ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/142
މުޙައްމަދު ޢަބްދުﷲ ވ. އަޙްމަދު މުޙައްމަދު، 2017/HC-A/142
Mohamed Abdhuﷲ v. Ahmed Mohamed 2017/HC-A/142 (2017/HC-A/142, High Court of the Maldives, 23 March 2021)
މުޙައްމަދު ޢަބްދުﷲ ވ. އަޙްމަދު މުޙައްމަދު
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކުއްޔަށް ހިފި ފަރާތް އެއްބަސްވުމާ ޚިލާފުވެފައިވާކަން ސާބިތުވާކަމަށް ކަނޑައަޅައި، އެއްބަސްވުން ބާޠިލުކޮށް، އެ ފަރާތް ކޮށްފައިވާ ޢިމާރާތުގެ އަގުގެ ގޮތުގައި 2,765,917.62 ރުފިޔާ 9 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ވެރިފަރާތަށް ޙުކުމްކުރިއެވެ.
ގޯއްޗެއްގެ ވެރިފަރާތާއި ކުއްޔަށް ހިފި ފަރާތާ ދެމެދު ހެދި ޢިމާރާތްކުރުމާއި ޢިމާރާތް ކުއްޔަށް ހިފުމުގެ އެގްރީމެންޓެއްގެ ދަށުން 8 ބުރީގެ ޢިމާރާތެއް 18 މަސްދުވަހުގެ ތެރޭގައި ކޮށް ވެރިފަރާތަށް 2 ފްލޯރާއި ޓެރަސް ޙަވާލުކުރަން އެއްބަސްވެފައި ވީއިރު، އެ މުއްދަތުގައި ޢިމާރާތް ނުނިމުމާއި ކަރަންޓް ބިލް ނުދެއްކުން ފަދަ ސަބަބުތަކަށް އެއްބަސްވުން ބާޠިލުކޮށް ތަން ޙަވާލުކުރުމަށް ވެރިފަރާތުން ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ކުއްޔަށް ހިފި ފަރާތުން މައިގަނޑު ގޮތެއްގައި ބުނީ އެއްބަސްވުމުގައި ބާޠިލުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާއިރު އެ ހާލަތްތަކަށް ނުފެތޭ ގޮތަށް ދަށުކޯޓުން އެއްބަސްވުން ބާޠިލުކުރި ކަމަށާއި، ތަން އަގުކުރުމުގައި ޢަމަލުކުރި އިޖުރާއަތުގައި މައްސަލަ ހުރި ކަމަށެވެ.
މައިގަނޑު ސުވާލު
ބިމުގައި އިމާރާތްކޮށް ކުއްޔަށް ހިފުމުގެ އެއްބަސްވުމެއްގައި، ކަނޑައެޅިފައިވާ މުއްދަތުގައި އިމާރާތް ނުނިމުމަކީ އެއްބަސްވުން ބާޠިލުކުރެވޭނެ ސަބަބެއްތޯ، އަދި ޚިލާފު ޙައްލުކުރުމުގެ މާއްދާގައިވާ އިޖުރާއަތު ފުރިހަމަވެފައިވޭތޯ.
ނިންމި ގޮތް
ނިމުނު ގޮތް ލިޔުމުގައި ނުހިމެނޭ (ތަޙުލީލުން ފެންނަނީ އެއްބަސްވުން ބާޠިލުކުރި ސިވިލް ކޯޓުގެ ނިންމުން ޤާއިމުނުކުރާ ގޮތަށް)
އެއްބަސްވުމުގެ 5 ވަނަ މާއްދާގައި މުއްދަތަށް ނުނިމިއްޖެނަމަ މަހަކު 5000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާތީ، މުއްދަތަށް ނުނިމުމަކީ އެއްބަސްވުން ބާޠިލުކުރުމަށް އެއްބަސްވުން ތަންދޭ ސަބަބެއް ނޫންކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13.1.6) އެއްބަސްވުމާ ޚިލާފުވުމުން ފުރަތަމަ ވާހަކަދައްކައިގެން ޙައްލުކުރަން ލާޒިމްކުރާ މާއްދާއެއް އެއްބަސްވުމުގައި ހުރި ނަމަވެސް، ދެފަރާތުގެ ދެމެދުގައި މަޝްވަރާކުރެވިފައިވާކަން އެނގި، ކޯޓުގެ ޑިސްޕިއުޓް ރިސޮލިއުޝަންގައި ޞުލްޙަވެރިކަމާއެކު ޙައްލުކުރުމުގެ ފުރުޞަތު ލިބުމުން ދެފަރާތުން އެއީ ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ މައްސަލައެއްކަމަށް ބުނެ ތަޙްވީލުކުރެވިފައިވާނަމަ، އެ މާއްދާގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަވެފައިވާ ކަމުގައި ބަލަންޖެހޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13.2.4) ކޮންސްޓްރަކްޝަނާ ގުޅޭ އެއްބަސްވުންތަކުގައި މަސައްކަތް ނިންމަންޖެހޭ ވަގުތާއި އެ ވަގުތަށް ނުނިންމުމުން ނިކުންނަ ނަތީޖާއަކީ ދެފަރާތުގެ އެއްބަސްވުމަށް ބަރޯސާވާ ކަމެކެވެ؛ "ޓައިމް އިޒް އޮފް އެސެންސް" ފަދަ މާއްދާތައް ހިމެނެނީ އިލްތިޒާމްތައް ވަގުތަށް ނިންމުމުގެ އަހައްމިއްޔަތު ދޭހަކޮށްދިނުމަށެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13.2.4) ކަނޑައެޅިފައިވާ މުއްދަތަށް ތަން ނުނިމިއްޖެނަމަ ޢަމަލުކުރާނެ ގޮތް (މިސާލަކަށް ޙަވާލުކުރެވެންދެން މަހަކު ފައިސާއެއް ދިނުން) އެއްބަސްވުމުގައި ކަނޑައަޅާފައިވާނަމަ، ކަނޑައެޅިފައިވާ މުއްދަތަށް ނުނިމުމަކީ އެއްބަސްވުން ބާޠިލުކުރެވޭނެ ހާލަތެއް އުފަންކުރާ ކަމެއްކަމަށް އެއްބަސްވުން ތަޞައްވަރުކޮށްފައި ނުވާތީ، އެ ސަބަބުގެ މައްޗަށް އެއްބަސްވުން ބާޠިލުނުކުރެވޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13.2.4) އެފަދަ ހާލަތެއްގައި ކުއްޔަށް ދިން ފަރާތަށް ލިބިގެންވަނީ އެއްބަސްވުމާ އެއްގޮތަށް ލިބެންޖެހޭ ފައިސާ ހޯދުމަށާއި، އެއްބަސްވުމާ އެއްގޮތަށް ތަން ނިންމުމަށް އެދި ދަޢުވާކުރުމުގެ ފުރުޞަތެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14) އެއްބަސްވުން ބާޠިލުކުރެވިފައިވަނީ އެއްބަސްވުމުގެ ތަރަޙައިގެ ތެރެއިން ނޫންކަމަށް ބެލެވޭ ހާލަތުގައި، އެއްބަސްވުން ބާޠިލުކޮށް ތަން އަގުކުރުމުގައި ޢަމަލުކުރި އިޖުރާއަތާ ގުޅޭ އިސްތިއުނާފީ ނުކުތާތަކާމެދު މައުޟޫޢީ ގޮތުން ގޮތެއް ކަނޑައަޅަން ނުޖެހެއެވެ.
1މިއީ، ސިވިލް ކޯޓުގެ ނަންބަރު : 6C/201-Cv/1187 ޤަޟިއްޔާ އެކޯޓުން ނިނމާފް އިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ސ.ހިތަދޫ / ލިލީމާގެ، މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން އމައްސަލެ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] / އަޙްމަދު މުޙައްމަދު އެވެ.
2[…] އަޙްމަދު މުޙައްމަދު އާއި ސ.ހިތަދޫ / ލިލީމާގެ، މުޙައްމަދު ޢަބްދު ﷲ އާއި ދެމެދު، "ޢިމާރާތްކުރުމާއި، ޢިމާރާތް ކުއްޔަށް ހިފުމުގެ އެގްރީމެންޓް" އެއްގައި 24 މެއި 2012 ގައި ސޮއިކޮށް ސިވިލް ކޯޓުގައި ރަޖިސްޓަރީކުރެވުނެވެ.
3މިއެއްބަސްވުމުގެ ދަށުން އަޙްމަދު މުހައްމަދުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ "ހ.ފެއަރ" ކިޔާގޯތީގައި، މުޙައްމަދު ޢަބްދު ﷲ ގެ ފަރާތުން 08 (އަށެއް) ބުރަ/ (07 ފްލޯރ)ގެ އިމާރާތެއް ކުރުމަށް އެއް ބަސްވވިފައިވެއެވެ.
4މުޙައްމަދު ޢަބްދުﷲ އެ އެއްބަސްވުމާއި ޚިލާފުވެފައިވކަމަށާ ބުނެ، އެއެއްބަސްވުން ބާޠިލްކޮށް، […] އެވެކިޔާ ބިމާއި، އެ ބިމުގައިވާ ޢިމާރާތް އަޙްމަދު މުޙައްމަދުއާއި ޙަވާލުކޮށްދނުމަށި މުޙައްމަދް ޢަބްދުﷲ އަށް އެންގުމަށް އެދި މުޙައްމަދު ޢަބްދު ﷲ ގެ މައްޗަށް ދައުވާކޮށް އަޙްމަދު މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓުގައި ސިވިލް ކޯޓުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރު 2012/285-C/C-Cv އެގްރީމަންޓް
4.5. އެއްބަސްވުމުގެ 20 ވަނަ މާއްދާ ގެ ދަށުން ކަރަންޓް ބިލް ދެއްކުމަކީ މުޙައްމަދު ޢަބްދުﷲ ގެ ޒިންމާއެއް ކަމުގައިވީނަމަވެސް ކަރަންޓް ބިލް ނުދައްކައި ޖުމުލަ -/25,912.63ރ. (ފަންސަވީސ ހާސް ނުވަ ސަތޭކަ ބާރަ ރުފިޔާ ފަސްދޮޅަސް ތިން ރުފިޔާ) ގެ ހުރިކަމަށެވެ.
5.5. އެއްބަސްވުމާ މުޙައްމަދު ޢަބްދުﷲ ޚިލާފުވެފައިވާ ސަބަބު ސާފުކޮށްދިނުމަށް 30 ޖޫން 5201 ގައި އަޙްމަދު މުޙައްމަދުގެ ފަރާތުން މުޙައްމަދު ޢަބްދުﷲއަށް ސިޓީއަށް ފޮނުވުނުކަމަށާއި އހެންނަމަވެސެ އެފަރާތުން ސިޓީއަށް ޖަވާބު ދާރީވެފައިނުވާކަމަށެވެ.
6.5. މިއެންމެހައި ކަންތައްތައްތަކަށ ރިޢާޔަތްކޮށް އެއްބަސް ވުމާ ޚިލާފުވުމުންނާއި ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފުވެފައިވާތީ އެއްބަސްވުން ބާޠިލްކޮށް ތަން އެފަރާތާ ޙަވާލުކުރުމަށް އެދު ކަމަށެވެ.
6މިދަޢުވާގެ ޖަވާބުގައި މުޙައްމަދު ޢަބްދު ﷲ ގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ؛
1.6. ދޢުވާއަށަ އިންކާރުކޮށް އަޙްމަދު މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވަނީ ޙަޤީޤަތއާ ޚިލާފު ވާހަކަތަކެއްކަމށެވެ.
2.6. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަކީ މުޙައްމަދު ޢަބްދުﷲ އަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމެއްކަމަށެވެ. އެގޮތުން އެފަރާތުގެ އަމިއްލަ ޚަރަދުގައި އިމާރާތްކުރަމުންދާ ތަނެއް ކަމާއި އަޙްމަދު މުޙައްމަދު ތަނަށް އެއްވެސް ޚަރަދެއް ކޮށްފައިނުވާކަމަށާއި އެއްވެސް ބަޔަކު ހަދަން ބޭނުންނުވެފައިއޮތް ތަނެއްގައި މުޙައްމަދު ޢަބްދުﷲ އެތައް މިލއަނި ރުފިޔް ޚަރަދުކޮށްގެން ކުރަމުންދާ މަސައްކަތަކީ ހެޔޮނިޔަތުގައި ކޮށްފައިވާ ކަމެއްކަމާއި އެހެންކަމުން އެއްބަސްވުން ބާޠިލްކުރެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ. "ކުއްޔަށް ހިފި ތަނުގައި، ކުއްޔަށް ހިފި ފަރާތުގެ ޙަވާލުގައި ހުންނަ ފްލޯތަކުގެ ފެންބިލް، ފޯންބިލް، ކަރންޓ ބިލް އަދި އެބައިތަކުގައަ ލިބިގަންނަ އެހެނިހެން ޚިދުމަތްތަކާއި ގުޅިގެން އެކި ފަރާތްތަކަށް ދައްކަންޖެހޭ އެހެން ހުރިހާ ފައިސާއެއް ދެއްކުމުގެ ޒިންމާ އުފުލާނީ ކުއްޔަށް ހިފި ފަރާތުންނެވެ."
3.6. އެއްބަސްވުމުގެ 36 ވަނަ މާއްދާ ގައި އެއްބަސްވުމާ ގުޅިގެން ހުސޫމަތެއް އުފެދިއްޖެނަމަ ވާހަކަދައްކައިގެން ހައްލުކުރުމަށް ލާޒިމްކުރާ ކަމަށާއި ދައުވާ ފޯމުގައި ޙަވާލާދީފައިވާ ސިޓީ އެފަރާތަށް ލިބިފައިނުވާކމަ ށ ވެ.
4.6. ޢަހްމަދު މުޙައްމަދުގެ ފަރާތުން އެއްބަސްވުމުގެ 37،36،28 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފުވެފައިވާކަމަށެވެ.
5.6. ދަޢުވާ ފޯމާއެކު ހުށަހެޅިފައިވާ އެނެކްސް 2 ގައިވާ އެސެސްމަންޓް ރިޕޯޓަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއްކަމަށެވެ.
6.6. ތަނުގައި ޢިމާރާތްކުރެވިފައިނުވަނީ 2015 ގައި އިމާރާތްކުރުމަށްޓަ ކައި ބޭނުންކުރާ ހިލަވެއްޔާއި އަދި މިނޫންވެސް ތަކެތި ނުލިބި ކޮންސްޓރަކް ޝަން ހުއްޓުމަކަށް އައުމުންކަމަށެވެ.
7.6. އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަންޖެހޭ 8000 ރުފިޔާ އޙަ މަދް މުޙައްމަދގު އެދުމަށް -/17،000ރ. (ސަތާރަ ހާސް) ރުފިޔާއަށް ބޮޑުކޮށް ކޮންމެ މީލާދީ މަހެއްގެ 10 ކުރިން ބޭންކް އެކައުންޓް މެދުވެރިކޮށް ޓްރާންސްފަރކުރާކަން ޑޮކިއުމަންޓް 1 އިން އެނގޭނެކަމަށއާ އަދި މިފައިސާ ދޭކަން ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި އަޙްމަދު މުޙައްމަދު ދީދީއާއި އަމީން މުޙައްމަދު ހުށަހަޅާކަމަށެވެ.
8.6. ތަން ޢިމާރާތްކޮށް ނުނިމޭ ކަމަށް ބުނި ނަމަވެސް އަޙްމަދު މުޙައްމަދު ދަޢުވާ ހުށަހެޅިއރުވެސި ދިރިއުޅެމުންދިޔައީ […] ގައީ ނިންމާފައިވާ 3 ވަނަ ފްލޯރގައިކަމަށާއި އެއީ 6 ވަނަ ފްލޯރ އާއި 7 ވަނަ ފްލޯރ ނިމިފައިނުވާތީ ވަގުތީގޮތުންކަމަށެ ވެ. " މި އެގްރީމްންޓުގެ މާއްދާއަކާއި ނުވަތަ އެގްރީމެންޓުން ބަޔަކާއި ކުއްޔަށް ދިން ފަރާތުން ނުވަތަ ކުއްޔަށް ހިފި ފަރާ ތުން ޚިލާފުވެއްޖެ ހިނދެއްގައި، އެންމެ ފުރަތަމަވެސް އެކަން ޙައްލުކުރުމުގެ ގޮތުން ދެފަރާތުގެ މެދުގައި ވާހަކަދައްކާނީއެވެ. ވާހަކަދައްކައިގެން ޞުލްޙަވެރި ޙައްލު ނުހޯދިއްޖެ ނަމަ، އެގްރީމެންޓާއި އެއްގޮތަށް މައްސަލަ ނިންމައިދިނުން އެދި، ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާނީއެވެ." ސިވިލް ކޯޓުގެ ނިންމުން:
7ސިވިލް ކޯޓުގެ ނަންބަރު 2016C/-Cv/1187 ޤަޟިއްޔާ ނިންމާފައިވަނީ، " ދެންފަހެ އިސްވެބުނެވިދިޔަ ކަންކަން އެހެން ހުރުމުން، […] / މާލެ އަޙްމަދު މުޙައްމަދު (ދރކ ނަންބަރު ) އާއި ސ.ހިތަދޫ / ލިލީމާގެ، މުޙައްމަދު ޢަބްދުﷲ (ދރކ ނަންބަރު ) އާއި ދެމެދު 24 މެއި 2012 ގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 285/2012-C/C-Cv "ޢިމާރާތްކުރުމާއި، ޢިމާރާތް ކުއްޔަށް ހިފުމުގެ އެގްރީމެންޓް" ގެ ދަށުން، އަޙްމަދު މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވެކިޔާ 700 އަކަފޫޓުގެ ބަންޑާރަ ގޯތީގައި މުޙައްމަދު ޢަބްދު ﷲގެ ފަރާތުން 08 (އަށެއް) ބުރި (07 ފްލޯރ) ގެ އައުޢިމާރާތެއ ކުރުމަށް އެއްބަސްވެ އެ އެއްބަސްވުމާ މުޙައްމަދު ޢަބްދުﷲ ޚިލާފު ވެފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، […] / މާލެ، އަޙްމަދު މުޙައްމަދު އާއި ސ.ހިތަދޫ / ލިލީމާގެ، މުޙައްމަދު ޢަބްދުﷲއާއި ދެމެދު 24 މެއި 2012 ގައި ވެފައިވާ ނަންބަރު 285/2012-C/C-Cv "ޢިމާރާތްކުރުމާއި، ޢިމާރާތް ކުއްޔަށް ހިފުމުގެއެގްރީމެންޓް" ބާޠިލްކޮށް، މިއެގްރީމެންޓްވީ އިރު ދެފަރާތުން ތިބި ޙާލަތަށް ރުޖޫޢަ ކުރުމުގެ ގޮތުން […] އެވެކިޔާ ގޯތީގައި ދައުވާލިބޭ ސ.ހިތަދޫ / ލިލީމާގެ، މުޙައްމަދު ޢަބްދުﷲ ކޮށްފައިވާ ޢިމާރާތުގެ އަގުގެ ގޮތުގައޖެހި 2,765,917/62 (ދެމިލިއަން ހަތްލައްކަ ފަސްދޮޅަސް ފަސްހާސް ނުވަސަތޭކަ ސަތާރަ ރުފިޔާ ފަސްދޮޅަސް ދެލާރި) މުޙައްމަދު ޢަބްދުﷲ އަށް ލިބިދިނުމުގެ ގޮތުން މިފައިސާ މިއަދުން (28 ޑިސެމްބަރު 2016 އިން) ފެށިގެން 09 (ނުވައެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެމަހަކަށްދޭންޖެހޭ ފައިސާގެ މިންވަރު ސިވިލް ކޯޓަށް ދައްކައި މި ދަރަނި ޚަލާސްކުރުމަށް ދައުވާކުރާ […] / މާލެ، އަޙްމަދު މުޙައްމަދުއަށް އަންގައި ޙުކުމް ކޮށްފީމެވެ. މިފަދައިންނެވެ.
8ސިވިލް ކޯޓުގެ މިނިންމުން ބިނާކޮށްފައިވަނީ އަންނަނިވ އަސާސްތަކގު މައްޗަށެވެ.
1.8. ދެފަރާތުގެ ދެމެދުގައި ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތްކަން؛
2.8. މިއެއްބަސްވުމުގެ 02 ވަނަ މާއްދާގައި ކުއްޔަށްހިފުމުގެ މުއްދަތު ގުނަން ފަށާނީ 06 ޖޫން 2012ގައި ކަމަށާއި މުއްދަތު ހަމަވާނީ 05 ޖޫން 2047 ގައިކަމަށް ބަޔާންކޮށްފައިވާކަން؛
3.8. އެއްބަސްވުމުގެ 5 ވަނަ މާއްދާ ގައި ޢިމާރާތް ކުއްޔަށްހިފުމުގެ މުއްދަތު ގުނަން ފަށާ ތާރީޚުން ފެށިގެން މީލާދީ 18 މަސްދުވަހުގެ ތެރޭގައި ޢިމާރާތްކުރުމަކީ ކުއްޔަށް ހިފި ފަރާތުގެ ޒިންމާއެއް ކަމަށާއި އަދި 18 މަސްދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ޢިމާރާތުން ކުއްޔަށްދިން ފަރާތާއި ކުއްޔަށްދިންފަރާތާއި ޙަވާލުކުރަންޖެހޭ ފްލޯރތައް ޙަވާލުކޮށްނިންމަންވާނެކަމަށާއި މިގޮތުން ޢިމާރާތުގެ ވެރިފަރާތާއި ޙަވާލުކުރަންޖެހޭ ފްލޯރތައް ( 2 ފްލޯރއާއި ޓެރަސް) ޙަވާލުނުކޮށް ލަސްވާނަމަ އެފްލޯރ ތައް ޙަވާލުނުކޮށް ޙަވާލުކުރެވެންދެން މަހކަ -/5000ރ. ( ފަސްހާސް) ދައްކަންވާނެކަމަށް ބަޔާންކޮށްފައިވާކަން؛
4.8. ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާއި 17 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި އެމާއްދާގެ (ނ) އަދި އެޤާނޫނުގެ 21 ވަނަ (ހ) އާއި 22 ވަނަ މާއްދާގެ (ހ) އަށް ބެލުމުން ދެފަރާތެއްގެ މެދުގައި ވެވިފައިވާ އެއްބަސްވުމެއް ބާޠިލްކުރެވޭނެ ޙާލަތްތައް ބަޔާންކުރެވިފައިވާކަން؛
5.8. މިގޮތުން މިހާލަތްތަކަށ ރިޢާޔަތްކޮށް އެއްބަސްވުން ބާޠިލްކުރުމުގައި އެއްބަސްވުމާ ޚިލާފުވެ ކުރިކަމަށް ބުނާ ޢަމަލަކީ އެއްބަސްވުމުގެ ދެވަނަ ބައިވެރިޔާ ޤަސްދުގައި ކުރިކަމެއްކަން ނުވަތަ ނޫންކަން ބަލަންޖެހޭކަމަށާއެ އެއްބަސްވުމުގެ އެއްފަރާތުން އަނެއް ފަރާތަށް އަދާކުރަންޖެހޭ ޒިންމާއެއް އެއްބަސްވެފައިވާގޮތަށް އަދާކުރަމުން ނުދިއުމަކީ އެއްބަސްވުން ބާޠިލްކުރެވިދާނެ ހާލަތެއްކަމާއި، މިސަބަބަށްޓަކައި އެއްބަސްވުމެއްކަމަށް ކަނޑައަޅާއިރު، އެއްބަސްވުމުގެ ދަށުން އަދާނުކުރި ޒިންމާއަކީ، އެސަބަބަށްޓަކައި އެއްބަސްވުން ބާޠިލްކުރަންޖެހޭފަދަ ޒިންމާއެއްކަން ނުވަތަ ނޫންކަން ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ މައްޗަށް ރިޢާޔަތްކޮށް ދެނެގަނެވިދާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ 2015/HC-A/132 ޤަޟިއްޔާގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ (ށ) އިން އެނގޭކަން؛
6.8. ބުނެވި ދިޔަ އުސޫލު މިމައްސަލައަށް ތަޠްބީޤުކުރާއިރު މިއެއްބަސްވުމުގެ މަޤްސަދަކީ އަޙްމަދު މުޙައްމަދުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ […] އެވެ ކިޔާ ގޯތީގައި މުޙައްމަދު ޢަބްދުﷲ ގެ ޚަރަދުގައި 08 ބުރީގެ އައު ޢިމާރާތެއް 06 ޖޫން 2012 އިން ފެށިގެން 18 މަސްދުވަސް ތެރޭގައި ކޮށް ނިންމައި، އަޙްމަދު މުޙައްމަދު އަށް ލިބެންޖެހޭ 2 ފްލޯރ އާއި ޓެރަސް އެފަރާތަށް ލިބި މިބައިތަކުން އެފަރާތަށް ލިބެންޖެހޭ މަންފާ ޙާސިލުކުރުމުގެ ފުރުޞަތު ލިބިގަތުމާއެކު، ބާކީ ހުރި ފްލޯރތަކުން ލިބެންޖެހޭ މަންފާތައް 35 އަހަރުގެ ދުވަހުގެ މުއްދަތަށް މުޙައްމަދު ޢަބްދުﷲ އަށް ލިބި މިބައިތަކުނ އެފަރާތަށް ލިބެންޖެހޭ މަންފާ ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގަތުންކަން އެއްބަސްވުމުގެ އެންމެހާ މާއްދާތަކުން އެނގެން އޮތް އިރު، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 06 ޖޫން 2012 އިން ފެށިގެން 18 މަސްދުވަހުގެ ތެރޭގައި މުޙައްމަދު ޢަބްދުﷲ އަށް ޢިމާރާތްކށޮ ނިންމިފައިނުވާކަން އެފަރާތުގެ ބަހުން އެނގެންއޮތުމާއި 30 މެއި 0162 ގައި މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމާ އެކު 19 ޑިސެންބަރު 2016ގެ ނިޔަލަށްވެސް ޢިމާރާތްކޮށް ނިމިފައިނުވާކަން "ޝަރުޢީ އަގުކޮމިޓީގެ ރިޕޯޓު" އިން އެނގެން އޮތުމުން މުޙައްމދަ ޢަބްދުﷲ ގެ ފަރާތުން އަދާނުކުރި ޒިންމާއަކީ އެސަބަބަށްޓަކައި އެއްބަސްވުން ބާޠިލްކުރަންޖެހޭ ފަދަ ޒިންމާއެއްކަން އެނގޭކަން؛
7.8. މިހާލަތުގައި އެއްބަސްވުމުގެ ދަށުން ކުރަން ކަނޑައަޅާފައިވާ އިންވެސްޓްމަންޓްގެ ބަދަލު ( ކުއްޔަށް ހިފި ތަނުގައި ކުރާ އައު ޢިމާރާތުގެ ޚަރަދުވާނެ ފައިސާއާއި އެޢިމާރާތުގައި ކުއްޔަށް ހިފި ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ބައި ކުއްޔަށްދީގެން ލިބޭނެ މަންފާގެ ބަދަލު) އެއްފަހަރާ މުޙައްމަދު ޢަބްދުﷲ އަށް ލިބިދިނުމަކީ ނުޙައްޤު މަންފާއެއް ލިބިދިނުން ނޫންކަމުގައި ނުވާނެކަން؛ ފޮނުވައިދިނުމަށް އެދިފައިވާކަން 02 ޖޫން 2016 ގައި އެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
6.1.13. އެހެންކަމުން މިމައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ 36 ވަނަ މާއްދާގައި " މިއެގްރީމަންޓްގެ މާއްދާއަކާއި ނުވަތަ އެގްރީމަންޓްގެ ބައަކާއި ކުއްޔަށް ދިން ފަރާތުން ނުވަތަ ކުއްޔަށް ހިފި ފަރާތުން ޚިލާފުވެއްޖެ ހިނދެއްގައި، އެންމެ ފުރަތަމަވެސް އެކަން ޙައްލުކުރުމުގެ ގޮތުން ދެފަރާތުން ވާހަކަދައްކާނއެވެ. ވާހަކަދައްކައިގެން ޞުލްޙަވެރި ޙައްލު ނުހޯދިއްޖެނަމަ، އެގްރީމަންޓާއީ އެއްގޮތަށް މައްސަލަ ނިންމައިދިނުމަށް އެދި، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނީއެވެ" މިފަދައިން ބަޔާންކޮށްފައިވާއިރު، މުޙައްމަދު ޢަބްދުﷲ ގެ ބަހުންނާއި އެފަރާތުގެ ހެކިންގެ ބަހުންވެސް މިމައްސަލަ ހައްލުކުރެވޭތޯ ދެފަރާތުގެ ދެމެދުގައި މަޝްވަރާކުރެވިފައިވާކަން އެނގޭކަމާއި އަދި މައްސަލަ ކޯޓަށް ހުށަހެޅި ޑިސްޕިއުޓް ރިސޮލިއުޝަންގައި ޞުލްހަވެރިކަމާއެކު މައްސަލަ ޙައްލުކުރުމަށް ފުރުސަތު ލިބުމުންވެސ މިއް ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ފަދަ މައްސަލައެއްކަމަށް ދެފަރާތުން ބުނެ ޝަރީޢަތަށް ތަޙްވީލުކުރެވިފައިވުމުން މިމައްސަލައިގައި 36 ވަނަ މާއްދާގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއާތު ފުރިހަމަވެފައިވާ ކަމުގައި ބަލަންޖެހޭ ކަމުގައި ދެކެމެވެ.
2.13. އެއްބަސްވުން ބާޠިލްކުރެވިދާނެ ހާލަތެއް ވުޖޫދުގައިވޭތޯ ބެލުން
1.2.13. މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވާ ކަމަކީ ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގައި އެއްބަސްވުން ބާޠިލްކުރެވޭނެ ހާލަތްތަކަށް ބަޔާންކޮށްފައިވާއިރު ދަށު ކޯޓުން އެއްބަސްވުން ބާޠިލްކޮށްފައިވަނީ މިއިން ހާލަތަކަށް ނުފެތޭ ގޮތަށްކަމަށެވެ.
2.2.13. ސިވިލް ކޯޓުގެ ރިޕޯޓަށް ބަލާއިރު، މިމައްސަލައާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުން ސިވިލް ކޯޓުން ބާޠިލްކޮށްފައިވަނީ މައިގަނޑު އެއް އަސާސްގެ މައްޗަށް ބިނާކޮށެވެ. މިގޮތުން ރިޕޯޓުގެ ފާހަގަކުރެވުނު ދެވަނަ ނުކުތގައާ ބަޔާންކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 06 ޖޫން 2012 އިން ފެށިގެން 18 މަސްދުވަހުގެ ތެރޭގައި މުޙައްމަދު ޢަބްދުﷲ އަށް ޢިމާރާތްކށޮ ނިންމިފައިނުވާކަން އެފަރާތުގެ ބަހުން އެނގެންއޮތުމާއި 30 މެއި 2016 އިގައި މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމާ އެކު 19 ޑިސެންބަރު 2016ގެ ނިޔަލަށްވެސް ޢިމާރާތްކޮށް ނިމިފައިނުވާކަން "ޝަރުޢީ އަގުކޮމިޓީގެ ރިޕޯޓު" އިން އެނގެން އޮތުމުން މުޙައްމދަ ޢަބްދުﷲ ގެ ފަރާތުން އަދާނުކުރި ޒިންމާއަކީ އެސަބަބަށްޓަކައި އެއްބަސްވުން ބާޠިލްކުރަންޖެހޭ ފަދަ ޒިންމާއެއްކަން އެނގޭކަމަށެވެ.
3.2.13. ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމަށް ބަލާއިރު، މިފަދއިނަ ކަނޑައެޅިފައިވާ މުއްދަތަށް ތަން ޢިމާރާތް ނުކުރެވިއްޖެނަމަ ދެން ޢަމަލުކުރަންވީ ގޮތް އެއްބަސްވުމުގައި ކަނޑައެޅިފައިވެއެވެ. މިގޮތުން އެއްބަސްވުމުގެ 05 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "އިސްވެދިޔަ މާއްދާ (04 ވަނަ މާއްދާ) ގެ ދަށުން ޢިމާރާތް ކުއްޔަށް ހިފުމުގެ މުއްދަތު ގުނަން ފަށާ ތާރިޚުން ފެށިގެން މީލާދީ 18 މަސްދުވަހުގެ ތެރޭގައި ކުރުމަކީ ކުއްޔަށް ހިފި ފަރާތު ގެ ޒިންމާއެކެވެ. އަދި، މި 18 މަސްދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން، މިޢިމާރާތުނ ކުއްޔަށް ދިން ފަރާތާއި ޙަވާލުކުރަންޖެހޭ ފްލޯރތައް ޙަވާލުކޮށް ނިންމަންވާނެއެވެ. އަދި، މިގޮތުން ޢިމާރާތުގެ ވެރިފަރާތާއި ޙަވާލުކުރަންޖެހޭ ފްލޯރތައް ޙަވާލުނުކޮށް ލަސްވާނަމަ އެފލޯރ ޙަވާލުކުރެވެންދެން މަހަކް -/5000ރ. (ފަސްހާސް) ރުފިޔާ ދައްކަންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.
4.2.13. ކޮންސްޓަރަކްޝަންއ ގުޅާ މިބާވަތުގެ އެއްބަސްވުންތަކުގައި މަސައްކަތް ނިންމަން ޖެހޭ ވަގުތު އަދި އެފަދަ ވަގުތަށް ނުނިންމުމުން ނިކުންނަ ނަތީޖާއަކީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމެކެވެ. މިގޮތުން މިފަދަ އެއްބަސްވުމުގައި "ޓައިމް އިސް އޮފް އެސެންސް" ފަދަ މާއްދާތައް ހިމެނެނީ ދެފަރާތަށް އޮންނަ އިލްތިޒާމްތައް ވަގުތަށް ނިންމުމުގެ އަހައްމިއްޔަތުކަން ދޭހަކޮށްދިނުމަށެވެ. މިމައްސަލައިގައި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގައި މިފަދަ މާއްދާއެއް ނެތްނަމަވެސް، އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތަށް ތަން ނުނިމިއްޖެނަމަ ޢަމަލުކުރާނެގޮތް ދެފަރާތުން ތަޞައްވަރުކޮށް އެއްބަސްވުމުގައި މާއްދާއެއް ހިމެނިފައިވެއެވެ. އެގޮތުން އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ވަނީ މިހާލަތުގައި ތަން ޙަވާލުކުރެވެންދެން މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން -/5000ރ. (ފަސްހާސް) ރުފިޔާ އިތުރަށް ދިނުމަށެވެ. އެހެންކަމުން، ތަން ކަނޑައެޅިފައިވާ މުއްދަތަށް ނުނިމުމަކީ އެއްބަސްވުން ބާޠިލްކުރެވޭނެ ހާލަތެއް އުފަންކުރުވާކަމެއ ކަމަށް އެއްބަސްވުން ތަސައްވަރުކޮށްފައިނުވާކަމަށް ދެކެމެވެ. އެހެންކަމުން، އެއްބަސްވުމުގެ މިއިލްތިޒާމް އަދ ނުކުރާނަމަ، އެއްބަސްވުމާ އެއްގޮތަށް އެފަރާތަށް އިތުރަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ދަޢުވާ ކުރުމުގެ ފުރުސަތު އަޙްމަދު މުޙައްމަދު އަށް ލިބިގެންވާކަމާއި އަދި އެއްބަސްވުމާއި އެއްގޮތަށް ތަން ނިންމުމަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް ލިބިގެންވާކަމާއި އެހެންނަމަވެސް ދަށު ކޯޓުން އެއްބަސްވުން ބާޠިލްކުރުމަށް ނިންމި އަސާސް ކަމުގައިވާ ކަނޑައެޅިފައިވާ މުއްދަތަށް ތަން ނުނިމުމަކީ އެސަބަބުގެ މައްޗަށް ބިނާކޮށް އެއްބަސްވުން ބާޠިލްކުރުމަށް އެއްބަސްވުން ތަންދޭ ކަމެއް ކަމުގައި ނުދެކެމެވެ.
14ޕްރިސިޑެންސް 5މިމައްސަލައާ ގުޅިގެން މުޙައްމަދު ޢަބްދުﷲ ގެ ފަރާތުން އިތުރަށް ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކަކީ އެއްބަސްވުން ބާޠިލްކޮށް ތަން އަގުކުރުމުގައި ޢަމަލުކޮށްފައިވާ އިޖުރާއާތްތަކާއި ގުޅޭގޮތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާތައް ކަމުގައިވާތީ އެއްބަސްވުން ބާޠިލްކުރެވިފައިވަނީ އެއްބަސްވުމުގެ ތަރަޙައިގެ ތެރެއިން ނޫން ކަމަށް ބެލެވޭ މިހާލަތުގައި މިއިސްތިއުނާފީ ނުކުތާތަކާ މެދު މިކޯޓުން މަޢުޟޫޢީ ގޮތުން މިހިނދުގައި ގޮތެއް ކަނޑައެޅެން ޖެހޭ ކަމުގައި ނުދެކެމެވެ.
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ)، 17 ވަނަ މާއްދާގެ (ހ) (1، 2) އަދި (ނ)، 21 ވަނަ މާއްދާގެ (ހ)، 22 ވަނަ މާއްދާގެ (ހ) (ސިވިލް ކޯޓުގެ ނިންމުމުގައި)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ (ދަޢުވާގައި)
- 2015/HC-A/132 (ސިވިލް ކޯޓުގެ ނިންމުމުގައި)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޢަލީ ސަމީރު، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް