ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/77
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވ. ފާޠިމަތު އިޙްސާނާ، 2019/HC-A/77
Maldives Poast Limited v. Fathimath Ihsaanaa 2019/HC-A/77 (2019/HC-A/77, High Court of the Maldives, 6 December 2021)
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވ. ފާޠިމަތު އިޙްސާނާ
މައްސަލައިގެ ޚުލާޞާ
ޓްރައިބިއުނަލުން މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާ ކަމަށް ކަނޑައަޅައި، އިތުބާރު ގެއްލިފައިވާތީ ވަޒީފާއަށް ރުޖޫޢަނުކޮށް، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން 76,095ރ. ގެ ބަދަލު ނަގައިދިނުމަށް ނިންމިއެވެ.
2009 އިން ފެށިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގައި މަސައްކަތްކުރި މުވައްޒަފަކު، މަނީ ޓްރާންސްފަރގެ ލިޔެކިޔުންތައް ގެއްލުމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވާ މަޢުލޫމާތު ތަކުރާރުކޮށް އިޞްލާޙުކުރަން ޖެހުމުގެ ސަބަބުން އިހުމާލުވާ ކަމަށް ބުނެ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން 2017 ނޮވެމްބަރު 5 ގައި ވަޒީފާއިން ވަކިކުރިއެވެ.
ކުންފުނިން ބުނީ ޢަދުލުވެރިކަމާބެހޭ ނިންމުމަކީ 2015/HC-A/345 އާ ޚިލާފު ނިންމުމެއް ކަމަށާއި، ބަދަލަކީ 2013/HC-A/142 އާ ޚިލާފަށް ވަޒީފާދޭ ފަރާތަށް އަދަބު ދިނުމުގެ ގޮތުން ދިން ބަދަލެއް ކަމަށެވެ. މުވައްޒަފު ބުނީ ކުންފުނިން ޙަވާލާދިން ޤަޟިއްޔާތަކަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުގެ މައްސަލަތައް ކަމަށާއި ބަދަލު ނިންމީ 2013/HC-A/142 ގެ އުޞޫލުން ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރި މުވައްޒަފެއްގެ މައްސަލާގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާ ކަމަށް ޓްރައިބިއުނަލުން ކަނޑައެޅުން ރަނގަޅުތޯއާއި، ޓްރައިބިއުނަލުން ނަގައިދިން ގެއްލުމުގެ ބަދަލު ހައިކޯޓުގެ އުޞޫލުތަކާ ޚިލާފުތޯ.
ނިންމި ގޮތް
މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަމާބެހޭ ނުކުތާތަކުގައި ޓްރައިބިއުނަލުގެ ނިންމުން ޤާއިމް؛ ޙުކުމުގެ ބައި ލިޔުމުގައި ނެތް
ވަކިކުރީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ކަމަށްވާތީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ސާބިތުވާން ޖެހެއެވެ. ލިޔެކިޔުން ގެއްލުނީ ނިޒާމުގެ ކުރުކަމާއި އެހެން މުވައްޒަފުންގެ ދައުރާއެކު ކަމަށާއި، އޮތޯރިޓީއަށް ފޮނުވާ މަޢުލޫމާތުގެ ގޯސްތައް އެހެން މުވައްޒަފުންގެ ސަބަބުން ކަމަށާއި، ވަކިކުރުމުގެ ކުރިން ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ މުވައްޒަފުގެ ބަސް ނުހޯދާ ކަންކަމަށް ރިޢާޔަތްކުރުމުން، ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލެއް ނުގެނެވޭނެ ކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބަކާހުރެ ނޯޓިހާއެކު ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތަކީ، 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތާ ތަފާތު އިޖުރާއަތެކެވެ. އެހެންކަމުން 21 ވަނަ މާއްދާގެ ޙާލަތުގައި ކަނޑައެޅި އުޞޫލުތައް 23 ވަނަ މާއްދާގެ ދަށުން ވަކިކުރި މައްސަލައަކަށް ތަޠްބީޤު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-19)
- ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ވާނީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ނުވަތަ ޚިޔާނާތެއް ކޮށްފައިވާނަމައެވެ. އެއީ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ކަމަކަށް، އެބަހީ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުވުން، ދެފަރާތުގެ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭ ކަމެއް، ނުވަތަ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީ ގޮތުން ޚިލާފުވުން ކަމުގައި ވާންޖެހެއެވެ. ޢަމަލުގެ ސީރިއަސްކަން ވަޒީފާގެ ބާވަތާއި މަޤާމާއި މަސްއޫލިއްޔަތާ ލައިގެން ތަފާތުވެދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- ލިޔެކިޔުންތައް ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައިނުވާ ތަނެއްގައި، މުވައްޒަފުންގެ މެދުގައި އެރި އޮޅުމެއްގެ ތެރެއިން، އެހެން މުވައްޒަފުންގެ ވެސް ދައުރެއް އޮތް ގޮތަކަށް ލިޔުމެއް ގެއްލިގެން ދިއުމަކީ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރެވޭ ޣައިރު ސުލޫކީ މައްސަލައެއް ނޫނެވެ. ހަމައެކަނި ވަޒީފާދޭ ފަރާތުގެ ބުނުމަކުން، ނުވަތަ ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ހާދިސާ ބަޔާންކޮށް ފޮނުވި އީމެއިލަކުން، މުވައްޒަފުގެ އިހުމާލު ސާބިތެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-28)
- ހަމައެކަނި ވަކި މުވައްޒަފެއްގެ ފަރުވާކުޑަކަމުން ނޫން، ނިޒާމާއި އެހެން މުވައްޒަފުންގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ޒިންމާ އެ މުވައްޒަފަކު އެކަނި ނެގުމަކީ ޢަދުލުވެރި ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
- މުވައްޒަފަކާމެދު ކުރިން އެޅިފައިވާ އިޞްލާޙީ ފިޔަވަޅުތަކަކީ އޭނާގެ ސުލޫކީ މައްސަލަތައް ބެލުމުގައި ބުރަދަން ދެވެންޖެހޭ ކަމެއް ނަމަވެސް، ފަހުން ކުރެވޭ ތުހުމަތެއް ސާބިތުނުވާ ޙާލަތުގައި އެ ރެކޯޑަކީ ވަޒީފާއިން ވަކިކުރުން ހުއްދަވާ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-36)
- އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވާނީ ވަކިކުރުމުގެ ކުރިން މުވައްޒަފުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާބެހޭ މަޢުލޫމާތުދީ ޖަވާބުދާރީވުމުގެ އެކަށީގެންވާ ފުރުޞަތު ދީގެންނެވެ. ތަޙްޤީޤެއް ކުރިއަށްދާކަން ނޭނގި ދިން ބަޔާނަކީ އެ ފުރުޞަތު ދިނުމެއް ނޫނެވެ. މުވައްޒަފުގެ ބަހެއް ހޯދާފައިނުވާ ކަންކަމަށް ވަކިކުރުމުގެ ނިންމުމުގައި ރިޢާޔަތްކޮށްފިނަމަ އިޖުރާއީ ޢަދުލުވެރިކަން ޤާއިމެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38-42)
- ބޭއިންސާފުން ވަޒީފާއިން ވަކިކުރުމުގެ ބަދަލު ކަނޑައަޅާނީ ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް، ސުޕްރީމް ކޯޓުގެ 2019/SC-A/27 ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށްގެންނެވެ. ޓްރައިބިއުނަލުން އެހެން މައްސަލަތަކުގައި ދީފައިވާ ބަދަލުތަކާ އަޅާކިޔުމަކަށްވުރެ ބަލަންޖެހެނީ މި މައްސަލައިގެ ވަޤާއިޢުތަކަށް ބަލާއިރު ބަދަލަކީ ނުޙައްޤު ބަދަލެއްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44-45)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 8VTR/201/13 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލފަށކަމަށްބުން، އެނިންމުން އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑގު ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ […] ފާޠިމަތު އިޙްސާނއެވެ. މައްސަލައިގައި ކަން ހިނގާފައިވާ ގޮތް:
2ފާޠިމަތު އިޙްސާނާ އަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑު ގައި 24 ފެބުރުވަރީ 2009 އނި ފެށިގެން ވަޒީފާއަދާކުރަމުންދިޔަ ފަރާތަކެވެ.
305 ނޮވެމްބަރު 2017 ގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކޮށްފައިވެއެވެ. ވަޒީފާއިން ވަކިކުރި ސަބަބެއް ކަމުގައި ވަޒީފާއިން ވަކިކުރެވުނުކަން އަންގާ ލިޔުމުގައި ބަޔާންކޮށްފައިވަނީ "ފާޠިމަތު އިޙްސާނާ ހަވާލުކުރެވިފައިވާ މަޤާމުގެ ވާޖިބުތަކާއި ޒިއްމާތައް އަދާކުރުމުގައި ތަކުރާރުކޮށް އިހްމާލުވަމުންދާތީއާއި އެކަންކަން އިސްލާހުކުރުމަށް އަންގާ އެންގުންތަކަށް ޢަމަލުނުކޮށް ގޮންޖަހާ އުސޫލަކުން ޢަމަލުކުރަމުންދާތީ، އަދި މުވައްޒަފުގެ މިއަމަލުގެ ސަބަބުން ކަސްޓަމަރުންނަށާއި ކުންފުންޏަށް މއ ދީގޮތުންނާއް މަޢުނަވީ ގޮތުން ގެއްލުންވަމުންދާތީ ކަމަށެވެ.
4ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި ޚިލާފަށްކަމަށްބުނެ، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޢަދުލުވެރި ބަދަލެއަ ނަގައިދިނުމަށާއި، ފާޠިމަތު އިޙްސާނާއަކީ ވަޒީފާއިން ވަކިކޮށފައިވް މުވައްޒަފެއް ގޮތުގައި ނުބެލުމަށާއި، ވަޒީފާއިން ވަކިކުރެވުނު ދުވަހނު ފެށިގނެ ވަޒީފާ އިޢާދަ ކުރާ ދުވަހާހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެކީއެއްފަހަރާ ނަގައިދިނުމށަ އެދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ދައުވާ ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފާޠިމަތު އިޙްސާނާގެ ފަރާތުން މައްސަލަ ހުށަހަޅާފައިވެއެވެ. އެއީ އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 13/VTR/2018 މައްސަލައެވެ.
5ވަޒީފާއާބެހޭ ޓްރައިބިއުނަލށަ ހުށަހެޅުނު އެމައްސަލައިގެ ޖަވާބުގައި މޯލްޑިވްސް ޕޯސްޓް ލމިޓެޑުނި ޖުމުލަގޮތެއްގައި ބުނެފައިވަނީ،
1.5. ފާޠިމަތު އިޙްސާނާއަކީ ކުންފުނިން ފޯރުކޮށްދޭ މަނީ ޓްރާންސްފަ ރުގެ ކަންކަން ސްޕަވައޒްކުރުމަށި ޢައްޔަނުކޮށްފައިވާ ފަރާ ތެއްކަމަށާއި، ކަމާ ގުޅޭ ޤާނޫނާއި ގަވާއިދުގެ ދަށުން މިފަދަ މޢާމަލާތްތަކުގައު ޝާމިލްވާ ފަރާތްތަކަކީ ކޮންބައެއްކަން ކަށަވަރުކުރުމުގެ ގޮތުން "ނ ޔުއަރ ކަސްޓަމަރ" ރިކޯޑްސްތައް 5 (ފަހެއް) އަހަރު ދުވަހަށް ބަލަހައްޓަންޖެހޭއިރު އަދި އެމަޢުލޫމާތުތައް މޯލްޑިވްސް މނިޓަރަ އޮތޯރިޓީއަށް ފޮނުވަންޖެހޭއިރު، މިމަސައްކަތްކުރުމަށް ފާޠިމަތު އ ޙްސާނާއަށް އެންގިފައިވާކަމަށެވެ. އެކަންކުރުމުގައި ފާޠިމަތު އިޙްސާނާ އިހުމާލުވެފައިވާކަމަށެވެ. މިގޮތުން ފާހަގަކުރެވޭ މައިގަނޑު ކަންތއްތަކަކަ ފާޠިމަތު އިޙްސާނާގެ އިހްމާލުން މަނީ ޓްރާންސްފަރ ލިޔުންތައް ގެއްލިފައިވމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ފޮނުވާ މަޢުލޮ މާތު ތަކުރާރުކޮށޫ އިސްލާޙުކުރަންޖެހުމެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 13/VTR/2018 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 02 ވަނަ ސަފްޙާ - މައްސަލައިގެ ޚުލާސާ
2.5.ބުނެވިދިޔަ ކަންކަން ހިނގާފައިވާގޮތް ބަލައި ކުންފުނީގެ ހިއުމަން ރެސޯސަސް ޑިވިޜަނުން ތަޙްޤީޤުކުރުމަށް ފަހު ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނޫގެ 23 ވަނަ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން ފާޠިމަތު އިޙްސާނާ އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެކަމަށްޓަކައި ކަމަށެވެ.
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 13/VTR/2018 މައްސަލައަށް ބެލިއރި އެމައްސަލައިގައި ވަޒީފާއާބެހޭ ޓްރއިބިއުނަލްއިން ނިންމަވާފައިވަނީ އަންނަނިވި ފަދައިންނެވެ. "..........ފާޠިމަތު އިޙްސާނާގެ ފަރާތުން ކުންފުންޏަށް ގެއްލުންތަކެއް ވެފައިވާކަން، ނުވަތަ ވެދާނެކަން މައްސަލަ ރައްދުވި ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ، ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމާއި، ފާޠިމަތު އިޙްސާނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށް އެދިފައިވީނަމަވެސް، އޭނާ ވަޒިފާއިން ވަކިކުރުމަށް މެދުވެރިވި ސަބަބުތަކަށް ރިޢާޔަތްކުރިއިރު، ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުމެއް ދެމިއޮތުމަށް ބޭނުންވާ އިތުބާރު ގެއްލިފައިވާކަމަށް ޤަބޫލުކުރެވޭތީ، ފާޠިމަތު އިޙްސާނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ރުޖޫއަކުރުމަކީ ދެ ފަރާތަށް ވެސް އެންމެ އެކަށީގެންވާ އަދި އެންމެ އިންސާފުވެރި ގޮތްކަމަށް ބުރަވެވެންނެތަތީ، ފާޠިމަތު އިޙްސާނާ އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ ރުޖޫއަކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއް ނަގައިދިނުމަށް އެދިފައިވާތީއާއި، އޭނާ ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް އެކަށީގެންވާ މިންވަރަކަށް ފުރިހަމަކޮށްފައި ނުވާތީ، ވަޒީފާއާބެހޭ ޤާނޫނު 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް އެކަށީގެންވާ ބަދަލެއްގެ ގޮތުގައި -/76،095ރ. (ހަތްދިހަ ހަހާސް ނުވަދިހަ ފަސް ރުފިޔާ) ނަގައިދިނުމަށް ކަނޑައަޅައި، މިފައިސާ، މިއަދު (20 ސެޕްޓެމްބަރު 2018) އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ފާޠިމަތު އިހްސާނާއަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 13/VTR/2018 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ ޕެރެގްރާފް 3 އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މަޙްޝަރު ބަޔާންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު TR/2018V/13 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ ނިންމުން
7ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މިގޮތަށް ނިންމި ސަބަބު ކަމުގައި އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
1.7. ހުށަހެޅިފައިވާ ހެއްކާ ޤަރީނާއަށް ބަލާއިރު ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ މައުޟޫއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ސާބިތުނުވާކމަ ށ ޓްރައިބިއުނަލް އިން ދެކެއެވެ.
2.7. ހުށަހެޅިފައިވާ ހެއްކާ ޤަރީނާއަށް ބަލާއިރު ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން އެކަށީގެންވާ މިންވަރަށް ޤާއިމުވެފައިވާކަމަށް ސާބިތނުވާކަމު ށ ޓްރައިބިއުނަލަ އިން ދެކެއެވެ.
3.7. އެކަށީގެންވާ ސަބަބެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ފެންނަ ހާލަތުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ޢަމަލުކުރުމަށް އިސްތިޤްރާރުވެފައިވާ އުސޫލުތައް މިމައްސަލައަށް ތަޠްބީޤުކުރަމުން އަންނަނިވި ކަންތައްތައް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ފާހަގަކޮށްފައިވެއެވެ.
1.3.7. މިމައްސަލައިގައި ކަންތައް ހިނގާފައިވާގޮތަށް ބަލާއިރު، ވަޒީފާގެ ގުޅުމެއް ދެމިއޮތުމަށް ބޭނުންވާ އިތުބާރާ ގެއްލިފައިވާކަމށް ޤަބޫލުކުރެވޭކަމަށާއި އެހެންކަމުނަ ވަޒީފާ އަނބުރާ ރުޖޫޢަކުރާނެ ތަނެއް ނެތް ކަމުގައިދެކޭކމަށަވެ.
2.3.7. އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތު ގައި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ ނިމުނު ތާރީޚާ ހަމައަށް ހިނގި 10މަހާއި 15 ދުވަހުގެ މުސާރައަށް ޖެހޭ -/84105 ( އަށްޑިހަ ހަތަރުހާސް އެއްސަތޭކަ ފަސް ރުފިޔާ) ނަގައިދޭންޖެހޭކަމަށެވެ.
3.3.7. ދާއިމީ ވަޒީފާ އެއްގައި ހުރި ފާޠިމަތު އިޙްސާނާއަށް ވަޒީފާގައި ހުރުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވާތީ އިތުރު ވަޒީފއެއާ ހޯދުމަށް ފުރުސަތުދިނުމުގެ ގޮތުން 01 (އެކެއް) މަހުގެ މުއްދަތަށް ބަދަލެއްގެ ގޮތުގައި -/8010 (އަށްހާސް ދިހަ ރުފިޔާ) ދިނުމަށް ފެންނަކަމަށެވެ.
4.3.7. މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ދެމަސް ދުވަހުގެ މުސާރައާއި އިނާޔާތްދީފައިވާތީ -/16020 (ސޯޅަހާސް ވިހި ރުފިޔާ) އުނިކުރުމަށް ފެންނަ ކަމަށެވެ. ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތާ ކާއަ އެދޭ ގޮތް
8ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2018VTR//13 މައްސަލައިގެ ނިންމުން އިސްތިއުނާފް ކުރުމަށް އެދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑު ގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާފައިވެއެވެ.
1.8. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2018VTR//13 މައްސަލައިގައި މައުޟ އ ޢަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ މިކޯޓުގެ ލިލީ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް ވ މުމައްހަދު ޢަބްދުﷲ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް؛ ބުނެވިދިޔަ ޙަވާލާ ބުނެވިދިޔަ ޙަވާލާ
2.8.ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2018VTR//13 މައްސަލަ އިގައި އިޖުރާއީ ޢދުލުވެރިކަނަ ޤާއިމުވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ މިކޯޓުގެ ލިލީ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް ވ މުމައްހަދު ޢަބްދުﷲ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް؛
3.8.ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2018VTR//13 މައްސަލއިގައަ ގެއްލުމުގެ ބދަލަ ނަގާދީފައިވަނީ، މިކޯޓުގެ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ވ އިސްމާޢީލް މަސްޢޫދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް.
9މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިކޯޓުގައި އެދިފައިވަނީ
1.9. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2018VTR//13 މައްސަލައިގައި ފާޠިމަތު އިޙްސނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައި ޓްރައިބިއުނަލްގެ ނިންމުނަ ބާޠިލކޮށްދިނުމަށް އެދި ނުވަތު
2.9. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2018VTR//13 މައްސަލައިގައި ފާޠިމަތު އިޙްސނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް ކަމަށް ދިވެހިރާއްޖޭގެ ހއިކޯޓުނަ ކަނޑައަޅައިފި ހިނދެއްގައި، ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ މާލީ ބަދަލުގެ މިންވަރު ނަގައިދިނުމަށަ ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްވާތީ މައްސަލައިގައި އެބައި ބާޠިލުކޮށް މިފަދަ މައްސަލަތަކުގައި ބަދަލުގެ މިންވަރު ނަގައިދިނުމުގެ ގޮތުން ކަނޑައަޅާފައިވާ ޤާނޫނީ އޞޫލުތަކާއު އެއްގޮތްވާގޮތުގެ މަތިން، މައްސަލަ އަލުން ބަލައި ފައިސަލާކުރަނިވި ނިންމުމެއް ނިންމމަށު އަމުރުކޮށްދެއްވައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ތަޙު ވީލްކޮށްދިނުމަށެވެ.
10މި އިސްތިއުނާފުގެ ރައްދުގައި ފާޠިމަތު އިޙްސާނާގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 13/VTR/2018 މައްސަލަ ނިންމުމުގައި މަޢުޟޫއީ ދޢަ ލުވެރިކަމާއު އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނު ވާކަމަށް ނިންމި ސަބަބު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 13/VTR/2018 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 6، 7.2، 7.3 އަދި 7.4 ވަނަ ޕެރެގްރާފްއަށް ބަލައިލުމުން ތަފްސީލްކޮށް އެނގޭކަމަށެވެ.
11އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ޙަވާލާދީފައިވާ އާމިނަތު ޝަދީދާ ވ މިނިސްޓްރީ އޮފް ހެލްތް އާއި ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ މުޙައްމަދު މާޖިދު އަޙްމަދު ޤަޟިއްޔާތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވިފައިވާ މައްސަލަތަކެއް ކަމާއި އެހެންނަމަވެސް މިމައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރި މައްސަލައެއްކަމާއި މިދެހާލަތުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައްވެސް ތަފާތުވާނެކަމަށާއި އހެންކަމުނެ އެޤަޟިއްޔާތައް މިމައްސަލައަށް ތަޠްބީޤުނުކުރެވޭނެކަމަށެވެ.
12ގެއްލުމުގެ ބަދަލާއި ގުޅިގެން ފާޠިމަތު އިޙްސާނާގެ ފަރާތުން ފާހަގަކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 13/VTR/2018 މައްސަލައިގައި ހައިކޯޓުގެ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ވ އިސްމާޢީލް މަސްޢޫދު ޤަޟިއްޔާއަށް ރިޢާޔަތްކޮށް އެއުސޫލްތަކާއި އެއްގޮތަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ނިންމާފައިވާ ކަން މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 10 ވަނަ ނަންބަރުން އެނގިގެންދާކަމަށެވެ.
13ފާޠިމަތު އިޙްސާނާގެ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު TR/2018V/13 ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.
14އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލުގައި ބަޔާންކޮށްފައިވަނީ ހައިކޯޓުގެ އާމިނަތު ޝަދީދާ ވ މިނިސްޓްރީ އޮފް ހެލްތް ޤަޟިއްޔާއިން މުވައްޒަފު ތަބާވާން ޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ އެކަށީގެންވާ އިޞްލާޙީ ފިޔަވަޅު އެޅުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަން އެނގޭކަމާއި އަދި އެއިސްލާޙީ ފިޔަވަޅު އެޅުމުންވެސް މުވައްޒަފު އެކަންކަން އިސްލާޙުކޮށްފައިނު ވާނަމަ ވަޒީފާއިން ވަކިކުރުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމަށާއި އަދި ހައިކޯޓުގެ ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ މުޙައްމަދު މާޖިދު އަޙްމަދު ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ބަލާނީ ހަމައެކަނި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އަންގައި ނުވަތަ ވަކިކުރިކަން އަންގައި ފޮނުވާ މެމޯގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އަޚްލާޤީ މައްސަލައަށް އެކަނި ނޫންކަމާއި، އޭގެ އިތުރުން އެމުވައްޒަފަކާ މެދު އެޅިފައިވާ އެހެނިހެން ފިޔަވަޅުތަކުގެ މައްޗަށް ވެސް ރިޢާޔަތްކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
15މިމައްސަލައިގައި ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފު ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބާނުވާތީ، އެކަށީގެންވާ އިޞްލާޙީ ފިޔަވަޅު އެޅުމަށްފަހު ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން ދޭންޖެހޭ ނޯޓިސް ދިނުމަށްފަހުގައިކަމަށާއި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވމުގު 05 ވަނަ މާއްދާގައި އެންމެ ފަހުގެ އިންޒާރުދިނުމަށް ފަހު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިފައިވާކަމަށާއި އެހެން ކަމުން މިމައްސަލައިގައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި ހައިކޯޓުގެ ލިލީ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް ވ މުމައްހަދު ޢަބްދުﷲ ގައި ކަނޑައަޅާފައިވާ ގޮތަށް މިމައްސަލައިގައި މއ ޟު އ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށެވެ.
16މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކީ ރެވުނު ސަބަބެއް ކަމުގައި ލިޔެފައިވަނެ ފާޠިމަތު އިޙްސާނާ ހަވާލުކުރެވިފައިވާ މަޤާމުގެ ވާޖިބުތަކާއި ޒިއްމާތައް އަދާކުރުމުގައި ތަކުރާރުކޮށް އިހުމާލުވަމުންދާތީއާއި އެކަންކަން އިސްލާހުކުރުމަށް އަންގާ އެންގުންތަކަށް ޢަމަލުނުކޮށް ގޮންޖަހާ އުސޫލަކުން ޢަމަލުކުރަމުންދާތީ، އަދި މުވައްޒަފުގެ މިއަމަލުގެ ސަބަބުން ކަސްޓަމަރުންނަށާއި ކުންފުންޏަށް މ އާ ދީގޮތުންނާއް މަޢުނަވީ ގޮތުން ގެއްލުންވަމުންދާތީ ކަމަށެވެ.
17ޕްރިސިޑެންސް 1ބުނެވިދިޔަ ހައިކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައެޅިފައިވާ މައިގަނޑު އުސޫލަކީ، މުވައްޒަފު ތަބާވާން ޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ އެކަށީގެންވާ އިޞްލާޙީ ފިޔަވަޅު އެޅުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަން އެނގޭކަމާއި އަދި އެ އިސްލާޙީ ފިޔަވަޅު އެޅުމުންވެސް މުވައްޒަފު އެކަންކަން އިސްލާޙުކޮށްފައިނުވާނަމަ ވަޒީފާއިން ވަކިކުރުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމެވެ. އެހެންނަމަވެސް، މިޤަޟިއްޔާތަކުގައި ކަނޑައެޅިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 އަދި 22 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބަކާ ހުރެ ނޯޓިހާއެކު ވަޒީފާއިން ވަކިކުރެވޭ ޙާލަތެވެ.
18ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުންކަމަށް ޓްރައިބިއުނަލަށް ޖަވާބު ހުށަހަޅަމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފައިވެއެވެ. ހައިކޯޓުގެ ނަންބަރު A/40-HC/2012 ޤަޟިއްޔާ އާއި ހައިކޯޓުގެ ނަންބަރު 2013/HC-A/100 ޤަޟިއްޔާ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ފަރާތުން 15 ފެބުރުވަރީ 2018 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ 'މައްސަލައިގެ ޖަވާބު ހުށަހަޅާފޯމް ' މިމާއްދާއަކީ ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ބަޔާންކުރާ މާއްދާއެވެ. އެހެންނަމަވެސް، މިމައްސަލައިގައި ފާޠިމަތު އިޙްސާނާ ވަޒީފާ އިން ވަކިކުރުމުގައި އެފަރާތަށް ނޯޓިހުގެ މުއްދަތަށް ފައިސާ ދީފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިމައްސަލައިގައިމޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އިޚްތިޔާރުކޮށްފައިވަނީ ކޮން މާއްދާއެއްކަން ސާފުކުރުމަށް ސުވާލުކުރުމުން މ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ބުނެފައިވަނީ ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާގެ ދަށުން ކަމާއި އެފަދަ ހާލަތެއްގައިވެސް ނޯޓިސްއަށްވާ ފައިސާދިނުމަކީ ވަޒީފާދޭ ފަރާތަށް ލިބިގެންވާ އިޚްތިޔާރެއް ކަމުގައިވާތީ ފައިސާދީފައިވަނީ ކަމަށެވެ.
19ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ޓްރނާ ސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ އަޙްމަދު މުޙައްމަދު ޤަޟިއްޔާ ފަދަ މީގެ ކުރިން މިކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކަށް ބަލާއިރު، ވަޒީފާއާ ބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި ވަޒީފާއިން ވަކިކުރުމާބެހޭ ޢާންމު އުޞޫލު ބަޔާންކުރެވިފައި ވީނަމަވެސް، 21 ވަނަ މާއްދާގެ ދަށުން ޢަމަލުކުރަންޖެހޭ އިޖްރާޢާތަކީ 23 ވަނަ މާއްދާގެ ދަށުން ޢަމަލުކުރަންޖެހޭ އިޖުރާޢާތާ ތަފާތު އިޖްރާޢާތެއްކަން އެނގާ އެވެ.
20ޕްރިސިޑެންސް 2ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުގައި މައުޟއޫ ޢދުލުވެރިކަނަ ކަމުގައި ބެލެވެނީ، ފާޅުކަންބޮޑު ޣައިރު 28 27 ސުލޫކީ ޢަމަލެއް ކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއް ވެފައިވާނަމައެވެ. ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާގެ ބޭނުމަށް ޣައިރު ސުލޫކީ މައްސަލައަކީ ކޮބައިކަން ބަޔާންކުރަމުން ސުޕްރީމް ކޯޓުގެ ޙުސައިން ނަޛީފު ސުޕްރީމް ކޯޓުގެ ނަންބަރު A/27-SC/2014 އިސްމާޢިލް މަސްޢޫދު ވ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް، ސުޕްރީމް ކޯޓުގެ ނަންބަރު A/49-SC/2018 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީސް ލިމިޓެޑް ވ ޖާބިރު ޢަބްދުއްރަޙް މާން) ޤާނޫނު ނަންބަރު 2/2008 ވ ސިވިލް ސަރވިސް ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ އެފަދަ ޢަމަލަކީ ދެފަރާތުގެ ދެމެދުގައި އޮތް ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް މައްސަލައަކަށް ވާން ޖެހޭކަމަށެވެ. މިގޮތުން އަންނަނިވި ބާވަތުގެ ޢަމަލުތަކަކީ ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނެފަދަ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލުތައް ކަމެވެ.
1.20. ދެފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާއި ޚިލާފުކަމެއްކަމަށް ވާނަމަ؛ ނުވަތަ
2.20. އެކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގއަ ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމަކަށްވާނަމަ؛ ނުވަތަ
3.20. އެކަމަކީ އެމުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމްތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފުކަމެއްކަމަށްވާނަމަ؛
21އަދި މުވައްޒަފު އަދާކުރާ ތަނުން ކުރާ މަސައްކަތުގެ ބާވަތާއި، އެމުވައްޒަފުގެ މަޤާމާއި މަސްއޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރު ސުލޫކީ ޢަމަލުގެ ސީރިއަސްކަން ތަފާތުވެގެންދިއުމަކީ އެކަށީގެންވާ ކަމެއކަމަށްވެސް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
22ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައި އެފަރާތުން ކޮށްފައިވާ ކުށްކަމުގައި ބަޔާންކޮށްފައިވަނީ ފާޠިމަތު އިޙްސާނާ ހަވާލުކުރެވިފައިވާ މަޤާމުގެ ވާޖިބުތަކާއި ޒިއްމާތައް އަދާކުރުމުގައި ތަކުރާރުކޮށް އިހްމާލުވަމުންދާތީއާއި އެކަންކަން އިސްލާހުކުރުމަށް އަންގާ އެންގުންތަކަށް ޢަމަލުނުކޮށް ގޮންޖހަ ސުޕްރީމް ކޯޓުގެ ނަންބަރު A/22-SC/2019 ސުޕްރީމް ކޯޓުގެ ނަންބަރު A/22-SC/2019 ފާހަގަކުރެވުނު ނުކުތާގެ 20 ވަނަ ޕެރެގްރާފް އުސޫލަކުން ޢަމަލުކުރަމުންދާތީ، އަދި މުވައްޒަފުގެ މިއަމަލުގެ ސަބަބުން ކަސްޓަމަރުންނަށާއި ކުންފުންޏަށް މއާދީގޮތުންނާއި މަޢުނަވީ ގޮތުން ގެއްލުންވަމުނދިއުމެވެ. މިގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މައިގަނޑުގޮތެއްގައި ފާޠިމަތު އިޙްސާނާގެ ޣައިރު ސުލޫކީ މައްސަލައެއް ކަމުގައި ފާހަގަކޮށްފައިވަނީ އޭނާގެ އިހްމާލުން މަނީ ޓްރާންސްފަރ ލިޔުންތައް ގެއްލިފައިވމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ފނުވޮ މަޢުލޫމާތު ތަކުރާރުކޮށް އިސްލާހުކުރަންޖެހުމެވެ.
23އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ 13 ސެޕްޓެމްބަރު 2017 ވަނަ ދުވަހު މަނީ ޓްރާންސްފަރ އާއި ގުޅޭ 33 ޓްރާންސެކްޝަނެއްގެ ލިޔެކިޔުންތައް ގެއްލިފައފައިވާކި މަށެވެ. އަދި މީގެ ތެރެއިން 28 ޓްރާންސެކްޝަންގެ ލިޔެކިޔުންތައް ހޯދިފައިވީނަމަވެސް ބާކީ 5 ލިޔެކިޔުން ހޯދިފައިނުވާކމަށަ ވެ. މި ލިޔެކިޔުންތައް ގެއްލިފައިވަނީ ފާޠިމަތު އިޙްސާނާގެ އިހްމލުނާކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފާހަގަކޮށް ބުނެފައިވަނީ ލިޔެކިޔުންތައް ހުރި ފޮށިގަނޑު 12 އޮކްޓޯބަރު 2017 ވަނަ ދުވަހު 3 ވަނަ ފަންގިފިލާގައި ބެހެއްޓިފައިވާކަން އިޙްސާނާ އާއި ޙިއްސާކުރެވިފައިވަނިކޮށް އެކަމަށް ސަމާލުކަން ނުދީ ހުރުމަށްފަހު، އެމަސައްކަތަށް އެޓެންޑުވެފައިވަނީ ހަފްތާ ބަންދަށްފަހު ޖެހިގެން އައި އާދިއްތަ ދުވަހު 15 އޮކްޓޯބަރު 2017 ގައި ކަން އިޙްސާނާގެ ބަހުން އެނގޭކަމަށެވެ. އަދި އެލިޔެކިޔުންތައް މަދުވެފައިވަނީ އެފޮށިގަނޑު ތެރޭގައިވަނީ ރަފް ކަރުދާސް ކަމަށްހީކޮށް އެހެން މުވައްޒަފަކު އެކަރުދާސްތަށް ނެގުމާ ގުޅިގެނކަމަށެވެ. އަދި މިހެން ކަންތައް ވެފައިވަނީ އެފޮށިގަނޑު ލޭބަލް ނުކޮށްވުމުގެ ސަބަބުންނާއި، ފޮށިގަނޑު ބަންދުނުކޮށް، އަދި އެފޮށިގަނޑު ބަހައްޓަން ހާއްސަ ކުރެވިފައިވާ ތަނެއް ނޫން އެހެންތަނެއްގައި ބެހެއްޓުމުގެ ސަބަބުނކަމަށެވެ.
24ޕްރިސިޑެންސް 313 ސެޕްޓެމްބަރު 2017 ގައި ގެއްލުނު ލިޔުންތަކާ ގުޅިގެން ވަޒީފާއާބެހޭ ޓްރއިބިއުނަލްއިނަ ފާހަގަކޮށްފައިވަނީ އެ ލިޔެކިޔުންތައް ގެއްލިފައިވަނީ ފާޠިމަތު އިޙްސާނާގެ އިހުމާލުންކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފައިވަނީ އެލިޔުންތަކާ ފާޠިމަތު އިޙްސާނާ ހަވާލުވެފައިވާ ލިޔުންތަކެއްކަމުގައިވާތީއާއި އެލިޔުންތަކަކީ އޭނާގެ މަސައްކަތާއި ގުޅުން ހުރި ލިޔެކިޔުންތަކެއްކަމުގައިވާތީކަން އެނގެން އޮތް އިރު، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނާ ބުނުން ފިޔަވައި، ކައުންޓަރުން އެލިޔެކިޔުންތަކާއި ހަވާލުވި މުވައްޒަފު އެ ލިޔެކިޔުންތައް ފާޠިމަތު އިޙްސާނާއާ ޙަވާލުކޮށްފައިވާކަން ނުވަތަ އެ ލިޔެކިޔުންތަކަކީ ފާޠިމަތު އިޙްސާނާގެ ބެލުމުގެ ދަށަށް އައިސްފައިވާ ލިޔުންތަކެއްކަމާއި އެ ލިޔެކިޔުންތަކާ ގުޅިގެން ފާޠިމަތު އިޙްސާނާ ޢަމަލުކޮށްފައިވަނީ ޢާންމުކޮށް ޢަމަލުކުރާ އުޞޫލުން ނޫންކަން ސާބިތުކުރުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އިތުރު ހެއްކެއް ޤަރީނާއެއް ހުށަހަޅާފައިނުވާތީ އެ ލިޔުންތައް ގެއްލިފައިވަނީ ހަމައެކަނި ފާޠިމަތު އިޙްސާނާގެ އިހުމާލުންކަން ބުރަވެވެން ނެތްކަމަށެވެ.
25ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މި ފާހަގަކުރުންތައް މޯލްޑިވްސް ޕޯސްޓް ލިމޓެޑި ނ ތައުނުކުރާ ހަމައެކަނި އަސާސަކީ އެފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅި ޑޮކިއުމަންޓު 10 ގައިވާ އީމެއިލް އިން މަނީ ޓްރާންސްފަރ އާ ލިޔުންތައް ގެއްލިފައިވާކަމަށް ފާޠިމަތު އިޙްސާނގާ އަމިއްލަ އިޢުތިރާފުން އެނގޭކަމަށް ބުނާ ބުނުމެވެ. ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ މިލިޔުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ޑޮކިއުމަންޓް 3 ގެ ގޮތުގައި ހުށަހެޅިފައިވާ އީމެއިލްކަމަށް ބެލެވެއެވެ. މި އީމެއިލްއަކީ 22 އޮކްޓޯބަރު 2017 ވަނަ ދުވަހު 11:38 ގައި ފާޠިމަތު އިޙްސާނާ އާއިޝަތު ޝިރުދާ ކިޔާ ފަރާތަކަށް އެޑްރެސްކޮށް ފޮނުވާފައިވާ އީމެއިލްއެކެވެ. މި އީމެއިލްއަކީ ބުނެވިދިޔަ ލިޔުންތައް ގެއްލެން ދިމާވި ހާދިސާއާ ގުޅިގެން އެވަގުތު ހުރި ސެކްޝަން ހެޑްއާ މަޝްވަރާކުރުމަށްފަހު އިރުޝާދުގެ ދަށުން ކުރެވިފައިވާ މެއިލް އެއް ކަން މައްސަލައިގެ ބަޔާންގެ ގޮތުގައި ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ ޑޮކިއުމަންޓް 5 އިން އެނގެއެވެ. މި ދެ ޑޮކިއުމަންޓް އެކު އެކީގައި ކިޔާލުމުން ލިޔެކިޔުންތައް ގެއްލުމުގެ ހާދިސާ ހިނގާފައިވާ ގޮތް ކަމަށް ފާޠިމަތު އިޙްސާނާ ދެކޭގޮތް ބަޔާންކުރެވިފައިވާކަން އެނގެއެވެ. ފާޠިމަތު އިޙްސާނގެ ފަރާތުން ޓްރައިބިއުނަލްގައި ދެއްކާ ވާހަކައިގައިވެސް މިގޮތަށް ލިޔުން ޙަވާލުކުރާއިރު ސޮއިކުރުވާކަމަށާއި އެފަދަ ހޭންޑްއޯވަރ އެއް ހެދިފައި ނުވާ ކަމާ ލިޔުން ގެނައި ފަރާތުން ލިޔުން ބެހެއްޓިތަން ނޭނގިގެން ލިޔުންތައް ލޮކޭޓްކުރަން މަސައްކަތްކުރެވިފައިވާ ކަން އެނގެއެވެ. އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން ޙަވާލާދޭ މި އީމެއިލް ގައި ގެއްލިފައިވާ ލިޔެކިޔުންތަކަކީ ފާޠިމަތު އިޙްސާނާ ގެ އިހުމާލުން ގެއްލިފައިވާ ލިޔެކިޔުންތަކެއް ކަމަށް ބުނެ އެފަރާތުން އިޢުތިރާފެއވްކަމުގައި ބެލެވިދާނެކަމުގައި ނުދެކެމެވެ.
26މަނީ ޓްރާންސްފަރ އާ ގުޅިގެން ލިޔެކިޔުންތައް ޙަވާލުކުރެވޭ އިޖުރާއަތު ކުންފުނީގައި އޮންނާނީ ކިހިނެތްކަން ސާފުކުރުމަށް ޓްރައިބިއުނަލް އިން ކުރި ސުވާލުތަކާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ޖަވާބުދާރީ ވެފައިވެއެވެ. މިގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޑޮކއުމަންޓި 4.25 ގެ ގޮތުގައި "ޑޮކިއުމަންޓް ސްޓޯރޭޖް ޕްރޮސެސް" ގެ ނަމުގައި ލިޔުމެއް ހުށަހެޅިފައިވާއިރު މިލިޔުމުގައި ވާގޮތުން ކައުންޓަރަށް ލިޔުން ހުށަހެޅުމުން އޯތޮރައިޒްކުރުމަށް އަންނަނީ ސުޕަވައިޒަރުގެ ހައިޘިއްޔަތުން ފާޠިމަތު އިޙްސާނގާ އަތަށް ކަމަށާއި އެހެންނަމަވެސް ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް އެ ލިޔެކިޔުންތައް ކައުންޓަރަށް އަނބުރާ ދަނީ އުސޫލާ ޚިލާފަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މި ލިޔުމަކީ އެއްވެސް އިރެއްގައި ފާޠިމަތު އިޙްސާނާ އާ ޙިއްސާކުރެވިފައިވާ ލިޔުމެއް ނޫންކަ މަށް އެފަރާތުން ޓްރައިބިއުނަލްގައި ފާހަގަކުރެއެވެ. އަދި އެޗާޓަކީ މިޕްރޮސެސް އޮންނަ ގޮތް ސާފުކުރުމަށް ޓްރައިބިއުނަލްއިން އެންގުމުން ތައްޔާރުކޮށްފައިވާ ލިޔުމެއްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ބުނެވިދިޔަ ޗާޓުގައިވާ އުސޫލަކީ ފާޠިމަތު އިޙްސާނާއާ ޙިއްސާކުރެވި އަދި އެމައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކުގެ ތެރެއިން އެނެކްސް 4 ގޮތުގައި ހުށަހެޅި "ޑޮކިއުމެންޓް ސްޓޯރޭޖް ޕްރޮސެސް" ޢަމަލުކުރުން ލާޒިމުކުރާ ލިޔުމެއް ކަން އެނގޭ އެއްވެސް ލިޔެކިޔުމެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހުށަހަޅާފައިވާކަން އެނގެން ނެތެވެ.
27މީގެ އިތުރުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުންނާއި މައްސަލައާ ގުޅިގެން ތައްޔާރުކުރެވުނު ރިޕޯޓަށް ބެލުމުން ތަނުގައި ލިޔެކިޔުންތައް ޕްރޮސެސްކުރުމުގައި ޢަމަލީގޮތުން ކަންހނި ގާފައިވަނީ ޗާޓުގައވި ގޮތަކަށް ނޫނާ ކަން އެނގެއެވެ. މިގޮތުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އެކުލަވާލާފައިވާ ތަޙްޤީޤު ރިޕޯޓަށް ބަލާއިރު އެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ "މިމައްސަލައާ ގުޅޭގޮތުން ފާޠިމަތު އޙި ސާން ދީފައިވާ ބަޔާނުގައިވެސް އެ ލިޔެކިޔުންތައް ގެއްލިފައިވަނީ އޭނާގެ އިހުމާލުން ކަމަށް އެއްބަސްވެފައިވާ " ކަމަށެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ "އެކްސްޕްރެސް މަނީއާ ގުޅޭ ލިޔެކިޔުންތައް ހުރި ފޮށިގަނޑެއް 12 އޮކްޓބަރޯ 2017 ވަނަ ދުވަހު 3 ވަނަ ފަންގިފިލާގައި ބެހެއްޓިކަން ވަފިއްޔާ މޫސާ، ފާޠިމަތު އިޙްސާނއާ ޙިއްސާކޮށްފައިވަނިކޮށް، އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ހުރުމަށްފަހު، އެމަސައްކަތަށް ރުޖޫޢަވެފައިވަނީ ހަފްތާ ބަންދަށް ފަހު އައި އާދީއްތަ ދުވަހު 15 އޮކްޓޯބަރު 2017 ވަނަ ދުވަހުކަމަށް އޭނާ އެއްބަސްވެފައިވާތީއެވެ. ފޮށިގަނޑުން ލިޔެކިޔުން މަދުވެފައިވަނީ، އޭގައިވަނީ ރަފް ކަރުދާސްކަމަށް ހީކޮށް އިޝްފާއު އެކަރުދާސްތައް ނެގުމާ ގުޅިގެންނެވެ. އެކަން އެހެން ދިމާވާން މެދުވެރިދީ ފޮށިގަނޑު ހުރީ އެއްވެސް ވަރަކަށް ލޭބަލް ނުކޮށް ކަމަށްވާތީއެވެ. އަދި އެފޮށިގަނޑު ބެހެއްޓިފައިވަނީ އެފަދަ ލިޔެކިޔުންތައް ބަހައްޓަން ހާއްސަކުރެވިފައިވާ ތަން ނޫން ތަނެއްގައި ކަމަށްވާތީއެވެ." އެހެންކަމުން ތަނުގައި އަމަލުކުރެވޭ އުސޫލަކީ އޮތޮރައިޒް ކުރެވޭ ލިޔެކިޔުންތައް ކޮންމެވެސް ސަބަބަކާހުރެ ކައުންޓަރަށް އަނބުރާ ދިޔުންކަމާއި އަދި ފަހުން އެލިޔެކިޔުންތައް ގަނޑުކޮށް ފާޠިމަތު 17 އޭޕްރީލް 2018 ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާ ބަޔާން މަނީ ޓްރާންސްފަރގެ ޚިދުމަތްދިނުމުގައި ޢަމަލުކުރަންޖެހޭ އުޞޫލާ ޚިލާފަށް ފާޠިމަތު އިޙްސާނާ ޢަމަލުކޮށްފައިވާ މައްސަ ލައިގެ ރިޕޯޓް އިސްވެ ބުނެވިދިޔަ ހަވާލާގެ ސ 3 އިޙްސާނާ ޙަވާ ލުކުރު ން ކަން އެނގެއެވެ. އަދި މިގޮތަށް ލިޔެކިޔުންތައް ބަދަލުކުރުމުގެ (ހޭންޑްއޯވަރ) އިޖުރާއަތެއް އޮތްކަން އެނގެން ނެތެވެ.
28އެހެންކަމުން، ޤާނޫނު ލާޒިމްކުރާ އުސޫލާ އެއްގޮތަށް އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ވެސް ފާހަގަކޮށްފައިވާ ފަދައިން ޤާނޫނާއި ގަވާއިދުގެ ދަށުން ބަލަހައްޓަން ޖެހޭ ލިޔެކިޔުންތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް އިސްތިއުނާފު ކުރައްވާ ފަރާތުގައި ޤާއިމުވެފައިނުވާކަން ފާހަގަކުރެވެއެވެ. ހަރުދަނާ ނިޒާމެއް ޤާއިމުވެފައިނުވާ ތަނެއްގައި މުވައްޒަފުންގެ މެދުގައި އެރި އޮޅުމެއްގެ ތެރެއިން ލިޔެކިޔުމެއް ގެއްލިގެނދިއުމަކީ، އަދި އެކަމުގައި އެހެން މުވައްޒަފުންތަކެއގް ވެސް ދައުރެއް އޮތް ކަމެއް ބެލެވޭ މިހާލަތުގައި މިއީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެ ފަދަ ޣައިރު ސުލޫކީ މައްސަލައެއް ކަމުގައި ބަލައި ފިޔަވަޅު އެޅިދާނެ ކަމުގައި ނުދެކެމެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ފޮނުވާ މަޢުލޫމާތު ތަކުރާރުކޮށް އިސްލާހުކުރަންޖެހުން
29ފ ޠމަތު އިޙްސާނާއާ މެދު ފިޔަވަޅު އަޅަން ޖެހުނު ދެވަނަ ސަބަބެއް ކަމުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑގު ފަރާތުން ފާހަގަކޮށްފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވަން ޖެހޭ ލިޔެކިޔުންތަކަކީ ޤާނޫނަކުން ލާޒިމްކޮށްގެން ފޮނުވަންޖެހޭ ލިޔެކިޔުމެއް ކަމާއި އެހެންނަމަވެސް މިލިޔެކިޔުންތަކުގައި ކުށް ހުރުމުގެ ސަބަބުން ތަކުރާރުކޮށް އިސްލާޙުކުރަންޖެހޭ ކަމަށެވެ. އަދި، އަތޮޅުތެރެއިން ފޮނުވާ ލިޔެކިޔުންތއަ ކޮމްޕައިލްކޮށް އެލިޔުންތައް ވެސް އެމް އެމް އޭ ފޮނުވަން ޖެހެނީ ފާޠިމަތު އިޙްސާނާ ކަމަށެވެ. އެހެންނަމަވެސް، މިހެން ފޮނުވޭ ލިޔެކިޔުންތަކުގައި ޕާސްޕޯޓު މުއްދަތު ހަމަވެފައިވުން، އައިޑީ ކާޑު ނުވަތަ ވިސާ މުއްދަތު ހަމަވެފައި ހުރުމުގެ ސަބަބުން އިސްލާޙުކުރަންޖެހޭ ކަމަށެވެ.
30ޕްރިސިޑެންސް 4މިނުކުތާއާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވނަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވާ މަޢުލޫމާތުތަކުގައި މައްސަލަތައް ހުރުމާއި ރިޕޯޓްތައް އިޞްލާޙުކުރަން ޖެހިފައިވަނީ ފާޠިމަތު އިޙްސާނގާ އިހުމާލުންކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނި ނަމަވެސް، އަތޮޅުތެރެއިން ފޮނުވާ މަޢުލޫމާތުތަކުގައި ދިމާވާ މައްސަލަތަކާ ގުޅިގެން އަތޮޅުތެރޭގައި މަސައްކަތްކުރާ މުވައްޒަފުންނާ މެދު އިޞްލާޙީ ފިޔަވަޅު އަޅާފައިވާކަން އެނގެން އޮންނާތީ، އެމައްސަލަތަކަކީ އެމައްސަލައެއް ދިމާވާ އަތޮޅުތެރޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އިހުމާލުން ދިމާވެފައިވާ މައްސަލަތަކެއްކަން އެނގޭކަމާއި، ފާޠިމަތު އިޙްސާނާ އަކީ މަޢުލޫމާތު ކަށަވަރުކުރުމަށް ޢައްޔަނުކޮށްފައިވާ މުވައްޒަފުކަމުގައިވިޔަސް، އޭނާގެ އެމަސައްކަތް ތަރުތީބުކުރެވިފައިވާ ގޮތުން އަތޮޅުތެރެއިން ފޮނުވާ މަޢުލޫމާތުތައް އޭނާއަށް ކަށަވަރުކުރެވޭނެ ގޮތެއް ހަމަޖެހިފައިނުވާކަން އެނގެން އޮންނާތީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވާ "ސެޓްފިކެޓް އޮފް އެކއިރެސީ" ރިޕޯޓްތައް އިޞްލާޙުކޮށް ފޮނުވަން ޖެހުނުނަމަވެސް އެ ރިޕޯޓުތަކަކީ އެހެން ދެ މުވައްޒަފަކު ޗެކުކުރުމަށްފަހު އެ އޮތޯރިޓީއަށް ފޮނުވާ ރިޕޯޓުތަކެއްކަން އެނގެން އޮންނާތީއާއި މަޢުލޫމާތު ފޮނުވަން ހަމަޖެހިފައިވާ ފޯމެޓާ ގުޅިގެން ދިމާވާ މައްސަލަތަކަކީ ހަމައެކަނި ފާޠިމަތު އިޙްސާނާ މަސައްކަތަށް ފަރުވާ ކުޑަކުރާތީ ދިމާވާ މައްސަލަތަކެއް ނޫންކަން އެނގެން އޮންނާތީ އެކަންކަމާ ގުޅިގެން ހަމައެކަނި ފާޠިމަތު އިޙްސާނާ ޒިންމާ ނަގަންޖެހުމަކީ އެންމެ ޢަދުލުވެރި ގޮތް ކަމަށް ނުފެންނަކަމަށެވެ. ޓްރައިބިއުނަލްގެ މި ނިންމުންތައް އިސްތިއުނާފު ކުރާ ފަރާތުން ތައުނުކޮށްފައިނުވެއެވެ.
31ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކުރި ލިޔުމުގައި "ހަވާލުކުރެވިފައިވާ މަޤާމުގެ ވާޖިބުތަކާއި ޒިއްމާތައް އަދާކުރުމުގައި ތަކުރާރުކޮށް އިހްމާލުވަމުންދާތީއާއި އެކަންކަން އިސްލާހުކުރުމަށް އަންގާ އެންގުންތަކަށް ޢަމަލުނުކޮށް ގޮންޖަހާ އުސޫލަކުން ޢަމަލުކުރަމުންދާތީ، އަދި މުވައްޒަފުގެ މިއަމަލުގެ ސަބަބުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 8VTR/201/13 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ ޕެރެގްރާފް 7.3 ކަސްޓަމަރުންނަށާއި ކުންފުންޏަށް މއާދީގޮތުންނާއި މަޢުނަވީ ގޮތުން ގެއްލުންވަމުންދާތީ ކަމަށް ބަޔާންކޮށްފައިވެއެވެ.
32ފާޠިމަތު އިޙްސާނާއާ މެދު އެޅިފައިވާ އިޞްލާޙީ ފިޔަވަޅުތަކަކީ ކޮބައިތޯ ޓްރައިބިއުނަލުން ސާފުކޮށްފައިވެއެވެ. މިގޮތުން ހާޟިރީއަށް ފަރުވާ ކުޑަކުރުން، މަސައްކަތުގެ ޒިންމާ ނުނެގުން، އަންގާގޮތަށް މަސައްކަތްނުކުރުން މިކަންތައްތަކާ ގުޅިގެން 10 ޖޫން 2015 ގައި ނަސީޙަތް ދެވިފައިވާކަން ޓްރައިބިއުނަލްއަށް ހުށަހެޅުނު "މުވައްޒަފުންނަށް ދެވޭ ނަޞީޙަތާއި އިންޒާރު" ލިޔުމުން އެނގެއެވެ. އަދި ކޮންމެވެސް މައްސަލައަކާ ހުރެ ޑިމޯޓްކުރެވިފައިވާކަން ވެސް ދެފަރާތުގެ ބަހުން އެނގެއެވެ. އެހެންނަމަވެސް، ޑިމޯޓްކުރެވުނީ ކޮން ކަމަކާ ހުރެ ކަމަށް އެނގޭނެ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައިނުވެއެވެ.
33މިއިސްލާޙީ ފިޔަވަޅަށް ފަހު 15 މާރިޗު 2017 ގައި ފާޠިމަތު އިޙްސާނާ އަށް ޕްރޮމޯޝަނެއް ވސެ ދީފައިވާކަން ދެފަރާތުގެ ބަހުން އެނގެއެވެ.
34ބުނެވިދިޔަ ޕްރޮމޯޝަނަށް ފަހުން، ދެން ދިމާވި މައްސަލައަކީ ޕެރެގްރާފް 23 އިން 28 ގައި ބޔާންކޮށްފައިވަ ލިޔެކިޔުންތައް ގެއްލުމުގެ މައްސަލައާ އެމް އެމް އޭ އަށް ފޮނުވޭ ލިޔެކިޔންތައު އިސްލާޙުކުރަން ޖެހުން ކަމުގައިވާއިރު، މިދެކަންތައްވެސް ހިނގާފައިވަނީ ފާޠިމަތު އިޙްސާނާގެ ޣައިރު ސުލޫކީ ޢަމަލަކުން ކަން ޓްރައިބިއުނަލް މަރުހަލާގައި އިސްތިއުނާފު ކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވެއެވެ. އަދި ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކުރުމަށް ނިންމި ރިޕޯޓުގައި ގޮންޖެހުމުގެ ގޮތުން ފާޠިމަތު އިޙްސާނާ ކޮށްފައިވާ ކަންތައްތަކެއް ބަޔާންކޮށްފައިވީނަމަވެސް އެކަންކަމާ ގުޅިގެން ބުނެވިދިޔަ ރިޕޯޓު ފިޔަވައި އިތުރު އެއްވެސް ހެކި ޤަރީނާއެއް ހުށަހެޅިފައިނުވާއިރު ރިޕޯޓުގައިވާ ކަންތައްތަކަށް ބުރަދަން ލިބޭ ހެކި ޤަރީނާއެއް ރިޕޯޓު ގައި ފާހަގަކުރެވި ފައިނުވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 13/VTR/2018 މައްސަލައިގައި 18 ފެބްރުއަރީ 2018 ގައި އަޑުއެހުން
35ޕްރިސިޑެންސް 5މުވައްޒަފަކާއި މެދު ކުރިން އެޅިފައިވާ އިސްލާޙީ ފިޔަވަޅުތަކަކީ އެމުވައްޒަފުގެ ސުލޫކީ މައްސަލަތައް ބެލުމުގައި ރިއާޔަތްކުރެވި އެކަމަށް ބޮޑު ބުރަދަނެއް ދެވެންޖެހޭނެކަމަކެވެ. އެހެންނަމަވެސް، އެފަދަ އިސްލާޙީ ފިޔވަޅުތަކުގަ ރެކޯޑަކީ އޭނާގެ މައްޗަށް ފަހުން ކުރެވޭ ތުހުމަތެއް ސާބިތުނުވާ ހާލަތުގައިވެސް އޭނާ ވަޒީފާއިން ވަކިކުރުން ހުއްދަވާ ސަބަބެއް ނޫނެވެ.
36އެހެންކަމުން ބުނެވިދިޔަ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރާ އިރު، މިމައްސަލައިގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މއ ޟު އ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ކަމުގައި ނުދެކެމެވެ.
37މިމައްސަލައިގެ އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލގު ގޮތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބަޔާންކޮށްފައިވަނީ ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކޮށްފައިވަނީ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވާތީ ކަމަށާއި އެގޮތުން އެފަރާތުގެ ކިބައިން އެންމެ ފަހުން ފާހަގަކުރެވިފައިވާކަމަކީ، އެފަރާތުގެ އިހްމާލުން މަނީ ޓްރާންސްފަރގެ ލިޔުންތައް ގެއްލިފައިވުމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވާ މަޢުލޫމާތުތައް ތަކުރާރުކޮށް އިސްލާޙުކުރަންޖެހިފައިވުމުންކަން އެނގޭއިރު މިކަންކަމާއި ގުޅިގެން އެފަރާތާއި ސުވާލުކުރެވި އެކަމަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވިފައިވާތީ މިމައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށެވެ.
38ޕްރިސިޑެންސް 6ހުށަހެޅިފައިވާ ހެއްކާ ޤަރީނާއަށް ބަލާއިރު ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ސާބިތުނުވާކަމަށް ޓްރައިބިއުނަލް ދެކެއެވެ. އެގޮތުން، ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާއާ މެދު ތުހުމަތުކުރެވޭ ކަންތައްތައް ތަޙްޤީޤުކޮށް ރިޕޯޓެއް އެކުލަވާލައި ވަޒީފާއިން ވަކިކޮށްފައިވާކަން އެނގެންއޮތްނަމަވެސް، ފާޠިމަތު އިޙްސާނާ 26 އޮކްޓޯބަރު 2017 ގައި ދީފައިވާ ބަޔާންތަކަކީ އޭނާގެ މައްސަލައެއް ބަލަމުންދާތީ ދީފައިވާ ބަޔާންތަކެއް ނޫންކަން އެނގެން އޮންނާތީއާއި އެބަޔާންތައް ދިން އިރު ފާޠިމަތު އިޙްސާނާ ގެ މައްސަލައެއް ތަޙްޤީޤުކުރެވެމުންދާކަން އޭނާއަށް ނޭނގޭކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދެފަރާތުން ދެއްކި ވާހަކަތަކުން އެނގެން އޮންނާތީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ވަޒީފާއިން ފާޠިމަތު އިޙްސާނާ ވަކިކުރުމުގެ ކުރިން އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަންކަމާބެހޭ މަޢުލޫމާތުދީ ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތުދީފައިވާކަން އެނގެން ނެތަތީއާއި ވަޒީފާއިން ވަކިކުރި ސަބަބު އަންގާފައިނުވާތީ އިޖުރާއީ ޢަދުލުވެރިކަން އެކަށީގެންވާ މިންވަރަށް ޤާއިމުކޮށްފައިވާކަމަށް ނުދެކޭ ކަމަށެވެ.
39ޓްރައިބިއުނަލްގެ މި ފާހަގަކުރުން ޚިލާފުވާ ޤާނޫނީ އުސޫލެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑނު ފާހަގަކޮށްފައި ނުވިނަމަވެސް އެފަރާތުން ދެކެނީ ފާޠިމަތު އިޙްސާނާ މަސައްކަތު އަޚްލާޤު އެކަށީގެންނުވާކަމަށް ބުނެ އެފަރާތުގެ ކިބައިން ފެނިފައިވާ ކަންކަމަށް ޖަވާބުދާރީވުމަށް ފުރުސަތުދެވިފައިވާކަން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހުށަހެޅި ޑޮކިއުމަންޓް 5 އިން އެނގޭކަމަށާއި އެހެން ކަމުން އެފަރާތުން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ދެކޭކަމަށެވެ.
40މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މުވައްޒަފުން ޢަމަލުކުރަންޖެހޭ ޤަވާޢިދަކީ ކޮބައިކަން އަދި މުވައްޒަފުންނާ މެދު އިސްލާޙީ ފިޔަވަޅު އެޅުމުގައި ޢަމަލުކުރާ އުސޫލަކީ ކޮބައިކަން އެނގެން ނެތެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ފަރާތުން ޙަވާލާދޭ ޑޮކިއުމަންޓްއަކީ "މައްސަލައިގެ ބަޔާން" މިނަމުގައި ފާޠިމަތު އިޙްސާނާގެ ފަރާތުން ދީފައިވާ ބަޔާންތަކެވެ. މިބަޔާން ނަގާފައިވަނީ 26.10.2017 ވަނަ ދުވަހު އާމިނަތު އާތފި ކިޔާ ފަރާތަކުންނެވެ. ފާޠިމަތު އިޙްސާނާ މަނީ ޓްރާންސްފަރގެ ޚިދުމަތްދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާ މައްސަލަ" މިނަމުގައި އެކުލެވިފައިވާ ރިޕޯޓު އެކުލަވާލި ކޮމިޓީގެ މެންބަރުންގެ ތެރޭގައި އާމިނަތު އާތފި މިނަން ކިޔާ ފަރާތެއް ހިމެނިފައިނުވެ އެވެ. އެހެންކަމުން، އެފަރާތުން މިމައްސަލައިގައި ފާޠިމަތު އިޙްސާނާގެ ބަޔާނެއް ނަގާފައިވަނީ ކޮން ހައިޘިއްޔަތަކުން ކަން އެނގެން ނެތެވެ. އަދި މިބަޔާން ދިން އިރު ފާޠިމަތު އިޙްސާނާ ގެ މައްޗަށް މައްސަލައެއް ހުށަހެޅި އެފަދަ މައްސަލަ އެއް ތަޙްޤީޤުކުރެވެމުންދާކަން އެފަރާތަށް އަންގާފައިނުވާކަމަށް ފާޠިމަތު އިޙްސާނާ ބުނާ ބުނުމަކަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އިންކާރެއް ނުކުރެއެވެ. އަދި މިމައްސަލަ ބެލުމަށް 5 މެންބަރުންގެ ކޮމިޓީއަށް އެކުލަވާލެވިފައިވާއިރު، ފާޠިމަތު އިޙްސާނާ މިކޮމިޓީއަށް ޙާޟިރުކުރެވި އެފަރާތުގެ ބަހެއް ހޯދާފައިވާކަން އެނގެން ނެތެވެ.
41އަދި ބުނެވިދިޔަ މައިގަނޑު 2 މައްސަލައިގެ އިތުރަށް އެހެނިހެން ސުލޫކީ މައްސަލަތައް ވެސް ފާޠިމަތު އިޙްސާނާގެ ކިބައިގައި ހުރިކަމަށް ކޮމިޓީއަށް ފާހަގަވެފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން، އިސްކޮށްތިބޭ މުވައްޒަފުންނާ ވާހަކަދެއްކުމުގައި ބޭނުންކުރާ ބަސްމަގުގެ ސަބަބުން ކަންކަން ރަނގަޅުކުރުމުގައި ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ގޮތުގައި ހިފަހައްޓާ، އެހެން މީހުންނަށް ހަޖޫ ޖަހާ ގޮންޖަހާ މޭރުމަކުން ވާހަކަ ދައްކާ ނެގެޓިވް އެޓިޓިއުޑް ފެތުރުމަށް މަސައްކަތްކުރާކަމަށާއި އެހެން މުވައްޒަފުންނަށްވުރެ ބާރަށް ވާހަކަދައްކާ ހހީދުމާއި، ކުރިން ދިން ޑިމޯޝަންގެ ވާހަކަ ކަމާ ނުބެހޭ މުވައްޒަފުންނާ ދެއްކުމާ، ވަޒީފާ ބަޔާން ހޯދަން އެދުމުން ކުންފުނިން ދިން ޖަވާބާ ގުޅިގެންވެސް ހިތްހަމަނުޖެހިގެން ޒުވާބުކުރާ މޭރުމަކުން ވާހަކަދައްކާފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. މިއިން އެއްވެސް ކަމަކާ ގުޅޭ ގޮތުން ފާޠިމަތު އިޙްސާނާގެ ބަހެއް ހޯދާފައިވާ ކަން އެނގެން ނެތެވެ.
42އެހެންކަމުން، ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކުރުމަށް ނިންމި ކޮމިޓީން އެފަރާތުގެ ބަހެއް ހޯދާފައިވާކނަ އެނގެން ނެތުމާއި އެއްވެސް އިރެއްގައި ފާޠިމަތު އިޙްސާނާ ގެ ބަހެއް ހޯދާފައިނުވާ ކަންތައްތަކަށް އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި ރިޢާޔަތްކޮށްފައިވާކަން އެނގެން އޮންނާތީ މިމައްސަލައިގައި ފާޠިމަތު އިޙްސާނާ ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި އިޖުރާއީ ޢަދުލުވެރިކަން އެކަށީގެންވާ މިންވަރަށް ޤާއިމުނުވާކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުލްއިން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ކަމުގައި ނުދެކެމެވެ.
43އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފާހަގަކޮށްފައިވަނީ ހައިކޯޓުގެ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ވ އިސްމާޢީލް މަސްޢޫދު ޤަޟިއްޔާއަށް ރިޢާޔަތްކޮށް ޓްރައިބިއުނަލުން ނިންމާފައިވާ މައްސަލަތަކުގައި، މީގެ ތެރޭގައި އެ ޓްރައިބިއުނަލްގެ 36/VTR/2017 ސޭލްސް އެންޑް މާރކެޓިންގައި 04 އަހަރު ވެފައިވާ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި -/5200 (ފަސްހާސް ދުއިސައްތަ ރުފިޔާ ) ލިބޭއިރު ޓްރައިބިއުނަލުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 04 މަސްދުވަހުގެ މުސާރަ ނަގައިދީފައިވާއިރު، އެ ޓްރައިބިއު ނލްގެ ނަންބަރ 227/VTR/2016 މައްސަލައިގައި ސޭލްސް އެންޑް މާރކެޓިންގް އޮފިސަރުގެ މަޤާމުގައި ހުރި މުވައްޒަފަކަށް -/18000 (އަށާރަހާސް ރުފިޔާ) ގެ މުސާރައެއް ލިބި 06 އަހަރު ދުވަސް ވަޒީފާގައި ވެފައިވީއިރުވެސް ބަދަލެއްގެ ގޮތުގައި ނަގައިދިނީ 02 މަސްދުވަހުގެ މުސާރަކަމަށާއި އެއްވެސް މައްސަލައެއް ނިންމުމުގައި މައްސަލަ ނިމުމަށް ހޭދަވި މުއްދަތު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ނިންމާފައިނުވާކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ވަޒީފާދޭ ފަރާތަށް އަދަބެއް ދިނުމުގެ ގޮތުން ކަމަށް ދެކޭކަމަށެވެ.
44ޕްރިސިޑެންސް 7ބޭއިންސާފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ބދަލަ ދިނުމާ ގުޅޭގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ބަދަލުގެ މިންވަރު ކަނޑައަޅާނެ އާއްމު ހަމަތަކެއް ދިވެހިރާއްޖޭގެ ވ ޒފާއަށް އަނބުރާ ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުން އަމުރުކުރާއިރު އެ މުވައްޒަފަކަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި ޢިނާޔަތްތައް އެ ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ގޮތެއް ދޭން އަމުރުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް، މުޅި މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރަ އާއި ޢިނާޔަތްތައް އެކުގައި ނަގައި ދިނުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުން އެ މުވައްޒަފަކު އެ މުއްދަތުގެ ތެރޭގައި ވަޒީފާގައި ހުރިނަމަ ލިބޭނޭ މުސާރަ އާއި ޢިނާޔަތްތަކުގެ ތެރެއިން ނަގައިދޭނެ މިންވަރެއް ކަނޑައަޅާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުންނެވެ. މީގެ އިތުރަށް އެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ލިބޭ ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތަކީ ކޮންޓްރެކްޓާ ޚިލާފުވީ ފަރާތް ނޫން އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަން ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 24 ވަނަ މާއްދާ އިން ސާފުކޮށް އެނގެން އޮތުމުން، ވަޒީފާ އަލުން އަނބުރާ ދިނުމަށް ކޯޓުން އަމުރު ކުރާއިރު، ވަޒީފާ އަލުން ދިނުމާދެމެދު ހިނގާފައިވާ މުއްދަތަށް މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކުރުމުގައި އެ މުވައްޒަފަކަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭ ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވެއެވެ. އަދި އެކޯޓުގެ ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް ޤަޟިއްޔާގައި ދިވހިރާއްޖޭގައެ ވަޒީފާއާބެހޭ ޤާނޫނުގައި ނުވަތަ އެނޫން ޤާނޫނެއްގައިވެސް ބަދަލުގެ މިންވަރު މަޙުދޫދު ކުރެވިފައި ނުވާތީވެ، މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭ ހިނދު، ނަގައިދެވޭ ބަދަލު، މަޙުދޫދު ކުރެވިފައި ނުވާކަމަށް ބަލަން ޖެހޭކަމަށް ކަނޑައެޅުމުގެ އިތުރުން ބަދަލުގެ މިންވަރު ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި ޝަރުޢީ ކޯޓުތަކުން ކަނޑައެޅުމުގައި ހުށަހެޅޭ ކޮންމެ މައްސަލައެއްގައި އެ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ރިޢާޔަތް ކުރެވިދާނެ ކަންތައްތައް ބަޔާންކުރެވިފައިވެއެވެ. އޭގެ ތެރޭގައި މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް، ވަޒީފާގައި ހޭދަކުރި މުއްދަތު، މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތް، ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެތޯ އާއި ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެ ވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންތޯ، ގެއްލުމުގެ މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ އާއި ބަދަލު ދިނުމުގެ ސަބަބުން ނުޙައްގު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭތޯ ބެލުން ހިމެނެއެވެ.
45އެހެންކަމުން، ބޭއިންސާފުން ވަޒީފާއިން ވަކިކުރާ މައްސަލައިގެ ގެއްލުމުގެ ބަދަލު ކަނޑައެޅެނީ ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ބަލައި ކަމުގައިވާއިރު މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފާހަގަކުރާ ފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ އެހެން މައްސަލަތަކުގައި ނަގައިދީފައިވާ ބަދަލުގެ މިންވަރާ އަޅާކިޔުމަށްވުރެ މިމައްސަލައިގައި ބަލަންޖެހެނީ މިމައްސަލައިގެ ވަޤާއިޢުތަކަށް ބަލައި ނަގައިދީފައިވާ ބަދަލަކީ ނުޙައްޤު ގެއްލުމުގެ ބަދަލެއްތޯއެވެ. އެގޮތުން، ޓްރައިބިއުނަލް އިން ގެއްލުމުގެ ބަދަލު ދިނުމުގައި ގޮތް ގޮތަށް އެފަދަ އަމުރެއް ކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމުގައެވެ. ޚާއްސަކޮށް އެ މީހަކު އެހެން ވަޒީފާއެއް އަދާކޮށް ނުވަތަ އެނޫންވެސް ގޮތަކަށް އާމްދަނީ ހޯދަމުން ގެންގޮސްފައިވާނަމަ ނަގައިދޭނެ މުސާރައާއި ޢިނާޔަތްތަކުގެ މިންވަރު ކަނޑައެޅުމުގައި އެކަންކަމަށް ރިޢާޔަތްކުރަންވާނެ ކަމުގައެވެ. އަދި ނަގައިދޭނޭ މިންވަރެއް ކަނޑައެޅުމުގައި އާއްމުކޮށް ދިވެހިރާއްޖޭގައި އެހެން ވަޒީފާއެއް ހޯދުމަށް ހޭދަވާނެ ކަމަށް ޤަބޫލުކުރެވޭ މުއްދަތަށް ވެސް ރިޢާޔަތް ކުރަންވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ނަންބަރު A/27-SC/2019 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ އަދި 22 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ (ށ) ގެ 1
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) އަދި (ރ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާ
- ހައިކޯޓުގެ 2015/HC-A/345 (ލިލީ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް ވ މުމައްހަދު ޢަބްދުﷲ)
- ހައިކޯޓުގެ 2013/HC-A/142 (ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ވ އިސްމާޢީލް މަސްޢޫދު)
- ހައިކޯޓުގެ 2013/HC-A/100 (އާމިނަތު ޝަދީދާ ވ މިނިސްޓްރީ އޮފް ހެލްތް)
- ހައިކޯޓުގެ 2012/HC-A/40 (ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ވ މުޙައްމަދު މާޖިދު އަޙްމަދު)
- ހައިކޯޓުގެ 2011/HC-A/134 (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ވ އަޙްމަދު މުޙައްމަދު)
- ސުޕްރީމް ކޯޓުގެ 2019/SC-A/22 (ޙުސައިން ނަޛީފު ވ ސިވިލް ސަރވިސް ކޮމިޝަން)
- ސުޕްރީމް ކޯޓުގެ 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން)
- ސުޕްރީމް ކޯޓުގެ 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ ޖާބިރު ޢަބްދުއްރަޙްމާން)
- ސުޕްރީމް ކޯޓުގެ 2019/SC-A/27 (ޢަލީ ވަޙީދު ވ މިނިސްޓްރީ އޮފް ޑިފެންސް)
- ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ އަސްފާޤު ވަޙީދު (ނަންބަރު ލިޔެވިފައި ނެތް)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް