ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/90
2017/HC-A/90، 2017/HC-A/90
2017/HC-A/90 (2017/HC-A/90, High Court of the Maldives, 11 April 2018)
2017/HC-A/90
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން US$20,000 އާއި ވަކީލުގެ ފީ ކަމުގައިވާ 30,000 ރުފިޔާ ދައްކަން ޙުކުމްކޮށް، ގެއްލުމުގެ ބަދަލު ނަގައިނުދެއެވެ.
ދަޢުވާކުރި ފަރާތުން އިސްތިއުނާފުކުރި ފަރާތަށް ޗެކަކުން ދިން US$20,000 އެއް މަސްދުވަހުގެ ތެރޭގައި އަނބުރާ ނުދައްކައި، ޟަމާނަތުގެ ގޮތުގައި ދިން ޗެކަށްވެސް ފައިސާ ނުލިބުނެވެ. ފައިސާއާއި ގެއްލުމުގެ ބަދަލާއި ވަކީލުގެ ފީ ހޯދުމަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން US$20,000 އާމެދު އިޢުތިރާޟު ނުކުރެއެވެ. ވަކީލުގެ ފީ ދައްކަން ކަނޑައެޅުމަކީ 2009/HC-A/348 ގެ އުޞޫލާ ޚިލާފު ނިންމުމެއް ކަމަށް ބުންޏެވެ.
މައިގަނޑު ސުވާލު
ދެފަރާތުގެ ދެމެދު ވަކީލުގެ ފީއާ ބެހޭ އެއްބަސްވުމެއް ނެތްއިރު، ދަޢުވާކުރި ފަރާތުގެ ޤާނޫނީ ވަކީލުގެ ފީ ދަޢުވާލިބުނު ފަރާތުގެ އަތުން ނަގައިދެވޭނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމުގެ ބައެއް ބާޠިލު (ވަކީލުގެ ފީ ދައްކަން ކަނޑައެޅި ބައި)
2009/HC-A/348 ގައި ކަނޑައަޅާފައިވާ ގޮތުން ވަކީލު ފީ އަނެއް ޚަޞްމުގެ އަތުން ނަގައިދެވޭނީ ދެފަރާތުގެ ދެމެދު އެކަމާ ގުޅޭ އެއްބަސްވުމެއް އޮތްނަމައެވެ. މި މުޢާމަލާތުގައި އެފަދަ އެއްބަސްވުމެއް ވެފައިވާކަން ނޭނގޭތީ ވަކީލުގެ ފީގެ ބައި ބަދަލުކުރެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަކީލު ފީ މައްސަލައިގެ އަނެއް ޚަޞްމުގެ އަތުން ނަގައިދިނުމުގައި، ދެޚަޞްމުން ދެމެދު މިކަމާގުޅޭގޮތުން އެއްބަސްވުމެއް އޮތްނަމަ އެއާ އެއްގޮތަށް ވަކީލު ފީ ނަގައިދޭނެއެވެ. އަދި އެފަދަ އެއްބަސްވުމެއް ނެތްނަމަ ވަކީލު ފީ ނަގައިދެވޭނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- މުޢާމަލާތް ހިނގުމުގެ ކުރިން އަދި އޭގެ ފަހުންވެސް، ފައިސާ ހޯދުމަށް ކުރެވޭ ޤާނޫނީ މަސައްކަތެއްގައި ޤާނޫނީ ވަކީލަކަށް ފީ އެއް ދައްކަންޖެހޭކަން ނުވަތަ ނޫންކަމާއި އެއީ ކިހާ ޢަދަދެއްގެ ފައިސާއެއްކަމާމެދު ދެފަރާތުގެ ދެމެދު އެއްބަސްވުމެއް ވެފައިވާކަން އެނގެން ނެތްނަމަ، ދަޢުވާކުރާ ފަރާތުން ވަކީލުގެ ފީގެ ގޮތުގައި ހަމަޖައްސާފައިވާ ފައިސާއަކީ އަނެއް ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައެޅުމަކީ 2009/HC-A/348 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ))
- އިސްތިއުނާފުކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ހާޟިރުވުމަށް ފޮނުވުނު ހާޟިރުވުމުގެ އަމުރާއި ޗިޓާ އެފަރާތުގެ ބަދަލާއި ވަކީލު ހަވާލުވެ ކޯޓަށް ހާޟިރުވެފައިނުވާތީ، ޙުކުމްކުރެވިފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- 2009/HC-A/348
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް