ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/251
ހެވީލޯޑް މޯލްޑިވްސް ޕްރައިވެޓް ވ. ބޭންކް އޮފް މޯލްޑިވްސް، 2024/HC-A/251
Heveeload Maldives Private v. Bank of Maldives 2024/HC-A/251 (2024/HC-A/251, High Court of the Maldives, 22 October 2025)
ހެވީލޯޑް މޯލްޑިވްސް ޕްރައިވެޓް ވ. ބޭންކް އޮފް މޯލްޑިވްސް
މައިގަނޑު ސުވާލު
ޝަރުޢީ އަގުކޮމިޓީން ރަހުނު މުދާ އަގުކުރުމަކާ ނުލައި، ރަހުނު ހިފި ފަރާތުން ހުށަހެޅި އަގަށް ބަލައި، ގިނަ ރަށެއްގެ ރަހުނުން ވިއްކާނެ ތަރުތީބެއް ކަނޑައެޅުމެއް ނެތި ސިވިލް ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަކީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 160 އާއި 162 ވަނަ މާއްދާއާ އެއްގޮތް ކަމެއްތޯ.
ނިންމި ގޮތް
ރަހުނު ވިއްކާލުމުގެ ހުއްދަ ބާޠިލު، ގަވާއިދާ އެއްގޮތަށް ތަންފީޛީ މައްސަލަ ކުރިއަށް ގެންދިއުމަށް ސިވިލް ކޯޓަށް އެންގި
ކަނޑައެޅުނު އުޞޫލުތައް
- ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 162 ވަނަ މާއްދާގެ (ޅ) އާއި 160 ވަނަ މާއްދާ އެކުގައި ކިޔުމުން، ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގެ ކުރިން ރަހުނު މުދަލުގެ އެއިރުގެ އަގު 160 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަނޑައަޅަން ޖެހެއެވެ؛ ދެފަރާތް އަގަށް ނުވަތަ ތިންވަނަ ފަރާތަކަށް އެއްބަސްނުވާނަމަ ޝަރުޢީ އަގުކޮމިޓީ މެދުވެރިކޮށް އަގު ހޯދަން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19)
- އެއް މުޢާމަލާތަކާ ގުޅިގެން އެއް މުދަލަށްވުރެ ގިނަ މުދާ ރަހުނުކުރެވިފައިވާނަމަ، ވިއްކުމުގެ ހުއްދަ ދޭނެ މުދަލާއި ވިއްކުމުގައި އިސްކަންދޭނެ ތަރުތީބު ކަނޑައަޅަން ޖެހޭނެ ކަމަށާއި، ފުރަތަމަ ވިއްކުމަށް ހުއްދަ ދޭންވާނީ ދަރަނި އަދާކުރެވޭނެ މިންވަރުގެ އަގު ހުރިކަމަށް ޤަބޫލުކުރެވޭ މިންވަރަށްވާ މުދަލެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- ޝަރުޢީ އަގުކޮމިޓީގެ އަގުކުރުން ލަސްވީ ރަހުނު ބެހެއްޓި ފަރާތުގެ އިހުމާލަކުން ކަމަށް ބަޔާންނުކޮށް، ރަހުނު ހިފި ފަރާތުގެ އަގަށް ބަލައި، ވިއްކާނެ ތަރުތީބެއް ކަނޑައެޅުމެއް ނެތި ރަހުނު ވިއްކުމުގެ ހުއްދަ ދިނުމަކީ 162 ވަނަ މާއްދާގެ (ޅ) އާއި (ބ) އާ ޚިލާފު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- ޚަޞްމުންގެ އިހުމާލެއް ނެތި ޝަރުޢީ އަގުކޮމިޓީން އަގުކުރުމުގައި ލަސްވާނަމަ، ކޯޓުން ކުރަންޖެހޭނީ އެ މަސައްކަތް އަވަސްކުރުވުމަށް ފިޔަވަޅު އެޅުމެވެ؛ އިޖުރާއަތު ފުރިހަމަނުކޮށް ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 3399/Cv-C/2020 ޤަޟިއްޔާ ގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސ ޕަބްލިކް ލިމިޓެޑް ކޮމްޕެން)މީގެ ފަހުން "ބޭންކ އޮފް މޯލްޑި ވްސ"( އަށް ދީފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ އިސްތިއުނާފުކުރުމަށް ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ )މީގެ ފަހުން "ހެވީލޯޑް މޯލްޑިވްސް"( ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފ ރައްދުވު ފަރާތަކާ ބޭންކް އޮފް މޯލްޑިވްސް އެވެ.
2ބޭންކް އޮފްމޯލްޑިވްސގް ފަރާތުނ 18 ޑިސެންބަރު 2016 ގައި ހެވީލޯޑް މޯލްޑިވްސް އަށް $11,000,000 )އެގާރަ މިލިއަން ޑޮލަރު( ގެ ލޯނެއް ދޫކޮށްފައިވެއެވެ. މި ލޯނާ ގުޅިގެން "ލ.ފަރެސް" ގައިވާ ބިން އަދި ހަދަމުންދާ ރިސޯޓުގެ ހެޑްލީސް ރައިޓް އާއި، "ލ.ބޮޑުހުރާ" ގެ ހެޑްލީސް ރައިޓް އާއި "ލ. ކުޑަފަރެސް" ގެ ހެޑްލީސް ރައިޓް ބޭންކް އޮފް މޯލްޑިވްސް އަށް ރަހުނު ކުރެވުނެވެ.
3މިފައިސ އެއްބަސްވުމާ އެއްގޮތަށް ދައްކާފައިނުވާތ، ބޭންކް އޮފްމޯލްޑިވްސްގުފަރާތުން ސިވިލް ކޯޓަށް ނަންބަރ 3989/Cv-C/2019 ޤަޟިއްޔާ ހުށަހެޅިއެވެ. އެ ޤަޟިއްޔާއިން ދަރަނި ސާބިތުވާކަމަށް ކަނޑައަޅައި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށިހެވީލޯޑ މޯލްޑިވްސް އަށް އަންގައި 13 ޖަނަވަރީ 2020 ގައި ޙުކުމްކޮށްފައިވެއެވެ. . ރަޖިސްޓްރީ ނަންބަރު 22/1982-C . ރަޖިސްޓްރީ ނަންބަރު 211/2003-C
4މި ޙުކުމާއެއްގޮތަށް ހެވީލޯޑ މޯލްޑިވްސް އިން ޢަމަލުކޮށްފައިނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 3989/Cv-C/2019 ޤަޟިއްޔާގެ ތަންފީޛީ ޤަޟިއްޔާ ކަމަށްވާ، އެ ކޯޓުގެ ނަންބަރު 3399/Cv-C/2020 ޤަޟިއްޔާ 25 ނޮވެންބަރު 2020 ގައި ރަޖިސްޓްރީކުރެވުނެވެ.
5އަދި ތަންފީޛީ ޤަޟިއްޔގާ ތެރެއިން ސިވިލް ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސް އަށް ދީފައިވެއެވެ. ސިވިލް ކޯޓުން އެ ހުއްދަ ދިންގޮތާމެދު ހިތްހަމަނުޖެހިގެނެހެވީލޯޑް މޯލްޑިވްސީގ ފަރާތުން އެ ހުއްދަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފ ޤަޟިއްޔާއެވެ.
6އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ރަހުނު ވިއްކާލުމުގެ ހުއްދައިގައި ހުއްދަ ދޭންޖެހުނު ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. • "... ސިވިލް ކޯޓުގެ ނަންބަރު 3989/Cv-C/2019 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކަމުން ގޮސްފައިނުވެއެވެ. • 29 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ދަޢުވާލިބޭ ފަރާތްތަކުން 23,042,527.36 USD )ތޭވީސް މިލިއަން ސާޅީސްދެހާސް ފައްސަތޭކަ ހަތާވީސް ޑޮލަރު ތިރީސް ހަ ސެންޓް( ނުދައްކައިވާކަން. • ސިވިލް ކޯޓުގެ ނަންބަރު 3989/Cv-C/2019 ޤަޟިއްޔާއިން ކޮށްފައިވް ޙުކުމާ ގުޅިގެނާ ދަޢުވާލިބޭ ފަރާތްތަކުން ފައިސާ ދައްކާފައިނުވާތީ، މި މުޢާމަލާތާ ގުޅިގެން ރަހުނުކޮށްފައިވާ މުދާތައް ވިއްކާލުމުގެ ހުއްދައަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެދިފައިވެއެވެ. • ރަހުނުގެ ގޮތުގައި މޯގޭޖް ކޮށްފައިވާ މުދާ ވިއްކާލުމުގެ ހުއްދަ ދިނުމުގައި ޢަމަލު ކުރުނެ އުޞޫލެއް ދިވެހިރާއްޖޭގެ ޤާނޫނ ނިޒާމުގައި އިސްތިޤްރާރުވެ ޢަމަލުކުރެވެމުން ދާހިނދ، ދަރަންޏެއް ނުވަތަ ލޯނެއްގެ މައްޗަށް ރަހުނު ކުރެވިފައިވާ، ދިވެހިރާއްޖޭގައި ހުރި އެއްވެސް ދަރަނިއެއްގެ މިލްކެއް އެފަރާތުގެ ނުރުހުމުގައި ވިއްކާލެވޭނީ ދިވެހިރާއްޖޭގެ ކަމާބެހޭ ތަންފީޛީ ކޯޓަކުން އެރަހުނެއ ތަންފީޛް ކުރުމަށް ކަނޑައަޅައް ހުއްދަކުރި އިޖުރާއަތެއްގެ ތެރެއިން އެކަން ކަށަވަރުވެގެން އޮންނަ ގޮތެއްގެ މައްޗަށްކުމާއި، އެކަންކަން ފުރިހަމަ ކޮށްފައިވާކަން ކޯޓުން ކަށަވަރުކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2019/HC-A/225 ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، ހުށަހެޅިފައިމިވާ ތަންފީޛީ މައްސަލާގައި އެއްރަހުނަށްވުރެ ގިނަ ރަހުނު ކުރެވިފައިވާތީ، މި ޙާލަތުގައި ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2019/HC-A/225 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން ރަހުނު ވިއްކާލާ ޙާލަތުގައި ވިއްކާލަން ޖެހެނީ ރަހުނު އެކުގައިތޯ ނުވަތަ ރަހުނުން ބައެއްތޯ ޝަރީޢަތުން ކަށަވަރުކުރަންޖެހޭތީ، ރަހުނު ކުރެވިފައިވާ "ލ.ފަރެސް" ގައިވާ ބިން އަދި ހަދަމުންދާ ރިސޯޓުގެ ހެޑްލީސް ރައިޓްއާއި، "ލ.ބޮޑުހުރާ" ހެޑްލީސް ރައިޓްސް ވިއްކައިގެން ލިބޭނެ މިންވަރު ދެނެގަތުމަށްޓަކައި ވެލުއޭޝަން ހެދުމަށް އަންގައި ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ނެރުނު މި ކޯޓުގެ ނަންބަރ B5-CR4/CA/2021/3758 ކޯޓު އަމުރ ގުޅިގެނާ "ލ. ފަރެސ" އަދި "ލ. ކުޑަފަރެސް" ގައި ތަރައްޤީކޮށްފައިވާ ރަސްގެރަހާ ރިސޯޓްގެ ޕްރައިސިންގ އެސެސްމަންޓެއް ހުށަހަޅާފައިވެއެވެ. އެގޮތުން ރަސްގެރަހާ ރިސޯޓުގެ ޕްރައިސިންގ އަކީ 17,800,000.00 )ސަތާރަމިލިއަން އަށްލައްކަ އެމެރިކާ ޑޮލަރު( ކަމާއި، ލ.ބޮޑުހުރާގެ ޕްރައިސިންގ އަކީ 3,900,000.00 )ތިންމިލިއަން ނުވަލައްކަ އެމެރިކާ ޑޮލަރު( ކަމަށް ބަޔާންކޮށްފައިވެއެވެ. ދަޢުވާކުރާ ފަރާތުގެ މި ޢަދަދުތަކާމެދު ދަޢުވާލިބޭ ފަރާތްތަކުނ ދެކޮޅު ހަދާފައިވާތީ ދަޢުވާލިބޭ ފަރާތުން ހުށަހެޅި ގޮތަށް ޝަރުޢީ އަގުކޮމެޓީ މެދުވެރިކޮށް ވެލުއޭޝަން ހެދުމަށްޓަކައި، 26 ފެބްރުވަރީ 2022 ވަނަ ދުވަހު ފޮނުވާފައިވެއެވެ. އޭގެފަހުން އަގު ކޮމިޓީ އާއި މި ކޯޓާ ދެމެދު އަންނަނިވި މުޢާމަލާތްތައް ހިނގާފައިވެއެވެ. )1( 11 އޮކްޓޫބަރު 2022 ގައި، އަގުކުރުމަށް ބޭނުންވާ ލިޔެކިއުންތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް އަގުކޮމެޓީން އެދިފައިވެއެވެ. )2( 02 އޮކްޓޫބަރު 2022 ގައި ބުނެވުނު ލިޔުންތައް ހިއްސާކުރުމަށް އަގުކޮމެޓީން އެދިފައިވެއެވެ. )3( 07 މާރިޗު 2023 ގައި ރަހުނުކުރެވިފައިވާ މުދާ އަގުކުރުމަށްޓަކައ ބޭނުންވި ކުރެހުންތައް ފޮނުވައި ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެދިފައިވާނެއެވެ. )4( 09 މާރިޗު 2023 ގައި، މިނިސްޓްރީ އޮފް ޓޫރިޒަމްގައި ހުރި ލިޔެކިޔުންތައް މި ކޯޓާ ހިއްސާކޮށްފައިވެއެވެ. )މީގެ ތެރޭގައި ރަށްތަކުގެ ކުރެހުމާއި ބީއޯކިއު ހިމެނެއެވެ( )5( 16 މާރިޗު 2023 ގައި އަގުކުރުމަށް ބޭނުންވާ ލިޔެކިއުންތަކުގެ ތެރެއިން ޢިމާރާތްކުރުމަށް ތައްޔާރުކޮށްފައިވާ )ސެކްޝަނަށް ލިބިފައިވާ( ކުރެހުންތައް ފޮނުވުނެވެ. )6( 02 މެއި 2023 ވަނަ ދުވަހު އަގުކްރުމުގ މަސައްކަތް ލަސްވާތީ، ސެކްޝަނަށް ޝަކުވާ ލިބެމުންދާކަނ ހިއްސާކުރެވިފައިވެއެވެ. )7( 07 ޖޫން 2023 ގައި މުދާ ރަހުނުކުރުން އަވަސްކޮށްދިނުމަށް އެދިފައިވާނެއެވެ. )8( 20 ޖުލައި 2023 ގައި އަގުކުރުމުގެ މަސައްކަތް ދިޔަ ހިސާބު އެންގުމަށް އެދިފައިވާނެއެވެ. )9( 07 ސެޕްޓެންބަރު 2023 ގައި އަގު ކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިފައިވެއެވެ. )10( 02 އޮކްޓޫބަރު 2022 ގައި އަގު ކޮމެޓީއަށް ބޭނުންވާ ލިޔެކިއުންތަކާއި ކުރެހުންތައ ހޯދުމަށް އަގު ކޮމެޓީން އެދިފައިވެއެވެ. )މީގެ ތެރޭގައި ޢިމާރާތް ކުރުމަށް ބޭނުންވާ އެންމެހާ ކުރެހުންތަކާއި، ބީއޯކިއު/ ބީއޯއެމް، މުދަލުގެ އިންވެންޓްރީ ނުވަތަ ލިސްޓް ހިމެނެއެވެ.( )11( 22 ނޮވެންބަރު 2023 ގައި ރަހުނުކޮށްފައިވާ މުދާ އަގުކުރުމަށ ސިވިލް ކޯޓުގް މުވައްޒަފަކު ބައިވެރިނުވާނެ ވާހަކަ އަންގާފައިވެއެވެ. )12( 11 ޑިސެންބަރު 2023 ގައި އެފަރާތުން ބަޔާންކޮށްފައިވާ ޑީޓެއިލް ޑްރޯވިންގްސްތަކާއި އެންމެހާ ލިޔެކިއުންތަކުގެ ތަފްޞީލް ނުލިބިއްޖެނަމަ އަގުކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެކަމަށ އަންގާފައިވެއެވެ. )13( 12 ޑިސެންބަރު 2023 ގައި ކޮމެޓީން ބޭނުންވާ އިތުރު މައުލޫމާތު ފޮނުވައި ދިނުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގައި އެދިފައިވެއެވެ. )14( 13 ޑިސެންބަރު 2023 ގައި އަގު ކުރުމުގެ މަސައްކަތް އަވަސްކޮށް ދިނުމަށް އެދިފައިވާނެއެވެ. )15( 3 ޖަނަވަރީ 2024 ގައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން މި ކޯޓަށް އަންގާފައިވަނީ، އެދިފައިވާ ޑީޓެއިލް ޑްރޯވިންގްސްތައް އ ވޒާރާގައި ނެތްކަމުގައެވެ. )16( 29 ފެބްރުވަރީ 2024 ގައި އަގުކުރުމުގެ މަސައްކަތް ލަސްވާ ސަބަބު އެންގުމަށް އެދިފައިވެއެވެ. )17( 29 ފެބްރުވަރީ 2024 ގައި އަގު ކޮމެޓީގެ ފަރާތުން އެދިފައިވަނީ އަގުކުރުމުގައި ބައިވެރިވާނެ މުވައްޒަފުންގެ ދަތުރުފަތުރު ޚަރަދާއި، އެކޮމެޑޭޝަން އަދި ކޮއްތު ޚަރަދުގެ ގޮތުގައި ހޭދަވާނެ މިންވަރު ޑިޕޮސިޓްގެ ގޮތުގައި ދަޢުވާކުރާ ފަރާތުގެ ކިބައިން ހޯދައި ދިނުމަށެވެ. )18( 05 މާރިޗު 2024 ގައި އަގު ކޮމެޓީގެ ފަރާތުން ފޮނުވި ސިޓީގައި، 29 ފެބްރުވަރީ 2024 ގައި އެފަރާތުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ނިންމާގޮތެއް އަންގައި ދިނުމަށް އެދިފައިވެއެވެ. )19( 07 މާރިޗު 2024 ގައި އަގުކުރުމުގެ މަސައްކަތް ކުރުމަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖައްސާނެ ގޮތެއް ޚަސްމުންނ މަޝްވަރާ ކުރުމަށްފަހު ހަމަޖެއްސުމަށް ބޭނުންވާތީ، އަގުކުރުމުގައި ބައިވެރިވާނ މުވައްޒަފުންގެ ދަތުރުފަތުރު ޚަރަދާއި، އެކޮމޮޑޝަން އަދި ކޮއްތު ޚަރަދުގެ ގޮތުގައި ހޭދަވާނެކަމަށް ލަފާކުރެވޭ މިންވަރު އަންގައޭ ދިނުމަށް އެދިފައިވެއެވެ. )20( 27 މެއި 2024 ގައި ރަހުނުކުރެވިފައިވާ މުދަލުގެ ޑީޓެއިލް ޑްރޯވިންގްސ ހޯދުމަށް އެދް ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ލިޔެވިފައިވެއެވެ. )21( 11 ޖޫން 2024 ގައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން މި ކޯޓަށް އންގާފައިވަނ އެދިފައިވީ ލިޔުންތައް އ ވުޒާރާގެ ރެކޯޑްތަކުނ ފެންނަން ނެތްކަމުގައެވެ. )22( 12 ޖޫން 2024 ގައި ފަތުރުވެރިކަމާބެހޭ ވުޒާރާއަށް މި ކޯޓުން ފޮނުވި ސިޓީގައި ރަހުނުކުރުމަށް ބޭނުންވާ މުދަލުގެ ޑީޓެއިލް ޑްރޯނވގްސ ފެންނަން ނެތް ސަބަބް އަންގައި ދިނުމަށް އެދިފައިވެއެވެ. )23( މީގެ ޖަވާބުގައި 12 ސެޕްޓެންބަރު 2024 ގައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން މި ކޯޓަށް އަންގާފައިވަނީ އެފަދަ ލިޔެކިއުންތައް އެ ވުޒާރާ ރެކޯޑުތަކުން ފެންނަން ނެތްކަމަށެވެ. • މި މުޢާމަލާތާ ގުޅިގެން ރަހުނުކޮށްފައިވާ މުދާ އަގުކުރުމަށްޓަކައި ޝަރުޢީ އަގުކޮމެޓީއަށް ފޮނުވިތާ ގާތްގަނޑަކަށް 2 )ދޭއް( އަހަރާއި 07 )ހަތެއް( މަސް ފާއިތުވެދިޔައިރުވެސް، އަގުކުރެވިފައިނުވާކަން ޝަރުޢީ އަގު ކޮމެޓީ އާއި މި ކޯޓާ ދެމެދު ކުރެވިފައިވާ އިސްވެ ބަޔާންކޮށްފައިވާ މުޢާމަލާތްތަކުން ސާފުވެ އެނގެން އޮންނައިރު، މިހިނދަށްވެސް އަގުކުރުމުގ މަސައްކަތް ފަށާފައިނުވާކަމާއި، ރަހުނުކޮށްފައިވާ މުދަލުގެ ޑީޓެއިލް ޑްރޯވުންގްސ ނުލިބުން ކަމުގައިވިޔަސް އަގުކުރުމުގ މަސައްކަތް ކުރިއަށް ގެންދެވެންޖެހޭނެކަމާއި، އެ މަސައްކަތް ކްރެވޭނެ ކޮންމެވެސް މަގެއް މަތިކުރެވެންވާނެކަމަށ ޝަރީޢަތުން ދެކެމެވެ. މިފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ އުޞޫލެއް ބަޔާންކޮށްފައި ނެތްނަމަވެސް އޭގެ ގެއްލުން ދަޢުވާކުރާ ފަރާތަށް ލިބިގެންވާނެކަމަށ ޝަރީޢަތުން ނުދެކޭތީ، ދަޢުވާކުރާ ފަރާތުގެ ޕްރައިސިންގ އެސެސްމަންޓް ރިޕޯޓަށް ބެލުމަށްފަހ ރަހުނު ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސް އަށް ދިނުމަކީ މިހާލަތުގައި އެންމެ އިންސާފުވެރިގޮތްކަމުގައި ބެލެވެއެވެ. ހަމައެއައެކު، ފާއިތުވި މުއްދަތުގައި ދަޢުވާލިބޭ ފަރާތްތަކުން ފައިސާ ދައްކަމުން ނުދާކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވާތީ، ފައިސާ ދެއްކުމުގެ ނިޔަތެއް ދަޢުވާލިބޭ ފަރާތުގއީ ނެތްކަން ސާފެވެ. އެކަމުގެ ގެއްލުން ދަޢުވާކުރާ ފަރާތުން ތަޙައްމަލު ކުރަންޖެހުމަކޮއަދުލވެރިގތެއ ކަމުގައް ނުބެލެވެއެވެ. • އެގޮތުން، ރަހުނުތައް ވިއްކާލުމަށްޓަކައި ދަޢުވާކުރާ ފަރާތުން ހެދި ޕްރައިސިންގ އެސެސްމަންޓްގައި ބަޔާންކޮށްފައިވ ޢަދަދަށްވުރެ ދަށް ނުވާނެ ގޮތުގެމަތިން ރަހުނުތައް ވިއްކާލުމަށާއި، ވިއްކާލާއިރު، 1 )އެކެއް( ރަށް ވިއްކައިގެން ދަރަނި ޚަލާސްވާނަމަ އިތުރު ރަހުނެއް ވިއްކާ ނުލުމަށް ދަޢުވާކުރާ ފަރާތަށް އަންގަމެވެ." ރަހުނު ވިއްކާލުމުގެ ހުއްދަ ދިން ގޮތް "ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރ 3989/Cv-C/2019 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން 30 އެޕްރީލް 2017 ގައި ވެފައިވާ ނަންބަރު BML/CBD/AGR-51/2016 ރަހުނު އެގްރިމެންޓުގެ ދަށުން "ލ. ފަރެސް" ގައިވާ ބިން އަދި ހަދަމުންދާ ރިސޯޓުގެ ހެޑްލީސް ރައިޓް އާއި، ނަންބަރ BML/CBD/AGR-52/2016 ރަހުނު އެގްރިމެންޓުގެ ދަށުނާ"ލ. ބޮޑުހުރ" ހުޑްލީސ ރައިޓް އާއި ނަންބަރ BML/CBD/AGR-14/2017 ރަހުނު އެގްރިމެންޓުގެ ދަށުން"ލ. ކުޑަފަރެސ" ހެޑްލީސް ރައިޓްގެ އެންމެހައި ޙައްޤުތައް، 30 ސެޕްޓެންބަރު 2024 އިން ފެށިގެން 06 )ހައެއް( މަސްދުވަހުގެ ތެރޭގައި ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސް އަށްދީ، ބުނެވުނު މުއްދަތުގެ ތެރޭގައި ރަހުނު ވިއްކާ ލެވިއްޖެނަމަ އެ މުޢާމަލާތް ފުރިހަމަވާތީ 10 )ދިހައެއް( ދުވަހުގެ ތެރޭގައި އެ މުޢާމަލާތާ ގުޅޭ އެންމެހައި މަޢުލޫމާތު މި ކޯޓަށް ހުށަހެޅުމަށާއި، އަދި އެ މުއްދަތުގެ ތާރޭގައި ރަހުނި ވިއްކަނުލެވިއްޖެނަމަ، މ ހުއްދއިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 )ދިހައެއް( ދުވަހުގެ ތެރޭގައި އެކަން މި ކޯޓަށް ހިއްސާކޮށް، ރަހުނު ވިއްކާލުމުގައި 1 )އެކެއް( ރަށް ވިއްކައިގެން ދަރަނި ޚަލާސްވާނަމަ އިތުރު ރަށެއް ވިއްކާ ނުލުމަށް ދަޢުވާކުރާ ބޭންކް އޮފް މޯލްޑިވްސް އަށް އަންގައި، ވިއްކުމުގެ ހުއްދަ ދަޢުވާކުރާ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދީފީމެވެ." އިސްތިއުނާފީ ނުކުތާތައް
7ސިވިލް ކޯޓުގެ ނަންބަރު 3399/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ހެވީ ލޯޑް މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑގް ފަރާތުނ އަންނަނިވި 02 )ދޭއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ:ސިވިލ ކޯޓުގް ނިންމުމުގައި ރަހުނު ކުރެވިފައިވާ މުދާތަކުގެ އަގުކުރުމަކާނުލައި، ބޭންކް އޮފް މޯލްޑިވްސް އިން ކަނޑައަޅާފައިވާ އަގަކީ ފެށޭ އަގު ކަމަށ ބަލައިގެން ރަހުނެވިއްކާލުމުގެ ހުއްދަ ދިނުމަށް ކަނޑައަޅުއްވާފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގެ 162 ވަނަ މާއްދާގެ )ޅ( އާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ:އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ހިމެނޭ ލޯނު އެއްބަސްވުމާ ގުޅިގެން ތިން ރަށެއްގެ ހެޑްލީސް ރައިޓްސް ރަހުނު ކުރެވިފައިވާއިރު، ސިވިލް ކޯޓުގެ ނިންމުމުގައި މިތިން ރަށުގެ ހެޑްލީސް ރައިޓްތަކުގެ ތެރެއިން ލޯނު ފައިސާ ދެއްކުމުގެ ގޮތުން ވިއްކާލާނެ ވަކި ރަށެއް ކަނޑައެޅުމަކާ ނުލައި ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގެ 162 ވަނަ މާއްދާގެ )ބ( އާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
8މ މައްސަލައިގައި އިސްތިއުނާފުކުރި ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވަނެސިވިލް ކޯޓުގުމަދަނީ އިޖުރާއަތުގެ ގަވާއިދުގެ ނަންބަރ 162 ވަނަ މާއްދާގެ )ޅ( ގެ ދަށުން ޢަމަލުކުރަންޖެހޭ 160 ވަނަ މާއްދާގެ )ހ( ގެ )4( ވަނަ ނަންބަރާ ޚިލާފަށް ކަމަށެވެ. އެގޮތުން ދެފަރާތުންވެސް ރަހުނު މުދާ އަގުކޮށް ސިވިލް ކޯޓަށް ހުށަހެޅި ކަމަށާއި ނަމަވެސް ދެފަރާތުގެ އަގުތަކަށް ދެފަރާތަށް އެއްބަސްވެވިފައިނުވާތީ ޝަ ރުއ އަގުކޮމިޓީ މެދުވެރިކޮށް ރަހުނު އަގުކުރުމަށ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް އެކަން ނުވެ ލަސްވަމުންދާތީ ކަމަށް ބަޔާންކޮށް، އެ އިޖުރާއަތު ފުރިހަމަކުރުމަކާނުލ ރަހުނު ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފައިވާކަމަށެވެ. ހަމައެހެންމެ އެ ގަވާއިދުގެ 162 ވަނަ މާއްދާގެ )ބ( ގައި، އެއްމުދަލަށްވުރެ ގިނަ މުދާ ރަހުނު ކުރެވިފައިވާ ހާލަތުގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދޭންވާނީ އެ ދަރަނި އަދާކުރެވޭނެ މިންވަރުގެ އަގެއް ހުރިކަމަށް ގަބޫލުކުރެވޭ މިންވަރަށްވ މުދާ ކަމަށާ ބަޔާންކޮށްފައިވއިރު، އަދި ދެފަރާތުން ހުށަހެޅި އަގުތަކަށް ބަލާއިރުވެސް މި އުސޫލުން ހުއްދަ ދެވެން އޮތ އިރު، މިއާ ޚިލާފަށް ސިވިލް ކޯޓުން ޢަމަލުކޮށްފައިވާކަމަށެވެ. ހަމައެހެންމެ، ބޭންކް އޮފް މޯލްޑިވްސް އަދި ހެވީލޯޑް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި އަގުތަކަށް ބަލާއިރު، ދެފަރާތުގެ އަގުތަކުގައި ބޮޑު ފަރަގެއް ހުރުމާއި، ބޭންކް އޮފް މޯލްޑިވްސް އިން ހުށަހެޅި އަގުތަކަކީ ރަހުނު ވިއްކާލުމުގެ 3 އަހަރީ ކުރީގެ އަގުކުރުން ކަމަށް ވާތެ،ރަހުނުގްމިހާރުގެ އަގު އަގުކޮމިޓީން ބެލުމެއް ނެތި އިޖުރާއަތު ހިންގާފައިވަނީ އިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށެވެ.
9އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ،ސިވިލ ކޯޓުން ދީފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ ބާޠިލްކޮށްދީ، ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގެ ކުރިން، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 160 ވަނަ މާއްދާ އާއި 162 ވޭނ މާއްދާގަ )ބ( އަދި )ޅ( ގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަކުރަންޖެހނ ކަމަށެ ކަނޑައަޅައިދިނުން ކަމަށެވެ.
10މ މައްސަލައިގައި އިސްތިއުނާފި ރައްދުވު ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފީ ނުކުތާތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތު އެގޮތުގެ މަތިން އޮތް ކަމާމެދު އިއުތިރާޒު ނުކުރާ ކަމަށެވެ. ނަމަވެސް އިޖުރާއަތު ފުރިހަމަކުރެވި، ޝަރުއީ އަގުކޮމިޓްއަށްވެސް ރަހުނު މުދާ އަގު ކުރެވޭނީ ހެވީލޯޑް މޯލްޑިވްސްގެ ފަރާތުން އެ އެއްބާރުލުން ދިނުމުން ކަމަށެވެ. ނަމަވެސް ހެވީލޯޑ މޯލްޑިވްސް އިން އެ އެއްބާރުލުން ދީފައިނުވާކަމަށެވެ. ޝަރީޢަތުން ކުރި ސުވާލަށް ޖަވާބުދެމުން ބޭންކް އޮފް މޯލްޑިވްސް އިން އިތުރަށް ފާހަގަކޮށްފައިވަނީ ހެވީލޯޑ މޯލްޑިވްސް އިން ޝަރުއީ އަގުކޮމިޓީ އަށް އެއްބާރުލުން ނުދޭ ކަން ދަށު ކޯޓުން ދީފައިވ ރަހުނާ ވިއްކާލުމުގެ ހުއްދައިގައ ބަޔާންކޮށްފައި ނުވާކަމަށާއި، ޝަރުއީ އަގުކޮމިޓީގެ އަގުކުރުމ ނުލާ ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވެސ ވަން ހެވިލޯޑް މޯލްޑިވްސްގެ އެއްބާރުލުން ނުލިބިގެންކަމަށް އެއްވެސ ވަރަކަށް ދަށު ކޯޓުގެ ހުއްދައިގައްބަޔާންކޮށްފައި ނުވާކަމަށެވެ.އަދި ސިވިލް ކޯޓުގެ ނިންމުން ބިނާވެގެން ދިޔައީ އަގުކޮމިޓީގެ އަގުކުރުން ލަސްވެ ދިގު މުއްދަތެއް )2 އަހަރާއި 7 މަސް( ފާއިތުވުމުން އެކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އަށް ލިބޭނެ ގެއްލުމަށް ރިޢާޔަތްކުރުމަށްފަހު ކަމަށެވެ. އަދި އެ ނިންމުން ގޯސް ކަމަށް ނުދެކޭ ކަމަށެވެ.
11އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ އިސްތިއުނާފުކުރާ ފަރތުނ އެދެން ސިވިލް ކޯޓުނާ ނެރެފައިވ ރަހުނާ ވިއްކާލުމުގެ ހުއްދަ ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނަނު ނުވަތްއެ ހުއްދަ ބާޠިލްކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ހައިކޯޓުން ކަނޑައަޅާ ހާލަތުގައި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދާ އެއްގޮތަށް ތަންފީޛީ މައްސަލައިގައި ރަހުނު ވިއްކާލުމ ގުޅިގެނާ ހުރް ކަންކަން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލުކޮށްދީ، ޝަރުއީ އަގުކޮމިޓްއަށް ހެވީލޯޑް މޯލްޑިވްސްގެ ފަރާތުން އެއްބާރުލުން ދޭންވާނެ ކަމަށް ކަނޑައަޅައިދީ މައްސަލަ ނިންމައިދިނުން ކަމަށެވެ.
12މ މައްސަލައިގައި ހައިކޯޓުން ގޮތް ކަނޑައަޅަންޖެހޭ ޤާނޫނީ ބަހުސަކީ ސިވިލް ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދާ އެއްގޮތަށްތޯ ނުވަތަ ނޫންތޯއެވެ. މި ބަހުސަށް ގޮތް ކަނޑައެޅުމަށްޓަކައ އެންމި ފުރަތަމަ ބަލައިލާނުޝަރުއީ އަގުކޮމިޓީގެ އަގުކުރުން ނުލިބެނީސް، ރަހުނު ވިއްކާލުމުގެ ހުއްދަ ޝަރީޢަތުން ދީފައިވާ ސަބަބަށެވެ.
13އެގޮތުން ސިވިލް ކޯޓުގް ނިންމުމުގައި ބަޔާންކޮށްފައިވަނ ޝަރުއީ އަގުކޮމިޓީއަށް ރަހުނު އަގުކުރުން ނުފެށި
2 )ދޭއް( އަހަރާއި 7 )ހަތެއް( މަސް ފާއިތުވެފައިވކަނ ކޯޓުން ކުރެވުން މުއާމަލާތްތަކުން އެނގޭ ކަމަށާއި، މުދަލުގެ ޑީޓެއިލްޑް ޑްރޯވިނ ނުލިބުން ނަމަވެސް، އަގުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވެން ޖެހޭނެ ކަމަށާއި، މިފަދަ ހާލަތުގައި އަމަލުކުރާނެ އުސޫލެއް ބަޔާންކޮށްފައި ނެތް ނަމަވެސް އޭގެ ގެއްލުން ދައުވާކުރާ ފަރާތަށް ލިބިގެންވާނ ކަމަށެ ޝަރީޢަތުން ނުދެކޭތީ ދއް ވާކުރާފަރާތުނ ހުށަހެޅް ޕްރައިސިންގ އެސެސްމަންޓް ރިޕްޓަށ ބެލުމަށްފަހު ރަހުނު ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސް އަށް ދިނުމަކީ އެންމެ އިންސާފުވެރިގޮތް ކމުގައަ ދެކި ކަމަށެވެ.މިފަދައިން ބަޔާންކޮށް ރަހުނުތައް ވިއްކާލުމުގެ ހުއްދަ ދީފައިވެއެވެ. އަދި ރަހުނު ވިއްކާލުމުގައި 1 )އެކެއް( ރަށް ވިއްކައިގެން ދަރަނި ޚަލާސްވާނަމަ އިތުރު ރަށެއް ވިއްކާނުލުމަށ ބޭންކް އޮފް މޯލްޑިވްސް އަށް އަންގާ ކަމަށް އެ ހުއްދައިގައި ބަޔާންކޮށްފައިވެއެވެ.
14ޙުކުމް ތަންފީޛްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ތަފްސީލީ އިޖުރާއަތު، ގަވާއިދު ނަންބަރު 2022/R-105 )ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު( ގެ" ސައުވީސްވަނަ ބައި" ގައި ބަޔާންކޮށްފައިވެއެވެ.މ މައްސަލައިގައ އޮތި ރަހުނޮ ވިއްކާލުމުގެ ހުއްދަ ދިނުމުގެ އިޖުރާއަތާ ގުޅޭ ބަހުސް ކަމަށްވާތީ އެ އިޖުރާއަތު އޮތް ގެތް ބަލާލާނަމެވެ. ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމާ ގުޅޭ އިޖުރާއަތު ބަޔާންކޮށްފައިވަނީ އެ ގަވާއިދުގެ 162 ވަނަ މާއްދާގައެވެ.
15އެގޮތުން މި މައްސަލައިގެ އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވާ އެ ގަވާއިދުގެ 162 ވަނަ މާއްދާގެ )ޅ( ގައި އޮތީ އަންނަނިވި އިބާރާތެވެ.
162 )ޅ( "ރަހުނު ވިއްކައިލުމުގ ހުއްދައިގެ ދަށުން ބީލަން ނުވަތަ ނީލަން ފަށާ އަގުކަމުގައި ބަލާނީ، މި ގަވާއިދުގެ 160 ވަނަ މާއްދާގައިވާ ގޮތުގެ މަތނި ރަހުނުކުރެވިފައިވާ މުދަލުގެ އެއިރުގެ އަގުކަމުގައި ބަޔާންކޮށްފައިވާ އަގެވެ."
16އަދި 162 ވަނަ މާއްދާގެ )ޅ( ގައި ހަވާލާދީފައިވާ އެ ގަވާއިދުގެ 160 ވަނަ މާއްދާގައި އޮތީ އަންނަނިވި ފަދައިންނެވެ.
160 )ހ( ރަހުނު ހިމެނޭ ފައިސާގެ ތަންފީޛު މައްސަލަތަކުގައި ޢަމަލުކުރާނީ، އަންނަނިވި ގޮތުގެ މަތިންނެވެ. )1( ރަހުނުކުރެވިފައިވާ މުދާ ހުރި ތަނާއި ހާލަތު ލިޔުމަކުން ބަޔާންކޮށްދިނުމަށް ރަހުނު ބެހެއްޓި ފަރާތަށް އެންގުން؛ )2( ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގަކީކޮބައިކަމާމެދު، ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތުން އެއްބަސްވާ މިންވަރެއް އޮތްތޯ ބެލުން؛ )3( ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގަކާ ކޮބައިކަމާމެދު، ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތުން އެއްބަސްވ މިންވަރެއް ނެތްނަމަ، އަގުކުރުމަށ ދެފަރާތުން އެއްބަސްވާ ތިންވަނަ ފަރާތެއް ވޭތޯ ބެލުން؛ )4( ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގަކީކޮބައިކަމާމެދު، ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތުން އެއްބަސްވާ މިންވަރެއް ނެތިފައި، އަގުކުރުމަށ ދެފަރާތުން އެއްބަސްވާ ތިންވަނަ ފަރާތެއް ނެތްނަމަ، ޝަރުޢީ އަގުކޮމިޓީ މެދުވެރިކޮށް، ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގު ހޯދުން ؛ )5( ރަހުނުކުރެވިފައިވާ މުދާ އެއްފަރާތަށްވުރެ ގިނަފަރާތުގައި ރަހުނުކުރެވިފައިވޭތޯ ދަރަނިވެރިޔާގެ ފަރާތުންނާއި ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން މަޢުލޫމާތު ސާފުކުރުން ؛ )6( އެއް މުޢާމަލާތް ގުޅިގެނާ އެއް މުދަލަށްވުރެ ގިނަ މުދާ ރަހުނުކުރެވިފައިވާނަމަ، ވިއްކައިލުމުގެ ހުއްދަ ދޭނެ މުދަލާއި، ވިއްކުމުގައި އިސްކަންދޭނެ ތަރުތީބު ކަނޑައެޅުން؛ )7( ރަހުނުކުރެވިފައިވާ މުދަލަކީބައިކްށްގެން ވިއްކޮ ފަދަ މުދަލެއްނަމަ، އެ މުދަލުން ވިއްކުމުގެ ހުއްދަދޭނެ މިންވަރެއް ކަނޑައެޅުން. )ށ( މި މާއްދާގެ )ހ( ގައިވާ ގޮތަށް ޢަމަލުކުރުމުގައި އެކަށީގެންވާ މުއްދަތެއްގައި ޝަރީޢަތުގެ އަޑުއެހުމެއް ބާއްވަންވާނެއެވެ.
17މީގެ އިތުރުންއިސްތިއުނާފީ ދެވަނަ ނުކުތާގައި ހަވާލާދީފައިވާ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 162 ވަނަ މާއްދާގެ )ބ( ގައި އޮތީ އަންނަނިވި ފަދައިންނެވެ.
162 )ބ( އެހެން ގޮތަކަށް ޚަޞްމުންގެ މެދުގައި އެއްބަސްވެފައި ނުވާނަމަ، ދަރަންޏަކާ ގުޅިގެން އެއް މުދަލަށްވުރެގިނަ މުދާ ރަހުނުކޮށްފައިވާނަމަ، އަދި އަގެ ތެރެއިން ބައެއް މުދާ ވިއްކައިގެން ދަރަނި އަދާކރެވިދާނ ކަމަށެ ގަބޫލުކުރެވޭނމަ،ފުރަތަމަ ވިއްކައިލަން ހުއްދަދޭނ، އެ ދަރަނި އަދާކުރެވޭނެ މިންވަރުގެ އަގެއް ހުރިކަމަށް ގަބޫލުކުރެވޭ މިންވަރަށްވާ މުދަލެވެ .
18ޕްރިސިޑެންސް 1މި މާއްދާތައް އެކުގައި ކިޔުމުން،ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގެ ކުރިން މުދަލުގެ އެއިރުގެ އަގު އ ގަވާއިދުގެ 160 ވަނަ މާއްދާގައިވާގޮތުގެ މަތިން ކަނޑައަޅަންޖެހޭކން އެ ގަވާއިދަ 162 ވަން މާއްދާގަ )ޅ( އިން އެނގެން އެބައޮތެވެ.
19އެގޮތުން ރަހުނު ކުރެވިފައިވާ މުދަލުގެ އެއިރެއްގެ އަގާމެދު ދެފަރާތަށް އެއްބަސްވެވޭ މިންވަރެއް ނެތިފައި، އަގުކުރުމަށ ދެފަރާތުން އެއްބަސްވާ ތިންވަނަ ފަރާތެއް ނެތްނަމަ، ޝަރުއީ އަގުކޮމިޓީ މެދުވެރިކޮށް، ރަހުނުކުރެވިފައިވާ މުދަލުގެ އެއިރެއްގެ އަގު ހޯދަންޖެހޭ ކަން މި ގަވާއިދުގެ 160 ވަނަ މާއްދާގެ )ހ( ގެ )4( ވަނަ ނނަ ބަރުނ އެނގެއެވެ.
20ޕްރިސިޑެންސް 2އަދި އެއްމުޢާމަލާތާ ގުޅިގެންއެއް މުދަލަށްވުރެ ގިނަ މުދާ ރަހުނުކުރެވިފައިވާނަމަ، ވިއްކައިލުމުގ ހުއްދަ ދޭނެ މުދަލާއި، ވިއްކުމުގައި އިސްކަންދޭނެ ތަރުތީބު ކަނޑައް ޅންޖެހޭކަނ 160 ވަނަ މާއްދާގެ )ހ( ގެ )5( ވަނަ ނަންބަރުން އެނގެއެވެ.
21ހަމައެހެންމެދަރަންޏަކ ގުޅިގެނާ އެއް މުދަލަށްވުރެ ގިނަ މުދާ ރަހުނު ކުރެވިފައިވާ ހާލަތުގައި، އޭގެ ތެރެއިން ބައެއް މުދާ ވިއްކައިގެން ދަރަނި އަދާކުރެވިދާނ ކަމަށެ ގަބޫލުކުރެވޭނަމަ، ފުރަތަމަ ވިއްކައިލަން ހުއްދަދޭނވާންއެ ދަރަނި އަދާކުރެވޭނެ މިންވަރުގެ އަގެއް ހުރިކަމަށް ގަބޫލުކުރެވޭ މިންވަރަށްވާ މުދަލެށް ކަނަ އެ ގަވާއިދުގެ 162 ވަނަ މާއްދާގެ )ބ( ގައި ސާފުކޮށް ބަޔާންކޮށްފައި އެވަނީއެވެ.
22ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގައި ސިވިލް ކޯޓުން ޢަމަލުކުރްނ އޮތް އިޖުރާއަތް އިސްވެ ބަޔާންވެ ހިނގައްޖެއެވެ. މި މައްސަލައިގައި އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ރަހުނު ވިއްކާލުމުގެ ހުއްދަ އަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
22.1. ރަހުނު ކުރެވިފައިވާ މުދަލުގެ އަގާމެދު ދެފަރާތަށް އެއްބަސްވެވިފައިނުވާތީ، ޝަރުއީ އަގުކޮމިޓީ މެދުވެރިކޮށް އެކަން ކުރުމަށް 2 )ދޭއް( އަހރާއަ 7 )ހަތެއް ( މަސް ދެވުނުކަމާއި، ނަމަވެސް އެހާތަނަށްވެސް ރަހުނު ކުރެވިފައިވާ މުދަލުގެ ޑީޓެއިލްޑް ޑްރޯވިންގ ލިބިފައިނުވާތީ އެމަސައްކަތ ނުކުރެވިގެން ކަމަށް ބަޔާންކޮށް ޝަރުއީ އަގުކޮމިޓީ އިން އަގުކުރުމުގެ މަސައްކަތް ނުފަށާ ދިގުމުއްދަތެއ ފާއިތުވެފައިވާކަމަށް ސިވިލް ކޯޓުން ފާހަގަކޮށްފައިވެއެވެ.
22.2. އަދި އެކަމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް އަށް ލިބޭނެ ގެއްލުމަށް ރިޢާޔަތްކޮށް ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވެއެވެ.
22.3. އ ހުއްދައިގައި ރަހުނު ވިއްކާލުމުގައި އިސްކަންދޭނެ ތަރުތީބެއް ބަޔާންކޮށްފައި ނުވެއެވެ. ނަމަވެސް ރަހުނު ވިއްކާލުމުގައި 1 )އެކެއް( ރަށް ވިއްކައިގެން ދަރަނި ޚަލާސްވާނަމަ އިތުރު ރަށެއް ވިއްކާ ނުލުމަށް ދަޢުވާކުރާ ބޭންކް އޮފް މޯލްޑިވްސް އަށް އެ ހުއްދައިގެ ދަށުނ އަންގާފައިވެއެވެ.
23އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަމަކީ ސިވިލް ކޯޓުން އެ ގަވާއިދގު 162 ވާނަ މާއްދާގަ )ޅ( އަދި )ބ( އަށް ޢަމަލުކޮށްފައިނުވިކަމަށްވެ. އެގޮތުން ޝަރުޢީ އަގުކޮމިޓީން އަގުކުރުމަކާ ނުލައި، ހަމައެކަނި ބޭންކ އޮފް މޯލްޑިވްސް އިން ހުށަހެޅް އަގަށް ރިޢާޔަތްކޮށް މުދާ ވިއްކުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް ހެވީލޯޑް މޯލްޑވްސގެ ފަރާތުންވެސް ރަހުނުކުރެވިފައިވާ މުދާތައް އަގުކޮށް ސިވިލް ކޯޓަށް ހުށަހެޅިކަމާއި، ދެފަރާތުގެ އަގުތަކުގައި ބޮޑު ފަރަގެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.ހަމައެހެންމެ ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގައި ވަކި ތަރުތީބެއް ކަނޑައެޅމެއްނެތ މުދާ ވިއްކާލުމުގެ ހުއްދަ އެއްފަހަރާ ދީފައިވާ ކަމަށެވެ.
24އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރެ ފަރާތުން ފާހަގަކުރާ އިޖުރާއަތު އެގޮތުގައ އޮތި ކަމާމެދު އިއުތިރާޟް ނުކުރާ ކަމަށެވެ. އަދި އަގަވާއިދުގައިވ ގޮތަށާ ޢަމަލުކުރުމަށް ސިވިލް ކޯޓުން މަސައްކަތްކުރި ކަމަށާއި ޝަރުޢީ އަގުކޮމިޓީން އަގު ނުކުރެވި އެތައް ދުވހެއ ފާއިތުވުމުން ރަހުނު ވިއްކާލުމުގެ ހުއްދަ ދިނީ ކަމަށެވެ.
25އެހެންކަމުން މި މައްސަލައިގައި ދެފަރާތުންވެސް އެއްބަސްވާ ކަމަކީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ސާފު އިޖުރާއަތު ބަޔާންކޮށްފައިވާކަމެވެ. އަދި އެގޮތުގައި އެކަން ކުރަންޖެހޭނެ ކަމެވެ.ހަމައެހެންމެ ދެފަރާތުންވެސް ސިވިލް ކޯޓަށް ރަހުނކޮށްފައިވ މުދާ އަގުކޮށް ހުށަހެޅިކަމާއި، އެ އަގުތަކުގައި ބޮޑު ފަރަގެއް ހުރިކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ.
26ޕްރިސިޑެންސް 3ސިވިލް ކޯޓިން މާނަކޮށްފައިވަނީ ޝަރުއީ އަގު ކޮމިޓީގު މަސައްކަތް ނުފެށ ލަސްވެ 2 އަހަރާއި 7 މަސް ފާއިތުވެފައިވއިރު، އެއީ ބޭންކް އޮފް މޯލްޑިވްސް އަށް ގެއްލުން ލިބޭ ކަމެއް ކަމަށް ވާތީ،ބޭންކް އޮފް މޯލްޑިވްސް އިން ހުށަހެޅި އަގުތަކަށް ރިޢާޔަތްކޮށް ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށެވެ.އެފަދައިން ކަނޑައެޅި ނިންމުމަށް ބަލާއިރު، ޝަރުޢީ އަގުކޮމިޓީ އަށް ރަހުނު މުދާ އަގުނުކުރެވި ދިގު މުއްދަތެއ ފާއިތުވެގެން ގޮސްފައިވަނީ ހެވީލޯޑް މޯލްޑިވްސްގެ އެއްވެސް އިހުމާލެއް އޮވެގެންކަން ނުވަތަ އެފަރާތުން ކުރަންޖެހޭ ކަމެއް ނުކޮށްގެންކަން ބަޔާންކޮށްފައި ނުވެއެވެ.އަދި އެފަދައިން އެ ހުއްދަ ދިނުމުގައި ރަހުނތައ ވިއްކާލުމުގެ ވަކި ތަރުތީބެއް ކަނޑައަޅާފައިވެސް ނުވެއެވެ.އެހެންކަމުނ ސާފުކޮށް ފެންނަން އޮތް ޙަޤީޤަތަކީ ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގައި ސިވިލް ކޯޓުން އެ ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 162 ވަނަ މާއްދާގެ )ޅ( އަދި )ބ( އާ ޚިލާފަށް މި ނިންމުން ނިންމާފައިވާކަމެވެ.
27ޕްރިސިޑެންސް 4ކަން މިހެން އޮތް އިރު، ޚަސްމުންގެ އެއްވެސް އިހުމާލެއް ނެތި، ޝަރުޢީ އަގު ކޮމިޓީން ރަހުނު މުދާ އަގުކުރުމުގައި ލަސްތަކެއް ވާނަމަ، ކޯޓުން ކުރަންޖެހޭ ކަމަކީ އެ މަސައްކަތް އަވަސް ކުރުވުމަށް އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައް އެޅުމެވެ.ޚަސްމުންގެ އިހުމާލެއްނެތް ހާލަތުގައި،އެކަނ ނުކުރެވުނުކަމަށް ބަޔާންކޮށް މަދަނީ އިޖުރާއަތު ފުރިހަމަކުރުމެއްނެތި ރަހުނު ވިއްކާލުމުގެ ހުއްދިދިނުމެ ކ ރަނގަޅުގޮތެއްކަމުގައ ބެލެވޭކަށްނެތެވެ.
28އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3399/Cv-C/2020 ޤަޟިއްޔާގެ ތެރެއިން 30 ސެޕްޓެންބަރު 2024 ތާރީޚުގައި ބޭންކް އޮފް މޯލްޑިވްސް އަށް ދީފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ ބާޠިލްކޮށް، ގަވާއިދު ނަންބަރ 2022/R-105 )ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު ( ގައިވާ އިޖުރާއަތާ އެއްގޮތަށް ތަންފީޛީ މައްސަލަ ކުރިއަށް ގެންދިއުމަށް ސިވިލް ކޯޓަށް އަންގައި، މިގޮތުގެ މަތިން މައްސަލަ ނިންމަން ފެނެއެވެ. ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔް ؛
29ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
30ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
31މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(
- ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 160 ވަނަ މާއްދާގެ (ހ) (4)، (6) އަދި (ށ)
- ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 162 ވަނަ މާއްދާގެ (ބ) އަދި (ޅ)
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ފައިޞަލް، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް