ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/16
މޯލްޑިވްސް އިމިގްރޭޝަން ވ. ނެތް، 2021/HC-A/16
Maldives Imigreyshan v. Not specified 2021/HC-A/16 (2021/HC-A/16, High Court of the Maldives, 22 September 2022)
މޯލްޑިވްސް އިމިގްރޭޝަން ވ. ނެތް
މައިގަނޑު ސުވާލު
ޙުކުމް ތަންފީޛު މަރުޙަލާގައި ދަޢުވާލިބޭ ފަރާތެއްގެ ޕާސްޕޯޓު ކެންސަލްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނަށް އަންގައި ސިވިލް ކޯޓުން ނެރުނު އަމުރު، ދިވެހި ދައުލަތުން (މޯލްޑިވްސް އިމިގްރޭޝަން) އިސްތިއުނާފުކުރުމުގެ ހައިޘިއްޔަތު (locus standi) ދައުލަތަށް ލިބިގެންވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެވޭ - ދައުލަތަށް (މޯލްޑިވްސް އިމިގްރޭޝަނަށް) އިސްތިއުނާފުކުރުމުގެ ހައިޘިއްޔަތު ނެތް
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައެއް ފައިޞަލާކުރުމުގެ ކުރިން ކޯޓުން އެންމެ ފުރަތަމަ ބަލަންޖެހޭ އަސާސީ ކަމަކީ، ދަޢުވާ ހުށަހަޅާ ފަރާތަކީ ދަޢުވާ ކުރުމުގެ މަޞްލަޙަތާއި ހައިޘިއްޔަތު (الصفة / capacity / locus standi) ޙަޤީޤަތުގައި ލިބިގެންވާ ފަރާތެއް ކަމެވެ؛ ދަޢުވާގެ މައުޟޫޢަކީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއްނަމަ ދަޢުވާ ކުރުމުގެ ހައިޘިއްޔަތު ލިބިގެންވަނީ އެ ޙައްޤުގެ ނުވަތަ މަރުކަޒުގެ ވެރިޔާއަށެވެ. (ސުޕްރީމް ކޯޓުގެ 2008/SC-A/24 ގެ މައްޗަށް)
- އިސްތިއުނާފުކުރާ ފަރާތުން އެ ފަރާތުގެ ކޮން ޙައްޤެއް ނުވަތަ މަޞްލަޙަތެއް ގެއްލިފައިވާކަމާއި، އެ ޙައްޤު ނުވަތަ މަޞްލަޙަތު އިސްތިއުނާފުކުރެވުނު މައުޟޫޢާ ގުޅިފައިވާ ގޮތް ބަޔާންކޮށް ސާބިތުކޮށްނުދެވޭނަމަ، އިސްތިއުނާފުކުރުމުގެ ހައިޘިއްޔަތު ސާބިތެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5)
- ފަރުދެއްގެ މަދަނީ ނުވަތަ އަސާސީ ޙައްޤެއް ގެއްލޭކަމަށް ބުނާ ޙާލަތުގައި އެ ޙައްޤު ޙިމާޔަތްކުރުމަކީ އެ ޙައްޤު ގެއްލުނު ފަރާތުގެ ޒިންމާއެއް ކަމާއި، އެކަމުގައި ކޯޓުގައި ދަޢުވާ ކުރުމުގެ (އިސްތިއުނާފު ކުރުމުގެ) ޙައިޘިއްޔަތު ލިބިގެންވަނީ އެ ފަރާތަށެވެ؛ އެ ޙައްޤު ދައުލަތަށް ފުރޮޅިގެން ދިޔަ ގޮތެއް ސާބިތުނުކޮށް ފަރުދުގެ ބަދަލުގައި ދައުލަތަށް އިސްތިއުނާފު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6)
- ދަށުކޯޓުގެ އަމުރަކުން ޙައްޤު ގެއްލުނު ފަރުދު އިސްތިއުނާފު ކުރުމުގެ ބަދަލުގައި ދައުލަތުން އެ މައްސަލަ އިސްތިއުނާފުކުރުމަކީ ޤާނޫނީ ގޮތުން ނުރަނގަޅު ނަތީޖާތައް ކުރިމަތިވެދާނެ ކަމެއް ކަމުން، އެފަދަ އިސްތިއުނާފަކީ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7-8)
- ސުޕްރީމް ކޯޓުގެ 2008/SC-A/24 (ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް)
- ބެންޗު
- މުޙައްމަދު ފައިޞަލް، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފާޠިމަތު ފަރުހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފާޠިމަތު ފަރުހީޒާ
- ޚިލާފު ރައުޔު
- ނެތް