ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/651
މަނާލް މުޙައްމަދު މަދީޙް ވ. ޢަލީ ނަޢީމް، 2019/HC-A/651
Manaal Mohamed Madheeh v. Ali Naeem 2019/HC-A/651 (2019/HC-A/651, High Court of the Maldives, 9 December 2021)
މަނާލް މުޙައްމަދު މަދީޙް ވ. ޢަލީ ނަޢީމް
މައްސަލައިގެ ޚުލާޞާ
ދަށުކޯޓުން ބައްޕައަށް ދަރިފުޅާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީ، ބައްޕަގެ ޗުއްޓީއާ ސްކޫލް ބަންދު ދިމާވެއްޖެނަމަ 10 ދުވަހަށް ކުއްޖާ ބައްޕަގެ ގާތުގައި ބެހެއްޓުމަށް ޙުކުމްކުރިއެވެ.
ވަރިވެފައިވާ މައިންބަފައިންގެ ކުޑަކުއްޖާ މަންމަ ކައިރީގައި މާލޭގައި ދިރިއުޅޭއިރު، ބައްޕަ ދަރިފުޅާ ބައްދަލުކުރުމުގެ ފުރުޞަތު ހޯދުމަށް އެދި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ.
މަންމަ ބުނީ ނައިފަރު ކޯޓަށް އިޚްތިޞާޞް ނެތް ކަމަށާއި 04/2011 އުޞޫލާ ޚިލާފު ކަމަށާއި، އޭނާ ޙާޒިރުނުކޮށް ޝަރީޢަތް ހިންގި ކަމަށާއި، ދަޢުވާގެ ބޭރުން އިތުރު ކަންކަން ޙުކުމުގައި ހިމެނި ކަމަށާއި، ބައްޕަ ކުއްޖާއަށް ނޭދެވޭ ކަންކަން ކޮށްފައިވާ ކަމަށެވެ.
މައިގަނޑު ސުވާލު
ބައްޕަ ދިރިއުޅޭ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި، ދަރިފުޅާ ބައްދަލުކުރުމަށް އެދޭ މައްސަލައެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވޭތޯ؛ އަދި ކުޑަކުއްޖާ މަންމަ ދިރިއުޅޭ ރަށުން ބޭރަށް 10 ދުވަހަށް ބައްޕަގެ ގާތަށް ގެންދިއުމަށް ދަށުކޯޓުން ކުރި ޙުކުމް ޞައްޙަތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު (ސަރަޙައްދީ އިޚްތިޞާޞް ނެތުމުން، އަޣުލަބިއްޔަތުން)
އަޣުލަބިއްޔަތުގެ ރައުޔުގައި، ދަޢުވާލިބޭ މަންމައާއި ކުއްޖާ ދިރިއުޅެނީ މާލޭގައި ކަމުން 69 (ހ) ގެ ދަށުން ނައިފަރު ކޯޓަށް ސަރަޙައްދީ އިޚްތިޞާޞް ނުލިބޭތީ މުޅި ޙުކުމް އަޞްލުން ބާޠިލުވެއެވެ. ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔުގައި އިޚްތިޞާޞް ލިބިގެންވި ނަމަވެސް، 4 އަހަރުގެ ކުއްޖާ 10 ދުވަހަށް މަންމައާ ވަކިން ބޭރު ރަށަކަށް ގެންދިއުމަކީ ކުއްޖާގެ މަޞްލަޙަތު ނޫންކަމަށް ދެކުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުން އިޚްތިޞާޞް ލިބިދީފައި ނުވާ މައްސަލައެއްގައި ކޯޓަކުން ނިންމާ ނިންމުމަކީ އަޞްލުން ބާޠިލު، އެއްވެސް ފަރާތެއް ބެދެވިގެންނުދާ ނިންމުމެކެވެ. އެހެންކަމުން މައްސަލައެއް ކުރިއަށް ގެންދިއުމުގެ ކުރިން ކޯޓަށް އިޚްތިޞާޞް ލިބިގެންވޭތޯ ބެލުމަކީ އަސާސީ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8، އަޣުލަބިއްޔަތު)
- ދަށުކޯޓުގައި ނުނަގާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލުމުގެ ޢާންމު އުޞޫލު އޮތްނަމަވެސް، ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގައި އިޚްތިޞާޞާ ޚިލާފުވުމުގެ މައްސަލަތައް އިސްތިޘްނާކޮށްފައިވާތީ، އިޚްތިޞާޞާ ޚިލާފުވުމުގެ ނުކުތާއާ މެދު ހައިކޯޓުން އަމިއްލަ އިސްނެގުމުން ގޮތެއް ނިންމިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6-7، އަޣުލަބިއްޔަތު)
- ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ޙަޟާނަތާއި ދަރިއާ ބައްދަލުކުރުމުގެ މައްސަލަތަކަށް ޚާއްޞަ ސަރަޙައްދީ އިޚްތިޞާޞެއް ބަޔާންކޮށްފައި ނުވާތީ، އެފަދަ މައްސަލަތައް ވަދެގެންދަނީ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަށް ކަމަށް ބަޔާންކުރާ 69 (ހ) ގެ ތެރެއަށެވެ. ސުޕްރީމް ކޯޓުގެ 04/2011 އުޞޫލުގެ ދަށުން ދަޢުވާލިބޭ މީހާ ދިރިއުޅޭ ރަށުގެ ކޯޓަށްވެސް ހުށަހެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9، އަޣުލަބިއްޔަތު)
- ޙަޟާނަތު ނުވަތަ ދަރިއާ ބައްދަލުކުރުމުގެ މައްސަލައެއްގައި، އިދިކޮޅަށް ހަރުދަނާ ހުއްޖަތެއް ނެތް ހާލަތުގައި ކުއްޖާއަށް އެންމެ މަޞްލަޙަތު ބޮޑު ކޯޓަކީ ކުޑަކުއްޖާ ދިރިއުޅޭ ރަށުގެ ކަމާބެހޭ ކޯޓެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9، 14، އަޣުލަބިއްޔަތު)
- ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގައި ވަކި ބާވަތެއްގެ މައްސަލަ މެޖިސްޓްރޭޓް ކޯޓުތަކުން ބެލޭނެކަމަށް އޮތުމަކީ (ބާވަތުގެ އިޚްތިޞާޞް) ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށް އެ މައްސަލަ ހުށަހެޅިދާނެ ހުއްޖަތެއް ނޫނެވެ. ހުށަހަޅަންޖެހޭ ކޯޓު ކަނޑައެޅެނީ 69 ވަނަ މާއްދާގެ ސަރަޙައްދީ އިޚްތިޞާޞުގެ ދަށުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10، އަޣުލަބިއްޔަތު)
- ދަޢުވާލިބޭ ފަރާތާއި ކުއްޖާ ދިރިއުޅެނީ މާލޭގައި ކަމުން، ދަޢުވާކުރާ ފަރާތް ދިރިއުޅޭ ދާއިރާގެ މެޖިސްޓްރޭޓް ކޯޓަށް ސަރަޙައްދީ އިޚްތިޞާޞް ނުލިބޭ ކަމަށާއި، އެއީ މުޅި މައްސަލަ އޭގެ ޒާތުން ބާޠިލުވާ ސަބަބަކަށްވާތީ އެހެން އިސްތިއުނާފީ ނުކުތާތަކަށް ބެލުމެއް ނުޖެހޭނެ ކަމަށް ނިންމައިފިއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15، އަޣުލަބިއްޔަތު)
ދަޢުވާގެ ޚުލާޞާ : 1- މިއީ، ޅ.އޮޅުވެލި ފ ށ / ސޭޑީސައިޑް، ޢަލީ ނަޢީމާއި، މާލެ، މަނާލް މުޙައްމަދު މަދީޙާ ދެ މީހުން ކައިވެނިކޮށްގެން ލިބިފައިވާ ދަރިފުޅާ ބައްދަލުކުރުމާއި ދަރިފުޅަށް ޚިދުމަތްކުރުމުގެ ފުރުޞަތު ދަރިފުޅުގެ ބައްޕައަށް ލިބެމުން ނުދާކަމަށް ބުނެ، ޝަރީޢަތް މެދުވެރިކޮށް އެ ފުރުޞަތުތައް ހޯދުމަށް އެދި 13 ޖޫން 2019 ގައި ޢަލީ ނަޢީމުގެ ފަރާތުން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާފައިވާ ނަންބަރު 100/G2C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މަނާލް މުޙައްމަދު މަދީޙު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާ ފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވު ފަރާތަކީ ޢަލީ ނަޢީމް، ޅ.އޮޅުވެލިފުށި / ސޭޑީސައިޑްއެވެ . ދަށު ކޯޓުން މައްސަލަ ނިންމިގޮތް: 2- އިސްތިއުނާފުކުރެވިފައިވާ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 100/G2C/2019 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ : ]ދެންފަހެ، ޅ.އޮޅުވެލިފުށި / ސޭޑީސައިޑް، ޢަލީ ނަޢީމް އާއި ކ.މާލެ، މަނާލް މުޙައްމަދު މަދީޙު އާ ދެ މީހުން ކާވެނިކޮށްގެން ލިބިފައިވާ ދަރިފުޅު )ބަރާއު ބިން ޢަލީ ނަޢީމް، […] ( އާބައްދަލުކުރުމާއި ދަރިފުޅަށް ޚިދުމަތްކުރުމުގެ ފުރުޞަތު ދަރިފުޅުގެ ބައްޕައަށް ލިބެމުން ނުދާތީ ޝަރީޢަތް މެދުވެރިކޮށް އެ ފުރުޞަތުތައް ހޯދުމަށް އެދި 10 ޝައްވާލް 1440 )13 ޖޫން 2019( ގައި ޢަލީ ނަޢީމް ހުށަހެޅުމުން ބަލައިދެވުނު މި މައްސަލަ ޝަރީޢަތުން ބެލިބެލުމުން އިސްލާމީ ޝަރީޢަތުގައި ދަރިފުޅު ނިސްބަތްވަނީ އޭނާގެ ބައްޕައަށް ކަމުގައިވާތީ، އަދި ދެމަފިރިންގެ ކައިވެނި ރޫޅުމާގުޅިގެން ކުޑަދަރިފުޅުގެ ޙަޟާނަތު ލިބިފައިވަނީ މަންމައަށް ކަމުގައިވިޔަސް ދަރިފުޅުގެ ތަޢުލީމަށާއި، ޞިއްޙަތަށާއި، އިޖްތިމާޢީ ދުޅަހެޔޮކަމަށާއި، ނަފްސާނީ ގޮތުން އެ ދަރިފުޅަށް ލިބެންޖެހޭ ހިތްހަމަޖެހުމަށް ދެ ފަރާތުންވެސް ރައްކާތެރިވުމަކީ ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ދެމީހުންގެ މައްޗަށް އޮތް ވާޖިބަކަށްވާތީ އަދި މައިންބަފައިންގެ ތެރެއިން އެއްވެސް މީހަކު އަނެކަކާ ދަރިފުޅު ދުރުކޮށް އޭނާގެ މަތިން އެ ދަރިފުޅު ފޫހިކޮށް ނަފްރަތު އުފައްދަން މަސައްކަތްކުރުމަކީ ޝަރުޢީ ގޮތުން ނާއި ޤާނޫނީ ގޮތުން މަނާކަމަކަށްވާތީ ޝަރީޢަތުން ބަލަމުން މިދާ މައްސަލާގައި ޅ.އޮޅުވެލިފުށި / ސޭޑީސައިޑް، ޢަލީ ނަޢީމްއާއި ކ.މާލެ، މަނާލް މުޙައްމަދު މަދީޙު އާ ދެ މީހުން ކާވެނިކޮށްގެން ލިބިފައިވާ ދަރިފުޅު )ބަރާއު ބިން ޢަލީ ނަޢީމް، […] ވެސްޓް( އާ ބައްދަލުކުރުމާއި ދަރިފުޅަށް ޚިދުމަތްކުރުމުގެ ފުރުޞަތުން ޢަލީ ނަޢީމް އާ އޭނާގެ ޢާއިލާ މަޙްރޫމްވެފައިވާކަމަށް ދަޢުވާކުރާ ފަރާތުން ބުނިނަމަވެސް ދަޢުވާކުރާ ފަރާތުން އެކަމަށް އިންކާރުކޮށް ދަރިފުޅުގެ ބައްޕައަށް ވެސް އަދި ބައްޕަގެ މަންމަ )މާ މ ( އަށްވެސް ދަރިފުޅާ ބައްދަލު ކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ބުނެފައިވާތީ އަދި ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކުޑަދަރިފުޅު ބަލަހައްޓާ ފަރާތާ )މަނާލް މުޙައްމަދުގެ މަންމަ ( ވާހަކަ ދައްކައިގެން އެ ދަރިފުޅާ ބައްދަލުކުރަން މުނާސަބު ވަގުތެއް ހަމަޖެއސުމަށްފަހް ދަރިފުޅާ ބައްދަލުކުރުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައިދޭނެ ކަމަށް ދަރިފުޅުގެ މަންމަ ޝަރީޢަތަށް ދިން ބަޔާނުގައި ބުނެފައިވާތީ ދަޢުވާކުރާ ފަރާތުގެ ހުރި ކަންބޮޑުވުންތަކަށް ޙައްލެއް ލިބިއްޖެކަމަށް ކަނޑައަޅައި ދަޢުވާލިބޭ ފަރާތުގެ ބަޔާނުގައި ޢަ ލީ ނަޢީމް އަކީ ހަރުކަށި ވިސްނުމުގެ ބިރުވެރި މީހެއްކަމަށް ބުނި ނަމަވެސް އެކަން ޘާބިތުކޮށްދެވިފައިނުވާތީ އަދި ޝަރީޢަތުގެ މަޖިލިސްގައި ޢަލީ ނަޢީމް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ޢަލީ ނަޢީމްއަކީ މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާގައި އިސްލާމީ ތަޢުލީމް އުނގނެމުންދާ މީހަކަށްވާތީ ކުޑަދަރިފުޅު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި އެ ދަރިފުޅަށް އުނގަންނައިދޭންޖެހޭ ރިވެތި އަދަބާ މާތް އަޚްލާޤު އުނގަންނައިދިނުމުގެ ޤާބިލްކަން ޢަލީ ނަޢީމުގެ ކިބާގައި ހުންނާނެކަން އެނގެން އޮންނާތީ ޤާނޫނު ނަންބަރު 2000/4 ޢާއިލާއާ ބެހޭ ޤާނޫނުގެ 47ވަނަ މާއްދާގެ )ހ( އަށާ އަދި ޢާއިލާއާ ބެހޭ ޤަވާޢިދުގެ 80ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް ޢުމުރުން 18 )އަށާރަ ( އަހަރު ނުފުރޭ ކުޑަކުއްޖެއްގެ އެންމެ އިސް ޝަރުޢީ ބަލަދު ވެރިއަކީ އެ ދަރިފުޅުގެ ބައްޕަކަން އެނގެން އޮންނާތީ ޢަލީ ނަޢީމް އަކީ ރާއްޖެއިން ބޭރުގައި ތަޢުލީމް ޙާޞިލް ކުރަމުން ދާ މީހަކަށްވާތީ ޗުއްޓީއަށް އައިސް ހުންނައިރު ދަރިފުޅާ ބައް ދަ ލްކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީ ޢަލީ ނަޢީމުގެ ޗުއްޓީއާ ދަރިފުޅުގެ ސްކޫލް ބަންދު ދުވަސްތަކާ ދިމާވެއްޖެނަމަ 10 )ދިހައެއް ( ދުވަހުގެ މުއްދަތަށް ޢަލީ ނަޢީމްގެ ގާތުގައި ދަރިފުޅު ބެހެއްޓުމުގެ ފުރުޞަތު ޢަލީ ނަޢީމްއަށް ދިނުމަށް ދަރިފުޅު ބަލަހައްޓަމުންދާ ފަރާތަށް އަންގައި ބައްޕަގެ ގާތުގައި ދަރިފުޅު ހުންނަ 10 )ދިހައެއް ( ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު ދަރިފުޅުގެ ޙާލު ބަލައި ހެދުމުގެ ފުރުޞަތު ޢަލީ ނަޢީމުގެ ފަރާތުން ދަރިފުޅު ބަލަހައްޓާ ފަރާތަށް ދޭންޖެހޭނެކަން އަންގައި މިގޮތުގެ މަތީން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ .[ މިފަދައިން ކަން އެނގެން އޮވެއެވެ . އިސްތިއުނާފީ ނުކުތާ ތައު: ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، މަނާލް މުޙައްމަދު މަދީޙުގެ ފަރާތުން އިސްތިއުނާފު ކުރުމަށް އަންނަނިވި 4 )ހަތަރެއް( ނުކުތާ ފާހަގަކޮށް އެ ނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . ފުރަތަމަ ނުކުތާއަކީ : ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 100/G2C/2019 ޤަޟިއްޔާ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި ހިންގާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 04/2011 ]ޢާއިލީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު[ އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެވަނަ ނުކުތާއަކީ : ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ ޝަރީޢަތްކުރުމުގައި ޢާންމު ގޮތެއްގައި ޢަމަލުކުރަމުން އަންނަ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ތިންވަނަ ނުކުތާއަކީ : ޅ.ނައި ފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ނަންބަރު 100/G2C/2019 ޤަޟިއްޔާގެ ބާވަތެއްގެ ގޮތުގައި ހިމަނާފައިވަނީ ]ދަރި ނުދެއްކުން[ ކަމަށްވެފައި، ދަރިފުޅާ ބައްދަލުކުރުމުގެ އިންތިޒާމް ކުރިންވެސް ހަމަޖައްސައިދީފައިވާނެކަމަށާއި ކުރިއަށް އޮތް ތަނުގަ އިވެސް ހަމަ ޖައްސައިދޭނެކަމަށް ދަރިފުޅުގެ މަންމަ ޝަރީޢަތަށް ދިން ބަޔާނުގައި ބުނެފައިވާތީ، ދަޢުވާކުރާ ފަރާތުގެ ހުރި ކަންބޮޑުވުނތަކަށް ޙައްލެއް ލިބިއްޖެކަމަށް ކަނޑައަޅާފައިވާއިރު، ޙުކުމުގައި އިތުރު ކަންކަން ހިމަނާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ހަތަރުވަނަ ނުކުތާއަކީ : ދަރިފުޅުގެ ބައްޕަގެ ފަރާތުން ކުއްޖާއަށް ނޭދެވޭ ކަންކަން ކޮށްފައިވާކަން އެނގެން އޮންނައިރުވެސް 10 )ދިހައެއް ( ދުވަހަށް ބައްޕައާ ދަރިފުޅު ޙަވާލުކުރުމަށް އަންގާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ފާހަގަކުރެވުނު ނުކުތާތައް : ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، މަނާލް މުޙައްމަދު މަދީޙުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަ ށާއި، އެ ނުކުތާތަކާ ގުޅިގެން ދެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
4.1- ޅ.އޮޅުވެލިފުށި / ސޭޑީސައިޑް، ޢަލީ ނަޢީމާއި، މާލެ، މަނާލް މުޙައްމަދު މަދީޙާ ދެ މީހުން ކައިވެނިކޮށްގެން ލިބިފައިވާ ދަރިފުޅާ ބައްދަލުކުރުމާއި ދަރިފުޅަށް ޚިދުމަތްކުރުމުގެ ފުރުޞަތު ދަރިފުޅުގެ ބައްޕައަށް ލިބެމުން ނުދާކަމަށް ބުނެ، ޝަރީޢަތް މެދުވެރިކޮށް އެ ފުރުޞަތުތައް ހޯދުމަށް އެދި 13 ޖޫން 2019 ގައި ޢަލީ ނަޢީމުގެ ފަރާތުން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދަޢުވާގައި؛ ޤާނޫނު ނަންބަރު 2000/4 )ޢާއިލާއާ ބެހޭ ޤާނޫނު(ގެ 47ވަނަ މާއްދާގެ )ހ( އަށާއި އަދި ޢާއިލާއާ ބެހޭ ޤަވާޢިދުގެ 80ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް ޢުމުރުން 18 )އަށާރަ ( އަހަރު ނުފުރޭ ކުޑަކުއްޖެއްގެ އެންމެ އިސް ޝަރުޢީ ބަލަދު ވެރިއަކީ އެ ދަރިފުޅުގެ ބައްޕަކަން އެނގެން އޮންނާތީ، ޢަލީ ނަޢީމަކީ ރާއްޖެއިން ބޭރުގައި ތަޢުލީމް ޙާޞިލް ކުރަމުން ދާ މީހަކަށްވާތީ، ޗުއްޓީއަށް އައިސް ހުންނައިރު ދަރިފުޅާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީ ޢަލީ ނަޢީމުގެ ޗުއްޓީއާ ދަރިފުޅުގެ ސްކޫލް ބަންދު ދުވަސްތަކާ ދިމާވެއްޖެނަމަ 10 )ދިހައެއް ( ދުވަހުގެ މުއްދަތަށް ޢަލީ ނަޢީމުގެ ގާތުގައި ދަރިފުޅު ބެހެއްޓުމުގެ ފުރުޞަތު ޢަލީ ނަޢީމަށް ދިނުމަށް ދަރިފުޅު ބަލަހައްޓަމުންދާ ފަރާތަށް އަންގައި ބައްޕަގެ ގާތުގައި ދަރިފުޅު ހުންނަ 10 )ދިހައެއް ( ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު ދަރިފުޅުގެ ޙާލު ބަލައި ހެދުމުގެ ފުރުޞަތު ޢަލީ ނަޢީމުގެ ފަރާތުން ދަރިފުޅު ބަލަހައްޓާ ފަރާތަށް ދޭންޖެހޭނެކަން އަންގައި، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 100/G2C/2019 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ .
4.2- ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 100/G2C/2019 ޤަޟިއްޔާ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި ހިންގާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 04/2011 ]ޢާއިލީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު [ އާ ޚިލާފަށް ކަމަށް މަނާލް މުޙައްމަދު މަދީޙުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ . މި ނުކުތާގެ ތަފްޞީލު އިސްތިއުނާފު ފޯމުގެ 5ވަނަ ޞަފްޙާގައި 1.1 އިން 1.3 ގެ ނިޔަލަށް ބަޔާންކޮށްފައިވެއެވެ .
4.2.1- އެ ގޮތުން އިސްތިއުނާފު ފޯމުގެ 1.1 ގައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 04/2011 ]ޢާއިލީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު [ ގެ 2ވަނަ މާއްދާގެ )ހ( ގެ ފަހު ޖުމްލައިގައި ބަޔާންކޮށްފައިވަނ އެ މައްސަލައެއް ހުށަހަޅަނީ މާލެ ފިޔަވައި އެހެން ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކަށް ނަމަ، އެ ކޯޓެއް ހުންނަ ރަށަކަށް ދަޢުވާލިބޭ ފަރާތް އ އުމަށާއި، އެ ރަށެއްގައި ހުރުމަށް ހިނގާ ޚަރަދު ކަނޑައެޅިފައިވާ ރޭޓުން އެ ކޯޓަކަށް ޖަމާކުރަންވާނެކަމަށާއި، އެހެންނަމަވެސް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިޔައިރު އެ ފަދަ އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ހުރިކަން އ ންގާފައިނުވާކަ ން ފާހަގަކުރާކަމަށެވެ .
4.2.2- އިސްތިއުނާފު ފޯމުގެ 1.2 ގައި ވަނީ ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތް ނުވަތަ އިސްތިއުނާފުރައްދުވާ ފަރާތުގެ ދާއިމީ އެޑްރެހަކީ "ސޭޑީސައިޑް" ކަމަށާއި، އަދި ޅ.ނައިފަރު ގައި ދިރިއު ޅޭކަން އެނގޭ އެއްވެސް ލިޔުމެއް ނެތި އެ މައްސަލަ ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ސަބަބު އެނގެން ނެތްކަމަށާއި، އަދި މީގެ އިތުރުން އެ މައްސަލައި ގައި ދަޢުވާލިބޭ ފަރާތް ނުވަތަ އިސްތިއުނާފުކުރާ ފަރާތުގެ ދާއިމީ އެޑްރެހަކީ "މ. މިޑްލްވެސްޓް / މާލެ" ކަމަށާއި، އަދި ދިރިއުޅެމުންދަނީވެސް އެ އެޑްރެހުގައި ކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުޞޫލަށް ބެލުމުންވެސް އެ މައްސަލަ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިފައިވަނީ އުޞޫލާ ޚިލާފަށް ކަމަށް އެނގެން އޮންނަކަން ފާހަގަކުރާކަމަށެވެ.
4.2.3- އިސްތިއުނާފު ފޯމުގެ 1.3 ގައި ވަނީ، އިސްތިއުނާފު މި ކުރެވޭ މައްސަލައަކީ ދަރި ނުދެއްކުން ކަމަށް ވެފައި، މި މައްސަލައަކީ ޢާއިލީ މައްސަލަ އަކަށް ވާއިރު، ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ނުވަތަ ދަޢުވާކުރާ ފަރާތް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށާއި، އަދި ޙަޟާނަތުގެ މައްސަލަތަކުގައިވެސް ޢަމަލުކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ، އެ މައްސަލައެއްގައި ހިމެނޭ ކުއްޖަކަށް ނުވަތަ ކުދީންނަށް އެންމެ މަޞްލަޙަތު ބޮޑު ކޯޓަކަށް އެ މައްސަލައެއް ހުށަހެޅުން ކަމަށާއި، މި އުޞޫލުން ބަލާއިރުވެސް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަން ފާހަގަކުރާކަމަށެވެ .
4.2.4- ބަޔާންކުރެވުނު އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ، ދަށުކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު، މަނާލް މުޙައްމަދު މަދީޙު ގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމެއް ނޫނެވެ . އެކަން މަނާލް މުޙައްމަދު މަދީޙު ގެ ފަރާތުންވެސް ފާހަގަކޮށްފައިވެއެވެ . އެ ގޮތުން ދަޢުވާފޯމުގެ އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގެ 1.4 ގައި، ]މިނުކުތާ ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔައިރު ނެގިފައިނުވަނީ، އެކަން އޮންނަ އުޞޫލު އެނގިފައިނުވާތީކަން ފާހަގަކުރަމެވެ[. މިފަދައިން ބަޔާންކޮށްފައިވެއެވެ .
4.2.5- ސުޕްރީމް ކޯޓުގެ ނަންބަރު 04/2011 ]ޢާއިލީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު[ ގެ 2ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވަނީ ] :ދެވަނަ މާއްދާގެ )ހ( ގައިވާ ގޮތަށް ޚަރަދުގެ ފައިސާ ދަޢުވާކުރާ ކަމާބެހޭ ކޯޓަށް ޖަމާކުރަން ޖެހޭނީ، ދަޢުވާލިބޭ މީހާ އެ ކޯޓަށް ހާޒިރުކުރަން ދަޢުވާކުރާ މީހާ ބޭނުންނަމައެވެ [. މި ފަދައިންނެވެ . އިސްތިއުނާފުކުރެވިފައިވާ މައްސަލަ ހިންގާފައިވަނީ އެ މައްސަލައިގައި ދަޢުވާލިބޭ ފަރާތް މާލޭގައި ހުންނަ ފެމލެ ކޯޓަށް ހާޒިރުކޮށްގެން އެ ކޯޓު މެދުވެރިކޮށް ބަޔާން ނަގައިގެންކަން އެނގެން އޮވެއެވެ . އެއީ އެ މައްސަލައިގައި ދަޢުވާކުރި ފަރާތުން ދަޢުވާލިބޭ ފަރާތް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ޙާޒިރުކުރަން ބޭނުންނުވާތީ ކަމަށް ބަލަންޖެހެއެވެ . އެހެންކަމުން އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި މަނާލް މުޙައްމަދު މަދީޙް ޅ. ނައިފަރަށް ދިއުމަށާއި އެ ރަށުގައި ހުރުމަށް ހިނގާ ޚަރަދު ކަނޑައެޅިފައިވާ ރޭޓުން ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ޖަމާކުރުމަށް އަންގާފައި ނުވުމަކީ ސުޕްރީމް ކޯޓުގެ ނަންބަރު 04/2011 ]ޢާއިލީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު[ އާ ޚިލާފުވާނެ ކަމެއް ކަމަށް ނުބެލެއެވެ .
4.2.6- އިސްތިއުނާފުކުރެވިފައިވާ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 100/G2C/2019 ޤަޟިއްޔާގައި ދަޢުވާކުރި ޢަލީ ނަޢީމުގެ ދާއިމީ އެޑްރެހަކީ ]ސޭޑީސައިޑް[ ކަން އެނގެން އޮންނައިރު، އެ މައްސަލައިގައި ކޯޓަށް ޙާޒިރުވުމަށްޓަކައި ޢަލީ ނަޢީމަށް ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުން ފޮނުވާފައިވާ ކޯޓު އަމުރުތަކަށް ބަލާއިރު ޢަލީ ނަޢީމު އޭރު ދިރި އުޅޭ އެޑްރެހަކީ ]ޅ. ނައިފަރު / ރަޙުމް [ ކަން އެނގެން އޮވެއެވެ .
1ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު G2MC/2019/1585 ކޯޓަށް ޙާޟިރުވުމުގެ އަމުރު
4.2.7- މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞް ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ( ގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވެއެވެ . އެ ގޮތުން ]އެ ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަތަކުގެ ތެރެއިން މި ޖަދުވަލުގައި ނުވަތަ މި ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާކޮށްފައި ނުވާ މައްސަލަތައް [. ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާކަން އެ ޖަދުވަލުގެ 1ވަނަ މާއްދާގެ )ހ( އިން އެނގެން އޮވެއެވެ . ސުޕްރީމް ކޯޓުގެ ނަންބަރު 04/2011 ]ޢާއިލީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު[ ގެ 1، 3 އަދި 4ވަނަ މާއްދާ ގެ ނިމޭތަނުގައި ބަޔާންކޮށްފައިވަނީ ]ހުށަހެޅިދާނެއެވެ [ މި ފަދައިންނެވެ . މި ޢިބާރާތަކީ ކަމެއް ކުރުމުގެ އިޚްތިޔާރު ލިބޭ ޢިބާރާތެކެވެ . އެއިން އެއްވެސް މާއްދާއެއްގައި ]ހުށަހަޅާނީ [ ނުވަތަ ]ހުށަހޅަންވާނ[ މި ޢިބާރާތް ބޭނުންކުރެވިފައި ނުވެއެވެ. އެހެނކަމުންއިޝާރާތްކުރެވުނު އުޞޫލުގެ ދަށުނ ދަޢުވާލިބޭ ފަރާތް ނިސްބަތްވާ ދާއިރާގެ ކޯޓަށް މައްސަލަ ހުށަހެޅުން ކޮންމެހެން ލާޒިމުވާ ކަމަށް ނުބެލެވެއެވެ . އަދި ހަމަ އެހެންމެ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ން މި ފަދަ މައްސަލަތައް ދަޢުވާކުރާ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތް ނިސްބަތްވާ ޖުޑީޝަލް ދާއިރާގައި ހިމެނޭ ކޯޓަކަށް ހުށަހެޅުމުގެ ފުރުޞަތު ތަނަވަސްކަމާއެކު ލިބިދީ ފައިވާއިރު، ސުޕްރީމް ކޯޓުގެ ނަންބަރު 04/2011 ]ޢާއިލީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު [ ގެ މަޤުޞަދަކީ އެ ކަން މަނާކުރުންކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަކަށް ނުފެނެއެވެ . އަލީ ނަޢީމުގެ ދާއިމީ އެޑްރެސް ހުންނަ ]ސޭޑީސައިޑް[ އަދި ޢަލީ ނަޢީމު މި މައްސަލަ ދަށުކޯޓަށް ހުށަހެޅިއިރު ދިރިއުޅުނު ]ޅ. ނައިފަރު / ރަޙުމް [ ނިސްބަތްވަނީ ޅ. ޖުޑީޝަލް ދާއިރާއަށެ ވެ . ކޮންމެ ކޯޓަކަށްވެސް އެ ކޯޓެއްގެ ޖުޑީޝަލް ދާއިރާގައި ހިމެނޭ ކަންކަން ބެލުމުގެ އިޚްތިޞާޞް އެ ކޯޓަކަށް ލިބިގެންވެއެވެ . އެއީ ޤާނޫނުން ކަނޑައަޅާފައިވާ އިޚްތިޞާޞްއެކެވެ. އެހެންކަމުން ޢަލީ ނަޢީމުގެ ފަރާތުން ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބލާފައިވަ އެކޯޓުގެ ނަންބަރު 100/G2C/2019 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ އެ ކޯޓުގެ އިޚްތިޞާޞުން ބޭރު މައްސަލައެއް ކަމުގައި ބަލާނެ ހަމައެއް އޮތްކަމަށް ޤަބޫލެއް ނުކުރެވެއެވެ .
4.2.8- އިސްތިއުނާފުކުރެވިފައިވާ މައްސަލައާ އެއްގޮތް ކަމަށް ހީވެ ދާނެ ބައެއް މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް މީގެ ކުރިން ހުށަހެޅި ނިމިފައިވެއެވެ . އެއިގެ ތެރެއިން އެއް މައްސަލައަކީ، ހައިކޯޓުގެ ނަންބަރު 2016/HC-A/265 ޤަޟިއްޔާއިން ނިންމާފައިވާ މައްސަލައެވެ. އެއީ ކޮޅުމަޑުލު ޖުޑީޝަލް ދާއިރާގައި ހިމެނޭ ދެބަފައިންގެ ތެރެއިން، އަންހެ ންކުއްޖާ ވަލީ ހޯދުމުގެ މައްސަލައެއް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންގޮސް، އަންހެންކުއްޖާގެ ބައްޕަ ވަލީ ނުދީ ހިފަހައްޓަނީ މަޤްބޫލު ސަބަބެއް އޮވެގެން ނޫންކަމަށް ކަނޑައަޅައި، ޙާކިމުގެ ވަލީއަށް ކާވެނި ކޮށްދިނުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުން ނިން މި މައްސަލައެކެވެ . އެ މައްސަލަ އަންހެންކުއްޖާގެ ބައްޕަގެ ފަރާތުން، ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން، ސުޕްރީމް ކޯޓަށް ހުށަހެޅުމެއް ހުށަހެޅިއެވެ . އެއީ ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވަނީސްކަމަށް ބުނެ، އެ ކަމާމެދު ގޮތެއް ކަނޑައަޅައި ދިނުމަށެވެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ހުށަހެޅުން ބަލައި، ޤާނޫނު ނަންބަރު : 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ގެ 69ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ އަންހެންކުއްޖާގެ ބައްޕަގެ ދާއިމީ އެޑްރެސް ހުންނަ ކޯޓަށް ކަމަށް ނިންމިކަން އެނގެންއޮވެއެވެ . މައްސަލައިގައި ހިމެނޭ ދެ މީހުން )ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ ފަރާތް( ނަކީ، ކޮޅުމަޑުލު ޖުޑީޝަލް ދާއިރާގައި ހިމެނޭ ދެ މީހުންނެވެ . މައްސަލައިގައި ދަޢުވާކޮށްފައިވަނީ އެ ދެ ފަރާތުން ކުރެ ފަރާތެއް ނިސްބަތްނުވާ ހައްދުންމަތީ ޖުޑީޝަލް ދާއިރާގައި ހިމެނޭ ކޯޓެއްގަ އެވެ . މިހާރު އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ދަޢުވާކުރި ފަރާތް ނިސްބަތްވާ . ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ:203/06C/2015 ޤަޟިއްޔާ. ޖުޑީޝަލް ދާއިރާއަށް ނިސްބަތްވާ ކޯޓެއްގައެވެ . އެއީ އެ ފަރާތަށް ޤާނޫނީ ގޮތުން ލިބިދީ ފައިވާ އިޚްތިޔާރެކެވެ . އެހެން ކަމުން މި ދެ މައްސަލައަކީ އެއްގޮތް ދެ މައްސަލަކަމަށް ދެކިގެން އެ މައްޗަށް ޤިޔާސްކުރެވިދާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ . ހަމަ އެހެންމެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/251 ޤަޟިއްޔާގެ ދަށުން ބެލުނު މައްސަލައަކީވެސް އިސްތިއުނާފުކުރެވޭ މި މައްސަލައާ އެއްގޮތް މައްސަލައެއްކަމަށް ހީވެދާނެ މައްސަލައެކެވެ. އެ މައްސަލައަކީ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު : 15/O8C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގދ.ތިނަދޫ، ސިތާރާ / މުޙައްމަދު ޝަފީޤުގެ ފަރާތުން ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވާ މައްސަލަ އެކެވެ . އެ މައްސަލައި ގައި ބަލާފައިވަނީ ގދ.ތިނަދޫ / ސިތާރާގެ، ޢާއިޝަތު ޝައްމާ ޝަފީޤު، […] / މާލެ، އިބްރާހީމް އަސްވަދު ރަޝީދުއާ ކާވެނިކުރުމަށްޓަކައި ޢާއިޝަތު ޝައްމާ ޝަފީޤުގެ ބައްޕަ ގދ.ތިނަދޫ / ސިތާރާގެ، މުޙައްމަދު ޝަފީޤު ދޭންޖެހޭ ވަލީ ނުދީގެން ވަލީ ހޯދުމަށްއެދި ޢާއިޝަތު ޝައްމާ ޝަފީޤު ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ މައްސަލައެ ވެ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/251 ޤަޟިއްޔާގައި ނިންމާފައިވަނީ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 15/O8C/2020 ޤަޟިއްޔާއަކީ، އެ ޤަޟިއްޔާ ބެލުމުގެ އިޚްތިޞާޞް، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިފައި ނެތީސް، އެ ކޯޓުން ބަލާ ފައިޞަލާކޮށްފައިވާ މައްސަލައެއްކަމަށް ވާތީ، އެ ޤަޟިއްޔާއިން ނިންމި އެއްވެސް ނިންމުމަކީ، ޞައްޙަ ނިންމުމެއް ނޫންކަމަށް ކަނޑައަޅައި، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ އެ ޤަޟިއްޔާ އޭގެ އަޞްލުން ބާޠިލުކޮށެވެ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/251 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 21ވަނަ ނަންބަރުގައި ...]އިސްތިއުނާފު ކުރެވިފައިވާ މައްސަލަ، ބެލުމުގެ އިޚްތިޞާޞް ޤާނޫނީ ގޮތުން ލިބިގެންވަނީ، ހުވަ ދުއަތޮޅު ދެކުނުބުރި ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓަކަށް ނުވަތަ ދަށު ކޯޓުގައި ދަޢުވާ ލިބުނު )އިސްތިއުނާފު ކުރާ ( ގދ.ތިނަދޫ، […] / މުޙައްމަދު ޝަފީޤު މިހާރު ދިރިއުޅެމުންދާ މާލެ )ވިލިނގިއްޔާއި، ހުޅުމާލެ ހިމެނޭގޮތުން ( ޖުޑީޝަލް ދާއިރާގެ ކޯޓަކަށް ކަން އެނގެއެވެ[. މިފަދައިން ބަޔާންކުރެވިފައިވެއެވެ . އިޝާރާތްކުރެވުނު ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މައްސަލައިގައިވެސް ހިމެނޭ ދެ މީހުން )ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ ފަރާތް ( ނަކީ، ހުވަދުއަތޮޅު ދެކުނުބުރި ޖުޑީޝަލް ދާއިރާގައި ހިމެނޭ ދެ މީހުންނެވެ. މައްސަލައިގައި ދަޢުވާކޮށްފައިވަނީ އެ ދެ ފަރާތުން ކުރެ ފަރާތެއް ނިސްބަތްނުވާ ހައްދުންމަތީ ޖުޑީޝަލްދާއިރާގައި ހިމެނޭ ކޯޓެއްގައެވ. ހައިކޯޓުގެ އިސްތިއުނާފީ ޤަޟިއްޔާގައި މައްސަލައިގައި ޤާނޫނީ ގޮތުން މައްސަލަބެލުމުގެ އިޚްތިޞާޞް ހުވަދުއަތޮޅު ދެކުނުބުރި ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓަކަށް ލިބިގެންވާކަމަށް ސާފުކޮށް ބަޔާންކުރެވިފައިވެއެވެ. ހުވަދުއަތޮޅު ދެކުނުބުރި ޖުޑީޝަލް ދާއިރާއަކީ ދަޢުވާކުރި ފަރާތް އަދި ދަޢުވާލިބުނު ފަރާތްވެސް ނިސްބަތްވާ ދާއިރާއެވެ . އެހެން ކަމުން، އިސްތިއުނާފުކުރެވިފައިވާ މައްސަލައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/251 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ އެއްގޮތް ދެ މައްސަލަކަމަށް ދެކިގެން އެ މައްޗަށް ޤިޔާސްކުރެވިދާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ .
4.3- ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓު ގައި ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ ޝަރީޢަތްކުރުމުގައި ޢާންމުގޮތެއްގައި ޢަމަލުކުރަމުން އަންނަ އުޞޫލާ ޚިލާފަށް ކަމަށް ބުނެ މަނާލް މުޙައްމަދު މަދީޙުގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ބަލާއިރު؛ ]ޝަރީޢަތްކުރުމުގައި ޢާންމު ގޮތެއްގައި ޢަމަލުކުރަމުން އަންނަ އުޞޫލާ ޚިލާފަށް [ އިސްތިއުނާފުކުރެވޭ ޤަޟިއްޔާ ނިންމާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތު ން ދެކޭ ސަބަބަކީ، އިސްތިއުނާފު ކުރެވޭ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 100/G2C/2019 ޤަޟިއްޔާގެ ޝަރީޢަތުގެ އެއްވެސް މަޖިލީހަކަށް އިސްތިއުނާފުކުރާ ފަރާތް ޙާ ޒިރުވުމަ ށ އެންގުމަކާ ނުލައި އަދި ޝަރީޢަތުގެ މަޖިލީހަށް ޙޒާ ރުކުރުމެއްނެތި، މައްސަލަ ނިންމާފައިވާތީ އެ ސަބަބުގެ މައްޗަށް ފާހަގަކޮށްފައިވާ ނުކުތާއެއްކަން އެނު ކ ތާގެ ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ .
4.3.1- އިސްތިއުނާފުކުރެވޭ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 100/G2C/2019 ޤަޟިއްޔާގެ ޝަރީޢަތް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގުމަށްޓަކައި، އިސްތިއުނާފުކުރާ )ދަށުކޯޓުގައި ދަޢުވާލިބުނު ފަރާތް ( މަނާލް މުޙައްމަދު މަދީޙް 03 ޖުލައި 2019 ވަނަ ދުވަހުގެ 09:45 އަށާއި އަދި 19 ޖުލައި 2019 ގެ 09:45 އަށް ފެމިލީ ކޯޓަށް ޙާޒި ރުކޮށްދެއްވާ ޝަރީޢަތް ހިންގޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު G2C-B/2019/619 ފެކްސް މެސެޖް 2019 ޖޫން 27 ގައި ފެމިލީ ކޯޓަށް ފޮނުވާފައިވާކަން އެނގެން އޮވެއެވެ .
4.3.2- ޝަރީޢަތް ހިންގުމުގެ ޢާންމު އުޞޫލަކީ މައްސަލައިގެ ޚަޞްމުން ޝަރީޢަތުގެ މަޖިލީހަށް ޙާ ޒި ރުކޮށް ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދިޔުން ކަމުގައި ވީނަމަވެސް، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މަދަނީ އަދި ޢާއިލީ ބައެއް މައްސަލަތަކުގައި، މައްސަލަ ނުވަތަ ދަޢުވާރައްދުވާ ފަރާތަކީ މައްސަލަ ހުށަހެޅިފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ފަރާތެއްކަމުގައިވާނަމަ، އެ ފަރާތް ދިރިއުޅޭ ރަށެއްގެ ކަމާބެހޭ ކޯޓަށް ޙާޒި ރުކޮށް މައްސަލައިގެ ބަޔާންނެގުމަކ، ދަށުކޯޓުތަކުން ޢަމަލުކުރަމުން އަންނަ ގޮތެކެވެ . އެ ގޮތުގެ މަތިން މައްސަލަ ކުރިއަށް ގެންދިޔުމަކީ ޤާނޫނު މަނާކޮށްފައިވާ ކަމެއްނޫނެވެ. އަދި އެކަން އެ ގޮތުގައި ކުރެވިދާނެކަން ޢާއިލާއާބެހޭ ޤަވާޢިދުގެ 87ވަނަ މާއްދާއިންވެސް އެނގެއެވެ . އިސްތިއުނާފުކުރެވޭ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 100/G2C/2019 ޤަޟިއްޔާވެސް ކުރިއަށް ގެންގޮސްފައިވަނީ، އެގޮތުގެ މަތިންކަމުގައިވާއިރު، އެއީ ޝަރީޢަތްކުރުމުގައި ޢަމަލުކުރާ އުޞޫލުން ބޭރުން ނުވަތަ އުޞޫލާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ނުބެލެވެއެވެ .
4.4- ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ނަންބަރު 100/G2C/2019 ޤަޟިއްޔާގެ ބާވަތެއްގެ ގޮތުގައި ހިމަނާފައިވަނީ ]ދަ ރ ނުދެއްކުން[ ކަމަށްވެފައި، ދަރިފުޅާ ބައްދަލުކުރުމުގެ އިންތިޒާމް . ދަރިންގެ ޚަރަދާއި ވަރިޔާއި ދެމަފިރިންގެ ދެމެދު ޞުލްޙަކުރުމުގެ މައްސަލަތަކާއި ޙަޟާނަތުގެ މައްސަލަތަކާއި ވަލީގެ މައްސަލަތައް ޢާއިލާއާބެހޭ ޤަވާޢިދުގެ 87ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިންގާ ނިންމިދާނެއެވެ. ކުރިންވެސް ހަމަޖައްސައިދީފައިވާނެކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ހަމަޖައްސައިދޭނެ ކަމަށް ދަރިފުޅުގެ މަންމަ ޝަރީޢަތަށް ދިން ބަޔާނުގައި ބުނެފައިވާތީ، ދަޢުވާކުރާ ފަރާތުގެ ހުރި ކަންބޮޑުވުންތަކަށް ޙައްލެއް ލިބިއްޖެކަމަށް ކަނޑައަޅާފައިވާއިރު، ޙުކުމުގައި އިތުރު ކަންކަން ހިމަނާފައިވާ ކަމަށް ބުނެމަނާލް މުޙައްމަދު މަދީޙުގެ ފަރާތުނ ފާހަގަކުރި ނުކުތާއަށް ބަލާއިރު؛ މި ނުކުތާގައި، ދަޢުވާކުރި ކަންކަމަށް ޙައްލު ލިބެއްޖެކަމަށް ކަނޑައަޅައި، އޭގެ އިތުރުން ޙުކުމުގައި އިތުރު ކަންކަން ހިމަނާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތު ން ދެކޭ ސަބަބަކީ، އިސްތިއުނާފު ކުރެވޭފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 100/G2C/2019 ޤަޟިއްޔާގެ ޙުކުމުގައި ޢަލީ ނަޢީމުގެ ޗުއްޓީއާ ދަރިފުޅުގެ ސްކޫލް ބަންދު ދުވ ސްތަކާ ދިމާވެއްޖެނަމަ 10 )ދިހައެއް ( ދުވަހުގެ މުއްދަތަށް ޢަލީ ނަޢީމްގެ ގާތުގައި ދަރިފުޅު ބެހެއްޓުމުގެ ފުރުޞަތު ޢަލީ ނަޢީމަށް ދިނުމަށް ދަރިފުޅު ބަލަހައްޓަމުންދާ ފަރާތަށް އަންގައި ފައި އޮތް އޮތުގެ މައްޗަށް ފާހަގަކޮށްފައިވާ ނުކުތާއެއްކަން އެ ނުކުތާގެ ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ .
4.4.1- އިސްތިއުނާފުރައްދުވާ ކުއްޖާގެ ބައްޕަ ޢަލީ ނަޢީމްގެ ޗުއްޓީއާ ދަރިފުޅުގެ ސްކޫލް ބަންދު ދުވަސްތަކާ ދިމާވެއްޖެނަމަ 10 ދުވަހުގެ މުއްދަތަށް ކުއްޖާގެ ބައްޕަ އަލީ ނަޢީމްގެ ގާތުގައި ކުއްޖާ ބެހެއްޓުމަކީ ޤާނޫނާ ޚިލާފުކަމެއްކަމަށް، ޙަވާލާދޭ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފހަގަކޮށްފައިނުވެއެވެ . އެ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުގެ ކަންބޮޑުވުމަކީ، މައްސަލައިގެ ބާވަތުގެ ގޮތުގައި ]ދަރި ނުދެއްކުން [ މި ގޮތަށް ބަޔާން ކޮށްފައިއޮތް މައްސަލައެއްގެ ތެރެއިން، ޝަރީޢަތުން ޙުކުމަށް ވާޞިލުވިއިރު، އެކަމަށް ޙައްލު ލިބިއްޖެކަމަށް ކަނޑައަޅައި، އޭގެ އިތުރަށް މައްސަލައިގެ ޙުކުމުގައި ދެ މީހުންގެ ދަރިފުޅު 10 ދުވަހުގެ މުއްދަތަށް ކުއްޖާގެ ބައްޕަގެ ގާތުގައި ބެހެއްޓުމަށް އަންގައި އެގޮތުގެ މަތިން ޙުކުމްކުރެއްވުމެވެ .
4.4.2- އިސްތިއުނާފުރައްދުވާ ޢަލީ ނަޢީމުގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާގައި، މައްސަލައިގެ ބާވަތެއްގެ ގޮތުގައި ބަޔާ ންކޮށްފައިވަނީ، ]ދަރިފުޅާ ބައްދަލުނުވުން [ ކަމަށް ބަޔާންކޮށްފައި އޮވެއެވެ . ދަޢުވާގެ ޚުލާޞާގެ ގޮތުގައި ވަނީ، ]އަޅުގަނޑާއި ދަރިފުޅުގެ މަންމަ މަނާލް މުޙައްމަދު މަދީޙް )މ.މިޑްލްވެސްޓް(އަށް ލިބިފައިވާ ދަރިފުޅު )ބަރާއު ބިން ޢަލީ ނަޢީމް ( އާއި ބައްދަލުކުރުމުގެ ފުރުޞަތު ދަރިފުޅުގެ މަންމަ ނުދީ ބައްޕަގެ ލޯބިން އެ ދަރިފުޅު މަޙްރޫމްކުރަމުންދާތީ ދަރިފުޅާ ބައްދަލުކުރުމުގެ ހަމަހަމަ ފުރުޞަތުތަކެއް އަޅުގަނޑަށް ހޯދައިދިނުން[ މި ފަދައިންނެވެ . އަދި ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތް ކަމަށް ބަޔާންކޮށްފައިވަނީ، ]އަޅުގަނޑަކީ ދަރިފުޅުގެ ބައްޕަކަމުގައި ވުމާއެކު ދަރިފުޅާ ބައްދަލުކުރުމާއި އެ ދަރިފުޅުގެ ކައިރީގައި ވަގުތު ހޭދަކުރުމާއި، އެ ދަރިފުޅު ހެޔޮގޮތުގައި ބަލަހައްޓާ ބޮޑުކުރުމަކީ އަޅުގަނޑަށް ކާއިނާތުގެ ވެރި އިލާހު ދެއްވާފައިވާ ޙައްޤެ ކެވެ. ހަމައެޔާއެކު ދަރިފުޅު މާމައިންނާ ޢާއިލާ މީހުން ކައިރީ ވަގުތު ހޭދަކުރުމަކީ ދަރިފުޅާ އެ މީހުންނަށް ލިބިފައިވާ ޙައްޤެކެވެ. މި ގޮތުން މި ޙައްޤުތައް ޝަރީޢަތުން އަޅުގަނޑަށް ހޯދައިދިނުން[ މިފަދައިންނެވެ .
4.4.3- ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، ކޯޓުން ނެރޭ އަމުރުތަކާއި، ނިންމާ ނިންމުތައް ބިނާވަނީ، ދަޢުވާ ފޯމުގައި ބަޔާންކޮށްފައި އޮންނަ މައްސަލައިގެ ބާވަތުގެ މައްޗަ ކ ށްނޫނެވެ . ޝަރުޢީ ޙުކުމްތައް ކަނޑައެޅެނީ ދަޢުވާގެ ޞ ޣާއަށާއި، ދަޢުވާގައި އެދޭއެދުމަށާއި ދަޢުވާއާ ގުޅިގެން ދެ ފަރާތުން ދައްކާ ވާހަކަތަށާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށްގެންނެވެ . އިސްވެ ބަޔާންކުރެވުނު ފަދައިން، ]ޢަލީ ނަޢީމުގެ ޗުއްޓީއާ ދަރިފުޅުގެ ސްކޫލް ބަންދު ދުވަސްތަކާ ދިމާވެއްޖެނަމަ 10 )ދިހައެއް ( ދުވަހުގެ މުއްދަތަށް ޢަލީ ނަޢީމްގެ ގާތުގައި ދަރިފުޅު ބެހެއްޓުމުގެ ފުރުޞަތު ޢަލީ ނަޢީމަށް ދިނުމަށް ދަރިފުޅު ބަލަހައްޓަމުންދާ ފަރާތަށް އަންގައި [ ޙުކުމްކުރައްވާފައިވަނީ، ދަޢުވާގެ ޞ ޣާއަށާއި، ދަޢުވާގައި އެދޭއެދުމަށާއި، ދަޢުވާއާ ގުޅިގެން ދެ ފަރާތުން ދައްކާ ފައިވާ ވާހަކަތަކުގެ މައް ޗަށް ނަޒަރުކޮށްކަން އެނގެ އެވެ .
4.5- ދަރިފުޅުގެ ބައްޕަގެ ފަރާތުން ކުއްޖާއަށް ނޭދެވޭ ކަންކަން ކޮށްފައިވާކަން އެނގެން އޮންނައިރުވެސް 10 )ދިހައެއް ( ދުވަހަށް ބައްޕައާ ދަރިފުޅު ޙަވާލުކުރުމަށް އަންގާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާ އަށް ބަލާއިރު؛ ބުނެވިދިޔަ އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި ޖ މާލަ 7 )ހަތެއް ( ނުކުތާއެއް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ . އޭގެ ތެރެއިން، ޙަވާލާދޭ އިސްތިއުނާފީ ނުކުތާއާ ގުޅުވާލެވޭ އޮތީ އެންމެ ނުކުތާއެކެވެ . އެއީ ތަފްޞީލުގެ 4.2 ގައި ފާހަގަކޮށްފައިވާ ނުކުތާއެވެ . އެ ނުކުތާގައިވަނީ، ]އިސްތިއުނާފު ރައްދުވާ ފަރާތުން 12 ޑިސެމްބަރު 2016ވަނަ ދުވަހު ދަރިފުޅާ ބައްދަލުކުރަން ދަރިފުޅު ދިރިއުޅެމުންދާ ގެއަށް އައިސް ދަރިފުޅުގެ މަންމަ އަށް ނޭނގި ދަރިފުޅު ގޮވައިގެން ފިލާފައިވާ ކަމަށާއި، އަދި އެ ކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ ދުވަހު ހުށަހެޅިކަމަށާއި، އެ ކަން އެނގޭނެ ލިޔުން ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމަށްޓަކައި ފެމިލީކޯޓަށް ހުށަހެޅި ބަޔާނުން އެނގެން އޮންނާނެކަމަށާއި، އެހެންނަމަވެސް ދަރިފުޅު 10 ދުވަހަށް ބައްޕައާ ޙަވާލުކުރުމަށް ކޯޓުން އަންގާފައިވާއިރު އެއިން އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައިނުވާކަން ފާހަގަކުރަމެވެ.[ މިފަދައިންނެވެ .
4.5.1- އާސްތިއުނާފުރައްދުވެޢަލީ ނަޢީމުގެ ފަރާތުން ކުއްޖާއަށް ނޭދެވޭ ކަންކަން ކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާގެ ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަކު ން، ކުއްޖާގެ ބައްޕަގެ ފަރާތުން ކުއްޖާއަށް ނޭދެވޭ ކަންކަން ކޮށްފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭ ސަބަބަކީ، ކުއްޖާގެ ބައްޕަ ކުއްޖާއާ ބައްދަލުކުރަން އައިސް، ކުއްޖާގެ މަންމައަށް ނޭނގި ކުއްޖާ ގޮވައިގެން ފިލާފައިވާކަމަށް ބުނެ އެ ސަބަބުގެ މައްޗަށް ފާހަގަކޮށްފައިވާ ނުކުތާއެއްކަން އެނގެން އޮވެއެވެ .
4.5.2- 2016 ޑިސެންބަރު 12ވަނަ ދުވަހު، އިސްތިއުނާފު ރައްދުވާ ފަރާތުން ދަރިފުޅާ ބައްދަލުކުރަން ދަރިފުޅު ދިރިއުޅެމުންދާ ގެއަށް އައިސް ދަރިފުޅުގެ މަންމަ އަށް ނޭނގި ދަރިފުޅު ގޮވައިގެން ފިލާފައިވާ ކަމަށް މަނާލް މުޙައްމަދު މަދީޙު ގެ ފަރާތުން ފާހަގަކޮށްފައިވާއިރު، އެ ފަރާތުން ފާހަގަކޮށްފައިވާ ގޮތަށް އެ ކަން އެ މަގުން ހިނގާފައިނުވެއެވެ . ނަމަވެސް ކުއްޖާގެ މަންމަ ކައިރީ ނުބުނެ ކުއްޖާ ގޮވައިގެން ކުއްޖާ ދިރިއުޅޭ ގެއިން ބޭރަށް ނިކުމެފައިވެއެވެ . އަދި ނިކުމެ މަގުމަތީގައި މަޑުކޮށްލުމަށްފަހު ކުއްޖާ ގޮވައިގެން އެނބުރި ކުއްޖާ ދިރިއުޅޭ ގެއަށް ގޮސްފައިވާކަން އެނގެން އޮންނައިރު، އެ ކަމަކީ ކުއްޖާގެ ކަރާމާތަށް ނުވަތަ ކުއްޖާއަށް ނޭދެވޭ އަސަރެއްކުރާނެ ކަމެއްކަމަށް ނުދެކެމެވެ .
4.6- އިސްތިއުނާފުކުރެވިފައިވާ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 100/G2C/2019 ޤަޟިއްޔާގެ ޙުކުމުގައި ޢަލީ ނަޢީމުގެ ޗުއްޓީއާ ދަރިފުޅުގެ ސްކޫލް ބަންދު ދުވަސްތަކާ ދިމާވެއްޖެނަމަ 10 )ދިހައެއް ( ދުވަހުގެ މުއްދަތަށް ޢަލީ ނަޢީމުގެ ގާތުގައި ދަރިފުޅު ބެހެއްޓުމުގެ ފުރުޞަތު ޢަލީ ނަޢީމށަ ދިނުމަށް ދަރިފުޅު ބަލަހައްޓަމުންދާ ފަރާތަށް އަންގަ ވައި ފައިވާ އެން ގެވު މަށް ބަލާއިރު، […] /މާލެ، މަނާލް މުޙައްމަދު މަދީޙާއި، ސޭޑީސައިޑް، ޢަލީ ނަޢީމުއާ ދެ މީހުން ކާވެނިކޮށްގެން ލިބިފައިވާ ދަރިފުޅު )ބަރާއު ބިން ޢަލީ ނަޢީމް، […] / މާލެ ( ދިރިއުޅެނީ މާލޭގައި […] ގައި އެ ކުއްޖާގެ މަންމަ މަނާލް މުޙައްމަދު މަދީ ޙު ކައި ރީގައެވެ . ޢަލީ ނަޢީމަކީ ރާއްޖޭން ބޭރުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ފަރާތެކެވެ . އޭނާއަކީ މި މައްސަލައިގައި ހިމެނޭ ކުއްޖާއާ އެއް ރަށެއްގައި ދިރިއުޅޭ މީހެއް ނޫނެވެ. ޤާނޫނު ނަންބަރު 4/2000 )ޢާއިލާއާބެހޭ ޤާނޫނު ( ގެ 40ވަނަ މާއްދާގެ )ބ( އަށް ރިޢާޔަތްކުރާއިރު، މި ފަދަ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭނީ ޢާއިލާއާބެހޭ ޤާނޫނާއި ޤަވާޢިދުގެ އިމުގެ ތެރެއިން ކުއްޖާގެ ޙައްޤުގައި އެންމެ މަޞްލަޙަތު ބޮޑު ގޮތަކަށެވެ . މި މައްސަލައިގައި ހިމެނޭ ކުއްޖަކީ 4 )ހަތަރެއް ( އަހަރުގެ ކުޑަ ކުއްޖެކެވެ . ކުއްޖާއާ ކުއްޖާގެ މަންމައުޅޭ ރަށުން ބޭރަށް އެ ވަރުގެ ހަގު ކުއްޖަކު މަންމައާ ވަކިން ކުއްޖާއަށް ބީރަށްޓެހި މާ ޙަ އުލަކަށް ގެންދިއުމަކީ ކުއްޖާގެ ޙައްޤުގައި އެންމެ މަޞްލަޙަތު ބޮޑުގޮތްކަމަކަށް ނުފެނެއެވެ . ވީމާ، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 100/G2C/2019 ޤަޟިއްޔާގެ ޙުކުމުގައި ...] ޢަލީ ނަޢީމުގެ ޗުއްޓީއާ ދަރިފުޅުގެ ސްކޫލް ބަންދު ދުވަސްތަކާ ދިމާވެއްޖެނަމަ 10 )ދިހައެއް ( ދުވަހުގެ މުއްދަތަށް ޢަލީ ނަޢީމްގެ ގާތުގައި ދަރިފުޅު ބެހެއްޓުމުގެ ފުރުޞަތު ޢަލީ ނަޢީމަށް ދިނުމަށް ދަރިފުޅު ބަލަހައްޓަމުންދާ ފަރާތަށް އަންގައި [ ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް ބަދަލުގެންނަންޖެހޭ ކަމަށް ފެނެއެވެ .
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބު ނ، މަނާލް މުޙައްމަދު މަދީޙު ގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ 4 )ހަތަރެއް ( ނުކުތާގެ ތެރެއިން ފުރަތަމަ ނުކުތާއަކީ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 100/G2C/2019 ޤަޟިއްޔާ އެ ކޯޓު ގައި ހިންގާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 04/2011 ]ޢާއިލީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު [ އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . މި ނުކުތާގެ ތަފްޞީލު އިސްތިއުނާފު ފޯމުގެ 5 ވަނަ ޞަފްޙާގައި
1.1 އިން 1.4 ގެ ނިޔަލަށް ބަޔާންކޮށްފައިވެއެވެ .
5.1- އެގޮތުން އިސްތިއުނާފު ފޯމުގެ 1.1 ގައިވަނީ ނައިފަރު ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންގޮސްފައިވަނީ އެ އުސޫލުގެ 2 ވަނަ މާއްދާގެ )ހ( އާ ޚިލާފަށް ދަޢުވާ ލިބޭ ފަރާތަށް ދަތުރު ޚަރަދު އިންތިޒާމް ހަމަޖައްސާފައި ހުރިކަން އެންގުމެއް ނެތިކަމަށެވެ .
5.2- އިސްތިއުނާފު ފޯމުގެ 1.2 ގައި ވަނީ ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަ ހެޅި ފަރާތް ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތުގެ ދާއިމީ އެޑްރެހަކީ "ސޭޑީސައިޑް" ކަމަށާއި، އަދި ޅ. ނައިފަރުގައި ދިރިއުޅޭކަން އެނގޭ އެއްވެސް ލިއުމެއް ނެތި އެ މައްސަލަ ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓށަ ހުށަހެޅިފައިވާ ސަބަބު އެނގެން ނެތްކަމަށާއި، އަދި މީގެ އިތުރުން އެ މައްސަލައި ގައި ދަޢުވާ ލިބޭ ފަރާތް ނުވަތަ އިސްތިއުނާފު ކުރާ ފަރާތުގެ ދާއިމީ އެޑްރެހަކީ "މ. މިޑްލްވެސްޓް / މާލެ " ކަމަށާއި، އަދި ދިރިއުޅެމުންދަނީވެސް އެ އެޑްރެހުގައި ކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެ އުޞޫލަށް ބެލުމުންވެސް އެ މައްސަލަ ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންގޮސްފައިވަނީ އުޞޫލާ ޚިލާފަށް ކަމަށެވެ . އެ ހެންކަމުން 1.2 ގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައި ވާ މި ނުކުތާއަކީ ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް މިމައްސަލަ ހުށަހެޅުމުގެ އިޚްތިޞާޞް ލިބިގެން ވާކަމާމެދު އިސްތިއުނާފު ކުރާ ފަރާތުން ސުވާލު އުފައްދާފައިވާ ނުކުތާއެއްކަމުގައި އަހުރެން ދެކެމެވެ .
5.3- އިސްތިއުނާފް ފޯމުގެ 1.3 ގައި ވަނީ އިސްތިއުނާފު މި ކުރެވޭ މައްސަލައަކީ ދަރި ނުދެއްކުން ކަމަށް ވެފައި، މި މައްސަލައަކީ ޢާއިލީ މައްސަލައަކަށް ވާއިރު، ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ނުވަތަ ދަޢުވާކުރާ ފަރާތް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށާއި، އަދި ޙަޟާނަތުގެ މައްސަލަތަކުގައިވެސް ޢަމަލުކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ، އެ މައްސަލައެއްގައި ހިމެނޭ ކުއްޖަކަށް ނުވަތަ ކުދީންނަށް އެންމެ މަޞްލަޙަތު ބޮޑު ކޯޓަ ކަށް އެ މައްސަލައެއް ހުށަހެޅުން ކަމަށާއި، މި އުޞޫލުން ބަލާއިރުވެސް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށެވެ . އެ ހެންކަމުން 1.3 ގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވާ މި ނުކުތާއަކީ ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް މި މައްސަލަ ހުށަހެޅުމުގެ އިޚްތިޞާޞް ލިބިގެން ވާކަމާމެދު އިސްތިއު ނާފު ކުރާ ފަރާތުން ސުވާލު އުފައްދާފައިވާ ނުކުތާއެއްކަމުގައި އަހުރެން ދެކެމެވެ . ޤާނޫނީ އުޞޫލުތަކާއި ހަމަތައް 6- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައަޅާ ފައިވާ މާއްދާއެކެވެ . މިގޮތުން މި މާއްދާގެ )ހ( އަދި )ށ( ގައި ވަނީ އަންނަނިވި ފަދައިންނެވެ .
32)ހ( ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. )ށ( މި މާއްދާގެ )ހ( ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫނެވެ ." . ޤާނޫނު ނަންބަރު 2010/22 ދަށު ކޯޓުގައި ފާހަގަކުރުމުގެ ފުރުޞަތު އޮވެ، ދަށު ކޯޓަށް ހުށަހަޅާފައި ނުވާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށް މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައި ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ފައިވެއެވެ . އަދި މި ނިންމު މަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ތާއިދު ކުރައްވައި އެހަމަ އެގޮތުގައި ދަމަހައްޓަވާފައިވެއެވެ. އެހެންކަމުން ދިވެހިރާއްޖޭ ހައިކޯޓަށް އިންތިއުނާފަށް ހުށަހެޅޭ މައްސަލަތަކުގައި އިސްތިއުނާފީ ނުކުތާގެ ގޮތުގައި ޢާ ން މ އުޞޫލުން ބަލައިގަނެ ގޮތް ކަނޑައަޅަންޖެހޭނީ ދަށު ކޯޓުގައި އެ ނުކުތާއެއް ފާހަގަކޮށްފައި އޮތުމާއެކު އެ ނުކުތާއަކީ މައްސަލައިގެ ޙުކުމަށް އަސަރުކުރާވަރުގެ ނުކުތާއަކަށް ވާނަމައެވެ . 7- އިސްވެ ފާހަގަކުރެވުނު ޢންމު އުޞޫލު އެހެން އޮތްކަމު ގައިވިއަސ، މައުޟޫޢީ ގޮތުން މައްސަލަ ބެލުމުގައި ހައިކޯޓުން ޢަމަލު ކުރާނެ އުޞޫލު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާއިރު، އިޚްތިޞާޞްއަކާ ޚިލާފުވުމުގެ މައްސަލަތައް އިސްތިޘްނާކޮށްފަ އިވެއެވެ . އެގޮތުން ]ކޯ ޓެއްގެ އިޚްތިޞާޞްއަކާ ޚިލާފުވުމުގެ މައްސަލައެއް ފިޔަވައި ހައި ކޯޓަށް ހުށަހެޅޭމައްސަލަތައް މައުޟޫޢީގޮތުން ބެލުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ. [ މިފަދައިން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 46ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން އެ މައްސަލައަކީ، އިޚްތިޞާޞްއަކާ ޚިލާފުވުމުގެ މައްސަލައެއްކަން އެނގޭނަމަ، އެ ކަމާމެދު ކޯޓުގެ އިސްނެގުމުން ގޮތެއް ނިންމަންޖެހޭ ކަން އެ ނގެއެވެ . މިގޮތުން، ކޯޓުތަކުގެ ޤާނޫނުގައި ހިމެނޭ އުޞޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެ އްޖެނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމަކަށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަ ނުދިނުމަށްޓަކައި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ނެރެންޖެހޭ އެކިއެކި އަމުރުތައް ނެރުމުގެ ބާރު ހައިކޯޓުގެ ޒާތުގައި ލިބިގެންވާ އިޚްތިޞާޞްގެ ތެރޭގައި ހިމެނެއެވެ . . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ . ޤާނޫނު ނަންބަރު: 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ގެ 46ވަނަ މާއްދާ . . ޤާނޫނު ނަންބަރު : 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ( . ޤާނޫނު ނަންބަރު: 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު(ގެ 48ވަނަ މާއްދާގެ )ހ( އަދި )ށ.( 8- ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގައި ]އިޚްތިޞާޞް [ ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެމަތިން މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރު ހިނގާ ދާއިރާއަށާއި ކަންކަމަށެވެ. އެ ކޯޓަކަށް ޤާނޫނުން ލިބިދީފައިވާ އިޚްތިޞާޞް އާއި ބާރަކީ ކޮބާތޯ ބެލުމަކީ، އެ ކޯޓަށް ހުށަހެޅޭ މައްސަލައެއް ކުރިއަށް ގެންދިއުމުގެ ކުރިން ވަރަށް އަސާސީ ގޮތެއްގައި ބަލަންޖެހޭ ކަމކެ ވެ . ސަބަބަކީ، އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އާއި ބާރު އެ ކޯޓަކަށް ޤާނޫނުން ލިބިދީފައި ނެތްނަމަ، އެ މައްސަލައަކާ ގުޅިގެން އެ ކޯޓުން ނިންމާ ނިންމުމަކީ އެއްވެސް ކަމެއް ފައިޞަލާކުރާ ޞައްޙަ ނިންމުމަކަށް ނުވާނެތީއެވެ . އަދި އެނިންމުމަކީ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތެއް ބެދެވިގެންދާނެ ނިންމުމެއްވެސް ނޫނެވެ . އަދި އެއީ އެއްވެސް ޙައްޤެއްގެ ތަރަ ޙަ އެއް އެކަށައަޅާނެ ނިންމުމެއްވެސް ނޫނެވެ . އެ ނިންމުން ވެގެންދާނީ، އަޞްލުން ބާޠިލު، އެއްވެސް ދިރުމެއް ބާރެއް ނެތް ނިންމުމަކަށެވެ . ވީމާ، މައްސަލައެއްގައި ކޯޓަކުން ނިންމާ ނިންމުމެއް ޞައްޙަވާނީ، އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ޤާނޫނީ ގޮތު ން އެ ކޯޓަކަށް ލިބިފައި އޮތުމުނކަން އެ ނގެއެވެ . އެހެންކަމުން، ޤާނޫނީ ގޮތުން އެ ކޯޓަކަށް އިޚްތިޞާޞްއާއި ބާރު ލިބިދީފައި ނެތްކަމެއްގައި ނިންމުމެއް ނިންމި ނަމަވެސް އެ ކަން ވެގެންދާނީ އަޞްލުން ބާޠިލު ނިންމުމަކަށެ ވެ . 9- ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް )Jurisdiction Territorial( ކަނޑައަޅައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު 69ވަނަ މާއްދާގައެވެ . އެ މާއްދާގެ އެއްވެސް އަކުރެއްގައި ޙަޟާނަތުގެ ނުވަތަ ދަރި ދެއްކުމުގެ ނުވަތަ ދަރިއާ ބައްދަލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކާ ގުޅޭގޮތުން ސަރަޙައްދީ އިޚްތިޞާޞްލިބޭ ޚާއްޞަ ގޮތެއް ބަޔާންކޮށްދީފައިނުވެއެވެ . ނަމަވެސް އެ ފަދަ މައްސަލަތައްވެސް ވަދެ ގެންދަނީ ދަޢުވާލިބޭ ފަރާތުގެ ދއިމާ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަށް ކަމަށް ބަޔާންކޮށްފައިވާ އެ މާއްދާގެ . ޤާނޫނު ނަންބަރު : 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު(ގެ 99ވަނަ މާއްދާގެ )ކ.( . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު :3/2010 ) 21 މާޗް 2010( ޢާންމު ސިޓީ. . ޤާނޫނު ނަންބަރު: 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ( )ހ( ގެ ތަރަހައިގެ ތެރެއަށް ކަމުގައި ދެކެމެވެ . އަދި އެ ފަދަ މައްސަލަތައް ދިވެހިރާ އްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު : 04/2011 )ޢާއިލީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ( ބަޔާން ކޮށްދިންއިރު، ދަޢުވާ ލިބޭ މީހާގެ ދާއިމީ އެޑްރެސް އޮތް ދާއިރާގެ ކޯޓެއްގެ އިތުރުން، ދަޢުވާ ލިބޭ މީހާ ދިރިއުޅޭ ރަށެއްގެ ކޯޓަށް ހުށަހެޅި ދާނެ ކަން އެނގެން އޮވެއެވެ . އަދި ޙަޟާނަތުގެ މައްސަލައެއްނަމަ، އެ މައްސަލާގައި ހިމެނޭ ކުއްޖަކަށް ނުވަތަ ކުދިންނަށް އެންމެ މަޞްލަޙަތު ބޮޑު ކޯޓަކަށް އެ މައްސަލައެއް ހުށަހެޅިދާނެ ކަން ބުނެވިދިޔަ އުޞޫ ލުގެ 4ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވެއެވެ . އެހެންކަމުން ޙަޟާނަތު ނުވަތަ ދަރިއާ ބައްދަލުކުރުމަށް އެދޭ މައްސަލައެއް ނަމަ އެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ ދިރިއުޅޭ ރަށުގައި ހުންނަ ކަމާބެހޭ ކޯޓަކީ މިއާ އިދިކޮޅަށް ހަރުދަނާ އެހެން ހުއްޖަތެއް ނެތްހާލަތުގައި ކުއްޖާއަށް އެންމެ މަޞްލަޙަތު ބޮޑު ކޯޓު ކަމުގައި އަހުރެން ދެކެ މެވެ . އަދި އެފަދަ މައްސަލަތަށް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް )Territorial Jurisdiction( އޮންނާނީވެ ސ އެފަދައިން ކަމުގައި ދެކެމެވެ . 10- މައްސަލަތަކުގެ ބާވަތުގެ އިޚްތިޞާސް )Jurisdiction Subject-matter( ނުވަތަ Materiae Ratione Jurisdiction އަކީ މައްސަލަ ތަކުގެ ބާވަތަށް ނުވަތަ ވައްތަރަށް ބަލައިގެން އެ މައްސަލަތައް އެ ކޯޓަކަށް ހުށަހެޅޭނެކަން އަންގައިދޭ ކަމެކެވެ . މިސާލަކަށް ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށް ވެސް ވަރީގެ މައްސަލަތައް ނުވަތަ ތަރިކައިގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އޮތްކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ ޖަދުވަލު 5 )މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާ ޖަދުވަލު ( ގެ 2 ވަނަ ނަންބަރުން އެނގެއެވެ . ނަމަވެސް އެ ފަދަ މައްސަލައެއް އެ މީހަކު ބޭނުން ކޯޓަކަށް ހުށަހެޅުމުގެ ފުރުޞަތު ބުނެވިދިޔަ ޖަދުވަލުން ލިބި ނުދެއެވެ . ޖަދުވަލުން އެނގިގެންދަނީ އެ މެޖިސްޓްރޭޓް ކޯޓުތަކަށް ބެލޭނެ ބާވަތުގެ މައްސަލަތަކެވެ . އެހެން ނަމަވެސް އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކުގެ ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެހާއި، މި ނޫންވެސް 69ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަނކަމަކް ސަރަޙައްދީ ގޮތުން އެ މައްސަލައެއް ހުށަހަޅަންޖެހޭ . ޤާނޫނު ނަންބަރު: 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ( ނުވަތަ ބެލޭނެ ކޯޓު ކަނޑައެޅުމުގައި ޤާނޫނީގޮތުން ޢަމަލުކުރަންވީގޮތް ބަޔާންކޮށްދީފައިވާ މައިގަނޑު އަސާސެވެ . އެހެންކަމުން މެޖިސްޓްރޭޓް ކޯޓުތަކުގެ ޖަދުވަލު 5 )މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާ ޖަދުވަލު( ގައި ވަކި ބާވަތުގެ މައްސަލައެއް މެޖިސްޓްރޭޓް ކޯޓުތަކުން ބެލޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ އެމީހަކު ބޭނުންވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވާކަމުގައި ބެލޭނެ ހުއްޖަތެއް ނޫންކަން ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް )Territorial Jurisdiction( ބަޔާން ކުރާ 69ވަނަ މާއްދާއިން އެނގެއެވެ . ތަޠުބީޤުކުރުން: 11- ދަށު ކޯޓުގައި ދަޢުވާ ރައްދުވި މަނާލް މުޙައްމަދު މަދީޙު ދިރިއުޅޭ އެޑްރެހަކީ އަދި ދާއިމީ އެޑްރެހަކީވެސް […] / މާލެ،ކަން އެނގެން އޮތުމުގެ އިތުރުން ސޭޑީސައިޑް ނަޢީމް އާއި، […] / މާލެ،މަނާލް މުޙައްމަދު މަދީޙު އާ ދެ މީހުން ކާވެނިކޮށްގެން ލިބިފައިވާ ދަރިފުޅު )ބަރާއު ބިން ޢަލީ ނަޢީމް، […] / މާލެ ( ދިރިއުޅެނީ މާލޭގައި އެ ކުއްޖާގެ މަންމަ […] / މާލެ، މަނާލް މުޙައްމަދު މަދީޙު ކައިރީގައި މާލޭގައި ކަން ދެ ފަރާތުގެ ބަހުން އެނގެން އޮވެއެވެ . އެ ކުއްޖާ 10 ދުވަހަށް ޅ. އޮޅުވެލިފުށްޓަށް ޢަލީ ނަޢީމް ކައިރިއަށް ގެނައުމަށް އެދި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި ޢަލީ ނަޢީމް ދަޢުވާކޮށްފައިވަނީ ޅ. އޮޅުވެލިފުށި މެޖިސްޓްރޭޓް ކޯޓުގައި އެ ދަޢުވާ ކުރުމަށް ފަހު އެ ކޯޓުގައި ދާއިމި މެޖިސްޓްރޭޓަކު ނެތިގެން މައްސަލަ އަވަހަށް ނިންމުމަށްޓަކައިކަން ޢަލީ ނަޢީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ . 12- މީގެ ކުރިން ހައިކޯޓަށް ހުށަހެޅި ހައިކޯޓުގެ ނަންބަރު 2016/HC-A/265 ޤަޟިއްޔާއިން ނިންމާފައިވާ މައްސަލަ އަށް ބަލާއިރު، ކޮޅުމަޑުލު ޖުޑީޝަލް ދާއިރާގައި ހިމެނޭ ދެބަފައިންގެ ތެރެއިން، އަންހެންކުއްޖާ ވަލީ ހޯދުމުގެ މައްސަލައެއް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު :203/06C/2015 ޤަޟިއްޔާ. ކުރިއަށްގެންގޮސް، އަންހެންކުއްޖާގެ ބައްޕަ ވަލީ ނުދީ ހިފަހައްޓަނީ މަޤްބޫލު ސަބަބެއް އޮވެގެން ނޫންކަމަށް ކަނޑައަޅައި، ޙާކިމުގެ ވަލީއަށް ކާވެނި ކޮށްދިނުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުން ނިން މުމެ ވ. އެމައްސަލަ އަންހެންކުއްޖާގެ ބައްޕަގެ ފަރާތުން، ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން، ސުޕްރީމް ކޯޓަށް ހުށަހެޅުމެއް ހުށަހެޅިއެވެ . އެއީ ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވަނީސްކަމަށް ބުނެ، އެ ކަމާމެދު ގޮތެއް ކަނޑައަޅައި ދިނުމަށެވެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ހުށަހެޅުން ބަލައި، ޤާނޫނު ނަންބަރު : 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު(ގެ 69ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ އަންހެންކުއްޖާގެ ބައްޕަގެ ދާއިމީ އެޑްރެސް ހުންނަ ކޯޓަށް ކަމަށް ނިންމިކަން އެނގެން އޮވެއެވެ . އެހެނީ އެ މައްސަލަ ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް )Territorial Jurisdiction( ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވާކަން ކަނޑައެޅުނެވެ . 13- ހަމަ އެހެންމެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/251 ޤަޟިއްޔާއަކީ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު : 15/O8C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގދ.ތިނަދޫ، ސިތާރާ / މުޙައްމަދު ޝަފީޤު ގެ ފަރާތުން ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވާ ޤަޟިއްޔާއެކެވެ . އެ މައްސަލާގައި ގދ.ތިނަދޫ / ސިތާރާގެ، ޢާއިޝަތު ޝައްމާ ޝަފީޤު، […] / މާލެ، އިބްރާހީމް އަސްވަދު ރަޝީދު އާ ކާވެނިކުރުމަށްޓަކައި ޢާއިޝަތު ޝައްމާ ޝަފީޤުގެ ބައްޕަ ގދ.ތިނަދޫ/ ސިތާރާގެ، މުޙައްމަދު ޝަފީޤު ދޭންޖެހޭ ވަލީ ނުދީގެން ވަލީ ހޯދުމަށްއެދި ޢާއިޝަތު ޝައްމާ ޝަފީޤު ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލާފައިވާ މައްސަލައެކެވެ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/251 ޤަޟިއްޔާގައި ނިންމާފައިވަނީ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު : 15/O8C/2020 ޤަޟިއްޔާއަކީ، އެޤަޟިއްޔާ ބެލުމުގެ އިޚްތިޞާޞް، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2016/HC-A/265 ޤަޟިއްޔާގައި ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 197-BB/O06C-02/TS/2016 )19 އޭޕްރީލް 2016( ސިޓީ. ލިބިފައި ނެތީސް، އެ ކޯޓުން ބަލާ ފައިޞަލާކޮށްފައިވާ މައްސަލައެއްކަމަށް ވާތީ، އެ ޤަޟިއްޔާއިން ނިންމި އެއްވެސް ނިންމުމަކީ، ޞައްޙަ ނިންމުމެއް ނޫންކަމަށް ކަނޑައަޅައި، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ އެ ޤަޟިއްޔާ އޭގެ އަޞްލުން ބާޠިލުކޮށްފައިވެއެވެ . ދަށު ކޯޓުގެ އެ މައްސަލައިގެ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި އަސާސަކީ ނުވަތަ ރޭޝިއޯއަކީ އާއިލީ މައްސަލައަކަށް ވެފައި އެ މައްސަލަ ހުށަހަޅާފައިވަނީ ދަޢުވާރައްދުވާ ފަރާތުގެ ދާއިމީ އެޑްރެސް ނުވަތަ އެ ފަރާތުގެ މިހާރު ދިރިއުޅޭ އެޑްރެސް ހުންނަ ޖުޑީޝަލް ދާއިރާގެ ކޯޓަކަށް ނުވުމުގެ ސަބަބުން އެ މައްސަލަ ބެލުމުގެ ސަރަ ޙައް ދީ އިޚްތިޞާޞް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިފައި ނެތީސް އެ މައްސަލަ ބަލައި ޙުކުމްކުރުން ކަން އެނގެއެވެ . 14- ބަޔާންވެދިޔަ ޤާނޫނީ އުޞޫލުތަކަށް ބަލާއިރު، އިސްތިއުނާފު ކުރެވިފައިވާ މައްސަލަ، ބެލުމުގެ އިޚްތިޞާޞް ޤާނޫނީ ގޮތުން ލިބިގެންވަނީ، މި މައްސަލައިގައި، ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް އަދި އޭނާ މިހާރު ދިރިއުޅޭ އެޑްރެސް އޮތް މާލޭގައި ހުންނަ އެ މައްސަލަ ބެލުމުގެ އިޚުތިޞާޞް ލިބިގެންވާ ކޯޓަކަށެވެ . އަދި ވަކިން ޚާއްޞަކޮށް ކުއްޖާ ހުރީ މާލޭގައި ކުއްޖާގެ މަންމަ ކައިރީގައި ކަމުން ކުއްޖާގެ މަޞްލަޙަތު އޮތީވެސް މާލޭގައި ހުންނަ ކަމުގެ އިޚުތިޞާޞް ލިބިގެންވާ ކޯޓެއް ގައި އެ މައްސަލަ ބެލުން ކަމުގައި ދެކެމެވެ . 15- އެހެންކަމުން […] / މާލެ، މަނާލް މުޙައްމަދު މަދީޙުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 100/G2C/2019 ޤަޟިއްޔާއަކީ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ބެލުމުގެސަރަޙައްދީ އިޚްތިޞާޞް ލިބިފައި ނެތީސް އ ކޯޓުން ބަލާފައިވާ މައްސަލައެއްކަމުން، މިއީ މުޅި މައްސަލަ އޭގެ ޒާތުން ބާޠިލުވެގެންދާނެ ޤާނޫނީ ސަބަބަކަށްވާތީ، އިސްތިއު ނާފު ކުރުމަށް ހުށަހަޅާފައިވާ އެހެން ނުކުތާތަކަށް އިތުރަށް ބަލައި ރިޢާޔަތްކުރަން ޖެހޭ ތަނެއް އޮތްކަމަށް އަހުރެން ނުދެކެވެ. ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އަހުރެން ދެކެނީ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 100/G2C/2019 ޤަޟިއްޔާގެނިންމު މަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. ;/;~" ;.,.,.. p r ,..,.;. "~ ' v .. 1f"""iJ ;;-?,r ;,.~ D ,..p ? ,c) (" ...,..:D 6ZO ~ Z££• (:~ : IL P91££ ? ~ D??? "'cJ C ~ CCC Y,.--.4V,..r"' ;j) A ;-rvU"'"' f ,./{1/', :r',......-4;.,./ ~ .; 0 """""" "* * ~ c """ 0 #t'~ £ ,-:4V'U"'~ ,.4/'V'~ YA#t' A ;-r, - "' o.-, "'"' eeoc """ """ ~ VV~eoVU"'oT',..r eoOS"~A/ YACA/FCtf" · "'C "' 0 "'~ 0 ~ t: XO ~ C 0 XO 7 7 .P Y A C A ;-rv if" F;. if" C V,.--.4~VA/tf"oT', v F.~VU"' «1.; ~~0~ "'0~"' * "'0 "'"'"'"'0* , "' "* 7 ,v ,v F. ~vU"'v,..r"' "' eo v~6" I";. 6" 6 I OZ /:JZD/ 00 I "' 0 ~ 0 "'0"'*"" ~ F/r,.;-rtr,..r ,..rAoroT'Arv"' eoU"',..rA;-rtr,..r ,.,..rA,..r v rorr XC, , I",..r{ .... ;-r,..r,..r/ v v t:0,.--.4 6" 6" v 6". c , ,. ~~0"'0 70/07777 c i?"' ,.--.4 ;;J ;-r;;J Adr ,..r,..reo;-r r.~vU"'r"' YAC/ eo~~r,..r,..r,..ri?,.. AC/ c F.~VU"'"' , 0 0 ?70 c? c , "'0 .,. ~ 6 I OZ/ :JZ D/ 00 I "' 0~7 c c /0 """'C70 /07, "',., "' o.,:. ,.. V,.--.4"' if" eoU"',..rA;-rtr,..r v,..rC/V"' A,..rAC/ ;-rvU"'orA"' ;-rc,..r, l"~v¥'"-1'"' ,..rv I";-r 9I- ., , /~0~7~C 7 0 7 "' .,. 0 .,. ,. " ~,.o~~co -::- oxc /C l S9!V- JH / 6l OZ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ (ހ)، (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާ (ހ)، (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 99 ވަނަ މާއްދާ (ކ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 (މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް)
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާ (ބ)
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 47 ވަނަ މާއްދާ (ހ)
- ޢާއިލާއާބެހޭ ޤަވާޢިދުގެ 80 ވަނަ މާއްދާ (ހ)
- ޢާއިލާއާބެހޭ ޤަވާޢިދުގެ 87 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 04/2011 (ޢާއިލީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު)
- ސުޕްރީމް ކޯޓުގެ ނަންބަރު 3/2010 (21 މާޗް 2010) ޢާންމު ސިޓީ
- 2016/HC-A/265
- ސުޕްރީމް ކޯޓުގެ ނަންބަރު 197-BB/O06C-TS/2016/02 (19 އޭޕްރީލް 2016) ސިޓީ
- 2020/HC-A/251
- 2014/HC-A/83 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- 2014/SC-A/41
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ޢަބްދުﷲ ޙަމީދު