ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/7
މުޙައްމަދު އާރިފް ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2025/HC-B12/7
Mohamed Arif v. Prosecutor General 2025/HC-B12/7 (2025/HC-B12/7, High Court of the Maldives, 29 April 2025)
މުޙައްމަދު އާރިފް ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން 19 ޖަނަވަރީ 2025 ގައި، ތަޙްޤީޤަށް ހުރަސްއެޅިދާނެތީއާއި ބޭންކް ސްޓޭޓްމަންޓުތަކުން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރިކަން އެނގޭތީ، 20 ޖަނަވަރީއިން 18 ފެބުރުވަރީ 2025 އަށް ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކުރިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކުރިކަމުގެ ތުހުމަތުގައި ތަޙްޤީޤުކުރަމުންދާ މައްސަލައެއްގައި، ކުރީގެ ސިޔާސީ މަޤާމެއްގައި ހުރި ފަރާތަކާއި ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރަކު ފުރުން މަނާކުރުމަށް އޭސީސީން އެދުނެވެ. 2024 ޖަނަވަރީގައި އެ ފަރާތްތަކުގެ ބަޔާން ނަގާފައިވެއެވެ.
އިސްތިއުނާފުކުރި ފަރާތްތައް ބުނީ ބަޔާން ދީ ތަޙްޤީޤަށް އެއްބާރުލުން ދެމުންދާއިރު 11 މަސްފަހުން ކުއްލިއަކަށް ފިލާފާނެކަމުގެ ހެއްކެއް ނެތި ޕާސްޕޯޓު ހިފެހެއްޓީކަމަށާއި، މާލީ ތަނަވަސްކަމަކީ ފިލާނެކަމުގެ ހެއްކެއް ނޫންކަމަށެވެ. ދައުލަތުން ބުނީ މިންގަނޑަކީ probable cause ކަމަށާއި، ކޮރަޕްޝަނުގެ ތުހުމަތާއި މާލީ ތަނަވަސްކަމާއި ސިޔާސީ މަޤާމު ޖުމްލަކޮށް ބަލާއިރު ފިލާފާނެކަމުގެ އިޙްތިމާލު އޮތްކަމަށެވެ.
މައިގަނޑު ސުވާލު
ތަޙްޤީޤު ކުރަމުންދާ ކޮރަޕްޝަނުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތައް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ ޝަރުޠުތައް، ޚާއްޞަކޮށް ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން، ފުރިހަމަވާގޮތަށް ނެރެފައިވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރުތައް ބާޠިލު
ކުށާ ގުޅުވައިދޭ ހެކި ހުރިނަމަވެސް، އަމުރުގައި ފިލާނެކަމުގެ ސަބަބަކަށް ބަޔާންކޮށްފައިވަނީ މާލީ ތަނަވަސްކަން އެކަނިއެވެ. ހުށަހެޅީ 2022-2023 ގެ ބޭންކް ސްޓޭޓްމަންޓުތައް ކަމަށްވެ، ތަޙްޤީޤަށް އެއްބާރުލުން ދެމުންދާ ފަރާތްތަކުގެ ޕާސްޕޯޓު ކުއްލިއަކަށް ހިފެހެއްޓުމަށް މަޤްބޫލު ސަބަބެއް ދައުލަތުން ދައްކައިނުދޭތީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ބ) ގެ (3) ފުރިހަމަނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ރާއްޖެއިން ފުރައިގެން ދިއުމާއި ރާއްޖެއަށް އެނބުރި އައުމާއި ދަތުރުފަތުރުކުރުމުގެ މިނިވަންކަމަކީ ދުސްތޫރުން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ؛ އެ ޙައްޤު ހިފެހެއްޓިގެންދާ އެއް ޙާލަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގައިވާ ޙާލަތެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15).
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ކުރިން ނިންމާފައިވާ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތައް (2021/SC-A/04، 2021/SC-A/08) ކިޔަންވާނީ ޤާނޫނަށް އައިސްފައިވާ އިޞްލާޙުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21).
- 75 ވަނަ މާއްދާގެ ދަށުން ފުރުން މަނާކުރުމުގެ / ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރުމަށް، ކުރިކަމަށް ބުނާ ކުށާ އޭނާ ގުޅުވައިދޭ ހެކި ލިބިފައިވުން (ނުވަތަ ކުށެއް ކުރަން އުޅޭ ފަރާތެއްނަމަ އިންޓެލިޖެންސްގެ މަޢުލޫމާތު)، ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން، އަދި ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން ފުރިހަމަވާންޖެހޭނެއެވެ؛ މިކަންކަން ފުރިހަމަވާންޖެހޭނީ އެކަށީގެންވާ ސަބަބެއް (probable cause) އޮތުމުގެ މިންގަނޑުންނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17، 21).
- ތުހުމަތުކުރެވޭ ފަރާތަކީ ރާއްޖެއިން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތެއް ކަމަކީ، އެކަނި، ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބަކަށް ނުފުދޭނެއެވެ؛ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ބަލަންޖެހޭނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26).
- ގިނަ ދުވަސް ކުރީގެ ބޭންކް ސްޓޭޓްމަންޓުތައް ހުށަހަޅައި، ހާލީ ފައިސާގެ ތަފްޞީލު ނުދީ، ތަޙްޤީޤަށް އެއްބާރުލުން ދެމުންދާ ފަރާތްތަކުގެ ޕާސްޕޯޓު ތަޙްޤީޤު ފެށިތާ ދިގު މުއްދަތަކަށްފަހު ކުއްލިއަކަށް ހިފެހެއްޓުމަށް މަޤްބޫލު ސަބަބެއް ދައްކައިނުދޭނަމަ، 75 ވަނަ މާއްދާގެ (ބ) ގެ (3) ގެ ބޭނުމަށް ފިލައިގެން ދާންއުޅޭ ކަމުގެ އެކަށީގެންވާ ސަބަބެއް އޮތިކަމަށް ނުބެލެވޭނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-30).
- ހުށަހެޅިފައިވާ ޕްރިލިމިނަރީ ރިޕޯޓާއި ލޮގިން ބޭނުންކޮށް ފޯމުތަކަށް ބަދަލުގެނައިކަން ދައްކާ ލިޔުމަކީ، އެ މަރުޙަލާގެ ބޭނުމަށް 75 ވަނަ މާއްދާގެ (ބ) ގެ (1) ގެ ދަށުން ތުހުމަތުކުރެވޭ ކުށާ ގުޅުވައިދޭ ހެކި ކަމުގައި ބެލެވިދާނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22).
1މިއީ، ކްރިމިނަލުކޯޓުގެ ނަންބަރ 145-J/PHA/2025/15 )19 ޖަނަވަރީ 2025( ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރ 145-J/PHA/2025/13 )19 ޖަނަވަރީ 2025( ކޯޓު އަމުރުދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2އެ ގޮތުނ، މި ޤަޟިއްޔާތައް ބެލިފައިވަނީ އަންނަނިވި ފަދައިންނެވެ.
2.1.ކްރިމިނަލްކޯޓގު ނަންބަރ 145-J/PHA/2025/15 )19 ޖަނަވަރީ 2025 ( ކޯޓު އަމުރު އިސްތިއުނާފުކޮށވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2025/HC-B12/7 ޤަޟިއްޔާގައެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތަކީ ހއ. އިހަވަންދޫ، […] މުޙައްމަދު ޢާރިފް އެވެ.
2.2.ކްރިމިނަލްކޯޓގު ނަންބަރ 145-J/PHA/2025/13 )19 ޖަނަވަރީ 2025 ( ކޯޓު އަމުރު އިސްތިއުނާފުކޮށވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2025/HC-B12/8 ޤަޟިއްޔާގައެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތަކީ މާލެ، […] އަކްރަމް ކަމާލުއްދީން އެވެ.
2.3.މި ދެޤަޟިއްޔާގައިވެސް އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )މީގެފަހުން "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށ ބުނެފައި( ގެ މައްޗަށެވެ.
3ބުނެވުނު އަމުރުތައް ނެރެފައިވަނީ އެއީ ހާދިސާއަކާ ގުޅިގެން ކަމަށްވާތީއާއި،އިސްތިއުނާފުކޮށްފައިވަނ ޤާނޫނީ އެއް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އަޙްމަދު ޝިޔާޛް އަދ އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްޤަޟއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއިދިވެހިރާއްޖޭގ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު' އަށި ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން މ 2 )ދއް(ގަޟްއްޔި އެކުއެކީގައި ކަމަށ ވުމާއެކު "ޝަރީޢަތްނިމުނުގޮތް" އެއީ ރިޕޯޓެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމެއްކަމަށް ފެންނާތީ އެގޮތުގެމަތިން ލިޔެފައިވަނީއެވެ.
4މި ރިޕޯޓުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދަކު، "އިސްތިއުނާފުކުރާ ފަރާތްތައް" ކަމަށ ބަޔާންކޮށްފައިއެވަނީ ހއ. އިހަވަންދޫ، […] މުޙައްމަދު ޢާރިފް އަދި […] އަކްރަމް ކަމާލުއްދީން އަށް މުޚާތަބުކޮށެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
5މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެގޮތުން 2022 ވަނަ އަހަރު ސަރުކާރުން އިޢުލާނުކުރި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށ ޢަމަލުކޮށްފައިވާކަމަށ ތުހުމަތުކޮށް ތަޙްޤީޤްކުރަމާންދ މައްސަލައަކާ ގުޅިގެނާ އިސްތިއުނާފެކުރުފަރާތްތަކުގ ޕާސްޕޯޓ ނުވަތަ ޓެރެވެލ ޑޮކިއުމަންޓް ހިފެހެއްޓުމުގެ އަމުރަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން )އޭސީސީ(ގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި . ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރު: 02/FAM/2021 )27 ޖަނަވަރީ 2021( ގައި ފާސްކުރައްވާފައިވާ އުޞޫލު . ފޯމު ހުށަހެޅި ފަރާތުގެ ރިފަރެންސް ނަންބަރު C5/CA/2025/06-123 އަދި C5/CA/2025/04-123 )19 ޖަނަވަރީ 2025( "ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމް".
6މި ހުށަހެޅުމާ ގުޅިގެން، ކްރިމިނަލްކޯޓުގެ ނަންބަރ 145-J/PHA/2025/15 )19 ޖަނަވަރީ 2025( ކޯޓު އަމުރާއި، އެކޯޓުގެ ނަންބަރ 145-J/PHA/2025/13 )19 ޖަނަވަރީ 2025( ކޯޓު އަމުރުން 20 ޖަނަވަރީ 2025 އިން 18 ފެބުރުވަރީ 2025 އަށް އިސްތިއުނާފުކުރާ ފަރާތްތަކުގެ ޕާސްޕޯޓު ނުވަތަ ޓްރެވެލ ޑޮކިއުމަންޓް ހިފެހެއްޓުމަށް އަމުރުކޮށްފައިވެއެވެ. މި އަމުރުތަކުގައި ދިވެހިރާއްޖޭގައި މަޑުކުރުވަނ ބޭނުންވާ ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " ... ހަވާލާދީފައިވާ މައްސަލާގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރާ ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި ހުރި އަކްރަމް ކަމާލުއްދީން އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިނިގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރގ މަޤާމުގައި ހުރި މުޙައްމަދު ޢާރިފް އާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައ ހުރި ޟިރުޣާމް ވަޙީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި އަޙްމަދް ވިޝާނ ނަސީމް އެ ފަރާތްތަކުގެ މަޤާމުގެ ނުފޫޒު ނަހަމަގޮތުގެ އ ބޭނުންކޮށްގެން ވަކިފަރާތަކަށް ނަޖާއިޒު މަންފާއެއް ހޯދައިދީފައިވާކަމަށް ތުހުމަތުކުރެވޭއިރު، ތަޙްޤީޤު ފުރިހަމަވުމުގެ ކުރނި މީން ރާއްޖެއިން ފުރައިފިނަމަ، ތަޙުޤީޤުން މީނާއ ސުވާލާ މުކުރެވި ތަޙްޤީޤު ފުރިހަމަކުރުމަށް ހުރަސްއެޅި، ތަޙްޤީޤަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެތީ." އަދި އެ އަމުރުތަކުގައި ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭކަމަށް ބެލެވޭ ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ އަންނިވިފަދައިންނެވެ. "މ މައްސަލާގައި ތުހުމަތުކުރެވި ފަރާތަކީ ފިލައިގެން ދިވެހިރާއްޖެއިން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތެއްކަން އެފަރާތުގެ ބޭންކް ސްޓޭޓްމަންޓްތަކުން އެނގެން އޮތުން."
7މި އިސްތިއުނާފަކީ ބުނެވިދިޔަ އަމުރުތައް އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން ބަލާފައިވާ އިސްތިއުނާފެކެވެ. އެގޮތުން، ހައިކޯޓުގެ ނަންބަރު 2025/HC-B12/7 ޤަޟިއްޔާއިން ބެލޭ އިސްތިއުނާފީ މައްސަލައަކީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/PHA/2025/15 )19 ޖަނަވަރީ 2025( ކޯޓު އަމުރާގުޅޭ އިސްތިއުނާފެވެ. އަދި މި ކޯޓުގެ ނަންބަރު 2025/HC-B12/8 ޤަޟިއްޔާއިން ބެލޭ އިސްތިއުނާފަކީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/PHA/2025/13 )19 ޖަނަވަރީ 2025( ކޯޓު އަމުރާގުޅޭ އިސްތިއުނާފެވެ. އިސްތިއުނާފީ ނުކުތާ:
8ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/PHA/2025/15 )19 ޖަނަވަރީ 2025( ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރ 145-J/PHA/2025/13 )19 ޖަނަވަރީ 2025( ކޯޓު އަމުރުނެރެފައިވަނީޝަރުޢީ އަދ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އިސްތިއުނާފުކުރާ ފަރާތްތަކުން އެ ނިންމުންއިސްތިއުނާފ ކުރުމަށު
01 )އެކެއް( ނުކުތާ ހުށަހަޅައާއެނުކުތުއާމެދަދިވެހިރާއްޖޭގެހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އގޮތުނެ ހުށަހެޅް ނުކުތާއަކީ؛
1.8.އިސްތިއުނާފުކޮށްފައިވާ އަމުރުން އިސްތިއުނާފުކުރާ ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ޤާނޫނ ނަންބަރ 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 75 ވަނަ މާއްދާގެ )ހ( އަދި )ބ( އާ ޚިލާފަށްކަމަށެވެ. އިސްތިއުނާފކުރު ފަރާތްތަކނު އެދޭގޮތް:
9އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/PHA/2025/15 )19 ޖަނަވަރީ 2025( ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު 145-J/PHA/2025/13 )19 ޖަނަވަރީ 2025( ކޯޓު އަމުރު ބާޠިލުކޮށްދިނުމަށެވެ. މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބުނެފައި. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކައިގެ ޚުލާސާ:
10އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައ 2024 ޖަނަވަރީ މަހުގައި ތަޙްޤީޤަށް ބަޔާން ދީފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތްތަކުން ތަޙްޤީޤަށް އެއްބާރުލުން ދޭކަމަށެވެ. ތަޙްޤީޤަށް ބަޔާންދިންތާ ގާތްގަނޑަކަށް 11 މްސްދުވަސްފަހުން ކުއްލްއަކަށި އިސްތިއުނާފުކުރާ ފަރާތްތައް ފިލާފާނެކަމަށް ދެކި ޕާސްޕޯޓު ހިފަހައްޓާފައިވަނީ އެފަދަ އެއްވެސް ޙާލަތެއް ނެތިކަމަށެވެ. ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޖިހާދު ޤަޟިއްޔާގެ 27 ވަނަ ނުކުތާގައި ތުހުމަތުގައިވާ މީހެއް ފިލާފާނެކަމަށް ބުނާނަމަ، އެ ވާހަކަ ކޮރެބްރޭޓްކުރާނެ ކޮންމެވެސް ހެއްކެއް ހުށަހެޅުމަކީ އަމުރަށް އެދޭ ފަރާތުގެ ޒިންމާއެއްކަން އެނގޭކަމަށާއި، އަދި މީހެއްގެ މާލީ ތަނަވަސްކަން ހުރެ ގޮތުނި އޭނާއަކީ ރާއްޖެ ދޫކޮށީރާއްޖެއިނ ބޭރަށް ގޮސް ދިރިއުޅެވޭނެ މީހެއްކަމަށް ބާރުދޭ ހެއްކަކީ ފިލާފާނެ ކަމުގެ ހެއްކެއް ނޫންކަމަށެވެ.ސުޕްރީމް ކޯޓުގެ ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ 12 11 އޮފީސް ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޖިހާދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތައް ނަގަހައްޓަމުނ ފިލައިގެން ދާންއުޅޭ ކަމަށް ބެލެވޭ ސަބަބުތައް ދެނެގަތުމުގައި ބެލެވިދާނެ ކަންތައްތަކެއް ބަޔާންކޮށްފައިވާކަމަށާއި،އެހެންނަމަވެސް، އިސްތިއުނާފުކުރާ ފަރާތްތަކަކީ ތަޙްޤީޤަށް ފަސްޖެހޭ ފަރާތްތަކެއް ނޫންކަމަށާއި، މިހާތަނަށް ތަޙްޤީޤަށް އެއްބާރުލުން ދީފައިވާނެ ކަމަށެވެ.މި މައްސަލައިގައި ތުހުމަތުކުރެވޭމިންވަރަށ ހެކް ނެތްކަމަށެވެ. މީގެއިތުރުން، މި އަމުރުތައް މުރާޖަޢާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވީނަމަވެސް، މުރާޖަޢާކުރުމުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުނ ބާއްވާފައިނުވާކަމަށެވެ.
11އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރަނީ މައިގަނޑު ދެ ކަމެއްކަމަށާއި، އެއީ ފިލާފާނެކަމަށް ބެލެވޭ ސަބަބެއް ނެތްކަމަށް ފާހަގަކުރާ ނުކުތާއާއި މުޅި މައްސަލައިގައި ޖިނާއި ކުށެއްގެ ތުހުމަތު ނެތްކަމަށިފާހަގަކުރާ ނުކުތާކަމަށެވެ. ފިލާފާނެކަމުގެ ހެކި ނެތްކަމަށްބުނެ އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރާ ކަމަކީ ވަރަށް ކުރިން ތަޙްޤީޤަށް ބަޔާން ދީފައި އޮތުން ކަމަށާއި، ނަމަވެސް އެފަދައިން ބަޔާނެއް ދީފައި އޮތުމަކީ ފ ލުމުގެ އިހުތިމާލު އޮތްތޯ ނެތްތޯ ބެލެވޭނެކެމެއް ނޫންކަމަށެވެ. މިފަދަ އަމުރުނެރުމުގައި ފިލާފާނެކަމުގެ ހެކި ވަޒަންކުރަންޖެހޭ އެކަށީގެންވާ ސަބަބުގެ މިންގަނޑުންކަނ ސުޕްރީމް ކޯޓުގް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދު ﷲ ޖިހާދު ޤް ޟިއްޔާއަށްފަހު އެ ކޯޓުން ނިންމާފައިވަ ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 22 ވަނަ ޕެރެގްރާފުން އެނގޭކަމަށެވެ. އެ މިންގަނޑަކީ probable cause ގެ މިންގަނޑުކަމަށާއި، އެ މިންގަނޑުގެ ތަފްޞީލު ސުޕްރީމް ކޯޓުގ މަފްތ ޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގެ 30 ވަނަ ޕެރެގްރާފުގައި ތަފްޞީލުކޮށްދީފައިވާކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވުނ މާއްދާގަ )ހ(ގެ ނައްސަށް ބަލާއިރަފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގެ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ ކަމަށް އޮތުމުން އެއް އިހްތިމާލެއް އޮތުންކނާއެނގޭކަމަށާއި ޔަޤީނީ ވާޤިޢާއެއް އޮތުން ނޫންކަމަށެވެ. ސުޕްރީމް ކޯޓުގެ ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 24 ވަނަ ޕެރެގްރާފް އަދި 25 ވަނަ ޕެރެގްރާފުގައި މުއްތަހަމު ފިލާފާނެކަން ވަޒަންކުރުމުގައި ރިޢާޔަތްކުރެވިދާނެ ކަންކަން ބަޔާންކޮށްފައިވާކަމަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ކުށަކީ ކޮރަޕްޝަންގެ ކުށަށް ވެފައި، ކޮރަޕްޝަންގެ ކުށެއްގެ ތުހުމަތުކުރވުމަކީ ތުހުމަތުކުރެވޭ މީހަކު ޝަރީޢަތަށް ނުވަތަ ތަޙްޤީޤަށް ފިލާނެކަމަށް ބެލެވިދާނެ ކުށަކަށްވުމާއި، ތުހުމަތުކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރިކަން އަމުރަށް އެދި ހުށަހެޅި ބޭންކ ސްޓޭޓްމަންޓުން އެނގެން އޮންނަކަމާއި، މި ފަރާތަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ނަން މަޝްހޫރު އަދި ޢަމަލީގޮތުން ހަރަކާތްތީރްވާ ފަރާތަކަށްވާއިރު، އެ ފަރާތަށް ކޮރަޕްޝަންގެ ތުހުމަތުކުރެވުމަކ މުޖުތަމައުގައި އެފަރާތުގެ މަޤާމާއި ހައިބަތަށް ބަލައި ތަޙުޤީޤަށް ކުރިމަތިލާން ފަސްޖެހިދާނ ބާވަތުގެ މީހަކަށް ވުން ކަމަށެވެ.މި ވާޤިޢާތައް އެއްކޮށްލއިގެނ ހެކް ވަޒަންކުރުމުނަ އިސްތިއުނާފުކުރި ފަރާތްތައްފިލައގެނ ހިނގައިދާނެކަމަށް ނިންމޭނެކަމަށެވެ. މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތް ފިލާފާނެކަމުގެ ކަށަވަރު ހެއްކެއް ނުގެނެވޭނެކަމަށެވެ.
12މީގެއިތުރުން، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ބެލުމުގައިވެސް ބަލަންޖެހޭނީ probable causeގެ މިންގަނޑަށް ކަމަށާއި، މި މިންގަނޑު މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ފަދައިން ޔަޤީންކަމާ ހަމައަށް ވާޞިލުވާން ނުޖެހޭކަން އެ ޤަޟިއްޔާއިން އެނގޭކަމަށެވެ.މ މައްސަލައިގައި އަމުރަށް އެދި ހުށަހެޅި ލިޔުންތަކުގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޕްރިލިމިނަރީ ރިޕޯޓަކާއި، ޕޯޓަލ މެދުވެރިކޮށް ހުށަހަޅާފައި އޮތް ފޯމަކާއި، ޕޯޓަލް މެދުވެރިކޮށްކަންކަން ހިނގަމުންދާއިރު ލޮގް ކުރެވޭ ރިޕޯޓަކާއި، ގެދޮރުވެރިޔާ ޕްރޮގްރާމް މެދުވެރިކޮށް ފޯމުތަކަށް ސްކޯ ދިނުމުގައި މަސައްކަތްކުރި ވެރިފަޔާއެއްގ ގޮތުގައެ މަސައްކަތްކުރި މުވައްޒަފަކު ވަޒީފާއިން ވަކިވިކަމުގެ ލިޔުން ހުށަހަޅާފައިވާނެކަމަށާއި، މައްސަލައިގައި ކުރެވޭ ތުހުމަތަކީ އިސްތިއުނާފުކުރާ ފަރާތްތަކަށް ލިބިފައިވާ ޕޯޓަލްއާއ ލިބިފައިވި ސުޕަރވައިޒަރީ ލެވެލްގެ އެކްސެސް ބޭނުންކޮށްގެން ފޯމުތަކަށް ބަދަލުގެނައުމުގެ ކަންކަމެއް ކުރިކަމުގެ ތުހުމަތުކަމަށެވެ. ހުށަހެޅިފައިވާ ލިޔުންތަކުން probable cause ގ މިންގަނޑުން އެކަނ ސާފުވާކަމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:
13އިސްތިއުނާފުކުރު ފަރާތްތަކުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/PHA/2025/15 )19 ޖަނަވަރީ 2025( ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު 145-J/PHA/2025/13 )19 ޖަނަވަރީ 2025( ކޯޓު އަމުރު ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
14އިސްތިއުނާފުކުރާ ފަރާތްތަކުން އުފައްދާ ބަހުސަކީ، އިސްތިއުނާފުކޮށްފައިވާ އަމުރުތައް ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކުށެއް ކޮށްފިކަމަށް އެކަށީގެންވާ ހެކި ނެތީސް އަދި، ފިލަން އުޅޭ ކަމަށް ބާރުދޭ ހެކި ނެތީސް އެ މާއްދާއާ ޚިލާފަށް ކަމަށެވެ. މި އިސްތިއުނާފުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއަކީ މިއީ އެވެ.
15ޕްރިސިޑެންސް 1ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެކެވެ.މިއީ ދުސްތޫރުން ރައްޔިތުންނަށް ކަށަވަރުކޮށެދީފައިވ އަސާސާ ޙައްޤެކެވެ. މި ޙައްޤު ހިފެހެއްޓިގެންދާ އެއް ޙާލަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގައިވާ ޙާލަތެވެ.
16އެގޮތުން، މީހަކު ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކޮށްފިކަމަށް ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އަދި އޭނާ ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކުރުމުގެނުވަތަ އެފަރާތެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އިޚްތިޔާރު، ޤާނޫނު ތަންފީޛުކުރާ އިދާރާއަށްލިބިގެންވކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާ. 75 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާއިރު، އެ އަމުރުނެރެދިނުމަށ އެދް ހުށަހަޅަނޖެހްމައުލޫމާތު އެ މާއްދާގެ )ނ( ގައި ބަޔާންކޮށްފައިވާއިރު، އ ފަދައަމުރއެނެރެދިނުމުގައ ފަނޑިޔާރި ރިޢޔަތްކުރަންޖެހާ ކަންކަން ބަޔާންކޮށްފައިވަނީ އެ މާއްދާގެ )ބ( ގައެވެ.
17ޕްރިސިޑެންސް 3އިސްތިއުނާފީ މި މައްސަލައިގެ ނިސްބަތުން ބަލާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ )ބ( ގެ )1( ވަނަ ނަންބަރުގައި ބަޔާންކުރާ، އަމުރު ނިސްބަތްވާ ފަރާތުން ކުރިކަމަށް ބުނާ ކުށާ އޭނާއާ ގުޅުވައިދޭ ހެކި ލިބިފައިވުމާއި އަދި އެ އަކުރުގެ )3( ވަނަ ނަންބަރުގައި ބަޔާންކުރާ، ދިވެހިރާއްޖޭ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުމާއި، އަދި )4( ވަނަ ނަންބަރުގައި ބަޔާންކުރާ، ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތު ން ފުރިހަމަވާންޖެހެއެވެ. އިސްތިއުނާފުކުރު ފަރާތްތަކުގެ މައްޗަށް ތހު މަތުކުރެވޭ ކުށް:
18އިސްތިއުނާފަށް ހުށަހެޅިފައިމިވާ އަމުރުތަކަށް އެދި އެންޓި -ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވް ފޯމުތަކަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ 510 ވަނަ މާއްދާގެ )ހ( )1( އަދި )2( ވަނަ ނަންބަރުގެ ދަށުން ދައުލަތުގެ މުވައްޒަފަކަށްވެހުރެ، އޭނާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް މަންފާއެއް ހޯދުމަށް އެދުމާއި ނުވަތަ އަމުރުކުރުމާއި، ނުވަތަ ބަލައިގަތުމާއި ނުވަތަ ޤަބޫލުކުރުމާއި، ނުވަތަ ބަލައިގަތުމަށް ނުވަތަ ޤަބޫލުކުރު މަށ އެއްބަސްވުމާއެކު؛ އަދި އެ ޢަމަލެއް ހިންގާފައިވަނީ، އެ މުވައްޒަފަކު ޤާނޫނީގޮތުން އަދާކުރަންޖެހޭ ރަސްމީ ވާޖިބަކާ ޚިލާފަށް ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ހުށަހަޅާފަރާތުގެ ރެފަރެންސް ނަންބަރު C5/CA/2025/06-123 އަދި C5/CA/2025/05-123 ޕާސްޕޯޓު ނުވަތަ ޓްރެވެލް ޑޮކިއުމަންޓު ހިފެހެއްޓުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު. ނުފޫޒަކަށްވާގޮތަށް އެކަމުގެ މުޤާބިލުގައިކަމަށްވުމާއި، އެ މާއްދާގެ )ށ( ގެ )1( އަދި )2( ވަނަ ނަންބަރުގެ ދަށުން ދައުލަތުގެ މުވައްޒަފަކަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް މަންފާއެއް ލިއްބައިދިނުމާއި ނުވަތަ ހުށަހެޅުމާއި ނުވަތަ ލިއްބައިދިނުމަށް ނުވަތަ ހުށަހެޅުމަށް ވަޢުދުވުމާއެކު؛ އަދި އެ ޢަމަލު ހިންގާފައިވަނީ، އެ މުވައްޒަފަކު ޤާނޫނީގޮތުން އަދާކުރަންޖެހޭ ރަސްމީ ވާޖިބަކާ ޚިލާފަށް ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުމަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށްވުން . ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ 513 ވަނަ މާއްދާގެ )ށ( ގެ )1( އަދި )2( ވަނަ ނަންބަރުގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިގެންވާ ސިއްރު މަޢުލޫމާތުގެ ނަހަމަ ބޭނުންކުރުން؛ އަދި ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް، މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އެކަން ކުރުން ." އަމުރު ނިސްބަތްވާ ފަރާތުން ކުރިކަމަށް ބުނާ ކުށާ އޭނާއާ ގުޅުވައިދޭ ހެކި:
19އިސްތިއުނާފުކރެވިފައިމިވުއަމުރުތިއަ ނެރެދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅް ފޯމުތަކާއި އަދި އިސްތިއުނާފި ކުރެވިފައިމިވާ އަމުރުތަކުގައި، އިސްތިއުނާފުކުރ ފަރާތްތަކުގެ މައްޗަށް ތހމަތުކުރެވޭ ކުށާ ގުޅުވައިގެން،ކުށްކުރި ކަމަށްލިބިފައިވާ ހެއްކާއި ޤަރީނާގެ ގޮތުގައި ބަޔާންކޮށްފައިވަނީ، )1( މައްސަލައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރިލިމިނަރީ ރިޕޯޓއާ އަދި )2( ވުރިފަޔަރ ސުބުހަތްޢު ލީ ވަޒީފާއިން ވަކިވިފަހުންވެސް އެ ފަރާތުގެ ލޮގިން ބޭނުންކޮށްގެން، ތުހުމަތުކުރެވޭ ފަރާތްތަކުނ ފޯމުތަކަށް ބަދަލުގެނެސްފައިވާކަން އަންގައިދޭ ލިޔުމެވެ.
20ޕްރިސިޑެންސް 2ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރުމަށް ނުވަތަ ފުރުން މަނާކުރުމުގެ އަމުރެއް ނެރުމަށްޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާ ތަޠުބީޤުކުރުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަމާއި މިންގަނޑުތައް ސުޕްރީމު ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދު ﷲ ޖިހާދް ޤަޟިއްޔާއާއި، އެ ކޯޓުނ ނިންމާފައިވާ ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ޝަރަޙަކޮށްދީފައިވެއެވެ. އެގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދު ﷲ ޖިހާދެޤޟިއްޔާގަ 24 ވަނަ ޕެރެގްރާފުގައި މީހަކުކުށެއ ކުރަމުންދާކަން ނުވަތް ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ޤަބޫލުކުރެވޭނެ ކިހިނެއްކަން ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ތަޙްޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި އެކަން ބަލާނީ އެކަށީގެންވާ ސަބަބެއް )cause probable( އޮތުމުގެ މައްޗަށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި މިނުކުތާއާ ޙަވާލާދީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ )ރ( ގެ )1( އާއި )2( ގެ ބޭނުމަށްޓަކައި ކުށުގެ ތުހުމަތުކުރެވޭ މީހާގެ މައްޗަށް ކުށުގެ ތުހުމަތު ކުރަން އެކަށީގެންވާ ހެކި ހުރި ކަމާއި އެމީހާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށި ބެލެވޭ ސަބަބު އޮތްކަން ފަޑިޔާރަށް ގަބޫލުކޮށްދިނުމަށްޓަކައ އަމުރަށް އެދޭފަރާތުން ގިރާކުރަންޖެހޭ ހެކީގެ މިންވަރަކީ އެކަށީގެންވާ ސަބަބެއް އޮތުން ކަމަށް ބަޔާންކޮށްފައިވެއެވެ.މި ޤަޟިއްޔާތަށ ނިމުނުފަހުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާއަށް އިސްލާޙުތަކެއް އައިސްފައިވެއެވެ.އެގޮތުން މި އިސްތިއުނާފުގެ މައުލޫއާގުޅ ގޮތުނ ފާހަގަކޮށްލެވޭ ބަދަލުތައް ތިރީގައިވާ ތާވަލުގައި ބަޔާންކުރަމެވެ. ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި އިޝާރާތްކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙަށްފަހު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ އިބާރާތް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ އިބާރާތް އޮތްގޮތް އޮތްގޮތް )ހ( މީހަކު ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން)ހ( މީހަކު ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ނުވަތަ ކުށެއް ކުރަން އުޅޭކަން ޤަބޫލުކުރެވޭ އެކަށީގެންވާ ހެކި ކޮށްފިކަމަށް ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ޤަބޫލުކުރެވޭ ލިބިފައިވާނަމަ، އަދި އޭނާ ފިލައިގެން ދާންއުޅޭ ކަމަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އަދި އޭނާ ފިލައިގެން ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އޭނާގެ ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބުތަކެއް ޕާސްޕޯޓު، ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމުގެ އިޚްތިޔާރު، ހުރިނަމަ، ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކުރުމުގެ ޤާނޫނު ތަންފީޛުކުރާ އިދާރާއަށްލިބިގެންވެއެވެ. އިޚްތިޔާރު، ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ލިބިގެންވެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަނެފައިވާ މައްސަލައެއްނަމަ، އެ އަމުރަށް އެދެންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. އަމުރަށް އެދި ކޯޓަށް ހުށަހަޅަންވާނެ މައުލޫމާތު )އެ މާއްދާގެ އަމުރަށް އެދި ކޯޓަށް ހުށަހަޅަންވާނެ މައުލޫމާތު )އެ މާއްދާގެ :((ށ) )ނ:(( )1( ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާގެ ނަމާއި (1) ފުރުން މަނާކުރަން ބޭނުންވާ މީހާގެ ނަމާއި އެޑްރެހާއި، އެޑްރެހާއި ޕާސްޕޯޓް ނަންބަރު ؛ ޕާސްޕޯޓެއް އޮތްނަމަ، ޕާސްޕޯޓުގެ މަޢުލޫމާތު ؛ )2( ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާ ކޮށްފައިވާކަމަށް (2) އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް ؛ ތުހުމަތުކުރެވޭ ކުށް ؛ (3) އޭނާއާ އެ ކުށާ ގުޅުވައިދޭ ހެކީގެ މަޢުލޫމާތު؛ )3( އޭނާ އެ ކުށް ކުރިކަމަށް ލިބިފައިވާ ހެކި ؛ ޤާނޫނު ނަންބަރު 21/2022 )ޤާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( އަށް 4 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު، މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު" ކަމަށް ބުނެފައި. )4( އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށް (4) އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ބެލެވޭ ސަބަބު، އަދި ކަމާ ގުޅޭގޮތުން ލިބިފައިވާ ހެކި؛ ބެލެވޭ ސަބަބު، އަދި ލިބިފައިވާ އިންޓެލިޖެންސްގެ މަޢުލޫމާތު )5( އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބު ؛ ނުވަތަ ހެކި ؛ )6( އެ އަމުރުގެ ދަށުން ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ (5) އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބު؛ މުއްދަތު. )6( އެ އަމުރުގެ ދަށުން އޭނާ ފުރުން މަނާކުރަން ބޭނުންވާ މުއްދަތު. )ރ( ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން މި މާއްދާގެ ހ) (ގެ ބ) ( ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން މި މާއްދާގެ )ހ(ގެ ދަށުން ކޯޓު އަމުރެއްނެ ރެދިނުމަށ އެދިއްޖެނަމަ، އެ އަމުރު ދަށުން ކޯޓު އަމުރެއް ނެރެދިނުމަށް އެދިއްޖެނަމަ، އެ އަމުރު ފަނޑިޔާރު ނެރެދޭންވާނީ، އަންނަނިވި ކަންކަން އެ މީހަކާ ފަނޑިޔާރު ނެރެދޭންވާނީ، އަންނަނިވި ކަންކަން އެ މީހަކާ ގުޅޭގޮތުން ފުރިހަމަވާނަމައެވެ . ގުޅޭގޮތުން ފުރިހަމަވާނަމައެވެ . )1( ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާ ކުށެއް )1( އަމުރު ނިސްބަތްވާ ފަރާތުން ކުރިކަމަށް ބުނާ ކުށާ ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް އޭނާއާ ގުޅުވައިދޭ ހެކި ލިބިފައިވުން ؛ ނ ވަތް ކުރަންއުޅޭ ކަމުގެ ހެކި ލިބިފައިވުން ؛ )2( އަމުރު ނިސްބަތްވާ ފަރާތަކީ ކުށެއް ކުރަންއުޅޭ ފަރާތެއް )2( އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމުގެ ކަމަށް ބެލެވޭ ފަރާތެއްނަމަ، ކަމާ ގުޅޭގޮތުން ހެކި ލިބިފައިވުން؛ އިންޓެލިޖެންސްގެ މަޢުލޫމާތު ލިބިފައިވުން ؛ އަދި )3( އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް )3( އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް އޮތުން . ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން ؛ އަދި )4( އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން .
21ވީމާ،ޙަވާލާދެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަށް ކިޔަންވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އައިސްފައިވާ އިޞްލާޙުތަކ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ދެކެމެވެ. އެގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އަމުރެއް ނެރުމަށްޓަކައި އަމުރު ނިސްބަތްވާ ފަރާތުން ކުރިކަމަށް ބުނާ ކުށާ އޭނާއާ ގުޅުވައިދޭ ހެކިލިބިފައިވުނަމަ ނުވަތާ އަމުރު ނިސްބަތްވާ ފަރާތަކީ ކުށެއް ކުރަންއުޅޭ ފަރާތެއް ކަމަށް ބެލެވޭ ފަރާތެއްނަމަ، ކަމާ ގުޅޭގޮތުން އިންޓެލިޖެންސްގެ މަޢުލޫމާތުލިބިފައިވާން އަދ އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން،އަދި އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން ފުރިހަމަވާންޖެހޭނެއެވެ.މި ކަންކަން ފުރިހަމަވާންޖެހޭނީ އެކަށީގެންވާ ސަބަބެއް )probable cause( އޮތުމުގެ މިންގަނޑުންނެވެ.
22ޕްރިސިޑެންސް 6އިސްތިއުނާފުކރެވިފައިމިވުއަމުރުތއ ނެރެދިނުމަށް އެދް އެންޓަ -ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ކްރިމިނަލް ކޯޓށަ ހުށަހެޅް ފޯމުތަކާއި އަދި އިސްތިއުނާފި ކުރެވިފައިމިވާ އަމުރުތަކުގައި، އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް ތުޙުމަތުކުރެވޭ ކުށް ގުޅުވައިގެން،ކުށްކުރި ކަމަށްލިބިފައިވާ ހެއްކާއި ޤަރީނާގެގޮތުގައ މި ނިންމުމުގެ 19 ވަނަ ނުކުތާގައިބަޔާންކށްފައިވްހެކިތަކަށް މަތިމަތިނެބަލާއިރު، މި މަރުޙަލާގެ ބޭނުމަށް، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ )ބ( ގެ )1 ( ވަނަ ނަންބަރުގެ ބޭނުމަށް ތުހުމަތުކުރެވޭ ކުށާއި ގުޅުވައިދޭ ހެކި ހުރިކަމަށް ދެކެމވެ. ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން:
23އިސްތިއުނާފުކުރާ ފަރާތްތައް ދިވެހިރާއްޖޭ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއިގް ގޮތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުތަކގައު ބަޔާންކޮށްފައިވަނީ، ]މ މައްސަލައިގައި ތުހުމަތުކުރެވި ފަރާތް ކޮށްފައިވާ ކުށަކީ ކޮރަޕްޝަނުގެ ކުށަކަށްވެފައި، ކޮރަޕްޝަނުގ ކުށެއްގެ ތުހުމަތުކުރެވުމަކީ، ތުހުމަތުކުރެވޭ މީހަކު ޝަރީޢަތަށް ނުވަތަ ތަޙުޤީޤަށް ފިލާނެކަމަށް ބެލެވިދާނެ ކުށަކަށްވާތީއާއި، މި މައްސަލައިގައި ތުޙުމަތުކުރެވޭ ފަރާތަކީ ފިލައިގެން ދިވެހިރާއްޖެއިން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތެއްކަން އެފަރާތުގެ ބޭންކް ސްޓޭޓްމަންޓުތަކުނ އެނގެން އޮތުމުންނާއި، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކީ ދިވެހިރާއްޖޭގ ސިޔާސީ މަސްރަހުގައި ނަން މަޝްހޫރު އަދި ޢަމަލީގޮތުން ހަރަކާތްތެރިވާ ފ ރާތަކަށްވާއިރު، އެ ފަރާތަށް ކޮރަޕްޝަނުގެ ތުހުމަތު ކުރުމަކީ މުޖުތަމައުގައި އެފަރާތުގެ މަޤާމާއި ހައިބަތަށް ބަލައި ތަޙުޤީޤަށް ކުރިމަތިލާން ފަސްޖެހިދާނ ބާވަތުގެ މީހަކަށް ވާތީއެވެ.[ މިފަދައިންނެވެ.
24އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުތަކެ ގައި، އިސްތިއުނާފުކުރ ފަރާތްތައ ދިވެހިރާއްޖެއިން ފިލައިގެން ދާން އުޅޭކަމަށް ލިބިފައިވާ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ؛
1. މައްސަލައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރިލިމިނަރީ ރިޕޯޓް
2. ބޭންކް ސްޓޭޓްމަންޓް
3. ޓްރެވަލް ހިސްޓްރީ، އެވެ.
25އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް ކޯޓުގެ އަމުރުތަކުގައި، އިސްތިއުނާފުކުރާ ފަރާތްތައް ދިވެހިރާއްޖޭ ދޫކޮށް ފިލައިގެން ދާންއުޅޭކަމަށް ބެލެވޭ ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "މ މައްސަލާގައި ތުހުމަތުކުރެވި ފަރާތަކީ ފިލައިގެން ދިވެހިރާއްޖެއިން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތެއްކަން އެފަރާތުގެ ބޭންކް ސްޓޭޓްމަންޓްތަކުން އެނގެން އޮތުން" މިފަދައިންނެވެ.
26ޕްރިސިޑެންސް 4ސުވާލަކީ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާންއުޅޭކަމުގެ ސަބަބެއްކަމުގައި ދިވެހިރާއްޖެއިން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތކަށްވުނަ ހަމައެކަނި ފުދޭނެ ތޯއެވެ؟މި ސުވާލުގްކުރު ޖަވާބަކީ އެ މިންވަރުން ނުފުދޭނެކަމެވެ. މި ކަމާގުޅިގެނ ދައުލަތުން ހުށަހެޅް ބަހުސަކީ މާލީ ތަނަވަސްކަމަށް އެކަނި ބެލުމުން ނުފުދޭނެކަމަށާއި، މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ބަލަންޖެހޭނެ ކަމަށެވެ. މި ބަހުސަށް އަހުރެންވެސް އެއްބަހެވެ. އެހެންންމަވެސް، ފެންނާން އޮތް ޙަޤީޤަތަކީ އިސްތިއުނާފުކޮށްފައިވާ އަމުރުގައި މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތްތައް ދިވެހިރާއްޖޭ ދޫކޮށް ފިލައިގެން ދާންއުޅޭކަމަށް ބެލެވޭސަބަބއް ކަމުގައެ ބަޔާންކޮށްފައިވަނީ އެންމެ ސަބަބެވެ.ކ އިސްވެ ބަޔާންކޮށްފައިވާ ފަދައިން އ ސަބަބަކީ،ތހުމަތުކުރެވު ފަރާތަކީ ފިލައިގެން ދިވެހިރާއްޖެއިން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތެއްކަން އެފަރާތުގެ ބޭންކް ސްޓޭޓްމަންޓްތަކުން އެނގެން އޮތުމެވެ.
27ޕްރިސިޑެންސް 5މައްސަލައާއެކުހުށަހަޅާފައިވ ބޭންކާ ސްޓޭޓްމަންޓްތަކްގައިވާ ފައިސާގެ އަދަދުތަކަށ މަތިމަތިން ބަލާއިރު، ދައުލަތުން ބުނާ ފަދައިން އިސްތިއުނާފުކުރާ ފަރާތްތަކަކީ ދިވެހިރާއްޖެއިން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރިފަރާތްތަކެއްކަމަށް ބެލެވިދާނެއެވެ.ނަމަވެސް، ހަމައެއާކެކު ފެންނަން އޮތް ޙަޤީޤަތަކްބުނެވިދިޔަ ބޭންކް ސްޓޭޓްމަންޓްތަކަކީ، އިސްތިއުނާފުކުރާ ފަރާތްތަކަކީ ދިވެހިރާއްޖެއިން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރިފަރާތްތަކެއްކަނ ކޯޓަށް ނުވަތް ފަނޑިޔާރަށް ތަސައްވުރުކޮށް ދެއްކުމުގެ ބޭނުމުގައި ހުށަހަޅާފައިވާ ސްޓޭޓްމަންޓަތަކެއ ކަމުގައް ބެލުމުގެ އިޙްތިމާލު އޮތްކަމްވެ. މިކނ މިފަދައިން ފާހަގަކުރި ސަބަބަކީ، މުޙައްމަދު ޢާރިފްގެ ބޭންކް ސްޓޭޓްމަންޓްތަކަށް ބަލާއިރު، އެސްޓޭޓްމަންޓކަ 2023 ވަނަ އަހަރުގެ މާރިޗު މަހާއ އަދި ޖުލައި މަހުގެ ސްޓޭޓްމަންޓެކެވެ. އަދި އަކްރަމް ކަމާލުއްދީންގެ ސްޓޭޓްމަންޓަކީ 2022 ވަނަ އަހަރުގެ ޖޫން މަހާއި އޮކްޓޫބަރު މަހުގެ ބޭންކ ސްޓޭޓްމަންޓެކެވެ. 19 ޖަނަވަރީ 2025 ދުވަހު ކޯޓަށް ހުށަހެޅި ފޯމާއެކު، 2022 ވަނަ އަހަރާއި އަދި 2023 ވަނަ އަހަރުގެ ބޭންކް ބެލަންސް ދައްކުވައިދޭ ބޭންކް ސްޓޭޓްމަންޓްތަކެއ ހުށަހެޅް ސަބަބެއް މި އިސްތިއުނާފުގައި ސާފުކޮށްދެވިފައިނުވާއިރު، އސްތިއުނާފި ކުރެވިފައިމިވާ އަމުރުތަކަށް އެދުނުއިރު، އިސްތިއުނާފުކުރާ ފަރާތްތަކުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގައ ހުރި ފައިސާގެ އަދަދުގެ ތަފްޞީލެއް ދައުލަތަށް ބުނެދެވިފައިނުވެއެވެ.
28މި ނުކުތާގައި ދެން އުފެދޭ ސުވާލަކީ، އިސްތިއުނާފުކުރާ ފަރާތްތަކަކީ ދިވެހިރާއްޖެއިން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަންއެއްދުވަސްވަރެއްގައ ނުވަތި މާޒީގައހުރިފަރާތްތަކެއްކނަ އެފަރާތްތަކުގެ ބޭންކ ސްޓޭޓްމަންޓްތަކުން އެނގުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ )ބ( ގެ )3( ވަނަ ނަންބަރުގެ ބޭނުމަށް، ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްކަމުގައި ބެލެވިދާނެ ތޯއެވެ.
29އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށްކުރެވޭ ކޮރަޕްޝަނާގުޅ މައްސަލޭ )2022 ވަނަ އަހަރު އިޢުލާންކުރި ]ގެދޮރުވެރިޔާ[ ސްކީމްގެ ދަށުން ފްލެޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށ ޢަމަލުކޮށްފައިވާކަމަށް ބުނެ( އެންޓި-ކޮރަޕްޝަން ކޮމިޝަނށަ 2023 ވަން އަހުރުގެ ނޮވުނެ ބަރީމަހު ހުށަހަޅާފައިވާއިރު، މައުލޫމާތު ސާފުކުރުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަޔާން، ޖަނަވަރީ 2024 ގައި ނަގާފައިވާކަމަށް ދައުލަތުން މި އިސްތިއުނާފުގައި ފާހަގަކޮށް އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ކޮންޓްރެކްޓް މުވައްޒަފެއްކަމަށްވާ ސުބުހތު ޢަލީ ވަޒީފާއިން ވަކިވި ފަހުން އެފަރާތުގެ ލޮގް-އިނ ބޭނުން ކޮށްގެން ފޯމުތަކަށް ބަދަލުގެނެސްފައިވާކަން އޭ.ސީ.ސީގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަމަށް ދައުލަތުން ބުނާއިރު،އަދި ހަމައު އެއެކ އިސްތިއުނާފުކުރާ ފަރާތްތަކުން މައްސަލައިގެ ތަޙްޤީޤަށް ފުރިހަމައަށް އުއްބާރުލުން ދޭކަމަށ ދައުލަތުންވެސް ފާހަގަކޮށްފައިވާއިރްމައްސަލައިގެ ތަޙްޤީޤުފެށިތާ އހަރެއްހަ ދުވަސްފަހުން، ހްމަކުއްލިއަކަށް އިސްތިއުނާފުކުރާ ފަރާތްތައް ރާއްޖަދޫކޮށ ފިލައިގެން ގޮސްފާނެކަމުގެ ބިރަށް، އެ ފަރާތްތަކުގެ ޕާސްޕޯޓް ހިފަހަށްޓަންޖެހޭ ފަދަ މަޤްބޫލު ސަބަބެއް ދައުލަތަށް މިއިސްތިއުނާފުގައި ބުނެދެވިފައިވާކަމަށް އަހުރެން ނުދެކެމެވެ.އެހެންކަމުން، އިސްތިއުނާފުކޮށްފައިމިވާ އަމަރުތަށް ނެރުމުގައި،މައްސަލައިގެ ވަށައިގެންވާ އަންމެހަކާންކމަށް ރިޢޔަތްކޮށްފައިވާކަނ އެނގެން ނެތެވެ.
30ވީމާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ )ބ( ގެ )3( ވަނަ ނަންބަރުގެ ބޭނުމަށް އިސްތިއުނާފުކުރާ ފަރާތްތައް ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ މި މައްސަލައާގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި 17 އެޕްރީލް 2025ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކުން. ސަބަބެއް އޮތެކަން އިސްތިއުނާފުކޮށްފައިވާ އަމުރުތަކުން ފެންނާން ނެތުމުން، މި އަމުރުތައް ނެރެފައިވަނީ އ މާއްދާއާ ޚިލާފަށްކަމަށް ދެކެމެވެ. ނިންމަންފެންނަ ގޮތް:
31އުސްވ ބަޔާންކުރެ ކަންކަން އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/PHA/2025/15 )19 ޖަނަވަރީ 2025( ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު 145-J/PHA/2025/13 )19 ޖަނަވަރީ 2025( ކޯޓު އަމުރުބާޠިލުކޮށ މައްސަލް ނިންމަން ފެނެއެވެ. ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔް :
32މި މައްސަލައިގައިފަނޑިޔާރ މުޙައްމަދު ސަލީމްގެ ރައުޔަށް ތާއިދުކުރަމެވެ.
33މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމް ގ ރައުޔަށް ތާއިދުކުރަމެވެ.
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާ، (ހ)، (ނ)، (ބ) ގެ (1)، (3)، (4)
- ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 510 ވަނަ މާއްދާ އަދި 513 ވަނަ މާއްދާ (ތުހުމަތުކުރެވޭ ކުށް)
- ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ ނަންބަރު FAM/2021/02 (މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު)
- 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)
- 2021/SC-A/04 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޖިހާދު)
- 2021/SC-A/08 (ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2021/SC-A/50 (މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ނޫރުއްސަލާމް އަބޫބަކުރު، ޢާއިޝަތު ޝީނާ މުޙައްމަދު
- ބެންޗު
- މުޙައްމަދު ސަލީމް، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް