ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/398
ވާދީ ޓްރޭޑަރސް ޕވޓ ލޓޑ ވ. މުޙައްމަދު އަޙްމަދު ދީދީ، 2018/HC-A/398
Vaadhee Treydars Pvt Ltd v. Mohamed Ahmed Didi 2018/HC-A/398 (2018/HC-A/398, High Court of the Maldives, 16 June 2021)
ވާދީ ޓްރޭޑަރސް ޕވޓ ލޓޑ ވ. މުޙައްމަދު އަޙްމަދު ދީދީ
މައިގަނޑު ސުވާލު
ލޯނުގެ ފައިސާ ހޯދުމަށް ކުރި މައުޟޫޢީ ދަޢުވާއެއްގައި، ފައިސާ ނުދައްކައިފިނަމަ ރަހުނުކުރެވިފައިވާ ގޯތިތައް ވިއްކުމުގެ ހުއްދަ ބޭންކަށް ދިނުމަކީ ޤާނޫނާ އެއްގޮތްވާ ކަމެއްތޯ؛ ދަރަނީގެ މިންވަރު ސާބިތުކުރުމާއި، ފައިސާ ދެއްކުމުގެ މުހުލަތާއި، ޣައިރު ޙާޟިރުގައި ޙުކުމްކުރުމާ ބެހޭ އިސްތިއުނާފީ ނުކުތާތައް.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ގިނަ ރައުޔުން)
ކަނޑައެޅުނު އުޞޫލުތައް
- ރަހުނުގެ ގޮތުގައި ބެހެއްޓޭ މުދަލަކީ ދަރަނި އަދާކުރުމުގެ ޔަޤީންކަމެއްގެ ގޮތުގައި، ދަރަނި އަދާނުކުރެވިއްޖެނަމަ ދަރަނި ދިން ފަރާތުގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ކަމުން، ދަރަނި އަދާނުކުރެވިއްޖެނަމަ ރަހުނުކުރި ތަކެތި ވިއްކައިގެން ޙައްޤު ހޯދުމަށް ކޯޓުގައި އެދުމުގެ ފުރުޞަތު ދަރަނި ދިން ފަރާތަށް ލިބިގެންވެއެވެ. (ގިނަ ރައުޔު)
- ރަހުނުކުރެވިފައިވާ މުދަލުގެ ވެރިފަރާތް ނޫން ފަރާތަކަށް، ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަށް އިޢުތިރާޟްކުރުމުގެ ޙައްޤެއް ނުލިބެއެވެ؛ އަދި ލޯނު ނުދައްކައިފިނަމަ ޝަރުޠަކާނުލައި ރަހުނު ބޭންކާ ޙަވާލުކުރުމަށް ރަހުނުގެ ވެރިފަރާތް އެއްބަސްވެފައިވާނަމަ، އެ ޙާލަތުގައި އިޢުތިރާޟްކުރުމުގެ ޙައްޤު އޮތްކަމަށް ނުބެލެވޭނެއެވެ. (ގިނަ ރައުޔު)
- ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 އަމުރުގައިވާ އުޞޫލަކީ ރަހުނުކުރެވިފައިވާ މުދަލެއް އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަކަށް ރަހުނުކުރެވިފައިވާ ޙާލަތްތަކާ ގުޅޭ އުޞޫލެއް ކަމުން، އެހެން ވާޤިޢާތަކެއްގައި އެ އުޞޫލު ތަޠްބީޤު ނުކުރެވޭނެއެވެ. (ގިނަ ރައުޔު)
- ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ހިމެނޭ ލިޔުމާއި، އިންޓަރެސްޓް އަރާގޮތް ބަޔާންކުރާ ލޯނު އެއްބަސްވުމުގެ މާއްދާތައް ހުށަހަޅާފައިވާނަމަ ދަޢުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމުގައި ބެލެވޭނެއެވެ؛ ދަށުކޯޓުގައި ނަގާފައިނުވާ ނުކުތާއަކަށް (ބޭންކް ސްޓޭޓްމަންޓް ހުށަނާޅުން) އިސްތިއުނާފީ މަރުޙަލާގައި ރިޢާޔަތްކުރަން ނުޖެހޭނެއެވެ. (ގިނަ ރައުޔު)
- ސާބިތުވާ ދަރަނި ދައްކަންޖެހޭ ގޮތާއި، ދައްކާ ޚަލާޞްކުރާނެ މިންގަނޑާއި މުއްދަތު ކަނޑައެޅުމަކީ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރޭގައިވާ ކަމެކެވެ؛ ޙައްޤުގެ ވެރިފަރާތުން ލުޔެއް ނުދޭހާ ހިނދަކު ޝަރުޢީ އަދި ޤާނޫނީ އުޞޫލުތައް ނިޔާކުރަނީ އެ ޙައްޤު ލިބިދެވެން އޮތް އެންމެ އަވަސް މުއްދަތެއްގައި ލިބިދިނުމަށެވެ. (ގިނަ ރައުޔު)
- ދަޢުވާލިބޭ ފަރާތް ޙާޟިރުނުވެ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާ އެއްގޮތަށް ޚަބަރު ފަތުރާ ވަސީލަތަކުން ޣައިރު ޙާޟިރުގައި މައްސަލަ ނިންމާނެކަން ބަޔާންކޮށް އިޢުލާނުކުރުމަށްފަހު ޙާޟިރުނުވެއްޖެނަމަ، ހުށަހެޅިފައިވާ ހެކި ބަލައި ޣައިރު ޙާޟިރުގައި ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. (ގިނަ ރައުޔު)
- މައްސަލައެއް އިސްތިއުނާފުކުރާއިރު، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ނިންމިކަމަށް ބުނާ ޤާނޫނީ ސަބަބުތައް ޤާނޫނީ މަޞްދަރުތަކަށް ޙަވާލާދީ ބަޔާންކުރަންވާނެއެވެ؛ އިޖުރާއަތަކާ ޚިލާފުކަމަށް ބުނާނަމަ އެއީ ކޮން އިޖުރާއަތެއްކަމާއި ޚިލާފުވީ ކީއްވެކަން ސާފުކޮށް ބަޔާންކުރަންވާނެއެވެ. (ގިނަ ރައުޔު)
3މިއީ، ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއް ގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު ވާދީ ޓްރޭޑަރސް ޕްރައިވެޓް 2 1 ލިމިޓެޑް އާއި […] ރޯސް، މުޙައްމަދު އަޙްމަދު ދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ޙަބީބް ބޭންކް ލިމިޓެޑެވެ.
3. […] ރޯސް މުޙައްމަދު އަޙްމަދު ދީދީއާއި ވާދީ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޔަޤީންކަން ދީގެން އަދި ވާދީ ޓްރޭޑް ސެންޓް ރުގެ ނަމުގައިވާ ބީ.އައި.އެފަ ނަންބަރު 2 ގޯއްޗާއި، މާ. ވާދީވިއު ގޯތީގައިވާ ޢިމާރާތްތައް ރަހުނުކުރުމަށްފަހު، ޙަބީބް ބޭންކް ލިމިޓެޑުގެ ފަރާތުން ވާދީ ޓްރޭޑަރސް ޕްރައިވެޓ ލިމިޓެޑާއި […] ރޯސް މުޙައްމަދު އަޙްމަދު ދީދީއަށް 12 ސެޕްޓެންބަރު 2990 ގައި ލެޓަރ އޮފް މޯގޖޭ އެން ޑް ލޯން އެގްރީމެންޓްގައި ސޮއިކޮށް ލޯނު ދޫކޮށްފައިވެއެވެ.
2އަދި ބުނެވިދިޔަ އެގްރީމެންޓްގެ ދަށުން ދޫކޮށްފައިވާ ލޯނާ ގުޅިގެން އެކިފަހަރު މަތިން އިތުރު 2 އެޑެންޑެމްގައި ސޮއިކޮށްފައިވެއެވެ.
1. ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑާއި […] ރޯސް މުޙައްމަދު އަޙްމަދު ދީދީގެ ފަރާތުން ލޯނުގެ ޕްރިންސިޕަލް އދަދުގަ ބާކީގ ގޮތުގައެ ދައްކަންޖެހޭ 20,914,084.03 (ވިހި މިލިއަން ނުވަލައްކަ ސާދަހާސް އަށްޑިހަހަތަރެއް ޕޮއިންޓް ސުމެއް ތިނެއް) ދިވެހި ރުފިޔާ އާއި ޕްރިންސިޕަލް އަދަދުގެ އިންޓްރެސްޓުގެ ގޮތުގައި 06 ނޮވެންބަރު 1620 ވަނަ ދުވަހާ ހަމައަށް ދައްކަންޖެހޭ 1,924,528.78 (އެއްމިލިއަން ނުވަލައްކަ ސައުވީސް ހާސް ފަސްސަތޭކައަށާވީސް ޕޮއިންޓް ހަތެއް އަށެއް) ދިވެހި ރުފިޔާ ރަޖިސްޓްރީ ނަންބަރު 94/64-C އައިޑީއއެކު މުޅި ޖުމުލާ 22,838,612.81 (ބާވސްމިލިއަން އަށްލައްކަ ތިރީސްއަށްހާސް ހަސަތޭކަބާރަ ޕޮއިންޓީ އަށެއް އެކެއް) ދިވެހި ރުފިޔާ ދައްކަންޖެހޭ ކަމަށް ޙަބީބް ބޭންކް ލިމިޓެޑުން ބުނެއެވެ.
5އިސްވެ ބުނެވުނު ލޯނާ ގުޅިގެން ފައިސާ ދައްކާ ޚަލާޞްކުރަންޖެހޭ މުއްދަތު ފާއިތުވެގެން ދިޔައިރުވެސް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ލޯނަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކޮށްފައިނުވާތީއާއި އަދި ލޯނުގެ ފައިސާ ދައްކާ ޚަލާޞްކުރުމަށްޓަކައި އިތުރަށް ދީފައިވާ މުއްދަތު ފާއިތުވެގެން ދިޔައިރުވެސް، ލޯނަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކާ ޚަލާޞްކޮށްފައިނުވާކަމަށ ލޯން ދޫކުރިފަރާތުން ބުނެއެވެ.
6ދޫކޮށްފައިވާ ލޯނުތަކަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވާ ކަމަށްބުނެ، ކޮންޓްރެކްޓާބެހޭ ޤާނޫނަށް ރިޢާޔަތްކޮށް، ޙަބީބް ބޭންކް ލިމިޓެޑަށް ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު އަޙްމަދު ދީދީ ދައްކަންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހައި ޚަރަދަކާއި ގެއްލުމުގެ ބަދަލު ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު އަޙްމަދު ދީދީ ކިބައިން އެކީ އެއްފަހަރާ ހޯދުމަށް އެދި ޙަބީބް ބޭންކް ލިމިޓެޑުން ދަޢުވާކޮށްފައިވެއެވެ.
3ދަޢުވާކުރާ ފަރާތުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވެފައިވާތީ، ދަޢުވާކުރާ ފަރާތުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓތަކަށީ 12 ފެބްރުއަރީ 1620 ވަނަ ދުވަހުގެ ނިޔަލަށް ދައްކަންޖެހި ނުދައްކއަ ވާ އެކުޖުމި ލ 25,906,606/75ރ. (ފަންސަވީސް މިލިއަން ނުވަލައްކަ ހަހާސް ހަސަތޭކަ ހަރުފިޔާ / ހަތްދިހަފަސް ލާރި) އާއި، ޙަބީބް ބޭންކް ލިމިޓެޑުން ޤާނޫނާ ވަކީލުންގެ ފީގެ ގޮތުގައި ޚަރަދުކުރަންޖެހުނު -21,200/ރ. (އެކާވީސްހާސް ދުއިސައްތަ ރުފިޔާ) 06 އޯގަސްޓް 1620 އިން ފެށިގެން 62 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެމަހަކަށްޖެހޭވަރު ދައްކަމުންގޮސް، މި ފައިސާ މި މުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑަށާއި، މުޙައްމަދު އަޙްމަދު ދީދީ އަށް އަންގައި، މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކު އ ޚަލާޞްނުކޮށްފިނަމަ، މި މުޢާމަލާތުގައި ރަހުނު ކުރެވިފައިވާ "ބީ.އައި.އެފް ނަންބަރު 2 އާއި، "މ.ވާދީވިއު" އެވެ ކިޔާގޯތި ވިއްކާލުމުގެ ހުއްދަ ޙަބީބް ބޭންކް ލިމިޓެޑށްދީ، އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވެއެވެ.
8އިސްތިއުނާފކުރެވިފައު މިވަނީ ބުނެވިދިޔަ ދަޢުވާ ބަލައި ޙުކުމްކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާއެ ވެ.
9ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް އާއި […] ރޯސް، މުޙައްމަދު އަޙްމަދު ދީދީގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
9.2 އިސްތިއުނާފުރައްދުވާ ޙަބީބް ބޭންކް ލިމިޓެޑުން އިސްތިއުނާފުކުރާ ފަރާތްތަކަށް ދީފައިވާ ލޯނާއި ގުޅިފައިވާ މޯގޭޖްތައް ވިއްކާލުމުގެ ހުއްދަ މަޢޟު އ ޤަޟިއްޔާއިން ދިނުމަކީ ސިވިލް ކޯޓުގެ ތަންފީޛީ އިޖުރާއަ ތުން ބޭރުން މގޯ ޖ ވިއްކާލުމުގެ ހުއްދޭ ހުދޫދެއްނެތ އިސްތިއުނާފުރައްދުވި ފަރާތަށް ދެވިފައި އޮންނާނެ ކަމެއް ކަމާއި، އަދި އެ އުސޫލުން އަމަލު ކުރުމަށް އިސްތިއުނާފުރައްދުވާ ފަރާތަށް ދެވިފައި އޮތުމަކީ ސިވިލް ކޯޓުގެ ނަންބަރު 1/2016/161-CR-B5 ކޯޓު އަމުރުން ނަގަހައްޓާފައިވާ އުސޫލާ ޚިލާފުކަމެއްކަމަށް ވީނަމަވެސް، މި ނުކުތާއަށް ސިވިލް ކޯޓުން އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި،
9.1 އިސްތިއުނާފުރައްދުވާ ޙބީބަ ބޭންކް ލިމިޓެޑުން އިސްތިއުނާފުކުރާ ފަރާތްތަކަށް ދީފައިވާ ލޯނާއި ގުޅިފައިވާ މޯގޭޖްތައ ސާބިތް ކުރުމުގައި، އަދި ރަހުނު އެގްރިމަންޓް ތަންފީޛު ކުރުމުގައި، މ ގޯޖް ކުރެވިފައިވާ އެއް ގޯތިން މުޅި ލޯނު ކަވަރުކުރެވޭނަމަ، ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާ ދެވަނަ ގޯއްޗާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުން މަނާކުރުވައި، އިސްތިއުނާފުކުރާ ފަރާތްތަކުގެ މުދި ހިމާޔަތް ކުރުމުގެ ޙައްޤަށް ރޢި ޔަތްކޮށް ދެއްވައި ޙުކުމްކޮށ ދެއްވުމަށް ސިވިލް ކޯޓުގައި އެދިފައްވީނަމަވެސް، އްކަމަށ އެއްވެސް މިންވަރަށ ސިވިލް ކޯޓުން ރިޢާޔަތކޮށްފައިނުވާކަމަށ ބުން ހުށަހެޅި ނުކުތާ އާއި،
9.0 އިސްތިއުނާފުރައްދުވާ ޙބީބަ ބޭންކް ލިމިޓެޑުގެ ލޯނު އަދަދާއި، ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ އަދަދުތައް ހިސާބުކޮށްފައިވާ ތަފްސީލީ ސްޓޭޓްމަންޓް ސިވިލް ކޯޓަށް ހުށަހަޅާފައިނުވާއިރު، ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ އަދަދާއި، ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ އަދި އަރަމުންދަ އަދަދު ކަށަވަރުކުރުމެއްނެތި، އަދި އެ އަދަދުތައް އަރާފައިވާ އުސޫލެއް އިސްތިއުނާފުކުރާ ފަރާތާއި ހިއްސާ ކުރުމެއްނެތި ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވކަމަށ ބުން ހުށަހެޅި ނުކުތާއާއި،
9.4 އިސްތިއުނާފުކުރާ ވދާ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑުގެ މާލީ ހާލަތު ދަށަށް ގޮސްފައިވާކަމާއި، މާލީ ހާލަތާއި ގުޅުންހުރި ޑޮކިއުމަންޓްތައް އަދި ލިބޭ އާމްދަނީގެ ތަފްސީލް ޝަރީޢަތާއި ހިއްސާކޮށްފައވާއިރު، 62 (ހަތެއް) މަސް ދުވަހުގެ ތެރޭގައި ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާއާއި އޭގެ ޖޫރިމަނާ އެކުއެކީ ދެއްކުމަށް އަންގަވައި ޙުކުމް ކުރައްވާފައިވަނީ، އެވަރުގެ އަދަދެއް ދެއްކުމަށް އެކަށީގެންވާ މުހުލަތެއް ޝަރީޢަތުން ދެއްވުމެއްނެތި ކަމާއި، އަދި ފައިސާ ދެއްކުމުގެ މުހުލަތު ކަނޑައެޅުމުގައި، ފައިސާ ދެއްކޭނެ އުސޫލާއި ގުޅިގެން ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ އެއްވެސް ވާހަކައެއް އަދި ފާހަގަކޮށްފައިވާ އެއްވެސް ނުކުތާއަކަށް ރިޢާޔަތްކުރުމެއްނެތ މައްސަލާގައި ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި
9.9 އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން މުޙައްމަދު އަޙްމަދު ދީދީގެ ޣައިރު ޙާޟިރުގައި މައްސަލާގައި ޙުކުމް ކުރައްވާފައިވަނީ "ޝަރީޢަތށަ މީހުން ޙާޟިރުކުރުމާއި ބެހޭ ޤަވާއިދު" ގެ އިޖުރާއަތުތައް ފުރިހަމަ ކުރުމަކާނުލައި، މުޙައްމަދު އަޙްމަދު ދީދީގެ ބަހެއް ހޯދުމެއްނެތި، މުޙައްމަދު އަޙްމަދު ދީދީގެ ޙައްޤު ގެއްލޭ ގޮތަށކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
32އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "މި ފޯމްގެ 2 ވަނަ ނަންބަރާއި،0 ވަނަ ނަންބަރުގައިވާ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރ 3288/Cv-C/2017 ޤަޟިއްޔާގެ މައްސަލަ އަލުން ބަލާ ދިނުމަށް ތަހުވީލުކޮށްދެއްވުން އެދެމެވެ." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުގެ ޖަދަލު ފުރަތަމަ ނުކުތާ: ސިވިލް ކޯޓުގެ ނަންބަރު 1/2016/161-CR-B5 ކޯޓު އަމުރުން ނަގަހައްޓާފައިވާ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
33.އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ތަންފީޛީ އިޖުރާއަތާއި ނުލައި، ބިންފަދަ ރަހުނު ކުރެވިފައިވާ މުދާ ވިއްކުމަށް ހުއްދަ ދިނުމަކީ ސިވިލް ކޯޓުގެ ތަންފީޛީ އިޖުރާއަތް ނަގާލައި، މއ ޟު ޢޫ މައްސަލައިން އިސްތިއުނާފުރައްދުވާ ފަރާތަށް ގޯތިތައް ހިތުހުރި ގޮތަކަށް ވިއްކުމަށް ހުޅުވޭ މަގެއްކަމަށެވެ. މިގޮތުން، ސިވިލް ކޯޓަކީ، ސިވިލް ކޯޓުން ކުރާ ޙުކުމްތަކާއި މަތީ މަރުޙަލާގެ ކޯޓުތަކުން، އެ ޙުކުމެއް ސިވިލް ކޯޓުން ތަންފީޛު ކުރުމަށް ކުރާ އެންމެހައި ޙުކުމްތައް ތަންފީޛު ކުރުމުގެ އޮތޯރިޓީ ލިބިގެންވާ ކޯޓު އިސްތިއުނާފު ފޯމުގެ 26 ވަނަ ނަންބަރު ކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރ 1/2016/161-CR-B5 ކޯޓު އަމުރުގައި ރަހުނު ތަންފީޛު ކުރުމގައު ކޯޓުން ކަށަވަރު ކުރަންޖެހޭ އިޖްރާއަތުތައް ބަޔާންކޮށްފައިވާކަމަށެވެ. އަދި އިސްވެ ދެންނެވުނު އަމުރުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށާއި އެ އުސޫލަށް ސިވިލް ކޯޓުން އަމަލު ނުކުރުމަކީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފުކަމެއްކަމަށެވެ.
33އިސްތިއުނާފުރައްދުވާ ފަރާތުން މި ނުކުތާއަށް ޖަވާބު ދެމުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުން ރަހުނު ވިއްކާލުން މަނކުރަންޖެހޭ ސަބަބެއްކަމަށާ ސިވިލް ކޯޓުގް ނަންބަރު CR1/CA/2016/161-B5 އަމުރުގައި ބަޔާންކޮށްފައިވާ ސަބަބުތައް ފާހަގަކޮށްފައި ވ ނަމަވެސް، ސިވިލް ކޯޓުން ނިންމެވި އެ ކޯޓުގެ ނަންބަރު CR1/CA/2016/161-B5 އަމުރުގައި ބަޔާންކޮށްފައިވާ ވާޤިޢާތަކާއި، އެ މައްސަލާގައި ހިމެނޭ ވާޤިޢާ ތަފާތު ވާތީވެ، އިސްވެ ދެންނެވުނު އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރެވެން ނެތްކަމުގައެވެ. އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 ކޯޓު އަމުރުން ނަގަހައްޓާފައިވ ޤާނޫނާ އުސޫލު ތަޠުބީޤްކުރެވޭނީ ރަހުނުކުރެވިފައިވާ މުދަލެއް އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަކަށް ރަހުނުކުރެވިފައިވާ ހާލަތުގައިކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވެއެވެ. ދެވަނަ ނުކުތާ: ރަހުނު އެގްރމަންޓީ ތަންފީޛު ކުރުމުގައި، މގޯ ޖޭ ކުރެވިފައިވާ އެއް ގޯތިން މުޅި ލޯނު ކަވަރުކުރެވޭނަމަ، ދެވަނަ ގޯއްޗާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުން މަނާކުރުވައި، އިސްތިއުނާފުކުރާ ފަރާތްތަކުގެ މުދާ ހިމާޔަތް ކުރުމުގެ ޙައްޤަށް ރިޢާޔަތްކޮށް ދެއްވައި ޙުކުމްކޮށް ދެއްވުމަށް ސިވިލް ކޯޓުގއަ އެދިފައި ވީނަމަވެސް، އެކަމަށް އެއްވެސް މިންވަރަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
32.އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1/CA/2016/161-CR-B5 ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ހަތަރުވަނަ ނުކުތާއަށް ބަލާއިރު، "ރަހުނު ތަންފީޛުކުރާ ހާލަތުގައި ވިއްކާލަން ޖެހެނީ ރަހުނު އެކުގައިތޯ ނުވަތަ ރަހުނުން ބައެއްތޯ ކަނޑައެޅުން" ކަމާއި، ރަހުނު ކުރެވިފައިވާ 1 ގޯއްޗަކީ މާކެޓް ވެލިއުއިން އެންމެ މައްޗަށް އަގުކުރެވޭ ގޯތިތައް ހުރި މާލޭ ސަރަހައްދުތަކުން ދެ ސަރަހެއްދެއްގައި ހުރި ގޯތިތަކެއް ކަމަށެވެ. އެހެންކަމުން، ލޯނުގެ އަދަދު މިއިން 2 ގޯތި ނުވަތަ އޭގެ ގޯއްޗަކުން ބައެއް ވިޔަސް ވިއްކާލައިގެން ބޭންކަށް ރިކަވަރ ކުރުމުގެ ފުރުސަތު އޮވެމެ، މިކަންކަމަށް އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާގެ ޙުކުމްގައި ރިޢާޔަތްކޮށްފައިނުވާކަމަށް ފާހަގަކުރާކަމަށެވެ.
31. އިސްތިއުނާފުރައްދުވާ ފަރާތުން މި ނުކުތާއަށް ޖަވާބު ދެމުން ބުނެފައިވަނީ ރަހުނު ތަންފީޛުކުރުމުގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ މުދާ ހިމާޔަތްކުރުމުގެ ޙައްޤަށް ރިޢާޔަތްކޮށްދެއްވުމަށް ސިވިލް ކޯޓުގައި އެދިފައި ވީނަމަވެސް، ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން އިޢުތރި ޟާކޮށްފައިވަނީ ރަހުނުކޮށްފައިވާ މުދަލުގެ ވެރިފަރާތް ކަމަށްވާ މުޙައްމަދު އަޙްމަދު ދީދީ އެއް ނޫންކަމަށެވެ. އަދި މުޙައްމަދު އަޙްމަދު ދީދީ ކޯޓަށް ޙާޟިރުވެފައިނުވާތީ، ޝަރީޢަތަށް ހާޟިރުވި ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑަކީ ރަހުނުކުރެވިފައިވާ މުދަލުގެ ވެރިފަރާތްކަމަށް ނުވާތީ އެ ރަހުނުތައް ވިއްކާލުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން އިޢުތިރާޟްކުރުމުގެ ޙައްޤު ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންނުވާކަމަށް އިސްތިއުނާފކުރެވު ފައި މިވާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 0.4 ވަނަ ނުކުތާގައި ވަނީ ފާހަގަކޮށްފައިކަމަށެވެ. އަދި މީގެއިތުރުންވެސް، ލޯނު އެއްބަސްވުމުގެ 4 ވަނަ މާއްދާއާއި 0 ވަނަ މާއްދާގެ ދަށުން ލޯނު ދައްކަން އެންގުމުން ލޯނުއެކުގައި ނުދައްކައިފިނަމަ، އެއްވެސް ޝަރުތަކާނުލައި ރަހުނުކޮށްފައިވާ މުދާ ބޭންކާއި ޙަވާލުކުރުމަށް ރަހުނުގެ ވެރިފަރާތުން އެއްބަސްވެފައިވާކަން ފާހަގަކުރާކަމަށެވެ. ތިންވަނަ ނުކުތާ: ލޯނު އަދަދާއި، ލޯނުގެ އިންޓް ރެސްޓްގ ގޮތުގައެ އަރާފައިވާ އަދަދުތައް ހިސާބުކޮށްފައިވާ ތަފްސީލީ ސްޓޭޓްމަންޓް ސިވިލް ކޯޓަށް ހުށަހަޅާފައިނުވާއިރު، ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ އަދަދާއި، ލޯނުގެ އިންޓް ރެސްޓްގ ގޮތުގައެ އަރާފައިވާ އަދި އަރަމުންދާ އަދަދު ކަށަވަރުކުރުމެއްނެތި، އަދި އެ އަދަދުތައް އަރާފައިވާ އުސޫލެއް އިސްތިއުނާފުކުރާ ފަރާތާއި ހިއްސާ ކުރުމެއްނެތި ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
35.އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދިފައިވާ އިންޓްރެސްޓްގެ އަދަދުކަމުގައިވާ 4,952,190.93 (ހަތަރު މިލިއަން ނުވަލައްކަ ފަންސާސް ދެހާސް އެއްސަތޭކަ ނުވަދިހަ ރުފިޔާނުވަދިހތިނަ ލާރި) އަކީ ކޮންގޮތަކުން އަދި އެ އަދަދު އަކީ ކިހިނެއް ހިސާބު ކުރެވިފައިވާ އަދަދެއް ކަމެއް އިސްތިއުނާފުރައްދުވާ ފަރާތުން ބަޔާންކޮށްދީފައިނުވާކަމަށެވެ. އަދި ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން އެގްޒިބިޓް 0 ގެ ގޮތުގައި ހުށަހަޅާފައިވާ ސިޓީގައިވެސް ހަމައެކަނި ބަޔާންކޮށްފައިވަނީ ޕްރިންސިޕަލް އެމައުންޓް ތަކާއި އިންޓްރެސްޓް އެމައުންޓްތައް އެކަނި ކަމަށެވެ. މިފަދަ ބޭންކް ލޯނު މައްސަލަތަކުގައި ދައްކަންޖެހޭ ފައިސާގެ މިންވަރު ސާބިތުކުރުމަށްޓަކައި ބޭންކް އެކައުންޓް ސްޓޭޓްމަންޓްތައް ފޯރުކޮށްދޭންޖެހޭނެކަމަށް ބުނެފައިވެއެވެ.
36.އިސްތިއުނާފުރައްދުވާ ފަރާތުން މި ނުކުތާއަށް ޖަވާބު ދެމުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުން ބޭންކަށް ދައްކަންޖެހޭ ފައިސާ އަންގައިދޭ ލިޔުންތައް ކޯޓަށް ހުށަހަޅާފައިވާނެކަމަށެވެ. އެގޮތުން، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ ހެކީގެ ލިޔުން 0 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމަކީ ދަޢުވާލިބުނު ފަރާތްތަކުން ބޭންކަށް ދައްކަން ޖެހޭ ފައިސާ އަންގައިދޭ ލިއުންކަމަށާއި، ލޯނު އެކައުންޓަށް އިންޓްރަސްޓް އަދި އެހެނިހެން ޗާޖުތައް އަރާގޮތުގެ ތަފުސީލު ރަހުނު އަދި ލޯނު އެއްބަސްވުމުގެ 0،9،22 އަދި 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނެކަމަށް ބުނެފައިވެއެވެ. އަދި ބޭންކް ސްޓޭޓްމަންޓަކީ ހަމަޖެހިފައިވާ އުސޫލުން ބޭންކުގެ ކޮންމެ ކަސްޓަމަރަކަށްވެސް ލިބޭނެ އެއްޗެއްކަމަށާއި މި މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު ބޭންކް ސްޓޭޓްމަންޓެއް ނެތިގެން ނުވަތަ އިންޓްރަސްޓ ޗާޖް ކޮށްފައިވާގޮތް ނޭނގިގެން އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައި ން ވ ކަމަށްބުނެފައިވެއެވެ. އެހެންކަމުނ، ސިވިލް ކޯޓަށް ބޭންކް ސްޓޭޓްމަންޓް ހުށަނޭޅުމަކީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލު އަންނަންޖެހޭ ސަބަބެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. ހަތަރުވަނަ ނުކުތާ: އިސްތިއުނާފުކުރާ ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑަ ގެ މާލީ ހާލަތު ދަށަށް ގޮސްފައިވާކަމާއި، މާލީ ހާލަތާއި ގުޅުންހުރި ޑޮކިއުމަންޓްތައް އަދި ލިބޭ އާމްދާ ނީގެ ތަފްސީލް ޝަރީޢަތާއި ހިއްސކޮށްފައިވާއިރު،62 (ހަތެއް) މަސް ދުވަހުގެ ތެރޭގައި ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސެ އާއި އޭގެ ޖޫރިމަނާ އެކުއެކީ ދެއްކުމަށް އަންގަވައި ޙުކުމް ކުރައްވާ ފއިވާކަމަށ ބުން ހުށަހެޅި ނުކުތާ
33.އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މިފަދަ ބޮޑު އަދަދެއް މިހާ ކުޑަމުއްދަތެއްގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ އިސްތިއުނާފުކުރާ ފަރާތށަ މާލީގޮތުން އެތަކެއް ގޮންޖެހުންތަކާއ ކުރިމަތިވި ކުންފުނި ބަނގުރޫޓވާފަދަ ޙުކުމެއްކަމަށެވެ.
38އިސްތިއުނާފުރައްދުވާ ފަރާތުން މި ނުކުތާއަށް ޖަވާބު ދެމުން ބުނެފައިވަނީ މި މައްސަލައަކީ ކޯޓަށް ހުށަހެޅުމުގެ ކުރިންވެސް ފައިސާ ދެއްކުމަށް އެތައް ލުޔެއް ދެވި، ޑިސްޕިއުޓް ރިސޮލިއުޝަން ސެކްޝަނުން ބަލަމުން ދިޔައިރުވެސް އިސްތިއުނާފުކުރާ ފަރާތަށް ނުހަނު ގިނަ ފުރުސަތުތަކެއް ދެވިފައިވާ މައްސަލައެއްކަމަށެވެ. އެހެންކަމުން، ގިނަ ފުރުސަތުތަކެއް ދެވިފައިވާ މައްސަލައަކަށްވާތި، ޝަރީޢަތުގެ މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތުގެ މާލީ ހާލަތަށް ރިޢާޔަތްކޮށް ގޮތެއް ނިންމުމަކީ ކޯޓުގެ މައްޗަށް ލާޒިމްކަމެއް ކަމަށް ނުދެކޭކަމަށެވެ. ފަސްވަނަ ނުކުތާ: މުޙައްމަދު އަޙްމަދު ދީދީގެ ޣައިރު ޙާޟިރުގައި މައްސަލާގައި ޙުކުމް ކުރައްވާފައިވަނީ "ޝަރީޢަތަށް މީހުން ޙާޟިރުކުރުމާއި ބެހޭ ޤަވާއިދު" ގެ އިޖރާއު ތުތައް ފުރިހަމަ ކުރުމަކާނުލައި، މުޙައްމަދ އަޙްމަދު ދީދީގެ ބަހެއް ހޯދުމެއްނެތި، މުޙައްމަދު އަޙްމަދު ދީދީގެ ޙައްޤިގެއްލޭ ގޮތަށް ކަމަށާ ބުނެ ހުށަހެޅ ނުކުތާ
33. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މި މައްސަލާގައި ޣއިރަ ޙާޟިރުގައި ޙުކުމްކޮށްފައިވަނީ މައްސަލަ ގައާ އިސްތިއުނާފުކުރި މުޙައްމަދާ އަޙްމަދު ދީދީގެ އެއްވެސް ބަހެއް ހޯދުމަކާނުލާކަމުން، މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަން ފާހަގަކުރާކަމަށެވެ. މައްސަލައިގެ ޒާތް ކިތަންމެ ސާފުކޮށް ލޯ މައްޗަށް ފެނުނު ނަމަވެސް ދަޢު ވާލިބޭ މުޙައްމަދު އަޙްމަދު ދީދީގެ ބަހެއް ހޯދުމަކީ އިސްލާމީ ޝަރީޢަތް ހިންގުމުގެ އެންމެ އަސާސީ އިޖުރއާތ ކަމަށްވާއިރު ސިވިލް ކޯޓުން މި މައްސަލަ ނިމުމުގެ އިޙތިމާލް ކޮންމެ ކޮޅަކަށ އޮތް ނަމަވެސް އިސްތިއުނާފުކުރާ މުޙައްމަދު އަޙްމަދު ދީދީގެ ބަހެއް ހޯދންޖަ ހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށް ބުނެފައިވެއެވެ.
32. އިސްތިއުނާފުރައްދުވާ ފަރާތުން މި ނުކުތާއަށް ޖަވާބު ދެމުން ބުނެފައިވަނީ ސިވިލް ކޯޓުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ "ޝަރީޢަތަށް މީހުން ޙާޟިރުކުރުމާއި ބެހޭ ޤަވާއިދުގެ" 10 ވަނަ މާއްދާއާއި އެއްގޮތަށް މުޙައްމަދު އަޙްމަދު ދީދީ ކޯޓަށް ޙާޟިރުވެފައިނުވާތީ، އޭނާ ޙާޟިރުކުރުމަށް ޢާންމުކޮށް އަންގައާ އިޢުލާނކުރުމަށްފަހުގައި ކަމަށެވެ.
33. އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ: "މ މައްސަލާގައި ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރ 3288/Cv-C/2017 އިން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލްތަކާ އެއްގޮތަށްކަމަށްވާތީ އެ ޙުކުމަށް ބަދަލުގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ޙުކުމްކޮށްދެއްވުން އެދެމެވެ." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ގޮތް އިސްތިއުނާފު ޖަބާވު ފޯމުގެ ފޯމުގެ 9 ވަނަ ނަންބަރު
33. ދަށުކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމންތައު އިސްތިއުނާފުކުރެވޭނެ ހާލަތްތަކުގެ ތެރޭގައި، އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން ހިމެނޭކަނޫ އެނގެންއޮވެއެވެ.
32.ރަހުނުގެ ގޮތުގައެ ބެހެއްޓި މުދަލަކީ، ދަރަނި އަދާކުރުމުގެ ޔަޤީންކަމެއްގެ ގޮތުގައި ދަރަނި އަދ ނުކުރެވިއްޖެނަމަ، ދަރަނި ދިން ފަރާތުގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއްކަން ރަހުނާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއިން އެނގެން އޮވެއެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތްތަކަށް ދަރަނި އަދ ނުކުރެވިއްޖެނަމަ، ރަހުނު އެއްބަސްވުމުގައިވާ ތަކެތި ވިއްކައިގެން އެ ފަރާތުގެ ޙައްޤު ހޯދުމަށް ކޯޓުގައި އެދުމުގެ ފުރުސަތު ޙަބީބް ބޭންކް ލިމިޓެޑަށް ލިބިގެންވާކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
31.ސިވިލ ކޯޓުގް ނަންބަރު 3288/Cv-C/2017 ޤަޟިއްޔާއަކީ 20 ނޮވެންބަރު 1622 ގައި އެ ކޯޓަށް ހުށަހެޅުނު ޤަޟިއްޔާއެއްކަން އެނގެންއޮވެއެވެ. އަދި ބުނެވިދިޔަ ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ 06 އޮގަސްޓް 1620 ގައިކަން އެނގެން އޮވެއެވެ.
35. އަދި އެ ޤަޟިއްޔާގެ ޙުކުމަށް ބެލުމުން، ރަހުނުގެ ގޮތުގައި ދެ ގޯތި އޮތްކަން ސާބިތުވެފައިވާކަމާއި، ފެސިލިޓީއާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކައެވާކަނ އެނގެން އޮންނަކަމާއި، ނުދައްކައިވާ ފައިސާގަ އަދަދު ސާބިތުކޮށްފައިވާކަމާއި، އެ ފައިސާ ދައްކާ ޚަލާޞްކުރުމަށް މުހުލަތެއް ދީފައިވާކަމާއި، އަދި އެ މުހުލަތުގައ ފައިސި ދައްކާ ޚަލާޞްނުކޮށްފިނަމަ، މުޢާމަލާތާ ގުޅިގެން ރަހުނުކުރެވިފައިވާ ދެގޯތި ވިއްކާލުމުގެ ހުއްދަ ޙަބީބް ބޭންކް ލިމިޓެޑަށް ދީފައިވާކަން އެނގެންއޮވެއެވެ. ޤާނޫނު ނަންބަރު 1626/11 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 40 ވަނަ މާއްދާ ޤާނޫނު ނަންބަރު 90/9
36.ބަޔާންވެދިޔަ ޤަޟިއްޔާގައި މޯގޭޖްތައް ވިއްކާލުމުގެ ހުއްދަ މައުޟޫޢީ ޤަޟިއްޔާއިން ދިނުމަކީ ސިވިލް ކޯޓުގެ ތަންފީޛީ އިޖރާއުތުނ ބޭރުން މޯގޭޖް ވިއްކާލުމުގެ ހުއްދަ ހުދޫދެއނެތ އިސްތިއުނާފުރައްދުވި ފަރާތް އ ދެވިފައި އޮންނަކަމެއް ކަމާއި، އަދި އެ އުޞޫލުން އަމަލުކުރުމަށް އިސްތިއުނާފުރައްދުވާ ފަރާތަށް ދެވިފައި އޮތުމަކީ ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 ކޯޓު އަމުރުން ނަގހައްޓާފައިވާ އުޞޫލަ ޚިލާފުކަމެއްކަމަށް ވީނަމަވެސް، މިކަމަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފކުރު ފަރާތުން ބުނެއެވެ.
33. އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ޝަރީޢަތަށް ފާހަގަކުރެވެނީ ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާއިން "ބީ.އައި.އެފް ނަންބަރު 2" އާއި "މ.ވާދީވިއު" އެވެ ކިޔާ ގޯތި ވިއްކާލުމުގެ ހުއްދަ ޙަބީބް ބޭންކް ލިމިޓެޑަށް ލިބިގެންވާކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވަނީ ރަނގަޅަށްކަމަށެވެ. ސަބަބަކީ، ރަހުނުގެ ގޮތުގައި ބެހެއްޓޭ މުދަލަކީ، ދަރަނި އަދާކުރުމުގެ ޔަޤީންކަމެއްގެ ގޮތުގައި ދަރަނި އަދ ނުކުރެވިއްޖެނަމަ، ދަރަނި ދިން ފަރާތުގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއްކަން ރަހުނާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއިން އެނގެން އޮތަތީއެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 ކޯޓު އަމުރުން ނަގަހައްޓާފައިވ ޤާނޫނާ އުސޫލަކީ ރަހުނުކުރެވިފައިވާ މުދަލެއް އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަކަށް ރަހުނުކރެވިފައިވު ހލަތްތަކާ ގުޅޭ އުސޫލެއްކަމަށް އަހުރެންދެކެމެވެ.
38.އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން ޝަރީޢަތަށް ފާހަގަކުރެވެނީ ރަހުނު ތަންފީޛުކުރުމުގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ މުދާ ހިމާޔަތްކުރުމުގެ ޙައްޤަށް ރިޢާޔަތްކޮށްދެއްވުމަށ ސިވިލް ކޯޓުގައި އެދިފައި ވީނަމަވެސް، ރހުނަ ވިއްކާލުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން އ ޢުތިރާޟްކޮށްފައިވަނީ ރަހުނުކޮށްފައިވާ މުދަލުގެ ވެރިފަރާތް ކަމަށްވާ މުޙައްމަދު އަޙްމަދު ދީދީ ނޫންކަމެވެ. އަދި މުޙައްމަދު އަޙްމަދު ދީދީ ކޯޓަށް ޙާޟިރުވެފައިނުވާތީ، ޝަރޢަތަށީ ޙާޟިރުވި ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑަކީ ރަހުނުކުރެވިފައިވާ މުދަލުގެ ވެރިފަރާތްކަމަށް ނުވާތީ އެ ރަހުނުތައް ވިއްކާލުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން އ ޢް ތިރާޟްކުރުމުގެ ޙައްޤު ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑަށުލިބިގެންނުވާކަމަށ އިސްތިއުނާފެކުރެވިފައ މިވާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގި0.4 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާކަން އެނގެން އޮތުމުން، އ ކަންކަމަށް ސިވިލް ކޯޓުން ރިޢާޔަތްކޮށް އ ކަމުގައި ގޮތެއް ކަނޑައަޅާފައިވާކަމުގައި އަހުރެން ދެކެމެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުނ އެ ފަރާތުގެ މުދާ ހިމާޔަތް ކުރުމުގެ ޙައްޤަށް ރިޢާޔަތްކޮށދިނުމަށް އެދުމުން އެކަމަށް އެއްވެ ސ މިންވަރަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވާ ބުނުމަކީ، އެންމެ ރަނގަޅު ބުނުމެއްކަމުގައި އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ.
33.އަދި މީގެއިތުރުންވެސް، ލޯނު އެއްބަސްވުމުގެ 4 ވަނަ މާއްދާއާއި 0 ވަނަ މާއްދާގެ ދަށުން ލޯނު ދައްކަން އެންގުމުން ލޯނު އެކުގައި ނުދައްކައިފިނަމަ، އެއްވެސް ޝަރުތަކާނުލައި ރަހުނުކޮށްފައިވާ މުދާ ބޭންކާ ޙަވާލުކުރުމަށް ރަހުނުގެ ވެރިފަރާތުން އެއްބަސްވެފައިވާކަން އެނގެން އޮތަތީ މި ހާލަތުގައި އިޢުތިރާޟްކުރުމުގެ ޙައްޤު އޮތްކަމަށް އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ.
22.އިސްތިއުނާފީ ތިންވަނަ ނުކުތާ ކަމުގައިވާ ލޯނު އަދަދާއި، ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ އަދަދުތައް ހިސާބުކޮށްފައިވާ ތަފްސީލީ ސްޓޭޓްމަންޓް ސިވިލް ކޯޓަށް ހުށަހަޅާފައިނުވާއިރު، ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ އަދަދާއި، ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ އަދި އަރަމުންދާ އަދަދު ކަށަވަރުކުރުމެއްނެތި، އަދި އެ އަދަދުތައް އަރާފައިވާ އުސޫލެއް އިސްތިއުނާފުކުރާ ފަރާތާއި ހިއްސާ ކުރުމެއްނެތި ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރާއިރު، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާފޯމުގެ 26 ވަނަ ނަން ބަރުގ މައްސަލެ ނުވަތަ ދަޢުވަ ސާބިތުކުރުމަށްޓަކައި ހުށަހަޅަނާ ބޭނުންވާ ލިޔުންތަކާއި ތަކެތީގެ 26.0 ގެ ގޮތުގައި ހުށަހަޅާފައިވާ އިސްތިއުނާފުކުރާ ފަރާތްތަކަށް ދޫކުރެވުނު ލޯނާ ގުޅިގެން މިހާތަނަށް ދައްކަންޖެހޭ ފައިސާގެ ތަފްޞީލް ހިމަނާފައިވާ ލިޔުމަކީ މި މައްސަލާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބޭންކަށް ދައްކަންޖެހޭ ފައިސާ އަންގައިދޭ ލިޔުމެއްކަމާއި، ލޯނު އެކައުންޓަށް މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފމޯ އިންޓްރެސްޓް އާއި އެހެނިހެން ޗާރޖްތައް އަރާގޮތުގެ ތަފްސީލް ރަހުނު އަދި ލޯނު އެއްބަސްވުމުގ 22،9،0 އަދ 21 ވަންމއްދާގައި ބަޔާންކޮށްފައިވާކަން އެނގެންއޮވެއެވެ. އެހެންކަމުނ، ދަޢުވާ ސާބިތުކުރުމަށްޓަކައި އެކަށީގެންވާ މިންވަރުގެ ހެކި ހުށަހަޅާފައިވާކަމަށް އަހުރެންނަށް ބުރަވެވެއެވެ. އަދި މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުންދިޔައިރު، ބޭންކް ސްޓޭޓްމަންޓް ހުށަހަޅާފައިނެތުމުން، އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައިނުވާކަން މި މައްސަލާގައި ދެފަރާތުން ދިވެހިރާއްޖޭގަ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހގައު ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. ވީމާ، މި ނުކުތާއަކީ ސިވިލް ކޯޓުގައި ނަގާފައިނުވާ ނުކުތާއެއްކަނި އެނގެން އޮތުމުން، އިސްތިއުނާފީ މި މަރުޙަލާގައި އެ ނުކުތާއަށް ރިޢާޔަތްކުރަންޖެހޭނެކަމަކށަ އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ.
23. އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކުރާ ފަރާތުގެ މާލީ ހާލަތާއި ގުޅުންހުރި ޑޮކިއުމަންޓްތައް އަދި ލިބޭ އމްދަނީގާ ތަފްސީލް ޝަރީޢތަށަ ހއްސާކޮށްފައިވާއިރު، 62 (ހަތެއް) މަސް ދުވަހުގެ ތެރޭގައި ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާއާއި އޭގެ ޖޫރިމަނާ އެކުއެކީ ދެއްކުމަށް ޙުކުމްކުރައްވާފައިވަނީ އެކަށީގެންވާ މުހުލަތެއް ދެއްވުމެއްނެތ ކަމަށި ބުން ފާހަގަކުރި ނުކުތާއަށް ރިޢާޔަތްކުރާއިރު، މި މައްސަލައަކީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިންވެސް އިސްތިއުނާފުކުރާ ފަރާތަށް ނުހަނު ގިނަ މުއްދަތުތަކެއް ދެވިފައިވާ މައްސަލައެއްކަން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ފައިވާ ވާހަކަތަކުން އެނގެއެވެ. އަދި ޑިސްޕިއުޓް ރިސޮލިއުޝަން ސެކްޝަނުން މި މައްސަލަ ބަލަމުން ދިޔަ އިރުވެސް އިސްތިއުނާފުކުރާ ފަރާތަށް ފުރުސަތު ދެވިފއިވާކަނ އެނގެން އޮވެއެވެ. އެހެންކަމުން، މި މައްސަލައަކީ ފައިސާ ނުދައްކައި ދިގު މުއްދަތެއްވެފައިވާ މައްސަލައަކަށްވުމުގެ އިތުރުން އިސްތިއުނާފުކުރާ ފަރާތަށް ގިނަ ފުރުސަތުތަކެއް ދެވިފައިވާ މައްސަލައެއްކަމަށް ވެފައި، ޙައްޤުގެ ވެރިފަރާތުން އެ ޙައްޤމެދާ ލުޔެއް ނުދޭހާ ހިނދެއްގައި ޝަރު ޢީ އަދި ޤާނޫނީ އުސޫލުތައް ނިޔާކުރަނީ ޙައްޤުގެ ވެރިފަރާތަށް އެ ޙައްޤެއް ލިބިދެވެން އޮތް އެންމެ އަވަސް މުއްދަތެއްގައި ލިބިދިނުމުގެ މައްޗަށެވެ.
23.ހައިކޯޓަކީ ދަށު ކޯޓުތަކުންނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓު ކަމަށާއި ޤާނޫނަކުން އިސްތިސްނާ ނުކުރާހާހިނދަކު، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާނީ ހައިކޯޓުގައި ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 02 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށް ބުނެވިދިޔަ ޤާނޫނުގެ 00 ވަނަ މާއްދާގެ
(ނ) ގައި ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން، ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ދަށުކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ކަމުގައިވީނަމަވެސް، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށް އެ ޤާނޫނުގެ 00 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
22.އެހެންކަމުން، މައްސަލައެއް އިސްތިއުނާފުކުރާއިރު، ޤާނޫނާއި ޤަވާޢިދާ ޚިލާފަ ށ ދަށުކޯޓުން ނިންމިކަމަށް އިސްތިއުނާފުކުރާ ފަރާތަށް ޤަބޫލުކުރެވޭ ޤާނޫނީ ސަބަބުތައް ބަޔާންކުރަންޖެހޭނެކަމުގައި އަހުރެންދެކެމެވެ. އަދި އެ ސަބަބުތައް ބަޔާންކުރަންވާ ނ ޤާނޫނީ މަސްދަރުތަކަށް ޙަވާލާދެވިގެންނެވެ. އިޖުރާއަތަކާ ޚިލާފުކަމަށް ދެކޭނަމަވެސް އެ ޚިލާފުވި އިޖުރާއަތަކީ ކޮބައިކަމާއި އެ އިޖުރާއަތާ ޚިލާފުވިކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކެނީ ކީއްވެގެންކަން ސާފުކޮށް ބަޔާންކޮށްދޭންޖެހޭނެކަމުގައި އަހުރެންދެކެމެވެ.
21.އަމިއްލަ ފަރުދުން ހުށަހަޅާ މައްސަލަތަކުގައި ސާބިތުވާ ދަރަނި ދައްކަން އެންގޭނެ މިންވަރާއި ގޮތް ޤާނޫނެއްގައި އަދި ޤަވާޢިދެއްގައިވިޔަސް ކަނޑައެޅި ބަޔާންވެފައި ނެތްއިރު، މިފަދަ މައްސަލަތަކުގައި ޢާންމުކޮށް ޢަމަލުކުރެވޭގޮތަށް ބަލާއިރު، ޝަރީޢަތަށް ފެންނަ އެންމެ ޢަދުލުވެރިގޮތަކަށް ނިންމަމުންދާކަން މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ މަދަނީ ޝަރުޢީ ނިޒާމުގައި ޢަމަލުކުރަމުންދާ ގޮތަށް ބެލުމުން އެނގޭއިރު، ޝަރީޢަތަށް ސާބިތުވާން އޮންނަ ފައިސާގެ ޖުމުލަ އަދަދު ދައްކަންޖެހޭ ގޮތެއް އަދި އެ ފައިސާ ދައްކާ ޤާނޫނު ނަންބަރު 1626/11 ޚަލާޞްކުރާނެ މިންގަނޑު ކަނޑައެޅުމުގެ ބާރަކީ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރޭގައިވާ ކަމެއްކަމާއި، އަދ މައްސަލައެއްގައި ޝަރީޢަތަށް ހުށަހެޅޭ ކަންކަން ވަޒަންކުރުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިފައިވާ ތަޤްދީރީ ބާރުގެ ދަށުން ކަނޑައެޅޭ ކަމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުންތަކުން އެނގެން އޮތްހިނދު، ފައިސާ ދެއްކުމުގެ މުއްދަތާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅިދާނެކަން އެނގެއެވެ. އެހެންކަމުން، ފައިސާ ދައްކާ ޚަލާޞްކުރަންވީ މުއްދަތު ކަނޑައެޅުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނެތްކަމަށ އަހުރެންނަށް ޤަބޫލުކުރެވެއެވެ.
25.އިސްތިއުނާފީ ފަސްވަނަ ނުކުތާގައި، މުޙައްމަދު އަޙްމަދު ދީދީގެ ޣައިރު ޙާޟިރުގައި މައްސަލާގައި ޙުކުމް ކުރައްވާފައިވަނީ "ޝަރީޢަތަށް މީހުން ޙާޟިރުކުރުމާއި ބެހޭ ޤަވާއިދު" ގެ އިޖުރާއަތުތައް ފުރިހަމަ ކުރުމަކާއިނުލައި، މުޙައްމަދު އަޙްމަދު ދީދީގެ ބަހެއް ހޯދުމެއްނެތި، މުޙައްމަދު އަޙްމަދު ދީދީގެ ޙައްޤު ގެއްލޭ ގޮތަށް ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މި ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ޚަބަރު ފަތުރާ ވަސީލަތަކުން، ކަނޑައެޅިފައިވާ ތާރީޚަކާއި ކަނޑައެޅިފައިވާ ގަޑިއަކަށް މުޙައްމަދު އަޙްމަދު ދީދީ ޙާޟިރުވުމަށާއި، އަދި އިޢުލާނުގައި ބަޔާންކޮށްފައިވާ ތާރީޚަށާއި ގަޑިއަށް ދަޢުވާލިބޭ ފަރާތުން މީހަކު ސިވިލް ކޯޓަށް ޙާޟިރުނުވިނަމަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި އެ މައްސަލައެއް ހިންގާ ނިންމޭނެކަމަށް އަންގާކޮށްފައިވާ އިޢުލާ ނެއ ނެތްކަމަށް ބުން ބުނުމެވެ. އަދި ޣައިރު ޙާޟިރުގައި އެ މައްސަލައެއް ހިންގައި ޙުކުމްކުރެވޭނީ ބުނެވިދިޔަ ފަދައިން ޚަބަރު ފަތުރާ ވަސީލަތަކުން އިޢުލާނުކުރުމަށްފަހުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/31 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/181 ޤަޟިއްޔާ
26. ބުނެވިދިޔަ ކަންކަމަށް ޤާނޫނީ ހަމަތަކުން ރިޢާޔަތްކުރާއިރު، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދެއް ވުޖޫދުގައި އޮތްކަން އެނގެއެވެ. އަދި އެ ޤަވާޢިދުގައި ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާންވީ ގޮތްތައް ތަފުސީލީ ގޮތެއްގައި ބަޔާންކޮށްފައިވާކަންވެސް އެނގެންއޮވެއެވެ.
23. ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "(ހ) ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރެވެން އޮތްނަމަ، ޙާޟިރުވުމުގެ އަމުރު އެމީހާއާ ޙަވާލުކުރުމުން އަމުރު ރައްދުކުރެވުނީއެވެ.
(ށ) ޙާޟިރުވުމުގެ އަމުރު ޙާވާލުކުރި ފަރާތާއި، ޙަވާލުވި ފަރާތް އަމުރުގެ އަޞްލާއި ކޮޕީގައި ސޮއިކުރަންވާނެއެވެ. ސޮއިނުކޮށްފިނަމަ ބެލެވޭނީ ޙަވާލުނުވީކަމަށެވެ.
(ނ) ކޯޓަށް ހާޟިރުވާންޖެހޭ ފަރާތް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށްފަ ހ ގައިވެސް އެ މީހަކު ނުފެނިއްޖ ޙާލަތެއްގައި، އެމީހަކީ ބަންދުގައި ހުރި މީހަކަށް ނުވާނަމަ، ޙާޟިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ދިރިއުޅޭ ގޭގައި އުޅޭ ތަޞައްރަފު ފުދިފައިވާ މީހަކާ ނުވަތަ ކޯޓަށް ޙާޟިރުވާންޖެހޭ މީހާގެ ވަކީލާ، ނުވަތަ ބަދަލުގައި ހަމަޖައްސާފައިވާ މހާއ އަމުރު ހަވާލުކުރުމުން، ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ހ)، (ށ)، (ނ) ގައިވާ ގޮތަށް ޢަމަލުކުރެވެން ނެތްނަމަ، ޙާޟިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ގެއެއް ނުވަތަ ތަނެއްގެ ދޮރާށީގައި، ނުވަތަ އ ޅނދެއްގައ އަމުރި ހިއްޕުމުނ ނުވަތް އެއަމުރ ފަސޭހައިން ފެންނާނެ ގޮތަށް އެއިން ތަނެއްގައި ބެހެއްޓުމުން، ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ." ދަޢުވާލިބޭފަރާތ ކޯޓަށް ޙާޟިރުނުވުން
28. ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވުމުން ޢަމަލުކުރާނެގޮތް ބުނެވިދިޔަ ޤަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައިވަނީ: "(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޟިރުވުމުގެ އަމުރު ލިބޭ، މ ޤު ބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚަކާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ހާޟިރު ނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ހާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތްތަކުން އިޢުލާން ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ހާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ."
23.މުޙައްމަދ އަޙްމަދު ދީދގީ ފަރާތުން ޙޟިރުވެފައިނުވުމުގެ ސަބަބުން މާ މައްސަލި ކުރިއަށް ގ ންދެވިފައިވަނެ އިޢުލާނުކުރުމަށްފަހު އޭނާގެ ޣައިރު ޙާޟިރުގައިކަން އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1.2 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އިޢުލާނުކުރުމެއްނެތި ކުރިއަށް ގެންދިޔަކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަކީ އެންމެ ރަނގަޅު ބުނުމެއްކަމުގައި އަހުރެންނަކަށް ބަލައެއް ނުގަނެވެއެވެ. ސަބަބަކީ، މުޙައްމަދު އަޙްމަދު ދީދީ ސިވިލްކޯޓަށް ޙާޟިރުކުރުމަށްޓަކައި އިޢުލާނުކޮށްފައިވކަނާ އެނގެން އޮންނާތީއެވެ.
12.އެގޮތުން، ކުރެވުނު އިޢުލާނުގައި ވަނީ : "ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑާއި […] / މާލެ، މުޙައްމަދު އަޙްމަދުދީދީގެ މައްޗަށް ޙަބީބު ބޭންކް ލިމިޓެޑުން ދަޢުވާކުރާ މައްސަލައަކާއި ގުޅިގެން […] / މާލެ، މުޙައްމަދ އަޙްމަދުދީދީ މިކޯޓަށ (ސިވިލް ކޯޓަށް) ޙާޟިރުކުރަން ބޭނުންވެ، ވަނީ ޙާޟިރު ނުކުރެވިފައެވެ. ވީމާ،10 ފެބުރުއަރީ 1620 ވަނަ ދުވަހުގެ 22:06 އަށް މިކޯޓަށް (ސިވިލް ކޯޓަށް) […] / މާލެ، މުޙައްމަދު އަޙްމަދުދީދީ ހާޟިރުވުމަށް އަންގަމެވެ. އަދި މިތާރީޚަށެމ.ވާދީރޯސް / މާލެ، މުޙައްމަދު އަޙްމަދުދީދީ ޙާޟިރު ނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މިމައްސަލަ ހިންގައި ނިންމާނެ ކަމުގައިވެސް އަންގަމެވެ". ނަންބަރު CR2/2018/155-144/B2 (ތާރީޚް: 16 ފެބްރުއަރީ 1620)
13.އެހެންކަމުން، އިޢުލާނުކުރުމެއް ނެތި މައްސަލަ ހިންގައި ޙުކުމްކޮށްފައިވާކަމަށް ބުނާ ބުނުމަކީ އެއްވެސް އަސާސެއް ނެތް ބުނުމެއްކަމުގައި އަހުރެން ދެކެމެވެ.
13.ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޓުގޯ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް އޮތްކަމަކަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ.
12. އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާގައި ޙަބީބް ބޭންކް ލިމިޓެޑުގެ ފަރާތުން ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑާއި، […] ރޯސް/ މާލެ، މުޙައްމަދު އަޙްމަދުދީދީގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތްތަކާ ދެމެދު ލޯނު އެގްރީމެންޓެއް ސޮއިކޮށް، […] ރޯސް މުޙައްމަދު އަޙްމަދުދީދީއާއި ވާދީ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޔަޤީންކަން ދީގެން އަދި ވާދީ ޓްރޭޑް ސެންޓަރުގެ ނަމުގައިވާ ބީ.އައި.އެފް ނަންބަރު 2 ގޯއްޗާއި، […] ވިއު ގޯތީގައިވާ ޢިމާރާތްތައް ރަހުނުކުރުމަށްފަހު، ދަޢުވާކުރާ ފަރާތުން ދަޢުވލިބާ ފަރާތްތަކަށް ދޫކޮށްފައިވާ އޯވަރ ޑްރާފްޓް ފެސިލިޓީއާއި ޓްރަސްޓް ރިސިޓް އަދި ޓާރމް ލޯނުގެ ޕްރިންސިޕަލް ޢަދަދުގެ ބާކީގ ގޮތުގައެ ދައްކަންޖެހޭ 20,914,084.03 (ވިހިމިލިއަން ނުވަލައްކަ ސާދަހާސް އަށްޑިހަހަތަރެއް ޕޮއިންޓް ސުމެއްތިނެއް) ދވެހިރުފިޔ އާއާ ޕްރިންސިޕަލް އަދަދުގެ އިންޓަރެސްޓުގެ ގޮތުގައި 06 ނޮވެންބަރު 1620 އާ ހަމައަށް ދައްކަންޖެހޭ 1,924,528.78 (އެއްމިލިއަން ނުވަލައްކަ ސައުވީސްހާސް ފަސްސަތޭކައަށާވީސް ޕޮއިންޓް ހަތެއް އަށެއް) ދިވެހި ރުފިޔާއެކު މުޅި ޖުމްލަ 22,838,612.81 (ބާވސްމިލިއަން އަށްލައްކީ ތިރީސްއަށްހާސް ހަސަތޭކަ ބާރަ ޕޮއިންޓް އަށެއް އެކެއް) ދިވެހި ރުފިޔާއާއި އަދި ބުނެވިދިޔަ ފައިސާ ޤަވާއިދުން ދައްކާފައިނުވާތީ، ކޮންޓްރެކްޓާބެހޭ ޤާނޫނަށް ރިޢާޔަތްކޮށް، ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ބުނެވިދިޔަ ފައިސާ ހޯދުމަށް ކުރަންޖެހޭއެންމެހައި ޚަރަދަކާއ ގެއްލުމުގެ ބަދަލު ދަޢުވާލިބޭ ފަރެ ތތަކުގެ ކިބައިން ނަގައިދިނުމަށެވެ .
11.ބަޔާންކުރެވުނު ދަޢުވާގައި ޙަބީބް ބޭންކް ލިމިޓެޑްގެ ފަރާތުނު އެދޭގޮތް ކަމަށް ބަޔާންކޮށްފައިވަނީ، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތްތަކަށް ލިޔުމުން ޢަޤްދުކޮށް ލޯނު ދޫކުރުމުން ލޯނަށް ދައްކަންޖެހޭ ޕްރިންސިޕަލް ޢަދަދުގެ ތެރެއިން ދަޢުވާކުރި ދުވަހާ ހަމަޔަށް ދައްކަންޖެހި ނުދައްކާ ބާކީއޮތް 20,914,084.03 (ވިހިމިލިއަން ނުވަލައްކަ ސާދަހާސް އަށްޑިހަހަތަރެއ ޕޮއިންޓް ސުމެއްތިނެއް) ދިވެހިރުފިޔާ އާއި ޕްރިންސިޕަލް ޢަދަދުގެ އިންޓަރެސްޓުގެ ގޮތުގައި 06 ނޮވެންބަރު 1620 އާ ހަމައަށް ދައްކަންޖެހޭ 1,924,528.78 (އެއްމިލިއަން ނުވަލައްކަ ސައުވީސްހާސް ފަސްސަތޭކައަށާވީސް ޕޮއިންޓް ހަތެއް އަށެއް) ދިވެހިރުފިޔާއެކު މުޅި ޖުމްލަ 22,838,612.81 (ބާވީސްމިލިއަން އަށްލައްކަ ތިރީސްއަށްހާސް ހަސަތޭކަ ބާރަ ޕޮއިންޓް އަށެއް އެކެއް) ދިވެހިރުފިޔާއާއި ދަޢުވާލިބޭ ފަރާތްތަކުން އަދާކުރަންޖެހޭ ބުނެވިދިޔަ ފައިސާ އަދާނުކުރުމުން އެ ފައިސާ ހޯދުމަށްޓަކައި، ދަޢުވާކުރާ ފަރާތުން ޝަރީޢަތުގެ މަރުޙަލާގައި ކުރަންޖެހުނު މަސައްކަތުގެ ޤާނޫނީ ފީކަމަށްވާ -21,200/ރ. (އެކާވީސްހާސް ދުއިސައްތަ) ދިވެހިރުފިޔާ ދަޢުވާލިބޭ ފަރާތްތަކުގެ ކިބައިން އެކީ އެއްފަހަރާ ހޯދައިދިނުމަށާއި؛ ބުނެވިދިޔަ ފައިސާއަކީ ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް އޮތް މަދަނީ ދަރަންޏެއްކަމަށާއި؛ ދަޢުވާކުރާ ފަރާތުން ދޫކޮށްފައިވާ ލޯނާ ގުޅިގެން ދަޢުވާލިބޭ ފަރާތްތަކުން ޔަޤީންކަން ދިނުމުގެ ގޮތުން ރަހުނުކޮށްފައިވާ ވާދީ ޓްރޭޑު ސެންޓަރުގެ ނަމުގައިވާ ބީ.އައި.އެފް ނަންބަރ2 އަދި […] ވިއު ގޯއްޗާއި ޢމާރާތި ވިއްކާލުން އަދ ނުވަތަ ރަހުނު ތަންފީޛުކުރުމަށް ކޯޓުން އަމުރުކޮށް ދިނުމަށާއި؛ ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަ ޟިއްޔާގ ދަޢުވެ ފޯމުގެ ދަޢުވާގެ ހުށަހަޅާ ދަޢުވާ ނުވަތަ މައްސަލައިގެ ޚުލާޞާ. ދަޢުވާލިބޭ ފަރާތްތައް ވަކިވަކިން އަދި އެކުއެކުގައި ދަރަންޏަށް ޒިންމާ އުފުލަންޖެހޭކަމަށް ކަނޑައަޅައިދީ، ދަޢުވާކުރި ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައިވާ ކަންކަމުގެ މައްޗަށް މައުޟޫޢީގޮތުން ބ ލައި ފައިޞަލާކުރަނިވި ޙުކުމެއް ކޮށްދިނުމަށްކަނ އެނގެންއޮވެއެވ .
15.ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރެވިފައިވާނީ، [ ދެންފަހެ، ވާދީ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، […] ރޯސް/ މާލެ މުޙައްމަދު އަޙްމަދު ދީދީ ޔަޤީންކަން ދީގެން ޙަބީބް ބޭންކް ލިމިޓެޑާއި ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑާއި، ދެމެދު ވެފައިވާ 258/98-MC/C (12 ސެޕްޓެމްބަރ 2990) އެއްބަސްވުމަށާއި އެ އެއްބަސްވުމަށް އެކި ފަހަރުގެ މަތިން ގެނެވިފައިވާ އިސްލާޙުތަކުގައިވާ ޝަރުޠުތަކަށް އެއްބަސްވެގެން، އެ އެއްބަސްވުންތަކުގެ ދަށުން ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރެވިފައިވާ ލޯނުތަކަށް އެއްބަސްވެފައިވާ ގޮތުގެ މަތީން ފައިސާ ދައްކައިފައިނުވުމުގެ ސަބަބުން 12 ފެބުރުއަރީ 1620 ގެ ނިޔަލަށް އެކު ޖުމްލަ 25,906,606/75ރ. (ފަންސަވީސްމިލިއަން ނުވަލައްކަ ހަ ހާސް ހަސަތޭކަ ހަރުފިޔާ/ ހަތްދިހަފަސްލާރި) ޙަބީބް ބޭންކް ލިމިޓެޑށަ ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑާއި މި ލޯނަށް ޔަޤީންކަން ދީފައިވާ ފަރާތެއްގެ ޙައިޘިއްޔަތުން މުޙައްމދަ އަޙްމަދު ދީދީ ދައްކަންޖެހި ނުދައްކައިވާކަމާއި، އަދި މި ލޯނާ ގުޅިގެން މުޙައްމަދު އަޙްމަދު ދީދީގެ ނަމުގައިވް "ބީ.އައި.އެފް ނަންބަރު 2'' އަދި "މ.ވާދީވިއު" އެވެ ކިޔާ ގޯއްޗާއި ޢިމާރާތް ރަހުނުކުރެވިފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމާއި، އެއްބަސްވެފައިވާ ގޮތުގެ މަތީން ލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން، އެއްބަސްވުމުގެ 21ވަނަ މާއްދާގަ ދަށުން މިހާތަނަށް ޙަބީބް ބޭންކް ލިމިޓެޑުން ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ޚަރަދުކުރަންޖެހުނ- 21,200/ ރ. (އެކާވީސްހާސް ދުއިސައްތަ ރުފިޔާ) އަކީ ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު އަޙްމަދު ދީދީ ދައްކަންޖެހޭނެ ފައިސާއެއްކަމާއި، ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާގެ ދަޢުވާ ފޯމުގެ ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތް. މި މުޢާމަލާތާއި ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާއެކު މި އެންމެހައި ފައިސާ މިއަދު 06 އޯގަސްޓް 1620 އިން ފެށިގެން62 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށްޖެހޭވަރު ޙަބީބް ބޭންކް ލ މިޓެޑަށ ދައްކަމުންގޮސް މި ފައިސާ މި މުއްދަތުގެ ތެރޭގައި އެއްކޮށް ދައްކާ ޚަލާޞްކުރުމަށް ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑަށާއި، ޣައިރު ޙާޟިރުގައި މުޙައްމަދު އަޙްމަދ ދީދީއަށް އަންގައި، އަދި މިފައިސާ ދެއްކުމަށް މި ދެވުނު62 (ހަތެއް) މަސްދުވަހުގެ މުއްދަތް ހަމަވާއިރު، މި ފައިސާ އެއްކޮށް ދައްކައި ޚަލާޞްކޮށްފައިނުވާނަމަ، މި މުޢާމަލާތުގައި ރަހުނު ކުރެވިފައިވާ"ބީ.އައި.އެފް ނަންބަރ 2'' އާއި "މ.ވާދީވިއު" އެވެ ކިޔާ ގޯއްޗާއި ޢިމާރާތް ވިއްކާލުމުގެ ހުއްދަ ޙަބީބް ބޭންކް ލިމިޓެޑށަ ލިބިގެންވާކަމާއި، އަދި މި ލޯނުގައިވ ފައިސާ ދެއްކުމުގައި މި ދެފަރާތުން ވަކިވަކިން އަދި އެކުގައިވެސް ޒިންމާވާންޖެހޭނެކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ.] މި ފަދައިންނެވެ.
16.މިމައްސަލައިގއަ ހިމެނި މުޢާމަލާތުގައި، ވާދީ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑއާ، މުޙައްމަދު އަޙްމަދު ދީދީ ޔަޤީންކަން ދީގެން، ޙަބީބް ބޭންކް ލިމިޓެޑާއި ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ 258/98-MC/C (12 ސެޕްޓެމްބަރު 2990) އެއްބަސްވުމާއި، އެ އެއްބަސްވުމަށް އެކި ފަހަރުގެ މަތިން ގެނެވިފައިވާ އިސްލާޙުތަކުގައިވާ ޝަރުޠުތަކަށް އެއްބަސްވެގެން، ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑަށް ޙަބީބް ބޭންކް ލިމިޓެޑުން އެކި ފަހަރު މަތިން ލޯނު ދޫކުރެވިފައިވާކަމާއި، މި ލޯނުތަކާ ގުޅިގެން "ބީ.އައި.އެފް ނަންބަރު 2'' އާއި، "މ.ވާދީވިއު" އެވެ ކިޔާ ގޯއްޗާއި ޢިމާރާތް ރަހުނުކުރެވިފައިވާކަމާ މެދު މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އެއްވެސް ޚިލާފެއް ނެތެވެ.
13.ސިވިލ ކޯޓަށް ހުށަހެޅުން މައްސަލައިގައި ހިމެނެނީ މައިގަނޑު ދެ ކަމެކެވެ. ފުރަތަމަ ކަމަކީ: ޙަބީބް ބޭންކް ލިމިޓެޑުން ދޫކޮށްފައިވާ ލޯނުގެ ފައިސާއާއި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީން އެ ލޯނާގުޅިގެން އަރާ އިންޓްރެސްޓާއި އެފައިސާ ހޯދުމަށް ކުރަންޖެހުނު ޤާނޫނީ މަސައްކަތަށް ދައްކަންޖެހުނު އެންމެހައި ފައިސާ ލިބިދިނުމެވެ. ދެވަނަ ކަމަކީ: އިޝާރާތްކުރެވުނު އެންމެހައި ފައިސާ ލިބިދިނުމުގެ ގޮތުން، ލޯނާ ގުޅިގެން ރަހުނުކޮށްފައިވާ [ބީ.އައި.އެފް ނަންބަރު 2] އާއި، […] ވިއު ގޯއްޗާއި ޢިމާރާތް ވިއްކާލުން ނުވަތަ ރަހުނު ތަންފީޒުކުރުމަށް ކޯޓުން އަމުރުކޮށް ދިނުމެވެ.
18.ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރާންވާނެއެވެ.
13.ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގެ 00ވަނަ މާއްދާގައި ދިވެހިރާއްޖޭގެ އެއްވެސް ބިމެއް ރަހުނުކުރާނަމަ ރަހުނު ބަހައްޓާފަރާތުންނާއި ރަހުނު ހިފާފަރާތުން ޢަމަލުކުރަންޖެހޭނެ ގޮތާއި ރަހުނު ރަޖިސްޓްރީކުރަންޖެހޭ ތަނާއި، ރަހުނު ތަންޒީފުކުރެވޭނެ ގޮތާއި ޝަރުޠުތައް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ، [މ މާއްދާގައި ބުނެފައިވާފަދަ ރަހުނެއް ތަންފީޒުކުރެވޭނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ތިރީގައި ބުނެފައިވާ ޝަރުޠުތަކުގެ މަތިންނެވެ. (2) ރަހުނެއް ތަންފީޒުކުރުމަށްޓަކައި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާލެވޭނީ، ޝަރީޢަތުން ހުއްދަލިބިގެން، މި ޤާނޫނުގެ ދަށުން ހަދާ ގވާއިދަ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުން ކަނޑައަޅާ ފަރާތަކުން ބާއްވާ ހުޅުވާލެވިފައިވާ ބީލަމެއްގައެވެ. ( 1) ރަހުނު ބަހައްޓާ ފަރާތާއި، ރަހުނުހިފާ ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައިވާ ޙާލަތުތައް ފިޔަވައި، ރަހުނާގުޅޭ ލޯނުގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 2 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވުން. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 1660ގެ 241ވަނަ މާއްދާ. ޤާނޫނު ނަންބަރު 1664/2 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 2ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ( 0) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން ފައިސް ދެއްކުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގައި، ރަހް ނ ބަހައްޓާ ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައިވާ ޙާލަތުތައް ފިޔަވައި، އެ އިޞްލާޙަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެނު2 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވުން. ( 4 ) މި މާއްދާގައި ބުނެފައިވާފަދަ ރަހުނެއްކޮށް، ލޯނު ނަގާފައިވް ޙާލަތެއްގައި ލޯނުގެ ފައިސ ނުދެއްކިގެން، ރަހުނު ވިއްކާލަން ރަހުނު ބެހެއްޓި ފަރާތުން ބޭނުންވެއްޖެނަމަ، އެ ފަރާތަކުން ޝަރީޢަތަށް މައްސަލަ ހުށަހަޅައިގެން ރަހުނު ނުވަތަ ރަހުނުގެ ބައެއް ވިއްކާލުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.] މިފަދައިން ނެވެ.
52.ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ [ބިމާއި އިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދު] ގެ 26ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، [ރަހުނެއް ތަންފީޒުކުރުމަށްޓަކައި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ އެއްވެސް ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ ފްލެޓެއް ވިއްކާލުމަށްޓަކައި ހުއްދައަށް އެދި ޝަރީޢަތަށް ހުށަހަޅަންވާނީ، ތިރީގައި ބުނެފައިވާ ކަންތައްތައް ފުރިހަމަ ވެފައިވާނަމައެވެ.
(ހ) ރަހުނު ބެހެއްޓިފަރާތާއި، ރަހުނު ހިފި ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައިވާ ޙާލަތުތައް ފިޔަވައި، ރަހުނުގެ އެއްބަސްވުމުގެ ދަށުން، ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން މީލާދީ 2 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވުން.
(ށ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފީ އިވާ ޙާލަތުތައް ފިޔަވައި، އެ އިޞްލާޙަށް ޢަމަލުކުރަންފަށ ތާރީޚުން ފެށިގެން މީލާދީ 2 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވުން.
(ނ) ލޯނު އެއްބަސްވުމުގެ ދަށުން، ފައިސާ ނުދައްކައިގެން ކުރި ދަޢުވާގައި ފައިސާ ދެއްކުމަށް ޝަރީޢަތުން ޙުކުމްކޮށް އ ޙުކުމަށް ޢަމަލުކޮށްފައިނުވުން.] މި ފަދައިންނެވެ.
53.ބަޔާންކުރެވުނު ޤާނޫނު ނައްޞުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތީން ރަހުނު ކުރެވިފައިވާ ބިމެއް ނުވަތަ ބިމަކުނ ބައެއް ނުވަތަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ ފްލެޓެއް ވިއްކާލުމަށްޓަކައި ހުއްދައަށް އެދި ޝަރީޢަތަށް ހުށަހެޅޭނީ ރަހުނުގެ އެއްބަސްވުމުގެ ދަށުން، ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން މީލާދީ 2 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވުމއި؛ ލޯނު އެއްބަސްވުމުގެ ދަށުން ފައިސާ ނުދައްކައިގެންކުރ ދަޢުވާގައި ފައިސި ދެއްކުމަށް ޝަރީޢަތުން ޙުކުމްކޮށް އެ ޙުކުމަށް ޢަމަލުކޮށްފައިނުވާ ނަމަކަން އެނގެއެވެ. އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ހިމެނޭ ދަޢުވާއަކީ ރަހުނުގެ އެއްބަސްވުމުގެ ދަށުން، ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ދައްކާފައިނުވާކަމަށް ބަޔާންކޮށް ލޯނުގެ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ މައުޟޫޢީ ދަޢުވާއެކެވެ. ލޯނުގެ ފައިސާ ދެއްކުމަށް ޝަރީޢަތުން ޙުކުމްކޮށް، އެ ޙުކުމް ތަންފީޒުކޮށް ދިނުން އެދި ހުށަހަޅާފައިވާ ތަންފީޒީ ދަޢުވާއެއް ނޫނެވެ. މި ޙާލަތަކީ ބިމާ ގުޅޭ ރަހުނު ވިއްކާލުމަށްއެދި ރަހުނުހިފި ފަރާތުން ޝަރީޢަތަށް ހުށަހެޅުން ޤާނޫނީ ގޮތުން ހުއްދަކުރާ ޙާލަތެއްވެސް ނޫނެވެ. ޤާނޫނީ ގޮތުން ޝަރީޢަތަށް ހުށަހެޅުން ހުއްދަނޫން ކަމެއްގައި ޝަރީޢަތުން ފަރުވާއެއް ދިނުމަކީ، އޭގެ ޒާތުން ބާޠިލުވާނެކަމެކެވެ. ލޯނަކާ ގުޅިގެން ރަހުނުކުރެވިފައިވާ ބިމެއް ނުވަތަ ބިމަކުނ ބައެއް ނުވަތް ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ ފްލެޓެއް ވިއްކާލުމަށްޓަކައި ހުއްދައަށް އެދި ޝަރީޢަތަށް ހުށަހެޅުމާއި ޝަރީޢަތުން އެފަދަ ހުއްދައެއް ދިނުން ބިނާވެފައިވަނީ، ލޯނު އެއްބަސްވުމުގެ ދަށުން ފ އިސާ ދައްކާ ޚަލާޞްކުރަންޖެހޭ މުއްދަތު ފާއިތުވުމަށްފަހު ދަޢުވާކުރުމ ދެމެދާ ހިނގާފައިވާ މުއްދަތުގެ މައްޗަށާއި، ކުރިން ލޯނު ނުދައްކައިގެން ދަޢުވާއެއް ކުރެވޭ، އެ ދަޢުވާގައި، ފައިސާ ދެއްކުމަށް ޝަރީޢަތުން ޙުކުމްކޮށް، އެ ޙުކުމަށް ޢަމަލުކޮށްފައިނުވުމުގެ މައްޗަށެވެ. މާނައަކީ، ބިމާގުޅޭ ރަހުނު ވިއްކާލުމުގެ ހުއްދަދެވޭނީ ޙުކުމް ތަންފީޒުކުރާ މައްސަލައެއްގެ ތެރެއިންނެވެ . ލޯނުގެ ފައިސާ ނުދެއްކިގެން ރަހުނު ބެހެއްޓިފަރާތުން ރަހުނުވިއްކާލުމަށް ބޭނުންވެއްޖެނަމަ އެފަރާތުން ޝަރީޢަތަށް ހުށަހެޅުމަށް ހުރަހެއް ނެތެވެ.
53އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ހިމެނޭ މުޢާމަލާތާ ގުޅިގެން ފައިސާ ދެއްކުމަށް މީގެ ކުރިން ޝަރީޢަތުން ޙުކުމެއް ކޮށްފައިވާކަން އެނގެން ނެތެވެ. އަދި ލޯނާ ގުޅިގެން ފައިސާ ދައްކާ ޚަލާޞްކުރަންޖެހޭ މުއްދަތު ފާއިތުވެގެން ދިޔައިރުވެސް ލޯނަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކޮށްފައިނުވާކަމަށް ޙަބީބް ބޭންކް ލިމިޓެޑު ގެ ފަރާތުން ދަށުކޯޓުގައި ބުނެފައިވީނަމަވެސް ލޯނުގެ ފައިސާ ދައްކާ ޚަލާޞްކުރުމަށް ދެވިފައިވާ މުއްދަތަކީ ކޮބައިކަން އެއްވެސް ބަޔާނެއްގައި އެ ފަރާތުން ބަޔާންކޮށްފައިނުވެއެވެ. އަދި ޝަރީޢަތުގެ ފަރާތުންވެސް އެކަން ސާފުކޮށްފައިވާކަނ އެނގެން ނެތެވެ. ވުމާއެކު، ބުނެވުނު ކަންކަން ޝަރީޢަތަށް އެނގި ސާފުވުމުގެކުރިން ބިމާގުޅޭ ރަހުނެއް ވިއްކާލުމުގެ ހުއްދަ ދެވިދާނެކަމަށް ނުފެނެއެވެ.
52. ވީމާ، އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާގައި ހިމެނޭ މުޢާމަލާތުގައި ރަހުނުކުރެވިފައިވާ "ބީ.އައި.އެފް ނަންބަރު 2'' އާއި "މ.ވާދީވިއު" އެވެ ކިޔާ ގޯއްޗާއި އިމާރާތް ވިއްކާލުމުގެ ހުއްދަ ޙަބީބް ބޭންކް ލިމިޓެޑަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގެ 00 ވަނަ މާއްދާ އާއި އެ ޤާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ބިމއާ އިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދާ އެއްގޮތްވާ ގޮތަށް ކަމަށް ޤަބޫލުނުކުރެވޭތީ، ރަހުނު ވިއްކާލުމގު ހުއްދަލިބިގެންވާކަމަށް ކަނޑައަޅައިފައިވާ ކަނޑައެޅުން ބާޠިލުކުރުމަށާއި، އެ ފަދަ ހުއްދައެއް އެއްވެސް މައްސަލައެއްގައި ދިނުމުގެ ކުރިން އިސްވެ ބަޔާންކުރެވުނު ޤާނޫނުގެ 00 ވަނަ މާއްދާގައިވާ ކަންކަމާއި، ބުނެވުނު ޤަވާޢިދުގައި ކަނޑައެޅި ބަޔާންކުރެވިފައިވާކަންކަ ނ ޝަރީޢަތުން ކަށަވަރު ކުރުމަށް އަމުރުކުރަންޖެހޭ ކަމަށް ދެކެމެވެ. ޙުކުމް: ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައް ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގ ނަންބަރ 3288/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ވާދީ ޓްރޭޑަރސް ޤާނޫނު ނަންބަރު 1664/2 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 2ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) (PDF ގައި '1626/11'؛ މާއްދާ ނަންބަރުތައް ހަލަބޮލިވެފައި)
- ރަހުނާބެހޭ ޤާނޫނު (PDF ގައި 'ޤާނޫނު ނަންބަރު 90/9'، '1 ވަނަ މާއްދާ')
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު (PDF ގައި '26 ވަނަ' އަދި '10 ވަނަ' މާއްދާ)
- ސުޕްރީމް ކޯޓުގެ 2009/SC-A/30
- ހައިކޯޓުގެ 2016/HC-A/181
- ސިވިލް ކޯޓުގެ CR1/CA/2016/161-B5 އަމުރު (ތަފާތުކުރި)
- ޚިލާފު ރައުޔުގައި: ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ (2008) ގެ 142 ވަނަ މާއްދާ (PDF ގައި '1660 ގެ 241')
- ޚިލާފު ރައުޔުގައި: ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގެ ރަހުނާބެހޭ މާއްދާގެ (ނ) (PDF ގައި '00 ވަނަ މާއްދާ')
- ޚިލާފު ރައުޔުގައި: ބިމާއި ޢިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދު
- ޚިލާފު ރައުޔުގައި: ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (PDF ގައި 'ޤާނޫނު ނަންބަރު 1664/2')
- ބެންޗު
- ޙަސަން ޝަފީޢު، ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ޢަބްދުﷲ ޙަމީދު