ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/260
އިސްމާޢީލް ޝުޖާޢު ވ. ޙަބީބް ބޭންކް ލިމިޓެޑް، 2018/HC-A/260
Ismail Shuja v. Habeeb Bank Limited 2018/HC-A/260 (2018/HC-A/260, High Court of the Maldives, 6 July 2021)
އިސްމާޢީލް ޝުޖާޢު ވ. ޙަބީބް ބޭންކް ލިމިޓެޑް
މައިގަނޑު ސުވާލު
ޔަޤީންކަން ދިން ފަރާތުގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ކުރި ޙުކުމަކީ ކޯޓަށް މީހުން ޙާޟިރުކުރުމުގެ ޤަވާޢިދާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތަށް ކުރެވިފައިވާ ޙުކުމެއްތޯ؛ އަދި ލޯނާއި އިންޓްރެސްޓް ނަގައިދިނުމުގައި ޙުކުމަށް ވާޞިލުވި ސަބަބުތަކާއި ފައިސާގެ ޢަދަދަށް ވާޞިލުވި ގޮތް ދަށުކޯޓުން ބަޔާންކޮށްފައިވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި (އަޣުލަބިއްޔަތުން)
ކަނޑައެޅުނު އުޞޫލުތައް
- އެމީހެއްގެ ޙާޟިރުގައި ޝަރީޢަތް ކުރެވުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) އިން ލިބިދޭ އަސާސީ ޙައްޤެއް ކަމަށާއި، މި ޙައްޤު ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށް (ޙުކުމްގެ ޕެރެގްރާފް ނަންބަރު 52).
- ދަޢުވާލިބޭ ފަރާތުގެ ބަދަލުގައި ހަމަޖައްސާފައިވާ މީހާއަށް ކޯޓަށް ޙާޟިރުވުމުގެ ހުރިހާ އަމުރެއް ރައްދުކުރެވި، އެމީހާ ސަބަބެއް ނެތި އެއްވެސް އަޑުއެހުމަކަށް ޙާޟިރުނުވެއްޖެނަމަ، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަކީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާ އެއްގޮތަށް ކުރެވޭ ކަމެއް ކަމަށް (ޙުކުމްގެ ޕެރެގްރާފް ނަންބަރު 54).
- މަދަނީ މައްސަލަތަކުގައި ވަކި ޙާލަތްތަކުގައި ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް ހުއްދަ އޮތުމަކީ ކަމުގެ ޙަޤީޤަތް ކަށަވަރުނުކޮށް ޙުކުމްކުރުމަށް ލިބިދޭ ބާރެއް ނޫން ކަމަށާއި، ޣައިރު ޙާޟިރުގައި ކުރާ ޙުކުމްތަކުގައިވެސް ހުށަހެޅިފައިހުރި ހެކި ވަޒަންކޮށް، ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަމާއި ހެކި ވަޒަންކުރި ގޮތް ބަޔާންކުރަން ޖެހޭ ކަމަށް (ޙުކުމްގެ ޕެރެގްރާފް ނަންބަރު 55–57).
- ފަނޑިޔާރު ޙުކުމަށް ވާޞިލުވި ސަބަބުތަކާއި، ހުށަހެޅުނު ހެކިތަކާއި، އެ ހެކި ވަޒަންކުރި ގޮތާއި، ފައިސާގެ ޢަދަދެއް ދައްކަން ޙުކުމްކުރާނަމަ އެ ޢަދަދަށް ވާޞިލުވި ގޮތް ސަބަބާއެކު ބަޔާންކުރަން ޖެހޭ ކަމަށާއި، ސަބަބުތައް ލިޔެ ބަޔާންކޮށްފައި ނެތްނަމަ ޝަރީޢަތަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތް ސައްޙަ ޝަރީޢަތެއް ކަމުގައި ނުބެލެވޭނެ ކަމަށް؛ މިއީ ޣައިރު ޙާޟިރުގައި ބަލާ މަދަނީ މައްސަލަތަކަށްވެސް ހިނގާ އުޞޫލެއް ކަމަށް (ޙުކުމްގެ ޕެރެގްރާފް ނަންބަރު 62–64).
- ދިގު މުއްދަތެއްގެ ލޯނެއްގައި ފައިސާގެ ބޮޑު ޢަދަދެއް ދައްކަން ޙުކުމްކުރިއިރު، ދައްކާފައިވާ ފައިސާ، ލަސްވުންތައް، ޖޫރިމަނާ ހިސާބުކުރި ގޮތް، އިންޓްރެސްޓާއި ޖޫރިމަނާ ރަނގަޅަށް ހިސާބުކޮށްފައިވޭތޯ ފަދަ ކަންކަމަށް ރިޢާޔަތްނުކޮށް، ދަޢުވާގައި އެދުނު ޢަދަދު އެގޮތުގައި ނަގައިދީފައިވާނަމަ، އެއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ އެއްގޮތަށް އިންޞާފުވެރިކަމާއެކު ނިންމާފައިވާ ނިންމުމެއް ނޫންކަމަށް (ޙުކުމްގެ ޕެރެގްރާފް ނަންބަރު 61، 63، 65).
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި […] އިސްމާޢީލް ޝުޖާޢގު ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، ޙަބީބް ބޭންކް ލިމިޓެޑްއެވެ.
2އިސްމާޢީލް ޝުޖާޢު ޔަ ޤީންކަނ ދީގެން އަދި އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] ގޯއްޗާއި (ރަޖިސްޓަރީ ނަންބަރު އ.3573) ގޯތީގައިވާ ޢިމާރާތްތައް ރަހުނުކުރުމަށްފަހު، ނަގާފައިވާ އޯވަރޑްރާފްޓަށް ފައިސާ ދައްކާފައިނުވާތީ، ޕްރިންސިޕަލް ޢަދަދާއި އިނޓްރެސްޓްގ ގޮތުގައެ ދައްކަންޖެހޭ ދިވެހި ރުފިޔާއާއި، ޤާނޫނީ މަސައްކަތަށް ހޭދަކޮށްފައިވާ ދިވެހި ރުފިޔާއާއި އަދި އެހެނިހެން ޚަރަދާއި ގެއްލުމުގެ ބަދަލު އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އިސްމާޢީލް ޝުޖާޢުގެ ކިބައިން އެކީ އެއްފަހަރާ ހޯދުމަށް އެދި ޙަބީބް ބޭންކް ލިމިޓެޑުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ.
3ޙަބީބް ބޭންކް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތުގެމަތީން ޤަވާއިދުން ދައްކާފައިނުވާތީ 28 ފެބުރުއަރީ 2018 މިދުވަހުގެ ނިޔަލަށް އިންޓްރެސްޓާއި ޖޫރިމަނާއާއިއެކު ޖުމްލަ 25,284,676.91ރ. (ފަންސަވީސ މިލިއަން ދެލައްކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ ހަތްދިހަ ހަ ރުފިޔާ ނުވަދިހަ އެއްލާރި) ލޯނު ނެގިފަރާތާއި ޔަޤީންކަން ދިންފަރާތުނ ޙަބީބް ބޭންކް ލިމިޓެޑަށް ދައްކަންޖެހި ނުދެއްކި އޮތްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއިއެކު މި ފައިސާއާއި، ބަޔާންވެދިޔަ އޯވަރޑްރާފްޓް ފެސިލިޓީތަކާއ ގުޅިގެނި ލޯން ނެގިފަރާތުނ ބޭންކަށް ދައްކަންޖެހޭ ފައިސާ އައިޑީރަޖިސްޓްރީ ނަންބަރު 7443-BL ޤަވާއިދުން ނުދެއްކުމުގެ ސަބަބުން މި މައްސަލަ ޝަރީޢަތަށް ހުށަހަޅަންޖެހުމާއ ގުޅިގެނި ޤާނޫނާ މަސައްކަތަށް ދަޢުވާކުރާ ފަރާތުން ހޭދަކޮށްފައިވާ -31,800/ރ. (އެއްތިރީސްހާސް އަށްސަތޭކަ ރުފިޔާ) އާއި އެކުޖުމްލަ 25,316,476/91ރ. (ފަންސަވީސ މިލިޔަން ތިންލައްކަ ސޯޅަހާސް ހަތަރުސަތޭކަ ހަތްދިހަ ހަރުފިޔާ ނުވަދިހަ އެއްލާރި) މީލާދީ 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، އިސްމާޢީލް ޝުޖާޢު އަށް އަންގައި، ބަޔާންވެދިޔަ މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާޞް ނުކުރެވިއްޖެނަމަ 08 (އަށެއް) މަސްދުވަސް ހަމަވާ ތާރީ ޚުނ ފެށިގެން އޯވަރޑްރާފްޓް ފެސިލިޓީތަކާއ ގުޅިގެނި ރަހުނު ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު އ 3573 "ގ. ޗާންދަނީޕެލަސް" އެވެކިޔުނު އަމިއްލަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ ޢިމާރާތްތައް ވިއްކާލުމުގެ ހުއްދަ ޙަބީބް ބޭންކް ލިމިޓެޑށްދީ، އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވެއެވެ.
4އިސްތިއުނާފު ކުރެވިފައިމިވަނީ ބުނެވިދިޔަ ދަޢުވާ ބަލައި ޙުކުމްކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާއެވެ.
5އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ ގައި ބުނެފައިވަނީ: "މިއީ ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު ލޯނު އެގްރީމަންޓެއް ސޮއިކޮށް، […] އިސްމާޢީލް ޝުޖާޢު ޔަޤީންކަން ދީގެން އަދި އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] ގޯއްޗާއި (ރަޖިސްޓަރީ ނަންބަރު އ.3573) އެ ގޯތީގައިވާ ޢިމާރާތްތައް ރަހުނު ކުރުމަށްފަހު، ދަޢުވާކުރާ ފަރތުނާ ދަޢުވާލިބޭ ފަރާތަށަ 24 ޑިސެމްބަރު 2017 އާ ހަމައަށް ނަންބަރު 000030911057-2050 އަދި ނަންބަރު 000030146589-2050 އެކައުންޓުގެ ދަށުން ޕްރިންސިޕަލް ޢަދަދުގެ ގޮތުގައި ދޫކޮށްފައިވާ 25,278,454.06 (ފަންސަވީސ މިލިއަން ދެލައްކަ ހަތްދިހަ އަށްހާސް ހަތަރުސަތޭކަ ފަންސާސް ހަތަރެއް ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާ ޕޮއިންޓް ހައެއް ) ދިވެހި ރުފިޔާއާއި އޭގެ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ 370,816.61 (ތިންލައްކަ ހަތްދިހަހާސް އަށްސަތޭކަ ސޯޅަ ޕޮއިންޓް ފަސްދޮޅަސްއެކެއް) އާއެކު މުޅި ޖުމްލަ 67.25,649,270 (ފަން ސަވީސ މިލިއަން ހަލައްކަ ސާޅިސްނުވަހާސް ދުއިސައްތަހަތްދިހަ ޕޮއިންޓް ފަސްދޮޅަސް ހަތެއް) ދިވެހި ރުފިޔާ (މީގެ ފަހުން "ލޯނު)" ދައްކާފައިނުވާތީ، ކޮންޓްރެކްޓާބެހޭ ޤާނޫނަށް ރިޢާޔަތްކޮށް، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ބުނެވިދިޔަ ފައިސާއާއި، ޤާނޫނީ މަސައްކަތަށް ހޭދަކޮށްފައިވާ 31800.00 (އެއްތިރީސް ހާސް އަށްސަތޭކަ) ދިވެހި ރުފިޔާއާއި އެހެނިހެން ޚަރަދާއި ގެއްލުމުގެ ބަދަލު ދަޢުވާލިބޭ ފަރާތްތަކުގެ ކިބައިން ހޯދުމަށް އެދި ހުށަހަޅާ ދަޢުވާއެކެވެ." މިފަދައިންކަން އެނގެން އޮވެއެވެ.
6އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، […] އިސްމާޢީލް ޝުޖާޢު ޔަޤީންކަން ދީގެން އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޙަބީބް ބޭންކް ލިމިޓެޑް އިން 23 ޖޫން 1998 ގައި މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު 169/98-MC/C ލެޓަރ އޮފް މޯގޭޖް އެންޑް ލޯން އެގްރީމަންޓާއި، ބަޔާންވެދިޔަ އެގްރީމަންޓްގެ ދަށުން ސޮއިކުރި 09 ވަނަ އެޑަމްޑަމްގ ގޮތުގައެ ރަޖިސްޓްރީ ކުރެވުނު ރަޖިސްޓްރީ ނަންބަރު 579/2011-C/C-Cv (06 ސެޕްޓެމްބަރ 2011) އެގްރީމަންޓްގެ ދަށުން ދޫކޮށްފައިވާ އޯވަރޑްރާފްޓް ފެސިލިޓީތަކުގެ ތެރެއިން އޯވަރޑްރާފްޓް 01 ގެ ގޮތުގައި 20,000,000.00ރ. (ވހިމި ލިޔިން ރުފިޔާ) އާއި، އޯވަރޑްރާފްޓް 02 ގެ ގޮތުގައި 7,710,000.00ރ. (ހަތްމިލިއަން ހަތްލައްކަ ދިހަހާސް ރުފިޔާ) ދޫކޮށްފައިވާ ކަމާއި، ބަޔާންވެދިޔަ ލެޓަރ އޮފް މޯގޭޖް އެންޑް ލނޯ އެގްރީމެންޓާއި، އެ އެގްރީމަންޓްގެ ދަށުން ހެދިފައިވާ އިސްވެދެންނެވުނު އެޑަމްޑަމް ތަކުގެ ދަށުން ދޫކުރެވުނު އޯވަރޑްރާފްޓް ފެސިލިޓީތަކާއި ގުޅިގެން […] ދަނީޕެލަސް އިސްމާޢީލް ޝުޖާޢުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރަޖިސްޓްރީ ނަންބަރު އ. 3573 "ގ.ޗާންދަނީޕެލަސް" އެވެކިޔުނު އަމިއްލަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ ޢިމާރާތްތައް ރަހުނު ކުރެވިފައިވާކަމާއި، ބަޔާންވެދިޔަ އޯވަރޑްރާފްޓް ފެސިލިޓީތަކާއ ގުޅިގެނި ދަޢުވާލިބޭ ފަރާތްތަކުނ ޙަބީބް ބޭންކް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 7 ވަނަ ނަންބަރު ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތުގެމަތީން ޤަވާއިދުން ދައްކާފައިނުވާތީ 28 ފެބުރުއަރީ 2018 މިދުވަހުގެ ނިޔަލަށް އިންޓްރެސްޓާއި ޖޫރިމަނާއާއިއެކު ޖުމްލަ 25,284,676.91ރ. (ފަންސަވީސ މިލިއަން ދެލައްކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ ހަތްދިހަ ހަ ރުފިޔާ ނުވަދިހަ އެއްލާރި) ލޯނު ނެގިފަރާތާއި ޔަޤީންކަން ދިންފަރާތުން ޙަބީބް ބޭންކް ލިމިޓެޑަށް ދައްކަންޖެހި ނުދެއްކި އޮތްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއިއެކު މި ފައިސާއާއި، ބ ޔާންވެދިޔަ އޯވަރޑްރާފްޓް ފެސިލިޓީތަކާއ ގުޅިގެނި ލޯނު ނެގިފަރާތުނ ބޭންކަށް ދައްކަންޖެހޭ ފައިސާ ޤަވާއިދުން ނުދެއްކުމުގެ ސަބަބުން މި މައްސަލަ ޝަރުޢީ ތަށ ހުށަހަޅަންޖެހުމާއ ގުޅިގެނި ޤާނޫން މަސައްކަތަށް ދަޢުވާކުރާ ފަރާތުން ހޭދަކޮށްފައިވާ -31,800/ރ. (އެއްތިރީސްހާސް އަށްސަތޭކަ ރުފިޔާ) އާއި އެކުޖުމްލަ 25,316,476/91ރ. (ފަންސަވީސ މިލިޔަން ތިންލައްކަ ސޯޅަހާސް ހަތަރުސަތޭކަ ހަތްދިހަ ހަރުފިޔާ ނުވަދިހަ އެއްލާރި) އަކީ ލޯނުނެގި ފަރާތުގެ ޙައިޘިއްޔަތުން އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އަދި ޔަޤީންކަން ދިންފަރާތުގެ ހައިޘިއްޔަތުން […] އިސްމާޢީލް ޝުޖާޢު، ޙަބީބް ބޭންކް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތު ވެއްޖެކަމަށ ކަނޑައަޅައް މި އޯވަރޑްރާފްޓް ފެސިލިޓީ ތަކާއި ގުޅިގެން ލޯނުނެގި ފަރާތާއި ލޯނަށް ޔަޤީންކަން ދިން ފަރާތުން ޙަބީބް ބޭންކް ލިމިޓެޑަށް ދައްކަންޖެހޭ އެންމެހާ ފައިސާ އެބޭންކަށް ލިބިދިނުމުގެ ގޮތުން 04 މާރިޗް 2018 މިދުވަހުނ ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ޙަބީބް ބޭންކް ލިމިޓެޑަށް ފައިސާ ދައްކަމުން ގޮސް ބަޔާންވެދިޔަ އޯވަރޑްރާފްޓް ފެސިލިޓީތަކ ގުޅިގެނާ ދަޢުވާލިބޭ ފަރާތްތަކުން ބޭންކަށް ދައްކަންޖެހޭ އެންމެހާ ފައިސާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއާއި އެކު މީލާދީ 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، […] ލަސެ އިސްމާޢީލް ޝުޖާޢު (އައިޑީ އަށް އަންގައި، ބަޔާންވެދިޔަ މުއްދަތުގެ ތެރޭގައި މިފައިސާ ދައްކާ ޚަލާޞް ނުކުރެވިއްޖެނަމަ މިއަދުން ފެށިގެން 08 (އަށެއް) މަސްދުވަސް ހަމަވާ ތާރޚުނީ ފެށިގެން މި އޯވަރޑްރާފްޓް ފެސިލިޓީތަކާއ ގުޅިގެނި ރަހުނު ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު އ 3573 "ގ.ޗާންދަނީޕެލަސް" އެވެކިޔުނު އަމިއްލަ ގޯއްޗާއި އެގޯތީގައިވާ އެންމެހާ ޢިމާރާތްތައް ވިއްކާލުމުގެ ހުއްދަ ޙަބީބް ބޭންކް ލިމިޓެޑަށް ލިބިގެންވާކަމަށް ކަނޑައަޅައި އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފީމެވެ].
7ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އިސްމާޢީލް ޝުޖާޢގު ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން، ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.7 އިސްތިއުނާފުކުރާ އިސްމާޢީލް ޝުޖާޢުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު -75/Cv C/2018 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އިސްތިއުނާފުކުރާ އިސްމާޢީލް ޝުޖާޢުގެ އެއްވެސް ބަހެއް ހޯދުމަކާ ނުލާ ކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފށަ މައްސަލާގައް ޙަ ކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅު ނުކުތާ އާއި؛
2.7 އިސްތިއުނާފުކުރާ އިސްމާޢީލް ޝުޖާޢުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު -75/Cv C/2018 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތުގެ ބަހެއް ހޯދުމަކީ އިސްލާމީ ޝަރީޢަތް ހިންގުމުގެ އެންމެ އަސާސީ އިޖުރއާތ ކަމަށްވާއިރު ދަޢުވާލިބޭ އިސްމާޢީލް ޝުޖާޢުގެ އެއްވެސް ބަހެއް ހޯދުމަކާނުލާ ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ އިސްލާމީ ޝަރީޢަތުގެ އަސާސީ އިޖުރާއަތުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
3.7 ސިވިލް ކޯޓުގެ ނަންބަރު C/2018-75/CV ޤަޟިއްޔާގައި އިސްތިއުނާފުކުރާ އިސްމާޢީލް ޝުޖާޢުގެ މައްޗަށް ޣައިރީ ޙާޟިރުގައި ޙުކުމްކޮށްފައިވަނީ "ކޯޓަށް މީހުން ޙާޟިރުކުރުމާ ގައި ޢަމަލުކުރާނެ ގޮތުގު ޤަވާޢިދު" ގައި ބަޔާންކުރި އިޖުރާއަތުގެ ދަށުން ކޯޓަށް ޙާޟި ރުވުމުގ އަމުރެ ރައްދުނުކޮށް ކަމާއި، އަދި އެ ޤަވާޢދުގި 28 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކޮށްފައިނުވާކަމަށ ބުން ހުށަހެޅި ނުކުތާއާއި؛
4.7 ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާގައި ޙުކުމްގައި 25,316,476.91ރ. (ފަންސަވީސ މިލިޔަން ތިންލައްކަ ސޯޅަހާސް ހަތަރުސަތޭކަ ހަތްދިހަ ހަ ރުފިޔާ ނުވަދިހަ އެއްލާރި) މީލާދީ 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ދަޢުވާލިބޭ ފަރާތަށް ޙުކުމްކޮށްފައި ވީހިނދު، މަހެއްގެ މައްޗަށް 3,164,559.61ރ. (ތިންމިލިއަން އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ ފަންސާސް ނުވަ ރުފިޔާ ފަސްދޮޅަސް އެއްލާރި) ދައްކަންޖެހުމަކީ އިސްމާޢީލް ޝުޖާޢުގެ މާލިއްޔަތަށް އެތަކެއް ދަތިތަކ ކުރިމަތިވާ ޢާއިލީ ޒިންމާތަކަށް ހުރަސްއެޅޭނެ ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
5.7 ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާގައި ދަޢުވާކުރާ ޙަބީބް ބޭންކ ލިމިޓެޑުން މި މައްސަލާގައި ނަގައިދިނުމަށް އެދިފައިވާ އިންޓްރެސްޓް ޢދަދަ ގ އެއްވެސް ތަފްސީލެއް ހުށަހަޅާފައި ނުވާކަމާއި އަދި އިންޓްރެސްޓް އަރާފައިވާ ގޮތުގެ އެއްވެސް ތަފްސީލެއް މި މައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތަކުންނާއި އަދި މައްސަލަ ހުށަހަޅާ ފޯމްގައި ބަޔާންކޮށްދީފައި ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުންނާއި އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް
8އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ "މި ފޯމްގެ 7 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރުގައިވާ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާގެ މައްސަލަ އަލުން ބަލާ ދިނުމަށް ތަހުވީލުކޮށްދެއްވުން އެދެމެވެ." މިފަދައިންނެވެ. އަދި އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރު "އިސްތިއުނާފ ރައްދުވާފަރާތުން މިމައްސަލަ އަލުން ސިވިލް ކޯޓުގައި ބަލައިދިނުމަށް އެދިފައިވަނީ ޝަރުއީ މައްސަލަތަކަކީ ގިނަ ދުވަސްވާ މައްސަލަތަކަކަށްވެފައ ގަސްތުގައި ސިވިލް ކޯޓަށް ޙާޒިރުނުވެ އަދި އަލުން މިމައްސަލަ ސިވިލް ކޯޓުގައި ބަލަން އަންގަވައިފިނަމަ، އެތަކެއް އަހަރުތަކެއް ލޯނުނުދައްކާ ހޭދަ ކުރުމުގެ ބޭނުމުގައި ކަމަށް ބޭންކުން ދެކެމެވެ. ވީމާ ދައުވާލިބޭފަރާތްތަކަށ އެފަދް ފުރުސަތެއް ނުދެއްވުމަށ ބޭންކުން އެދެމެވެ. އަދި ސިވިލް ކޯޓުގެ ޙުކުމަކީ ރަނގަޅު ޙުކުމެއްކަމަށް ކަނޑައަޅުއްވައިދެއްވުން އެދެމެވެ." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުގެ ޖަދަލު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ޚިލާފަށް މައްސަލާގައި ޙު ކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
9އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ އެންމެ އަސާސީ އެއް ޝަރުޠަކީ މައްސަލގައ ހިމެނި ދޭ ޚަޞާ މުންނަށްވްސ އެއް މިންގަނޑަކުން އެފަރާތުގެ ހުށަހެޅުންތައް ހުށަހަޅާ ޝަރީޢަތުގައި ޖަވާބުދާރީވުމުގެ ޙައްޤު ލިބިދެވުންކަމާ، އެއްވެސް މައްސަލައެއްގައި އެ މައްސަލައެއްގެ ސާފުކަމުން، ނުވަތަ އެ މައްސަލައެއް ސާބިތުވުމުގެ ފުރުޞަތު ބޮޑުކަމަށް ބައްލަވާ ޝަރީޢަތަށް މީހުން ޙާޟިރުކުރުމުގެއިޖުރއަތާ ދޫކޮށްލައިފިނަމަ، އިންސާފުވެރި ޝަރީޢަތެއްކަމުގައި ނުބެލެވޭނެކަމަށް ތަރައްޤީވެ ތހަ ޒީބުވުފައިވާ ޖުރިސްޑިކްޝަންތަކުގެ އެތައް ނިންމެވުންތަކެއްގައި ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ ބަހެއް ހޯދުމަކާނުލއަ ޣައިރު ޙޟިރުގައާ ޙުކުމްކޮށްފައިވަނީ ޝަރީޢަތް ހިންގުމުގެ ޢަދުލުވެރިކަން ގެއްލޭފަދަ ގޮތަށްކަމުން މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި އިސްލާމީ ޝަރީޢތަ ޚިލާފަށާ ކޮށްފައިވް ޙުކުމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އިސްތިއުނާފީ ދައުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 5 ވަނަ ނަންބަރު
10އިސްތިއުނާފުރައްދުވާ ފަރާތުން މި ނުކުތާއަށް ޖަވާބުދެމުން ބުނެފައިވަނީ 09 ސެޕްޓެންބަރު 2018 ވަނަ ދުވަހު އިސްތއި ނާފުކުރާ ފަރާތުން ވަނީ މައްސަލަތަކުގައި ބަދަލުގައި ޝަރީޢަތަށް ޙޟިރުވާނާ މީހަކު ހަމަޖައްސަންއެދޭ ފޯމު ސިވިލް ކޯޓަށް ހުށަހަޅާފއަ ކަމަށެވެ. އަދި އެ ފޯމުގައި ބަދަލުގައި ހަމަޖައްސާފައިވަނީ އަބޫބަކުރު ޙަސަން ކަމަށެވެ. އަދި އޭގެ ފަހުން 21 ފެބރުވަރު 2018 ވަނަ ދުވަހުވެސް އިސްތއި ނާފުކުރާ ފަރާތުގެ ބަދަލުގައި ޝަރު ޢީ ތަށ ޙާޟިރުވާނެ މީހަކު ހަމަޖައްސަން އެދޭ ފޯމު ފުރުމަށްފަހ އަބޫބަކުރު ޙަސަނު ހަމަޖައްސާފައިވާކަމަށެވެ. ކޯޓުގައި ބަހެއް ބުނުމުގެ ފުރުޞތަ އިސްތިއުނާފުކުރާ ފަރާތަށް ނުލިބޭކަމަށް ބުނުމަކީ އިތުރުފުޅެކެވެ. އެއީ ކޯޓު އަމުރު ރައްދުވެފައިވާކަން ކަށަވަރުކމާއެކަ އެނގެނު އޮވެ، އެއަށް ޖަވާބުދާރީވާން އިސްތިއުނާފުކުރާ ފަރާތުން ބޭފުޅަކު އައްޔަން ކޮށްފައިވާތީއެވެ. މިކަމުން އެނގިގެން ދަނީ ސިވިލް ކޯޓުން އިސްތިއުނާފުކުރާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދެވިފައިވާކަމެވެ. ޖަވާބުދާރީ ވުމުގެ ފުރުޞަތު ދިނުމަކީ ސިވިލް ކޯޓުގެ މައްޗަށް ލާޒިމުކަމެއްކަމުގައި ވާއިރު، އެ ލިބޭ ފުރުޞަތު ބޭނުންކުރުމަކީ މައްސަލަ ރައްދުވާފަރާތުގެ އިޚްތިޔާރުގައިވާ ކަމެކެވެ. އެހެންކަމުން، ޗިޓު ރައްދުވެފައިވާއިރު އަދި މައްސަލަ ހިނގަމުންދާކަން އެނގިހުރެ ޖަވާބުދާރީ ނުވުމުން ސިވިލް ކޯޓުން ޖަވާބުދާރީވާން ފުރުޞަތު ނުދޭކަމަކަށް ނުބުނެވޭނެއެވެ. އިސްމާޢީލް ޝުޖާޢުގެ އެއްވެސް ބަހެއް ހޯދުމަކާނުލާ ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާގައ ޙުކުމް ކޮށްފައިވަނީ އިސްލާމީ ޝަރީޢަތުގެ އަސާސީ އިޖުރއާ ތުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހޅެ ނުކުތާ
11އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މައްސަލައިގެ ޒާތް ކިތަންމެ ސާފުކަމަށް ލޯ މައްޗަށް ފެނުނު ނަމަވެސް އިސްތިއުނާފުކުރާ ފަރާތުގެ ބަހެއް ހޯދުމަކީ އިސްލާމީ ޝަރީޢަތް ހިންގުމުގެ އެންމެ އަސާސީ އިޖުރއާތ ކަމަށްވާއިރު ސިވިލް ކޯޓުން މި މައްސަލަ ނިމުމުގެ އިޙްތިމާލު ކޮންމެ ކޮޅަކަށ އޮތް ނަމަވެސް އިސްތިއުނާފުކުރާ ފަރާތުގެ ބަހެއް ހޯދަން ޖެހޭނެކަމަށް ޤަބޫލުކުރާކަމަށެވެ.
12އިސްތިއުނާފުރައްދުވާ ފަރތުނާ ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތު ށ ސިވިލް ކޯޓުގައި ފުރުޞތަ ނުދީ މައްސަލަ ހިންގައި ޙުކުމް ކޮށްފައިވާކަމަށް ބުނެފައިވަނީ ހަމައެކަނި މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅައިގެން ވަގުތުތަކެއް ހޯދުމަށް ކަމަށެވެ. ސަބަބަކީ، މި މައްސަލާގައި ސިވިލް ކޯޓަށް ޙާޟިރުވާނެ ފަރާތާ އ ކަނޑައެޅުމަށް އިސްތިއުނާފުކުރެ ކުންފުނިން ޤަރާރެއް ފާސްކޮށް ބަދަލުގައި ޙާޟިރުވާނެ މީހަކު އައްޔަންކޮށްފައިވާތީއެވެ. އަދި ކޯޓުން ތަކުރާރުކޮށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން ޙާޟިރުވެފައިނުވާކަމަށ މައްސަލް ނިމުނުގތުގ ރިޕޯޓްގެ ފާހަގަކުރެވުނު ނުކުތާތަކުގޮ 3 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރަށް ބައެއް ޝަރީޢަތްތަކަށް ޙާޟިރުވެ ދަޢުވާލިބުނު ފަރާތުން ޝަރީޢަތުގައި ބަޔާންދީފައިވާކަންވެސ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ. މިގޮތުން، 15 ޖެނުއަރީ 2018 ގައި ދަޢުވާލިބޭ ދެފަރާތުގެ ބަދަލުގައި ޝަރީޢަތަށް ބަޔާނެއްދީފައިވެއެވެ. "ކޯޓަށް މީހުން ޙާޟިރުކުރުމާ ގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢު ދ" ގ 28 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކޮށްފައިނުވާކަމަށ ބުން ހުށަހެޅި ނުކުތާ
13އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ޣައިރު ޙާޟިރުގައި ޙުކުމް ކުރައްވާފައިވަނީ "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ. އެގޮތުން، 28 ވަނަ މާއްދާގައި ބުނެފައިވާފަދއިން ޚަބަރު ފަތުރަ ވަޞީލަތަކުނ، ކަނޑައަޅިފައިވާ ތާރީޚަކާއި ކަނޑައެޅިފައިވާ ގަޑިއަކަށް އިސްތިއުނާފުކުރާ ފަރާތް ޙޟާ ރިވުމަށާއި، އަދި އިޢލާނުގައު ބަޔާންކޮށްފައިވާ ތާރީޚާއި ގަޑިއަށް އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ޙޟިރުނުވިނާމ އިސްތިއުނާފުކުރަ ފަރާތުގާ ޣައިރު ޙާޟިރުގައި އެ މައްސަލަ ހިންގާ ނިންމާނެކަމަށް އަންގާ ކޮށްފައިވާ އޢި ލާނެއު ނެތި މައްސަލަ ނިންމާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތް ދިރިއުޅޭ އެޑްރަހަކީ […] ޕެލަސ ކަމަށް ވީހިނދު، ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވާފައިވަނީ […] ޕެލަސީ އެޑްރަހަށް ނޫންކަމަށްވާތީ، ކޯޓަށް ޙޟިރުވުމުގާ އަމުރަކީ އިސްތިއުނާފުކުރާ ފަރާތަށް ރައްދުވެފައިވާ އަމުރެއް ނޫންކަމަށް ބަލަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
14އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ފޯމގު 8.3 ގައި ބޔާންކުރެވިފައިވަ ކަންތައްތަކަކީ އިސްތިއުނާފު ފޯމުގެ 8.1 އަދި 8.2 ގައިވެސް ބަޔާންކުރެވިފައިވާ ކަންތައްތައް ކަމަށް ފާހަގަވާތީ، އަދި މި ދެ ނުކުތާ 8.3 ގައި ތަކުރާރުކޮށްފައިވާކަމަށް ފާހަގަކުރެވޭތީ، އިސްތިއުނާފު ފޯމުގެ
8.1 އަދި 8.2 އަށް އިސްތިއުނާފުރައްދުވާ ފަރާތުން ދީފައިވާ ޖަވާބާއިއެކު 8.3 އަށްވެސް ޖަވާބު ދެވުނީކަމަށް ދެކޭކަމަށެވެ. މަހެއްގެ މައްޗަށް 3,164,559.61ރ. (ތިންމިލިއަން އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ ފަންސާސްނުވަ ރުފިޔާ ފަސްދޮޅަސް އެއްލާރި) ދައްކަންޖެހުމަކީ އިސްމާޢީލް ޝުޖާޢުގެ މާލިއްޔަތަށް އެތަކެއް ދަތިތަކ ކުރިމަތިވާ ޢާއިލީ ޒިންމާތަކަށް ހުރަސްއެޅޭނެ ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ
15އިސް ތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މިފަދަ ބޮޑު ޢަދަދެއް މިހާ ކުޑަމުއްދަތެއްގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ އިސްތިއުނާފުކުރާ ފަރާތަށް މާލީގޮތުން ގޮންޖެހުންތަކަކާއި ކުރިމަތިވާނެކަމެއްކަމަށެވެ. މިގޮތުން، ފައިސަލާކުރަނިވި މައްސަލަތަކުގައި މިފަދަ ބޮޑެތި ޢަދަދުތަކަށް ދަޢުވާކޮށް ޙުކުމްކުރުމުގައި އިސްތިއު ނާފުކުރާ ފަރާތުން އެފަދަ ބޮޑު ޢަދަދެއް ދައްކާކަމުގައި ވާނަމަ އިސްތިއުނާފުކުރާ ފަރާތަށް 08 (އަށެއް) މަސްދުވަހަށްވުރެ ލުއިފސޭހަ މުއްދަތެއް ލިބިދިނުމަކަ އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތުގެ އިޖުރާއަތުތަކުގެ ތެރެއިން ލިބެންޖޭހޭ ޙައްޤެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
16އިސްތިއުނާފުރައްދުވާ ފަރތުނާ ބުނެފައިވަނީ ބޭންކުން ނަގާފައިވާ ދަރަނި އަދާކުރުމަކީ މާލީ ގޮތުން އިސްތިއުނާފުކުރާ ފަރާތަށް ފަސޭހަކަމެއ ނޫންކަމަށް ފ ހަގަކޮށްފައިވާތީ، އިސްތިއުނާފުރައްދުވާ ފަރާތުނާ ބޭނުންވަނީ ސިވިލް ކޯޓުގެ ޙުކުމާއި އެއްގޮތަށް ރަހުނު ވިއްކާލުމުގެ ފުރުޞަތު އިސްތިއުނާފުރައްދުވާ ފަރާތަށް ލިބިދިނުމަށެވެ. އަދި ބޭންކުން ލޯނެއް ނަގާއިރު ރަހުނު ބެހެއްޓުމުގެ ބޭނުމަކީވެސ މިއް ކަމަށާއި، ހައިކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ލޯނު ނުދެއްކޭނެކަމަށް އިޢތިރާފްވެފައިވާތީ، އިތުރު ވަގުތު ބޭނުންނުކޮށް ވަގުތުން ވަގުތަށް ރަހުނު ތަންފީޒުކުރަން ބޭނުންކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެއެވެ. އަދި ޤާނޫނު ނަންބަރ 91/4 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މީހަކު ކޮންޓްރެކްޓާ ޚިލާފު ވެއްޖެނަމަ އޭގެ ބަދަލު ދޭންޖެހޭނެއެވެ. އެ ބަދަލު ދިނުމުގައި އިސްމާޢީލް ޝުޖާޢުއަށް ލުއިފަސޭހަވާނެ ގޮތަކަށްވާން ލާޒިމެއްނުކުރެއވެ. އިސްމާޢީލް ޝުޖާޢު ކޮންޓްރެކްޓާ ޚިލާފުވުމނު ގެއްލިގެން ދިޔައީ މައްސަލަ ހުށަހަޅާ ފަރާތުގެ ޙައްޤެވެ. އެހެންކަމުން، ގެއްލުމުގެ ބަދަލު ދިނުމުގައި އިސްކަންދޭންޖެހޭނީ މައްސަލަ ހުށަހަޅާ ފަރާތުގެ ޙައްޤު ހޯދުމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ބޭންކަށް އިންޓްރެސްޓް އަދި ޕާޓް ޕްރިންސިޕަލްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން 28 ޑިސެންބަރު 2018 ގެ ނިޔަލަށް ކޮންމެ މަހަކު 340,000.00ރ. (ތިންލައްކަ ސާޅީސްހާސް ރުފިޔާ) އަށް ވުރެ ބޮޑު ޢދަދެއަ ގަވައިދުން ދައްކަމުން ގޮސްފައިވެއެވެ. ނަމަވެސް، މައްސަލަ ކޯޓަށް ހުށަހެޅުނު ފަހުން މިއިން އެއްވެސް ފައިސާއެއް ބޭންކަށް ދައްކާފައި ނުވާކަން ފާހަގަކުރަމެވެ. އިސްތިއުނާފުކުރާ ފަރާތުގެ މި އަމަލުން ދައްކުވައިދެނީ އިސްތިއުނާފުކުރާ ފަރާތުން ގަސްތުގައި ބޭންކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ލަސްކުރަމުންދާކަމެވެ. އިންޓްރެސްޓް ޢަދަދުގެ އެއްވެސް ތަފްސީލެއް ހުށަ ހަޅާފައ ނުވާކަމާއި އަދި އިންޓްރެސްޓް އަރާފައިވާ ގޮތުގެ އެއްވެސް ތަފްސީލެއް މި މައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތަކުންނާއި އަދި މައްސަލަ ހުށަހަޅާ ފޯމގައު ބަޔާންކޮށްދީފައި ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ
17އިސް ތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދިފައިވު އިންޓްރެސްޓް ޢަދަ ދ އައު ކޮންގޮތަކުން އަދި އެ ޢަދަދަކީ ކިހިނެއް ކަލްކިއުލޭޓް ކުރެވިފައިވާ ޢަދަދެއް ކަމެއް އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކޮށްދީފައި ނުވާކަމަށެވެ. އަދި އިންޓްރެސްޓް އަރާފައިވާ ގޮތުގެ އެއްވެސް ތަފްސީލެއް މައްސަލައާއެކު ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމަކުން އަދި މައްސަލަ ހުށަހަޅާ ފޯ މުނު ވެސް ސާފުނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އަދި މި މައްސަލާގައި ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓެއް ހުށަހަޅާފައިނުވާކަމަށާއި ހަމައެކަނި ހުށަހަޅާފައިވަނީ އަމިއްލައަށް ތައްޔާރުކޮށްފައިވާ ސިޓީއެއްކަމަށް ބުނެ ތަފްސީލްކޮށް ވާހަކަދައްކާފައިވެއެވެ.
18އިސްތިއުނާފުރައްދުވާ ފަރތުނާ ބުނެފައިވަނީ ދަރަނި ސާބިތުކޮށްފައިނުވާކަމަށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވަނީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފަށެވެ. މިގޮތުން، އެގްޒިބިޓް 1 ގައިވާ ލެޓަރ އޮފް މޯގޭޖް އެންޑް ލޯން އެގްރިމަންޓްގެ 7 ވަނަ މާއްދާއާއި އެގްޒިބިޓް 2 ގައިވާ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވ ފަރާތާ ސޮއިކޮށްފައިވާ ލެޓަރ އޮފް މޯގޭޖް އެންޑް ލޯން އެއްބަސްވުމާ ގުޅިގެން އެންމެފަހުން ސޮއިކުރެވުނު ނުވަވަނަ އެޑެންޑަމްގެ 1(ބ) ވަނަ މާއްދާގައި ޞަރީޙަކޮށް އިންޓްރެސަ ޓް ބަޔާންކޮށްފައިވާނެއެވެ. މީގެ އިތުރަށް ދަޢުވާލިބޭފަރާތްތަކަށް ފޮނުވާފއިވަ 7 ސިޓީއެއް ވާނީ ސިވިލް ކޯޓަށް ހުށަހެޅިފައެވެ. މިއިން އެއްވެސް މަރުޙަލާއެއްގައި ބޭންކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދާމެދު ދަޢުވާލިބޭފަރާތްތަކުން އިޢުތިރާޟކުރައްވާފައެއްނުވެއެވެ. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެނާ ޝަރީޢަތުން ރިޢާޔަތްކރިކުރުނު
19އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އަހުރެންނަށް ފާހަގަކުރެވެނީ މައިގަނޑު 3 ކަމެކެވެ. ފުރަތަމަ ކަމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވާކަމަށް ބުނާބުނުމެވެ. ދެވަނަ ކަމަކީ ސިވިލް ކޯޓުގެ ޙުކުމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ މާލިއްޔަތަށް ދަތިތަކާ ކުރިމަތިވެ ޢާއިލީ ޒިންމާތަކަށް ހުރަސްއެޅޭނެކަމަށް ބުނާބުނުމެވެ. އަދި ތިންވަނަ ކަމަކީ، ސިވިލް ކޯޓުގައި ދަޢުވާކުރި ޙަބީބް ބޭންކް ލިމިޓެޑުން މި މައްސަލާގައި ނަގައިދިނުމަށް އެދިފައިވާ އިންޓްރެސްޓްގެ ޢަދަދުގެ އެއްވެސަ ތަފުސީލެއް ހުށަހަޅާފައި ނުވާކަމަށާއި އަދި އިންޓްރެސްޓް އަރާފައިވާގޮތުގެ އެއްވެސް ތަފުސީލެއް މި މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި އަދި މައްސަލަ ހުށަހަޅާ ފޯމުގައި ބަޔާންކޮށްދީފައިނެތް ކަމަށް ބުނާ ބުނުމެވެ. އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވާކަމަށް ބުނާބުނުން
20އެއްވެސް ޚަޞްމެއްގެ ޣައިރު ޙާޟިރުގައި ޙުކުމެއްކުރާނަމ ނުވަތަ އަމުރެއް ނެރޭނަމަ، ޒަމނުއްސުރާ ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރަމުން އަންނަ ޙުކުމްތަކުގައްޔާއި ނެރެމުން އަންނަ އަމުރުތަކުގައި، އެކަން ސާފު ޢިބާރާތުން ބަޔާންކޮށްފައި އޮންނަކަން ފާހަގަކުރެވެއެވެ. ނަމަވެސް، ޚަޞްމުންގެ ޙާޟިރުގައި ޙުކުމެއްކުރާނަމ ނުވަތަ އަމުރެއް ނެރޭނަމަ، އެ ޙުކުމެއްކުރީ ނުވަތަ އަމުރެއް ނެރުނީ ޚަޞްމުންގެ ޙާޟިރުގައިކަމަށް ބަޔާންކޮށްފައި ނުހުންނަކަން ފާހަގަކުރެވެއެވެ.
21އިސްތިއުނާފުކުރެވިފައި މިވާ މައްސަލަ ސިވިލް ކޯޓުގައި ހިންގުން ދީ ޚަޞްމެއްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށްކަނ ދަޢުވް ފޯމުން އެނގެންއޮވެއެވެ. އެއް ޚަޞްމަކީ އައި.އައި.ޝު ޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. އަނެއް ޚަޞްމަކީ އިސްމާޢީލް ޝޖާޢުއެވެ.
22އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ އައި.އައި.ޝުޖާއު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައި ޝަރީޢަތް ހިންގިފައިވާކަމަށެވެ. އެ ރިޕޯޓުގެ އެއްވެސް ހިސާބެއްގައި އިސްތިއުނާފުކުރާ އިސްމާޢީލް ޝުޖާޢުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވާކަމަށް ބަޔާންކޮށްފައި އޮތް ތަނެއް އަހުރެންނަކަށް ފެންނާކަށް ނެތެވެ.
23ބުނެވިދިޔަ ފަދައިން، އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރިކަން އެނގެން ނެތީސް، އެ މައްސަލާގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވާކަމަށް ބުނެ، އިސްތިއުނާފީ ނުކުތާއެއް ބިނާކުރެވިދާނެކަމަކަށ އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ، އިސްތިއުނާފުކުރެވެނީ ޙުކުމްކަމަށް ވެފައި، އެ ޙުކުމުގައި ވަކިކަމެއް ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވެސް ނެތީސް، އެކަން އެގޮތަށް އެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރު ޙުކުމުގައި އޮތްކަމަށްބުނެ އިސްތިއުނާފީ ނުކުތާ ބިނާކުރުމަކީ ހަމަޖެހޭ އުސޫލެއްކަމުގައި އަހުރެންނުދެކެމެވެ.
24އިސްތިއުނާފީ މަރުޙލ ބިނާ ވަނީ ހުށަހަޅާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ކަމަށް ވާއިރު، ހަރުދަނާ އަސާސއެ ނެތް އިސްތިއުނާފީ ނުކުތާއެއްގެ މައްޗަށް އިސްތިއުނާފު ބިނާކުރެވިދާނެކަމަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. ކަން ހިނގާފައިވާ ގޮތަށް ބަލައި، ހެޔޮ ގޮތުގައި އިސްތިއުނާފީ ނުކުތާތައް ބައްޓަން ކުރުމަކީ އިސްތިއުނާފަށް ހުށަހަޅާ ފަރާތުގެ ޒިންމާއާ އްކަމުގައެ އަހުރެން ދެކެމެވެ.
25އިސްތިއުނާފީ ފުރަތަމަ ނުކުތާގެ މައިގަނޑު އަސާސަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ޙުކުމްކޮށްފައިވާކަމަށް ބުނާބުނުމެވެ.
26ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "(ހ) ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމު ގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައިއެކަށީގެންވާ މުއްދަ ތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ށ) ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.
(ނ) ޝަރީޢަތްތައް ހިންގާންޖެހެނީ ޢާންމުކޮށް ހުޅުވައިލައިގެން ކަމުގައިވީނަމަވެސް ތިރީގައި ވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި، ދީމިޤްރާޠީ އުޞޫލުތަކާ ޚިލާފުނުވާނޭ ގޮތެއްގެމަތީން، ޝަރީޢަތެއް އެކުގައި، ނުވަތަ ޝަރީޢަ ތަކުން ބައެއް، ޢާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު އެ ޝަރީޢަތެއް ކުރާ ފަނޑިޔާރަކަށް ލިބިގެންވެއެވެ.
1. މުޖްތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުން، ނުވަތަ މުޖްތަމަޢުގެ އަމަންއަމާންކަން ޤާއިމްކުރުން، ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބުރޫއެރިޔަ ނުދިނުން.
2. ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަޞްލަޙަތު ޙިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަޞްލަޙަތު ރައްކާތެރިކުރުން.
3. ޢާންމުކޮށް ހުޅުވައިލައިގެން ޝަރީޢަތް ހިންގައިފިނަމަ، ޢަދުލު އިންޞާފު ޤާއިމްކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުން.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބަކަށްޓަކައި އެހެންގޮތަކަށް ކޯޓުން ކަނޑައަޅައިފައި ނުވާނަމަ، ކޯޓުތަކުން ނެރޭ ހުރިހައި އަމުރުތަކާއި ޙުކުމްތައް އިއްވާންވާނީ ޢާންމުކޮށް ހުޅުވައިލެވިފައިވާ މަޖިލީހެއްގައެވެ. އަދި ހުޅުވައިލެވިގެން ބޭއްވޭ ޝަރީޢަތުގެ މަޖިލިސްތަކުން ނެރޭ ކޯޓުގެ އަމުރުތަކާއި ކުރާ ޙުކުމްތައް ބޭނުންވާ ފަރާތްތަކަށް ފެންނާން ހުންނާން ވާނެއެވެ."
27ދިވެހިރާއްޖޭގައި ހިންގި އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައކަމަށި ބުނެވިދިޔަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވީނަމަވެސް، އެ އަސާސީ ނުކުތާއާ ޚިލާފަށް ޙުކުމް ކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރތުނާ ފާހަގަކޮށް ބަޔާންކޮށްފައިވަނީ ޝަރީޢަތަށް މީހުން ޙާޟިރުކުރުމުގެ އިޖުރާއަތު ދޫކޮށްލައިފިނަމަ އެއީ ބުނެވިދިޔަފަދަ ޢަދުލުވެރި އިންސާފުވެރި ޝަރީޢަތެއްކަމުގައި ނުބެލެވޭނެކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތަށް "ޙައްޤުލްއިސްތިމާޢު" ގެ ފުރުޞަތު ލިބިފައިނުވާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ބުނެވިދިޔަ ޙައްޤުން މަޙްރޫމްކުރުމުގެ ގޮތުން ސިވިލް ކޯޓުން ކޮށްފައިވަނީ ކޮންކަމެއްކަމެއް ސީދާ ބަޔާންކޮށްފައެއް ނުވެއެވެ. ހަމައެކަނި ބަޔާންކޮށްފައި ވަނީ އެފަރާތުގެ ބަހެއް ހޯދާފައިނުވާކަމަށް ބުނާބުނުމެވެ. ޚިލާފުވިކަމަށް ބުނާ ބުނުން ޤާނޫނީ ގޮތުން ބުރަދަން ދެނިވިގޮތަކަށް ހަމަދެއްކުމާއެކު ތަފުސީލުކޮށްދީފައެއްނުވެއެވެ.
28އިސްތިއުނާފީ ދެވަނަ ނުކުތާ ގައިވެސް ބަޔާންކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ބަހެއް ހޯދާފައިނުވާކަމަށ ބުން ބުނުމެވެ. އަދި އެފަރާތުގެ ބަހެއް ހޯދުމަކާނުލައި ޣައރި ޙާޟިރުގައި ޙުކުމްކޮށްފައިވަނީ އިސްލާމީ ޝަރީޢަތާ ޚިލާފަށްކަމަށް ބުނި ނަމަވެސް އެކަމުގެ ފުރިހަމަ ތަފުސީލެއް ބަޔާންކޮށްފައެއްނުވެއެވެ.
29އިސްތިއުނާފީ ތިންވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގު ޤަވާޢިދުގެ 28 ވަނަ މާއްދާއާ ޚިލާފަށް ޙުކުމްކޮށްފައިވާކަމަށް ބުނާ ބުނުމެވެ. ޚިލާފުވިގޮތް ބަޔާންކޮށްދެމުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ އެ މާއްދާގައި ބުނެފައިވާ ފަދައިން ރޭޑިއޯއިން ނުވަތަ ޓީވީއިނ ނުވަތް އެނޫންވެސް ޚަބަރު ފަތުރާ ވަސީލަތަކުން އިސްތިއުނާފުކުރާ ފަރާތް ހޯދުމަށް އިޢުލާނުކޮށްފައިނުވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ މި ބުނުމަށް ބާރު ލިއްބައިދޭ ޤާނޫނީ ޙުއްޖަތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/31 ޤަޟިއްޔާއެވެ.
30ދިވެހިރާއްޖޭގައި ކޯޓަށި މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދެއް ވުޖޫދުގައި އެބައޮތެވެ. އެ ޤަވާޢިދުގައި ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާންވީ ގޮތްތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން، މި ނުކުތާއާ ގުޅިގެން ފާހަގަކުރަންޖެހޭ ކަމަށް އަހުރެންނަށް ފެންނަ ކަންކަން ބުނެވިދިޔަ ޤަވާޢިދގު އަލީގައި ފާހަގަކުރުމަށް ގަސްދުކުރަމެވެ.
31ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "(ހ) ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވެން އޮތްނަމަ، ޙާޟިރުވުމުގެ އަމުރު އެމީހާއާ ޙަވާލުކުރުމުން އަމުރު ރައްދުކުރެވުނީއެވެ.
(ށ) ޙާޟިރުވުމުގެ އަމުރު ޙަވާލުކުރި ފަރާތާއި، ޙަވާލުވި ފަރާތް އަމުރުގެ އަޞްލާއި ކޮޕީގައި ސޮއިކުރަންވާނެއެވެ. ސޮއިނުކޮށްފިނަމަ ބެލެވޭނީ ޙަވާލުނުވީކަމަށެވެ.
(ނ) ކޯޓަށް ހާޟިރުވާންޖެހޭ ފަރާތް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށްފަހު ގައިވެސް އެ މީހަކު ނުފެނިއްޖެ ޙާލަތެއްގައި، އެމީހަކީ ބަންދުގައި ހުރި މީހަކަށް ނުވާނަމަ، ޙާޟިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ދިރިއުޅޭ ގޭގައި އުޅޭ ތަޞައްރަފު ފުދިފައިވާ މީހަކާ ނުވަތަ ކޯޓަށް ޙާޟިރުވާންޖެހޭ މީހާގެ ވަކީލާ، ނުވަތަ ބަދަލުގައި ހަމަޖައްސާފައިވާ މީހާއާ އަމުރު ހަވާލުކުރުމުން، ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ހ)، (ށ)، (ނ) ގައިވާ ގޮތަށް ޢަމަލުކުރެވެން ނެތްނަމަ، ޙާޟިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ގެއެއް ނުވަތަ ތަނެއްގެ ދޮރާށީގައި، ނުވަތަ އުޅަނދެއްގައި އަމުރު ހިއްޕުމުނ ނުވަތް އެ އަމުރު ފަސޭހައިން ފެންނާނެ ގޮތަށް އެއިން ތަނެއްގައި ބެހެއްޓުމުން، ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ." ދަޢުވާލިބޭފަރާތ ކޯޓަށް ޙާޟިރުނުވުން
32ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވުމުން ޢަމަލުކުރާނެގޮތް ބުނެވެދިޔަ ޤަވާޢިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައިވަނީ: "(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚަކާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ހާޟިރުނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ހާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތްތަކުން އިޢުލާން ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ހާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ."
33އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގެ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާއަކީ ޙަބީބް ބޭންކް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް ޝުޖާޢު އަށާއި، އައި.އައި.ޝުޖާޢު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދަޢުވާ ރައްދުވާ ގޮތަށް ހުށަހަޅުމުން ބެލިފައިވާ ޤަޟިއްޔާއެއްކަމާއި، ޙަބީބް ބޭންކް ލިމިޓެޑްގެ ފަރާތުން މައްސަލަ ހުށަހަޅާފައވަނި 04 ޖަނަވަރީ 2018 ގައިކަން މައްސަލައިގެ ދަޢުވާ ފޯމަށް ބެލުމުން އެނގެން އޮވެއެވެ.
34މި ޤަޟިއްޔާގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވުމަށް އޭނާގެ ބަދަލުގައި ދަފްތަރު ނަންބަރު ރސ. 1809 އަބޫބަކުރު ޙަސަން ހަމަޖައްސާފައިވާކަން "މައްސަލަތަކުގައި ބަދަލުގައި ޝަރީޢަތަށް ޙާޟިރުވާނޭ މީހަކު ހަމަޖައްސަން އެދޭ ފޯމް" އިން އެނގެއެވެ. މިގޮތުން، 15 ޖަނަވަރީ 2018 ވަނަ ދުވަހު ސވިލި ކޯޓުގް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަންގައި ބޭއްވުނު ފުރަތަމަ އަޑުއެހުމަށް އަބޫބަކުރު ޙަސަން ޙާޟިރުވެ ބަޔާންދީފައިވާކަނ އެނގެން އޮންނަކަމާއި، އއަށްފަހެ 13 ފެބުރުވަރީ 2018 އާއި، 20 ފެބުރުވަރީ 2018 އަދި 27 ފެބުރުވރަ 2018 ވަނަ ދުވަހަށް މައްސަލައިގެ އަޑުއެހުން ތާވަލުކޮށް ސިވިލް ކޯޓުގެ ނަންބަރު 1/2018/82-CR-B2 (07 ފެބުރުވރަ 2018) ދުވަހު އިސްމާޢލީ ޝުޖާޢުއަށ ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވައި މި އަމުރާއި އަބޫބަކުރު ޙަސަން ޙަވާލުވެފައިވާކަން މި އަމުރަށް ބެލުމުން އެނގެން އޮންނައިރު، މި މައްސަލައިގެ ބަދަލު ކެންސަލްކޮށް މައްސަލައިގެ ދަޢުވާލިބޭ ފަރާތަށް ކޯޓު އަމުރު ރައްދުކޮށް މައްސަލަ ކުރިއަށް ގެންދިއުމަށް އެދޭކަމަށް ބުނެ އަބޫބަކުރު ޙަސަން 17 ފެބުރުވރަ 2018 ގައި ބަދަލު ކެންސަލް ކޮށް ސިވިލް ކޯޓަށް ސިޓީ ފޮނުވާފައިވާކަން އެނގެއެވެ.
35ބަދަލު ކެންސަލް ކުރުމަށްފަހު ދެވަނަ ފަހަރަށްވެސް މި މައްސަލާގައި އިސްމާޢީލް ޝުޖާޢުގެ ބަދަލުގައި ދަފްތަރު ނަންބަރު ރސ. 1809 އަބޫބަކުރު ޙަސަން ހަމަޖައްސައި ސިވިލް ކޯޓަށް 28 ފެބުރުވރަ 2018 ދުވަހު ހުށަހަޅާފައިވާކަން "މައްސަލަތަކުގައި ބަދަލުގައި ޝަރީޢަތަށް ޙާޟިރުވާނެ މީހަކު ހަމަޖައްސަން އެދޭ ފޯމް" އަށް ބެލުމުން އެނގެން އޮވެއެވެ. އަދި ބަދަލު ހަމަޖެއްސުމަށް ދވަނެ ފަހަރަށް ހުށަހެޅި ފޯމުގެ ޞއްޙަކަމާމެދަ އިސްތިއުނާފުކުރު ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައިވެސް އެއްވެސް ސުވާލެއް އުފައްދާފައެއްނުވެއެވެ.
36އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދެވަނަ ފަހަރަށް އަބޫބަކުރު ޙަސަންއަށް ބަދަލު ހަމަޖެއްސުމުން 01 މާރިޗު 2018 ދުވަހަށް މައްސަލައިގެ އަޑުއެހުމެއް ޝެޑިއުލްކޮށް ފޮނުވި ކޯޓަށް ޙާޟިރުވުމުގެ އަމުރާއު އަބޫބަކުރު ޙަސަން ޙވާލުވެފައިވާކަނަ ސިވިލް ކޯޓުގް ނަންބަރު 1/2018/157-CR-B2 (27 ފެބުރުވރަ 2018) ކޯޓަށް ޙާޟިރުވުމުގެ އަމުރަށް ބެލުމުން އެނގެންއޮވެއެވެ. މައްސަލައިގެ ޙުކުމް ކުރުމަށް 04 މާރިޗު 2018 ދުވަހު ތާވަލުކޮށް އިސްމާޢަ ލ ޝުޖާޢުއަށް ފޮނުވި ސިވިލް ކޯޓުގެ ނަންބަރ 1/2018/162-CR-B2 (01 މާރިޗު 2018) ކޯޓަށް ޙާޟިރުވުމުގެ އަމުރާއިވެސް އަބޫބަކުރު ޙަސަން ޙަވާލުވެފައިވއެވެ. އަދި މި މައްސަލައާއި ގުޅިގެން އިސްމާޢީލް ޝުޖާޢުއަށ ސިވިލް ކޯޓުން ފޮނުވި ކޯޓަށް ޙާޟިރުވުމުގެ ހުރިހާ އަމުރެއްގެ ތިރީގައި ނޯޓް ގެ ގޮތުގައި "މި ޗިޓަށް ޙާޟިރުނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މައްސަލަ ނިންމާނެ ވާހަކަ ދަންނަވަން" މިފަދައިން ލިޔެފައި ވެއެވެ. އަދި އިޝާރާތްކުރެވިފައިވާ ކޯޓަށް ޙާޟިރުވުމުގެ ހުރިހާ އަމުރަކާއިވެސް އބޫބަކުރ ޙަސަނު ޙަ ވާލުވެފައިވާކަނަ އެނގެން އޮންނައިރު، މިއިން އެއްވެސް އަޑުއެހުމަކަށް އަބޫބަކުރު ޙަސަން ޙާޟިރުވެފައިވާކަން އެނގެންނެތްކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ، މިއިން އެއްވެސް އަޑުއެހުމަކަށް އަބޫބަކުރު ޙަސަން ޙާޟިރުނުވެވުނ ސަބަބު ބަޔާންކޮށް އެއްވެސް ލިޔުމެއްވެސް ހުށަހަޅާފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.
37"ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވަނީ ދެ ޙާލަތެކެވެ. އެއް ޙާލަތަކީ ކޯޓަށް ޙާޟިރުވުމުގެ އަމުރުލިބި، މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ޙާޟިރުނުވާ ޙާލަތެވެ. އަނެއް ޙާލަތަކީ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީތަނެއް ނޭނގޭ ޙާލަތެވެ. މި ދެޙލަތުގާ އ ކަނި ކުރާންވީ ގޮތަ އެ ޤަވާޢިދުގައި ބުނެދީފައިވެއެވެ.
38އެގޮތުން، އިޢުލާނުކުރަންޖެހޭ ކަމަށް ބުނެވިދިޔަ ޤަވާޢިދުގައި ބުނަނީ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީތަނެއް ނޭނގޭ ނަމައެވެ. އެމީހާއަށް ޗިޓު ރައްދުވާ މީހާ ހޯދަން އިޢުލާނކުރަންޖެހޭނެކަމަށު ޤަވާޢިދުގައި ބަޔާންކޮށްފައެއްނުވެއެވެ. އަދި އެގޮތަށް އެކަން ކުރުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމުގައި މެނުވީ ނުވާނެކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. އިޢުލާނު ކުރުމުގެ ބޭނުމަކީ އެންގުންކަމުގައިވާއިރު، ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވާނަމަ އެމީހަކަށް އެ އޮތީ ކޯޓަށް ޙާޟިރުވާންޖެހޭކަން އެންގިފައެވެ. ޙާޟިރުވާންޖެހޭ މީހާގެ އިތުރުން، އިތުރު ބަޔަކަށް އެކަން އަންގަންޖެހޭނެ ކަމަކަށް އަހުރެން ނުދެކެމެވެ. އަދި ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވާމީހާ ހޯދުމަށް އިޢުލާނުކުރަންޖެހޭ ކަމަކަށް ޤަވާޢިދު ނުބުނެއެވެ. އަދި އެގޮތަށް އެކަން ކުރުމުގެ މާނައެއް އަދި ބޭނުމެއްވެސ އޮތްކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ. ކޯޓުތަކުން ނިންމާފައިވާ ގިނަ ޤަޟިއްޔާތަކުގައި ވެސް ނަގަހައްޓަމުން އައިސްފައިވާ އުސޫލަކީ ބުނެވިދިޔަ އުސޫލުކަން އެނގެންއޮވެއެވެ. އެގޮތުން، ހައިކޯޓުގެ ނަންބަރު 2014/HC-A/237 ޤަޟިއްޔާއި ނަންބަރު 2018/HC-A/28 ޤަޟިއްޔާގައިވެސް ބުނެދިޔަގޮތަށް 28 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވާކަން އެނގެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/02 ޤަޟިއްޔާގެ 27 ވަނަ ޕެރެގްރާފުގައި ބަޔާންކޮ ށްފައިވ ގޮތުނާ ޣައިރު ޙާޟިރުގައި މައްސަލަ ނިންމުމުގެ ކުރިން ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރުފަތުރާ ވަސީލަތަކުން ކޮންމެހެން އިޢުލާނުކުރަންޖެހޭނއެވެ. އެހެނަސް، ބުނެވިދިޔަ ސަބަބުތައް އެގޮތުގައި ހުރުމުގެ އިތުރުން، އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ ތަފާތު ދެ ޙާލަތެއް އޮތަތީ އަހުރެންނަށް ބެލެވެނީ ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ނިންމުމަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާގެ 51 ވަނަ ޕެރެގްރާފްގައި ބުނާފަދަ "ޕަރ އިންކިއުރިއަމް" (per incuriam) ނިންމުމެއްކަމުގައެވެ.
39ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރުލިބި، މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ޙާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމުގައި ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގައި އިޚްތިޔާރު ކޯޓަށް ލިބިދީފައިވާކަން "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢޮ ދ" ގ 28 ވަނަ މާއްދާގެ (ހ) އިން އެނގެން އޮވެއެވެ.
40ބުނެވިދިޔަ ބާރަކީ ބާޔާންވެދިޔަ ޤަވާޢިދުގެ 6 ވަނަ މާއްދާއިން ކޯޓަށް ލިބިދީފައިވާ ބާރެއްކނަ އެނގެންއޮވެއެވެ. އިސްތިއުނާފުކުރެވިފައިވާ މައްސަލާ ގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ބަދަލު ހަމަޖައްސާފައިވާ ފަރާތަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބިފައިވާއިރު، އަދި ކޯޓަށް ޙާޟިރުވުމުގެ އަމުރާއި ޙަވާލުވެ އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ޙާޟިރުނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މައްސަލަ ނިންމާނެކަމަށް އަންގާފައިވާއިރު، މި ދުވަސްތަކުގައި ކޯޓަށް ޙާޟިރުވެވެނ ނެތްކަން ކޯޓަށް އަންގާ [2021] SC 41 [2021] SC 18 މައްސަލަ ކެންސަލް ކުރުމަށް ނުވަތަ އެހެން ދުވަހަކަށް ތާވަލުކުރުމަށް އެދިފައިވާކަންވެސް އެނގޭ ލިޔުމެއް މައްސަލައިގެ ފައިލގު ތެރެއިން ފެންނަން ނެތްކަން ފާހަގަކުރެވެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާ އިސްމާޢީލް ޝުޖާޢުގެ ޣައިރު ޙާޟިރުގައި ހިންގާފައިވަނީ މިހާރުވެސް ވުޖޫދުގައި އޮތް، އަދި އެ މައްޗަށް މިހާރުވެސް ކޯޓުތަކުން ޢަމަލުކުރަމުން އަންނަ "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" އާ ޚިލާފަށް ކަމަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. ސިވިލް ކޯޓުގެ ޙުކުމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ މާލިއްޔަތަށް ދަތިތަކ ކުރިމަތިވާ ޢާއިލީ ޒިންމާތަކަށް ހުރަސްއެޅޭނެކަމަށް ބުނާބުނުން
41ހައިކޯޓަކީ ދަށު ކޯޓުތަކުންނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓު ކަމަށާއި ޤާނޫނަކުން އިސްތިސްނާ ނުކުރާހާހިނދަކު، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާއެންމެހައި ނިންމުންތައް އިސްތިއުނާފުކުރާނީ ހައިކޯޓުގައި ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށް ބުނެވިދިޔަ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން، ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ދަށުކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ކަމުގައިވީނަމަވެސް، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށް އެ ޤާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
42އެހެންކަމުން، މައްސަލައެއް އިސްތިއުނާފުކުރާއިރު، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދަށުކޯޓުނަ ނިންމިކަމަށް އިސްތިއުނާފުކުރާ ފަރާތަށް ޤަބޫލުކުރެވޭ ޤާނޫނީ ސަބަބުތައް ބަޔާންކުރަންޖެހޭނެކަމުގައި އަހުރެންދެކެމެވެ. އަދި އެ ސަބަބުތައް ބަޔާންކުރަންވާ ނ ޤާނޫނީ މަސްދަރުތަކަށް ޙަވާލާދެވިގެންނެވެ. އިޖުރާއަތަކާ ޚިލާފުކަމަށް ދެކޭނަމަވެސް އެ ޚިލާފުވި އިޖުރާއަތަކީ ކޮބައިކަމާއި އެ އިޖުރާއަތާ ޚިލާފުވިކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކެނީ ކީއްވެގެންކަން ސާފުކޮށް ބަޔާންކޮށްދޭންޖެހޭނެކަމުގައި އަހުރެންދެކެމެވެ. ޢާއިލީ ޒިންމާއަށް ކޯޓެއްގެ ޙުކުމެއްގެ ސަބަބުން ހުރަސްއެޅޭ ކަމަށާއި ޙުކުމާއި ގުޅިގެން މާލިއްޔަތަށް ދަތިތަކާ ކުރިމަތިވާކަމަށް ބަޔާންކުރުމަކީ އިސްތިއުނާފީ ނުކުތާއެއް ބިނާކުރެވޭ ފަދަ ހަރުދަނާ ޤާނޫނީ ސަބަބުތަކެއް ނޫންކަން އަހުރެން ފާހަގަކުރަމަވެ.
43އަމިއްލަ ފަރުދުން ހުށަހަޅާ މައްސަލަތަކުގައި ސާބިތުވާ ދަރަނި ދައްކަން އެންގޭނެ މިންވަރާއި ގޮތް ޤާނޫނެއްގައި އަދި ޤަވާޢިދެއްގައިވިޔަސް ކަނޑައެޅި ބަޔާންވެފައި ނެތްއިރު، މިފަދަ މައްސަލަތަކުގައި ޢާންމުކޮށް ޢަމަލުކުރެވޭގޮތަށް ބަލާއިރު، ޝަރީޢަތަށް ފެންނަ އެންމެ ޢަދުލުވެރިގޮތަކަށް ނިންމަމުންދާކަން މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ މަދަނީ ޝަރުޢީ ނިޒާމުގައި ޢަމަލުކުރަމުންދާ ގޮތަށް ބލުމުނެ އެނގޭއިރު، ޝަރީޢަތަށް ސާބތުވާނި އޮންން ފައިސާގެ ޖުމުލަ ޢަދަދު ދައްކަންޖެހޭ ގޮތެއް އަދި އެ ފައިސާ ދައްކާ ޚަލާޞްކުރާނެ މިންގަނޑު ކަނޑައެޅުމުގެ ބާރަކީ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރޭގައިވާ ކަމެއްކަމާއި، އަދި މައްސަލައެއްގައި ޝަރީޢަތަށް ހުށަހެޅޭ ކަންކަން ވަޒަންކުރުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިފައިވާ ތަޤްދީރީ ބާރުގެ ދަށުން ކަނޑައެޅޭ ކަމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 12 11 ނިންމުންތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުންތަކުން އެނގެން އޮތްހިނދު، ފައިސާ ދެއްކުމުގެ މުއްދަތާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅިދާނެކަން އެނގެއެވެ. އެހެންކަމުން، ފައިސާ ދައްކާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/181 ޤަޟިއްޔާ ޚަލާޞްކުރަންވީ މުއްދަތު ކަނޑައެޅުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމެއް އިސްތިއުނާފުކުރ ފަރާތަށް ބުނެދެވިފައިނެތްކަން އެނގެއެވެ. ސިވިލް ކޯޓގައ ދަޢުވާކުރި ޙަބީބް ބޭންކް ލިމިޓެޑުން މި މައްސަލާގައު ނަގައިދިނުމަށް އެދިފައިވާ އިންޓްރެސްޓްގެ ޢަދަދުގެ އެއްވެސް ތަފުސީލެއް ހުށަހަ ޅާފައ ނުވާކަމަށާއި އަދި އިންޓްރެސްޓް އަރާފައިވާގޮތުގެ އެއްވެސް ތަފުސީލެއް މި މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި އަދި މައްސަލަ ހުށަހަޅާ ފޯމުގައި ބަޔާންކޮށްދީފައިނެތް ކަމަށް ބުނާ ބުނުން
44ސިވިލ ކޯޓަށް ހުށަހެޅް ދަޢުވާފޯމުގެ 9 ވަނަ ނަންބަރުގައި ހުށަހަޅާ ދަޢުވާގައި އެއްވެސް ފައިސާއެއް ނުވަތަ ގެއްލުމުގެ ބަދަލަކަށް އެދޭނަމަ ފައިސާގެ ޖުމްލަ ޢަދަދާއި ހިސާބުކުރެވިފައިވާ ގޮތުގެ ތަފުސީލު ހިމެނުމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ފޯމުގެ 10 ވަނަ ނަންބަރުގައި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ ލިޔުންތަކާއި ތަކެތި ބަޔާންކުރަން އޮވެއެވެ.
45ސިވިލ ކޯޓަށް ހުށަހެޅް ދަޢުވި ފޯމުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ: "9.1 ޖުމްލަ ފައިސާގެ ޢަދަދު:
(ހ) 25,649,270.67 (ފަންސަވީސ މިލިއަން ހަލައްކަ ސާޅީސްނުވަހާސް ދުއިސައްތަހަތްދިހަ ޕޮއިންޓް ފަސްދޮޅަސް ހަތެއް) ދިވެހި ރުފިޔާއި؛ އަދި
(ށ) 31,800.00 (އެއްތިރީސް ހާސް އަށްސަތޭކަ) ދިވެހި ރުފިޔާ.
9.2 ތަފްޞީލް:
(ހ) ދަޢުވާލިބޭ ފަރާތްތަކުން ލޯނަށް ދައްކަންޖެހި މިހާތަނަށް ނުދައްކާ އޮތް ފައިސާ؛ އަދި
(ށ) ދެފަރާތުގެ މެދުގައި ސޮއިކޮށްފައިވާ އެގްރީމަންޓުގެ 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލޯނަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ޝަރީޢަތުގެ މަރުޙަލާގައި ކުރަންޖެހޭ މަސައްކަތްތަކުގެ ޤާނޫނީ ފީ." މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު
46ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 10 ވަނަ ނަންބަރުގއަ ބަޔާންކޮށްފައިވަނީ: "10.1 އެގްޒިބިޓް-1: ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތްތަކަށް ލޯނު ދޫކުރުމަށްޓަކައި ދެފަރާތުގެ މެދުގައި Agreement” Loan & Mortgage of “Letter (ލެޓަރ އޮފް މޯގޭޖް އެންޑް ލޯން އެގްރީމަންޓް) މި ނަމުގައި ސޮއިކޮށްފައިވާ ނަންބަރު 169/98-MC/C (23 ޖޫން 1998) އެގްރީމަންޓްގެ ކޮޕީ؛ - ދަޢުވާލިބޭ ފަރާތަށް ލޯނު ދިނުމަށާއި އަދި ލޯނުގެ ފައިސާ އަނބުރާ އަދާކުރަންޖެހުމާބެހޭ ގޮތުން ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތްތަކާ ދެމެދު ލިޔުމުން އެގްރީމަންޓެއް އަޤްދުކުރެވިފައިވާކަން ޘާބިތުކުރުމަށް.
10.2 އެގްޒިބިޓް-2: ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު ސޮއިކޮށްފައިވަނީ ލެޓަރ އޮފް މޯގޭޖް އެންޑް ލޯން އެގްރީމެންޓާ ގުޅިގެން އެންމެ ފަހުން ސޮއިކުރެވުނު ނުވަވަނަ އެޑެންޑަމްގެ ކޮޕީ؛ - ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތްތަކާ ދެމެދު ސޮއިކޮށްފައިވާ ލެޓަރ އޮފް މޯގޭޖް އެންޑް ލޯން އެގްރީމަންޓާ ގުޅިގެން ދަޢުވާކުރާ ފަރާތަށް އެންމެ ފަހުން ދޫކުރެވުނު ކްރެޑިޓް ފެސިލިޓީތައް ހާމަކުރުމަށާއި އަދި އެފެސިލިޓީތަކ ގުޅިގެނާ މިހާތަނަށް ދައްކަންޖެހޭ ޕްރިންސިޕަލް ޢަދަދާއި ޕްރިންސިޕަލް ޢަދަދުގެ އިންޓްރެސްޓުގެ ގޮތުގައި ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ މިންވަރު ޘާބިތުކުރުމަށް.
10.3 އެގްޒިބިޓް-3: ދަޢުވާލިބޭ ފަރާތްތަކަށް ދޫކުރެވުނު ލޯނާ ގުޅިގެން މިހާތަނަށް ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ހިމަނާފައިވާ ލިޔުމާއި؛ - ދަޢުވާލިބޭ ފަރާތްތަކަށް ދޫކުރެވުނު ލޯނާ ގުޅިގެން މިހާތަނަށް ދައްކަންޖެހޭ ޕްރިންސިޕްލަ ޢަދަދާއި ޕްރިންސިޕަލް ޢަދަދުގެ އިންޓްރެސްޓުގެ ގޮތުގައި ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ މިންވަރު ޘާބިތުކުރުމަށް
10.4 އެގްޒިބިޓް-4: ދަޢުވާލިބޭ ފަރާތްތަކުން ލޯނަށް ފައިސާ ދައްކަންޖެހޭ މުއްދަތު ފާއިތުވެގެން ގޮސް، ފައިސާ ދެއްކުމަށް އިތުރަށް ދެވުނު މުއްދަތުގެ ތެރޭގައިވެސް ފައިސާ ދައްކައި ޚަލާސްކޮށްފައިނުވާތީ، ދަޢުވާލިބޭ ފަރާތުން ލޯނުގެ ފައިސާ ދެއްކުމަށް އެންމެ ފަހު ފުރުޞަތުދީ، އަދި ދައްކަންޖެހޭ ފައިސާގެ މިންވަރު އަންގައި، އެފައިސާ ދައްކައި ނިންމުމަށާއި އަދި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ، އެފަރާތުގެ މައްޗަށް ޝަރީޢަތުގެ މަރުޙަލާ މެދުވެރިކޮށް ދަޢުވާކުރާނެކަން އަންގައި ނަންބަރު HBL/AAB/293/2017 (10 ޑިސެމްބަރު 2017) ސިޓީގެ ކޮޕީ، - ދަޢުވާލިބޭ ފަރާތްތަކުން ލޯނަށް ފައިސާ ދައްކާ ޚަލާސްކޮށްފައިނުވާތީ، ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ މިންވަރު އަންގައި، އެފައިސާ ދައްކާ ނިންމުމަށާއި އަދި ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ އެފަރާތްތަކުގެ މައްޗަށް ޝަރީޢަތުގެ މަރުޙަލާ މެދުވެރިކޮށް ދަޢުވާކުރާނެކަން އެންގިކަން ޘާބިތުކުރުމަށް.
10.5 އެގްޒިބިޓް-5: ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތްތަކަށް ފޮނުވި ނަންބަރު HBL/AAB/293/2017 (10 ޑިސެމްބަރު 2017) ސިޓީ ރަޖިސްޓްރީ ޕޯސްޓުން ފޮނުވުނުކަން އަންގައިދޭ ޕޯސްޓް ރަސީދުގެ ކޮޕީ ؛ - ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތްތަކަށް ފޮނުވި ނަންބަރު HBL/AAB/293/2017 (10 ޑިސެމްބަރު 2017) ސިޓީ ރަޖިސްޓްރީ ޕޯސްޓުން ފޮނުވުނުކަން ޘާބިތުކުރުމަށް.
10.6 އެގްޒިބިޓް-6: ދަޢުވާލިބޭ ފަރާތްތަކުން ލޯނަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްޓަކައި ރަހުނުކޮށްފައިވާ […] ޕެލަސް ގޯއްޗާއި ޢިމާރާތުގެ ރަޖިސްޓްރީގެ ކޮޕީ؛ - ދަޢުވާލިބޭ ފަރާތްތަކުން ލޯނަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްޓަކައި […] ނަމުގައިވާ ގޯއްޗާއި ޢިމާރާތް ރަހުނުކޮށްފައިވާކަން ޘާބިތުކުރުމަށް. .710 އެގްޒިބިޓް-7: ދަޢުވާލިބޭ ފަރާތްތަކުން ލޯނަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްޓަކައި ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ޚަރަދުކޮށްފައިވާ ފައިސާގެ ތަފްޞީލް ބަޔާންކޮށްފައިވާ އިންވޮއިސްގެ ކޮޕީ. - ދަޢުވާލިބޭ ފަރާތްތަކުން ލޯނަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްޓަކައި ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ދަޢްވާކުރާ ފަރާތުން ޚަރަދުކުރި ފައިސާގެ މިންވަރު ޘާބިތުކުރުމަށް."
47ދަޢުވާ ފޯމުގެ އިތުރަށް ހެކި ލިސްޓްގައިވެސް ބުނެވިދިޔަ ކަންކަން ހިމަނާ އެކަންކަމުގެ ތަފުސީލު އިތުރަށް ބަޔާންކޮށްފައިވާކަން އެނގެންއޮވެއެވެ.
48އެހެންކަމުން، ދަޢުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކިހުށަޅާފައި ވާތީއާއި، ފައިސާ ހޯދުމަށް ބޭންކުން ކޮށްފައިވާ މަސައްކަތުގެ އެއްވެސް މަރުޙަލާއެއްގައި ބޭންކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދާމެދު ދަޢުވާލިބޭފަރާތުން އިޢުތިރާޟުކޮށްފައިވާކަނ އެނގެން ނެތްހިނދު، މަދަނީ މިންގަނޑުން ބަލާއިރު، ދަޢުވާ ސާބިތުވާކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ހެއްކަށް ރިޢާޔަތްކުރެވިގެންކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.
49ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކަށް ބަލައި، އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި […] އިސްމާޢީލް ޝުޖާޢުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ހމައެއަ އޮތްކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ.
50އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ފަސްފަހަތް އަދި ދެފަރާތުން ދައްކާފައިވާ ވާހަކަތައް ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔުގައި ފާހަގަކޮށްފައިވާ ކަންކަމުގެ 2 ވަނަ ނަންބަރުން ފެށިގެން 18 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އައިސްފައިވެއެވެ.
51އިސްތިއުނާފ ކުރު ފަރާތުގާ މައިގަނޑު އެއް ނުކުތާއަކީ އޭނާގެ ޣައިރު ހާޟިރުގައި މައްސަލަ ނިންމި ނިންމުންކަމަށްވާތީ، ސިވިލްކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާ އިސްމާޢީލް ޝުޖާޢގެ ޣައިރު ޙާޟިރުގައި ނިންމާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުސޫލުތަކާ އެއްގޮތަށްތޯ ޝަރީޢަތުން ވަޒަންކުރަންޖެހޭނެކަމަށ އަހުރެން ޤަބޫލުކުރަމެވެ.
52ޕްރިސިޑެންސް 1އ މީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) އިން ކޮންމެ މީހަކަށް ލިބިދޭ އަސާސީ ޙައްޤެއްކަން އެނގެންއޮވެއެވެ. މި ޙައްޤު އެއްވެސް މިންވަރަކަށް ހަނިކުރެވޭނީ ޤާނޫނުއަސާސީގައި ބުނެފައިވާ އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުންނެވެ.
53ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދެއް ވުޖޫދުވެފައިވެއެވެ. އަދި އެ ޤަވާޢަ ދުގައި ކޯޓަށް މީހުން ޙާޟިރުކުރުމަށްޓަކައި ގެންގުޅެންޖެހޭ އިޖުރާއަތު ތަރުތީބުން ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު މައްސަލައިގެ ޚަޞްމުން ކޯޓަށް ހާޟިރުނުވެއްޖެނަމަ ދެން ޢަމަލު ކުރަންވީ ގޮތް ވެސް މި ޤަވާޢިދުގައި ބަޔާންކޮށްފައިވެއެވެ. މި އިޖުރާއަތުތައް ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔުގެ 31 އަދި 32 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ފަދައިން އައިސްފައިވެއެވެ.
54ޕްރިސިޑެންސް 2މި މައްސަލާ ގައި އިސްތިއުނާފު ކުރާ ފަރާތަށް ޗިޓު ރައްދުކުރެވިފައިވޭތޯ ބަލާއިރު، މައްސަލައިގެ އަޑުއެހުން ފަސް ފަހަރަށް ތާވަލް ކުރެވުނެވެ. މިއިން ކޮންމެ އަޑުއެހުމެއްގެ ޗިޓު އިސްތިއުނާފުކުރާ ފަރާތުގެ ބަދަލުގެ ގޮތުގައި ހަމަޖައްސާފައިވާ ދަފްތަރު ނަންބަރު ރސ. 1809 އަބޫބަކުރު ޙަސަން އަށް ރައްދުކުރެވިފައިވާކަން އިސްތިއުނާފުކުރާ ފަރާތަށް ފޮނުވާފައިވާ "ކޯޓަށް ހާޟިރުވުމަށް އަންގާ އަމުރު" ތަކަށް ބެލުމުން އެނގެއެވެ. ކޯޓަށް ޙާޟިރުވުމުގެ ހުރިހާ އަމުރަކާއި އަބޫބަކުރު ޙަސަންގެ ފަރާތުން ޙަވާލުވެފައިވީނަމަވެސް މިއިން އެއްވެސް އަޑުއެހުމަކަށް އަބޫބަކުރު ޙަސަންގެ ފަރާތުން ޙާޟިރުވެފައިވާކަން އެނގެންނެތެވެ. އަދ މިއިން އެއްވެސ އަޑުއެހުމަކަށް އަބޫބަކުރު ޙަސަނގެ ފަރާތުނެ ޙާޟިރުނުވެވުނ ސަބަބު ބަޔާންކޮށް އެއްވެސް ލިޔުމެއްވެސް ހުށަހަޅާފައިވެސް ނުވާކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން، މި މައްސަލަ ހިންގާފައިވަނީ "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގއ ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް، އިސްތިއުނާފުކުރާ އިސްމާޢީލް ޝުޖާޢުގެ ޣައިރު ޙާޟިރުގައިކަން އެނގެންއޮވެއެވެ.
55ޕްރިސިޑެންސް 3ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/08 އަދި 2020/SC-A/100 ޤަޟިއްޔާގައި ޣައިރު ޚާޟިރުގައި ޝަރީޢަތް ހިންގާއިރު ރިޢާޔަތްކުރަންޖެހޭ އެހެނިހެން ކަންކަން ބަޔާންކޮށްދީފައިވެއެވެ. އެގޮތުން އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:
56ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/08 ޤަޟިއްޔާގައި ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު ވިދާޅުވެފައިވަނީ؛ "ދަށު މަރުޙަލާއިންވެސ ދަޢުވް ރައްދުވާ މީހެއްގެ ޣައިރު ޙާޒރުގައި ޝަރީޢަތް ކުރާނަމަ، އެންމި ކުޑަ މިނުން ހުށަހެޅިފައި އޮތް ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން، ސާބިތުވާނަމަ ހުރި ހެކި، އަދި އެ ހެކި ވަޒަންކުރި ގޮތާއި ދިން ބުރަދަން ބަޔާންކުރުމަކީ މައްސަލައިގައި ހިމެނޭ ދެފަރާތުގެވެސް ޙައްޤެކެވެ. ދަޢުވާލިބޭ ފަރާތުން ޝަރީޢަތަށް ހާޒިރުނުވުމަކީ އޭނާގެ ފަރާތުން ދިފާޢުވުމަށް އޮތް ފުރުޞަތު އަމިއްލައަށް ދޫކޮށްލުމެވެ. މި ޢަމަލަކީ އެއްވެސް ހާލެއްގައި ކަމުގެ ހަޤީޤަތް ކަށަވަރުނުކޮށް ޙުކުމް ކުރުމަށް ހުޅުވާލެވިގެން ދިޔަ ދޮރެއް ކަމުގައި ބަލައިގެނނުވާނެވެ. "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދު"ގައި ޣައިރު ހާޒިރުގައި ކުރާ ޙުކުމްތަކުގައިވެސ ޝަރީޢަތަށް ހުށަހެޅިފައިހުރި ހެކި ވަޒަންކުރަންޖެހެއެވެ. ޙަވާލާދެވިފައިވާ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދަޢުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޙުކުމެއްކުރާނަމަ، އެފަދަ ޙުކުމެއް ކުރެވޭނީ ހުށަހެޅިފައިހުރި ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރުމަށް ފަހުގައި ބަޔާންކޮށްފައިވެއެވެ." މިފަދައިންނެވެ. މި ރައުޔާ ހަވާލާދީ ސުޕްރީމްކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާގައި ބުނެފައިވަނީ، "ކޯޓުތަކުން މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ގޮތެއްގެ މަތިން ދަޢުވާ ރައްދުވާ މީހެއްގެ ޣައިރު ހާޟިރުގައި ޝަރީޢަތްކުރި ނަމަވެސް، އެންމެ ކުޑަމިނުން ހުށަހެޅިފައި އޮތް ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން، ދަޢުވާ ސާބިތުވާނަމަ ހުރި ހެކި، އަދި އެ ހެކި ވަޒަންކުރި ގިތާއި ދިން ބުރަދަން ބަޔާންކުރުމަކީ މައްސަލައިގެ ހިމެނޭ ދެފަރާތުގެވެސް ޙައްޤެކެވެ. އަދި ދަޢުވާ ލިބޭ ފަރާތުން ޝަރީޢަތަށް ހާޒިރުނުވާ ހާލަތުގައި ދޢަ ވާލިބު ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީޢަތްކޮށް ޙުކުމްކުރުމަށް ޝަރީޢަތްކުރުމާބެހޭ ގަވާއިދު ތަންދިން ނަމަވެސް، އެއްވެސް ހާލެއްގައި ކަމުގެ ހަޤީޤަތް ކަށަވަރުނުކޮށް ހުކުމް ކޮށްފިނަމަ އެ ޙުކުމް ސައްހަނުވާނެއެވެ."
57ބުނެވުނު ދެ ޤަޟިއްޔާއިންވެސް ފާހަގަކުރަނީ އެއްކަމެކެވެ. އެއީ މަދަނީ މައްސަލަތަކުގައި ވަކި ހާލަތްތަކުގައި ޣައިރު ހާޒިރުގައި ހުކުމްކުރުމަށް ހުއްދަވެފައި އޮންނަ އޮތުމަކީ އެއްވެސް ހާލެއްގައި ކަމުގެ ހަޤީޤަތް ކަށަވަރުނުކޮށް ހުކުމް ކުރުމަށް ލިބިދޭ ބާރެއް ނޫންކަމެވެ.
58އ ސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާއަކީ، ޙަބީބް ބޭންކް ލިމިޓެޑް (ރެޖިސްޓްރީ ނަންބަރު 7443-BL) އިން އެބޭންކުގެ ނަންބަރު 000030911057-2050 އަދި 000030146589-2050 އެކައުންޓްގެ ދަށުން ދޫކޮށްފައިވާ، 25,278,454/06ރ (ފަންސަވީސް މިލިއަން ދެލައްކަ ހަތްދިހަ އަށްހާސް ހަތަރުސަތޭކަ ފަންސާސް ހަތަރު ރުފިޔާ ހަލާރި) އާއި އޭގެ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ 370,816/61ރ (ތިންމިލިއަން ހަތްދިހަހާސް އަށްސަތޭކަ ސޯޅަ ރުފިޔާ / ފަސްދޮޅަސް އެއްލާރި) އާއި އެކު ޖުމްލަ ,270/6725,649ރ (ފަންސަވީސ މިލިއަން ހަލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ހަތްދިހަ ރުފިޔާ ފަސްދޮޅަސް ހަތްލާރި) އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި […] އިސްމާޢީލް ޝުޖާޢުގެ ފަރާތުން އަނބުރާ ހޯދުމަށް އެދި އެފަރާތްތަކުގެ މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް އެދި ޙަބީބް ބޭންކް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
59ބުނެވިދިޔަ ޤަޟިއްޔާގައި އެކޯޓުން ޙުކުމަށް ބަލާއިރު، ޙަބީބް ބޭންކް ލިމިޓެޑާއި އިސްމާޢީލް ޝުޖާޢު އަދި އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުންތަކަށއާ އެއެގްރީމަންޓްގެ ދަށުން ހެދިފައިވާ އެޑަމްޑަމްތަކުގެ ދަށުން ދޫކުރެވުނު އޯވަރޑްރާފްޓް ފެސިލިޓީ ތަކަށް ރިޢާޔަތްކޮށް 25,284,626.91ރ (ފަންސަވީސ މިލިޔަން ދެލައްކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ ސައްބީސް ރުފިޔާ ނުވަދިހަ އެއްލާރި) އަދި ޤާނޫނީ އެހީތެރިކަމަށް ޚަރަދުވި -31,800/ރ. (އެއްތިރީސްހާސް އަށްސަތޭކަ ރުފިޔާ) ޙަބީބް ބޭންކް ލިމިޓެޑަށް ނަގައިދިނުމަށް ޙުކުމް ކޮށްފައިވެއެވެ.
60އިސްތިއުނާފުކުރެވިފަ އިވާ ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާގައި އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން އެކޯޓުން ޙުކުމް ކުރިއިރު، މައްސަލައިގެ ޙަޤީޤަތތްކަށާއ އަދި ވަށައިގެންވާ އެންމެހާ ކަންތައްތަކަށް ރިޢާޔަތްކޮށްފައިވޭތޯ ބަލާއިރު، އިސްތިއުނާފުކުރެވި މިވާ މައްސަލައިގެ ޙުކުމަށް ވާސިލްވުމަށ ޝަރީޢަތުން ފާހަގަކޮށްފައިވަނީ ޖުމްލަ 1 (އެކެއް) ނުކުތާއެވެ. އެއީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ ނަންބަރުގެ (ނ) ގައި ފާހަގަކޮށްފައިވާ ކަންކަން އެކަންޏެވެ. މި ނުކުތާގައި އަންނަވި ފަދައިން އައިސްފައިވެއެވެ. "ޙަބީބު ބޭންކް ލިމިޓެޑުން ލޯން ލިބިގަތުމުގައި ރަޖިސްޓްރީ ނަންބަރު 169/98-MC/C ލެޓަރ އޮފް މޯގޭޖް އެންޑް ލޯން އެގްރީމަންޓާއި، އެގްރީމަންޓްގެ ދަށުން ސޮއިކުރި 09 ވަނަ އެޑަމްޑަމްގ ގޮތުގައެ ރަޖިސްޓްރީ ކުރެވުނު ރަޖިސްޓްރީ ނަންބަރު 579/2011-C/C-Cv (06 ސެޕްޓެމްބަރު 2011) އެގްރީމަންޓުގެ ދަށުން ދޫކޮށްފައިވާ އޯވަރޑްރާފްޓް ފެސިލިޓީ ތަކުގެ ތެރެއިން އޯވަރޑްރާފްޓް 01 ގެ ގޮތުގައި 20,000,000.00ރ (ވިހި މިލިއަން ރުފިޔާ) އާއި، އޯވަރޑްރާފްޓް 02 ގެ ގޮތުގައި 7,710,000.00ރ (ހަތްމިލިއަން ހަތްލައްކަ ދިހަހާސް ރުފިޔާ) ގެ އޯވަރ ޑްރާފްޓް ފެސިލިޓީތަކާއ ގުޅިގެނި ދަޢުވާލިބޭ ފަރާތްތަކުން ޙަބީބް ބޭންކް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޤަވާއިދުން ދައްކާފައިނުވުމުގެ ސަބަބުން 28 ފެބުރުވަރީ 2018 މިދުވަހުގެ ނިޔަލަށް އިންޓްރެސްޓާއި ޖޫރިމަނާއާއިއެކު ޖުމްލަ 25,284,626.91ރ (ފަންސަވީސ މިލިޔަން ދެލައްކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ ސައްބީސް ރުފިޔާ ނުވަދިހަ އެއްލާރި) ލޯނު ނެގިފަރާތާއި ޔަޤީންކަން ދިންފަރާތުނ ޙަބީބް ބޭންކް ލިމިޓެޑަށް ދައްކަންޖެހި ނުދެއްކި އޮތްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ އޮތުން"
61ޕްރިސިޑެންސް 5އިސްވެ ބަޔާންކުރެވު ނ ނުކުތާފިޔަވައި އިތުރުކަމެއް، އިސްތިއު ނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރާ 75/Cv-C/2018 ޤޟިއްޔާގައަ އެކޯޓުން ކޮށްފައިވާ ޙުކުމަށް ވާޞިލވުމަށު ޝަރީޢަތުން ފާހަގަކޮށްފައިނުވެއެވެ. އެހެންކަމުން، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން، އެ މައްސަލައިގެ ޙުކުމަށް ވާސިލްވި ސަބަބުތައް ސާފުކޮށް އެނގެން ނެތްކަން ފަހާގަކުރެވެއެވެ. ސަބަބަކީ ޙަބީބް ބޭންކް ލިމިޓެޑއާ އައި.އައި.ޝުޖާޢު އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އަދި އިސްމާޢީލް ޝުޖާޢު އާއި ދެމެދު ވެފައިވާ މޯގޭޖް އެންޑް ލޯން އެގްރީމަންޓާއި، ބޭންކުން ދޫކޮށްފައިވާ އޯވަރޑްރާފްޓް ފެސިލިޓީ ތަކަށް ބަލާއިރު ޙަބީބް ބޭންކް ލިމިޓެޑުން ދެ އޯވަރޑްރާފްޓް ފެސިލިޓީއެއް ދޫކޮށްފައިވެއެވެ. އެއީ 20,000,000.00ރ (ވިހި މިލިއަން ރުފިޔާ)ގެ އޯވަރޑްރާފްޓް ފެސިލިޓީ ލޯނަކާއި 7,710,000.00ރ (ހަތްމިލިއަން ހަތްލައްކަ ދިހަހާސް ރުފިޔާ)ގެ އޯވަރޑްރާފްޓް ފެސިލިޓީ ލޯނެކެވެ. މި ލޯނުގެ ޖުމްލަ އަގަށް ބެލި ކަމުގައިވީނަމަވެސް މިއީ 27,710,000.00ރ (ހަތާވީސ މިލިއަން ހަތްލައްކަ ދިހަ ހާސް ރުފިޔާ) ގެ ލޯނެއްކަން އެނގެންއޮންއިރު، ޙަބީބް ބޭންކުން އިސްތިއުނާފު ކުރެވިފައިމިވާ ދަޢުވާގައި ހޯދުމަށް އެދިފައިވަނީ 25,649,270/67ރ (ފަންސަވީސ މިލިއަން ހަލައްކަ ސާޅީސް ނުވަހާސް ދުއިސައްތަ ހަތްދިހަ ރުފިޔާ ފަސްދޮޅަސް ހަތްލާރި) އެވެ. ބުނެވިދިޔަ ލޯނު އެގްރީމަންޓަކީ 1998 ވަނަ އަހަރު ޙަބީބް ބޭންކް ލިމިޓެޑުން ދޫކޮށްފައިވާ ލޯނެކެވެ. ލޯނުގެ ފައިސާ ނުދައްކާކަމަށް ބުނެ ދަޢުވާ ކޮށްފައިވަނީ، އޭގެ 20 (ވިހި) އަހަރު ފަހުން 2018 ވަނަ އަހަރުއެވެ. ބުނެވިދިޔަ ދިގު މުއްދަތުގައި ލޯނު ނެގިފަރާތު ނ ލޯނަށް ދައްކާފައިވާ ފައިސާއާއި ލޯނު ދެއްކުމުގައި ވެފައިވާ ޑިލޭތަކާއި، ލޯނު ނުދައްކާ މުއްދަތާއި އެ މުއްދަތުގައި އަރާފައިވާ ޖޫރިމަނާއާއި، އަދި އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކިގެން ދެފަރާތުގެ ދެމެދުގައި އިތުރު ވާހަކަ ދެކެވިފައިވޭތޯއާއި ލޯނު ދެއްކުމުގައި އިތުރު ލުއިތަކެއް ދީފައިވޭތޯއާއި ޖޫރިމަނާގެ ފައިސާ ހިސާބުކޮށްފައިވަނީ ކޮންގޮތަކަށްތޯއާއި މިއިން އެއްވެސް ކަމަށް އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވިއިރު އެކޯޓުން ރިޢާޔަތްކޮށްފައި ނުވާކަން ސާފުކޮށް އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުމާ ގޮތުގު ރިޕޯޓުން އެނގެން އޮވެއެވެ.
62ޕްރިސިޑެންސް 4ޙުކުމަށް ވާސިލްވުމުގެ ސަބަބު ބަޔާންކުރުމުގެ ވާޖިބު ފާހަގަކޮށް ސުޕްރީމްކޯޓުގެ ނަންބަރު 2020/HC-A/100 ޤަޟިއްޔާ ގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވެފައިވަނީ؛ މީހެ އްގެ މައްޗަށް އުފުލޭ ޖިނާއީ ދައުވާތަކުގައާއި މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގެ މައްސަލަތަކުގައި އިންސާފުވެރި ޝަރީއަތެއް ކުރެވުމުގެ ޙައްޤަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ
(ހ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށާއި، މި އަސާސީ ޙައްޤު ލިބުނުކަން ކަށަވަރުކުރެވޭނީ ޤާނޫނުއަސާސީގެ 42 ވަނަ، މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ގޮތަށް ހާމަކަމާއެކު ޝަރީޢަތް ކުރެވިގެންނެވެ. އެގޮތުން ފަނޑިޔާރު ނިންމާ ނިންމުމަކީ ހެއްކާ ގަރީނާއަށް ބިނާކޮށް އިންސާފުވެރިކަމާއި އެކުގައި ކުރި ހުކުމެއް ކަން ކަށަވަރުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ ކުރިމައްޗަށް ހުށަހެޅުނު ހެކިތަކަކީ ކޮބައިކަމާއި، އެ ހެކިތައް ވަޒަންކުރި ގޮތާއި، އެ ހުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ކުރުންކަމެވެ. އަދި ޙުކުމަށް ވާސިލްވި ސަބަބަތައ ބަޔާންކުރުން ފަނޑިޔާރުންގެ މައްޗަށް ލާޒިމްވާ ސަބަބު ބަޔާންކުރަމުން ވިދާޅުވެފައިވަނީ؛ "އެ މައްސަލައެއް އެކަށީގެންވާ މިންވަރަކަށް އެ ފަނޑިޔާރު ބަލައިފިކަން ކަށަވަރުކުރެވޭނެ ވަސީލަތަކީ އެއީ ކަމުގައިވާތީއެވެ. މައްސަލައިގެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ބަޔާންކުރުމުގައި، މައްސަލައިގައި ހިމެނޭ ދައުވާގެ ކޮންމެ ބަޔަކާމެދު ދެފަރާތުން ދެއްކި ވާހަކަތަކުގެ މައިގަނޑު ނުކުތާތައް ބަޔާންކޮށް، އެ ނުކުތާތަކުގެ ތެރެއިން އެ މައްސަލައެއްގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތަކަކީ ކޮބައިކަން ފާހަގަކޮށް އެ ނުކުތާތަކާ ބެހޭ ގޮތުން ހުރި ހެކިތަކާއި، އެ ހެކިތައް ވަޒަންކުރި ގޮތާއި އެ ހެކިތަކަށް ބުރަދަން ދެވުނު ގޮތް އަދި މައްސަލަ ސާބިތުނުވާނަމަ އެ މައްސަލަ ސާބިތުނުވި ސަބަބު ފަނޑިޔާރު ބަޔާންކުރަންވާނެއެވެ، ޚަޞްމަކު ހުށަހެޅި ހެއްކެއް ބަލައި ނުގަތުމަށ ފަނޑިޔާރް ނިންމައިފިނަމަ އެ ކަމުގެ ސަބަބުތައް ސާފުކޮށް ލިޔަންވާނެއެވެ، ފައިސާގެ ޢދަދަ އެ ދައްކަން ޙުކުމްކުރާނަމަ އެ ޢަދަދަކަށް ވާސިލުވި ގޮތް ސަބަބާއެކު ބަޔާންކުރަންވާނެއެވެ. ޙުކުމަށް ވާސިލްވި ސަބަބުތައް، ޝަރީޢަތް ކުރާ ފަނޑިޔާރު ބަޔާންކޮށްފައި ނުވާނަމަ، އެ މައްސަލަ އިސްތިއުނާފުކުރަން ބޭނުންވާ ޚަސްމަށް އޭނާ ތައުނުކުރަން ބޭނުންވާ ނުކުތާތައް ފާހަގަކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އެހެންކަމުން އެކަމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ޚަސްމުންނަށް ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަށް ވެސް އުނިކަން ލިބޭނެކަމެކެވެ. ވީމާ، ފަނޑިޔާރު ޙުކުމަށް ވާސިލުވި ސަބަބުތެއް ލިޔެ ބަޔާންކޮށްފައި ނެތް ނަމަ އެ ޝަރީޢަތަކީ ސައްޙަ ޝަރީޢަތެއް ކަމުގައި ނުބެލެވޭނެއެވެ. ޣައިރު ހާޒިރުގައި ޝަރީޢަތް ކުރެވޭ މަދަނީ މައްސަލަތަކުގައިވެސް މިކަން އޮންނަންވާނީ މި މަގަށެވެ."
63ބުނެވުނު ކަންކަނު މި މައްސަލައަށް ތަތުބީޤުކުރާއިރު، އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައިވެސް ޙުކުމަށް ވާސިލްވި ސަބަބުތައް ބުނެވިދިޔަ ގޮތުގެ މަތިން ބަޔާންކޮށްފައިނުވާކަން އެނގެންއޮވެއެވެ. އެގޮތުން، ފައިސާގެ ބޮޑު ޢަދަދެއ ދައްކަން ޙުކުމްކުރި އިރު، އެ ޢަދަދަށް ވާސިލްވި ގޮތް ކަށަވަރުކޮށްފައި ނުވާކަމާއި، އިސްތިއުނާފު ރައްދުވާ ޙަބީބް ބޭންކް ލިމިޓެޑުން ދަޢި ވާގައި އެދިފައިވާ ޢަދަދު އެގޮތުގައި ނަގައިދީފައިވާއިރު، އިންޓްރެސްޓާއި ޖޫރިމަނާއަށް ފައިސާ ހިސާބު ކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ވެސް ޝަރީޢަތުން ކަށަވަރު ކޮށްފައިނުވެއެވެ.
64ކުރިން އިސްވެ ފާހަގަކުރެވުނު ފަދައިން މި މައްސަލަ ސިވިލް ކޯޓުގައި ހިންގާ ޙުކުމްކޮށްފައިވަނ އިސްތިއުނާފުކުރާ އިސްމާޢީލް ޝުޖާޢުގެ ޣައިރު ޙާޟިރުގައެވެ. ނަމަވެސް ޣައިރު ހާޟިރުގައި ހިންގޭ ޝަރީޢަތެއްގައި ވެސް މައްސަލައިގެ ޙުކުމަށް ވާޞިލުވާންޖހޭނީ ކުރިން އިސްވެ ބަޔާންކޮށްފައިވާ ފަދައިނެ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންތައްތަކަށް ނަޒަރުކޮށް އެކަންތައްތައް ޝަރީޢަތުން ފާހަގަކުރުމަށް ފަހުއެވެ. ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރުމަށްފަހުގައެވެ. ކަން މިހެން ހުރި ނަމަވެސް ސިވިލްކޯޓުގެ ނަންބަރު 2018C/-5/Cv7 ޤަޟިއްޔާގެ ޙުކުމަށް ވާސިލްވުމުގައި މައްސަލަ ބެލި ފަނޑިޔާރު އެ ޙުކުމަށް ވާސިލްވި ސަބަބު މި ރައުޔުގެ 60 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާފަދައިން ބަޔާންކުރުމުގެ އިތުރުން، އިތުރުކަމެއް ފާހަގަކޮށްފައިނުވެއެވެ.
65އެހެންކަމުން، ސިވިލްކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނއަސާސީގު 42 ވަނަ މާއްދާއާއި އެއްގޮތަށް އިންޞާފުވެރިކަމާއެކު ނިންމާފައިވާ ސައްޙަ ނިންމުމެއް ކަމުގައި ނުވާތީ އެ މައްސަލައަކީ އަލުނަ ސިވިލް ކޯޓުން ބެލުމަށް ތަޙްވީލުކުރަންޖެހޭ މައްސަލައެއްކަމަށް އަހުރެން ދެކެމެވެ. • ޙުކުމް: ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 75/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި […] އިސްމާޢީލް ޝުޖާޢގެ ފަރާތުނު ހުށަހަޅާފައިވް ނުކުތާގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް އެ މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ ފަނޑިޔާރު މުޙައްމަދު ފައިޞަލް ފަނޑިޔާރު ޙަސަން ޝަފީޢު ފަނޑިޔާރު ޙުސައިން ޝަހީދު (ރިޔާސަތު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ (2020/SC-A/100 ގެ ރައުޔުގެ ތެރެއިން)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 6 ވަނަ، 10 ވަނަ އަދި 28 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ، 36 ވަނަ މާއްދާގެ (ނ) އަދި 38 ވަނަ މާއްދާ (ތަފާތު ރައުޔު)
- ސުޕްރީމް ކޯޓު 2019/SC-A/08
- ސުޕްރީމް ކޯޓު 2020/SC-A/100
- ސުޕްރީމް ކޯޓު 2021/SC-A/02 (ތަފާތު ރައުޔު)
- ސުޕްރީމް ކޯޓު 2019/SC-A/15 (ތަފާތު ރައުޔު)
- ސުޕްރީމް ކޯޓު 2009/SC-A/30 (ތަފާތު ރައުޔު)
- ހައިކޯޓު 2014/HC-A/237 (ތަފާތު ރައުޔު)
- ހައިކޯޓު 2018/HC-A/28 (ތަފާތު ރައުޔު)
- ހައިކޯޓު 2016/HC-A/181 (ތަފާތު ރައުޔު)
- ހައިކޯޓު 2013/HC-A/31 (އިސްތިއުނާފުކުރި ފަރާތުން ޙަވާލާދީފައި)
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ރިޔާސަތު
- ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ޙަސަން ޝަފީޢު