ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/490
އިބްރާހީމް އަރީޝް ވ. މުހައްމަދު އަލީ، 2019/HC-A/490
Ibrahim Areesh v. Mohamed Alee 2019/HC-A/490 (2019/HC-A/490, High Court of the Maldives, 14 November 2021)
އިބްރާހީމް އަރީޝް ވ. މުހައްމަދު އަލީ
މައިގަނޑު ސުވާލު
ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެހެން ފަރާތެއްގެ ކުލީގެ ޙައްޤު އުފެދިފައިވާ ފްލޯތައް ތިންވަނަ ފަރާތަކާ ޙަވާލުކުރުމަށް، އެ ޙައްޤުވެރިޔާ ޚަޞްމަކަށް ނުހިމަނައި ދެފަރާތުގެ އެއްބަސްވުމުން ސިވިލް ކޯޓުން ކުރި ޙުކުމް ޤާއިމުކުރެވޭތޯ.
ނިންމި ގޮތް
އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ޙުކުމް ކުރިކަން ނޭނގި ތިބުމަކީ މަޤްބޫލު ސަބަބެއްކަމަށް ފެނިއްޖެނަމަ، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން މުއްދަތު ފަހަނައަޅާފައިވާ ޙުކުމެއް އިސްތިއުނާފުކުރުމުގެ ހުއްދަ ދެވިދާނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8).
- ޙައްޤާއި މަޞްލަޙަތު އޮތް ފަރާތެއް ނިޔާވުމުން، އޭނާގެ ވާރިޘަކަށް އެ ޙައްޤާ ގުޅޭ ޙުކުމެއް އިސްތިއުނާފުކުރެވިދާނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.5).
- މީހެއްގެ ޙައްޤާއި މަޞްލަޙަތު ހިމެނޭ ކަމެއްގެ މައްޗަށް ބަލާ މައްސަލައެއްގައި އެ ފަރާތް ޚަޞްމަކަށް ނުހިމަނައި، ޙައްޤު ޙިމާޔަތްކުރުމަށް ބަސްބުނުމުގެ ފުރުޞަތު ނުދީ ކުރާ ޙުކުމެއް ޤާއިމު ނުކުރެވޭ؛ އެފަދަ ފަރާތެއްގެ ބަހެއްވެސް ފެންނަން އޮންނަންވާނެތީ، އެ މައްސަލަ ދަށުކޯޓުން އަލުން ބަލައި ގޮތެއް ނިންމަންޖެހޭނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.6).
- ތަނެއް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ކުރިން އެކަށައެޅިފައިވާ އެއްބަސްވުންތަކުގެ ސަބަބުން އެހެން ފަރާތެއްގެ ކުލީގެ ޙައްޤު އުފެދިފައިވާނަމަ، އެ ތަނަކީ އެ ފަރާތުގެ ކުލީގެ ޙައްޤު އުފެދިފައިވާ ތަނެއްކަމުގައި ބެލެވޭނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.4).
މަޒީދު ތާއީދުކުރެއެވެ (. މައްސަލައިގެ ޚުލާޞާ : 1- މިއީ، ސިވިލް ކޯޓުގެ ނަންބަރު 1940/Cv-C/2016 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި […] އިބްރާހީމް ޢަރީޝް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ . 2- މި މައްސަލައި ގައި އިސްތިއުނާފު ރައްދުވާ ފަރާތް ތަކަކީ […] / މާލެ، މުޙައްމަދު ޢަލީއާއި، ށ. ނޫމަރާ/ ސާދީވިލާ، ޢަބްދުﷲ ޙަސަން އެވެ . މައްސަލައިގައި ކަންހިނގާފައިވާގޮތ: 3- 15 އޮގަސްޓް 2009 ގައިމއ. ރިންސޯ ކިޔާ ގޯތިން ރިންސޯ/ މާލީ، މުޙައްމަދު ޢަލީ އަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 )ފަހެއް( ބުރި ޢިމާރާތުގެ ގުރައުންޑް ފްލޯރ އާއި، ފަސްޓް ފްލޯރ މީލާދީ 35 )ތިރީސް ފަހެއް ( އަހަރު ދުވަހުގެ މުއްދަތަށް ށ. ނޫމަރާ / ސާދީވިލާ، ޢަބްދުﷲ ޙަސަން )އައި .ޑީ( އަށް ކުއްޔަށް ދިނުމާ ގުޅިގެން މުޙައްމަދު ޢަލީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ބައިތައް 01 ޖެނުވަރީ 2016ގައި ޙަވާލުކުރުމަށް އެއްބަސްވެފައިވީ ނަމަވެސް، އހާތަނަށްވެސް އެ ފްލޯތައް ޙަވާލުކޮށްފައިނުވާތީ، ފްލޯތައް ވަގުތުން ވަގުތަށް ޙަވާލުކޮށްދިނުމަށް މުޙައްމަދު ޢަލީގެ މައްޗަށް . ދ.ރ.ކާޑު ނަންބަރ 2161A00 . ދ.ރ.ކާޑު ނަންބަރ . ދ.ރ.ކާޑު ނަންބަރ އަމުރުކޮށްދެއްވުމަށް އެދި ޢަބްދުﷲ ޙަސަން ގެ ފަރާތުން 2016 ސެޕްޓެންބަރު 8 ގައި ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ . 4- ޢަބްދުﷲ ޙަސަނގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ބަލާފައިވަނީ، އެކޯޓުގެ ނަންބަރު 1940/Cv-C/2016 ޤަޟިއްޔާ އިންނެވެ . ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް : 5- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1940/Cv-C/2016 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ : ]ދެންފަހެ، 15 އޯގަސްޓް 2009 ގައި […] ކިޔާ ގޯތިން […] / މާލެ މުޙައްމަދު ޢަލީ )އައި .ޑީ( އަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 )ފަހެއް( ބުރި ޢިމާރާތުގެ ގުރައުންޑް ފްލޯރ އާއި، ފަސްޓް ފްލޯރ މީލާދީ 35 )ތިރީސް ފަހެއް ( އަހަރު ދުވަހުގެ މުއްދަތަށް ށ. ނޫމަރާ ސާދީވިލާ، ޢަބްދުﷲ ޙަސަން )އައި .ޑީ( އަށް ކުއްޔަށް ދިނުމާއި ގުޅިގެން މުޙައްމަދު ޢަލީއާއި އެކުވެފައިވާ އެއްބަސްވުމުގެ ދަށުން އެބައިތައް 01 ޖެނުވަރީ 2016 ގައި ޙަވާލުކުރުމަށް އެއްބަސްވެފައިވީ ނަމަވެސް، މިހާތަނަށްވެސް ޙަވާލުކޮށްފައިނުވާތީ، މިފުލޯތައް މިހާރުން މިހާރަށް ޙަވާލުކޮށްދިނުމަށް މުޙައްމަދު ޢަލީގެ މައްޗަށް އަމުރުކޮށްދެއްވުމަށް ޢަބްދުﷲ ޙަސަން ހުށަހަޅާފައިވާ މިދަޢުވާއާއި ގުޅިގެން […] ކިޔާ ގޯތިން މުޙައްމަދު ޢަލީއަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 )ފަހެއް ( ބުރި ޢިމާރާތުގެ ގްރައުންޑް ފްލޯރ އާއި، ފަސްޓް ފްލޯރ 30 ސެޕްޓެމްބަރ 2016 ވަނަ ދުވަހުގެ ކުރިން ޢަބްދުﷲ ޙަސަން އާ ޙަވާލު ކުރުމަށް މުޙައްމަދު ޢަލީ އެއްބަސްވެ، ދަޢުވާކުރާފަރާތުން އެގޮތް ޤަބޫލުކޮށް، ދެފަރާތުން އެއްބަސްވުމަކަށް އައިސްފައިވާތީ، . ސިވިލް ކޯޓްގެ ނަމްބަރު 1940/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ދެފަރާތުގެ ދެމެދުގައި މިމައްސަލާގައި އެއްބަސްވި ގޮތުގެ މަތިން […] ކިޔާ ގޯތިން މުޙައްމަދު ޢަލީއަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 )ފަހެއް ( ބުރި ޢިމާރާތުގެ ގުރައުންޑް ފްލޯރ އާއި، ފަސްޓް ފްލޯރ 30 ސެޕްޓެމްބަރ 2016 ވަނަ ދުވަހުގެ ކުރިން އަބްދުﷲ ޙަސަން އާ ޙަވާލު ކުރުމަށް މުޙައްމަދު ޢަލީއަށް އަންގައި ޙުކުމް ކޮށްފީމެވ [. މިފަދައިން ކަން އެނގެން އޮވެއެވެ . 6- ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ، 2016 ސެޕްޓނެ ބަރު 20ވަނަ ދުވަހު އެވެ . އިސްތިއުނާފަށް ހުށަހެޅުން: 7- ސިވިލް ކޯޓުގެ ނަންބަރު 662/Cv-C/2018 ޤަޟިއްޔާ ގައި ކުރައްވާފައި ވާ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އިބްރާހީމް ޢަރީޝްގެ ފަރާތުން، 2019 އޮގަސްޓް 8 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ . އިސްތިއުނާފުކުރުމުގެހުއްދައަށް އެދި އިބްރާހީމް ޢަރީޝްގެ ފަރާތުން ފޮނުވި ސިޓީގައިވަނީ؛ ` […] ކ. މާލެ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛް ޝުޖާޢު ޢުޘްމާނަށް ވެދުންސަލާމަށްފަހު ދަންނަވަމެވެ. ސިވިލް ކޯޓްގެ ނަމްބަރު 1940/Cv-C/2016 ޤަޟިއްޔާ ޙުކުމް ކުރައްވާފައިވަނީ އަޅުގަނޑުގެ ނުވަތަ އަޅުގަނޑުގެ ބައްޕަގެ އެއްވެސް ބައިވެރިވުމެއް ނެތިކަމުން އެ ޙުކުމް ކުރިކަން އަޅުގަނޑުގެ ބައްޕައަށްވެސް އަދި އަޅުގަނޑަށްވެސް އެގިފައި ނުވާތީއާއި، ޙުކުމް ކުރިކަން އެގިފައިވަނީ އެ ޙުކުމް ތަންފީޒްކުރުމަށް ސިވިލް ކޯޓުނ ޕޮލިސް ސަރވިސްގެ މައްޗަށް އަމުރެއްކޮށް އެ އަމުރު ތަންފީޒްކުރުމަށް ފުލުހުންގެ ފަރާތުން އެންގި އެންގުމަކުން 2019 ޖުލައި މަހުގެ ތެރޭގައި ކަމާއި، އެ ހިސާބުން ފެށިގެން އިސްވެ މި ދެންނެވުނު ޙުކުމްތައް ހޯދައި، އަދި އެ ޙުކުމުގައި ހިމެނޭ ގެއާ ގުޅޭގޮތުން އަޅުގަނޑުގެ ބައްޕައާ އެކު ކުރެވިފައިވާ އެއްބަސްވުންތައް ހޯދައި އެ ޙުކުމް އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅީމެވެ . ވީމާ، ސިވިލް ކޯޓްގެ ނަމްބަރު 1940/Cv-C/2016 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފު ކުރުމުގެ ހުއްދަ ދެއްވާތޯ އެދި ދެންނެވީމެވެ . އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ. 08 އޮގަސްޓް 2019 ޚާދިމްކުމް )ސޮއިކޮށްފައި ( އިބްރާހީމް ޢަރީޝް ދިވެހިރާއްޖޭގެ ހައިކޯޓު މާލެ، ދިވެހިރާއްޖެ. މިފަދައިންނެވެ . 8- ސިވިލް ކޯޓްގެ ނަމްބަރު 1940/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އިބްރާހީމް ޢަރީޝް ގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ރިޢާ ޔަތްކޮށް، ސިޓީގައި ބަޔާންކޮށްފައިވާ ސަބަބަކީ މަޤްބޫލު ސަބަބެއްކަމަށް ފެންނާތީ، ހައިކޯޓުގެ ޤަވާޢިދުގެ 29ވަނަ މާއްދާގެ )ނ( ގެ ދަށުނ، އިސްތިއުނާފު ކުރުމުގެ ހުއްދަދިނުމަށް ހައިކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން 2019 ސެޕްޓެ ން ބަރު 02ވަނަ ދުވަހު ނިންމާފައިވެއެވެ . 9- ބުނެވިދިޔަ ނިންމުމާ ގުޅިގެން، 2019 ސެޕްޓެ ން ބަރު 10 ގައި އިބްރާހީމް ޢަރީޝްގެ ފަރާތުނ ސިވިލް ކޯޓްގެ ނަން ބަރު 1940/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފަށް ހުށަހެޅިއެވެ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/490 ޤަޟިއްޔާގެ ދަށުން މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ، 25 ސެޕްޓެންބަރު 2019 ގައެވެ . އިސްތިއުނާފީ ނުކުތާތައް : 10- ސިވިލް ކޯޓުގެ ނަންބަރު 1940/Cv-C/2016 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިބްރާހީމް ޢަރީޝްގެ ފަރާތުން އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެ ނުކުތާއަކީ : ސިވިލް ކޯޓްގެ ނަން ބަރު 1940/Cv-C/2016 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނީ ގޮތުން ޞައްޙަ އެއްބަސްވުމެއް އޮއްވައި އެ އެއްބަސްވުމުގެ ދަށުން އަލް މަރްޙޫމް ޢަލީ އިބްރާހިމް މަނިކަށް ލިބިދޭ ޙައްޤު ގެއްލޭގޮތަށް ތަނުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ކުލީގެ ޙައްޤު އުފަންކުރުވުމަށް ހަދާފައިވާ އެއްބަސްވުމެއް ދެމެހެއްޓުމަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތް : 11- އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1940/Cv-C/2016 ޤަޟިއްޔާގައި، އިސްތިއުނާފުކުރާ އިބްރާހީމް ޢަރީޝް ގެ ފަރާތުން އެދިފައިވަނީ،
11.1- އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ސަބަބުތަކަށް ނަޒަރުކޮށް، ސިވިލް ކޯޓްގެ ނނަ ބަރު 1940/Cv-C/2016 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމުގައި ކަނޑައަޅުއްވައި ދެއްވުމަށާއި ؛
11.2- […] ގައި ހަދާފައިވާ 15 ބުރީގެ ޢިމާރާތުގެ ގްރައުންޑް ފްލޯރ އާއި 1ވަނަ ފްލޯރ އިސްތިއުނާފް ރައްދުވާ ޢަބްދުﷲ ޙަސަން އަށް ކުއްޔަށްދިނުމާ ގުޅޭގޮތުން 15 އޮގަސްޓް 2009 ގައި މުޙައްމަދު ޢަލީ އާއި ޢަބްދުﷲ ޙަސަން އާ ދެމެދުގައި ސޮއިކުރި އެއްބަސްވުމަކީ އުފެދުމުގައިވެސް ބާޠިލް އެއްބަސްވުމެއް ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށާއި، ނުވަތަ؛
11.3- އިސްތިއުނާފުކުރާ ފަރާތް ތަދަ އްޚުލުކުރުވައިގެން މި މައްސަލަ އަލުން ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތަޙްލީލުކޮށް ދިނުމަށެވެ . ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތައް : 12- ސިވިލް ކޯޓުގެ ނަންބަރު 1940/Cv-C/2016 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިބްރާހީމް ޢަރީޝްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާއަ ށ އ، އެނުކުތާއާ ގުޅިގެން ދެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
12.1- 15 އޮގަސްޓް 2009 ގައި […] ކިޔާ ގޯތިން ރިންސޯ މުޙައްމަދު ޢަލީއަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 )ފަހެއް ( ބުރި ޢިމާރާތުގެ ގުރައުންޑް ފްލޯރ އާއި، ފަސްޓް ފްލޯރ މީލާދީ 35 )ތިރީސް ފަހެއް ( އަހަރު ދުވަހުގެ މުއްދަތަށް ށ. ނޫމަރާ/ ސާދީވިލާ، ޢަބްދު ﷲ ޙަސަންއަށް ކުއްޔަށް ދިނުމާ ގުޅިގެން މުޙައްމަދު ޢަލީއާ އެކުވެފައިވާ އެއްބަސްވުމުގެ ދަށުން އެބައިތައް 01 ޖަނަ ވަރި 2016ގައި ޙަވާލުކުރުމަށް އެއްބަސްވެފައިވީ ނަމަވެސް، އެ ހާތަނަށްވެސް އެ ފްލޯތައް ޙަވާލުކޮށްފައިނުވާތީ، ފްލޯތައް ވަގުތުން ވަގުތަށް ޙަވާލުކޮށްދިނުމަށް މުޙައްމަދު ޢަލީގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޢަބްދުﷲ ޙަސަން ގެ ފަރާތުން ޝަރީޢަށް ހުށަހެޅި ދަޢުވާއާ ގުޅިގެން، […] ކިޔާ ގޯތިން މުޙައްމަދު ޢަލީއަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 )ފަހެއް ( ބުރި ޢިމާރާތުގެ ގްރައުންޑް ފްލޯރ އާއި، ފަސްޓް ފްލޯރ 30 ސެޕްޓނެ ބަރު 2016 ގެ ކުރިން ޢަބްދުﷲ ޙަސަން އާ ޙަވާލު ކުރުމަށް މުޙައްމަދު ޢަލީ އެއްބަސްވެ، ދަޢުވާކުރާ ފަރާތުން އެގޮތް ޤަބޫލުކޮށް، ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވާތީ، ދެ ފަރާތުގެ ދެމެދުގައި މައްސަލައި ގައި އެއްބަސްވި ގޮތުގެ މަތިން […] ކިޔާ ގޯތިން މުޙައްމަދު ޢަލީއަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 )ފަހެއް ( ބުރި ޢިމާރާތުގެ ގުރައުންޑް ފްލޯރ އާއި، ފަސްޓް ފްލޯރ 30 ސެޕްޓެނބަރް 2016 ގެ ކުރިން އަބްދުﷲ ޙަސަންއާ ޙަވާލު ކުރުމަށް މުޙައްމަދު ޢަލީއަށް އަންގައި ސިވިލް ކޯޓްގެ ނ ނބަރ 1940/Cv-C/2016 ޤަޟިއްޔާގައި އެކޯޓުން ޙުކުމް ކުރައްވާފައިވެއެވެ .
12.2- އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 1940/Cv-C/2016 ޤަޟިއްޔާގެ ޚަޞްމެއްގެ ގޮތުގައި، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި ފަރާތްކަމުގައިވާ […] ރ ދ، އިބްރާހީމް ޢަރީޝް ހިމެނިފައިނުވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ .
12.3- ސިވިލް ކޯޓްގެ ނަން ބަރު 1940/Cv-C/2016 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނީ ގޮތުން ޞައްޙަ އެއްބަސްވުމެއް އޮއްވައި އެ އެއްބަސްވުމުގެ ދަށުން އަލްމަރްޙޫމް ޢަލީ އިބްރާހިމް އަށް ލިބިދޭ ޙައްޤު ގެއްލޭގޮތަށް ތަނުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ކުލީގެ ޙައްޤު އުފަންކުރުވުމަށް ހަދާފައިވާ އެއްބަސްވުމެއް ދެމެހެއްޓުމަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް އިބްރާހީމް ޢަރީޝް ގެ ފަރާތުން ފާހަގަކޮށްފައިވެއެވ .
12.4- 15 އޮގަސްޓް 2009 ގައި […] ކިޔާ ގޯތިން ރިންސޯ މުޙައްމަދު ޢަލީ އަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 )ފަހެއް ( ބުރި ޢިމާރާތުގެ ގުރައުންޑް ފްލޯރ އާއި، ފަސްޓް ފްލޯރ މީލާދީ 35 )ތިރީސް ފަހެއް( އަހަރު ދުވަހުގެ މުއްދަތަށް ށ. ނޫމަރާ/ ސާދީވިލާ، ޢަބްދުﷲ ޙަސަނަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން މުޙައްމަދު ޢަލީ އާއި ޢަބްދުﷲ ޙަސަނާ ދެމެދު އެއްބަސްވުމެއްވެވިފައިވެއެވެ . އިސްތިއުނާފު ކުރެވޭސިވިލް ކޯޓްގެ ނނަ ބަރު 1940/Cv-C/2016 ޤަޟިއްޔާގައި، […] އެވެ ކިޔާ ގޯތިން މުޙައްމަދު ޢަލީއަށް ލިބިފައިވާ ބައިގައި ކުރެވިފައިވާ 05 )ފަހެއް ( ބުރި ޢިމާރާތުގެ ގުރައުންޑް ފްލޯރ އާއި، ފަސްޓް ފްލޯރ 30 ސެޕްޓެނބަރް 2016 ގެ ކުރިން ޢަބްދު ﷲ ޙަސަނާ ޙަވާލު ކުރުމަށް މުޙައްމަދު ޢަލީއަށް އަންގައި އެ ކޯޓުން ޙުކުމްކުރެއްވިއިރު، […] އެވެ ކިޔާ ގޯތީގައި ހަދާފައިވާ ޢި މާރާތުގެ ގްރައުންޑް ފްލޯއާއި ފަސްޓް ފްލޯ ކުއްޔަށްދީ ކުއްޔަށް ހިފުމާ ގުޅޭގޮތުން 6 5 […] ރ ދ ޢަލީ އިބްރާހީމް މަނިކު އާއި […] މުޙައްމަދު ޢަލީއާ ދެމެދު ގިނަ އެއްބަސްވުން ތަކެއް ހެދިފައިވެއެވެ . އެހެން ކަމުން، އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގެ ޙުކުމްކުރެއްވިއިރުވެސް ބުނެވިޔަ ފްލޯތަކަކީ އެހެން ފަރާތެއްގެ ކުލީގެ ޙައްޤު އުފަންވެފައިވާ ފްލޯތަކެއް ކަމުގައި ޝަރުޢީ ޤާނޫނީ ހަމަތަކުން ބެލެ އެވެ .
12.5- […] ދ / މާލެ، ޢަލީ އިބްރާހީމް މަނިކު 31 ޖަނަވަރީ 2019 ގައި ވަނީ ނިޔާވެފައެވެ . އިސްތިއުނާފުކުރެވޭސިވިލް ކޯޓްގެ ނަންބަރު 1940/Cv-C/2016 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އަލްމަރުޙޫމް ޢަލީ އިބްރާހީމް މަނިކުގެ ވާރިސެއްކަމުގައިވާ […] ރ ދ، އިބްރާހީމް ޢަރީޝްއެވެ .
12.6- ސިވިލް ކޯޓްގެ ނަންބަރު 1940/Cv-C/2016 ޤަޟިއްޔާގެ ދަށުން ބެލުނު މައްސަލައަކީ، ޢަލީ އިބްރާހީމް މަނިކުގެ ޙައްޤާއި މަޞްލަހު އޮތް ކަމެއްގެ މައްޗަށް ބެލުން މައްސަލައެއްކަން އެނގެއެވެ . މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއިރު ޚަޞްމެއްގެ ގޮތުގައި ޢަލީ އިބްރާހީމް މަނިކު ހިމަނާފައިނުވެއެވެ . އެހެންކަމުން މައްސަލައިގައި ޢަލީ އިބް ރ ހީމް މަނިކުގެ ޙައްޤު ޙިމާޔަތްކުރުމަށް ބަސްބުނުމުގެ ފުރުޞަތު ލިބިފައިނުވެއެވެ . ޢަލީ އިބްރާހީމް މަނިކުގެ ޙައްޤާއި މަޞްލަޙަތު ހިމެނިފައިވާ ކަމެއްގައި އޭނާގެ ބަހެއްވެސް ފެންނަން އޮންނަންވާނެ ކަމަށް ޤަބޫލުކުރެވޭތީ މި މައްސަލައަކީ ސިވިލް ކޯޓުން އަލުން ބަލައި ގޮތެއް ނިންމަ ންޖެހޭ މައްސަލައެއްކަމަށް ދެކެމެވެ . . […] ދ، އައި. ޑީ .ކާޑު ނަން ބަރު . ޢަލީ އިބްރާހީމް މނިކަ އާއި މުޙައްމަދު ޢަލީއާ ދެމެދު 2000ވަނަ އަހަރު ސޮއިކުރެވިފައިވާ އެއްބަސްވުމަކާއި 2016 ޖުލައި 10 ގަޔާއި އަދި 2016 ޖުލައި 14 ގައި އެއްބަސްވުމެއް ވެފައިވެއެވެ .
010 ...-0'\..__::cu <r:: ..__'<T0\0 I 0'\"~"~ • I ~~~'" ""' "'t,l<"'"\ ~~~\~~~~\~ "~"' "\"~~~~''I:.'II '"' "~'\'''t."~"~ "'"~ "\'"'"~ '\\\:\"' IIi' ~\' ~~ \,\\ ,, II'\"""~ \\' ':\\\' 1)\'\"~ ~~~"11..1~~ "\ '"' ,,~1)\ ''"' .....-<0\~---0 u u--- 0l0 .....-<1.0 "\'II~~~\~""' "11..1~~ 1)\ II)"'\"\"\ ,, ,, L >I ,,L II_)~~ "II ~~~"~ ,, II)"\il~"'\ ~ \\'""' "~'" II'\ \\\Ill) \ II'\~~'" ~~~'\ '\\l'"II\ "\ II_)~~ ''II \\ \\ ~\ \\\ ,,\\\\ · ~\ ~~~~~ ""' '--'\ ""' '''\1)\,, \~ ,,~1.0""' '--'"~~~\\:"'""' "~''t,"11..1~~""' il'\.JII\''\ "~' ,--.._0l---0l0l0 .....-<0 "\\II~~~\~ "~~~\\:"' " \, ""' "\ '" ""' ~~~"\\\~ ':\ "II '"' "11..1~~\\\""' il'\.JII\\\\ "~' \\~II\ ''"' II\~~"" ''t, II\\IIJ~~ ~~~' \\\'\)\ ..!\~ ..._, ,, \\ L "' 0...\\ L "' "'\ II\)(~II'\"""~ II\~:~~\,\II\ :\\\ ,, "~II'\"""~ \~'II \\~1)\L'' \\\ ,, "' "' t "\'" II\ \l"" "\ ,,~ ':\ "\'" "\ \i \l"" "\\\~ ':\ XI\\ ,, ..!\\ '\\\ \\\ ..!\~ \ I ·l ~:'\ •\' ~ ;~~ 0 "'a, •\ ~; -~'- "\· ~ -\~''\~,'\, ,·~'~ ("') .,-~...·~ -~ \,""'\... ,""' '" ~~\'\ .,~'\J·~ .,-~' \' l ·;:: ..c: ·aJ'l o,"'0.., ·- ,£@) :.c ..c: Q' ·~ eo ()gt ~0 ~ ; h c eo ()05 .;.eo0>~ > ..'\ h
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ)
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް