ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/344
މައުމޫން ޙުސައިންފުޅު ވ. މަރްޔަމް ނަޝީދާ، 2023/HC-A/344
Maumoon Husainfulhu v. Mariyam Nasheedhaa 2023/HC-A/344 (2023/HC-A/344, High Court of the Maldives, 30 June 2025)
މައުމޫން ޙުސައިންފުޅު ވ. މަރްޔަމް ނަޝީދާ
މައިގަނޑު ސުވާލު
އިމާރާތް ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ކުރެހުމަށް ގެނައި ބަދަލާ ގުޅިގެން މަސައްކަތް ނިންމަންޖެހޭ މުއްދަތު ދެފަރާތުގެ ރުހުމުން އިތުރުވިކަމަށާއި، ބިމުގެ ވެރިފަރާތުން އެއްބަސްވުން ބާޠިލުކުރީ ޞައްޙަ ގޮތުގައިކަމަށް ދަށުކޯޓުން ކަނޑައެޅުމާއި، އެއްބަސްވުން ބާޠިލުކުރުމުން ދޭންޖެހޭ ބަދަލާއި ނުލިބިހުރި 327,000 ރުފިޔާ އިތުރު މައްސަލައަކަށް ދޫކޮށްލުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި ސުޕްރީމް ކޯޓުގެ ސާބިޤާއާ ޚިލާފު ނިންމުމެއްތޯ.
ނިންމި ގޮތް
ދެ އިސްތިއުނާފުވެސް ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުން ކަނޑައަޅާފައިނުވާ ކަމެއް ކަނޑައަޅާފައިވާކަމަށް ބަލައިގެން ހުށަހަޅާ އިސްތިއުނާފީ ނުކުތާއަކަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ނުދެކެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25، 29)
- ކުރެހުމަށް ގެނައި ބަދަލު އެޕްރޫވްކުރުމަށްފަހު ދިގު މުއްދަތަކަށް (12 މަސް) ލަސްވުމާމެދު ޝަކުވާއެއް ނުކޮށް ހުރުމަކީ، ފުރިހަމަކުރަންޖެހޭ މުއްދަތު އިތުރުކުރުމަށް އެ ފަރާތް ރުހިގެން ހުރިކަމަށް ދަލާލާތުކުރާ ޢަމަލެއް ކަމުގައި ދަށުކޯޓުން ބެލުމަކީ ގޯހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31–32)
- އިތުރުކުރެވުނު މުއްދަތުގައިވެސް އިމާރާތުގެ ފްލޯތައް ނިންމައި ޙަވާލުނުކުރުމަކީ އެއްބަސްވުމުގެ މައިގަނޑު މަޤްޞަދާ ޚިލާފުވުމެއް ކަމަށާއި، އެ ޙާލަތުގައި އަނެއް ފަރާތުން އެއްބަސްވުމާ އެއްގޮތަށް ނޯޓިސް ދީ އެއްބަސްވުން ބާޠިލުކުރުމަކީ ޞައްޙަ ބާޠިލުކުރުމެއް ކަމަށް ދަށުކޯޓުން ކަނޑައެޅުން ހައިކޯޓުން ޤަބޫލުކުރިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37–39)
- އިމާރާތްކުރުމަށް ކުރި ޚަރަދާއި ތަން ބޭނުންކުރަން ނުލިބުމުގެ ގެއްލުމުގެ ބަދަލު ބިމުގެ ވެރިފަރާތުން އެއްފަހަރާ ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ އެސްޓޭޓް އިންޓަރނޭޝަނަލް ވ. ފާޠިމަތު ފަތުޙިއްޔާ ޙަސަން ޤަޟިއްޔާގެ 52 ވަނަ ޕެރެގްރާފުގައިވާ އުޞޫލު ތަޠުބީޤުވާނީ، ވެރިފަރާތުން އެއްބަސްވުން ބާޠިލުކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައެޅޭ ޙާލަތުގައެވެ؛ ތަރައްޤީކުރާ ފަރާތުގެ ޚިލާފުވުމުގެ ސަބަބުން ޞައްޙަ ގޮތުގައި ބާޠިލުކުރި ޙާލަތަކަށް އެ އުޞޫލު ތަޠުބީޤު ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35، 39)
- ދަށުކޯޓުގައި ބަދަލަކަށް އެދި ހުށަނާޅާ، އެ ޚަރަދުތަކުގެ ތަފްޞީލު ހުށަނާޅާ ނަމަ، އެ ބަދަލާ ބެހޭ ވާހަކައަކީ ދަށުކޯޓުގައި ދެކެވިފައިވާ ކަމެއް ނޫނެވެ. ކޮންމެ ޙާލަތެއްގައިވެސް ދޭންޖެހޭ ޚަރަދެއް ބަޔާންކުރުމަކުން، އެހެން މައްސަލައެއްގައި އިތުރު ބަދަލު ނުވަތަ ޚަރަދު ހޯދުމުގެ ފުރުޞަތު ހަނިނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40–44)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަކީ ކޮންޓްރެކްޓްގެ ބައިވެރިޔަކު ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަންޖެހޭ ގޮތާއި، އަނެއް ބައިވެރިޔާ ދުލެއްދީ ނުވަތަ އެއްބަސްވުމުން އެހެން ގޮތަކަށް ޢަމަލުކުރެވޭ ޙާލަތު ބަޔާންކުރާ މާއްދާއެކެވެ. ދަޢުވާކުރި ފައިސާ އަޅައިކެނޑުމުގެ ދަތިތަކާހުރެ އިތުރު މައްސަލައަކުން ހޯދުމަށް ދޫކޮށްލުމަކީ ފައިސާއިން ލުޔެއް ދިނުމެއް ނުވަތަ އުނިކުރުމެއް ނޫންކަމުން، އެއީ މި މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ؛ މި މާއްދާއާ ގުޅޭ ސުވާލު ކަނޑައެޅޭނީ އެ އިތުރު މައްސަލައިގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 47–52)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ރ.މަޑުއްވަރި / ނޫވިލާގެ، މައުމޫން ޙުސައިންފުޅުގެ ފަރާތުން މާލެ، މަރްޔަމް ނަޝީދާއަށް އިސްތިއުނާފު ރައްދުވާގޮތަށް، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ 2023/HC-A/344 ޤަޟިއްޔާއާއި، ބުނެވިދިޔަ ޤަޟިއްޔާ ހުށަހެޅުނުކަން މަރްޔަމް ނަޝީދާއަށް އެންގުމުން، މަރްޔަމް ނަޝީދާގެ ފަރާތުން، މައުމޫން ޙުސައިންފުޅަ ށ ރައްދުވާގޮތަށް އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހެޅުމުން ބަލާފައިވާ 2023/HC-A/381 ޤަޟިއްޔާއެވެ. މައްސަލައިގެ ފަސްފަހަތް:
2މަރްޔަމް ނަޝީދާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ހުޅުމާލެ ގޯތި ނަންބަރު 11210 އެވެ ކިޔާ ބަންޑާރަގޯތި ތަރައްޤީކުރުމާއި ދިގު މުއްދަތަށް ކުއްޔަށްދީ ލިބިގަތުމާއި ގުޅޭގޮތުން މައުމޫން ޙުސައިންފުޅު އާއި މަރްޔަމް ނަޝީދާއ ދެމެދާ އެއްބަސްވުމެއް ވެވިފައިވެއެވެ.
3ބުނެވިދިޔަ އެއްބަސްވުމާ އެއްގޮތަށް އިމާރާތުގެ މަސައްކަތް ނިންމައި، ޙަވާލުކުރަންޖެހޭ ބައި ޙަވާލުކޮށްފައިނުވާތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށްބުނެ، އެއްބަސްވުން ބާޠިލް ކުރުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މަރްޔަމް ނަޝީދާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.
4ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާ ނިންމަވާފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، މާލެ، މަރްޔަމް ނަޝީދާ (އައިޑީ އާއި ރ. މަޑުއްވަރީ/ ނޫވިލާގެ، މައުމޫން ޙުސައިންފުޅު (އައިޑީ އާ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ނަންބަރު 1134/2018-C/C-Cv ކުއްޔަށްދިނުމާބެހޭ އެގްރީމެންޓް ދެމެދު (ރަޖިސްޓްރީ ނަންބަރު އ.81( ހުޅުމާލެ. ލޮޓް ނަންބަރު 11210 ތަރައްޤީކުރުމާއި ދިގު މުއްދަތައް ކުއްޔަށްދީ ލިބިގަތުމާއި ގުޅޭ ގޮތުން 2018 ޑިސެމްބަރު 16 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާއި، މައުމޫން ޙުސައިންފުޅު ޚިލާފުވެފައިވާކަމަށް ސާބިތުވާކަމަށް ކަނޑައަޅައި، މާލެ، މަރްޔަމް ނަޝީދާ (އައިޑީ އާއި ރ. މަޑުއްވަރީ/ ނޫވިލާގެ، މައުމޫން ޙުސައިންފުޅު (އައިޑީ އާ ދެމެދު (ރަޖިސްޓްރީ ނަންބަރު އ. 81) ހުޅުމާލެ. ލޮޓް ނަންބަރު 11210 ތަރައްޤީކުރުމާއި ދިގު މުއްދަތަށް ކުއްޔަށްދީ ލިބިގަތުމާއި ގުޅޭ ގޮތުން 2018 ޑިސެމްބަރު 16 ވަނަ ދުވަހު ވެފައިވާ އެއްބަސްވުން ބާޠިލްވެފައިވާކަމށަ ކަނޑައަ ޅއި، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައުވާލިބޭ ފަރާތުގެ އެއްވެސް މުދަލެއް ނުވަތަ ބަޔަކު (ރަޖިސްޓްރީ ނަންބަރު އ. 81( ހުޅުމާލެ ލޮޓް ނަންބަރު 11210 ގައި ތިބި ނަމަ އެތަން ހުސްކޮށް، ދައުވާކުރާ ފަރާތަށް ޙަވާލުކޮށް، މި ދައުވާގައި ހޯދުމަށް އެދިފައިވާ -,000/732 ( ތިންލައްކަ ހަތާވީސްހާސް ރުފިޔާ) މި ޤަޟިއްޔާގައި މި ހިނދުގައި ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި އެއްބަސްވުމުގެ ދަށުން ދެފަރާތށަ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އިތުރު މައްސަލައެއް ހުށަހެޅުމުގެ ޙައްޤު ދެފަރާތަށްވެސް ލިބިގެންވާކަމަށް ކަނޑައަޅައި ޙުކުމްކުރީމެވެ." މިފަދައިންނެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް (ނަންބަރު 2023/HC-A/344)
5ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މައުމޫން ޙުސައިންފުޅގު ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅާފައިވެއެވެ.
1.5 ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާގެ 5.2.5 ނަންބަރުގައި ޓެރަސްފްލޯރގައި އިތުރު އެޕާޓްމެންޓެއ ހެދިގެން ދާނެކަން އެންގި ސާފުވެ، އެކަމަށް އެއްބަސްވެފައިވާކަން ދައުވާކުރާ ފަރާތުގެ ބަހުން އެނގެން އޮތަތީ، މިއީ ދެފަރާތުން އެއްބަސްވެގެން ގެނެވިފައިވާ ބަދަލެއްކަން ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި، މި އެއްބަސްވުމުގެ ދަށުން ނުކުންނާނެ ނަތީޖާއަށްވެސް ދައުވާލިބޭ ފަރާތުން އެއްބަސްވާކަމަށް އެނގެން އޮންނަކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2.5 ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާ ފާހަގަކުރެވޭ ނުކުތާގެ
5.3.11 ނަންބަރުގައި އެއްބަސްވުންބާޠިލްކޮ ށފައިވާކަމަށް ކަނޑައަޅައި، 2022 ފެބުރުވަރީ 13 ގައި ފޮނުވާފައިވާ ނޯޓިސްތައް ފޮނުވާފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3.5 ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާގެ 5.4.2 ނަންބަރުގައި، އެއްބަސްވުން ބާޠިލްކުރާ ހާލަތެއްގައި ހަމައެކަނި ނަގައިދެވޭނެ ބަދަލަކީ، އިމާރާތް ތަރައްޤީކުރުމަށް ކޮށްފައިވާ ޚަރަދާއި، މަސައްކަތުގެ އަގަށް ޚަރަދުކޮށްފައިވާ ފައިސާކަމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 91//4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އަދި 23 ވަނަ މާއްދާގެ (ށ) އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/95 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ޙުލާސާ
6ފުރަތަމަ އިސްތިއުނާފީ ނުކުތާ ގެ ތަފްސީލުގައ އިސްތިއުނާފުކުރާ ފަރާތުނު ޚުލާސާގޮތެއްގައި ބުނެފައިވަނީ؛
1.6 ކުރެހުމަށް ގެނެސްފައިވާ ބަދަލުތަކާ އެއްގޮތަށް، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށް މައުމޫން ޙުސައިންފުޅު އެއްބަސްވެފައިނުވނާކަމަށާއި،
2.6 އިމާރާތްކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދައެއް ނުލިބި މަސައްކަތް ލަސްވާ ލަސްވުން ފަދަ ހާލަތްތަކކީ، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 8.3 ވަނަ މާއްދާގައިވފަދާ ހާލަތެއްކަމުން، އެއްބަސްވުމުގެ 8.2 ވަނަ މާއްދާގައިވާ އިމާރާތްކުރުމުގެ މުއްދަތު، އެހާލަތުގައި އިތުރު ކުރަންވާނެކަމަށއި،
3.6 އިމާރާތުގެ ކުރެހުމށަ ގެނެސްފައިވާ ބަދަލާގުޅޭ ހުއްދތައަ ހޯދުމުގެ މަސައްކަތް ކޮށްފައިވަނވެސީ މަރްޔަމް ނަޝީދާ ކަމުގައިވާތީ، އިމާރާތުގެ ކުރެހުން ފާސްކުރުން ލަސްވެފައިވާ ލަސްވުމަކީ އިމާރާތް ކުރުމުގެ މުއްދަތަށް އިތުރު ކޮށްދޭންޖެހޭނެ މުއްދަތެއް ކަމަށާއި،
4.6 އެހެންނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާގެ ނިންމުމުގެ 5.2.5 ގައި ކުރެހުމަށް ބަދަލު ގެނެސްފައިވާކަމަށް ކަނޑައަޅައި، އަދި ޓެރަސް ފްލޯގައި އތުރި އެޕާޓްމެންޓެއްވެސް އިތުރު ކޮށްފައިވާއިރު، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތަށް ތަން ނިންމަންޖެހޭކަމަށް މައުމޫން ޙުސައިންފުޅު އެއްބަސްވެފައިވާކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމާއި އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށާއި، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތަށް ތަން ނިންމަންޖެހޭކަމަށް މައުމޫން ޙުސައިންފުޅުގެ ފަރާތުން އެއްބަސްވާކަމުގެ މައްޗަށް އެއްވެސް ހެކި ޤަރީނާއެއް ހުށަހަޅިފައިނެތީސް ކަމަށެވެ.
7ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ޚުލާސާގޮތެއްގައި ބުނެފައިވަނީ؛
1.7 ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުން ބާޠިލްކުރެވޭނެ އިޖުރާއަތު، އެއްބަސްވުމުގެ 20 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަމަށާއި، އެގޮތުން އެއްބަސްވުމާ ޚިލާފު ވެއްޖެނަމަ އެކަމެއް ރަނގަޅުކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންޖެހޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި،
2.7 މަރްޔަމް ނަޝީދާގެ ފަރާތުން އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ސަބަބަކީ މަޢުމޫން ޙުސައިންފުޅުގެ ފަރާތުން މަސައްކަތް ނިންމުމަށް 08 (އަށެއް) މަސް ދުވަހުގެ ބޭނުންވާކަމަށް ބުނުމުން ކަމަށާއި،
3.7 އެގޮތުން، ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސވުމުގައިވަން ކަނޑައަޅާފައިވާ މުއްދަތަށް ފިފްތް ފްލޯ އާއި ޓެރަސް ފްލގޯ މަސައްކަތް ނިންމުންކަމުގައިވާއިރު، އެއްބަސްވުމުގައިވާ ކުރެހުމަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު އިމާރާތް ކުރުމުގެ މުއްދަތު ގުނަން ފަށާނީ ކުރެހުން ފާސްކޮށް މައުމޫން ޙުސައިންފުޅުއަށް ކުރެހުން ފޮނުވާ ދުވަހުން ފެށިގެންކަމަށއި، އެހެންކަމުން ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުން ބާޠިލްކޮށް، 13 ފެބުރުވަރީ 2022 ގައި ފޮނުވާފައިވާ ނޯޓިސްތައް ފޮނުވާފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަމަށް ސިވިލް ކޯޓުން ކަނޑާއަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނނުގޫ 20 ވަނަ މައްދާގެ (ހ) އާ ޚިލާފަށްކަމަށެވެ.
8ތިންވަނަ އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ޚުލާސާގޮތެއްގައި ބުނެފައިވަނީ؛
1.8 އިމާރާތްކޮށް ދިގުމުއްދަތަށ ފްލޯތައް ކުއްޔަށްދިނުމަށް ވެވޭ އެއްބަސްވުމުގައި ގޯތީގެ ވެރިފަރާތުން އެއްބަސްވުން ބާޠިލުކުރާ ހިނދެއްގައި އިމާރާތް ކުރާ ފަރާތަށް ލިބިދޭ ފްލޯތައް އެގްރީމެންޓުގައި ކަނޑައަޅާފައިވާ މުއްދަތަށް ބޭނުންކުރުމަށް ނުލިބުމުގެ ސަބަބުން ލިބޭ ގެއްލުމަކީ ނަގައިދެވޭނެ ބަދަލެއްކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/95 ޤަޟިއްޔާގެ 52 ވަނަ ނުކުތާގައި ކަނޑައަޅާފައިވާ ކަމަށާއި،
2.8 އެގޮތުން، ކުއްޔަށްދޭ ފަރާތަށް އެއްބަސްވުން ބާޠިލުކުރެވޭނީ، ދެފަރާތުގެމެދު ވެފައިވާ އެއްބަސްވުމުގެ 20.4 ވަނަ މާއްދއަށާ ރިޢާޔަތްކޮށް، އެއްބަސްވުމުގެ ޖަދުވަލު 5 ގައި ހިމަނާފައިވާ ބީ.އޯ.ކިއު ގައިވާ އިމާރާތްކުރުމުގެ މަސައްކަތުގެ އަގާއި، އެއްބަސްވުމުގެ 13.1 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތަށް ތަން ބޭނުން ނުކުރެވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށްވާ ފައިސާ އެއްފަހަރާ ދިނުމަށްފަހުގައި ކަމަށާއި، ތަން ބޭނުން ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުން ހިސާބުކުރާނީ އެއްބަސްވުމުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތިންކަމަށާއި،
3.8 ސިވިލް ކޯޓުގެ 1383/Cv-C/2022 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާގެ 5.2.2 ގައި ކަނޑައަޅާފައިވާ ގޮތަށް ޓެރަސް ފްލޯއަށް ގެނެވުނު ބަދަލާއެކު ކުރެހުން ފާސްކޮށްފައިވަނީ 05 ޖުލައި 2020 ގައި ކަމަށް ވާއިރު، އެއްބަސްވުމުގެ 3.1 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުރެހުމާ އެއްގޮތަށް 16 ޑިސެމްބަރު 2019 ގައި މަސައްކަތް ނިންމުމަކީ މުސްތަޙިއްލު ކަމެއް ކަމަށާއި،
4.8 ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަރްޔަމް ނަޝީދާއަށް ޙަވާލުކުރަންޖެހޭ ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާއިރު، މި ބަދަލުތައް ފާސްވުމުގެ ކުރިއަށް އިމާރާތުގެ މަސައްކަތް 16 ޑިސެމްބަރު 2019 އަށް ނިންމަންޖެހޭކަމަށް ކަނޑައަޅއ އަދި އެއްބަސްވުމުގަ ދަށުން ޙަވާލުކުރަންޖެހޭ ފްލޯތައް ޙަވާލުނުކުރެވުމުގެ ސަބަބުން ދައްކަންޖެހޭ ގެއްލުމުގެ ބަދަލު ހިސާބުކޮށްފައިވަނީ އެއްބަސްވުމާއި ޚިލާފަށްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ.
5.8 ހަމައެހެންމެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/95 ޤަޟިއްޔާގެ 52 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ ޤާނޫނީ އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މަރްޔަމް ނަޝީދާ، އެއްބަސްވުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށްވާތީ، އިމާރާތްކުރުމަށް ކޮށްފައިވާ ޚަރަދާއި، ތަން ބޭނުން ކުރަން ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަކީ މަރްޔަމް ނަޝީދާ މަޢުމޫން ޙުސައިންފުޅަށ އެކް އެއްފަހަރާ ދައްކަންޖެހޭ ފައިސާއެއް ކަމަށާއި، އެހެންކަމުން ސިވިލް ކޯޓުން އެއްބަސްވުން ބާޠިލްކުރާ ހާލަތެއްގއަ ހަމައެކަނި ނަގައިދެވޭނެ ބަދަލަކީ އިމާރާތް ތަރައްގީކުރުމަށ ކޮށްފައިވް ޚަރދުކަމަށަ ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގާ 20 ވަނަ މާއްދާގެ (ހ) އަދި 23 ވަނަ މާއްދާގެ
(ށ) އަދި ސުޕްރީމް ކޯޓުގެ އިސްވެ ޙަވާލާދީފައިވާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
9އިސްތިއުނާފުކުރާ ފަރާތުން އެދި ފައިވަނީ، ސިވިލް ކޯޓުގެ ނަންބަރ 1383/Cv-C/2022 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކަ ރުމަށެވެ. އިތުރު އިސްތިއުނާފުގެ މައްސަލއިގަ އިސްތިއުނާފެ ނުކުތާތައަ (2023/HC-A/381)
10މަރްޔަމް ނަޝީދާގެ ފަރާތުން ހުށަހެޅި އިތުރު އިސްތިއުނާފުގެ ޤަޟިއްޔާގައި ހުށަހަޅާފައިވަނީ 1 (އެކެއް) އިސްތިއުނާފީ ނުކުތާއެވެ. އެއީ ؛
1.10 ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާގެ ޙުކުމުގައި މަރްޔަމް ނަޝީދާގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައި ހޯދަން އެދިފައިވާ ފަރުވާގައިވާ، އެއްބަސްވުމުގެ ދަށުން ގޭގެ ވެރި ފަރާތަށް ލިބެންޖެހޭ 5 ވަނަ ފަންގިފިލާ ޙަވާލުކުރަންޖެހޭ މުއްދަތަށް ޙަވާލުނުކުރެވި ހިނގާ ކޮންމެ މަހަކަށް 18000.00 (އަށާރަހާސް) ރުފިޔާ ހޯދުމަށް އެދިފައިވާއިރު، އެއްބަސްވުން ބާޠިލްކުރި ދުވަހާ ހަމައަށް އެއްބަސްވުމުގެ 9.1 މާއްދާގެ ދަށުން ގޭގެ ވެރިފަރާތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި 327000.00 (ތިންލައްކަ ހަތާވީސްހާސް) ރުފިޔާ މިހިނދަށް ނަގައިދެވެން ނެތްކަމަށް ޙުކުމް ކޮށްފައިވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށެވެ. އިތުރު އިސްތިއުނާފު މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ޙުލާސާ
11އިތުރު އިސްތިއުނާފު މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 9.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެއްބަސްވުމުގެ 8.2 ވަނަ މާއްދާގެ ދަށުން ކުއްޔަށްދޭ ފަރާތާއި ޙވާލުކަ ރަންޖެހޭ ފިފްތް ފްލޯ އަދި ޓެރަސު ފްލޯ ޙަވާލުކުރަންޖެހޭ މުއްދަތަށް ޙަވާލުކުރެވިފައިނުވާނަމަ އިތުރަށް ހިނގާ ކޮންމެ މަހަކަށް 18000ރ. (އަށާރަ ހާސް) ރުފިޔާ ދޭންޖެހޭކަމަށް، އެއްބަސްވުމުގެ 9.1 ގައި ޞަރީހަ ބަހުން ބުނެފައިވާއިރު، އެ މާއްދާއާ ޚިލާފުވުމަކީ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ދޢަ ވ ރައްދުވާ ފަރާތުން ޚިލާފުވެފައިވާ ޚިލާފުވުމއްކަމަށާއި، އަދި އެއްބަސްވުމުގެ 8.3 ވަނަ މާއްދއާއާ 8.2 ވަނަ މާއްދާއަށް ބަލާއިރު، ފްލޯތައް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރެވިފައިވާނަމަ، އެ މިންވަރަށް ދެ ފަރާތުން އެއްބަސްވާ ގޮތަކަށް ލިޔެވ އޭގައި ދެފަރާތުން ސއޮކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، އެހެންކަމުން އެއްބަސްވުމުގެ މުއްދަތުގައި ގޭގެ ވެރިފަރާތާއި ޙަވާލުކުރަންޖެހޭ އެޕާޓްމަންޓް ޙަވާލުކޮށްފައިނުވާތީ ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކައި އޮތް 327000.00 (ތިންލައްކަ ހަތާވީސްހާސް) ރުފިޔާ ނަގައިދޭން ކަނޑައަޅާނެތަނެއް ނެތްކަމަށް ސިވލ ކޯޓުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އިތުރު އިސްތިއުނާފު މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން އެދޭގތޮ
12ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާގެ ދައުވާގައި ހޯދަން އެދިފައިވާ ކަންކަމުގެ ތެރެއިން އެއްބަސްވުމުގެ ދަށުން ގޭގެ ވެރިފަރާތަށް ލިބެންޖެހޭ 5 ވަނަ ފްލޯ ޙަވާލުކުރަންޖެހޭ މުއްދަތަށް ޙަވާލުނުކުރެވި ހިނގާ ކޮންމެ މަހަކަށް 18000.00 (އަށާރަހާސް) ރުފިޔާގެ ތެރެއިން ނުލިބިހުރި 327000.00 (ތިންލައްކަ ހަތާވީސްހާސް) ރުފިޔާ މިހިނދަށް ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި
(ނ) އާ ޚިލާފަށް ކަމުގައި ކަނޑައަޅުއްވައި އެފައިސާ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚނު ފެށިގެން 30 ދުވަހުގެ ތެރޭގައި މަރްޔަމް ނަޝީދާއާ ޙަވާލުކުރުމަށް، މައުމނޫ ޙުސައިންފުޅުގެ މައްޗަށް އަމުރުކޮށްދެއްވައި، މައްސަލަ ނިންމަވއަ ދިނުމަށް އެދިފައިވެއެވެ. އިތުރު އިސްތިއުނާފު މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުގެ ޙުލާސާ
13އިސްތިއުނާފު ރައްދުވާ ފަރާތުން، އިސްތިއުނާފީ ނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާގައިމަރްޔަމް ނަޝީދާގެ ފަރާތުން އެދިފައިވާ 327000.00 (ތިންލައްކަ ހަތާވީސްހާސް) ރުފިޔާއަކީ ނަގައިނުދެވޭނެ ފައިސާއެއްކަމަށް ކަނޑައަޅާފައިނުވާކަމަށާއި،
14އަދި ދަށު ކޯޓުގެ ނިންމުމުގައިވަނީ އެއްބަސްވުމުގެ ދަށުން ދެފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އިތުރު މައްސަލައެއް ހުށަހެޅުމުގެ ހައްޤު ދެފަރާތަށްވެސް ލިބިގެންވާކަމަށް ކަނޑައަޅާފައިކަމަށާއި،
15އެހެންކަމުން އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ މަރްޔަމް ނަޝީދާއަށް ގެއްލުން ލިބިފައިވާނަމަ އެ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްޤު ލިބިގެންވާކަމަށް އެ ނިންމުމުގައި ބަޔާންކޮށްފައިވާކަމަށެވެ.
16އަދި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އިތުރު މައްސަލައެއް ހުށަހެޅުމުގެ ހައްޤު ދެފަރާތަށްވެސް ލިބިގެންވާކަމަށް ކަނޑައެޅި ކަނޑައެޅުން ޤާނޫނާ ޚިލާފުވީ ގޮތެއް އިސްތިއުނާފުކުރާ ފަރތުނާ ބަޔާންކޮށްދީ ފައި ނުވާތީ، މި ނުކުތާއަކީ ޤާނޫނީ ބަހުސެއް ނެތް ނުކުތާއެއްކަމަށްވާތީ، ހައިކޯޓުން މިނުކުތާއާމެދު ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށް ނުދެކޭކަމަށް މައުމޫން ޙުސައިންފުޅުގެ ފަރާތުން ބުނެފައިވެއެވެ. އިތުރު އިސްތިއުނާފު މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
17އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތު ނ ހޯދުމަށް އެދިފައިވާ 327000.00 (ތިންލައްކަ ހަތާވީސްހާސް) ރުފިޔާ މިހިނދަށް ނަގައިދެވެން ނެތްކަމަށް ބުނެ ނިންމާފައިވާ ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަވައިދިނުމަށެވެ. ޝަރީ އަތއަ ފާހަގަކުރެވުނު ކަންކަން: އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން:
18އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ މައިގަނޑު ބަހުސަކީ، އެއްބަސްވުމުގެ ދަށުން އިމާރާތްކޮށް ނިންމަންޖެހޭ ތާރީޚަކީ، 16 ޑިސެމްބަރު 2019 ކަމަށް ފަނޑިޔާރު ކަނޑައަޅާފައިވާކަމަށާއި، އެހެންނަމަވެސް، އެއްބަސްވުމުގައިވާ ކުރެހުމަށް ބަދަލުގެނެސް އެ ކުރެހުން އެޕްރޫވްކޮށްފައިވަނީ 05 ޖޫން 2020 ގައި ކަމުގައިވެފައި، އިމާރާތްކުރަންޖެހެނީ ކުރެހުމާ އެއްގޮތަށް ކަމުގައިވާއިރު، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަ (ފާއިތުވެ ގޮސްފައިވާ ތާރީޚަކަށް) އިމާރާތް ނިންމުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ.
19ބަޔާންވެދިޔަ ނުކުތާއާ ގުޅިގެން ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވާގޮތް ދެނެގަތުމަށް ދަށު ކޯޓުގެ "ޝަރީޢަތް ނިމުނުގޮތް" އަށް ބަލާއިރު، ދަށު ކޯޓުގެ ފަނޑިޔާރަށް ފާހަގަކުރެވުނު ކަންތައްތައް ބަޔާންކޮށްފައިވަނީ ޝަރީޢަތް ނިމުނުގޮތުގެ 5 ވަނަ ނުކުތާއިން ފެށިގެންނެވެ.
20އެގޮތުން 5.1 ގައި ބަޔާންކޮށްފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަފްސީލެވެ. އެނުކުތާގައި ފާހަގަކޮށްފައިވަނީ ދެފަރާތުގެ މެދުގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެއްބަސްވުމެއް ވެވުނުކަމާއި، އެއްބަސްވުމުގެ ދަށުން ކުލީގެ މުއްދަތު ގުނަންފަށާނެ ތާރީޚާއި، އިމާރާތް ކުރުމުގެ މުއްދަތު ފަށާނެ ތާރީޚާއި، އިމާރާތް ކުރުމަށް ދެވިފައިވާ މުއްދަތާއި، އިމާރާތްކޮށް ނިންމައި ތަން ޙވާލުކުރަންޖެހަ ތާރީޚާއި، އިމާރާތް ކުރަން ޙަވާލުކުރެވުނީ އެއްބަސްވުމުގެ ޖަދުވަލު 4 ގައިވާ ކުރެހުމާއި އެއްގޮތަށް ކަމާއި، އެއްބަސްވުމުގއިވާ މުއްދަތަށް ތަން ނިންމައަ ޙަވާލުކޮށްފައިނުވާނަމަ އިތުރަށް ހިނގާ ދުވަސްތަކަށް ކުލިދައްކަންޖެހޭކަމާއި، ބަޔާންކުރެވުނު އެއްބަސްވުން ވެވުނުކަމަށް ދެފަރާތުން އެއްބަސްވެފައިވާކަމެވެ.
21ހަމައެހެންމެ، ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ 5.2 އަށް ބަލާއިރު، އެއްބަސްވުމުގެ ޖަދުވަލު 4 ގައިވާ ކުރެހުމަށް ބަދަލު ގެނެސްފައިވާކަމާމެދު ދެބަސްވުމެއް ނެތްކަމަށާއި، އެ ގެނެވެނ ބަދަލު އެޕްރޫވް ކޮށްފައިވަނީ 05 ޖުލައި 2020 ގައި ކަމާއި، އެގޮތުން ބަދަލު ގެނެސްފައިވަނީ އިމާރާތުގެ ހަތަރުވަނަ ސިވިލް ކޯޓުގެ "ޝަރީޢަތް ނިމުނުގޮތް" ގެ 5.1.6 ވަނަ ނުކުތާ އބމ. 5.1.2 އަދި 5.1.3 ފްލޯގެ ބަޔަކާއި، ޓެރަސް ފްލޯގެ ބަޔަކަށްކަން ދެފަރާތުގެ ބަހުން އެނގޭ ކަމަށް ފަނޑިޔާރު ބަޔާންކޮށްފައިވެއެވެ.
22އެ ވާހަކަތަކަށް ފަހު، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާކަމެއް ކުރަންވާނީ، އެ ކޮންޓްރެކްޓެއްގައިވާ ޝަރުތުތަކާއި އެއްގޮތަށް ކަމަށާއި، އެއާ ޚިލާފަށް ޢަމަލުކުރެވޭނީ، އަނެއް ބައިވެރިޔާ އެކަމަށް ދުލެއް ދީފިނަމަ ނުވަތަ އެހެން ގޮތަކަށް އަމަލުކުރަން އެއްބަސްވެއްޖެނަމަކަމާއި، އެގޮތުން ކޮންޓްރެކްޓެއްގެ އެއްބައިވެރިޔަކ ކުރު ކަމަކީ، އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފުދޭ ޚިލާފެއް ކަމަށްވިޔަސް އެއްބަސްވުން އޮޓަމެޓިކުނ ނިމުމަކަށް ނާންނާނެކަމަށާއި، ސަބަބަކީ އަނެއް ބައިވެރިޔާއަށް އެ ޚިލާފަށް ބެލުމެއް ނެތި އެއްބަސްވުމާއެކު ކުރިއަށް ދއުމަށި އިޚްތިޔާރުކުރުމުގެ ހައްޤު އޮންނާތީކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ ޤަޟިއްޔާއާ ޙަވާލާދާ ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ.
23އެގޮތުން ކުރެހުމަށް ގެނައި ބަދަލަށް ހުއްދަ ދީފައިވަނީ އެއްބަސްވުމުގައިވާ މުއްދަތަށް ތަން ނިންމޭނެކަމަށް ޔަގީންކަން ދީފައިވާތީއާއި، ކުރެހުމުގެ ސަބަބުން އެއްބަސްވުމުގެ މުއްދަތަށް ބަދަލު ނާންނާނެކަމަށް ބަލައިގެންކަމަށް މަރްޔަމް ނަޝީދާ ބުނިނަމަވެސް، ކުރެހުން ބަދަލުކުރުމާއި، އިދާރާތަކުން ހުއްދަތައް ހޯދުމަށް އެހެން ފަރާތކަ ށ ދަތިވުމާއި، އެއްބަސްވުމުގައި ވަކިގޮތަކަށް ކަންކަން ކުރުމަށް ބަޔާންކޮށްފައިވީނަމަވެސް، މި ކުރެހުމަށް ބަދަލު ގެނެސް، ކަމާބެހޭ އިދާރާތަކނު ހޯދަންޖެހޭ ހުއްދަތައް ހޯދުމަށާއި، އަދި އެހެންކަންކަމަށ މަރްޔަމް ނަޝީދާގެ ފަރާތުން ދީފައިވާ އެއްބާރުލުމާއި، އަދި މި ބަދަލާ ގުޅިގެން، އިމާރާތުގެ ޓެރެސް ފްލޯގައި އިތުރު އެޕާޓްމެންޓެއ ހެދިގެން ދާނެކަން އެނގި އެކަމަށް އެއްބަސްވެފައިވާކަން މަރްޔަމް ނަޝީދާގެ ބަހުން އެނގެން އޮންނާތީ، މިއީ ދެފަރާތުން އެއްބަސްވެގެން ގެނައި ބަދަލެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވެއެވެ.
24ހަމައެހެންމެ، އެއްބަސްވުމުގައިވާ މުއްދަތަށް އިމާރާތް ނުނިމި ލަސްވާ މުއްދަތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމާމެދު ދެފަރާތުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމެއް އޮތްކަން އެނގެން ނެތްއިރު، އެ ފައިސާ ދައްކަން މައުމޫން ޙުސައިންފުޅު ފަށާފައިވަނީ 16 ޖަނަވަރީ 2021 ގައި ކަން ދެފަރާތުގެ ބަހުން އެނގޭއިރު، އިމާރާތުގެ ކުރެހުން އެޕްރޫވް ކުރެވިފައިވާ ތާރީޚަކީ 05 ޖުލައި 2020 ކަމުގައިވެފައި، އިމާރާތުގެ މަސައްކަތް ހިނގަމުން ނުދާތީ، އެކަން އިސްލާޙުކުރުމަށް މަރްޔަމް ނަޝީދާގެ ފަރާތުން އަންގާފައިވަނީ އެ ތާރީޚުގެ 12 (ބާރަ) މަސް ފަހުން 20 ސެޕްޓެމްބަރު 2021 ގައިކަމުން، މިއީ އިމާރާތުގެ ކުރެހުމަށް ގެނައި ބަދަލާގުޅިގެން، ފަސްވަނަ ފަންގިފިލާއާއި، ޓެރަސް ފްލޯ ނިންމައި ޙަވާލުކުރުމަށް އޮތް މުއްދަތު، ދެފަރާތުން ރުހިގެން އިތުރުކޮށްފައިވާކަމަށް ދަލާލާތު ކޮށްދޭކަމެއް ކަމުގައި ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވެއެވެ.
25ޕްރިސިޑެންސް 1ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ ފުރަތަމަ ނުކުތާގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ފަދައިން، އިމާރާތް ނިންމައި މަރްޔަމް ނަޝީދާއާ ޙަވާލުކުރަންޖެހޭ ތާރީޚަކީ، 16 ޑިސެމްބަރު 2019 ކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިނުވެއެވެ. އަދި އެއްބަސްވުމުގައި އިމާރާތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތު ދެފަރާތުން ރުހިގެން އިތުރުކޮށްފައިވާކަމަށ ދަށް ކޯޓުގު ފަނޑިޔާރު ކަނޑައަޅާފައިވާކަން އެނގެން އޮތްހިނދު، އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، މި އެއްބަސްވުމުގައިވާ ތާރީޚަށް އިމާރާތް ނިންމައި ޙަވާލުކުރަންޖެހޭކަމަށ ފަނޑިޔާރް ކަނޑައަޅާފައިވާކަމުގެ މައްޗަށް ހުށަހެޅިފައިވާ ބަހުސެއްކަމުން، ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ނުދެކެމެވެ.
26ސަބަބަކީ، ބަޔާންވެދިޔަ ނުކުތާތައް ކިޔާލުމުން ދޭހަވަނީ، އެއްބަސްވުމުގެ ދަށުން އިމާރާތް ނިންމައި ޙަވާލުކުރަންޖެހޭ ތާރީޚު، ކުރެހުމަށް ގެނައި ބަދަލާ ގުޅިގެން ދެފަރާތުން ކަންކޮށްފައިވާގޮތަށް ބަލާއިރު، އިތުރުކޮށްފައިވާކަމަށ ނުވަތް މުއްދަތަ އިތުރުކުރުމަށް މަރްޔަމް ނަޝީދާ ރުހިގެން ހުރިކަމަށް ފަނޑިޔާރު ބަލާފައިވާކަން މި ރިޕޯޓުގެ 23 އަދި 24 ވަނަ ނުކުތާ ކިޔާލުމުން އެނގޭތީއެވެ.
27އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށް ކަނޑައަޅައި، 13 ފެބްރުއަރީ 2022 ގައި ފޮނުވާފައިވާ ނޯޓިސްތައް ފޮނުވާފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަމަށް ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމުގައެވެ.
28މި ނުކުތާގެ ތަފްސީލުގައިވެސް އިސްތިއުނާފު ކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، އިމާރާތް ނިންމައި ޙަވާލުކުރަންޖެހޭ މުއްދަތު އިތުރުކުރަންޖެހޭކަމަށ މަރްޔަމް ނަޝީދާވެސް ޤަބޫލކު ރާކަނު މަރްޔަމް ނަޝީދާގެ ފަރާތުން ފޮނުވާފައިވާ ސިޓީތަކަށް ބެލުމުންވެސް އެނގޭކަމަށާއި، އެގޮތުން، އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ދިމާވާ ޚިލާފުތައް ހައްލުކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދެވިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، މިހާރު ދިމާވެފައިވާ ކަންކަމަކީ 30 (ތިރީސް) ދުވަހުން ނިންމިދާނެ ކަންތއްތަކެއްކަނ މަރްޔަމް ނަޝީދާވެސަ ޤބޫލުނުކުރާކަމަށް އެ ސިޓީތަކުގައި މަރްޔަމަ ނަޝީދާގެ ފަރާތުން ފާހަގަކޮށްފައިވާކަމަށާއި، މި ހާލަތުގައި ދެފަރާތުން އެއްބަސްވާ މުއްދަތެއް ކަނޑައެޅިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، އެ ސިޓީތަކާ ގުޅގެނި އިސްތިއުނާފު ކުރާ ފަރާތުން 8 (އަށެއ) މަސްދުވަސް ހުށަހެޅިކަމަށާއި، އެހެންނަމަވެސް އެ މުއްދަތު ދެވެން ނެތްކަމަށް ކަނޑައަޅައި މަރްޔަމް ނަޝީދާގެ ފަރާތުން އެއްބަސްވުން ބާޠި ލުކުރީކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ.
29އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ގުޅިގެން ބަޔާންވެދިޔަ ކަންކަމުގައި ކުރިންވެސް ބަޔާންކުރެވުނު ފަދައިން، އެއްބަސްވުމުގައިވާ ކުރެހުމަށް ގެނެވުނު ބަދަލާއި ގުޅިގެން، އިމާރާތް ނިންމައި ޙަވާލުކުރަންޖެހޭ ތާރީޚު، ދެފަރާތުން ރުހިގެން އިތުރުކޮށްފައިވާކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވާއިރު، އެ މުއްދަތު އިތުރުކޮށްފައިނުވާކަމަށް ބަލައި މިހިނދު، އިތުރު ބަހުސެއް ކުރަންޖެހޭކަމުގައި ނުދެކެމެވެ.
30އެހެނީ، އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުގެ މައިގަނޑު ބަހުސަކީ، އެއްބަސްވުމުގައިވާ ކަމާކާމެދު ދެފަރާތުގެ ދެމެދުގައި ޚިލާފެއް އޮވެއްޖެނަމަ، އެކަމެއް ރަނގަޅު ކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތެއް ދޭންޖެހޭކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމެވެ. އަދި ދެފަރާތުގެ މެދުގައި އޮތް ޚިލާފަކީ 30 (ތިރީސް) ދުވަހުން ނިންމިދާނެފަދަ ކަމެއް ނޫންނަމަ، އެކަމަށް ދެފަރާތުން އެއްބަސްވާ މުއްދަތެއް ކަނޑައަޅަންޖެހޭކަން އެނގޭއިރު، އެފަދައިން މަރްޔަމް ނަޝީދާގެ ފަރާތުން މުއްދަތޭ ދީފައިނުވާކަމުގައެވެ.
31ޕްރިސިޑެންސް 2ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތަށް ބަލާއިރު، ކުރެހުމަށް ގެނައި ބަދަލު އެޕްރޫވް ކޮށްފައިވަނީ 05 ޖުލައި 2020 ގައި ކަމަށްވެފައި، އޭގެ ފަހުން އިމާރާތް ނުނިމިގެން، އެކަން އިސްލާޙުކުރުމަށް އެދި މަރްޔަމް ނަޝީދާގެ ފަރާތުން އަންގާފައިވަނީ 12 (ބާރަ) މަސް ފަހުން 20 ސެޕްޓެމްބަރ 2021 ގައި ކަމުގައިވުމުން، އެއީ އެއްބަސްވުމުގެ ދަށުން ނިންމަންޖެހޭ ތާރީޚަށް ނިންމަންޖެހޭ އިލްތިޒާމެއް ނުނިންމައި ހުރުމުގެ ސަބަބުން، އަންގަންޖެހޭ އެންގުމެއް ނާންގައި މަރްޔަމް ނަޝީދާގެ ފަރާތުން އެކަމަށް ރުހިގެން ހުރިހުރުމެއްކަމަށ ޝަރީޢަތަށް ބުރަވެވޭކަމަށ ދަށް ކޯޓުގު ފަނޑިޔާރު ކަނޑައަޅާފައިވެއެވެ.
32އެހެންކަމުން، ބަޔާންވެދިޔަ ނުކުތާއިން ދޭހަވަނީ، ކުރެހުމަށް ބަދަލުގެނެވި އެޕްރޫވްކުރެވުނު ތާރީޚުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ މުއްދަތަށް، އިމާރާތުގެ މަސައްކަތް ނިންމުމުގެ ފުރުސަތުދީ އެކަމަށް ރުހިގެން މަރްޔަމް ނަޝީދާ ހުރިކަމާއި، މަސައްކަތް ނުނިމި ލަސްވެގެން، އެކަން ރަނގަޅު ކުރުމަށް އަންގާފައިވަނީ އެ 12 (ބާރަ) މަސްދުވަހުގެ ފަހުންކަމެވެ. އެހެންކަމުން، އިމާރާތުގެ މަސައްކަތް ނިންމައި ޙވާލުކުރުމުގަ މުއްދަތު އިތުރުކުރެވިފައިވާކަމަށ ދަށް ކޯޓުގު ފަނޑިޔާރު ބަލާފައިވާކަން ސާފުވެއެވެ. އެހެންނަމަވެސް، ދަށު ކޯޓުގެ "ޝަރީޢަތް ނިމުނުގޮތް" ގެ 5.3.8 އަށް ބަލާއިރު، ކޮވިޑް-19 ފަދަ ހާލަތަކާގުޅިގެން އެއްބަސްވުމުގައި ބަޔާންވެފައިވާ ގޮތުގެ މަތީން، އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ރުހުމެއް ހޯދާފައިވާކަން މައުމޫން ޙުސައިންފުޅުގެ ފަރާތުން ހުށަހަ ޅާފައިވާ ލިޔުންތަކުން އެނގެން ނެތްކަމަށްވެސ ދަށުކޯޓުން ކަނޑައަޅާފައިވެއެވެ.
33އިސްތިއުނާފީ ތިން ވަނަ ނުކުތާގެ ތަފްސީލުގައި، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، "އެއްބަސްވުން ބާޠިލުކުރާ ހ ލަތެއްގައި ނަގައިދެވޭނެ ބަދަލަކީ، އިމާރާތް ތަރައްޤީކުރުމަށް ކޮށްފައިވާ ޚަރަދާއި، މަސައްކަތުގެ އަގަށް ޚަރަދުކޮށްފައިވާ ފައިސާކަމަށް ނިންމާފައިވަނީ" ގޯސްކޮށް ކަމުގައެވެ.
34އެގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުޙިއްޔާ ޙަސަން އަދި އިތުރު އަށް މީހުން، މި ޤަޟިއްޔާގެ 52 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ އުޞޫލު މިމައްސަލައަށް ތަޠުބީޤުކުރާއިރު، "މަރްޔަމް ނަޝީދާ އެއްބަސްވުން ބާޠިލުކޮށްފައިވަނީ، އެއްބަސްވުމާ ޚިލާފަށްކަމަށްވާތީ، ދެފަރާތުގެ ދެމެދު ކޮށްފައިވާ އެއްބަސްވުމުގެ 20.3 ވަނަ މާއްދާގައި ކަނޑައަޅާފައިވާ، އިމާރާތްކުރުމަށް ކޮށްފައިވާ ޚަރަދާއި، ތަން ބޭނުންކުރަން ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަކީ، މަރްޔަމް ނަޝީދާ، މައުމޫން ޙުސައިންފުޅަށ އެކް އެއްފަހަރާ ދަންކަންޖެހޭ ފައިސާ" ކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެއެވެ.
35ޕްރިސިޑެންސް 4އެހެންނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުންވެސް ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ބަޔާންވެދިޔަ ޤަޟިއްޔާ ތަޠުބޤީ ކުރުމުން، ތަން ބޭނުންކުރަން ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު، މަރްޔަމް ނަޝީދާ، މައުމޫން ޙުސައިންފުޅަށް ދޭންޖެހޭނީ، މރްޔަމަ ނަޝީދާ އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައެޅޭ ހިނދެއްގައެވެ.
36އެގޮތުން ދަށު ކޯޓުގެ "ޝަރީޢަތް ނިމުނުގޮތް" އަށް ބަލާއިރު، އެއްބަސްވުމުގައިވާ ކުރެހުމަށް ގެނައި ބަދަލަކީ ދެފަރާތުން އެއްބަސްވެގެން ގެނައި ބަދަލެއް ކަމަށާއި، އެކަމުގެ ނަތީޖާއެއްގެ ގޮތުން "އެއްބަސްވުމުގެ ދަށުން ފަސްވަނަ ފަންގިފިލާއާއި ޓެރަސް ފްލޯ ނިންމައި ޙަވާލުކުރުމަށް ބަޔާންކޮށްފައިވާ މުއްދަތު ދެފަރާތުން ރުހިގެން އިތުރުކޮށްފައިވާކަނ އެނގެން އޮންނަކަމަށް" ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވެއެވެ. އިސްތިއުނާފު ފޯމުގެ 7.3.18 ގައި ބަޔާންކޮށްފައިވާ ގޮތް އބމ. 5.2.7 ގެ ދެވަނަ ފޮޅުވަތުން 4 ވަނަ ފޮޅުވަތަށް
37ޕްރިސިޑެންސް 3ބަޔާންކުރެވުނު ފަދައިން، އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވިފައިވާކަމަށް ބެލިނަމަވެސް، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ، ވަކި މުއްދަތެއްގައި އިމާރާތުގެ ފްލޯތައް ނިންމުން ކަމުގައިވާއިރު، އެ ފްލޯތައް ނިންމަންޖެހޭ މުއްދަތުތަކުގައި ޚިލާފުތަކެއް ހުރިކަމުގައިވީނަމަވެސް، މިއަދާ ހަމައަށް އައިއިރުވެސް މި ފްލޯތައް ނިންމައި ޙަ ވާލުކޮށްފައިނުވާކަނ އެނގެން އޮތުމުން، މިއީ އެއްބަސްވުމުގެ މައިގަނޑު ކަމަކާ ޚިލާފުވުންކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވެއެވެ.
38އެފަދައިން އެއްބަސްވުމުގެ މައިގަނޑު ކަމަކާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ދަށުކޯޓުން މި މައްސަލަ ނިމުނުއިރު، ކަނޑައަޅާފައިވަނީ، 13 ފެބްރުއަރީ 2022 ގައި މަރްޔަމް ނަޝީދާ ފޮނުވާފައިވާ ނޯޓިސްތައް ފޮނުވާފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ކަމަށާއި، އެ ނޯޓިސްގައިވާ ގޮތުގެ މަތިން އެއްބަސްވުން ބާޠލުވެފައިވާކަމުގައެވެ. ހަމައެހެންމެ، އެއްބަސްވުމާ ޚިލާފުވެފައިވާ ފަރާތަކީ މައުމޫން ޙުސައިންފުޅު ކަމުގައިވެސް ކަނޑައަޅާފައިވެއެވެ.
39އެހެންކަމުން، މަރްޔަމް ނަޝީދާގެ ފަރާތުން، އެއްބަސްވުން ބާޠިލުކޮށްފައިވަނީ ރަނގަޅަށްކަމަށް ކަނޑައަޅާފައިވާހިނދު، އިސްތިއުނާފުކުރާ ފަރާތުގެ ތިންވަނަ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުޙިއްޔާ ޙަސަން އަދި އިތުރު އަށް މީހުން، މި ޤަޟިއްޔާގެ 52 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ އުޞޫލު މިމައްސަލައަށް ތަޠުބީޤުކުރަންޖެހޭކަމުގައި ނުދެކެމެވެ. އަދި ދަށު ކޯޓުން މައްސަލަ ނިންމުމުގައި އެ ޤަޟިއްޔާ ތަޠުބީޤު ނުކުރުމަކީ ގޯހެއް ކަމުގައިވެސް ނުދެކެމެވެ.
40ޕްރިސިޑެންސް 5ހަމައެހެންމެ، ދަށުކޯޓުން މައްސަލަ ނިމުނުއިރު، ބަދަލުދިނުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، މައުމޫން ޙުސައިންފުޅުގެ ފަރާތުން އެފަދަ ބަދަލަކަށް އެދި ހުށަހަޅާފައިނުވާކަމުގައްޔާއި އެފަދަ ތަފްސީލެއްވެސް ހުށަހެޅިފައިނުވާތީ، އެ ޚަރަދުތައް މިންކުރެވެން ނެތްކަމުގައި ކަނޑައަޅާފައިވެއެވެ. އބމ. ޙުކުމްގެ ދެވަނަ ޕެރެގްރާފް އބމ. ޙުކުމްގެ ފުރަތަމަ ޕެރެގްރާފް
41އެހެންކަމުން، ބަޔާންވެދިޔަ ނުކުތާއަށް ބަލާއިރު، ބަދަލު ނުވަތަ ކުރި ޚަރަދާއި ގުޅޭ ވާހަކަތަކަކީ ދަށު ކޯޓުގައި ހުށަހެޅި ވާހަކަދެކެވިފައިވާ ކަމެއް ނޫންކަންވެސް މިކަމުން ދޭހަވެއެވެ.
42ހަމައެހެންމެ، ދަށު ކޯޓުގެ ނިންމުމަށް ބަލާއިރު، ޚަރަދު ނަގައިދިނުމާ ގުޅޭގޮތުން ބަޔާންކޮށްފައިވަނީ "އެއްބަސްވުން އެއްވެސް ސަބަބަކާހުރެ ބާޠލުކުރެވޭނެނަމަ ނުވަތި ރޫޅާލެވޭނަމަ ދައުވާލިބޭ ފަރާތަށްވެސް މި އިމާރާތް ތަރައްޤީކުރުމަށް ކޮށްފައިވާ ޚަރަދާއި މަސައްކަތުގެ އަގަށް ޚަރަދުވެފައިވާ ފައިސާ ލިބިދޭންޖެހޭކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭ" ކަމުގައެވެ.
43އެ ނުކުތާ ކިޔާލުމުން، އެ ނުކުތާގައި ފަނޑިޔާރު ބަޔާންކޮށްފައިވާ ކަންކަމަކީ، ކޮންމެ ހާލަތެއްގައި އެއްބަސްވުން ބާ ޠލުކުރިނަމަވެސި ނަގައިދޭންޖެހޭކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭ ޚަރަދާއި ފައިސާގެ ވާހަކަކަމާއި، އެހެންނަމަވެސް، އެނޫން ހާލަތެއްގައި އެނޫން ޚަރަދެއް ނަގައި ނުދެވޭނެކަމަށް ފަނޑިޔާރު ކަނޑައަޅާފައިނުވާކަންވެސް ސާފުވެއެވެ.
44ހަމައެހެންމެ، މި ނުކުތާތައް ބަޔާންކުރުމަށްފަހު، ފަނޑިޔާރު ނިންމާފައިވަނީ، އެހެން މައްސަލައެއް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ފުރުސަތު އޮތްކަމަށްކަން އެނގޭއިރު، އެހެން މައްސަލައެއް ހުށަހެޅުމުގައި އިތުރު ބަދަލެއް، ޚަރަދެއް ނުވަތަ ފައިސާއެއް ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު މި ނުކުތާތަކުގައި ކަނޑައެޅިފައިވާ ކަމަކުން ހަނިކުރެވިފައިވާ ކަމުގައި ބުރަނުވެވެއެވެ.
45އިތުރު އިސްތިއުނާފީ ނުކުތާގައި، މަރްޔަމް ނަޝީދާގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދަށު ކޯޓުން މައްސަލަ ނިންމިއިރު، މަރްޔަމް ނަޝީދާގެ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާގައިވާ، އެއްބަސްވުމުގެ ދަށުން ގޭގެ ވެރިފަރާތަށް ލިބެންޖެހޭ 5 ވަނަ ފަންގިފިލާ ޙަވާލުކުރަންޖެހޭ މުއްދަތަށް ޙަވާލުނުކުރެވި ހިނގާ ކޮންމެ މަހަކަށް 18000 (އަށާރަހާސް) ރުފިޔާ ދޭންޖެހޭއިރު، އެއްބަސްވުން ބާޠިލުކުރި ދުވަހާ ހަމައަށް އެއްބަސްވުމުގެ 9.1 ވަނަ މާއްދާގެ ދަށުން ގޭގެ ވެރިފަރާތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި 327000 (ތިންލައްކަ ހަތާވީސްހާސް) ރުފިޔާ މިހިނދަށް ނަގައިދެވެން ނެތްކަމަށް ބުނެ ޙުކުމް ކޮށްފައިވުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމުގައި އިތުރު އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ.
46ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ވަނީ އަންނަނިވި ފަދައިންނެވެ. 20 (ހ) ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރްޠުތަކ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ.
47ޕްރިސިޑެންސް 6ބަޔާންވެދިޔަ މާއްދާއަށް ބަލާއިރު، އެއީ ކޮންޓްރެކްޓެއްގެ ބައިވެރިއެއް ޢަމަލުކުރަންވާނެ ގޮތާއި، އަދި ކޮންޓްރެކްޓްގެ ދަށުން ޢަމަލުކުރަންޖެހޭ ގޮތް ނޫން އެހެންގޮތަކަށް ޢަމަލުކުރެވެން އޮންނާނެ ނުވަތަ ލުއި ލިބިދޭ ހާލަތު ބަޔާންކޮށްދޭ މާއްދާއެކެވެ.
48ދަށު ކޯޓުން މައްސަލަ ނިންމިއިރު އެ ޤަޟިއްޔާގެ ޙުކުމުގައި މި ނުކުތާގައި ކަނޑައަޅާފައިވަނީ؛ "މިދަޢުވާގައި ހޯދުމަށް އެދިފައިވާ -327,000/ (ތިންލައްކަ ހަތާވީސްހާސް ރުފިޔާ) މި ޤަޟިއްޔާގައި މި ހިނދުގައި ނަގައިދެވޭނެ ތަނެއް ނެތް" ކަމުގައެވެ. އެފަދައިން ކަނޑައަޅާފައިވަނީ، "ޝަރީޢަތް ނިމުނުގޮތް"ގެ 5.4 ވަނަ ނުކުތާގެ ދަށުން ބަޔާންކޮށްފައިވާ ނުކުތާތަކުގައެވެ.
49އެގޮތުން އެ ނުކުތާތަކަށް ބަލާއިރު ކަނޑައަޅާފައިވަނީ، އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާ ޠިލުކުރެވޭނަމަ، އިމާރާތް ތަރައްޤީކުރުމަށް ކޮށްފައިވާ ޚަރަދާއި، މަސައްކަތުގެ އގަށަ ޚަރަދުވެފައިވާ ފައިސާ، ދަޢުވާލިބޭ ފަރާތަށް ލިބިދޭންޖެހޭކަމުގައި ބުރަވެވޭހިނދު، އެފަދަ ބަދަލަކަށް ދައުވާލިބޭ ފަރާތުން އެދިފައިނުވާތީއާއި، އެބަދަލުގެ މިންވަރު ކަނޑައެޅެން ނެތްއިރު، ދަޢު ވާކުރާ ފަރާތުން އެދިފައިވާ ފައިސާ ނަގައިދެވެން ނެތްކަމުގައެވެ. އަދި އެ ބަދަލު ނަގައިދީފިނަމަ، ބަދަލުގެ ގޮތުގައި އެއް ޚަސްމަކު އަނެއް އިތުރު އިސްތިއުނާފު ފޯމުގެ 2.1 ވަނަ ނުކުތާ ސިވިލް ކޯޓުގެ "ޝަރީޢަތް ނިމުނުގޮތް" ގެ 5.4.2 ވަނަ ނުކުތާ ޚަސްމަކަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް އުނދަގޫތަކެއް ކުރިމަތިވާނެތީ، މި މައްސަލާގައި އެ ފައިސާ ނަގައިދިނުމުގެ ބަދަލުގައި އިތުރު މައްސަލައެއް ބެލުން އެއީ އެންމެ ރަނގަޅުގޮތްކަމުގައި ފެންނާތީކަމުގައެވެ.
50ބަޔާންވެދިޔަ ފަދައިން ދަށު ކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވާއިރު، ކޮންޓްރެކްޓްގެ ބައިވެރިއަކު އަނެއް ބައިވެރިޔާއަށް އަދާކުރަންޖެހޭ ފައިސާއެއްގައި ލުޔެއް ދީފައިވާކަމުގައި ކަނޑައަޅާފައިނުވެއެވެ. އަދި އެއްވެސް ޚަސްމަކަށް ލިބެންޖެހޭ ފައިސާއެއް އެއްވެސް މިންވަރެއް އުނިކުރަންޖެހޭކަމަށްވެސް ކަނޑައަޅާފައިނުވެއެވެ. އޭގެ ބަދަލުގައި ކަނޑައަޅާފައިވަނީ އެ މައުޟޫގައި އެހެން މައްސަލައެއް ހުށަހެޅުން އެއީ އެންމެ ރަނގަޅުގޮތްކަމުގައެވެ.
51ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ދަށު ކޯޓުން އެ ނުކުތާގައި ކަނޑައަޅާފައިވާގޮތް، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފުވާގޮތެއް އިތުރު އިސްތިއުނާފު ހުށަހަޅާފައިވާ ފަރާތަށް ބުނެދެވިފައިވާކަމުގައި ނުދެކެމެވެ.
52ހަމައެހެންމެ، ދަށުކޯޓުގެ ނިންމުމަށް ބަލާއިރު، މި ނުކުތާގައި އިތުރު މައްސަލައެއް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްކަމަށް ކަނޑައަޅާފައިވާހިނދު، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ
(ހ) އާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް އޮތްނަމަ އެކަމެއް ކަނޑައެޅޭނީ އެ މައްސަލައިގެ މައުޟޫގައި ކަމުގައި ފެންނާތީ، މިއީ އެ މާއްދާއާ ޙަވާލާދީ މިހިނދަށް ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމުގައި ނުދެކެމެވެ. ނިންމަން ފެންނަގޮތް:
53އިސްވެ ބަޔާންވެދިޔަ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރު 1383/Cv-C/2022 ޤަޟިއްޔާ ގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
12. މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ.
13. މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ.
14. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ . މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ . މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުޙިއްޔާ ޙަސަން އަދި އިތުރު 8 މީހުން ޤަޟިއްޔާ (ޕެރ. 52)
- ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ (ދަށުކޯޓުން ޙަވާލާދީފައި)
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް