ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/153
މުޙައްމަދު ނިހާލް ސަލީމް ވ. ނެތް، 2025/HC-A/153
Mohamed Nihaal Saleem v. Not specified 2025/HC-A/153 (2025/HC-A/153, High Court of the Maldives, 14 October 2025)
މުޙައްމަދު ނިހާލް ސަލީމް ވ. ނެތް
މައިގަނޑު ސުވާލު
ޕްރޮބޭޝަން މުއްދަތުގައި ވަކިކުރެވުނު، ސަރުކާރު ކުންފުންޏެއްގެ ޗީފް އިންޓަރނަލް އޮޑިޓަރު، ވަކިކޮށްފައިވަނީ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައިވާ ޚާއްޞަ އިޖުރާއަތާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ޝަކުވާއަށް، ވަޒީފާއާބެހޭ ޤާނޫނުގެ 28 (ށ) ތަޠުބީޤުކޮށް ޓްރައިބިއުނަލަށް އިޚްތިޞާޞް ނެތް ކަމަށް ކަނޑައެޅީ ރަނގަޅަށްތޯ؟
ނިންމި ގޮތް
ރަޖިސްޓްރާރގެ ނިންމުމާއި މުރާޖަޢާގެ ނިންމުން ބާޠިލު؛ ޓްރައިބިއުނަލުން މައްސަލަ ބަލައިގަނެ ނިންމުމަށް
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާއިން ވަގުތީ މުއްދަތަކަށް (ޕްރޮބޭޝަން) ވަޒީފާ އަދާކުރުމަށް ތަންދީ، އެ މުއްދަތުގައި ނޯޓިސް ނުދީ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ދެފަރާތަށް ދެއެވެ؛ 28 ވަނަ މާއްދާގެ (ށ) އިން، ވަގުތީ މުއްދަތުގައި ވަކިކުރުމުން (ހ) ގެ ދަށުން ޝަކުވާ ހުށަހެޅުމުގެ ޙައްޤު ނުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21، 36)
- ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ ޚާއްޞަވަނީ 'އެކަށީގެންވާ ސަބަބެއްނެތި' ވަކިކުރުމުގެ މައްޗަށް ޝަކުވާ ހުށަހެޅުމަށެވެ؛ ވަކިކުރި ސަބަބަށް ޖަދަލު ނުކޮށް، ވަކިކުރުމުގެ އިޖުރާއަތު ޤާނޫނާއި ގަވާއިދާ ޚިލާފު ކަމަށް ބުނާ ޝަކުވާއަކީ 28 (ށ) ގެ ތެރެއަށް ނުވަދެވިދާނެ ކަމަށް ތަރުޖަމާކުރުމުގެ އިޙުތިމާލު އޮތް ބަހުސެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37، 41)
- ސަރުކާރު ކުންފުނިތަކުން ޢަމަލުކުރަންޖެހޭ ވަކި އިޖުރާއަތެއްގެ ދަށުން ޤާއިމުކޮށްފައިވާ މަޤާމަކާ ގުޅޭ މައްސަލައެއް އެ އިޖުރާއަތަށް ހަވާލާދީ ހުށަހަޅައިފިނަމަ، ޕްރޮބޭޝަންގައި ހުރި ފަރާތެއް ނަމަވެސް، އެ މަޤާމަކީ އެ ޚާއްޞަ އިޖުރާއަތު ނިސްބަތްވާ މަޤާމެއްތޯ، ޢައްޔަންކޮށްފައިވަނީ އޭގެ ދަށުންތޯ، ވަކިކޮށްފައިވަނީ އޭގެ ދަށުންތޯ ބަލައި އެ ޤާނޫނީ ސުވާލަށް ޖަވާބު ދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40، 42)
- ކޯޑުގެ 25 ވަނަ މާއްދާގެ (4) އާއި (15) ގެ ދަށުން އިންޓަރނަލް އޮޑިޓަރު ރިޕޯޓުކުރަންޖެހޭނީ އޮޑިޓް ކޮމިޓީއަށް ނުވަތަ ބޯޑަށް ކަމާއި، ހެޑް އޮފް އިންޓަރނަލް އޮޑިޓް ޢައްޔަންކޮށް ވަކިކުރެވޭނީ އޮޑިޓް ކޮމިޓީގެ އަޣްލަބިއްޔަތުގެ ނިންމުމަކުން ކަމަށް ކޯޑުގައި ބަޔާންކުރާ ޙާލަތުގައި، އެ ޚާއްޞަ ޙާލަތު ހިމެނޭ ޝަކުވާއެއް 28 (ށ) ތަޠުބީޤުކޮށް ސީދާ ބަލައިނުގަނެ ނުނިންމޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26، 38-39، 44)
- ޓްރައިބިއުނަލުން ނިންމާ ނިންމުމުގައި، ޚަސްމު އުފައްދާ ޤާނޫނީ ބަހުސަށް ޖަވާބުދީ، ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކޮށްދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-42)
- ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބިގެންވާކަން ކަނޑައެޅޭނީ އުފައްދާފައިވާ ޤާނޫނީ ބަހުސަށް ޖަވާބު ދެވިގެން ކަމަށްވާތީ، އެފަދަ ޙާލަތުގައި މައްސަލަ ބަލައިގަނެ، މައްސަލަ ރައްދުވާ ފަރާތުގެ ބަސްވެސް ހޯދައި ގޮތެއް ކަނޑައަޅަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43-44)
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 200-M3/RDA/2025/14 )10 އޭޕްރިލް 2025( "ރަޖިސްޓްރަރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓް" ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަން ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އިނިންމުނ އިސްތިއުނާފުކުރުމަށް އެދް ގއ. ދެއްވަދޫ، […] މުޙައްމަދު ނިހާލް ސަލީމު)ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މުޙައްމަދު ނިހާލް ސަލީމް"( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މޭ އިސްތިއުނާފި މައްސަލައަކީ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށ އެދުމުން ވަޒީފާއާބެހް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމެއްކަމުން މި އިސްތިއުނާފު ކުރިއަށް ގެންގޮސްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތެއް ނުހިމެނޭގޮތަށެވެ.
3މުޙައްމަދު ނިހާލް ސަލީމް އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު 19 ނޮވެންބަރު 2024 ގައި ވަޒީފާގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.މުޙައްމަދު ނިހާލް ސަލީމްއަށް ހަމަޖައްސާފައިވާ ވަޒީފާގެ މަޤާމަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަޤާމެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު CON/HR/2024/1100 "ވަޒީފާގެ އެއްބަސްވުން" ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު CON/HR/2024/1100 "ވަޒީފާގެ އެއްބަސްވުން" އާއެކީގައިވާ "ވަޒީފާ ބަޔާން"
4މުޙައްމަދު ނިހާލް ސަލީމް ވަޒީފާއިން ވަކިކޮށްފައިވަނީ 18 ފެބުރުވަރީ 2025 ގައެވެ. ވަޒީފާއިން ވަކިކުރި ސަބަބެއްކަމުގައި ބަޔާންކޮށްފައިވަނީ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި ޤަވާއިދުގެ
3.1.17 ވަން މާއްދާ )ޕްރޮބޭޝަން ޕީރިއަޑް( ގެ ދަށުން، މުވައްޒަފު ޕާފޯމަންސް އެޕްރައިސަލޯ އިން ފާސް ނުވުމާއި ގުޅިގެންކަމުގައެވެ.
5މުޙައްމަދަ ނިހާލް ސަލީމްގެ ފަރާތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ރައްދުވާގޮތަށް ވަޒީފާއާބެހް ޓްރައިބިއުނަލށީމައްސަލަ ހުށަހެޅިއެވެ. މުޙައްމަދު ނިހާލް ސަލީމްގެ ފަރާތުން މައްސަލަ ހުށަހަޅަ ފޯމުގައި ބަޔާންކޮށްފައިވަނާމުވައްޒަފެއްގެ ޕާފޯމންސ ނުވަތް މުވައްޒަފެއް ވަޒީފާ އަދާކޮށްފައިވާ ގޮތް ވަޒަންކުރެވޭނީ އެމުވައްޒަފަކު ރިޕޯޓްކުރަންޖެހޭ ފަރާތަކަށްކަމަށާއި،މުޙައްމަދު ނިހާލް ސަލީމް ރިޕޯޓްކުރަންޖެހެންވޭސްޓ މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށްކަމަށ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައާއި ސަރުކާރު ކުންފުނިތަކުން (SOEs) ޢަމަލުކުރަންޖެހޭ ކޯޕަރޭޓް ކޯޑުގައިވެސް ބަޔާންކޮށްފައިވާކަމަށާއި،މުޙައްމަދު ނިހާލް ސަލްމްގ ޕާފޯމަންސ އެޕްރައިޒަލް ހަދާފައިވަނީ އެ އެސެސްމަންޓްހަދަންޖެހޭ ފަރާތުން ނޫންކަމުގައިވާތީ އ ޕާފޯމަންސް އެޕްރައިޒަލްއަކީ ބާޠިލު ޕާފޯމަންސް އެޕްރައިޒަލްއެއްކަމަށާއި، އެހެންކަމުން އެ ޕާފޯމަންސް އެޕްރައިޒަލްގެ މައްޗަށް ބިނާކޮށް މުޙައްމަދު ނިހާލް ސަލީމް ވަޒީފާއިން ވަކިކުރުމަކީ މައުޟޫޢީ އަދުލުވެރިކަން އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުނުކޮށް މުވައްޒަފު ވަޒީފާއިން ވަކިކުރުންކަމުގައެވެ.
6މުޙައްމަދު ނިހާލްސަލީމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދިފައިވަނުއެފަރާތ ވަޒީފާއިން ވަކިކޮށްފައިވަނީ ޕްރޮބޭޝަންގެ މްއްދަތުގައި ކަމުގައިވީނަމަވެސް، ޕްރޮބޭޝަންގެ މުއްދަތުގައި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ އަސާސަކީ އިސްވެ ދެންނެވުނު ކަންކަން އެހެން ހުރުމުން ބާޠިލު އަސާސަކަށްވާތީއާއި، ވަޒީފާއިން ވަކިކޮށްފައިވަނީ މައްސަލަ ހުށަހެޅި ފަރާތް ހުރި ވަޒީފާއިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު HR/REL/2025/040-WAMCO "ވަޒީފާއިން ވަކިކުރިކަން އަންގައިދޭ ލިޔުން" ވަކިކުރުމުގެ ބާރު ދީފައިވާ ފަރާތުން ނޫންކަމުގައިވާތީ، މައްސަލަ ހުށަހަޅާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނ މައުޟޫޢީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމެއްނެތި ކަމުގައިވާތީ، ވަޒީފާއިންވަކިކުރުމަށް ނިންމާފައިވާ ނިންމުން ބާޠިލުކޮށްދެއްވައި، މައްސަލަ ހުށަހެޅި ފަރާތަކީ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރިއިރު ހުރު ވަޒީފާއަށް އަލުން ރުޖޫޢަކުރުމަށާއި، ވަޒީފާ ރުޖޫޢަކުރުމާ ހަމައަށް މަޤާމުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް މައްސަލަ ރައްދުވާ ފަރާތަށް އަންގާ އަމރުކޮށްދިނުމަށެވެ.
7މި މައްސަލަ ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރަޖިސްޓްރާރގެ ނިންމުމުން ނިންމާފައިވަނީ މުޙައްމަދު ނިހާލް ސަލީމް ވަޒީފާއިން ވަކިކޮށްފައިވަނީ ޕްރޮބޭޝަންގެ މުއްދަތުގައިކަމުން،ޤާނޫނ ނަންބަރ 2008/2) ވަޒީފާއާބެހޭ ޤާނޫނެ( )މީގެ ފަހުން "ވަޒީފާއާބެހޭ ޤާނޫނު"(ގ 28 ވަނަ މާއްދާގެ )ށ( ގައި ވަޒީފާގެ ވަގުތީ މުއްދަތުގައިމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، ނުވަތަ އެ ވަޒީފާއެއް އަދާކުރާ މީހާ، އެވަޒީފާގެ ގޮތުން އިސްތޭއަ ފ ދޭންޖެހޭ ނުވަތަ މުސްކުޅި ކުރަންޖެހޭ ދުވަސްއައުމުން، ވަޒީފާއިން ވަކިކޮށްފިނަމަ، އެކަމުގެ ޝީކުވާ، މި މާއްދާގެ )ހ( ގައިވާ ގޮތުގެމަތިން ކުރުމުގެ ޙައްޤެއް އެމުވައްޒަފަކަށް ލިބިގެންނުވާކަމަށް ބަޔާންކޮށްފައި އޮތުމުން މިމައްސަލައަކ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައަކަށްވާތީ، ގަވާއިދު ނަންބަރ 2022/R-14 )ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު( ގެ 26 ވަނަ މާއްދާގެ )ނ( ގެ ދަށުނ ޓްރައިބިއުނަލަށް ބަލައިގަނެވެން ނެތްކަމގައވެ.
8ރަޖިސްޓްރާރގެ ނިންމުން މުރާޖަ ޢިކްށްދިނުމަށް އެދިމުޙައްމަދު ނިހާލް ސަލީމްގެ ފަރާތުނ ހުށަހެޅިއެވެ. އެ ހުށަހެޅުމުގައި މުޙައްމަދު ނިހާލް ސަލީމްގެ ފަރާތުން އެދިފައިވަނީ މި މައްސަލައިގައ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ދީފައިވަނީ ޕްރޮބޭޝަން މުއްދަތުގައިކަމުގައި ވީނަމަވެސް، އަދި މި މުޙައްމަދު ނިހާލް ސަލީމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ "މައްސަލަ ހުށަހަޅަ ފޯމު" ގެ 9 ވަނަ ނަންބަރު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު L/INDIV/2025/137-200 )25 ފެބުރުވަރީ 2025( "ރަޖިސްޓްރާރގެ ނިންމުން" މައްސަލައިގައި ޕްރޮބޭޝަންގ މުއްދަތުގެ ވާހަކަ ދެކެވުނުކަމުގައިވިޔަސް، މި މައްސަލައިގެ މައުޟޫއަކީ، އެފަދަ އާންމު މައްސަލަތަކާ ޚިލާފަށް ޕްރޮބޭޝަން މުއްދަތުގައި ވަޒީފާއިން ވަކިކުރެވޭނެކަމަށް ބުނާ މައްސަލައަކަށްނުވާތީ، މި މައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ )ށ( ގައި ބުނާފަދަ މައްސަލައަކަށް ނުވާތް،މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައިދިނުމަށެވެ.
9މިފަދައިން މުޙައްމަދު ނިހާލް ސަލީމްގެ ފަރާތުން އެދިފައިވަނީ އަންނަނިވި ކަންކަމަށް ބިނާކޮށެވެ.
9.1. ޕާފޯމަންސް އެޕްރައިޒަލް ހެދުމުގައި ފޮލޯ ކުރަންޖެގޭ އިޖުރާއަތު ފޮލޯ ކޮށްފައިނުވާތީ، އެ އެޕްރައިޒަލްއަކީ ބާޠިލު އެޕްރައިޒަލެއްކަމަށާއި، ޕްރޮބޭޝަން މުއްދަތުގައި ވަޒީފާއިން ވަކިކުރާއިރު އެއްވެސް ނޯޓިސްއެއް ނުވަތް ސަބަބެއް ބަޔާންކުރުމަކާ ނުލައި ވަޒީފާއިން ވަކިކުރެވެން އޮތްނަމަވެސް، ވަޒީފާއިން ވަކިކުރީ އެޕްރައިޒަލުން ފާސްނުވާތީ ކަމަށް ބުނެ ސަބަބު ބަޔާންކޮށްފައިވާތީ، އެ ބަޔާންކުރި ޙާލަތަކީ ބާޠިލު ޙާލަތެއް ނުވަތަ ސަބަބެއް ކަމުގައިވާއިރު، އެ ބާޠިލު ސަބަބެއްގެ މައްޗަށް ވަޒީފާއިން ވަކިކުރުމަކީ ބާޠިލު ނިންމުމެއް ކަމުގައެވެ.
9.2. މުޙައްމަދް ނިހާލް ސަލީމް އަދާކުރަމުންދިޔަ ވަޒީފާއަކީވޭސްޓ މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ޢަމަލުކުރަންޖެހޭ ކޯޕަރޭޓް ގަވަރނަންސް ކޯޑުން ގަވަރންކުރާ މޤަމެއްކަމަށާއި، މިގޮތުން އެ މްޤ މުގައި ހުންނަ މީހަކު ވަޒީފާއިނެ ވަކިކުރުމަށް ނިންމާ ނިންމުން ނިންމަންޖީހެނ ނުވަތަ ނިންމޭނީ ކޮން ފަރާތަކުންކަން ކޯޑުގައ ބަޔާންކޮށްފައި އޮންނައިރު، ޕްރޮބޭޝަން މުއްދަތުގައިވެސ އެފަދް މާ ޤްމެއްގައި ހުންނަ މީހަކު ވަޒީފާއިން ވަކިކުރެވޭނީ އެ ކޯޑް އެއްގޮތަށްކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ ބާރާއި އިޚްތިޔާރު އެ ކޯޑުން ދީފައި އޮތ ފަރާތާ ނޫން އެހެން ފަރާތަކުން ވަޒީފާއިން ވަކިކުރުމަށް ނިންމާ ނިންމުމަކީ ކަނޑައެޅިގެން އެ ކޯޑް މުޙައްމަދު ނިހާލް ސަލީމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު" ޚިލާފު ނިންމުމެއްކަމުގައިވާތީ، ވަޒީފާއިން ވަކިކޮށްފައިވާކަމަށް އަންގާފައިވަނީ އިޖުރާއީ އަދުލުވެރިކަމާއި މައުޟޢާއަދުލުވެރިކަން ޤާއިމުނުކޮށް ކަމުގައެވެ.
10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-M3/RDA/2025/14 ) 10 އެޕްރީލް 2025( "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓް" އިން ނިންމާފައިވަނީވަޒީފާއާބެހ ޓްރައިބިއުނަލްގެ ނަންބަރ 200-L/INDIV/2025/137 ) 25 ފެބުރުވަރީ 2025( "ރަޖިސްޓްރާރގެ ނިންމުން" ބަދަލުކުރަންޖެހޭ ތަނެއް ނެތްކަމަށެވެ. މިފަދައިން ނިންމުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
10.1. މުޙައްމަދު ނިހާލް ސަލީމް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ވަޒީފާ އަދާކުރަން ފަށާފައިވަނީ 20 ނޮވެންބަރު 2024 ގައިކަމަށާއި، އެ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ 18 ފެބުރުވަރީ 2025 ގައިކަން އެނގެންއޮތުމުން މުޙައްމަދު ނިހާލް ސަލީމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގައިކަން.
10.2. މުޙައްމަދު ނިހާލް ސަލީމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ ވަގުތީ މުއްދަތުގައި، ކުންފުނީގެ މުވައްޒަފުންގެ ގަވާއިދުގެ 3.1.17 ވަނަ މާއްދާއަށް ރިޢާޔަތްކޮށްގެންކަން.
10.3. ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ )ށ( ގައި "ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން" މ އިބާރާތުން ބަޔާންކޮށްފައި އޮތުމުން، ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން އެ ކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ )ހ( ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންނުވާކަނ އެނގެން އޮތުމުން، މުޙައްމަދު ނިހާލް ސަލީމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ ވަގުތީ މުއްދަތު )ޕްރޮބޭޝަން( ގައި ކަމާ ގުޅިގެން އެއްވެސް ޚިލާފެއް ނެތްކަން.
11ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-M3/RDA/2025/14 ) 10 އެޕްރީލް 2025( ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށްނިންމާފައިވ ގޮތާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތ ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުނ 02 )ދޭއް( ނުކުތާ ހުށަހެޅިނަމަވެސް، މި މައްސަލައިގައި ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފީ ދެވަނަ ނުކުތާ އުނިކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާތީ، މި އިސްތިއުނާފުގައި ގޮތް ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އަންނަނިވި ނުކުތާއަށެވެ.
11.1. ޕީރޮބޭޝަންގެ މުއްދަތުގައި ވަޒީފާއިން ވަކިކުރާ ޙާލަތުގައިވެސް ސަރުކާރުގެ ކުންފުންޏެއްގެ ޗީފް އިންޓަރނަލް އޮޑިޓަރގެ ވަޒީފާގައި ހުރި މީހަކު ވަޒީފާއިން ވަކިކުރާނަމަ ވަޒީފާއިން ވަކިކުރެވޭނީ ސަރުކާރުގެ ކުންފުނިތަކުން ޢަމަލުކުރަންޖެހޭގޮތަށ ޕްރައިވަޓައިޒޭޝަން އެން ޑާކޯޕަރަޓައިޒޭޝަނ ބޯޑް )ޕީސީބީ( އިން ކަނޑައަޅާފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑް އެއްގޮތަށްކަމަށްވާއިރ، އިސްތިއުނާފުކުރާ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ އެ ފަރާތް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް އިންޓަރނަލް އޮޑިޓަރގެ ވަޒީފިގައި ހ އްޓައ ވަޒީފާއިން ވަކިކޮށްފައިވަނީ ކޯޕަރޭޓް ގަވަރނަންސް ކޯޑް ޚިލާފަށާ ކަމަށް ބުން ހުށަހެޅ މައްސަލައަކަށްވާއިރު، އެކަންކަމަށް ރިޢާޔަތްކުރުމެއްނެތ،ހަމައެކަނި ވަޒީފާއިން ވަކިކުރިއިރު ހުރީ ޕްރޮބޭޝަންގެ މުއްދަތުގައިކަމަށްވާތީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް މި މައްސަލައަށް މި ޤަޟިއްޔާއާ ގުޅިގެން 28 އޮގަސްޓް 2025 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުގެ ވަކީލް މިފަދައިން ބުނެފައިވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނީ މާއްދާގަ )ށ( ތަޠުބީޤުކޮށް މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނީ ހުށަހެޅި ނުކުތާއެވެ.
12މިނުކުތާ ތަފްޞީލުކުރަމުންއިސްތިއުނާފުކުރާ ފަރާތުނ ބުނެފައިވަނީ އެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ މައުޟޫއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ )ށ( ގައި ބުނާ ޙާލަތަށްވުރެ ފުޅާކޮށް އޮތް މައުޟޫއެއްކަމަށާއި،އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ މައުޟޫޢު ބިނާވަނީ މައިގަނޑު 02 )ދޭއް( ކަމެއްގެ މައްޗަށްކަމަށާއި، ފުރަތަމަ ކަމަކީ ޕާފޯމަންސް އެޕްރައިޒަލްއާ ބެހޭގޮތުން ފާހަގަކޮށްފައިވާ ކަންކަންކަމަށާއި، ދެވަނަކަމަކީ ވްޒީފާއިން ވަކިކުރުމުގެ އުޚާތިޔާރްއޮތް ފަރާތަކާ އެކަމުގެ އިޖުރާއަތު ބެހޭގޮތުން ފާހަގަކޮށްފައިވާ ކަންކަން ކަމުގައެވެ.
13ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ 25 ވަނަ މާއްދާގެ )3( އަދި )4( ގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، މައްސަލަ ހުށަހަޅާ ފަރާތް ރިޕޯޓްކުރަންޖެހެނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ / ސީއީއ ނުވަތަ އަމުދުނެކުންފުނީގެ ސެކްރެޓަރީއަށް ނޫންކަމަށާއި،އަދި ޗީފް އިންޓަރނަލް އޮޑިޓްގެ ފަންކްޝަނަކީ މެނޭޖްމަންޓުން އެޞޫލްހަމަތަކުގެ ބޭރުން ކުރާ ކަންކަން ހުރަހެއްނެތި ބޯޑަށް އެންގޭނެ ގޮތް ހެދުންކަން އެ މާއްދާތަކުނެއެނގެން އޮންނަކަމަށާއި،ޗީފް އިންޓަރނަލް އޮޑިޓްގެ މަސްއޫލިއްޔަތަކަމިއީ ކަމަށްވާއިރު އެ ފަންސްކްޝަނ ރަނގަޅަށް އްދާކުރާނަމްމެނޭޖްމަންޓުނ އެފަރާތާމެދު ހިތްހަމަނުޖެހުން އެއީ އެންމެ ގާތްގޮތްކަމަށާއި، އެ މަޤާމުގައި ހުންނަ މީހާ ވަޒީފާއިން ވަކިކުރުމުގެ ޙައްޤު މެނޭޖްމަންޓަށް ނުދީ ސީދާ ބޯޑަށް އެ ބާރު ދީފައިވަނީވެސް އެ ސަބަބަށްޓަކައި ކަމުގައިވާއިރު، އެޕްރައިޒަލް ހެދުމުގެ ޙައްޤުވެސް އޮންނާނީ އެފަރާތަށްކަމަށާއި، އެހެނ ޗީފް އިންޓަރނަލް އޮޑިޓަރުގެ މައްޗަށް އޮތް މަސްއޫލިއްޔަތު އަދާ ކޮށްދެނީ ބޯޑަށްކަމުގައިވާއިރު، އެ ޒިންމާ އުފުލަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ވަޒަންކުރެވޭނީވެސް ކުންފުނީގެ ބޯޑަށްކަމުގައެވެ.
14އިސްތިއުނާފުކުރާ ފަރާތުގެޕާފޯމަންސ އެޕްރައިޒަލް ހަދާފައިވަނީ ކުންފުނީގެ ސެކްރެޓަރީކަމަށާއި، ޕާފޯމަންސ އެޕްރައިޒަލް ހަދާފައިވަނީ އެ އެސެސްމަންޓް ހަދަންޖެހޭ ފަރާތުންނޫންކަމުގައިވާތީ އ ޕާފޯމަންސް އެޕްރައިޒަލްއަކީ ބާޠިލު އެޕްރައިޒަލްއެއްކަމަށާއި، އަދި އެއީ ބާޠިލު އެޕްރައިޒަލްއެއްނަމ އެފަރާތ ވަޒީފާއިން ވަކިކުރި ސަބަބެއްކަމުގައި ބަޔާންކޮށްފައިވާ ސބަބަކީވެސ ބާޠިލް ސަބަބެއްކަމުގައެވެ.
15ހެޑް އޮފް އިންޓަރނަލް އޮޑިޓް ވެކިކުރެވޭނެގޮތ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ 25 ވަނަ މާއްދާގެ )15( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމަށާއި،އެ މާއްދާގައި ބަޔާންކުރާގޮތުން މައްސަލަ ހުށަހަޅާ ފަރާތް ޕްރޮބޭޝަން މުއްދަތުގައިވެސް ވަޒީފާއިން ވަކިކުރެވޭނީ ހަމައެކަނި އޮޑިޓް ކޮމިޓީގެ މެޖޯރިޓީ ނިންމުމަކުންކަމަށާއި،ކުންފުނީގެ ބޯޑާއި، އެގްޒެގެޓިވް މެނޭޖްމަންޓަކީ ތަފާތު ދެ ހައިސިއްޔަތެއް ލިބިގެންވާ ދެ ބޮޑީއަށްވާއިރު، ބޯޑަށް ނުވަތަ ބޯޑުގެ ކޮމެޓީއަކަށ ވަކް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އަޚްތިޔާރު ދީފައިވާ ޙާލަތުގައި އެފަރާތް ކުންފުނީގެ ވަޒީފާއިން ވަކިކުރުމުގެ ބާރެއް ކުންފުނީގެ ސެކްރެޓަރީއަށ ނުވަތް މެނޭޖިންގ ޑިރެކްޓަރަށް ލިބިގެންނުވާކަމުގައެވެ.
16މ މައްސަލައިގައި އިސްވެ ބަޔާންކޮށްފައިވާ ކަންކަން އެހެން ހުރުމުން އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާކަމާމެދ ސުވާލު އުފެދިފައިވާކަމަށާއި، ޕްރޮބޭޝަންގައި ހުންނަ ފަރާތެއް ވަޒީފާއިން ވަކިކުރާ ޙާލަތުގައިވެސް ވަކި އިޖުރާއަތުތަކެއް ފ ލޯކުރާނެކަމަށް ވަޒީފާދޭ ފަރާތުނ އެއްބަސްވާ ޙާލަތުގައި އަދި އަމުދުން ޤާނޫނަކުން އެކަމަށް ލާޒިމުކުރާ ޙާލަތުގައި އެ އިޖުރާއަތު ފލޯނުކޮށ ވަޒީފާއިން ވަކިކުރާ މައްސަލަތަކަށް ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ )ށ( ތަޠުބީޤުނުކުރެވޭނެކަމުގައެވެ.
17އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީއިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ އެ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމަށ ރަޖިސްޓްރާރ ނިންމި ނިންމުމާއި ރަޖިސްޓްރާރގެ ނިންމުން ރިވިއުކޮށް ނިންމި ނިންމުން ބާޠިލުކޮށްދިނުމަށާއި، މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައިދިނުމަށެވެ.
18މި މައްސަލަ ބަލައިނުގަތުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ )ށ( ތަޠުބީޤުކޮށާފައިވަނ ރަނގަޅަށްނޫންކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ބަހުސްގައި ޤާނޫނީ ބުރަދަނެއް އޮތްތޯ ނުވަތަ ނޫންތޯ، މިއީ މި ޝަރީޢަތަށް ހުށަހެޅިފައިވާ އިސްތިއުނާފުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެވެ.
19ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޗީފް އިންޓަރނަލް އޮޑިޓްގެ މަޤާމުގައި މަސައްކަތްކުރަމުން އައި މުޙައްމަދު ނިހާލް ސަލީމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ތެރޭގައިކަމާމެދާޚިލާފެއްނެތެވެ. މުޙައްމަދު ނިހާލް ސަލީމްގެ ފަރާތުން އުފައްދްބަހުސަކީ، އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޕާފޯމަންސް އެޕްރައިޒަލްއަށް ބިނާކޮށްކަމަށްވާއިރު، ޕާފޯމަންސް އެޕްރައިޒަލް ހަދާފައިވަނީ ޤާނޫނާއި ގަވާއިދުތަކާއި އަދި ވަޒީފާގެ އެއްބަސްވް މާއި، ސަރުކާރު ކުންފުނިތަކުން ޢަމަލުކުރަންޖެހޭ ކޯޕަރޭޓް ގަވަރނަނސ ކޯޑް ޚިލާފަށްކަމުގައެވެ. އެހެންކަމުން، އިސްތިއުނާފުކުރ ފަރާތުނާ ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ ވަކި އިޖުރާއަތެއް ބަޔާންކޮށްފައިވަނިކޮށް އެ އިޖުރާއަތާ ޚިލާފަށް އެ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާތީ، މިޙާލަތުގައ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަން މާއްދާގަ )ށ( ތަޠބީޤުނުކުރެވޭނެކަމުގު ބަހުސް އެ ފަރާތުނ އުފައްދައެވެ.
20ޕްރިސިޑެންސް 1ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި 30 )ތިނެއް( މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނކަމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރެއެވެ. އަދި މި ބަޔާންކުރާ ވަގުތީ މުއްދަތުގައި،އެއްވެސ ނޯޓިހެއް ދިނުމަކީ ނުލައި، ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ދެ ފަރާތުންކުރ ކޮންމެ ފަރާތަކަށްވެސް ލިބިގެންވކަނ ވަޒީފާއާބެހް ޤާނޫނުގެ 14 ވަނަ މާއްދާގެ )ށ( ގައިވެއެވެ.
21ވަގުތީގޮތުން ވަޒީފާ އަދާކުރުމުގެ އުޞޫލާއި ގުޅޭ ގޮތުން އޮތްއިތުރު މާއްދާއެއް ޤާނޫނުގައިވެއެވެ. އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއެވެ. މިއީ ވަޒީފާއިން ވަކިކުރުމާ ވިދިގެން ޝަކުވާ އުފުލުމާ ގުޅާ މާއްދާއެވެ. މި މާއްދާގެ )ހ( ގައިވަނާނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކީ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށްޤ ބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެޙައްޤު އޭނާއަށް ލިބިގެންވކަމުގައެވެ. މި މާއްދާގެ )ށ( ގައިވަނީ،ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، ނުވަތަ އެ ވަޒީފާއެއް އަދާކުރާ މީހާ، އެވަޒީފާގެ ގޮތުން އިސްތިއުފާ ދޭންޖެހޭ ނުވަތަ މުސްކުޅި ކުރަންޖެހޭ ދުވަސްއައުމުން، ވަޒީފާއިން ވަކިކޮށްފިނަމަ، އެކަމުގެ ޝަކުވާ، މި މާއްދާގެ )ހ( ގައިވާ ގޮތުގިމަތިން ކުރުމުގެ ޙައްޤެއް އެމެވައްޒަފަކަށް ލިބގެންނުވާކަމުގައެވ.
22އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އެ ފަރާތުގެ ޝަކުވާ ގުޅެނީއިސްތިއުނާފުކުރާ ފަރާތުނ ވަޒީފާއިން ވަކިކުރި ސަބަބުގެ މައްޗަށްނޫންކަމަށާއި، އެއާ ޚިލާފަށް އޭނާ ވަޒީފާއިން ވަކިކުރުމުގެ އިޖުރާއަތު ޤާނޫނާއި ގަވާއިދާއި ޚިލާފުވާތީ، އެކަމުގެ މައްޗަށް ކަމުގައެވެ.
23މިގޮތުން އެ ފަރާތުން ޙަވާލާދެނީ، ކޯޕަރޭޓް ގަވަރނަންސް ކޯޑަށެވެ. މިއީސަރުކާރުގެ މިލްކުގައިވާ ދައުލަތުގެ ވިޔަފާރި ތަންތަން )ނުވަތަ State owned enterprises( ހާމަކަމާއެކު، އަދި ދެ ފުށްފެންނަ ޖަވާބުދާރީކުރުވަނިވި ނިޒާމެއްގެ ދަށުންހަރުދަނގޮތެއްގައި ހިންގައި، އިންޓަރނަލް އޮޑިޓާއި، ރިސްކް މެނޭޖްމެންޓާއި، އެތެރޭގެ ބާރުވެރިކަމާއި ބޯޑުގެ ހިންގުމުގެ ފެންވަރު ރަނގަޅުކޮށް، އެ ތަންތަނުގެ މިލްކުވެރިކަމާއި ހިންގުމުގެ މަސިއެލިއްޔަތުތަކާއި އެހެން ހެން އިޖުއާރަތުތައ ތަފްޞީލުކުރުމުގ ބޭނުމުގައި 01 މެއި 2019 އިން ފެށިގެން ޢަމލުކުރަނަ ފެށި Code of Corporate Governance )މީގެ ފަހުން "ކޯޑު"( އެވެ.
24ދައުލަތުގެ އެންމެހާ ވިޔަފާރި ކުންފުނިތަކުގެ މައްޗަށް މި ކޯޑު ތަޠުބީޤުވެގެންދާހިނދު، މި ކޯޑަށް 01 މެއި 2019 އިން ފެށިގެން ޢަމަލުކުރަންޖެހޭކަމުގައި ބަޔާންކުރެއެވެ.
25މި ކޯޑުގެ 25 ވަނަ މާއްދާއަކީ ސަރުކާރުގެ މިލްކުގައިވާ ދައުލަތުގެ ވިޔަފާރި ތަންތަނުގެ ދާޚިލީ ނުވަތަ އެތެރޭގެ މާލީ އަދި ހިންގުމުގެ ކަންކަން ބަލައި، ވަޒަންކޮށް، ހަރުދަނާކުރުމ ގުޅާ ގޮތުނ (internal audit) ތަންޒީމުކުރެވިފައިވާ މާއްދާއެކެވެ.
26ޕްރިސިޑެންސް 4މިގޮތުން މި ކޯޑުގައި، ކޮންމެ state owned enterprise އެއްގައި އިންޓަރނަލް އޮޑިޓަރއެއް ހުންނަންވާނެކަމާއި، އަދ state owned enterprise އެޑިޓްކުރުމުގެ ހަރުދަނާ އިޖުރާއަތުތައް ޤާއިމުކުރުމުގެ ބޭނުމުގައި، އިންޓަރނަލް އޮޑިޓަރ ރިޕޯޓުކުރަންޖެހޭނީ ނުވަތަ ޖަވާބުދާރީވާންޖެހޭނީ ސީދާ އޮޑިޓް ކޮމިޓީއަށް ކަމަށާއި، އޮޑިޓް ކޮމިޓީއެއް ނެތްނަމަ، ސީދާ ބޯޑަށް ކަމުގައި ބަޔާންކުރެއެވެ. އިންޓަރނަލް އޮޑިޓްގެ އިސްވެރިޔާ (head of the internal audit) ވަޒީފާއަށް ޢައްޔަންކޮށް، Applicability and Effective Date of the Code, pp 19 ވަކިކުރެވޭނީ އޮޑިޓް ކޮމިޓީގެ މެންބަރުންގެ އަޢުލަބިއްޔަތުގެ ނިންމުމަކުންކަމުގައ މި ކޯޑގު 25 ވަނަ މާއްދާގެ )15( ވަނަ ނަންބަރުގައި ބަޔާންކުރެއެވެ.
27މުޙައްމަދު ނިހާލް ސަލީމްއެއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑެއ ދެމެދާ ވެފައިވާ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، މުޙަމަދު ނިހާލް ސަލީމްގެ ވަޒީފާއަކީ "ޗީފް އިންޓަރނަލް އޮޑިޓަރ"ގ ވަޒީފާކަމާއި، ވަޒީފާ އަދާކުރާ ޑިޕާޓްމަންޓަކީ އިންޓަރނަލް އޮޑިޓްކަން އެނގެއެވެ.
28މި އެއްބަސްވުމުގައި މި ފަރާތުގެ ޕްރޮބޭޝަންއ ގުޅާ މާއްދާއެއް ހިމެނެއެވެ. މި މާއްދާގައިވަނީ، ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީޚުން ފެށިގެން ފުރަތަމަ 03 )ތިނެއް( މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތުކަމާއި، މި މުއްދަތުގެ ތެރޭގައި ވަޒީފާދޭ ފަރާތުން ވަޒފްއަދާކުރާމީހާއަކީ އެ ވަޒީފާއަށް އެކަށީގެންވާ ވަޒީފާގެ މަސާއުލިއްޔަތު އުފުލޭނެ ލަޔާޤަތާއި ޤޭބިލިކަނ ހުރް މީހެއްނޫންކަމުގައި ވަޒީފާދޭ ފަރާތަށް ފެނިއްޖެނަމަ، މި އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިތުރު ޒިންމާއަކީ ނުލާ މ އެއްބަސްވުން ނިމުމަކަށްގެނެސް ވަޒީފާ އަދާކުރާ މީހާ ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމށާއާ،ހަމައެހެންމެ ވަޒީފާއަދާކުރާ މެހީއ ޙަވާލުކުރެވިފައިވާ މަސައްކަތަކާ އ މީހާ ހިތްހަމަޖެހޭ ވަޒީފާއެއް ނޫންކަމަށް ޤަބޫލުކުރެވިއްޖެނަމަ މި އެއްބަސްވުމުގެ ދަށުން އުފުލަންޖްހ އިތުރު ޒިންމާއަކީ ނުލާ މި މުއްދަތުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުނ ނިމުމަކަށްގެނެސް ވަޒީފާ ދޫކޮށްލެވިދާނެކަމުގައެވެ.
29މި ވަޒީފާގެ އެއްބަސްވުމުގައި، އެ ފަރާތުގެ ވަޒީފާގެ ބަޔާނެއް (job description) ހިމެނެއެވެ. އޭގައި، މުޙައްމަދު ނިހާލް ސަލީމްގެ "ޗީފް އިންޓަރނަލް އޮޑިޓަރ"ގެ މަޤާމުގައި ރިޕޯޓުކުރަންޖެހ ފަރާތަކީ "ބޯޑު އޮފް ޑރެކްޓަރސް" ކަމުގައި ބަޔާންކުރެއެވެ. “The appointment and dismissal of the head of internal audit should only be done by the agreement of majority members in the audit committee.” ވަޒީފާގެ އެއްބަސްވުމުގެ 7 ވަނަ މާއްދާ
30މުޙައްމަދު ނިހާލް ސަލީމް ވަޒީފާއިން ވަކިކުރިކަން އަންގައިދޭ ލިޔުމަށް ބަލާއިރު، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޕްރޮބޭޝަންގ މުއްދަތުގެ ތެރޭގައި، މުވައްފަޒުން ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި ގަވާއިދުގެ 3.1.17 ވަނި މާއްދާގަ ދަށުން، މުވައްޒަފު ޕާފޯމަންސް އެޕްރއިސަލްއިން ފާސްނުވުމާއަ ގުޅިގެން ކަމުގައި ބަޔާންކޮށްފައިވެއެވެ.
31މުޙައްމަދު ނިހާލް ސަލީމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އިސްވެ ބަޔާންކޮށްފައިވ ކޯޑުގެ 25 ވަނަ މާއްދާގެ )15( ވަނަ ނަންބަރާ ޙަވާލާދީފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވް މައްސަލާ ހުށަހަޅަ ފޯމުގައި މުޙައްމަދު ނިހާލް ސަލީމްގެ ފަރާތުނ ބުނެފައިވަނީ އެ ފަރާތަކީ ހެޑް އޮފް އިންޓަރނަލް އޮޑިޓްކަމަށާއި، ޕްރޮބޭޝަން މުއްދަތުގައިވެސެއ ފަރާތް ވަޒީފާއިން ވަކިކުރެވޭނީ ހަމައެކަނި އޮޑިޓް ކޮމިޓީގެ މެޖޯރިޓީ ނިންމުމަކުންކަމަށާއި، އަބާރަކ ކުންފުނީގެ ސެކްރެޓަރީއަށް ނުވަތަމެ ނޭޖިންގ ޑިރެކްޓަރަށް އޮތް ބާރެއް ނޫންކަމަށާއި، މައްސަލަ ހުށަހަޅާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އޮޑިޓް ކޮމިޓީގެ މެޖޯރިޓީ ނިންމުމަކުން ނޫންކަމުގައެވެ.
32އ ފަރާތުން ބުނާ ބުނުމަކީ، މުވައްޒަފަކު، ވަޒީފާއިން ވަކިކުރުމަށް ވަކި އިޖުރާއަތެއް ކަނޑައެޅިފައިވާ ޙާލަތުގައި، އެ ފަރާތަކީ ޕްރޮބޭޝަންގައި ހުރި މުވައްޒަފެއްކަމުގައިވީނަމަވެސް، އެ އިޖުރާއަތަށް ވަޒީފާދޭ ފަރާތުން ޢަމަލުކުރަން ޖެހޭނެކަމަށާއި، އެ އިޖުރާއަތަށް ޢެމަލުނުކޮށް މުވައްޒަފު ވަޒީފާއިން ވަކިކުރާ ޙާލަތަށް ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ )ށ( ތަޠުބީޤުނުކުރެވޭނެކަމުގައެވެ.
33މުޙައްމަދު ނިހާލް ސަލީމް،ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގައި އަދާކުރި ވަޒީފާއަކީ ސަރުކާރުގެ މިލްކުގައިވާ ދައުލަތުގެ ވިޔަފާރި ތަންތަނުގެ މައްޗަށް ހިނގާ، އަދި އެ ތަންތަން ހިންގުމުގެ ދާއިރާގެ ތެރެއިން އެއަށް ޢަމަލުކުރުމަށް ލާޒިމުކޮށްފައިވާ ކޯޕަރޭޓް ގަވެރާނަންސް ކޯޑުގެ ދަށުން ޤާއިމުކޮށްފައިވާ ހެޑް އޮފް އިންޓަރނަލް އޮޑިޓްގެ މަޤާމުކަން މުޙައްމަދު ނިހާލް ސަލީމްގެ އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ "މައްސަލަ ހުށަހަޅަ ފޯމު" ގެ 7 ވަނަ ނުކުތާގެ 7 ވަނަ ނަންބަރުގެ ދަށުން މިކަން ފާހަގަކޮށްފައިވެއެވެ. އަދި އެ ފަރާތުން މި ކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި )1.09 ވަނަ ނުކުތާގައި( މިކަން ތަކުރާރުކޮށްފައިވެއެވެ. ވަޒީފާގެ އެއްބަސްވުމާއި، އަދި އެ ފަރާތުގެ ވަޒީފާގެ ބަޔާނަށް ބެލުމުން މިހިނދު ފާޅުވެއެވެ.މިކަން އިތުރަށްމިހިނދަށް ފެންނަ ފެނުމަށް ކަށަވަރުވެގެންދަނީ މުޙައްމަދު ނިހާލް ސަލީމްގެ ވަޒީފާގެ ބަޔާނުގައި އެ ފަރާތުގެ ވަޒީފާގެ މަސިއ ލިއްޔަތުގ ގޮތުގައެ ބަޔާންކޮށްފައިވާ ކަންކަމަކީ، ކޯޑުގައ އިންޓަރނަލް އޮޑިޓަރގެ ޒިންމާތައް ކަމުގައި ބަޔާންކުރާ ކަންކަން ކަމުގައިވާތީއެވެ.އަދި ހަމައެއާއެކު، ކޯޑުގެ 25 ވަނަ މާއްދާގެ )4( ވަނަ ނަންބަރާއި އެއްގޮތަށް، ވަޒީފާގެ ބަޔާނުގައި މުޙައްމަދު ނިހާލް ސަލީމް ރިޕޯޓުކުރަންޖެހޭ ފަރާތަކި"ބޯޑު އޮފް ޑރެކްޓަރސް" ކަމުގައި ބަޔާންކޮށްފައިވާތީއެވެ.
34ބަޔާންކޮށްފައިވާ ކަންކަމީ، މި ހިނދު މި މައްސަލައިގައި ފެންނަން ހުރި ޙަޤީޤަތްތަކެވެ.
35ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މުޙައްމަދު ނިހާލް ސަލީމްގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަން މާއްދާގަ )ށ( އާ ޙަވާލާދީ، މުޙައްމަދު ނިހާލް ސަލީމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ ވަގުތީ މުއްދަތު )ޕްރޮބޭޝަން( ގައި ކަމުގައިވާތީ، މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމަށް ދެކިއެވެ. އަދި ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިންމި ނިންމުމުގައިވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަރޯސާވެފައިވަނީ ހަމަ މި ސަބަބަށވެ.
36ވަޒީފާއާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާއިން އެނގިގެންދަނީ، ވަގުތީގޮތުން ވަޒީފާއަދާކުރުމަށް )ނުވަތަ ޕްރޮބޭޝަންއަށް( ޤާނޫނު ތަންދޭކަމާއި، މިގޮތުން މިފަދައިން ވަޒީފާއަދާކުރުމުގައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެ ފަރާތަށްވެސް ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ލިބިދޭކަމެވެ. “All SOEs should have internal auditors; and to ensure their objectivity and ability to provide key information to the board, they should report directly to the audit committee or if there is no audit committee, then directly to the board.” ހަމައެއާއެކު، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ އެކުއެކީގައި ކިޔުމުން އެނގިގެންދަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާއަދާކުރި މީހާއަށް ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 )ތިނެއް( މަސްދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤެމި މާއްދާގެ )ހ( އިން ލިބިދޭކަމާއި،ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުނާއެކަމުގެ ޝަކުވާ، މި މްއްދާގެ )ހ( ގައިވާ ގޮތުގެމަތިން ކުރުމުގެ ޙައް ޤެއ އެމުވައްޒަފަކަށް ލިބިގެން ނުވާކަމެވެ.
37ޕްރިސިޑެންސް 2ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ ޚާއްޞަވަނީ "އެކަށީގެންވާ ސަބަބެއްނެތި" ވަޒީފާއިން ވަކިކުރާކުރުމުގެ މައްޗަށް ޝަކުވާ ހުށަހެޅުމަށް ކަމަށްވާއިރު،އިސްތިއުނާފުކުރާ ފަރާތުން އެ އުފައްދާ ބަހުސް، އެގޮތުގެމަތިނ ތަރުޖަމާކުރުމުގެ އިހުތިމާލު އެބައޮތެވެ.
38މި މައްސަލައިގައި މެދުވެރިވެފައިވާ ޙާލަތަކީ، އާންމުކޮށް މެދުވެރިވާ ޙާލަތެއްނޫނެވެ. އެހެނީ، enterprises owned state އިން ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ޚާއްޞަ އިޖުރާއަތެއް މި މައްސަލައަށް ތަޠުބީޤުކުރަންޖެހޭފަދަ ޙާލަތެއް އުފަންވާކަމުގެ އިހުތިމާލު މި މައްސަލައިގައި އޮތަތީއެވެ.
39މިފަދައިން މި ބަޔާންކުރަނީ، މިހިނދު ފެންނަ ފެނުމަށް، މުޙައްމަދު ނިހާލް ސަލީމްއަކީ ޚާއްޞަ އިޖުރާއަތެއްގެ ދަށުން އުފައްދާފައިވާ ވަޒީފާއަކަށްޢައްޔަންކުރެވުނު ފަރާތަކަށްވެފައި، އެ މަޤާމަށް ޢއްޔަންކޮށްފައިވާ ފަރާތާމެދު ޢަމަލުކުރަންޖެހޭ ޚާއްޞަ އިޖުރާއަތެއް ކޯޑުގައި ޤާއިމުކުރެވިފައިވާތީއެވެ.
40ޕްރިސިޑެންސް 3ވަކި އިޖުރާއަތެއްގެ ދަށުން ޤާއިމުކޮށްފައިވާ މަޤާމަކާ ގުޅިގެން enterprises owned state އިން ޢަމަލުކުރަންޖެހޭވަކީ އިޖުރާއަތެއް ބަޔާންކޮށްފައިވާނަމަ، އަދ އެއާ ޙަވާލާދީ މައްސަލައެއް ހުށަހަޅާފައިވާނަމަ، ފުރަތަމަ ކަމަކަށް އެ ވަޒާ ފާގެ މަޤާމަކީ އެ ޚާއްޞަ އިޖުރާއަތު ނިސްބަތްވާ ވަޒީފްގެ މަޤާމްއަތޯ، އެ މަޤާމަށިޢީއްޔަންކޮށްފައިވަނީ އެ ޚާއްޞަ އިޖުރާއަތުގެ ދަށުންތޯ، އަދ ވަކިކުރާނަމަ ވަކިކޮށްފައިވަނީ ޚާއްޞަ އިޖުރާއަތުގެ ދަށުންތޯ ބަލަންޖެހޭނެއެވެ. އެ ފަރާތަކީ ވަގުތީ މުއްދަތު )ޕްރޮބޭޝަން( ގައި ހުރި ފަރާތެއްކަމުގްއިވީނަމަވެސް، މައްސަލަ ހުށަހަޅާ ފަރާތުން މ ޤާނޫނީ ބަހުސް ފެންމަތިކޮށްފައިވާ ޙާލަތުގައި، މި ސުވާލަށް ޖަވާބެއް ދޭންޖެހޭނެކަމަށް ދެކެމެވެ.
41ޕްރިސިޑެންސް 5މި މައްސަލައިގައި މުޙައްމަދު ނިހާލް ސަލީމްގެ ފަރާތުން އޭނާ ވަކިކޮށްފައިވާ ސަބަބެއްގެ މައްޗަށް ޖަދަލެއް ހުށަހަޅާފައިނުވާކަމާއި،އޭނާގެ ބަހުސަކީ،އޭނާ ވަގުތާ މުއްދަތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ enterprises owned state އިން ޢަމަލުކުރަންޖެހޭ ކޯޑާއި ޚިލާފަށް ކަމުގައިވާތީ، އޭނާގެ މައްޗަށް ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނި މާއްދާގަ )ށ( ނުހިގާނެކަމުގެ ބަހުސް ކަމުގައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިންމި ނިންމުމަށް ވާސިލުވި ސަބަބުގައިވެސ މިއަށް ޖަވާބެއްދީފައެއްނުވެއެވެ.
42އީސްވ ބަޔާންކުރެ ފަދައިން، މުޙައްމަދު ނިހާލް ސަލީމްގެ ފަރާތުން ހުށަހަޅާފައިވާ ޙަޤީޤަތްތަކުން މި ހިނދު ފެންނަން އޮތީ، އޭނާގެ ވަޒީފާގެ މަޤާމަކީ enterprises owned state އިން ޢަމަލުކުރަންޖެހޭ ކޯޑަށް ނިސްބަތްވާ ވަޒީފާގެ މަޤާމެއްކަމެވެ. އަދި އެ މަޤާމަށް މީހަކު ޢައްޔަންކުރުމާއި،ޢުއްޔަންކޮށްފައިވ ފަރާތާ ވަޒީފާއިން ވަކިކުރުމަށް ޚާއްޞަ އިޖުރާއަތުތަކެއް ކަނޑައަޅާފައިވާއިރު، މި މައްސަލަ ހަ ށަހަޅާފައިވ ފަރާތާ ހަމަ ޙަޤީޤަތުގައިވެސް ހުރީ އެފަދަ މަޤާމެއްގައިތޯއާއި، ވަގުތީ ވަޒީފާއެއްގައި ހުރި މީހަކަށް މި އިޖުރާއަތު ތަޠުބީޤުކުރަންޖެހޭނެތޯ، ނުވަތަ މުތުލަޤަށ ވަގުތީ ވަޒީފާއެއްގައި ހުރި މީހެއްގެމައްޗަށް ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ )ށ( ތަޠުބީޤުވާނެތް؛މުޙައްމަދު ނިހާލް ސަލީމްގެ ފަރާތުން އުފަންކޮށްފައިވާ މި ޤާނޫނީ ބަހުސާއިމެދު ގޮތެއް ނިންމަންޖެހޭކަމަށް ދެކެމެވެ. އަދި ނިންމުމަށްވާސިލުވި ސަބަބު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަޔާންކޮށްދޭންޖެހޭނެކަމަށް ދެކެމެވެ.
43ޕްރިސިޑެންސް 6މި މައްސަލައިގެ ޖަދަލުގެ ސަބަބުން، އިސްވެ ބަޔާންކޮށްފައިވިސުވާލުތަކަށް ޖަވާބެލިބިގަތުމުގައު މައްސަލް ރައްދުވަ ފަރާތުގާ ބަހެއް ނުވަތަ ރައްދެއް މުހިންމުކަމަށް ދެކެމެވެ. އެހެނީ، ބައެއް ސުވާލުތަކަށް އެންމެ ފުރިހަމަ ޖަވާ ބެއްދެވޭނީ، ޚުދު ބަޔާންކުރެވިދިޔާއިޖުރާއަތު ތަންފީޒުކުރަންޖެހޭ ވުޒާރއަށކަމުގައިވާތީއެވެ.
44މި މައްސަލައިގައި ކުރިމަތިވެފައިވާ ޚާއްޞާ ޙާލަތަށާއި، މި މައްސަލައިގައި ހިމެނޭ ޤާނޫނީ ބަހުސަށް ބަލާއިރު،ވަޒް ފާއާބެހޭ ޓްރައިބިއުނަލަށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކަން ނުވަތަ ނޫންކަންވެސް ކަނޑައެޅޭނީ އިސްތިއުނާފުކުރާ ފަރާތުން ކުޅަ ޤާނޫނީ ބަހުސަށް ޖަވާބެއް ދެވިގެންކަމުން، މި ސަބަބަށްޓަކައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ބަލައިގަނެ، މ މައސަލައަށ ގޮތެއް ކަނޑައަޅަންޖެހޭކަމުގައި ދެކެމެވެ.
45އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ވަޒީފުއާބެހޭ ޓްރައިބިއުނަލްގާ ނަންބަރ 200-L/INDIV/2025/137) 25 ފުބަރު ރީވ 2025( ރަޖިސްޓްރާރގެ ނިންމުމާއި، އަދި އެ ޓްރައިބިއުނަލގް ނަންބަރ 200-M3/RDA/2025/14 )10 އެޕްރީލް 2025( ރަޖިސްޓްރާރގެ ނިންމުނި މުރާޖަޢާކޮށް ނިންމަނިންމުމަކީ ބާޠިލު ނިންމުމެއް ކަމުގައި ކަނޑައަޅައި، މި މައްސަލަ ބަލައިގަނެ، މި މައްސަލައިގައި އޮތް ޤާނޫނީ ބަހުސާމެދު ގޮތެއް ކަނޑައަޅަންޖެހޭނެ ކަމުގައި ދެކެމެވެ.
46ފަނޑިޔާރު ޙުޒައިފާ މުޙައްމަދގު ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
47ފަނޑިޔާރު ޙުޒައިފާ މުޙައްމަދގު ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
48މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނަ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފްއ އޮނނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) އާއި (ށ)
- ގަވާއިދު ނަންބަރު R-14/2022 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 26 ވަނަ މާއްދާގެ (ނ)
- Code of Corporate Governance for State Owned Enterprises (01 މެއި 2019) ގެ 25 ވަނަ މާއްދާގެ (4)، (6)، (15)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އާއި 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް