ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/354
އިބްރާހީމް ޒާހިރު ވ. އާދަމް ސަމްސާދު އަދި އިތުރު ފަރާތްތައް، 2022/HC-A/354
Ibrahim Zahir v. Adam Samsaadhu and other parties 2022/HC-A/354 (2022/HC-A/354, High Court of the Maldives, 7 March 2024)
އިބްރާހީމް ޒާހިރު ވ. އާދަމް ސަމްސާދު އަދި އިތުރު ފަރާތްތައް
މައިގަނޑު ސުވާލު
ބައްޕައަކު ތަޞައްރަފު ފުދިފައިވާ ދަރިންނަށް ކޯޓު މެދުވެރިކޮށް ހިބައިން ދީފައިވާ ބަންޑާރަ ގޯތީގެ ބައެއްގެ ހިބަ، ރަޖިސްޓްރީ ދަރިންގެ ނަމަށް ބަދަލުނުކޮށް ހުރުމާއި، ހިބައަށްފަހު ބައްޕަ ޚަރަދުކޮށް އިމާރާތްކޮށް ބަދަލު ގެނެސްފައިވުމާއި، ހިޔާޒަތު ދަރިންނަށް ލިބިފައިނުވާކަމަށް ބުނުމުގެ ސަބަބުން، އަނބުރާ އަތުލެވޭތޯ (ޤަވާޢިދު 6 ގެ 145 ވަނަ މާއްދާ).
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ހިބައިން ދިނުމުގެ ޤާނޫނީ ނަތީޖާއަކީ ހިބައިން ދޭ ހިނދުން ފެށިގެން މިލްކުވެރިކަން ބަދަލުވުމެވެ. ކޯޓުން ހިބަ ޞައްޙަކަމަށް ކަނޑައެޅި ހިނދުން ފެށިގެން މިލްކުވެރިކަން ބަދަލުވެފައިވާކަމަށް ބަލަންޖެހޭނެއެވެ. އެ މިލްކުވެރިކަމާ އެއްގޮތަށް ރަޖިސްޓްރީ ބަދަލުކުރުމަކީ އިދާރީ ކަމެއް ކަމުން، ރަޖިސްޓްރީ ހިބަލިބުނު ފަރާތުގެ ނަމަށް ބަދަލުކޮށްފައި ނުވުމަކީ ހިބަ އަނބުރާ އަތުލުމަށް ބާރުދޭ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39-41)
- ޝަރީޢަތްކުރުމާބެހޭ ޤަވާޢިދު 6 ގެ 145 ވަނަ މާއްދާގެ ދަށުން ބަފަޔަކު ނުވަތަ މަޔަކު ދަރިއަކަށް ދީފައިވާ ހިބަ އަނބުރާ އަތުލެވޭނީ އެ ތަނަށް އުނިއިތުރެއް ނުގެނެސް ހުރިނަމަ، ނުވަތަ އުނިއިތުރާމެދު ޝަރުޢީ ގޮތުން ނިންމުމަށްފަހުއެވެ. ހިބައިން ދިންއިރު ހުސްބިމަކަށްވި ތަނުގައި 5 ބުރީގެ އިމާރާތެއް ހަދާފައިވާއިރު، އަދި އުނިއިތުރު ގެނައީ ހަމައެކަނި ހިބަދިން ފަރާތުގެ ޚަރަދުގައިކަން ސާބިތުވެފައިނުވާއިރު، ހިބަ އަނބުރާ އަތުލެވޭނެ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33، 41، 46)
- ބައްޕައަކު އަމިއްލަ އިޚްތިޔާރުގައި ދަރިންނަށް ހިބައިން ދީފައިވާ ތަނަށް ޚަރަދުކޮށް އުނިއިތުރު ގެނެސްފައިވާނަމަ، އަނބުރާ ހޯދުމަށް ދުރާލާ އެއްބަސްވުމެއް ނެތްހިނދު، އެއީ ތަބައްރުޢެއްގެ ގޮތުން ދަރިންނަށްޓަކައި ކުރި ޚަރަދެއްގެ ގޮތުގައި ބެލެވޭނެއެވެ. ދަރިން ޢުމުރުން ބޮޑުވިޔަސް މި އުޞޫލު ބަދަލެއް ނުވެއެވެ. އެހެންކަމުން، އުނިއިތުރު ގެނައީ ބައްޕަ ކަމުގައިވިޔަސް، ހިބަ އަނބުރާ އަތުލެވޭކަމަށް އެކަނި އެ ސަބަބުން ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42، 47-49)
- ހިބައެއްގެ ހިޔާޒަތު ބަދަލުކުރެވެނީ ހިބަކުރެވޭ އެއްޗެއްގެ ޒާތަށް ބަލައިގެންނެވެ. އުފުލޭ ބީހެވޭ މުދަލެއްގެ ހިޔާޒަތު ޙަޤީޤީ ގޮތުން (މާއްދީގޮތުން ޙަވާލުކޮށް) ބަދަލުކުރެވޭއިރު، ނުއުފުލޭ މުދަލެއްގެ ހިޔާޒަތު ބަދަލުކުރެވެނީ ރަމްޒީކޮށެވެ. ހިބަލިބުނު ދަރިއަކު އެ ތަނުގައި ދިރިއުޅެމުންދާ ޙާލަތުގައި ހިޔާޒަތު ނުލިބޭކަމަށް ބުނުމަކީ ބަރޯސާވެވޭ ބުނުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43-45)
- ކޯޓު މެދުވެރިކޮށް ދީ، ޞައްޙަ ހިބައެއްކަމަށް ޙުކުމްކޮށްފައިވާ ހިބައެއްގެ ޙުކުމް އިސްތިއުނާފުނުކޮށް، އެ ހިބައިން ރުޖޫޢަވުމަށް ހުށަހެޅި މައްސަލައެއްގެ ތެރެއިން އެ ހިބައަކީ ޞައްޙަ ހިބައެއް ނޫންކަމަށް ސުވާލު އުފެއްދުމުގެ ޖާގައެއް ނެތެވެ. އަދި އެއީ އެ މައްސަލައިގައި އެދިފައިވާ ފަރުވާއެއްވެސް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 52)
- ތަޞައްރަފު ފުދިފައިވާ ދަރިންނަށް ދީފައިވާ ހިބައަށް ހިބަދިން ފަރާތުން ގެންނަ ބަދަލަކީ ޟިމްނީ ގޮތުން ހިބައިން ރުޖޫޢަވުމެއްކަމަށް މާނަކުރެވޭނެކަމަށް ބުނާ ބުނުމަށް ބާރުދޭ ޤާނޫނީ އަސާސެއް ނުވަތަ ޙުއްޖަތެއް ހުށަހަޅާފައިނުވާތީ އެ ބުނުން ޤަބޫލުކުރެވޭނެ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 54-55)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 466/Cv-C/2022 C/2021)-(1860/Fm ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި […] / އިބްރާހީމް ޒާހިރު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގއަ އިސްތިއުނާފުރައްދުވި ފަރާތަ ތަކަކީ، […] / އާދަމް ސަމްސާދު 4 3 އާއި، […] / މޫސާ ޝާހީން އަދި […] / ޢާއިޝާތު ޝާހީނާ އެވެ.
2އިބްރާހީމް ޒާހިރު ހިމެނޭގޮތުން ރަޖިސްޓްރީކޮށްފައިވާ […] އެވެކިޔާ ބަންޑާރަ ގޯތިން އިބްރާހީމް ޒާހިރަށްވ ބައިގައިވާ އެންމެހައި އިމާރާތްތަކާއި ތަންތަނުގެ 4/3 (ހަތަރުބައިކުޅަ ތިންބައި) އިބްރާހީމް ޒާހިރުގެ ތިބި 03 (ތިނެއް) ދަރިންނަށް ހިބައިން ދިނުމަށްއެދި ސިވިލްކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އޭނާގެ ދަރިންގެ ގޮތުގައި ތިބީ އާދަމް ސަމްސާދު، މޫސާ ޝާހީން އަދި ޢާއިޝަތު ޝާހީނާއެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ 2010 އޮކްޓޯބަރު 20 ވަނަ ދުވަހުއެވެ.
3ހިބައިން ދިނުމަށްއެދި އިބްރާހީމް ޒާހިރު ހުށަހެޅި ބުނެވިދިޔަ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1414/Cv-C/2010 (2445/MC/2010) ޤަޟިއްޔާއިންނެވެ. އަދި އެ ޤަޟިއްޔާގައި އެ ހިބައަކީ ޞައްޙަ ހިބައެއްކަމަށް ޙުކުމްކޮށް އެ ޤަޟިއްޔާ ނިންމާފައިވެއެވެ. އެ ޤަޟިއްޔާ ނިންމާފައިވަނީ 2011 ޖަނަވަރީ 16 ވަނަ ދުވަހުއެވެ.
4އޭގެ ފަހުން، އެ ހިބަ އަނބުރާ އަތުލުމުގެ މައްސަލައެއް އިބްރާހީމް ޒާހިރު ފެމިލީ ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ފެމިލީ ކޯޓަށް ހުށަހަޅައި ރަޖިސްޓްރީކުރެވިފައިވަނީ 2021 އޮކްޓޯބަރު 20 ވަނަ ދުވަހުއެވެ. އެއީ ފެމިލީ ކޯޓުގެ ނަންބަރު 1860/Fm-C/2021 ޤަޟިއްޔާއެވެ.
5ފެމިލީ ކޯޓުގެ އިޚްތިޞާޞަށް ގެނެވުނު ބަދަލަކާއެކު، އެ ޤަޟިއްޔާ ދެން ތަޙުވީލުކުރެވުނީ ސިވިލް ކޯޓަށެވެ. ސިވިލް ކޯޓަށް އެ ޤޟިއްޔަ 2022 ފެބރުވަރު 1 ވަނަ ދުވަހު ތަޙުވީލުކޮށް، އެ ޤަޟިއްޔާއަށް އެ ކޯޓުން ދީފައިވާ ނަންބަރަކީ 466/Cv-C/2022 އެވެ. އޭގެ އިތުރުން، ފެމިލީ ކޯޓުން ދީފައިވާ ޤަޟިއްޔާ ނަންބަރު 1860/Fm-C/2021 ބްރެކެޓްކުރެވިފައިވާކަންވެސް އެނގެންއޮވެއެވެ.
6އިބްރާހީމް ޒާހިރު ހިބަ އަނބުރާ އަތުލުމަށް އެދި ހުށަހެޅި މައްސަލަ އާޚިރުގައި ބެލިފައިވަނީ ސިވިލް ކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާއިންނެވެ.
7މި ކޯޓަށް އިސްތިއުނާފަށް ހުށަހެޅިފައިވަނީ ހިބަ އަނބުރާ އަތުލުމަށް އިބްރާހީމް ޒާހިރު ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 466/Cv-C/2022 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމެވެ. ހިބަ އަނބުރާ އަތުލުމަށް އެދި ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުން
8ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ […] އެވެކިޔާ ބަންޑާރަ ގޯތިން އިބްރާހީމް ޒާހިރުއަށްވާ ބައިގައިވާ އެންމެހައި އިމާރާތްތަކާއި ތަންތަނުގެ 4/3 (ހަތަރުބައި ކުޅަ ތިންބައި) އިބްރާހީމް ޒާހިރުގެ ތިބި 03 (ތިނެއް) ދަރިންނަށް ހިބައިން ދިންފަހުން، އެ ތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައވާކަނި ޚަޞްމުންގެ ބަހުން އެނގެން އޮންނާތީއާއި އަދި އެއީ ހިބައިން ރުޖޫޢަ ވުމަށް ޝަރުޢީގޮތުން ހުރަސްއަޅާ ސަބަބެއްކަމުގައިވާތީ، ހިބައިން ރުޖޫޢަވެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/2022-SCPD (04 ޖަނަވަރީ 2022) "ޕްރެކްޓިސް ޑައިރެކްޝަން" އާ ގުޅިގެން އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
9އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.9 މައިންބަފައިން އެ މީހުންގެ ދަރިންނށަ ހިބައިން ދޭ މުދާ/ތަންތަން (އިމާރާތް) އަނބުރާ އަތުލުން/ ރުޖޫޢަވުމުގެ ޙައްޤަ މައިންބަފައިންނަށް ލިބިގެންވާކަމާއި، އެފަދަ ތަންތަން އަނބުރާ އަތުލުން/ރުޖޫޢވުނަ ހުރަހަކަށްވަނީ ހިބައިންލިބޭ ފަރާތުން ޚަރަދުކޮށް އިމާރާތަށް އުނިއިތުރު ގެނެސް ބަދަލުކޮށްފައިވާ ޙާލަތުގައިކަން އެނގޭއިރު، […] ބަންޑާރަ ގޯތިން އިބްރާހީމް ޒާހިރަށް ލިބިފައިވާ ބައިގައި ހިމެނޭ އިމާރާތްތަކާއި ތަންތަނުގެ 4/3 ބައި، އިބްރާހީމް ޒާހިރުގެ 3 (ތިނެއް) ދަރިންނަށް ހިބައިން ދީފައިވީނަމަވެސް، އެ ތަނަށް އެއްވެސް ބަދަލެއް ނުވަތަ އުނިއިތުރެއް އެ ކުދީންގެ ފަރާތުން ގެނެސްފައިނުވާއިރު، އަދި އެ ތަނަށް ބަދަލު ގެނެސް ތަރައްޤީކޮށްފައިވަނީ އިބްރާހީމް ޒާހިރުކަމާއި، އިބްރާހީމް ޒާހިރު އެ ތަނަށް ބަދަލު ގެނެސް ތަރައްޤީކުރަމުން ދިޔައިރު އަދި އޭގެ ފަހުންވެސް، އެ ކުދިންގެ ފަރާތުން އެއްވެސް އިޢުތިރާޒެއް އަދި ޝަކުވާއެއްވިޔަސް ހުށަހަޅާފައިނެތްކަން އެނގޭއިރު، އިބްރާހީމް ޒާހިރުގެ އަމިއްލަ މަސައްކަތާއި ފައިސާ ހޯދައިގެން، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] 5 (ފަހެއް) ބުރީގެ އިމާރާތްކޮށްފައިވާކަމާއި، ހިބައިންދޭ ފަރާތުން ހިބައިންދޭ ތަނަށް ބަދަލު ގެނައުމަކީ ހިބައިން ރުޖޫޢަވުމަށް ހުރަސްއެޅޭ ސަބަބެއްނޫންކަން އެނގޭއިރު، ހިބައިންދީފައިވާ ތަނަށް ބަދަލު ގެނެސްފައިވާކަން އެނގޭކަމަށް ބަޔާންކޮށް އިބްރާހީމް ޒާހިރަށް ހިބައިން ރުޖޫޢޫވެވޭނތަނެއެ ނެތްކަމަށް ނިންމާފައިވަން ފެންނަނީ ހުރް ޙަޤީޤަތްތަކާއި، ހިބައިން ރުޖޫޢވުމުގަ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް ކަމުގައިވުން، އަދި އެކަމުގެ ސަބަބުން އިބްރާހީމް ޒާހިރުގެ ޙައްޤު ގެއްލިފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
2.9 ހިބައިން ދޭ މުދާ/ތަން (އިމާރާތް) ހިބައިންލިބޭ ފަރާތުގެ ހިޔާޒަތުގެ ދަށުގައި (possession) އޮތުމަކީ، ހިބަ ޞައްޙަވުމުގެ ޝަރުޠެއްކަން އެނގޭއިރު، މި މައްސަލައިގައި އިބްރާހީމް ޒާހިރު އޭނާގެ 3 (ތިނެއް) ދަރިންނަށް ހިބައިން ދީފައިވާ […] ބަންޑާރަ ގޯތީގައިވާ އިމާރަތްތަކާއި ތަންތަނުގެ 4/3 ބައި، އެ ކުދިންނާ ޙަވާލުކޮށްފައިނުވާކަމާއި، އަދި އެ ތަނުގެ ހިޔާޒަތު އެ ކުދީންނަށް ލިބިފައި ނެތްކަން ކުދީންގެ އިޢުތިރާފުންނާއި މި މައްސަލައިގެ ލިޔުންތަކުން ސާފުކޮށް އެނގޭއިރު، އިބްރާހީމް ޒާހިރަށް ހިބައިން ރުޖޫޢޫވެވޭނތަނެއ ނެތްކަމަށް ނިންމާފައިވަން ޝަރުޢީ އެދަ ޤާނޫނި އުޞޫލުތަކާ ޚިލާފަށކް މަށަ ބުނެ ހުށަހެޅި ނުކުތާއާއި؛
3.9 މައިންބަފައިން އެ މީހުންގެ ތަސައްރަފނުފުދޭ ކުޑަކުދު ންނަށް ހިބައިން ދޭ ތަންތަނަށް މައިންބަފައިނަ ބަދަލު ގެންނަ ޙާލަތުގައި އެއީ އެ ކުދީންގެ ފަރާތުން ގެނެސްފައިވާ ބަދަލެއްކަމުގައި ބެލެވުނުނަމަވެސް، ތަސައްރަފުފުދިފައިވާ ދަރިންނަށް ހިބައިންދީފައިވާ ތަންތަނަށް މައިންބަފައިން ގެންނަ ބަދަލަކީ އެ ކުދީންގެ ފަރާތުން ގެންނަ ބަދަލެއްކަމަށް ބެލެވޭނެ ހަމައެއް ނެތްއިރު، ތަސއްރަފުނުފުދޭ ކުޑަކުއްޖަކަށަ ދީފައިވާ ހިބަ އަނބުރާ އަތުލުމަށް ހުށަހެޅުމުން ބެލެވިފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/270 ޤަޟިއްޔާ މި މައްސަލައަށް ތަޠްބީޤުކޮށްފައިވަނީ، ހިބައިން ރުޖޫޢަވުމުގެ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
10ސިވިލ ކޯޓުގް ނަންބަރު 1414/Cv-C/2010 (2445/MC/2010) ޤަޟިއްޔާއިން އިބްރާހީމް ޒާހިރު އޭނާގެ 3 (ތިނެއް) ދަރިންކަމުގައިވާ، […] / އާދަމް ސަމްސާދާއި، އެގޭ މޫސާ ޝާހީން އަދި ޢާއިޝަތު ޝާހީނާއަށް […] ކިޔް ބަންޑާރަ ގޯތިން އިބްރާހީމް ޒާހިރު އަށް ލިބިފައިވާ 530 (ފަސްސަތޭކަ ތިރީސް) އަކަފޫޓުގެ ބައިގައި ހިމެނޭ އިމާރާތްތަކާއި ތަންތަނުގި 4/3 ހިބައިން ދީފައި ވީނަމަވެސް، އޭނާގެ ދަރިންގެ ނަމުގައި އެ ތަން ރަޖިސްޓްރީ ކޮށްފައިނުވާކަމަށާއި، އެ ކުދިންގެ ފަރާތުން އިމާރާތަށް ބަދަލު ގެނެސްފައިނުވާކަމަށާއި، އެ ތަނުގައި އިމާރާތްކުރުމަށް އިބްރާހީމް ޒާހިރު އެދުމުން އެ ކުދިންގެ ފަރާތުން އިޖާބަ ދީފައިނުވާކަމުން، އިބްރާހީމް ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯތީގައި އިމާރާތްކޮށް ބަދަލު ގެނައުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު އޭނާއަށް ލިބިފައިވާކަމަށް އިބްރާހީމް ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
11މައިންބަފައިން އެ މީހުންގެ ދަރިންނަށް ހިބައިން ދީފައިވާ މުދާ/ ތަންތަން އަނބުރާ އަތުލުމުގެ ޙައްޤު މައިންބަފައިންނަށް ލިބިފައިވާކަމަށާއި، އެފަދަ މައްސަލަތަކުގައި ބަލަންޖެހޭނީ ހިބައިން ދިންފަހުން، ހިބައިން ދިން ތަނަށް ނުވަތަ މުދަލަށް އެ މުދާ ލިބުނު ފަރާތުން އުނިއިތުރެއް ގެނެސްފައިވޭތޯ ނުވަތަ ނޫންތކަމަށާއި، ބަދަލެއް ގެނެސްފައިވާނަމަ، އެކަން ކޮށްފައިވާ ގޮތް ޝަރުޢީ ގޮތުން ބެލުމަށްފަހު، މައިންބަފައިންނަށް ހިބައިން ރުޖޫޢވެވިދާނެކަން ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 145 ވަނަ މާއްދާއިން އެނގޭކަމަށް އިސްތިއުނާފުކުރި އިބްރާހީމާ ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
12މި މައްސަލައި ގައި، ހިބައިން ދީފައިވާ ތަނަށް އިބްރާހީމް ޒާހިރުގެ 3 (ތިނެއް) ދަރިން އެއްވެސް ޚަރަދެއްކޮށް، ބަދަލެއް ގެނެސްފައިނުވާކަމަށާއި، އެ ތަނަށް ޚރަދުކަ ށ ބަދަލް ގެނެސްފައިވަނީ، އިބްރާހީމް ޒާހިރުކަން އެ ކުދިން އިޢުތިރާފުވެފައިވާކަމަށާއި، އެ ތަނުގައި އިމާރާތްކޮށްފައިވަނީ، އޭނާގެ މަސައްކަތުން ހޯދާފައިވާ ފައިސާއާއި އެކިމީހުންގެ އަތުން ނަގާފައިވާ ލޯނުންކަމަށާއި، އެ ތަނުގައި އިމާރާތްކުރީ ކުލިން ލިބުނު ފައިސާއިންކަމަށް ބުނިނަމަވެސް، އެކަން ސާބިތުކުރުމަށް ހެއްކެއް ހުށަހަޅާފައިނުވާކަމަށާއި، ހިބައިން ދީފައިވާ ތަން ކުދިންނާ ހަވާލުނުކޮށް، އިބްރާހީމް ޒާހިރު ޚަރަދުކޮށް ހިބައިންދީފައިވާ ތަނަށް ބަދަލު ގެނެސްފައިވުމަކީ އޭނާ ކޮށްފައިވާ ހިބައިން ރުޖޫޢވީކަމަށް ޟިމްނީ ގޮތުން ބެލެވޭނެ ކަމެއްކަމަށާއި، އަދި ކުދިންނަށް ގޯތީގެ ރަޖިސްޓްރީ ބަދަލުކޮށް ދިނުމަށް އިބްރާހީމް ޒާހިރު އިންކާރުކޮށްފައިވާކަން ކުދިންގެ ބަހުންވެސް އެނގޭނެ ކަމަށް އިބްރާހީމް ޒާހިރު ފާހަގަކޮށްފައިވެއެވެ.
13ހިބައިން ދިނުމަށްފަހު، ހިބައިން ދީފައިވާ ތަނަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާނަމަ ހިބައިން ލިބިފައިވާ ފަރާތުގެ ރުހުންނެތި ހިބަ އަތުލެވިގެނ ނުވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/48-98/HC ޤަޟިއްޔާއާއި، ނަންބަރު A/93-2001//HC ޤަޟިއްޔާއާއި، ނަންބަރު 2018/HC-A/78 ޤަޟިއްޔާއާއި، ނަންބަރު 2011/HC-A/270 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމަށް ސިވިލް ކޯޓުން ބަޔާންކޮށްފައިވާއިރު، އެ ޤަޟިއްޔާތަކުގައި ކަން ހިނގާފައިވާ ގޮތާއި ވާޤިޢާ ވަރަށް ބޮޑަށް ތަފާތުކަމަށް ފާހަގަކޮށް، އެ ޤަޟިއްޔާތަކުގައި ހިބައިން ދީފައިވާ ތަންތަން ލިބުނު ފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާކަން އެނގޭކަމަށާއި، މި މައްސަލައިގައި ހިބައިން ލިބިފައިވާ އިބްރާހީމް ޒާހިރުގެ 3 (ތިނެއް) ކުދިންގެ ނަމުގައި އެ ތަން ރަޖިސްޓްރީކޮށްފައިނުވާކަމަށާއި، އެ ޤަޟިއްޔާތަކުގައި ހިބައިން ދީފައިވާ ތަންތަނަށް ބަދަލު ގެނެސްފައިވަނީ ހިބައިން ލިބުނު ފަރާތްތަކުންކަމަށާއި، މި މައްސަލައިގާ ހިބައިން ލިބުނު ފަރާތްތަކުން އެއްވެސް ބަލަދެއް ގެނެސްފައިނުވާކަމާއި، ބަދަލު ގެނެސްފައިވަނީ އިބްރާހީމް ޒާހިރުގެ ފަރާތުން ކަމަށާއި، ތަނުގެ ރަޖިސްޓްރީ އިބްރާހީމް ޒާހިރުގެ ނަންމަތީގައި އޮތުމުން، އެ ތަންތަނަށް ބަދަލު ގެނައުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރުލިބް ކަމަށާއި އޭ ތަނުގެ ހިޔާޒަތުވެސ ހިބައިން ލިބުން ފަރާތްތަކަށް ލިބިފައިނުވާކަމަށް އިބްރާހީމް ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
14ހިބަ އަނބުރާ އަތުލުމާ ގުޅޭގޮތުން އިސްލާމީ ފިޤްހު ޢިލްމުވެރިންގެ ރައުޔަށް ބަލާއިރު މާލިކީ މަޒްހަބުގެ ޢިލްމުވެރިންގެ ރަޢުޔަކީ، ގާތްތިމާގެ މީހަކަށް ނުވަތަ ފަގީރަކަށް ހިބައިން ދޭ އެއްޗެއް ބެލޭނީ ޞދަޤާތެއްގަ ގޮތުގައި ކަމަށާއި، އެފަދަ ހިބަ އަނބުރާ އަތުނުލެވޭނެ ކަމަށާއި، ތަސއަ ރަފްނުފުދޭ ކުޑަކުއްޖަކަށް ނުވަތަ ތަސައްރަފު ފުދިފައިވާ ދަރިއަކަށް ކުރާ ހިބަ އަނބުރާ އަތުލުން ހުއްދަކަމަށާއި، ނަމަވެސް، އެ ހިބައަކީ ކައިވެންޏަކާ ގުޅިގެން ދީފައިވާ ހިބައެއް ނަމަ އަތުލުނ ހުއްދް ނޫންކަމަށާއި، ޝާފިޢީ މަޒްހަބުގެ ޢިލްމުވެރިންގެ ރަޢުޔަކީ، ބައްޕައަކު ދަރިއަކަށް ދީފައިވާ ހިބަ ފިޔަވައި އެހެން ހިބައިން ރުޖޫޢަވުން ހުއްދަނުވުނކަމަށާއި، ހަނަފީ މަޒްހަބުގ ޢިލްމުވެރިންގެ ރަޢުޔަކީ، ހިބައިން ދީފައިވާ ތަނެއް އަނބުރާ އަތުލުން ހުއްދަކަމަށާއި، ހިބައިން ދީފައިވާ ތަން/ މުދާ ހިބައިން ލިބޭ ފަރާތުގެ ހިޔާޒަތު ލިބުމުގެ ކުރިން އެ ތަން އަނބުރާ އަތުލެވިދާނެކަމަށާއި، ހިޔާޒަތު ލިބުމަށްފަހު ހިބަ އަތުލެވޭނީ ކޯޓުގެ ނިންމުމަކުން ނުވަތަ ހިބައިން ލިބުނު ފަރާތުން ހިބަ ރުޖޫޢކަ ރުމަށް ރުހުން އޮތްނަމަ ކަމަށް އިބްރާހީމް ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
15ހިބަ ޞައްޙަވާނީ 3 (ތިނެއް) ޝަރުޠެއް ފުރިހަމަވެގެންކަމަށާއި، އެއީ:
1.15ހިބައިންދޭ ފަރާތުން އޭނާ މިލްކު މުދާ ހިބައިން ދިނުމަށް ހުށަހެޅުން
2.15ހިބައިން ލިބް ފަރާތުން އެ ހިބަ ޤަބޫލުކުރުން
3.15ހިބައިންދޭ މުދަލާ/ތަނާ ހިބައިންލިބޭ ފަރާތުން ޙަވާލުވުން، އެބަހީ، ހިބައިންލިބޭ ފަރާތުގެ ހިޔާޒަތު އޮތުންކަމަށް އިބްރާހީމް ޒާހިރުގެ ފަރާތުން ފާހަގަކުރެއެވެ.
16ހިބައިންދޭ ތަން/ މުދަލުގެ ހިޔާޒަތު ލިބިފައިނުވާނަމަ އެ ހިބައަކީ ފުރިހަމަނުވާ ހިބައެއްކަމަށާއި، އެހެންކަމުން، މިއީ ޝަރުޠު ހަމަނުވާ ހިބައެއް ކަމަށާއި، ޞައްޙަ ހިބައެނޫންކަމަށ އިބްރާހީމް ޒާހިރު ފާހަގަކޮށްފައިވެއެވެ.
17މައިންބަފައިން އެ މީހުންގެ ދަރިންނަށް ހިބައިން ދިނުމާއި ހިބައިން ދޭ ތަންތަން އަނބުރާ އަތުލުމުގައި، ތަސއަރަފުފުދިފައިވާ ދަރިންނާއި ތަސައްރަފު ނުފުދޭ ދަރިންނަށް ކޮށްފައިވާ ހިބަ އަނބުރާ އަތުލމުގައު ތަފާތުތަކެއްވާކަމަށ އިބްރާހީމް ޒާހިރު ބުނެއެވެ.
18އެގޮތުން، ފާހަގަކޮށްފައިވަނީ މައިންބަފައިން ތަސައްރަފނުފުދޭ ދަރިންނަށް ހިބައިން ދޭ ޙާލަތުގައި އެ ހިބައެއު އެ ދަރިންގެ ފަރާތުން މައިންބަފައިންނަށް ގަބޫލުކުރެވޭކަމެވެ. ނަމަވެސް، ތަސައްރަފުފުދިފައިވާ ދަރިންނަށް ކުރާ ހިބަ ގަބޫލުކުރެވޭނީ އެ ދަރިންނަށް ނުވަތަ އެ ދަރިންގެ ފަރާތުން އައްޔަންކުރާ ފަރާތަކުންކަމަށެވެ.
19ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2011/HC-A/270 ޤަޟިއްޔާގައި، ހިބައިން ލިބުނު ފަރާތަކީ 2 (އަހަރު)ގެ ތަސައްރަފުނުފުދޭ ކުއްޖަކަށްވާތީ، އެ ކުއްޖާގެ މުދާ ބަލަހައްޓާ މަޞްލަޙަތު ހިމާޔަތްކޮށްދިނުމުގެ ޒިންމާއަކީ ކުއްޖާގެ ބައްޕަގެ މައްޗަށް އޮތް ވާޖިބެއް ކަމަށްވާތީ، އެ ކުއްޖާއަށް ހިބައިން ދީފައިވާ ތަންތަން ތަރައްޤީކޮށް ގެންނަ ބަދަލަކީ އެ ކުއްޖާގެ މަޞްލަޙތުގައަ އެ ކުއްޖާގެ ބައްޕަ ގެނައި ބދަލަ އެ ކަމަށް ބެލިނަމަވެސް، ތަސައްރަފފުދިފައިވު ދަރިންނަށް ހިބައިން ދީފައިވާ ތަންތަނަށް ގެންނަ ބަދަލަކީ ދަރިންގެ މަޞްލަޙތުގައަ ގެންނަ ބަދަލެއްކަމުގައި ނުބެލެވޭނެ ކަމާއި އަދި ހިބައިންދޭ ފަރާތުން އެ ތަނަށް ބަދަލު ގެނައުމަކީ ހިބަ އަނބުރު ރުޖޫޢކުރުނަކަމަށް ޟިމްނީ ގޮތުން މާނަކުރެވޭނެ ކަމަށް އިބްރާހީމް ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
20އިބްރާހީމް ޒާހިރުގެ ތަސައްރަފުފުދިފައިވާ 3 (ތިނެއް) ދަރިންނަށް އޭނާ އެ ތަން ހިބައިން ދިނީ އެ ކުދިން ޚަރަދުކޮށްގެން ނުވަތަ ލޯނު ނަގައިގެން އިމާރާތްކުރުމަށްކަމުގައި ވީނަމަވެސް، އެގޮތަށް ޢަމަލުކޮށްފައިނުވާތީ، އޭނާގެ އަމިއްލަ މަސައްކަތުން މީހެއްގެ އަތުން ލޯނު ނަގައިގެންނާއި އޭނާގެ ފއިސަ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވަނީ ކުދިންގެ މަޞްލަޙަތުގައި ނޫންކަމަށާއި، އިމާރާތްކުރަމުން ދިޔައިރު އަދި އޭގެ ފަހުންވެސް ހިބައިން ދީފައިވާ ތަން ރަޖިސްޓްރީކުރުމަށް ނުވަތަ އެ ކުދިންގެ މަޞްލަޙަތެއް ހިމެނޭކަމަށް ބުނެ ޝަކުވާއެއް ކޮށްފައިނުވާކަމަށާއި، […] / ގަރަހިތަގޭގައި ކޮށްފައިވާ އިމާރާތާކީ އެ ކުދިން ޚަރަދުކޮށް ނުވަތަ އެއްވެސް ޒިންމާއެއް އުފުލަންޖެހގޭ ތަށް ކޮށްފައިވާ އޮމާރާތކަ ށ ނުވާތީ އ ތަނުގެ މައްޗަށް ކުދިންގެ އެއްވެސް ޙައްޤެއް އުފަންވެފައިނުވާކަމަށާއި، އޭނާގެ އަމިއްލަ މަސައްކަތާއި ފައިސާ ހޯދައިގެން ކޮށްފައިވާ އިމާރާތް އޭނާއަށް ނުލިބުމަކީ ލިބޭނެ ވަރަށް ބޮޑު ބޭއިންސފެއްކަމަށާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއް ޗެއްކަމުގައިވާތީ އެ ތަނުގައިވާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރި ފަރާތަކީ އޭނާކަން އެނގޭކަމަށް އިބްރާހީމް ޒާހިރު ފާހަގަކޮށްފައިވެއެވެ.
21އިބްރާހީމް ޒާހިރުގެ ފަރާތުން އެދިފައިވަނީ:
1.21އިބްރާހީމް ޒާހިރު އޭނާގެ 3 ދަރިންނަށް ހިބައިންލިބުނު ފަރާތްތަކުން ބަދަލު ގެނެސްފައިނުވާ ކަމާއި، އެފަރާތްތަކުގެ ނަމުގައި އެގޯތި ރަޖިސްޓްރީކޮށްފައިނުވާ ކަމާއި، އަދި އެތަނުގެ ހޔާޒަތުވެސި ލިބިފައިނުވާކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައިދިނުމަށާއި،
2.21ހ.ގަރަހިތަގ އިބްރާހީމެ ޒާހިރު އޭނާގެ 3 ދަރިންނަށް ދީފައިވާ ހިބައިން ރުޖޫޢަނުވެވޭނެކަމަށް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ކަނޑައަޅައިދީ އެނިންމުން ބާޠިލްކޮށް ދިނުމަށާއި،
3.21ހިބައިން ރުޖޫޢަވުމުގެ ޙައްޤު އިބްރާހީމް ޒާހިރަށ ލިބިގެންވާކަމަށް ކަނޑައަޅައިދީ އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދީ،
4.21މ މައްސަލައިގައި ހައިކޯޓުން ޙުކުމް ކުރަންދެން ނުވަތަ ވަކިގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށާއި ޝަރުޢީ ކޯޓުތަކަށް އަންގައި އަމުރުކޮށްދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
22[…] އިމާރާތްކޮށްފައިވަނީ އިސްތިއުނާފުރައްދުވާ އާދަމް ސަމްސާދު، މޫސާ ޝާހީން އަދި ޢާއިޝަތު ޝާހީނާގެ ބައިވެރިވުން އޮވެގެން ކަމަށާއި، ހިބައިން ދިންއިރު ހިބައިން ދީފައިވާ ތަނަކީ ހުސްބިމެއް ކަމަށާއި، އެ ތަނުގައި އިމާރާތްކޮށްފައިވަނީ އެ ތަން ކއްޔަށު ދީގެން ލިބުން ފައިސާއިންކަމަށް ފާހަގަކޮށް، އެކަން ހިނގާފައިވާ ގޮތް ދަންނާނެ ހެކިން ތިބޭނެކަމަށާއި، އެކަން ސާބިތުކުރުމަށް، […] / ޙާމިދު ޢަލީ އަދި ތ.ވިލުފުށި/ ދޫރެސް އަޙްމަދު ޝިޔާމް ހާޒިރުކޮށްދިނުމަށް އިސްތިއުނާފރައްދުވާ ފަރާތްތަކުން އެދިފައިވެއެވެ.
23ހިބައިން ދިންތަން އެންމެންގެ މައްޗަށް ރަޖިސްޓްރީނުކޮށް އޮތުމަކީ، ހިބައނި މަހުރޫމުވާނެކަމެއކަމުގައް ބުނުމަކީ ކިހާވަރެއްގެ ޤާނޫނީ ބުރަދަނެއް ހުރެގެން ދައްކާ ވާހަކައެއްކަމާމެދ ސުވާލު އުފައްދާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/270 ޤަޟިއްޔާ ބަލާފައިވަނީ ހިބައިގެ މައްސަލަތަކުގައި އާއްމުކޮށް ޢަމަލުކުރާ ގޮތަށް ބަލައިގެންކަމަށް ދެކޭކަމަށާއި، އިސްލާމީ ޝަރީޢަތުގައި ހިބައިން ދިންފަރާތުން ހިބައިންދީ އަދި އެ ހިބަ ލިބޭފަރާތުން ގަބޫލުކުރުމުން އީޖާބާއި ގަބޫލު ޝަރުޢީ ހަމަތަކުގެ މަތިން ނިމުނީ ކަމަށާއި، ރަޖިސްޓްރީކުރުމަކީ އިދާރީކަމަކަށްވާއިރު، އެކަން ނުކޮށް ފަސްވުމަކުން ހިބައިގެ ބާރު ނުކެނޑޭކަމަށް އިސްތިއުނާފުރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
24ރަޖިސްޓްރީ ހަދަން އިބްރާހީމް ޒާހިރު ގާތުގައި އެކި ފަހަރުމަތިން އެދިފައިވާނެކަމަށާއި، ނަމަވެސް ރަޖިސްޓްރެ ހަދަންވީމާ ބުނާނެކަމަށް ބުނެ، އެ ތަން ހުސްބިމެއްގ ގޮތުގައެ އޮއްވާ ކުއްޔަށް ދީފައިވަނީ ހިބައިން ލިބުނު ކުދިންގެ ރުހުމާއެކުކަމަށާއި، ހިބައިންދިން ތަނުގައި އިމރާތްކޮށްފައިވަނީ، އިސްތިއުނާފާ ރައްދުވާ ފަރާތްތަކގު ފައިސާވެސް ހިމަނައިގެންކަމަށާއި، އިބްރާހީމް ޒާހިރު އޭނާގެ ނަމަށް އެ ތަން ބަދަލުކޮށް ރަޖިސްޓްރީ ހައްދާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު C/2010-(2445/MC/2010) 1414/Cv އިން 16 ޖަނަވަރީ 2011 ގައި ނިންމާފައިވާ ޤަޟިއްޔާ ހުށަހެޅުމެއްނެތި، ހިބައިން ލިބުނު ފަރާތްތައް ނުހިމަނައި އިބްރާހީމް ޒާހިރުގެ ނަމަށް ރަޖިސްޓްރީ ބަދަލުކޮށްގެންކަން ފާހަގަކޮށް، ޙުކުމެއް އޮއްވާ އެގޮތަށް ރަޖިސްޓްރީ ބަދަލުކުރިކުރުމަކީ، ސވިލި ކޯޓުގް އެ ޤަޟިއްޔާއެ ޚިލާފަށްކުރި ކަމެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކުރެއެވެ.
25ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުގެ 6 ގެ 145 ވަނަ މާއްދާގައި ބަފަޔަކ ނުވަތު މަޔަކު ދަރިއަކަށް ދީފައިވާ ބަންޑާރަ ގޯއްޗެއްގައި ހުރި އިމާރާތާ ވަޅުފަދަ ތަންތަނުގެ ހިބަ އަނބުރާ ބަފޔަކު ނުވަތަ މަޔަކު އަތުލާއިރު، އެއްވެސް ކަހަލަ އުނިއިތުރެއް އެ ތަނަށް ނުގެނެސް ހުރިނަމަ ނުވަތަ އުނިއިތުރާ މެދަ ޝަރުޢީގޮތުން އެ މައްސަލަ ނިންމުމަށް ފަހު ގޯތީގެ ރަޖިސްޓްރީ ބަފަޔަކ ނުވަތު މަޔަކުގެ ނަމަށް ބަދަލު ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާކަމާއި، މި މައްސަލައިގައި ހިމެނޭ ހިބައަކީ، ހިބައިން ދިންއިރު، ހުސްބިމެއް ކަމަށާއި، މިހާރު ގްރައުންޑް ހިމެނިގެން 05 ބުރި އިމާރާތެއް ހަދާފައިވާކަމަށާއި، އިސްވެ އިޝާރާތްކުރެވުނު މާއްދާގައި ހިބައަށް ބަދަލު ގެނައީ ވަކިމީހަކު ކަމަށް ބަޔާންކޮށްފައިނތުމުން، އިބްރާހީމް ޒާހިރު އެދޭގޮތަށް ކަންތައް ކުރެވޭނެ ހމައެއ ނެތްކަމަށް އިސްތިއުނާފުރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
26ހިބަ އަނބުރާ އަތުލުމުގައި، ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ، ހިބައިން ދީފައިވާ ތަން ނުވަތަ މުދާ ހިބައިންލިބު ފަރާތްތަކަށް ހިޔާޒަތު ލިބުމުގެ ކުރިން އެ ތަން އަނބުރާ އަތުލެވިދާނެ ކަމާއި، ހިޔާޒަތު ލިބުމަށްފަހު ހިބަ އަނބުރާ އަތުނުލެވޭނެ ކަމަށް، ހިޔާޒަތު ލިބުމަށްފަހު ހިބަ އަނބުރާ އަތުލެވޭނީ ކޯޓުގެ ނިންމުމަކުން ނުވަތަ ހިބައިން ލިބުނު ފަރާތުން ހިބަ ރުޖޫޢަކުރުމަށް ރުހުން އޮތް ނަމަ ކަމަށާއި، މި މައްސަލައިގައި ހިމެނޭ ތަން ހުރީ ހަމައެކަނި އިބްރާހީމް ޒާހިރުގެ ހިޔާޒަތުގައި ނޫންކަމަށާއި، އިސްތިއުނާފުރައްދުވާ އާދަމް ސަމސާދުއާއް އޭނާގެ އަނބިދަރިން ވެސް އުޅެނީ އެގޭގައި ކަމަށްވާތީ، މިހާރު އެ ތަން ހުރީ ހިބަލިބުނު ފަރާތުގެ ހިޔާޒަތުގައިކަމަށާއި ދެން ހިބައިން ލިބުނު ފަރާތްތައް އެ ތަނަށް ވަނުމަށް ހުރަސްއަޅާފައިވަނީ އިބްރާހީމް ޒާހިރުގެ ފަރާތުންކަމަށާއި، އިބްރާހީމް ޒާހިރު ޢަމަލުކުރަނީ އިސްތިއުނާފރައްދުވު ފަރާތްތަކުގެ ޙައްޤު ގެއްލޭގޮތަށކަމަށާއި، ހިބައިންދީ އ ހިބައިގެ އީޖާބާއި ގަބޫލު ދެފަރާތުން ރުހިގަބޫލުކޮށްފައިވހިނދާ، އެ ހިބަ ޞައްޙަނުވާންވ ޤާނޫނީ ޝަރުޢީ ހަމައެއް ނެތްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ.
27ހިބައިގެ ޝަރުތު ހަމަވުމަށް ހިބައިންދޭ އެއްޗެއް އެ ހިބަ ލިބޭ ފަރާތުގެ ހިޔާޒަތުގައި ހުރުން ލާޒިމްކުރާ ދަލީލެއް ނުވަތަ ހަދީސެއ ނުވަތް އެކަމަށް ބާރުލިބޭ ދަލީލެއް އިބްރާހީމް ޒާހިރު ހުށަހަޅާފައިނުވާކަން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ. ޝަރުޢީ ހަމަތަކުގެ މަތިން ހިބަ ދީ ހިބަ ޤަބޫލުކުރުމުން ހިބަ ޞައްޙަވކަމަށާއި، އެ ދިން ހިބަ އެ ހިބަ ލިބޭ ފަރާތުގެ ހިޔާޒަތުގައި ނެތި ދިންފަރާތުގެ ހިޔާޒަތުގައި ހުރުމަކީ ހިބައިގެ ޞައްޙަކަން ގެއްލޭނެކަމެއް ނޫންކަމަށާއި، އަދި ރަޖިސްޓްރީ ނުހެދިވުމަކުން ހިބައިގެ ޞައްޙަކަން ގެއްލިގެން ނުދާނެކަމަށް ވެސް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ.
28ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި އިސްލާމީ ފިޤހާއ އަދި ދަންނަ ބޭކަލުންގެ ރައު ޔާއ މަތި ކޯޓުތަކުނު ނިންމާފައިވާ ނިންމުންތައް ނިކަނ ރަނގަޅަށް ދިރާސާކޮށް އަދި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް މައްސަލަ ނިންމުމަށް ޤާޒީ ނަގާފައިވާ ހަމަތައް ނައްތާލާ ވ ވަރުގެ އެއްވެސްކަމެއ އިބްރާހީމް ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދެކޭކަމަށް ބުނެ އެކަން ފާހަގަކޮށްފައިވެއެވެ.
29ދިވެހިރާއްޖޭގެ ހައިކޯޓުގެ 2011/HC-A/270 ޤަޟިއްޔާއާ ހަވާލާދީ ދައްކާފައިވާ ވާހަކައާ ގުޅިގެން އިސްތިއުނާފުރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ކުޑަޔަސް ބޮޑަސ ދަރިން ވާން ދަރިންނަށްކަމަށާއި، ބައްޕަ މުސްކުޅިވުމުން އެ މީހުންގެ ހުރިހާކަމެއް ބަލަހައްޓާނީ ޝަރުޢީ އަދި ޤާނޫނީ ގޮތުންވެސް ދަރިން ކަމަށާއި، މި ހާތަލުގައި ދަރިން އެކަހެރިކޮށް އެ މީހުންނަށް އިހާނެތިކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.
30ސިވިލ ކޯޓުގް ނަންބަރު C/2021)-C/2022 (1860/Fm-466/Cv ޤަޟިއްޔާ ނިންމުމުގައި، ޢަމަލު ކޮށްފައިވަނީ އިސްލާމީ ފިޤުހީ ޤާޢިދާއަށާއި، ދަންނަ ބޭކަލުންގ ރައުޔުގެ އިތުރުން، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބެލުމުގެ އިތުރުން ފިޤްހީ ޤާޢިދާގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު އިސްލާމީ އުސޫލަށް ބަލައިގެން ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހުގައިކަމަށްވާތީ، އެ މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އިމުގެ ތެރެއިންކަމަށް އިސްތިއުނާފުރައްދުވާ ފަރާތްތަކުން ދެކޭތީ އެ ޙުކުމަށް ބަދަލުގެންނަންޖެހޭނެ ތަނެއްނެތްކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ. އިސްތިއުނާފާގުޅިގެން ފާހަގަކުރެވޭ ކަންކަން ހިބަ އަނބުރާ އަތުލުމުގެ ޙައްޤު ލިބިގެންވާކަމަށް ބުނާ ބުނުން
31ހިބަ އަނބުރާ އަތުލުމުގެ ޙައްޤު ލިބިގެންވާކަމަށް ބުނެ، އިބްރާހީމް ޒާހިރު އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ހިބައިން ރުޖޫޢަވެވޭނެ ތަނެއް ނެތްކަމަށް ދަށު ކޯޓުން ނިންމާފައިވަނީ ފެންނަން ހުރި ޙަޤީޤަތްތަކާއި، ހިބައިން ރުޖޫޢވުމުގަ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށްކަމަށެވެ. އަދި އެކަމުގެ ސަބަބުން އިބްރާހީމް ޒާހިރުގެ ޙައްޤު ގެއްލިފައިވާކަމަށްވެސް އޭނާގެ ފާރާތުން ބުނެފައިވާކަން އެނގެންއޮވެއެވެ.
32މައިންބަފައިން އެ މީހުންގެ ދަރިންނަށް ހިބައިންދީފައިވ މުދާ ނުވަތަ ތަންތަން އަނބުރާ އަތުލުމުގެ ޙައްޤު މައިންބަފައިންނަށް ލިބިގެންވާކަމަށް ބުނެ އިބްރާހީމް ޒާހިރުގެ ފަރާތުން ފާހަގަކުރާ ޤާނޫނީ އަސާސަކީ ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 145 ވަނަ މާއްދާކަން އެނގެން އޮވެއެވެ.
33ޕްރިސިޑެންސް 2ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 145 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "ބަފަޔަކ ނުވަތު މަޔަކު ދަރިއަކަށްދީފައިވާ ބަންޑާރަގޯއްޗެއްގައ ހުރި އިމާރާތާއި ވަޅުފަދަ ތަންތަނުގެ ހިބަ އަނބުރާ ބަފަޔަކު ނުވަތަ މަޔަކު އަތުލާއިރު އެއްވެސް ކަހަލަ އުނިއިތުރެއް އެތަންތަނަށް ނުގެނެސް ހުރިނަމަ ނުވަތަ އުނިއިތުރާމެދު ޝަރުޢީ ގޮތުން އެމައްސަލަ ނިންމުމަށްފަހު، ގޯތީގެ ރަޖިސްޓްރީ ބަފަޔަކ ނުވަތު މަޔަކުގެ ނަމަށް ބަދަލުކުރެވޭނެއެވެ." މިފަދައިންނެވެ.
34މައިންބަފައިންނަށް ހިބައިން ރުޖޫޢަ ނުވެވޭނެކަމަށ ދަށް ކޯޓުގު ފަނޑިޔާރުވެސް އަދި މި ޤަޟިއްޔާގެ އިސްތިއުނާފުރައްދުވާ ފަރާތްތަކުންވެސް އެއްވެސް އިރެއްގައި މުޠުލަޤަށް ބުނެފައިނުވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
35ހިބަ އަނބުރާ އަތުލުމަށް އިބްރާހީމް ޒާހިރު ހުށަހެޅި ހުށަހެޅުމާމެދު ދަށު ކޯޓުން ނިންމި ނިންމުމުގައި ފަނޑިޔާރު ހަދާފައި އޮތް ގޯހަކީ، ހިބައިން ދީފައިވާ ތަނަށް ބަދަލުގެނެސްފައިވާތީ ހިބައިން ރުޖޫޢަނުވެވޭނެކަމަށް ނިންމިއިރު، އެ ބަދަލު ގެނެސްފައިވަނީ ކޮންފަރާތަކުންތޯ ޝަރީޢަތުން ބެލުމެއްނެތި ހިބައިން ރުޖޫޢަ ނުވެވޭނެކަމަށ ނިންމް ނިންމުންކަމަށް އިބްރާހީމް ޒާހިރު ފާހަގަކުރެއެވެ. މިގޮތުން، އިބްރާހީމް ޒާހިރު ފާހަގަކުރަނީ "އެއްވެސް ކަހަލަ އުނިއިތުރެއް އެތަންތަނަށ ނުގެނެސް ހުރިނަމަ" ކަމަށް ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 145 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތް އޮތުން މާނަކުރެވޭނީ ހަމައެކަނި ހިބައިންލިބޭ ފަރާތުން ފައިސާ ޚަރަދުކޮށްގެން ގެންނަ އުނިއިތުރަށްކަމަށެވެ. އެ އުނިއިތުރުގެ ތެރޭގައި ހިބަދިން ފަރާތުން ޚަރަދުކޮށްގެން ގެންނަ އުނިއިތުރު ނުހިމެނޭނެކަމަށެވެ.
36އިބްރާހީމް ޒާހިރުގެ އެ ބުނުމަށް ރައްދުދެމުން އިސްތިއުނާފުރައްދުވާ އޭނާގެ 03 (ތިނެއް) ދަރިންގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 145 ވަނަ މާއްދާގައި ވަކިމީހެއްގެ ފުށުން އުނިއިތުރު ގެންނަ ވާހަކަ ބަޔާންކޮށްފައިނެތްކަމަށާއި އުނިއިތުރު ގެނެސްފައިވާނަމަ އެ މާއްދާގެ ބޭނުމަށްޓަކައި ހިބައިން ރުޖޫޢަނުވެވޭނެކަމަށެވެ.
37ދަށު ކޯޓުގު ނިންމުމަށް ބަލާއިރު، މި މައްސަލައިގައި އިބްރާހީމް ޒާހިރަށް ހިބައިން ރުޖޫޢަނުވެވޭނެކަމަށް ނިންމާފައިވަނީ އެތަނަށް ބަދަލުގެނެސްފައިވާތީއާއ އަދި ބައްޕަގެ ފަރާތުން ބަދަލުގެންނަ ޙާލަތުގައި އެއީ ތަބައްރުޢެއްގެ ގޮތުން ބައްޕަ ޚަރަދުކޮށްގެން ގެނައި ބަދަލެއްކަމުގައި ބެލެވޭނެތީއާއި، ކޯޓު މެދުވެރިކޮށް ހިބަ ދިނުމަށްފަހު އެތަނުގެ ރަޖިސްޓްރީ އެ ދަރިންގެ ބަހެއްނެތި އިބްރާހީމް ޒާހިރުގެ ނަމަށް ބަދަލުކޮށްފައިވާތީކަން އެ ނިންމުމަށް ބެލުމުން އެނގެއެވެ.
38ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/48-98/HC ޤަޟިއްޔާއާއި، ނަންބަރު 2001/HC-A/93 ޤަޟިއްޔާއާއި، 2018/HC-A/78 އަދި 2011/HC-A/270 ޤަޟިއްޔާ ފާހަގަކޮށް އިބްރާހީމް ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިވަނީ އޭނާ ހިބަ އަނބުރާ އަތުލުމަށް ހުށަހެޅި މައްސަލައިގެ ވާޤިޢާތަކާ ބުނެވިދިޔަ ޤަޟިއްޔާތަކުގެ ވާޤިޢާތައް ތަފާތުކަމަށެވެ. އެގޮތުން، ފާހަގަކޮށްފައިވަނީ އިބްރާހީމް ޒާހިރު އޭނާގެ 3 (ތިނެއް) ދަރިންނަށް ހިބައިން ދީފައިވާ ތަނުގެ ރަޖިސްޓްރީ އެ ދަރިންގެ ނަމަށް ބަދަލުކޮށްފައިނުވާކަމާއި، އެ ތަންތަނުގައިވާ އިމާރާތްތަކާއި ތަންތަނަށް ބަދަލުއަންނަފަދަ ކަމެއް އެއިން އެއްވެސް ދަރިއަކު ކޮށްފައިނުވާކަމަ އަދި ހިބައިން ދީފައިވާ ތަނުގެ ހިޔާޒަތު އެއިން ދަރިއަކަށް ލިބިފައިނުވާކަމަށެވެ.
39ޕްރިސިޑެންސް 1އިބްރާހީމް ޒާހިރު އޭނާގެ 3 (ތިނެއް) ދަރިންނަށް ހިބައިން ދީފައިވާ ތަނުގެ ރަޖިސްޓްރީ އެ ދަރިންގެ ނަމަށް ބަދަލުކޮށްފައިނުވާތީ ހިބަ އަނބުރާ އަތުލެވޭނެކަމަށް ބުނާއިރު، އެ ބުނުމަށް ބާރުދޭ ޤާނޫނީ ޙުއްޖަތެއް އިބްރާހީމް ޒާހިރަށ ބުނެދެވިފައިވާކަމަކަށް އަހުރެން ނުދެކެމެވެ.
40މި މައްސަލައިގައ ހިމެނި ހިބައަކީ، ޞައްޙަ ހިބައެއްކަމަށް ޙުކުމްކޮށް ނިންމާފައި އޮތް ހިބައެއްކަން އެނގެއެވެ. އަދި ހިބައިން ދިނުމުގެ ޤާނޫނީ ނަތީޖާއަށް ބަލާއިރު، ހިބައިން ދޭ ހިނދުން ފެށިގެން މިލްކުވެރިކަން ބަދަލުވެގެން ދާނެމަކާއި، އެ ބަދަލުވެގެންދާ މިލްކުވެރިކަމާ އެއްގޮތަށް ރަޖިސްޓްރީ ބަދަލުކުރުމަކޮ ސިވިލް ކޯޓުގެ ނަންބަރު 1414/Cv-C/2010 (2445/MC/2010) ޤަޟިއްޔާ އިދާރީކަމެއ ކަމުގައް އަހުރެން ދެކެމެވެ. އެހެންކަމުން، އިބްރާހީމް ޒާހިރު އޭނާގެ 3 (ތިނެއް) ދަރިންނަށް ހިބައިން ދީފައިވާ ތަނުގެ ރަޖިސްޓްރީ އެ ދަރިން ގެ ނަމަށް ބަދަލުކޮށްފައިނުވާތީ، މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، އެ ހިބަ އަނބުރާ އަތުލެވޭނެކަމަށ ބުން ބުނުމަކާ އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.
41އިބްރާހީމް ޒާހިރު އޭނާގެ 3 (ތިނެއް) ދަރިންނަށް ހިބައިން ދީފައިވާ ތަނުގައިވާ އިމާރާތްތަކާއި ތަންތަނަށް ބަދަލުއަންނަފަދަ ކަމެއް އެއިން އެއްވެސް ދަރިއަކު ކޮށްފައިނުވާތީ އެ ހިބަ އަނބުރާ އަތުލެވޭނެކަމަށް ބުނާއިރު، އެ ބުނުމަށް ބާރުދޭ ޤާނޫނީ ޙުއްޖަތެއް އިބްރާހީމް ޒާހިރަށ ބުނެދެވިފައިވާކަމަކަށް އަހުރެން ނުދެކެމެވެ. އޭނާގެ ފަރާތުން މި ނުކުތާގައި ފާހަގަކޮށްފައި އޮތީ ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 145 ވަނަ މާއްދާގެ މަޤްޞަދުކަމަށް އޭނާ އެބުނާ ފަދައިން ހިބަލިބުނު ފަރާތުން ގެންނަ އުނިއިތުރުކަމަށް އޭނާ ބުނާބުނުމެކެވެ. ކުރިންވެސް ފާހަގަކުރި ފަދައިން ހިބައިން ދިނުމުގެ ޤާނޫނީ ނަތީޖާއަށް ބަލާއިރު، ހިބައިން ދޭ ހިނދުން ފެށިގެން މިލްކުވެރިކަން ބަދަލުވެގެންދާ ސަބަބަށްޓަކައި، ހިބައިން ދިން ދިނުން ޞައްޙަކަމަށް ކޯޓުން ކަނޑައެޅި ހިނދުން ފެށިގެން މިލްކުވެރިކަން ބަދަލުވެފައިވާކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭނެކަމަށް އަހުރެން ދެކެމެވެ. މި މައްސަލައިގައި ދެފަރާތުގެ ބަހުންވެސް އެނގޭ ގޮތުން އެ ހިބަ އަނބުރާ އަތުލުމަށް އިބްރާހީމް ޒާހިރު އެދުނުއިރު އެ ތަން ހުރީ ހިބައިން ދިންއިރު ހުރި ގޮތަކަށް ނޫންކަން އެނގެއެވެ. އެކަމާމެދު އެއްވެސް ޚިލާފެއްވެސް ނެތެވެ. ހިބަ އަނބުރާ ރުޖޫޢަކުރުމަށް އެ ހިބަ ލިބުނު ދަރިން އިންކާރުކުރާކަންވެސް އެނގެއެވެ. އެކަމާމެދުވެސ އެއްވެސް ޚިލާފެއް ނެތެވެ.
42ޕްރިސިޑެންސް 3ހިބައިން ދީފައިވާ ތަނަށް އުނިއިތުރު ގެނައީ ދަރިންގެ ފަރާތުންތޯ ނުވަތަ އިބްރާހީމް ޒާހިރުގެ ފަރާތުންތޯ ޝަރީޢަތުން ބެލިނަމަ ނުކުންނާނެ ތަފާތު ޤާނޫނީ ނަތީޖާއަކީ ކޮބައިކަން އިބްރާހީމް ޒާހިރަށް މި އިސްތިއުނާފުގައި ބަޔާންކޮށް ދެވިފައިވާކަމަކަށ އަހުރެން ނުދެކެމެވެ. ބަހުސްގެ ބޭނުމަށްޓަކައި އެ ތަނަށް ޚަރަދުކޮށް އުނިއިތުރު ގެނައީ އެ ދަރިންގެ އެއްވެސް ހިއްސާއެއްނެތި ދަރިންގެ ބައްޕަ އިބްރާހީމް ޒާހިރުކަމަށް ބަލާ ޙާލަތުގައިވެސް، އިބްރާހީމް ޒާހިރު ޚަރަދުކޮށް އުނިއިތުރު ގެނެސްފައި އެވަނީ އޭނާގެ ދަރިންނަށް ކޯޓު މެދުވެރިކޮށް ހިބައިން ދީފައިއޮތް ތަނަކަށްކަން އެނގެއެވެ. އެހެންކަމުން، އިބްރާހީމް ޒާހިރު އޭނާގެ 3 (ތިނެއް) ދަރިންނަށް ހިބައިން ދީފައިވާ ތަނުގައިވާ އިމާރާތްތަކާއި ތަންތަނަށް ބަދަލުއަންނަފަދަ ކަމެއް އެއިން އެއްވެސް ދަރިއަކު ކޮށްފައިނުވާތީ، މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ހިބަ އަނބުރާ އަތުލެވޭނެކަމަށް ބުނާ ބުނުމަކާ އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ. ސަބަބަކީ، ޢާންމު އުސޫލުން ބަލާއިރު ބައްޕަގެ ފަރާތުން ދަރިންނަށް ކުރެވޭ ޚަރަދަކީ ތަބައްރުޢެއްގެ ގޮތުގައި ބެލެވޭތީއެވެ.
43ޕްރިސިޑެންސް 4އިބްރާހީމް ޒާހިރު އޭނާގެ 3 (ތިނެއް) ދަރިންނަށް ހިބައިން ދީފައިވާ ތަނުގެ ހިޔާޒަތު އެއިން ދަރިއަކަށް ލިބިފައިނުވާތީ އެ ހިބަ އަނބުރާ އަތުލެވޭނެކަމަށް ބުނާއިރު، އެ ބުނުމަށް ބާރުދޭ ޤާނޫނީ ޙުއްޖަތެއް އިބްރާހީމް ޒާހިރަށ ބުނެދެވިފައިވާކަމަކަށް އަހުރެން ނުދެކެމެވެ. ހިބައިން ދީފައިވާ ތަނުގެ ހިޔާޒަތު އެއިން ދަރިއަކަށް ލިބިފައިނެތްކަމަށ އިބްރާހީމް ޒާހިރު ބުނާ ބުނުމާމެދވެސު ސުވާލު އުފެދެއެވެ. އަދި އެ ބުނުން އެއީ ބަރޯސާވެވޭފަދަ ހަރުދަނާ ބުނުމެއް ނޫންކަންވެސް އެނގެއެވެ. އެގޮތުން، ހިބަލިބުނު ފަރާތްތަކުގެ ތެރެއިން އާދަމް ސަމްސާދު ދިރިއުޅެމުން ގޮސްފައިވަނީވެސް އެ ތަނުގައިކަން މި މައްސަލައިގައި އާދަމް ސަމްސާދުގެ ފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރާ ގުޅިގެން އިބްރާހީމް ޒާހިރުގެ ބަހުން އެނގެންއޮންނަ އޮތުން އަހުރެންނަށް ފާހަގަކުރެވެއެވެ. އޭގެ އިތުރުން، އިބްރާހީމް ޒާހިރުގެ ދަރިންނަށް އެ އިމާރާތުން 01 (އެކެއް) ކޮޓަރި ސިޓިންގ ރޫމް ހިމެނޭ ތަންކޮޅެއް ދީފައިވާކަމަށް އެ ދަރިންގެ ފަރާތުން ބުނެފައިވާއިރު އެކަމަށް އިބްރާހީމް ޒާހިރުގެ ފަރާތުން އިންކާރުކޮށްފައިނެތްކަންވެސް ފާހަގަކުރެވެއެވެ.
44އިބްރާހީމް ޒާހިރު ފާހަގަކުރާ ހިޔާޒަތުގެ ނުކުތާއަށް ނަޒަރުކުރާއިރު، އަހުރެންނަށް ފާހަގަކުރެވެނީ ހިބައިނދް ދިނުމުގައި އެ ހިބައެއް އޭގެ ޒާތަށް ބަލައި ދެގޮތުންކުރެ ގޮތަކަށް ފޯރުކޮށްދެވިދާނެކަމެވެ. އެގޮތުން، ފުރަތަމަ ހިބަ އަނބުރާ އަތުލުމަށް ހުށަހެޅި މައްސަލައިގެ ޖަވާބުގެ 3.5 ވަނަ ނަންބަރު، ސަފުހާ ނަންބަރު 4 (ތާރީޚް: 08 ޑިސެމްބަރު 2021) ގޮތަކީ، އެ ހިބަލިބޭ ފަރާތަށް އެ ހިބައެއް މާއްދީގޮތުން ފޯރުކޮށްދިނުމެވެ. މިގޮތަށް ހިޔާޒަތު ބަދަލުކުރެވޭނީ އެ ހިބައަކީ ބީހެވޭ ޒާތުގެ އެއްޗަކަށް ވާނަމައެވެ. އެއީ، އިހުސާސްކުރެވޭ، ފެންނަ، އަތްލެވޭ އެއްޗަކަށްވާނަމައެވެ. އެހެންނަމަވެސް، ހިބައިން ދެވެނީ ބީހެވޭ މުދަލެއްނަމަ އެއީ އުފުލޭ މުދަލަކަށް ނުވަތަ ނުއުފުލޭ މުދަލަކަށްވެސް ވެދާނެއެވެ. އެ މުދަލެއްގެ ހިޔާޒަތު ހިބަލިބުނު މީހާގެ ޙަޤީޤީ ހިޔާޒަތަށް ބަދަލުކުރެވޭނީ ހަމައެކަނި އެ މުދަލަކީ އުފުލޭ މުދަލެއްނަމައެވެ. މިސާލަކަށް ބަފަޔަކު ދަރިއަކަށް ފޯނެއް ހިބައިންދޭ ޙާލަތުގައި އެ ފޯނެއްގެ ޙަޤީޤަ ހިޔާޒަތު އެ ދަރިއަކަށް ލިބޭނެއެވެ.
45ބުނެވިދިޔ ގޮތަ ޚިލާފަށް، ހިބަކުރެވެނީ ނުއުފުލޭ މުދަލާއި ނުބީހެވޭ މުދާކަމުގައިވާނަމަ، އެ އެއްޗެއް ކުރިން ބުނެވިދިޔަ މިސާލުގައި ފޯނެއް ބަދަލުކުރެވޭ ފަދައިން އަތުން އަތަށް ބަދަލުކުރުމަކީ ކުރެވޭނެކަމެއްނޫންކަން އެނގެއެވެ. އެހެންކަމުން، ހިބަކުރެވެނީ ނުއުފުލޭ މުދަލާއި ނުބީހެވޭ މުދާކަމުގައިވާނަމަ އޭގެ ހިޔާޒަތު ބަދަލުކުރެވެނީ ރަމްޒީކޮށްކަން އެނގެއެވެ.
46ބަފަޔަކު ދަރިއަކަށް ދީފައިވާ ހިބައެއް އަނބުރާ އަތުލުމަކީ، ހުއްދަކަމެއް ކަމުގައިވީނަމަވެސް، މި މައްސަލައިގައި ހިބަކުރެވުނު ތަނަށް އުނިއިތުރު ގެނެސްފައިވީހިނދު، އެ އުނިއިތުރު ގެނައުމުގެ ޚަރަދުގައިވެސް ހިބަލިބުނު ދަރިންގެ ހިއްސާ އޮތްކަމަށް ދަރިން ބުނާއިރު، އަދި އެ އުނިއިތުރު ގެނައީ ހަމައެކަނި އިބްރާހީމް ޒާހިރުގެ ޚަރަދުގައިކަން ސާބިތުވެ އެނގެން ނެތްހިނދު، މި ޙާލަތުގައި ހިބަ އަނބުރާ އަތުލެވޭނެ ތަނެއް ނެތްކަމަށް ދަށު ކޯޓުން ނިންމި ނިންމުން ބަދަލުކުރަންޖެހޭ ފަދަ ސަބަބެއް އިބްރާހީމް ޒާހިރަށް މި ކޯޓުގައި ބުނެދެވިފައިވާކަމަކަށް އަހުރެން ނުދެކެމެވެ.
47ދަރިން ބޮޑެތިވަންދެނ ނުވަތް އަމިއްލައަށް އުޅުމުގެ ޤާބިލުކަން ލިބެންދެން މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ބަފައިންގެ މައްޗަށް ލާޒިމުވެގެންވާކަމެއްކަނ ޤާނޫން ހަމަތަކުން އެނގެއެވެ. މި ވާޖިބުގެ ތެރޭގައި ކާބޯތަކެއްޗާއި، ފޭރާމާއި، ބޯހިޔާވަހިމަކާއި، ބޭސްފަރުވާއާއި، ތަޢުލީމުފަދަ އަސާސީ ބޭނުންތައް ފުއްދައިދިނުން ހިމެނޭކަނވެސް އެނގެއެވެ.
48ދަރިން ބޮޑުވުމަށް ފަހުގައިވެސް، ބަފަޔަކު އޭނާގެ ދަރިންނަށް ޚަރަދުކުރަމުން ގެންދާނަމަ، އެއީ އޯގާތެރިކަމާއި، ދީލަތިކަމުގެ ރީތި ސިފައެއްގެ ގޮތުގައި ބެލެވޭނެ ކަމެއްކަމަށް އަހުރެން ދެކެމެވެ. ބޮޑެތިވެފައިވާ ދަރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައްޕަގެ މައްޗަށް ޤާނޫނީ ވާޖިބެއް ނެތްނަމަވެސް، އިސްލާމްދީނުގައިވެސް ރިވެތި އަޚްލާޤެއްގ ގޮތުގައެ ބެލެވިފައިވަނީ، ބައްޕަޔަކީ ކެރިފޯރުންތެރިކަންހުރި ދަރިންނަށް ޚަރަދުކުރުމުގެ ކުޅަދާނަކަމާއި ތަނަވަސްކަން ލިބިހުރި މީހެއްނަމަ އެ ދަރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމެވެ. ދީލަތިކަމަކީ އިސްލާމްދީން ނުހަނު ބާރުއަޅާ ކަމެއްކަމުގައިވާއިރު، ދީލަތިކަމުގެ ސަބަބުން ޢާއިލީ ގުޅުން ބަދަހިވެ ލޯބި އިތުރުވެގެންދެއެވެ.
49އެހެންކަމުން، ދަރިންނަށް ހިބައިން ދީފައިވާ ތަން ތަރައްޤީކުރުމަށް ދަރިންގެ ބައްޕަ އިބްރާހީމް ޒާހިރުގެ ފަރާތުން ކޮށްފައިވާކަމަށް ބުނާ ޚަރަދަކީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކުރިޚަރަދުކަން އެނގޭއިރު، އަދި އެ ޚަރަދަކީ ދަރިންގެ އަތުން އަނބުރާ ހޯދުމަށް ދުރާލާ އެއްބަސްވެގެން ކޮށްފައިވާ ޚަރަދެއްކަން އެނގެން ނެތްހިނދު، ހަމައެކަނި އިބްރާހީމް ޒާހިރު ޚަރަދުކޮށްފައިވާކަމަށް ބެލިނަމަވެސް، އެއީ ތަބައްރުޢެއްގެ ގޮތުނެ ދަރިންނަށްޓަކައި ކޮށްފައިވާ ޚަރަދެއްކަމުގައި ބެލެވޭކަމަށްޓަކައި، ދަރިން އަދި ޢުމުރުން ބޮޑުވިނަމަވެސް މައިންބަފައިންގެ ނިސްބަތުން ދަރިންވާނީ ދަރިންނަށްކަމުގައި ވީހިނދު، އިބްރާހީމް ޒާހިރުގެ ބުނުމަކަށް އަހުރެންނަކަށް އެއްބަހެއްނުވެއެވެ.
50މ ނުކުތާގައި އިބްރާހީމް ޒާހިރުގެ ފަރާތުން ފާހަގަކުރަނީ، ހިޔާޒަތު ލިބޭނީ އެ ތަނުގެ ރަޖިސްޓްރީ ދަރިންގެ ނަމަށް ހެދުމުންކަމަށެވެ. އަދި ހިބައިން ދިން ތަން ދަރިންނާ ހަވާލުކޮށްފައި ނުވާކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން، ހިބައަކީ ޞައްޙަ ހިބައެއްނޫންކަމަށް ބުނެފައިވެއެވެ. އަދި ޞައްޙަ ނޫން ހިބައަކީ ބާޠިލު ހިބައެއްކަމަށްވެސް ބުނެފައިވެއެވެ.
51އިބްރާހީމް ޒާހިރު ބުނެވިދިޔަ ފަދައިން ފާހަގަކުރިނަމަވެސް، އޭނާގެ ދަރިން އެކަމަށް އިންކާރުކުރެއެވެ. އޭނާގެ ދަރިން ފާހަގަކުރާ ގޮތުގައި އެ ހިބައަކީ ކޯޓު މެދުވެރިކޮށް ދެވިފައިވާ ޞައްޙަ ހިބައެކެވެ.
52ޕްރިސިޑެންސް 5އިބްރާހީމް ޒާހިރު ކޯޓު މެދުވެރިކޮށް އޭނާގެ 03 (ތިނެއް) ދަރިންނަށް ދީފައިވާ ހިބައިގެ ޞައްޙަކަމާމެދު ސުވާލުއުފައްދ އާ ހިބައިންދިން ޤަޟިއްޔާ އިސްތިއުނާފުކޮށްފައިނުވާކަން އޭނާގެ ބަހުންވެސް އެނގެއެވެ. އަދި ހަމަ އެ ހިބައިން ރުޖޫޢވުމަށަ އޭނާ ހުށަހަޅާފައިވާކަންވެސް އެނގެއެވެ. އޭނާ އެ ހިބަ އަނބުރާ އަތުލުމަށް ހުށަހެޅުމުން، އެ ހިބަ އަނބުރާ އަތުލެވޭނެ ތަނެއް ނެތްކަމަކަށް ނިންމުމުން، މިހާރު އެ ހިބައަކީ ޞައްޙަ ހިބައެއްނޫންކަމަށް ބުނެ، މި ޤަޟިއްޔާގެ ތެރެއިން އެ ސުވާލުއުފަންކުރުމުގެ ޖާގައެއް އިބްރާހީމް ޒާހިރަށް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. އަދި އެއީ މި ޤަޟިއްޔާގެ ތެރެއިން އިބްރާހީމް ޒާހިރު ހޯދުމަށް އެދިފައިވާ ފަރުވާއެއްކަނ އެނގެން ނެތްކަންވެސް ފާހަގަކުރެވެއެވެ. ތަޞައްރަފުފުދިފައިވާ ދަރިންނާއި ތަޞައްރަފުނުފުދޭ ދަރިންނަށް ދެވޭ ހިބައިން ރުޖޫޢވުމުގައި ޢަމަލުކުރެވޭގޮތަ ތަފާތުކަމަށް ބުނާ ބުނުން
53ތަޞައްރަފުފުދިފައިވާ ދަރިންނަށް އެ ދަރިންނަށް ހިބައިންލިބޭ ތަންތަނަށް އުނިއިތުރު ގެނެސް ބަދަލުކުރުމުގެ އިޚްތިޔާރު ލިބިފައިވާއިރު، ތަޞައްރަފުނުފުދޭ ކުދިންގެ ފަރާތުން އެކަން ކުރަނީ އެ ދަރިއެއްގެ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔާގެ ފަރާތުންކަމަށް އިބްރާހީމް ޒާހިރު ފާހަގަކޮށްފައިވެއެވެ.
54ޕްރިސިޑެންސް 6ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2011/HC-A/270 ޤަޟިއްޔާ ފާހަގަކޮށް އިބްރާހީމް ޒާހިރުގެ ފަރާތުން ބުނެފައިވަނީ، އެ ޤަޟިއްޔާގައި ހިމެނެނީ ތަޞައްރަފުނުފުދޭ 02 (ދޭއް) އަހަރުގެ ކުއްޖެއްކަމަށާއި، ކުޑަކުއްޖަކަށް ހިބައިން ދީފައިވާ ތަންތަން ތަރައްޤީކޮށް ކުއްޖާގެ ބައްޕަ ގެންނަ ބަދަލަކީ ކުއްޖާގެ މަޞްލަޙަތުގައި ގެނެސްފައިވާ ބަދަލެއްކަމަށް ބެލެވުނުނަމަވެސް، ތަޞައްރަފުފުދިފައިވާ ދަރިންނަށް ހިބައިން ދީފައިވާ ތަންތަނަށް ހިބައިންދޭ ފަރާތުން ގެންނަ ބަދަލަކީ، އެ ދަރިންގެ މަޞްލަޙަތުގައި ގެންނަ ބަދަލެއްކަމުގައި ނުބެލެވޭނެކަމަށެވެ. އަދި ހިބައިން ދޭފަރާތުން ގެންނަ ބަދަލަކީ، އެ ހިބަ އަނބުރާ ރުޖޫޢކުރުންކަމަށަ ޟިމްނީގޮތުން މާނަކުރެވޭނެކަމަށެވެ. މިނުކުތާގެ ރައްދުގައި އިސްތިއުފާރުރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ ބޮޑަސް ކުޑަޔަސް ދަރިންވާނީ ދަރިންނަށްކަމަށެވެ. ބައްޕަ މުސްކުޅިވުމުން ބައްޕަގެ ކަންކަން ބަލަހައްޓާނީ ޝަރުޢީ އަދި ޤާނޫނީ ގޮތުންވެސް ދަރިންކަމަށް ފާހަގަކޮށް، އެތަން ޢިމާރާތްކުރީ ލޯނު ނަގައިގެންކަމަށް އިބްރާހީމް ޒާހިރު ބުނާ ބުނުމާގުޅިގެނ ލޯން ނެގީ ކޮންބޭންކަކުންތޯ އާއި ކިހާވަރެއްތޯނެގީ އަދި އޮކްސިޖަން ކެފޭއަށ ކުއްޔަށްދީގެން ލިބުން ފައިސާއަށް ހެދީ ކިހިނެތްތޯ ދަރިންގެ ފަރާތުން ސުވާލުއުފައްދާފައިވެއެވެ.
55އިސްވެ ފާހަގަކުރިފަދައިނ އިބްރާހީމް ޒާހިރުގެ ފަރާތުން ފާހަގަކުރިނަމަވެސް، އިބްރާހީމް ޒާހިރު އެބުނާގޮތަށް މާނަކުރަންޖެހޭ ޤާނޫނީ އަސާސެއް މި ކޯޓަށް ހުށަހަޅައި އެކަން ބަޔާންކޮށްދީ އެ ބުނުމަށް ބާރުދޭ ޤާނޫނީ ޙުއްޖަތެއް ބަޔާންކޮށްދީފައިވާކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
56އިބްރާހީމް ޒާހިރު ހުށަހެޅި އިސްތިއުނާފަށް ބަލައި ދަށު ކޯޓުގެ ޙުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މި ޤަޟިއްޔާ ނިންމަން ފެނެއެވެ.
57އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރަޢުޔަށް ތާއީދުކުރަމެވެ.
58އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރަޢުޔަށް ތާއީދުކުރަމެވެ.
59މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 145 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުކުރުމުގެ އިޖުރާއަތު)
- ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން ނަންބަރު 01/2022-SCPD
- ހައިކޯޓުގެ 98/HC-A/48، 2001/HC-A/93، 2018/HC-A/78، 2011/HC-A/270 (ދަށު ކޯޓުން ބަރޯސާވެ، ޚަޞްމުން ޒިކުރުކުރި)
- ސިވިލް ކޯޓުގެ 1414/Cv-C/2010 (2445/MC/2010) (ހިބަ ޞައްޙަކަމަށް ކުރި ޙުކުމް)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ރާޣިބް އަޙްމަދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ވަޙީދު
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް