންބަރ 0000066( މުޙައްމަދު ރަޝީދުވަނީމުޙައްމަދު ޝަހީދުއ އަނބުރާ ޙަވާލުކޮށްފައެވެ. އެގޮތނު ބުނެވުނު ޗެކު 03 ޑިސެންބަރު 2018 ދުވަހު ދެހެކިން ހެކިކޮށް އަނބުރާ މުޙައްމަދު ޝަހީދުއާ ޙަވާލުކޮށްފައިވާކަން ދެފަރާތުން ސޮއިކޮށްފައިވ ޗެކާ ޙަވާލުކުރި ލިއުމުން އެނގެއެވެ. އެ ލިއުމުގައި އެއްވެސް ކަމެއް މުޙައްމަދު ޝަހީދުގެ މައްޗަށް ޝަރުޠުކޮށްފައިވެސް ނެތެވި. އަދި ބުނެވުނު ޗެކް އަނބުރާ މުޙައްމަދު ޝަހީދުއާ ޙަވާލުކޮށްފައއޮތް އޮތުމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއްވެސް ނެތެވެ. އެހެންކަމުން ބުނެވުނު ޗެކުމުޙައްމަދު ރަޝީދުގެ ފަރާތުން މުޙައްމަދު ޝަހީދު އަށްއަނބުރާ ރައްދުކޮށްފައިވާތީއާއި، ރައްދުކޮށްފައިވާކަމަށްފެންނަންއޮތ ގޮތަށް ބަލާއިރެޗެކުގެ މައްޗަށް އޮތް މުޙައްމަދު ރަޝީދުގެ ޙައްޤެއެއޮތީ ދޫކޮށްލާފައި ކަމުގައި ބަލަންޖެހާއެވެ. ކަން މިހެނ އޮތް އިރު، ޗެކް ދޫކުރި ފަރާތަށް ޗެކްގެ އަސްލު ރައްދު ކުރުމަށްފަހު، ޗެކުން ލިބެންޖެހޭ ފައިސ ހޯދުމަށް ކަމަށްބުނެ އެ މުޢާމަލާތް ސާބިތުކުރުމަކާނުލައި އެ ޗެކުގެ މައްޗަށް ދަޢުވާކުރެވޭނެ ޤާނޫނީ ހަމައެއް އޮތް ކަމުގައި ނުދެކެމެވެ.
15ނަމަވެސ މަދަން މުޢާމަލާތެއްގެ ތެރެއިން ލިބެންޖެހޭ ފައިސާއެއް ނުވަތަ ޙައްޤެއް އޮތްނަމަ ހޯދުމަށް ހުށަހަޅާ ދަޢުވްއެއގައި ސާބިތުކުރުމުގެ ހަމަތަކާ އެއްގޮތަށްއެ މުޢާމަލާތް ސާބިތުކޮށްދޭންވާނެއެވެ. އެގޮތުން މި މައްސަލައިގައި މުޙައްމަދު ރަޝީދުއަށް މުޢާމަލާތް ސާބިތުކޮށްދެވިފައިވޭތޯ ބަލާލާނަމެވެ. މުޙައްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި ދަޢުވާއާއި، ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކި ޤަރީނާ 16 މި.މައްސަލައާގައާމުޙައްމަދ ރަޝީދު ސިވިލް ކޯޓުގައި ކުޅަ ދަޢުވާއަކީ މުޙައްމަދު ރަޝީދު ދީފައިވާ ފައިސާގެ ބަދަލުގައި ދީފައިވާ ޗެކުތައް ބައުންސްވެފައި ވާތީވެ އެޗެކުތަކުގައިވ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާއާއި، ވަކީލުފީ ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަން ދަޢުވާ ފޯމުގެ 9 ވަނަ ނަންބަރާއި، 12 ވަނަ ނަންބަރުގައި އެދިފައިވަގޮތާއި، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިލިސްޓަށ ބެލުމުން އެނގެއެވެ.
16.1. މުޙައްމަދު ރަޝީދު ކުޅަ ދަޢުވާ ސާބިތުކުރުމަށް މުޙައްމަދު ރަޝީދީގެ ފަރާތުން ޝަފަވީ ހެއްކާއި ކިތާބ ޤަރީނާ ހުށަހަޅާފައި ވެއެވެ. އެގޮތުން މުޙައްމަދު ރަޝީދު ސިވިލްކޯޓަށ ހުށަހެޅް ހެކި ލިސްޓިގައާދަޢުވާގައވ ފައިސާ ހޯދުމަށް އެދިފައިވާ ޗެކުތަކާއި، ޗެކް ރިޓާންވެފައިވާ ލިޔުމުގެ ކޮޕީ ހިމަނާފައި ވެއެވެ. އަދި ޝަފަވީ 4 ހެއްކެއް ހެކް ލިސްޓުގައި ބަޔާންކޮށްފައިވެއެވެ. އެއީ ދަޢުވާގައި ބަޔާންކޮށްފައިވާ ޗެކްތައް ރިޓާންވެފައިވާކަމާއ އެކަނި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިކަން ސާބިތުކޮށްދިނުމަށު ހއ. އިހަވަންދޫ، އުދަރެސް، އަޙްމަދު ޝާފިޢު އާއި،ދަޢުވްގައާ ބަޔާންކޮށްފައިވާ ޗެކްތައް ރިޓާންވެފައިވާކަމާއ އެކަނި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިކަމާއި،ޗެކްގެ އަސްލު ދަޢުވާލިބުނު ފަރާތާ ޙަވާލުކުރެވުނު ޙާލަތާއި އަދި ޗެކްތައް ރިޓާން ވުމ ގުޅިގެނާ ދެފަރާތުގެ މެދުގައި ކުރެވުނު މުޢާމަލާތް ސާބިތުކުރުމަށާމާލެ، […] އާމިނަތު ހދ އާއި މާލެ، […] މުޙައްމަދު ޢަޒުމު އަދި ހއ. ހޯރަފުށި، ޝައިނީ، އަޙްމަދު ޢަބްދުﷲ އެވެ.ނަމަވެސް މީގެ ތެރެއިންސިވިލ ކޯޓަށް ނެގިފައިވަނީ އާމިނަތު ހުދާ އަދ އަޙްމަދު ޢަބްދެﷲ ގަހެކިބަސްކަން ޝަރީޢަތނިމުނުގޮތުގެ ރިޕޯޓް ށ ބެލުމުން އެނގެއެވެ.އަނެއް ދެހެކިން ކަމުގައިވާ އަޙްމަދު ޝާފިޢު އާއި، މުޙައްމަދު އަޒުމީގެ ހެކިބަސް ނެގިފައިނުވާ ސަބަބެއް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގޭކަށް ނެތެވެ.
16.2. ހެކިބަސް ނެގުނު ދެހެކީންގެ ތެރެއިންއާމިނަތު ހުދާސިވިލ ކޯޓަށް ދީފައިވާ ހެކިބުހަށް ބެލިއިރު، މުޙައްމަދު ރަޝީދުއަކީ އާމިނަތު ހުދާގެ ފިރިމީހާ ކަމަށާއި، މުޙައްމަދު ރަޝީދުއާއި އާމިނަތު އަޙްމަދު އަދި މުޙައްމަދު ޝަހީދުއާ ދެމެދުގައި ޗެކުގެ މުޢާމަލާތެއް ހިނގާފައިވާކަން އެނގޭކަމަށާއި، ޗެކްތައް ރިޓެ ންވުމ ގުޅިގެނާ ޕޮލިހީ ށ މައްސަލް ހުށަހެޅިކަމަށވެ. ނަމަވެސް ޗެކްގެ އަސްލު ނޭނގޭތީ ފުލުހުން ވިދާޅުވެގެން އޭގެތެރެއިން އެއްޗެކް ބައުންސްކުރިކަމަށެވެ. އަދި ޗެކް ބައުންސް ކުރުމަށްފަހ މުޙައްމަދު ޝަހީދުއަށ ގުޅުމުން ތިމަންނަމެން ތިޔަ ފައިސާ ވަރަށް އަވަހަށް ހަވާލުކޮށްދޭނަމޭ ބުނި އޑ ފޯނުން އެހިކަމަށެވެ. އަދި އެފަހުން މުޙައްމަދު ޝަހީދު ފައިސާ ޙަވާލުކޮށްދޭނަމޭ މިވެނި ތަނަކަށް އަންނާށިބުނެ ތިން މީހުން ތިބި ތަނެއްގައު މުޙައްމަދު ރަޝީދުއަށް -20,000/ރ. )ވިހިހާސް ރުފިޔާ( ޙަވާލުކުރިކަމަށވެ. އަދި އޭގެ ފަހުން ބާކީ ފައިސާ ނުލިބޭތެ -20,000/ ރ. )ވިހިހާސް ރުފިޔާ( ގެ ޗެކްވެސް ބައުންސްކުރިކަމަށެވެ. އަދި މިފައިސާގެ މުޢާމަލާތަކީ ތިން މީހުން ވިޔަފާރިކުރަނ މުޙައްމަދް ރަޝީދު އަތުން ހޯދި ލާރި ކަމަށް މުޙައްމަދު ރަޝީދު ބުނެފައިވާކަމަށެވެ.
16.3. އަދި ހއ. ހޯރަފު ށ، ޝައިނީ، އަޙްމަދު ޢަބްދުﷲގެ ހެކިބަހަށް ބެލިއިރް،މުޙައްމަދު ޝަހީދުއަށް ޗެކް އަނބުރާ ޙަވާލުކޮށްފައިވަނީ އޭނާގެ ޙާޟިރުގައިކަން އެނގެއެވެ. އެ ބަޔާނަށް ބަލާއިރު، ޗެކު ޙަވާލުކުރިއިރު "މިކަން މިނިމުނީއޭ" ކޮންމެވެސް އެއްފަރާތަކުނ ބުން ކަމަށާއި ނަމަވެސް އެއީ މުޙައްމަދު ޢަޒުމީ ނުވަތަ ޗެކް ޙަވާލުވި ފަރާތްކަމެއ ނޭނގޭކަމަށް ބުނެފައިވެއެވެ.
16.4. މުޙައްމަދު ރަޝީދު ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކުން ދަނެގަނެވެނ ހުރް ކަންކަމަށް ބަލާއިރު، މުޙައްމަދު ޝަހީދްގެ ފަރާތުން މުޙާއްމަދު ރަޝީދުއަށް ޗެކެއް ދޫކުރިކަމާއި، އެ ޗެކު އަނބުރާ މުޙައްމަދު ޝަހީދު އާ ޙަވާލުކޮށްފައި ވާކަން އެނގެއެވެ. މުޙައްމަދު ޝަހީދު ހުށަހެޅި ދަފްޢާއި، އެކަމުގެ މައްޗަށް ހުށަހެޅި ހެކި ޤަރީނާ
16.5. މުޙައްމަދު ޝަހީދުގެ ފަރާތުން މުޙައްމަދު ރަޝީދު އަށް ދޫކޮށްފައިވާ US$3,500.00 )ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު( ގިޗެކްގައިވ ފައިސާ އަކާ ލިބިދޭންޖެހޭ ފައިސާއެއް ނޫންކަމަށާއި ޗެކުގައިވާ އެންމެހާ ފައިސާ ދައްކާ ޚަލާސްކުރެވިފައިވާތީ ފައިސާ ދައްކަންނުޖެހޭކަމަށާއި މުޢާމަލާތް ނިމުނީއޭ ބުނެ ޗެކުވެސް އަނބުރާ ޙަވާލުކޮށްފައިވާކަމަށް ބުނެމުޙައްމަދު ޝަހީދު ސިވިލް ކޯޓުގައި ދަފްޢު ކުރިމަތިކޮށްފައިވެއެވެ.
16.6. އެ ދަފްޢު ސާބިތުކޮށްދިނުމަށްމުޙައްމަދު ޝަހީދުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ހެކިގަރީނާތަކަކީ ކޮބައިތޯ ބަލާއިރު، އަންނަނިވި ހެކިތައް ހުށަހަޅާފައިވެއެވެ.
16.6.1.ޗެކްއަނބުރ ޙަވާލުކުރިކަމުގެ ލިޔުމުގެ ކޮޕީ )ދެފަރާތުގެ މެދުގައި ކުރެވުނު މުޢަމާލާތ ނިމިފައިވާތީ، ޗެކުގެ އަސްލު ޙަވާލުކުރިކަން ސާބިތުކޮށްދިނުމަށް(
16.6.2.މުޙައްމަދު ޝަހީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކގައި ހުޅުވާފައިވާ ނަންބަރ 7701130967101 އެކައުންޓުގެ ސްޓޭޓްމަންޓް ކޮޕީ )ދައުވާގައި ހޯދުމަށް އެދިފައިވާ ބައެއް ފައިސާ ދަޢުވާކުރިފަރާތުގެ އެކައުންޓަށް ފޮނުވާފައިވާކަން ސާބިތުކޮށްދިނުމަށް(
16.6.3.ޝަފަހީ ހެއްކެއްގެ ގޮތުން މާލެ، […] މުޙައްމަދު ބިޝާރު އިސްމާޢީލް )ދަޢުވާކުރި ފަރާތަށް ދޭންވާ އެންމެ ފަހުގެ ޕޭމަންޓުގެ ގޮތުގައި -20,000/ރ. )ވިހިހާސް ރުފިޔާ( ދީފައިވާކަމަށާއި، މުޢާމަލާތުގެ އެންމެހާ ފައިސާ ދަޢުވާކުރިފަރާތަށ އަދާކުރިކަން ސާބިތުކޮށްދިނުމަށް(
16.6.4.ޝަފަހީ ހެކީގެ ގޮތުން މާލެ، […] މުޙައްމަދު ޢަޒުމީ އަދި ހއ. ހޯރަފުށި، ޝައިން، އަޙްމަދު ޢަބްދް ﷲ ) ޗެކު އަދި ޗެކް ޙަވާލުކުރިކަމުގެ ލިޔުން މުޙައްމަދު ޝަހީދުއަށ ދީފައިވަނީ މިހެކިވެރިންގެ ހާޟިރުގައިކަން ސާބިތުކޮށްދިނުމަށް(
16.7. ބުނެވުނު ހެކިތަކަށް ބެލިއިރު، ޗެކް ޙަވާލުކުރިކަމުގެ ލިޔުމުގައިޗެކު އަނބުރާ މުޙައްމަދު ޝަހީދުއ ޙަވާލުކޮށްފައިވިކަން އެނގެއެވެ. އަދި މުޙައްމަދު ޝަހީދުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓުގައި . ސިވިލް ކޯޓަށް ދަޢުވާލިބުނު މުޙައްމަދު ޝަހީދުގެ ފަރާތުން ހުށަހެޅި ހެކި ލިސްޓު . މީގެ ތެރެއިން މުޙައްމަދު ޢަޒުމީގެ ހެކިބަސް ދަށު ކޯޓަށް ނެގިފައިވާކަނ އެނގެން ނެތެވެ. މުޙައްމަދު ރަޝީދުގެ އެކައުންޓަށް ތަފާތު އެކި ފަހަރު މަތިން ފައިސާތަކެއް ޖަމާކޮށްފައިވާކަން އެނގެން އޮތްނަމަވެސް އެ ފައިސާތައް ޖަމާކޮށްފައިވަނީ ޗެކްގެ ތާރީޚުގެ މާކުރީގ ތާރީޚުތަކެއްގައިކަމުނ އެއް މި ޗެކުގައިވާ ފައިސާ ދައްކާފައިވާކަން ދަލާލަތުކޮށްދޭ ހެއްކެއް ކަމަށ ނުބެލެވެއެވެ. މިފަދައިން ސިވިލް ކޯޓުންވެސް ފާހަގަކޮށްފައިވެއެވެ.
16.8. މުޙައްމަދު ޝަހީދުގެ ފަރާތުން ހުށަހެޅިޝަފަވީ ހެކިންގެ ތެރެއިން މުޙައްމަދު ބިޝާރު އިސްމާޢީލްގެ ހެކިބަސް ނެގިފައިވެއެވެ. އެފަރާތުގީ ބަޔާނަށް ބެލިއިރު، އަސްލު ފައިސާގެ މުޢާމަލާތް ހިނގފައިވަނ އެހެން ފަރާތަކާ އާ ކ ކަމަށު މުޙައްމަދް ޝަހީދު ގުޅފައ ބުނިކަމަށާއި، މުޢާމަލާތް ހިނގާފައިވަނީ މާބެ ކިޔާ ފަރާތަކާއެކު ކަމަށާއި، އާމިނަތު އަޙްމަދު އާއި މުޙައްމަދު ޝަހީދުގެ މައްޗަށް ދަޢުވާނުކުރުމަށ ޝަރުތުކޮށް މުޙައްމަދް ރަޝީދުއަށ މުޙައްމަދު ބިޝާރު އިސްމާޢީލްގެ ފަރާތުން -20,000/ރ. )ވިހިހާސް ރުފިޔާ( ދިންކަމަށާއި، އެފައިސާ ދިންއިރު އިތުރު ފައިސާއެއް ދޭން،ދެން ނިއިންނާނެކަމަށ މުޙައްމަދް ރަޝީދު ބުނެފައިވާކަމަށް ބުނެ ހެކިބަސްދީފައިވެއެވެ. މުޙައްމަދު ރަޝީދު އަށް ފައިސާގެ މުޢާމަލާތް ސާބިތުކޮށްދެވިފައިނުވުން
16.9. ޝަރީޢަތަށ ހުށަހެޅް މައްސަލަތަކުގައި ފައިސަލާ ކުރެވެނީ އެ މައްސަލައެއްގައި ޝަރީޢތުގަ ކުރެ މާއްޗަށ ހުށަހެޅް ހެކި ޤަރީނާއަށް ބިނާކޮށެވެ. މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅިފައިވިއިސްވ ފާހަގަކުރެވުނު ހެކި ޤަރީނާތަކަށް ބަލާއިރު، މުޙައްމަދް ރަޝީދު އާއު މުޙައްމަދު ޝަހީދުއާ ދެމެދު ހިނގާފައިވާނަމަ، ހިނގާފައިވާ މަދަނީ ފައިސާގެ މުޢާމަލާތް ސާބިތުވާނެ ކިތާބީ ހެއްކެއް މައްސަލައިގައްހުށަހެޅފައިނެތެވެ. އަދި ޝަފަވީ ހެކިންގެ ތެރެއިނައާމިނަތު ހުދާގެ ހެކިބަހާއި، މުޙައްމަދ ބިޝާރު އިސްމާޢީލްގެ ހެކިބާހަށް ބެލިއިރު، މި ފައިސާގެ މުޢާމަލާތް ހިނގާފައިވާގޮތުގ މައްޗަށް މިދެފަރާތުންވެސް ހެކިބަސްދީފައިވަނީ ތިންވަނަ ފަރާތަކުން ބުނި ބުނުމެއްގެ މައްޗަށް ކަމއެ މި ދެ ހެކިންނަށް އަސްލު ހިނގާދިޔަ މުޢާމަލާތުގެ މަޢުލޫމާތު ރަނގަޅަށް ނޭނގޭކަން އެ ބަޔާންތަކަށް ބެލުމުން އެނގެއެވެ. މީގެ އިތުރުންމުޙައްމަދ ބިޝާރު އިސްމާޢީލްގެ ހެކިބަހުގައި، މުޙައްމަދު ރަޝީދުއަށ މުޙައްމަދު ބިޝާރު އިސްމާޢީލްގެ ފަރާތުން -20,000/ރ. )ވިހިހާސް ރުފިޔާ( ދިންކަމަށާއި، އެފައިސާ ދިންއިރު އިތުރު ފައިސާއެއް ދޭން،ދެން ނިއިންނާނެކަމަށް މުޙައްމަދު ރަޝީދު ބުނެފައިވާކަމަށް ބުނެ ހެކިބަސްދީފައި އެބައޮތެވެ.
16.10.އާންމު އުސޫލެއްގެ ގޮތުން މަދަނީ ދަޢުވާ ސާބިތުކުރުމުގެ ބުރައަކީ ދަޢުވާ ކުރާ ފަރާތުގެ މައްޗަށް އޮތު ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދު މައްސަލައިގައި ކަނޑައަޅުއްވާފައިވާއިރު،މި މައްސަލައިގައްމުޙައްމަދ ރަޝީދު އާއު މުޙައްމަދ ޝަހީދުގެ މެދުގައި ހިނގާފައިވާ މުޢާމަލާތި މުޙައްމަދު ރަޝީދުއަށިސާބިތުކޮށްދެވެފައނުވެއވެ.
16.11. ސިވިލް ކޯޓުންމ ދަޢުވި ސާބިތުވާކަމަށް ކަނޑައެޅުމުގައަބިނާކުރި މައިގަނޑު އަސާސަކީ ޗެކުން ލިބެންޖެހޭ ފައިސާ އެ ޗެކު ދޫކުރެވުނު ފަރާތަށް ލިބިފޭއީނުވުމުން އެފައިސާއަކީ ދޭންޖެހޭ ފައިސާއެއްކަމަށް ބިނާކުރި އަސާސެވެ. ނަމަވެސް މި މައްސަލާގައި އިސްވެ ބަޔާންކުރެވުނު ޗެކަކީ މުޙައްމަދު ރަޝީދުގެ ފަރާތުން އަނބުރާ މުޙައްމަދްޝަހީދ އަށު ރައްދުކޮށްފައިވާ ޗެކެއްކަމުން މ ދަޢުވާގައިވާ މުޢާމަލާތަޝަރީޢަތަށް ސާފުކޮށްދީ ދަރަންޏެއް އޮތްކަނުސާބިތުކޮށްދިނުމަކީ މުޙީއްމަދ ރަޝީދުގެ ޒިންމާއަކަށް ވައިރު އެކަނީޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކުރެވިފައިނުވާތ، މި މައްސަލައި ގައެސިވިލ ކޯޓުގް ނިންމުން ބާޠިލްކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
17މ ކޯޓުގި ކުރިމަތީގައި އޮތް ޤާނޫނީ ސުވާލަކީ، މުޙައްމަދު ރަޝީދަށް މުޙައްމަދު ޝަހީދު ދޫކުރި $3,500 )ތިންހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު( ގެ ޗެކާގުޅިގެން އެ ޗެކުގައިވާ ޢަދަދަށް މުޙައްމަދު ޝަހީދުގެ އަތުން ފައިސާ ނަގައިދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްތޯ ނުވަތަ ނޫންތޯ އޮތ ސުވާލުކަމުގައި އަހުރެން ދެކެމެވެ. ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު
18މި މައްސަލާގައި ސުވާލު އުފެދިފައިވަނީ މުޙައްމަދު ޝަހީދު ދޫކުރި ޗެކުގައިވާ ޢަދަދަށް މުޙައްމަދު ރަޝީދަށ ފައިސް ލިބެނެޖެހޭނެތޯ ނުވަތަ ނޫންތޯއެވެ. އެހެންކަމުން، މި މައްސަލައަކީ ޗެކެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވާތީ، ޝަރީޢަތުން، މި މައްސަލައާމެދު ގޮތް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ އެންމެ އަސާސީ ޤާނޫނަކީ، ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނ ކަމުގައި އަހުރެން ދެކެމެވެ.
19"ޗެކް" އަކީ، ދޫކުރާމީހާގެ ފަރާތުން ލިޔެ ސޮއިކޮށް، އޭގައި ބަޔާންކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހަކަށް، އެ ހިފައިގެން ދިއުމުން، ޝަރުޠަކާ ނުލައި އޭގައި ކަނޑައެޅިފައިވާ އަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރެއްކަން ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއިން އެނގެއެވެ. ބިލް އޮފް އެކްސްޗޭންޖާ ގުޅޭގޮތުން ހުރި މާއްދާތައް ޗެކުގެ މައްޗަށް ހިންގުން
20ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "މި ޗެޕްޓަރުގައި އެހެން ގޮތަކަށް ބުނެފައި ނުވާނަމަ، ބިލް އޮފް އެކްސްޗްނޭޖާ ގުޅޭގޮތުން ހުރި މާއްދާތައް ޗެކްގެ މައްޗަށވެސ ހިންގޭނެއެވެ." ބިލްގެ ބައިވެރިއަކު ޒިންމާއިން ބަރީއަކުރުން
21ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: " 15. ބްލްގ އަތުގެ ވެރިޔާ ބޭނުންވެއްޖެ ހިނދެއްގައި ތިރީގައިވާގޮތްތަކުންކުރެގޮތަކުނ ބިލް ދޫކުރި ފަރާތް ނުވަތަ ބިލް ގަބޫލުކުރި ފަރާތް، ނުވަތަ އިންޑޯސްކޮށްދިން ފަރާތް، ބިލާމެދު އުފުލަންޖެހޭ ޒިންމާއިން ބަރީއަ ކުރެވިދާނެއެވެ. )ހ( ބިލަކުން ބައިވެރިއެއްގެ ނަން ކެންސަލްކޮށް އެބިލްގައި ބިލްގ އަތުގެ ވެރިޔާ ސޮއިކުރުން. )ށ( އެއްބަސްވުމެއްގެ ދަށުން ބިލްގެ ބައިވެރިއަކު ޒިންމާއިން ބަރީއަ ކުރުން. )ނ( ބިލްގައިވާ ކޮންޓްރެކްޓާގުޅޭ ގޮތުން ބިލްގެ ބައިވެރިޔަކު ޒިންމާއިން ބަރީއަކޮށްފިކަމަށް ދޭހަވާފަދަ ގޮތަކަށް ބިލްގެ އަތުގެ ވެރިޔާ ޢަމަލުކުރުން." އަތުގެ ވެރިޔާ
22ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވަނީ: " މި ޤާނޫނުގައި، އަތުގެ ވެރިޔާއޭ ބުނެފައިވަނީ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމެއް މި ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ލިބިފައިވާ ފަރާތަކަށެވެ." ހުށަހެޅިފައިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ފާހަގަކުރެވޭ ކަންކަން
23ހުށަހެޅިފައިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ. އެގޮތުން:
23.1. މައްސަލާގައި ހިމެނޭ ޗެކުގައިވާ ތާރީޚަކީ 18 ޖަނަވަރީ 2018 ކަމާއި،
23.2. އީ ޗެކު ބޭންކުން ރިޓާންވި ތާރީޚަކީ 21 ޖަނަވަރީ 2018 ކަމާއި،
23.3. ބުނެވިދިޔަ ޗެކުގެ އަސްލު އެ ޗެކު ދޫކުރި މުޙައްމަދު ޝަހީދުއ ޙަވާލުކުރާ ތާރީޚަކީ 03 ޑިސެމްބަރު 2018 ކަމާއި،
23.4. ޗްކުންލިބެންޖެހޭ ފައިސާ ހޯދުމަށް އެދޭކަމަށް ބުނެ މުޙައްމަދު ރަޝީދު ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅި ތާރީޚަކީ 27 މާރިޗު 2019 ގައި ކަން އެނގެއެވެ.
24އެހެންކަމުން، ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެދޭކަމަށް ބުނެ މުޙައްމަދު ރަޝީދު ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވަނީ އެ ޗެކުގެ އަސްލު އެ ޗެކު ދޫކުރި މުޙައްމަދު ޝަހީދުއާ ޙަވާލުކުރިތާ 03 )ތިނެއް( މަހާއި 24 )ސައުވީސް( ދުވަސް ފަހުންކަން އެނގެއެވެ.
25އ ޗެކުގެ އަތުގެ ވެރިޔާ އެ ޗެކްގެ އަސްލު އަނބުރާ އެ ޗެކް ދޫކުރި ފަރާތަށް ރައްދު ކުރިކުރުމަކީ އެ ޗެކް ދޫކުރި ފަރާތުގެ މައްޗަށީއޮތ ޒިންމާއިން ބަރީއަކުރިކަން ދޭހަވާފަދަ ޢަމަލެއްކަމުގައި އަހުރެންނަށ ބެލެވެއެވެ. އަހުރެންނަށް އެގޮތަށް ބެލެވޭ ސަބަބަކެ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 15 ވަނަ ގެ )ނ( ގައިވާ ފަދައިން ބިލްގައިވްކޮންޓްރެކްޓާގުޅޭ ގޮތުން ބިލްގެ ބައިވެރިޔަކު ޒިންމާއިންބަރީއަކޮށްފިކަމަށް ދޭހަވާފަދަ ގޮތަކަށް ބިލްގ އަތުގެ ވެރިޔާ ޢަމަލުކުރުމަކީ ބިލާމެދު އުފުލަންޖެހޭ ޒިންމާއިން ބަރީއަކުރެވިދާނެ ގޮތެއްކަން އެނގެން އޮތ ހިނދު، އެފަދަގޮތަކަށް މި ޙާލަތުގައި ޢަމަލުކޮށްފައިވތީއެވެ.
26މި ޤަޟިއްޔާގެ ރިޔާސަތު ފަނޑިޔާރުގެ ރައުޔުގެ 13 ވަނަ ނަންބަރުގައިވެސް އިސްވެ ފާހަގަކުރެވުނު ނުކުތާ ފާހަގަކޮށްފައިވެއެވެ. އަހުރެންވެސް އެ ނުކުތާއަށް ތާއީދުކުރަމެވެ.
27ޕްރިސިޑެންސް 7ޤާނޫނީ ފަރުވާއެއް ހޯދުމަށްއެދި ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައިވެސް ދަޢުވާކުރާ ސަބަބެއް ނުވަތަ ސަބަބުތަކެއް އޮތުން ލާޒިމްވެއެވެ. އެހެން ޢިބާރާތަކުން ބުނާނަނަމަ، އެ ދަޢުވާއެއް ބިނާކުރެވިފައިވާ އަސާސެއް އޮންނަންޖެހޭނެއެވެ.
28އެގޮތުން، އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ނުވަތަ އެ މައްސަލައެއްގެ ވާޤިޢާތަކުގެ މައްޗަށް ބިނާކޮށް ދަޢުވާއެއް އުފުލުމުން، އެކަމަކީ ކޯޓަށް ތަންފީޒުކުރެވޭނެކަމަކަށްވެސ ވާންޖެހޭނެކަމަށް އަހުރެން ދެކެމެވެ.
29ޤާނުނީ ގޮތުން ލިބިފައިވާ އެއްވެސް ޙައްޤަކަށް ހުރަސް އެޅޭނަމ ނުވަތަ އުނިކަމެއް އަންނަނަމަ ނުވަތަ ޙައްޤަކުން މަޙްރޫމުވެގެންދާނަމ ނުވަތަ ޙައްޤެއް ބީވެގެންދާނަމ ޤާނޫނަ ފަރުވާއެއް ހޯދުމަށްއެދި ދަޢުވާކުރުމުގެ ޙައްޤު އޮންނާނެއެވެ. އެހެންކަމުން، ދަޢުވާއެއްކުރާއިރު، އެ ދަޢުވާއެއް ކުރާ ފަރާތުން ދައކުވައިދޭންޖެހ އެންމެ އަސާސީކަމަކީ އެ ދަޢުވާއަކީ އެ ފަރާތެއްގެ ޙައްޤަކާއި ގުޅިފައިވާ ކަމެއްކަމެވެ.
30މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މުޙައްމަދު ރަޝީދަށް މުޙައްމަދު ޝަހީދު ދޫކުރި ޗެކަކަށް ލިބެންވާ ފައިސާ ނުލިބިގެން މުޙައްމަދު ރަޝީދު ދަޢުވާކީށްފައިވާކަން އެނގެއެވެ. އެހެންނަމަވެސް، މުޙައްމަދާ ރަޝީދު އެ ދަޢުވާކުރިއިރު، މުޙައްމަދު ޝަހީދު ދޫކުރި ޗެކުގެ އަސްލުވެސ މުޙައްމަދް ރަޝީދުވަނ މުޙައްމަދ ޝަހީދު ޙަވާލުކޮށްފައިކަން އެނގެއެވެ. އެހެންކަމުން، މުޙައްމަދު ރަޝީދަކީ އެ ދަޢުވާ އޭނާ އުފުލިއިރު އެ ޗކުގ އަތުގެ ވެރިޔާއެއްވެސް ނޫނެވެ. މި މައްސަލާގައި މުޙައްމަދު ރަޝީދު ޢަމަލުކޮށްފައިވާ ގޮތުން އެ ޗެކުގެ ޒިންމާއިން މުޙައްމަދު ޝަހީދު ބަރީއަކޮށްފައިވާކަން އޭނާގެ ޢަމަލުން އެނގެއެވެ. އެހެންކަމުން، މުޙައްމަދު ރަޝީދަށް އެ ޗެކާ ގުޅިގެން އޮތް ޙައްޤު ނަފީވާގޮތަށް ޢަމަލުކުރުމަށްފަހު އޭގެ 03 )ތިނެއް( މަހާއި 24 )ސައުވީސް( ދުވަސްފަހުން ދަޢުވާއެއް އުފުލިދާނެކަމަކަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. ސަބަބަކީ، އެ ޗެކާގުޅިގެނ މުޙައްމަދް ރަޝީދުގެ ޙައްޤު ދޫކޮށްލާފައިވާކަން އޭނާގެ ޢަމަލުން އެނގެން އޮތުމުންނެވެ.
31މިސާލަކަށް، މީހަކު އެޕާޓްމަންޓެއް ކުށްޔަށް ހިފުމަށްފަހު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އ އެޕާޓްމަންޓްގެ ވެރިފަރާތާ އެ އެޕާޓްމަންޓް ޙަވާލުކުރުމަށްފަހު، އެތަން ދޫކޮށް ދިއުމަށްފަހު އޭގެ ތިންމަހެއްހައ ދުވަސްފަހުން އަނެއްކައި އެ އެޕާޓްމަންޓަކީ އޭނާ ކިއްޔަށް ހިފާފައިވާތަނެއ ކަމުގައް ބުނި އެތަނަށް ވަނުމަށް އެދި ދަޢުވާކޮށްފިނަމަ، އޭނާ ޢަމަލުކުރިގޮތުން، އެ އެޕާޓްމެންޓަށ އޮތް އޭނާގެ ޙައްޤު ނަފީވާގޮތަށް އޭނާ ކުރި ޢަމަލުގެ ސަބަބުން، އޭނާއަށް އެ އެޕާޓްމެންޓާމެދު އެ ދަޢުވާކުރިއިރު ޙައްޤެއް ނެތަތީ އެ ދަޢުވާ އނާއަށޭ ކުރެވިދާނެކަމަކަށް ނުބެލެވެއެވެ.
32ހަމައެފަދައިން، މި ޙާލަތުގައިވެސް، ޗެކާމެދ މުޙައްމަދު ރަޝީދަށް އޮތް ޙައްޤު ނަފީވާގޮތަށް ޢަމަލުކުރުމަށްފަހު ދެން އެ ދަޢުވާ އޭނާއަށް ކުރެވިދާނެކަމަކަށ އަހުރެން ނުދެކެމެވެ. އެހެންކަމުން، އެ ދަޢުވާގެ މައުލޫއާމެދު އިތުރަށް ބަހުސްކުރާނެ ޖާގައެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
33ބުނެވިދިޔަ ސަބަބުތައް އެހެން ހުރުމުން އަހުރެން ދެކެނީ ސިވިލް ކޯޓްގެ ޙުކުމް ބާޠިލުކުރަންޖެހޭކަމަށެވެ.
34ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
35މ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގްޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ(
- ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 16/95 ގެ 15 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 16/95 ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 16/95 ގެ 22 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 16/95 ގެ 41 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
- ސުޕްރީމް ކޯޓު: އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ނަންބަރު ޔަޤީން ނޫން)
- ސުޕްރީމް ކޯޓު: އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ނަންބަރު ޔަޤީން ނޫން)
- ސުޕްރީމް ކޯޓުގެ 2011/SC-A/48 (މުޙައްމަދުމަނިކު ވ. މުޙައްމަދު ޢަލީ ޖަނާހް)
- ސުޕްރީމް ކޯޓުގެ 2013/SC-A/28 (އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު)
- ސުޕްރީމް ކޯޓު: މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދު (ފުޓްނޯޓުގައި '2015/SC-A/02')
- ބެންޗު
- ޙުސައިން މަޒީދު، ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޙަސަން ޝަފީޢު