ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/344
މުޙައްމަދު އަނީސް ވ. ފާޠިމަތު ފަރީދާ އަދި އިތުރު ފަރާތްތައް، 2021/HC-A/344
Mohamed Anees v. Fathimath Fareedhaa and other parties 2021/HC-A/344 (2021/HC-A/344, High Court of the Maldives, 17 September 2025)
މުޙައްމަދު އަނީސް ވ. ފާޠިމަތު ފަރީދާ އަދި އިތުރު ފަރާތްތައް
މައިގަނޑު ސުވާލު
ކޯޓުގެ ޙުކުމަކުން ސާބިތުވި ދަރަނި ވަގުތުން ނުދައްކައި (އިސްތިއުނާފުކޮށްގެން) ލަސްކުރުމުން ލިބުނު ގެއްލުމުގެ ބަދަލަށް ކުރާ ދަޢުވާއަކީ ޝަރީޢަތްކުރުމާބެހޭ ޤަވާޢިދު 6 ގެ 91 ވަނަ ނަންބަރުގައިވާ 'ދަރަނި ނުދީގެން ކުރެވޭ ޖޫރިމަނާ' ގެ މައްސަލައެއްތޯއާއި، އެފަދަ ދަޢުވާއެއް ޙުކުމް ތަންފީޛުގެ އިޖުރާއަތުން ބޭރުން ވަކި ދަޢުވާއެއްގެ ގޮތުގައި ބެލޭނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ޝަރީޢަތްކުރުމާބެހޭ ޤަވާޢިދު 6 ގެ 91 ވަނަ ނަންބަރު (ދަރަނި ނުދީގެން ކުރެވޭ ޖޫރިމަނާގެ ދަޢުވާ ބަލައިނުގަތުން) އަކީ މިހާރު ބާޠިލުވެފައިވާ އުޞޫލެކެވެ؛ އެ އުޞޫލުގެ މަޤްޞަދަކީ ދަރަނި ނުދައްކާތީ ޖޫރިމަނާއެއްގެ ގޮތުގައި ނަގާ ރިބާގެ މުޢާމަލާތްތައް ޝަރުޢީ ކޯޓުން ބަލައިގަތުން ހުއްޓުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15-16)
- ދަޢުވާއެއްގެ ބާވަތް ކަނޑައަޅަންވާނީ ދަޢުވާ ފޯމުގައިވާ ދަޢުވާގެ ބާވަތާއި ސީޣާއާއި އެދޭ ފަރުވާއަށް ބަލައިގެންނެވެ؛ ބަދަލު ހޯދުމަށް ކުރާ ދަޢުވާއެއް 'ދަރަނި ނުދީގެން ކުރެވޭ ޖޫރިމަނާ' ގެ ދަޢުވާއެއްގެ ގޮތުގައި ގިންތިކޮށް ބޭރުކުރާނަމަ އެގޮތަށް ނިންމި ސަބަބު ބަޔާންކުރަންޖެހެއެވެ؛ ސަބަބު ނުދައްކައި އެ އަސާސުން ދަޢުވާ ބޭރުކުރުމަކީ ރަނގަޅު ޤާނޫނީ އަސާސެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-19، 26)
- ޝަރުޢީ ކޯޓެއްގެ ޙުކުމަކުން ދައްކަން ޖެހޭ ދަރަނި ނުދައްކައިފިނަމަ ޢަމަލުކުރަންޖެހޭ ޚާއްޞަ އިޖުރާއަތަކީ ޙުކުމް ތަންފީޛުކުރުމުގެ އިޖުރާއަތެވެ؛ އެ އިޖުރާއަތުން ބޭރުން އެކި ނަންނަމުގައި ވަކި ދަޢުވާއެއްގެ ގޮތުގައި ބަދަލު ހޯދުމަށް ކުރާ ދަޢުވާ ބަލައިގަތުމަކީ ތަންފީޛުގެ ފިޔަވަޅުތަކާ ފުށުއަރާ ކަމަކަށްވާތީ، ދަށުކޯޓުގެ މި ނިންމުމަށް އިސްތިއުނާފުގައި ތަޢުނުނުކުރެވޭހާ ހިނދަކު އެ ނިންމުން ބާޠިލުކުރެވޭނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-22، 27)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން) ގެ ފާހަގަކުރުމަކީ އަސާސެއްނެތް ބޭކާރު އިސްތިއުނާފުތައް ހުއްޓުވުމުގައި ކޯޓުތަކުގެ ދައުރު ބަޔާންކުރާ ފާހަގަކުރުމެކެވެ؛ އެއީ އެފަދަ އިސްތިއުނާފުތަކުގެ ސަބަބުން ލިބޭ ގެއްލުމަށް ވަކި ދަޢުވާއެއް ކުރެވޭނެކަން ކަނޑައަޅާ ފާހަގަކުރުމެއް ނޫނެވެ؛ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ އިސްތިއުނާފުތަކަށް ފަރުވާ ހޯދުމުގެ ޚާއްޞަ އިޖުރާއަތު މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ފަހިކޮށްދީފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-24)
- މިހާރުގެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މައްސަލައެއް އިސްތިއުނާފުކުރުމުން ޙުކުމް ތަންފީޛުކުރުން ފަސްނުވާނެ ނަމަވެސް، ކުރިން ޢަމަލުކުރެވެމުން ދިޔަ އިޖުރާއަތުގައި ޢާންމު އުޞޫލަކީ އިސްތިއުނާފުކުރުމުން ޙުކުމް ތަންފީޛު ފަސްވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދަފްތަރު ނަންބަރު 4800 މުޙައްމަދު އަނީސް (މީގެ ފަހުން "މުޙައްމަދު އަނީސް " ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، […] ކ.މާލެ ފާތިމަތު ފަރީދާ، މުޙައްމަދު ޝަވީދު، އަޙްމަދު ޝިޔާމް، އާމިނަތު އަޝްފާ، މަރްޔަމް ޝިފާ، ޢަލީ ޝިޔާމް، ޙަސަން ޝިޔާމް އަދި ސ.މަރަދޫފޭދޫ/ ފަހާގެ ޚައުލަތު ފަހީމް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް") އެވެ.
3އެރިއަދޫއާއި ވިލަމެންދޫ ރިސޯޓުގައި އިސްތިއުނާފުކުރާ މުޙައްމަދު އަނީސް ވަޒީފާއަދާކުރި ދުވަސްތަކުގެ މުސާރައިގެ ގޮތުގައި އެކުޖުމްލަ -731,540.80/ރ. (ހަތްލައްކަ އެއްތިރީސްހާސް ފައްސަތޭކަ ސާޅީސް ރުފިޔާ އަށްޑިހަ ލާރި) މުޙައްމަދު އަނީސް އަށް ދެއްކުމަށް، 17 ފެބްރުއަރީ 2013 ގައި ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާ (މައްސަލަ 1) އިން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ޙުކުމްކޮށްފައިވެއެވެ. މިފައިސާ ދެއްކުމަށް އެޙުކުމްގައި ކަނޑައަޅާފައިވަނީ 17 ފެބްރުއަރީ 2013 އިން ފެށިގެން 02 (ދޭއް) މަހެވެ.
4އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާއަކާ ވެސް މުޙައްމަދު އަނީސްގެ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ހުށަހެޅި ޤަޟިއްޔާއެކެވެ. އެމައްސަލައިގެ ދައުވާގައި މުޙައްމަދު އަނީސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާ (މައްސަލަ 1) އިން ސާބިތުވި ފައިސާ އަކީ ލިބޭނެ ފައިސާއެއްކަމަށް ބަރޯސާވެގެން މުޙައްމަދު އަނީސްގެ ފަރާތުން ދަމާސް ރިއަލ އެސްޓޭޓް ޕްރައިވެޓް ލިމިޓެޑުން ވިއްކުމަށް އިޢުލާންކުރި 03 (ތިނެއް) ކޮޓަރީގެ އެޕާރޓްމަންޓެއް ގަތުމަށްޓަކައި ބުކިން ފީ އަދި ޕްރޮސެސިންގ ފީ ދެއްކިކަމަށެވެ.
5ނަމަވެސް އެއެޕާޓްމަންޓްގެ ޑައުން ޕޭމަންޓަށްވާ 412,557.84ރ. (ހަތަރުލައްކަ ބާރަހާސް ފައްސަތޭކަ ފަންސާސް ހަތް ރުފިޔާ އަށްޑިހަ ހަތަރުލާރި) ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި މުޙައްމަދު އަނީސް އަށް ފައިސާ ދެއްކިފައިނުވާކަމަށާއި، މިފައިސާ ދެއްކިފައި ނުވަނީ ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާ (މައްސަލަ 1) ގެ ޙުކުމާ އެއްގޮތަށް އެމުއްދަތުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފައިސާ ދީފައިނުވާތީ ކަމަށް މުޙައްމަދު އަނީސް ފާހަގަކޮށް އެ މުޢާމަލާތާ ގުޅިގެން މުޙައްމަދު އަނީސްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވެއެވެ.
6އެގޮތުން، މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅި ދައުވާގައި އެދިފައިވަނީ، 03 (ތިނެއް) ރޫމްގެ އެޕާޓްމަންޓް ގަންނަން ލިބެން އޮތް އަގު ކަމުގައިވާ 2,062,789.20ރ. (ދެމިލިއަން ފަސްދޮޅަސް ދެހާސް ހަތްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ވިހި ލާރި) އަށް އެ އެޕާޓްމަންޓް ގަތުމުގެ ފުރުސަތު މުޙައްމަދު އަނީސްއަށް ލިބިފައިވީނަމަވެސް، އެފުރުސަތު ގެއްލިފައިވަނ އިސްތިއުނާފީ ރައްދުވާ 8 ފަރާތުން މުޙައްމަދު އަނީސްއަށް އެފައިސާ ނުދީ ހިފެހެއްޓުމުންކަމަށްވުމުން، މިހާރު 03 (ތިނެއް) ރޫމްގެ އެޕާޓްމަންޓެއް ގަންނަން ލބުނި -3,457,296/ރ. (ތިން މިލިއަން ހަތަރުލައްކަ ފަންސާސް ހަތްހާސް ދުއިސައްތަ ނުވަދިހަ ހައެއް) ރުފިޔާއަށް ކަމަށްވާތީ، މިދެ އެޕާޓްމަންޓްގެ އަގުގެ ތަފާތަށް އަންނަ 1,394,506.80 (އެއް މިލިއަން ތިންލައްކަ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ހަ ރުފިޔާ އަށްޑިހަ ލާރި) އާއި ތަނެއް ކުއްޔަށް ހިފައިގެން އުޅެން ޖެހުމުން ލިބުނު ގެއްލުމުގެ ބަދަލަށް ލިބެންޖެހޭ -1,081,000/ ރ. (އެއްމިލިއަން އަށްޑިހަ އެއްހާސް) ރުފިޔާއާއެކު ޖުމްލަ 2,475,506.80ރ. (ދެމިލިއަން ހަތަރުލައްކަ ހަތްދިހަ ފަސްހާސް ފައްސަތޭކަ ހަ ރުފިޔާ އަށްޑިހަ ލާރި) އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ކިބައިން ހޯދުމަށެވެ. މުޙައްމަދު އަނީސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމްގެ ނަންބަރު 9
7އިސްތިއުނާފު ރައް ދުވާ ފަރާތްތަކުން މިދއަ ވާގެ ރައްދުގައު އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ. މިއިޖުރާއީ ނުކުތާގައި ފާހަގަކޮށްފައިވަނީ، ފްލެޓް ގަތުމަށް ވެފައިވާ އެއްބަސްވުމާ އިސްތިއުނާފު ރައްދުވާ ފަރާތްތަކާ އެއްވެސް ގުޅުމެއް އޮތްކަން ދައުވާގައި ބަޔާންކޮށްފައިނުވާކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނޏާއް ދައުވާގައި ހިމެނި ފްލެޓާ އެއްވެސް ގުޅުމެއް ނުވާކަމަށާއި، މުޙައްމަދު އަނީސް ކުރަން ޤަސްދުކޮށްފައިވާ ކަމެއްގެ ޛިންމާ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އުފުލަންޖެހޭ ޤާނޫނީ އެއްވެސް ހަމައެއްނެތްކަމަށާއި، މައްސަލަ ހުށަހަޅާފައިވަނީ އިޙުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލާއި، މަދަނީ މަސްއޫލިއްޔަތުގެ ދަށުން ބަދަލު ނަގައިދިނުމަށް ހުށަހަޅާ މައްސަލައެއްގެ ގޮތުގައިކަމަށާއި، ޝަރުޢީ ކޯޓަކުން ނިންމާ މައްސަލައެއް ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އިސްތިއުނާފުކުރުމަކީ އިހުމާލުވުންކަމަށް ނުބެލެވޭނެކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކޮށް ހައިކޯޓުން ބެލި ނަންބަރު 2013/HC-A/239 ޤަޟިއްޔާގައި ބަލައި ޙުކުމްކޮށްފައިވާކަމަށާއި، އަދި ހައިކޯޓުގެ މިނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށް ސިވިލް ކޯޓުގެ 1399/Cv-C/2011 ޤަޟިއްޔާއިން ސާބިތުވި ފައިސާ ސިވިލް ކޯޓަށް ދައްކާފައިވާކަމަށާއި، އެފައިސާ 05 ނޮވެމްބަރު 2019 ދުވަހު އިސްތިއުނާފު ކުރާ ފަރާތުން ނަގާފައިވާކަމަށާއި، އެހެންކަމުން އެފައިސާ ނުލިބިގެންކަމަށް ބުނެ 09 އޮގަސްޓް 2020 ވަނަ ދުވަހު ހުށަހެޅި މިދައުވާއަކ ޚިޔާލީ ދައުވާއެއްކަމަށާއި، އެހެންކަމުން މިމައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ކަމުގައި ނުދެކޭކަމަށެވެ.
8އިސްތިއުނާފުން ބެލެވެމުންމިދާ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާގައި ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "... ހުށަހެޅިފައިމިވާ ދައުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާއިން ސާބިތުވެގެން ދައުވާކުރާ މުޙައްމަދު އަނީސްއަށް ލިބެންޖެހޭ ދަރަނީގެ ފައިސާގެ މައްޗަށް ބަރޯސާވެގެން އެޕާޓްމަންޓެއް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާގައި ހުށަހެޅި އިޖުރާއީ ނުކުތާ ގަތުމަށް ކޮށްފައިވާ ޚަރަދާއި އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ދައުވާލިބޭ ފަރާތްތަކުގެ ކިބައިން ހޯދުމަށް ކޮށްފައިވާ ދައުވާއެއްކަމާއި، ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމާއި ގުޅިގެން ދައްކަންޖެހޭ ދަރަނީގެ ފައިސާ އެޙުކުމާއި އެއްގޮތަށް ނުދައްކައިގެން އަރަނިވެރިޔާގެ ފަރާތުން ހުށަހަޅަންޖެހޭނީ އެޙުކުމެއް ތަންފީޛުކުރުމަށް ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ކަމަށްވާއިރު، ދަފްތަރު ނަންބަރު ރސ. 4800 މުޙައްމަދު އަނީސްގެ ފަރާތުން (އިސްތިއުނާފ ރައްދުވު ފަރާތްތައް) ގެ މައްޗަށް ހުށަހަޅާފައިމިވާ ދައުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާއިން ސާބިތުވެގެން ދައުވާލިބޭ 08 މީހުންގެ އަތުން ދައުވާކުރާ މުޙައްމަދު އަނީސްއަށް ލިބެންޖެހޭ ދަރަނީގެ ފައިސާގެ މައްޗަށް ބަރޯސާވެގެން މުޙައްމަދު އަނީސް ކޮށްފައިވާ ކަމަށްބުނާ މުޢާމަލާތަކާއި ގުޅިގެން މުޙައްމަދު އަނީސްއަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުމުގެ ބަދަލު ހޯދުމަށް ކޮށްފައިވާ ދައުވާއެއްކަމުގައިވާތީ މިދައުވާއަކީ މިހާރު ހުށަހަޅާފައިވާގޮތަށް މިކޯޓުގައި ބަލައި ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މައްސަލައިގެ ރެޖިސްޓްރޭޝަން މަރުޙަލާ: ހައިކޯޓު މަރުޙަލާ:
9ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ނިންމުމާމެދު ހިތްހަމަނުޖެހިގެން އެނިންމުން އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު އަނީސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، މިކޯޓުގެ ނަންބަރު CR/INDIV/2021/260-95 "ރަޖިސްޓްރާރގެ ނިންމުން" އިން ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު އަނީސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމެވުމުގައި ބަޔާންކޮށްފައިވާ ޙާލަތަށް ފެތޭ ނުކުތާތަކެއް ކަމުގައި ނުވާތީއާއި، ޤާނޫނީ ބަހުޘެއް ހުށަހެޅިފައިނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާ ތާރީޚް:- 22 ޖޫން 2021 އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުމާއި، ހައިކޯޓުގެ ޤަވާއިދު 2011 ގެ 27 ވަނަ މާއްދާގެ ދަށުން މިމައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތްކަމަށެވެ.
10ރަޖިސްޓްރާރގެ މިނިންމުމާމެދު ހިތްހަމަނުޖެހިގެން އެނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި މުޙައްމަދު އަނީސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. މިކޯޓުގެ ނަންބަރު (NR) 96/RM/2021-HC "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓް" ގައި ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީ، އިސްތިއުނާފު ކުރުމަށް ޤާނޫނީ ރަނގަޅު ސަބަބެއް ހުށަހެޅިފައިނުވާތީ، މިމައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ފެންނާތީ، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަކަށް ނުފެންނަކަމަށެވެ.
11ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތާއިމެދު ހިތްހަމަނުޖެހިގެން އެނިންމުން މުޙައްމަދު އަނީސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/41 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވަނީ، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަކީ، ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްނުވާތީ، އެނިންމުން ބާޠިލްކޮށް، މުޙައްމަދު އަނީސްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރަން އެދޭނަމަ، 17 އޮކްޓޯބަރު 2021 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު މުޙައްމަދު އަނީސްއަށް ލިބިގެންވާކަމަށް ކަނޑައަޅައެވެ.
12ސުޕްރީމް ކޯޓުގް މިނިންމުން ބިނާކުރި ސަބަބެއްކަމުގައި ފާހަގަކޮށްފައިވަނީ، މުޙައްމަދު އަނީސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 91 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ، ދަރަނި ނުދީގެން ކުރެވޭ ޖޫރިމަނާއަކާގުޅޭ މައްސަލައެއް ނޫންކަމުގައި ފާހަގަކޮށް، އެކަން ހައިކޯޓުގައި އިސްތިއުނާފުކުރިއިރު ބަޔާންކޮށްފައިވުމުން، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޤާނޫނު ތަތުބީޤުކުރުމުގައި ނުވަތަ މާނަ ކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރި ޙާލަތެއް ކަމުގައި ސުޕްރީމް ކޯޓުން ދެކޭކަމަށެވެ. ސިވިލް ކޯޓުގެ ނިންމނު ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި ނުކުތާތައް
13ސުޕްރީމް ކޯޓުގް ހުއްދައާއެކު، ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާ މުޙައްމަދު އަނީސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އަންނަނިވި ނުކުތާތަކުގެ މައްޗަށް ބިނާކޮށެވެ.
1.13. ފުރަތަމަ ނުކުތާއަކީ؛ ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާ (ށ) އަކީ ހުށަހެޅިފައިވާ ދައުވާގެ ސީޣާއާއި ޚިލާފު ނުކުތާއަކަށް ނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.1.13. މިނުކުތާގެ ތަފްސީލުގައި މުޙައްމަދު އަނީސްގެ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާގެ ދަށުން ލިބެންޖެހޭ ފައިސާ މުޙައްމަދު އަނީސް އަށް ލިބިފައިވަނީ، ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށްފަހު އެކޯޓުން ޙުކުމްކުރުމުގެ ކުރިންކަމަށާއި، އެހެންކަމުން މިއީ، ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤޟިއްޔާގައަ ފާހަގަކޮށްފައިވާ ފަދައިން ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-HCL/41 ގެ ނަންބަރު ޕޮއިންޓް 4.9 ނަންބަރު 2019/SC-L/91 މެރިޓެއްނެތްކަމެއްގައި، ކަނޑައެޅިގެން ފައިސާ ދެއްކުން ލަސްކުރުމުގެ ނުބައި ނިޔަތުގައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދޭ އަސާސީ ޙައްޤުގެ ބޭނުން ނަހަމަގޮތުގައި ހިފައި، އަދި ދަށުކޯޓުން ކުރަން އަންގާފައިވާ ކަމެއް ނުކޮށް ލަސްކުރުމުގެ ބޭނުމުގައި މައްސަލަ ކޯޓުތަކުގެ އިސްތިއުނާފީ މަރުޙަލާއަށް ވައްދައިގެން އެމަރުޙަލާ ތައައްސަފީގޮތުނ ބޭނުންކޮށް އަނެކުންނަށް ގެއްލުން ކުރުމުގެ ނިޔަތުގައި ކޮށްފައިވާކަމެއްކަމަށެވެ.
1.1.1.13. މިނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާ (ށ) އަކީ ހުށަހެޅިފައިވާ ދައުވާގެ ސީޣާއާއި ޚިލާފުނުކުތާއެއ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޚިލާފުވީ ކޮންގޮތަކުން ކަން ބުނެދެވިފައިނުވާކަމަށާއި، އިސްތިއުނާފު ކުރެވޭ ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާއާއި ގުޅިގެންދާ ގޮތެއް ބުނެދެވިފައިނުވާކަމަށެވެ. އެހެންކަމުން މިއީ، ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ ނުކުތާއެއްކަމަށެވެ.
2.13. ދެވަނަ ނުކުތާއަކީ؛ ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާއަކީ ސާބިތު ދަރަންޏެއްގެ ޙުކުމް ތަންފީޛު ކުރުމުގެ މުޢާމަލާތެއްކަމުގައި ނުވާއިރު، ހުށަހެޅިފައިވާ ދައުވާގެ ސީޣާއަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
1.2.13. މިނުކުތާގެ ތަފްސީލުގައި މުޙައްމަދު އަނީސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާއިން ހުށަހަޅާފައިވާ މައްސަލައަކީ ސާބިތު ދަރަންޏެއްގެ ޙުކުމް ތަންފީޛު ކުރުމުގެ މުޢާމަލާތެއްކަމުގައި ނުވާއިރު، މައްސަލަ ބެލި ޤާޟީ މިމައްސަލައިގެ ނަންބަރު 2019/SC-L/91 ސީޣާ އެހެންގޮތަކަށް އަނބުރާލ މިއާ ބެލޭނީ މައްސަލައެއް ނޫންކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި ޚިލާފަށްކަމަށެވެ.
2.2.13. މިނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ، ސީޣާ ބަދަލުކޮށްފައިވާކަމަށް ބުނާއިރު، ސީޣާ ބަދަލުކުރިގޮތް ބުނެދެވިފައި ނުވާކަމަށާއި، މިނުކުތާގައިވެސް ޝަރުޢީ އަދި ޤާނޫނީ އުސޫލާ ޚިލާފަށްކަމަށް ބުނާއިރު، ޚިލާފުވާ ގޮތެއް ބުނެދެވިފައިނުވާކަމަށެވެ. އަދި މިއީ، ޝަރުޢީ ކޯޓުތަކަށް އޮޅުވައިލައިގެން ނުޙައްޤު މަންފާ ހޯދުމުގެ ނިޔަތުގައި ޝަރުޢީ ނިޒާމް ނަހަމަގޮތުގައި ބޭނުންކުރުމަށް ކުރަމުންދާ މަސައްކަތެއްކަމަށާއި، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފުގައި ޤާނޫނީ ސަބަބެއް ނެތްކަމަށާއި، އިސްތިއުނާފ އޮޅިގަނޑު ގިރާކުރެވޭ ވަރަށް ތަފްސީލް ކޮށްދެވިފައިނުވާކަމަށެވެ.
1. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތްކަމަށް ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާ ޚިލާފު ޙުކުމެއްކަމާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުމުގައިވާ ރިޕޯޓުގެ 13 ވަނަ ނުކުތާއާ ޚިލާފަށް ކަމަށްވާތީއާއި، ސިވިލް ކޯޓުން މިމައްސަލަ ނިންމާފައިވަނީ މައްސަލައިގެ އިޖުރާއަތާއި (ދައުވާގެ ސީޣާއާއި) ޚިލާފަށްކަމަށް ދެކޭތީވެ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނ11 ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މިމައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށް މައްސަލަ އެކޯޓުން އަލުން ބެލުމަށް އަންގައި ދިނުމަށެވެ.
2. އިސް ތިއުނފާ ރައްދުވާ ފަރާތްތަކުން މިމައްސަލައިގައި އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ރިޢާޔަތްކުރާއިރު، މިމައްސަލައަކީ އިސްތިއުނާފީ އޮޅިގަނޑު އިސްތިއުނާފު ކުރާ ފަރާތުގެ އިސްތިއުނާފު ފޯމުގެ "އެދޭގޮތް" ގިރާކުރެވިފައިނުވާ މައްސަލައަކަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރުމަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
14މިއިސްތިއުނާފުގައި އުފައްދާފައިވާ ސުވާލަކީ، ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމެއް ތަންފީޛުނުކުރުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަކީ ކުރިން ޢަމަލުކުރަމުން ދިޔަ ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 91 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ "ދަރަނި ނުދީގެން ކުރެވޭ ޖޫރިމަނާ"ގެ މައްސަލައެއްތޯއެވެ.
15ޕްރިސިޑެންސް 1ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 91 ވަނަ ނަންބަރުގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. "ދަރަނީގެ މައްސަލަތަކުގައި އެދަރަނި ނުދީގެން އެއްވެސް ފަރާތަކުން ކުރެވޭ ޖޫރިމަނާއެއްގެ މައްސަލައެއްގައި، އެކަމާ ގުޅިގެން ކުރެވޭ ދއުވަ ކޯޓަށް ޤަބޫލުނުކުރެވޭނެއެވ".
1610 އޯގަސްޓް 1994 ގެ މި ސަރކިއުލަރ އަކީ މިހާރު ބާޠިލްވެފައިވާ އުޞޫލެކެވެ. މިއީ ދަރަނީގެ މައްޗަށް ޖޫރިމަނާކޮށް ކޮށް އެޖޫރިމަނާ ޝަރީޢަތުން ހޯދުން މަނާކުރުމުގެ މަޤްސަދގައު އެކުލަވާލެވިފައިވާ އުޞޫލެކެވެ. ދަރަނި ނުދައްކާތީ އަދަބެއްގެ ގޮތުން ހާލިސް ޖޫރިމަނާއެއްކޮށ އިސްލާމް ޝަރީޢަތުގައި ޙަ ރާމްކުރެވިފައިވާ ރިބާގެ މުޢާލަމާތްތައް ހުއްޓުވައި އެފަދަ މުޢާމަލާތްތައް ޝަރުއީ ކޯޓުން ބަލައިގަތުން ހުއްޓުވުމުގެ ބޭނުމުގައި އެކުލަވާލެވުނު އުޞޫލެކެވެ.
17ޕްރިސިޑެންސް 2މުޙައްމަދު އަނީސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމަށް ބަލާއިރު، ދައުވާގެ ބާވަތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، "އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލާއި، މަދަނީ މަސްއޫލިއްޔަތުގެ ދަށުން ބަދަލު ނަގައިދިނުމަށް ހުށަހަޅާ ބާވަތުގެ މައްސަލައެއް" ކަމަށެވެ. ދައުވާގެ ސީޣާގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހެޅި "އިސްތިއުނާފީ ދއަ ވާގެ ޖަވާބު ފޯމް" ގެ "އެދޭގޮތް" ނަންބަރު 94/21 އެމް ޖޭ ސީ، 10 އޯގަސްޓް 1994 މަދަނީ އިޖުރާއަތު ޤާނޫނުގެ 427 ވަނަ މާއްދާގެ (ރ) މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމު ގައި ކަނޑައަޅާފައިވާ ފައިސާ ލިބޭނެކަމަށް ބަރޯސާވެ، އެޕާރޓްމަންޓެއ ގަން ވިއްކުމުގެ މުޢާމަލާތަކަށް އިސްތިއުނާފު ކުރާ ފަރާތުން އިންވެސްޓްކޮށްފައިވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ނުނިޔަތުގައި އެމައްސަލަ އިސްތިއުނާފުކޮށް، ޙުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެފައިސާއަށް ބަރޯސާވެ ވަތް މުޢާމަލާތް ރޫޅާލަންޖެހި ލިބުނު ގެއްލުމުގެ ބަދަލު ލިބިގަތުމަށް އެދޭ ކަމަށެވެ.
18މިމައްސަލައަކީ ދަރަނި ނުދީގެން ކުރެވޭ ޖޫރިމަނާއެއް ކަމަށް މާނަކޮށް ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 91 ވަނަ ނަންބަރުގެ ދަށުން މިމައްސަލަ ބާޠިލްކުރާ ކަމަށް ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާއިރު، މަތީގައި ފާހަގަކުރެވުނު ދައުވާ ފޯމުގައި ދައުވާގެ ބާވަތާއި، ސީޣާއާއި އެދޭ ފަރުވާއަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ސާފުކޮށް ބަޔާންކޮށްފައިވަނީ، އެއީ ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައެއް ކަމަށެވެ. ބުނެވުނު ކަންތައްތަކަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފާ ކުރާ ފަރާތުން ފާހަގަކުރާ ފަދައިން މިމައްސަލައަކީ ދަރަނި ނުދީގެން ކުރެވޭ ޖޫރިމަނާގެ ގޮތުގައި ހުށަހެޅިފައިވާ މައްސަލައެއްކަމުގައި ބެލިދާނެކަމުގައި ނުދެކެމެވެ.
19މިއީ، "ދަރަނި ނުދީގެން ކުރެވޭ ޖޫރިމަނާ" ގެ މައްސަލައެއްގެ ގޮތުގައި ދަށުކޯޓުން ގިންތިކޮށް މައްސަލަ ބޭރުކޮށްފައިވާއިރު، ދަރަނި ނުދީގެން ކުރެވޭ ޖޫރިމަނާއެއް ކަމަށް ޝަރީޢަތުން ނިންމި ސަބަބު އެނިންމުމުނ އެނގޭކަށް ނެތެވެ. އެހެންކަމުން، ދަށުކޯޓުން ދައުވާ ބޭރުކޮށްފައިވާ މިއަސާސަކީ ޤާނޫނީ ގޮތުން ރަނގަޅު އަސާސެއް ކަމުގައި ނުބެލެވެއެވެ. ޙުކުމް ތަންފީޛުނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދއަ ވާކުރުން
20ޕްރިސިޑެންސް 3އިސްތިއުނާފު ކރެވިފައިވު ސިވިލް ކޯޓުގެ ނަންބަރު 2020C/-Cv/1557 ޙުކުމްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އަންނނިވި ފަދައިންނެވެ. "ހުށަހެޅިފައިމިވާ ދައުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާއިން ސާބިތުވެގެން ދަޢުވާކުރާ މުޙައްމަދު އަނީސްއަށް ލިބެންޖެހޭ ދަރަނީގެ ފައިސާގެ މައްޗަށް ބަރޯސާވެގެން އެޕާޓްމަންޓެއް ގަތުމަށް ކޮށްފައިވާ ޚަރަދާއި އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ދަޢުވާލިބޭ ފަރާތްތަކުގެ ކިބައިން ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމާއި، ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމާއި ގުޅިގެން ދައްކަންޖެހޭ ދަރަނީގެ ފައިސާ އެޙުކުމާއި އެއްގޮތަށް ނުދައްކައިގެން އަރަނިވެރިޔާގެ ފަރާތުން ހުށަހަޅަންޖެހޭނީ އެޙުކުމެއ ތަންފީޛުކުރުމަށް ހުށަހަޅް ހުށަހެޅުމެއްގެ ގޮތުގައި ކަމަށްވާއިރު، ދަފްތަރު ނަންބަރު ރސ. 4800 މުޙައްމަދު އަނީސްގެ ފަރާތުން (އިސްތިއުނާފު ރައްދުވާ ފަރާތްތައް ) ގެ މައްޗަށް ހުށަހަޅާފައިމިވާ ދަޢުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 1399/Cv-C/2011 ޤަޟިއްޔާއިން ސާބިތުވެގެން ދަޢުވާލިބޭ 08 މީހުންގެ އަތުން ދަޢުވާކުރާ މުޙައްމަދު އަނީސްއަށް ލިބެންޖެހޭ ދަރަނީގެ ފައިސާގެ މައްޗަށް ބަރޯސާވެގެން މުޙައްމަދު އަނީސް ކޮށްފައިވާ ކަމަށްބުނާ މުޢާމަލާތަކާއި ގުޅިގެން މުޙައްމަދު އަނީސްއަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުމުގެ ބަދަލު ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމުގައިވާތީ މިދަޢުވާއަކީ މިހާރު ހުށަހަޅާފައިވާގޮތަށް މިކޯޓުގައި ބަލައި ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅއަ ޙުކުމްކޮށްފީމެވެ."
21މިކަން އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ފާހަގަކުރެވޭ ނުކުތާ 3 ގެ (ށ) އިން ވެސް އެނގެއެވެ. އެގޮތުން، އެޕެރެގްރާފްގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ޝަރުއީ ކޯޓަކުން ކޮށްފައިވާ ޙުކުމަކާއި ގުޅިގެން ދައްކަންޖެހޭ ދަރަނީގެ ފައިސާ އެޙުކުމާއި އެއްގޮތަށް ނުދައްކައިގެން އަރަނިވެރިޔާގެ ފަރާތުން ހުށަހަޅަންޖެހޭނީ އެ ޙުކުމެއް ތަންފީޛުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްކަމާއި، ކޯޓުގެ ޙުކުމަކުން ފައިސާ ދެއްކުމަށް އަންގާ އެންގުމެއް ވެގެންދާނީ އެމީހެއްގެ މައްޗަށް އޮތް ސާބިތު ދަރަންޏަކަށް ކަމާއި، އެފަދަ ޤަޟިއްޔާތަކުގެ ތެރެއިން ދަރަނިވެރިޔާގެ މައްޗަށް ފިޔަވަޅު އެޅޭނީޙުކުމް ތަންފީޛުކުރުމުގެ މަރުޚަލާގެ ތެރެއިން "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާއިދުގެ ދަށުން" ކަމާއި، އެފަދަ ސާބިތު ދަރަންޏަކާއި ގުޅިގެން ހުށަހެޅޭ ޙުކުމް ތަންފީޛުގެ ޤަޟިއްޔާއެއްގެ ތެރެއިން "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤވާއިދަ " ގެ ދަށުން އެޅޭ ފިޔަވަޅުތަކުގެ ބޭރުން އެފަދަ ދަރަންޏެއް ނުދައްކައިގެން އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމާއި މަދަނީ މަސްއޫލިއްޔަތުގެ ދަށުން ނަގައިދިނުމަށް އެދޭ ހުށަހެޅީ ދަޢުވާތައް ވަކި ދަޢުވާއެއްގެ ގޮތުގައި ކޯޓުން ބަލައިގަނެ އެފަދަ ދަޢުވާތަކުގެ މައުޟޫޢުގައި ޝަރީޢަތްކޮށް އެފަދަ މައްސަލަތަކުގެ ދަށުން ތަފާތު ނަންނަމުގައި ބަދަލު ނަގައިދިނުމަކީ ޙުކުމް ތަންފީޛކުރުމުގު ގޮތުން ބެލެވޭ ޤަޟިއްޔާތަކާއި ފުށުއަރައި ޙުކުމް ތަންފީޛުކުރުމުގެ އެޅޭ ފިޔަވަޅިތަކާއ ދެވި އަދަބުތަކުގެ އިތުރުން ދެވޭ އަދަބަކަށް ވެގެން ހިނގައިދާނެކަމެއ ކަމަށް ވުމާއި، "....
22ސިވިލް ކޯޓުގެ މިނުކުތާއަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން އިޖުރާއީ ގޮތުން ބޭރުކޮށްފައިވަނީ، ހުށަހެޅިފައިވާ ދައުވާއަކީ ދަރަނީގެ މައްޗަށް ކުރެވުނު ޖޫރިމަނާއަކީ ގުޅާ ދައުވާއަކަށް ވުމުގެ ސަބަބުން އެކަންޏެއު ނޫނެވެ. މައްސަލައިގެ ޙުކުމާއި އަދި މައްސަލެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރާ ޕެރެގްރާފްގައި ފާހަގަކުރާ މައިގަނޑު އެއް ސަބަބަކީ، މައްސަލައިގެ މައުޟޫއަކީ ޙުކުމް ތަންފީޛުނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާއަކަށް ވީހިނދު، ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ ޢަމަލުކުރަންޖެހޭ ޚާއްސަ އިޖުރާއަތއެ އޮތުމުން މިއިޖުރާއަތުގެ ބޭރުން އެކި ނަންނަމުގައި އެހެނިހެން ދައުވާ ބެލެވޭނަމަ އެއިޖުރާއަތާއި ފުށުއަރައި އިޖުރާއަތުގެ ބޭރުން އަރަނިވެރިޔާއަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ފަހިވެގެން ދިއުންކަމަށް ބެލެވޭތީ، އެބާވަތުގެ ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ޝަރީޢަތުން ފާހަގަކުރާ ކުރުމެވެ. މިއިސްތިއުނާފުގައި ޝަރީޢަތުގެ މިފާހަގަކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ތައުނުކޮށްފައިނުވެއެވެ.
23ޕްރިސިޑެންސް 4މިއިސްތިއުނާފު ހުށަހެޅުމުގައި އިސްތިއުނާފީ ފުރަތަމަ ނުކުތާއިން އުފައްދާ ބަހުޘު ސާފުވާކަމުގައި ނުދެކެމެވެ. ނަމަވެސް، އެނުކުތާއާ ގުޅިގެން ތަފްސީލުގައި ހިމަނާފައިވާ ކަންތައްތަކުގައި ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ 13 ވަނަ ނުކުތާއަށް ޙަވާލާދީ އިސްތިއުނާފު ކުރާނެ ޤާނޫނީ ސަބަބެއް ނެތް މައްސަލަތަކުގައި، ކަނޑައެޅިގެން ފައިސާ ދައްކަންޖެހޭ ފަރާތަށް ފައިސާ ދެއްކުން ލަސްކުރުމުގެ ބޭނުމުގައި ނުވަތަ ދަށުކޯޓުން ކުރަން އަންގާފައިވާ ކަމެއް ނުކޮށް ލަސްކުރުމުގެ ބޭނުމުގައި އެމައްސަލައެއް ކޯޓުތަކުގެ އިސްތިއުނާފީ މަރުހަލާއެއް ވައްދައިގެން އެމަރުހަލާގެ ބޭނުން ތައައްސު ފީގޮތުނ ބޭނުންކޮށް އަނެކުންނަށ ގެއްލުން ކުރުމުގެ ނިޔަތުގައި އެކަން ކުރުން ހުއްޓުވައި، އިންސާފުގެ ރާސްތާކުރު ކުރުމަކީ، ކޯޓުތަކުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ކަމެއް ކަމުގައި ފާހަގަކޮށްފައިވާތީ، އެކަން ފާހަގަކޮށް މިބާވަތުގެ ޢަމަލުތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރެވިދާނެ ކަން އެޤަޟިއްޔާއިން ކަނޑައެޅިފައިވާކަމަށް ދޭހަވާ ފަދަ މޭރުމަކުން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ.
24ސުޕްރީމް ކޯޓުގް ބުނެވުނު ޤަޟިއްޔާއަކީ، އަސާސެއް ނެތް ބޭކާރު އިސްތިއުނާފުތައް ހުއްޓުވުމުގައި ކޯޓުތަކުގެ ދައުރު ބަޔާންކުރާ ފާހަގަކުރުމެއް ކަމަށް އަހުރެން ދެކޭއިރު، މިބާވަތުގެ އިސްތިއުނާފުތަކާއި 2019/SC-L/91 ގުޅިގެން ފަރުވާ ހޯދޭނެ މަގުތައް މަދަނީ އިޖުރާއަތު ޤާނޫނުގައި ކަނޑައެޅިފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން، އިސްތިއުނާފު ހުށަހަޅާފައިވަނީ، ޝަރީޢަތުގެ ނިޒާމް ނަހަމަގޮތުގައި ބޭނުން ހިފުމަށް ކަމުގައި ދެކޭނަމަ، އެޤާނޫނުގައި ކަނޑައެޅިފައިވާ ފަދައިން ފަރުވާ ހޯދުމުގެ ޚާއްސަ އިޖުރާއަތެއް 20 19 ފަހިކުރެވިފައިވެއެވެ. އަދި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކުރިން ވެސް ޤާނޫނީ ބަހުޘެއް ނެތި ހުށަހެޅިފައިވާ އަސާސެއް ނެތް ބޭކާރު އިސްތިއުނާފުތކުގައަ އިޖުރާއީ ގޮތުން އެކަން ފާހަގަކުރުމުގެ ފުރުސަތު ޚަސްމުންނަށް ލިބި އެފަރުވާ ލިބިދެވޭ ކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، މިމައްސަލައާ ގުޅޭ އިސްތިއުނާފު ގައި އެފަދަ ބަހުޘެއް ފާހަގަކޮށްފައިނުވާނެކަމަށް އިސްތިއުނާފު ކުރާ ފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކުރެއެވެ.
25ޕްރިސިޑެންސް 5މިހާރުގެ ޢަމަލުކުރެވޭ މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ ދަށުން މައްސަލައެއް އިސްތިއުނާފު ކުރުމަކުން އެއިސްތިއުނާފުކުރެވޭ ނިންމުން ތަންފީޛުކުރުން ފަސްވެގެން ނުދެއެވެ. އެހެންނަމަވެސް، ޚުސޫމާތު އުފެދިފައިވާ މައުޟޫއީ މައްސަލަ އިސްތިއުނާފުކުރެވުނު އިރު ޢަމަލުކުރެވެމުން ދިޔަ އިޖުރާއަތަށް ބަލާއިރު، ޢާންމު އުޞޫލަކީ މައްސަލައެއް އިސްތިއުނާފުކޮށްފިނަމ ޙުކުމަ ތަންފީޛުވުން ފަސްވެގެން ދިއުމެވެ. އިސްތިއުނާފު ކުރެވޭ މިމައްސަލައިގެ ހިމެނޭ ތަންފީޛުކުރުން ލަސްކުރެވުނ މައްސަލު ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅިފައިވަނީ 25 ޖޫން 2013 ގައެވެ. މުޙައްމަދު އަނީސްގެ ފަރާތުން ސުވާލު އުފެދިފައިވާ ބުކިން ފީ ދައްކާފައިވަނީ ވެސް މައްސަލަ އިސްތިއުނާފުކުރެވުނު ފަހުން 7 އޭޕްރީލް 2014 ގައި ކަން ފާހަގަކުރެވެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު 287 (2) ގެ (ii) ހައިކޯޓުގެ ނަންބަރު 2013/HC-A/239 މަދަނީ އިޖުރާއަތުގެ ޤާނޫނު 281 ވަނަ މާއްދާ 2011/SC-SJ/04 މިމައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި މައްސަލަ ރަޖިސްޓްރީ ކޮށްފައިވާ ތާރީޚެއްގެ ގޮތުގައި 29 ޖުލައި 2015 ކަމަށް ލިޔެފައިވަނީ އިދާރީ ކުށަކުންނެވެ. ރަނގަޅު ގޮތަކީ 29 ޖުލައި 2013 އެވެ.
26އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާގައި، މައްސަލަ ބާޠިލްކުރުމުގައި ހުށަހެޅިފައިވާ ދައުވާއަކީ ދަރަނި ނުދީގެން ކުރެވޭ ޖޫރިމަނާގެ މައްސަލައެއް ކަމަށް ބަލައި ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 91 ވަނަ ނަންބަރު ތަޠްބީޤުކޮށްފައިވަނީ ޤާނޫނީ ގޮތުން ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި،
27އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާގައި ހުށަހެޅިފައިވާ ދައުވާ ބާޠިލްކޮށް ނިންމުމަށް ވާސިލްވި މައިގަނޑު އެއް ސަބަބަކީ, ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމާއި ގުޅިގެން ދައްކަންޖެހޭ ދަރަނީގެ ފައިސާ އެޙުކުމާއި އެއްގޮތަށް ނުދައްކައިގެން އަރަނިވެރިޔާގެ ފަރާތުން ހުށަހަޅަންޖެހޭނީ އެޙުކުމެއ ތަންފީޛުކުރުމަށް ހުށަހަޅް ހުށަހެޅުމެއްގެ ގޮތުގައި ކަމަށް ކޯޓަށް ބުރަވެވުމނު ކަމަށް ފެންނާތީއާއި، އެނިންމުމަށް މިއިސްތިއުނާފުގައި ތައުނުކުރެވިފައި ނުވާތީ، މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ދަށު ކޯޓުން ނިންމި ނިންމުން ބާޠިލުކުރާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅަން ފެނެއެވެ. ފނޑިޔާރަ މުޙައްމަދު ނިޔާޒްގެ ރައުޔް :
28ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
29ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
30މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާ ގައި، މައްސަލަ ބާޠިލްކުރުމުގައި ހުށަހެޅިފައިވާ ދައުވާއަކީ ދަރަނި ނުދީގެން ކުރެވޭ ޖޫރިމަނާގެ މައްސަލައެއް ކަމަށް ބަލައި ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 91 ވަނަ ނަންބަރު ތަޠްބީޤުކޮށްފައިވަނީ ޤާނޫނީ ގޮތުން ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 1557/Cv-C/2020 ޤަޟިއްޔާގައި ހުށަހެޅިފައިވާ ދައުވާ ބާޠިލްކޮށް ނިންމމަށު ވާސިލްވި މައިގަނޑު އެއް ސަބަބަށް މިއިސްތިއުނާފުގައަ ތައުނުކުރެވިފައި ނުވާތީ، މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ދަށު މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 91 ވަނަ ނަންބަރު
- ނަންބަރު 94/21 އެމް.ޖޭ.ސީ ސަރކިއުލަރ (10 އޯގަސްޓް 1994)
- ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 281 ވަނަ މާއްދާ، 287 ވަނަ މާއްދާ، 427 ވަނަ މާއްދާގެ (ރ)
- ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2021/SC-HCL/41
- ސުޕްރީމް ކޯޓުގެ 2011/SC-SJ/04
- ހައިކޯޓުގެ 2013/HC-A/239
- ސިވިލް ކޯޓުގެ 1399/Cv-C/2011
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ﷲު ޢަލީ ސަލްޓަން ޗެމްބަރސް
- ބެންޗު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް