ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/391
މުޙައްމަދު އަނީސް ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، 2019/HC-A/391
Mohamed Anees v. Maldives Indastrial Fisheries Company Limited 2019/HC-A/391 (2019/HC-A/391, High Court of the Maldives, 16 November 2021)
މުޙައްމަދު އަނީސް ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
މައިގަނޑު ސުވާލު
މިފްކޯއިން ކުލި ދައްކަމުން ގޮސް މިލްކުވާގޮތަށް ވިއްކި ދޯނިއަކީ އެހެން ފަރާތެއްގެ މިލްކެއްކަމަށް ދަޢުވާކޮށް، ވިއްކި ފަރާތުން ކޮންޓްރެކްޓާ ޚިލާފުވެގެން ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި ދަޢުވާ ސިވިލް ކޯޓުން ރައްދުކުރުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ތަޙުލީލުން ދޭހަވާގޮތުން)
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭ ޙާލަތްތަކުގެ ތެރޭގައި، ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުމާއި، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން ހިމެނެއެވެ (ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާ).
- އެހެން ޤަޟިއްޔާއެއްގެ ޙުކުމަކުން އެހެން ފަރާތެއްގެ މިލްކެއްކަމަށް ކަނޑައަޅާފައިވާ މުދަލަކީ ދަޢުވާގައި ބުނާ މުދަލުކަން އެ ޙުކުމުން ސާފުކޮށް ނޭނގޭނަމަ، އެ ޙުކުމަށް ބިނާކޮށް ވިއްކި މުދަލަކީ ވިއްކި ފަރާތުގެ މުދަލެއް ނޫންކަމަށް ބެލޭކަށް ނެތެވެ.
- ވިއްކި ފަރާތުން އެއްބަސްވުމުގެ ދަށުން ދޯނި ޙަވާލުކޮށް، އަގު ދައްކާ ނިމުމުން ގަތް ފަރާތުގެ ނަމަށް ރަޖިސްޓްރީ ބަދަލުކޮށްދީ، އެ މުދަލުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުވާފަދަ ޢަމަލެއް ކޮށްފައިވާކަން ނޭނގޭނަމަ، ވިއްކި ފަރާތުން ކޮންޓްރެކްޓާ ޚިލާފުވެފައިވާކަން ސާބިތުނުވާތީ ގެއްލުމުގެ ބަދަލު ނުލިބޭނެއެވެ.
g ދިވެހިރާއްޖޭ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނަންބަރު: 2019/HC-A/391 އިސްތިއުނާފުކުރި ފަރާތް: މުޙައްމަދު އަނީސް / ދަފްތަރު 1022 އިސްތިއުނާފު ރައްދުވި ފަރާތް: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް މައްސަލައިގެ ބާވަތް: އެއްބަސްވުމާއިމެދ ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޙުސައިން ޝަހީދު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު މުޙައްމަދު ފައިޞަލް 33 ރަބީޢުލްއާޚިރ 3112 ނިމުނު ތާރީޚް: 36 ނޮވެންބަރު 3233 22 ޛުލްޙިއްޖާ 3112 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 21 އޮގަސްޓް 3233 އިސްތިއުނާފުކުރެވުނު މައްސަލަ: ނަންބަރު: 1230/Cv-C/2017 ނިންމި ތަން: ސިވިލް ކޯޓު ބާވަތް: އެއްބަސްވުމާއިމެދ ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ ހުށަހެޅުނު ތާރީޚް: 32 އޭޕްރީލް 3233 ނިމުނު ތާރީޚް: 35 ފެބުރުވަރީ 3230 މަދަނީ- އެއްބަސްވުމާއިމެދ ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު: މި ރައުޔަށް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުޙައްމަދު ފައިޞަލް ތ އީ ދ ކުރެއެވެ. މައްސަލައިގެ ތަޢާރުފ:
9މިއީ، ސިވިލް ކޯޓުގެ ނަންބަރު 1230/Cv-C/2017 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދަފްތަރު 1022، މުޙައްމަދު އަނީސް ގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
3. މި ޤަޟިއްޔާ ގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް އިން ޑަސްޓްރިއަލ ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 173/97-C)އެވެ.
2މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑާއި މުޙައްމަދު އަނީސް އާއި ދެމެދު ލިޔުމުން އެއްބަސްވުމެއް ވެވުނެވެ. މި އެއްބަސްވުމަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ބަންނަ އިންޖީނު ބެހެއްޓި މަސްދޯނި ފަހަރު ދޫކުރުމަށް ކުރެވޭ އެގްރީމަންޓްގެ ދަށުން ކުރެވުނު އެއްބަސްވުމެކެވެ.
1. އެގޮތުން މި އެއްބަސްވުމުގެ ދަށުން ބަޔާންކުރާ އުޅަނދަކީ 212-MIFCO (ރަޖިސްޓްރީ ނަންބަރު T-10-5090-03) އެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ނަންބަރު A-0795/CFPP/212/-MIFCO އެގްރީމަންޓް
5. ބުނެވިދިޔަ އެއްބަސްވުމުގައިވާ ގޮތުގެމަތިން މުޙައްމަދު އަނީސްއަށް ދޯނި މިލްކުވާނީ 23 (ނުވައެއް) އަހަރު ތެރޭގައި ދޯނީގެ އަގު އަދާކޮށް ނިމުމުންކަން އެނގެން އޮވެއެވެ .
6. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ކޮންޓްރެކްޓާ ޚިލާފު ވެފައިވާ ކަމަށްބުނެ އެކމުގަ ސަބަބުން މުޙައްމަދު އަނީސްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މައްޗަށް މުޙައްމަދު އަނީސްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
3ސިވިލް ކޯޓުގެ ނަންބަރު 1230/Cv-C/2017 ޤަޟިއްޔާއަށް ބަލާއިރު، އެ މައްސަލައަކީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން މުޙައްމަދު އަނީސްއަށް ވިއްކުމަށް އެއްބަސްވެފައިވާ ރަޖިސްޓްރީ ނަންބަރު T-01 10-C1243A "މިފްކޯ 333" ދޯންޏަކީ މަރުޙޫ މ މޫސާ ފަހުމީގެ ވާރިޘުންގެ މިލްކެއްކަމަށް މަދަނީ ކޯޓުގެ ނަންބަރު /MC/2004246 ޤަޟިއްޔާގެ ޙުކުމުން އެނގެން އޮންނާތީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑުން ވިއްކި މިފްކޯ 333 ދޯއްޏަކީ އޭގެ މިލްކުވެރިކަން މުޙައްމަދު އަނީސްގެ ނަން މައްޗަށް ބަދަލު ނުކުރެވޭނެ އުޅަނދެއްކަމުގައިވާތީ، މުދަލެއް ވިއްކަން އެއްބަސްވާއިރު އެ ފަރާތްތަކަށް އެމުދަލެއް ވިއްކުމުގެ ޙައްޤު އޮތްކަމަށް ބެލެވޭނީ އެމުދަލުގެ މިލްކުވެރިކަން ގަންނަ ފަރާތަށް ބަދަލުވާނެ އޮންން ޙާލަތުގައިކަމަށް ވީހިނދު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނ ލިމިޓެޑީ އިން ވިއްކަން އެއްބަސްވި ދޯއްޏަކީ އެ ފަރާތުގެ މުދަލެއް ނޫންކަން މަދަނީ ކޯޓުގެ ނަންބަރު /MC/2004246 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުން އެނގެންއޮ ންނާތީ، މުދާ ވިއްކުމާބެގޭ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތް ކުރާއިރު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑު އިން ކޮންޓްރެކްޓާއި ޚިލާފުވެފައިވާކަމަށް ބުނެ އެކަމުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ނަންބަރު A-CFPP/212/95/07-MIFCO އެގްރީމަންޓްގެ 3 ވަނަ މާއްދާ ސަބަބުން މުދާ ގަންނަން އެއްބަސްވި ފަރާތަށް (ދަޢުވާކުރާ ފަރާތަށް) ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މޯލްޑިވްސެއިންޑަސްޓްރިއަލ ފިޝަރީޒް ކޮމްޕްނީ ލިމިޓެޑުގެ މައްޗަށް މުޙައްމަދު އަނީސްގެ ފަރާތުނު ހުށަހެޅުމުނ ބެލުން ޤަޟިއްޔާއެކެވެ.
0. އެ ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ފާހަ ގ ކުރެވުނު ނުކުތާތަކަށާއި، ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރް މާލު މުނިސިޕަލްޓީ ޚާއްޞަ ދަފްތަރު( ސ.މަރަދޫފޭދޫ/ ގްލޭނޫރުމާގެ) މުޙައްމަދު އަނީސް އާއި މޯލްޑިވްސ އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕނ ލިމިޓެޑީ އާއު ދެމެދީ33 ފެބުރުއަރީ 3223ގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މުޙައްމަދު އަނީސް ގަތުމަށް އެއްބަސްވެފައިވާ ރަޖިސްޓްރީ ނަންބަރ T-01 10-C1243A "މިފްކޯ 333"03)-5090-10-T "މިފްކޯ 333"( ނަމަކަށް ކިޔާދޯނި، މި ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ 22 ވަނަ މާއްދާއާއި 21 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތީން 33 ފެބުރުއަރީ 3223 ގައި މުޙައްމަދު އަނީސް އާއި ޙަވާލުކޮށްފައިވާކަމާއި، އަދި މި އުޅަނދުގެ ރަޖިސްޓްރީ މުޙައްމަދު އަނީސްގެ ނަމަށް ބަދަލުކުރުމަށްޓަކައި، ދަޢުވާލިބޭ ފަރާތުން ދޭންޖެހޭ ލިޔުންތައްވެސ ޙަވާލުކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއެކު މި އުޅަނދުގެ މިލްކުވެރިކަން މުޙައްމަދު އަނީސް ނޫން އެހެން ފަރާތެއްގެ ނަމަށް ބަދަލުވެދާފަދަ އެއްވެސް ޢަމަލެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ހިންގާފައިވާކަން ޝަރީޢަތަށް ސާބިތުނުވާތީ މި ދަޢުވާގައި މުޙައްމަދު އަނީސްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ ދަޢުވާކުރާ މުޙައްމަދު އަނީސަށ ދިނުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ޝަރީޢަތުން އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
3. ސިވިލް ކޯޓުގެ ނަންބަރު 1230/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދަފްތަރު 1022، މުޙައްމަދު އަނީސްގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
3.3 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑާއިއެކު 3223 ފެބުރުއަރީ 33 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުން މުޙައްމަދު އަނީސްއަށް ވިއްކާފައިވާ ރަޖިސްޓްރީ ނަންބަރު T-01 10-C1243A "މިފްކޯ 333" ދޯންޏާކީ (އޭ.އޭ.އޭ 31 ނަންބަރު) އަލް މަރުހޫމް މޫސާ ފަހީމުގ ވާރިސުންގެ މިލްކެއްކަމަށް މަދަނީ ކޯޓުގެ ނަންބަރު /MC/2004246 ޤަޟިއްޔާގެ ޙުކުމުން (23 ޖޫން 3226) ކަނޑައަޅާފައިވަނިކޮށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑުގެ މިލްކެއް ކަމުގައި ނުވާ ދޯންޏެއް މުޙައްމަދު އަނީސްއަށް ވިއްކާފައ ވަނި ޤާނޫނު ނަންބަރު 33/6 މުދާ ވިއްކުމާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި، 23 ވަނަ މާއްދާއި ޚިލާފަށް ކަމަށް ވީހިނދު، ޤާޟީ މައްސަލަ ނިންމަވާފައިވަނީ ސިވިލްކޯޓުގެ ނަންބަރު 1230/Cv-C/2017 ޤަޟިއްޔާގައި ހުށަހަޅާފައިވާ ލިޔުންތަކަށް ރިޢާޔަތްނުރައްވ ކަމަށާ ބުން ހުށަހެޅި ނުކުތާއއާ
3.3ސިވިލްކޯޓުގެ ނަންބަރު 1230/Cv-C/2017 ޤަޟިއްޔާގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނ ލިމިޓެޑީ އާއް މުޙައްމަދު އަނީސްއާއ ދެމެދި ވެވުނު ނަންބަރު A-7CFPP/212/95/0-MIFCO އެއްބަސްވުމުގައި 31 މާއްދާ ހިމެނިފައިވާއިރު އޭގެތެރެއިން ހިމެނޭ 26 ވަނަ މާއްދާއި 23 ވަނަ މާއްދާއި 23 ވަނަ މާއްދާ ފަދަ ޖައުހަރީ މާއްދާތަކަށް ރިޢާޔަތްކުރެއްވުމެއް ނެތި 22 ވަނަ މާއްދާއި، 21 ވަނަ މާއްދާއި، 32 ވަނަ މާއްދާއަށް އެކަނި ބައްލަވާ މައްސަލަ ނިންމަވާފައިވަނީ ޤާޟީއަށް އޮޅިވަޑައިގެންކަމަށ ބުން ހުށަހެޅި ނުކުތާއާއި
3.2 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނ ލިމިޓެޑީ އިން މުޙައްމަދް އަނީސް އަށް ވިއްކާފައިވާ ރަޖިސްޓްރީ ނަންބަރު T-10 01-C1243A "މިފްކޯ 333" ދޯނި ބޭނުންކުރަން ނުލިބުމުގެ ސަބަބުން ލިބިފައިވާގެއްލުމުގެ ބަދަލާއިމެދު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ (ޤާނޫނ ނަންބަރ33/ 1) ގ32 ވަނަ މާއްދާގެ (ހ) ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވަނ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
32ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 1230/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު އަނީސްގެ ފަރާ ތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާ ގުޅިގެން ދެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ .
33ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތަކުގެ ތެރޭގައި، އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން ހިމެނޭކަން އެނގެންއޮވެއެވެ.
33. އިސްތިއުނާފު ކުރެވިފައިމިވާ މައްސަލާގައި ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 6 ވަނަ ނަންބަރުގައި ދަޢުވާ ނުވަތަ މައްސަލައިގެ ޚުލާޞާ ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، ދަޢުވާ ހުށަހެޅި ފަރާތުން ދަޢުވާގއަ ބުނަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނ ލިމިޓެޑީ އިން މުޙައްމަދް އަނީސް އަށް ވިއްކުމަށް އެއްބަސްވެފައިވާ ރަޖިސްޓްރީ ނަންބަރު T-10 01-C1243A "މިފްކޯ 333" ދޯންޏަކީ، އަގު އަދ ކުރުމުން މުޙައްމަދު އަނީސް އަށް މިލްކުކޮށްދިނުމަށް އެއްބަސްވެގެން ކުރެވިފައިވާ މުޢާމަލާތެއް ނަމަވެސް އެ ޤާނޫނު ނަންބަރު 3232/33 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 12ވަނަ މާއްދާ ދޯންޏަކީ މަރްހޫމް މުޙައްމަދު މޫސާ ފަހީމުގ ވާރިޘުންގެ މިލްކެއްކަމަށް މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިން އިން ނިންމާފައިވާތީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑުން ވިއްކި ދޯންޏަކީ އޭގެ މިލްކުވެރިކަން މުޙައްމަދު އަނީސް އަށް ބަދަލުނުކުރެވޭނެ އުޅަނދެއްކަމަށްނުވާތީ، މުދާވިއްކުމާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކުރާއިރު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ކޮންޓެރެކްޓާއި ޚިލާފުވުމުގެ ސަބަބުން މުޙައްމަދު އަނީސް އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރާކަމަށެވެ.
32. މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާއިން މަރްޙޫމް މޫސާ ފަހީމްގ ވާރިޘުންގެ މިލްކެއްކަމަށް ކަނޑައަޅާފައިވާ އޭ.އޭ.އޭ31" ދޯންޏަކީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން މުޙައްމަދު އަނީސް އަށް ވިއްކާފައިވާ ދޯނިކަމަށ މުޙައްމަދް އަނީސްގެ ފަރާތުން ބުނެފައިވީނަމަވެސް، އެ ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ދޯންޏަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން މުޙައްމަދު އަނީސް އަށް ވިއްކާފައިވާ އެ ކުންފުނގީ 212-MIFCO (ރަޖިސްޓްރީ ނަންބަރު T-10-5090-03) ދޯނިކަން އެ ޤަޟިއްޔާއިން ސާފުކޮށް އެނގެން ނެތެވެ.
31. މޯލް ޑިވްސ އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑާއި މުޙައްމަދު އަނީސް އާއި ދެމެދުވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ހިންގާ މަޝަރޫޢެއްގެ ދަށުން ބަނދެފައިވާ އިންޖީނު ބެހެއްޓި މަސްދޯނިފަހަރު، ކުލި ދައްކަމުންގޮސް ދޯނީގެ އަގު ހަމަކުރުމުނ އެފަރާތަކަށް މިލްކް ކޮށްދިނުމާބެހޭ ގޮތުން މުޙައްމަދު އަނީސް އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްކަން އެނގެއެވެ. އެއްބަސްވުމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ އުޅަނދުގެ ރަޖިސްޓްރީ ނަންބަރެއްކަމަށް ބަޔާންކޮށްފައިވަނީ ރަޖިސްޓްރީ ނަންބަރު T-10-5090-03 "މިފްކޯ 333" ނަމަކަށް ކިޔުނު ދޯނި ވަނީ 35 ޖުލައި 3223 ގައި ރަޖިސްޓްރީ ނަންބަރު -01 10-C1243A T "މިފްކޯ 333" އަށް ބަދަލުވެފައެވެ. އަދި ބުނެވެދިޔަ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކާ ނިމުމުން، މުޙައްމަދު އަނީސްގެ ނަމަށް ރަޖިސްޓަރީ ބަދަލުކޮށް ރަޖިސްޓްރީ ނަންބަރު T-04 10-P1243A ބެއްލަންވިލާ ދޯނި އަށް ރަޖިސްޓްރީ ބަދަލުކުރެވިފައިވެއެވެ. 03-5090-10-T އެވެ. އެއްބަސްވުމުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދޯނީ އަގަކީ -2,95,920/ (ދެލައްކަ ނުވަދިހަ ފަސްހާސް ނުވަސަތޭކަ ވިހިރުފިޔާ) ކަން އެނގެއެވެ. އަދި މިލާދީ 23 (ނުވައެއް) އަހަރުގެ ދުވަހުގެ ތެރޭގައި ދޯނި ގަންނަފަރާތުން ފައިސާ ދައްކާ ނިންމަންވާނެކަމަށް ބަޔާންކޮށްފައި އޮންނަކަން އެނގެއެވެ.
35މި ދެފަރާތުގެ ދެމެދު ސޮއިކުރެވުނު އިސްވެ އިޝާރާތް ކުރެވުނު އެއްބަސްވުމުގައިވާ ބަޔާންކޮށްފައިވާ ރަޖިސްޓްރީ T-10-5090-03 ދޯނި، ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ބަޔާންވެގެންވާ ގޮތުގެ މަތީން 33 ފެބްރުއަރީ 3223 ގައި އިސްތިއުނާފުކުރާ ފަރާތާއި ހަވާލުކޮށްފައިވކަނާ ހުށަހެޅިފައިވާ ލިޔުންތަކުނާއި ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
36މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭޝަން އަށް ފޮނުވާފައިވާ ސިޓީން މުޙައްމަދު އަނީސް ފައިސާ ދައްކާ ނިންމާފައިވކަމާއާ ދޯނީގެ ރަޖިސްޓްރީ ބަދަލުކޮށް ދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭޝަން އަންގާފައިވާކަން އެނގެންއޮވެއެވެ. އެ ސިޓީގައި ބަޔާންކޮށްފައިވަނީ: " ދިގު މުއްދަތެއްގައި އަގުއަދާކޮށ ނިންމުމުން ގަންނަފަރާތަށ މިލްކުވާގޮތަށް މިކުންފުނިން ދޫކުރާ ދޯނިފަހަރުގެ ތެރެއިން، އަލްފާޟިލް މުޙައްމަދު އަނީސް، މާލޭމުނިސިޕަލްޓީގެ ޚާއްސަދަފްތަރު ([…] ) (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރ 042049-A)އަށް ދޫކޮށްފައިވާ، 212-MIFCO (ރަޖިސްޓްރީ ނަންބަރު T-10 01-1243A-C) މަސްދޯނީގެ އަގަށް ދައްކަންޖެހޭ ފައިސާ ވަނީ ދައްކާ ނިންމާފައެއްވެ. ވީމަ، މި ދޯނީގެ ރަޖިސްޓަރީ މުޙައްމަދު އަނީސްގެ ނަމަށް ނުވަތަ އެދޭފަރާތަކަށް ބަދަލުކޮށްދެއްވުމާމެދު މިކުންފުނީގެ އިޢުތިރާޟެއް ނެތްވާހަކަ ދެންނެވީމެވެ." މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ގެ ނަންބަރު A-07-CFPP/212/95-MIFCO އެގްރިމަންޓް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ގަންނަ އިންޖީނު ބެހެއްޓި މަސްދޯނިފަހަރު ވިއްކުމަށް ކުރެވޭ އެގްރީމަން ޓާއ ގުޅި ޝެޑިއުލް 3 (33 ފެބްރުއަރީ 3223) މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ގެ ނަންބަރު CORP/69/2008/08-134 ސިޓީ (32 މާރިޗް 3220) މިފަދައިންކަން އެނގެންއޮވެއެވެ .
33. މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީގެ ސިޓީއަށް ބަލާއިރު އެ ސިޓީގައި ބަޔާންކޮށްފައިވަނީ: ..." ހަވާލާދީފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ރަޖިސްޓްރީ ނަންބަރު T-10-04-P1243A އުޅަނދު ފުރަތަމަ ރަޖިސްޓްރީ ކޮށްފައިވަނީ "މިފްކޯ 212" މިނަމުގައެވެ" .މިފްކޯ 212" މި ނަމުން ނަން ބަދަލު ކޮށްފައިވަނީ "ބެއްލަންވިލާ 23" މި ނަމަށެވެ.
30. ބުނެވެދިޔަ ސިޓީއަށް ބަލާއިރު، އެ ސިޓީގައި ބަޔާންކޮށްފައިވަނީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑާއި މުޙައްމަދު އަނީސް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މުޙައްމަދު އަނީސް އަށް ވިއްކާފައިވާ ދޯނިކަން އެ ސީޓިގައި ބަޔާންކޮށްފައިވާ ރަޖިސްޓްރީ ނަންބަރަށް ބެލުމުން އެނގެއެވެ. އަދި އެ ދޯނީގެ ނަން މިހާރު "ބެއްލަންވިލާ 23" އަށް ބަދަލުވެފައިވަކަން ވެސް އެނގެން އޮވެއެވެ.
33. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އިން މުޙައްމަދު އަނީސް ވިއްކާފައިވާ ރަޖިސްޓްރީ ނަންބަރު T-10-5090-03 "މިފްކޯ 333" ދޯނި މުޙައްމަދު އަނީސްގެ ނަމަށް ރަޖިސްޓްރީ ބަދަލުކުރެވިފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްނީ ލިމިޓެޑް އާއި މުޙައްމަދު އަނީސް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްނީ ލިމިޓެޑް ގެ ފަރާތުން އަދާކޮށފައިވާތީކަން އެނގެއެވެ. އަދި މި އުޅަނދުގެ މިލްކުވެރިކަން މުޙައްމަދު އަނީސް ނޫން އެހެން ފަރާތެއްގެ ނަމަށް ބަދަލުވެދާފަދަ އެއްވެސް ޢަމަލެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑްގެ ފަރާތުން ހިންގާފައިވާކަން އެނގެން ނެތްކަމާއި، މުޙައްމަދު އަނީސް އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނ ލިމިޓެޑީ އާއް ދެމެދި ވެފައިވާ އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނ ލިމިޓެޑީ އިން ޚިލާފްވެފައި ވާކަން އެނގެން ނެތެވެ. އެހެންކަމުން، އެ ދޯނީގެ ބަދަލުގައި އެފަދަ އެހެން ދޯންޏެއް ނުވަތަ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާ
- މަދަނީ ކޯޓުގެ 462/MC/2004 ޤަޟިއްޔާ (ޙަވާލާދީފައިވާ ޙުކުމް)
- ބެންޗު
- ޙުސައިން ޝަހީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް