ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/137
ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ އާދަމް، 2019/HC-A/137
Foavey Maldives Private Limited v. Ali Adam 2019/HC-A/137 (2019/HC-A/137, High Court of the Maldives, 13 February 2022)
ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ އާދަމް
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމާ ކުއްޔަށް ދިން ފަރާތް ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ދަޢުވާއެއްގައި، ގެއްލުމުގެ މިންވަރު ސާބިތުނުވާތީ ބަދަލު ނަގައިނުދިން ސިވިލް ކޯޓުގެ ނިންމުން ޞައްޙަތޯ؛ ހެކި ހުށަހެޅުމުގެ ފުރުޞަތު ލިބުނުތޯ، އަދި ދަށުކޯޓަށް ހުށަނާޅާ ހެކި ހައިކޯޓަށް ބަލައިގަނެވޭތޯ.
ނިންމި ގޮތް
ލިޔުމުގައި ނިންމި ގޮތް ނެތް (ތަޙުލީލުން ދޭހަވަނީ އިސްތިއުނާފު ބާޠިލުވެ ދަށުކޯޓުގެ ޙުކުމް ޤާއިމުވާ ގޮތަށް)
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14) ދެ ޤަޟިއްޔާއެއްގެ އަޑުއެހުންތައް އެކުއެކީގައި ކުރިއަށް ގެންދިޔަ ނަމަވެސް، ދަށުކޯޓުގައި ވަކިވަކި ޤަޟިއްޔާއެއްގެ ގޮތުގައި ބެލި، އެއް މައުޟޫޢެއްގެ މައްޗަށް ބިނާނުވާ މައްސަލަތައް ނިންމާނީ ވަކިވަކި ޤަޟިއްޔާއެއްގެ ގޮތުގައެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-20) ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ ދަޢުވާއެއްގައި ބަދަލު ނަގައިދެވޭނީ، އެ ގެއްލުމަކީ ހަޤީޤަތުގައިވެސް ބަދަލަށް އެދޭ ފަރާތަށް ވެފައިވާ ގެއްލުމެއްކަން ސާބިތުކޮށްދިނުމުންނެވެ؛ ދަތިކުރުންތަކެއް ކުރިކަމަށް ދޭ ހެކިބަހަކީ ހޯދަން އެދޭ ބަދަލުގެ ޢަދަދު ހިސާބުކޮށް ކަނޑައެޅުމަށް އެކަށީގެންވާ ހެކިބަހެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-23) މަދަނީ ޚުޞޫމަތްތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތުންނެވެ؛ ދަޢުވާ ރައްދުވާ ފަރާތުން ކުރިމަތިކުރާ ދަފްޢު ސާބިތުކުރަންޖެހެނީ އެ ދަފްޢު ކުރިމަތިކުރި ފަރާތުންނެވެ؛ ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ ހުރިހާ ހެކިތަކާއި ދަލީލު ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ފަހިކޮށްދޭންވާނެއެވެ؛ ހޯދަން އެދޭ ބަދަލަކީ ދަޢުވާ ލިބޭ ފަރާތުގެ ޢަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ އެކަށޭނަ ބަދަލުކަން ސާބިތުކުރުމުގެ ބުރަ އޮތީ ދަޢުވާކުރާ ފަރާތުގެ މައްޗަށެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24) ދެފަރާތަށް ހެކި ހުށަހެޅުމުގެ ފުރުޞަތުދީ ހުށަހެޅި ހެކިތަކަށް ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވާނަމަ، ދަށުކޯޓަށް ދިން ބަޔާންތަކުގައި ނުފެންނަ އެދުމެއް (ޝަރުޢީ އަގުކުރުމާބެހޭ ކޮމެޓީގެ ބޭނުން ހިފުމަށް އެދުން ފަދަ) ކުރިކަމަށް ބުނުމަކުން ހެކި ހުށަހެޅުމުގެ ފުރުޞަތު ނުލިބުނުކަމަށް ނުބެލެވޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25-27) ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ؛ ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ނުލިބުނު ހެކި ކަމަށް ބެލެވޭނީ، އެކަށީގެންވާ މަސައްކަތްކޮށްގެންވެސް ދަށު މަރުޙަލާގައި ނުލިބި ފަހުން ހައިކޯޓު މަރުޙަލާގައި ލިބުނު ހެކިއެވެ؛ ދަށު މަރުޙަލާގައި ހުށަނޭޅޭ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވާ ހެކި އިސްތިސްނާ ގޮތެއްގައި މެނުވީ ހައިކޯޓަށް ހުށަނޭޅޭނެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28-29) ވަކި ލިޔުމެއް ހުށަހަޅަންޖެހޭކަމަށް ޤަބޫލު ނުކުރެވުނީތީ ދަށުކޯޓުގައި ހެކި ހުށަނާޅައި، ދަށު މަރުޙަލާގައި ހެކި ހުށަހެޅުމުގެ ފުރުޞަތު ނުލިބުނުކަން ދަލީލުކޮށްދޭ ހެއްކެއް ހައިކޯޓަށް ހުށަނާޅާ ޙާލަތުގައި، އެފަދަ ހެކި ހައިކޯޓަށް އަލަށް ހުށަހެޅުމުގެ ޙާލަތަށް ނުފެތޭކަމަށް ކޯޓުން ދެކިފައިވެއެވެ (މި ބައިގެ ނިންމުމުގެ ޢިބާރާތް ލިޔުމުގައި ފުރިހަމައެއް ނުވޭ).
1މިއީ، ސިވިލ ކޯޓުގެ ނަންބަރު 2368/Cv-C/2018 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދޭ ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު C-608/2009( )މީގެ ފަހުން " ފޯވޭ މޯލްޑިވްސް" ކަމަށް ބުނެފައިވާ ފަރާތް(ގ ފަރާތުން ދިވެހިރައްޖާގެ ހައިކޯޓަށް ހުށަހެޅުމުން ބ ލފައިވާ ޤަޟިއްޔާއެކެވެ.މިޤަޟިއްޔާގައި އާސްތިއުނާފ ރައްދުވްފަރާތަކީ މާލެ، ޢަލީ އާދަމް )އައި.ޑީ.( އެވެ.
2ޢުލީ އާދަމަގެ ނަމެ ގައި ރަޖިސްޓްރީ ކުރެވިފައިވާ […] އެވެ. ކިޔާ ގޯތީގެ 01 ވަނަ ބުރީގެ ހަދާފައިވާ 06 ކޮޓަރީގެ އެޕާރޓްމަންޓް 01 ސެޕްޓެންބަރު 2009 އިން ފެށިގެން 31 އޮގަސްޓް 2014 ނިޔަލަށް 05 އަހަރު ދުވަހުގެ މުއްދަތަށް ފޯވޭ މޯލްޑިވްސްއަށްކުއްޔަށ ދިނުމާ ގުޅޭގޮތުންޢލީ އާދަމަ އާ އ ފޯވޭ މޯލްޑިވްސއ ދެމެދާ 26 އޮގަސްޓް 2009 ގައި އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
3މިއެއްބަސްވުމުގ މުއްދަތުގެ ތެރޭގައި އެއްބަސްވުމާއި ޚިލާފުނުވާ ގޮތުގެ މަތީން އެތަނުގައި ގެސްޓްހައުސް ހިންގުމާއި، މަސައްކަތުމީހުން ނިދުމަށ ބޭނުންކުރުން ފިޔަވައި ޤާނޫނާއި ޤަވާއިދު ހުއްދަކުރާ ކަންކަން ކުރުމުގެ އިޚްތިޔާރު ފޯވޭ މޯލްޑިވްސްއަށް ލިބިދީފައިވެއެވެ.
4މި އެއްބަސްވުމުގެ ދަށުނ 06 )ހައެއް( ކޮޓަރީގެ އެޕެރޓްމެންޓަ ގ މަހު ކުއްޔަކީ -/000،20 ރ. )ވިހ ހާސް ރުފިޔާ (އެވެ. ކޮންމެ މީލާދީ މހެއްގަ 07 )ހަތެއް( ވަނަ ދުވަހުގެ ކުރިންޢ މާރާތުގ ވެރިފަރާތަށް ކުލި ދައްކަންޖެހެއެވެ. މ މުއްދަތުގެ ތެރޭގައި ކުލި ނ ދެއްކިއްޖެނަމ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 26 އޮގަސްޓް 2009ގައި ސޮއި ކުރެވުނު އެއްބަސްވުމުގެ 1ވަނަ މާއްދާ އެއްބަސްވުމުގެ 7ވަނަ މާއްދާ -/100ރ. )އެއް ސަތޭކ ރުފިޔާ( ގެޖޫރިމަނާއއް ދައްކަންޖެހެއެވި.އަދި ކުލި ނުދައްކާތާ 01 މަސް )30 ދުވަސް ( ވެއްޖެނަމަ އެއްވެސް ޝަރަ ޠުކާ ނުލއ ތަން ހުސްކޮށް ޢިމާރާތުގެވެރިފަރާތާއަތަންޙް ވާލުކުރުމަށ ކުއްޔަށް ހިފިފަރާތުން އެއްބަސްވެފައިވެއެވެ. ކަނޑައެޅިފައިވާ ކުލީގެ ތެރެއިނަޢިމާރާތުގެ މަރާމާތުކުރުމަށް ޚރަދުވާ ފައިސާގެ ޢަދަދުކަމަށްވ -/30000ރ. )ތިރީސް ހ ސ ރުފިޔާ( ޚަލާޞް ކުރުމުގެ ގޮތުނ މަހު ކުލިން -/1000ރ. އުނިކުރެވޭނެކަމަށާއި،ޢިމާރާތުގެ މަރާމާތުކުރުމަށްޚެރަދުވނ ފައިސް ދައްކައި ޚަލާޞ ވަންދެން ކޮންމެ މަހެއްގެ ކުއްޔަކީ -/19000 )ނަވާރަހާސް ރުފިޔާ( ކަމަށް އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބަޔާނކޮށްފައިއެވެ.
5މ އެއްބަސްވުމާއި މެދު ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިގެން އެކިފަހަރުމަތިން ޝަރުޢީ ކޯޓުތަކަށް ހުށަހެޅި ނިމިފައިވެއެވެ.
6ޢޭލީ އާދަމް އާއި ފޯވަ މޯލްޑިވްސްއް ދެމެދު […] ކިޔުނު ގޯތީގެ، ފުރަތަމަ ބުރީގައި ހެދިފައިވާ
6 )ހައެއް( ކޮޓަރީގެ އެޕާރޓްމަންޓ ކުއްޔަށް ހިފުމާއަ ބެހޭގޮތުން 26 އޮގަސްޓް 2009 ގައި އެއްބަސްވުމާއި ކުއްޔަށްދިން ޢަލީ އާދަމްޚިލާފްވެފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދެފަރާތުގެ ބަހުން ޝަރީޢަތަށް ސާބިތުވާކަމަށީ ކަނޑައަޅައި،ޢަލ އާދަމް އާއި ފޯވާމޯލްޑިވްސއްދެމެދު […] ކިޔުނު ގޯތީގެ، ފުރަތަމަ ބުރީގައި ހެދިފައިވާ 6 )ހައެއް( ކޮޓަރީގެ އެޕާރޓްމަންޓް 01 ސެޕްޓެންބަރު 2009 އިން ފެށިގެން ކުއްޔަށް ހިފުމާއި ބެހޭގޮތުން ވެފައިވާ އެއްބަސްވުންބާޠިލު ވެއްޖެކަމަށ ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެއްބަސްވުމުގެ އެންމެހއަ މާއްދާތަކަށް ޙުރުމަތްތެރިކޮށްހިތުމަށް ޢަލީ އާދަމަށް އަންގައި، ދެންނެވުނު އެއްބަސްވުމާއި ކުއްޔަށްދިން ޢަލީ އާދަމް ޚިލާފުވުމުގެ ސަބަބުން ކުއްޔަށުހިފި ފޯވޭ މޯލްޑިވްސް އްށ ލިބިފައިވާ ގެއްލުމުގެ ބަދަލަކީ ކުއްޔަށްދިން ޢަލީއާދަމް ދޭންޖެހި ބަދަލެއްކަމަށާއި، އބަދަލެ ހޯދުމަށް ވަކި އެއްބަސްވުމުގެ 3ވަނަ މާއްދާ. ސިވިލް ކޯޓުގެ ނަންބަރު 1833/Cv-C/2011 ޤަޟިއްޔާގެ ޙުކުމާއި އަދި ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގައިވެސް އެއްބަސްވި މުގައި ސޮއިކުރި ތާރީޚުގެ ގޮތުގައި 1 ސެޕްޓެމްބަރ 2009 ބަޔާންކޮށްފައިވެއެވެ. އެހަންނަމަވެސ އެއްބަސްވުމުގް ތާރެ ޚކ 26 އޮގަސްޓް 2009 އެވެ. 01 ސެޕްޓެންބަރު 2009 އަކީ އެއްބަސްވުމަށް ޢަމަލުކުރަން ފެށުނު ތާރީޚެވެ. ޤަޟިއްޔާއަކުން މައްސަލަ ހުށަހެޅުމުން އެބަދަލު ނަގައިދެވޭނެކަމަށް ސިވިލް ކޯޓުގެ ނަންބަރު 1833/Cv- C/2011 ޤަޟިއްޔާގައި، ކަނޑައަޅައިފައިވެއެވެ.
7އަދި […] ޢަލީ އާދަމް އާއިފޯވޭ މޯލްޑިވްސއ ދެމެދް ވެފައިވާ އެއްބަސްވުން ބާޠިލުވެއްޖެކަމަށ ކަނޑައަޅނެ ތަނެއް ނެތްކަމަށްއިސްވެބުނެވުނު ސިވިލް ސިވިލ ކޯޓުގެ ނަންބަރު 1833/Cv-C/2011 ޤަޟިއްޔާގައި 02 ޖުލައި 2014 ގައި ކަނޑައަޅއަ ފައިވާތީ،މި ދަޢުވާގެ މައުޟޫޢާ މެދު ސިވިލްކޯޓުގެ ނަންބަރ 1833/Cv-C/2011 ޤަޟިއްޔއިނާ ގޮތެއް ކަނޑައެޅިފައިވާކމަށ ކަނޑައަޅައް ސިވިލް ކޯޓުގެ ނަންބަރު 723/Cv-C/2012 ޤަޟިއްޔާގައި ޙުކމްކޮށްފައިވެއެވެ.
8އިސްވެބުނެވުނު ދެ ޤަޟިއްޔާގައި ވާފަދައިން އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމާ އިސްތިއުނާފުރައްދުވ ފަރާތާ ޚިލާފުވުމުގަސަބަބުން އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ޤަޟިއްޔާއަކުން މައްސަލަ ހުށަހެޅުމުން އެބަދް ލ ނަގައިދެވޭނެކަމަށ ކަނޑައަޅުމާއި ގުޅިގެނ، ޢަލީ އާދަމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2014/HC-A/334 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅާފައިވެއެވެ.
9އިސްތިއުނާފު ކުރެވިފައި މިވަނީ، އިސްވެބުނުވެނު ދެ ޤަޟިއްޔާއިން ޙުކުމު ކުރުމުން، ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1,215,320/- ރ. )އެއްމިލިއަން ދެލައްކަ ފަނަރަހާސް ތިންސަތޭކަ ވިހި ރުފިޔާ( ހޯދުމަށް އެދި ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޢް ލ އާދަމްގެ މައްޗަށް ދަޢުވާކުރުމުން ސިވިލ ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރ 2368/Cv-C/2018 ޤަޟިއްޔާއެވެ. ސިވިލް ކޯޓުގެ ނަންބަރު 2368/Cv-C/2018 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާ
11އިސްތިއުނާފެ މިކުރެވޭ ސިވިލް ކޯޓުގ ނަންބަރ 2368/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން […] / މާލެ ޢަލ އާދަމްގެ މައްޗަށް ދަޢުވާކުރި ސިވިލް ކޯޓުގެ ނަންބަރ 1833/Cv-C/2011 ޤަޟިއްޔާއާއި، ސިވިލް ކޯޓުގެ ނަންބަރ 723/Cv- C/2012 ޤަޟިއްޔާއާއިނ ކޮށްފައިވް ޙުކުގައިވާފަދައިން ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ޢަލީ އާދަމް ޚިލާފުވުމުގެ ސަބަބުން ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލަކީ ޢަލީ އާދަމްގެ ފަރާތުން ފޯވޭ މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑށަ ދޭންޖެހޭ ބަދަލެއްކަމާއި، އެ ބަދަލު ހޯދުމަށް ވަކި ޤަޟިއްޔާއަކުން މައްސަލަ ހުށަހެޅުމުން އެ ބަދަލު ނަގައިދެވޭނެކަމަށ ކަނޑައަޅް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމާއި ގުޅިގެން ޢަލީ އާދަމްގެ ފަރާތުން އެމައްސަލ އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2017/HC-A/334 ޤަޟިއްޔާއިން ސިވިލް ކޯޓުގް ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ޢަލީ އާދަމްގެ ކިބައިން -/1،215320ރ. )އެއްމިލިއަން ދެ ލައްކަ ފަނަރަ ހާސް ތިންސަތޭކަވިހި ރުފިޔާ( ހޯދުމަށް އެދި ފޯވޭ މޯލް ޑިވްސ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުނ ގެ.އައިނާއެޑަމްސް، ޢަލީ އާދަމްގެ މައްޗަށް ދަޢުވާކޮށްހުށަހެޅުމުނ ބެލުނު ޤަޟިއްޔާއެއްކވެ.
12މި ޤަޟިއްޔޮގައީޙުކުމް ކށްފައިވަނ؛ " ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއިއެކު، ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުނ […] ޢަލީ އާދަމްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މި މައްސަލާގައި ދަޢުވާކުރާފަރާތުން ހޯދުމަށް އެދުނު ގެއްލަމުގ ބަދަލުގެ މިންވަރަކީ ހަޤީގަތުގައިވެސ އެފަރާތަށް އެ މިންވަރަށް، ވެފައިވާ ގެއްލުމެއްކަން ދަޢުވާކުރާފާ ރާތަށް ޝަރީޢަތުގައި ޘާބިތުކޮށްދެވިފައި ނުވާތީ މި ދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދުނު ގެއްލުމުގެ ބަދަލު ޝަރީޢަތް މެދުވެރިކޮށް ދަޢުވާ ލިބޭފަރާތުގެ ކިބައިން ނަގައިދެވޭނެތަނެއ ނެތްކަމަށް ކަނޑައަޅައް މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ." އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތއަ
13ސިވިލ ކޯޓުގް ނަންބަރު 2368/Cv-C/2018 ޤަޟިއްޔ ނިމިފައިވާ ގޮތާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށ އެދި ފޯވޭ މޯލްޑިވްސްގެ ފަރާތުން އަންނަނިވި 02 )ދެއެއި ( ނުކުތް ހުށަހަޅައފައިވެއެވެ؛
13.1 ސިވިލް ކޯޓުގެ ނަންބަރު 2368/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ވާޞިލް ވެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( ގައި ވާ ގޮތުގެ މަތީން ދިވެހިރާއްޖޭގައި ހިނގާ އެންމެހާ ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު ކަމަށި ބަޔާންކޮށޭފައި އޮންނަ އޮތުމާއި ޚިލާފަށްކަމަށް ފާހަގަކުރެވު ކަމަށާއި، ޤާނޫނު ނަންބަރ 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންނާބެހޭ ޤާނޫނު( ގެ 5ވަނަ މާއްދާގަ )ށ( ގެ )1( ގައި ވާގޮތުގެ މަތީން، ފަނޑިޔާރި ނ މައްސަލް ބެލުމުގައި މައްސަލައަގައި ހުށަހެޅިފައިވާ ހެއްކާއްޤރީނާގެ މައްޗަށް ރިޢާޔަތެ ކުރަންވާނޭކަމަށް ބަޔާންކޮށްފައި އޮންނައިރު، އިސްތިއުނާފުކުރާ މައްސަލަ ސިވިލް ކޯޓުގައި ހިނގިއިރު އ ކޯޓުގް ޝަރީއަތުގެ މަޖިލީހުގައި އިސްތިއުނާފުކުރި ފަރާތުނ ހުށަހަޅާފައިވާ ލިޔުންތަކާއި، ދައްކާފައިވާ ބައެއް ވާހަކަތަކާއި އަދި ހެކިވް ރިޔެ ދިން ބަޔާނުގައިވެސް ކަންހިނގާފައިވާގޮތް ސާފުކޮށް ކިޔާދީފައި ވަނިކޮށް، މިކަންކަމުގެ މައްޗަށް މަދަނީ މައްސަލަތަކުގައި ޝަރީޢަތްކުރުމުގައި ޙުކުމަށް ވާޞިލްވުމަށ އޮންން ބެލެންސްއޮފް ޕްރޮބަބިލިޓީގެ މިންގަނޑާ ޚިލާފަށް ބަލައި، މައްސަލާގެ ވަށައިގެން ހިނގާފައިވާ އެންމެހައި ކަންކަމުގެމައްޗަށް ފުރިހަމައަށް ބެލުމެއް ވަޒަންކުރުމެއްނެތ މައްސަލާގައި ޙުކުމްކޮށްފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއާއި
13.2 އިސްތިއުނާފުކުރު މައްސަލާގައި، ސިވިލް ކޯޓުގެ ނަންބަރ 2368/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ވާޞިލްވެފައިވަނީ، ޤާނޫނީ އޫޞޫލުތަކާއި ހަމަތަކާއި، ޚިލާފަށްކަމުގައި ފާހަގަކުރެވޭ ދެވަނަ ކަމަކީ، މި ޤަޟިއްޔާގެ ޙުކުމަށް ވާޞިލްވެފައިވާގޮތަށް ބަލާއިރު، ޤާނޫނު ނަންބަރު: 2010/13 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު( ގެ 05 ވަނަ މާއްދާގެ )ށ( ގައިވާގޮތުގެ މަތިން ދަޢުވާކުރާ ފަރާތަށް ފުރިހަމަ ފުރުޞަތު ލިބިފައި ނުވާކަމާއި، އަދި ހަމަ އެ ޤާނޫނުގެ 30 ވަނަ މައްދާގެ )ރ( ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މައްސަލައާއި ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހެޅުމާއި، މައްސަލައާއި ގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލާގެ ޚަސްމުންނަށް ނުވަތަ ޚަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާތުގައިވާ ގޮތުގެ މަތިން އެކަށޭނެ ފުރުސަތު ދޭންޖެހޭނެކަމަށް އޮތްނަމަވެސް ބަޔާންކުރި ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް ވާޞިލްވެފައިވަނީ އެ ކޯޓަށް ހުށަހެޅ މި ބާވަތުގެ މައްސަލތަށް ބަލައި ޝަރީޢަތްކުރުމުގައި ޢާއްމުކޮށް ކަންކޮށްއުޅޭ ޤާނޫނީ އިޖުރާތުތަކާއި، އުޞޫލުތައް ފުރިހަމަ ނުކޮށްކަނ އެނގެން އޮތުން ކަމަށް ބުން ހުށަހެޅި ނުކުތާއެވެ.
14ޕްރިސިޑެންސް 1ސިވިލ ކޯޓުގް ނަންބަރު 2368/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބަލާފައިވާ މިކޯޓުގެ ނަންބަރ 2019/HC-A/137 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 4001/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރެވިފައިވާ މި 2019/HC-A/652 ޤަޟިއްޔާ އެކުއެކީގައި ކުރިއަށް ގެންގޮސްދިނުމަށް އިސްތިއުނާފި ރައްދުވު ޢަލީ އާދަމްގެ ފަރާތުން އެދިފައިވާތީ މ ދެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދެވިފައިވަނީ އެކުއެކް ގައިކަމަށް ވީނަމަވެސިމި ދެ ޤަޟިއްޔާއަކީ ދަށުކޯޓުގައިވެސް ވަކިވަކި ޤަޟިއްޔާތަކެއްގ ގޮތުގައެ ކުރިއަށް ގެންގޮސްފައިވާ ޤަޟިއްޔާތަކެއް ކަމަށްވެފައި މިދެޤަޟިއްޔާގައ ބަލާފައިވާ މައުޟޫޢު އަކީ އެއް މައުޟޫއަކަށް ނުވާތީ މި މައްސަލަތައް ނިންމުމުގައި ވަކިވަކި ޤަޟިއްޔާގެ ގޮތުގައި ނިންމުމަށް މައްސަލަ ބެލި ބެންޗުން ނިންމާ ފައިވެއެވެ.
15މިޤަޟިއްޔާގައ ބަލާފައިވަނިފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޢަލީއާދަމް އއާދެމެދު ވެފައިވާ އެއްބަސްވުމާއި ޢަލީ ޢާދަމް ޚިލާފުވުމުގެ ސަބަބުން ފޯވޭ މޯލްޑިވްސއަށ ލިބުން ގެއްލުގެ ބަދަލު ހޯދުމާގުޅ މައްސަލައެވެ.
16ފޯވޭ މޯލްޑިވްސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، ސިވިލް ކޯޓުގެ ނަންބަރު 2368/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ވާޞިލް ވެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނއަސާސީގު 42 ވަނަ މާއްދާގެ )ށ(އާ ޚިލާފަށްކަމަށް ފާހަގަކުރެވޭ ކަމަށާއި، ޤާނޫނު ނަންބަރ 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންނާބެހޭ ޤާނޫނު( ގ 5ވަނަ މާއްދާގަ )ށ( ގެ )1( ގައިވާގޮތުގެ މަތީން، ފަނޑިޔާރުން މައްސަލަ ބލުމުގައ މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތް ކުރަންވާނީ ކަމަށު ބަޔާންކޮށްފައި އޮންނައިރު، އިސްތިއުނާފުކުރާ މައްސަލަ ސިވިލް ކޯޓި ގައި ހިނގިއިރު އެ ކޯޓުގެ ޝަރީޢްތުގެ މަޖިލީހުގައި އިސްތިއުނާފުކުރި ފަރާތުނ ހުށަހަޅާފައިވާ ހެކިތަކާއި ދައްކާފައިވާ ބައެއް ވާހަކަތަކަށް މި ދެ ޤަޟިއްޔާގެ އަޑުއެހުންތައް އެކުއެކީގައި ކުރިއަށް ގެންދިޔަ ކަމުގައިވީނަމަވެސްމިދެ ޤަޟިއްޔާގައި ބެލިފައިވާ މައްސަލައަކީ އެއްމައުޟެ ޢީއްގ މައްޗަށް ބިނާވެފައިވާ މައްސަލަތަކަށް ނުވާތް މި މައްސަލަތައް ނިންމާނީ ވަކިވަކި ޤަޟިއްޔާގެ ގޮތުގައި ކަމަށ 05 މެއި 2021 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގެ ބެންޗުން ނިންމިއެވެ. ރިޢާޔަތްކޮށްފައިނުވާކަމަށާއި މިކަމުގެ ސަބަބު ން )ބެލެންސް އޮފް ޕްރޮބެބިލިޓީ( ގެ މިންގަޑާއި ޚިލާފަށް އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގެ ޙުކުމަށް ވާޞިލްވެފައިވާކަމަށ އިސްތިއުނާފުކުރާ ފަރާތުނ ފާހަގަކުރެއެވެ.
17ހެއްކާބެހޭ ޤާނޫނު ގެ ބުނެވުނު މާއްދާތަކުގައި ބަޔާންކޮށްފައިވަނީ؛
1. ކަމެއްގެ ޙަޤީޤަތާ ގުޅޭގޮތުން ހެކިވެރިޔަކު ޝަރީޢަތުގެ މަޖިލީހަކަށް ދިނުން އެމަޖިލިސް ހުއްދަކުރާ ނުވަތަ ހެކިވެރިޔެއްގެ ކިބައިން ޝަރީޢަތުގެ މަޖިލީހަކަށް ބޭނުންކުރާ ކޮންމެ ބަޔާނަކީ ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ބަޔާނަކީ ޝަފަހީ )އޯރަލް( ހެއްކެވެ.
2. ކަމެއްގެ ޙަޤީޤަތާ ގުޅޭގޮތުން ޝަރީޢަތުގެ މަޖިލީހަކަށް ހުށަހެޅުން އެ މަޖިލިސް ހުއްދަކުރާ ނުވަތަ ޝަރީޢަތުގެ މަޖިލީހަކުން ހޯދާ ކޮންމެ ލިޔުމަކީވެސް ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ. މިފަދަ ކޮންމެ ލިޔުމަކީ ކިތާބީ )ޑޮކިއުމަންޓަރީ( ހެއްކެވެ. މިފަދައިންނެވެ.
18މި މައްސަލާގައި އިސްތިއުނާފުކުރި ފަރާތަށް ލިބިފައިވާ ގެއްލުން ސާބިތުކޮށްދިނުމުގެ ގޮތުން ޝަފަހީ ހެކިންގެ ގޮތުގައި 02 )ދޭއް( ފަރާތެއް ދަށު ކ ޓުގައި ހުށަހަޅާފައޯ ވ އިރު، އޭގެތެރެއިނ 01 )އެކެއް( ފަރާތް ދިރިއުޅޭ އެޑްރެސް ނޭނގޭތީ، އެފަރާތުގެ ހެކިބަސް ނެގުމާ ނުލައި އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގެ ޝަރީޢަތް ކުރިއަށާގެންގޮސްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާތީ، އެޑްރެސް ނޭނގޭ ފަރާތުގެ ހެކިބަސް ނެގުމާ ނުލައި މި މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވާކަނ އެނގެން އޮވެއެވެ.
19ޕްރިސިޑެންސް 2މި މައްސަލާގައިދަށ ކޯޓުގައު ހެކިބަސް ދނުމަށި ހުށަހަޅާފައިވް ހެކިންގެ ތެރެއިން ހެކިބަސް އަދާކުރި ޢަބްދު ﷲ ރެޟްވާނގ ހެކިބަހަށް ބަލާއިރު، އެ ހެކިބަހުގައި ބުނެފައިވަނީ، ޢަލްއާދަމްގެ ދަތިކުރުމާއ އުނދަގުލުނޭ އިތުރު މަސައްކަތް ހުއްޓުވާފައިވާ ގޮތަކީތަނުގެ ފެނާއި ކަރަންޓް ކަނޑާލުމާއި، ތަނުގައި ދިރިއުޅޭ ބޭރުމީހާއަށ ޢަލީ އާދަމް ދިމާކުރުން ކަމަށެވެ. އަދި އެޕާރޓްމަންޓުގައި ހުންނަ ތިންކޮޓަރި އޭސީ ކުރުމަށް ނިންމައިފައިވީނަމަވެސް، އެކަން ނުކުރެވިވަނީ ކޮން ސަބަބަކާ ހުރެކަމަށް ސީދާ ދަންނަވަން ނޭނގޭކަމަށާއި، ޤާނޫނު ނަންބަރު 76/24 )ހެއްކާބެހޭ ޤާނޫނު( އެ ތަނުގެ ކަރަންޓުގެ މައްސަލަ ދިމްވެފައިވާކަމަށާއި، ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވ ބަޔަށް ވަކިން ކަރަންޓު ބިލް ނާނަން ކަމަށާއި، އެ ބިލް އަންނަނީ ޢަލީ އާދަމްގެ ބަޔަށް ކަމަށާއި، ކަރަންޓް ބިލް ދައްކަނީ ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންކަމަށުބުނެ ހެކިބަސް ދީފައިވެއެވެ. ޢަބްދި ﷲ ރިޟްވާންގެ މ ހެކިބަހަކީ، އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފުކުރްފަރާތަށ ދަތިކުރުންތަކެއް ކުރުވިކަމެއ ކަމަށްބުނެ ދީފައިވާ ހެކިބަހެއްކަން އެނގެއެވެ. ނަމަވެސް މިހެކިބަހަކީ،އިސްތިއުނާފުކުރާ ފަރާތަށް ހައްގުވާ ގެއްލުމުގެ ބަދަލު ހިސާބުކޮށް އެ އަދަދު ކަނޑައެޅުމަށް އިސްތިއުނާފުކުރާ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ޖުމްލަ އަދަދުގެ ގޮތުގައި ބަޔާންކށްފައިވޮ 1,215,320/-ރ. )އެއްމިލިއަން ދެލައްކަ ފަނަރަހާސް ތިންސަތޭކަ ވިހި ރުފިޔާ( ނަގައިދިނުމަށް އެކަށީގެންވާ ހެކިބަހެއް ނޫނެވެ. އަދި މީގެ އިތުރަށް، އިސްތިއުނާފުކުރާ ފަރާތަށް ހައްގުވާ ގެއްލުމުގެ ބަދަލު ހިސާބުކޮށް އެ އަދަދު ސާބިތުކޮށް ދުނުމުގ ގޮތުނެ ބާރް ލިބޭފަދަ އެއްވެސް ކިތާބީ ހެއްކެއް އިސްތިއުނާފުކުރ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން އެނގޭކަށް ނެތެވެ.
20ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ ދަޢުވާއެއްގައި، ބަދަލު/ ނަގައިދެވޭނީ އެ ގެއްލުމަކީ ހަޤީޤަތުގައިވެސް ގެއްލުމުގެ ބަދަލު ހޯދުމަށް އެދޭ ފަރާތަށެ ވެފައިވާ ގެއްލުމެއްކަން ސާބިތުކޮށްދިނުމުންނެވެ. އެހެންކަމުން އިސްވެ ބަޔާންކުރެވުނު ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގައި ހުށަހެޅިފައިވާ ހެކި ވަޒަންކުރުމާއި މައްސަލައިގެ ވާޤިޢާތަކުގެ މައްޗަށް އެ ހެކި ތަޠުބީޤު ކުރުމާގުޅޭ ޤާނޫން ތަކުގެ މައްޗަށް ބަލާއިރު ޤާނޫނުގައި ބަޔާންކުރާ މިންގަނޑަށް އިސްތިއުނާފުކުރާ ފަރާތަށް ދަޢުވާ ސާބިތުކޮށްދެވިފައިވާކަމަށް ބަލަންޖެހޭ ޤާނޫނީ ހަމައެއް ނެތެވެ.
21އިސްތިއުނާފީ ދެވަނަ ނުކުތާއަށް ބަލާއިރު، އެ ނުކުތާގެ މައިގަނޑު އަސާސަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 30 ވަނަ މާއްދގާ )ރ( އަށް ރިޢާޔަތްކުރުމެއްނެތި ސިވިލް ކޯޓުނ ޙުކުމްކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމެވެ. މިގޮތުން، މައްސަލައާގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހެޅުމާއި މައްސަލައާގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ޚަޞްމުންނަށްނުވަތަ ޚަޞްމުން ތަމްސީލުކުރާ ފަރާތްތަކަށް އޖުރާޢަތުގައިވާ ގޮތުގެ މަތީން އެކަށޭނަ ފުރުސަތު ދޭންޖެހޭނެކަމަށް އޮތް ނަމަވެސް ބަޔާނކުރް ޤަޟިއްޔާގެ ޙުކުމަށް ވާސިލްވެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައި ޝަރީޢަތް ކުރުމުގައި ޢާންމުކޮށް ކ ންކޮށްއުޅޭ ޤާނޫނީ އިޖުރާޢަތުތަކާއޭ ޚިލާފަށްކަމަށާއި، ޝަރީޢަތަށް ހުށަހެޅ މައްސަލައެއްގައި ބަދަލު ހޯދުމަށް ހުށަހަޅާފައިވާ އަގަކާއ ނުވަތި ކްމަކާއި މެދު ޚް ޞަމުންގެ ދެމެދު ޚުޞޫމާތެއް އުފެދި އެއްބަސްވުމަކަށް ނާދެވުނުނަމަ، ހުށެ ހެޅ ފައިވާ ލިޔުމަކުން ނުވަތަ ކަމަކުން އެކަމެއް ޝަރީޢަތުގެ މަޖިލީހަށް ސާފުނުވެ އެކަމާމެދު ޝުބާހެއް އުފެދޭކަމެއް އޮތްނަމަ، އެކަމެއް ސާފުކޮށް ދެނެގަނެ ވަޒަންކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުންނެރެ ޢާންމުކުރައްވާފައިވާ ޝަރުޢީ އަގުކުރުމާ ބެހޭ ޤަވާއިދުގެ 4 ވަނި މާއްދާގއަ އިންސްޕެކްޓް ކުރުމަށާއި، އެސެސަމަންޓ ހެދުމަށް ޑިޕާރޓްމަންޓ އޮފް ޖުޑީޝަލް އެޑްމިނިސްޓްރި ޝަންގައ ޝަރުއީ އަގު ކޮމެޓ އެއީ އޮންނަންވާނެކަމަށް ބަޔާންކޮށްފައި އޮތްން މަވެސް އެފަދަ ކޮމެޓީއެއްގެ ބޭނުން މިމައްސަލާގައި ހިފާފައިނެތ ކަމަށް ބުނެފައިވެއެވެ.
22ޕްރިސިޑެންސް 3މަދަނީ ޚުސޫމަތްތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މީގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައު ކުރިމަތިކުރާ ދިފާޢު ދަފްޢުސާބިތުކޮށްދިނުމަކީ " އެދަފްޢެއް" ކުރިމަތިކުރި ފަރާތުން އުފި ލަންޖެހޭ މަސްއޫލިއްޔަތކެވެ. އަދ ޚަސްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ޚަސްމުންނަށެ ފަހިކޮށްދޭންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ ޤަޟިއްޔާގައ ބަޔާންކޮށްފައިވެއެވެ.
23ކަމެއް ސާބިތުކުރުމުގެ ޙައްޤަކީ އަބަދުވެސް ޚަސްމުންނަށް ލިބިގެންވާ ޙައްޤަކަށް ވާއިރު، ފެވޭ މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑްގާފަރާތުނ ހޯދުމަށް އެދިފައިވާ ޖުމްލަ އަދަދުގެ ގޮތުގައި ބަޔާންކޮށްފައިވ 1,215,320/- ރ. )އެއްމިލިއަން ދެލައްކަ ފަނަރަހާސް ތިންސަތޭކަ ވިހި ރުފިޔާ( އަކީ ޢަލީ އާދަމުގޭ އިހްމާލުން ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުއަށަ ލިބުނީ ގެއްލުންކަމާއި، އެގެއްލުމުގެ ބަދެ ލަށް އެދޭމިންވަރަކ އެކަށޭނަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ. ބަދަލެއްކަންޝަރީޢަތަށް ސާބިތުކޮށްދީ އެކަމުގެ މައްޗަށް ދަލީލު ދެއްކުމަކެފޯވޭ މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑްގެ ފަރާތުން އުފުލަންޖެހޭނެ ބުރައެއްކަން އެނގެއެވެ.
24ޕްރިސިޑެންސް 4މި މައްސަލައަށް ބަލާއިރު، ދެ ފަރާތުގެ ބުނުން ސާބިތުކޮށްދިނުމަށް އެ ފަރާތްތަކުން ބޭނުންވާ ހެކިތައް ހުށަހެޅުމުގެ ފުރުޞަތުދީ ދެފަރާތުން ހުށަހެޅި ހެކިތަކަށް މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވާކަނ އެނގެއެވެ. އިސްތިއުނާފުކުރެވިފައި މިވާ މައްސަލައާއި ގުޅިގިނ ސިވިލް ކޯޓުގައި ޚުލާޞާ ބަޔާން ހުށަހެޅުމަށް ބޭއްވުނު އަޑުއެހުމުގައި، ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ލިބުނު ގެއްލުމުގެ ބަދަލުވަޒަންކުރުމަށް ޝަރުއީ އަގުކުރުމާބެހޭ ކޮމެޓީގެ ބޭނުން ހިފުމަށް ކޯޓް ގައި އެދުނުކަމަށް ބުނެފައިވާކަމަށް ފޯވޭ މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑް ފަރާތުން ފާހަގަކުރިނަމަވެސް، އެ ފަރާތުނ 27 އޮގަސްޓް 2018 އަދި 01 ނޮވެންބަރު 2018 ގައި ސިވިލް ކޯޓަށް ދީފައިވާ ބަޔާނުގައި އެފަދަކަމެއް ފާހަގަކޮށްފައިވާކަން އެނގެން ނެތެވެ. ދަށު ކޯޓަށް ހުށަހަޅާފައިނުވާ ހެކިތައް ހައިކޯޓަށް ބަލައިގަތުން
25ޕްރިސިޑެންސް 5ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓު ގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެންކަމަށ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނ ގެ 32 ވަނި މާއްދާގަ )ހ( ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ )ހ( ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ ހެކި އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާކަމެއ ނޫންކަމަށް އެމާއްދާގޮ)ށ( ގައި ބަޔާންކށްފައިވއެވެ.
26ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި' ކަމަށް ބެލެވޭނީ، މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައު ކަތްތަކެއ ކޮށްގެންވެސް އެ މަރާ ޙަލާގައ ނުލިބި ހެކި، އެކަމަކު ފަހުން ހައިކޯޓް މަރުޙަލާގައި ލިބުން މެދުވެރިވި ]ހެކި ކަމަށާއި[ އެފަދަ ހެއްކެއް ހައިކޯޓަށް ހުށަހަޅައި އެ ކޯޓުން ބަލައިގަތުން ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު( ޤާނޫނު މަގުފަހިކޮށްދޭ ކަމަށް ދްވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
27ދިވެހިރާއްޖޭގެ ހައިކޯޓަށި ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި، އާންމު އުސޫލަކީ ދިވެހިރާއްޖޭގެ ހއ ކޯޓގައު އައި ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ބަހުސް ނުކުރު މެވެ. ދ ށ މަރުޙަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ބަލައި ފައިޞަލާކޮށްފައިވާ މައްސަލައެއް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ ހިނގަމުންދާއިރު، ދަށު މަރުޙަލާގައި ހުށަނޭޅޭ ހެކި ނުވަތަ ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވާ ހެކި، އިސްތިސްނާ ގޮތެއްގައް މެނުވީދިވެހިރާއްޖޭގ ހައިކޯޓަށް ހުށަނޭޅޭނެކަނ ވަރަށް ސާފުކޮށް އެނގެއެވެ.
28ޕްރިސިޑެންސް 6އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ 23 މެއި 2018 ގައި ކަމާއި، އަދި މައްސަލަ ބ ލައި،އެމައްސަލައިގައި އެކޯޓުން ހކުމު ކޮށްފައިވަނީ، މައްސަލަ އެކޯޓަށް ހުށަހެޅުނުތާ 07 )ހަތެއް( މަސް ފަހުން 24 ޑިސެންބަރު 2018 ގައިކަމާއި، މިމުއްދަތުގެ ތެރޭގައި ފޯވޭ މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑްގާ ފަރާތުން މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ 02 )ދޭއް( ހެކީގެ އިތުރުން އެއްވެސް ހެއްކެއް އެކޯޓަށަހުށަހަޅާފައެ ނުވާކު ން އެނގެއެވެ. އަދިފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގ ހައިކޯޓުގް ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނަށް ބަލާއިރު، ސިވިލް ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު އިތުރު ހެކި ހުށަހެޅުމަށް މަސައްކަތް ކޮށްފައިނުވަނީ، އެފަރާތަށް ލިބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހުށަހަޅާފައިވާ މިންގަނޑުތައް ސާބިތުކުރުމަށް ވަކި ލިޔުމެއް ހުށަހަޅަންޖެހޭ ކަމަށް ޤަބޫލުކުރެވިފައިނުވާތީކަމަށ ބުނެފައިވެއެވެ.
29ބުނެވެދިޔަ ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ދަށު ކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި ހެކިން ހުށިހެޅިފައިނުވަނ އެމަރުޙަލާގައި ހެކް ން ހުށަހެޅުމުގެ ފުރުސަތު ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިދީފައިނުވުމުންކަމަށް ދަލީލުކޮށްދޭ އެއްވެސް ހެއްކެއް ފޯވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިނުވކަނ އެނގެއެވެ. އެހެންކަމުން، ދަށު ކޯޓުގެ މަރުހަލާގައި ހެކި ހުށަހެޅުމުގެ ފުރުސަތު އެ [2016/SC-A/18] ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އަދި 30 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) (ޝަފަހީ އަދި ކިތާބީ ހެއްކުގެ މާނަ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ސުޕްރީމް ކޯޓުގެ 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ)
- ސުޕްރީމް ކޯޓުގެ 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސިވިލް ކޯޓުގެ 1833/Cv-C/2011 އަދި 723/Cv-C/2012، ހައިކޯޓުގެ 2014/HC-A/334 (ބަދަލު ހޯދުމަށް ވަކި ދަޢުވާއެއް ހުށަހެޅިދާނެކަމަށް ކަނޑައެޅި ކުރީގެ ޙުކުމްތައް)
- ބެންޗު
- ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް