ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/01
އާމިނަތު ޤާސިމް ވ. އދ. މާމިގިލި ކައުންސިލް، 2019/HC-A/01
Aminath Qasim v. ADh. Maamigili Council 2019/HC-A/01 (2019/HC-A/01, High Court of the Maldives, 7 February 2021)
އާމިނަތު ޤާސިމް ވ. އދ. މާމިގިލި ކައުންސިލް
މައްސަލައިގެ ޚުލާޞާ
މާމިގިލި މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރު ނެރެދިނުމަށް ހަމައެއް ނެތްކަމަށާއި، ފޯމު ބާޠިލުކުރުމާއި އިޢުލާނުގެ ޝަރުޠު ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅާނެ ހަމައެއް ނެތްކަމަށް ނިންމައި ދަޢުވާގައި އެދުނު ކަންކަން ނުދީ ޙުކުމްކުރިއެވެ.
އދ.މާމިގިލި ކައުންސިލުން 14 މާރިޗު 2016 ގައި ކުރި އިޢުލާނާ ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމު، ފިރިމީހާއަށް ވިލިގިލިން ގޯއްޗެއް ލިބިފައިވާތީ ޕޮއިންޓް ނުދީ ކައުންސިލުން ބާޠިލުކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ގަވާއިދުގެ 7ވަނަ މާއްދާގެ ޝަރުޠުތައް އޭނާ ހަމަވާއިރު ހައުސިންގ މިނިސްޓްރީގެ ހުއްދައެއް ނެތި ގަވާއިދުން ބޭރުގެ ޝަރުޠެއް ކައުންސިލުން ކުރުމަކީ ބާޠިލު ކަމެއްކަމަށާއި، ދެމަފިރިންނަށް 2 ގޯތި ނުލިބޭނެ އުޞޫލު މާނަކުރުމުގައި އޮޅުން އަރާފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 7ވަނަ މާއްދާގައިވާ ޝަރުޠުތަކުގެ އިތުރުން، ގޯއްޗަށް އެދޭ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ ގޯތި ނުދޭނެ ކަމަށް ކައުންސިލުގެ އިޢުލާނުގައި ކުރި ޝަރުޠު ޞައްޙަތޯ، އަދި އެ ޝަރުޠުގެ ދަށުން ޕޮއިންޓް ނުދީ ފޯމު ބާޠިލުކުރުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ބިމާބެހޭ ޤާނޫނާއި ގަވާއިދުގެ ދަށުން ކަމާބެހޭ ފަރާތުގެ ލަފައާއެކު ގަވާއިދުގެ 13ވަނަ މާއްދާއާ އެއްގޮތަށް ކުރި އިޢުލާނުގައި ހިމެނޭ ޝަރުޠު ޞައްޙަކަމާއި، ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާކަން ފޯމުގައި ބަޔާންކޮށްފައިވާތީ ފޯމު ބާޠިލުކުރުން ޚިލާފެއް ނޫންކަމަށް ކޯޓު ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް، ލިބިގަނެ، މިލްކުކޮށް، ބޭނުންކޮށް، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމާއި، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރަންވާނީ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.2، 4.3)
- ބިމާބެހޭ ޤާނޫނުގެ 11ވަނަ މާއްދާގެ (ހ) ގެ ދަށުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ ރައްޔިތުންނަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.3)
- ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަޙައްދާއި ބިމުގެ ތަނަވަސްކަމާއި ބިން ބޭނުންކުރުމުގެ ޕްލޭނަށް ބަލައި، ގަވާއިދުގެ 7ވަނަ މާއްދާގައިވާ ޝަރުޠުތަކުގެ އިތުރު ޝަރުޠު ކަމާބެހޭ ފަރާތުގެ ހުއްދަ ލިބިގެން ކަނޑައެޅިދާނެކަމާއި، އެފަދަ އިތުރު ޝަރުޠުތައް ގޯތި ދޫކުރާކަން އެންގުމަށް ކުރާ އިޢުލާނުގައި ހިމަނަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.3، 4.4)
- ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓްދިނުމުގެ އުޞޫލާމެދު ކައުންސިލުން ހައުސިންގ މިނިސްޓްރީގެ ލަފާ ހޯދުމުން، ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ކޮންމެ ދެމަފިރިއަކަށް ދެ ގޯތި ނުލިބޭނެ އުޞޫލުން ވިސްނަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ގަވާއިދުގެ 13ވަނަ މާއްދާގައިވާ ކަންކަން ހިމަނައިގެން ކުރި އިޢުލާނުގައި އަނބި ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ ގޯތި ދޫނުކުރެވޭނެކަމަށް ބަޔާންކުރުން ޤާނޫނާ ޚިލާފެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.3، 4.5)
- ގޯއްޗަށް އެދޭ ފަރާތުގެ ފިރިމީހާގެ ނަމުގައި ގޯއްޗެއް ރަޖިސްޓްރީވެފައިވާކަން ފޯމުގައި ބަޔާންކޮށް، އެ މަޢުލޫމާތަކީ ޞައްޙަ ނޫން މަޢުލޫމާތެއްކަމަށް އެއްވެސް މަރުޙަލާއެއްގައި ބުނެފައިނުވާއިރު، އިޢުލާނުގެ ޝަރުޠުގެ ދަށުން ފޯމު ބާޠިލުކުރުމަކީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކުރި ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.6)
ޙުސައިން ޝަހީދު ތާއީދުކުރައްވައެވެ. ދަޢުވާގެ ޚުލާޞާ : 1- މިއީ،އދ.މާމިގިލި ކައުންސިލް އިދާރާގެ ނަންބަރު (IUL)356-B/2016/07 )14 މާރިޗް 2016( ގެ އިޢްލާނާ ގުޅިގެން އދ.މާމިގިލިން ދިރިއުޅުމަށްޓަކައި، ބަންޑާރަ ގޯތި ހޯދުމަށް އެދި އދ.މާމިގިލި / ފިޔަނޫވިލާ، އާމިނަތު ޤާސިމްގެ ނަމުގައި ހުށަހެޅި ނަންބަރު : 469/2016ގެ ]ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް[ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ބިމާބެހޭ ޤާނޫނާއި ޤަވާޢިދާއި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާޢިދާ ޚިލާފަށް އެއްވެސް ޕޮއިންޓެއް ނުދީ، އެ ފޯމް ބާޠިލްކޮށްފައިވާތީ ވަގުތީ އަމުރެއް ނެރެދިނުމާއެކު، މައްސަލަ ބަލައި ދިނުމަށް އެދި އާމިނަތު ޤާސިމުގެ ފަރާތުން އަރިއަތޮޅު ދެކުނުބުރި މާމިގިލި މެޖިސްޓްރޭޓް ކޯޓށ ހުށަހެޅުމުން އެ ކޯޓުން ބައްލަވާފައިވާ އެ ކޯޓުގެ ނަންބަރު 55/I-10-C/2017 ޤަޟިއްޔާ ނިންމަވާފައިވަނީޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔުއިސްތިއުނާފު ކުރުމަށް އާމިނަތު ޤާސިމަގެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އދ. މާމިގިލި ކައުންސިލް އިދާރާއެވެ. ދަށު ކޯޓުން މައްސަލަ ނިންމިގޮތް: 2- އިސްތިއުނާފުކުރެވިފައިވާ އަރިއަތޮޅު ދެކުނުބުރި މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 55/I-10-C/2017 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ: ]ދެންފަހ، އދ.މާމިގިލި ކައުންސިލް އިދާރާ ގެ ނަމްބަރު (IUL)356-B/2016/07 )14 މާރިޗް 2016( ގެ އިޢްލާނއާ ގުޅިގެން ދިރިއުޅުމަށްޓަކައި، ބަންޑާރަ ގޯތި ހޯދުމަށް އެދި އދ.މާމިގިލި / ފިޔަނޫވިލާ އާމިނަތު ޤާސިމް ()ގެ ނަމުގައި ހުށަހެޅި ނަމްބަރު : 469/2016ގެ ]ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް[ދިވެހި ޖުމްހޫރިއްޔާގެޤާނޫނުއަސާސއާއ، ބިމާބެހޭ ޤާ ނޫނާއި،ޤަވަޢިދާއ އަދިދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވަޢިދާ ޚިލާފަށީ،އެއްވެސް ޕޮއިންޓެއް ނުދީ، އެ ފޯމް ބާޠިލްކޮށްފައިވާތި،ވަގުތީ އަމުރެއް ނެރެދިނުމާއެކު، މިމައްސަލަ ބަލައި ދިނުމަށް އެދިއާމިނަތު ޤާސިމް ދަޢުވާކުރި ހިނދު : ފާހަގަކުރެވުނުނުކްޠތަކުގެ މައްޗަށ ބަލައި،ރިޢާޔަތްކުރު މުން، މިމައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް މިދަޢުވާކުރާ އާމިނަތު ޤާސިމްއެދިފައިވާއިރު، އާމިނަތު ޤާސިމުއަށް ލިބިގެންދާނެ އިއާދަނުކުރެވޭނެ ގެއްލުމަކީ ކޮބައިކަން ބަޔާންކޮށް ދެވިފައި ނުވުމާއި، ވަގުތީ އަމުރު ނެރުމުގައި ޤާނޫނީ ގޮތުން ރިޢާޔަތްކުރާ މިންގަޑުތައް މިމައްސަލާގައި ފުރިހަމަ ނުވާއިރު މިމައްސަލާގައި ވަގުތީ އަމުރެއް ނެރެފިނަމަ، ޖަމާއީ ގޮތެއްގައި ގިނަ ބައެއްގެ ޙައްޤުތަކެއް އުނިވެގެން ދާނެކަން ޝަރީޢަތަށް ފާހަގަކުރެވޭތީ، މިމައްސަލާގައި ވަގުތީ އަމުރެއް ނެރެ ދެވޭނެ ޝަރުޢީ އަދި ޤާނޫނ އެއްވެސް ހަމައެއް ނެތް ކަމަށް ކަނޑައަޅައި، އދ.މާމިގިލި ކައުންސިލް އިދާރާއިން ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް، ރިވިއުކޮށް ދިނުމަށް އެދި އދ.މާމިގިލި/ ފިޔަނޫވިލާ އާމިނަތު ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާއިރު، ދައުލަތުގެ އިދާރާއަކުނޯނިންމާ އިދާރީ ނިންމުމަކީ، ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ނިންމުމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި، މަބްދައުލް މަޝްރޫޢިއްޔަތުގެ އުޞޫލުތަކާއި، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 8ވަނަ މާއްދާއި، 20ވަނަ މާއްދާއާއި، 43ވަނަ މާއްދާއި، 133ވަނަ މާއްދާގެ )ނ(، )ރ( އަދި )ބ( އާއި،144ވަނަ މާއް ދއާއި، 223ވަނަ މާއދާގް )ހ( އާއި، 233ވަނަ މާއްދާއާއި، 268ވަނަ މާއްދާއާއި، 299 ވަނަ މާއްދާއާއި، ޤާނޫނު ނަމްބަރު 2002/1 )ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު( ގެ 3، 4، 10، އަދި 11 ވަނަ މާއްދާގެ މައްޗަށް ބިނާކޮށް ޝަރުޢީ އަދި ޤާނޫނީ މިންގަޑުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 2012/SC-A/21ގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ނަޒަރުކުރާއިރު،އދ.މާމިގިލި ކައުންސިލް އިދާރާގެ ނުމް ބަރް: (IUL)356-B/2016/07 )14 މާރިޗް 2016( ގެ އިޢްލާނާއި ގުޅިގެން އާމިނަތު ޤާސިމް ހުށަހަޅާފައިވާ ނަމްބަރު : 469/2016ގެ ]ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް [ ބާޠިލްކޮށް، ޝަރުޠު ހަމަނުވާ ކަމަށް ކަނޑައަޅާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލްތަކާއި ޚިލާފަށް ކަމަށް ކަނޑައަޅާނެ ޝަރުޢީއަދި ޤާނޫނ އެއްވެސް ހަމައެއް ނެތްކަމަށް ކަނޑައަޅައިއދ.މާމިގިލި ކައުންސިލް އިދާރާގެ ނުމް ބަރް: B/2016/07-(IUL)356 )14 މާރިޗް 2016( ގެ އިޢްލާނުގައިވާ ]ގޯއްޗަށް އެދޭ ފަރާތް ނުވަތަ ގޯއްޗަށް އެދޭ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް އަދި ފްލެޓެއް ނުވަތަ ފްލެޓެއްގެ ބައެއް ލިބިފައިވާނަމަ އެ ފަރާތަކަށް ގޯއްޗެއް ދުލެއް ނުކުރެވޭނެ[ ކަމަށް ބަޔާންކޮށްފައިވަނީ،ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ބިމާއިބެހޭ ޤާނޫނުތަކާއި، ޤަވަޢިދުތަކާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ޝަރުޢީއަދި ޤާނޫނ އެއްވެސް ހަމައެއް ނެތްކަމަށް ކަނޑައަޅައި، މިދަޢުވާކުރާއާމިނަތު ޤާސިމއަކީ، ބަންޑާރަ ގޯތި ދިނުމަށް ޝަރުޠު ފުރިހަމަވާ، ޕޮއިންޓް ދެވޭ އަދި ދެވޭ ޕޮއިންޓުގެ ނިސްބަތުން އދ.މާމިގިލިން ގޯތި ލިބުން ޙައްޤުވާ ފަރާތެއް ކަމުގައި ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް ކަނޑައަޅައި، މިދަޢުވާކުރާ އާމިނަތު ޤާސިމއަކީ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދުމާއި، ހޯދުމުގެ ޙައްޤުން މަޙްރޫމް ނުކުރެވޭ ފަދައަކުން ގޯތި ދޫކުރުމުގެ އެންމެހާ އިދާރީ އިންތިޒާމްތައް އަލުން ހަމަޖެއްސުމަށްއދ.މާމިގިލި ކައުންސިލް ގީމައްޗަށް އަމުރުކުރާނެ ޝަރުޢީއަދި ޤާނޫނ އެއްވެސް ހަމައެއް ނެތްކަމަށް ކަނޑައަޅައި، މިދަޢުވާކުރާ އާމިނަތު ޤާސިމައަކީ، އދ.މާމިގިލި ކައުންސިލް އިދާރާގެ ނމް ބަރު (IUL)356-B/2016/07 )14 މާރިޗް 2016( ގެ އިޢްލާނުގައިވާ ޤާނޫނީ ޝަރުޠު ފުރިހަމަވާ އަދި ޕޮއިންޓްދޭ އުޞޫލުން 67 )ސަތުހައްޓި ( ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތެއް ކަމުގައި ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނާއެއްވެސް ހަމައެއް ނެތް ކަމަށް ކަނޑައަޅައި، މިދަޢުވާކުރާ އާމިނަތު ޤާސިމް ދިރިއުޅުމަށްޓަކައި، އދ.މާމިގިލިން ބަންޑާރަ ގޯއްޗެއް ދޫކުރުމަށް އދ.މާމިގިލި ކައުންސިލީގެ މައްޗަށް އަމުރު ކުރާނެ ޝަރުޢީއަދި ޤާނޫނ އެއްވެސް ހަމައެއް ނެތް ކަމަށް ކަނޑައަޅައި،މިގޮތުގެ މަތި ން މީޤަޟިއްޔާ ނިންމައި ޙުކުމްކޮށްފީމެވ[. މިފަދައިން ކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތައް : 3- އުރިއަތޮޅުދެކުނިބުރި މމިގިލ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 55/I-10-C/2017 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ،އާމިނަތު ޤާސިމުގ ފަރާތުން އިސްތިއުނާފު ކުރުމަށް 05 )ފަހެއް ( ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއް:- ފުރަތަމަ ނުކުތާއަކީ : މާމިގިލި ކައުންސިލް އިދާރާއިން ބަންޑާރަ ގޯތި ދޫކުރުމަށް ކޮށްފައިވާ އެ ކައުންސިލުގެ ނަންބަރު (IUL)356-B/2016/07 އިޢުލާނުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަކީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާޢިދުގައި ބަޔާން ކޮށްފައިވާޝަރުޠުތައްކަމާއި، އެ ޝަރުޠުތަކުން ބޭރު ޝަރުޠު ކޮށްފައިވަނކޮށް، ޤަވާޢިދާ އެއްގޮތަށް ހިންގާފައިވާ ކަމެއް ކަމުގައި ނިންމައި، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާޢިދުގައި ބަޔާންކުރާ ހުރިހައި ޝަރުޠެއް ދަޢުވާކުރި އާމިނަތު ޤާސިމް ހަމަވާއިރު އެކަމަށް ރިޢާޔަތް ނުކުރައްވާ، އޭނާއަށް ބަންޑާރި ގޯތި ދޭން އަންގާނެ ތަނެއް ނެތްކަމަށް އަންގާ ޙުކުމްކޮށްފައިވުމާއި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ހަމަ އެގޮތުގައި އިޢުލާނުގައި ބަޔާންކޮށްފައިވުމާއެކު، ގޯއްޗަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުޠުތަކަކީ ހަމަ އެ ޝަރުޠުތައް ކަމުގައި ކަނޑައަޅައި އެ އިޢުލާނުގައި ބަޔާންކޮށްފައި ވަނިކޮށް، ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ ގޯތި ނުލިބޭނެ ކަމަށް ބުނެ ކޮށްފައިވާ ޝަރުޠަކީ ޤަވާޢިދުގައި ބަޔާންކޮށްފައި ނެތް ޝަރުޠެއްކަމަށް ވިޔަސް ފޯމަށް މާރކްސް ދިނުން މަނާކުރާ ޝަރުޠެއް ނެތްއިރު ޕޮއިންޓް ނުދީ ފޯމް ބާޠިލްކުރި ކުރުން ރަގަޅުކަމަށް ނިންމާފައިވާ ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާއަކީ : އެމިނަތު ޤާސިމްގެ ފިރިމީހާއަށް މާލވިލިގިލިން ލިބިފައިވާ 1400 އަކަފޫޓުގެ ގޯއްޗަކީ މާކުރިންވެސް އެ ފަރާތަށް ލިބިފައިވާ ގޯއްޗެއްކަމާއި، ދެމަފިރިންނަށް 2 ގޯތި ނުލިބޭނެ އުޞޫލުން ގޯތި ދޫކުރާކަމަށް ބުނެ ފޯމަށް އެއްވެސް މާރކްސްއެއް ނުދީ ބާޠިލްކޮށްފައިވަނީ އެ އުޞޫލު މާނަކުރުމުގައި އޮޅުން އަރާފައިވާ ކަމަށް ބެލެވޭތީ ކަމާއި، އެކަން މާނަކޮށް ދިނުމަށް ޝަރީޢަތުގައި އެދުނު އެދުމަށް އެއްވެސް ވަރަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ތިންވަނަ ނުކުތާއަކީ : ބިމާބެހާ ޤާނޫނުގެ 2ވަނަ މާއްދާގައި ]ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، މި ޤާނުނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ[. މިފަދައިން ބަޔާންކޮށްފައި ވަނިކޮށް، ބަންޑާރަ ގޯތިދޫކުރުމާ ބާހޭ ޤަވާޢިދާ ޚިލާފަށް އާމިނަތު ޤާސިމަށް ޕޮއިންޓް ނުދީ ފޯމް ބާޠިލްކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ހަތަރުވަނަ ނުކުތާއަކީ : ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާޢިދުގެ 7ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފިޔަވާ އިތުރު ޝަރުތެއްކުރާ ޙާލަތުގައުއެ ޝަރުޠުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާ )ހައުސިންގ މިނިސްޓްރީ ( ހުއްދަ ހޯދަން ޖެހޭނެކަމަށް ބަޔާންކޮށްފައިވަނިކޮށް، ދައުލަތުން އެ ހުއްދަ ހޯދާފައިވާކަން އެނގޭނެ އެއްވެސް ކިތާބީ ހެއްކެތް ހުށަހަޅާފައި ނުވާއިރު، އަދި ހުއްދަ ހޯދިކަން އެނގެން ނެތްއިރު، ޤަވާޢިދުގައި ބަޔާންކުރާ ޝަރުޠުތަކުގެ އިތުރަށް ޝަރުޠުހިމަނާފައި އޮތް އޮތުން ޞައްޙަކަމަށް ނިންމާފައިވުމާއި ޤާނޫނުއަސާސީގައި ޣައިރު ޤާނޫނީ އަމުރަށް ތަބާ ނުވުމުގެ ޙައްޤު ދީފައިވުމާއި، ދައުލަތުގެ އިދާރާއަކަށް އިދާރީ ފިޔަވަޅެއް އެޅޭނީ ޤާނޫނުގައި ނުވަތަ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ކަމެއްގެ މައްޗަށް ކަމަށްވާއިރު، ޤަވާޢިދުން ބޭރުން ޣައިރު ޤާނޫނީ ޝަރުޠެއް ދައުލަތުގެ މުއައްސަސާއަކަށް ވެސް ނުކުރަވޭއިރު، އެ ފަދައިން ކޮށްފައިވާ އެ ބާޠިލް ޝަރުޠު ރަގަޅުކަމށް ނިންމާ ހުކުމްކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ފަސްވަނަ ނުކުތާއަކީ : ޤާނޫނުއަސާސީ ގައި ޣައިރު ޤާނޫނީ އަމުރަށް ތަބާ ނުވުމުގެ ޙައްޤު ދީފައިވުމާއި، ދައުލަތުގެ އިދާރާއަކަށް އިދާރީ ފިޔަވަޅެއް އެޅޭނީ ޤާނޫނުގައި ނުވަތަ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ކަމެއްގެ މައްޗަށް ކަމަށްވާއިރު، ޤަވާޢިދުން ބޭރުން ޣައިރު ޤާނޫނީ ޝަރުޠެއް ދައުލަތުގެ މުއައްސަސާއަކަށް ވެސް ނުކުރެވޭއިރު، އެ ފަދައިން ކޮށްފައިވާ އެ ބާޠިލް ޝަރުޠު ރަގަޅުކަމަށް ނިންމާ ޙުކުމްކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ފާހަގަކުރެވުނު ނުކުތާތައް : 4- އަރިއަތޮޅު ދެކުނުބުރި މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 55/I-10-C/2017 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ،އާމިނަތު ޤާސިމުގ ފަރާތުން އިސްތިއުނާފު ކުރުމަށްހުށަހަޅާފައިވާ ނުކުތތަކަށއި، އެނުކުތާ ތަކާގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެމައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވ.
4.1- އދ.މާމިގިލިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި، އދ.މާމިގިލި ކައުންސިލް އިދާރާގެ ފަރާތުން 14 މާރިޗް 2016 ގައި އިޢުލާންކޮށްފައިވެއެވެ. މި އިޢުލާނުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 )ދެހާސް ( އަކަފޫޓުގެ 150 )އެއްސަތޭކަ ފަންސާސް ( ގޯއްޗެވެ.ބަންޑާރަ ގއްޗެއޯ ހޯދުމަށް އދ.މާމިގިލި / ފިޔަނޫވިލާ، އާމިނަތު ޤާސިމް ނަންބަރު : 469/2016ގެ ]ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް[ އދ.މާމިގިލި ކައުންސިލް އިދާރާއަށް ހުށަހެޅިއެވެ.
4.2- ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް، ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ، ބިމާބެހޭ ސިޔާސަތާއި އެ ރަށެއްގެ ބިން ބޭނުންކުރުމުގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 4ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި، އިމާރާތްކުރުމަށް އެކަށައަޅާފައިވާ ބިމުންނެވެ. އެ ގޮތުން ގޯތި ދޫކުރާނީ ކަމާބެހޭ މިނިސްޓްރީން ކަނޑައަޅައި، ޢާންމުކޮށް ޝާއިޢުކުރާ އުޞޫލުތަކާއި ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ކަމާބެހޭ އިދާރާއިންނެވެ. ނަންބަރު B/2016/07-(IUL)356 އިޢުލާން . ޤާނޫނު ނަންބަރު 2002/1 )ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ( ގެ 2ވަނަ މާއްދާ . ދިރިއުޅުމަށްޓަކައި އަލަށް ގޯތިނަގާ މީހުންގެ ހުންނަންވާ ޝަރުތުތައް :
4.3- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ]ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު[ ގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭ ގޮތާއި،ދިރިއުޅުމަށް އަލަށް ގޯތިނަގާ މީހުންގެ ހުންނަންވާ ޝަރުޠުތައް ބަޔާންކޮށްފައިވެއެވެ. އެ ގޮތުނ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 11ވަނަ މާއްދާގެ )ހ( ގައި، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 15ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް ނުވަތަ ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ ދިވެހިރައްޔިތުންނަށް ކަމަށް ބޔާންކޮށްފައިވެއެވެ. ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރަންވާނީ، ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިންކަން އެނގެން އޮވެއެވެ. ]ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު[ ގެ 7ވަނަ މާއްދާ ގައިދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި އަލަށް ދޫކުރެވޭ މީހުންގެ ފުރިހަމަވާންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވެއެވެ. އެ ނަންބަރު ގައި ބަޔާންކޮށްފައިވަނީ:
7މި ގަވައިދުގެ ދަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި އަލަށް ދޫކުރެވޭނީ ތިރީގައިމިވާ ޝަރްޠުތައް ފުރިހަމަ މީހުންނަށެވެ. )ހ( ދިވެހިރައްޔިތަކު ކަމުގައިވުން. )ށ( އުމުރުން 18 އަހަރު ވެފައިވުން. )ނ( ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. ދިވެހިރާއްޖޭގެ ބިމާބެހޭޤާނޫނގު 11ވަނަ މާއްދާގެ )ރ.( )ރ( އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަޔެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއްދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު އެއްގޮތްވާ ގޮތުގެ މަތީނ ދޫކޮށްލުން. )ބ( ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން. )ޅ( އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން. )ކ( ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އްދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަ ށ ކުރިން ގޯއްޗެއްލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، އެމީހަކީ، ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް، މިގަވައިދުގެ 16ވަނަ މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން. މިފަދައިންނެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަށާއި، ބިމުގެ ތަނަވަސްކަމަށާއި، ބިން ބޭނުންކުރުމުގެ ޕްލޭންތަކަށް ބެލުމަށްފަހު އެ ސަރަޙައްދަކުން ގޯތި ދޫކުރުމުގައި އިސްވެ ބަޔާންކުރެވުނު 7ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތަކުގެ އިތުރު ޝަރުތު ކަމާބެހޭ ފަރާތަށް ހުށަހަޅާ އެ ފަރާތުގެ ހުއްދަ ލިބިގެން ކަނޑައެޅިދާ ނެކަމާއި، މިގޮތުން ކަނޑައަޅައި އިތުރު ޝަރުތުތައް، ގޯތި ދޫކުރާކަން އެންގުމުގެ ގޮތުން ކުރާ އިޢްލާނުގައި، ހިމަނަން ވާނެކަން އެނގެން އޮވެއެވެ . ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދށަ ގެނެވުނު ފުރަތަމަ އިޞްލާޙް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު ގެ 10ވަނަ މާއްދާ. ގޯއްޗަށް އެދޭމީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލެއް އެކަށައެޅުމަށްފަހު އެ އުޞޫލާ އެއްގޮތަށް ގޯއްޗަށް އެދޭ ފަރާތަކަށް ޕޮއިންޓް ދިނުމާމެދު ލަފާހޯދުމުގެ ގޮތުން އދ.މާމިގިލި ކައުންސިލް އިދާރްއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރަށ ސިޓީ ފޮނުވާފައިވެއެވެ . އެސިޓއާ ގުޅި ގެންއދ.މާމިގިލި ކައުންސިލް އިދާރއިންއެކަށައަޅާފައިވާ އުޞޫލާމެދު ފެންނަގޮތް ހާމަކޮށް މޯލްޑިވްސް ލޭންޑް އެންޑްސަރވޭ އޮތޯރިޓީގެ ފަރާތުނ އދ.މާމިގިލި ކައުންސިލް އިދާރާއަށް ސިޓީއެއް ފޮނުވާފައިވެއެވެ.އދ.މާމިގިލި ކައުންސިލް އިދާރޭއިން އެކަށައަޅާފައިވާ ގޯއްޗަށް އެދޭމީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލުގެ ]ގޯތި ލިބޭ ގޮތް [ މި ޞުރުޚީގެ ދަށުގައި ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ކޮންމެ ދެމަފިރިއަކަށް ދެ ގޯތި ނުލިބޭނެ އުޞޫލުން ވިސްނަންވާނެކަމށް ބަޔާންކޮށްފައިވެއެވެ. ގޯތި ދޫކުރުމަށްޓަކައި އިޢްލާނުކުރުން :
4.4- ]ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު[ ގައިވާ ގޮތުގެ މަތީން ގޯތި ދޫކުރުމަށް ހަމަޖެހުމުން ގޯތި ދޫކުރާ ފަރާތުން ޢާންމުކޮށް އިޢްލާނުކުރަންވާނެކަމާއި، އެ އިޢުލާނުގައި ހިމަނަން ޖެހޭ ކަންކަން އެ ގަވާއިދުގެ 13ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން، )ހ( ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލެވުނު ކަމާއި، ގޯއްޗަށް އެދުމުގައި ޢަމަލުކުރަންވީ ގޮތް؛ )ށ( ގޯތި ދޫކުރާ ޞަރަޙައްދު؛ )ނ( ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން؛ )ރ( ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭ ޝަރުޠުތައް؛ )ބ( ގޯތި ދޫކުރެވޭނީ ވަކި ޝަރުޠުތަކަކާ އެކުގައި ކަމަށްވާނަމަ އެ ޝަރުޠުތައް؛ )ޅ( ދިރިއުޅުމަށް ދެވަނަ ގޯއްޗެއް ނަގާ ފަރާތެއްނަމަ އެ ފަރާތަށް ގޯތި ދޫކުރާނެ ކުލި؛ ނަންބަރު B/138/2016/02-356 )02 މާރިޗް 2016( ސިޓީ . ނަންބަރު 2016/4356/VR/-431 )09 މާރިޗް 2016( ސިޓީ . )ކ( ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 7ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އިތުރު ޝަރުޠު.. މިކަން ކަން ބަޔާންކޮށްފައިވެއެވެ. އދ.މާމިގިލިން ގޯތި ދޫކުރުމަށްޓަކައި ކައުންސިލު ން ކުރި އިޢުލާން :
4.5- އދ.މާމިގިލިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި، އދ.މާމިގިލި ކައުންސިލް އިދާރާގެ ފަރާތުން 14 މާރިޗް 2016 ގައި އިޢުލާންކުރިއެވެ . އެ އިޢުލާނުގައި ]ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު [ ގެ 13ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިމަނާފައިވެއެވެ. އެ ގޮތުން އެ އިޢުލާނުގެ ދަށުން ދިރިއުޅުމަށްޓަކައި އަލަށް ގޯތި ނަގާ މީހުންގެ ހުންނަންވާނެ ޝަރުތުގެ ގޮތުގައި، ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއިއެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދަމަފިރިންނަށް ގޮތެއް ބަލާ އެމީހަކީ، ގޯއްޗަށް ބޭނުންވެފައިވާ މީހެއްކަމަށް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރެމުގެ ގަވާއިދު [ ގ 16ވަނަ މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން. ހިމަނާފައިވެއެވެ. އޭގެ އިތުރުން، ގޯއްޗަށް އެދޭފަރާތަށް ނުވަތަ ގޯއްޗަށް އެދޭފަރާތުގެ އަނބި ނުވަތަ ފިރިމީހާއަށް ދިވެހިރާއްޖޭގެ އެއްވެސް ތަނަކުން ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް އަދި ފްލެޓެއް ނުވަތަ ފްލެޓެއްގެ ބައެއް ލިބިފައިވާނަމަ އެ ފަރާތަކަށް ގޯއްޗެއް ދުލެއް ނުކުރެވޭނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. ނަންބަރު B/2016/07-(IUL)356 އިޢުލާން . އާމިނަތު ޤާސިމުގެ ފަރާތުން ހުށަހެޅި ފޯމު :
4.6- ބަންޑާރަ ގޯއްޗެއް ހޯދުމަށް އާމިނަތު ޤާސިމްގެ ފަރާތުން ނަންބަރު : 469/2016ގެ ]ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް [ އދ.މާމިގިލި ކައުންސިލް އިދާރާ އަށް ހުށަހަޅާފައިވެއެވެ. އެ ފޯމަށް ބަލާއިރު، ފޯމުގެ 3ވަނަ ނަންބަރުގައިގޯއްޗަށް އެދޭ މީހާގެ އަނބި/ފިރި މީހާގެ މަޢުލޫތ މި ސުރުޚީގެ ދަށުން 7.8ގައި އަނބި / ފިރި މީހާގެ އަމިއްލަ ނަމުގައި ގޯއްޗެއް ނުވަތަ ފުލެޓެއް ރަޖިސްޓަރި ކުރެވިފައިވާނަމަ އެކަން ބަޔާންކުރަންޖެހެއެވެ. އެ ނަންބަރުގައި އާމިނަތު ޤާސިމުގެ ފިރި މީހާއަށް ކ.މާލެ /ވިލިގިލގައި 1400 އަކަފޫޓުގެ ]ވި.މަންފާ[ ގެ ނަމުގައި ގޯއްޗެއް ރަޖިސްޓަރީކުރވފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެ މަޢުލޫމާތަކީ ޞައްހަނޫން މަޢުލޫމާތެއް ކަމަށް އާމިނަތު ޤާސިމުގެ ފަރާތުން އެއްވެސް މަރުޙަލާއެއްގައި ބުނެފައިނުވެއެވެ. އެހެންކަމުން، އދ.މާމިގިލި ކައުންސިލް އިދާރާގެ ނަންބަރު (IUL)356-B/2016/07 )14 މާރިޗް 2016( ގެ އިޢްލާނާ ގުޅިގެން އދ.މާމިގިލިން ދިރިއުޅުމަށްޓަކައި، ބަންޑާރަ ގޯތި ހޯދުމަށް އެދި އާމިނަތު ޤާސިމްގެ ނަމުގައި ހުށަހެޅި ނަންބަރު : 469/2016ގެ ]ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް [ އދ.މާމިގިލި ކައުންސިލް އިދާރާއިން ބާޠިލްކޮށްފައިވަނީ، ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ނުބެލެވެއެވެ. ވީމާ، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ، އަރިއަތޮޅު ދެކުނުބުރި މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 55/I-10-C/2017 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ. ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގއަ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، އަރިއަތޮޅު ދެކުނުބުރި މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 55/I-10-C/2017 ޤަޟިއްޔާގައި ކުރައްވާފައިވާ 201 9/HC-A/ 01 lfRmcf'S 14 .... :~(?,.. '""~' ~0,... 0,,.0, 0,,, ,~~ ,, ,., c.c.c.o..-oc.;,..-..- o..-;,;, AJEVA~ JeA~~~r flA~J .? ,.r,?V,j4,r' ACI>CI>~ ,r',r'J -4~~ r./ ~ err.rJ_?rfJI> .r.?V/. ,... ., ., ,... ,... , + + C. C. OX 0 ;;) ;;) ..- ..- ..- ..- 0 ;;) ~ 0 ,, ,... '""~ ., ' •.P.?..,J.rV.?V/. A.J-A t,,r'V .r'J..,J,S4AA .S./_,?If!.? .s.r~ftt..r',/ _?CI> ~ , ,., , +*"' , ., :10:1:1 .,.., ~D """ ~V.?V/. A_?CI> ftA~J.? + .,... .,... .,... ftA~V(!'*0 ,, ,r'A~/.0 / -, D> 7~~ ~ :Jf? ~ LU.D .!J. (. WWW ·high COUrt·gOV •ITIV info @highcourt·gov·mv
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 4ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11ވަނަ މާއްދާގެ (ހ)
- ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 7ވަނަ މާއްދާ (ފުރަތަމަ އިޞްލާޙާއެކު)
- ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 10ވަނަ މާއްދާ
- ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 13ވަނަ މާއްދާ
- ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 16ވަނަ މާއްދާ
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް