ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/303
މުޙައްމަދު ރަފީޤު ވ. ފިކްރީ އިބްރާހީމް، 2022/HC-A/303
Mohamed Rafeequ v. Fikree Ibrahim 2022/HC-A/303 (2022/HC-A/303, High Court of the Maldives, 24 April 2024)
މުޙައްމަދު ރަފީޤު ވ. ފިކްރީ އިބްރާހީމް
މައިގަނޑު ސުވާލު
ދެގޯތީގެ އިމުގައި ހުރި ފާރެއް ތަޅާލުމަށް އަންގައި މެޖިސްޓްރޭޓް ކޯޓުން ކުރި ތުރާފިލުވުމުގެ ޙުކުމުގައި، ފާރު ރޭނި ފަރާތް ކަށަވަރުކުރީ އެކަށީގެންވާ ހެކިން ތޯއާއި، ޝަފަހީ ހެކި ބަލައިނުގަތުމާއި ހިބައިން ދިންއިރުގެ ރަޖިސްޓްރީ ނުބެލުމުން ޙުކުމަށް އަސަރުކުރޭތޯ.
ނިންމި ގޮތް
ދަށުކޯޓަށް އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ފޮޓޯއެއްގައި ފެންނަ ގިފިއްޔެއް ކޮން ގޯއްޗެއްގެ ގިފިއްޔެއްކަން ހުށަހެޅުނު ލިޔެކިޔުންތަކުން ކަށަވަރުނުވާނަމަ، އެ ޑޮކިއުމަންޓަށް ބިނާކޮށް ޚިލާފު އުފެދިފައިވާ ފާރަކީ ވަކި ގޯއްޗެއްގެ ފާރެއްކަމަށް ކަނޑައެޅުމަކީ، އެ ވާޤިޢާ އެކަށީގެންވާ މިންވަރަށް ކަށަވަރުނުވަނީސް ކުރެވުނު ނިންމުމެކެވެ.
- ވާޤިޢާއެއް ކިތާބީ ހެކިން ސާބިތުވާތީ ޝަފަހީ ހެކި ބަލައިނުގަތުމަށް ދަށުކޯޓުން ނިންމާފައިވާއިރު، ހުށަހެޅުނު ކިތާބީ ހެކިން އެ ވާޤިޢާ ސާބިތުނުވާނަމަ، ޝަފަހީ ހެކި ޙާޟިރުނުކުރުމަށް ނިންމި ސަބަބު ބާކީނުވާތީ، މައްސަލަ އަލުން ބެލުމުގައި އެ ހެކި ޙާޟިރުކުރުމާ މެދު ގޮތެއް ނިންމަންޖެހެއެވެ.
- ފަރާތަކުން އެދުމުން ހިބައިން ގޯތި ދިންއިރުގެ ރަޖިސްޓްރީ ބަލައި ކަށަވަރުކުރާނެކަމަށް ޝަރީޢަތުން ބަޔާންކޮށްފައިވާއިރު، އެކަން ބަލާފައިވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ނޭނގޭނަމަ، އެއީ މައްސަލަ އަލުން ބަލަންޖެހޭ ކަމެކެވެ.
- އިސްތިއުނާފުގެ މަރުޙަލާގައި އައު ހެކީގެ ގޮތުގައި ހުށަހަޅާ ލިޔެކިޔުމުން (ގޯތީގެ ކުރީގެ އަދި ފަހުގެ ރަޖިސްޓްރީތަކުގެ މިންތަކުގެ ތަފާތު) ފެންނަ ތަފާތެއް ކަށަވަރުކުރެވޭނީ ދެފަރާތަށްވެސް ބަސްބުނުމުގެ ފުރުޞަތު ލިބުމަށް ފަހުގައި ކަމަށް ބުރަވެވޭތީ، ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް ޤަޟިއްޔާގެ އުޞޫލުތަކާ އެއްގޮތަށް އެ ލިޔެކިޔުމަށް ރިޢާޔަތްކުރުމާ މެދު ގޮތެއް ނިންމުމަށް މައްސަލަ ދަށުކޯޓަށް ތަޙްވީލުކުރަމެވެ.
- ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ([2021] SC 16)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް