ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/311
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ، 2015/HC-A/311
Mereediam Services Private Limited v. Saeedhaa Moosa 2015/HC-A/311 (2015/HC-A/311, High Court of the Maldives, 28 November 2016)
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، 20 ފެބްރުއަރީ 2014 އިން 01 ޖޫން 2014 އާ ހަމައަށް ދުވާލަކު 766.66 ރުފިޔާގެ މަގުން 76,666 ރުފިޔާ 3 މަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކުރެއްވިއެވެ.
ކުއްޔަށް ހިފި ގުދަން ހުސްކޮށް ތަޅުދަނޑި ޙަވާލުކުރުމާ ހަމައަށް ދުވާލަކު 766.66 ރުފިޔާ ދައްކަން C/2013-2255/Cv ގައި ކަނޑައެޅުނެވެ. އެ ޙުކުމް ތަންފީޛުކުރުމަށް ކުރި C/2014-565/Cv މައްސަލަ، 01 ޖޫން 2014 ގައި ތަޅުދަނޑި ޙަވާލުކުރިކަމަށް އެންގުމުން ނިމުނެވެ. އޭގެފަހުން ތަންފީޛީ ފައިސާ ހޯދުމަށް ކުއްޔަށްދިން ފަރާތުން ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ކުންފުނިން ބުނީ، ތަޅުދަނޑި ޙަވާލުވުމަށް އަނެއް ފަރާތުން ތަކުރާރުކޮށް އިންކާރުކުރިކަން ސާބިތުކުރަން ހުށަހެޅި ހެކިން ނުގެނެސް، އަދި ތަޅުދަނޑިއާ ޙަވާލުނުވުމުން ޒިންމާއިން ބަރީޢަވާނެކަމުގެ ދަފްޢަށް ރިޢާޔަތްނުކޮށް ޙުކުމްކުރެއްވިކަމަށެވެ.
މައިގަނޑު ސުވާލު
ކުރިން ކުރި ޙުކުމެއް ތަންފީޛުކުރުމުގެ މައްސަލައެއްގައި ކުލީގެ ބަދަލު ކަނޑައެޅިއިރު، ތަޅުދަނޑި ޙަވާލުވުމަށް ކުއްޔަށްދޭ ފަރާތުން އިންކާރުކުރިކަމަށް ބުނާ ނުކުތާއާއި ހެކި ބެލުމަށް ސިވިލް ކޯޓު ޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި)
ތަޅުދަނޑި ޙަވާލުވުމަށް އިންކާރުކުރިކަމުގެ ނުކުތާ ތަންފީޛީ ކުރީގެ ޤަޟިއްޔާ (C/2014-565/Cv) ގައި ނަގައި ހެކި ހުށަހަޅާފައި ނުވާތީ، އަދި އެ ޤަޟިއްޔާ އިސްތިއުނާފުކޮށްފައި ނުވާތީ، އެ ނުކުތާ ފަހުގެ މައްސަލައެއްގައި ބެލުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ހައިކޯޓުން ދެކުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުރީގެ ޙުކުމް ތަންފީޛުކުރުމުގެ ޤަޟިއްޔާ ނިމުމުން އެ ޤަޟިއްޔާ އިސްތިއުނާފުކޮށްފައިނުވާއިރު، އަދި އެ ޤަޟިއްޔާގައި އެކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައިވާކަން އެނގެން ނެތްއިރު، އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ނަގާފައިނުވާ ނުކުތާއެއް ފަހުން ހުށަހެޅޭ ޤަޟިއްޔާއެއްގެ ތެރޭގައި ބަލައި ގޮތެއް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތެއްކަމަށް ނުފެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވެ އެއަމުރުގައިވާ ގަޑިއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކޯޓަށް ޙާޟިރުވެފައިނުވާތީ، މައްސަލައިގެ ޙުކުމް ކުރެވިފައިވަނީ އެފަރާތުގެ ޣައިރު ޙާޟިރުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް