ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-B12/68
މުޙައްމަދު ނަބީލް ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2021/HC-B12/68
Mohamed Nabeel v. Prosecutor General 2021/HC-B12/68 (2021/HC-B12/68, High Court of the Maldives, 25 October 2021)
މުޙައްމަދު ނަބީލް ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ތުހުމަތު ކުރިކަމަށް ބެލެވޭނެ މިންވަރުގެ ހެކި ހުރުމާއި ހައްޔަރު ބަންދު ރެކޯޑް އޮތުމުން، މުޖުތަމަޢުގެ ސަލާމަތަށްޓަކައި 7 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރިއެވެ.
މާލޭގައި ބަޔަކު އެއްވެ ހަމަނުޖެހުން ހިންގަމުން ދިޔަ ރެއެއްގައި، ފުލުހުން އަޅާފައިވާ ލައިން ހުރަސްކޮށް ވަދެ ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ގަވާއިދުގެ 13 (ނ) ގެ ކަންކަން އޭނާއަށް ތަޠުބީޤު ނުވާކަމަށާއި، ދިފާޢީ ހެކިތަކަށް (ވީޑިއޯ، ޝަފަހީ ހެކިން) ރިޢާޔަތް ނުކުރިކަމަށާއި، 38 (ރ) ގެ ޙާލަތެއް ނެތި ހުއްޓުވައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ އިޖުރާއަތު ފުރިހަމަ ނުކުރުމުން ހައްޔަރުގެ ޞައްޙަކަން ގެއްލުނުކަމަށެވެ.
މައިގަނޑު ސުވާލު
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި މުޖުތަމަޢުގެ ސަލާމަތަށްޓަކައި 7 ދުވަހަށް ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ގަވާއިދު 2021-SC-REG-01 ގެ 13 (ނ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާ ޚިލާފުތޯ، އަދި ހުއްޓުވުމާއި ހައްޔަރުކުރުމުގައި 38 (ރ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ އިޖުރާއަތު ފުރިހަމަނުކުރުމުން ހައްޔަރުގެ ޞައްޙަކަން ގެއްލުނުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ޤާއިމް
ކުށުގެ ރެކޯޑް ހުށަހަޅާފައިވާކަމާއި، އަމުރު ނިންމީ ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކޮށްކަމާއި، ފުލުހުން ކުރީ ހުއްޓުވައި ހައްޔަރުކޮށް ބަންދުކުރުން ކަމުން "ހުއްޓުވުމުގެ" އިޖުރާއަތުގައި ގޯހެއް ނެތްކަމަށް ހައިކޯޓުން ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ގަވާއިދު 2021-SC-REG-01 ގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމުގައި ހައްޔަރާއި ކުށުގެ ރެކޯޑާއި، މުޖުތަމަޢުގައި އަދާކުރާ ދައުރާއި ވަޒީފާއާއި ދިރިއުޅުމާއި، ކުށުގައި ބައިވެރިވި ގޮތާއި، ކުށުގެ ބާވަތާއި ޙާލަތާއި ބޮޑުމިނާއި، އަނިޔާވެރިކަމާއި، ޖަމާޢަތެއްގެ ގޮތުގައި ކުރުމަށް ރިޢާޔަތްކުރަންވާނެއެވެ؛ މިކަންކަމަށް ރިޢާޔަތްކުރަނީ ދޫކޮށްލައިފިނަމަ އިތުރު ކުށަކަށް އަރައިގަތުމާއި ކުށް ތަކުރާރުވުމުގެ ފުރުޞަތު، މުޖުތަމަޢުގެ މަޞްލަޙަތަށް ކުރާނެ އަސަރާއި ބަންދުން ފަރުދީ މަޞްލަޙަތަށް ކުރާނެ އަސަރާ ބެލެންސްކޮށް ނުރައްކާ ދެނެގަތުމަށެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9).
- ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދޭ ފޯމާއެކު ކުށުގެ ރެކޯޑް ހުށަހަޅައި، އަމުރުގައި ހައްޔަރު ބަންދު ރެކޯޑް އޮތުން ބަންދުގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވާނަމަ، އެ އަމުރަކީ ގަވާއިދުގެ 13 (ނ) އާ ޚިލާފު އަމުރެއް ނޫނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11).
- ބަންދުގެ މުއްދަތު މަޖިލީހަށް ހުށަހެޅޭ ހެއްކަކީ ޤާނޫނުގައިވާ މިންވަރަށް ހެކި ހުރިތޯ ފަނޑިޔާރު ކަށަވަރުކުރުމުގެ ވަޞީލަތެކެވެ؛ މުއްދަތު މަޖިލީހުގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ހުރި ހެކިތަކަކީ ކޮބައިކަން އިޖުމާލީ ގޮތެއްގައި ބަޔާންކޮށްދިނުން ފުދޭނެ ކަމަށާއި، ހެކިތަކުގެ ތަފްޞީލު ދޭކަށް ނުޖެހޭނެއެވެ؛ ނަމަވެސް ފަނޑިޔާރު ރިޢާޔަތްކުރުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާއިން ހުށަހަޅާ ކޮންމެ ކަމެއް މުއްދަތު މަޖިލީހުގައި ބަޔާންކޮށް މުއްތަހަމުގެ ސަމާލުކަމަށް ގެންނަންވާނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12).
- ބަންދާމެދު ގޮތެއް ނިންމާއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އާއި 60 ވަނަ މާއްދާއާއި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢާޔަތްކޮށް، މުއްދަތު މަޖިލީހަށް ހުށަހެޅުނު ހެކިތަކަށް ބަލައި ނިންމާފައިވާނަމަ، ދިފާޢަށް ރިޢާޔަތް ނުކުރިކަމަށް ބުނާ ބުނުމުގެ މައްޗަށް އަމުރު ބާޠިލު ނުވެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-14).
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި "ހުއްޓުވުން"، "ހައްޔަރުކުރުން"، "ހައްޔަރަށް ނުވާގޮތަށް ބެލުމުގެ ދަށަށް ގެނައުން" އަދި "ބަންދުކުރުން" އަކީ ވަކި މާނައެއްގައި ބޭނުންކޮށްފައިވާ ބަސްތަކެއް ކަމުން ބަލަންޖެހޭނީ ޤާނޫނުން އެ ބަސްތަކަށް ދީފައިވާ މާނައެވެ؛ ޤާނޫނުގައިވާ "ހުއްޓުވުން" އަކީ ހައްޔަރަށް، ބަންދަށް ނުވަތަ ބެލުމުގެ ދަށަށް ގެނައުމަށް ނުވާގޮތަށް ސުވާލުކުރުމަށް ނުވަތަ ބަލައިފާސްކުރުމަށް ހުއްޓުވާ ހުއްޓުވުން ކަމުން، އެފަދަ ހުއްޓުވުމެއްގައި ޤާނޫނީ އިންޒާރާއި ވަކީލެއްގެ އެހީ ދިނުން ލާޒިމެއް ނޫނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16).
- ފުލުހުން އަޅާފައިވާ ލައިން ހުރަސްކޮށް ފުލުހުންގެ ދައުރަށް ހުރަސްއަޅާ މީހަކު ފުލުހުންނަށް ފުރަތަމަ ހިފެހެއްޓިދާނެއެވެ؛ އެއަށްފަހު ހައްޔަރަށް ނުވާގޮތަށް ބެލުމުގެ ދަށަށް ގެނެވިދާނެ ނުވަތަ ހައްޔަރުކޮށް ބަންދުކުރެވިދާނެއެވެ؛ އެ ގޮތަށް ހުއްޓުވައި ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުގައި އިޖުރާއީ ގޯހެއް ނެތެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18).
ތާއީދު ކުރެއެވެ.
1މިއީ، ށ.ފީވައް، ޒޭވަރު / މުޙައްމަދު ނަބީލް (ދރއ. ގެ މައްޗަށް ތުހުމަތުކުރެވިފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ މައްސަލައާ ގުޅިގެން، މުޙައްމަދު ނަބީލެ 07 (ހަތެއް) ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 1995J/MA/2021/-145 ކޯޓު އަމުރު، އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދ ޤާނޫނީ އުޞޫލުތަކާ ޚިލާފށަ ކަމަށްބުނެ، އެއަމުރ އިސްތިއުނާފު ކުރުމަށް މުޙައްމަދު ނަބީލގެ ފ ރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެ ވެ. މިޤަޟިއްޔާގައ އިސްތިއުނާފ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
22021 ސެޕްޓެނބަރް 22 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ބަޔަކު މީހުން މާލޭގެ އެކި ޞަރަޙައްދުތަކަށް އާންމު ޓްރެފިކަށް ދަތިވާގޮތަށް އެއްވެ އަޑުގަދަކޮށް ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރުމުން އެސަރަޙައްދުތަކުގެ އާންމު މަޞްލަޙަތު ބެލެހެއްޓުމަށް ޙަރަކާތްރެވި ފުލުހުން ދިލްބަހާރުމަގާއި މަޖީދީމަގާއި ގުޅުނު ކަންމަތީގައި ފުލުހުން އަޅާފައި އޮތް ލައިން ހުރަސްކޮށްވަދެ ފުލުހުން ދައުރު އަދާކުރުމަށް ހުރަސް އެޅިކަމަ ށ ތުހުމަތުކުރެވޭ މައްސަލައގި އ މުޖުތަމަޢުގެ ޞަލާމަތާއި ރައްކާތެރިކަމަށްޓަކައި 22 ސެޕްޓެމްބަރު 2021 ގެ 22:32 ގައި މުޙައްމަދު ނަބީލް ހައްޔަރުކުރިއެވެ. ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ނަންބަރު ފޯމު
3އެމައްސަލައިގައި މުޙައްމަދު ނަބީލްގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވަނީ، މިމައްސަލައިގައި މުޙައްމަދު ނަބީލްގެ މައްޗަށް އެކަށީގެންވާ ތުހުމަތެއް އޮތްކަމަށް ފެންނާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދއާއާ 60 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން މުޖުތަމައުގެ ސަލަމާތާއި ރައްކާތެރިކަމަށްޓަކައި 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިދިނުމަށެވެ.
4ފުލުހުންގެ ފަރާތުން މުޙައްމަދު ނަބީލްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ނިންމާފައިވަނީ، ފުލުހުންގެ ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ތުހުމަތު ކުރެވޭ ކުށްކުރިކަމަށް ބެލެވޭނެ ކޮންމެވެސް މިންވަރެއްގެ ހެކި ޤަރީނާ ހުށަހަޅާފައިވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގެ (ބ) ގެ ދަށުން މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އަދި މުޙައްމަދުގެ ނަބީލްގެ ހައްޔަރު ބަންދު ރެކޯޑް އޮތުމުން، މުޙައްމަދު ނަބީލް 23 ސެޕްޓެންބަރު 2021 ގެ 16:45 އިން ފެށިގެން 30 ސެޕްޓެންބަރު 2021 ގެ 16:44 އަށް 7 (ހަތެއް) ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށެވެ . ކްރިމިނަލް ކޯޓުގެ މިއަމުރުގެ އިތުރު ބަޔާނުގައި ތިރީގައިވާ ސަބަބުތައް އިތުރަށް ފާހަގަކޮށްފައިވެއެވެ. "3.1- ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށްކަމަށް ކަނޑައަޅާފައި.
3.2- މީނާއަށް ޤާނޫނީ އިންޒާރު ދީފައި ނުވާކަމަށް މީނާގެ ފަރާތުން ބުނެފައިވޭ. ފުލުހުން ބުނެފައިވަނީ އންޒާރި ދީފައިވާކަމަށް. ފުލުހުންގެ ފަރާތުން އެކަން އެނގޭ ހެއްކެއްގެ ގޮތުގައި ފުލުހެއްގެ ބަޔާން ހުށަހަޅާފައިވޭ.
3.3- މީނާ ހައްޔަރުކޮށްފައިވަނީ ކުށުގެ ވެއްޓަކުން ނޫންކަމަށް މީނާގެ ފަރާތުންބުނެފައިވޭ. ފުލުހުން ބުނެފައިވނަ މީނާ ހައްޔަރުކޮށްފައިވަނީ މީނާ ފުލުހުންގެ ސަފު ފަޅާލައި ވަނުމުން އޭގެ ފަހުން އެސަބަބށްޓަކައިކަމަށް. ކްރިމިނަލް ކޯޓުގެ ނަންބަރު MF/190775 ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމު ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2021/1995-145 (23 ސެޕްޓެމްބަރ 2021) ކޯޓު އަމުރު
3.4- މީނާގެ ފަރާ ތުން އީމެއިލްއެއް މެދުވެރިކޮށް މީނާ ހައްޔަރުކުރި މަންޒަރު ފެންނަ ކްލިޕެއް ފޮނުވާފައިވާކަމަށްބުނެފައިވޭ. މުއްދަތު ސެކްޝަންގެ މުވައްޒަފުންގެ ފަރާތުން އެކަން ސާފުކުރުމުން އެފަދަ އީމެއިލް އެއް ލިބިފައި ނުވާކަމަށް ބުނެފައިވޭ."
5ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2021/1995-145 ކޯޓު އަމުރުގައި މުޙައްމަދު ނަބީލް 07 (ހަތެއް) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވީނަމަވެސް، މުޙައްމަދު ނަބީލް ބަންދުގައި ބަހައްޓާފައިވަނީ 5 (ފަހެއް) ދުވަހުގެ މުއްދަތަށްކަމަށް މުޙައްމަދު ނަބީލް މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. މުޙައްމަދު ނަބީލްގެ ފަރާތުން އިޝާރާތްކުރެވުނު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެއަމުރުގެ ފާއިލިއްޔަތު ދިޔަފަހުންކަން އެނގެއެވެ. އިސްތިއުނާފީ ނުކުތާތައް:
6ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2021/1995-145 ކޯޓު އަމުރޯ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެއަމުރު އިސްތިއުނާފުކުރުމަށް މުޙައްމަދު ނަބީލްގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
6.1- ގަވާއިދު ނަންބަރު 10-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ) ގައި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލުމުގައި ފަނޑިޔާރު ރިޢާޔަތްކުރަން ކަނޑައަޅާފައިވާ ކަންކަން އިސްތިއުނާފުކުރެވޭ ފަރާތުގެ ދެކޮޅަށް ތަތުބީޤު ކުރެވެން ނެތްހިނދު، މުޖުތަމަޢުގެ ޞަލާމަތާ ރައްކާތެރިކަމަށްޓަކައި ބަންދުގައި ބަހައްޓަން ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކޮށްފައިވަނީ 06 އޮކްޓބަރޯ 2021 ގައި.
6.2- ދިފާޢުން ދެއްކި އެއްވެސް ވާހަކައަކަށް، ދިފާޢުން ހުށަހެޅި އެއްވެސް ހެއްކަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމެއްނެތި އަދި ކުރެވުނު ތުހުމަތު ބަޔާންކޮށްދެވޭފަދަ ހެކި ދައުލަތުން ހުށަހަޅާފައި ނެތްހިނދު، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 59 ވަނަ މާއްދާއާ ޚިލާފަށް ބަންދުގައި ބަހައްޓަން ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
6.3- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގ 38 ވަނަ މާއްދާގެ (ރ) ގައި ބުނާ ޙާލަތްތަކުގެ ތެރެއިން އެއްވެސް ޙާލަތެއް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ވުޖޫދުވާން ނެތްހިނދު، ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ އާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތް ހުއްޓުވާ ހައްޔަރުކޮށްފައިވުމާއި އަދި ހައްޔަ ރަކަށް ނުވާގޮތަށް 2 މިނެޓަށް ހުއްޓުވިކަން އެނގެން އޮތްނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 50 ވަނަ މާއްދާގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން އެނގެން ނެތުމުން ހައްޔަރުގެ ޞައްޙަކަން ގެއްލިފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
7އިސްތިއުނާފީ މިމައްސަލައިގައި މުޙައްމަދު ނަބީލްގެ ފަރާތުން އެދިފައިވަނީ މުޙައްމަދު ނަބީލް ހުއްޓުވާ ހައްޔަރުކޮށްފައިވަނީ އަދި ބަންދުކުރަން ފަނޑިޔާރު ނިންމަވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، ކްރިމިނަލް ކޯޓުގެ ނަންބަރު 5J/MA/2021/199-145 ކޯޓު އަމުރު ބާޠިލް ކޮށްދެއްވުމަށެވެ. ފާހަގަކުރެވޭ ކަންތައްތައް:
8މިމައްސަލައާއި ގުޅިގެން، އިސްތިއުނާފުކުރާ މުޙައްމަދު ނަބީލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގއަ ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
9ޕްރިސިޑެންސް 1ގަވާއިދު ނަންބަރު 01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ) ގައި މުޖުތަމަޢުގެ ސަލަމާތަށް ނުރައްކަލެއް އޮތްތޯ ބެލުމުގައި ތުހުމަތުކުރެވޭ މީހާގެ ހައްޔަރު ރެކޯޑުތަކާއި، ކުށުގެ ރެކޯޑާއި، ތުހުމަތު ކުރެވޭމީހާ މުޖުތަމަޢުގައި އަދާކުރާ ދައުރާއި އޭނާގެ ވަޒީފާއާއި، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ނެތް ގޮތާއި، ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތާއި، ކުށުގެ ބާވަތާއި، ކުށް ކޮށްފައިވާ ޙާލަތާއި، ކުށުގެ ބޮޑުމިނާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމާއި، ކުށުގެ ތހުމަތުގައިވު މީހާގެ ކިބައިން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަން އެނގޭނެ އެހެނިހެން ސަބަބުތަކާއި، ކުށުގެ ޢަމަލު ހިންގާފައިވަނީ ޖަމާޢަތް ހަދައިގެން ކަމުގައިވުމާއި، މސަބަބުތަކަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މީހަކު ބަންދުގައި ބެހެއްޓުމުގައި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމުގައި ބުނެވިދިޔަ ފަދައިން އެމީހެއްގެ ދިރިއުޅުމާއި މުޖުތަމަޢުގެ އަދާކުރާ ދައުރަށާއި ކުށުގެ ރެކޯޑަށް ރިޢާޔަތްކުރާނީ މިކަންކަން ހުރި ނެތް ގޮތުން، އެމީހަކު ދޫކޮށްލައިފިނަމަ އިތުރު ކުށަކަށް އަރައިގަތުމުގެ ފުރުޞަތު އޮތް މިންވަރާއި ތުހުމަތކު ރެވޭ ކުށް ތަކުރާރުވުމުގެ ފުރުޞަތު އޮތް މިންވަރާއި އަދި މިނޫންވެސް މުޖުތަމަޢުގެ މަޞްލަޙަތާއި ގުޅިފައި ހުރި ކަންތައްތަކަށް ކޮށްފާނެ ނޭދެވޭ އަސަރާއި އަދި އެމީހަކު ބަންދުގައި ބެހެއްޓުމުން އެމީހެއްގެ ފަރުދީ މަޞްލަޙަތަށް ކޮށްފާނެ ނޭދެވޭ އަސަރު އަޅައިކިޔާ ބެލެންސްކޮށް އެމީހަކު ދޫކޮށްލައިފިނަމަ މުޖުތަމަޢުއަށް އޮތް ނުރައްކާ ދެނެގަތުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.
10މުޙައްމަދު ނަބީލްގެ ފަރާތުން ބުނެފައިވަނީ މުޖުތަމަޢުގެ ސަލަމާތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާއިރު ރިޢާޔަތްކުރަންޖެހޭ ކަންކަން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ސާފުކޮށް ބަޔާންކޮށްފައިވީނަމަވެސް އެކަންކަން މުޙައްމަދު ނަބީލްގެ މައްޗަށް ތަޠްބީޤްކުރެވެން ނެތްކަމަށެވެ. އަދި އެމާއްދާގައި ބަޔާންކުރާ އެއް ވެސް ކަމެއް ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މަޖިލީހުގައި ފުލުހުންނަށް ބަޔާންކޮށްދެވިފައިވެސް ނެތްކަމަށެވެ. މީގެ އިތުރުން ފުލުހުންގެ ފަރާތުން މުޙައްމަދު ނަބީލްގެ ކުށުގެ ރެކޯޑް އޮތްކަމަށް ބުނިނަމަވެސް އެފަދަ އެއްވެސް ރެކޯޑެއް ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން ކޯޓަށް ހުށަހެޅި ފޯމާއި އޭޓޭޗްކުރެވފައި ނުވާއިރު، އެފަދި ވާހަކައެއްވެސް މުއްދަތުގެ މަޖިލީހުގައި ފުލުހުންގެ ފަރާތުން ބުނެދީފައިނުވާކަމަށެވެ.
11ޕްރިސިޑެންސް 2އިސްތިއުނާފުކުރާ ފަރާތުން މިދެއްކި ވާހަކަތަކަށް ބަލާއިރު، ފުލުހުންގެ ފަރާތުން މުޙައްމަދު ނަބީލްގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ފޯމުގައި މުޙައްމަދު ނަބީލްގެ ކުށުގެ ރިކޯޑް އެޓޭޗް ކުރެވިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2021/1995-45 ކޯޓު އަމުރުން މުޙައްމަދު ނަބީލް 7 (ހަތެއް) ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަންޖެހޭ ޙާލަތެއް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ މުޙައްމަދު ނަބީލްގެ ހައްޔަރު ބަންދު ރެކޯޑު އޮތުމުނކަން އެއަމުރަށް ބެލުމުން އެނގެއެވެ. މިއިން އެނގެނީ މުޙައްމަދު ނަބީލްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުންގެ ފަރާތުން ހުށަހެޅި ފޯމާއި އެކު އޭނާގެ ކުށުގެ ރެކޯޑްވެސް ހުށަހަޅާފައިވާކަމެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުން މުޙައްމަދު ނަބީލްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވަނީ . ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އިބްރާހީމް ޢަބްދުއްރަޙީމް 12/04B-HC/2021 ކްރިމިނަލް ކޯޓުގެ ނަންބަރު MF/190775 ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމު ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބެލެވެން ނެތެވެ.
12ޕްރިސިޑެންސް 3ބަންދުގެ މުއްދަތު މަޖިލީހަށް ހުށަހެޅޭ ހެއްކާ ޤަރީނާއަކީ ހައްޔަރުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ބަންދުގެ މުއްދަތު އިތުރުކުރުމާބެހޭ ގޮތުން ހަދާފައިވާ އިޖުރާއީ ޤާނޫނުތަކުގައި ބަޔާންކުރާ މިންވަރަށް ހެކި ހުރިކަން ނުވަތަ ނޫންކަން ފަނޑިޔާރު ކަށަވަރުކުރުމުގެ ވަޞީލަތެއްގެ ގޮތުން ހުށަހެޅޭ އެއްޗެއްކަމާއި، ބަންދުގެ މުއްދަތު މަޖިލީހެއްގައި ހަމައެކަނި ތުހުމަތުގައިވާ މީހެއްގެ މައްޗަށް ހުރި ހެކިތަކަކީ ކޮބައިކަން އިޖުމާލީ ގޮތެއްގައި ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ބަޔާންކޮށް ދިނުމުން ފުދޭނެކަމާއި، އެހެކިތަކުގެ ތަފްޞީލު ކުށުގެ ތުހުމަތުގައިވާ މީހަކަށް ދޭކަށް ނުޖެހޭނެކަމާއި، އެއްވެސް ހެއްކަކަށް ނުވަތަ ޤަރީނާއަކަށް ނުވަތަ ސަބަބަކަށް ދަށު ކޯޓުގެ ފަނޑިޔާރު ރިޢާޔަތް ކުރުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާއިން ހުށަހަޅާނަމަ އެކަމެއް ބަންދުގެ މުއްދަތުގެ މަޖިލީހުގައި ބަޔާންކޮށް އެކަން މުއްތަހަމުގެ ސަމާލުކަމަށް ގެންނަންވާނެއެވެ.
13ޕްރިސިޑެންސް 4މުޙައްމަދު ނަބީލްގެ ފަރާތުން ދެއްކި އެއްވެސް ވާހަކައަކަށް، ހުށަހެޅި އެއްވެސް ހެއްކަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް މުޙައްމަދު ނަބީލްގެ ފަރާތުން ބުނެއެވެ. މުޙައްމަދު ނަބީލްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި ގުޅިގެން މުޅި ތުހުމަތު ނަފީވާފަދަ ވީޑިއޯ އެވިޑެންސާއި ޝަފަހީ ހަތަރު ހެކިންގެ މަޢުލޫމާތު މުޙައްމަދު ނަބީލްގެ ފަރާތުން ކްރިމިނަލް ކޯޓާއި ޙިއްޞާ ކޮށްފައިވީނަމަވެސް އެއިން އެއްވެސް ކަމަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވާ ބުނުމަށް ބަލާއިރު، މުޙައްމަދު ނަބީލްއާ ދެކޮޅަށް ހުރި ހެކިތަކަކީ ކޮބައިކަން ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މަފްތޫހް ސަޢީދު ވ ޕްރޮސިކިއުޓަރ ޖެނެރަލް A/50-SC/2021 67 SC (2021) ބަންދާމެދު ގޮތެއްނިންމުމަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން އެދުވަހު ސީނުގައި ހަރަކާތްތެރިވި ފުލުހެއްގެ ބަޔާން ހުށަހަޅާފައިވާކަމަށް ލިޔެފައިވާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2021/1995-145 ކޯޓު އަމުރުގައިވެސް ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއްކަމުގައި ތުހުމަތުކުރެވޭ ކުށްކުރިކަމަށް ބެލެވޭނެ ކޮންމެވެސް މިންވަރެއްގެ ހެކި ޤަރީނާ ހުށަހަޅާފައިވާކަމަށް އަމުރުގައި ބަޔާންކޮށްފައެވެ. އަދި މުޙައްމަދު ނަބީލްގެ ފަރާތުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ނަފީވާފަދަ ވީޑިއޯ އެވިޑެންސް ހުށަހަޅާފައިވާކަމަށް ބުނާއިރު، އެއަމުރުގެ އިތުރު ބަޔާނު ގައި މުޙައްމަދު ނަބީލްގެ ފަރާތުން އީމެއިލްއެއް މެދުވެރިކޮށް އޭނާ ހައްޔަރުކުރި މަންޒަރު ފެންނަ ކްލިޕެއް ފޮނުވާފައިވާކަމަށް ބުނެފައިވާކަމާއި، ނަމަވެސް މުއްދަތު ސެކްޝަންގެ މުވައްޒަފުންގެ ފަރާތުން އެކަނ ސާފުކުރުމުން އެފަދަ އީމެއިލް އެއް ލިބިފައިނުވާކަމަށް ބުނެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މިކަންކަމުން އެނގެނީ މުހައްމަދު ނަބީލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މުޙައްމަދު ނަބީލްގެ މުއްދަތު މަޖިލީހަށް ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކުރުމަށްފަހުކަން އެނގެއެވެ.
14ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، އެޤާނޫނުގެ 60 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަ ތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަންދާމެދު ގޮތެއް ނިންމާއިރު ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންތައްތައް ބަޔާންކޮށްފައިވެއެވެ. މިމައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ބަންދުގައި ބެހެއްޓިފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި މުޖުތަމަޢުގެ ސަލާމަތަށްޓަކައެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މައްސަލަ ބެއްލެވި ޤާޟީ ނިންމަވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، އެޤާނޫނުގެ 60 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ފަނޑިޔާރު ކްރިމިނަލް ކޯޓަށް މިއީމެއިލް ފޮނުވިކަމަށްބުނާ އީމެއިލްގެ ސްކްރީމް ޝޮޓެއް އިސްތިއުނާފު ފޯމާއެކު ހުށަހަޅާފައިވޭ. ރިޢާޔަތްކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހުކަން އިސްތިއުނާފު ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ އަމުރަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެއެވެ. ޤާނޫނު ނަންބަރ 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގ 38 ވަނަ މާއްދާގެ (ރ)
15ޤާނޫނު ނަންބަރ 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ރ) ގައި ބުނާ ޙާލަތްތަކުގެ ތެރެއިން އެއްވެސް ޙާލަތެއް އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ވުޖޫދުވެފައިނުވާކަމަށް މުޙައްމަދު ނަބީލްގެ ފަރާތުން ބުނެއެވެ. މިގޮތުން މުޙައްމަދު ނަބީލް ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ އާއި ޚިލާފަށް ހުއްޓުވައި ހައްޔަރަކަށް ނުވާގޮތަށް 2 މިނިޓަށް ހުއްޓުވިކަން އެނގެން އޮތްނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 50 ވަނަ މާއްދާގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާތީ އެހައްޔަރުގެ ޞައްހަކަން ގެއްލިފައިވާކަމަށް މުޙައްމަދު ނަބީލްގެ ފަރާތުން ބުނެއެވެ.
16ޕްރިސިޑެންސް 5ހުށަހެޅި ފައިވާ ލިޔުންތަކުންނާއި އަދި އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަތަކުން އެނގެނީ، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ރ)ގެ ދަށުން މުޙައްމަދު ނަބީލު "ހުއްޓުވައި ބަލައި ފާސްކޮށްފައި" ނުވާކަމެވެ. ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ "ހުއްޓުވުން"، "ހައްޔަރު ކުރުން"، "ހައްޔަރުކުރުމަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން" ނުވަތަ "ބެލުމުގެ ދަށަށް ގެނައުން" އަދި "ބަންދުކުރުން" މިއީ އެޤާނޫނުގައި ވަކި ހަމަ ތަކެއްގެ މަތިން ބޭނުން ކޮށްފައިވާ ބަސްމަގެއްކަން އެނގެއެވެ. ބަޔާންވެދިޔަ ކޮންމެ ކަމަކީ، އޭގެ ސަބަބުން އެކަމާއި ކުރިމަތި ލާންޖެހުނު ފަރާތުގެ މިނިވަންކަން ހިނދުކޮޅަކަށްނަމަވެސް ގެއްލިގެންދާނެ ކަންކަމެވެ. އެހެންކަމުން، ބަލަންޖެހޭނީ ޤާނޫނުން އެބަސްމަގަށް ދީފައިވާ މާނައެވެ. ހައްޔަރުކުރުމާއި، ހައްޔަރުކުރުމަށްނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއި ބަންދުކުރުމާއި މިއިން ކޮންމެ ކަމެއްގައމި ހުއްޓުވުން އޭގެ ހަޤީޤީ މާނައިގައި އެކުލެވިގެން ވާނެއެވެ. ވީމާ ފުލުހުންގެ ފަރާތުން މީހަކު ހުއްޓުވާ ކޮންމެ ހުއްޓުވުމަކީ އެ ހުއްޓުވުމާއި ގުޅިގެން ޤާނޫނީ އިންޒާރު ދޭންޖެހޭ ހުއްޓުވުމަށް ވުމަކީ ޢަމަލީ ގޮތުން ފުލުހުންގެ ދައުރު އަދާކުރެވޭނެ ގޮތަކަށް ނުވާނެއެވެ. އެހެންވެ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި "ހުއްޓުވުން" ކަމަށް ބުނެފައިވަނީ، ހައްޔަރަކަށްވެސް ބަންދަށްވެސް އަދި ބެލުމުގެ ދަށަށް ގެނައުމަށްވެސް ނުވާގޮތަށް ސުވާލުކުރުމަށްޓަކައި ނުވަތަ ބަލައި ފާސްކުރުމަށްޓަކައި މީހަކު ހުއްޓުވާ ހުއްޓުވުމަށެވެ. އެ ޙާލަތުގައި އޭނާގެ މިނިވަންކަން ނިމުމަކަށް އައީ ކަމަށް ބަލައި، ޤާނޫނީ އިންޒާރުދީ، ވަކީލެއްގެ އެހީތެރިކަން ދީ ހަދާކަށް ލާޒިމެއްނޫނެވެ.
17ޕްރިސިޑެންސް 6މުޙައްމަދު ނަބީލް ފުލުހުން ހުއްޓުވިއެވެ. ނަމަވެސް އެއީ ހައްޔަރުކުރުމަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ގެނައުމެއް ކަން މުޙައްމަދު ނަބީލްއަށް ބަޔާންކޮށްދެވިފައެއް ނެތެވެ. މުޙައްމަދު ނަބީލް ހައްޔަރު ކުރެވިފައިވަނީ ފުލުހުން އަޅާފައިވާ ލައިންގެ ތެރެއަށް ވަދެ އެލައިން ހުރަސްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުންކަން އެނގެން އެބައޮތެވެ. މިޙާލަތުގައި ފުލުހުންނަށް ފުރަތަމަ އޭނާ ހިފެހެއްޓޭނެއެވެ. އެއަށްފަހު، ހައްޔަރަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެ ނެވިދާނެއެވެ. ނޫނީ އެއަށްފަހު ހައްޔަރުކޮށް ބަންދުކުރެވިދާނެއެވެ. ހުށަހެޅިފައިވާ މައްސަލައިގައި ފުލުހުން ކުރިކަމަކީ، މުޙައްމަދު ނަބީލް ހުއްޓުވައި ހައްޔަރުކޮށް ބަންދުކުރީއެވެ. އެއަށްފަހު، ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ޙާޟިރުކޮށް ބަންދުގެ މުއްދަތު އިތުރުކުރީ އެވެ. މިކަންކަން ކުރުމުގައި އިޖުރާއީ ގޯހެއް އޮތްކަން އެނގޭކަށް ނެތެވެ.
18ވީމާ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، މުޙައްމަދު ނަބީލް ހުއްޓުވާ ހައްޔަރުކޮށްފައިވަނީ އަދި ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާނެތަނެއް ނެތެވެ. ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާޢަތުގެ ޤާނޫނު) ގެ 213 ވަނަމާއްދާގެ (ޑީ).
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 50 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ (ދަށު ކޯޓުން 60 (ބ))
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 213 ވަނަ މާއްދާގެ (ޑ) (ލިޔުމުގައިވާ ގޮތަށް)
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ)
- 2021/HC-B12/04 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޢަބްދުއްރަޙީމް)
- 2021/SC-A/50 ؛ 2021 SC 67 (މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- ބެންޗު
- މުޙައްމަދު ނިޔާޒް، ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް