ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/227
ހަސަން ޙަލީމް ވ. ހަރންގްތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް، 2020/HC-A/227
Hassan Haleem v. Harngthuyey Heng Private Limited 2020/HC-A/227 (2020/HC-A/227, High Court of the Maldives, 20 August 2026)
ހަސަން ޙަލީމް ވ. ހަރންގްތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ސިވިލް ކޯޓުން ވިއްކާލި މުދަލުގެ މައްޗަށް، ރަހުނުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައި ނުވާ ރަހުނެއްގެ ސަބަބުން ދައުލަތަށް އިސްކަން ލިބޭތޯއާއި، އެ މުދާ ދައުލަތަށް ރަހުނުކުރެވިފައިވާކަމަށް ނުބެލެވޭކަމަށް ދަށުކޯޓުން ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދަރަންޏަކާއި ރަހުނަކީ ވަކިވަކި ދެ އެއްޗެކެވެ؛ ރަހުނުގެ ސަބަބުން އިސްކަން ލިބޭކަމަށް ބުނާ ފަރާތުން އެ ރަހުނު ސާބިތުކޮށްދިނުމުގެ ޒިންމާ އުފުލަންޖެހެއެވެ؛ ދަރަނިވެރިޔާ ރަހުނެއް އޮތްކަމަށް ބުނުމުން، ކުރިން ސާބިތުވެފައިވާ ދަރަންޏަކީ ރަހުނު ހިމެނޭ ދަރަންޏެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37-39)
- ބިމާއި ޢިމާރާތް ފަދަ ނުއުފުލޭ މުދަލެއްގެ މައްޗަށް ރަހުނެއް އޮތްކަމަށް ކަނޑައެޅޭނީ ޤާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ؛ ރަހުނަކީ މިލްކުވެރިކަމަށާއި ތިންވަނަ ފަރާތްތަކަށާއި ވިއްކައިގެން ލިބޭ ފައިސާ ބެހުމުގެ ތަރުތީބަށް އަސަރުކުރާ ކަމަކަށްވާތީ، ބިމާއި އިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ރަހުނު ރަހުނުގެ ދަފްތަރުގައި ލިޔުމާއި މުދަލުގެ ރަޖިސްޓްރީގައި ފާހަގަކުރުން ލާޒިމުވެއެވެ؛ މި ޝަރުޠުގެ ބޭނުމަކީ ޔަޤީންކަމާއި ކަށަވަރުކަމާއި ދަރަނިވެރިންނަށާއި ގަންނަ ފަރާތްތަކަށް އެންގުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40-46)
- ކުރިން ކުރެވުނު ދަރަނީގެ ޙުކުމުގައި ރަހުނުގެ ވާހަކަ ނެތުމަކީ، ދަރަނިވެރިއަކަށް ރަހުނު ތަންފީޒުކުރަން ނޭދި ދަރަނީގެ ފައިސާއަށް ދަޢުވާކުރެވޭތީއާއި ޙުކުމަކުން ރަހުނު ބާޠިލު ނުވާތީ، އެކަނި ރަހުނެއް ނެތްކަމުގެ ހެއްކެއް ނޫނެވެ؛ ނަމަވެސް ހެކިތަކުގެ ބޮޑު މަންޒަރުގެ ތެރޭގައި ރިޢާޔަތްކުރަންޖެހޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 53-56)
- ދަރަނި އައުކުރުމުގެ އެއްބަސްވުމަކުން ރަހުނު ދަމަހައްޓައިވެސް، އުވާލައިވެސް ދެވިދާނެ ކަމުން، އޭގެ ޤާނޫނީ އަސަރު ބިނާވަނީ އެއްބަސްވުމުގެ ލިޔުމުގެ މައްޗަށެވެ؛ ދަރަނި އައުކުރުމަށްފަހު ރަހުނަކަށް ބަރޯސާވާނަމަ، ރަހުނު ދެމިއޮތްކަން ސާބިތުކޮށްދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 58-61)
- ރަހުނުގެ ދަފްތަރަކީ ތަންފީޒުކުރެވޭ ރަހުނެއް އޮތްތޯ ކަނޑައެޅުމުގެ އެންމެ މުހިންމު އަސާސާއި، ކޯޓަށާއި ދަރަނިވެރިންނަށާއި ގަންނަ ފަރާތްތަކަށް ރަހުނު އަންގައިދޭ ރަސްމީ ޤާނޫނީ ވަސީލަތެވެ؛ ދަފްތަރުގައި ނުހިމެނުމަކީ ހަމައެކަނި ކުޑަ އިޖުރާއީ ޢައިބެއް ނޫނެވެ. ޙުކުމް ތަންފީޒުކުރާ ދަރަނިވެރިޔާއަށްވުރެ އިސްކަމަށް ނުވަތަ ގަތް ފަރާތުގެ ރަޖިސްޓްރީއަށް އަސަރުކުރަން ބޭނުންވާ ފަރާތުން، ރަޖިސްޓްރީގެ ރެކޯޑު ފަދަ ހެއްކަކުން ތަންފީޒުކުރެވޭ ރަހުނެއް ސާބިތުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 62-69)
- އެހެން ދަރަނިވެރިއަކު ޙުކުމް ތަންފީޒުކޮށް ގަންނަ ފަރާތަކަށް މިލްކުވެރިކަން ލިބުމަށްފަހު، ދަރަނިވެރިޔާއާއި ރަހުނު ލިބޭ ފަރާތް ބުނުމުގެ މައްޗަށް ރަހުނެއް ސާބިތުވާކަމަށް ނުބެލެވޭނެއެވެ؛ އެގޮތަށް ބެލުމަކީ ރަޖިސްޓްރީނުކުރާ ރަހުނުތަކުގެ ވާހަކަ ދައްކައިގެން ޝަރީޢަތުން ކުރާ ވިއްކުންތައް ބާޠިލުކުރުމަށް ދޮރުހުޅުވައި، ރަޖިސްޓަރީގެ ނިޒާމާއި އެހެން ދަރަނިވެރިންނާއި ގަންނަ ފަރާތްތަކަށް ގެއްލުން ދޭނެ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 73-76)
1ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1713 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ސ.ހިތަދޫ/ ހެޕީގާރޑްން، ޙަސަން ޙަލީމް (މީގެ ފަހުން "ޙަސަން ޙަލީމް")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ، ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށެވެ. މި މައްސަލަ ބަލާފައިވަނީ މި ކޯޓުގެ ނަންބަރު 2020/HC-A/227 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާއަށް، މިނިސްޓްރީ އޮފް ފިނޭންސް (ދައުލަތް)، ތަދައްޚުލްވެފައިވެއެވެ.
2ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1713 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ، ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. މި މައްސަލަ ބަލާފައިވަނީ މި ކޯޓުގެ ނަންބަރު 2021/HC-A/56 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާއަށް ސ.ހިތަދޫ/ ހެޕީގާރޑްން، ޙަސަން ޙަލީމް ތަދައްޚުލްވެފައިވެއެވެ.
3އިސްވެ ބަޔާންކުރެވުނު މިކޯޓުގެ ނަންބަރު 2020/HC-A/227 ޤަޟިއްޔާ އަދި މިކޯޓުގެ ނަންބަރު 2021/HC-A/56 ޤަޟިއްޔާއަށް، […] / މުޙައްމަދު ޙަމީދު ޙަސަން އަދި ޢަބްދުލްޙަންނާން ޙަސަން ތަދައްޚުލްކުރެވިފައިވެއެވެ.
4މި ދެ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް މައްސަލައިގެ އެންގުންތަކާއި، ލިޔުންތައް އަދި ކޯޓަށް ހާޟިރުވުމުގެ އަމުރު މޯލްޑިވްސް ޕޯސްޓް ލިމިޓެޑް މެދުވެރިކޮށް ފޮނުވިފައިވެއެވެ. ލިޔުންތައް އެ ކުންފުންޏަށް ރައްދުކުރެވިފައިވީނަމަވެސް، ކުންފުނި ތަމްސީލުކުރާނެ ފަރާތެއް އައިޑީކާޑު ނަންބަރު […] ސިންގަޕޫރުގެ ކުންފުންޏެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަންބަރު 01/MPL/2023-MOD ސިޓީ އައްޔަންކޮށްފައިނުވެއެވެ. އަދި، މިކޯޓުން ފޮނުވި ކޯޓަށް ހާޟިރުވުމުގެ އަމުރު "ރިޖެކްޓް" ކޮށްފައިވާކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މައުލޫމާތު ދީފައިވެއެވެ. އެހެންކަމުން، މި ޤަޟިއްޔާތައް މިކޯޓުގައި ކުރިއަށް ގެންގޮސްފައިމިވަނީ، ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ހާޟިރުގައެވެ.
5މަދަނީ ކޯޓުގެ ނަންބަރު 555/MC/2002 ޤަޟިއްޔާގައި ޙަސަން ޙަލީމްގެ ކިބައިން ހޯދުމަށް ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކޮށްފައިވާ 329339.40 $S (ތިންލައްކަ ނަވާވީސްހާސް ތިންސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ހަތަރެއް ސުމެއް) ސިންގަޕޫރު ޑޮލަރަކީ ޙަސަން ޙަލީމް، ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުދައްކާފައިވާ ފައިސާއެއްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާގައި ޙުކުމްކޮށްފައިވެއެވެ.
6ވިޔަފާރި ތަރައްޤީކުރުމަށްޓަކައި، 07 އޮކްޓޫބަރު 2003 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، ސ.ހިތަދޫ/ ހެޕީގާރޑަނ ޙަސަން ޙަލީމްއ ދެމެދާ ސޮއުކުރެވުނު އެއްބަސްވުމުގެދަށުން، ޙަސަން ޙަލީމަށް ދ ކޮށްފައިވާ -8,500,000/ރ. (އަށްމިލިއަން ފަސްލައްކަ ރުފިޔާ)ގެ ލޯނު، އެއްބަސްވުމާ އެއްގޮތަށް ދައްކަމުން އައިސްފައިނުވާތީ، އެއްބަސްވުމުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެންގުމުންވެސް ފައިސާ ދައްކާފައިނުވާތީ، އެފައިސާ ހޯދުމަށް ދައލަތުނު ދަޢުވާކުރުމުން، އެ މައްސަލަ، މަދަނީ ކޯޓުގެ ނަންބަރު 1691/MC/2007 ޤަޟިއްޔާއިން ބަލާފައިވެއެވެ. މަދަނީ ކޯޓުގެ ނަންބަރު 1691/MC/2007 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، 07 އޮކްޓޫބަރު 2003 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، ސ.ހިތަދޫ/ ހެޕީގާޑަން، ޙަސަން ޙަލީމްއާއ ދެމެދި ވެވުނު މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަންބަރު 02/24MPL/20-MOD ސިޓީ އެއްބަސްވުމުގެ ދަށުން ޙަސަން ޙަލީމްއަށް އެ މިނިސްޓްރީން ދ ކޮށްފައިވާ -8,500,000/ރ. (އަށްމިލިއަން ފަސްލައްކަ ރުފިޔާ) ގެ ލޯނުގެ ފައިސާ އެއްބަސްވިގޮތަށް ދައްކާފައިނުވާކަމަށާއި، 07 ފެބުރުވަރީ 2008 އާ ހަމައަށް 130,70,424/73ރ. (ތޭރަމިލިއަނ ހަތްދިހަހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ/ ހަތްދިހަ ތިންލާރި) ދައްކަން ޖެހިފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ޙަސަން ޙަލީމްގެ އިޢުތިރާފުން ޝަރީޢާތަށް ސާބިތުވާތީ، މިލޯނުގެ ފައިސާ (އިންޓަރެސްޓާއެކު) ދައްކާ އެ ދަރަނި ޚަލާސްކުރުމަށް ޙަސަން ޙަލީމްއަށް އަންގައި ޙުކުމްކޮށްފައިވެއެވެ.
7ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާއިން ސާބިތުވެގެން ސ.ހިތަދޫ/ ހެޕީގާރޑްން، ޙަސަން ޙަލީމްގެ ފަރާތުން ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސަ ޙުކުމާ އެއްގޮތަށް ދައްކާ ޚަލާސްކޮށްފައިނުވާތީ، "ރަހުނެއް ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީގޮތުގެ ޤަވާއިދުގެ 02 ވަނަ މާއްދާގެ ދަށުން ޙަސަން ޙަލީމްގެ މައްޗަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާތީ، އެ ފައިސާ ލިބިދިނުމުގެ ގޮތުން ޙަސަން ޙަލީމްގެ މުދާ އިފްލާސްކުރުމަށް ފަށާނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 1292/Cv-C/2014 ޤަޟިއްޔާގައި ޙުކުމްކޮށްފައިވެއެވެ.
8ސިވިލް ކޯޓުގެ ނަންބަރު 1292/Cv-C/2014 ޤަޟިއްޔާއިން "ރަހުނެއް ނުހިމެނޭ ސާބިތުދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވގޮތުގެ ޤަވާޢިދު"ގ 4 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އިފްލާސްކުރުމަށް ސިވިލް ކޯޓުގެ އިސްނެގުމަށް ފަށާނެކަމަށ ކަނޑައަޅައް ކޮށްފައިވާ ޙުކުމް ތަންފީޒުކުރުމަށް ގޮތުން ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ، އެ ކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާއިން ބަލާފައިވެއެވެ.
9މިއީ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1713 ޤަޟިއްޔާ އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
10އިސްވެ ބަޔާންކުރެވުނު ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1713 ޤަޟިއްޔާ ގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ؛ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާއިން ސާބިތުވެގެން ހަރންގްތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ސ.ހިތަދޫ ހެޕީގާޑަން ޙަސަން ޙަލީމް ދައްކަންޖެހޭ ސާބިތު ދަރަނީގެ ފައިސާ ހަރންގްތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން، ދަރަނިވެރި ޙަސަން ޙަލީމްގެ މިމައްސަލައިގައި ލިބެންޖެހޭ 318,694.76 S$ (ތިންލައްކަ އަށާރަހާސް ހަސަތޭކަ ނުވަދިހަ ހަތަރެއް ޕޮއިންޓް ހަތެއް ހައެއް ސިންގަޕޯރ ޑޮލަރު) އެމެރިކާ ޑޮލަރއަށް ބަދަލުކުރުމަށްފަހު، އެމެރިކާ ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލުކުރާ އެކްސްޗޭންޖް ރޭޓްކަމުގައި މިއަދު (25 ޑިސެމްބަރު 2018) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާފައިވާ (USD =MVR15.41)1 ގެ ރޭޓުން ބަޔާންވެދިޔަ ގޮތުގެ މަތިން ސިންގަޕޯރ ޑޮލަރު އެމެރިކާ ޑޮލަރއަށް ބަދަލުކުރުމުންޖެހޭ އެމެރިކާ ޑޮލަރުގެ މިންވަރު ދިވެހިރުފިޔާއަށ ބަދަލުކުރުމުން ޖެހޭ ދިވެހި ރުފިޔާގެ މިންވަރުކަމުގައިވާ 3,577,944.23 (ތިންމިލިއަން ފަސްލައްކަ ހަތްދިހަހަތްހާސް ނުވަސަތޭކަ ސާޅީސް ހަތަރު ރުފިޔާ ތޭވީސްލާރި) ދެއްކުމަށްކަމެވެ. ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އާއި ސ.ހިތަދޫ ހެޕީގާޑަނ ޙަސަން ޙަލީމްގެ ފަރާތުން ދައްކަންޖެހޭ ދަރަނީގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާއިން ސާބިތުވެގެން ހަރންގްތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ޙަސަން ޙަލީމް ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދައްކާ އޮތް 318,694.76 S$ (ތިންލައްކަ އަށާރަހާސް ހަސަތޭކަ ނުވަދިހަ ހަތަރެއް ޕޮއިންޓް ހަތެއް ހައެއް ސިންގަޕޯރ ޑޮލަރު) އަށްވާ ދިވެހި ފައިސާގެ މިންވަރު އުނިކުރުމަށްފަހު މިފައިސާ ބޭނުންކުރަންޖެހޭނީ ބިން އަމިއްލަ ކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު LBS1/144/2018/135-138 (01 އޭޕްރިލް 2018) ސިޓީގައި ބަޔާންކޮށްފައިވާ -1,021,200/ރ. (އެއްމިލިއަނ އެކާވީސްހާސް ދުއިސައްތަ ރުފިޔާ) ސަރުކާރަށް ދެއްކުމަށްކަމެވެ. ޗާންދަނީމަގު 14 ނަންބަރު ފިހާރަ އެވެކިޔާ ބަންޑާރަބިން ޝަރީޢަތުގެ ފަރާތުން ވިއްކާލައިގެން ލިބުނު -/7,200,000ރ. (ހަތްމިލިއަން ދެލައްކަ ރުފިޔާ)ގެ ތެރެއިން ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ މިންވަރާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާއިން ސާބިތުވެގެން ހަރންގްތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް މުދާ ވިއްކައިގެން ދަރަނި އަދާކުރުމަށް ޙަސަން ޙަލީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޗާންދަނީމަދު 14 ނަންބަރު ފިހާރަ އެވެ ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ ޢިމާރާތާއި އަދި ވިޔަފާރިމުދާ ޝަރީޢަތުގެ ފަރާތުން ސިޓީލާ ނީލަމުގައި ވިއްކުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެންމެމަތީ އަގުހުށަހަޅާފައިވާ […] (އައިޑީ ޢަބްދުލްޙަންނާން އަބބަކުރ އާއު […] (އައިޑީ މުޙައްމަދު ޙަމީދު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ އަގުކަމުގައިވާ -7,200,000/ރ. (ހަތްމިލިއަން ދެލައްކަ ރުފިޔާ) އެފަރާތުން ދައްކާފައިވާތީ، ޗާންދަނީމަގު 14 ނަންބަރު ފިހާރަ އެވެކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ ޢިމާރާތާއި ވިޔަފާރިމުދާ […] ޢަބްދުލްޙަންނާން އަބބަކުރ އާއު […] މުޙައްމަދާ ޙަމީދު ޙަސަނަށް މިލްކުވެގެންވާކަމަށއި، ޗާންދަނީމަގު 14 ނަންބަރު ފިހާރަ އެވެކިޔާ ބަންޑާރަ ބިން ވިއްކައިގެން ލިބިފައިވާ -7,200,000/ (ހަތްމިލިއަން ދެލައްކަ ރުފިޔާ) އިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާގެ ސާބިތު ދަރަންޏަށް ޙަސަން ޙަލީމްގެ އަތުން ހަރންގްތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ 3,577,944.23ރ. (ތިންމިލިއަން ފަސްލައްކަ ހަތްދިހަހަތްހާސް ނުވަސަތޭކަ ސާޅީސް ހަތަރު ރުފިޔާ ތޭވީސްލާރި) ޙަސަން ޙަލީމްގެ އަތުން ހަރންގްތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުން ޙަސަން ޙަލީމްގެ މިދަރަނި ޚަލާޞްވެގެންވާކަމަށާއި، އަދި ޙަސަން ޙަލީމްގެ މިމުދާ ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ދަރަނީގެ މިންވަރަށްވާ ފައިސާއާއި ޗާންދަނީމަގު 14 ނަންބަރު ފިހާރަ އެވެކިޔާ ބަންޑާރަ ބިން ވިއްކައިގެން ސަރުކާރަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ -1,080,000/ރ. (އެއްމިލިއަން އަށްޑިހަހާސް) ރުފިޔާ އާއި ބިން އަމިއްލަކުރުމަށް ދައްކަންޖެހޭ -/1,021,200ރ. (އެއްމިލިއަން އެކާވީސްހާސް ދުއިސައްތަ ރުފިޔާ) އުނިކުރުމުން ބާކީއޮތް 1,520,855.77ރ. (އެއްމިލިއަން ފަސްލައްކަ ވިހިހާސް އަށްސަތޭކަ ދުއިސައްތަ ރުފިޔާ) އަކީ މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފައިވާ ސާބިތުދަރަނީގެ އަރަނިވެރިފަރާތްކަމުގައިވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ލިބެންވާ ދަރަންޏާއި […] މުޙައްމަދު ޙުސައިންއަށް ލިބެންވާ ދަރަނީގެ މައްޗަށްވާ ފައިސާއެއްކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
11ޙަސަން ޙަލީމްގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގތުނ ހުށަހަޅާފައިވް ނުކުތާއަކީ؛
1.11 މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ރައްދުވާ ފަރާތަށް ދައްކަންނުޖެހޭކަމަށް އޮޅުވާލުމުގެ ލިޔުން ސާބިތުވާ އަދި ޙަސަން ޙަލީމް އެކަމާ ދެކޮޅު ހަދަހަދ ހުއްޓާ ގަވާއިދާ ޚިލާފަށާ ޙުކުމްކޮށްފައިވާ ފައިސާ އަދާނުކުރުމުގެ ސަބަބުން، އެދަރަނި އަދާކުރުމަށްޓަކައި، ރަހުނު ކުރެވިފައިވާ ތަނުގެ މިލްކުވެރިކަން ބަދަލުވެގެންދާ ގޮތަށް، ޗާންދަނީ މަގު 14 ނަންބަރު ފިހާރަ ވިއްކާލާފައިވަނ މައްސަލީ ހުށަހަޅަ ފަރާތާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ދެމެދު ވެވުނު ނަންބަރު 262/2003-MC/C (1 އޮކްޓޫބަރު 2003) ރަހުނުގެ އެގްރިމެންޓަށް ބެލުމެއްނެތިކަމަށ ބުން ހުށަހެޅި ނުކުތާއާއި؛
2.11މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ދ ކޮށްފައިވާ 8500000 (އަށްމިލިއަން ފަސްލައްކަ ރުފިޔާ) ގެ ލޯނު ރީޝެޑިއުލް ކުރެވުމުގެ ގޮތުން މައްސަލަ ހުށަހަޅާ ފަރާތާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއ ދެމެދި (22 ނޮވެންބަރު 2017) ގައި ވެވުނު ރީޝެޑިއުލ އެގްރިމެންޓް (އެގްރިމެންޓް ނަންބަރު D1/INDIV/2017/13(AGR)13) އެއްބަސްވުމުގައި ރަހުނުގެ ވާހަކަ ގެނެސްފައިނުވާތީ، ޗާންދަނީ މަގު 14 ނަންބަރު ފިހާރައެވެކިޔ ބިނާ ރަހުނުގެ ގޮތުގައި އެލޯނުގެ މައްޗަށް އޮތްކަމުގައި ބެލެވެން ނެތްކަމަށް ސިވިލްކޯޓުން ނިންމީ އެއްވެސް އަސާސެއްނެތި ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
3.11ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/28 ޤަޟިއްޔާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
4.11ޤާނޫނު ނަންބަރު 9/93 (ރަހުނާ ބެހޭ ޤާނޫނު)ގެ 7 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
5.11މައްސަލަ ހުށަހެޅަ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެރަރީއަށް ދައްކަންޖެހޭ ފައިސާއަކީ ޗާންދަނީ މަގު 14 ނަންބަރު ފިހާރަ ހަވާލުވުމުން ދައްކަންޖެހޭ ފައިސާކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގާފައިވާ ހިނދު، އެކަމަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފައިވުން އަދި މި މައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސްއިން 22 ނޮވެންބަރު 2017 ގައި ޙަސަން ޙަލީމަށް ފޮނުވި އެ އޮފީހުގެ ނަންބަރު 13D1/IND/2017/611 ސިޓީން، ރައީސް އޮފީހުން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވި ނަންބަރު SVP/13/2017/508-I (14 ނޮވެންބަރު 2017) ގެ ސިޓީގައި އެ ފިހާރައަށް ލިބޭ ފައިސާއިން މަހަކު 60000 (ފަސްދޮޅަސް ހާސް) ރުފިޔާ ނަގައި ލޯނު ޚަލާސްކުރުމަށް ބުނެފައިވީނަމަވެސް، މިކަމަށް ރިޢާޔަތްކޮށްފައިނުވާކަމަ ށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަންބަރު B/144/2018/09-CLD-32 (04 ޖަނަވަރީ 2017) ސިޓީގައިވެސް ޗާންދަނީމަގުގެ 14 ނަންބަރު ފިހާރައަކީ ޙަސަން ޙަލީމާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ކުރެވުނު އެގްރީމެންޓެއްގެ ދަށުން ޙަސަން ޙަލީމް ނަގާފައިވާ ލޯނަކަށް ރަހުނު ކުރެވިފައިވާ ތަނެއްކަމާއި އެ ރަހުނާއި ގުޅިގެން އެންމެހާ ޙައްޤުތައް ލިބޭ ފަރާތަކީ ފިނޭންސް މިނިސްޓްރީކަމަށ ބުން ފިހާރަ ވިއްކަން ކުރި ނަންބަރު 2/2017/144-CR-690B5 (16 ނޮވެމްބަރ 2017) އިޢުލާން ބާތިލްކޮށ ދިނުމަށް އެދިފައިވަނިކޮށް އެ ލިޔުމުގެ މައްޗަށް ނުބަލާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ޙަސަން ޙަލީމް ހުށަހެޅި ނުކުތާތަކުގެ ތަފްސީލް ފުރަތަމަ ނުކުތާއގުޅާ
12ފުރަތަމަ އިސްތިއުނާފަ ނުކުތާގެ ތަފްސީލުގައި ޙަސަން ޙަލީމް ފާހަގަކޮށްފައިވަނީ ޗާންދަނީ މަގު 14 ނަންބަރު ފިހާރައަކީ މިނިސްޓްރީ އޮފް ފިނޭންސްއިން ޙަސަން ޙަލީމް ނަގާފައިވާ ލޯނަކަށް ރަހުނު ކުރެވިފައިވާ ޢިމާރާތެއްކަމާއި، 01 އޮކްޓޫބަރު 2003 ގައި ރަހުނު އެއްބަސްވުމެއް އެކުލަވާލާފައިވާކަމާއި، މިކަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 13-D2/INDIV/2017/7(MISL) ސިޓީއިންވެސް އެނގޭކަމުގައެވެ.
13ފިހާރަ ވިއްކާލުމުން، ޙަސަން ޙަލީމުގެ ފަރާތުން ލިބެންޖެހޭ ފައިސާ ދައުލަތަށް ނުލިބުމުގެ ފުރުސަތު އޮތުމާއެކު، އެކަމުގެ ސަބަބުން އިއާދަނުކުރެވޭ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ދައުލަތުން، އެ ފިހާރަ ވިއްކާލުމަށް އިއުތިރާޒުކޮށްފައިވާކަމަށ ޙަސަން ޙަލީމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
14ދެވަނަ އިސްތިއުނާފަ ނުކުތާގެ ތަފްސީލުގައި ޙަސަން ޙަލީމް ފާހަގަކޮށްފައިވަނީ، ދައުލަތާ ޙަސަން ޙަލީމްއާއެކު 22 ނޮވެންބަރު 2017 ގައި ވެވުނު އެއްބަސްވުމަކީ، 01 އޮކްޓޫބަރު 2003 ގެ އެއްބަސްވުން ބާޠިލުކޮށް އެކުލަވާލި އެއްބަސްވުމެއް ނޫންކަމަށާއި، މިކަމަށް ދައުލަތުންވެސް އެއްބަސްވުމާ ކަމަށާއި، އެހެންކަމުން، 2003 ގެ އެއްބަސްވުމާ އެއްގޮތަށް، ޗާންދަނީމަގު 14 ނަންބަރު ފިހާރައާއި އެތަނުގައިވާ އެސެޓްތަކަކީ ރަހުނެއް ކަމަށްވާތީ، 01 އޮކްޓޫބަރު 2003 ގެ އެއްބަސްވުން ބާޠިލުވެފައިވާ ކަމަށް ދޭހަވާގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމުގައެވެ.
15ތިންވަނަ އިސްތިއުނާފަ ނުކުތާގެ ތަފްސީލުގައި ޙަސަން ޙަލީމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޗާންދަނީމަގު 14 ނަންބަރު ފިހާރައާއި އެތަނުގައިވާ އެސެޓަކ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ރަހުނު ކުރެވިފައިވާ މުދާ ކަމަށްވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާއިން ސާބިތުވެގެން މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާ ލިބިދިނުމުގެ ގޮތުން ޙަސަން ޙަލީމްގެ މުދާ ވިއްކައިގެން ދަރަނި އަދާކުރުމަށް އިފްލާސްކުރެވޭ ހާލަތުގައިވެސް ރަހުނު ކުރެވިފައިވާ މުދަލަކީ ޙަސަން ޙަލީމްގެ އަމިއްލަ މުދަލެއް ކަމަށް ބަލައިގެން ވިއްކާލެވޭނެ ޤާނ ނ އެއްވެސް އަސާސެއް ނެތްކަމުގައެވެ. އަދި، ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/28 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުންވެސް، ރަހުނު ކުރެވިފައިވާ މުދަލެއް މިލްކުވެރިކަން ރަހުނު ހިފާ ފަރާތުގެ ބަހެއްނެތި ބަދަލުނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަމުގައެވެ.
16ރަހުނު ކުރެވިފައިވާ ތަނެއް ނުއަގުގައި ވިއްކާލާފައިވާއިރު، އެކަމަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމާއި، އަދި ޢިމާރާތުގެ ވެރިފަރާތުގެ ބަހެއްނެތި، ރަހުނު ކުރެވިފައިވާ ފަރާތުގެ ބަހެއް ނެތި، ރަހުނު ކުރެވިފައިވާ ފަރާތުންވެސް މިކަމުގައި ބަހެއް ނުހޯދާ ޢިމާރާތް ވިއްކާލެވޭނެ ޤާނޫނީ ހުއްދަތެއ އޮތްކަމަށް ޤަބޫލު ނުކުރެވޭކަމަށް ފާހަގަކޮށްފައިވެއެވެ.
17ހަތަރުވަނަ އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި ޙަސަން ޙަލީމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ކަމަށް ބުނެ ވިއްކާލެވޭނީ ޙސަނަ ހަލީމްގެ އަމިއްލަ ނަމުގައި ހުރި މުދާ ކަމަށާއި، ޤާނޫނު ނަންބަރު 93/9 ރަހުނާބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ދަރަނި އަދާކުރުމަށް ފަހުގައި މެނުވީ، ރަހުނު ބެހެއްޓި އެއްޗެއް ނުވަތަ އެއިން ބައެއް ނަމަވެސް ރަހުނު ހިފިމީހާ ހިތުން ރުހުމުން ދިނިއްޔާ މެނުވީ އަނބުރާ އަތުނުލެވޭނެކަމާއި، ރަހުނު ބެހެއްޓި ފަރާތުގެ ބަހެއް ނެތި އެފަރާތަށް ފުރުޞަތެއް ނުދީ ނުވިއްކޭނެކަމާއި، އެހެންކަމުން، ރަހުނު ކުރެވިފައިވާ މުދަލަކީ ރަހުނު ބަހައްޓާ ފަރާތުގެ އަމިއްލަ މިލްކެއްކަމުގައި ނުބެލެވޭނެ ކަމަށެވެ.
18އަދި، ރަހުނު ކުރެވިފައިވާ މުދަލެއް ވިއްކާލާއިރު، އަދި ދަރަނި އަދާކުރެވޭނީ ހަމައެކަނި ޗާންދަނީ މަގު 14 ނަންބަރު ފިހާރަ ވިއްކާލައިގެން ކަމަށް ސިވިލް ކޓުނޯ ކަނޑައަޅާފައިވަނީ ކޮން ހަމައަކުން ކަމެއް ބަޔާންކޮށްފައިނުވާކަމާއި، ރަހުނުކޮށްފައިވާ މާލޭގެ ބިން ވިއްކާލުމަށް ސިވިލް ކޯޓުން ނިންމީ ރަހުނުގެ ވެރިފަރާތާއި ރަހުނު ހިފާފައިވާ ދިވެހި ސަރުކާރުގެ ޙައްޤުތަކަށް ރިޢާޔަތްނުކޮށްކަމާއި، ފުރަތަމަ ވިއްކާލަންޖެހޭނީ އެ ބިމެއްގެ މައްޗަށް އެއްވެސް ފަރާތެއްގެ ޙައްޤެއް ނެތް މުދާ ކަމަށެވެ.
19ފަސްވަނަ އިސްތިއުނާފަ ނުކުތާގެ ތަފްސީލުގައި ޙަސަން ޙަލީމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދަށުކޯޓުގެ ޙުކުމުގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށ ފައިސް ދެއްކުމަށް ޙުކުމް ކޮށްފައިވަނީ، ދަރަނީގެ ގޮތުގައި ދަޢުވާކޮށްފައިވާ ފައިސާ ދެއްކުމަށްފަހު ރަހުނު ހިފިފަރާތަށް ފައިސާ ދެއްކުމަށް ކަމަށްވާތީ، ދައުލަތުގެ ޙައްޤު ގެއްލިގެންދާ ކަމަށެވެ.
20މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 13-D1/INDIV/2017/10(MISL) (27 ޑިސެންބަރު 2017) ގެ ސިޓީގައި ޗާންދަނީ މަހު 14 ނަންބަރު ފިހާރަ ޙަސަން ޙަލީމާ ހަވާލުކުރެވެންދެން ލޯނު ޝެޑިއުލް ފްރީޒ ކޮށްފައިވާކަން އަންގާފައިވީ ނަމަވެސް، ސިވިލް ކޯޓަށް ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިޓީއެއް ލުމުން، އެ ކޯޓުން ފިހާރައިގާ ތަޅުއަ ޅުވާ މުދަލުގެ ސްޓޮކް ނަގާ ފިހާރަ ނީލަމުގައި ވިއްކަން އިޢުލާނުކޮށްފައިވާކަމަށާއި، ނީލަން ކާމިޔާބު ކުރި ފަރާތުގެ ތަނެއް ކަމަށް ބުނެ 2018 ޑިސެންބަރު 25 ގައި ޙުކުމްކޮށް، 2019 އޮކްޓޫބަރު 15 ގައި އެފަރާތްތަކަށް ފިހާރަ ރަޖިސްޓްރީކުރުމަށް ސިޓީ ކައުންސިލަށް އަންގާ ޙަސަން ޙަލީމްގެ ޣައިރު ހާޒިރުގައި ޙުކުމްކޮށްފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
21ޙަސަން ޙަލީމްގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުން ޗާންދަނީމަގު 14 ނަންބަރު ފިހާރަ އެހެންފަރާތެއްގެ މައްޗަށް ރަޖިސްޓްރީ ބަދަލުކުރުމަށް ކުރި ޙުކުމަކީ ބާޠިލު ޙުކުމެއް ކަމަށް ކަނޑައަޅައި އެފިހާރައިގެ ރަޖިސްޓްރީ ޙަސަން ޙަލީމްގެ ނަމަށް ބަދަލުކޮށް، އަދި އެތާގައި ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ޙުކުމަށް ކޮށްދިނުމަށެވެ. ޙަސަން ޙަލީމް ހުށަހެޅި އިސްތިއުނާފ ގުޅިގެނާ ދައުލަތުން ފާހަގަކުރި ކަންކަން
22ޙަސަން ޙަލީމް ހުށަހެޅި އިސްތިއުނާފު ނުކުތާތަކަށް ދައުލަތުން ތާއީދުކޮށް، ދައުލަތުން ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1713 ޤަޟިއްޔާ އިސްތިއުނާފުކޮށް، ފާހަގަކޮށްފައިވާ ކަންކަމަކީ، މި މައްސަލައިގައި ފާހަގަކުރަން ބޭނުންވާ ކަންތައްތައް ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. މިނިސްޓްރީ އޮފް ފިނޭންސް (ދައުލަތް) ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތައް
23ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1713 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
1.23މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި ސ.ހިތަދޫ/ ހެޕީގާރޑަން، ޙަސަން ޙަލީމާ ދެމެދު 1 އޮކްޓޫބަރު 2003 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން -00/08,500,ރ. (އަށް މިލިއަން ފަސްލައްކަ) ރުފިޔާގެ ލޯނެއް ޙަސަން ޙަލީމަށް ދ ކޮށްފައިވަނީ -0/010,300,0ރ. (ދިހަ މިލިއަން ތިން ލައްކަ) ރުފިޔާގެ އަގުހުރި ޗާންދަނީ މަގު 14 ނަންބަރު ފިހާރަ ރަހުނުކޮށްގެންކަމުގައި ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ޑީ) ގައި ޗާންދަނީމަގު 14 ނަންބަރު ފިހާރައެވެ ކިޔާ ބިން ރަހުނުގެ ގޮތުގައި އެ ލޯނުގެ މައްޗަށް އޮތްކަމުގައި ބެލެވެން ނެތްކަމަށް ކަނޑައަޅައި، އެ މައްސަލައިގެ ތެރެއިން ރަހުނު ވިއްކާލުމަށް ދައުލަތުން އިޢުތިރާޟުކޮށްފައިވަނިކޮށް، ދައުލަތުގެ ރަހުނު 7,200,000ރ. (ހަތް މިލިއަން ދެލައްކަ) ރުފިޔާއަށް ވިއްކާލާފައިވަނީ ބުނެވިދިޔަ އެއްބަސްވުމުގެ އެ މާއްދާއަށް ރިޢާޔަތްކުރުމެއް ނެތި ކަމަށް ބުނެ ހުށަހެޅި ނުކުތާ، އަދ
2.23 ޤާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައި، ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކާފައ ލިބި ފައިސާއަކުން ފުރަތަމަ ދައްކަންޖެހޭނީ ސަރުކާރަށް ނުވަތަ ސަރުކާރާބެހޭ ފަރާތަކަށް ދަރަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދައްކަންޖެހޭ ފައިސާކަމަށް ބަޔާންކޮށްފައިވާއިރު، ފިހާރަ ވިއްކާލައިގެން ލިބުނު ފައިސާ ލިބޭނެ ފަރާތްތައް ތަރުތީބުކުރުމުގައި ދައުލަތް އެންމެ ފަހު ފަރާތްކަމަށް ކަނޑައަޅާފައިވަނީ ބުނެވިދިޔަ ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނުނާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ދައުލަތުން ހުށަހެޅި ނުކުތާތަކުގެ ތަފްސީލް ފުރަތަމަ ނުގުތާއާގުޅޭ
24ފުރަތަމަ އިސްތިއުނާފަ ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވަނީ، 01 އޮކްޓޫބަރު 2003 ގައި ދައުލަތާ ޙަސަން ޙަލީމާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި، އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ލޯނުގެ ރަހުނުގެ ގޮތުގައި ޗާންދަނީ މަގު 14 ނަންބަރު ފިހާރައާއި އެ ފިހާރައިގައިވާ އެހެނިހެން އެސެޓް ބަހައްޓާފައިވާކަމަށާއި، ޗާންދަނީ މަގު ފިހާރައިގެ ބިމުގެ އަގަކީ، -9,300,000/ރ. (ނުވަ މިލިއަން ތިންލައްކަ) ރުފިޔާ ކަމަށާއި، އަދި އެ ފިހާރައިގައިވާ މުދަލުގެ އަގާއެކު ރަހުނުގެ ޖުމްލަ އަގަކީ، -/10,300,000 (ދިހަ މިލިއަން ތިންލައްކަ) ރުފިޔާ ކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާއިން ޗާންދަނީ މަގު 14 ނަންބަރު ފިހާރަ ވިއްކާލާފައިވަނީ -7,200,000/ ރ. (ހަތް މިލިއަން ދެލައްކަ) ރުފިޔާއަށް ކަމުން، އެ ފިހާރަ ވިއްކާލާފައިވަނީ، 2003 ވަނަ އަހަރު އެ ބިމުގެ އަގުކަމަށް ދެފަރާތުން އެއްބަސްވެފައިވާ އަގަށްވުރެ ކުޑަކޮށް ނުއަގުގައިކަމަށެވެ.
25ލޯނު ރިޝެޑިއުލް ކުރެވުމުގެ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ރަހުނުގެ ވާހަކަ ގެނެސްފައިނުވާތީ، އެ ފިހާރަ ރަހުނުގެ ގޮތުގައި އެ ލޯނުގެ މައްޗަށް އޮތްކަމުގައި ބެލެވެން ނެތްކަމަށް ދަށުކޯޓުން ކަނޑައަޅާފައިވާއިރު، 22 ނޮވެންބަރު 2017 ގައި ދައުލަތާ ޙަސަން ޙަލީމްއ ދެމެދާ ވެވުނު އެއްބަސްވުމަކީ، 02 އޮކްޓޫބަރު 2003 ގައި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޙަސަން ޙަލީމް ލޯނު ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ދައްކާނެ ގޮތަކާމެދު ދެފަރާތް ދެމެދު އެއްބަސްވެފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން ސޮއިކޮށްފައިވާ އެއްބަސްވުމެއްކަން އެނގޭއިރު، މި ދެ އެއްބަސްވުމަކީ ވަކި ދެ އެއްބަސްވުމެއް ނޫންކަމާއި، ރީޝެޑިއުލް ކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަކީ، ރަހުނު މަޢާފުވެގެންދާނެ ސަބަބެއް ނޫންކަމަށްވާތީ ފިހާރަ، ރަހުނުގެ ގޮތުގައި އޮތްކަމަށް ބެލެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ ދެ އެއްބަސްވުމުގެ އެންމެހާ މާއްދާތަކަށް ރިޢާޔަތްކުރުމެއް ނެތި ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
26ޗާންދަނީމަގު 14 ނަންބަރު ފިހާރައަކީ ދައުލަތުގައި ރަހުނުކޮށްފައިވާ ތަނެއްކަމާއި، ރަހުނުކޮށް ނަގާފައިވާ ލޯނު އަދާކޮށްފައިނުވުމުން، އެ ރަހުނާ ގުޅިގެން އެންމެހާ ޙައްޤުތައް ލިބިގެންވާ ފަރާތަކީ ދައުލަތް ކަމުގައިވީއިރު، ދައުލަތުގެ މަސްލަހަތު ގެއްލޭފަދަ ގޮތަކަށް އެ ރަހުނާ ގުޅިގެން ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ނުވަތަ އެހެން ތިންވަނަ ފަރާތަކަށް އެއްވެސް ޙައްޤެއް ލިބިގެންނުވާއިރު، ދައުލަތުގެ ރަހުނު ވިއްކާލައި، ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ޙަސަން ޙަލީމް ދައްކަންޖެހޭކަމަށް ސާބިތުވެފައިވާ ދަރަނީގެ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުން އެ ދަރަނި ހަލާސްވެގެންވާކަމަށް ކަނޑައަޅާފައިވަނީ ރަހުނާބެހޭ ޤާނޫނުގެ، 7 ވަނަ މާއްދާއާ، އެ ޤާނޫނުގެ 12 ވަނަ މާއްދާއާ ޚިލާފަށްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
27ދެވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވަނީ، ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ، މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވަނީ، ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކޭނީ، ސަރުކާރަށް ނުވަތަ ސަރުކާރާބެހޭ ފަރާތަކަށް ދަރަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދައްކަންޖެހޭ ފައިސާއެއް އޮތްތޯ ކަމާބެހޭ ފަރާތްފަރާތުން ބެލުމަށްފަހުގައިކަމަށާއި، އަދި އަމިއްލަ ފަރާތްތަކަށްވެސް ޝަރީޢަތަށް ސާބިތުވެފައިވާ ދަރަންޏެއް އޮތްތޯ، މިނިސްޓްރީ އޮފް ޖަސްޓިހުންނާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމަށްފަހުގައި ކަމަށާއި، މިގޮތުން އެފަދަ ތަކެތި ވިއްކާފައ ލިބި ފައިސާއަކުން، ފުރަތަމަ ދައްކަންޖެހޭނީ، މަތީގައިވާގޮތުން ދައްކަންޖެހިފައިވާ ފަރާތްފަރާތަކަށް ދައްކަންޖެހިފައިވާ އަދަދެއްގެ ނިސްބަތިންކަމަށެވެ. ނަމަވެސް، ސިވިލް ކޯޓުން ދައުލަތުގެ ރަހުނު ވިއްކައިގެން ލިބިފައިވާ ފައިސާ ބެހުމުގައި ފައިސާ ލިބޭ ފަރާތްތަކުގެ ތަރުތީބަށް ބަލާއިރު، އެންމެ ފަހު ފަރާތަކީ ދައުލަތް ކަމަށް ކަނޑައަޅާފައިވަނީ، ހަވާލާދެވުނު ޤާނޫނާ ޚިލާފަށްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
28ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 91 ވަނަ މާއްދާގައި ކުންފުންޏެއް އުވާލުމުގައި ކުންފުނީގެ ދަރަނިތައް އަދާކުރާއިރު ފުރަތަމަ އަދާކުރަންޖެހޭނީ ސަރުކާރަށް ނުވަތަ ސަރުކާރުގެ ފަރާތަކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއްކަމަށް ބަޔާންކޮށް ފައިވާކަމާއި، މި އުޞ ލ މި މައްސަލަ ތަޠުބީޤުކުރެވޭނެކަމާއި، ޙަސަން ޙަލީމަށް ދ ކޮށްފައިވާ ލޯނަކީ ރައްޔިތުންގެ ފައިސާކަމުން، ޙަސަން ޙަލީމް އިފްލާސްކޮށް ދަރަނި އަދާކުރުމުގައި ފުރަތަމަ އިސްކަންދޭންޖެހޭނީ ދައުލަތަށްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
29ދައުލަތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާގައިނ ކޮށްފައިވް ޙުކުމް ބާޠިލުކޮށްދިނުމަށެވެ. މުޙައްމަދު ޙަމީދު ޙަސަން އަދި ޢަބްދުލްޙަންނާން ޙަސަންގެ ފަރާތުން ފާހަގަކުރި ކަންކަން އަދި އެދޭގޮތް
30ޙަސަން ޙަލީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފާ ގުޅިގެން މުޙައްމަދު ޙަމީދު ޙަސަން އަދި ޢަބްދުލްޙަންނާން ޙަސަންގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ؛
1.30 ރަހުނެއްގެ ވާހަކަ އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައިވާއިރު، މި މައްސަލައަކީ، ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ޙަސަން ޙަލީމްގެ ފަރާތުން ދައްކަންޖެހޭ ދަރަނި އަދާކޮށްފައިނުވާތީ، އެ ދަރަނި ސާބިތުވެ، ޙުކުމް ތަންފީޒުކުރުމުގެ ގިނަ ޤަޟިއްޔާތަކަކަށްފަހުވެސް، ދަރަނި ދައްކާފައިނުވާތީ، ޙަސަން ޙަލީމް އިފްލާސްކުރުމުގ ޤަޟިއްޔާގެ ތެރެއިން އުފެދިފައިވާ މައްސަލައެއްކަމާއި، ދައުލަތަށް ޙަސަން ޙަލީމްގެ ފަރާތުން ދައްކަންޖެހޭ ފައިސާ ސާބިތުވެފައިވާ ޤަޟިއްޔާގައިވެސް ޗާންދަނީމަގު 14 ނަންބަރު ފިހާރަ ރަހުނެއްގެ ގޮތުގައި ބަހައްޓާފައިވާކަމަށް ބަޔާންކޮށްފައިނުވާކަމާއި، މިކަން އިސްތިއުނާފު ކޮށްފައިވާ ދަށުކޯޓުގެ ޤަޟިއްޔާގައިވެސް ބަޔާންކޮށްފައވާކި ން.
2.30 ރަހުނުގެ ގޮތުގައި ޗާންދަނީމަގު 14 ނަންބަރު ފިހާރަ ބަހައްޓާފައިވާކަނ އެއްވެސް ޤަޟިއްޔާއަކުން ސާބިތުވެފައިނުވާއިރު، މި ޤަޟިއްޔާ އިސްތިއުނާފު ކޮށްގެން ފަރުވާއެއް ދިނުމަށް ހައިކޯޓަށް އުނދަގވާނެ ކަން.
3.30 ދަރަނި ދެއްކުމުގައި އިސްކަންދޭންޖެހޭނީ ކޮން ފަރާތަކަށްތޯ ބަލާއިރު، އެކަން ކުރަންވީ އުސ ލެއް މި މައްސަލައިގައި ބަޔާންކޮށްފައި ނުވާކަން.
4.30 އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ޙަސަން ޙަލީމަށް މި މައްސަލަ އިސްތިއުނާފުކުރެވޭނެ ޤާނޫނީ ސަބަބެއް ނެތްކަމަށާއި، ޙަސަން ޙަލީމަށް ދައުލަތުގެ މަޞްލަޙަތު ހިމާޔަތް ކުރަން އިސްތިއުނާފެއް ހުށަހެޅޭނެ ސަބަބެއް އޮތް ކަމަށް ނުދެކޭކަން.
31ދައުލަތނ ހުށަހަޅާފައިވް އިސްތިއުނާފާ ގުޅިގެނު މުޙައްމަދް ޙަމީދު ޙަސަނު އަދި ޢަބްދުލްޙަންނާން ޙަސަންގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ؛
1.31 ދައުލަތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި އިފްލާސްކުރުމުގެ މަރުޙަލާގައި އެއްބަސްވުމަކަށް ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އުޞ ލެއް ބަޔާންކޮށްފައިނުވާކަމާއި، ރަހުނު ވިއްކާލާފައިވަނީ ދައުލަތާ ޙަސަން ޙަލީމްއ ދެމެދާ ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް އިސްތިއުނާފީ ނުކުތާގައި ބަޔާންކުރުމަށްފަހު، ތަފްސީލުގައި ރަހުނާބެހޭ ޤާނޫނުގެ މާއްދާތަކާ ހަވާލާދީފައިވާތީ، ދައުލަތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާ ސާފުނންކަމަށް ފާހަގަކޮށްފައިވެއެވެ. އަދި، ރަހުނު ވިއްކާނުލެވޭނެ ކަމަށް ދައުލަތަށް ފާހަގަކުރެވޭނެ ކަމަށް ގަބލުނުކުރާކން.
2.31 ނުއަގުގައި ރަހުނު ވިއްކާލި ކަމަށް ޙަސަން ޙަލީމްގެ ފަރާތުން ފާހަގަކުރި ނަމަވެސް، ރަހުނު ވިއްކާލުމުގެ އިޖުރާއަތު ގޯސްވެގެނ އެއްވެސް އިސްތިއުނާފީ ނުކުތާއެއް މި މައްސަލައިގައި ހުށަހަޅާފައިނުވާއިރު، ހަތެއް ޕޮއިންޓް ދެ މިލިއަން ރުފިޔާއަށް ފިހާރަ ގަނެފައިވަނިކޮށް، އެ މުޢާމަލާތް ރ ޅާލެވޭނެ ގޮތަކީ ކޮބައިތޯ އެއީ އުފެދޭ ސުވާލެއް ކަމަށާއި، މައުސމ ފަރާތްތަކަކުން މި މުއާމަލާތް ނިމުނު ފަހުން، މަސްލަހަތު އޮތް ފަރާތަކުން ދެން ދައްކަންޖެހޭނީ ފައިސާއާ ބެހޭ ގޮތުން ދައްކަން އޮތް ވާހަކަ ކަން.
3.31 މީގެ އިތުރުން ފާހަގަކޮށްފައިވަނީ، ދައުލަތގު އިސްތިއުނާފެ ދެވަނަ ނުކުތާއާ ގުޅިގެން ފާހަގަކުރާނެ ކަމެއް ނެތްކަމަށެވެ.
32މުޙައްމަދ ޙަމީދު ޙަސަނު އަދި ޢަބްދުލްޙަންނާން ޙަސަންގެ ފަރާތުން އެދފައިވަނި ދަށުކޯޓުގެ ނިންމުން ދަމަހައްޓައިދިނުމަށެވެ.
33މ އިސްތިއުނާފުގައި އޮތި ސުވާލަކީ، ދައުލަތަށް ޙަސަން ޙަލީމް އަދާކުރަންޖެހި އަދާނުކޮށް އޮތް ސާބިތު ދަރަންޏެއް އޮތްތޯ ނުވަތަ ނޫންތޯ އޮތް ސުވާލެއްނނެވެ. ދައުލަތަށް ޙަސަން ޙަލީމް އަދާކުރަންޖެހި އަދާނުކޮށް އޮތް ސާބިތު ދަރަންޏެއް އޮތްކަމާމެދު ދެބަސްވުމެއްނެތެވެ.
34މ އިސްތިއުނާފުގައި އޮތި ސުވާލަކީ، ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ޙަސަން ޙަލީމް އަދާކުރަންޖެހި އަދާނުކޮށް އޮތް ސާބިތު ދަރަންޏެއް އޮތްތޯ ނުވަތަ ނޫންތޯ އޮތް ސުވާލއެ ވެސްނނެވެ. ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ޙަސަން ޙަލީމް އަދާކުރަންޖެހި އަދާނުކޮށް އޮތް ސާބިތު ދަރަންޏެއް އޮތްކަމާމެދުވެސް ދެބަސްވުމެއްނެތެވެ.
35މ އިސްތިއުނާފުގައި އޮތި އަސާސް ސުވާލަކީ، ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ޙަސަން ޙަލީމް އަދާކުރަންޖެހޭ ސާބިތު ދަރަނި ޙުކުމާއެއްގޮތައ ދައްކަމުން ނުދާތީ އެ ޙުކުމް ތަންފީޒުކުރުމުގެ ފިޔަވަޅެއްގެ ގޮތުން ދަށުކޯޓުން ވިއްކާލި މުދަލުގެ މައްޗަށް ދައުލަތަށް ޤާނޫނީ ގޮތުން ތަންފީޒުކުރެވޭނެ މޯގޭޖެއް (ރަހުނެއް) އެހިނދު ނެތްކަމަށް ދަށުކޯޓުން ނިންމި ނިންމުމުގެ ޞއަޙަކަމާމެދ އޮތު ސުވާލުކަމުގައި އަހުރެންނަށް
36ބުނެވިދިޔަ ސުވާލާމެދު ގޮތް ނިންމަންޖެހޭނީ ހެއްކާއި ޤާނޫނުގެ މައްޗަށް ބިނާކޮށްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. ބުނެވިދިޔަ ސުވާލާމެދު ހަމައެކަނި ޙަސަން ޙަލީމް އާއި ދައުލަތުން ބުނާ ބުނުމެއްގެ މައްޗަށް ގޮތް ނިންމިދާނެ ޤާނ ނ އެއްވެސް ހަމައެއް މި އިސްތިއުނާފުގައި ބުނެދެވިފައި އޮތްކަމަކަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
37ޕްރިސިޑެންސް 1ދަރަންޏަކީ ވަކި އެއްޗެކެވެ. ރަހުނަކީވެސް ވަކި އެއްޗެކެވެ. މި ދޭއްޗަކީ އެއްގޮތް ދެ އެއްޗެއްނނެވެ.
38ރަހުނެއް އޮތްކަމަށް ދަރަނިވެރިޔާ ބުނި ނަމަވެސް، ހަމައެކަނި އެހެން ބުނެލާ ބުނެލުމަކުން، ޝަރީޢަތުން ސާބިތުވާކަމަށް ކުރިން ކަނޑައަޅާފައިވާ ސާބިތު ދަރަންޏަކީ ރަހުނުހިމެނޭ ސާބިތު ދަރަންޏެއްކަމުގައި ބަލަންޖެހޭ އެއްވެސް ޤާނ ނ އަސާސެއް މި އިސްތިއުނާފުގައި ބުނެދެވިފައި އޮތްކަމަކަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
39ކަންކަން ސާބިތުކޮށް ދިނުމާ ގުޅޭ ގޮތުން އޮންނަ ޢާންމު ޤާނޫނީ ހަމައިން ބަލާއިރު، ރަހުނުގެ ސަބަބުން އިސްކަން ލިބޭކަމަށް ބުނާ ފަރާތަކުން އެ ރަހުނު ސާބިތުކޮށްދިނުމުގެ ޝަރުޢީ ޒިންމާ އުފުލަންޖެހޭނެކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައިގައި އެ ޒިންމާ އުފުލަންޖެހެނީ ކޮން ފަރާތަކުންތޯ ބަލާއިރު، އެ ޒިންމާ އުފުލަންޖެހެނީ ދައުލަތަށްކަނ އަހުރެންނަށް ފާހަގަކުރެވެއެވެ.
40ޕްރިސިޑެންސް 2ޤާނޫނީ ގޮތުން ބަލާއިރު، ބިމާއި ޢިމާރާތް ފަދަ ނުއުފުލޭ މުދަލެއްގެ މައްޗަށް ރަހުނެއް އޮތްކަމަށް ކަނޑައެޅުމަކީ، ޤާނޫނުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ހަމަތަކާއި، އިންތަކާއި މިންތަކުގެ މަތިން މެނުވީ ކުރެވޭނެކަމެއްކަމަކަށ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
41ރަހުނު ބެހއެ ޓްމަކީ، ނުވަތަ ރަހުނުކުރުމަކީ، ދަރަންޏެއް ނަގާއިރު، އެ ދަރަނި އަދާނުކުރެވިއްޖެނަމަ، ދަރަނި ދޭ ފަރާތުގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ބެހެއްޓުންކަން އެނގެއެވެ. އަދި ރަހުނަކީ މިގޮތުން ބެހެއްޓޭ ކޮންމެ އެއްޗެއްކަން އެނގެއެވެ.
42ރަހުނަކީ ޤާނ ނ ގޮތުން ކަށަވަރުކޮށްދޭ ރައްކާތެރިކަމެކެވެ. އެއީ މުދަލުގެ މިލްކުވެރިކަމަށް އަސަރުކުރާ ކަމެކެވެ. އެއީ ތިންވަނަ ފަރާތްތަކަށާއި، މުދާ ގަންނަ ފަރާތްތަކަށާއި، އަދި އެހެނިހެން ދަރަނިވެރިންނަށްވެސް އަސަރު ފޯރާ ކަމެކެވެ. އަދި އެއީ ޝަރީޢަތުން މުދާ ވިއްކައިގެން ލިބޭ ފައިސާ ބެހުމުގެ ތަރުތީބަށްވެސް އަސަރުކުރާ ކަމެކެވެ.
43މިފަދަ ބޮޑެތި އަސަރުތަކެއް ހުރުމުން، ޤާނ ނުން އެކަމަށް ޚާއްޞަ އިޖުރާއަތުތަކެއް ލާޒިމުކުރެއެވެ. އެގޮތުން، ބިމެއް، ޢިމާރާތެއް ނުވަތަ ފްލެޓެއް ރަހުނުކުރާނަމަ، ކަމާބެހޭ އިދާރާގައި އެ ރަހުނެއް ރަޖިސްޓްރީކޮށް، ދައުލަތުގެ ދަރަންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2024-29) ގެ 44 ވަނަ މާއްދާގެ (ހ) ރަހުނުގެ ރަޖިސްޓަރީގައި އެކަން ހިމަނަން ޖެހެއެވެ . އަދި މުދަލުގެ ރަޖިސްޓަރީގައި އެ ރަހުނުގެ ވާހަކަ ފާހަގަކޮށްފައި އޮތުން ލާޒިމުކުރެއެވެ.
44އެގޮތުން، ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ރަހުނުކޮށްފިނަމަ،އެ ރަހުނެއް ރަހުނުގެ ދަފްތަރުގައި ލިޔަންވާނެކަމަށާއި، އަދި އެ ރަހުނެއް ބެހެއްޓި ފަރާތަށް ދ ކޮށްފައިވާ ބިމުގެ ނުވަތަ ގޯތީގެ ނުވަތަ ފްލެޓްގެ ރަޖިސްޓްރީގެ އަސްލުގައި ރަހުނުކުރެވުނުކަން ލިޔަންވާނެކަމަށް ބިމާއި އިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގައި ސާފު ޢިބާރާތުން ބަޔާންކޮށްފައިވާކަން އަހުރެންނަށް
45ބުނެވިދިޔަ ޝަރުތުގެ ބޭނުންތެރިކަން ނުވަތަ މުހިއްމުކަން ބޮޑުކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެ ޝަރުތުގެ ބޭނުމަކީ، ޔަޤީންކަން ހޯދައިދިނުމެވެ. ބޭނުމަކީ، ކަށަވަރުކުރުމެވެ. ބޭނުމަކީ، އަންގައިދިނުމުވެ. އ ޝަރުތުނ ޔަޤީންކަން ހޯދައިދެނީ، ކަށަވަރުކޮށްދެނީ އަދި އަންގައިދެނީ ކޮންކަމެއްތޯ ބަލާއިރު، އެ ކަމަކީ، އެ މުދަލަކީ ރަހުނުކުރެވިފައިވާ މުދަލެއްކަން ނުވަތަ ނޫންކަމެވެ. އެގޮތުން، އެ މުދަލަކީ ރަހުނުކުރެވިފައިވާ މުދަލެއްކަން ނުވަތަ ނންކަނ ދަރަނިވެރިންނަށް އެނގޭނެއެވެ. އެ މުދާ ގަންނަ ފަރާތަށް އެ ގނެވެނަ ރަހުނުކުރެވިފައިވާ މުދަލެއްކަން ނުވަތަ ނޫން އެނގޭނެއެވެ. އަދި މުދާ ވިއްކުމުގެ ކުރިންނާއި ވިއްކުމަށްފަހު ފައިސާ ބެހުމުގައި ޙިމާޔަތްކުރަންޖެހޭ ޙައްޤުތަކަކީ ކޮބައިކަން ޝަރީޢަތަށް އެނގޭނެއެވެ.
46ރަހުނު ހިމެނޭ ދަރަންޏާއި ރަހުނު ނުހިމެނޭ ދަރަނޏާމެދް ޝަރީޢަތުން ޢަމަލުކުރާގޮތްވެސް ތަފާތުކަން އަހުރެންނަށް ފާހަގަކުރެވެއެވެ. ނަމަވެސް އެ ތަފާތު ވުޖ ދަށް އަންނާނީ އެ ރަހުނެއް ޤާނ ނ ގޮތުން ސާބިތުވާ ޙާލަތުގައިކަންވެސ އަހުރެންނަށް ފާހަގަކުރެވެއެވެ.
47ވީމާ، މި އިސްތިއުނާފުގައި ފުރަތަމަ އުފެދޭ ސުވާލަކީ، އެ ރަހުނު ދަށުކޯޓުގައި ޤާނ ނ ހަމައިން ސާބިތުކޮށްދެވިފައި ނެތްކަމަށް ބަލައި ދަށުކޯޓުގެ ފަނޑިޔާރު ނިންމި ނިންމުމުގައި ޤާނޫނީ ގޮތުން ގޯހެއް އޮތތް ނުވަތަ ނޫންތޯ އޮތް ސުވާލުކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
48މި މައްސަލައިގައި ރަހުނުކޮށްފައިވާކަމަށ ބުން މުދާ (ޗާނދަނީ މަގް 14 ނަންބަރު ފިހާރަ) އަކީ ދައުލަތަށް ރަހުނުކުރެވިފައިވާ މުދަލެއްކަމަށް ބެލެވެން ނެތްކަމަށް ނިންމުމުގައި، ދަށުކޯޓުގެ ފަނޑިޔާރު ތިން ސަބަބެއްގެ މައްޗަށް ރިއާޔަތްކޮށްފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ .
49ފުރަތަމައީ، ޙަސަން ޙަލީމއާ ދެކޮޅަށް ދައުލަތުން މީގެ ކުރިން ހޯދި ޙުކުމުގައި ރަހުނެއް އޮތްކަމުގެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނެތުމެވެ.
50ދެވަނައީ، ފަހުން އެކުލަވާލި ދަރަނި އަނބުރާ ދެއްކުމުގެ އެއްބަސްވުމުގައި ރަހުނެއްގެ ވާހަކަ ހިމަނާފައި ނެތުމެވެ.
51ތިންވަނައީ، ރަހުނުގެ ރަޖިސްޓަރީގައި އެ މުދާ ހިމަނާފައި ނެތުމެވެ.
52މި ސަބަބުތަކާމެދު ވަކިވަކިން ފަރުވާތެރިކަމާއެކު ބަލައިލުން މުހިންމުކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ .
53ޕްރިސިޑެންސް 3ދަށުކޯޓުގެ ފަނޑިޔާރު ބެލި ފުރަތަމަ ސަބަބަކީ މި މައްސަލައާ ގުޅުންހުރި ސަބަބެއްކަމުގައި އަހުރެންނަށްވެސް އެއްބަސްވެވެއެވެ. ނަމަވެސް، އެ ސަބަބަށް އެކަނި ބަލައިގެން މި މައްސަލަ ނިންމިދާނެކަމަކަށް އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ.
54ސަބަބަކީ، ދަރަނިވެރިއަކަށް، ރަހުނު ތަންފީޒުކުރުމަށް އެދުމަކާ ނުލައި، ހަމައެކަނި ދަރަނީގެ ފައިސާ ހޯދުމަށް ދަޢުވާކުރެވިދާނެތީއެވެ. އަދި ދަރަންޏަކާ ގުޅިގެން ޝަރީޢަތުން ކުރާ ޙުކުމަކުން، އެ ރަހުނެއް އޭގެޒާތުން ބާޠިލުވެގެން ނުދާނެތީއެވެ. އެހެންކަމުން، ކުރިން ކުރެވުނު ޙުކުމުގައި ރަހުނުގެ ވާހަކަ ބަޔާންވެފައި އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގެ ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ "ފާހަގަކުރެވުނު ނުކުތާތައް" މި ސުރުހީގެ ދަށުގައިވާ (ގ) އަދި (ޑީ) މަދަނީ ކޯޓްގެ ނަންބަރު 1691/MC/2007 ނެތްނެތުމަކީ، އެ ރަހުނެއް ނެތްކަމަށް ބަލަންޖެހޭ އެކަށީގެންވާ ހެއްކެއް ނ ންކަމަށް އަހުރެންނަށް
55ނަމަވެސް، އެއީ ރިއާޔަތްކުރަންޖެހޭ މުހިންމު ކަމެކެވެ. ދައުލަތަށް އެ މުދަލުގެ މައްޗަށް ޙަޤީޤީ ރަހުނެއް އޮތްނަމަ، ޝަރީޢަތުގެ ލިޔެކިޔުންތަކުން، ދަޢުވާގެ ބަޔާންތަކުން، އެދިފައިވާ ފަރުވާއިން، ޙުކުމުން، ނުވަތަ ޙުކުމް ތަންފީޒުކުރުމުގެ ލިޔެކިޔުންތަކުން އެކަން ފެންނަން އޮންނާނެކަމަށް އުންމީދުކުރެވެއެވެ.
56އެ ލިޔެކިޔުންތަކުގައި ރަހުނުގެ ވާހަކަ ނެތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި ރަހުނެއް ނެތްކަމަށް ނިންމިދާނެކަމެއްކަމަކަށ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. އެ ލިޔެކިޔުންތަކުގައި ރަހުނުގެ ވާހަކަ ނެތް ނެތުމަކީ، އެއީ އެއްވެސް މާނައެއް ނެތް ކަމެއް ކަމުގައިވެސް އަހުރެންނަކަށް ނުބެލެވެއެވެ. އެހެނަސް، މި މައްސަލައިގައި، ކުރިން ކުރެވުނު ޙުކުމުގައި އެ ވާހަކަ ނެތުމަކީ، މުޅި މައްސަލައިގެ ހެކިތައް އެކުލެވިގެންވާ ބޮޑު މަންޒަރުގެ ތެރެއިން އެއް ބައިކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
57ފަނޑިޔާރު ބެލު ދެވަނަ ސަބަބަކީވެސް މި މައްސަލައާ ގުޅުންހުރި ކަމެކެވެ. ކުރިން ކުރެވުނު ޙުކުމަށްފަހު، ދަރަނި އަނބުރާ ދެއްކުމުގެ އުސޫލުތައް އައުކުރެވުނެވެ. އެގޮތުން ޙަސަން ޙަލީމްއަށް ލުއިތަކެއް ދެވުނެވެ.
58ޕްރިސިޑެންސް 4ދަރަނި އައުކުރުމުގެ އެއްބަސްވުމަކުން އެކި ކަންކަން ހާސިލުކުރެވިދާނެއެވެ. ބައެއް ފަހަރު، ކުރިން އޮތް ރަހުނު ދަމަހައްޓައި، ހަމައެކަނި ފައިސާ ދެއްކުމުގެ ޝަރުތުތަކަށ ބަދަލް ގެނެވިދާނެއެވެ. އަނެއް ބައި ފަހަރު، ކުރިން އޮތް އެއްބަސްވުން ބާޠިލުކޮށް އައު އެއްބަސްވުމެއް އެކުލަވާލެވިދާނެއެވެ. ނުވަތަ ކުރިން އޮތް ރަހުނުތައް އުވާލެވިދާނެއެވެ. ނުވަތަ އެއްވެސް ރަހުނެއް ނެތުމުން، އެކަމުގެ ވާހަކަ އެއްބަސްވުމުގައި ނުހިމެނިވެސް ހިނގައިދާނެއެވެ. މިކަމުގެ ޤާނ ނ އަސަރު ބިނާވެފައިވަނީ އެ އެއްބަސްވުމުގެ ލިޔުމުގެ މައްޗަށެވެ.
59ނަމަވެސް، ދަރަނި އައުކުރުމަށްފަހުވެސ ރަހުނަކަށް ބަރޯސާވާ ނަމަ، އެ ރަހުނު ދެމިއޮތްކަން ސާބިތުކޮށްދޭން ޖެހޭނެކަމަށް އަހުރެންނަށް ފާހަގަކުރެވެއެވެ.
60މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދަރަނި އައުކުރުމުގެ އެއްބަސްވުމުގައި، ރަހުނެއް އޮތްކަމަށް ބުނާ ވާހަކަ އެއްވެސް މިންވަރަކަށް ހިމަނާފައެއް ނުވެއެވެ. އެ މުދާ ރަހުނެއްގެ ގޮތުގައި ދެމިއޮތްކަމަކަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައެއް ނުވެއެވެ. ރަހުނު ދަމަހައްޓާފައިވާ ކަމަކަށް ވެސް ނެތެވެ. އަދި ދަރަނި ދެއްކުމުގައި ދެވުނު ލުއިތަކަކީ، ރަހުނު ދެމިއޮތުމުގެ މައްޗަށް ބިނާކޮށް ދެވުނު ލުއިތަކެއް ކަމަށް ވެސް ބަޔާންކޮށްފައެއް ނުވެއެވެ.
61އެއްބަސްވުމުގައި އެ ވާހަކަ ނެތުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބަލައި ރަހުނެއް ނެތްކަމަށް ނިންމިދާނެކަމެއްކަމަކަށ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
62ޕްރިސިޑެންސް 5ފަނޑިޔާރު ބެލު ތިންވަނަ ސަބަބަކީ މި މައްސަލަ ނިންމުމަށް ފުދޭ، އަދި ނިންމުން އެ މައްޗަށް ކަނޑައެޅިދާނެ ހަރުދަނާ ސަބަބެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ .
63ރަހުނުގެ ދަފުތަރުގައި އެ މުދާ ހިމަނާފައިވޭތޯ ދަށުކޯޓުން ބެލިއެވެ. އެ ބެލިބެލުމުން ފާހަގަވީ ކަމަކީ، އެ މުދާ ރަހުނުގެ ދަފުތަރުގައ ހިމަނާފައި ނެތްކަމެވެ. އެކަން ދަށުކޯޓުގެ އިސތިއުނާފުކުރެވިފައިވް ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ "ފާހަގަކުރެވުނު ނުކުތާތައް" މި ސުރުހީގެ ދަށުގައިވާ (ގ) ގައި ބަޔާންކޮށްފައިވެއެވެ.
64ރަހުނުގެ ދަފުތަރގައި އެ މުދާ ލިސްޓްކުރެވިފައ ނެތި ނެތުން އެއު ހަމައެކަނި އިޖުރާއީ ކުޑަ އައިބެއްކަމުގައި، މި މައްސަލައިގައި، ބެލިދާނެ ކަމަކަށް މި މައްސަލައިގެ ވާޤިޢާތަކަކުނ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
65ރަހުނުގެ ދަފުތަރަކީ، ޤާނޫނީ ގޮތުން ތަންފީޒުކުރެވޭ ރަހުނެއް އޮތްތޯ ކަނޑައެޅުމުގައި އޮތް އެންމެ މުހިންމު އަސާސްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
66ރަހުނުގެ ދަފްތަރަކީ، އެ މުދަލަކީ ރަހުނު ކުރެވިފައިވާ މުދަލެއްކަން އެންމެހާ ފަރާތްތަކަށް އަންގައިދޭ ރަސްމީ ރެކޯޑްކަނ އަހުރެންނަށް ފާހަގަކުރެވެއެވެ.
67އެގޮތުން، ކޯޓަށާއި، އެހެނިހެން ދަރަނިވެރިންނަށާއި، އަދި ގަންނަ ފަރާތްތަކަށްވެސް އެ މުދަލަކީ، ރަހުނުކުރެވިފައިވާ މުދަލެއްކަން އަންގައިދޭ ރަސްމީ ޤާނނ ވަސީލަތަކީ ރަހުނުގެ ދަފުތަރުކަން އަހުރެންނަށް
68އެ މުދާ ވިއްކައިގެން ލިބޭ ފައިސާގެ މައްޗަށް ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑަށް ވުރެ ކުރިން ދައުލަތަށް ޙައްޤު ލިބޭކަމަށް ދައުލަތުން ދަޢުވާކުރާނަމަ، އަދި މުދާ ގަންނަ ފަރާތުގެ ރަޖިސްޓްރީއަށް އަސަރު ފޯރުވަން ބޭނުންވާނަމަ، ދައުލަތުން ހަމައެކަނި ޙަސަން ޙަލީމްގެ ބަހާއް ދައުލަތުގެ އަމިއްލަ ބަހުގެ އިތުރުން، އެކަމަށް ހެކި ދައްކަންޖެހޭނެކަމަށް އަހުރެންނަށް ބުރަވެވެއެވެ.
69އެހެނ ޢިބާރާތަކުން ބުނާނަމަ، ދައުލަތުން ޤާނޫނީ ގޮތުން ތަންފީޒުކުރެވޭ ރަހުނެއް އޮތްކަން ސާބިތުކޮށްދޭން ޖެހެއެވެ. މިކަމަށް އޮތް އެންމެ ސީދާ ހެއްކަކީ، ރަހުނު ރަޖިސްޓްރީކުރެވިފައިވާކަމުގެ ރިކޯޑު، ނުވަތަ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓްރީކުރެވުނުކަމުގެ ހެއްކާއެކު ހުށަހަޅާ ރަހުނުގެ ލިޔުމެވެ. ދައުލަތަށް އކަނެ މި މައްސަލައިގައި ކޮށްދެވިފައެއް ނުވެއެވެ.
70އަދި، ދައުލަތުގެ އިދާރީ އޮޅުމަކުން ދަފުތަރުން އެ ރަހުނު އުނިވީކަމެއ ވެސް ސާބިތުކޮށްދެވިފައެއް ނުވެއެވެ. ނުވަތަ ދަފުތަރުކުރެވިފައިވާ ސައްހަ ރަހުނެއް ބަލައިނުގަނެ ދ ކޮށްލީކަމެއ ވެސް ސާބިތުކޮށްދެވިފައެއް ނުވެއެވެ. އަދި މުދާ ގަތް ފަރާތުން އެ މުދާ ގަތީ ރަހުނުގެ ދަފުތަރުގައި އެ މުދާ ލިސްޓްކުރެވިފައި ވަނިކޮށް ރަހުނަކާ އެކުކަމެއ ވެސް ސާބިތުކޮށްދެވިފައެއް ނުވެއެވެ.
71ކުރިން ކުރެވުން ޙުކުމާއި، ފަހުން ވެވުނު އެއްބަސްވުމުގައި އެ މުދާ ރަހުނުކުރެވިފައިވާ ވާހަކަ ބަޔާންކޮށްފައި ނެތް ނެތުމާއި އަދި ރަހުނުގެ ދަފުތަރގައި އެ މުދު ލިސްޓްކުރެވިފައި ނެތް ނެތުމުގެ މައްޗަށް އެކުއެކީގައި ބަލާއިރު، މައްސަލަ ބެލި ދަށުކޯޓުގެ ފަނޑިޔާރުގެ ނިންމުމުގައި ގޯހެއް އޮތްކަން އިސްތިފުނާފުގައި ބުނެދެވިފައިވާކަމަކަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
72ބަޔާންވެދިޔަ އެންމެހައި ކަންކަމަށް ބަލާއިރު، އެ މުދާ ދައުލަތަށް ރަހުނުކުރެވިފައވާކަމަށ ބެލެވެން ނެތްކަމަށް މައްސަލަ ބެލި ދަށުކޯޓުގެ ފަނޑިޔާރު ނިންމި ނިންމުމަކީ ޤާނޫނީ ގޮތުން އެކަށީގެންވާ ސައްހަ ނިންމުމެއްކަމަށް އަހުރެންނަށް ފާހަގަކުރެވެއެވެ.
73ޕްރިސިޑެންސް 6އެ މުދާ ދައުލަތަށް ރަހުނުކުރެވިފައިވާ ކަމަށް ޙަސަން ޙަލީމް ބުނެފައިވެއެވެ. އަދި ދައުލަތުން ވެސް ބުނެފައިވަނީ ހަމަ އެފަދައިންނެވެ. އެ ފަރާތްތަކުގެ ބަހަކީ މައްސަލައާ ގުޅުންހުރި ބަހެކެވެ. ނަމަވެސް، އެއީ ރަހުނު ސާބިތުކުރުމަށް ފުދޭވަރުގެ ހެއްކެއް ކަމުގައި އަހުރެންނަކަށް ބުރައެއްނުވެވެއެވެ.
74އެހެން ދަރަނިވެރިއަކު ޝަރީޢަތުގެ ޙުކުމެއް ތަންފީޒުކޮށް، އަދި މުދާ ގަންނަ ފަރާތަކުން އެ މުދަލުގެ މިލްކުވެރިކަން ހޯދުމަށްފަހު، ދަރަނިވެރިޔާ އާއި ދަރަނި ލިބޭ ފަރާތުން ބުނެލާ ބުނެލުމެއްގެ މައްޗަށެ ރަހުނެއް ސާބިތުވާ ކަމުގައި ނުބެލެވޭނެއެވެ. އެފަދަ އުސޫލެއް ގެންގުޅުމަކީ ރައްކާތެރިކަމެއް ނޫނެވެ.
75އެފަދަ އުސލަކަށް ފުރުސަތު ދީފިނަމަ، ޝަރީޢަތުން މުދާ ވިއްކާލުމަށްފަހު، ރަޖިސްޓްރީނުކޮށ އޮތް ރަހުނެއްގެ ވާހަކަ ދައްކައިގެން އެ ވިއްކުމުގެ މަރުޙަލާ ފަހުން ބާޠިލުކުރުމަށް ދޮރުހުޅުވިދާނެއެވެ. އެއީ، ޝަރީޢަތުން މުދާ ވިއްކުމުގެ އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ. އަދި ރަހުނުގެ ރަޖިސްޓަރީގެ ބޭނުންކެނޑި، އެ ނިޒާމު ގަޑުބަޑުވެގެންދާނެ ކަމެކެވެ.
76މީގެ އިތުރުން، އެކަމަކީ، މުދަލުގެ ފެންނަން އޮތް ޤާނޫނީ ޙައިސިއްޔަތުގެ މައްޗަށް އިތުބާރުކޮށްގެން ދަޢުވާކުރި އެހެން ދަރަނިވެރިންނަށް ގެއްލުން ލިބޭނެކަމެކެވެ. އަދި ޤާނޫނުގައި ރަހުނު ރަޖިސްޓްރީ ކުރަން ލާޒިމުކުރާ ޙާލަތުގައި އެކަން ޤާނޫނާ އެއްގޮތަށް ރެކޯޑުނުކޮށް ހުންނަ ޙާލަތުގައި އެކަމުގެ ޝިކާރައަކަށް މުދާ ގަންނަ ފަރާތްތައް ވެގެންދާނެ ކަމެކެވެ. އެހެންކަމުން، އެފަދަ ނަތީޖާއަކަށް ފުރުސަތު ލިބިގެންދާ ގޮތަށް ނިންމޭ ކޮންމެ ނިންމުމަކީ، މުޅި ނިޒާމަށް އޭގެ ނޭދެވޭ އަސަރުކުރާނެ އަދި ބޭއިންސާފަށް މަގުފަހިވެގެންދާނެ ނިންމުމެއްކަމަށް އަހުރެންނަށް ފާހަގަކުރެވެއެވެ.
77ބުނެވިދިޔަ ކަންކަން އެހެން ހުރުމުން، ދަށުކޯޓުގެ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ނިންމަންފެނެއެވެ.
78ޙަސަން ޙަލީމްގެ ފަރާތުން މި މައްސަލއަ ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ކޮށްފައިވާ މައިގަނޑު ޝަކުވާއަކީ ޙަސަން ޙަލީމްގެ މިލްކެއް ކަމުގައިވާ "ޗާންދަނީ މަގު 14 ނަންބަރު ފިހާރަ" ރަހުނުކޮށްފައި ވަނިކޮށް އޭގެފަހުން އޭނާގެ މައްޗަށް ސާބިތުވި ދަރަންޏަކާ ގުޅިގެން ކޯޓުން އެތަން ނީލަންކިޔައި އެހެންމީހަކަށް ވިއްކާލީ ގޯސްކޮށް ކަމަށްބުނެ ކުރާ ޝަކުވާއެކެވެ. ދައުލަތުގެ ފަރާތުންވެސް މި މައްސަލައިގައި "ޗާންދަނީ މަގު 14 ނަންބަރު ފިހާރަ" ރަހުނުކޮށްފައިވާކަމަށ ބުން ދަށުކޯޓުގެ ނިންމުން ގޯސްކަމުގެ މައްޗަށް ވަކާލާތުކޮށްފައިވެއެވެ. އެހެންކަމުން "ޗާންދަނީ މަގު 14 ނަންބަރު ފިހާރަ" ކޯޓުން ނީލަންކިޔައި އެހެންމީހަކަށް ވިއްކާލި އިރު އެއީ ރަހުނެއްނަމަ އެ ރަހުނަށ ވީގޮތެއް ސާފުވާންޖެހޭކަމުގައި ދެކެމެވެ.
79"ޗާންދަނީ މަގު 14 ނަންބަރު ފިހާރަ" ނީލަންކިޔައި ވިއްކާލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙަސަން ޙަލީމްގެ މައްޗަށް ސާބިތުވި ދަރަންޏަކާ ގުޅިގެންނެވެ. އެއީ 1989 ވަނަ އަހަރުން ފެށިގެން ސިންގަޕ ރުގެ ކުންފުންޏެއް ކަމަށްވާ ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ދެމެދު ކުރަމުންދިޔަ ވިޔަފާރިއާ ގުޅިގެން ޙަސަން ޙަލީމްގެ އަތުން ލިބެންޖެހޭކަމަށް އެ ކުންފުނިން ބުނާ ފައިސާއެކެވެ. އެގޮތުން އެ ކުންފުންޏަށް 329,339.40 (ތިންލައްކަ ނަވާވީސްހާސް ތިންސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ހަތަރެއް ސުމެއ) ސިންގަޕޯރ ޑޮލަރު ޙަސަނު ޙަލީމް ދައްކަންޖެހޭކަމަށް 28 އޭޕްރީލް 2009 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާގައ ޙުކުމްކޮށްފައިވެއެވެ.
80ތެދެކެވެ. ޙަސަން ޙަލީމް ވިޔަފާރި ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ނަގާފައިވާ -8,500,000/ރ. (އަށްމިލިއަން ފަސްލައްކަ ރުފިޔާ)ގެ ލޯނަކަށް "ޗާންދަނީ މަގު 14 ނަންބަރު ފިހާރަ އާއި، އެ ފިހާރއަގައިވާ އެހެނިހެން އެސެޓް" މަދަނީ ކޯޓުގައި 01 އޮކްޓޫބަރު 2003 ގައި ރަޖިސްޓަރީ ކުރެވުނު އެއްބަސްވުމަކުން (ނަންބަރު 262-MC/C އެއްބަސްވުން) ރަހުނު ކުރެވުނެވެ. ނަމަވެސް ދައުލަތުންވެސް ނުވަތަ ޙަސަން ޙަލީމް ވެސް އެ ރަހުނު، ރަހުނުގެ ދަފްތަރުގައި ރެކޯޑްކޮށްފައި ވާކަން އެނގޭކަށް ނެތެވެ.
81ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން ޙަސަން ޙަލީމް ދައުލަތަށް އަނބުރާ ދައްކަންޖެހޭ ލޯނުގެ ފައިސާ ރީޝެޑިއުލްކޮށް 22 ނޮވެންބަރު 2017 ގައި ދައުލަތާ ޙަސަން ޙަލީމްއާއެކު އެއްބަސްވުމެއް ވެފައި ވެއެވެ. ނަމަވެސް އެ އެއްބަސްވުމުގައި ރަހުނެއްގެ ވާހަކަ ބަޔާންކޮށްފައި ނުވެއެވެ. އަދި ދައުލަތުން އެ ލޯނުގެ ފައިސާ އަނބުރާ ހޯދުމަށް ޙަސަން ޙަލީމްގެ މައްޗަށް މަދަނީ ކޯޓުގައި ކުޅަ ދައުވާގައިވެސް (ޤަޟއްޔި ނަންބަރު 1691/MC/2007) ރަހުނުގެ ވާހަކަ ބަޔާންކޮށްފައި ނުވެއެވެ.
82މި މައްސަލައިގައި ރަހުނުކޮށްފައިވާކަމަށ ބުން މުދާ (ޗާނދަނީ މަގް 14 ނަންބަރު ފިހާރަ) އަކީ ދައުލަތަށް ރަހުނުކުރެވިފައިވާ މުދަލެއްކަމަށް ބެލެވެން ނެތްކަމަށް ދަށުކޯޓުން ބަޔާންކޮށްފައިވަނީ ޙަސަން ޙަލީމއާ ދެކޮޅަށް ދައުލަތުން ދައުވާކުރި މައްސަލައިގައި ރަހުނެއް އޮތްކަމުގެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނެތުމާއި، ދަރަނި އަނބުރާ ދެއްކުމަށް ފަހުން އެކުލަވާލި އެއްބަސްވުމުގައި ރަހުނުގެ ވާހަކަ ހިމަނާފައި ނެތުމާއި،ރަހުނުގެ ރަޖިސްޓަރީގައި އެ މުދާ ހިމަނާފައި ނެތުމުންނެވެ.
83މި މައްސަލައިގައި ޙަސަން ޙަލީމް އާއި ދައުލަތުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ތަންފީޒުކުރެވޭ ދިރިދިރި އޮތް ރަހުނެއްގެ ގޮތުގައި "ޗާންދަނީ މަގު 14 ނަންބަރު ފިހާރަ" އޮތްކަމުގައި ޤާނޫނީގޮތުން އަދި މަންޠިޤީ ގޮތުންވެސް ބަލެވޭކަށް ނެތެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟި އްޔާގައި ހަރންގް ތުޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް އަށް ޙަސަން ޙަލީމް ދައްކަންޖެހުނު ދަރަންޏާ ގުޅިގެން އެ ޤަޟިއްޔާ ތަންފީޒުކުރުމުގެ ގޮތުން ސިވިލް ކޯޓނު ބެލި ތަންފީޒީ މައްސަލަ ނަންބަރު C/2016-Cv/1713 ޤަޟިއްޔާ ހިންގާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސ ލާ ޚިލާފަށް ކަމަށް ޙަސަން ޙަލީމް އަށް އަދި ދައުލަތަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި ސާބިތުކޮށް ދެވިފައިވާކަމުގައި ބެލެވޭކަށް ނެތެވެ. އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް އޮތްކަމުގައި ނުދެކެމެވެ. އަދި މި މައްސަލައިގެ ރިޔާސަތު ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދުކުރުމވެ.
84އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
85މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ":,,,: , , o,- ,. 2020/ HC -A/227, 2021/HC-A/56 ,JO.S ..r,,;,, .s".-?,,,,.:.,_, 31 / .,, ':,:, :, :, ~ :, 0 .,,, / ~:, _,,ox:,~.,, 0/ 0 :, 0 ✓ J .:,....- "".,1 r.,,,.JO ,........,.,,, ' .:,r .Pr.,,,.,1 .r ""/.? ✓• .rr r.:,-.-, .:,, A' ,rA.,, .,, .,, .,, .,, 9 t. t.. ~ ~:,:, ~.,,, :, (? ..P.:,,......I" ..... y / .P /. e.,1.....-.,, A' + 10 ''' ~ ".,,,:, 0/ ~ :, 0 o , ox~ o.,, CJ • .)'A./"_r.,>-/,r/ ./'_,l./"A.J",-......,A ,-......,.)',rY_/"oP ./'E.,1._,,L .,, .,, .,, .,, .,, ' :, (? JEY .,,,.,,,.,, .,,, O_,,,/Ot. Qt..; t.~:,:, ~ o:,:, t.~O ,,,; 'A.,>-At../"Y ,r_:,Y.JO./" .A./".J" _/"_,,LY/.J"?oP _:,Y/. J_n;1,..:...,_s 1713/Cv-C/2016 .,, .,, .,, OOt. U> 00 .,, 6:,o_,,, :>~> 0 0:, ~ 0 ,o,~ .,, ' .,,,:,(':).,,, J./" ✓ fl.JO J,/"_,,L/ .J',r.A_,,L _,l./"A.J",-......,.A ' r.s_,1.JOAA Jr....-.n t. r .,1 / °" .,,, J E "".,,, ✓ .,, .,, .,, .,, .,,, .,, .,,, .,,,. t. t. ox O :> :> / :, ~ :> _,,,, •.)' .:,_,I .r Y .:, Y /. A J _,,L,..:..., ✓ _,,LA.,;, J' t.E.:,/"'
6 .,,,,, .,, .,,, .,, .,, > o>> ,., .-.o ., :....- V .,?VJ( A.J"• ftA,..:..., :J .? ff/> .,,, ,,,,, ,,,, ,::> :, .,,, ~.,,, :, ~ .,,, :, ,, 0 .,,, :, :,~ ,,, .-:1.,1 ,-QJ r,........,✓• ....-.n t.r.,1 ,r (!.:, ./" A ,-......,/. _,,L fl t. /"_,I + .,, 6 .,,, ,,,,,. c.?o+ (. ,., +, , ,,,. 0., > >> + ( >,,? .,,,,, ..,,,.,.,,,., 8 (...-) J/A..7 /'".J' 284 J ' /'"/'" :I J.JOA;ite,: ~;.-;) 32/2021 .r-.r-:J c. + o? / / C. ,., ? , , ,,,. 0., > >> + (, >>? 9 (....) J_,,,:J.A.7 /'".,, 284 J ' .r-.r-:J .S.,OA, e,: ~;.-;) 32/2021 --"'.,.,,.,,.,,.., /'".r-:J c. + o? / / ( , ,, f.' C. > ,;? > , ,,,. 0 ., , ,, ? ' .,.,_,,..,_,,.., rr:i 10 (.r-) JrA,.;:, /'".J' 284 J /'"/'"J .s_,o.,,,,,e,: ~;.-;) 32/2021 o(;)e.o+c. c.~o, ,,,,.,. o(P_,, c:uo+ c. www-highcourt-gov-mv :;-: ;:_,,:; info@highcourt-gov-mv
- ބިމާއި އިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާ
- ދައުލަތުގެ ދަރަންޏާބެހޭ ޤާނޫނު (ފުޓްނޯޓުގައި 'ޤާނޫނު ނަންބަރު 2024-29') ގެ 44 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 9/93 (ރަހުނާބެހޭ ޤާނޫނު) ގެ 7 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި ހަވާލާދީފައި)
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ
- ރިޔާސަތު
- ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޙުސައިން މަޒީދު