ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/224
މުޙައްމަދު އަސްލަމް ވ. ބޭންކް އޮފް މޯލްޑިވްސް، 2019/HC-A/224
Mohamed Aslam v. Bank of Maldives 2019/HC-A/224 (2019/HC-A/224, High Court of the Maldives, 22 February 2022)
މުޙައްމަދު އަސްލަމް ވ. ބޭންކް އޮފް މޯލްޑިވްސް
މައިގަނޑު ސުވާލު
ބިމާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ (3) ގެ (ށ) ގައިވާ، ރަހުނުގެ މުޢާމަލާތާއި އޭގެ ނަތީޖާ މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި ރަހުނު ބަހައްޓާ ފަރާތަށް އޮޅުންފިލުވައިދިނުމުގެ ޝަރުޠު ފުރިހަމަ ނުވާތީ، ސިވިލް ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ ރަހުނު އެއްބަސްވުމުގެ ދަށުން ރަހުނު ވިއްކުމުގެ ހުއްދަ ދިނުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
ނިންމުމުގެ ބައި ލިޔުމުގައި ނެތް؛ ތަޙުލީލުން ފެންނަނީ އިސްތިއުނާފީ ނުކުތާ ޤަބޫލުނުކުރި ކަމަށް (އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް ކަމަށް ލަފާކުރެވޭ)
ކަނޑައެޅުނު އުޞޫލުތައް
- މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ މަޤްޞަދަށް ބެލުމުގެ އުޞޫލުން ބަލާއިރު، ބިމާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ (3) ގެ (ށ) ގެ މަޤްޞަދަކީ ރަހުނުގެ މުޢާމަލާތުގެ ތެރެއަށް ވަންނަހިނދު އެ މުޢާމަލާތާއި އޭގެ ނަތީޖާ ރަހުނު ބަހައްޓާ ފަރާތަށް އެނގުމެވެ. އެއީ ވަކި ޢަދަދެއްގެ ހެކިން ޙާޟިރުކޮށް ބޭއްތިއްބުން، ރަހުނު ހިފާ ފަރާތުން ސީދާ އޮޅުންފިލުވައިދިނުން، ނުވަތަ ވަކި ބަހަކުން މުޢާމަލާތް ކުރުން ލާޒިމުކުރާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10؛ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/abdhulateefu_abdhu_v_the_morishas_komarshal_bank_maldives_pvt_ltd_2018_HC_A_60/"><bdi class="salj-latin" dir="ltr">2018/HC-A/60</bdi></a> ގެ ތަޙުލީލު ބަލައިގަނެ)
- ކޯޓުތަކުގައި ރަޖިސްޓްރީކުރާ އެއްބަސްވުންތަކަކީ ބައިވެރިން ކޯޓަށް ޙާޟިރުވެ، އެއްބަސްވުމުގައިވާ ކަންކަން އެނގި އޮޅުންފިލާފައިވޭތޯ ކޯޓުން ކަށަވަރުކުރުމަށްފަހު ކޯޓުގެ ކުރިމަތީގައި ސޮއިކޮށް ކޯޓުން ހެކިވެ ރަޖިސްޓްރީކުރާ އެއްބަސްވުންތަކެވެ. އެކަމުން ކޯޓުން ދޭ ޔަޤީންކަމަކީ އެއްބަސްވުން ވެފައިވަނީ މަޖުބޫރުކުރުމަކާ ނުލައި، ބައިވެރިން އަމިއްލަ އިޚްތިޔާރުގައި އެއްބަސްވުމާއި އޭގެ ނަތީޖާ އެނގިގެން ކުރާ ޞައްޙަ ސޮއިތަކެއްކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ސިވިލް ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ ރަހުނު އެއްބަސްވުމެއްގައި ބައިވެރިން ސޮއިކޮށްފައިވަނީ އެއްބަސްވުމުގައިވާ ކަންކަން އެނގި އޮޅުންފިލުވުމަށްފަހު ކަމަށާއި، ކޯޓުން ރަޖިސްޓްރީކޮށްފައިވަނީ އެކަން ކަށަވަރުކުރުމަށްފަހު ކަމަށް ބަލަންޖެހެއެވެ. މަޖުބޫރީ ޙާލަތެއްގައި ނުވަތަ ނުފޫޒެއްގެ ދަށުން ސޮއިކުރިކަން ފާހަގަކޮށްފައިނުވާނަމަ، އެފަދައިން ބެލޭނެ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- އެއްބަސްވުމުގެ ޙަޤީޤަތް އެނގިގެން ސޮއިކުރުމަކީ ސޮއިކުރާ މީހާގެ ޒިންމާއެކެވެ. ގޯތިގެދޮރު ރަހުނުކުރުން ފަދަ މުޢާމަލާތެއް، އޭގެ މާއްދާތަކާއި ޝަރުޠުތައް ނޭނގި ސޮއިކުރެވިދާނެ ކަމެއްކަމަށް ސަބަބުވެރި އާންމު އިންސާނެއްގެ ބުއްދިއަށް ޤަބޫލުކުރެވޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
g ދިވެހިރާއްޖގޭ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނަންބަރު: 2019/HC-A/224 އިސްތިއުނާފުކުރި ފަރާތް: މުޙައްމަދު އަސްލަމް / ރޯޒްވިޔު، ނ. ހޮޅުދޫ އިސްތިއުނާފު ރައްދުވި ފަރާތް: ބޭންކް އޮފް މޯލްޑިވްސް ފަބްލިކް ލިމިޓެޑް މައްސަލައިގެ ބާވަތް: ރަހުނު ހިމެނޭ ލޯނު މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު މުޙައްމަދު ފައިޞަލް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު މުޙައްމަދު ނިޔާޒް 33 ރަޖަބ 3112 ނިމުނު ތާރީޚް: 33 ފެބުރުވަރީ 3233 22 ޝަޢުބާން 3112 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 އެޕްރީލް 3233 އިސްތިއުނާފުކުރެވުނު މައްސަލަ: ނަންބަރު: 2017C/-/Cv2509 ނިންމި ތަން: ސިވިލް ކޯޓު ބާވަތް: ރަހުނު ހިމެނޭ ލޯނު ހުށަހެޅުނު ތާރީޚް: 30 ސެޕްޓެންބަރު 3233 ނިމުނު ތާރީޚް: 32 މޭ 3230 މަދަނީ– ރަހުނު ހިމެނޭ ލޯނު– ޤާނނ ނަންބަރު 1/2002 (ބިމާބެހޭ ޤާނޫނު)ގެ 26 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު – ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 6 ވަނަ މާއްދާ ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު: (މި ރައުޔަށް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު މުޙައްމަދު ނިޔާޒް ތާއީދުކުރައްވާފައި) މައްސަލައިގެ ތަޢާރަފް:
3މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 2017C/-/Cv2509 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ނ. ހޮޅުދޫ، ރޯޒްވިޔު، މުޙައްމަދު އަސްލަމް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓށަ ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ. މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވު ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (މީގެ ފަހުން "ބޭންކ އޮފް މޯލްޑިވްސް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށް ބުނެފައި) އެވެ. މައްސަލައިގައި ކަން ހިނގާދިޔަ ގޮތް:
3. ނ. ހޮޅުދޫ / ރޯޒް ވިޔު، މުޙައްމަދު އަސްލަމް އާއި، ތ. ކިނބިދޫ / ނ ރަނގެ، އަޙްމަދު މުޙައްމަދު ޔަޤީންކަނދީގެނ ބޭންކް އޮފް މޯލްޑިވްސް އާއް ވިޔް ބލްޑަރސި ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ ނަންބަރު 0081/2014/4223-BML/LSU/MMBR (31 ނޮވެންބަރު 3231) ސެންކްޝަން ސިޓީގައިވާ ޝަރުޠުތަކާއި އެއްބަސްވެގެން އެ ސެންކްޝަން ސިޓީގެ ދަށުން ވިޔު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑަށް -8,756,500/ރ (އަށްމިލިއަން ހަތްލައްކަ ފަންސާސް ހަހާސް ފަސްސަތޭކަ ރުފިޔާ)ގެ ޑިމާންޑް ލޯނެއް ދކުރެވުނެވެ. އަދި ބުނެވުނު ލޯނާއި ގުޅިގެން ނ. ހޮޅުދޫ "ރޯޒްވިޔު" އެވެ ކިޔާ ގޯތި ރަހަނުކުރެވުނެވެ.
2ނަމަވެސް އެއްބަސްވެފައިވާ ގޮތުގެ މަތި ން ލޯނުގެ ފައިސާ ނުދެއްކުމުން، 25 އެޕްރީލް 3230ގެ ނިޔަލަށް 11,705,514/71ރ (އެގާރަމިލިއަން ހަތްލައްކަ ފަސްހާސް ފަސްސތޭކ ސާދަ ރުފިޔަ ހަތެއް އެކެއް ލާރި) ދ.ރ.ކ އަންގައިދޭރަޖިސްޓްރީ ނަންބަރު 2003/25 ބޭންކ އޮފް މޯލްޑިވްސް އަށާ ވިޔު ބިލްޑރސ ޕްރައިވެޓް ލިމިޓެޑާއި، މި ލޯނަށް ޔަޤީންކަން ދީފައިވާ ފަރާތްތަތަކުގެ ހައިސިއްޔަތުން މުޙައްމަދު އަސްލަމާއި، އަޙްމަދު މުޙައްމަދު ދައްކަންޖެހި ނުދެއްކިވެއެވެ.
1. އެހެންކަމުން، ބޭންކް އޮފް މޯލްޑިވްސް އިން ވިޔު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ލޯނާއި ގުޅިގެން މުޙައްމަދު އަސްލަމާއި، އަޙްމަދު މުޙައްމަދާއި އެއްބަސްވެފައިވާގޮތަށް ފައިސާ ދައްކަމުން ނުދާތީ، ލޯނުގެ ފައިސާ އިންޓްރެސްޓާއި ޖ ރިމަނާގެ ފައިސާ އެކީ އެއްފަހަރާ މުޙައްމަދު އަސްލަމާއި، އަޙްމަދު މުޙައްމަދު ކިބައިން ލިބިގަތުމަށް ބޭންކް އޮފް މޯލްޑިވްސް ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އަދި މިފަދައިން ފައިސާ ނުދެއްކޭނަމަ ލޯނަށް ރަހުނުކުރެވިފައިވާ މުޙައްމަދު އަސްލަމްގެ ނަމުގައިވާ "ރޯޒްވިޔު" ކިޔާ ގޯތި ބޭންކް އޮފް މޯލްޑިވްސްއަށް ރަހުނުކުރެވިފައިވާކަމަށް ކަނޑައަޅައި ދެއްވައި، ބުނެވިދޔަ ރަހުނަކީ މިލޯނާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އަށް ލިބެންޖެހޭ އެންމެހައި ފައިސާ ލިބިދެވޭނެކަމުގެ ޔަޤީންކަން ދިނުމުގެގޮތުން ކުރެވުނު ރަހުނަކަށްވީހިނދު ލޯނާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އަށް ލިބެންޖެހޭ އެންމެހައި ފައިސާ ދައްކައި ލޯނު ޚަލާޞް ކުރެވި އެކައުންޓް ބަންދުކުރެވެންދެން ރަހުނު އެގްރީމަންޓުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އަށް ލިބިގެންވާ އެންމެހާ ޙައްޤުތަކާއި ބާރުތައް ބާޠިލުނުވެ ދެމިގެންދާނެކަމަށް ކަނޑައަޅައި ދިނުމަށް ވެސް ސިވިލް ކޯޓުގައި އެދިފައިވެއެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
5ސިވިލް ކޯޓުގެ ނަންބަރު 2509/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ، އަންނަނިވި ފަދައިންނެވެ. " ދެންފަހެ، ނ. ހޮޅުދޫ / ރޯޒްވިޔު، މުޙައްމަދު އަސްލަމް އާއި ތ. ކިނބިދޫ / ނ ރަނުގެ، އަޙްމަދު މުޙައްމަދު ޔަޤީންކަންދީގެން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑާއި ވިޔު ބިލު ޑަރސ ޕްރައިވެޓް ލިމިޓެޑާއި، ދެމެދު ވެފައިވާ ނަންބަރ 0081/2014/4223-BML/LSU/MMBR (31 ނޮވެންބަރު 3231) ސެންކްޝަން ސިޓީގައިވާ ޝަރުޠުތަކަށް އެއްބަސްވެގެން އެސެންކްޝަން ސިޓީގައިވާ ޝަރުޠުތަކަށް އެއްބަސްވެގެން އެސެންކްޝަން ސިޓީގެ ދަށުންވެޔު ބިލްޑަރސް ޕްރްއިވެޓް ލިމިޓޑަށ -8,756,500/ރ (އަށްމިލިއަން ހަތްލައްކަ ފަންސާސް ހަހާސް ފަސްފަތޭކަ ރުފިޔާ)ގެ ޑިމާންޑް ލޯނެއް ދ ކޮށްފައިވާކަމާއި، އެއްބަސްވެފައިވާ ގޮތުގެ މަތީން ލޯނުގެ ފައިސާ ދައްކައިފައިނުވުމުގެ ސަބަބުން 25 އެޕްރީލް 3230ގެ ނިޔަލަށް 11,705,514/71ރ (އެގާރަމިލިއަން ހަތްލައްކަ ފަސްހާސް ފަސްސްތޭކ ސާދަ ރުފިޔާ / ހަތްދިހަ އެއްލާރި) ބޭންކް އޮފް މޯލްޑިވްސް ޕަބްލިމ ލިމިޓެޑަށް ވިޔު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއި، މި ލޯނަށް ޔަޤީންކަން ދީފައިވާ ފަރާތްތަކުގެ ޙައިޘިއްޔަތުން މުޙައްމަދު އަސްލަމް އާއި، އަޙްމަދު މުޙައްމަދު ދައްކަންޖެހި ނުދައްކައިވާކަމާއި، މި މިލޯނާ ގުޅިގެން ނ. ހޮޅުދޫ "ރޯޒްވިޔު" (ރަޖިސްޓްރީ ނަންބަރު: 2003/25) އެވެ ކިޔާ ގޯތި ރަހުނުކުރެވިފައިވާކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމާއި، އެއްބަސްވެފައިވާ ގޮތުގެ މަތީން ލޯނުގެ ފައިސާ ދައްކައިފައިނުވުމުގެ ސަބަބުން، ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން ކުރަންޖެހުނު ޤާނ ނ ޚަރަދުތަކަށާއި، މިމުޢާމަލާތުގައި ބެހެއްޓިފައިވާ ރަހުނު ވިއްކާލަންޖެހިއްޖެނަމަ އެކަމާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ޚަލާސްކުރެވެންދެން މިމުޢާމަލާތް ބިނާވެފައިވާ އެންމެހައި އެއްބަސްވުންތައް ދެމި އޮންނާނެކަމާއި، މި މުޢާމަލާތާއި ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖ ރިމަނާއާއެކު މިއެންމެހައި ފައިސާ، މިއަދު 32 މއ 3230 އިން ފެށިގެނެ 23 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް މަދުވޮގެނ އެމަހަކަށްޖެހޭވަރު ބޭންކް އ ފ މޯލްޑިވްސް ޕަބްލިކް ލިމިޓެޑަށް ދައްކަމުންގޮސް މިފައިސާ މިމުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާސްކުރުމަށް ވިޔު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު އަސްލަމް އާއި، އަޙްމަދ މުޙައްމަދަށް އަންގައި، އަދި މި ފައިސ ދެއްކުމަށް މިދެވުނ 23 (ހަތެއް) މަސްދުވަހުގެ މުއްދަތު ހަމަވާއިރު، މިފައިސާ އެއްކޮށް ދައްކައި ޚަލާސްކުރެވިފައިނުވާނަމަ، މި މުޢާމަލާތުގައި ރަހުނު ކުރެވިފައިވާ ނ. ހޮޅުދޫ "ރޯޒްވިޔު" އެވެ ކިޔާ ގޯތި ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑަށެ ލިބިގެންވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވ . ސިވިލް ކޯޓުގެ ނަންބަރު 2509/Cv-C/2017 މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު އިސްތިއުނާފީ ނުކުތާތައް
6ސިވިލް ކޯޓުގެ ނަންބަރު 2509/Cv-C/2017 ޤަޟިއްޔާގައި ޙުކުމް ކުރުމާއި ގުޅިގެން މުޙައްމަދު އަސްލަމް އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ؛
6.3- މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 6 ވ ނ މާއްދާގަ (ހ) އަށް ރިޢާޔަތްކޮށް، އިސްތިއުނާފުކުރެވޮ ސިވިލް ކޯޓުގެ ނަންބަރު 2509/Cv-C/2017 ޤަޟިއްޔާއަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު ތަޠްބީޤުކޮށްފައިވަނީ ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާ ބިނާވެފައިވާ އުޞޫލުތަކާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހޅެ ނުކުތާއެވެ.
3މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ؛
3.3- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ރަހުނު ބެހެއްޓުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތަކީ ރަހުނު މުޢާމަލާތާއި، މުޢމަލާތުގާ ނަތީޖާ މުސްތަޤިއްލު ދެ ހެކިންގެ ހާޟިރުގައި ރަހުނު ބަހައްޓާފަރާތަށް ރަހުނު ހިފި ފަރާތުން އޮޅުންފިލުވައި ދިނުންކަމުގައި ވނަމަވެސީ މި އިޖުރާއަތު ފުރިހަމަ ކޮށްފައިވާކަން ބޭންކް އޮފް މޯލްޑިވްސް އަށް ސާބިތުކޮށްދެވިފައިނުވާކަމަށެވެ.
3.3- ރަހުނު މުޢާމަލާތާއި، މުޢާމަލާތުކުރުމުގެ ނަތީޖާ އިސްތިއުނާފު ކުރާ ފަރާތށަ ސާފުކޮށްދެވިފައިވާކަމަށް ޝަރީޢަތަށް ބުރަވެވެނީ ސެންކްޝަން ސިޓީގައި ސޮއިކޮށް ފައިވާ ފަރާތްތަކަށް ބލެ މ ނ ކަމުގައް ބަޔާންކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސގް ސެންކްޝަން ސިޓީގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ބަލައި ރަހުނު މުޢާމަލާތާއި، މުޢާމަލާތުކުރުމުގެ ނަތީޖާ މުސްތަޤިއްލު ދެ ހެކީންގެ ޙާޟިރުގައި އިސްތިއުނާފުކުރާ ފަރާތަށް ސާފުކޮށްދެވިފައިވާގޮތެއް ބަޔާންކޮށްފައިނުވާކަމށެވެ.
3.2- ރަހުނު މުޢާމަލާތާއި، އެ މުޢާމަލާތްކުރުމުގެ ނަތީޖާ އިސްތިއުނާފުކުރާ ފަރާތށަ ސާފުކޮށްދެވިފައިވާކަމަށ ޝަރީޢަތަށް ބުރެވެވެނީ، ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ރަހުނު އެއްބަސްވުމަށް ރިޢާޔަތްކޮށްގެން ކަމުގައިވާއިރު، ދެންނެވުނު ރަހުނު އެއްބަސްވުމުގައި އެއްވެސް ހެއްކަކު ސޮއިކޮށްފައި ނުވާކަން ފާހަގަކުރެވޭކަމާއި، ސިވިލް ކޯޓުގައި އެއްބަސްވުން ރަޖިސްޓްރީ ކުރުމުގެ ޢާންމު އުޞޫލަށް ބަލާއިރު، ރަހުނު އެއްބަސްވުމުގައި ސޮއިކުރާއިރ ދިވެހިރާއްޖޭގު ބިމާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ރަހުނު ބެހެއްޓުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު ބޭންކް އޮފް މޯލްޑިވްސގް ފަރާތުން ކަށަވަރުކޮށްފައިނުވާކަމށެވެ.
3.1- ޤާނޫނަކުން ލާޒިމްކުރާކަމެ އ ޙަޤީޤަތުގައިވެސް ފުރިހަމަ ކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަކީ ކަން ހިނގިގޮތުގެ ވާޤިޢާތަކަށް ބިނާވެގެންވާކަމެއްކަމާއި، އެފަދަ ޤާނޫނީ ޝަރުޠެއް ފުރިހަމަވެފއިވޭތަ ކަނޑައެޅުމުގައި ހަމައެކަނި ސޮއިކޮށްފައިވާ އެއްޗަކަށް ބެލުމަށްވުރެ ނުވަތަ އަމަލުކުރަމުންދާ އުޞޫލަކަށް ބެލުމަށްވުރެ، އެކަމާއި ގުޅިގެން އެ ޒިންމާ އަދާކޮށްފައިވޭތޯ ވަޤާއިޢުގެ ގޮތުން ކަށަވަރުކުރަންޖެހޭ ކަމާއި އެކަން ކަށަވަރުކޮށްދިނުމަކީ އެ ޒިންމާއެއް ޤާނޫނީގޮތުން މަތިކޮށްފައިވާ ފަރާތުގެ ޒިނމާއް އ ކަމަށެވެ. އިސްތިއުނާފުކޮށްފައިވާ ނުކުތާތަކަށް ދިފާޢުން ދީފައިވާ ރައްދު
0. މި މައްސަލައިގައި ޚުސޫމާތު އުފެދިގެން އުޅޭ އެއްބަސްވުމަކީ ދެ ހެކިން ހާޟިރުކޮށް ދެ ހެކިންގެ ސޮއި ކޮށްފައިވާ ރަހުނު އެއްބަސްވުމެއްކަމާއި، އެ އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، އަދި އެއްބަސްވުމުގައި މިފަދައިން ސޮއިކުރިތާ 22 އަހަރު ފާއިތުވި ފަހުން އެފަރާތްތަކުން ސޮއިކުރި އެއްބަސްވުމުގައި އޮތެ އެއްޗެއް ކުއްލިއަކަށް މިހާރު ނޭނގޭކަމަށް ބުނުމުގެ ޖާގައެއް ނެތްކަމަށް ބޭންކުން ދެކޭކަމަށާއި، އ އެއްބަސްވުންތައް ނަފީކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބަސް ފިޔަވައި އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް އެފަރާތުން ހުށަހަޅާފައިނުވާކަމަށް ބޭންކުން ބުނެއެވެ. އަދި ހަމައެއެއާއެކު،ލޯނާއި ގުޅިގެނި ބޭންކުން ވެފައިވާ އެއްބަސްވުންތައް ވެފައިވަނީ ވަގުތުން ވަގުތަށް ނންކަމައި، އެއްބަސްވުންތަކުގައި ސޮއިކުރެވުނު އެތަކެއް މަރުޙަލާތަކި ކްށް ފަހުގައި ކަމާއި، ލޯނު ދ ކުރެވިފައިވަނީ ދަރަނި ނަގާ ފަރާތުގެ އެދުމުގެ މަތިންކަންވެސ އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ލޯނު އެއްބަސްވުމުގައ ސޮއިކުރެވިފައިވަނީ އެއީ ކޯއްޗެއްކަން ނޭނގިކަމަށް ބުނުމުގެ ޖާގައެއް ނެތްކަމަށް ދެކޭކަމަށެވެ.
3. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ " މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ
(ހ) އަށް ރިޢާޔަތްކޮށް، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2509/Cv-C/2017 ޤަޟިއްޔާއަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު ތަޠްބީޤުކޮށްފައިވަނީ ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު ބިނާވެފައިވާ އުޞޫލުތަކާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށްކަމަށް".. ބުނެ ހުށަހެޅި ނުކުތާ އަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/60 ޤަޟިއްޔާގައި ފަނޑިޔާރު ޙުސައިން މަޒީދު ވަރަށް ސާފުކޮށް ޖަވާބުދީފައިވާކަން ފާހަގަކުރަމެވެ. އެގޮތުން އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަން ތިރީގައި ފާހަގަކުރަމެވެ.
32މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި "މަޤްސަދަށް ބެލުމުގެ އޞު ލަކީ ކަނޑައެޅިގެން ވަކިބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތަށް ބެލުމުގެ ބަދަލުގައި، އެ ޤާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލިހުން ގެންގުޅެފައިވާ މަޤްޞަދަށް ބަލައި.. އެ ބަހެއް ނުވަތަ ޢިބާރާތެއް ނުވަތް ޖުމްލައެއް މާނަކުރުމެވެ." މިފަދައިން ބަޔާންކޮށްފައިވާ އޮންނަ އޮތުމުން ޤާނޫނުގެ މަޤުޞަދަށް ބެލުމުގެ އުޞޫލަކީ ވަކިބަހެއް، ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާގޮތަށް ބެލުނިނު ންކަމާއި އެއް އެ ޤާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ގެންގުޅެފައިވާ މަޤްޞަދަށް ބެލނ ކަން އެނގެންއޮންނަކަމާއި، ބިމާބެހޭ ޤާނނުގ 26 ވަނަ މާއްދާގެ (ހ) ގެ ( 3 ) ވަނަ ނަންބަރުގެ (ށ) ގައި "ރަހުނުކުރުމުގެ ކުރީގައި، ރަހުނުގެ މުޢާމަލާތު ކުރުމުގެ ނަތީޖާ މުސްތަޤިއްލު ދެ ހެކިންގެ ހާޒިރުގައި، ރަހުނު ބަހައްޓާ ފަރާތަށް ރަހުނު ހިފާ ފަރާތުން އޮޅުންފިލެ ވާދިނުން" ކަމުގައި ބަޔާންކޮށްފައި އޮންނަ އޮތުން، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ6 ވަނަ މާއްދާގެ (ހ) ގައިވާ ޤާނޫނުގެ މަޤުސަދަށް ބެލުމުގެ އުޞ ލާ އެއްގޮތަށް މާނަ ކުރެވިދާނެ ކަމަށް އެނގެން އޮތުމުން، ބިމާބެހޭ ޤާނޫނުގެ26 ވަނަ މާއްދާގެ (ހ)ގ ( 3 ) ވަނި ނަންބަރުގެ (ށ) ގެ މަޤުޞަދަކީ ރަހުނުގެ މުޢާމަލާތުގެ ތެރެއަށް ވަންނަހިނދު އެ މުޢާމަލާތާއި އޭގެ ނަތީޖ ރަހުނާ ބަހައްޓާ ފަރާތަށް އެނގުން ކަމެވެ. އެއީ އެއްވެސް ޙާލަތެއްގައި އެ މުޢާމަލާތް ކުރުމުގައި ވަކި ޢަދަދެއްގެ ހެކިން ޙާޟިރުކޮށްފައި ބޭއްތިއްބުން ނޫންކަމާއި ރިހުނު ބަހައްޓާ ފަރާތަށް ރަހުނުގެ މުޢާމަލާތާއި އޭގެ ނަތީޖ ސީދާ ރަހުނުހިފާ ފަރާތުން އޮޅުންފިލުވައިދި ނުން ނޫނު ކަމާއި ވަކްބަހަކާންއެ މުޢާމަލާތްކުރުން ލާޒިމުވާ ކަމެއްވެސް ނޫން ކަމެވެ. އެ މާއްދާގައި ބުނެވުނު އަކުރުގެ ހަމައެކަނި ބޭނުމަކީ ރަހުނުގެ މުޢާމަލާތުގެ ތެރެއަށް ވަންނަހިނދު އެ މުޢާމަލާތާއި އޭގެ ނަތީޖާ ރަހުނު ބަހައްޓާ ފަރާތަށް އެނގުމެވެ .
33ދެވަނަ ކަމަކަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަމަކީ ރަހުނު މުޢާމަލާތާއި، މުޢާމަލާތުކުރުމުގެ ނަތީޖާ އިސްތިއުނާފުކުރާ ފަރާތަށް ސާފުކޮށްދެވިފައިވާކަމަށް ޝަރީޢަތަށް ބުރެވެވެނީ، ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ރަހުނު އެއްބަސްވުމަށް ރިޢާޔަތްކޮށްގެން ކަމުގައިވާއިރު، ދެންނެވުނު ރަހުނު އެއްބަސްވުމުގައި އެއްވެސް ހެއްކަކު ސޮއިކޮށްފައި ނުވާކަން ފާހަގަކުރެވޭކަމާއި، ސިވިލް ކޯޓުގައި އެއްބަސްވުން ރަޖިސްޓްރީ ކުރުމުގެ ޢެ ންމު އުޞޫލަށް ބަލާއިރު، ރަހުނު އެއްބަސްވުމުގައި ސޮއިކުރާއިރ ދިވެހިރާއްޖޭގު ބިމާބެހޭ ޤާނޫނުގެ26 ވަނަ މާއްދާގެ (ހ) ގޭ3 ވަނަ ނަންބަރުގެ ދަށުން ރަހުނު ބެހެއްޓުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު ބޭންކުގެ ފަރާތުން ކަށަވަރުކޮށްފައިނުވާކަމެވެ.
33. ސިވިލް ކޯޓުގައި އެއްބަސްވުން ރަޖިސްޓްރީ ކުރުމާބެހޭ ޢާއްމު އުޞ ލުވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/60 ޤަޟިއްޔާ ގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން، ކަމާބެހޭ ކޯޓުތަކުގައި ރަޖިސްޓްރީކުރާ އެއްބަސްވުންތަކަކީ އެ އެއްބަސްވުމުގެ ބައިވެރިން އެ ކޯޓަކަށް ޙާޟިރުވެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަން އެނގި އޮޅުންފިލާފައިވޭތޯ ކޯޓުގެ ފަރާތުން އަހައި ކަށަވަރުކުރުމަށްފަހު އޭގެ ބައިވެރިން ކޯޓުގެ ކަމާބެހޭ ފަރާތުގެ ކުރިމަތީގައި ސޮއިކުރުމުން އެކަމަށް ކޯޓުން ހެކިވެ ކޯޓުގެ ތައްގަނޑު ޖަހައި، ސޮއިކޮށް ކޯޓުގައި ރަޖިސްޓްރީކުރުން ކަމާއި، ކޯޓުގައި އެއްބަސްވުން ރަޖިސްޓްރީ ކުރުމުން ކޯޓުން ދޭ ޔަޤީންކަމަކީ އެއްބަސްވުން ވެފައިވަނީ އެއްވެސް މަޖުބ ރކީ މެއް އޮވެގެން ނޫންކަމާއި، އެގޮތުން އެއްބަސްވުމުގައ އޭގެ ބައިވެރިން ކުރާ ސޮއިތަކަކީ ކޯޓަށް ޙާޟިރުވެ އަމިއު ލ އިޚްތިޔާރުގައި ކޮށްފައިވާ ޞައްޙަ ސޮއިތަކެއްކަމާއި، ސޮއިކުރާ އެއްބަސްވުމަކީ ކޮބައިކަމާއި އޭގެ ނަތީޖާ އެނގޭކަމަށް އެއްބަސްވުމުގެ ބައިވެރިން ކޯޓަށްދޭ ޔަޤީންކަމެއްކަމަށެވެ .
32. ޚުސޫމާތު އުފެދިގެން މިއުޅޭ ރަހުނު އެއްބަސްވުމަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްބަސްވުމެކެވެ. އެހެންކަމުން އެއްބަސްވުމުގެ ބައިވެރިން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއްބަސްވުމުގައިވާ ކަންކަން އެނގި އޮޅުންފިލުވުމަށްފަހުގައ ކަމަށި ބަލަންޖެހެއެވެ. އަދި ކޯޓުން އެއްބަސްވުން ރަޖިސްޓްރީ ކޮށްފައިވަނީ މިކަން ކަށަވަރުކުރުމަށްފަހު ކަމުގައި ވެސް ބަލަންޖެހެއެވެ. އަދި ހަމައެއާއެކު، އިސްތިއުނާފު ކުރާ ފަރާތާއި ދިވެ ހިރާއްޖޭގ ހައިކޯޓުގެ އަބްދުއްލަޠީފް ވ ދަ މޮރިޝަސް ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އިސްތިއުނާފި ރައްދުވު ފަރާތާއި ދެމެދު ވެވުނު ރަހުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަޖުބ ރީ ޙާލަތެއްގައި ހުރެކަނ އެފަރާތުން ފާހަގަ ކޮށްފައި ނުވެއެވެ. އެހެންކަމުން، އީ ސްތިއުނާފ ކުރު ފަރާތުން ރަހުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަޖުބ ރީ ޙާލަތެއްގައި ހުރެކަނ ނުވަތް އެކަށީގެންވާ ނުފޒެއ އެހެން ފަރާތަކުން ފޯރުވައިގެން ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތެވެ.
31. ޤާނޫނަކުން ލާޒިމްކުރާ ކަމއެ ޙަޤީޤަތުގައިވެސް ފުރިހަމަ ކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނީ ކަން ހިނގިގޮތުގެ ވާޤިޢާތަކަށް ބަލައިގެނކް މާއި، އެފަދަ ޤާނޫނީ ޝަރުޠެއް ފުރިހަމަވެފައިވޭތޯ ކަނޑައަޅުމުގައި ހަމައެކަނި ސޮއިކޮށްފައިވާ އެއްޗަކަށް ބެލުމަށްވުރެ ނުވަތަ އަމަލުކުރަމުންދާ އުޞ ލަކށް ބެލުމަށްވުރެ، އެކަމާއަ ގުޅިގެން އެ ޒިންމާ އަދާކޮށްފައިވޭތޯ ވަޤާއިޢުގެ ގޮތުން ކަށަވަރުކުރަންޖެހޭ ކަމާއި އެކަށް ކަށަވަރުކޮށްދިނުމަކީ އެ ޒިންމާއެއް ޤާނޫނީގޮތުން މަތިކޮށްފައިވާ ފަރާތުގެ ޒިންމާއެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، އެއްބަސްވުމުގެ ޙަޤީޤަތް އެނގިގެން އެއްބަސްވުމުގައި ސޮއިކުރުމަކީ ސޮއިކުރާ މީހާގެ ޒިންމާއެކެވެ. ގޯތިގެދޮރު ރަހުނުކުރުން ފަދަ މުޢާމަލާތްތަކަކީ އެކަމުގެ ހަޤީޤަތް އޮޅުންފިލުވުމެއް ނެތި، އެއްބަސްވުމެއްގައި ހިމަނާފައިވާ މާއްދާތަކާއި، ޝަރުޠުތައް ނޭނގި ހުރެގެން ސޮއިކުރެވިދާން ބާވަތގު މުޢާމަލާތެއްކަމީ ސަބަބުވެރި އާންމު އިންސާނެއްގެ ބުއްދި ވިސްނާލާއިރު ޤަބޫލުކުރެވޭ ކަމެއްނޫނެވެ.
35އެއްބަސްވުމުގެ 3 ވަނަ މާއްދާގެ "ގެރެންޓީ" ގެ ދަށުން "....ބޭންކުން ލޯނުނެގި ފަރާތަށް ނުވަތަ މިގެރެންޓީއަށް ނުވަތަ އެހެން ގެރެންޓީއަކަށް އަދި ބަދަލުދިނުމަކަށް ނުވަތަ ފައިސާއަށް އޮތް ސެކިއުރިޓީއަކަށް ނުވަތަ ޒިންމާއަކާއި ދަރަންޏަކަށްނަގާ ޚިދުމަތުގެ ފީތަކާއި އެހެން ޗާޖްތަކާއި ޤާނޫނީ ޚަރަދުތަކާއި އެހެނިހެން ޚަރަދުތަކަކަށ ފުރިހަމައަށް ބަދަލް ދިނުމުގެ އުޞ ލުން ބަދަލުދިނުމަށް ގެރެންޓީ ދޭ ފަރާތުން ޔަޤީންކަންދެމެވެ." މިފަދައިން ބަޔާންކޮށްފައިވުމާއެކު އެއްބަސްވުން ކަމާބެހޭ ކޯޓުގައި ރަޖިސްޓްރީކުރުމަށް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ރަޖިސްޓްރީ ކޮށްފައިވާކަމުން ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު)ގެ 26 ވަނަ މާއްދާގެ (ހ) ގައިވާ މަޤުޞަދު ބެލުމުގެ އުސޫލަށް ރިޢާޔަތްކޮށް، އެ އުސ ލ މި
- ޤާނޫނު ނަންބަރު 1/2002 (ބިމާބެހޭ ޤާނޫނު)ގެ 26 ވަނަ މާއްދާގެ (ހ) ގެ (3) ގެ (ށ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 6 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/60 ޤަޟިއްޔާ (އަބްދުއްލަޠީފް ވ. ދަ މޮރިޝަސް ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް