ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/256
ފާޠިމަތު ޢަބްދުﷲ ވ. އެޓަރނީ ޖެނެރަލްގެ އޮފީސް، 2021/HC-A/256
Fathimath Abdhuﷲ v. Attorney General's Office 2021/HC-A/256 (2021/HC-A/256, High Court of the Maldives, 14 September 2021)
ފާޠިމަތު ޢަބްދުﷲ ވ. އެޓަރނީ ޖެނެރަލްގެ އޮފީސް
މައިގަނޑު ސުވާލު
ވަގުތީ އަމުރު ނެރެނުދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުމުގައި ނިންމުމަށް ވާޞިލުވި ސަބަބު ކާފީ މިންވަރަށް ބަޔާންކޮށްފައިވޭތޯ، އަދި ހިޔާ މަޝްރޫޢު 2018 ގެ ފްލެޓް ލިބޭ ލިސްޓުން ނަން އުނިކުރި ފަރާތަކަށް ވަގުތީ އަމުރު ނެރެދޭންޖެހޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު، ވަގުތީ އަމުރު ނެރުނު
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައިގެ ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކުރާ އިންސާފުވެރި ޝަރީޢަތުގެ މައިގަނޑު ޢުންޞުރެކެވެ؛ މި ވާޖިބު ހަމައެކަނި ޙުކުމަށް ޚާއްޞަ ނޫން، ވަގުތީ އަމުރާބެހޭ ނިންމުންތަކުގައިވެސް ފަނޑިޔާރު ނިންމުމަށް ވާޞިލުވި ސަބަބުތައް ތަފްޞީލުކޮށް ބަޔާންކުރަންޖެހޭނެއެވެ، އަދި އެ ސަބަބު އެނގުމަކީ ޚަޞްމުންގެ ޙައްޤެކެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11؛ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/ahmed_ismail_v_lateefaa_ali_hassan_2020_SC_A_100/"><bdi class="salj-latin" dir="ltr">[2021] SC 30</bdi></a>).
- ވަގުތީ އަމުރާބެހޭ މަޞްދަރުތަކަށް ހަމައެކަނި ޙަވާލާދީ، އެ މަޞްދަރުތަކުގައިވާ ޝަރުޠުތަކުން ފުރިހަމަނުވަނީ ކޮންކަމެއްކަމާއި ކީއްވެކަން ބަޔާންނުކުރުމަކީ ނިންމުމުގެ ސަބަބު އެކަށީގެންވާ މިންގަނޑަކުން ބުނެދިނުމެއް ނޫނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10، 11، 12).
- ވަގުތީ އަމުރު ނެރެ ފިޔަވަޅު ނާޅައިފިނަމަ މައުޟޫޢީ މައްސަލައިގައި ކުރެވޭ ޙުކުމުގެ މަޤްޞަދު ޙާޞިލުނުވެދާނެކަމަށް ނުވަތަ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ ވަގުތީ އަމުރު ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13؛ ޝަރީޢަތްކުރުމާބެހޭ ޤަވާޢިދުގެ 295 ވަނަ މާއްދާ؛ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/rijvud_hotels_and_suits_private_limited_v_mohamed_sadheef_2021_SC_A_43/"><bdi class="salj-latin" dir="ltr">2021/SC-A/43</bdi></a>).
- ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން (2012/SC-A/21) ގައިވާ ގޮތުން ވަގުތީ އަމުރެއް ނެރުމަށް ފުރިހަމަވާންޖެހޭ ޢާންމު ތިން ޝަރުޠަކީ: ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުކޮށް ޤާއިމުވުން، ވަގުތީ އަމުރަކާ ނުލައި މައުޟޫޢީ ދަޢުވާ ލަސްވެއްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން، އަދި އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ސިފަ ލިބިގެންވާ ފަރާތަކަށް ވުމެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14).
- މައުޟޫޢީ ޙައްޤެއް އޮތުމުގެ އިޙްތިމާލު އޮތްތޯ އެނގޭނީ ކޯޓަށް ހުށަހެޅޭ މައްސަލައިގެ ވާޤިޢާތަކުން ކަމުން، އެކަން ކޮންމެ މައްސަލައެއްގައި ވަކިވަކިން ވަޒަންކުރަންޖެހޭނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15).
- ބޯހިޔާވަހިކަމަކީ އަސާސީ ޙައްޤުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ، މައްސަލަ ނިމޭއިރު ފްލެޓް ޙައްޤުވާކަމަށް ނިމުނަސް ދޭނެ ފްލެޓެއް ނެތި، އަވަސް މުއްދަތެއްގެ ތެރޭގައި ބޯހިޔާވަހިކަމެއް ދޭނެ ކަށަވަރުކަމެއް ދައުލަތުން ނުދޭ ޙާލަތުގައި، އެއީ ތަދާރުކު ނުކުރެވޭ ފަދަ އަދި އިޢާދަކުރަން ދަތި ގެއްލުމެކެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18).
1މި އ ވަގުތީ އަމުރެއް ނެރެދިނުމާއިމެދު ސިވިލް ކޯޓުގެ ނަންބަރު 2/VN/2021/03-CR-B4 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" ގައި އެ ކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ހަމަތަކާއެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމުގައި ބުނެ އެނިންމުން އިސްތިއުނާފ ކުރުމަށް އެދް ގދ.ފަރެސްމާތޮޑާ/ މާތޮޑާއަވަށް ބުޗާގެ، ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އެވެ.
2ފާޠިމަތު ޢަބްދު ﷲ ގެ ފަރާތުން ހުށަހެޅުމުން ސިވިލް ކޯޓުގެ ނަންބަރު 21C/20-2082/Cv ޤަޟިއްޔާ އިން ބެލެވޭ މައުޟޫޢީ މައްސަލައަކީ "ހިޔާ މަޝްރޫޢު 2018" ގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަ ކެޓަގަރީގެ ސަޕޯޓް ސަރވިސްގެ ކެޓަގަރީއަށް ގދ.ފަރެސްމާތޮޑާ/ މާތޮޑާއަވަށް ބުޗާގެ، ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން ހުށަހަޅައި، ސަރުކާރުން އެކުލަވާލި ފްލެޓްތަ ކުގެ މައްސަލަބަލާ ކޮމިޓީން ގެޒެޓްކޮށްފައިވާ ދާއިމީ ލިސްޓުގައި މި ކެޓަގަރީނ ފްލެޓް ލިބް ފަރާތެއްގެ ގޮތުގައި ފާޠިމަތު ޢަބްދުﷲ ހިމެނިފައިވަނިކޮށް، ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލިއިރ ނެތު ޝަރުޠަކަށް ބިނާކޮށް، ފާޠިމަތު ޢަބްދުﷲ އ ށ ފްލެޓް ނުދޭން ނިންމް ނިނމުމަކް ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައިދީ، "ހިޔާ މަޝްރޫޢު 2018" ގެ ފްލެޓް ގުރުއަތު ލުމުގައި ފާޠިމަތު ޢަބްދުﷲ ހިމެނުމަށް ދައުލަތުގެ މައްޗަށް އަމުރުކުރުމަށާއި، ފާޠިމަތު ޢަބްދުﷲ އަކީ މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތެއްކަމަށް ކަނޑައަޅައިދިނުމަށާއި، އެފްލެޓް ފާޠިމަތު ޢަބްދިﷲ އާއެޙަވާލުކުރުމަށ ދައުލަތުގާ މައްޗަށް އަމުރުކޮށްދިނުމަށާއި އަދިއެހެން ފަރާތްތަކްއު ފްލެޓް ޙަވާލުކުރި ތާރީޚުން ފެށިގެނުފާޠިމަތ ޢަބްދް ﷲ އަށަ ފްލެޓް ޙަވާލުކުރާ ތާރީޚާ ހަމައު ށ ހިނގައިދާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ފާޠިމަތު ޢަބްދް ﷲ އާށަލިބިގެންވކަމަށް ކަނޑައަޅައިދިނުމށ އެދް ހުށަހެޅި މައްސަލައެކެވެ. ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރު:
3ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލައިގެ މައުޟޫއަށް ގޮތެއް ކަނޑައެޅުމުގެ ކުރިން، ފާޠިމަތު ޢަބްދުﷲ އަށް ކަނޑައެޅިފައިވާ ފްލެޓް އެހެން ފަރާތަކާ ޙަވާލުނުކުރުމަށާއި، އެ ފްލެޓް ގުރުއަތުގައި ބައިވެރިނުކުރުމަށާއި، އެ ފްލެޓް ގުޅިގެނާ ޙައްޤް ބަދަލުވާނެ އެއްވެސް މުޢާމަލާތެއް އެއްވެސް ފަރާތަކާއެކު ނުކުރުމަށް ދައުލަތުގެ މައްޗަށް އަންގާ އަމުރުކޮށްދިނުމަށެވެ. ސިވިލް ކޯޓުން ނިންމިގޮތް:
4ސިވިލް ކޯޓުގެ ނަންބަރު 2/VN/2021/03-CR-B4 ވަގުތީ އަމުރާއިމެދު ނިންމިގތުގައޮ ބުނެފައި އޮންނަނީ ".....ވަގުތީ އަމުރާއި މެދުގައި ގޮތެއް ނިންމުމުގައި ޝަރީޢަތުގެ ފަރާތުން ފުރަތަމަ ބަލަންޖެހޭނީ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ މައްޗަށާއި، ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 06 ގެ 295 ވަނަ މާއްދާގައިވާ ގޮތުގެ މައްޗަށްކަމާއި، ދެވަނައަށް ބަލަންޖެހޭނީ ވަގުތީ އަމުރާއި މެދުގައި ގޮތެއް ނިންމުމުގައި ޝަރީޢަތުގެ އަދާލަތުގެ ހަމަ (އިކުއިޓީ) އަށް ކަމާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 483/Cv-C/2012 ޤަޟިއްޔާގައި ވަގުތީ އަމުރާ އިމެދ ނިންމު ގޮތުގައި، ޝަރީޢަތުގެ އަދާލަތުގެ ހަމަ (އިކުއިޓީ) ރިޢާޔަތްކޮށް އެކަށައަޅާފައިވާ ހަމަތަކާއި، ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު ފާޠިމަތު ޢަބްދު ﷲގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި "ވަގުތީ އަމުރަށް އެދޭ ފޯމް" ގެ 4 ވަނަ ނަންބަރު. 06 ގެ 295 ވަނަ މާއްދާގައިވާ ގޮތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތުގެ ކަމެއް، ދަޢުވާކުރާ ފާޠިމަތު ޢަބްދު ﷲ ގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މެދުވެރިވެގެން އޮތްކަން އެނގެން ނެތަތީ ދަޢުވާކުރާ ފާޠިމަތު ޢަބްދުﷲގެ ފަރާތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް މިހިނދުގައި ނެރެދެވޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައިފީމެވެ." މިފަދައިންނެވެ.
5ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން އިސްތިއުނާފްކުރުމަށް ހުށަހަޅާފައިމިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2/VN/2021/03-CR-B4 ވަގުތީ އަމުރާއިމެދު ނިންމާފައިވާ ބުނެވުނު ނިންމުމެވެ. އިސްތިއުނާފީ ނުކުތާތައް:
6ސިވިލް ކޯޓުގެ ނަންބަރު 2/VN/2021/03-CR-B4 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެނިންމުން އިސްތިއުނާފ ކުރުމަށް އެދް ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.
6.1- ސިވިލް ކޯޓުގެ ވަގުތީ އަމުރު ނިންމުމުގައި އެ ނިންމުމަށް ވާޞިލްވި ސަބަބުތައް އެނގެން ނެތަތީ، އެ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި މި މާއްދާ ތަޠުބީޤުކޮށް ނިންމާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައިވާކަމަށ ބުން ހުށަހެޅި ނުކުތާއާއި
6.2- ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެނުދޭން ނިންމާފައިވަނީ ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
7މި ނުކުތާތައް ހުށަހެޅުމަށްފަހު ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2/VN/2021/03-CR-B4 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" ބާޠިލުކޮށް، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގެ މައުޟޫޢުއަށް ގޮތެއް ކަނޑައެޅުމުގެ ކުރިން، ފާޠިމަތު ޢަބްދުﷲ އަށް ކަނޑައެޅިފައިވާ ފްލެޓް އެހެން ފަރާތަކާއި ޙަވާލު ނުކުރުމަށާއި، އެ ފްލެޓް ގުރުއަތުގައ ބައިވެރި ނުކުރުމަށާއި، އެ ފްލެޓާއ ގުޅިގެނި ޙައްޤު ބަދަލުވާނެ އެއްވެސް މުޢާމަލާތެއް އެއްވެސް ފަރާތަކާއި ނުކުރުމަށް ދައުލަތުގެ މައްޗަށް އަންގައި އަމުރު ކޮށްދިނުމަށެވެ. އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުގެ ފަރާތުން ދީފައިވާ ރައްދު:
8ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް [2021] SC 73 ޤަޟިއްޔާ އަށް ބަލާއިރު، އެ ޤަޟިއްޔާގައި ބުނެފައިވަނީ ރާއްޖޭގައި ވަގުތީ އަމުރު ނެރުމާ ގުޅޭ އުޞޫ ލުތައް ދެ މަސްދަރެއްގައ ބަޔާންވެފައި އޮންނަކަމަށާއި، އެއިގެ ތެރެއިން ފުރަތަމަ މަސްދަރަކީ ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ކަމަށާއި ދެވަނަ މަސްދަރަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލަ ކަމަށާއި، އެ މަސްދަރުތަކަށް ބެލުމުން ވަގުތީ އަމުރު ނިންމި ގޮތުގެ ޖުމްލަ ތ ފްސީލ ބަޔާންކުރުމަށް ފަނޑިޔާރަށް ލާޒިމްނުވާތީ ސިވިލް ކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ބުނެވޭނެ ޝަރުޢީ ހަމައެއް ނެތްކަމަށެވެ.
9ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ވަގުތީ އަމުރެއް ނެރެނުދީފިނަމަ، އެކަމުގެ ސަބަބުން އިޢާދަ ނުކުރެވޭނެ ގެއްލުމެއް ފާޠިމަތު ޢަބްދުﷲ އަށް ލިބޭނެކަމަށް ބަޔާންކުރިނަމަވެސް އެ ގެއްލުމކަ ކޮބައިކަން ބުނެދެވިފައި ނުވާކަމަށާއި، މިމައްސަލައިގައި އިއާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެކަމަށްޓަކައި ވަގުތީ އަމުރު ނެރެދެވެންޖެހޭ ތަނެއް އޮތްކަމަށް ދައުލަތަށް ޤަބޫލުނުކުރެވޭކަމަށާއި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމުގައި ރިޢާޔަތްކުރަންޖެހޭ މަސްދަރުތަކަށް ރިޢާޔަތްކޮށް އެއަމުރު ނެރެ ނުދިނުމަށް ނިންމާފައިވަނީ، ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރަށާއި، ދައުލަތުން އެނުކުތާގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު ޝަރީޢަތުން މަޢުޟޫޢީ ދައުވާއަށް ގޮތެއް ކަނޑައަޅާއިރު، ޙުކުމަށް އަސަރުކުރާނެ ފަދަ ޝަރުޢީ އަދި ޤާނޫނީ ހުއްޖަތެއް ފާޠިމަތު ޢަބްދުﷲ އަށް ދެއްކިފައިނުވާތީކަމަށ ދައުލަތުން ދެކޭކަމަށެވެ.
10ޕްރިސިޑެންސް 2ސިވިލ ކޯޓުގް ނަންބަރު 2/VN/2021/03-CR-B4 ވަގުތީ އަމުރާއިމެދު ނިންމިގޮތުގައި އެ ނިންމުމަށް ވާޞިލުވި ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 483/Cv-C/2012 ޤަޟިއްޔާގައި ވަގުތީ އަމުރާމެދު ނިންމި ގޮތުގައި ޝަރީޢަތުގެ އަދާލަތުގެ ހަމަ (އިކުއިޓީ) ރިޢާޔަތްކޮށް އެކަށައަޅާފައިވާ ހަމަތަކަށާއި ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 06 ގެ 295 ވަނަ މާއްދާގައިވާ ގޮތުގެ މައްޗަށް ބަލާއިރު ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތުގެ ކަމެއް، ފާޠިމަތު ޢަބްދު ﷲ އަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެނގެނެ ނެތުމުން މި އަމުރު ނެރެދެވެން ނެތީކަމުގައެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން މި މައްސަލައިގައި ފުރިހަމަ ނުވަނީ ކޮންކަމެއްކަން އަދި އެއީ ކީއްވެގެންކަނަސިވިލް ކޯޓުނިފާހަގ ކުރަ ސ ބަބުތަކުގައި ބުނެދީފައެއް ނުވެއެވެ. ޝަރީޢަތުގެ އަދާލަތުގެ ހަމް އަށް ރިޢާޔަތްކޮށް ވަގުތީ އަމުރު ނެރެދޭން ނުޖެހުނު ސަބަބަކީ ކޮބައިކަންބުނެދީފައިނުވެއެވެ. ހަމަ އެގޮތަށް ޝަރީޢަތް ކުރުމާއިބެހޭ ގޮތުނ ހެދިފައިވާ ޤަވާޢިދުގެ 06 ގެ 295 ވަނަ މާއްދާއަށް ރިޢާޔަތް ކުރި ގޮތެއްވެސް ވަގުތީ އަމުރެއް ނެރެނުދޭން ނިންމި ސަބަބުތަކުގައި ސިވިލް ކޯޓުން ބުނެދީފައެއް ނުވެއެވެ.
11ޕްރިސިޑެންސް 1މައްސަލައިގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއް ކުރުމުގެ މައިގަނޑު ޢުންސުރު ކަމުގައި ބަޔާންކުރަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 30 މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުމުގައި ކަން ކުރަންޖެހޭ ގޮތުގެ ބައެއް އުޞޫލުތައް ބުނެދީފައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ފާހަގަ ކޮށްފައިވާ، "ޙުކުމަށް ވާސިލުވި ސަބަބު ބަޔާން ކުރުމުގެ ވާޖިބު" އެއީ ހަމައެކަނި ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއްގައި ޙުކުމެއް ކުރާއިރު، ހަމައެކަނި "ޙުކުމް" ގެ މައްޗަށް ތަޠުބީޤު ކުރާ ގޮތަށް އޮންނަ އުޞޫލެއް ނޫނެވެ. ޤަޟިއްޔާއެއްގައި ކުރެވޭ ޙުކުމެކޭ އެއްފަދައިން ވަގުތީ އަމުރަށް އެދި ހުށަހަޅާ ހުށަހެޅުމެއްގެ ވެސް ނިންމުން ބިނާކުރަނީ ދެފަރާތުން އެ ކަމާއިމެދު ދެކެވޭ ވާހަކަތަކެއްގެ މައްޗަށާއި ހުށަހެޅިފައިވާ ދަލީލުތައްވެސް ވަޒަންކުރެވިގެންކަމަށް ވާތީ ވަގުތީ އަމުރާއި ގުޅޭ ގޮތުން ނިންމާ ނިންމުންތަކުގައިވެސް މައްސަލަ ބައްލަވާ ފަނޑިޔާރު އޭނާގެ ނިންމުމަށް ވާސިލުވި ސަބަބުތައް ތަފްސީލްކޮށް ބަޔާންކޮށްދޭންޖެހެއެވެ. ކޯޓުން ކުރެވޭ ޙުކުމެކޭ އެއްފަދައިން ވަގުތީ އަމުރެއްގެ ދަށުން ނިންމާ މިފަދަ ނިންމުންތަކުގައިވެސް، ނިންމުމަށް ވާސިލުވި ސަބަބު އެނގުމަކީ މައްސަލައިގައި ހިމެނޭ ޚަޞްމުންގެ ޙައްޤެކެވެ. ސިވިލް ކޯޓުގެ ނަންބަރު 2/VN/2021/03-CR-B4 ވަގުތީ އަމުރާއިމެދު ނިންމިގޮތުގެ މައްޗަށް ބަލާއިރު، އަދި ބުނެވުނުނިންމުމަށް ވާޞިލުވި ސަބަބުތައް ބުނެދީފައިވާ ގޮތަށް ބަލާއިރު، އެ ސަބަބު އެކަށީގެންވާ މިންގަނޑަކުން ބުނެދވިފައ އޮތްކަމުގައި ބެލެވޭކަށް ނެތެވެ.
12ވަގުތީ އަމުރު ނެރުމާއި ގުޅޭ ގޮތުން މިހިނދަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލަމުންދާ މައިގަނޑު ދެ މަސްދަރަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލަ އާއި ޝަރީޢަތް ކުރުމާއި ބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދެވެ. ސިވިލް ކޯޓުގެ ނަންބަރު 2/VN/2021/03-CR-B4 ވަގުތީ އަމުރާއިމެދު ނިންމިގޮތު ގައި، އެ ދެ މަސްދަރަށް ޙަވާލާދީފައި އޮތްނަމަވެސް އެ ދެ މަސްދަރުގައި ބުނާ ކަންކަން ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން ހުށަހެޅި ވަގުތީ އަމުރަށް ސިވިލް ކޯޓުން ތަތުބީޤު ކުރި ގޮތެއް ކުރިންވެސް ބުނި ގޮތަށް ސިވިލް ކޯޓުގެ ނިންމުމުން ސާފެއް ނުވެއެވެ. މިހެންކަމުން ހައިކޯޓަށް ގޮތެއް މިހާރު މި ނިންމަންޖެހެނީ، ފާޠމަތި ޢަބްދުﷲ ގެ ފަރާތުން ހޯދުމަށް އެދި ހުށަހެޅި ވަގުތީ އަމުރާއި މެދު ސިވިލް ކޯޓުން ގޮތެއް ކަނޑައެޅުމުގައި ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލަ އާއި ޝަރީޢަތް ކުރުމާއި ބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުގެ އަލީގައި މިއީ ނެރެދޭންޖެހޭ އަމުރެއްކަން ނުވަތަ ނޫންކަމެވެ.
13ޕްރިސިޑެންސް 3ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ޙާލަތުގައި އެފަދަ އަމުރެއް ނެރެ ފިޔަވަޅު ނާޅައިފިނަމަ، ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢުގައި ޙުކުމް ކުރެވޭއިރު ޙުކުމްގެ މަޤްސަދު ހާސިލު ނުވެދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ ނުވަތަ މައްސަލައިގައި ހިމެނޭ ދެފަރާތުން ކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2012/SC-A/21 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/43 ޤަޟިއްޔާގައި އެ ގޮތަށް ފާހަގަ ކުރައްވާފައިވެއެވެ. ފަނޑިޔާރަށް ފެނިއްޖެނަމަ ވަގުތީ އަމުރު ނެރެދިނުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން ޝަރީޢަތް ކުރުމާއި ބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުގެ 06 ގެ 295 ވަނަ މާއްދާގައި ބުނެފައި އޮވެއެވެ.
14ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ބުނެދީފައިވަނީ ވަގުތީ އަމުރުތައް ނެރުމުގައި ފުރިހަމަވެފައިވޭތޯ ބަލަންޖެހޭ ޢާންމު ތަން ޝަރުޠި ކެވެ. އެއީ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުމާއި،ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމާއި، ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ސިފަ ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރތެއްކަމުގައާ ވުމެވެ.
15ޕްރިސިޑެންސް 5ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު އޮތްކަން އެނގިގެންދާނީ އެކަމާ ގުޅިގެން ކޯޓަށް ހުށަހެޅޭ މައްސަލައިގެ ވާޤިޢާތަކުންނެވެ. މިފަދަ ވާޤިޢާއެއް ނުވަތަ ވާޤިޢާތަކެއް އޮތްކަން ނުވަތަ ނޫންކަން ދެނެގަތުމަކީ މިފަދަ ކޮންމެ މައްސަލައެއްގައި ވަކިވަކިން ވަޒަންކުރަންޖެހޭ ކަމެކެވެ.
16ފާޠިމަތު ޢަބްދު ﷲ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައުޟޫޢީ މައްސަލައިގައި އެދިފައިވަނީ ފްލެޓަށް އެދި ފޯމް ހުށަހެޅިއިރު ކަނޑައަޅާފައިނުވާ ޝަރުތެއް އޭގެ މާފަހުން ކަނޑައެޅުމަށްފަހު ފާޠިމަތު ޢަބްދުﷲ އަށް ލިބި ފައިވާ ފްލެޓް ކެންސަލްކުރަން ނިންމާފައިވާ ނިންމުން ބާޠިލް ކޮށްދިނުމަށާއި، ފްލެޓްގެ ގުރުއަތު ލުމުގައި ހިމެނުމަށ ދައުލަތަށް އަމުރު ކޮށްދިނުން ކަމަށް ވީއިރު، އެފަދައިން ފާޠިމު ތ ޢަބްދެ ﷲ އެދިފައިވަނީ ފްލެޓްތަކުގ މައްސަލަ ބަލާ ކޮމިޓީން ފާޠިމަތު ޢަބްދެ ﷲ ގްނަން ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމެނިފައިވާތީކަމަށ އެފަރާތުން ފާހަގަކޮށްފައިވެއެވެ.
17ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން ވަގުތީ އަމުރަށް އެދިފައިވަނީ ފާޠިމަތު ޢަބްދު ﷲ ގެ ފަރާތުން ހުށަހަޅާފައިވާ މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން އެމަޢުޟޫގައި ހިމެނިފައިވާ ފްލެޓް ދިނުން ނުހުއްޓުވައިފިނަމަ ސިވިލް ކޯޓުން ފާޠިމަތު ޢަބްދުﷲ އަށް ފްލެޓް ޙައްޤުވާ ކަމަށް ނިމޭ ޙާލަތުގައި ފާޠިމަތު ޢަބްދުﷲ އަށް ދޭނޭ ފްލެޓެއް ނެތުމުން ފާޠިމަތު ޢަބްދުﷲ ގެ ޙައްޤަށް އުނިކަން އަންނާނެތީކަމަށެވެ. މިހެންކަމުން، މައްސަލައިގެ މައުޟޫގައި ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްކަމުގައި ބެލެވެން އެބައޮތެވެ.
18ޕްރިސިޑެންސް 6ބޯ ހިޔާވަހިކަމަކ އަސާސީ ޙައްޤުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފާޠިމަތު ޢަބްދުﷲ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ މައުޟޫޢުއަކީ، އޭނާއަކީ ފްލެޓްތަކުގ މައްސަލެ ބަލަ ކޮމިޓީން އޭނާގެ ނަން ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތެއްކަމުގައިވާއިރު ފްލެޓަށ އެދް ފޯމް ހުށަހެޅިއިރު ކަނޑައަޅާފައިނުވާ ޝަރުތެއް އޭގެ މާފަހުން ކަނޑައެޅުމަށްފަހު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އޭނާގެ ނަން އުނިކުރުމެވެ. ވަގުތީ އަމުރަކަށް ފާޠިމަތު ޢަބްދުﷲ ގެ ފަރާތނ އެދް ސަބަބަކީ، ސިވިލް ކޯޓުން މައުޟޫޢީ މައްސަލަ ނިމޭގތަކުނޮ ފާޠިމަތު ޢަބްދުﷲ އަށް ފ ލެޓ ޙައްޤުވާކަމަށް ނިންމައިފިނަމަ ދޭނެ ފްލެޓެއް ނެތި އަނެއްކާވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ އިންތިޒާރުގައި ގިނަ ދުވަސްތަކެއް ހުންނަން ޖެހި އޭގެ އިތުރުން ދެން އޮންނަ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުނވެސް އެ ފަރާތަށް ފްލެޓެއް ލިބޭނެކަމުގެ ޔަޤީންކަން ނެތުމެވެ. މައްސަލަ ނިމޭ ގޮތަކުން، ފާޠިމަތު ޢަބްދުﷲ އަށެ ހިޔާ މަޝްރޫޢުނ ފްލެޓެއް ލިބެންޖެހެ ންކަމަށް ކޯޓުން ނިންމި ނަމަވެސް އަވަސް މުއްދަތެއްގެ ތެރޭގައި އެފަދަ ބޯހިޔާވަހިކަމެއުފާޠމަތު ޢަބްދެﷲ އަށް ދޭނެ ކަމުގު ކަށަވަރުކަނ ދައުލަތުން ދީފައެއް ނުވެއެވެ. ފާޠިމަތު ޢަބްދް ﷲ އަށެ ފްލެޓެއް ޙައްޤުވެ ފްލެޓެއް ލިބޭނެ އަވަސް ގޮތެއް ހަމަ ނުޖެހި ދިއުމަކީ، އެފަރާތަށް ލިބިގެންވާ ތަދާރުކު ނުކުރެވޭ ފަދަ އަދި އަނބުރާ އިޢާދަކުރަން ދަތި ގެއްލުމެކެވެ.
19ފާޠިމަތު ޢަބްދު ﷲ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެފަރާތުގެ ނަން ފްލެޓް ލިބޭ ފަރާތުގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމެނުމަށްފަހު ނަން ކެންސަލްކޮށްފައިވާތީ، ފާޠިމަތު ޢަބްދުﷲ އަކީ ފްލެޓް ލިބިފައިވާ ފަރާތެއްކަމަށް ކަނޑައަޅައިދިނުމަށްކަމަށ އެނގެން އޮތުމުން، ފާޠިމަތު ޢަބްދުﷲ އަކީ ވަގުތީ އަމުރަށް އެދުމުގެ ސިފަތު ލިބިގެންވާ ފަރާތެކެވެ.
20މި ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 2/VN/2021/03-CR-B4 ވަގުތީ އަމުރާއިމެދު ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް ދެކެމެވެ. ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގު ނަންބަރ 2/VN/2021/03-CR-B4 "ވަގުތީއަމުރާއިމެދ ނިންމު ގޮތް" ބާޠިލްކޮށް، ސިވިލް ކޯޓުގެ ނަންބަރު 21C/20-/Cv2082 ޤަޟިއްޔާއިން ބަލަމުންދާ މައުޟޫޢީ މައްސަލައާ މެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންދެން، ފާޠިމަތު ޢަބްދުﷲ އަށް ހިޔާ މަޝްރޫޢު 2018 އިން ފްލެޓެއް ލިބޭނެކަމަށް ފްލެޓް ލިބޭ ފަރާތުގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ފާޠިމަތު ޢަބްދުﷲ ގެ ނަން އޮތް އޮތުން ތަންފީޛު ކުރުމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ނުކުރުމަށް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 06 ގެ 295 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ސުޕްރީމް ކޯޓުގެ [2021] SC 30 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- ސުޕްރީމް ކޯޓުގެ 2021/SC-A/43
- ބެންޗު
- ޢަލީ ސަމީރު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް