ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/541
ކްރެސްޓާ ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު ނަޞީރު، 2019/HC-A/541
Krestaa Private Limited v. Ahmed Naseer 2019/HC-A/541 (2019/HC-A/541, High Court of the Maldives, 22 February 2022)
ކްރެސްޓާ ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު ނަޞީރު
މައިގަނޑު ސުވާލު
ކުލި ނުދައްކާތީ ކުލީގެ އެއްބަސްވުން ބާޠިލުކޮށް ތަން ޙަވާލުކުރުމަށާއި ކުލި/ލޭޓް ޗާޖު ދެއްކުމަށް ސިވިލް ކޯޓުން ކުރި ޙުކުމުގައި، ކުރީގެ ދަޢުވާ އަނބުރާ ގެންދިއުމާއި، ފައިސާ ދެއްކުމުގެ ޕްރޮޕޯސަލާއި، ކުއްޔަށް ހިފި ފަރާތުން ތަނަށް ކުރި ޚަރަދާއި، ޑިޕޮސިޓާއި، ލޭޓް ޗާޖާއި، ޚިލާފުވުމުގެ ޤަޞްދަށް ރިޢާޔަތްނުކުރުމުން ޤާނޫނީ ކުށެއް ހިނގާފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުން އިސްތިއުނާފުކުރެވޭ ޙާލަތްތަކުގެ ތެރޭގައި، ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތައް ހުރުމާއި، ޤާނޫނު ތަޠްބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވުން ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- ކޯޓުން ބޭރުގައި އެއްބަސްވެވުނު ގޮތަށް ޢަމަލުނުކުރެވިއްޖެނަމަ އަލުން ހުށަހެޅުމުގެ ފުރުޞަތު ލިބޭ ގޮތަށް ނިންމި ދަޢުވާއެއް، އެ އެއްބަސްވުމަށް ޢަމަލުނުކުރުމުން އަލުން ހުށަހެޅުމަކީ ދޫކޮށްލި ދަޢުވާއެއް ޤާނޫނާ ޚިލާފަށް އަލުން ކުރިއަށް ގެންދިއުމެއް ނޫނެވެ؛ ޢަމަލުނުކުރިކަމަށް ބުނުމަށް އިޢުތިރާޟު ނުކުރާނަމަ ދަށުކޯޓުން އެކަން ވަކިން ބަލަން ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
- ފައިސާ ދައްކާ ޚަލާޞްކުރުމުގެ ޕްރޮޕޯސަލެއް ހުށަހެޅިކަމާއި އަނެއް ފަރާތުން އެ ޤަބޫލުކުރިކަން ސާބިތުކޮށްދިނުމަކީ އެކަން ބުނާ ފަރާތުގެ ޒިންމާއެކެވެ؛ ހެއްކެއް ހުށަނާޅާނަމަ އެކަމަށް ރިޢާޔަތްނުކުރީކަމަށް ދަށުކޯޓަށް ކުށްވެރިކުރެވޭނެ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ކުލި ދައްކަންޖެހެނީ ކުއްޔަށް ހިފި ފަރާތުން ތަނަށް ކުރާ ޚަރަދު ކުލިން ކަނޑައިގެން ކަމަށް ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާނަމަ، ކުލި ހޯދުމުގެ ދަޢުވާއެއްގައި އެ ޚަރަދު ވަޒަންކުރުމަށް އަގުކޮމެޓީ ޙާޟިރުކުރުމާއި އޮޑިޓް ރިޕޯޓަށް މަޑުކުރުމަށް ބޭނުމެއް ނެތެވެ؛ އެކަމަށް ރިޢާޔަތްނުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ނުވަތަ ނުޙައްޤު މުއްސަނދިކަމެއް (އަންޖަސްޓް އެންރިޗްމަންޓް) ލިބޭ ގޮތަށް ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12، 14)
- ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (1) ގެ ދަށުން ފަނޑިޔާރުން ނިންމުންތައް ނިންމުމުގައި ޤާނޫނުއަސާސީއާއި ޤާނޫނާއި އިސްލާމީ ޝަރީޢަތަށާއި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ކުލީގެ އެއްބަސްވުމުގައި ޑިޕޮސިޓް ކުލިން އުނިކުރެވޭނެ ގޮތެއް ބަޔާންކޮށްފައި ނުވާނަމަ، އަދި ދަށުކޯޓުގައި އެކަމަށް އެދިފައި ނުވާނަމަ، ޑިޕޮސިޓް އުނިނުކޮށް ދައްކަންޖެހޭ ކުލީގެ މިންވަރު ކަނޑައެޅުމަކީ ބާޠިލުކުރަންޖެހޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ކުލީގެ އެއްބަސްވުމުގައި އަދާކުރަންޖެހޭ ކުއްޔަކީ އެއްބަސްވުމުގެ ޖައުހަރީ ޢުންޞުރެކެވެ. އެއްބަސްވުމާ އެއްގޮތަށް ކުލި ނުދެއްކުމަކީ އެއްބަސްވުން ބާޠިލުކުރެވިދާނެ ސަބަބެކެވެ. ކުލި ލަސްކުރުމުން އެއްބަސްވުމުގެ ދަށުން ލޭޓް ޗާޖު (ޖޫރިމަނާ) ނެގުމަކީ ކުއްޔަށް ދިން ފަރާތުން ލަސްވުމަށް ރުހުމެއް ނުވަތަ ގެއްލުމުގެ ބަދަލެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ދަޢުވާއެއްގައި ސާބިތުކޮށްދިނުމަކީ އެކަމެއް ބުނާ ފަރާތުގެ ޒިންމާއެކެވެ. އެއްބަސްވުމާ ޚިލާފުވެފައިވަނީ ޤަޞްދުގައިތޯ ޝަރީޢަތުން ބަލަންޖެހޭނެ ޤާނޫނީ ހަމައެއް ދައްކާފައިނުވާނަމަ، ކުލި ނުދެއްކުމަށް ބިނާކޮށް ނިންމުމުގައި ޤަޞްދަށް ނުބެލުމަކީ ކުށެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
1މިއީ، ސިވިލް ކޯޓުގ ނަންބަރ 582/Cv-C/2018 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ، ޝަރުޢީއަދ ޤާނޫނެ އުޞޫލަކީ ޚިލާފަށްކަމަށް ބުނީ، ކްރެސްޓާ ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު: C-373/2009(ގެ ފަރާތުން އ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
2މިޤަޟިއްޔާ ގައި އިސްތިއުނާފު ރައްދުވާ ފަރާތަކު ކ.މާލެ، އަޙްމަދު ނަޞީރު )އައިޑީ( އެވެ.
3އިސްތިއުނާފެ މިކުރެވޭ ސިވިލް ކޯޓުގ ނަންބަރ 582/Cv-C/2018 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އ ޤަޟިއްޔާއަކީ، […] ފާމުދޭރިމަގަށް ހުންނަ 1250 )ބާރަސަތޭކަ ފަންސާސް( އަކަފޫޓުގެ ޢިމާރާތް ކްރެސްޓާ ޕްރައިވެޓް ލިމިޓެޑްއަށް 05 )ފަހެއް( އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް […] / މާލެ، އަޙްމަދު ނަޞީރުއާއި ކްރެސްޓ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 08 އޮކްޓޯބަރު 2016 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ފަދައިން ކްރެސްޓާ ޕްރައިވެޓް ލިމިޓެޑްއިން ކުލި ދައްކަމުން ނުދާތީ، އަޙްމަދު ނަޞީރު އެ އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަމަށް ކަނޑައަޅައިދިނުމަށާއި، އަޙްމަދު ނަޞީރު ކުއްޔަށްދީފައިވާ ތަން އަޙްމަދު ނަޞީރުއާ ޙަވާލުކޮށްދިނުމަށާއި، އަދި ތަން ޙަވާލުކުރާ ދުވަހު ހަމައަށް ދައާ ކަންޖެހޭ އެންމެހާ ފައިސާ އެކީ އެއްފަހަރާ ކްރެސްޓާ ޕްރައިވެޓް ލިމިޓެޑްއިން އަޙްމަދު ނަޞީރުއަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައިދިނުމަށް އެދި […] / މާލެ، އަޙްމަދު ނަޞީރުގެ ފަރާތުން ކްރެސްޓ ޕްރައިވެޓް ލިމިޓެޑްގެ މައު ޗަށް ދަޢުވާކުރުމުނާބެލުނެޤަޟިއްޔއކެވެ.
4އެ ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، " ދެންފަހެ،ބުނެވިދިޔ ކަންކަނަ އެގޮތުގައި ހުރުމާއެކު، […] / މާލެ އަޙްމަދު ނަޞީރުގެ ފަރާތުން ކްރެސްޓާ ޕްރައިވެޓ ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މިމައްސަލާގައި، ދަޢުވާކުރާ ފުރާތާއ ދަޢުވާލިބޭ ފަރާތާ ދެމެދު 08 އޮކްޓޯބަރު 2016 ގައި ސޮއިކޮށް ވެފައިވާ އެއްބަސްވުން ބާޠިލުކޮށް ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް 22 ޖެނުއަރީ 2018 ގައި ފޮނުވާފައިވާ ނޯޓިހަކީ އެއްބަސްވުމުގ 7 ވަނަ މާއްދާއާ އެއްގޮތަށް ދަޢުވާކުރާ ފަރާތުން ދީފައިވާ ޞައްޙަ ނޯޓި ހެއްކަމަށާއި، އަދި ބަޔާނވެދިޔް އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް 502,000/- ރ. )ފަސްލައްކަ ދެހާސް ރުފިޔާ( އަދާކުރަންޖެހި އަދާނުކޮށްވާކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 01 ޖުލައި 2018 އިން ފެށިގެން 15 )ފަނަރަ( ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މިފައިސާ ދައްކައި، މިދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބުނު ކްރެސްޓާ ޕްރައިވެޓް ލިމިޓެޑްއަށް އަންގައި، އިސްވެ ބުނެވުނު އެއްބަސް ވުން މިހާރު ބާޠިލުވެފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން ދަޢުވާލިބޭ ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދުގައި 08 އޮކްޓޯބަރު 2016 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޙަވާލުކުރެވިފައިވ އެންމެހާ ތަނެއްގައި ހުރި ދަޢުވާލްބޭ ފަރާތަށް ނިސްބަތްވާ މީހުންނާއި އުފުލޭ މުދައު ތަނުން ނެރެ، 01 ޖުލައި 2018 އިން ފެށިގެން 15 )ފަނަރަ( ދުވަހުގެ ތެރޭގައި ދަޢުވާކުރާ ފަރތާތަނ ޙަވާލުކުރުމަށް ދަޢުވް ލިބުނު ކްރެސްޓާ ޕްރައިވެޓް ލިމިޓެޑްއަށް އަންގައި، މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ." އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
5ސިވިލް ކޯޓުގެ ނަންބަރ 582/Cv-C/2018 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ،ޝަރުޢީ އަދ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނ ކްރެސްޓާ ޕްރައިވެޓް ލިމިޓެޑް)ރަޖިސްޓްރީ ނަންބަރު:C-373/2009(ގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހީގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައޭ ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
5.1- މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު: 2262/Cv-C/2017 ޤީ ޟިއްޔާގެ ޙުކުމުގައި ކޯޓުން ބޭރުން މައްސަލަ ޙައްލުކުރުމަށް ގޮތަކަށް އެއްބަސްވެފައިވާކަމަށަ ބުނު ދަޢުވެ އަނބުރާ ގެންދިއުމުން، ދެން މިމައްސަލާގައި އަލުން ދަޢުވާ އުފުލޭނީ އެއްބަސްވެފައިވ ގޮތަށާ ޢަމަލުނުކޮށްފ ޙާލަތެއްގައި ކަނި ސިވިލް ކޯޓުގް ޙަވާލާ ދެވުނު ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނިކޮށް، އަލުން މި މައްސަލަ ކޯޓަށް ހުށަހެޅުމުން އެފަދަ އެއްބަސްވުމެއް ވެފައިވޭތޯއާއި، އެ އެއްބަސްވުމަށް ޢަމަލުކޮށްފައިވޭތޯ ބެލުމަކާ ނުލާ މ މައްސަލާ ސިވިލް ކޯޓުގައި އަލުން ހިންގާ އަވަސް އަވަހަށް ކުއްލިގޮތަކަށް މައްސަލަ ހިން ގ މައުޟޫޢީ ގޮތުން މައްސަލަ ނިންމާފައިވާކަމަށ ބުނެ ހުށަހެޅި ނުކުތާއއާ
5.2- ހުށަހެޅިފައިވާ ދަޢުވާއަކާ ކުލީ ނުދައްކައިގެން އެއްބަސްވުން ބާޠިލުކޮށް ތަން ހުސްކޮށް އަތުލުމަށް ހުށަހެޅި މައްސަލައެއްކަން ދަޢުވާގެ ސީޣާއަށް ބެލުމުން އެގެން އޮންނަކަމާއި، ދަޢުވާ ހުށަހެޅް ފަހުން ދަޢުވާކުރާ ފަރާތަށް ފައިސާދައްކާ ޚަލާޞްކުރުމަށް ޕްރޮޕޯސަލްއެއް ފޮނުވުމުން، ދަޢުވާކުރާ ފަރާތުން އެ ޕްރޮޕޯސަލް ޤަބޫލުކޮށް، އެއާ އެއްގޮތަށް 2 ޕަމަންޓެއްވެސް ދެއްކި ފަހުން، އަދި އެ ޕްރޮޕޯސަލާއި ޕޭމަންޓް ސްލިޕް ޝަރީއަތަށް ހުށަހެޅުމުން ވެސް އެކަމި ށ ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި
5.3- ދަޢުވާލިބޭ ފަރާތުން ކުއްޔަށް ހިފާފައިވާ ތަނަށް ގާތްގަނޑަކަށް 2.5 މިލިއަނާ ރުފިޔް ޚަރަދުކޮށް އިންވެސްޓްކޮށް ނިމުމާއެކު ތަން އަތުލުމަށް ނޯޓިސް ދީފައިވާކަމާއި، މި ދަޢުވާގައި ދަޢުވް ލިބޭ ފަރާތުން ތަނަށް ކޮށްފައިވާ ޚަރަދުގެ ވާހަކަ ތަކުރާރުކޮށް ޝަރީޢަތުގެ މަޖިލީހުގައި ދެއްކުމުން ވެސ އެކަމަށް ރިޢާޔަތްނުކުރައްވ ދަޢުވާކުރާ ފަރާތަށް އަންޖަސްޓް އެންރިޗްމަންޓް އެއް ލިބިގެންދާފަދަ ގޮތަކަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތއާއ
5.4- ދަޢުވާލިބޭ ފަރާތުން ތަނަށްކޮށްފައިވ ޚަރަދާ އަންދާޒާކޮށް ތަރައްޤީ ކޮށްފައިވާ ގޮތް ދެނެގަނެ އަގުމަގު ކުރުމަށްޓަކައި ސިވިލް ކޯޓުގެ އަގުކޮމެޓީ ކުއްޔަށް ހިފާފައިވާ ތަނަށް ޙާޟިރުކޮށްދ އެފަރާތުގެ އެސެސްމަންޓެއް ހެދުމަށް ޝަރީޢަތުގައި އެދުނު ނަމަވެސް އެކަމަށަ އެއްވެސ ފަރުވާލެއް ނުބަހައްޓާ، އެއްވެސް ޖަވާބެއްނުދީ، އަވަސް އަރުވާލައިގެން،މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއާއި
5.5- ދަޢުވާލިބޭ ފަރާތަށް މި މައްސަލާގައި ޚުލާޞާ ބަޔާނެއް ހުށަހެޅުމަށާއި، މިނިވަން ފަރާތެއް މެދުވެރިކޮށް އިންވެސްޓްމަންޓްގެ ޚަރަދު ތ ފްޞީލުތައް ހަދާ އޮޑިޓއެ ކުރަމުންގެންދާކަމާއި، އެކަނ ނިމުމުން ޝަރީޢަތަށް އެ ރިޕޯޓް ހުށަހެޅުމަށް ބޭނުންވާކަމަށް ދަންނަވާފައިވަނިކޮށް އ ފުރުޞަތުވެސް ނުދީ އަދި ހެކި ހުށަހެޅުމަށްވެސް ފުރަ ޞާތުނުދީ މިމައްސަލ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތއާއ
5.6- ކުލީގެ އެއްބަސްވުމުގާ ދަށުން ދަޢުވާކުރާ ފަރާތަށް ޑިޕޮސިޓް ދައްކާފައިވާ ކަން އެއްބަސްވުމުން އެނގޭއިރު، އެއްބަސްވުން ބާޠިލުވެއްޖެކަމަށް ނިންމިއިރު، ދައްކާފައިވާ ޑިޕޮސިޓް ފައިސ ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއިން އުނި ނުކޮށް ފައިސާދައްކަންޖެހޭ މިންވަރު ޝރީޢަތުން ހިސާބުކޮށްފައިވުނ ކަމަށް ބުން ހުށަހެޅި ނުކުތާއާއި
5.7- މި މައްސަލާގައި ގެއްލުމުގެ ބަދަލުގެގޮތުގައި ދަޢުވާކުރާ ފަރާތުން ދުވާލަކަށް ނަގާފައިވާ ޢަދަދު ކުލި ދައްކަން ލިބޭ 8 ދުވަސް އުނިކުރުމަށްފަހު މަހުގެ ބާކީވާ 22 ދުވަހަށް ނަގާފައިވާއިރު، އެފަދައިން ނަގާފައިވާކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނައުމުންވެސ 22 ދުވަހުގެ އިތުރަށް ގެއްލުމުގެ ބަދަލަށް ދެއްކިފައިވާ ފައިސާ ދައްކަން ކަނޑައެޅި ފައިސާގެ ތެރެއިން އުނި ނުކޮށް ދައްކަންޖެހި ފައިސާގެ މިންވަރު ކަނޑައަޅާ މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅ ނުކުތާއާއި
5.8- އެއްބަސްވުން ބާޠިލުކުރަން ދިން ނޯޓިސް ރަނގަޅުކަމަށް ނިންމަވާ އެއްބަސްވުން ބާޠިލުކުރީ އެއްބަސްވުމުގ 7 ވަނަ މާއްދާގައި ބަޔާންވެގެންވާ ކުލި މަސްނިމޭއިރު އަދާނުކޮށް އޮންނަ ޙާލަތުގައިކަމަށް ޝަރީޢަތަށް ފާހަގަކުރެވުނު 5 ވަނަ ނުކުތާގައި ބަޔާން ކޮށްފައިވީނަމަވެސް، ލަސްވާ ދުވަސްތަކަށް ދުވާލަކަށް 1000 ރުފިޔާގެ ރޭޓުން ގެއްލުމުގެ ބަދަލު ނަގާފައިވާކަމާއި، އެފަދައިން ގެއްލުމުގެ ބަދަލު ނަގާފައިވުމުން މަސްދުވަހަށްވުރެ ކުލި ދެއްކުން ލަސްވިޔަސް އ ޙާލަތަކީ ދަޢުވާކުރާ ފަރާތުން ލަސްވުމަށް ރުހި، އެގޮތުގެ މަތިން އެއްބަސްވެ އެއާ އ އްގޮތަށ ޢަމަލުކޮށްފައިވާ ޙާލަތެއްކަމުގައި ބެލެވެނިއޮތްއިރު، ކުލި ދެއްކުން މަސްދުވަހަށްވުރެ ފަސްވެފައިވ ކަމަށާ ބުން އެއްބަސްވުން ބާޠިލުކޮށްފައިވުނ ކަމަށް ބުން ހުށަހެޅި ނުކުތާއާއި
5.9- އެއްބަސްވުމާ ޚިލާފުވެ ކުރިކަމަށް ބުނާ ޢަމަލަކީ އެއްބަސްވުމުގެ އަނެއް ބައި ވެރިޔާ ޤަޞްދުޤައ ކުރިކަމެއްކަން ނުވަތަ ނޫންކަން ޝަރީޢަތުން ބަލާ ކަށަވަރުކުރަންޖެހޭއިރު، ޝަރީޢަތުން އެކަނ އެއްވެސް ވަރަކަށް ނުބަލާ ހޭވެސް އަހާނުލ މައްސަލާ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅ ނުކުތާއެވެ.
6ސިވިލް ކޯޓުގެ ނަންބަރު : 582/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފެ ކުރުމަށު ކްރެސްޓާ ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މެޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
7ޕްރިސިޑެންސް 1ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތަކުގެތެރޭގައި، އިސްތިއުނާފު ކުރަން ހުށަހަޅް ޙާކުމ ނުވަތް ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއު ހުރުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން ހިމެނޭކަން އެނގެން އޮވެއެވެ.
8ޕްރިސިޑެންސް 2ސިވިލް ކޯޓުގެ ނަންބަރު: 2262/Cv-C/2017 ޤަޟިއްޔާގެ ޙުކުމުގައި ކޯޓުން ބޭރުން މައްސަލަ ޙައްލުކުރުމަށް ގޮތަކަށް އެއްބަސްވެފައިވާކަމަށް ބުން ދަޢުވެ އަނބުރާ ގެންދިއުމުން، ދެން އިސްތިއުނާފުކުރެވިފައި މިވ މައްސަލާގައި އަލުން ދަޢުވާ އުފުލޭނީ އެއްބަސްވެފައިވާގޮތަށ ޢަމަލުނުކޮށްފ ޙާލަތެއްގައި ކަނި ސިވިލް ކޯޓުގެ ނަންބަރު: 2262/Cv-C/2017 ޤަޟިއްޔާގަ ޙުކުމުގައި ބަޔާންކޮށްފައިވަނިކޮށް، އަލުން އެފަދަ އެއްބަސްވުމެއް ވެފައިވޭތޯއާއި، އެ އެއްބަސްވުމަށް ޢަމަލުކޮށްފައިވޭތޯ ބެލުމަކާ ނުލާ އިސްތިއުނާފުކުރެވިފައި މިވާ މައްސަލަ ސިވަ ލ ކޯޓުގައި އަލުން ހިންގާ އަވަސް އަވް ހަށ ކުއްލިގޮތަކަށް މައްސަލިމައުޟޫޢީ ގޮތުން ނިންމާފައިވާކަމަށ ބުނެ ހުށަހެޅ ނުކުތާއަށް ރިޢާޔަތްކުރާއިރު، ސިވިލް ކޯޓުގެ ނަންބަރ 2262/Cv-C/2017 ޤަޟިއްޔާ ގެ ޙުކުމްގައި ބަޔާންކޮށްފައިވަނީ " ދެންފަހެ، ކްރެސްޓާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް […] / މާލެ، އަޙްމަދު ނަޞީރު )އައިޑީ.( ހުށަހަޅާފައިވާ ފައިސާ ހޯދުމުގެ މިމައްސަލަ ކޯޓުން ބޭރުގައި ވަކި ގޮތަކަށ ފައިސް ދައްކާ ޚަލާސްކުރުމަށް ދެފަރާތުގް ދެމެދުގައި ވަކިގޮތަކަށް އެއްބަސް ވެފައިވާތީ، ކޯޓުނ ޤާނޫނު ނަންބަރު 2010/22 ) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު(ގ 43ވަނަ މާއްދާ ބޭރުގައި އެއްބަސްވެވުނު ގޮތަށް ޢަމަލުނުކުރެވިއްޖެނަމަ އަލުން މިމައްސަލަ ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާ ގޮތުގެމަތިން މިމައްސަލަ މިހިނދުގައި ހައްލުވެ،ނިމުނު ކަމަށު ކަމަށް ނިންމވަ އދެއްވުނ އެދި، 08 އޮކްޓބަރޯ 2017 ވަނަ ދުވަހުގެ […] / މާލެ އަޙްމަދު ނަޞީރު ބަޔާންދީފައިވާތީ، ކޯޓުން ބޭރުގައި ވަކިގޮތަކަށް އެއްބަސްވެވި މައްސަލަ ޙައްލުނުވެއްޖެނަމ، މިމައްސަލަ އަލުން ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވާ ގޮތުގެމަތިން މިމައްސަލައަކީ ޙައްލުވެ ނިމިފައިވާ މައްސަލައެއްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިން ޙުކުމް ކޮށްފައިވެއެވެ.އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފޯރައްދުވ ފަރާތުގާ ދެމެދުގައި އެއްބަސްވެފައިވެފައިވާ ފަދައިން މައްސަލަ ޙައްލު ކުރުމަށު މަސައްކަތްކޮށް، މައްސަލަ ކ ޓުން ބޭރުގައި ޙައްލު ނުވެއްޖެނަމަ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮތްކަން އެނގެއެވެ. އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަން ދެފަރާތުގެ ދެމެދުގައި އެއްބަސްވި ފަދައިން އިސްތިއުނާފުކުރާ ފަރާތުން ޢަމަލުކޮށްފައި ނުވާތީކަމަށް ބުނެއެވެ. އަދި މިކަމަށް އިސްތިއުނާފުކުރާ ފަރާތުން އިއުތިރާޒުކޮށްފައެއް ނުވެއް ވެ. އެހެންކަމުން، މި މައްސަލައަކީ ދަޢުވާ އަލުން ދޫކޮށްލުމަށްފަހު އަލުން ހުށަހަޅައިގެން ކުރިއަށް ގެންގޮސްފައިވާ ދައުވާއެއްކަމަށް ޤަބޫލުނުކުރެވެއެވެ.
9ޕްރިސިޑެންސް 3ދަޢުވު ހުށަހެޅާ ފަހުން ދަޢުވާކުރާ ފަރާތަށް ފައިސާދައްކާ ޚަލާޞްކުރުމަށް ޕްރޮޕޯސަލްއެއް ފޮނުވުމުން، އިސްތިއުނާފ ރައްދުވާ ފަރާތުން އެ ޕްރޮޕޯސަލް ޤަބޫލުކޮށް، އެއާ އެއްގޮތަށް 2 ޕާމަންޓެއްވެސް ދެއްކި ފަހުން، އަދި އެ ޕްރޮޕޯސަލާއި ޕޭމަންޓް ސްލިޕް ޝަރީއަތަށް ހުށަހެޅުމުން ވެސް އެކަމަށް ރިޢާޔަތް ނުކުރައްވާމައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރު އިރު، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރްއިސްތިއުނާފު ރައްދުވާ ފަރާތަށް ފައިސާދައްކާ ޚަލާޞްކުރުމަށް ޕްރޮޕޯޒަލް ހުށަހެޅިކަމަށް ބުނިނަމަވެސް، އެފަދަ ޕްރޮޕޯޒަލްއެއް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅިކަން އަދި އިސްތިއުނާފުރައްދުވާ ފަރާތުނައެފަދަ ޕްރޮޕޯޒަލްއެއް ޤަބޫލުކުރިކޭ ންއެނގުނެފަދަ އެއްވެސް ހެއްކެއް ޤަރީނާއެއް އިސްތިއުނާފި ކުރެވިފައި މިވާ މައްސަލައިގެ ހުށަހަޅާފައިވާކަން އެނގެން ނެތެވެ. އަދ އެފަދް ޕްރޮޕޯޒަލްއެއ ހުށަހެޅިކަމާއި ޤަބޫލު ކުރިކަނި ޝަރީޢަތަށް ޘާބިތުކޮށްދިނުމަކ އިސްތިއުނާފީ ކުރު ފަރާތުގާ ޒިންމާއެކެވެ. އެހެންނަމަވެސް އެކަންތައްތައް ސާބިތުކޮށް ދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެއްވެސް ހެއްކެއް އަދ ޤަރީނާއެއް ވެސް ހުށަހަޅާފައިވާކަން އެނގެން ނެތެވެ.އެހެންކަމުން، އިސްތިއުނާފުކުރާ ފރާތުނަ، އިސްތިއުނާފުރައްދުވާ ފ ރ ތަށް ދައްކަންޖެހޭ ފައިސާދައްކާ ޚަލާޞްކުރުމަށްޓަކައ އިސްތިއުނާފި ރައްދުވު ފަރާތަށް ހުށަހެޅި ޕްރޮޕޯޒަލ އަކަށް ސިވިލް ކޯޓުން ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވަފައިވާކަމަށް ބުނެވޭނެ ހަމައެއް އޮތްކަމަކަށް ނުދެކެމެވެ.
10ކުއްޔަށް ހިފާފައިވާ ތަނަށް ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ޚަރަދުކޮށް އިންވެސްޓްކޮށް ނިމުމާއެކު ތަން އަތުލުމަށް ނޯޓިސް ދީފައިވާކަމާއި، އިސްތިއުނާފުކުރަފަރާތުނ ތަނަށް ކޮށްފައިވް ޚަރަދުގެ ވާހަކަ ތަކުރާރުކޮށް ޝަރީޢަތުގެ މަޖިލީހުގައި ދެއްކުމުން ވެސް އެކަމަށް ރިޢާޔަތްނުކުރައްވާ އިސްތިއުނާފުރައްދުވާފަރާތަށް އަންޖަސްޓް އެންރިޗްމަންޓ އެއް ލިބިގެންދާފަދަ ގޮތަކަށް މައްސަލަ ނިންމަފައިވާ ކަމޮށާއި، އިސްތިއުނާފުކުރ ފަރާތުން ތަނަށްކޮށްފައިވ ޚަރަދާ އަންދާޒާކށޮދެނެގަނެ އަގަމަގު ކުރުމަށީ ޓަކައި ސިވިލް ކޯޓުގެ އަގު ކ މެޓ ކުއްޔަށް ހިފާފައިވ ތަނަށް ޙާޟިރުކޮށްދީ އެސެސްމެންޓެއް ހެދުމަށް ޝަރިޢަތުގައި އެދުނު ނަމަވެސް އެކަމަށް އެއްވެސް ފަރުވްލެއް ނުބަހައްޓާ އަވަސް އަރުވާލައިގެނ މައްސަލް ނިންމފައިވާކަމަށާ ބުނެ ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު، މިމައްސަލައަކީ އިސިތިއުނާފް ކުރު ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތް ދެމެދު ރުހުމުގައި ސޮއާ ކޮށްފައިވާ ކުލީގެ އެއްބަސްވުމް ގައި ވާފަދައިން އިސްތިއުނާފުކުރާ ފަރާތުން ކުލި ދައްކަމުން ނުދާތީ، އެއްބަސްވުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަމަށް ކަނޑައަޅައަޅައި ދިނުމަށާއި، އަޙްމަދު ނަޞީރު ކުއްޔަށްދީފައިވާ ތަން އަޙްމަދު ނަޞީރުއާއި ހަވާލުކޮށްދިނުމަށާއި، އަދި ތަން ޙަވާލުކުރާ ދުވާހާ ހަމައަށް ދައްކަންޖެހޭ އެންމެހާ ފައިސާ އެކީއެއްފަހަރާ އިސްތިއުނާފުކުރ ފަރާތުގާ އަތުން ހޯދުމަށް ހުށަހަޅާފައިވާ މައްސަލައް އްކަނ އެނގެން އޮންނައިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާބެހޭ ގޮތުނެ ޢަމަލުކުރަންޖެހޭގޮތްތައ އެއްބަސްވުމުގް 7 ވަނަ މއްދާގާއި ބަޔާންކޮށްފައިވެއެވެ.
11އެގޮތުން އެއްބަސްވުމުގ 7 ވަނަ މާއްދާގައި "ކުއްޔަށް ދޫކުރާ ޢިމާރާތުގެ ކުއްޔަކީ މީލާދީ މަހުގެ 100000.00 )އެއްލައްކަ ރުފިޔާ( އެވެ. ނަމަވެސް މި އެއްބަސްވުމުގައި ސޮއިކުރެވޭތާ ދެ އަހަރު ފަހުން ކުއްޔާއިމެދު މަޝްވަރާ ކޮށް ކުއްޔަށް ކުރިއެރުމެއް ހޯދިދާނެއެވެ. ކުއްޔަށް ދޫކުރި ޢިމާރާތުގެ މަހުކުލި ހިނގާ މީލާދީ މަހުގެ 08 ވަން ދުވަހުގެ ކުރިން ކުއްޔަށް ހިފި ފަރާތުން ކުއްޔަށ ދިން ފަރާތަށް ދައްކަންވާނެއެވެ. އޭގެ ފަހުން ކުލި ބަލައިގަނެވޭނީ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އެއްހާސް ރުފިޔާގެ ލޭޓް ޗާރޖަކާއި އެކުގައެވެ. މަސް ނިމޭއިރާއެމަހެއްގެ ކުލި ނުދައްކައިފިނަމަ އިތުރު އިންޒާރެއް ނުވަތަ ނޯޓިސް އެއްދިނުމަކާއ ނުލައި އެއްބަސްވުން ބޠުލްކުރުމުގެ އިޚްތިޔާރު ކުއްޔަށް ދިން ފަރާތަށް ލިބިގެންވެއެވެ. މިފަދަ ޙާލަތެއް ކ ރ މަތިވެގެނ އެއްބަސްވުން ބާޠލްކުރެވިއްޖެނަމަ ކުއްޔަށް ހިފި ފަރާތުނ 07 ދުވަހުގެ ތެރޭގައި ކުއްޔަށް ދިންތަނ ހުސްކޮށް ކުއްޔަށް ދިން ފަރާތާއި ހަވާލުކުރަންޖެހޭނެއެވެ. މިފދައިނުކުއްޔަށްހިފި ފަރާތުން އަމަލުންކޮށްފިނަމަ ކުއްޔަށް ދިންފަރާތަށ ކުއްޔަށް ދިންތަން އެފަރާތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިޚްތިޔާރު ކުއްޔަށް ދިން ފަރާތަށް ލިބިގެންވެއެވެ. މިފަދަ ހާލަތުގައި ކުއްޔަށް ހިފި ފަރާތަށް ލިބޭ އަދި ލިބިދާނެ ގެއްލުމަކަށް ކުއްޔަށް ދިންފަރާތުނ ޒިންމާވާކަށް ނުޖެހޭނެއެވެ.އަދި ހަމަ އެހެންމެ ކުއްޔަށް ދިން ފަރާތުން މި އެއްބަސްވުމުގައ ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުލިދައްކަމުނަދާހް ހިނދާ ކ އެއްބަސްވުން ބާޠިލްކޮށް ކުއްޔަށް ހިފި ފަރާތުނ ކުއްޔަށްދިން ތަނުން ނެރުމުގެ އިޚްތިޔާރު ކުއްޔަށް ދިން ފަރާތަށް ލިބިގެންވެއެވެ.
12ޕްރިސިޑެންސް 4އެފަދައިން ބަޔާންކޮށްފައި އޮތުމުން، އެއްބަސްވުމުގް ދަށުނާ ކުއްޔަށް ދީފައިވާ ޢިމާރާތުގެ ކުލި ދެއްކުމާ ގުޅޭގޮތުން އިސްތިއުނާފުރައްދުވ ފަރތުނާ އިސްތިއުނާފުކުރާ ފަރާތަށް ލުޔެއް ދޭގޮތަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އޮތްކަން އެނގެން ނެތް ވެ.އަދި އެއްބަސްވުމުގައިވާ ގޮތުން ކުލި ދައްކަންޖެހެނީ އިސްތިއުނާފުކުރާ ފަރާތުނ ތަނަށް ކުރާ ޚަރަދަށް ބެލުމަށްފަހުގައި އެތަނަށް ކ ރ ޚަރަދެއް ކުލިން ކެނޑުމަށްފަހު ނޫންކަން އެނގެއެވެ. އެހެންކަމުން އިސްތިއުނާފުކުރި ފަރާތް ކުއްޔަށް ހިފާފައިވ އިމާރާތަށް ކުރި ޚަރަދުގެ މިންވަރު ދެނެގަތުމަށް ސިވިލް ކޯޓުގް ޝަރުޢީ އަގުކޮމެޓީ ޙާޟިރުކޮށދީ އެސެސްމެންޓެއް ހެދުމަށް ޝަރީޢަތުގައި އެދުނު ނަމަވެސް، ޝަރުޢީ އަގުކޮމެޓީ ޙާޟިރުކޮށް އެސެސްމެންޓެއް ހެދުމަކާނުލައ މައްސަލި ނިންމާފައިވަނީ ޤަނޫނާ ޚިލާފަށްކަމަށް ނުފެނެއެވެ. ވުމާއެކު، އިސްތިއުނާފުކުރެވިފައި މިވާ މައްސަލަ ނިންމާފައިވަނީއިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތާއި ދެމެދުގައި ވެފައިވު އެއްބަސްވުމުގައި ބަޔާންވެގެންވާ މަޤްޞަދުން ބޭރުން، ޢަދުލުއިންސާފުގެ ނިޒާމު ބޭނުންކޮށްގެން، ނާޖާއިޒު މަންފާއެއް މީހަކަށް ލިބޭގޮތަށް ނުވަތަ ނުޙައްޤު މުއްސަނދިކަމެއް ހޯދުމަށް މީހަކަށް މަގުފަހިވގޮތަށްކަމަށް ބެލެވޭނެ ހަމައެއްނެތެވެ.
13ޕްރިސިޑެންސް 5ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ހ( ގައި "ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި، ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއެ ކަނޑައަޅާފައިވާގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވ ."މިފަދައިން ބަޔާންކޮށް، އެއާ ވިދިގެން އައި )ށ( ގައި ބަޔާންކޮށްފައިވަނީ "މި މާއދާގް )ހ( ގައިވާ ގޮތުގެ މަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔތްކުރަންވާނެއެވެ." މިފަދައިން ކަމާއި، ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަންކަމުގެ ތެރެއިން ޤާނޫނު ނަންބަރު 2010/13 )ށ( ގެ )1( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "މައްސަލައި ގެ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ" ކަން އެނގެން އޮވެއެވެ.
14އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި ޚުލާޞާ ބަޔާނެއް ހުށަހެޅުމަށާއި، މިނިވަން ފަރާތެއް މެދުވެރިކޮށް އިންވެސްޓްމަންޓްގެ ޚަރަދު ތަފްޞީލުތައް ހަދާ އޮޑިޓެއް ކުރަމުންގެންދާކަމާއި، އެކަން ނިމުމުން ޝަރީޢަތަށް އ ރިޕޯޓް ހުށަހެޅުމަށް ބޭނުންވާކަމަށް ދަންނަވާފައިވަނިކޮށް އެ ފުރުޞަތުވެސް ނުދީ އަދި ހެކި ހުށަހެޅުމަށްވެސ ފުރުޞަތުނުދީ މި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާށް ރިޢާޔަތްކުރާއިރު، އިސްތިއުނާފި މިކުރެވޭ މައްސަލާގައި ކަންހިނގާފައިވާގޮތަށް ބެލުމުން، އިސްތިއުނާފެ ކުރެވިފައިމިވާ މައްސަލައަކީ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައިވާ ޢިމާރާތުގެ ކުލި ދެއްކުމާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައަކަށްވާއިރު، މިނިވަނ ފަރާތެއް މެދުވެރިކޮށް އިންވެސްޓްމަންޓްގެ ޚަރަދުގެ ތަފްޞީލް ކަރުމަށ އޮޑިޓެއް ހަދައި އެކަނ ޝަރީޢަތަށް ބުނެދޭންޖެހޭ ސަބަބެއް މިމައްސަލައިގައި އޮތްކަމަކަށް އަހުރެން ނުދެކެމެވެ. އެހެނީ މިމް އްސަލައަކ އިސްތިއުނާފެ ކުރު ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމާއި އެއްގޮތަށް ކުލި ނުދައްކާތީ އެކުލި ލިބިގަތުމަށް ހުށަހަޅާފައިވާ މައްސަލައެއްކަން ދަޢުވާއަށް ބެލުމުން އްނގެން އޮންނާތީއެވެ. އަދި އެއްބަސްވުމަށް ބެމުލުންތަނުގެ ކުލި ދެއްކުމުގައި ކުލީގެ މުއްދަތުގައި ކުއްޔަށް ހިފާފަރާތުން ތަނަށްކުރާ ޚަރަދު ކުލިން އުނިކުރަންޖެހޭކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް އެއްބަސްވުމުގައި ހިމަނާފައި ނުވެއެވެ.
15ޕްރިސިޑެންސް 6ކުލީގެ އެއްބަސްވުމުގެ ދަށުން އިސްތިއުނާފުރައްދުވާ ފަރާތަށް ޑިޕޮސިޓް ދައްކާފައިވާ ކަނާ އެއްބަސްވުމުން އެނގޭއިރު، އެއްބަސްވުން ބާޠިލުވެއްޖެކަމަށް ނިންމިއިރު، ދައްކާފައިވާ ޑިޕޮސިޓް ފައިސާ އިސްތިއުނާފުކުރ ފަރާތުން ދައްކަންޖެހޭ ފައިސާއިން އުނި ނުކޮށް ފައިސާދައްކަންޖެހޭ މިންވަރު ޝަރީޢަތުން ހިސާބުކޮށްފައިވުނ ކަމަށް ބުނެ ހުށަހެޅ ނުކުތާއށަ ރިއާޔަތްކުރާއިރު، އިސްތިއުނާފުކުރެވިފައި މިވާ މައްސަލައަކީ، އެއްބަސްވުމާއެއްގޮތަށް ކުލި ދައްކަމުން ނުދާތީ ކުލި ހޯދުމަށް ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތާދެމެދު ވެފައިވާ އުއްބަސްވުމުގެ ދަށުން، އިސްތިއުނާފކުރ ފަރާތުން ކުއްޔަށް ހިފާފައިވާ ތަނަށް ދައްކަންޖެހޭ ކުލިން ޑިޕޮސިޓް ފައިސާ އުނިކުރެވޭނެ ގޮތެއް އެއްބަސްވުމުގައ ބަޔާންކޮށްފައި ނެތެވެ. އެހެންކަމުން ސިވިލް ކޯޓުން ކުލި ނަގައިދިނުމުގައާޑިޕޮސިޓ ފައިސއިނޭ އިސްތިއުނާފުކުރާ ފަރް ތުން ދައްކަންޖެހޭ ކުލީގެ ފައިސާ އުނި ނުކޮށް ކުލީގެ ފައިސާދައްކަންޖެހާ މިންވަރު ޝަރީޢަތުން ކަނޑައަޅާފައިވާ ކަނޑައެޅުނާ ބާޠިލްކުރަންޖެހާ ކަމަކަށް ނުފެނެއެވެ. އަދި ކުލީގެ ފައިސ ނަގައިދެވޭއިރު ޑިޕޮސިޓް ފައިސާއިން އުނިކޮށް ކުލީގެ ފައިސާ ނަގައިދުމަށް އިސްތިއުނިފުކުރާ ފަރާތުނ ސިވިލްކޯޓުގައި އެދިފައިވާކަން ހުށަހެޅިފައވ ލިއުންތަކުނ އެނގޭކަށް ނެތެވެ.
16ޕްރިސިޑެންސް 7އިސްތިއުނާފުރައްދުވާ ފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 22 ދުވަހަށްވާ ކުލި ނަގާދީފައިވި ކަމަށާ އ، އަދ އެކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނައުމުންވެސ އެކަމަށް ރިޢާޔަތްކުރައްވަފައި ނުވާކަމަށާއި، ގެއްލުމުގެ ބަދަލު ނަގާފައިވުމުން މަސްދުވަހަށްވުރެ ކުލި ދެއްކުން ލަސްވިޔަސް އެޙާލަތަކީ އިސްތިއުނާފުރައްދުވާ ފަރާތުނ ލަސްވުމަށް ރުހިފައިވާ ޙާލަތެއްކަން ބެލެވެން އޮތްއިރު، ކުލި ދެއްކުން މަސްދުވަހަށްވުރް ލ ސްވެފައިވ ކަމަށާ ބުނެ އެއްބަސްވުން ބާޠިލްކޮށްފައިވާކަމަށްބުނެ ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު،އެ ޤަޟިއްޔާގައި އިސްތިއުނަފުރައްދުވާ ފަރާތަށް ނަގާދިނުމަށް ކަނޑައަޅާފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގ 7 ވަނި މާއްދާގަ ދަށުން އިސްތިއުނާފުރައްދުވާ ފަރާތުން ކުއްޔަށް ދޫކުރި ޢިމާރާތުގެ މަހުކުލި އެ މަހެއްގެ 08 ވަނަ ދުވަހުގެ ކުރިން އިސްތިއުން ފުރައްދުވާ ފަރާތަށް ދައްކާފައިނުވާތީ، ލޭޓް ޗަރޖްގ ގޮތުގައެ އަރާފައިވާ ޖޫރިމަނާ ފައިސާކަން އެނގޭކަމާއި، ކުލީގެ އެއްބަސްވުންތަކުގައި އަދާކުރަންޖެހޭ ކުއްޔަކީ އެއްބަސްވުމުގެ ޖައުހަރީ އުންސުރެއް ކަމުގައިވީހި ނދު، އެއްބަސްވުމާ އެއްގޮތަށް ކުލި އަދާކުރަމުން ނުދިއުމަކީ އެސަބަބަށްޓަކައި އެއްބަސްވުނ ބާޠިލްކުރެވިދާނެ ސަބަބެކެވެ.އެހެންކަމުން، އިސްތިއުނާފުކުރާފަރާތުން ކުލި ދެއްކުނިލަސްވިޔަސް އެ ޙާލަތަކީ އިސްތިއުނާފުރައްދުވާ ފަރާތުން ރުހިފައިވާ ހާލަތެއްކަމަށް ނުބެލެވޭނެކަމާއި، އަދަސިވިލް ކޯޓުން އިސްތިއުނާފުރައްދުވާ ފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ އެއް ނަގައިދީފައިވާކމަށ ނުބެލެވެއެވެ.
17ޕްރިސިޑެންސް 8އެއްބަސްވުމާ ޚިލާފުވާ ކުރިކަމަށް ބުނާ ޢަމަލަކީ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ ޤަޞްދުޤައި ކުރިކަމެއްކަން ނުވަތަ ނޫންކަން ޝަރީޢަތުން ބަލާ ކަށަވަރުކުރަންޖެހޭއިރު، ޝަރީޢަތުން އެކަން އެއްވެސް ވަރަކަށް ނުބަލާ އަހާނުލ މައްސަލާ ނިންމާފައިވުން ކަމަށް ބުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރާއިރު،އެމީހެއްގެ މައްޗަށ ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، ސާބިތުކޮށް ދިނުމަކައެފަރާތެއްގެ ޒިންމާއެއްކަމާއި، ހެއްކާބެހޭ ޤާނޫނުގެ ބާޔޭ ންކޮށްފައިވަނީ، ޝަރީޢަތުން ބަލަމުންދާ ކޮންމެ ޤަޟިއްޔާއެއްގައިވެސް، މައްސަލާގެ ހިމެނޭ ޙަޤީޤަތެއް ހިނގާފައިވާކަން ނުވަތަ ނުހިނގާކަން ސާބިތުކުރުމަށް ހެއްކާއި ޤަރީނާ ހުށަހެޅިދާނެކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއާއި ގުޅިގެން ސާފުކޮށް ދޭންޖެހޭ ކަންތައްތައް ސާފުކޮށްދިނުމަކީ އިސްތިއުނާފު ކުރާ ފ ރާތުގެ ޒިންމާއެއްކަން އެނގެންއޮތްއިރު، އިސްތިއުނާފުކުރ ފަރާތުން އެއްބަސްވުމް ޚިލާފުވެފައިވަނީ ޤަސްދުގައި ކުރި ކަމެއްތޯ ނުވަތަ ނޫންތުޝަރީޢަތުނޭ ސާފުކުރަން ޖެހޭ ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތައް ދެއްކިފައި ނުވެއެވެ.
18އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 582/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ކްރެސްޓާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގެ ނިންމުން ބަދަލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތް ކަމަކަށް ނުދެކެމެވެ.
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (1)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 43 ވަނަ މާއްދާ
- ހެއްކާބެހޭ ޤާނޫނު
- ބެންޗު
- ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް