ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/295
ގްލޯބަލް ފޭމް ކޯ ލިމިޓެޑް ވ. ޙަސަން ރަމީޒް، 2019/HC-A/295
Global Feym Koa Limited v. Hassan Rameez 2019/HC-A/295 (2019/HC-A/295, High Court of the Maldives, 2 November 2021)
ގްލޯބަލް ފޭމް ކޯ ލިމިޓެޑް ވ. ޙަސަން ރަމީޒް
މައިގަނޑު ސުވާލު
އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުން ވިއްކި އުޅަނދުތަކުގެ ބާކީ އަގު ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމިއިރު، ގަތް ފަރާތުން އީމެއިލަކުން ދައްކަން އެއްބަސްވި ޢަދަދަކީ ނަގައިދެވެންޖެހޭ ފައިސާއެއްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ދައްކަންޖެހޭ ފައިސާއަކީ 40,000 ޑޮލަރުކަމަށް ކަނޑައަޅައި ދަށުކޯޓުގެ ޙުކުމް ބަދަލުކުރި)
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާގެ ބާވަތާއި ދާއިރާ ކަނޑައެޅެނީ ދަޢުވާ ފޯމުގެ ސީޣާއަށް ބަލައިގެންނެވެ؛ ފޮނުވި މުދަލަށް ދައްކަންޖެހި ނުދައްކާވާ ފައިސާ ހޯދުމަށް ކުރާ ދަޢުވާއަކީ ހަމައެކަނި 'މުދަލުގެ އަގު ހޯދުމުގެ' ދަޢުވާއެއް ކަމަށް ހަނިކޮށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10، 21)
- ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތުންނެވެ؛ ދިފާޢުގައި ބުނާ ބުނުމެއް ސާބިތުކުރަން ޖެހެނީ އެ ދަފްޢު ކުރިމަތިކުރާ ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ވިޔަފާރީގެ ޢަޤްދެއްގައި ވިއްކާ ފަރާތުން މުދާ ފޯރުކޮށްދިނުމުން، މުދާ ލިބޭ ފަރާތުގެ ޒިންމާއަކީ އެއްބަސްވެވުނު ގޮތަށް މުދަލުގެ އަގު އަދާކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- މުދާ ލިބުނުކަމަށް އެއްބަސްވާ ފަރާތުން އެ މުޢާމަލާތުގައި ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކިކަމަށް ބުނުމަކީ އެ ފަރާތުން ސާބިތުކޮށްދޭން ޖެހޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ދަޢުވާ ލިބޭ ފަރާތުގެ އަމިއްލަ އިޢުތިރާފުން (ފޮނުވިކަން އިންކާރުނުކުރާ އީމެއިލަކުން) ދައްކަންޖެހޭކަމަށް އެއްބަސްވި ޢަދަދެއް ދެއްކިކަން ސާބިތުނުވާނަމަ، އެ ޢަދަދަކީ މުޢާމަލާތުގައި ދައްކަންޖެހި ނުދައްކާވާކަން ސާބިތުވާ ފައިސާއެއް ކަމަށް ބަލަން ޖެހެއެވެ؛ މުޅި ދަޢުވާ ކުރި ޢަދަދު ސާބިތުނުވިޔަސް، އެ މިންވަރު ނަގައިދޭން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-22)
1ދަފްތަރު ނަންބަރު 7079/ މާލެ ޙަސަން ރަމީޒު (ދ.ރ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އޮޓޯ ސްޓަރ ޓްރޭޑިންގ އަށް ގްލޯބަލް ފޭމް ކޯ ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 018032-01-0600) އިން ފޮނުވި 17 އުޅަނދަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 00193,$ (ނުވަދިހަ ތިންހާސް އެއްސަތޭކަ ޔޫ. އެސް ޑޮލަރު) ޙަސަން ރަމީޒު ދައްކާފައިނެތްކަމަށ ބުން މި ޢަދަދުގެ ފައިސާ، ޙަސަން ރަމީޒުގެ އަތުން އެކީ އެއްފަހަރާ ހޯދުމަށް އެދި އޭނާގެ މައްޗަށް ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ބުނެވުނު މައްސަލަ ބަލާފައިވަނީ އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 1656/Cv-C/2018 ޤަޟިއްޔާއިންނެވެ.
2މިއީ، ސިވިލް ކޯޓުގެ ނަންބަރު 1656/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ގްލޯބަލް ފޭމް ކޯ ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 018032-01-0600) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 7079/ މާލެ ޙަސަން ރަމީޒު (ދ.ރ އެވެ. ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް:
3ސިވިލް ކޯޓުގެ ނަންބަރު 1656/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ދަޢުވާގައި ހޯދުމަށް އެދިފައިވާ USD93,100 (ނުވަދިހަ ތިންހާސް އެއްސަތޭކަ ޔޫއެސް ޑޮލަރު) އަކީ ޙަސަން ރަމީޒު ގްލޯބަލް ފޭމް ކޯ ލިމިޓެޑް އަށް ދައްކަންޖެހޭ ފައިސާއެއްކަން ގްލޯބަލް ފޭމް ކޯ ލިމިޓެޑް އަށް ސާބިތުކޮށްދެވިފައިނުވާތީ، ބުނެވިދިޔަ USD93,100 (ނުވަދިހަ ތިންހާސް އެއްސަތޭކަ ޔޫއެސް ޑޮލަރު) ގްލޯބަލް ފޭމް ކޯ ލިމިޓެޑް އަށް ދެއްކުމަށް ޙަސަން ރަމީޒަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.
4ސިވިލް ކޯޓުން ބުނެވުނު ނިންމުމަށް ވާޞިލުވެފައި ވަނީ އަންނަނިވި ސަބަބުތައް ފާހަގަކުރުމަށްފަހުއެވެ. އެގޮތުން ސިވިލް ކޯޓުން ފާހަގަކޮށްފައިވާ ސަބަބުތަކަކީ، ދަޢުވާ ސާބިތުކުރުމަކީ ދަޢުވާ ކުރާ ފަރާތުގެ ޙައިސިއްޔަތުން ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ކުރަންޖެހޭ ކަމެއްކަމުގައިވާ ވުމާއި، ދަޢުވާ ސާބިތުކުރުމަށް ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ޝަރީޢަތަށް ހުށަހަޅާފައިވާ އިންވޮއިސްތަކުގައިވާ ފައިސާގެ ޢަދަދުތަކާއި 07 ފެބުރުއަރީ 0182 ގައި ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ޙަސަން ރަމޒަށީ ފޮނުވާފައިވާ އީމެއިލްގައިވާ ސްޓޭޓްމަންޓުގައި ބުނެފައިވާ އަގުތަކާއަ ދިމާނުވާކަނ އެނގެން އޮތުމާއި، އުޅަނދުތައް ޙަސަން ރަމީޒަށް ވިއްކި އަގު ގްލޯބަލް ފޭމް ކޯ ލިމިޓެޑަށް ސާބިތުކޮށްދެވިފައިނެތުމާއި، ޙަސަން ރ މީޒުގެ ފަރާތުން ގްލޯބަލް ފޭމް ކޯ ލިމިޓެޑަށް ފައިސާ ދެއްކިކަން ޝަރީޢަތަށް ހުށަހެޅި ސްޓޭޓްމަންޓްތަކުން އެނގެން އޮތްއިރު އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ އަގަށްވުރެ އިތުރަށް މުޢާމަލާތާއި ގުޅިގެން ފައިސާ ދައްކާފައިވާކަން އެނގެން އޮތުމާއި، އަގުގެ ތެރެއިން ބާކީ ޙަސަން ރަމީޒުގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ މިންވަރަކީ ކޮބައިކަން އެނގެން ނ ތުމެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާ:
5ސިވިލް ކޯޓުގެ ނަންބަރު 1656/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ގްލޯބަލް ފޭމް ކޯ ލިމިޓެޑގް ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ:
5.1. ވެހިކަލްތަކާ ގުޅޭގޮތުން ޙަސަން ރަމީޒުގެ ފަރާތުން ފޮނުވާފައިވާ ބައެއް އީމެއިލްތައް ޝަރީޢަތަށް ހުށަހެޅިފައިވާއިރު އަދި އެ އީމެއިލްތަކަށ ޝަރީޢަތުން ރިޢާޔަތްކުރެއްވި ނަމަވެސް އެ އީމެއިލްތަކުގައި އަގު އެއްކޮށް ދައްކާ ނިންމާފައިނުވާކަމާއި އަގުން ބާކީ ފައިސާ ނުދައްކައިވާކަމަށް ޙަސަން ރަމީޒުގެ ފަރާތުން ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު އަދި އެކަމަށް ޙަސަން ރަމީޒުގެ ފަރާތުން އިންކާރު ކޮށްފައިނުވާއިރު އެ ކަންކަން ހުށަހެޅުނު ހެއްކާ ޤަރީނާތަކުން ފެންނަން އޮތްނަމަވެސް ސިވިލް ކޯޓުން އެކަންކަމަށް ރިޢާޔަތް ކުރައްވާފައިނެތުމުނ ހުށަހެޅުން ހެއްކާ ޤަރީނާތައް އެންމެ ރަނގޅަށަ ވަޒަން ކުރެވިފައިނުވާކަމަށާއި އަދި އެގޮތުން ވެހިކަލްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބައެއްނުލިބި ގްލޯބަލް ފޭމް ކޯ ލިމިޓެޑްގެ ޙައްޤުތައް ގެއްލިފައިވް ކަމަށްބުނާ ހުށަހެޅި ނުކުތާއެވެ.
6ބުނެވުނު ނުކުތާގެ ތަފްސީލުގައި ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ، ގްލޯބަލް ފޭމް ކޯ ލިމިޓޑަށެ ޙަސަން ރަމީޒު، 01 ފެބުރުއަރީ 2018 ގައި ފޮނުވާފައިވާ އީމެއިލް އެއްގައި، ވެހިކަލްތައް މަރާމާތުކުރަން ދިޔަ ޚަރަދު އުނިކުރުމަށްފަހު ޙަސަން ރަމީޒުގެ ފަރތުނ ގްލޯބަލް ފޭމް ކ ލިމިޓެޑަށް 40,000$ (ސާޅީސްހާސް ޔޫއެސް ޑޮލަރު) ދައްކަން އެއްބަސްވާކަމަށް ޙަސަން ރަމީޒު ބުނެ އެފައިސާ ދައްކާނެ ގޮތުގެ ތާވަލެއް ފޮނުވާފައިވާކަމަށާއި، މިއީ ވެހިކަލުގެ މުޢާމަލާތާއި ގުޅިގެން ދައްކަންޖެހި ނުދައްކާވާކަމަށ ޙަސަން ރަމީޒުގެ ފަރާތުން ޤަބޫލުކުރާ ފައިސާގެ ޢަދަދެއް ކަމުގައިވާއިރު ނުދައްކާ ބާކީވާ މިންވަރުގ ފައިސާގެ ޢަދަދަކީ ކޮބައިކަނީއެނގެނ ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ބުނެވުނު ލިޔުމުގައި ހިމެނޭ ކަންކަމުގެ މައްޗަށް ރިޢާޔަތް ކޮށްގެން ނޫންކަމަށެވެ. މިހެންކަމުން ޙަސަންރަމީޒުގ ފަރާތުނ ދައްކަންޖެހޭކަމަށް އެއްބަސްވެ އެހާތަނަށްވެސް ދެއްކިފައި ނުވާކަމަށިއޭނާގެ ފަރާތުން ފޮނުވާފައިވާ އީމެއިލްގައަ ބުނެފައިވާ ފައިސާގެ އެ މިންވަރަކީ، ގްލޯބަލް ފޭމް ކޯ ލިމިޓެޑަށް ލިބެންޖެހޭ ފައިސާގެ ޢަދަދެއްކމަށެވެ.
7ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ރައްދުގައި، ޙަސަން ރަމީޒު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ، ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ، މި ދެފަރާތުގެ ދެމެދުގައި ކުރެވުނު ވެހިކަލުތަކުގެ މުޢާމަލާތާއި ގުޅިގެން ވެހިކަލުތަކުގެ އަގު ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމަށާއި، ވެހިކަލްތަކާއ ގުޅިގެނި ކުރެވުން މުޢާމަލާތާއި ގުޅިގެން ލިބެންޖެހޭ ފައިސާ ހޯދުމަށް ކޮށްފައިވާ ދަޢުވާއެއް ނޫންކަމަށާއި 01 ފެބުރުއަރީ 2018 މި ތާރީޚުގައި ޙަސަން ރަމީޒުގެ ފަރާތުން ގްލޯބަލް ފޭމް ކޯ ލިމިޓެޑަށް ފޮނުވާފައިވާ އީމެއިލްގައި ހިމެނޭ ފައިސާގެ ޢަދަދަކީ، ވެހިކަލްތައް ވިއްކައި ޚަރަދު ކެނޑުމަށްފަހު ދައްކަންޖެހޭ ފައިސާ ދެއްކުމާއި ގުޅޭ ގޮތުން ޙަސަން ރަމީޒު ފޮނުވާފައިވާ އީ މެއިލެއްކަމަށާއ އެއި ވެހިކަލުތަކުގެ އަގުތައް ބަޔާންކޮށް ފޮނުވި އީމެއިލެއް ނޫންކަމަށާއި، ސިވިލް ކޯޓުން މި މައްސަލައިގެ ހެކި ވަޒަންކޮށްފައިވަނީ ދަޢުވާގެ މައުޟޫޢު ކަމުގައިވާ "ވެހިކަލްތަކުގެ އަގު ހޯދުން" މި މައުޟޫޢުއަށް ރިޢާޔަތްކޮށްގެންކަމަށާއި، ސިވިލް ކޯޓުން ހެކި ވަޒަންކޮށްފައިވާ ގޮތުން ގްލޯބަލް ފޭމް ކޯ ލިމިޓެޑަށް ވެހިކަލްތަކާއ ގުޅިގެނި ލިބެންޖެހޭ ފައިސާތަކެއް ލިބިފައިނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަކީ، ޤާނޫނީ ބުރަދަނެއް ހުރި ނުކުތާއެއް ނޫންކަމަށެވެ.
8ގްލޯބަލް ފޭމް ކޯ ލިމިޓެޑާއި ޙަސަން ރަމީޒު އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޙަސަން ރަމީޒުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އޮޓޯ ސްޓަރ ޓްރޭޑިންގ އަށް ރާއްޖެއިން ބޭރުން ވެހިކަލްތަކެއް، އެކު ޖުމްލަ 17 ވެހިކަލް ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ފޮނުވިކަމީ މި ދެފަރާތުގެ ދެމެދުގައި އޮތް ޚިލާފެއް ނޫނެވެ.
9ބުނެވުނު މުޢާމަލާތް ކުރެވިފައިވަނީ، ޙަސަން ރަމީޒާއި ގްލޯބަލް ފޭމް ކޯ ލިމިޓެޑާއި ދެމެދު މި ދެފަރާތުގެ ދެމެދު އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުންކަމަށް މި ދެފަރާތުންމެ ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ. މި މުޢާމާލާތް ހިނގާނެ ގޮތެއް، މުޢާމަލާތުގެ ދަށުން ފޮނުވާ ވެހިކަލު ތަކުގެ އަގުތަކެއް، އަދި އަގު އަދާކުރާނެގޮތްފަދަ ގޮތްތަކެއް ބަޔާންކުރާ މި ދެފަރާތުގެ ދެމެދުގައި ލިޔުމުން ވެފައިވާ ވަކި ޚާއްޞަ އެއްބަސްވުމެއްގެ ގޮތުގައި އޮތް އެއްބަސްވުމެއް ފެންނާކަށްނެތެވެ.
10ޕްރިސިޑެންސް 1ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމަށް ބަލާއިރު، ދަޢުވާގެ ސީޣާގައި އޮތް ޢިބާރާތަކީ " މިއީ ދަޢުވާ ލިބޭ ޙަސަން ރަމީޒު ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އޮޓޯ ސްޓަރ ޓްރޭޑިންގ އަށް ދަޢުވާކުރާ ފަރާތުން ފޮނުވި ވެހިކަލްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދައްކާވާ ފައިސާ ދަޢުވާލިބޭ ފަރާތުގެ ކިބައިން އެކީ އެއްފަހަރާ ލިބިގަތުމަށް އެދި ދަޢުވާކުރާފަރާތުން ހުށަހަޅާ ދަޢުވާއެކެވެ." މިހެންކަމުން މިއީ ޙަސަން ރމީޒަގެ ފަރާތުން ބުނާފަދައިން ހަމައެކަނި "ވެހިކަލް ތަކުގެ އަގު ހޯދުން" މިފދައިނ ބުން ހުށަހަޅާފައިވަ ދަޢުވާއެއް ނޫންކަމާއި ގްލޯބަލް ފޭމް ކޯ ލިމިޓެޑުން މި ދަޢުވާގައި ހޯދުމަށް އެދުނީ، ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ޙަސަން ރަމީޒަށް ފޮނުވި ވެހިކަލްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އެހާތަނަށް ޙަސަން ރަމީޒު ގެ ފަރާތުން ނުދައްކާވާ ކަމަށް ބުނާ ފައިސާކަން އެނގެން އޮތްކަމެވެ.
11ޙަސަން ރަމީޒު އާއި ގްލޯބަލް ފޭމް ކޯ ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، މި ދެފަރާތުގެ ދެމެދުގައި އޮތް ޚިލާފެއްގ ގޮތުގައެ ފެންނަންއޮތީ، ވެހިކަލްތަކުގެ އަގާއި ގުޅޭ ގޮތުން އުފެދިފައިވާ ޚިލާފާއި، އަގު އަދާކުރިކަމުގެ މައްޗަށް މި ދެފަރާތުގެ ދމެދުގައ އޮތި ޚިލާފާއެ، ވހިކަލްތަކުގެ އަގެ ޙަސަން ރަމީޒު އަދާކުރަންޖެހޭނީ ވެހިކަލް ވިއްކައިގެން ލިބޭ ފައިސާއިން ޚަރަދު ކެނޑުމަށްފަހު ފައިދާ ބަހާ އުސޫލުންކަނ ނުވަތް ނޫންކަމާއި މެދުގައި އޮތް ޚިލާފުކަން އެނގެއެވެ.
12ޕްރިސިޑެންސް 2ހުށަހެޅޭ ދަޢުވާއެއްގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ދަޢުވާ ކުރާ ފަރާތަކުންނެވެ. ދިފާޢުގައި ބުނާ ބުނުން ސާބިތުކުރަން ޖެހެނީ އެ ދަފްޢުއެއް ކުރިމަތި ކުރާ ފަރާތެކެވެ. މި މައްސަލައިގައި ގްލޯބަލް ފޭމް ކޯ ލިމިޓެޑުގެ ދަޢުވާގައި ބުނާ ވެހިކަލް ތަކަކީ ޙަސަން ރަމީޒުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އޮޓޯ ސްޓަރ ޓްރޭޑިންގ އަށް ފޯރުކޮށްދެވިފައިވާ އުޅަނދުތަކެއކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި މައްސަލައިގައި ދެފަރާތުންމެ އެކަމާމެދު ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެއެވެ.
13ޕްރިސިޑެންސް 3ވިޔަފާރީގެ ޢަޤްދެއްގައި މުދާ ވިއްކާ ފަރާތުން މުދަލެއް ފޯރުކޮށްދިނުމުން އެ މުދާ ލިބޭ ފަރާތުގެ ޒިންމާއަކީ އެއްބަސްވެވުނު ގޮތަށް މުދަލުގެ އަގު އަދާކުރުމެވެ. މި މައްސަލައިގައި ޙަސަން ރަމީޒުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ފޮނުވާފައިވާ ކޮމާޝަލް އިންވޮއިސްތަކުގައިވާ ފައިސާ ދައްކޮ ޚަލާޞް ކޮށްފައިވާނެކަމަށާއި، ކޮމާޝަލް އިންވޮއިސްތަކުގެ ބޭރުން މުދަލުގެ އަގުކަމުގައި ބުނެ ހުށަހަޅާފައިވާ ސްޓޭޓްމަންޓްގެ އަގުތަކަކީ ގްލޯބަލް ފޭމް ކޯ ލިމިޓެޑުން އަމިއްލައަށް އުފައްދައިގެން އުޅޭ އަގުތަކެއް ކަމަށެވެ.
14ހުށަހެޅިފައިވާ ލިޔުންތަކާއި ދެ ފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، ދަޢުވާ ސާބިތުކުރުމަށް ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ހުށަހެޅި ލިޔުންތަކުން ވެހިކަލްތަކުގެ އަގު އެނގެން ނެތްކަމަށާއި ދެފަރާތުގި މެދްގައި އެއްބަސްވެފައިވާ އަގަކީ ކޮބައިކަން އެނގެން ނެތްކަމަށާއި އަދ އަގުންބާކީ ނުދައްކާ މިންވަރެއވެސ އެނގެން ނެތްކަމަށެވެ.
15ސިވިލް ކޯޓުން މި މައްސަލައިގައި ނިންމާފައިވާ ނިންމުމާމެދު ގްލޯބަލް ފޭމް ކޯ ލިމިޓެޑުގެ ފަރާތުން ހުށަހަޅާ މައިގަނޑު އިޢުތިރާޟަކީ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ އަގުން ބާކީ ނުދައްކާ މިންވަރު އެނގެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައި އޮތްއޮތުމެވެ. ގްލޯބަލް ފޭމް ކޯ ލިމިޓެޑުގެ ފަރާތުން މި ކޯޓުގައި ބުނެފައިވަނީ، މި މުޢާމަލާތާއި ގުޅިގެން 01 ފެބުރުއަރީ 2018 ތާރީޚުގައި ޙަސަން ރ މީޒުގެ ފަރާތުން ގްލޯބަލް ފޭމް ކޯ ލިމިޓެޑަށް ފޮނުވާފައިވާ އީމެއިލްއެއްގައި ވެހިކލްތަކާއ ގުޅިގެނި ޙަސަން ރަމީޒަގެ ފަރާތުން އެހާތަނަށް ދައްކަންޖެހޭ ފައިސާކަމަށް ޙަސަން ރަމީޒު އެއްބަސްވެފައިވާ ފައިސާގެ ޢަދަދާއި އެ ފައިސާ ދައްކަން ޙަ ސަނަ ރަމީޒު ޤަސްދުކުރާގޮތް ބުނެފައިވާއިރު، އެންމެ ކުޑަމިނުން ޙަސަން ރަމީޒު އެއްބަސްވެފައިވާ ފައިސާގެ އެ ޢަދަދަކީ ނަގައިދެވެން ޖެހޭނެ ފައިސާއެއް ކަމަށް ބަލަންޖެހޭކަމަށެވެ.
16ބުނެވުނު ނުކުތާތައް ފާހަގަކުރުމަށްފަހު، ގްލޯބަލް ފޭމް ކޯ ލިމިޓެޑުގެ ފަރާތުން މި ކޯޓުގައި އެދިފައިވަނީ، ޙަސަން ރަމީޒު ގެ ފަރާތުން 01 ފެބުރުއަރީ 2018 ގައި ފޮނުވާފައިވާ އީމެއިލްގައި ބުނާ ޢަދަދުގެ ފައިސާ އަކީ ޙަސަން ރަމީޒުގެ ފަރާތުން ގްލޯބަލް ފޭމް ކޯ ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެނެސްދިނުމަށެވެ.
17މިހެންކަމުން މި މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއަކީ، ޙަސަން ރަމީޒުގެ ފަރާތުން 01 ފެބުރުއަރީ 2018 މި ތާރީޚުގައި ގްލޯބަލް ފޭމް ކޯ ލިމިޓެޑަށް ފޮނުވާފައިވާ އީމެއިލްގައި ހިމެނޭ ފައިސާގެ ޢަދަދަކީ، މި ދެފަރާތުގެ ދެމެދުގައި ވެފައިވާ މުޢާމަލާތުގެ ތެރެއިން ނަގައިދެވެންޖެހޭ ފައިސާއެއް ތޯ އާއި އެ ލިޔުމުގެ މައްޗަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭކަނ ނުވަތް ނޫންކަމެވެ. 01 ފބުރުއަރެ 2018 ގައި ޙަސަން ރަމީޒުގެ ފަރާތުން ފޮނުވާފައިވާ އީމެއިލް
18ޕްރިސިޑެންސް 501 ފެބުރުއަރީ 2018 މި ތާރީޚުގައި، ޙަސަން ރަމީޒުގެ ފަރާތުން ގްލޯބަލް ފޭމް ކޯ ލިމިޓެޑަށް ފޮނުވާފައިވާ މި އީމެއިލްއަކީ، ދަޢުވާ ސާބިތުކުރުމަށް ގްލޯބަލް ފޭމް ކޯ ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ އަދި މި ލިޔުމުގެ މައްޗަށް ރިޢާޔަތްކޮށްދިނުމަށް އެ ކޯޓުގައި ގްލޯބަލް ފޭމް ކޯ ލިމިޓެޑުން އެދިފައިވާ ލިޔުމެކެވެ. މި އީމެއިލް ފޮނުވިކަމާމެދ ޙަސަނު ރަމީޒު އިންކާރު ކޮށްފައެއްނުވެއެވެ.
19މި މައްސަލައިގައި ޙަސަން ރަމީޒު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ގްލޯބަލް ފޭމް ކޯ ލިމިޓެޑާއި އެކު ޙަސަން ރަމީޒު ކޮށްފައިވާ، މި މައްސަލައިގައި ޙަވާލާދެވޭ ވެހިކަލްގެ މުޢާމަލާތއާ ގުޅިގެނި ޙަސަން ރަމީޒު ގްލޯބަލް ފޭމް ކޯ ލިމިޓެޑުގެ ފަރާތުން މަރްޔަމް އަމާނީ ޒާހިރު 05 ސެޕްޓެމްބަރ 2018 ގައި ސިވިލް ކޯޓަށް ދީފައިވާ ބަޔާން. ދައްކަންޖެހޭކަމަށް އަމިއްލަ އަށް އިޢުތިރާފވެފައިވ 40,000$ (ސާޅީސްހާސް ޔޫއެސް ޑޮލަރު) އަކީ، ދައްކައި ޚަލާސްކޮށްފައިވާ ފައިސާއެއްކަން އަދި އެ ފައިސާ ދެއްކި ގޮތެއް ޙަސަން ރަމީޒަށ ސިވިލް ކޯޓުގައިވެސް އދ މި ކޯޓުގައިވެސް ބުނެދެވިފައެއް ނުވެއެވެ. އެ އީ މެއިލްއ ގުޅިގެނާ ޙަސަން ރަމީޒު މި ކޯޓުގައި ބުނެފައިވަނީ، އެ ފައސި އަކާ ވެހިކަލްތަކުގ އަގުގެ ތެރޭގައި ހިމެނޭ ފައިސާއެއް ނޫންކަމަށާއި ގްލޯބަލް ފޭމް ކޯ ލިމިޓެޑުގެ ދަޢުވާއަކީ، ވެހިކަލްގެ އަގު ހޯދުމަށް ހަމަ އެކަނި އެ ސީޣާގައި ކޮށްފައިވާ ދަޢުވާއަކަށްވާތީ، ޙަސަން ރަމީޒު އެއްބަސްވެފައިވާ ފައިސާގެ ޢަދަދު ސިވިލް ކޯޓުގެ ނިންމުމުގައި ހިމަނާފައިނެތ ސަބަބް ރަނގަޅު ނޫންކަމަށް ބެލެވެންނެތްކަމަށެވެ.
20ޕްރިސިޑެންސް 4ޙަސަން ރަމީޒަށް ގްލޯބަލް ފޭމް ކޯ ލިމިޓެޑުން ވެހިކަލްތަކެއ ލިބިފައިވާކަމަށް އެއްބަސްވާހިނދު އެ މުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކިކަމަށް ޙަސަން ރަމީޒުގެ ފަރާތުން ބުނާ ބޭނުން ހިމެނޭނީ ޙަސަނު ރަމީޒުގެ ފަރާތުން ސާބިތު ކޮށްދޭންޖެހޭނެ ކމެއްގެގޮތުގައެވެ. ޙަސަން ރަމީޒަ ބުނަނީ، ވެހިކަލްތަކުގެ އަގު ދައްކާ ޚަލާސްކޮށްފައިވާކަމަށާއި އަގުގެ ތެރެއިން ނުދެއްކި އެއްވެސް މިންވަރެއް ނޯންނާނެކަމަށާއި، ވެހިކަލްތަކުގެ އަގެއް އަދި ބާކީ ދައްކަންޖެހޭ ފައިސާގެ ޢަދަދެއް އެނގެން ނެތްކަމަށެވެ.
21ގްލޯބަލް ފޭމް ކޯ ލިމިޓެޑުގެ ދަޢުވާއަކީ، ހަމައެކަނި ވެހިކަލްތަކުގެ އަގު ހޯދުމުގެ މައްޗަށް ހަމައެކަނި އެ ސީޣާގައި ކުރި ދަޢުވާއެއް ނޫންކަން ކުރިންވެސް ފާހަގަ ކުރިގޮތަށް މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ސީޣާއަށް ބެލުމުން އެނގެއެވެ. މިހެންކަމުން މި ދެފަރާތުގެ ދެމެދުގައި ވެވުނު ވެހިކަލްތަކުގެ މުޢާމަލާތއާ ގުޅިގެން ޙަސަން ރަމީޒގު އަމިއްލަ އިޢުތިރާފުން އެ ފައިސާއެއް ދައްކަންޖެހޭކަމަށް އެއްބަސްވެފައިވާ ޢަދަދުގެ ފައިސަ އެއީ ޙަސަން ރަމީޒު އެއްބަސްވިގޮތަށް ދެއްކި ފައިސާކަން ސާބިތުވާން ނެތްނެތުމުގެ ނަތީޖާ އަކަށްވާނީ، ޙަސަން ރަމީޒުއެއްބަސްވި ޢަދަދުގެ ފައިސާ އެއީ ވެހިކަލްގެ މުޢާމަލާތުގައި ދައްކަންޖެހި ނުދައްކާވާކަން ސާބިތުވާ ފައިސާގެ ޢަދަދުކަމުގައި ބަލަންޖެހުމެވެ.
22މިހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 1656/Cv-C/2018 ޤަޟިއްޔާ ނިންމެވުމުގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ، މި މައްސަލައިގައި ހިމެނޭ ދެފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ އަގުން ބާކީ ނުދައްކާވާ މިންވަރެއް އެނގެންނެތްކަމަށް ބަޔާންކޮށް، ގްލޯބަލް ފޭމް ކޯ ލިމިޓެޑުގެ ދަޢުވާގައި ހިމެނޭ ފައިސާގެ ޢަދަދު ނަގައިދެވެން ނެތްކަމަށް ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް އަހުރެން ދެކެމެވެ. އަދި ގްލޯބަލް ފޭމް ކޯ ލިމިޓެޑަށް ޙަސަން ރަމީޒުގެ ފަރާތުން 01 ފެބުރުއަރީ 2018 މި ތާރީޚުގައި ފޮނުވާފައިވާ އީމެއިލއަށ ބެލުމުން ގްލޯބަލް ފޭމް ކޯ ލިމިޓެޑާއި ޙަސަން ރަމީޒު އާ ދެމެދު ވެފައި ވާ ވެހިކަލް މުޢާ މަލާތާއ ގުޅިގެނި ޙަސަން ރަމީޒު ފައިސާ ދައްކަންޖެހި ނުދައްކާވާކަން ޙަސަނެ ރަމީޒުގެ އަމިއްލަ އިޢުތިރާފުން ސާބިތުވާ ފައިސާގެ ޢަދަދުކަމުގައިވާ $40,000 (ސާޅީސްހާސް ޔޫއެސް ޑޮލަރު) އަކީ، އޭނާގެ ފަރާތުން ގްލޯބަލް ފޭމް ކޯ ލިމިޓެޑަށް ދައްކަންޖެހި ނުދައްކާވާ ފައިސާގެ ޢަދަދުކަމުގައި ކަނޑައަޅައި މި ފައިސާ އަކީ ޙަސަން ރަމީޒު ގެ ފަރާތުން ގްލޯބަލް ފޭމް ކޯ ލިމިޓެޑަށް ދައްކަން ޖެހޭ ފައިސާގެ މިންވަރުކަމަށް ކަނޑައަޅަންޖެހެއެވެ.
- ބެންޗު
- ފަނޑިޔާރު ޢަލީ ސަމީރު، އިސް ފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަލީ ސަމީރު · ތާއީދުކުރެއްވީ: އިސް ފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް