ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/402
އަޙްމަދު ފިރާޤު ވ. ޕްރިމިއަރ ޕްރޮޕަރޓީ ޕްރައިވެޓް ލިމިޓެޑް، 2019/HC-A/402
Ahmed Firaaqu v. Primiar Propartee Private Limited 2019/HC-A/402 (2019/HC-A/402, High Court of the Maldives, 14 June 2022)
އަޙްމަދު ފިރާޤު ވ. ޕްރިމިއަރ ޕްރޮޕަރޓީ ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
އެޕާޓްމަންޓް ވިއްކި ޑިވެލޮޕަރާއި މެނޭޖްމަންޓް ކުންފުންޏާ ދެމެދު ވެފައިވާ މެނޭޖްކުރުމުގެ އެއްބަސްވުމުގެ ދަށުން، އެ ކުންފުންޏާ ސީދާ އެއްބަސްވުމެއް ނެތް އެޕާޓްމަންޓް ގަތް މީހާ މެއިންޓެނަންސް ފީއާއި އިންޝުއަރެންސް ފީއަށް ޒިންމާކުރެވިދާނެތޯ (ޕްރިވިޓީ އޮފް ކޮންޓްރެކްޓް / ކޮލެޓްރަލް އެގްރީމެންޓް)؛ އަދި ދެފަރާތުގެ އެއްބަސްވުމެއް ނެތި ޤާނޫނީ ވަކީލުގެ ފީ އަނެއް ފަރާތުން ނަގައިދެވިދާނެތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ވަކީލު ފީގެ ގޮތުގައި 8,000ރ. ދައްކަން ޖެހޭކަމަށް ކަނޑައެޅި ބައި ބާޠިލުކޮށް، ބާކީ ޙުކުމް ޤާއިމްކުރި)
ކަނޑައެޅުނު އުޞޫލުތައް
- ޢާންމު އުޞޫލެއްގެ ގޮތުން އެއްބަސްވުމަކަށް ޢަމަލުކުރަންޖެހޭނީ އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ކަމާއި، ބައިވެރިއެއް ނޫން ފަރާތެއްގެ މައްޗަށް އެއްބަސްވުމުގެ ދަށުން ކަންކަން ލާޒިމުނުކުރެވޭނެއެވެ. މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައިވާ "ޕްރިވިޓީ އޮފް ކޮންޓްރެކްޓް" ގެ މަބްދައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުން އިސްތިސްނާވާ ޙާލަތްތަކުގެ ތެރޭގައި، އެޖެންޓަކު ކުރާ އެއްބަސްވުމަށް ޕްރިންސިޕަލް ޒިންމާވުމާއި، ކޮލެޓްރަލް އެއްބަސްވުމެއްގެ ދަށުން ތިންވަނަ ފަރާތަކަށް ޒިންމާވުމާއި، އިކުއިޓީގެ ދަށުން އަމާނާތެއްގެ ގޮތުގައި މުދާ ބަލަހައްޓާ ފަރާތެއް ތިންވަނަ ފަރާތަކަށް ޒިންމާވުމާއި، ޤާނޫނެއްގެ ދަށުން ޒިންމާވުމާއި، ކޮންޓްރެކްޓެއްގެ ދަށުން ތިންވަނަ ފަރާތަކަށް ގެއްލުމުގެ ބަދަލު ދޭންޖެހުން ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- "ކޮލަޓެރަލް އެގްރީމެންޓް" އަކީ މައި އެއްބަސްވުމުގައި ހިމެނޭ ފަރާތެއްގެ ޒިންމާތައް، މައި އެއްބަސްވުމުގެ އަނެއް ފަރާތުގެ ހުއްދައާއެކު، ތިންވަނަ ފަރާތަކާ ޙަވާލުކުރުމަށް، މައި އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަކުރުމުގެ ގޮތުން ވެވޭ އެއްބަސްވުމެކެވެ؛ މައި އެއްބަސްވުމާ ފުށުއަރާ މާއްދާއެއް ނުހިމެނޭ ހިނދު، އެ ތިންވަނަ ފަރާތަށް މައި އެއްބަސްވުމުގެ ދަށުން ލިބިދޭ އެންމެހާ ބާރުތައް ލިބިގެންދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- އެޕާޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުމާއި އޭގެ ބައެއްކަމުގައިވާ ހިންގާ ޤަވާއިދުގައި، ގަންނަ ފަރާތުން ކޮމަން އޭރިޔާގެ އިންޝުއަރެންސް ފީއާއި މެއިންޓެނަންސް ފީ ދައްކަންޖެހޭނެ ކަމާއި ބޯޑު އެކުލަވާލުމުގެ ކުރީގެ މުއްދަތުގައި ވިއްކާ ފަރާތް ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން ތަން ބަލަހައްޓާނެކަން ބަޔާންވެފައިވާނަމަ، ވިއްކި ފަރާތާއި މެނޭޖްކުރާ ކުންފުންޏާ ދެމެދު ވާ މެނޭޖްކުރުމުގެ އެއްބަސްވުމަކީ ކޮލެޓްރަލް އެއްބަސްވުމެއް ކަމުން، މެނޭޖްކުރާ ކުންފުންޏާ ސީދާ އެއްބަސްވުމެއް ނެތްނަމަވެސް ގަތް ފަރާތަށް އެ އެއްބަސްވުމަށް ޢަމަލުކުރުން ލާޒިމުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-26)
- ޝަރުޢީ ކޯޓުތަކުގައި ޤާނޫނީ ވަކީލުގެ ފީ ނަގައިދިނުމާ ބެހޭ ޤާނޫނެއް ނުވަތަ ޤަވާއިދެއް ނެތުމުން، ކުއްޔަށް ގެންދާ ތަކެތީގެ ކުލީގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ވަކީލުގެ ފީ އަނެއް ޚަޞްމުގެ ކިބައިން ނަގައިދެވޭނީ ޚަޞްމުންގެ މެދުގައި އެކަމާ ބެހޭ އެއްބަސްވުމެއް އޮތްނަމަ، އެ އެއްބަސްވުމާ އެއްގޮތަށް އެކަނިއެވެ؛ އެފަދަ އެއްބަސްވުމެއް ނެތްނަމަ ވަކީލުގެ ފީ ނަގައި ނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-28، 30)
1މިއީ، ސިވިލ ކޯޓުގް ނަންބަރ 152/Cv-C-HD/2018 ނިންމުނު އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ކ. މާލެ / ދަފްތަރު ނަންބަރ 6171، އަޙްމަދު ފިރާޤު )އައިޑީކާޑ ނަންބަރު ( ގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގ ހައިކޯޓަށް ހުށަހެޅުމނ ބެލެވުން ޤަޟިއްޔާއެކެވެ.
2މި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު: C-158/2014( އެވެ.
3އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގެ ލޮޓް ނަންބަރ N2-25 ގައް ތަރައްޤީކުރި "އަމީން އެވެނިއު" ގެ ބްލޮކް A ގެ ނަންބަރު A408 އެޕާޓްމަންޓާއި އެ އެޕާޓްމަންޓް ގ ނިސްބަތުންޖެހޭ ބިމުން ހިއްސާވ މިންވަރާ ގަނެ ވިއްކުމުގެ ގޮތުނ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑއާ ދަފްތަރު ނަންބަރު 6171 އަޙުމަދު ފިރާޤުއާ ދެމެދު އެއްބަސްވުމެއް ވެފައިވެއެވެ.
4އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 31 އޮކްޓޫބަރު 2017 ގައި "އަމީން އެވެނިއު A މެނޭޖްކުރުމުގެ އެއްބަސްވުން" ވެފައިވެއެވެ. މި އެއްބަސްވުމަކީ ހުޅުމާލެ ލޮޓް ނަންބަރު N2-25 ގައި "އަމީން އެވެނިއު A" ގެ ނަމުގައި ތަރައްޤީކޮށްފައިވާ ކޮންޑޮމީނިއަމް ބިލްޑިންގ ގެ މެއިންޓެނަންސް އާއި މެނޭޖްމަންޓް ބެލެހެއްޓުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއްކަން އެއްބަސްވުމުގ 2 ވަނަ މާއްދާގެ )ހ( އަށް ބެލުމުން އެނގެން އޮވެއެވެ.
5ސިވިލް ކޯޓުގައި ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި އެދިފައިވަނީ، "އަމީން އެވެނިއު" ގެ ބްލޮކް A ގެ ކޮމަން އޭރިޔާގެ އިންޝުއަރެންސް ފީއާއި، މެއިންޓަނަންސް ފީގެ ގޮތުގައި 2017 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 2018 ވަނަ އަހޭ ރުގެ އޯގަސްޓް މަހުގަ ނިޔަލަށް ދައްކަންޖެހޭ 20,875.86ރ )ވިހިހާސް އަށްސަތޭކަ ހަތްދިހަފަސ ރުފިޔް އަށްޑިހަ ހަ ލާރި( ހޯދުމަށާއާ،އެ ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއާއި، ފައިސް ހޯދަން ކޯޓަށް އަންނަންޖެހުމުން ވަކީލުންނަށް ދައްކަންޖެހުނު ފީ ހޯދުމަށެވެ.
6އިސްތިއުނާފެ މިކުރެވޭ ސިވިލް ކޯޓުގ ނަންބަރ 152/Cv-C-HD/2018 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގު ރިޕޯޓަށް ބެލިއިރު، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގެ ލޮޓް ނަންބަރު N2-25 ގައި ތަރައްޤީ ކުރި "އަމީން އެވެނިއު" ގެ ބްލޮކް A ގެ ނަންބަރު A408 އެޕާޓްމަންޓު ގަތް ފަރާތުން "އަމީން އެވެނިއު" ގެ ކޮމަން އޭރިޔާގެ އިންޝުއަރެންސް ފީ އާއި، މެއިންޓަނަންސް ފީގެ ގޮތުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދައްކަންޖެހޭ 86/20،875 ރ. )ވިހިހާސް އަށްސަތޭކަ ހަތަ ދިހަފަސ ރުފިޔާ އަށްޑިހ ހަލާރި( ދައްކާފައި ނުވާތީ އެފައިސާއާއި، މެއިންޓަނަންސްގ ގޮތުގައެ ދައްކަންޖެހި ފައިސާ ނުދެއްކުމުގެ ސަބަބުން އަރާ ޖޫރިމަނާއާއި، މި ފައިސާ ހޯދުމަށް ކޯޓަށް އަންނަން ޖހުމުގ ސަބަބުން ވަކީލުންނަށް ދައްކަން ޖެހުނު ފައިސު ޝަރީޢަތާ މެދުވެރިކޮށް ހޯދުމަށާއި، ނަންބަރ A408 އެޕާޓްމަންޓު ގަތި ފަރާތުން ދާއިމަށްވެސް ދައްކަން ޖެހޭ ފީއެއްކަމަށް ކަނޑައަޅައިދިނުމަށާއި، އ ފައިސާ ނުދައްކާފ ޙާލަތެއްގެ ގޮތުގައި "އަމީން އެވެނިއު" ގެ ބްލޮކް A ގެ ކޮމަން އޭރިޔާގައ ހިމެނި ޚިދުމަތްތައް ނުވަތަ އެފަދަ ޚިދުމަތްތަކުނ ކުރް ޚިދުމަތެއް ކަނޑާލުމުގެ އިޚްތިޔާރު "އަމީން އެވެނިއު" ގެ ބްލޮކް A ގެ ކޮމަން އޭރިޔާގެ މެއިންޓަނަންސް އަމީން އެވެނިއު A މެނޭޖް ކުރުމުގެ އެއްބަސްވުން އެއިރެއްގައި ބަލަހައްޓަމުންދާ ފަރާތްތަކަށް ލިބިގެންވާނެކަމަށ ކަނޑައަޅައް ދިނުމެށ އެދް ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑަ ގ ފަރާތުން ދަފްތަރު ނަންބަރު 6171، އަޙްމަދ ފިރާޤު މައްޗަށު ހުށަހެޅުމުން ބެލުން ޤަޟިއްޔާއެކެވެ.
7އެ ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، " ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ޕްރިމި އަރާ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުނ ދަފްތަރު ނަންބަރ 6171/ މާލެ، އަޙްމަދު ފިރާޤުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މި މައްސަލާގައި އަމީން އެވެނިއު A މެނޭޖްކުމުގ އެއްބަސްވުމުގް ދަށުން، އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ދަޢުވާކުރާ ފަރާތުން ދެމުންގަންދާ ޚިދުމަތުގެ އަގަކީ ދަޢުވާލިބޭ ފަރާތުނ ދޢުވާކުރާ ފަރާތަށް ދައްކަންޖެހޭނުފައިސާއެއްކަމުގައިވު ތ، އެ ފައިސާގެ މިންވަރު ހިސާބި ކުރެވުނު ގޮތަކާއެކު ފައިސާގެ މިންވަރު ދަޢުވާލިބޭ ފަރާތުގެ ކިބައިން ހޯދުމަށް އެދި ދަޢުވާކުރުމުގެ ޙައްޤު، ދަޢުވާކުރާ ފަރާތަށް ލ ބިގެންވާކަމަށާއި، އަދި ވަކީލުގެ ފީގެ ގޮތުގައި ދަޢުވާކުރާ ފަރާތުނ ހޯދުމަށް އެދުނު -/8،000 ރ. )އަށހާސް ރުފިޔާ( އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސް ދަޢުވާކުރާ ފަރާތަށް ލިބި ދިނުމުގެ ގޮތުނ 02 ޖުލައި 2019 އިން ފެށިގެން 15 )ފަނަރަ( ދުވަހުގެ ތެރޭގައި މި ފައިސާ ސިވިލް ކޯޓަށް ދައްކައި، މި ދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބުނު ދަފްތަރު. ނަންބަރ 6171/ މާލެ، އަޙްމަދު ފިރާޤުއަށް އަންގައި، މި ގޮތުގެ މަތިން ޙުކުމްކޮށްފީމެވެ." އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
8ސިވިލް ކޯޓުގެ ނަންބަރ 152/Cv-C-HD/2018 ޤަޟިއްޔާއެ ކޯޓުން ނިންމާފއިވަނަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފެ ށްކަ މަށް ބުނެ އ މައްސަލަ އިސްތިއުނާފު ކުރުމަށު އެދި ދަފްތަރު. ނަންބަރ 6171، އަޙްމަދު ފިރާޤުގ ފަރާތުން 3 )ތިނެއް( ނުކުތާ ހުށަހަޅައި އާ ނުކުތާ ތަކާބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތތަކކީ؛
8.1. ސިވިލް ކޯޓުގެ ނަންބަރ 152/Cv-C-HD/2018 ޤަޟިއްޔާގައި ޝަރީ ޢަތަށ މައްސަލް ހުށަހަޅަން ޖެހުމުގެ ސަބަބުން ފީއެއްގ ގޮތުގައެ -/8،000 ރ. )އަށހާސް ރުފިޔާ( ދެއްކުމަށް ޝަރީޢަތުން އަންގާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/348 ޤަޟިއްޔާ ގައް ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށިކަމަށ ބުނެ ހުށަހެޅިނުކުތާއއާ
8.2. ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އެއްވެސް ޤާނޫނެއްގައި އަދި ޤަވާއިދެއްގައި ކޮލެޓްރަލް އެގްރީމަންޓުގެ އުޞޫލަތައް ބަޔާންކޮށްފައި ނެތްއިރު، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ޕްރިމިއާރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑއް ދެމެދު ވެފައިވާ އެއްބަސްވުމަކީ ކޮލެޓްރަލް އެގްރީމަންޓެއްކަމަށ ޝަރީޢަތުން ކަނޑައަޅާފައިވަނީ، ކޮލެޓްރަލް އެގްރީމަންޓްގެ މަފްހޫމް ސާފްކޮށ ދިނުމެއްނެތ އަދި އެއްވެސް ޤާނޫނަކަށް އަދި ޤަވާއިދަކަށް ޙަވާލާ ދިނުމެއްނެތި ކަމަށ ބުނެ ހުށަހެޅި ނުކުތާއއާ
8.3. އަމީން ކޮންސްޓްރަކްޝަންޕު ރައިވެޓް ލިމިޓެޑާއި އަޙްމަދު ފިރާޤއ ދެމެދާ 28 ސެޕްޓެމްބަރު 2015 ދުވަހު ސޮއިކުރެވިފައިވާ އެޕާރޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން، އެޕާޓްމަންޓުގެ މެއިންޓަނަންސްއާ އިންޝްއަރެންސް ފީ ދެއްކުމާ ގުޅޭގޮތުން އަޙްމަދު ފިރާޤް ތިންވަނަ ފަރާތަކާއިއެކ ވަކި އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާކަން އެނގެން އޮތްވައި، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓ ލިމިޓެޑްއާ ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑްދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމަކީ ކޮލެޓްރަލް އެގްރީމަންޓެއް ކަމަށް ކަނޑައަޅުއްވާފައިވަނީ "contract of Privity" މަބްދަޢުއާއި ދިވެހެ ރާއްޖޭގެ ސޕްރީމު ކޯޓުގް 2010/SC-A/17 ނަންބަރު ޤަޟިއްޔާއާ ޚިލާފަށް ކަމަށްބުނެ ހުށަހެޅ ނުކުތާއެވެ.
9ސިވިލް ކޯޓުގެ ނަންބަރު 152/Cv-C-HD/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށ ދަފްތަރު ނަންބަރު 6171، އަޙްމަދު ފިރާޤުގ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
10މި ދަޢުވާއަކީ އަމީން ކޮންސްޓްރަކްޝަން ޕްރައި ވެޓ ލިމިޓެޑުން ހުޅުމާލޭގެ ލޮޓް ނަންބަރ N2-25 ގައި ތަރައްޤީކުރި ''އަމީން އެވެނިއު' ގެ ބްލޮކް A ގެ ނަންބަރު A408 އެޕާޓްމަންޓް ގަތްފަރާތުން ''އަމީން އެވެނިއު'' ގެ ކޮމަން އޭރިޔާގެ އިންޝުއަރެންސްފީއާއ، މެއިންޓަނަންސްފީގެ ގޮތުގައި 2017 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ދައްކަންޖެހޭ 20,875/86ރ. )ވިހިހާސް އަށްސަތޭކަ ހަތްދިހަ ފަސްރުފިޔާ އަށްޑިހ ހަލާރި( ދައްކާފައިނުވާކަމުގައ ބުނި އެފައިސާއާއި، އަދި ފައިސާ ހޯދުމަށް ޝަރީޢަތަށް މައްސަލަ ހުށަހަޅަން ޖެހުމުން އެފަރާތްނ ވަކީލް ފީގެ ގޮތުގައި ޚަރަދުކުރި ފައިސ ހޯދުމުގެ އިތުރުން، 'އަމީން އެވެނިއު'' ގެ ބްލޮކް A ގެ ކޮމަން އޭރިޔާގެ އިންޝުއަރެންސްފީއާއި، މެއިންޓަނަންސްފީއަކީ ނަންބަރު A408 އެޕާޓްމަންޓް ގަތްފަރާތުން ދާއިމަށްވެސް ދައްކަންޖެހޭ ފީއެއްކަމަށް ކަނޑައަޅައިދިނުމަށާއ، އެފައިސާ ނުދައްކައިފި ޙލަތެއްގައާ ''އަމީން އެވެނިއު' ގެ ބްލޮކް A ގެ ކޮމަން އޭރިޔާގައ ހިމެނި ޚިދުމަތްތައް ކަނޑާލުމުގެ އިޚްތިޔާރު ''އަމީން އެވެނިއު' ގެ ބްލޮކް A ގެ ކޮމަން އޭރިޔާގެ މެއިންޓަނަންސް އެއިރެއްގައި ބަލަހައްޓަމުންދާ ފަރާތަކަށް ލިބިގެންވާނޭކަމަށ ކަނޑައަޅައި ދިނުމަށު ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާއެއްކަން އެނގެއެވެ.
11ސިވިލް ކޯޓުން މި މައްސަލާގައި ކޮށްފައިވާ ޙުކުމަށް ބަލާއިރު، ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ، އެފަރާތުންދީފައިވާ ޚިދުމަތްތަކަށް ނަގައދިނުމަށި އެދުނު ފައިސާއެއް ނަމަވެސް، އެ ފައިސާގެ ޢަދަދު ހިސާބުކޮށްފައިވާ ގޮތް އެނގެން ނެތުމުން އެފައިސާ ނަގައިދީފައި ނުވެކަމާއި، ޕްރިމިއަރ ޕްރޮޕަޓީގެ ފަރާތުން އެޢަދަދަށް ވާޞލްވ ގޮތި އެނގޭނެ ގޮތަށް އިކޯޓުގައ ދަޢުވި ކުރުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅައި އަޙްމަދު ފިރާޤުގެ ފަރާތުން ޕްރިމިއަރ ޕްރޮޕަޓީއަށ ވަކީލް ފީގެ ގޮތުގައި 8,000/-ރ. )އަށްހާސް ރުފިޔާ( ދެއްކުމަށް އަމުރު ކޮށްފައިވާކަން އެނގެއެވެ.
12އަޙްމަދު ފިރާޤްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އެއްވެސް ޤާނޫނެއްގައި އަދި ޤަވާއިދެއްގައި ކޮލެޓްރަލް އެގްރީމަންޓުގެ އުޞޫލްތައ ބަޔާންކޮށްފައި ނެތްއިރު، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓ ލިމިޓެޑާ ދެމެދް ވެފައިވާ އެއްބަސްވުމަކީ ކޮލެޓްރަލް އެގްރީމަންޓެއްކަމަށ ޝަރީޢަތުން ކަނޑައަޅައި، އަމީން ކޮންސްޓްރަކްޝަނު ޕްރައިވެޓް ލިމިޓެޑއާ އަޙްމަދު ފިރާޤް އާދެމެދ 28 ސެޕްޓެމްބަރު 2015 ދުވަހު ސޮއި ކުރެވިފައިވާ އެޕާރޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަނިޕްރައިވެޓ ލިމިޓެޑއާ ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑް ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމަކީ ކޮލެޓްރަލް އެގްރީމަންޓެއްކަމަށް ކަނޑައަޅުއްވާފައިވަނީ "Privity of contract" މަބްދަޢުއާއި ދިވެހިރް އްޖޭގެ ސ ޕްރީމް ކޯޓުގ 2010/SC-A/17 ނަންބަރު ޤަޟިއްޔާއާ ޚިލާފަށް ކަމަށްބުނާ ބުނުމެވެ.
13އެހެންކަމުން މި މައްސަލު ގައި އުފެދޭ ސުވާލަކީ، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 31 އޮކްޓޫބަރު 2017 ގައި "އަމީން އެވެނިއު A މެނޭޖްކުރުމުގެ އެއްބަސްވުން" ގެ ދަށުން އަޙްމަދު ފިރާޤު ޒިންމާ ކުރެވިދާނެތޯ އުފެދޭ ސުވާލެވެ. ޕްރިމިއަރ ޕްރޮޕަޓެޕްރައިވެޓ ލިމިޓެޑްގަފަރާތުނ ސިވިލް ކޯޓުގައި އަޙްމަދު ފިރާގުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް އަޙްމަދު ފިރާޤު އިންކާރުކުރެއެވެ. އިންކާރުކުރާ މައިގަނޑު ސަބަބަކީ ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑާއި އަޙްމަދު ފިރާޤް އާއި ދެމެދު އެއްބަސްވުމެއް ނެތްކަމުގައި ބުނެކަނ އެނގެން އޮވެއެވެ.
14ޕްރިސިޑެންސް 1ޢާންމު އުސޫލެއްގެ ގޮތުން ދެފަރާތެއްގެ ދެމެދު ވެވޭ އެއްބަސްވުމަކަށް ޢަމަލުކުރަންޖެހޭނީ އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށަ ކަމާއި، އެއްބަސްވުމުގެ ބައިވެރިއެއް ކަމުގައިނުވާ ފަރާތެއްގެ މައްޗަށް ޢާންމު އުޞޫލެއްގް ގޮތުނެ އެއްބަސްވުމުގް ދ ށުނ ކަންކަން ލާޒިމުނުކުރެވޭނކަމާއި، މިއީ ކޮމަންލޯގައ ބޭނުންކުރި "ޕްރިވިޓީ އޮފް ކޮންޓްރެކްޓް" Contract) of (privity ގެ މަބްދަޢު ކަމާއި، މި މަބްދަޢުއަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ވެސް ބަލައިގެންފައިވާ މަބްދަޢެއް ކަމާއި "ޕްރިވިޓީ އޮފް ކޮންޓްރެކްޓް" މި މަބްދަޢުނ އިސްތިސްނާކުރެވޭ ޚާއްޞަ ޙާލަތްތަކެއްވާކަން އެނގެއެވެ.
15ޕްރިސިޑެންސް 2އެގޮތުން އެޖެންޓަކު އޭނާ ޢައްޔަންކުރި ފަރާތް ތަމްސީލުކޮށް އޭނާއަށް ދީފައިވާ ބާރުގެ ތެރެއިން ވެވޭ އެއްބަސްވުމަށް އެޖެންޓްތަމްސީލްކުރި ފރާތަ )ޕްރިންސިޕަލް( ޒިންމާވާންޖެހޭ ޙާލަތާއި، ކޮލެޓްރަލް އެއްބަސްވުމެއްގެ ދަށުން ތިންވަނަ ފަރާތަކަށް ޒިންމާވާނެ ޖެހޭ ޙާލަތާއި، އިކުއިޓީގެ މަބްދަޢުގެ ދަށުން މުދަލެއް އަމާނާތެއްގެ ގޮތުގައި ބ ލެހެއްޓުމަށް ޙަވާލުވެފައިވާ ފަރާތަކުން ތިންވަނަ ފަރާތަކަށް ޒިންމާވާންޖެހޭ ޙާލަތާއި ޤާނޫނެއްގެ ދަށުން ތިންވަނަ ފަރާތަކަށް ޒިންމާވާންޖެހޭ ޙާލަތާއި، ކޮންޓްރެކްޓެއްގެ ދަށުން ގެއްލުމުގެ ބަދަލު ތިންވަނަފަރާތަކަށް އަދާކުރަންޖެހޭ ޙާލަތްތައްވެއެވެ.
16އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައަށް ބަލާއިރު، އަޙްމަދު ފިރާޤު އާއި،އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި، ހުޅުމާލޭ ލޮޓް ނަންބަރު N2-25 ގައް ތަރައްޤީކުރާ އަމީން އެވނިއުގެ ބްލޮކެ A ގެ ނަންބަރު A408 އެޕާޓްމަންޓާއި، އެޕާޓްމަންޓްގެ ނިސްބަތުންޖެހޭ ބިމުން ހިއްސާވާ މިންވަރު ގަނެވިއްކުމުގެ ގޮތުނ 28 ސެޕްޓެންބަރު 2015 ގައި އެއްބަސްވުމެއް ވެފައިވާކަން އެގެން އޮވެއެވެ.
17ޕްރިސިޑެންސް 4އެއްބަސްވުމުގެ 13 ވަނަ މާއްދާގެ )ށ( އާއި، 21 ވަނަ މާއްދާއަށާއި، 26 ވަނަ މާއްދާގެ )ހ( އަށް ބަލާއިރު، އެއްބަސްވުމުގ 13 ވަން މާއްދާގަ )ށ( ގައިވަނީ "މި މާއްދާގެ )ހ( ގެ ދަށުން ނަގާ އިންޝުއަރެންސްއަށް ދައްކަންޖެހޭ ފައިސާ އަމީން އެވެނިއުގެ ބްލޮކް A ގައަ ޢިމާރް ތްކުރެވިފައިވާ ޖުމްލާ އެޕާޓްމަންޓުގެ އަދަދަށާއި، އަދި އެޕާރޓްމަންޓުގ އޭރިޔާގެ ނިސްބަތުން ބެހުމަށްފަހު ގަންނަ ފަރާތުނ ދައްކަންޖެހޭ ފައިސާ އެދައްކަންޖެހޭ ނިސްބަތުން ވިއްކާ ފަރާތަށް ދައްކަންޖެހޭނެ.." ކަމަށާއި، އެއްބަސްވުމުގ 21 ވަނަ މާއްދާ ގައިވަނީ "ގަންނަ ފަރާތުން ތަނާއި ޙަވާލުވާދުވަހުނ ފެށިގެން އެތަނާއ ގުޅިގެނި އެންމެހާ ފަރާތްތަކަށް ދައްކަންޖެހޭ އެންމެހާ ފީތަކާއި، ޗރެ ޖަސްތަކާއި، ޓެކްސް ދައްކާނީ ގަންނަ ފަރާތުން..." ކަމަށާއި، އެއްބަސްވުމުގ 26 ވަނަ މާއްދާގެ )ހ( ގައިވަނީ "އަމީން އެވެނިއުގެ ބްލޮކް A ގައިވާ އާންމު ތަންތަނާއި ވަސީލަތްތައް ބަލަހައްޓައި އެތަންތަނާއިބެހޭ އެންމެހާ ކަންކަން ހިންގާނީ މި އެއްބަސްވުމުގެ ޖަދުވަލު 7 ގައިވާ އަމީން އެވެނިއުގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ކަމަށ ބުނެފައިވެއެވެ.
18ބުނެވިދިޔަ އެއްބަސްވުމުގެ ޖަދުވަލު 7 ގެ ހިންގާ ޤަވއިދުގާ 43 ވަނަ މާއްދާގެ )ށ( އަށް ބަލާއިރު، އަމީން އެވެނިއުގ ޢިމާރާތްކުރުމުގެ މަސައްކަތްނިމި ގަންނަ ފަރް ތްތަކ ތަނާ ޙަވާލުކުރާ ދުވަހުން ފެށިގެން 2 )ދޭއް( އަހަރު ވަންދެން ބޯޑުން އުފުލަންޖެހޭ އެންމެހާ މަސްއޫލިއްޔަތު އުފުލާނީ ވިއްކާ ފަރާތުން ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކުން ކަމަށް ބަޔާންކޮށްފައި އޮންނަކަން އެނގެއެވެ.
19މި މައްސަލާގައި ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑާއި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު "އަމީން އެވެނިއ A މެނޭޖް ކުރުމުގެ އެއްބަސްވުން" މި ނަމުގައި އެއްބަސްވުމެއް ވެފއިވާކަނ އެނގެއެވެ. އެއްބަސްވުމަކީ، ހުޅުމާލެ ލޮޓް ނަންބަރު N2-25 ގައި "އަމީން އެވެނިއު “A ގެ ނަމުގައި ތަރައްޤީކޮށފައިވާ ކޮންޑޮމީނިއަމް ބިލްޑިންގ ގެ މެއިންޓްނަންސ އާއް މެނޭޖްމަންޓް ބެލެހެއްޓުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެކެވެ.
20އެއްބަސްވުމުގެ 14 ވަނަ މާއްދާ –ފީ )ހ( މެއިންޓްނަންސ އާއް މެނޭޖްމަންޓް ފީ ގެ ގޮތުގައި ކޮންމެ އެޕާޓްމަންޓެއްގެ ފްލޯރ އޭރިޔާގެ އަކަފޫޓަކަށް
2 )ދޭއް( ރުފިޔާ ނެގުމުގެ އިޚްތިޔާރު މެނޭޖްކުރާ ފަރާތަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ޖީ.އެސް.ޓީ ނުހިމެނެއެވެ.
21އެއްބަސްވުމުގ 15 ވަނަ މާއްދާ )ހ( މެއިންޓްނަންސް ފީގެ ގޮތުގައި މެނޭޖްކުރާ ފަރާތަށް ލިބޭ ފައިސާ، މި އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، އެފަރާތުން ބޭނުންވާ ގޮތަކަށް ޚަރަދުކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު އެފަރާތަށް ލިބިގެންވެއި ވެ. އަދި މްއިންޓްނަންސ އާއް މެނޭޖްމަންޓްގެ ކަނެ ކަމަށް ކުރަންޖެހޭ ހޭދަކުރުމަށްފަހު ބާކީވާ ފައިސާއަކީ މެނޭޖްކުރާ ފަރާތުގެ ފައިދާއެކެވެ.
22އެއްބަސްވުމުގެ 17 ވަނަ މާއްދާ )ހ( އަމީން އެވެނިއު A ގެ އެޕާޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުމާއި އަދި ތަނުގެ ހިންގާ ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅު، މެނޭޖްކުރާ ފަރާތުން އަޅަންވާނެއެވެ. )ށ( މި މާއްދާގެ )ހ( ގެ ދަށުން ފިޔަވަޅު އެޅުމުގައި އެކިއެކި ފަރާތްތަކާމެދު ތަފާތުކޮށްގެނ ނުވާނެއެވެ.
23އެއްބަސްވުމުގެ 18 ވަނަ މާއްދާ )ހ( އަމީން އެވެނިއު A ގެ އެޕާޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުމާއި ތަނުގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރާ ޖޫރިމަނާތަކުނ ލިބް އެންމެހާ ފައިސާ ޖަމާކުރަންވާނީ ސިންކިނ ފަންޑަށެވެ. )ށ( މި މާއްދާގެ )ހ( އެހެން އޮތްނަމަވެސް، މެއިންޓްނަންސް ފީ ނުދެއްކުމުގެ ސަބަބުން ނުވަތަ އެ ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން ކުރާ ޖޫރިމަނާގެ 93% )ނުވަދިހަ އިންސައްތަ( ފައިސާ ލިބޭނީ މެނޭޖްކުރާ ފަރާތަށެވެ. އަދި ބާކީވ 7% )ހަތެއ އިން ސައްތަ( ފައިސާ ޖ މާކުރަންވާނ ސިންކިންގ ފަންޑަށެވެ.
24އެއްބަސްވުމުގެ 19 ވަނަ މާއްދާ މެއިންޓްނަންސް ފީ އާއި، އިންޝުއަ ރެންސްގ ގޮތުގައެ ދައްކަންޖެހި ފައިސާއާއި އަދި އަމީން އެވެނިއ A ގެ އެޕާޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުމާއި، ތަނުގެ ހިންގާ ގަވާއޭ ދާ ޚިލާފުވުމުނިދައްކަންޖެހ ޖިރިމަނާ ނުދެއްކުމުން އެފަދަ އެންމެހާ ފައިސާ ހޯދުމާއި އަދުއެފަދ ފައިސަ ނުދައްކާ ފަރާތްތަކާމެދު، އަމީން އެވެނިއ Aގެ އެޕާޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުމާއި، އަދި ތަނުގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، މެނޭޖްކުރާ ފަރާތުން، ފިޔަވަޅު އަޅަންވާނެއެވެ.
20. އެއްބަސްވުމުގެ ބުނެވުނު 14 ވަނަ މާއްދާއާއި، 15 ވަނަ މާއްދާއާއި، 17 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއަށް އަށް ބެލުމުން، އަޙްމަދު ފިރާޤް އާއި،އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެ ދެމެދުގައި ވެފައިވާ އެއްބަސާ ވުމާއި، އަދި އެ އެއްބަސްވުމުގެ ބަޔެއްކަމުގައި ހިމެނިގެންވާ ޤަވާޢިދުގެ ދަށުން، އެޕާޓްމަންޓުގެ ވެރިފަރާތްތަކުގެ ކިބައިން ކޮމަން އޭރިޔާގީ އިންޝުއަރެންސް ފީ އާއި މެއިންޓަނަންސްފ ނެގޭނެ ގޮތްތައް ބަޔާންކޮށްފައިވާކަމާއި، ތަނުގެ ހިންގާ ގަވާއދި ޚިލާފުވުމުނާ ދައްކަންޖެހޭ ޖ ރިމަނާ ނުދެއްކުމުން އެފަދަ އެންމެހާ ފައިސާ ހޯދުމާއި އަދި އެފަދަ ފައިސާ ނުދައްކާ ފަރާތްތަކާމެދު، އަމީން އެވެނިއު A ގެ އެޕާޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުމާއި، އަދި ތަނުގެ ހންގ ގަވާއިދާ އެއްގޮތްވާ ގޮތުގި މަތިން، މެނޭޖްކުރާ ފަރާތުން، ފިޔަވަޅު އަޅަންވނެކަމަށް ބަޔާންކޮށްފައި އޮންނަކަން އެނގެއެވެ.
21. އެއްބަސްވުމުގެ 23 ވަނަ މާއްދާއާއި، އަދި 24 ވަނަ މާއްދާއަށް ބެލުމުން، އިންޝުއަރެންސް ފީއަކީ އަމީން އެވެނިއ A ގެ އެޕާޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުމާއި އަދި ތަނުގެ ހިންގާ ޤަވާއިދުގެ ދަށުން އެޕާރޓްމަންޓް ފްލޯރ އޭރިޔާގެ ނިސްބަތުން ވްރިފަރާތުން ދައްކަންޖެހޭ ފައިސާކަމަށް ބަޔާންކޮށް، މި ފީތައް ނުދައްކާ ފަރާތްތައް ޖޫރިމަނާކޮށިއަދި ފިޔަވަޅު އެޅުމަކީ އެއްބަސްވުމުގައ ބަޔާންކުރާ ބޯޑު އެކުލަވާލެވުމުގެ ކުރިއަށް ހޭދަވި 2 އަހަރު ދުވަހުގައި، އެ މަސްއޫލިއްޔަތާ ޙަވާލުވެފައިވާ ފަރާތުގެ ޙައިސިއްޔަތުން،ޕްރިމިއަރ ޕްރޮޕަރޓީ ޕްރައިވެޓް ލިމިޓެޑށަ ލިބިގެންވާ ބާރެއކަނ އެނގެން އޮވެއެވެ.
25ޕްރިސިޑެންސް 3އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ން ޕްރިމިއަރ ޕްރޮޕަރޓީ ޕްރައިވެޓް ލިމިޓެޑާއި އެކު އަމީން އެވެނިއުގެ ބްލކޮ A މެނޭޖް ކުރުމުގެ ގޮތުން ވެފައިވާ އެއްބަސްވުމަކީ، އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ދައުވާލިބޭ ފަރާތާއި ވެފައިވާ މައި އެއްބަސްވުން ކަމުގައިވާ ގަނެ ވިއްކުމުގެ އެއްބަސްވުމގައު އެކުލަވާލެވިފައިވާ ބައެއް ކަންތައްތައް ފުރިހަމކުރުމުގ ގޮތުން ވެފައިވާ އެއްބަސްވުމެއް ކަމުގައިވުމުން، މިއީ "ކޮލަޓެރަލް އެގްރީމެންޓް Agreement) (Collateral " އެކެވެ. "ކޮލަޓެރަލް އެގްރީމެންޓް" އަކީ މއ އެއްބަސްވުމެއްގައ ހިމެނި ދެފަރާތާއި ތިންވަނަ ފަރާތަކާއި، ނުވަތަ މައި އެއްބަސްވުމެއްގައި ހިމެނޭ އެއްފަރާތާއި ތިންވަނަ ފަރާތަކާއި އެކު މައި އެއްބަސްވުމުގައި އެކުލަވާލެވިފައިވާ ބައެއް ކަންކަމާއ ގުޅިގެނި ނުވަތް "ކޮލަޓރަލި އެގްރީމެންޓް" ގައި ސޮއި ކުރާ މައި އެއްބަސްވުމުގައި ހިމެނޭ ފަރާތް އަދާކުރަންޖެހޭ ޒިންމާތަކާއި "މަސްޢޫލިއްޔަތުތައް، މައި އެއްބަސްވުމުގައި ދެން ހިމެނޭ ފަރާތުގެ ހުއްދައާއި އެކު، ތިންވަނަ ފަރާތަކަށް ޙަވާލުކުރުމުގެ ގޮތުނެ އެއްބި ސްވެވޭ އެއްބަސްވުމެކެވެ. "ކޮލަޓަ ރަލް އެގްރީމެންޓް" އަކީ މައި އެއްބަސްވުމާއި ގުޅިގެން ހެދޭ އެއްބަސްވުމެއް ކަމުގައިވުމުން، މި އެއްބަސްވުމުގައި މައި އެއްބަސްވުމުގައި ހިމެނޭ އެއްވެސ މާއްދާއަކާއި ފުށުއަރާނޭފަދަ މާއްދާއެއް ނުހިމެނަ ހިނދު، "ކޮލަޓެރަލް އެގްރީމެންޓް" ގައި ހިމެނޭ ތިންވަނަ ފަރާތަށްމައ އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތިން އަދާކުރަންޖެހޭ އެންމެހާ ޒިންމާތަކާއި މަޞްޢޫލިއްޔަތުތަކާއ ގުޅިގެނި މައް އެއްބަސްވުމުގެ ދަށުން ލިބިދޭ އެންމެހާ ބާރުތައް ލިބިގެންދެއެވެ.
26ބުނެވިދިޔަ ކަންތައްތަކަށް ރިޢެޔަތްކޮށް، "ކޮލަޓްރަލް އެގްރިމެންޓް" މަފްހޫމްގެ ދަށުނު އަޙްމަދު ފިރާޤާއި ޕްރިމިއަރ ޕްރޮޕަރޓީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސީދެވަކ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވިނަމަވެސް، އެކަމަކީ އިސްވެ މިބުނެވުނު އެއްބަސްވުންތަކުގެ ސަބަބުންތިންވަނަ ފަރާތަކަށް ޒިންމާވާން ޖެހޭ އިސްތިސްނާ ޙާލަތެއްކަން ފެންނަން އޮތުމުން،ޕްރިމިއަރ ޕްރޮޕަރޓީ ޕްރައިވެޓް ލިމިޓެޑާއު އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ދެމެދުގައި ވެފައިވާ "އަމީން އެވެނިއ A މެނޭޖް ކުރުމުގެ އެއްބަސްވުން" އަށް ޢަމަލުކުރުމަށް އަމީން އެވެނިއުގެ ބްލޮކް A ގެ ނަންބަރު A408 އެޕާޓްމަންޓް ގަތް، އަޙްމަދު ފިރާޤް ށ ލާޒިމްވާނެކަނ މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައި ވެއެވެ. ޝަރީޢަތުން ޤާނޫނީ ވަކީލުފީ ނަގައި ދިނުމާގުޅޭ:
27ޕްރިސިޑެންސް 5ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ހިންގާ މައްސަލަތަކުގައި ޤާނޫނީ ވަކީލުގެ ފީ، ނަގައި ދިނުމާބެހޭ ގޮތުން ޢަމަލުކުރެވޭ ޤާނޫނެއް އަދި ޤަވާއިދެއް ހެދިފައެ ނެތްކަމާއި، ޝަރީޢަތުން ޤާނޫނީ ވަކީލުނީ ގ ފ ނަގައިދިނުމާގުޅޭ ގޮތުން ޢަމަލު ކުރެވެމުންދަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2009/HC-A/348 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލެއްގެ މަތިންކަން ފާހަގަކުރެވެއެވެ. އެގޮތުން އެ ޤަޟިއްޔާގައި ބަޔާންކޮށްފއަ ވަނީ؛ "ޤާނޫނު ނަންބަރު 2008/6 )ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު( ގެ ޖަދުވަލު 2 ގައި ހިމެނިފައިވާ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ގަވާއިދުގެ 5 ވަނަ މާއްދާގައި، ޤާނޫނީ ވަކީލަކަށް މުވައްކިލުގެ އަތުން ފީ ނެގިދާނެ ގޮތްތައް ބަޔާނަކުރެވިފައިވާކަންފާހަގކުރެވޭކަމާއި، އެގޮތުން،އިސްވެ ބުނެވުނު މާއްދާގައި ވަކީލަކަށް މުވައްކިލެއްގެ އަތުން ފީ ނެގޭނީ އެދެފަރާތުގެ ދެމެދު އެއްބަސްވާ ގޮތެއްގެ މަތިންކަން އެނގެން އޮނނާކަމާއި، ވަކީލުގެ ފީ، މައްސަލައިގެ އަނެއް ޚަސްމުގެ އަތުން ނަގައި ދިނުމުގައި، ކުއްޔަށް ގެންދި ތަކެތީގެ ކުއްޔާގުޅޭ މައްސަލަތަކުގައި ޢަމަލު ކުރާނެގޮތް، ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީއަތުން ނަގައި ދިނުމާބެހޭ ގަވާއިދުގައި ބަޔާންކުރެވިފައިވާއިރު، ކުއްޔަށް ގެންދާ ތަކެތީގެ ކުއްޔާގުޅޭ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި، ވަކީލުގެ ފީ، މައްސަލް އިގެ އަނެއް ޚަސްމުގެ އަތުން ނަގައި ދެވޭނެ ގޮތްތަކެއް ބަޔާންކުރާ ޤާނޫނެއް އަދ ގަވާއިދެއްވިޔަސް ނެތްކަމާއި، އަދި މައްސަލައިގެ ދެޚަސްމުންގެ ދެމެދުގައިވެސް މިފަދަ ޚަރަދުތަކާ ގުޅޭގޮތުން ކުރިން ވަކިގޮތަކަށް އެއްބަސްވެފައި ނުވާއިރު، މައްސަލައެއް ޝަރީއަތަށް ހުށީ ހެޅުމަށްފަހު، ވަކީލާއި މުވައްކިލާ ދެމެދު އެއްބަސްވާ ގޮތަށް، އެހެންނަމަވެސް އެ އެއްބަސްވާ ފީއާއި ޚަރަދުތަކުގެ އިލްތިޒާމް އުފުލަންޖެހޭ ފަރާތަކީ މައްސަލައިގެ އަނެއް ޚަސްމުކަމަށް ކަނޑައެޅުމަކީ މިފަދަކަންކަން ތަންޒީމުކުރެވޭ އެއްވެސް ޤާނޫނެއް، ގަވާއިދެއް، ނުވަތް ދެޚަސްމުނ ދެމެދް މިކަމާގުޅޭ ގޮތުން އޮތް އެއްބަސްވުމެއްވެސ ނެތް ޢަމަލުކުރެވޭނެ އެންމެ އިންސާފުވެރި ގޮތް ނޫންކަމާއި، ވަކީލުގެ ފީ މައްސަލައިގެ އަނެއް ޚަސްމުގެ އަތުން ނަގައިދިނުމުގައި މިހާތަނަށް ކޯޓުތަކުން ޢަމަކުރަމުނ އާއް ގޮތަކީ ދެޚަސްމުން މެދުގައި މ ކަމްގުޅޭ އެއްބަސްވުމެއް އޮތްނަމަ އެއާ އެއްގޮތަށް ވަކީލުގެ ފ ނަގައި ދިނުންކަމާއި، އަދި އެފަދަ އެއްބަސްވުމެއް ނެތްނަމަ ވަކީލުގެ ފީ ނަގައި ދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމުންކަން އެނގެން އޮތަތީ..." މިފަދައިންނެވެ.
28މިޤަޟިއްޔާއަށް ބަލާއިރު، ކ އްޔަށްގެންދު ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމުގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ޤާނޫނީ ވަކީލުންގެ ފީ ނަގައިދެވޭނީ މައްސަލައިގައި ހިމެނޭ ޚަޞްމުންގެ މެދުގައި ވަކީލުންގެ ފީ ނަގައިދިނުމާގުޅަގޮތުނ އެއްބަސްވުމެއް ވެފައިވނަމަކަމާއ އަދި އެފާ ދަ އެއްބަސްވުމެއް ނެތްނަމަ، ވަކީލުންގެ ފީ ނަގައި ނުދެވޭނެކަން އެނގެއެވެ. މިކޯޓުގެ ނަންބަރ 2013/HC-A/218 ޤަޟިއްޔާގައިވެސް ޤާނޫނީ ވަކީލުންގެ ފީ ޝަރީޢަތުން ނަގައިދިނުމުގައި ޢަމަލުކުރެވޭނީ ބ ނެވިދިޔަ އުޞޫލުނކަމަށް ބަޔާންކޮށްފައި ވެއެވެ.
29އިސްތިއުނާފާ ރައްދުވިފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަ ތުގެ މަޖަ ލީހުގައި ވަކީލު ފީ ނާގައިދިނުމ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފ ރައްދުވު ފަރާތުން ހޯދުމަށް އެދިފައިވީ ވަކީލު ފ މާފުކޮށްދެއްވާފައިވާކަމަށާއި، ވަކީލު ފީ ނަގައިދިނުމާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމާމެދު އިއުތިރާޟެއ ނެތްކަމަށް އެފަރާތުން ފާހަގަކޮށްފައިވެއެވެ.
30އިސްތިއުނާފު ކުރެވިފައިމިވާ މައްސަލާގައި ވަކީލު ފީގެ ގޮތުގައި ޕްރިމިއަރ ޕްރޮޕަރޓީ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ހޯދުމަށް އެދިފައިވާ 8000/- ރ. )އަށްހާސް ރުފިޔާ( ސިވިލް ކޯޓުން ނަގާދީފައިވަނީ އިސްވަ ބުނެވިދިޔ އުސޫލާ ޚިލާފަށް ކަމަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު 152/CV-C-HD/2018 ޤަޟިއްޔާގެ ޙުކުމުގައި އަޙްމަދު ފިރާޤް،ޕްރިމިއަރ ޕްރޮޕަރޓީ ޕްރައިވެޓް ލިމިޓެޑަށް ވަކީލުފީ ގ ގޮތުގައި 8000/-ރ. )އަށްހާސް ރުފިޔާ( ދައްކަންޖެހޭކަމަށް ކ ނޑައަޅުއްވާފައިވާ ކަނޑައޅުއްވުމަށ ބަދަލް ގެންނަންޖެހިކަމަށޭ މިމައްސަލ ބެލުމުގައި ބައޭވެރިވި ފ ނޑިޔާރުންނަށް ޤަބޫލުކުރެވކަމެވ.
31ބުނެވިދިޔަ ކަންކަން އެގޮތަށް ހުރުމުން، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރ 152/Cv-C-HD/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތައްއެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 152/CV-C-HD/2018 ޤަޟިއްޔާގައި، ޕްރިމިއަރ ޕްރޮޕަރޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަފްތަރު ނަންބަރ 6171/ މާލެ، އަޙްމަދު ފިރާޤުގެ މައްޗަށް ދަޢުވާކުރި މައްސަލާގައި، އަމީން އެވެނިއު Aމެނޭޖެ ކުރުމުގެ އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގެ މުއްދަތގް ތެރޭގައި ޕްރިމިއަރ ޕްރޮޕަރޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެމުން ގެންދާ ޚިދުމަތުގެ އަގަކީ އަޙްމަދު ފިރާޤުގެ ފަރާތުން ޕްރިމިއަރ ޕްރޮޕަރޓީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައިވާތީ، އެފައިސާގެ މިންވަރު ހިސާބުކުރެވުނ ގޮތަކާއެކުފައިސާގެ މިންވަރު އަޙްމަދު ފިރާޤުގެ ކިބައިން ހޯދުމަށް އެދި ދަޢުވާކުރުމުގެ ޙައްޤު ޕްރިމިއަރ ޕްރޮޕަރޓީ ޕްރައިވެޓް ލިމިޓެޑށްލިބިގެންވާކަމަށް ކަނޑައަޅާފއިވަނަ ރަނގަޅަށްކަމަށް ކަނޑައަޅައި، ޤާނޫނި ވަކީލު ފީގެ ގތުގައޮ -/8000ރ )އަށްހާސް ރުފިޔާ( ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑަށް ދަފްތަރު ox:,:, o, ,,,,. 2019 / HC-A/402 ,o.s.,,.,~.,,., ,s0,:,,,,,,,r,.:i,., 16 , " ~ .,,, ~.,,,.,,, ,,. o,,,,,,. ~:, ~ o,,,. ,,. o /U t.. o.,,, 0/ 0:, ~.,,, ~ :, ~ ::, .,,, 0/ :, .,,, 0.,,, ,PA.,1.J,A,,. t._,..,V /'.?V,P,,O""r-J,,. .r.J"--1-"'~ .,..,V/(!.,..,VA_r .,..,.J".-".,, J .:i.,,,,.,,,,. ,.r .? ✓.A 6171 .,,,, .,,,.,..,.,.., ~ oxo:,:, 0:, ~ 0 '0 ::, ~ ,,. ' ::, (/ ,,. '" 0~ ~o ,,. ox:, ~ 0 :, t...,,,, ,,. • .P.?.,1.rv.:,v' ' ✓, _,.., .:i.,I .J",,. A ,,.A J.,..,.,,,, fl ,,.t..,..,.,, JEVA/,,. J (!A.-" ,,.✓ .P,.r' ,,. .?"",,. ' fl.A~,,. .:i ,,..? ( _rV/ft"",,. .,..,_,_,,,t_.,..,V ~ ::,o::,::, ~.,, ~o .,, _,,,,v.:,v ✓, .;,,• .;,,.-,~ .s .:, ~ .,, .,,
- ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައިވާ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ގަވާއިދުގެ 5 ވަނަ މާއްދާ (2009/HC-A/348 ގައި ޙަވާލާދީފައިވާ ގޮތަށް)
- ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދު (2009/HC-A/348 ގައި ފާހަގަކޮށްފައިވާ ގޮތަށް)
- ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2009/HC-A/348
- ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2013/HC-A/218
- ބެންޗު
- ޙުސައިން ޝަހީދު، ހާތިފް ޙިލްމީ (އިސް ފަނޑިޔާރު)، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ (އިސް ފަނޑިޔާރު)، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް