ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/99
ޙަސަން ޞަލާޙް ވ. ޢާއިޝަތު ނާޝިދާ، 2023/HC-A/99
Hassan Salaah v. Aishath Naashidhaa 2023/HC-A/99 (2023/HC-A/99, High Court of the Maldives, 29 July 2024)
ޙަސަން ޞަލާޙް ވ. ޢާއިޝަތު ނާޝިދާ
މައިގަނޑު ސުވާލު
އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ނެޓް ޕްރެޒެންޓް ވެލިއު ހިސާބުކޮށް ނަގައިދިން ގެއްލުމުގެ ބަދަލުން، އެ ހިސާބުގައި ކުރިން އުނިކޮށްފައިވާ 10 މަހުގެ ކުލި (250,000ރ) ސިވިލް ކޯޓުން އަލުން އުނިކުރުމަކީ ހިސާބުގެ އޮޅުމެއްތޯ، އަދި އެ ފައިސާ އިސްތިއުނާފުކުރާ ފަރާތަށް ލިބެންޖެހޭތޯ.
ނިންމި ގޮތް
ފައިސާގެ ޢަދަދު އިޞްލާޙުކޮށް ދަށުކޯޓުގެ ޙުކުމް ދެމެހެއްޓި (250,000ރ އިތުރަށް ދައްކަން އެންގި)
ކަނޑައެޅުނު އުޞޫލުތައް
- ގެއްލުމުގެ ބަދަލު ކަނޑައަޅާފައިވަނީ ހުށަހެޅި އޮޑިޓަރުގެ ނެޓް ޕްރެޒެންޓް ވެލިއު ހިސާބަށް ބިނާކޮށް ކަމަށްވެފައި، އެ ހިސާބުގައި ކުރިން ލިބިފައިވާ ކުލި އުނިކޮށްފައިވާނަމަ، ޝަރީޢަތުން އެ ފައިސާ އަލުން އުނިކުރުމަކީ ދެފަހަރަށް އުނިކުރުން ކަމުގައިވާ ހިސާބުކުރުމުގެ އޮޅުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-17)
- ދަށުކޯޓުގެ ހިސާބުގައި އޮޅުމެއް އަރާފައިވާކަމާއި ފައިސާ ލިބެންޖެހޭކަން އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ޤަބޫލުކޮށް އެއްބަސްވެއްޖެނަމަ އެކަމުގައި އިތުރު ބަހުސެއް ނެތެވެ؛ އަދި ހައިކޯޓުން ދަށުކޯޓުގެ ޙުކުމުގައިވާ ފައިސާގެ ޢަދަދު އިޞްލާޙުކޮށް ބާކީ ޙުކުމް ދެމެހެއްޓޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19)
ތާއީދު ކުރައްވައެވެ.) ތަޢާރފަ
1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު HD/2021-C-13/Cv ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި، ދަފްތަރު ނަންބަރު ރސ 1257، މާލެ، ޙަސަން ޞަލާޙް (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޙަސަން ޞަލާޙް"ކަމަށް ބުނެފައިވާ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، […] .އެން.ވިލާ، މާލެ، ޢާއިޝަތު ނާޝިދާ (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޢާއިޝަތު ނާޝިދާ" ކަމަށްބުނެފައިވާ )އެވެ.
2ޢާއިޝަތު ނާޝިދާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ، ހުޅުމާލެ ލޮޓް ނަންބަރު 11261 އެވެކިޔާ (ރަޖިސްޓަރީ ނަންބަރު GB118H) ގޯތީގެ ހުސްބިމުގައި، 6 (ހައެއް) ބުރީގެ ފައުންޑޭޝަނެއްއަޅައި، ފުރަތަމަބުރި (ގްރައުންޑް ފްލޯ)، ކުރެހުމާ އެއްގޮތަށް ޙަސަން ޞަލާޙް ގެ ޚަރަދުގައި ހަދައި ފުރިހަމަ ކުރުމަށާ އ، ފުރިހަމަކުރެވުނު ފުރަތަމަބުރި 20 (ވިހި) އަހަރު ދުވަހަށް ޙަސަން ޞަލާޙް އަށް ކުއްޔަށް ދިނުމަށްޓަކައި، 15 އޭޕްރިލް 2017 ދުވަހުން ފެށިގެން އަމަލީ މަސައްކަތްތައް ފަށާގޮތަށް ޢާއިޝަތު ނާޝިދާއާއި ޙަސަން ޞަލާޙް އާ ދެމެދު އެއްބަސްވުމެއް ވެވުނެވެ. އެހެންނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ޢާއިޝަތު ނާޝިދާ ތަންޙަވާލު ކޮށްފައިނުވާތީ، އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ. ދިވެހި ރައްޔިތެއްކަން އަންގައިދޭ. އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ޙަސަން ޞަލާޙް އަށް ލިބޭގެއްލުމުގެ ބަދަލުގެގޮތުގައި، 20 (ވިހި) އަހަރު ދުވަހަށް ޙަސަން ޞަލާޙްއަށް ކުލީގެ ގޮތުގައި ލިބޭނެ ފައިސާގެތެރެއިން، ޙަސަން ޞަލާޙް ދައްކާފައިވާ 10 (ދިހައެއް) މަސްދުވަހުގެ ކުއްޔަށްވާ ފައިސާ އުނިކުރުމަށްފަހު ބާކީވާ 5,750,000.00ރ (ފަސްމިލިއަން ހަތްލައްކަ ފަންސާސްހާސް ދިވެހި ރުފި ޔާ) ހޯދުމަށްއެދި، ޙަސަން ޞަލާޙް ގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.
3ބުނެވިދިޔަ ގޮތުގެމަތިން ބަދަލު ހޯދުމަށް ޙަސަން ޞަލާޙް ގެ ފަރާތުން އެދިފައި ވީނަމަވެސް، އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުޙިއްޔާ ޙަސަން އަދި އިތުރު ފަރާތްތަކެއް ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ނެޓް ޕްރެޒެންޓް ވެލިއު ހިސާބުކޮށް އިސްތިއުނާފުކުރާ ފަރާތުން 30 ނޮވެންބަރު 2021 ދުވަހު ޝަރީޢަތަށް ހުށަހަޅާފައިވެއެވެ. އަދި ބަދަލުގެ ގޮތުގައި ނަގައިދިނުމަށްއެދޭ 20 (ވިހި) އަހަރު ދުވަހުގެ ކުއްޔަށްވާ ފައިސާގެ ތެރޭގައި، ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ޢާއިޝަތު ނާޝިދާއަށް ކުލީގެ ގޮތުގައި ދައްކާފައިވާ 50,000.00ރ (ފަންސާސްހާސް ދިވެހި ރުފިޔާ) ބަދަލުގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ޢަދަދުން އުނިކޮށް، ނެޓް ޕްރެޒެންޓް ވެލިއު ހިސާބުހަދައި ޝަރީޢަތަށް ހުށަހަޅާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
4ދެފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ ތިރީގައި ބަޔާން ކޮށްފައިވާގޮތަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/95 ޤަޟިއްޔާ. "...ދެންފަހެ، ބުނެވިދިޔަކަންކަން އެގޮތުގައި ހުރުމާއެކު، ދަފްތަރު ނަންބަރު ރސ 1257 / މާލެ ޙަސަން ޞަލާޙްގެ ފަރާތުން […] .އެން ވިލް / މާލެ، ޢާއިޝަތު ނާޝިދާގެ މައްޗަށް ކުޅަ މިދައުވާގައި، ދައުވާކުރާ ފަރާތާއި، ދައުވާލިބޭ ފަރާތާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދައުވާކުރާ ފަރާތުގެ އަމިއްލަ ޚަރަދުގައި އެފަރާތުން 06 ބުރީގެ ފައުންޑޭޝަނެއް އަޅާފައި ވަނިކޮށް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް އެއްބަސްވުން ބާޠިލުނުކޮށް، ދައުވާލިބޭ ފަރާތުން، އެއްބަސްވުމުގެ ދަށުން ދައުވާކުރާ ފަރާތަށް މަންފާ ހޯދުމަށް ލިބިދީފައި އޮތް ގްރައުންޑް ފްލޯރ އަތުލުމާ ގުޅިގެން ދައުވާކުރާ ފަރާތަށް ވާނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,041,934.00ރ. (ދެމިލިޔަން ސާޅީސްއެއްހާސް ނުވަސަތޭކަ ތިރީސްހަތަރެއް ރުފިޔާ) ދަޢުވާކުރާ ފަރާތަށް ނަގައިދީ، ބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 16 އޮކްޓޯބަރު 2022 އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ޚަލާސްކުރުމަށް ދަޢުވާލިބުނު […] .އެން ވިލް / މާލެ، ޢާއިޝަތު ނާޝިދާއަށް އަންގައި، ދަޢުވާކުރާ ފަރާތުގެ ކޮންޓްރެކްޓަރު މެދުވެރިކޮށް ދަޢުވާލިބޭ ފަރާތުގެ ކޮންޓްރެކްޓަރަށް، ދަޢުވާކުރާ ފަރާތުން ދިން ޗެކްތަކުގެ ތެރެއިން ހިފެހެއްޓި 04 ޗެކަށްވާ ފައިސާ ދަޢުވާކުރާ ފަރާތުގެ ކިބައިން ހޯދުމަށް އެދި ދަޢުވާކުރުމުގެ ޙައްޤު […] .އެން ވިލާ / މާލެ، ޢާއިޝަތު ނާޝިދާއަށް، އޮންނާނެކަމަށް ކަނޑައަޅައި، މިގޮތުގެމަތިން ޙުކުމްކޮށްފީމެވެ." އިސްތިއުނާފު ނުކުތާތަކާއި ދެކެވުނު ވާހަކަ
5ޙަސަން ޞަލާޙް ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ނުކުތާއަކީ، ސިވިލް ކޯޓުގެ ޤަޟިއްޔާގައި ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނެޓް ޕްރެޒެންޓް ވެލިއުއަށް ބިނާކޮށް ކަމުގައިވާއިރު، އެ ޢަދަދު ހިސާބުކުރުމުގައި އެއްބަސްވުމުގެ މުއްދަތުގެ ތެރެއިން، 10 (ދިހައެއް) މަސް ދުވަހުގެ ކުއްޔަށްވާފައިސާ އުނިކޮށް ހިސާބު ހުށަހަޅާފައިވާއިރު، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، 10 (ދިހައެއް) މަސްދުވަހުގެ ކުއްޔަށްވާ ފައިސާ އަލުން އުނިކުރުމަށް ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ، ގެއްލުމުގެ ބަދަލު ހިސާބުކޮށްފައިވާގޮތަށް ފުރިހަމައަށް ރިޢާޔަތް ކުރެއްވުމެއްނެތި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމަށެވެ. މީގެފަހުން "ފަނޑިޔާރުންގެ ޤާނޫނު"ކަމަށް ބުނެފައިވާ.
6ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރުގައި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތް ކުރަންވާނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ މައްސަލައިގައިވާ ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމުގެ ވާހަކަކަމަށެވެ. އަދި ހެކިތަކުގައިވ ކަންކަނާ ގޯސްކޮށް ދޭހަކޮށްގެން، ރަނގަޅުނޫން ނަތީޖާއެއް ނުކުންނަ ކަމުގައިވާނަމަ، މައްސަލަ ނިންމުމުގައި އެ މާއްދާއާ ޚިލާފުވާނެކނަ އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
7މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނެޓް ޕްރެޒެންޓް ވެލިއު ހިސާބުކުރުމުގައި، ޙަސަން ޞަލާޙްގެ ފަރާތުން ޢާއިޝަތު ނާޝިދާއަށް ލިބިފައިވާކުލި އުނިކޮށްފައިވާއިރު، ޝަރީޢަތުން ދެވަނަ ފަހަރަށް އެ ޢަދަދު އުނިކުރުމަށް ނިންމާފައިވަނީ އެ ލިޔުމަށް ފުރިހަމައަށް ރިޢާޔަތްނުކޮށް ކަމުގައިވާތީ، އެ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
8އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު HD/2021-C-13/Cv ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، ކޮންޓްރެކްޓަރުގެ އަތުން ލިބުނު ކުލީގެ ގޮތުގައި އުނިކޮށްފައިވާ .00250,000ރ (ދެލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ) އުނިކުރުމަށް ޝަރީޢަތުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، އ .00250,000ރ (ދެލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ)އަކީ އިސްތިއުނާފީ ރައްދުވު ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި، އެ ފައިސާ އެކީއެއްފަހަރާ ދެއްކުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމައިދިނުމަށެވެ.
9މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައި ނުވެއެވެ. އިސްތިއުނާފު ނުކުތާތަކުގެ ރައްދުގައި ޢާއިޝަތު ނާޝިދާގެ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
10މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތުން ކޯޓަށް ހުށަހެޅި ގެއްލުމުގެ ބަދަލު ހިސާބުކުރުމަށްފަހު، ކޯޓުން މައްސަލައިގެ ޙުކުމް ކުރެއްވުމުގައި، މައްސަލަ ބެއްލެވި ފަނޑިޔާރަށް ހިސާބުކުރުމުގައި އޮޅުމެއް އޮތްކަމަށް ބެލެވުންކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގެ ވާޤިއާތަކާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަން އެގޮތުގެމަތިން ހުރިކަމަށް ޢާއިޝަތު ނާޝިދާގެ ފަރާތުން ގަބޫލުކުރާކަމަށެވެ.
11ގެއްލުމުގެ ބަދަލާގުޅޭގޮތުނ ސިވިލް ކޯޓުގް ޝަރީޢަތުގައި އޮޅުންއެރުމަށް މެދުވެރިވި ސަބަބަކީ މައްސަލަ ހިނގަމުންދަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމެވި މައްސަލައަކާ ގުޅިގެން، މިފަދަ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ހިސާބުކުރުމާގުޅޭ ޤާނޫނީ އުޞޫލަށް ބަދަލު އައުމުގެ ސަބަބުންކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން އިންޑިޕެންޑަންޓް އިވެލުއޭޓަރސ ރިޕޯޓެއް ހުށަހަޅާފައި ވާކަމަށެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި 5,750,000.00ރ (ފަސްމިލިއަން ހަތްލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ) ޙަސަން ޞަލާޙް ގެ ފަރާތުން ހޯދުމަށް އެދިފައިވާއިރު، އެ ޢަދަދަށް ވާސިލުވެފައިވަނީ އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ކޮންމެ މަހަކު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 25,000.00ރ (ފަންސަވީސ ހާސް ދިވެހި ރުފިޔާ) 20 (ވިހި) އަހަރުދުވަހު ލިބޭނެކަމަށްބެލެވޭ ޢަދަދަށް ބަލައިގެންކަމަށެވެ.
12ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުޙިއްޔާ ޙަސަން އަދި އިތުރު ފަރާތްތަކެއް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ނެޓް ޕްރެޒެންޓް ވެލިއު ހިސާބުކުރުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތަށް ލިބެންޖެހެނީ 2,291,934.00ރ (ދެމިލިއަން ދެލައްކަ ނުވަދިހަ އެއްހާސް ނުވަސަތޭކަ ތިރީސް ހަތަރެއް ދިވެހި ރުފިޔާ) ކަމަށް ބަޔާންކޮށް، އޮޑިޓަރެއްގެ ރިޕޯޓު ހުށަހަޅާފައި ވާކަމަށެވެ. އަދި ޝަރީޢަތަށް އޮޅުން އެރުމަށް މެދުވެރިވި ސަބަބަކީ އެ ރިޕޯޓުގައި 10 (ދިހައެއް) މަހުގެ ކުއްޔަށްވާ ފައިސާ އުނިކޮށްފައިވާކަނ ސާފުކޮށް ބަޔާންކޮށްފައި ނުވާއިރު، އެ ރިޕޯޓުގެ ހިސާބުތަކާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ބަހުސް ކުރެވިފައި ނުވާތީކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށެވެ. ހަމައެއާއެކު، ރިޕޯޓުގައި އުނިކުރިކަނ ސާފުކޮށް ބަޔާންކޮށްފައި ނުވިނަމަވެސް، ފުރަތަމަ އަހަރުގެ ނެޓްޕްރެޒެޓް ވެލިއު ހިސާބުކުރުމުގައި 50,000.00ރ (ފަންސާސް ހާސް ދިވެހި ރުފިޔާ) ލިޔެފައިވަނީ، 10 (ދިހައެއް) މަސްދުވަހުގެ ކުލި އުނިކުރުމަށްފަހުކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށެވެ.
13އެހެންކަމުން، ދަށުކޯޓުން މި މައްސަލައިގައި ހިސާބުކުރުމުގައި އޮޅުމެއް އަރާފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުންވެސް ދެކޭކަމަށެވެ. އަދި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި، އޮޑިޓަރުންގެ ރިޕޯޓުގައިވާ ފައިސާގެ ޢަދަދުން 10 (ދިހައެއް) މަސްދުވަހުގެ ކުއްޔަށްވާ ފައިސާ އުނިކުރައްވާފައިވާނަމަ، އެއީ ދެފަހަރަށް އުނިކުރުންކަމަށް ގަބޫލުކުރާކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/95 ޤަޟިއްޔާ.
14އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތާމެދު ޝަރީޢަތުން ސުވާލުކުރުމުން، ތިރީގައިވާގޮތަށް ބަޔާންކޮށްފައިވެއެވެ.
15އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާގޮތާމެދ އިސްތިއުނާފު ރައްދުވު ފަރާތުންވެސް އިންކާރު ނުކުރާކަމަށެވެ. އަދި އޮޑިޓަރުންގެ ރިޕޯޓާ ޙަވާލާދީ ޝަރީޢަތުން ފައިސާ ނަންގަވައި ދެއްވާފައިވަނީ ދެފަހަރަށް އުނިކޮށްގެން ކަމަށްވާތީ، މިހާރު އުނިކޮށްފައިވާ 250,000.00ރ (ދެލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ)އަކީ އިސްތިއުނާފުކުރާ ފަރާތަށް ލިބެންޖެހޭ ފައިސާއެއްކަމަށެވެ.
16ޕްރިސިޑެންސް 1މި މައްސަލައިގެ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ބުނެވިދިޔަ ފަދައިން ހުށަހަޅާފައިވާ ނެޓް ޕްރެޒެންޓް ވެލިއު ހިސާބުކޮށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ އޮޑިޓަރުގެ ރިޕޯޓުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން 10 (ދިހައެއް) މަސްދުވަހުގެ ކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާ އުނިކޮށްފައިވާކަމަށް ބެލެވެއެވެ.
17މި މައްސަލައިގައި ޙަސަން ޞަލާޙް ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ހިނގާފައިވާކަމަށާ އ، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، ކުލީގެ ގޮތުގައި ލިބިފައިވާ ފައިސާ އުނިކުރުމަށް ކަނޑައެޅުމުގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތަށް ލިބެންޖެހޭ ބަދަލުގެ ޢަދަދުން އެ ފައިސާ ދެފަހަރަށް އުނިކޮށްފައިވާކަމާއި، އެއީ ޝަރީޢަތުން ހިސާބުކުރުމުގައި އަރާފައިވާ އޮޅުމެއްކަމުގައި ދެފަރާތުގެ މެދުގައި އިޚްތިލާފެއްނެތެވެ.
18ޕްރިސިޑެންސް 2މި މައްސަލައިގެ ޝަރީޢަތުގެ ކުރިމަތީގައިއޮތް ސުވާލަކީ، ޙަސަން ޞަލާޙް ގެ އިސްތިއުނާފުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސިވިލް ކޯޓުގެ ނަންބަރު HD/2021-C-13/Cv ޤަޟިއްޔާ ގައި ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާގެ ޢަދަދުގެ ތެރެއަށް، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން އުނިކޮށްފައިވާ 250,000.00ރ (ދެލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ)އަކީ އިސްތިއުނާފުކުރާ ފަރާތަށް ލިބެންޖެހޭ ފައިސާއެއްތޯއެވެ. އެފައިސާއަކީ ޙަސަން ޞަލާޙަށް ލިބެންޖެހޭ ފައިސާއެއްކަމަށް ޢާއިޝަތު ނާޝިދާގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވާތީ، މިކަމުގައި އިތުރު ބަހުސެއްނެތެވެ.
19ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު HD/2021-C-13/Cv ޤަޟިއްޔާގެ ޝަރީޢަތް ނިމުނގޮތު ގައި، އިސްތިއުނާފުކުރާ ފަރާތަށްލިބޭ ގެއްލުމުގެ ބަދަލުގެ ޢަދަދުން ކުލީގެ ގޮތުގައި ލިބިފައިވާ، އަދި އުނިކޮށްފައިވާ 250,000.00ރ (ދެލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ)އަކީ ޢާއިޝަތު ނާޝިދާގެ ފަރާތުން ޙަސަން ޞަލާޙަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، އެ ފައިސާ ޙަސަން ޞަލާޙަށް ލިބިދިނުމުގެގޮތުން، މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 1 (އެކެއް ) މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ޢާއިޝަތު ނާޝިދާއަށް އަންގައި، ސިވިލް ކޯޓުގެ ނަންބަރު HD/2021-C-13/Cv ޤަޟިއްޔާގެ ނިންމުން އެ މިންވަރަށް އިޞްލާޙުކޮށް، އެ ޤަޟިއްޔާގެ ޙުކުމް ދެމެހެއްޓުމަށް ކަނޑައަޅައި، މައްސަލަ ނިންމަން ފެނެއެވެ.
20މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސ) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚންނު ވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާ އަށް ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
21މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
22މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ). 2023111C-/\lgt) cD 2y.a c, tC2 o crD o .cr*a oaoa . a, c, o c 13/Cv-C-HDl202I 3 etl ,2F, (r2rz ,?2tt,t., ,t 2r, ,rrl22o (/Jrl ,, , a, ar- a , orra 2r, crroc 4 o/?u *rr?, o (/rrr.3.P2.*.t*r, o. . a4o . J, srv ryla s2lo J22.r-t rYrr.rrP/ ?4tP r.r.rP.I 'JP ' e V.r?.r) a,, O ,. * ttO , c "l7n f*:4 !a\/,S.t 1s4 ,LigLii t:iA t250,000.00 3.iii.4;i- a a .inj-2a aa oara oa a ?ua .aa . OarOa? a 4aoro, ou,a o, a o ra. z/.2t+ 2PZ *7J tata 2rv .P2v.r.rP.rJ lerY.rlt 2/.2t+ ?P.t '', /02a\ < O2 e o ,., ,9 . rr, A ?o 4o . o r*a D \ava) l.rs.rS 2024 2e a2aJ2t 2./.Jc ,.rrl'3 2 ?t Jt2.ryo2 iie ua aa aa, ctC2 o .as.vr,.o. or? ,? t. , o.rrc U. ac. ot? c .4a crrro, te, 2r7 .parf, ,*14 zztr*i> TrJl tb, ,r7 iSri iti;pt or, aoo - c j.i.2,-1 2Yla 3r.rr*'J ifij*, .3ii,3, : i.3.12 l3lCv-C-HDl2Ozl .ltii , araz .rtJr.rl-o24 o a, . .or, . c zO t C4OU a C.2 O. aaa a oaroacc "-lg, 3rt2r.2rJ -, ev.r, 3C.rr.t,2aa ,o2*.r2 2 cata zrv .?2e.rr2./t ac o- oD o , cr- '221t.2u 2Yra ,?2 3rPt2 Oaa ao . :tio ii: .i3 ,.rP32,a O u , ,e u ,, oe, ,4 . ,c2 UaPra ,Jr.trJ alJ lrol ,2t l.ry a ea. 1i*3;) c al\ 'i1 .leij. ara
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
- ސުޕްރީމް ކޯޓުގެ 2020/SC-A/95 (އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުޙިއްޔާ ޙަސަން އަދި އިތުރު ފަރާތްތަކެއް) (ނެޓް ޕްރެޒެންޓް ވެލިއު ހިސާބުކުރުން)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ) (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުން)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ސާދިޙު ނަޞީރު، ލޯ އޮފީސް އޮފް ސާދިހް ނަސީރު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޢައްވިޒު ރަޝީދު، އެޑްވޮކަސީ ޗެމްބަރސް
- ބެންޗު
- ދީބާނާޒް ފަހުމީ، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް