ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/214
މުޙައްމަދު ޝާހިދު ވ. އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، 2024/HC-A/214
Mohamed Shaahidhu v. L.F Construction Private Limited 2024/HC-A/214 (2024/HC-A/214, High Court of the Maldives, 19 October 2025)
މުޙައްމަދު ޝާހިދު ވ. އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
އެއް މުޢާމަލާތެއްގެ ތެރެއިން އުފެދުނު ދެ ޤަޟިއްޔާގެ ތެރެއިން އެއް ޤަޟިއްޔާ (528/Cv-C/2018) އަނެއް ޤަޟިއްޔާ (657/Cv-C/2018) ގައި ގޮތް ކަނޑައެޅިފައިވާތީ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއްތޯ؛ އިސްތިއުނާފު ނުކުރާ ޤަޟިއްޔާއެއްގެ ނިންމުމަށް އިސްތިއުނާފުގައި ބެލިދާނެތޯ؛ އަދި ކުލީގެ އެއްބަސްވުން ފްރަސްޓްރޭޓް ނުވާކަމަށް ނިންމުމުގައި ހެކި ރަނގަޅަށް ވަޒަންކޮށްފައިވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ ފުރިހަމަ ޝަރީޢަތެއް ކޮށް ހެކި ވަޒަންކޮށް ނިންމުމަށް އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- އެއް މުޢާމަލާތެއްގެ ތެރެއިން އުފެދުނު ނުވަތަ ޤާނޫނީ އެއް ސުވާލެއް ނުވަތަ އެއް ވާޤިޢާއެއްގެ މައްޗަށް ބިނާވާ ދެ ޤަޟިއްޔާ ނުވަތަ އެއަށްވުރެ ގިނަ ޤަޟިއްޔާ އެއްކޮށްލައިގެން (consolidation) ހިންގުމަކީ، ފަރާތަކުން ނޭދުނަސް ކޯޓަށް ލިބިފައިވާ ވިރާސީ ބާރުގެ ތެރެއިން އަމިއްލަ އިސްނެގުމުން (sua sponte) ކުރެވިދާނެ ކަމެކެވެ. މީގެ އަސާސަކީ ވަގުތާއި ޚަރަދު ސަލާމަތްކުރުމާއި، އަޑުއެހުންތައް ތަކުރާރުނުވުމާއި، ފުށުއަރާ ޙުކުމްތަކުން ރައްކާތެރިވުމެވެ. އެއްކޮށްލި ޤަޟިއްޔާތަކުގެ ނިމުނުގޮތް އެއް ރިޕޯޓަކުން އޮތުމަކީ އެންމެ ރަނގަޅު ގޮތެވެ. އެއްކޮށްނުލިނަމަވެސް ޝަރީޢަތްތައް އެކުގައި (joint trial) ހިންގައި ވަކިވަކި ރިޕޯޓް ލިޔުމަކީ ކުރެވިދާނެ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 87-88)
- މަދަނީ ޚުޞޫމާތެއްގައި ސާބިތުކުރުމުގެ ބުރަ އޮންނަނީ ދަޢުވާކުރާ ފަރާތުގެ މައްޗަށެވެ. ރައްދު ދަޢުވާ (counter-claim) ނުވަތަ ދިފާޢީ ދަޢުވާއެއް ހުށަހަޅާ ފަރާތްވެސް އެ މާނައިގެ ތެރޭގައި ހިމެނެއެވެ. ދެ ޤަޟިއްޔާ އެއްކޮށްލުމާ ނުވަތަ އެކުގައި ހިންގުމާމެދު ގޮތެއް ނުނިންމާ، ދަޢުވާލިބޭ ފަރާތުގެ ދިފާޢުގައި ހުށަހެޅި ހެކި އަނެއް ފަރާތުގެ ދަޢުވާ ސާބިތުކުރުމުގެ އަސާސަކަށް ހެދުމަކީ ޝަރީޢަތް ހިންގުމުގެ ޢާންމު އުޞޫލާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 90، 119-120)
- ޢާންމު އުޞޫލަކީ ހައިކޯޓުން ބަލާނީ އިސްތިއުނާފުކުރި ޤަޟިއްޔާ ކަމާއި، އިސްތިއުނާފު ނުކުރާ ޤަޟިއްޔާއެއްގެ ޙުކުމް ބާޠިލުކުރުމަކީ އިސްތިއުނާފުގެ ހަމައެއް ނޫންކަމާއި، ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޙުކުމް ދެމި އޮންނާނެކަމެވެ. ނަމަވެސް، އިސްތިއުނާފުކުރި ޤަޟިއްޔާގެ ޙުކުމް މުޅިން ބިނާކޮށްފައިވަނީ އިސްތިއުނާފު ނުކުރާ ގުޅުންހުރި ޤަޟިއްޔާއެއްގައި ފާހަގަކުރި ކަންކަމާއި އެ ޙުކުމުގެ މައްޗަށްނަމަ، އިސްތިއުނާފުކުރި ޤަޟިއްޔާ ބެލުމަށްޓަކައި އެ ޤަޟިއްޔާގެ ނިންމުމާއި އެއަށް ވާޞިލުވި ސަބަބުތަކަށް ބެލުމަކީ އިންޞާފު ޤާއިމުކުރުމަށް ކުރަންޖެހޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 99-105)
- ގުޅިފައިވާ ދެ ޤަޟިއްޔާ ވަކިން ހިންގައި އެއް ރިޕޯޓެއް ލިޔުނަސް ނުވަތަ އެއްކޮށް ހިންގައި ދެ ރިޕޯޓް ލިޔުނަސް، ދަޢުވާއާއި ރައްދު ދަޢުވާއާއި ޖަވާބާއި، ހުށަހެޅި ހެކިތަކާއި އެ ހެކި ތަޢުނުކުރި ގޮތާއި ނިކުތް ނަތީޖާ ރިޕޯޓުން ސާފުވާންޖެހެއެވެ. ވަކި ޤަޟިއްޔާއެއްގައި އެދިފައިވާ ކަންކަމަށް އެހެން ޤަޟިއްޔާއެއްގައި ގޮތް ކަނޑައެޅިފައިވާކަމަށް ފަނޑިޔާރަކު ބުނާނަމަ، އެ ކަންކަން ގުޅުވައި ނިންމުމަށް ވާޞިލުވި ގޮތް ކޮންމެވެސް ރިޕޯޓަކުން ފެންނަން ޖެހެއެވެ. ހަމައެކަނި 'ރިޢާޔަތްކޮށްފައިވާނެ' ކަމަށް ލިޔުމުން ފުދިގެން ނުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 96-100، 106-109)
- ކުލީގެ އެއްބަސްވުމެއް ފްރަސްޓްރޭޓް ނުވާކަމަށް ކަނޑައެޅުމުން، ހެކި ވަޒަން ނުކޮށް، އަނެއް ފަރާތް އެއްބަސްވުމާ ޚިލާފުވިކަން ސާބިތު ނުވެއެވެ. އަދި ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވަނީ ވަކި ލިޔުމެއްގައިވާ ތާރީޚެއްގެ މައްޗަށް ބިނާވެގެން ނޫނެވެ. ތަން ހުސްކުރަން ދިން ނޯޓިހުގެ ތާރީޚާއި އިންޖިނިއަރގެ ދެވަނަ ރިޕޯޓުގެ ތާރީޚަށް އެކަނި ބަލައި، ކުރީގެ އިންސްޕެކްޝަނުން ފާހަގަކުރެވުނު ޙާލަތަށް ނުބަލާ ނިންމުމަކީ ހެކި ރަނގަޅަށް ވަޒަންކޮށްގެން ނިންމި ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 117، 125-128)
- ކޮންޓްރެކްޓް ފްރަސްޓްރޭޓްވާނީ ކޮންޓްރެކްޓް ކުރުމަށްފަހު، އެ ކޮންޓްރެކްޓް ބިނާކުރި ޙަޤީޤަތުގެ މުހިންމު ބައެއް (radical change) ބައިވެރިންނަށް ނޭނގި ނުވަތަ އެމީހުންގެ ބާރެއް ނެތި (without default) ބަދަލުވުމުންނެވެ. ޤާނޫނު ނޭނގުމަކީ ކޮންޓްރެކްޓް ބާޠިލުވާނެ ސަބަބެއް ނޫނެވެ. ބައިވެރިއެއްގެ އިހުމާލު ނުވަތަ އަމިއްލަ ކުށުން މެދުވެރިވާ ޙާލަތަކީ ފްރަސްޓްރޭޝަނެއް ނޫނެވެ. ޤާނޫނީ ނުވަތަ ފިޒިކަލް ގޮތުން ކޮންޓްރެކްޓްގައިވާ ގޮތަށް ޢަމަލުކުރުން ނުކުރެވޭ ޙާލަތަކީ ފްރަސްޓްރޭޝަން ވެދާނެ ޙާލަތްތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 123-124) [ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔު؛ ފަނޑިޔާރު ދީބާނާޒް ފަހުމީ މި ޕެރެގްރާފްތަކަށް ތާއީދު ނުކުރައްވައެވެ]
- ދަށުކޯޓުން މައްސަލަ ނިންމި ފަހުން ނިންމާފައިވާ މަތީ ކޯޓުތަކުގެ ޤަޟިއްޔާތަކުގައި ކަނޑައެޅި އުޞޫލަކަށް ދަށުކޯޓުން ޢަމަލުނުކުރިކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއް ބިނާކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 80) [ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔު؛ ފަނޑިޔާރު ދީބާނާޒް ފަހުމީ މި ޕެރެގްރާފަށް ތާއީދު ނުކުރައްވައެވެ. ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔުގެ ޕެރ. 45 ގައިވެސް މިފަދަ ބަޔާނެއް ވެއެވެ]
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި […] / މާލެ، މުޙައްމަދު ޝާހިދު (މީގެ ފަހުން "މުޙައްމަދު ޝާހިދު" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެލް.އެފް ކޮންސްޓްރަކްޝަން") އެވެ .
2[…] ރީފް/ މާލޭގައި ހަދާފައިވާ އިމާރާތުގެ 5 ވަނަ ފަންގިފިލާ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 01 ސެޕްޓެންބަރު 2014 އިން ފެށިގެން 01 އޮކްޓޫބަރު 2020 ގެ ނިޔަލަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން މުޙައްމަދު ޝާހިދުއާ އެލް.އެފް ކޮންސްޓްރަކްޝަންއާ ދެމެދު 30 އޯގަސްޓް 2014 ގައި އެއްބަސްވުމެއް ވެވުނެވެ.
3އިސްވެ ބުނެވުނު، 30 އޯގަސްޓް 2014 ގެ އެއްބަސްވުމަށްފަހު، 04 ނޮވެންބަރު 2015 ގައި، 01 އޮކްޓޫބަރު 2020 އިން ފެށިގެން 01 އޮކްޓޫބަރު 2025 ގެ ނިޔަލަށް […] ގެ 5 ވަނަ ފަންގިފިލާ ކުއްޔަށްދިނުމަށް އެއްބަސްވެފައިވެއެވެ.
405 އެޕްރީލް 2017 ގައި، […] އިން އެލް.އެފް.ކޮންސްޓްރަކްޝަންއަށ ކުއްޔަށް ދީފައިވާ ފަންގިފިލާ ހުސްކުރުމަށް 8 (އަށެއް) މަސްދުވަހުގެ ނޯޓިސްއެއް ދީފައިވެއެވެ. އެ ނޯޓިސްއާ އެއްގޮތަށް ތަން އައިޑީރަޖިސްޓްރީ ނަންބަރު 306/2011-C ހުސްކޮށްފައިނުވާކަމަށ ބުން ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން މުޙައްމަދު ޝާހިދުގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވެއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައެވެ. މިއީ ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
5[…] / މާލެ، މުޙައްމަދު ޝާހިދު (މުޙައްމަދު ޝާހިދު) އާއި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އެލް.އެފް ކޮންސްޓްރަކްޝަން) އާ ދެމެދު ވެފައިވާ އެއްބަސްވުންތައް ފްރަސްޓްރޭޓްވުމުގެ ސަބަބުން، އެއްބަސްވުން ބާޠިލްކުރުމަށްޓަކައި 08 (އަށެއް) މަސް ދުވަހުގެ ނޯޓިސްއެއް ފޮނުވައި، […] އެވެކިޔާ ގޯތީގެ 05 (ފަހެއް) ވަނަ ފަންގިފިލާ ހުސްކުރުމަށް އެންގުމުންވެސް އެ ފަންގިފިލާ ހުސްކޮށްފައިނުވާތީ، ދަޢުވާކުރާ ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓަށް މުޙައްމަދު ޝާހިދު ދަޢުވާ އުފުލާފައިވެއެވެ.
6ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި އެދިފައިވާ ކަންކަމަށް ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާއިން ގޮތެއް ކަނޑައަޅާފައިވުމުން، މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހެޅި މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. ސިވިލް ކޯޓުގެ 657/Cv-C/2018 ޤަޟިއްޔާގެ ދަޢުވާއާއި އެ ޤަޟިއްޔާގެ ޙުކުމް
7ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާއަކީ، […] / މުޙައްމަދު ޝާހިދުއާއި، އެލް.އެފް ކޮންސްޓްރަކްޝަން އާ ދެމެދު […] ކިޔާ ޢިމާރާތުގެ 5 ވަނަ ފަންގިފިލާ ކުއްޔަށްދިނުމަށް 02 (ދޭއް) އެއްބަސްވުމެއްވެފައި ވަނިކޮށް، ކުއްޔަށް ދޫކުރިތަން ހުސްކުރުމަށް މުޙައްމަދު ޝާހިދުގެ ފަރާތުން އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވަނީ މި ދެންނެވުނު 02 (ދޭއް) އެއްބަސްވުމާ ޚިލާފަށް ކަމަށްވާތީ، އެލް.އެފް ކޮންސްޓްރަކްޝަންއިން އެތަނުން ނުނިކުތުމުނ މުޙައްމަދް ޝާހިދު އެތަނުގައި ކަރަންޓު ކަނޑައި، ފޯނު ލައިނު ބުރިކޮށް އަދި އެނޫނަސް ތަފާތު ދުއްތުރާތަކަކާއި އުދަނގޫތައް މުޙައްމަދު ޝާހިދުގެ ފަރާތުން ކުރުމަށްފަހު، މުޙައްމަދު ޝާހިދުގެ ފަރާތުން އެތަނުގެ މައިގޭޓުގައި ތަޅު އަޅުވައި، އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޢިމާރާތަށް ވަނުމަށް ހުރަސްއަޅާފައިވާތީ، މުޙައްމަދު ޝާހިދުގެ މިޢަމަލުތަކަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް މުޙައްމަދު ޝާހިދު ކޮށްފައިވާ ޢަމަލުތަކަކަށްވާތީ އެކަމުގެ ސަބަބުން އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އެލް.އެފް ކޮންޓްރަކްޝަންގެ ފަރާތުން ދަޢުވާ ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
8ސިވިލް ކޯޓުގެ 657/Cv-C/2018 ޤަޟިއްޔގައާ ޙުކުމްކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ޚިލާފަށް ޢަމަލުކޮށް، އަދި ތަން ހުސްކުރުމަށް ދިން ނޯޓިހަކީ މުޙައްމަދު ޝާހިދު ނޯޓިސް ބިނާކުރި އެސެސްމަންޓް ހެދުމުގެ ކުރިން ދިން ނޯޓިހެއް ކަމުގައިވާތީ، ދެފަރާތުގެ ދެމެދުގައި ވެވުނު 2 (ދޭއް) އެއްބަސްވުމުގެ މުއްދަތަށް ތަން ބޭނުންކުރަން ނުލިބި އެ ޙައްޤުން އެލް.އެފް ކޮންސްޓްރަކްޝަން މަހުރޫމްވެފައިވާތީ، އެލް.އެފް ކޮންސްޓްރަކްޝަންއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުޖުމްލަ 2,502,000ރ. (ދެމިލިއަން ފަސްލައްކަ ދެހާސް ރުފިޔާ) މުޙައްމަދު ޝާހިދުގެ ފަރާތުން އެލް.އެފް ކޮންސްޓްރަކްޝަންއަށް އަދާކުރަންޖެހޭކަނ މަދަން މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައެވެ. ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުން
9ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މައްސަލަ ދިރާސާކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ބުނެ އިތުރު 07 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމަށް 27 ނޮވެންބަރު 2018 ގައި މުޙައްމަދު ޝާހިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީއަކުން ހުށަހެޅުމަށްފަހު، 29 ނވެންބަރޮ 2018 ގައި ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމުން އެ ރިޕޯޓު ހުށަހަޅާނެ ކަމަށް ބަޔާންކޮށް، ޚުލާސާ ރިޕޯޓާއެކު، މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މުޙައްމަދު ޝާހިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހުށަހަޅާފައިނުވާކަމަށް ބުނެ، ލިޔުންތައް ހަމަކޮށް މައްސަލަ ހުށަހެޅުމަށްޓަކައި އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން އަނބުރާ ފޮނުވާލާފައިވެއެވެ.
10މުޙައްމަދު ޝާހިދުގެ ފަރާތުން 24 އެޕްރީލް 2019 ގައި ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން، ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޚުލާސާ ރިޕޯޓު، ޙުކުމްކުރި ދުވަހު ދޫކުރެވިފައިވާކަނ ސިވިލް ކޯޓުގް ނަންބަރު 95/2019/145-A1-144 ސިޓީން އެނގެން އޮންނާތީ އާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2010/4 ޢާއްމު ސިޓީގެ 1 ވަނަ ނަންބަރުގެ (ށ) އަށް ރިޢާޔަތްކޮށް މުޙައްމަދު ޝާހިދުގެ ފަރާތުން މަޤުބޫލު ސަބަބެއް ނެތި އިސްތިއުނާފީ މުއްދަތުގައި އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު CR/INDIV/2019/27-(MISL)95 އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު ކުރުމަށް ހުށަހަޅާފައި ނުވާތީ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވެއެވެ.
11ދިވެހިރާއްޖޭގ ހައިކޯޓުގެ އިސްވެ ބަޔާންކުރެވުނު ނިންމުން އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު ޝާހިދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 16 ޖުލައި 2019 ގައި ހުށަހަޅާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ރަނގަޅުނޫން ކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް އޮތް ކަމަށް ބެލެވެން ނެތަތީއާއި، ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފު މުއްދަތު ހަމަވިފަހުން ކަމަށްވެފައި، އެ މުއްދަތުގައި މައްސަލަ ހުށަނޭޅުނު ސަބަބެއް ހުށަހަޅާފައި ނުވާތީ މައްސަލަ ބަލައިނުގަތުމަށް 01 އޮކްޓޯބަރު 2019 ގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވެއެވެ.
12އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުން މުރާޖަޢާކުރުމަށް އެދި މުޙައްމަދު ޝާހިދުގެ ފަރާތުން 15 ޖޫން 2022 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އިސްތިއުނާފުކުރުމަށްޓަކައި ކަނޑައެޅިފައިވާ މުއްދަތުގައި މުޙައްމަދު ޝާހިދުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާކަމާއި، ސިވިލް ކޯޓުގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓާއެކު ލިޔުންތައް ހަމަކޮށް ހުށަހެޅުމަށް މުޙައްމަދު ޝާހިދުއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފުރުޞަތު ދީފައިވަނީ އެ މައްސަލަ އަލުން ހުށަހަޅަން ވަކި މުއްދަތެއް ބަޔާންކުރުމަކާ ނުލައިކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ފެންނާތީ އާއި މި މައްސަލައަކީ ފައިސާގެ ބޮޑު ޢަދަދެއް ހިމެނޭ މައްސަލައަކަށް ވެފައި މި މައްސަލައިގެ ބާވަތަށާއި މުޙައްމަދު ޝާހިދުގެ ފަރާތުން ބަޔާންކޮށްފައިވާ ސަބަބުތަކަށް ރިޢާޔަތްކޮށް މި މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް 30 އޯގަސްޓް 2022 ގައި ބޭއްވުނު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 53/IH/2019-HC (11 ޖޫން 2019) އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު J/144-L-2019/SC އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް ނަންބަރު 31/SFMJ/2022 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާންމު މަޖިލީހުން ނިންމަވާފައިވެއެވެ.
13ސިވިލ ކޯޓުގް ނަންބަރު 528/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި މުޙައްމަދު ޝާހިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހއްދު ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް މުޙައްމަދު ޝާހިދުއަށް އަންގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2022/SC-HCL/45 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް
14ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ބުނެވުނު ނިންމުމާ ގުޅިގެން 04 ޑިސެނބަރް 2022 ގައި މުޙައްމަދު ޝާހިދުގެ ފަރާތުން އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/471 ޤަޟިއްޔާއިން އެ މައްސަލަ ބެލުމަށްޓަކައި، 19 ޑިސެންބަރު 2022 ގައި ރަޖިސްޓްރީކުރެވިފައިވެއެވެ.
15ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2022/HC-A/471 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ އެލް.އެފް ކޮންސްޓްރަކްޝަންގެ ފަރާތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ސެކިއުރިޓީ ބަހައްޓައިދިނުމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގައި ބުނާފަދަ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ބުނެ އެ ޤަޟިއްޔާ ބާޠިލްކޮށްދިނުމަށް އެދި ހުށަހެޅިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު CR/INDIV/2022/306-SFMJ197 ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމުގެ ޖަވާބު
16މުޙައްމަދު ޝާހިދުގެ ފަރާތުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ހިފާފައިވާކަމަށް އެ ޤަޟިއްޔާ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/471 ޤަޟިއްޔާގެ އިސްތިއުނާފު ފޯމު ބާޠިލްކޮށް އެ ޤަޟިއްޔާ ނިންމާފައިވެއެވެ.
17މުޙައްމަދު ޝާހިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/471 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2023/SC-A/26 ޤަޟިއްޔާގައި އެ މައްސަލަ ބަލާފައިވެއެވެ.
18ދިވެހިރާއްޖޭގެ ހައިކޯޓުގެ 2022/HC-A/471 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، 04 ޑިސެންބަރު 2022 ގައި މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާއެކު މި މައްސަލައިގެ އިސްތިއުނާފު ފޯމް މުޙައްމަދު ޝާހިދުގެ ފަރާތުން 03 ސެޕްޓެންބަރު 2024 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ އިސްތިއުނާފު ފޯމު ބަލައިގަނެ ކުރިއަށް ގެންދިއުމަށް ހައިކޯޓަށް އަންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/26 ޤަޟިއްޔާ ގައި ޙުކުމް ކޮށްފައިވެއެވެ.
19މި ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/26 ޤަޟިއްޔާގެ ނިންމުމާ އެއްގޮތަށް މުޙައްމަދު ޝާހިދު ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
20މުޙައްމަދު ޝާހިދގު ފަރާތުން އަންނަނިވި ނުކުތތައާ މި ކޯޓަށް ހުށަހަޅާފައިވެއެވެ.
1.20 ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ (މުޙައްމަދ ޝާހިދު ވ. އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް) ގައި ޙުކުމްކޮށްފައިވަނީ އެއް މައުޟޫއެއްގެ މައްޗަށް ކޯޓަށް ހުށަހެޅިފައިވާ ދެ މައްސަލައިގައި ޤާޟީން ޢަމަލުކުރަންޖެހޭ ގޮތާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
2.20 ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ (މުޙައްމަދ ޝާހިދު ވ. އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް) އަދި ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ (އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޝާހިދު) ގައި ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/13) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (1) ވަނަ ނަންބަރު އަދި ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/4) ގެ 19 ވަނަ މާއްދާގެ (ނ) އަދި 22 ވަނަ މާއްދާއާ ޚިލާފަށްކަމަށްވުނ ކަމަށް ބުން ހުށަހެޅި ނުކުތާއާއި؛
3.20 ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ (މުޙައްމަދ ޝާހިދު ވ. އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް) އަދި ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ (އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޝާހިދު) ގައި ޙުކުމްކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/4) ގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
21އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ
1.21 ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި ދަޢުވާކުރާ މުޙައްމަދު ޝާހިދު ހުށަހަޅާފައިވާ އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައިނުވާކަމާއި، އަދި މި މައްސަލައަކީ ސިވިލް ކޯޓަށް ފުރަތަމަ ހުށަހެޅިފައިވާ މައްސަލައަށްވާއިރު ސިވިލް ކޯޓުން ހަމައެކަނި ބަލާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި ހުށަހަޅާފައިވާ ކަންކަމަށް އެކަނިކަމާއި، ދެ މައްސަލައިގައިވެސް ޙުކުމްކޮށްފައިވަނީވެސް ހަމައެކަނި ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި ވާ ކަންކަމަށްކަން.
2.21 ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު 2 ފަރާތެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، އެ މައްސަލައިގައި ހިމެނޭ ޚަސްމުންގެ ފަރާތުން ހަމަ އެ ޚުސޫމަތ ނުވަތާ އެކަމާބެހޭ ނުވަތަ މައުޟޫއާގުޅޭ އެހެން މައްސަލައެއް އެ ކޯޓަށް ހުށަހަޅައިފިނަމަ ހުރިހާ މައްސަލަތަކެއް ބަލަންވަނީ އެއް ފަނޑިޔާރަކު، އެ މައްސަލަތަކަށް ވަކި ޤަޟިއްޔާ ނަންބަރުތަކެއ ދިން ނަމަވެސް ހުރިހާ މައްސަލަތައް ނިންމުމަށްޓަކައި ލިޔަންވާނ އެއީ ރިޕޯޓެއްކަމަށް ކަން.
3.21 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަލީ މުނީރު ވ. އާސިމް ތައުފީޤް ޤަޟިއްޔާގައިވެސް ކަނޑައަޅާފައިވަނީ އެއް މައުޟޫއެއްގެ ދެ މައްސަލަ އެކުގައި ހުށަހެޅުމުން އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ އެ ދެޤަޟިއްޔާއެކުއެކީގައ ގޮތި ކަނޑައެޅިގެން ދިޔުންކަމާއި، އެއް މައްސަލައިގައި އެދިފައިވާ ކަންކަން އެއްވެސް ވަރަކަށް ބަލާފައިނުވުމުގެ ސަބަބުން ސިވިލް ކޯޓަސް ތަހުވީލުކޮށްފައިވާކަން.
4.21 ސިވިލް ކޯޓަށް މުޙައްމަދު ޝާހިދު ހުށަހެޅި މައްސަލައިގައި ދެ ކަމަކަށް އެދިފައިވާކަމާއި، ސިވިލް ކޯޓުން ޙުކުމްކުރި އިރު އޭގެން އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައިނުވާކަން.
5.21 ޤާނޫނީ އުސޫލުތަކަށް ބަލާއިރު އެއް މައުޟޫއެއްގެ މައްޗަސ ހުށަހެޅް ދޭ މައްސަލައެއްގައި ފުރަތަމަ ހުށަހެޅުނު މައްސަލައިގެ ތެރެއިން ފަހުން ހުށަހެޅުނު މައްސަލަ ބަލަންޖެހޭއިރު، މި މައްސަލައިގއަ ފުރަތަމަ ހުށަހެޅުނު މައްސަލަ އެއްވެސް ވަރަކަށް ބަލާފައިނުވާކަން.
6.21 ގެއްލުމުގެ ބަދަލާ ގުޅޭ ނުކުތާގައި އެއްވެސް ގޮތަކަށް ބަލައި އަދި ޙުކުމް ކުރެވުނު އިރު އެކަމަށް ގޮތް ކަނޑައަޅާފައިނުވާކަން.
22އިސްތިއުނާފީ ދެވަނަ ނުކުތާއާގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ
1.22 ސިވިލް ކޯޓުގެ ހިންގުނު ދެ ޤަޟިއްޔާގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ފްރަސްޓްރޭޓްވެފައިވޭތޯ ނުވަތަ ނުވޭތޯ ބެލުމުގައި ސިވިލް ކޯޓުން ބަލާފައިވަނީ އެންމެ ކަމކަށްކަމާއި، އެގޮތުން ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ މުޙައްމަދު ޝާހިދު ގެ ފަރާތުން 5 އެޕްރީލް 2017 ގައި ފޮނުވާފައިވާ ސިޓީގައިވާ ތާރީޚަށް އެކަނިކަމާއި، އެ ސިޓީއަށް ރިޢާޔަތްކޮށް ދެފަރާތުގެ ދެމެދުގައި ވެފައިވެ ދެ އެއްބަސްވުމުގެ ތެރެއިން އެއްވެސް އެއްބަސްވުމެއް ފްރަސްޓްރޭޓް ވެފައިވޭތޯ ނުވަތަ ނުވޭތޯ ބެލުމުގައި ރިޢާޔަތްކޮށްފައިވަނީ މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހަޅާފައިވާ އާރޗް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ އެސެސްމަންޓް ރިޕޯޓްގެ ތާރީޚަށް އެކަނިކަން. އަދި އެއްބަސްވުން ފްރަސްޓްރޭޓްނުވާ ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ މައްސަލަ ހުށަހަޅާ ފަރާތުން ފޮނުވާފައިވާ ސިޓީއަކީ އާރޗް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ އެސެސްމަންޓް ރިޕޯޓްއަށް ވުރެ ކުރީ ތާރީޚެއްގެ އެއްޗެއްކަމަށް ވުމުންކަން.
2.22 ފްރަސްޓްރޭޓްވުމުގެ ޤާނޫނީ މަބްދައުއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) އަދި 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަލައިގަނެފައިވާ އަސާސެއްކަން. އެއްބަސްވުން ފްރަސްޓްރޭޓްވެފައިވާކަން ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަމުގެ ތެރޭގައި ހީނުކުރާފަދަ ޙާލަތެއް މެދުވެރިވުން އަދި އެ ދިމާވި ޙާލަތުގެ ސަބަބުން އެ އެއްބަސްވުމުގެ ދަށުން ލާޒިމުކުރާކަ މެއް ކުރުމަކީ ވެވެން ނެތްކަމަކަށް ވާންޖެހޭކަމާއި، ހަމައެއާއެކު އެ ދިމާވި ޙާލަތަކީ އެއްބަސްވުމުގެ ބައިވެރިއެއްގެ އަމިއްލަ ޢަމަލުން ދިމާވި ޙާލަތަކަށް ވެގެން ނުވާނެކަން.
3.22 ފްރަސްޓްރޭޝަންގެ އަސާސްތައް ތަތުބީޤު ކުރުމުގައި ޢަމަލުކުރަންޖެހޭގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ވ. ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ގައި ތަފްސީލްކޮށްދީފައިވާކަން.
4.22އިސްވެ ބުނެވުނު ޤަޟިއްޔާގެ އަލީގައި ބަލާއިރު، މި މައްސަލައިގައި، […] ގައް ހުރި އިމާރާތުގައި ރެނދުލައި، މީހުން ދިރިއުޅެން ރައްކާތެރިނޫންތަނަކަށްވެ، އިމާރާތް ތަޅާލަންޖެހިދާނެކަމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމަށް ވަނުމުގެ ކުރިއަށް ލަފާކުރެވިފައިވޭތޯ ބަލާއިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ ދެ އެއްބަސްވުމުގައިވެސް އެފަދަ ޙާލަތަކަށް ރިޢާޔަތްކޮށްފައި ނުވާކަން، އަދި މިކަމުން ދެފަރާތުގެ އެފަދަ ޙާލަތެއް ދިމާވެދާނެކަމަށް ލަފާކުރެވިފައިނުވާކަނ ސާބިތުވެގެން ދާކަމާއި، އަދި އެ ދެ އެއްބަސްވުމުގައި ސޮއިކުރެވުނު އިރު އިމާރާތަށް އެފަދަ ޙާލަތެއް ދިމާވެފައިވާ ކަމުގެ އެއްވެސް ނިޝާނެއެ ނުވަތަ ޝަކުވާއެއް އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިނުވާކަން. އެހެންކަމުން، ދެފަރާތުގެ ދެމެދުގައި ދެ އެއްބަސްވުމުގައި ސޮއިކުރެވުނު ވަގުތު އެ ދެ އެއްބަސްވުމުގެ މުއްދަތުގެ ކުރިއަށް އިމާރާތް ތަޅާލަން ޖެހިދާނެކަމަށް ލަފާކުރެވިފއަ ނުވާކަން. 30 އޯގަސްޓް 2014 ގައި ދެފަރާތް ދެމެދުގައި ފުރަތަމަ އެއްބަސްވުމުގައި ސޮއިކޮށް، އަލުން 4 ނޮވެންބަރު 2015 ގައި ދެވަނަ އެއްބަސްވުމެއްގައި ސޮއިކުރާނީ ހަމަ ގައިމު ވެސް ކުއްޔަށް ދީފައިވާ […] / މާލެ، 5 ވަނަ ފަންގިފިލާ ހުރީ މީހުންނަށް ދިރިއުޅެވޭ ނެފަދަ ރައްކާތެރި ޙާލަތެއްގައިކަން ދެފަރާތަށްވެސް ޤަބޫލުކުރެވި ހެޔޮނިޔަތުގައިކަން.
5.22 ދެފަރާތުގެ ދެމެދުގައި ވެފައިވާ ދެ އެއްބަސްވުމުގައިވެސް، ފޯސް މޭޖަރގެ މާއްދާއެއް ނެތްކަމާއި، އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ ދެފަރާތުން ވާހަކަދައްކައިގެން ހައްލު ނުވެއްޖެނަމަ އެކަން ނިންމާނީ ދިވެހިރާއްޖޭގެ ކަމާބެހޭ ޝަރުޢީ ކޯޓުންކަމަށް އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާކަން.
6.22 އިމާރާތުގެ އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލައި، މުޙައްމަދު ޝާހިދުގެ ފަރާތުން ތަނބުތައ މަރާމާތުކޮށްގެން އިމާރާތް ބޭނުން ކުރުން ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރި ކަމާއި، ނަމަވެސް، މަރާމާތުތަކުގެ ސަބަބުން އެ ތަނބުތައް ވަރުގަދަވެފައިނުވާކަން ފާހަގަކުރެވިފައިނުވާތީ، މިއީ އިސްތިއުނާފުކުރާ ފަރާތުގެ އިހުމާލެއްނެތި ހިނގާފައިވާކަމެއްކަމާއި، ދެ އެއްބަސްވުމުގައި ސޮއިކުރިއިރު އޮތް ޙާލަތެއް ނޫންކަން.
7.22 އިމާރާތެއް މަރާމާތު ކުރަންޖެހުމަކީ އާންމުގޮތެއްގައިވެސް ކުރަންޖެހިދާނެކަމަކަށް ވީނަމަވެސް، އިމާރާތެއްގެ މައިތަނބުތައް މި މިންވަރަށް ގެއްލުން ލިބިފައިވުމަކީ އިންތިހާއަށް ތަފާތު ޙާލަތެއްކަމާއި، އާރޗް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ދީފައިވާ ލަފާތަކަށް ބަލައި، މުޙައްމަދު ޝާހިދުއަށް ޢަމަލުކުރެވޭނެ އޮތީ ދެ ގޮތެއްކަން. އެއީ، އިމާރާތް ހުރިގޮތަށް ބަހައްޓާ ސީދާ ނުރައްކަލެއް ކުރިމަތި ކުރުވުން ނުވަތަ ވަގުތީ އޮތުން އިމާރާތް ހުސްކުރުމަށްފަހު އަލުން އިމާރާތް ހަދާ އިމާރާތުން ނެރުނު މީހުންނަށް އަލުން އިމާރތާ ބޭނުން ކުރުމަށް ދިނުންކަން. މިދެގޮތުންވެސ އެއްބަސްވުމުގް މަގްސަދު ހާސިލުކުރެވޭނެ ގޮތަކީ އިމާރާތް ތަޅާލައި އަލުން ޢިމާރާތް ކުރުން ކަމަށްވާތީ، ދެފަރާތުގެ ދެމެދު ވެފައިވާ ފުރަތަމަ އެއްބަސްވުން ޤާނޫނީ އުސޫލުތަކުގެ މަތިން ފްރަސްޓްރޭޓްވެފައިވާކަމަށް ކަނޑައަޅަންޖެހޭކަން.
8.22 މި ނުކުތާތަކުގައި ބަޔާންކޮށްފައިވާ ކަންކަމަކީ، ދަށުކޯޓުގެ ޤަޟިއްޔާތަކުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 119 ވަނަ މާއްދާގެ (ނ) އަދި 22 ވަނަ މާއްދާގެ (ހ) ތަތުބީޤުކުރެވިފައިވާ ގޮތާމެދު އޮތް ޤާނުނީ ބަހުސެއްކަމާއި، ސިވިލް ކޯޓުން ޙުކުމްކޮށްފައިވާއިރު، މިކަންކަމަށް ރިޢޔަތްކޮށްފައިނުވާކަމާއި، ހަމައެކަނި ރިޢާޔަތްކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ފޮނުވި ސިޓީގެ ތާރީޚަށާއި، އާރޗް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކޮށްފައިވ ރިޕޯޓުގައިވާ ތާރީޚަށްކަން.
23އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާސާ
1.23 ދެފަރާތުގެ ދެމެދުގައި ވެފައިވާ ކުލީގެ އެއްބަސްވުންތަކުގައި ގެއްލުމުގެ ބަދަލު ނަގާނެ އުސޫލު ބަޔާންކޮށްފައިނުވާކަމާއި، އެއްބަސްވުން ބާޠިލުކުރީ ރަނގަޅު ނިޔަތެއްގައިތޯ ސިވިލް ކޯޓުން ބަލާފައިނުވާކަން. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ރިޢާޔަތްކޮށް އެއްބަސްވުން ފްރަސްޓްރޭޓްވެގެން ބާޠިލުކުރާ ޙާލަތުގައި އެއްބަސްވުން ބާޠިލުކުރެވުނު ނިޔަތް ދެނެގަތުމަކީ ސިވިލް ކޯޓުގެ މައްޗަށް އޮތް ޒިންމާއެއްކަން.
2.23 ސިވިލް ކޯޓުން މައްސަލައިގެ ވާޤިއާ ދެނެގަތުމުގައިވެސް ރަނގަޅަށް ހެކިވަޒަންކޮށްފައިނުވާކަމާއި، އެގޮތުން، ދަށުކޯޓުން އާރޗް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން 2 (ދޭއް) އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވާކަމަށް ކަނޑައަޅާފައިވާކަން. އަދި، އިމާރާތް ހުސްކުރުމަށް އަންގާފައިވަނީ ދެވަނަ އިންސްޕެކްޝަނަށ ފަހުގައިކަން ފާހަގަކޮށްފައިވާކަން. 5 އެޕްރީލް 2017 ގައި މުޙައްމަދު ޝާހިދު ފޮނުވި ސިޓީއަކީ އިންސްޕެކްޝަންގެ ކުރިން ފޮނުވި ސިޓީއެއްކަމަށްވާތީ އެއީ ރަނގަޅު އަސާސެއްނެތި ފޮނުވި ސިޓީއެއްކަމަށް ކަނޑައަޅާފައިވާކަން، ނަމަވެސް، ދެވަނަ އިންސްޕެކްޝަންއެއް ރަސްމީ ސިފައެއްގައި ހަދާ ރިޕޯޓެއް ތައްޔާރުކުރީ ކޮން ސަބަބެއްގައިކަން ސާފުކޮށްދީފއިވާކަމާއި، އެ އިންސްޕެކްޝަން ހެދީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ބޭނުމަށްކަން.
3.23 ފުރަތަމަ އިންސްޕެކްޝަން ހެދީ 20 ނޮވެންބަރު 2015 ގައިކަމާއި، އޭރު ލިބިފައިވާ ގެއްލުންތައް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވާކަން.
4.23 ދިވެހިރާއްޖޭގެ ހައިކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝަރީފް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ސީދާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އުސޫލުގައިވަނީ ގެއްލުމުގެ ބަދަލު ކަނޑައަޅަންވާނީ މަދަނީ މިންގަނޑުން ސާބިތުކޮށްދޭ ގެއްލުމުގެ މިންވަރުގެ މައްޗަށްކަން އަދި އެ މިންވަރަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ޤަބޫލުކުރެވޭ މިންވަރަކަށް ވާންވާނެކަނ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާގުޅޭ ޤާނޫނީ އުސޫލުތައް ބަޔާންކޮށްފައިވާކަން.
5.23 ދަށުކޯޓުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށް ނޫންކަމާއި، ޚަބީރެއްގެ ހެކިބަސް ދިނުމަށް ހުށަހެޅި ނަމަވެސް، ހެކި ހާޒިރުކޮށްފައިނުވާކަން. އަދި ހެޔޮނިޔަތް ދެނެގަތުމަށް، އެއްބަސްވުން ދެމެހެއްޓުމަށް ކޮށްފައިވާ މަސައްކަތަށް ރިޢާޔަތްކޮށްފައިނުވާކަން.
6.23 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ވަރަށް ރައްކާތެރި ނުވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ރައްކާތެރިނުވި ފަރާތަށް ބަދަލުދިނުމެއް ނޯންނާނެކަމަށް ކަނޑައަޅާފައިވާކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސީދާ އަދި ނުސީދާ ގެއްލުމުގެ ބަދަލުގެ ދަށުން އުނިކުރަންޖެހޭ ފައިސާގެ ޢަދަދުތައް ކަނޑައަޅާފައިވާކަން.
7.23 އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން ފާހަގަކުރި ތަފްސީލުތަކުން އެނގޭކަމަކީ، ސިވިލް ކޯޓުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ޢަމަލުކޮށް ފައިވަނީ ޤާނޫނުން ތަސައްވަރުކޮށްފައިވާ ގޮތަށްކަމާމެދު ފާޅުކަން 2013/HC- A/218 ބޮޑުގޮތެއްގައި ސުވާލު އުފެދޭ ގޮތަށްކަން. އަދި ކޮންޓެރްކްޓާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން އެލް.އެފް ކޮންސްޓްރަކްޝަނުން ގެއްލުމުން ކުޑަކުރުމުގެ ޒިންމާ އަދާކޮށްފައިވޭތޯ ބަލާފައިނުވާކަން.
24މުޙައްމަދު ޝާހިދުގެ ފަރާތުން އެދިފައިވަނީ ތިރީގައިވާ ކަންކަމަށެވެ.
1.24 ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ އަދި ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އެ މައުޟޫއެއްގެ މައްޗަށް ދެ ދަޢުވާއެއް ހުށަހަޅާ ޙާލަތުގައި މައްސަލަ ބަލާ ޢަމަލުކުރަންޖެހޭ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި؛
2.24 ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ ގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) އަދި 22 ވަނަ މާއްދާގެ ދަށުން ފްރަސްޓްރޭޓްވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެކަށީގެންވާވަރަށް ހުށަހަޅާފައިވާ ހެއްކަށަ ރިޢާޔަތްނުކޮށްކަމަށް ކަނޑައަޅައިދިނުމަށާއި ؛
3.24 އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެފައިވާ ފުރަތަމަ އެއްބަސްވުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) އަދި 22 ވަނަ މާއްދާގެ ދަށުން ފްރަސްޓްރޭޓްވެފައިވާކަމަށް ކަނޑައަޅައިދިނުމަށާއި،
4.24 އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެފައިވާ ދެވަނަ އެއްބަސްވުންވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ އަމިއްލަ ޢަމަލުން ބާޠިލުވެފައިވާކަނ ސާބިތުވާކަމަށް ކަނޑައަޅައިދީ އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ ޢަމަލުން ބާޠިލުވުމުގެ ސަބަބުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ޒިންމާވާންޖެހޭކަން ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށާއި؛
5.24 ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ އަދި ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ ގެ ދަށުން ގެއްލުމުގެ ބަދަލުގައި ނަގައިދިނުމަށް ޙުކުމްކޮށްފައިވާ އެންމެހާ ޢަދަދުތަކަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށް ނަގައިދީފައިވާ ޢަދަދުތަކެއްކަން ކަނޑައަޅައިދީ، ސިވިލް ކޯޓުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ޙުކުމްކޮށްފައިވާ ޢަދަދު ބާޠިލުކޮށްދިނުމަށާއި؛ އަދި
6.24 ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ ގައި އިސްތިއުނާފުކުރާ ފަރާތުން ފޮނުވާފައިވާ ނޯޓިސްއާ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކުއްޔަށް ހިފާފައިވާ ތަން ހުސްކޮށްފައިވުމުގެ ސަބަބުން ތަން ހުސްކުރެވުނ މުއްދަތު ހަމައަށް ލިބިފައިވާ އެންމެހާ ގެއްލުމުގެ ބަދަލަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޒިންމާވާންޖެހޭނެކަން ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ތަން ހުސްނުކޮށް ހިނގާދިޔަ ކޮންމެ މަހަކަށް 275,000 (ދެލައްކަ ހަތްދިހަފަސްހާސް ރުފިޔާ) އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދައްކަންޖެހޭކަން ސާބިތުވާކަމަށް ކަނޑައަޅައިދީ އެ ފައިސާ އެކީ އެއްފަހަރާ އިސްތިއުނާފުކުރާ ފަރާތަށް ދެއްކުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އަންގާ އަމުރުކޮށްދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅާ
25އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސާ
1.25 އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ ދަށުކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއެއްނޫންކަމާއި، ދެ މައްސަލަ އެކީގައި ހިންގުމަށް އެދިފައިވާކަން އެނގެން ނެތްކަން.
2.25 ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި ފާހަގަކުރި ކަންކަން ފާހަގަކުރުމަށްފަހު އެކަމަށް ބާރުދޭ ހެކި ހުށަހަޅާފައިވާކަން، އަދި ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ އެހެކިތަކަށް ރިޢާޔަތްކޮށްކަން އަދި އެ ނިންމުން އިސްތިއުނާފުކޮށްފައިނުވާކަން.
3.25 ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި އެ ޤަޟިއްޔާގައި ކަނޑައަޅާނެ އިތުރުކަމެއ ނެތްކަމަށް ނިންމާފައިވަނެ ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި އެއްބަސްވުން ފްރަސްޓްރޭޓްނުވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ދިން ނޯޓިހަކީ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ނޯޓިހެއްކަމުން، ބަދަލު ދޭންޖެހޭނެކަމަށް ކަނޑައަޅާފައިވާތީ އެ ޤަޟިއްޔާގައި ކަނޑައަޅާނެ އިތުރު ކަމެއް ނެތުމުންކަން.
4.25 އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އަޙްމަދު ޝިޔާމް އަދި އިތުރު 2 ފަރާތެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާވެސް ބުރަވަނީ އިސްތިއުނާފު ރައްދުވާ ފަރާތާ އެއްކޮޅަށްކަން. ވަކިވަކިން ދެ ޤަޟިއްޔާ ބަލާފައި އޮތުމުން އެއީ އެއް ޤަޟިއްޔާއެއްގައި ކަނޑައަޅާފައިވާ ނިހާއީ ނިންމުމެއް ބާޠިލުކުރަންޖެހޭ ސަބަބެއް ނޫންކަންވެސް ސުޕްރީމްކޯޓުގެ ނިންމުމުން އެނގޭކަން.
5.25 ހައިކޯޓުގެ ޢަލީ މުނީރު ވ. އާސިމް ތައުފީޤު ޤަޟިއްޔާގައި މައްސަލަ ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރުމުން ކަންހިނގިގޮތަށް ބަލައި، އެ އުސޫލު މި މައްސަލައަށް ތަޠުބީޤުކުރުމުން، އެއްބަސްވުމާ ޚިލފުވެފައިވަނާ އިސްތިއުނާފުކުރާ ފަރާތުން ކަމުގައި ކަނޑައަޅާފައިވާ ކަނޑައެޅުން ނިހާއީ ވެފައިވާތީ އެ ނިންމުމާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތަށް ގެއްލުމުގެ ބަދަލެއް ދޭންޖެހޭ ތަނެއް ނެތްކަމުން، ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި ކަނޑައަޅާނެ އިތުރު ގޮތެއް އޮންނާނެކަމަށް ނުދެކޭކަން.
6.25 އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހޭ ޤާނޫނީ ބަހުސެއް ބަޔާންކޮށްފައިނެތްކަން.
26އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސާ
1.26 އިސްތިއުނާފުކޮށްފައިވާ މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ ކަމަށްވީނަމަވެސް، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށް އިސްތިއުނާފީ ނުކުތާގައި، ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގެ ނިންމުންވެސް ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމުގައި ބުނެ ހުށަހަޅާފައިވާކަން.
2.26 މި އިސްތިއުނާފުގެ ތެރޭގައި ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވޭތޯ ބެލުން ހިމެނިދާނެކަމަށް ނުދެކޭކަމާއި، އެއީ އިސްތިއުނާފީ އުޞޫލުތަކާ ޚިލާފުކަމެއްކަން. އަދި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި މިހާތަނަށް ކަންތައްތައް ތަރުތީބުވެފައިވާ ގޮތާވެސް ޚިލާފުކަމެއްކަމާއި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ޤާއިމުވެފައިވާ ދުވަސްވީ އުޞޫލުތައް މުގު ރާލައި މިފަދަ އިސްތިސްނާއެއް އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭ ޚާއްސަ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައިނުވާކަން.
3.26 އެއްބަސްވުމާ ޚިލާފަށް މުޙައްމަދު ޝާހިދުގެ ފަރާތުން ނޯޓިސް ފޮނވާފައިވާކަމާއި، މުޙައްމަދު ޝާހިދުގު ފަރާތުން އެއްބަސްވުން ނިމުމަކަށް ގެނެސްފައވަނި އެއްބަސްވުމާ ޚިލާފަށްކަމާއި، މުޙައްމަދު ޝާހިދުގެ ފަރާތުން ދަޢުވާކުރާ ގޮތަ ށ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ފްރަސްޓްރޭޓްވުމުގެ ސަބަބުންކަމުގައި ކަނޑައެޅެންނެތްކަން އަދި އެފަދަ ޙާލަތެއްނެތްކަމާއި، ގެއްލުމުގެ ބަދަލު ދޭންޖެހެނީ މުޙައްމަދު ޝާހިދުކަމާއި، މިއީ ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންތައްތައް ކަން.
4.26 އިސްތިއުނާފީ ދެވަނަ ނުކުތާ ބިނާވަނީ އެއްބަސްވުން ފްރަސްޓްރޭޓްވުމާ ގުޅޭގޮތުން ކަމަށްވާއިރު، މިކަންކަމަކީ ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި ފާހަގަކޮށް، ގޮތް ނިންމާފައިވާ ކަންކަން ކަމަށްވާތީ، މި ނުކުތާގައި ހައިކޯޓުން އިތުރުކަމެއް ކަނޑައަޅަންޖެހޭ ކަމަށް ނުދެކޭކަން.
27އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސާ
1.27 އިސްތިއުނާފީ ތިންވަނަ ނުކުތާގައިވެސް، ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގެ ނިންމުން ޤާނޫނީ އުޞޫލުތަކާއި ޚިލާފު ކަމަށް ފާހަގަކޮށްފައިވާތީ އެއީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުންކަން.
2.27 ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގެއްލުމުގެ ބަދަލު އޮތީ ނިހާއީވެފައިކަމާއި، މި ޤަޟިއްޔާގެ ތެރެއިން ދެން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގެއްލުމުގެ ބަދަލަށް ތަޢުނުކޮށް ޗެލެންޖްކުރެވިދާނ ކަމަށެ ނުދެކޭކަން.
3.27 ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އަޙްމަދު ޝިޔާމް އަދި އިތުރު 2 ފަރާތެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ބަލާއިރުވެސް ސާފުވާ ކަމަކީ ޤަޟިއްޔާއެއް އިސްތިއުނާފުކޮށްފައިނުވާނަމަ، އެ ޤަޟިއްޔާއެއްގެ ނިންމުމަކީ ފައިޞަލާކުރަނިވި ޙުކުމަކަށް ވެފައިވާ ނިންމުމެއްކަން.
4.27 ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ފުރުޞަތު އޮވެ، އިސްތިއުނާފުކޮށްފައިނުވާތީ ގެއްލުމުގެ ބަދަލާ ގުޅިގެން ޗެލެންޖްނުކުރެވޭނެކަން.
28ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމަކީ މިހާރު ނިހާއީ ވެފައިވާ ކަންކަން ކަމުގައިވާއިރު، މި އިސްތިއުނާފީ ނުކުތާގައި ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބަދަލުކުރާނެ ފަދަ ޤާނޫނީ ބަހުސެއް ހުށަހެޅިފައިނުވާކަމަށް ކަނޑައަޅައި މި މައްސަލަ ނިންމައިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވެއެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ކަން ހިނގިގޮތުގެ ޚުލާޞާ
29މި އިސްތިއުނާފުގައި އޮތީ […] 5 ވަނަ ފަންގިފިލާ ކުއްޔަށް ދިނުމަށް މުޙައްމަދު ޝާހިދު އާއި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ ކުލީގެ ދެ އެއްބަސްވުމަކާމެދު އުފެދުނު ޚުޞޫމާތެއްގައި ކަންހިނގާދިޔަ ގޮތުގެ ވާހަކައެވެ. މި ދެފަރާތުގެ ދެމެދު އުފެދުނު ޚުޞޫމާތަށް ޙައްލު ހޯދުމަށް މި ދެފަރާތުންވެސް ޝަރުޢީ މަރުޙަލާގެ ބޭނުން ހިފިކަން ވާޤިޢާތަކުން އެނގެން އޮވެއެވެ.
30އެގޮތުން، މި ދެފަރާތުން ޝަރުޢީ މަރުޙަލާގެ ބޭނުން ހިފާފައިވާގޮތަށް ބަލާއިރު، އެންމެ ފުރަތަމަ ދަށުކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މުޙައްމަދު ޝާހިދއެވެ. އެ މައްސަލައަކީ، އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައަކީ، 5 ފެބުރުވރަ 2018 ގައި ހުށަހެޅުނު މައްސަލައެކެވެ. އެ މައްސަލައަކީ، ކުލީގެ އެއްބަސްވުން ފްރަސްޓްރޭޓްވެފައިވާކަމަށް ބުނެ 08 (އަށެއް) މަސްދުވަހުގެ ނޯޓިހެއްދީ ތަން ހުސްކުރުމަށް މުޙައްމަދު ޝާހިދު އެންގުމުން އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ތަން ހުސްކޮށްފައިނުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅި މައްސަލައެކެވެ. އެއީ ދަށުކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔކަނާ އެނގެން އޮވެއެވެ.
31ބުނެވިދިޔ މައްސަލަ މުޙައްމަދަ ޝާހިދު ދަށުކޯޓަށް ހުށަހެޅި ފަހުން، އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށުކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލައަކީ، މުޙައްމަދު ޝާހިދަށް ރައްދުވާގޮތަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައަކީ، 14 ފެބުރުވރަ 2018 ގައި ހުށަހެޅުނު މައްސަލައެކެވެ. އެ މައްސަލައަކީ، ތަން ހުސްކުރުމަށް މުޙައްމަދު ޝާހިދު އެންގި އެންގުމަކީ އެއްބަސްވުމާ ޚިލާފަށް އެންގި އެންގުމެއްކަމަށްވާތީ އެ ތަނުން ނުނިކުތުމުން، މުޙައްމަދު ޝާހިދު އެ ތަނުގެ ކަރަންޓް ކަނޑައި، ފޯނު ލައިނު ބުރިކޮށް އަދި އެނޫނަސް ތަފާތު ދުއްތުރާތަކާއި އުނދަގޫތައްކުރުމަށްފަހު، އެ ތަނުގެ މައިގޭޓްގައި ތަޅުއަޅުވައި އިމާރާތަށް ވަނުމަށް ހުރަސްއަޅާފައިވާތީ، މި ޢަމަލުތަކަކީ، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް މުޙައްމަދު ޝާހިދު ކޮށްފައިވާ ޢަމަލުތަކަކަށް ވާތީ، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދޭކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. އެއީ ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ ކަން އެނގެން އޮވެއެވެ.
32ބުނެވިދިޔަ ދެ ޤަޟިއްޔާ ދަށުކޯޓުން ބަލާފައިވަނީ އެކުއެކީގައެވެ. އެ ދެ ޤަޟިއްޔާ ބެލީވެސް އެއްފަނޑިޔާރެކެވެ. އެ ދެ ޤަޟިއްޔާގައިގައި ޙުކުމްކުރީވެސް އެއްދުވަހެއްގައެވެ. އެގޮތުން، އެ ދެ ޤަޟިއްޔާގައިވެސް ޙުކުމްކޮށްފައިވަނީ 8 ނޮވެންބަރު 2018 ގައެވެ. ފުރަތަމަ ޙުކުމްކޮށްފައިވަނީ، މި ދެ ޤަޟިއްޔާގެ ތެރެއިން، ދަށުކޯޓަށް ފަހުން ހުށަހެޅުނު އެ ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައެވެ. އެ ޤަޟިއްޔާގައި، ދެޤަޟިއްޔާގެ މައުޟޫއާމެދު ވެސް ގޮތް ކަނޑައަޅާފައިވެއެވެ. އެ ޙުކުމް އޮތީ އެ މައްސަލަ ހުށަހެޅި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ އެއްކޮޅަށެވެ. އެ ޙުކުމާ ގުޅިގެން މުޙައްމަދު ޝާހިދުގެ މއްޗަށަ މާލް ޒިންމާތަކެއް މަތިކުރެވުނެވެ.
33ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި ބުނެވިދިޔަ ފަދައިން ޙުކުމްކުރުމަށްފަހު، ދެން ޙުކުމްކޮށްފައިވަނީ އެ ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައެވެ. ނަމަވެސް، މިއީ މި ދެ ޤަޟިއްޔާގެ ތެރެއިން ފުރަތަމަ ހުށަހެޅުނު ޤަޟިއްޔާއެވެ. އެ ޙުކުމް އޮތީ ވަރަށް ޚުލާސާކޮށެވެ. އެ ޙުކުމްގައި އޮތީ ދަށުކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި އެދިފައިވާ ކަންކަމަށް އެ ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވުމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެތަނެއ ނެތްކަމަށް ކަނޑައަޅައް ޙުކުމްކުރިކަމަށކަނ އެނގެން އޮވެއެވެ.
34މި ކޯޓުން ބަލަމުންދާ މި ޤަޟިއްޔާއަކީ، ބުނެވިދިޔަ ދެ ޤަޟިއްޔާ އެކުގައި އިސްތިއުނާފުކުރުމުން ބެލެވޭ ޤަޟިއްޔާއެއްނޫނެވެ. މި ކޯޓުން ބަލަމުންދާ ޤަޟިއްޔާއަކީ، އެ ދެ ޤަޟިއްޔާގެ ތެރެއިން އެއް ޤަޟިއްޔާ އިސްތިއުނާފުކުރުމުން ބެލެވޭ ޤަޟިއްޔާއެކެވެ. މި ކޯޓުން ބަލަމުންދާ ޤަޟިއްޔާއަކީ، އެ ދެ ޤަޟިއްޔާގެ ތެރެއިން ދެ ޤަޟިއްޔާގައި އެދިފައިވާ ކަންކަމަށް މައުޟޫއީގޮތުން އެކުގައި ގޮތްކަނޑައެޅި ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގެ އިސްތިއުނާފީ ޤަޟިއްޔާއެއްނޫނެވެ. މި ކޯޓުން ބަލަމުންދާ ޤަޟިއްޔާއަކީ، އެ ދެ ޤަޟިއްޔާގެ ތެރެއިން އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދަށުކޯޓުން ޙުކުމްކުރި އެ ކޯޓުގެ ނަންބަރު 2018/C-528/Cv ޤަޟިއްޔާގެ އިސްތިއުނާފީ ޤަޟިއްޔާއެވެ. އެއީ މި އިސްތިއުނާފުގައި އަހުރެންގެ ކުރިމަތީގައި އިސްތިއުނާފުކޮށްފައި އޮތްކަމަށް ފެންނަން އޮތް ޤަޟިއްޔާއެވެ.
35އަހުރެންނަށް ފާހަގަކުރެވޭ ގޮތުގައި މި އިސްތިއުނާފ ގުޅިގެނާ މި ކޯޓުން ޖަވާބު ދޭންޖެހޭ ސުވާލުތަކަކީ:
1.35 އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އެއް މައުޟޫއެއްގެ މައްޗަށް ކޯޓަށް ހުށަހެޅިފައިވާ ދެ މައްސަލައިގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ގޮތާ ޚިލާފަށްތޯ ؟ އާއި
2.35 ދަށުކޯޓުގެ ނަންބަރު 2018/C-528/Cv ޤަޟިއްޔާ އިސްތިއުނާފުކޮށްގެން އިސްތިއުނާފުކޮށްފައި ނެތް ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ތައުނުކުރެވިދާނެތޯ އޮތް ސުވާލެވެ. މި ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަމާމެދު ފާހަގަވާކަންކަން އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އެއް މައުޟޫއެއްގެ މައްޗަށް ކޯޓަށް ހުށަހެޅިފައިވާ ދެ މައްސަލައިގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ގޮތާ ޚިލާފަށްތޯ؟
36މި ނުކުތާގައި، އިސްތިއުނާފުކުރާ މުޙައްމަދު ޝާހިދުގެ ފަރާތުން ފާހަގަކުރާ ފުރަތަމަ ކަމަކީ، އިސްތިއުނާފުކޮށްފައިވާ ދަށުކޯޓުގެ ނަންބަރު 2018/C-528/Cv ޤަޟިއްޔާގައި އެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ އެއްވެސް ކަމަކަށް އެ ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ފާހަގަކުރާކުރުމެވެ. ނަމަވެސް އެކަމަށް އިސްތިއުނާފު ރައްދުވާ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިންކާރު ކުރެއެވެ. އެފަދައިން އިންކާރުކުރުމާއެކު، ދަށުކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާއާއި ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާއަކީ އެކުއެކީގައި ނިންމާފައިވާ ދެ ޤަޟިއްޔާކަމާއި، އެ ދެ ޤަޟިއްޔާގެ ޙުކުމްކުރިއިރު، ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި މައުޟޫއީގޮތުން ގޮތް ކަނޑައެޅިއިރު، ދަށުކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި މުޙައްމަދު ޝާހިދުގެ ފަރާތުން ފާހަގަކުރި ކަންކަމާމެދުވެސް އެ ޤަޟިއްޔާގައި ގޮތް ކަނޑައަޅާފައިވާކން އެ ފަރާތުން ފާހަގކުރަ އެވެ.
37އިސްތިއުނާފުކޮށްފައިވާ ދަށުކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި މުޙައްމަދު ޝާހިދުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ އެއްވެސް ކަމަކަށް އެ ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކީ، ހަމަ ޙަޤީޤަތުގައިވެސް ތެދު ބުނުމެއްތޯ ބަލާއިރު، އިސްތިއުނާފު ރައްދުފާ ފަރާތުން ފާހަގަކުރި ފަދައިން ދަށުކޯޓުން މި ދެ ޤަޟިއްޔާ އެކުގައި ބަލައި ޙުކުމްކުރިއިރު، މައުޟޫއީގޮތުން ގޮތް ކަނޑައަޅާފައި އޮތީ ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައިކަނ ސާފުކޮށް އެނގެއެވެ.
38އެކަން އެނގެނީ، ދަށުކޯޓުގެ ނަންބަރު 2018/C-528/Cv ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުންނެވެ. އެ ރިޕޯޓުގައި މުޅި ޖުމްލަ 03 (ތިނެއް) ނުކުތާ ފަނޑިޔާރު ފާހަގަކޮށްފައިވާއިރު، އެތަނުން 03 (ތިނެއް) ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ: "3. ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި އެދިފައިވާ ކަންކަމަކީ ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޝަރީޢަތުން އެކަންކަމަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅި ފައިސަލާކުރެވިފައިވާ ކަންކަން ކަމުގައިވާތީ، ހިނގަމުން މިދާ މައްސަލަ އިތުރަށް ބަލާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަން ޝަރީޢަތަށް އެނގެން އޮންނަކަމެވެ."
39އެހެންކަމުން، މުޙައްމަދު ޝާހިދުގެ ފަރާތުން މި އިސްތިއުނާފުގައި ބުނާފަދައިން އޭނާ ހުށަހެޅި އެއްވެސް ކަމަކަށް ދަށުކޯޓުން ރިޢާޔަތްކޮށްފައި ނެތްކަމަށް ބުނާ ބުނުމަށް އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ.
40މި ނުކުތާގައި، އިސްތިއުނާފުކުރާ މުޙައްމަދު ޝާހިދުގެ ފަރާތުން ފާހަގަކުރާ ޤާނޫނީ އުޞޫލުތަކުގެ މަޞްދަރުތަކުގ ގޮތުގައެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ އަޙްމަދު ޝިޔާޛް އަދި އިތުރު 2 ފަރާތެއް ވ. ފުރަނަ ހޯލްޑިންގސ ޕްރައިވެޓް ލިމިޓެޑް އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަލީ މުނީރު ވ. އާސިމް ތައުފީޤް ޤަޟިއްޔާ ފާހަގަކޮށްފައިވާކަން އެނގެއެވެ. އެ މަޞްދަރުތަކާ ޙަވާލާދީ މުޙައްމަދު ޝާހިދުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދެ މައްސަލަ ހުށަހެޅިފައިވާއިރު، ދެ މައްސަލަވެސް ބަލަންޖެހޭނެކަން ބުނެވިދިޔަ މަޞްދަރުތަކުން އެނގޭކަމަށެވެ. ނަމަވެސް އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ދަށުކޯޓަށް މުޙައްމަދު ޝާހިދު ހުށަހެޅި މައްސަލަ (ދަށުކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ) އެއްވެސް ވަރަކަށް ބެލިފައިނުވުމުން، އެއީ އެ މަޞްދަރުތަކުގައ ބަޔާންކުރި ބުނެވިދިޔަ އުޞޫލާ ޚިލާފުކަމއްކަމަށް މުޙައްމަދެ ޝާހިދުގެ ފަރާތުން ފާހަގަކުރާކަން އެނގެއެވެ.
41މުޙައްމަދު ޝާހިދުގެ ފަރާތުން އެދޭ ފަދައިން އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައަށް ބުނެވިދިޔަ އުޞޫލު ތަޠުބީޤުކުރުމަށް އަހުރެން ބެލިއިރު، އަހުރެންނަށް ފާހަގަވީކަމަކީ، އެ ފަރާތުން ބުނާ ގޮތާ މުޅިން ޚިލާފަށް، ދަށުކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި އެދިފައިވާ ކަންކަމަކީ ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި އެކަންކަމަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅި ފައިސަލާކުރެވިފައިވާ ކަންކަންކަމަށް އިސްތިއުނާފުކުރެވިފައިވާ ދަށުކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި ދަށކޯޓުނު ބަޔާންކޮށްފައިވާކަމެވެ.
42އެހެންކަމުން، ދަށުކޯޓުގެ ނިންމުމަކީ، ބުނެވިދިޔަ އުޞޫލުގައި ބަޔާންކުރާ ފަދައިން ދެ ޤަޟިއްޔާގައިވެސް ހުށަހެޅިފައިވާ ކަންކަން ބަލައި، އެކަންކަމަށް އެކުގައި ރިޢާޔަތްކޮށް ގޮތް ކަނޑައަޅަންވާނެކަމަށް ބަޔާންކުރާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ.
43މ މައްސަލައިގައި އޮތި ފަދައިން، ދެ ޤަޟިއްޔާއެއް އޮންނަ ޙާލަތުގައި، އެ ދެ ޤަޟިއްޔާ ބަލަންވާނީ އެއް ފަނޑިޔާރަކުކަމަށާއި، މައްސަލަތަކަށް ވަކި ޤަޟިއްޔާ ނަންބަރުތަކެއ ދިންނަމަވެސް ހުރިހާ މައްސަލައެއް އެކުއެކީގައި ނިންމައި އެ މައްސަލަތައް ނިންމުމަށްޓަކައި ލިޔަންވާނީ އެއް ރިޕޯޓުކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ އަޙްމަދު ޝިޔާޛް އަދި އިތުރު 2 ފަރާތެއް ވ. ފުރަނަ ހޯލްޑިންގސ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފއަ ވާކަން އަހުރެންނަށްވެސް ފާހަގަކުރެވެއެވެ.
44އަހުރެންގެ ކުރިމަތީގައި އޮތް ޤަޟިއްޔާއަށް ފުރަތަމަ ނަޒަރުން ބަލާއިރު، މި ޤަޟިއްޔާގައި ފެންނަން އޮތީ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ނިންމުމާ ޚިލާފަށް، ދަށުކޯޓުގެ ފަނޑިޔާރު ދެ ޤަޟިއްޔާގައި އެއް ރިޕޯޓް ލިޔުމުގެ ބަދަލުގައި، ދެޤަޟިއްޔާގައި ދެރިޕޯޓް ލިޔެފައިވާކަމެވެ. ނަމަވެސް، ދެ ޤަޟިއްޔާގެ ދެ ރިޕޯޓަށް އިތުރަށް ބަލާއިރު، ފެންނަން އޮތީ ސުޕްރީމް ކޯޓުގެ އެ ނިންމުމުގައިވާ ފަދައިން ދެ ޤަޟިއްޔާގައިވެސް މައުޟޫއީ ގޮތުން ގޮތް ކަނޑައެޅުމަށް ދަށުކޯޓުގެ ފަނޑިޔާރުވެސް ލިޔެފައި އޮތީ ހަމަ އެއް ރިޕޯޓުކަމެވެ. އެގޮތުން، ދެ ޤަޟިއްޔާގެ މައޟުއަށ ގޮތް ކަނޑައެޅިކަން ފެންނަން އޮތީ ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައެވެ. ފެންނަން އޮތީ، ބުނެވިދިޔަ ފަދައިން ދެ ޤަޟިއްޔާގައި މައޟު އ ގޮތުން ގޮތް ކަނޑައެޅުމަށް އެއް ރިޕޯޓު ލިޔުމަށްފަހު، އެ ޤަޟިއްޔާގައި މައޟު އީ ގޮތުން ގޮތް ކަނޑައެޅިފައޫ ވާތީ ދަށުކޯޓުގެ ނަންބަރު 2018/C-528/Cv ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ޙުކުމްކޮށްފައިވާކަމެވެ. ދަށުކޯޓުން އޭގެ ޒާތުން، ދެ ރިޕޯޓް ލިޔެފައިވާކަނ ފެންނަން އޮތް އޮތުމަށް ބަލައި، އެއީ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ނިންމުމާ ޚިލާފު ނިންމުމެއްކަމަށް ބެލިނަމަވެސް، އެގޮތަށް ދަށުކޯޓުގެ ފަނޑިޔާރު ޢަމަލުކުރިކުރުމަކީ، އޭގެ ސަބަބުން ޙުކުމަށް ބަދަލު އަންނަ ފަދަ އިޖުރާއީ އައިބެއްކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
45ފެންނަން އޮތް ޙަޤީޤަތަކީ، ދަށުކޯޓުން އެ ދެ ޤަޟިއްޔާ ނިންމާފައި އޮތަ 08 ނޮވެންބަރު 2018 ގައި ކަމެވެ. ފެންނަން އޮތް ޙަޤީޤަތަކީ، މުޙައްމަދު ޝާހިދު ޙަވާލާދޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ އަޙްމަދު ޝިޔާޛް އަދި އިތުރު 2 ފަރާތެއް ވ. ފުރަނަ ހޯލްޑިންގސ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ނިންމާފައި އޮތީ 24 ނޮވެނބަރް 2020 ގައި ކަމެވެ. ފެންނަން އޮތް ޙަޤީޤަތަކީ، މުޙައްމަދު ޝާހިދު ޙަވާލާދޭ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ އަޙްމަދު ޝިޔާޛް އަދި އިތުރު 2 ފަރާތެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަކީ، ދަށުކޯޓުގެ ފަނޑިޔާރު އެ ދެ ޤަޟިއްޔާ ނިންމިއިރު ވުޖޫދުގައިވެސް ނެތް ނިންމުމެއްކަމެވެ. އެހެންކަމުން، މި ޙާލަތުގައި ދަށުކޯޓުގެ ފަނޑިޔާރުގެ ނިންމުން ސުޕްރީމް ކޯޓުގެ އެ ނިންމުމާ ޚިލާފުކަމަށް ބަލައި ދަށުކޯޓުގެ ފަނޑިޔާރަށް ގޯހެއް ހެދިފައި އޮތްކަމުގައި އަހުރެން ނުދެކެމެވެ.
46މ މައްސަލައިގައި އޮތި ފަދައިން، ދެ ޤަޟިއްޔާއެއް އެކުގައި ހިންގާ ދަށުކޯޓުން ޙުކުމްކުރިއިރު، އެތަނުން އެއް ޤަޟިއްޔާގައި އެދިފައިވާ ކަންކަން އެއްވެސް ވަރަކަށް ދަށުކޯޓުން ބަލައި، އެކަމާމެދު ގޮތެއް ކަނޑައަޅާފައިނުވާތީ ހައިކޯޓުގެ ޢަލީ މުނީރު ވ. އާސިމް ތައުފީޤް ޤަޟިއްޔާގައި އެ މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ތަޙުވީލުކޮށްފައިވކަނ އަހުރެންނަށްވެސް ފާހަގަކުރެވެއެވެ.
47އަހުރެންގެ ކުރިމަތީގައި އޮތް ޤަޟިއްޔާއަށް ބަލާއިރު، ދެ ޤަޟިއްޔާގައި އެދިފައިވާ ކަންކަމަށްވެސް ދަށުކޯޓުން މައުޟޫއީ ގޮތުން ގޮތް ކަނޑައެޅިއިރު ރިޢާޔަތްކޮށްފައިވާކަމަށް ބަޔާންކޮށްފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
48މުޙައްމަދު ޝާހިދުގެ ފަރާތުން ޙވާލާދަ ޢަލީ މުނީރު ވ. އާސިމް ތައުފީޤް ޤަޟިއްޔާއަކީ އިސްތިއުނާފުގައި އޮތް ދަށުކޯޓުގެ މައްސަލަ ނިންމުމުގެ ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމެއްކަމުގައި ވީނަމަވެސް، ހައިކޯޓުގެ އެ ނިންމުމުގައި ބަޔާންކުރާ ފަދައިން މައްސަލަތަކުގައި ހުށަހެޅޭ ކަންކަން ބަލައި އެކަންކަމާމެދު ގޮތް ކަނޑައެޅުމަކީ ޝަރީޢަތްކޮށް ޙުކުމްކުރުމުގެ ވަރަށް އަސާސީ ކަމެއްގެ ގޮތުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
49އަހުރެންގެ ކުރިމަތީގައި އޮތް ޤަޟިއްޔާގައި، މުޙައްމަދު ޝާހިދު ހުށަހެޅި ކަންކަން އެއްވެސް ވަރަކަށް ބަލާފައި ނެތްކަމަށް އޭނާ ބުނިނަމަވެސް، އެއީ ކަންވެފައި އޮތްގޮތް ނޫންކަން އިސްވެބަޔާންކުރެވުނު ނުކުތާތަކުން ސާފުކޮށް ފެންނަން އޮތަތީ، މުޙައްމަދު ޝާހިދު ޙަވާލާދޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު 2 ފަރާތެއް ވ. ފުރަނަ ހޯލްޑިންގސ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔއާއާ ޢަލީ މުނީރު ވ. އާސިމް ތައުފީޤް ޤަޟިއްޔާ އަހުރެންގެ ކުރިމަތީގައި އޮތް ޤަޟިއްޔާއަށް ތަޠުބީޤުކުރަންޖެހޭ ޙާލަތެއް އޮތްކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
50ބުނެވިދިޔަ ކަންކަމުގެ އިތުރުން، މި ބަހުސްގައި މުޙައްމަދު ޝާހިދުގެ ފަރާތުން ފާހަގަކރަނު އޭނާގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި ނުކުތާ އެއްވެސް ގޮތަކަށް ބަލައިފައިނުވާކަމާއ އަދި ޙުކުމްކުރެވުނުއިރު އެކަމަށް އެއްވެސް ގޮތެއް ކަނޑައަޅާފައިނުވާތީ، އެކަމަކީ ވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ހަވާލާދެވުނު ޢަލީ މުނީރު ވ. އާސިމް ތައުފީޤް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުކަމެއް ކަމަށެވެ. އެހެންނަމަވެސް، ދަށުކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި އެދިފައިވާ ކަންކަމަކީ ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި އެކަންކަމަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅި ފައިސަލާކުރެވިފައިވާ ކަންކަންކަމަށް އިސްތިއުނާފުކުރެވިފައިވާ ދަށުކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި ދަށުކޯޓުން ބަޔާންކޮށްފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
51މުޙައްމަދ ޝާހިދު ހުށަހެޅު ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، މި މައްސަލައިގައި ދަށުކޯޓުގެ ފަނޑިޔާރު ޢަމަލުކުރި ގޮތަކުން ޢަދުލުވެރިކަން ގެއްލިފައިވާކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، މި މައްސަލައިގައި ދަށުކޯޓުގެ ފަނޑިޔާރު ޢަމަލުކުރި ގޮތަކުން އިންސާފުވެރިކަން ގެއްލިފައިވާކަމަކަށ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، މި މައްސަލައިގައި ދަށުކޯޓުގެ ފަނޑިޔާރު ޢަމަލުކުރި ގޮތަކުން ޤާނޫނީ އުޞޫލަކާ ޚިލާފުވެފައިވާކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. ފުރަތަމަ އިސްތިއުނާފު ނުކުތާއަށް ޖުމްލަކޮށް ބަލާއިރު، މި މައްސަލައިގައި ދަށުކޯޓުގެ ފަނޑިޔާރު ޢަމަލުކުރި ގޮތަކުން މުޙައްމަދު ޝާހިދަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ދުސްތޫރީ ޙައްޤަށް ހުރަސްއެޅިފައިވާކަނ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. ދަށުކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކޮށްގެން އިސްތިއުނާފުކޮށްފައި ނެތް ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ތައުނުކުރެވިދާނެތޯ؟
52މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާ އާއި ތިންވަނަ ނުކުތާއަށް ޖަވާބު ދެމުން އިސްތިއުނާފު ރައްދުވާ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރާ މައިގަނޑު ކަމަކީ، ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމެއްނެތި، އެ ޤަޟިއްޔާގެ ނިންމުން ތައުނުކުރުމުގެ ފުރުސަތު ނުދެވޭނެކަމަށް ބުނާ ބުނުންކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
53އެހެންކަމުން، އިސްތިއުނާފީ ދެވަނަ ނުކުތާ އާއި ތިންވަނަ ނުކުތާގެ މައުޟޫއާމެދު ގޮތް ކަނޑައެޅުމުގެ ކުރިން، އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރާ ނުކުތާއާމެދު މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެކަމަށް އަހުރެން ދެކެމެވެ. ބުނެވިދިޔަ ސަބަބަށްޓަކައި، މި އިސްތިއުނާފުގައި މި ކޯޓުން ޖަވާބުދޭންޖެހޭ ދެވަނަ ސުވާލަކީ، ދަށުކޯޓުގެ ނަންބަރު 2018/C-528/Cv ޤަޟިއްޔާ އިސްތިއުނާފުކޮށްގެން އިސްތިއުނާފުކޮށްފައި ނެތް ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ތައުނުކުރެވިދާނެތޯ އޮތް ސުވާލުކަމުގައި އަހުރެންނަށް ފާހަގަކުރެވިފައިވާތީ އެކަމާމެދު އަހުރެންނަށް ފާހަގަވާކަންކަން ބަޔާންކުރަމެވެ.
54ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "142. ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެކެވެ . ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރާންވާނެއެވެ. ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ ."
55ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގެ 36 ވަނަ މާއްދާގައި ހައިކޯޓުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ "ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ ނިންމުންތައް" ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށެވެ.
56ޤާނޫނއަސާސީގ އިސްވެ ފާހަގަކުރެވުނު 142 ވަނަ މާއްދާއަށް ބަލާއިރު، ފަނޑިޔާރުން ޢަމަލުކުރަންޖެހެނީ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށްކަން ވަރަށް ސާފުކޮށް އެ މާއްދާއިން އެނގެއެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ ކަމެއްގައި އިތުރު އިޚްތިޔާރެއް އެ މާއްދާއިން ފަނޑިޔާރަކަށް ދީފައިވާކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
57ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގެ އިސްވެ ފާހަގަކުރެވުނު 36 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތީ "ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ ނިންމުންތައް" ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށެވެ. މި މާއްދާގައި ބުނާ އެއްޗެއް ވަރަށް ސާފުކޮށް އެ މާއްދާއިން އެނގެއެވެ. އޮޅުންއަރާ ފަދަ ބަހެއް ނުވަތަ ދެ މާނައެއް އެކުލެވޭ ޒާތުގެ ބަހެއް ނުވަތަ ޢިބާރާތެއްވެސް އެ މާއްދާގައި އޮތަތީއެއ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. އެ މާއްދާގައި ބުނާ ގޮތުން "ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ ނިންމުންތައް" ބެލުމުގެ އިޚްތިޞާޞް ހައިކޓަށޯ ލިބިގެންވާކނަ އެނގެއެވެ. ވުމާއެކު، ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަނޭޅޭ ނިންމުންތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންނުވާކަން އެނގެއެވެ. ދަށުކޯޓުގެ ނިންމުންތައް މުރާޖަޢާކުރުމާއި، ބަދަލުކުރުމާއި، ނުވަތަ ބާޠިލުކުރުމުގެ ބާރު މި ކޯޓަށް ލިބެނީ ޤާނޫނާ އެއްގޮތަށް ހުށަހެޅިފައި އޮންނަ ޞައްޙަ އިސްތިއުނާފެއްގެ ތެރެއިންކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
58އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައަށް ބަލާއިރު، ދިމާވެގެން މިއުޅޭ ކަމަކީ، ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅިފައި ނެތް ޤަޟިއްޔާއެއްގެ ނިންމުންތަކަށް އިސްތިއުނާފުކުރާ މުޙައްމަދު ޝާހިދުގެ ފަރާތުން ތައުނުކުރުމުގެ ސަބަބުން ދިމާވެގެން އުޅޭކަމެއްކަނ އަހުރެންނަށް ފާހަގަކުރެވެއެވެ. ޚުދު އިސްތިއުނާފުކުރާ ފަރާތުން މި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު ފޯމުގައި އިސްތިއުނާފުކުރުމަށް އެދޭ މައްސަލައިގެ ތަފުސީލު ބަޔާންކުރުމަށް އޮތް ބައިގައި ލިޔެފައިވަނީ ދަށުކޯޓުގެ ނަންބަރު 2018/C-528/Cv ޤަޟިއްޔާ އިސްތިއުނާފުކުރާކަމަށެ ވެ. ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރާ ކަމަކަށް ނޫނެވެ. އެހެންކަމުން، އިސްތިއުނާފުކޮށްފައި އޮތީ ދަށުކޯޓުގެ ނަންބަރު 2018/C-528/Cv ޤަޟިއްޔާކަން އެއްވެސް އޮޅުމެއް ނެތް މިންވަރަށް ސާފުކޮށް އެނގެއެވެ.
59މ ކޯޓަށި އިސްތިއުނާފަށް މައްސަލައެއް ހުށަހެޅުމުގައި ޚަޞްމުން ޢަމަލުކުރަންވީ ގޮތާއި، އެފަދައިން ހުށަހެޅޭ ހުށަހެޅުމަކާމެދު މި ކޯޓުން ޢަމަލުކުރަންވީ ގޮތް ވަނީ ކަމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަޅާ ހުދުން ލިޔެ ބަޔާންކުރެވިފައެވެ. ނަމަވެސް، މި އިސްތިއުނާފުގެ ބޭނުމަށްޓަކައި އިސްތިއުނާފުކުރުމުގެ އިޖުރާއަތު މި ތަނުގައި އަލުން ލިޔެ ބަޔާންކުރުމުގެ މުހިއްމުކަމެއ އޮތްކަމަކަށް އަހުރެން ނުދެކެމެވެ. ސަބަބަކީ، މި އިސްތިއުނާފުގައި އޮތް އަސާސީ ސުވާލަކީ، ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ އަކީ އިސްތިއުނާފުގައި މި ހިނދު އޮތް ޤަޟިއްޔާއެއްތޯ އޮތް ސުވާލުކަމުގައި ވާތީއެވެ. އެ ސުވާލުގެ ސާފު ސާދާ ކުރު ޖަވާބަކީ، ނޫނެކެވެ. އެއާ ވިދިގެން އުފެދޭ ސުވާލަކީ، އިސްތިއުނާފުގައި ނެތް ޤަޟިއްޔާއެއް ބެލުމުގެ އިޚްތިޞާޞް މި ކޯޓަށް އޮންނާނެތޯ އޮތް ސުވާލުކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. އެ ސުވާލުގެ ސާފު ސާދާ ކުރު ޖަވާބަކީ، ނޫނެކެވެ.
60އެހެންކަމުން، އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރާ ފަދައިން މުޙައްމަދު ޝާހިދުގެ ފަރާތުން މިހާރު ބޭނުންކުރަމުންދާ އިޚްތިޔާރަކީ، ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމެއް ނެތި، އެ ޤަޟިއްޔާގެ ނިންމުންތަކަށް ތައުނުކުރުމުގެ ފުރުސަތު ހޯދުމަށް ކުރާ މަސައްކަ ތެއްކަނ އަހުރެންނަށްވެސް ފާހަގަކުރެވެއެވެ. މުޙައްމަދު ޝާހިދުގެ ފަރާތުން މިހާރު ބޭނުންކުރަމުންދާ އިޚްތިޔާރަކީ، ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމެއް ނެތި، އެ ޤަޟިއްޔާގެ ނިންމުންތަކަށް ތައުނުކުރުމުގެ ފުރުސަތު ވަލުދޮރޯށިނ ހޯދުމަށް ކުރް މަސައްކަތެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. މުޙައްމަދު ޝާހިދުގެ ފަރާތުން މިހާރު ބޭނުންކުރަމުންދާ އިޚްތިޔާރަކީ، ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމެއް ނެތި، އެ ޤަޟިއްޔާގެ ނިންމުންތަކަށް ތައުނުކުރުމުގެ ފުރުސަތު ނުސީދާކޮށް ހޯދުމަށް ކުރާ މަސައްކަތެއްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެހެނަސް، މިއީ އިސްތިއުނާފުގައި ޢަމަލުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތްކަމަކށަ އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ. އަދި އިސްތިއުނާފުގައި ނެތް ޤަޟިއްޔާއަކާ މެދު ގޮތް ކަނޑައެޅުމުގެ އިޚްތިޞާޞް މި ކޯޓަށް އޮންނާނެކަމަކަށްވެސ އަހުރެންނަކަށް އެއްބަހެއް ނުވެއެވެ. އިންސާފު ޤާއިމްކުރުމުގެ ނަމުގައި، ޤާނޫނާ ފެޔަށް ޖެހި، އިސްތިއުނާފުކޮށްފައިވެސ ނެތް ޤަޟިއްޔާއެއްގައި ނިންމާފައިވާ ނިންމުންތަކާމެދ ގޮތު ކަނޑައެޅުމުގެ އިޚްތިޞާޞް މި ކޯޓަށް އޮންނާނެކަމަށް ބަލައިގެން ގޮތް ކަނޑައެޅުމަކީ، ޤާނޫނުއަސާސީ އާއި ޤާނޫނާއެއްގޮތަށް ޢަމަލުކުރެވޭ ކުރެވުމެއްކަމުގައި އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.
61އިސްތިއުނާފުކޮށް ހުށަހެޅް ޤަޟިއްޔާ ނޫން ގުޅުން އޮތް އެހެން ޤަޟިއްޔާއެއްގެ ނިންމުންތަކަށް ތައުނުކށޮ ހުށަހެޅި މި ކޯޓުގެ މުޢީން ޙަސަން ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައިވެސް އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ދީފައިނުވާކަން އަހުރެން ފާހަގަކުރަމެވެ.
62އިސްތިއުނާފުކުރ މުޙައްމަދާ ޝާހިދުގެ ފަރާތުން އެދޭ ފަދައިން، ދަށުކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާއަށް ތައުނުކުރުމުގެ ފުރުސަތު، މި އިސްތިއުނާފުގެ ތެރެއިން، ފަހިކޮށްދީފިނަމަ، މި ޤަޟިއްޔާ ވެގެންދާނީ، އިސްތިއުނާފުކުރުމަށް ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ ރަސްމީ އިޖުރާއަތު އެއްފަރާތްކޮށް، ވަލުދޮރޯށިނ ޤަޟިއްޔާތައް އިސްތިއުނާފުކުރުމަށް ދަޢުވަތުދެވޭ ޤަޟިއްޔާއަކަށެވެ. މި ޤަޟިއްޔާވެގެންދާނީ، އިސްތިއުނާފު ނުކުރުމުގެ ސަބަބުން ޙުކުމް ނިހާއީ ވާނެކަމަށް ބެލެވޭ އުޞޫލާވެސް ތަޢާރުޟުވާ ޤަޟިއްޔާއަކަށެވެ. މި ޤަޟިއްޔާ ވެގެންދާނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ
(ނ) އިން ކަނޑައަޅާފައިވާ އިޚްތިޞާޞް ފުޅާކޮށް، އިސްތިއުނާފުކޮށްފައި ނެތް ޤަޟިއްޔާތަކުގައިވެސް ގޮތް ކަނޑައެޅުމުގެ ފުރުސަތު ފަހިކޮށްދޭ ޤަޟިއްޔާއަކަށެވެ. މި ޤަޟިއްޔާވެގެންދާނީ، ޤާނޫނުގެ މައްޗަށް ހަމްދަރުދީ އިސްކުރެވޭ ޤަޟިއްޔާއަކަށެވެ.
63އިސްވެ ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ބަލައި، މި ކޯޓަށް އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 2018/C-528/Cv ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މި ޤަޟިއްޔާ ނިންމަން އަހުރެންނަށް ފެނެއެވެ. ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރަޢުޔް ބައެއް ޙަ ޤީޤަތްތައް:
64އިސްތިއުނާފުކުރ މުޙައްމަދާ ޝާހިދު (ޝާހިދު) އާއި އިސްތިއުނާފު ރައްދުވާ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އެލް.އެފް) އާ ދެމެދު 02 (ދެއެއް) އެއްބަސްވުން ވެފައިވެއެވެ. ފުރަތަމަ އެއްބަސްވުމަކީ، […] ފަސްވަނަ ފަންގިފިލާ، ޝާހިދުގެ ފަރާތުން އެލް.އެފްއަށ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެވެ. އެއްބަސްވުން ވެފައިވަނީ، 30 އޮގަސްޓް 2014 ގައެވެ. މި އެއްބަސްވުމުގެ މުއްދަތަކީ، 01 ސެޕްޓެމްބަރު 2014 އިން ފެށިގެން 01 އޮކްޓބަރޯ 2020 އަށެވެ. ފުރަތަމަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހަމަ އެފަންގިފިލާ އިތުރު މުއްދަތަކަށް ކުއްޔަށް ދިނުމަށް ޝާހިދު އާއި އެލް.އެފްއާ ދެމެދު ދެވަނަ އެއްބަސްވުމެއް ވެއެވެ. އެއެއްބަސްވުން ވެފައިވަނީ 04 ނޮވެމްބަރ 2015 ގައެވެ. މިއެއްބަސްވުމުގެ މުއްދަތަކީ ފުރަތަމަ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚު ކަމަށްވާ 01 އޮކްޓބަރޯ 2020 އިން ފެށިގެން 01 އޮކްޓބަރޯ 2025 އަށް 05 (ފަހެއް) އަހަރު ދުވަހެވެ.
65ޝާހިދު އާއު އެލް.އެފްއ ދެމެދާ ދެވަނަ އެއްބަސްވުން ވީ ފަހުން، […] މައިގަނޑު ތަނބުތަކުގައި ރެނދުއަޅާފައި ހުރެގެން 20 ނޮވެމްބަރު 2015 ގައި ޝާހިދުގެ ފަރާތުން […] އިންސްޕެކްޓް ކޮށްދިނުމަށް ސިވިލް އިންޖިނިއަރެއްގެ ގާތުން އެދިގެން އިންސްޕެކްޓް ކޮށްފައިވެއެވެ. އަދި ތަނބުތަކުގައި އަޅާފައިވާ ރެދުތައް ޝާހިދުގެ ފަރާތުން މަރާމާތުކޮށްފައިވާކަން އެނގެއެވެ.
66އޭގެފަހުން، ޝާހިދުގެ ފަރާތުން […] ކުއްޔަށް ދޫކޮށްފައިވާ ތަންތަން ހުސްކުރުމުގެ ނޯޓިސް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް އެލް.އެފް ހިމެން ގޮތުން، ފޮނުވަން ފެށިކަނ އެނގެން އޮވެއެވެ. މިގޮތުން، 05 އޭޕްރީލް 2017 ގައި ޝާހިދުގެ ފަރާތުން އެލް.އެފްއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ؛ " […] ގައް ހަދާފައި ހުރި 6 ބުރީގެ ޢިމާރާތުގެ 3 ވަނަ ފަންގިފިލާގެ ގިނަ ތަނބުތަކަކަށ ވަރަށް ބޮޑަށް ގެއްލުން ލިބިފައި ހުރިކަން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފެނިފައެވެ. އަދި އިތުރަށް ސިވިލް އިންޖިނިއަރުނ މެދުވެރިކޮށް ބެލިބެލުމުން ޢިމާރާތުގެ ސްޓްރަކްޗަރގެ އިތުރު ތަންތަންވެސ ގެއްލުން ލިބިފައި ވާތީ ކުރިއަށް އޮތްތަނުގައި ޢިމާރާތް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ލަފާދެއްވާތީ، މިހިނގާ 2017މ ގެ ނިޔަލަށް ޢިމާރާތް ހުސްކުރުމަށްފަހު ތަޅާލުމަށް މިހާރުވަނީ ނިންމާފައެވެ. އަދި ޢިމާރާތުގެ ފްލޯރތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް މިދަނީ 2017މ ނިމުމުގެ ކުރިން ފްލޯރތައް ހުސްކުރުމުގެ ނޯޓިސް ދެމުންނެވެ. މިގޮތުން ތިޔަ ކުންފުނިން ކުއްޔަށް ހިފާފައިވާ […] 5 ވަނަ ފަންގިފިލާވެސް 2017މ ގެ ނިޔަލަށް ހުސްކުރުމަށް މިއަދުން ފެށިގެން 8 މަސްދުވަހުގެ ނޯޓިސްއެއް ދެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ތިޔަ ފަރާތުން ބޭނުންވާނަމަ ޢިމާރާތް އަލުން ހެދުމަށްފަހު އެގްރީމެންޓުގައި ބާކީ އޮތް މުއްދަތު ފުރިހަމަ ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަޅުގަނޑުމެންނަށް މިދިމާވި ބޮޑު މައްސަލައާއި ގުޅިގެން ތިޔަފަރާތަށް ދމާވެދާނި ދަތިތަކަށް ވަރަށް ބޮޑަށް މަޢާފަށ އެދް ވާހަކަ ދެންނެވީމެވެ."
67މި ނޯޓިސްއާއި ގުޅިގެން އެލް.އެފް އިން 06 އޯގަސްޓް 2017 ގައި ޝާހިދުއަށް އަންގާފައިވަނީ؛ 05 އޭޕްރީލް 2017ގެ ސިޓީއާއި ޙަވާލާދީ ދަންނަވަމެވެ. އެސިޓީގައި 2017 ވަނަ އަހަރުގެ ނިޔަލަށް ތަން ހުސްކުރުމަށް 8 މަސްދުވަހުގެ ނޯޓިސްއެއް ދީފާއެވަނީ އެގްރީމެންޓްގެ ކޮންމާއްދާއެއްގެ ދަށުން ކަމެއް އެގޭކަށްނެތެވެ. އަދި މިހާރު ތަންފީޛްވަމުންދާ 01 އޮކްޓބަރޯ 2020 ގެ ނިޔަލަށް މުއްދަތު ހަމަވާ އެގްރީމެންޓްގެ އިތުރުން، 01 އޮކްޓބަރޯ 2020 އިން 01 އޮކްޓބަރޯ 2025 ގެ ނިޔަލަށް މުއްދަތު ހަމަވާ ގޮތަށް ތިޔަފަރާތުން މިކުންފުނިން -/200،000ރ.(ދެލައްކަ ރުފިޔާ) އެޑްވާންސްކޮށް ނެގުމަށްފަހު، ދެފަރާތުގެ ދެމެދުގައި އަދި ތަންފީޛުވާން ނުފަށާ އެގްރީމެންޓެއް ދެފަރާތުން މި އެގްރީމެންޓަށް ހުރުމަތްތެރިކޮށް ހިތައ އަދި ވާރިޘުންނަށް ވަޞިއްޔަތްކޮށްލިޔެ ސޮއިކޮށް ފިންގަރޕްރިންޓް ކޮށްފައި އެބައޮތްކަން ތިޔަފަރާތަށ ކަށަވަރުކޮށް އެގޭއިރު، މިއިން އެއްވެސް ކަމަކަށް ދެފަރާތުން ވާހަކަ ދައްކައިގެން ގޮތެއް ނިންމުމަކާ ނުލައި އެގްރީމެންޓާއި ޚިލާފް ސިޓީއެއް ފޮނުވާފާވާތީ ހިތާމަކުރަމެވެ. ތިޔަ ފަރާތުން ކުރިއަށް ގިނަ ޢަދަދެއްގެ ފައިސާ އެޑްވާންސްކޮށް އަތުލުމާއެކު ތިޔައަށްގަނީ ފްލޯހުސްކޮށް ތަނުން ނިކުތުމަށެވެ. އެސިޓީގައި ބުނާކަންކަނ އެއް ތެދެއްކަމަށް ޤަބޫލް ކުރެވޭފަދަ ސަރުކާރުގެ ލިޔުމެއް ދެއްކުމެއް ނެތިއެވެ. ވީމާ ކުރީގެ އެގްރީމެންޓުން ބާކީ އޮތް މުއްދަތުގައި މިފަދަ ތަނެއް ކުއްޔަށް ހިފާނެ ފައިސާއާއި އަދި އެމުއްދަތުގައި ތަން ކުއްޔަށްދީގެން މިކުންފުންޏަށް ހޯދޭނެ މަންފާއަށްވ ފައިސާ އާއި 01 އޮކްޓބަރޯ 2020 އިން ފެށިގެން 2025ގެ ނިޔަލަށް މުއްދަތު ކަނޑައަޅައި ފައިސާނަގާ ކޮށްފައިވާ އެގްރީމެންޓްގެ މުއްދަތުގައި އެފަދަ ތަނެއް ކުއްޔަށް ހިފާނެ ފައިސާ އާއި ކުއްޔަށްދީގެން އެފަދަ ތަނަކުން މިކުންފުންޏަށް ހޯދޭނެ މަންފާއަށްވ ފައިސާ ތިޔަފަރާތުންވެސް ބައްލަވައި އެޑްވާންސްކޮށް ތިޔަފާރާތުން ނަގާފައިވާ ފައިސާއާއެކު އއެފަހަރ ފައިސާ ދައްކާ ހިނދުން ފެށިގެން ތަންހުސްކުރުމަށް ތިޔަފަރާތުން ކަނޑައަޅާ އެކަށޭނެ މުއްދަތެއްގައި ތަންހުސްކުރަނ ހުރް ވާޙަކަ ދެންނެވީމެވެ."
68[…] ދެވަނަ ފަހަރަށް ސިވިލް އިންޖީނިއަރެއް ލައްވައި އިންސްޕެކްޓްކޮށްފައިވެއެވެ. އެއީ ތަނބުތަކުގައި އަޅާފައިވާ ރނެ ދުތައް މަރާމަތު ކުރިފަހުންވެސް އެތަނބުތަކުގައި ރެނދު އަޅާތީކަން އެނގެއެވެ. ދެވަނަ ފަހަރަށް އެ ޢިމާރާތް އިންސްޕެކްޓް ކޮށްފައިވަނީ، 26 ސެޕްޓެމްބަރު 2017 ގައެވެ. މިއިންސްޕެކްޝަނުނ ސިވިލް އިންޖިނިއަރަށް ފާހަގަކުރެވުނު ކަމަށް ބަޔާންކޮށްފައިވަނީ؛ “From the first inspection it can be seen that the columns have major damages due to rusting of steel which may be due to bad workmanship during the construction. The damages caused to the columns are so major that design strength of the columns have lost considerably making the building unsafe to be inhabited. The owners repaired the columns by removing the loose concrete and plastering with river sand and cement mortar to further stop the deterioration of the columns. However, this method of repair will not increase the strength of the columns that have already been lost due to rusting of the reinforcement bars and due to spalling of concrete. The further cracks that have started to be formed on repaired columns may be due to reduced strength of columns or due to inefficiency of the repair method in stopping the corrosion of columns. Since cracks are forming on repaired columns it may be the failure of the columns are near and therefore the integrity of the building is in question”. މިފަދައިންނެވެ. އެއަށްފަހު ސިވިލް އިންޖިނިއަރ ރިކޮމެނޑް ކޮށްފައިވަނީ؛ “Since the faults are in main columns holding the building safely, it is highly recommended to vacate the building immediately and perform a major repair under the guidance of a structural engineer such that the columns can gain its strength and safeguard the building.” އިސްތިއުނާފީ ފުރަތަމަ ނުކުތާ:
69ޝާހިދުގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާގައި ބަޔާންކުރަނީ، އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާ (މުޙައްމަދު ޝާޙިދު ވ. އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް) ގައި ޙުކުމް ކޮށްފައިވަނީ އެއް މައުޟޫއެއްގެ މައްޗަށް ކޯޓަށް ހުށަހެޅިފައިވާ ދެ ޤަޟިއްޔާގައި ޤާޟީން ޢަމަލުކުރަންޖެހޭ ގޮތާ ޚިލާފަށް ކަމަށެވެ. މިނުކުތާއަށް ފައިޞަލާ ކުރުމުގެ ގޮތުން، ދަށު ކޯޓުގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލަންޖެހޭ ކަމަށްދެކެމެވެ. އެލް. އެފްގެ ފަރާތުން ފުރަތަމަ ހުށަހެޅި މައްސަލަ :
70އެލް.އެފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި 657/Cv-C/2018 ޤަޟިއްޔާ ހުށަހެޅި ފޯމަށް ބަލާއިރު، އެޤަޟިއްޔާއާއި ގުޅުން ހުރި އިތުރު ދެ މައްސަލައެއް އެލް.އެފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިކަމަށް ބަޔާންކޮށްފައި އޮވެއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު:3238/Cv-C/2017 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު:19/Cv-C/2018 ޤަޟިއްޔާއެވެ. ނަމަވެސް، ސިވިލްކޯޓުގެ ނަންބަރު:19/Cv-C/2018 ޤަޟިއްޔާއަކީ މިމައުޟޫއާ ގުޅުން ނެތް މުޅިން ތަފާތު އެހެން ބައެއްގެ މެދުގައި ހިނގާދިޔަ ޙުކުމް ތަންފީޛު ކުރުމުގެ ޤަޟިއްޔާއެއްކަން މިކޯޓުން ބެލިބެލުން ސާފުވެއެވެ.
71ސިވިލ ކޯޓުގް ނަންބަރު:3238/Cv-C/2017 ޤަޟިއްޔާއަކީ، 14 ނޮވެމްބަރު 2017 ގައި އެލް.އެފް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ. އެމައްސަލަގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އެލް.އެފްގެ ފަރާތުން އެއްބަސްވުމާއި ޚިލާފުނުވަނީސް، އެއްބަސްވުމާއި ޚިލާފަށް ތަން ހުސްކޮށް ޝާހިދުއ ޙަވާލާ ކުރުމަށް އަންގާފައިވާތީ، ތަން ހުސްކޮށް ދަޢުވާކުރާފަރާތާއި ހަވާލު ކުރުމަށް އަންގާފައިވާ އެންގުމަކީ ބާޠިލް އެންގުމެއްކަމުގައ ކަނޑައަޅުއްވައި ދެއްވުމަށާއި ތަން ތަޅާލަންޖެހޭ ސަބަބެއް މެދުވެރިވެފައި ނުވާކަމަށް ކަނޑައަޅުއްވައިދެއްވައި، ޝާހިދުގ ޢަމަލުތަކުގެ ސަބަބުން އެލް.އެފްއަށ އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ ދަޢުވާއެއް ކަމަށެވެ. މިދަޢުވާ ސިވިލް ކޯޓުން ބާޠިލު ކޮށްފައިވަނީ، އެލް.އެފްގެ ފަރާތުން ނުވަތަ އެލް.އެފްއިން ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު ކޯޓަށް ޙާޟިރުވެފައި ނުވާތީ، 09 ޖެނުއަރީ 2018 ގައެވެ.
72އޭގެ ފަހުން، ޝާހިދުގެ ފަރާތުން ފޮނުވި ނޯޓިހާއި އެއްގޮތަށް އެލް.އެފްގެ ފަރާތުން […] ފަސވަން ފަންގިފިލާ ހުސްކޮށްފައި ނުވާތީ، 23 ޖެނުއަރީ 2018 ގައި ސިވިލް ކޯޓަށް ޝާހިދު މައްސަލައެއް ހުށަހެޅިއެވެ. އެމައްސަލަ ސިވިލް ކޯޓަށް ބަލައިގަތްފައިވަނީ 05 ފެބުރުއަރީ 2018 ގައެވެ. ޤަޟިއްޔާ ނަންބަރަކީ 528/Cv-C/2018 އެވެ. ޝާހިދުގެ ފަރާތުން މިހާރު އިސްތިއުނާފުކޮށްފައިވ ޤަޟިއްޔާއަކީމިއެވެ. ޝާހިދުގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާ:
73ސިވިލ ކޯޓުގް ނަންބަރު: 528/Cv-C/2018 ޤަޟިއްޔާ ހުށަހެޅިއިރު، ޝާހިދުގެ ފަރާތުން، މައިގަޑު ގޮތެއްގައި ބުނެފައިވަނީ، ޝާހިދު އާއި އެލް. އެފް އާ ދެމެދު ވެފައިވާ އެއްބަސްވުންތައް ފުރަސްޓްރޭޓވް ނިމުމަކަށް އައިސްފައިވާތީ، އެކަމާމެދު ގޮތެއް ނިންމައިދިނުމަށާއި ޝާހިދުގެ ފަރާތުން، އެލް. އެފް އަށް ދިން ނޯޓިހުގެ މުއްދަތު ހަމަވިއިރުވެސް ތަން ހުސްކޮށްފައިނުވާތީ، ވަމުންދާ ގެއްލުންތަކަށް ބަދަލު ހޯދައި ދިނުމަށެވެ.
74ޝާހިދު ހުށަހެޅު މައްސަލައިގެ ތަފްޞީލުގައި އެއްބަސްވުންތައް ފްރަސްޓްރޭޓް ވެފައިވާކަމަށް ބުނަނީ ކުއްޔަށްދިން ޢިމާރާތުގެ ތިންވަނަ ފަންގިފިލާގެ ތަނބުތައް ހަލާކުވެ ޢިމާރާތުގއަ މީހުން ދިރިއުޅެން ރައްކާތެރި ނޫންކަމަށް އިރުޝާދު ލިބިފައިވާތީ ކަމަށެވެ. އަދި އެލް.އެފްގެ އެދުމުގެ މަތިން ސިވިލް އިންޖިނޭރުން ލައްވައި ޢިމާރާތް އިންސްޕެކްޓްކށޮ އެކަމުގެ ރިޕޯޓް އެލް.އެފްއާ ޙިއްޞާކޮށްފައި ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެލް. އެފް އިން ތަން ހުސްނުކުރުމުން ވަމުންދާ ގެއްލުން ކަމަށް ބަޔާންކޮށްފައިވަނީ، އެ ޢިމާރާތް ތަޅައިލައި އަލުން ޢިމާރާތް ކުރުމަށް ބަޔަކާ ޙަވާލު ކޮށްފައިވުމުން، އެކަމަށް ހުރަސްއެޅިގެން ދިއުމުގެ ސަބަބުން ލިބިގެންދާ ގެއްލުމާއި އެކަމުގެ ސަބަބުން ދެންވެގެންދާ ގެއްލުންތަކެވެ. އެކަމުގެ ތަފްޞީލު ބަޔާންކޮށްފައިވެއެވެ.
75ޝާހިދުގެ ފަރާތުން ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު: 528/Cv-C/2018 ޤަޟިއްޔާގައި ދެފަރާތް ޙާޟިރުކޮށް ޞުލްޙައިގައ މައްސަލި ޙައްލުކުރުމަށް މަސައްކަތްކޮށްފައި އޮތްކަން އެނގެއެވެ. ނަމަވެސް ޞުލްޙަވެރި ޙައްލެއް ލިބެން ނެތްކަމަށް ބަލައި، މިމައްސަލަ 14 ފެބުރުއަރީ 2018 ގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް ފޮނުވާފައިވެއެވެ. އެލް.އެފް އިން ސިވިލް ކޯޓުގައި އަލުން ދަޢުވކުރުނާ :
76އެލް.އެފްގެ ފަރާތުން ކުރިން ހުށަހެޅި މައްސަލަ 09 ޖެނުއަރީ 2018 ގައި ބާޠިލު ކުރިފަހުން، ޝާހިދުގެ މައްޗަށް ރައްދުކޮށް، 05 ފެބުރުއަރީ 2018 ގައި އެލް.އެފް އިން ސިވިލް ކޯޓަށް އަލުން މައްސަލަ ހުށަހެޅިއެވެ. އޭރު ޝާހިދުގެ ފަރާތުން ހަމަ މި މުޢާމަލާތާ އާ ގުޅިގެން ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި ދިރި އޮތެއެވެ.
77އެލް.އެފް އިން އަލުން ހުށަހެޅި ދަޢވު ސިވިލް ކޯޓަށް ބަލައިގަތީ، ދެފަރާތް ޙާޟިރުކޮށް ޞުލްޙައިގެ މަޖިލިސް ހިންގުމަށްފަހު، ޝާހިދު ހުށަހެޅި މައްސަލަ ޞުލްޙަވެރިކޮށް ޙައްލު ކުރެވެން ނެތްކަމަށް ނިންމި ދުވަސް ކަމަށްވާ 14 ފެބުރުއަރީ 2018 ގައެވެ. އެލް.އެފް އިން އަލުން ހުށަހެޅި ދަޢުވާއަށް ދީފައއޮތް ޤަޟިއްޔި ނަންބަރަކީ:657/Cv-C/2018 އެވެ.
78އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކުރާ އަސާސީ ވާހަކައަކީ އެއް މުޢަމަލާތެއްގެ ތެރެއިން އުފެދުނު ދަޢުވާކުރުމުގެ ސަބަބެއްގެ މައްޗަށް އެއް ޕާޓީތަކެއްގެ މެދުގައި ދެ ޤަޟިއްޔާއެއް ހުށަހެޅިގެން ދިޔައިރު، އެ ދެ ޤަޟިއްޔާ އެކުގައި ހިންގައި ނުވަތަ އެއްކޮށްލައިގެން ހިންގާފައި ނެތުމުގެ ސަބަބުން އިންޞާފު ލިބިފައިނުވާކަމަށެވެ.
79މިނުކުތާގެ ތަފްޞީލުގައި ޝާހިދުގެ ފަރާތުން ޙަވާލާދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ އަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:2020/HC-A/277 ޤަޟިއްޔާ އަށެވެ. އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ 08 ނޮވެމްބަރު 2018 ގައެވެ. ޙަވާލާދެވޭ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނިންމާފައިވަނީ، 24 ނޮވެމްބަރު 2020 ގައެވެ. އަދި ޙަވާލާދެވޭ ހައިކޯޓުގެ ޤަޟިއްޔާ ނިންމާފައިވަނީ، 23 ނޮވެމްބަރު 2022 ގައެވެ.
80ޕްރިސިޑެންސް 7ވީމާ، ސިވިލް ކޯޓުން ބަޔާންވެދިޔަ ދެ ޤަޟިއްޔާ ނިންމިއިރު، އެއް މައުޟޫއެއްގެ މައްޗަށް ކޯޓަށް ހުށަހެޅިފައިވާ ދެ ޤަޟިއްޔާއެއްގައި ޢަމަލު ކުރަންޖެހޭ އުޞޫލުކަމަށް ބަޔާންކޮށް ޙަވާލާދިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ދެ ޤަޟިއްޔާ ވުޖޫދަކަށް ނާންނާނެއެވެ. އެހެންކަމުން، އެ ދެ ޤަޟިއްޔާގައި އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތައް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޑް. ޢަލީ މުނީރު ވ. އާސިމް ތައުފީޤް ކަނޑައެޅި އުޞޫލަކަށް އޭގެ ކުރިން ނިންމި ޤަޟިއްޔާތަކެއް ނިންމުމުގައި ޢަމަލުކޮށްފައިނުވާކަމަށްބުނެ އިސްތިއުނާފީ ނުކުތާއެއް ބިނާކުރުމަކީ ހަމަޖެހޭކަމެއް ނޫނެވެ.
81ޝާހިދުގެ ފަރާތުން ހުށަހެޅި މިނުކުތާއަށް ޖަވާބު ދެމުން، އެލް.އެފްގެ ފަރާތުން ބުނެފައިވަނީ، އެނުކުތާއަކީ ޝާހިދުގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކުރި ނުކުތާއެއް ނޫންކަމަށެވެ. ޢާންމު އުޞޫލުން އިސްތިއުނާފުކުރެވެނީ ދަށު ކޯޓުގައި އެކަންކަން ފާހަގަކުރުމަށްފަހުގައި ކަމަށެވެ. ދެ މައްސަލަ އެކީގައި ހިންގުމަށް ޝާހިދުގެ ފަރާތުން ދަށު މަރުޙަލާގައި އެދިފައިވާ އެދުމެއް ފެންނާން ނެތްކަމަށެވެ. މިހެންވެ މިއީ އިސްތިއުނާފު މަރުޙަލާގައި ދެއްކިދާނެ ވާހަކައެއް ނޫން ކަމަށެވެ.
82މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި އެލް.އެފް އިން ބަޔާންކުރާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫނެވެ. އެހެނ ހުށަހެޅީ ލިޔުންތައް ދިރާސާ ކުރިއިރު، އެލް.އެފް އިން ހުށަހެޅް ދަޢުވާއާއި ގުޅިގެން، 09 އޭޕްރީލް 2018 ގައި ދަށު ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލީހުގައި ޝާހިދުގެ ފަރާތުން ދަޢުވާގެ ޖަވާބު ހުށަހެޅިއިރު؛ " ސިވިލް ކޯޓުގެ 2018/C-657/Cv ޤަޟިއްޔާއިން މި މައްސަލަ ބައްލަވަމުންދާއިރު، ހަމަ މިމައްސަލައިގެ މައުޟޫގެ މައްޗަށް ބިނާވާ އެއްބަސްވުން ބާޠިލްކުރުމާ ގުޅޭ މައްސަލައެއް ދަޢުވާލިބޭ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާތީ، މި ދެ ޤަޟިއްޔާގެ އަޑުއެހުންތައް އެކުއެކީގައި ކުރިއަށް ގެންދަވައި ދެމައްސަލަވެސ ސިވިލް ކޯޓުގް ކޮންމެވެސް އެއް ސެކްޝަނަކުން ބައްލަވައި ފައިޞަލާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން" އެދޭ ކަމަށް ސާފުކޮށް ބަޔާންކޮށްފައި އޮތްކަން ފެންނާން އެބައޮތެވެ.
83ވީމާ، އެއް މުޢާމަލާތެއްގެ ތެރެއިން އުފެދުނު ދަޢުވާ ކުރުމުގެ ސަބަބުތަކެއްގެ މައްޗަށް ހުށަހެޅި ހިނގަމުން ދިޔަ ދެ ޤަޟިއްޔާއެއް އޮތްކަން ބަޔާންކޮށް އެ ދެ ޤަޟިއްޔާގެ އަޑުއެހުންތައް އެކުއެކީގައި ގެންގޮސް ދިނުމަށް ޝާހިދުގެ ފަރާތުން ދަށު ކޯޓުގައި އެދި އެކަމަށް ހުށަހަޅާފައި އެބައޮތެއެވެ. ފެންނާންނެތީ، އެހުށަހެޅުމާއ ގުޅިގެނި ދަށް ކޯޓުނު ނިންމް ގޮތެކެވެ.
84ސިވިލ ކޯޓުން ފުރަތަމް ޝަރީޢަތް ފަށާފައިވަނީ ޝާހިދު ހުށަހެޅި ދަޢުވާއަށްވުރެ ފަހުން އެލް.އެފްއިން ހުށަހެޅި ދަޢުވާގެ ޝަރީޢަތެވެ. އެލް.އެފް އިން ހުށަހެޅް މައްސަލަ 03 އޭޕްރީލް 2018 ގައި ހިންގުމަށް ތާވަލް ކޮށްފައިވެއެވެ. އަދި 09 އޭޕްރީލް 2018 ގައި އެލް.އެފް ހުށަހެޅް ދަޢުވާއަށް ޝާހިދުގެ ފަރާތުން ޖަވާބު ހުށަހަޅާފައިވާކަން އެނގެއެވެ. ނަމަވެސް، ޝާހިދުގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޝަރީޢަތް ހިންގުމަށް ތާވަލްކޮށްފައި އޮތްކަމަށް ފެންނަނީ 11 އޭޕްރީލް 2018 ގައެވެ.
85ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ޝާހިދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ޤަޟިއްޔާ އާއި އެލް.އެފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ޤަޟިއްޔާގެ ޝަރީޢަތްތައް ކުރިއަށް ގެންދެވިފައިވަނީ އެކުގައި ކަމެއް (joint trial) ނޫނީ އެ ދެ ޤަޟިއްޔާ އެއްކޮށްލިކަމެއް (consolidation) ސާފެއް ނުވެއެވެ. ސިވިލް ކޯޓުގެ ފައިލުގައިވާ ކޯޓަށް ޙާޟިރުވުމުގެ ޗިޓްތަކަށް ބަލާއިރު، ބައެއް ފަހަރު މި ދެ ޤަޟިއްޔާ އެއްދުވަހެއްގެ އެއްވަގުތަކަށ ތާވަލް ކޮށްފައިވާތީ ފެނެއެވެ. ނަމަވެސް އަނެއްބައި ޗިޓްތައ ހުރް ދީ މައްސަލައަށް ވަކިން ދެ ވަގުތެއްގައި ކުރިއަށް ގެންދިއުމަށް ޗިޓު ފޮނުވިފައެވެ. ދެ މައްސަލައަށް ދެ ތާރީޚަކަށް ވަކިން ޗިޓް ފޮނުވާފައި އޮތްކަންވެސ ފެންނާން އެބަހުއްޓެވެ.
86ދެ މައްސަލައިގެ ޝަރީޢަތް އެކުގައި ކުރިއަށް ގެންދިޔަކަމަށް ބެލިނަމަވެސް ނޫނީ އެއްޤަޟިއްޔާގެ އަޑުއެހުމާއި ވިދިގެން އަނެއް ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ގެންދިޔަ ކަމަށް ބެލިނަމަވެސް، މި ދެ ޤަޟިއްޔާއާއި ގުޅިގެން ބަދަލު ކުރެވުނު ބަޔާންތަކަށް ބަލާއިރު، މި ދެ ޤަޟިއްޔާގެ ޝަރީޢަތަކީ އެކުގައި ކުރިއަށް ގެންދިޔަ ޝަރީޢަތެއް ކަމަށް ބުރައެއް ނުވވެ އެވެ.
87ޕްރިސިޑެންސް 1ދަޢުވާއެއް ކުރުމުގެ ސަބަބު ނުވަތަ ކަމެއްކަމުގައި ދެއެއް ނުވަތަ އެއަށްވުރެ ގިނަ ސަބަބުތައް ނުވަތަ ކަންކަން ވާޙާލަތުގައި، އެސަބަބުތަކުގެ މައްޗަށް ނޫނީ އެކަންކަމުގެ މައްޗަށް ކޯޓުން ބަލާއިރު، އެސަބަބުތައް ނުވަތަ އެކަންކަން ބިނާވަނީ ޤާނޫނީ އެއް ސުވާލެއްގެ މައްޗަށް ނޫނީ އެއް ވާޤިއާއެއްގެ މައްޗަށް ކަމަށްވާނަމަ ނޫނީ އެ ސަބަބުތަކުގެ މައްޗަށް ނުވަތަ އެކަންކަމުގެ މައްޗަށް ބިނާކޮށް ކޯޓުން ފަރުވާއެއް ލިބިދިނުމަށް އެދެނީ އއެމުޢާމަލާތެއްގެ ތެރެއިން ނުވަތަ އެއްމުޢާމަލާތްތަކެއްގެ ތެރެއިން އުފަންވި ސަބަބުތަކެއް ނުވަތަ ކަންތައްތަކެއްގެ މައްޗަށް ކަމަށްވާނަމަ، ނޫނީ އެނޫންވެސް އެހެން ސަބަބަކަށްޓަކައި ދެ ޤަޟިއްޔާއެއް އެއްކޮށްލައިގެން ހިންގުމަކީ ރަނގަޅު ގޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތުގައި އެގޮތަށް ޢަމަލު ކުރުމަކީ، ވަކި ފަރާތަކުން ހުށަނޭޅި ނަމަވެސް ކޯޓަށް ލިބިފައިވާ ވިރާސީ ބާރުގެ ތެރެއިން އެކޯޓެއްގެ އަމިއްލަ އިސްނެގުމަށް sua sponte)( ކުރެވިދާނެ ކަމކެ ވެ. ކޯޓުގައި އޮތް ދެ ދަޢުވާއެއް ނުވަތަ އެއަށްވުރެ ގިނަ ދަޢުވާތައް އެއްކޮށްލައިގެން ޝަރީޢަތް ހިންގުމުގެ އަސާސް ގުޅިގެންދަނ ވަގުތީ ސަލާމަތްކުރުމާއި ޚަރަދު ކުޑަކުރުމުގެ އަސާސްގެ މައްޗަށެވެ. އަޑުއެހުންތައް ތަކުރާރު ނުވުމާއި އއ މުޢާމަލާތެއްގެ ތެރެއިން ހުށަހެޅޭ ދެ ޤަޟިއްޔާއަކާއިގުޅިގެން ފުށުއަރާ ތަފާތު ދެ ޙުކުމެއް ކުރެވުމުން ރައްކާތެރިވުމެވެ. ދެ ޤަޟިއްޔާއެއް އެއްކޮށްލައިފިނަމަ، އެއްކޮށްލި ޤަޟިއްޔާތަކާއި ގުޅިގެން ޝަރީޢަތް ނިމުނު ގޮތް އެއްރިޕޯޓަކުން އޮތުމަކީ އެންމެ ރަނގަޅު ގޮތެވެ.
88ހަމައެހެންމެ، ބައެއް ޙާލަތުގައި، ދެ ޤަޟިއްޔާއެއް އެއްކޮށްލުމަކީ އިންޞާފުން ޝަރީޢަތް ކުރުމަށް ހުރަކަށްވެދާނެކަމަށ ކޯޓަށް ޤަބޫލުކުރެވޭ ޙާލަތުގައި، އެ ދެ ޤަޟިއްޔާއެއް އެއްކޮށްނުލިނަމަވެސް، ކޯޓުން ލިބިދިނުމަށް އެދޭ ފަރުވާއަކީ އެއް މުޢާމަލަތާއ ގުޅިގެނި އެއްބައެއް ޝާމިލުވާ ދަޢުވާ ކުރުމުގެ ސަބަބެއް ނުވަތަ ކަމެއްނަމަ، ދެ ޤަޟިއްޔާގެ ޝަރީޢަތް އެކުއެކީގައި ކުރިއަށް ގެންދިއުމަކީ ކޯޓަށް ކުރެވިދާނެ ކަމެވެ. މިގޮތުން އެކުގައި ޝަރީޢަތްތައް ކުރިއަށްގެންގޮސް ދެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތް ވަކިން ލިޔުމަކީ ކުރެވިދާނެ ކަމެކެވެ.
89ޝާހިދުގެ ފަރާތުން ދަށު ކޯޓުގައި މި ދެޤަޟިއްޔާ އެކުގައި ކުރިއަށް ގެންދިއުމަށް އެދިފައި އޮތްއިރު، އެކަމާމެދު ކޯޓުން ނިންމި ގޮތެއް ނެތެވެ. އެލް.އެފްގެ ފަރާތުން ހުށަހަޅައިގެން ސިވިލް ކޯޓުން ބެލި 657/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެރިޕޯޓުގެ އެއްވެސް ތަނެއްގައި ޝާހިދު ހުށަހަޅައިގެން ބެލި ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާއާ ގުޅޭ ގޮތުން ވަކި ކަމެއް ބަޔާންކޮށްފައި ނެތެވެ. މި ދެ ޤަޟިއްޔާއަށް ބެލުމުން ސާފުވަނީ، އެލް.އެފް އިން ހުށަހަޅައިގެން ސިވިލް ކޯޓުން ބެލި ނަންބަރު C/2018-v657/C ޤަޟިއްޔގާ ޝަރީޢަތް ހިންގައި އެޤަޟިއްޔާ ނިންމާފައިވަނީ ވަކި ޤަޟިއްޔާއެއްގެ ގޮތުގައިކަމެވެ. އެ ޤަޟިއްޔާގައި އެލް.އެފް އިން ހުށަހެޅި ދަޢުވާގެ ޖަވާބުގެ ގޮތގައު ޝާހިދު ހުށަހެޅި ކަމަށް ފެންނާން އޮތީ، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުންތައް ފްރަސްޓްރޭޓްވެފައި އޮތްކަމުގެ ދިފާޢެވެ. އެޤަޟިއްޔާގައި އެލް.އެފް އިން ހުށަހެޅް ދަޢުވާ ކަމުގައިވާ އެއްބަސްވުމާއި ޚިލާފުވުން (breach of contract) ސާބިތު ކުރުމަށް އެލް.އެފް އިން ހުށަހެޅި ކަމަށް ބަޔާންކުރާ ހެކިތައް ދަށު ކޯޓުން ވަޒަން ކުރިކަމެއް ފެންނާކަށް ނެތެވެ. މިއާ ޚިލާފަށް ދަށު ކޯޓުން ކުރިކަމަށް ފެންނާން އޮތީ، އެލް.އެފް އިން ހުށަހެޅް ދަޢުވާގެ ދިފާޢުގައި ޝާހިދު ހުށަހެޅި ހެކި ވަޒަންކޮށް އެލް.އެފް އިން ހުށަހެޅް ދަޢުވި ސާބިތު ކުރުމެވެ.
90ޕްރިސިޑެންސް 2އުޞޫލެއްގެ ގޮތުނެ މަދަން ޚުޞޫމާތެއްގައި ޘާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެވެ. މި މާނައިގެ ތެރޭގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތެއް ނޫނެވެ. އެ ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައިކުރާ ދިފާޢީ ދަޢުވާ ޘާބިތު ކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެވެ. އެހެންކަމުން، މި މުޢާމަލާތުގެ ތެރެއިން ކޯޓަށް ފުރަތަމަ ދަޢުވާ ހުށަހެޅި ފަރާތާއި އެ މުޢާމަލަތާއ ގުޅިގެނި ފަހުން ދަޢުވް ހުށަހެޅާ ފަރާތަކީ ކޮބާތޯ ބެލުމާއި ފުރަތަމަ ދަޢުވާގެ ރައްދުގައި އަނެއްފަރާތުން ހުށަހެޅި ދިފާޢުއަކީ ރައްދު ދަޢުވާ claim)-(counter އެއްތޯ ދެނެގަތުމާއި މިކަން ބެލެވި މި ދެ ޤަޟިއްޔާ އެއްކޮށްލުމާއ ގުޅި ގޮތުން ނުވަތަ އެކުގައި ޝަރީޢަތް ހިންގުމާއި ގުޅޭ ގޮތުން ދަށު ކޯޓުން ގޮތެއް ނުނިންމާ، ޝާހިދު ހުށަހެޅި ދިފާޢު އެއީ އެލް.އެފްއިނ ހުށަހެޅް ދަޢުވި ސާބިތު ކުރުމުގެ އަސާސެއްގެ ގޮތުގައި ބަލާފައިވަނީ ޝަރީޢަތް ހިންގުމުގެ ޢާންމު އުޞޫލާއި ޚިލާފަށެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ:
91އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާ (އިސްތިއުނާފު ކުރެވިގެން ބަލަމުންދާ ޤަޟިއްޔާ) އާއި ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާ (އިސްތިއުނާފު ކޮށްފައި ނެތް ޤަޟިއްޔާއެއް) ޙުކުމް ކޮށްފައިވަނީ ހުށަހެޅުނު ހެކި ޤަރީނާތަކަށް ރިޢާޔަތްނުކޮށްކަމަށްބުނެ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން ހުށަހެޅި ނުކުތާއެވެ. އަދި މިނުކުތާގައި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 19 ވަނަ މާއްދާގެ (ނ) އާއި 22 ވަނަ މާއްދާއަށް ޙަވާލާދީ ކޮންޓްރެކްޓްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއްމެދުވެރިވެގެން ކޮންޓްރެކްޓުގައިވާ ގޮތުގެ މަތިން ޢަމަލު ކުރެވެން ނެތްއިރު، އެކޮންޓްރެކްޓެއ ނިމުމަކަށް އަންނާނެ ކަމަށް ބަޔާންކޮށް ހުށަހަޅާފައިވެއެވެ. އަޙްމަދު ނާޝީދު ވ. މުޙައްމަދު މުޞްޠަފާ (2010) 02 އެސްސީ.އޭ.
92މިނުކުތ ތަފްޞީލާ ކުރަމުން މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، ޝާހިދުގެ ފަރާތުން ހުށަހެޅި ހެއްކަށް ރިޢާޔަތްކޮށް ކޮންޓްރެކްޓް ފްރަސްޓްރޭޓް ވެއްޖެކަމަށް ބުނެ، ޝާހިދުގެ ފަރާތުން ހުށަހެޅި ދަޢުވާ އާއި ގުޅިގެން ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
93މިނުކުތާއަށް ޖަވާބު ދެމުން އެލް.އެފްގެ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާއަކީ އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާއެއް ނޫންކަމަށްވާތީ، އެޤަޟިއްޔާގައި ކަނޑައެޅި ކަނޑައެޅުން ގޯސްކަމަށް އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާގެ ތެރެއިން ނުބެލޭނެ ކަމަށެވެ. ހަމައެއާއެކު، އެއްބަސްވުންތައް ފުރަސްޓްރޭޓް ވުމާއިގުޅޭ ގޮތުން ގޮތް ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާގައިކަމަށް އެލް.އެފްގެ ފަރާތުން ހުށަހެޅި ޖަވާބުގައި ބުނެއެވެ. އެހެންކަމުން، އިސްތިއުނާފުގެ ޢާންމު އުޞޫލާއި ޙަވާލާދީ އިސްތިއުނާފު ނުކުރާ ޤަޟިއްޔާއެއް ނުބެލޭނެކަމަށް ބުނުމަކުން މިބަހުޘ ނިމުމަކަށް ނާންނަކަން އެލް.އެފްގެ ޖަވާބުންވެސް ދެނެގަނެވެއެވެ. ޝާހިދު ހުށަހެޅި ދަޢުވާގައި އެދިފައިވަނީ ކޮންކަންކަމެއް؟
94ޝާހިދުގެ ފަރާތުން ހުށަހެޅި ދަޢުވާގައި އެދިފައިވަނީ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުންތައް ފުރަސްޓްރޭޓްވުމުގެ ސަބަބުން އެއްބަސްވުން ބާޠިލު ވެއްޖެކަމަށ ކަނޑައަޅައް ދިނުމަށާއިޝާހިދުގެ ފަރާތުން ދިން 08 (އަށެއް) މަސްދުވަހުގެ ނޯޓިހުގެ ތެރޭގައި ތަން ހުސްކޮށްފައިނުވާތީ، ޝާހިދުއަށ ލިބް ގެއްލުމުގެ ބަދަލެއްގެ ގޮތުން، މަހަކަށް -/275،000ރ (ދެލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) ރޭޓުން ބަދަލު ނަގައި ދިނުމަށެވެ.
95ޝާހިދު ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު:528/Cv-C/2018 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، ފާހަގަކޮށްފައިވަނީ ތިން ނުކުތާއެވެ. ފުރަތަމަ ނުކުތާއަކީ ޝާހިދު މަތީގައި ބަޔާންކުރި ފަދައިން ދަޢުވާކުރިކަމަށް ބަޔާންކުރާ ނުކުތާއެވެ. ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާއަކީ އެލް.އެފްގެ ފަރާތުން ޝާހިދުގެ މައްޗަށް ހުށަހެޅި ދަޢުވާއެއްކަމަށްބުނާ ބުނުމާއި، މި ދެޤަޟިއްޔާގެ ޚަޞްމުންނަކީ އެއްބައެއްކަމަށ ބުން ބުނުމާއި، ދެ ޤަޟިއްޔާގައިވެސް ދަޢުވާ ބިނާކޮށްފައިވަނީ އެއް އެއްބަސްވުމެއްގެ މައްޗަށްކަމާއި، އެއްވާޤިއާތަކެއްގެ މައްޗަށްކަމަށް ބުނެ ފާހަގަކުރާ ކުރުމެވެ. މި ދެނުކުތާގައި ޝާހިދުގެ ހުށަހެޅި ދަޢުވާ އެއްކޮށް ހިންގިކަމަކަށ ބަޔާނެއް ނުކުރެއެވެ.
96ޕްރިސިޑެންސް 4ޝާހިދު ހުށަހެޅު ދަޢުވާއާގުޅޭ ގޮތުން ގޮތް ނިންމި ކަމަށް ފެންނަ އޮތީ ތިންވަނަ ނުކުތާގައެވެ. އެނުކުތާގައި އޮތީ؛ " ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި އެދިފައިވާ ކަންކަމަކީ ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޝަރީޢަތުން އެކަންކަމަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅި ފައިސަލާކުރެވިފައިވާ ކަންކަން ކަމުގައިވާތީ، ހިނގަމުންމިދ މައްސަލާ އިތުރަށް ބަލާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަން ޝަރީޢަތަށް އެނގެން އޮންނަކަމެވެ." މިފަދައިންނެވެ. މިނުކުތާގައި "އެކަންކަމަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅި ފައިޞަލާ ކުރެވިފައިވާ ކަންކަން" ކަމަށް ބަޔާންކުރިޔަސް، އެރިޢާޔަތ ކުރް ގޮތެއް ކަނޑައެޅި ގޮތެއް ފައިޞަލާ ކުރިގޮތެއް ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓުންވެސް އަދި ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓުގައވެސި އެއްވެސް ތަނެއްގައި ބަޔާން ކޮށްފައެއް ނެތެވެ. ޝާހިދު ހުށަހެޅި ދަޢުވާގެ ޙުކުމުގައި އޮތީ؛ " ދެންފަހެ ބުނެވިދިޔަ ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާއިން ހިނގަމުން މިދާ ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި އެދިފައިވާ ކަންކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވުމުން، […] /މާލެ، މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." ޝާހިދު އިސްތިއުނާފުކުރި ޤަޟިއްޔާ:
97ޝާހިދުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ، އޭނާ ސިވިލް ކޯޓަށް ހުށަހެޅި 528/Cv-C/2018 ޤަޟިއްޔާ އެވެ. އެޤަޟިއްޔާގެ ނިންމި ގޮތެވެ. ނަމަވެސް ޝާހިދު ހުށަހެޅި ޤަޟިއްޔާގައި އޭނާ އެދިފައިވާ ކަންކަމާއި ގުޅިގެން ނިންމި ގޮތެއް އެޤަޟިއްޔާއިން ފެންނާކަށް ނެތެވެ. އެޤަޟިއްޔާ ނިންމުމުގައި އޮތީ، ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާއިން، ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި އެދިފައިވާ ކަންކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ.
98އިސްތިއުނާފު ރައްދުވާ އެލް.އެފްގެ ފަރާތުން ފާހަގަކުރާ އެއްކަމަކީ، ޝާހިދުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤޟިއްޔަ ކަމަށާއި ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާއަކީ ޝާހިދުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ޤަޟިއްޔާއެއް ނޫންކަމަށާއި އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާއަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޤަޟިއްޔާއަކަށްވާތީ، ޝާހިދު އިސްތިއުނާފުކުރި ސިވިލް ކޯޓުގެ ނަންބަރު: 528/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުން ބެލުމުގެ ތެރެއިން ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާގެ ނިންމުން ނުބެލޭނެ ކަމަށެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާއަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޤަޟިއްޔާއެކެވެ.
99ޕްރިސިޑެންސް 3ޢާންމު އުޞޫލަކީ ހައިކޯޓުން ބަލާނީ އިސްތިއުނާފުކުރި ޤަޟިއްޔާއެވެ. އިސްތިއުނާފުކުރި ޤަޟިއްޔާގެ ތެރެއިން އެހެން ޤަޟިއްޔާއެއްގައި ނިންމާފައިވާ ނިންމުންތަކެއް އިސްތިއުނާފުން ނުބެލޭނެއެވެ. ވީމާ، އެލް.އެފްގެ ފަރާތުން ބަޔާންކުރާ ވާހަކައަކީ އުޞޫލީ ގޮތުން ރނަ ގަޅު ވާހަކައެކެވެ. އިސްތިއުނާފު ނުކުރާ ޤަޟިއްޔާއެއްގެ ޙުކުމް ބާޠިލު ކުރުމަކީ އިސްތިއުނާފުގެ ހަމައެއް ނޫނެވެ. އަދި އެޙުކުމަކ ކަނޑައެޅީ ނިޔާގެ ބާރު ލިބިފައިވާ ޙުކުމެއްނަމަ، އެޙުކުމް އެގޮތުގައި ދެމި އޮންނާނެކަމީ ޙުކުމްތައް އިސްތިޤްރާރުވުމާއި ގުޅޭގޮތުން ޤަޟާއީ ނިޒާމު ން ބަލައިގަންނަ ގޮތެވެ. ޤާނޫނު ނަންބަރު:2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާއިން ބާރުދެނީ މިއުޞޫލަށެވެ.
100ޢާންމު އުޞޫލަކީ އެއީ ކަމަށްވާތީ، އިސްތިއުނާފުން ބަލަންޖެހެނީ ޝާހިދު އިސްތިއުނާފުކުރި ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާ އެވެ. އެޤަޟިއްޔާއަށް ބަލާއިރު، އެޤޟިއްޔާގަ ޙުކުމުގައި ބަޔާންކޮށްފައި އޮތީ، " ... ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާއިން ހިނގަމުން މިދާ ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި އެދިފައިވާ ކަންކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅާފައި..." އޮތް ކަމަށެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ޝާހިދު ހުށަހެޅި ދަޢުވާ ދަށުކޯޓުން ނިންމިއިރު، އެޤަޟިއްޔާގައި ޝާހިދު ހުށަހެޅި ކަންކަމަކީ ކޮބައިކަމެއް، އަދި ޝާހިދު ހުށަހެޅި ކަންކަމާމެދު ނިންމި ގޮތަކީ ކޮބއަކަމެއްވެސް ބަޔާންކުރުމަކާއ ނުލައި ބުނެފައިވަނީ، އެކަންކަމާއިމެދު ރިޢާޔަތްކުރި ގޮތާއި ފައިޞަލާކުރާ ގޮތާއި ނިންމިގޮތް އޮންނާނީ ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ގައި ކަމަށެވެ. ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓުގެ އެއްވެސް "ކޯޓަކުން ނިންމް ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު ންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މަޤާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމު ނިންމުމެކެވެ." ތަނެއްގައި އެރިޢާޔަތ ކުރް ގޮތަކީ ނުވަތަ އެކަނޑައެޅި ގޮތަކީ ޝާހިދު ހުށަހެޅި ދަޢުވާއާއި ގުޅިގެން ނިންމި ގޮތެއްކަމެއ ބަޔާންކޮށްފައެއް ނުވެއެވެ. އެޤަޟިއްޔާ ފައިޞަލާކޮށްފައިވަނީ، އެލް.އެފް އިން ހުށަހެޅި ދަޢުވާއަށް ޝާހިދު ހުށަހެޅި ޖަވާބުގެ ގޮތުގައި ބަލައިގެންނެވެ.
101ވީމާ، ޝާހިދު ހުށަހެޅި ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރާ އެކަންކަމަކީ ކޮބއަ ތޯ އާއި އެކަންކަމާއި ބެހި ގޮތުން ނިންމިގޮތް ފެނޭތޯ ހޯދުމަށް ރުޖޫޢަ ވާންޖެހެނީ އެލް.އެފް އިން ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓަށެވެ. އެހެން ގޮތަކަށް ބަޔާންކުރާނަމަ ޝާހިދު އިސްތިއުނާފު ނުކުރާ ޤަޟިއްޔާގެ ނިންމުމަށެވެ. އިސްތިއުނާފުކޮށްފައި ނެތް ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާއަށް ބެލިދާނެތާ؟
102ޢާންމު އުޞޫލަކީ، އިސްތިއުނާފު ނުކުރާ ޤަޟިއްޔާއެއްގައި ކަނޑައެޅިފައި އޮތް ގޮތެއްގެ މައްޗަށް އިސްތިއުނާފުން ނުބެލުމެވެ. ނަމަވެސް ޝާހިދުގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅައި މިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 މުޅި ޤަޟިއްޔާގެ ނިންމުން ދަށު ކޯޓުން ބިނާކޮށްފައިވަނީ ޝާހިދުގެ ފަރާތުން އިސްތިއުނާފު ނުކުރާ ޤަޟިއްޔާއެއްގައި ފާހަގަ ކުރިކަމަށް ބަޔާންކުރާ ކަންތައްތަކާއި ޙުކުމެއްގެ މައްޗަށެވެ.
103ވީމާ، އިސްތިއުނާފު ކޮށްފައިވާ ޤަޟިއްޔާގެ ޙުކުމުގެ ބާރުން، އެޤަޟިއްޔާއާއި ގުޅިގެން ޝަރީޢަތުން ކަނޑައެޅި ގޮތް ހޯދުމަށްޓަކައި ރުޖޫޢަވެ ބަލަންޖެހިފައި މިވަނީ، ޢާންމު އުޞޫލާއި ޙިލާފަށް ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާއަށެވެ. އެޤަޟިއްޔާއަށް ނުބަލައި، ސިވިލް ކޯޓުގެ ނަންބަރު: 528/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުން ބެލޭނެ ގޮތެއް ނެތެވެ. ވީމާ، ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާގެ ނިންމުމަށާއި އެޤަޟިއްޔާގައި ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމަކީ އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖޭހެކަމެއް ކަމުގައި ނޫނީ އަހަރެންނަކަށ ބުރައެއް ނުވވެ އެވެ.
104އޭގެ އެއްސަބަބަކީ، އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު: 528/Cv-C/2018 ޤަޟިއްޔއާއާ ގުޅިގެން ދަށު ކޯޓުގެ ފަނޑިޔާރު ނިންމި ގޮތެއް ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާއަށް ނުބަލައި، އެހެން ކޮންމެ ތަނެއް ކިތަންމެ ވަރަކަށް ހޯދިޔަސް، ފެންނާނެ ގޮތެއް ނެތުމެވެ. ސިވިލްކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާއާއި ގުޅިގެން ނިންމިގޮތް އޮންނާނީ، ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާގައި ކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ބުނެފައި އޮއްވައި އަދި އެކަމަށް ބާރުދޭގޮތަށް އެލް.އެފް އިން ހުށަހެޅް ޖަވާބުގައިވެސް ބުނެފައި އޮއްވައި، އެޤަޟިއްޔާއަށް ނުބަލައި ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުން ބެލޭނެ ގޮތެއް ނެތްއިރު، އިސްތިއުނާފުގެ ޢާންމު އުޞޫލަކީ މިއީ ކަމަށްބުނެ ގޮތެއް ނިންމާލުމަކީ، އިސްތިއުނާފުކުރި ޤަޟިއްޔާ އިސްތިއުނާފުން ބެލުނީ ކަމަކަށް ނުވާނެއެވެ. އަދި އެއީ ޢަދުލުވެރި ގޮތެއްކަމަށްވެސް ނުވެއެވެ.
105ހަމައެހެންމެ، ސިވިލް ކޯޓުގެ 528/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ބިނާވަނީ، ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާގައި ޝަރީޢަތުން ފާހަގަކުރިކަންކަމާއި އެޤަޟިއްޔާގެ ޙުކުމުގެ މައްޗަށް ކަމަށް ބަޔާންކޮށްފައި އޮއްވައި، ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރެވިފައި ނެތުމުގެ ސަބަބުން، އެޤަޟިއްޔާގެ ޙުކުމަށް ކަނޑައެޅި ނިޔާގެ ބާރު ލިބުނަސް، އެޙުކުމަށް ވާޞިލުމަށްޓަކައި ދަށު ކޯޓުން ފާހަގަކުރި ކަންކަމުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު: 528/Cv-C/2018 ޤަޟިއްޔާއިން ބެލެވި އެކަންކަމާއިމެދު މި އިސްތިއުނާފުން ގޮތް ކަނޑައެޅިގެންދާއިރު، މިހާރު ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ 657/Cv-C/2018 ގެ ޙުކުމަށް ދަށު ކޯޓުގެ ފަނޑިޔާރު ވާޞިލުވި ގޮތާއި ޤާނޫނީ ސަބަބުތަކުގެ މައްޗަށް ހައިކޯޓުން ގޮތެއް ކަނޑައެޅޭނެއެވެ. އޭގެ ނަތީޖާއަކީ، އިސްތިއުނާފުނުކުރާ ޤަޟިއްޔާގެ ޙުކުމް ބިނާވާ ސަބަބުތަކުގެ ޞައްޙަކަން ހަރަދުނާވެގެނ ދިއުން ނުވަތަ ބަލިކަށިވެގެން ދިއުމެވެ. ޝާހިދުގެ ފަރާތުން ދަށު ކޯޓުގައި އެދުނު ކަންކަން:
106ސިވިލްކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާ، އެކޯޓަށް ހުށަހެޅިއިރު، ޝާހިދުގެ ފަރާތުން އެދިފައިވާ ކަންކަމަކީ ކޮބާކަމެއް މިޤަޟިއްޔާ ނިނމް ރިޕޯޓުގައި ފާހަގަކޮށްފައް އޮތް ތިން ނުކުތާގެ ތެރެއިން އެއްވެސް ނުކުތާއެއްގައި ދަށު ކޯޓުގެ ފަނޑިޔާރު ބަޔާނެއް ނުކުރެއެވެ. ހަމައެހެންމެ، ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފުރަތަމަ ނުކުތާއާއި ދެވަނަ ނުކުތާ އާއި އަދި ތިންވަނަ ނުކުތާގެ (ހ)،(ށ)،(ނ)،(ރ)،(ބ)،(ޅ)،(ކ)،(އ)،(ވ) އަދި (މ) ގައި ފާހަގަކޮށްފައިވާ އެއްވެސް ކަމެއްގައި އެކަމަކީ، ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާއާއި ގުޅިގެން ފާހަގަކުރާކަމެއްކަމަށ ނުވަތް ނިންމަ ގޮތެއްކަމަށް ބަޔާންކޮށްފައެއް ނެތެވެ. އެޤަޟިއްޔާ ނިންމި ގޮތުގެ ރިޕޯޓުގެ އެއްވެސް ތަނެއްގައި އަދި ޙުކުމުގައިވެސް، ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާއޭވެސ ބުނެފައެއް ނެތެވެ. އަދި ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، މި ދެ ޤަޟިއްޔާއާއި ގުޅިގެން ހުށަހެޅި ބަދަލު ކުރެވިފައިވާ ބަޔާންތަކުގެ ތެރެއިން، ޝާހިދުގެ ފަރާތުން މި ދެ ޤަޟިއްޔާ އެއްކޮށްލުމަށް އެދިފައިވާ އޮތް އޮތުން ފިޔަވައި، އެއް ޤަޟިއްޔާ އަނެއް ޤަޞިއްޔާގެ ތެރެއިން މި ދެ ޤަޟިއްޔާގެ ވާހަކަ ދެކެވިފައި އޮތްކަމކަށް ނުފެނެއެވެ. ވީމާ، މ ދެ ޤަޟިއްޔާގެ ޝަރީޢަތް ހިންގައި ފައިޞަލާކުރީ އެއްކޮށްލައިގެން ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.
107ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ކުރިއިރު އެޙުކުމުގައި ބަޔާންކޮށްފައި އޮތީ؛ " ދެންފަހެ ބުނެވިދިޔަ ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާއިން ހިނގަމުން މިދާ ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި އެދިފައިވާ ކަންކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވުމުން، […] /މާލެ، މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ."
108ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި، އިސްތިއުނާފު ކޮށްފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާއިން ޝާހިދާ އެދިފައިވާ ކަންކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅައި ވާކަމަށް ބުނުމަކީ، ދެޤަޟިއްޔާ އެއްކޮށް ފައިޞަލާކޮށް ޝަރީޢަތް ކުރީ ކަމަށް ބެލޭނެ ކަމެއް ނޫނެވެ.
109ގުޅިފައިވާ ދެ ޤަޟިއްޔާއެއް ވަކިން ހިންގައި އެއް ރިޕޯޓެއް ލިޔާ ޙާލަތުގައި ނޫނީ، ނޫނީ ގުޅިފައިވާ ދެ ޤަޟިއްޔާއެއް އެއްކޮށް ހިންގައި، ވަކިން ދެ ރިޕޯޓެއް ލިޔާ ޙާލަތުގައިވެސް، ދަޢުވާކުރާ ފަރާތުގެ ދަޢުވާ ނުވަތަ ރައްދުގެ ދަޢުވާ އާއި އޭގެ ޖަވާބު، ހުށަހެޅި ހެކިތަކާއި އެހެކިތައް ތަޢުނުކުރިގޮތް، ނިކންނު ނަތީޖާ ސާފުވާނެ ގޮތަކަށް ބަޔާންކުރެވިފައި އޮންނާން ޖެހެވެ. ދަޢުވާ ސާބިތުކުރުމުގެ ބުރަ އޮންނަނީ ދަޢުވާކުރާ ފަރާތަށް ކަމަށްވާއިރު، އަދި ދަޢުވާކުރާ ފަރާތުގެ މާނައިގެ ތެރޭގައި ރައްދުގެ ދަޢުވާ ހުށަހަޅާ ފަރާތްވެސް ހިމެނޭނެކަން އެނގޭއިރު، ދަޢުވާކުރާ ފަރާތުން ދަޢުވާ ސާބިތުކޮށްދިނުމަށް ހުށަހަޅާ ހެކިތައު ޠައުނު ކުރުމަކީ ދަޢުވާ ރައްދުވާ ފަރާތުގެ ޒިންމާއެކެވެ. މިކަންކަން ފައިޞަލާވެގެން ދިޔަ ގޮތް ރިޕޯޓުން ސާފުވާންޖެހޭކަމަށް ދެކެމެވެ. މިކަންކަން ރިޕޯޓުން ސާފުވާން ނެތީސް، އެވެނ މިވެނި ކަމަކަށް ރިޢާޔަތްކޮށްފައިވާނެ ބުނެ ރިޕޯޓުގައި ލިޔެލުމަކީ އެކަންކަން އެހެން ހިނގިކަން ދެނެގަނެވޭން އޮންނާނެ ގޮތެއް ނޫނެވެ. ވީމާ، ވަކި ޤަޟިއްޔާއެއް ނިންމާއިރު، އެނިންމުމަކީ އެހެން ޤަޟިއްޔާއެއްގައި އެދިފައިވާ ކަންކަމަށް ކަނޑައެޅޭ ނިޔާކަމަށް ފަނޑިޔާރަކު ބުނާނަމަ، އެކަނޑައެޅުނ ގޮތެއު އެޤަޟިއްޔާގައި އެދިފައިވާ ކަމާއި ގުޅުވައި ބަޔާންކުރި ގޮތް އެނިންމުމަށް ވާޞިލުވިގޮތް ސާފުކޮށް ކޮންމެވެސް އެއްރިޕޯޓަކުން ފެންނަ ގޮތަށް ބަޔާންކޮށްދެވެން ޖެހެއެވެ.
110ޝާހިދު ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި އޭނާ އެދިފައިވަނީ މައިގަނޑު ދެކަމަކަށެވެ. ފުރަތަމަ ކަމަކީ، ދެފަރާތުގެ ދެމެދުގައި އޮތް ކޮންޓްރެކްޓް ފރަސްޓްރޭޓު ވެއްޖެކަމަށް ކަނޑައަޅައި ދިނުމެވެ. ދެވަނަ ކަމަކީ، ޝާހިދު ފޮނުވި ނޯޓިހާއި އެއްގޮތަށް ތަން ހުސްނުކުރުމުން، ލިބިގެންދާނެކަމަށް ޝާހިދު ބަޔާންކުރި ގެއްލުންތަކަށްބަދަލު ނަގައި ދިނުމަށެވެ.
111ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި އޮތީ، މިމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ނިންމާފައެވެ. ސަބަބަކީ، ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާގައި އެދިފައިވާ ކަންކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅާފައވާތި ކަމަށް ބުނެއެވެ. އެއްބަސްވުންތައް ފްރަސްޓްރޭޓް ވެއްޖެކަމަށް ބުނެ ޝާހިދު ހުށަހެޅި ހުށަހެޅުން:
112ސިވިލް ކޯޓުގެ ނަންބަރު: 528/Cv-C/2018 ޤަޟިއްޔާގައި، ޝާހިދު ހުށަހެޅީ، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުންތައް ފުރަސްޓްރޭޓް (frustration of the contracts) ވެފައިވާ ކަމަށްބުނެ އެކަމަށް ޝަރީޢަތުން ގޮތް ކަނޑައަޅައި ދިނުމަށް އެދއި ވެ. ޝާހިދު ހުށަހެޅި ދަޢުވާ ސާބިތު ކުރުމަށް ޝާހިދުގެ ފަރާތުން، ސިވިލް އިންޖިނިއަރ ގެ ރިޕޯޓާއި ހެކި ހުށަހެޅިކަން އެނގެއެވެ. މިހެކިތައް ނަފީކުރުމަށް އެލް.އެފްގެ ފަރާތުން ހުށަހެޅި ހެއްކެއް ފެންނާކަށް ނެތެވެ. ނަމަވެސް ޝާހިދު މިހުށަހެޅި ދަޢުވާއަށް ގޮތް ކަނޑައެޅިފައިވާނ ކަމަށެ ދަށް ކޯޓުނު ބުނަނީ ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގއިގައެވެ.
113ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާގައި ޝާހިދުއަކ ދަޢުވީ ރައްދުވާ ފަރާތެވެ. ދަޢުވާކުރި ފަރާތެއް ނޫނެވެ. އެ ޤަޟިއްޔާގައި ބެލުނު ދަޢުވާއަކީ، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާއި ޝާހިދު ޚިލާފުވެއްޖެކަމަށް (breach of the contracts) ބުނެ އެލް. އެފް އިން ކުރި ދަޢުވާއެކެވެ. ވީމާ، މިދަޢުވާ ސާބިތު ކުރުމުގެ ބުރަ އޮތް ފަރާތަކީ އެލް.އެފް އެވެ. ޝާހިދުގެ ދައުރަކީ، އެލް.އެފް އިން ބުނާ ގޮތަށް އެއްބަސްވުމާއި ޚިލާފުވީ ނޫންކަން ދިފާޢުގެ މަގުން ސާބިތު ކޮށްދިނުމެވެ. އެކަން ސާބިތު ކުރުމަށް އެލް.އެފް ހުށަހެޅް ދަޢުވާގެ ޖަވާބު ހުށަހެޅިއިރު ޝާހިދު ހެކި ހުށަހަޅާފައިވަނީ ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުންތައް ފްރަސްޓްރޭޓްވީކަން ސާބިތު ކޮށްދިނުމުގެ ހެއްކެވެ. އެއީ، ޝާހިދު ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު:528/Cv-C/2018 ޤަޟިއްޔާއިން ކުރިއަށް ގެންދިޔަ ދަޢުވާ ސާބިތު ކުރުމަށް އޭނާ އެޤަޟިއްޔާގައިވެސ ހުށަހެޅް ހެއްކެވެ.
114ޝާހިދުގެ ފަރާތުންނާއި އެލް.އެފްގެ ފަރާތުން ހުށަހެޅި ދެ ދަޢުވާއަކީ އެއް އެއްބަސްވުންތަކެއްގެ މައްޗަށް ބިނާވާ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ތަފާތު ދެ ދަޢުވާއެއްކަން ފާހަގަކޮށް، ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ކަންތައްތަކުގެ (ނ) ގައި ބަޔާންކުރަނީ އަންނަނިވި ޢިބާރާތުންނެވެ؛ "...މިކަން މިގޮތުގައި ހިނގާފައިވަނީ ދަޢުވާލިބޭ ފަރާތުން އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުންކަމުގައި ދަޢުވާކުރާ ފަރާތުން (އެލް.އެފް) ބުނާއިރު، މިކަމުގެ މައްޗަށް ދަޢުވާލިބޭ ފަރާތުން (ޝާހިދު) ދައްކާ ސަބަބު ތަފާތުކަމާއި، އެގޮތުން މެދުވެރިވި ސަބަބެއް ކަމުގައި ދަޢުވާލިބޭ ފަރާތުގެ ބުނުމަކީ އެއްބަސްވުމުގައި ބަޔާންވެގެންވާ ޢިމާރާތަށް ވެފައިވާ ގެއްލުމުގެ ސަބަބުން ދިމާވި މަޖުބޫރީ ޙާލަތެއްގައި އެކަށީގެންވާ މުއްދަތެއް ކަމުގައި ދަޢުވާލިބޭ ފަރާތުން ދެކޭ ގޮތުގައި 08(އަށެއް) މަސްދުވަސް ދިނުމަށްފަހު ތަން ހުސްކުރުމަށް އެންގީކަމާއި، އަދި މިއީ އެސަބަބައްޓަކައި އެއްބަސްވުންތައް މާޔޫސް (frustrate) ވެ، އެއްބަސްވުންތައް ނިމުމަކަށް އަންނަންޖެހުނު ސަބަބެއްކަމުގައި ދަޢުވާލިބޭ ފަރާތުން ބުނެފައިވާއިރު...."
115ޝާހިދުގެ ފަރާތުން ހުށަހެޅި ޤަޟިއްޔާގެ ކުރިން ސިވިލް ކޯޓުން ނިންމީ އެލް.އެފްގެ ފަރާތުން ހުށަހެޅި ޤަޟިއްޔާއެވެ. އެޤަޟިއްޔާގައި ނިންމީ ޝާހިދު އެއްބަސްވުމާއި ޚިލާފުވީ ކަމަށެވެ. އެނަތީޖާއަށް ވާޞިލުވީ، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ފްރަސްޓްރޭޓް ވެއްޖެކަމަށްބުނެ، އެކަން ސާބިތު ކުރުމަށް ޝާހިދު ހުށަހެޅި ސިވިލް އިންޖިނޭރުގ ރިޕޯޓުގެ މައްޗަށް ބުރަވެއެވެ. އެލް.އެފްއިނ ހުށަހެޅް ދަޢުވި ސާބިތު ކުރުމަށް ހުށަހެޅި ހެކީގެ މައްޗަށްކަށް ނޫނެވެ. ހަމައެހެންމެ، ޝާހިދުގެ ފަރާތުން ހުށަހެޅި ދަޢުވާ ސާބިތު ކުރުމަށް ހެކީގެ ގތުގައ ހުށަހެޅި ސިވިލް އިންޖިނިއަރގެ ރިޕޯޓް ނަފީކުރުމަށް އެލް.އެފްގެ ފަރާތުން ހެކި ހުށަހެޅިކަނޮ އެނގޭކަށް ނެތެވެ.
116ދެން މިޤަޟިއްޔާގައި ސިވިލް ކޯޓުން ބުނެފައިވަނީ؛ "...ހުށަހެޅި ކުރިއަށް މިދާ މައްސަލާގައި، ދަޢުވާކުރާ ފަރާތުން ބުނާ ފަދައިން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ދަޢުވާލިބޭ ފަރާތުން ޚިލާފުވެފައިވޭތޯ ނުވަތަ ދަޢުވާލިބޭ ފަރާތުން ބުނާ ފަދައިން އެ އެއްބަސްވުންތައް މާޔޫސްވެ ނިމުމަކަށް އައިސްފައިވޭތޯ ބަލައި، މި ނުކުތާއާމެދު ޝަރީޢަތުން ކަނޑައަޅާ ގޮތަކީ އެކަމެއްގެ މައްޗަށް މިދަޢުވާގައި ބަޔާންވެގެންވާ ގެއްލުމުގެ ބަދަލު ނަގައިދިނުމާއި ނުދިނުން ބިނާވާނޭ ނުކުތާކަން އެގެން އޮންނަ ކަމެކެވެ." އެއްބަސްވުން ފްރަސްޓޭޓ ނުވާކަމަށް ކަނޑައެޅުމާއި އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށް ކަނޑައެޅުން:
117ޕްރިސިޑެންސް 5ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކަށް ބަލާއިރު، އެޤަޟިއްޔާގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ޝާހިދު އާއި އެލް.އެފްއ ދެމެދާ ވެފައިވާ އެއްބަސްވުންތައް ފްރަސްޓްރޭޓް ނުވާ ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެއްބަސްވުންތަކާއި ޝާހިދު ޚިލާފުވި ކަމަށެވެ. އެލް.އެފް އިން ހުށަހެޅް ދަޢުވި ސާބިތު ކުރުމަށް އެލް.އެފް އިން ހުށަހެޅް ހެކި ވަޒަންކޮށްފައެއް ނެތެވެ. އެއްބަސްވުމެއް ފުރަސްޓްރޭޓ ނުވާކަމަށް ކަނޑައެޅުމަކީވެސް، އެލް.އެފް އިން ކުރި ދަޢުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކި ވަޒަން ކުރުމަކާއި ނުލައި އެއެއްބަސްވުމާއި އަނެއްފަރާތުން ޚިލާފުވެއްޖެކަނ ސާބިތުވާން ކަމަށެ ކަނޑައެޅޭނެ ހަމައެއްވެސް ނޫނެވެ.
118ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ފްރަސްޓްރޭޓް ނުވާކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ވާޞިލުވުމަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ބަޔާންކޮށްފައިވަނީ؛ "...ކަމުގެ ތަޖުރިބާކާރުން (ސިވިލް އިންޖިނިއަރުންނާ) ޙަވާލާދީ މިބުނެވުނު ނޯޓިސްގައި ދަޢުވާލިބޭ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ މި މައްސަލައާއި ގުޅިގެން ދަޢުވާލިބޭ ފަރާތުން (ހެކިލިސްޓާއެކު އެނެކްސް 4 ގެ ގޮތުގައި) ހުށަހެޅި އާރޗް އިންޖިނިއަރސް ޕްރައިވެޓް ލިމިޓެޑްގެ އެސެސްމަންޓް ރިޕޯޓް (CONDITION REEF) H.SOUTH THE OF ASSESMENT ކަމުގައި ވީހިނދު، މި ރިޕޯޓަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު މި ރިޕޯޓަކީ މި މައްސަލާގައި ދަޢުވާލިބޭ ފަރާތުގެ އެދުމުގެ މަތީން އާރޗް އިންޖިނިއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމާއި، އަދި މި ރިޕޯޓު އެކުލަވާލި ފަރާތަކީ ސިވިލް އިންޖިނިއަރރެއްގ ގޮތުގައެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީކޮށްފައިވާ މިފަދަ ރިޕޯޓެއް އެކުލަވާލުމުގެ ޤާބިލުކަން ހުރި ފަރާތެއްކަން ރިޕޯޓަށް ބެލުމުން އެނގެން އޮންނައިރު، […] އެވެ ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތާ ގުޅިގެން އާރޗް އިންނިއަރސ ޕްރައިވެޓް ލިނިޓެޑުން 02 (ދޭއް) އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާކަމާއި، މީގެ ތެރެއިން ފުރަތަމަ އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ 20 ނޮވެމްބަރު 2015 ގައި ކަމާއި އަދި ދެވަނަ އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ 26 ސެޕްޓެމްބަރު 2017 ގައި ކަމާއި، މިއިންސްޕެކްޝަންތަކުގެ މައްޗަށް ބިނާކޮށް، ޢިމާރާތް ހުސްކޮށް ޢިމާރާތް މަރާމާތުކުރުމުގެ ލަފާ ސިވިލް އިންޖިނިއަރު އަރުވާފައިވަނީ 27 ސެޕްޓެމްބަރ 2017 ގައި ކަން އާރޗް އިންނިއަރސ ޕްރައިވެޓް ލިމިޓެޑްގެ އެސެސްމަންޓް ރިޕޯޓް (CONDITION ASSESMENT OF THE H.SOUTH REEF) އަށް ބެލުމުން އެނގެން އޮތްއިރު، […] އެވެ ކިޔާ ގޭގައި ކޮށްފައިވާ ޢިމާރާތާގުޅޭ މިބުނެވުނު ރިޕޯޓް ފިޔަވައި، މިބާވަތުގެ އިތުރު ރިޕޯޓެއް ނުވަތަ ލިޔުމެއްވިޔަސް ދަޢުވާލިބޭ ފަރާތުން މި މައްސަލައިގެ ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމާއި، ކަމާބެހޭ ތަޖުރިބާކާރުންގެ ލަފާ މައްޗަށް ބިނާކޮށް 2017 ވަނަ އަހަރުގެ ނިޔަލަށް ތަން ހުސްކުރުމަށް އަންގައި 05 އެޕްރީލް 2017 ތާރީޚުން ފެށިގެން 08 (އަށެއް) މަސްދުވަހުގެ ނޯޓިސް ދީ، ދަޢުވާލިބޭ ފަރާތުން ދަޢުވާ ކުރާ ފަރާތަށް 05 އޭޕްރީލް 2017 ގައި ފޮނުވާފައިވާ ސިޓީއަކީ ދަޢުވާލިބޭ ފަރާތުން ހުށަހެޅި އާރޗް އިންޖިނިއަރސ ޕްރައިވެޓް ލިމިޓެޑްގެ އެސެސްމަންޓް ރިޕޯޓްގައިވާ ލަފާގެ ކުރިން ދީފައިވާ ނޯޓިހެއްކަން މިގޮތުން އެގެން އޮތުމާއެކު، އެހިނދުގައި (ނޯޓިހުގައިވ ތާރީޚާ ކަމުގައިވާ 05 އެޕްރީލް 2017 ގައި) ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ބާރު ކެނޑޭގޮތަށް ތަން ހުސްކުރުމަށް އަންގައި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ފޮނުވާފައިވާ ނޯޓިހަކީ ރަނގަޅު އަސާސެއްނެތި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ފޮނުވާފައިވާ ނޯޓިހެއް ކަމުގައިވާތީ، ދަޢުވާލިބޭ ފަރާތުގެ މި ޢަމަލަކީ ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާއި، އަދި ކޮންޓްރެކްޓާބެހޭ ޢާންމު އުޞޫލުތަކާ ޚިލާފު ޢަމަލެއްކަން އެނގެން އޮތުމުން، ދެފަރާތުގެ ދެމެދުގައިވެފައި ހުރި އެއްބަސްވުންތައް ނިމުމަކަށް އައުމުގެ އަޞްލަކީ ދަޢުވާލިބޭ ފަރާތުން ބުނާފަދައިން އެއްބަސްވުންތައް މާޔޫސީ ޙާލަތަށް ދިއުން ނޫންކަމާއި، މިކަން މިގޮތުގައި ހިނގުމުގެ އަޞްލަކީ ދަޢުވާކުރާ ފަރާތުން ބުނާ ފަދައިން އެއްބަސްވުމާ ޚިލާފަށް ދަޢުވާލިބޭ ފަރާތުން ތަންހުސްކުރުމަށް އެނގި އެންގުންކަނ އެނގެން އޮންނަކަމާއި، އެހެންކަމުން ދަޢުވާލިބޭ ފަރާތުގެ މި ޢަމަލުގެ ސަބަބުން ދަޢުވާކުރާ ފަރާތށަ ވެފައިވް ގެއްލުމުގެ ބަދަލު ދަޢުވާލިބޭ ފަރާތުގެ ކިބައިން ޝަރީޢަތްމެދުވެރިކޮށް ދަޢުވާކުރާ ފަރާތަށް ނަގައިދެވިދާނޭކަނ އެނގެން އޮންނަކަމެވެ".
119މަތީގައި ބަޔާންކުރި ނިންމުމުން، ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުންތައް މާޔޫސީ ޙާލަތަށް އެހިނދު ނުދާކަމަށް ސިވިލް ކޯޓުން ބުނެފައިވަނީ، އެލް.އެފް އިން ހުށަހެޅް ދަޢުވާގެ ދިފާޢު ސާބިތު ކުރުމަށް ޝާހިދު ހުށަހެޅި ހެކި ކަމަށްވާ ސިވިލް އިންޖިނޭރު ދީފައި އޮތް ލަފާ، ދީފައިވާ ތާރީޚާއި ޝާހިދުގެ ފަރާތުން ދީފައި ނޯޓިހުގެ ތާރީޚަށް ހަމައެކަނި ބަލައިގެންކަން އެނގެއެވެ. ސިވިލް އިންޖިނިއަރގެ ރިޕޯޓަކީ، ޝާހިދު އެއްބަސްވުމާއި ޚިލާފުވިކަމަށް ބުނެ އެލް.އެފް އިން ހުށަހެޅް ދަޢުވި ސާބިތު ކުރުމަށް އެލް.އެފް އިން ހުށަހެޅި ހެއްކއްނޫނެވެ.
120ސިވިލް ކޯޓުން ފާހަގަކުރާކަމަކީ، ސިވިލް އިންޖިނޭރު ލަފާ ދިނުމުގެ ކުރިން ޝާހިދު ތަން ހުސްކުރަން ނޯޓިސް ފޮނުވާފައިވާތީ، ނޯޓިސް ފޮނުވިއިރު، އެއްބަސްވުން ފުރަސްޓްރޭޓް ވެފައި އޮތްކަމަށް ނުބެލެވޭ ކަމަށެވެ. ހަމައެއާއެކު ސިވިލް ކޯޓުގެ މި ނިންމުމުގައި، މި ޢިމާރާތް ދެ ފަހަރެއްގެ މަތިން ސިވިލް އިންޖީނޭރުން އިންސްޕެކްޓްކުރިކަމަށް ބަޔާންކުރެއެވެ. އަދި މި ރިޕޯޓް، ހެކީގެ ގޮތުގައި ޝހާދުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ކަމަށްވެސް ބަޔާންކުރެއެވެ. ވީމާ، މިހެކި ވަޒަންކުރަންޖެހޭނި ޝާހިދު ހުށަހެޅި ދަޢުވާ ސާބިތުވޭތޯ ބެލުމުގެ ގޮތުންނާއި، އެލް.އެފް އިން ހުށަހެޅް ދަޢުވި ސާބިތުކުރުމަށް އެލް.އެފް އިން ހުށަހެޅި ހެކިވަޒަންކޮށް އެހެކި ނަފީ ކުރުމަށެވެ.
121ޝާހިދުގެ ފަރާތުން ހުށަހެޅި ބަޔާންވެދިޔަ ރިޕޯޓަށް ބަލާއިރު އެރިޕޯޓުގައި ފާހަގަކޮށްފައި އޮތީ؛ “From the first inspection it can be seen that the columns have major damages due to rusting of steel which may be due to bad workmanship during the construction. The damages caused to the columns are so major that design strength of the columns have lost considerably making the building unsafe to be inhabited. The owners repaired the columns by removing the loose concrete and plastering with river sand and cement mortar to further stop the deterioration of the columns. However, this method of repair will not increase the strength of the columns that have already been lost due to rusting of the reinforcement bars and due to spalling of concrete. The further cracks that have started to be formed on repaired columns may be due to reduced strength of columns or due to inefficiency of the repair method in stopping the corrosion of columns. Since cracks are forming on repaired columns it may be the failure of the columns are near and therefore the integrity of the building is in question”. މިފަދައިންނެވެ. އެއަށްފަހު ސިވިލް އިންޖިނިއަރ ރިކޮމެންޑް ކޮށްފައިވަނީ؛ “Since the faults are in main columns holding the building safely, it is highly recommended to vacate the building immediately and perform a major repair under the guidance of a structural engineer such that the columns can gain its strength and safeguard the building.” މިފަދައިންނެވެ. ވީމާ، ޝާހިދު އޭނާ ހުށަހެޅި ދަޢުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކި އަދި އެލް.އެފް އިން ހުށަހެޅި ދަޢުވާގެ ދިފާޢުގައި ހުށަހެޅި ހެކި ވަޒަންކޮށްފައި ވަނީ އެލް.އެފް ހުށަހެޅް ދަޢުވި ސާބިތު ކުރުމަށް އެލް.އެފް އިން ހުށަހެޅް ހެއްކެއްގެ ގޮތުގައެވެ. އެއީ އެކަން ކުރެވޭނެ ގޮތެއް ނޫނެވެ. ދެން ބަލަންޖެހެނީ، ޝާހިދު ހުށަހެޅި ހެކިން، ޝާހިދު ހުށަހެޅި ދަޢުވާ ސާބިތުވޭތޯ ބަލާފައި އޮތްތޯއެވެ. ކޮންޓްރެކްޓް ފްރަސްޓްރޭޓްވން:
122ޤާނޫނު ނަންބަރު:91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގައި ފްރަސްޓްރޭޝަންގެ ޙާލަތު ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ؛ ޙަޤީޤަތެއް ބަދަލުވުން 11- (ހ) ކޮންޓްރެކްޓްކުރާ މީހުން އެޙަޤީޤަތެއްގެ މައްޗަށް އެކޮންޓްރެކްޓްކުރި ޙަޤީޤަތް ކޮންޓްރެކްޓްގައި ބައިވެރިވި އެއްވެސް މީހަކަށް ނޭނގި ނުވަތަ އެއްވެސް މީހެއްގެ ބާރެއްނެތި ބަދަލު ވެއްޖެނަމަ އެކޮންޓްރެކްޓް ވާނީ ބާޠިލު އެއްޗަކަށެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ޙަޤީޤަތް ބަދަލުވުމަކީ، އެ ކޮންޓްރެކްޓްގެ މުހިންމު ބައެއް ބަދަލުވުމެވެ. ޤާނޫނު ނޭނގުން (ނ) ޤާނޫނުގައިވާގޮތް ނޭނގުމަކީ ކޮންޓްރެކްޓް ބާޠިލުކުރެވޭނެ ސަބަބެއްނޫނެވެ.
123ޕްރިސިޑެންސް 6މަތީގައިވާ ޤާނޫނީ ނައްޞަށް ބަލާއިރު، ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވާނީ އެ ކޮންޓްރެކްޓެއް ކުރުމަށްފަހުގައިކަން (after the contract) އެނގެއެވެ. އަދި އެޙަޤީޤަތުގެ މައްޗަށް ކޮންޓްރެކްޓް ބިނާކުރި ޙަޤީޤަތުގެ މުހިންމު ބައެއް ބަދަލުވުމުންކަން (radical change) އެނގެއެވެ. އަދި ހަމައެހެންމެ، އެޙަޤީޤަތް ބަދަލުވާން މެދުވެރި ކުރިވި ކަމަކީ ނުވަތަ ޙާލަތަކީ ކޮންޓްރެކްޓްގެ ބައިވެރިންނަށް ނޭނގި ނުވަތަ ކޮންޓްރެކްޓްގެ ބައިވެރިންގެ ބާރެއް އެކަމުގެ މައްޗަށް ނެތް (without default of the parties) ކަމެއް ނުވަތަ ޙާލަތަކަށް (unforeseen event) ވާންޖެހޭކަން އެނގެއެވެ.
124މަތީގައި ބަޔާންކުރެވުނު ޤާނޫނީ ނައްޞުން އެނގޭ އަނެއްކަމަކީ، ޤާނޫނުގައިވާ ގޮތް ނނ ގުމަކީ ކޮންޓްރެކްޓް ފުރަސްޓްރޭޓްވ ބާޠިލުވާނެ ސަބަބެއް ނޫންކަމެވެ. ހަމައެހެންމެ، ކޮންޓްރެކްޓްގެ ބައިވެރިއެއްގެ އިހުމާލުން ނުވަތަ އޭނާގެ އަމިއްލަ ކުށަކުން މެދުވެރިވާ ޙާލަތަކީ ފްރަސްޓްރޭޝަންގެ ޙާލަތެއް ނޫންކަންވެސް ކޮންޓްރެކްޓާބެހޭ ޤާނޫނުން އެނގެއެވެ. މީގެ އިތުރުން، ކޮންޓްރެކްޓެއް ފުރަސްޓްރޭޓް ވެދާނެ ޙާލަތްތކެއްވެސަ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކުރެއެވެ. މިސާލަކަށް، ޤާނޫނެއް ހިންގންޖެހުމުގާ ސަބަބުން (legal impossibility) ނޫނީ ހީނުކުރާ ފަދަ ޙާލަތެއް މެދުވެރިވުމުގެ ސަބަބުން (phyiscal impossibility) ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނީ އަމުދުން ނެތުމަކީ ކޮންޓްރެކްޓެއް ފުރަސްޓްރޭޓް ވެދާނެ ޙާލަތާ ތަކެވެ.
125ސިވިލް ކޯޓުގެ ނަންބަރު: 657/Cv-C/2018 ޤަޟިއްޔާގައި، ޝާހިދު އާއި އެލް.އެފްއ މެދާ ވެފައިވާ އެއްބަސްވުންތައް ފްރަސްޓްވޭފައި ނެތްކަމަށް ނިންމީ ހަމައެކަނި އެންމެ ނުކުތާއެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ސިވިލް އިންޖިނިއަރ […] ދެވަނަ ފަހަރަށް އިންސްޕެކްޓްކުރުމަށްފަހު، އިރުޝާދު ދިން ޤާނޫނު ނަންބަރު:91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 22 ވަނަ މާއްދާގެ (ނ) ޤާނޫނު ނަންބަރު:91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 19 ވަނަ މާއްދާގެ (ނ) ތާރީޚަށްވުރެ ކުރިން އެޢިމާރާތުގެ ފަސްވަނަ ފަންގިފިލާ ހުސްކުރުމަށް ޝާހިދުގެ ފަރާތުން އެލް.އެފްއަށް ނޯޓިސް ދީފައި އޮތް އޮތުމުގެ މައްޗަށެވެ.
126ނަމަވެސް […] ތިންވަނަ ފަންގިފިލާގެ ތަނބުތަކުގައި ރެނދު އަޅައި އެޢިމާރާތުގައި މީހުން ދިރިއުޅުން ރައްކާތެރި ނޫންކަން 20 ނޮވެމްބަރު 2015 ގައި ސިވިލް އިންޖިނިއަރ ފުރަތަމަ ކުރި އިންސްޕެކްޝަނުންވެސް ފާހަގަ ކުރެވިފައިވާކަން ޝާހިދުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހެޅި ސިވިލް އިންޖިނިއަރގެ ރިޕޯޓުން އެނގެއެވެ. އަދި ތ ނބުތަކަށް ލިބިފައިހުރި ގެއްލުން މަރާމާތުކޮށްގެންވެސް އެކަން ރަނގަޅު ނުވެ މަރާމާތު ކުރި ތަނބުތައ އަނެއްކާވެސް ޙަލާކުވެފައިވާކަން ހަމަ އެރިޕޯޓުން އެނގެއެވެ. ވީމާ، ޝާހިދުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހެޅަ ސިވިލް އިންޖިނިއަރގެ ރިޕޯޓް ވަޒަން ކުރުމުގައި، ޝާހިދު ފޮނުވި ނޯޓިހުގައި އޮތް ތާރީޚާއި ސިވިލް އިންޖިނިއަރ ތައްޔާރުކުރި ދެވަނަ އިންސްޕެކްޝަން ރިޕޯޓްގައި އޮތް ތާރީޚުގެ މައްޗަށް އެކަނި ބެލުމަށްފަހު، ކޮންޓްރެކްޓް ފްރަސްޓްރޭޓް ނުވާކަމަށް އަދި ކޮންޓްރެކްޓާއި ޝާހިދު ޚިލާފުވެފައިވާކަމަށް ނިންމި ނިންމުމަކީ ރަނގަޅަށް ހެކި ވަޒަންކޮށްގެން ނިންމި ނިންމުމެއް ނޫނެވެ. އެހެނީ، ކޮންޓްރެކްޓެއް ފުރަސްޓްރޭޓ ވާން ވަކި ލިޔުމެއްގައި އޮންނަ ތާރީޚުގެ މައްޗަށް ބިނާވެގެނެއް ނޫނެވެ.
127ކުރިން ބަޔާންކުރިހެން، ސިވިލް ކޯޓުގެ ނަންބަރު: 528/Cv-C/2018 ޤަޟިއްޔާ އާއި އެކޯޓުގެ ނަންބަރު: 657/Cv-C/2018 ޤަޟިއްޔާ ހިންގާފައިވަނީ ދެ ޤަޟިއްޔާ އެއްކޮށްލައިގެން ކަމެއް ސާފެއް ނުވެއެވެ. ދެ ޤަޟިއްޔާ އެއްކޮށް ހިންގިނަމަވެސް، ޝާހިދުގެ ފަރާތުން ހުށަހެޅި، ދެފަރާތުގެ ދެމެދުގައި އޮތް ކޮންޓްރެކްޓް ފްރަސްޓްރޭޓް ވެއްޖެކަނ ސާބިތުކުރުމަށް ބުން ޙާލަތާ ސާބިތް ކޮށްދިނުމަށް ސިވިލް އިންޖިނިއަރެއްގެ ރިޕޯޓް ހުށަހަޅާފައި އޮތެއެވެ. އެރިޕޯޓުން އެ ނގެނ އޮތް ގޮތުގައި، ކުއްޔަށްދިން ޢިމާރާތުގެ ތިންވަނަ ފަންގިފިލާގެ ތަނބުތައް ޙަލާކުވުމުގެ ސަބަބުން، ޢިމާރާތުގައި މީހުން އުޅުން ރައްކާތެރިއެއް ނޫނެވެ.
128ޝާހިދު އާއި އެލް.އެފްއ ދެމެދާ އެއްބަސްވެފައިވަނީ މިޢިމާރާތުގެ 5 ވަނަ ފަންގިފިލާ ކުއްޔަށް ދިނުމަށެވެ. މިޢިމާރާތުގެ ތިންވަނަ ފަންގިފިލާގެ ތަނބުތައް ހަލާކުވެގެން ޢިމާރާތުގައި ދިރިއުޅެން ރައްކާތެރިނޫންކަމަށް ބުނާ ޙާލަތުގައި، ތިންވަނަ ފަންގިފިލާގެ މައްޗަށް ހުރި އެ ޢިމާރާތުގެ އެހެން ފަންގިފިލާތަކުގައިވެސް ދިރިއުޅުން ރައްކާތެރިކަމަށް ނުވާނެއެވެ. ސަބަބަކީ، އެޢިމާރާތުގެ ތިންވަނަ ފަންގިފިލާގެ މައްޗަށް ހެދިފައިވާ ބައިތައް ބިނާވާނީ ތިންވަނަ ފަންގިފިލާގެ ތަނބުތަކުގެ މައްޗަށް ކަމަށްވާތީއެވެ. ނަމަވެސް ތިންވަނަ ފަންގިފިލާއިން ތިރީގައި ހުރި ބައިތަކާމެދު ބަހުޘެއް އޮވެދާނެއެވެ.
129ޝާހިދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން، އެލް.އެފް އިން ހުށަހެޅް ބަޔާންތަކަށް ބަލާއިރު، ޝާހިދު ދެވަނަ ފަހަރަށް މި ޢިމާރާތުގެ ފަސްވަނަ ފަންގިލާ ކުއްޔަށް ދިނުމަށް ދެވަނަ އެއްބަސްވުމެއް ވީއިރު، މި ޢިމާރާތް ހުރި ޙާލަތު ޝާހިދުއަށް އެނގޭނެކަމަށްބުނެ ޢިމާރާތުގެ ޙާލަތު ބަދަލުވީ ކުއްޔަށްދިން ފަހުން ނޫންކަމަށް ބުނަން މަސައްކަތްކޮށްފައި އޮތްކަމަށް ފެނެއެވެ. ނަމަވެސް ދަށު ކޯޓުން ޝާހިދު ހުށަހެޅި މައްސަލައިގައި ޝާހިދު ހުށަހެޅި ހެކި ނަފީކުރުމަށް ޝަރީޢަތް ހިންގާއި އެފުރުޞަތު އެލް.އެފް އަށް ދީފައި އޮތްކަމަށް ނުފެނެއެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ:
130އިސްތިއުނާފީ ތިންވަނަ ނުކުތާގައި މައިގަނޑު ގޮތެއްގައި ބަޔާންކުރަނީ ސިވިލް ކޯޓުގެ ނަންބަރު: 528/Cv-C/2018 ޤަޟިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. މިނުކުތާގައި ބަޔާންކުރަނީ ބަދަލު ނަގައިދިން ގޮތުގެ ވާހަކައެވެ.
131އިސްތިއުނާފު ކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު: 528/Cv-C/2018 ޤަޟިއްޔާގައި ބަދަލާގުޅޭ އެއްވެސް ވާހަކައެއް ނެތެވެ. މާނައަކީ ޝާހިދު ދަށު ކޯޓަށް ހުށަހަޅައިގެން މިހާރު އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ބަދަލާއިގުޅޭ ގޮތުން ނިންމި ގޮތެއް ފެންނާކަށް ނެތެވެ. ބަދަލާއި ގުޅޭ ގޮތުން ނިންމި ނިންމުމަކީ އެލް.އެފް އިން ހުށަހެޅި 657/Cv-C/2018 ޤަޟިއްޔާގައި އެލް.އެފް އިން އެދުން ބަދަލު ނަގައި ދިނުމަށް ނިންމި ގޮތެވެ. ކުރިން ބަޔާންކުރިހެން އެލް.އެފް އިން ދަށް ކޯޓަށު ހުށަހަޅައިގެން ޝާހިދުއާ ދެކޮޅަށް ނިންމި 657/Cv-C/2018 ޤަޟިއްޔާއަކީ އިސްތިއުނާފުކޮށްފައި އޮތް ޤަޟިއްޔާއެއް ނޫނެވެ. އަދި އެޤަޟިއްޔާގެ އެއްވެސް ތަނެއްގައި ޝާހިދު ހުށަހެޅި ދަޢުވާގައި ބަޔާންކުރާ ބަދަލާއި ގުޅިގެން ގޮތެއް ނިންމިކަން ފެންނާކަށް ނެތެވެ.
132ނަމަވެސް، ޝާހިދުގެ ފަރާތުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓުގެ ނަންބަރު :528/Cv-C/2018 ޤަޟިއްޔާގައި އެދިފައި ވެއެވެ. އެއީ، […] ތަޅާލުމަށްފަހު އަލުން ޢިމާރާތް ކުރުމަށް އެހެން ބަޔަކާއި ކޮންޓްރެކްޓް ކުރެވިފައި އޮވެ، އެމަސައްކަތް ނުފެށި ލަސްވަމުން ދިޔައީ އެލް.އެފްގެ ފަރާތުން ނޯޓިސް އާ އެއްގޮތަށް ތަން ހުސްނުކުރުމުގެ ސަބަބުން ކަމަށް ބުނެއެވެ. މިކަމާއި ގުޅިގެންވެސް ދަށު ކޯޓުން ނިންމާފައިވާ ނިންމުންވެސް ހޯދަންޖެހެނީ، ސިވިލް ކޯޓުގެ ނަންބަރު:657/Cv-C/2018 ޤަޟިއްޔާއިންނެވެ. އެޤަޟިއްޔާގައި ޝާހިދުގެ ފަރާތުން ހުށަހެޅި މިނުކުތާއަށް ސާފުކޮށް އެއްޗެއް ބުނެފައި ނެތްނަމަވެސް، ބަދަލު ދިނުން ބިނާވާނީ ކޮންޓްރެކްޓް ފްރަސްޓްރޭޓް ވުމާއި ނުވުމާއި ގުޅޭ ގޮތުން ނިންމާ ނިންމުމުގެ މައްޗަށްކަމަށް ދޭހަވާ ގޮތަށް ބުނެފައިވެއެވެ.
133ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އަހުރެންނަށް ބުރަވެވެނީ، ސިވިލް ކޯޓުގެ ނަންބަރު :C/2018-8/Cv25 ޤަޟިއްޔާގެ ޙުކުމު ބާޠިލުކޮށް، ޝާހިދު ހުށަހެޅި މައްސަލައިގައި ފުރިހަމަ ޝަރީޢަތެއް ކުރުމަށްފަހު، ޝާހިދު އާއި އެލް.އެފްއ ދެމެދާ ވެފައިވާ އެއްބަސްވުންތައް ފުރސްޓްރޭޓަ ވެއްޖެކަމަށ ބުން ޝހާދ ހުށަހެޅު ހެކިތައް ވަޒަންކުރުމަށްފަހު މިމައްސަލައިގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަށް މިމައްސަލަ ދަށު ކޯޓަށް ފޮނުވުމަށެވެ.
134މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔުގެ 80 ވަނަ ނުކުތާއާއި 123 އަދި 124 ވަނަ ނުކުތާ ފިޔަވައި އެހެން ނުކުތާތަކާއި، ނިންމުމަށް ތާއީދުކުރަމެވެ.
135މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) N0 N----'tj-:cu=< N 'tj- 111\"~"'( ci "I\"\"\ a\ \ ""I"\"'l<"I Q\\~Q\\~ "\"C..."\"~0\''S:. ,, \")"~\\''\"~"\ "\"C..."\"~\")\\\\ "0..al ~y Q\"'.\ ~. \,'\ '' '.\ '' "' \\ a, ''"I \")"&J~~\\\ ""Ill a,''\ .. QI\"~" ""I ,,,a, \ ! V)N00S2 u~0 ......00"\ ,,0\\\ ""I"8J~~ a\ \ i::. L I\\'' 'I.J \, ~' \ L ") ;>I c... L \ \ ~ "\",,i ~y 0\\ "\"~ a,"\\ ,'1. \ \\ "'.\ ""I,,,a, \ !"' a ;~ ,,,0\"\ ,,a,'!\"·,\' ""I0\"\\\ \ \i \ I\ ,.\i I\ \ L ") ,_\ ~\ '\ "''i::. \ :\ 1> ' Q\"C...al ,,a,", ic.., \ "C... "\~~ \\'O..i"&J Q "C... '\Q~ Q\,'1. ~} aa.,al Q\h "'Q'\ "'Q\ \\' "\ ,,<). "\\ a,\ "I\ ,'- '' :\ I\\!\ a.,'' '' \, I\ \ '"'I \ !\,l a,\ ~ '"0\ "\"~Q\\ ,c.., a,\ "\ "\ ,,"\ "\ ,,<). "\\ a,\ "I\ "\"II 0\\ \~"'I.Ja,"C... aa.,ll\aa.,al'\"'.\ '' '' I\ I\\ ~ 'fJ 't, ~ ~, \, I\ \ I\ ", '--'"\Ri_, ,, ""I~}"&J~~ "'ill'I.Ja,''\ .. ,-.....NNN0 ......0 "\ ,,a\\\ "\R\\\: \~\ 0\\ "\"~ a,"'\"~", '\"~''\,l \ ,, \, ~' "I 5, a., I\ c... \, '' :\ \\ ~Q ''"I \,"&J~~\\\ ""Ill'I.Ja,''\ .. 0\\ "\"~ "\ "\\\ 0\\ ~~ a\ ~,~«..,\\ ~,'--'\ ""I~\a,i '\ \ 'tj"'-0 -l I\\'' \, ~' I\ «..,~ a., c... L \i I\ c... \ \ "C..."I\ 0\l(~QI\"~" \~\' \"' \~ 0\"\ ,,a, \ a.,\' ","\ \ ",0\"\ ~, \ " :\i \'' \ Q !\ ,~'I.J,I\ "'\\ :\ \,II .,,"~ Ill\"~"\ \~,,",11, \=", '' 1, I\\ ~ " \t~ ~ ~~ ''\ ~}'' "\~\' \ ",. ½ :i ,,, \ l:l'fJ~, "\ ,,, \ I\~ \J \ :\ :'.\i ~ "'\\ :\ \\ "'\\ :\ 0 ,l ~~\,-..... MM ;zr-- •l Q~·:-.• MMNlf)0 N0\ •., ~:-."Yo~'.,.,-~' -~· ~·~ ',.., • ..,"\ !~•" IJ ~ ~ \\ ..,~'IJC\.,,,-~' \, \ \ , ,l ., .. @) ·., " ;!: ;!:~ :.c: "'Sn0 0;::,,_.:,bl)0>~ > .. , -~<-2 ,:,!l..c ..c0 05 11)0>E > ' I\ ,.
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާ (ޙުކުމުގައި ނަޤުލުކޮށްފައިވާ ގޮތުން)، 19 ވަނަ މާއްދާގެ (ނ)، 22 ވަނަ މާއްދާގެ (ނ)، 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ނ) (އިޚްތިލާފީ ރައުޔު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ (އިޚްތިލާފީ ރައުޔު)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު 2 ފަރާތެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2020/HC-A/277 (ޢަލީ މުނީރު ވ. އާސިމް ތައުފީޤް) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ) ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2022/HC-A/490 (މުޢީން ޙަސަން ވ. ސިވިލް ސަރވިސް ކޮމިޝަން) ޤަޟިއްޔާ (އިޚްތިލާފީ ރައުޔު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/26 ޤަޟިއްޔާ އަދި 2022/SC-HCL/45 (މި އިސްތިއުނާފު ބަލައިގަތުމާ ގުޅޭ ނިންމުންތައް)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ސާދިޙު ނަޞީރު، މުހާމިން ޗެމްބަރސް އެލް.އެލް.ޕީ
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ނިޔާޒު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒު
- ޚިލާފު ރައުޔު
- ދީބާނާޒް ފަހުމީ